Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުދާނޭ ތިހަނދާން ފިލާ 1

eysh Level 510 Stories100 Comments100 Login500 Comments
May 9, 2018 6 Mins Read
55 Comments

އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި ބީހޭ ކަހަލަ އިޚްސާސްއެއް ކުރެވެމުންނެވެ. ހަތަރެސްފައިކޮޅަށް ޖެހުމާއިއެކު ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ދެލޯ އުނގުޅާލަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު ބޮކި ދިއްލާލީމެވެ.

“ބޮޑުބޭބޭ…” އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައީ ކޮޓަރި ދޮރުކައިރީ ފުރަގަސްދީގެން ހުރި ބޮޑުބޭބެ ފެނުމުންނެވެ.

ބޮކި ދިއްލާލުމާއިއެކީ ބޮޑުބޭބެ އަހަރެންނާއި ދިމާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. މަޑުމަޑުން އައިސް އަހަރެންގެ ކައިރީ އިށީއިނުމަށްފަހު އަހަރެންގެ ދަތްދޮޅީގައި ހިފައި އޮބައިލިއެވެ. ވީތަދުން ވަގުތުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.

“ހަނދާންކުރާތި…އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ނަތީޖާ ވަރަށް ހިތިވާނެ…” އަހަރެންގެ ބޮލުން ފެށިގެން ބުރަކަށީގައި އަތް ހިންގާލަމުން ބޮޑުބޭބެ އިންޒާރު ދިނެވެ.

ބޮޑުބޭބެ އަތުން ވީއްލިގަނެގެން ދުވެފައި އަހަރެންނަށް ކޮޓަރިން ނުކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. މަންމަގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު އަހަރެންނަށް ފަހަތް ބަލާލެވުނެވެ. އޭރު އަހަރެންގެ ފަހަތުގައި ހުރި ބޮޑުބޭބެ ފެނުމުން މަންމަގެ ފުރަގަހަށް ވަދެ ފިލީ ކުޑަކުއްޖަކު ފަދައިންނެވެ. އުމުރުން ސައްބީސް އަހަރު ފުރިފައި ވީނަމަވެސް މައިމީހާގެ ހިމާޔަތާއި ރައްކާތެރި ކަމަކީ ދަރިޔަކަށް ލިބޭނެ އެއްމެ ބޮޑު އެއް ނިޢުމަތެވެ.

“އުބޭދު…މިދަންވަރު ލަޔާލްގެ ކޮޓަރީގައި ކީއްތިކުރަނީ….ކީއްހޭ ތިކުރަނީ” މަންމަ އެދިޔަ ބާރުމިނުގައި ގޮސް ބޮޑުބޭބެގެ ގަމީހުގައި ހިފައިގަންނަމުން ހަޅޭއްލަވައިގަތެވެ.

މަންމަގެ ރުޅިވެރިކަމުން ފުރިފައިވީ ދެލޯ ފެނި އަހަރެންވެސް ޖެހިލުންވިއެވެ. އިސާހިތަކު ދެލޮލުގައި ކަރުނަ ގިނަވެގަތެވެ.

“ހަމަ މިހާރު ނުކުމޭ މިގެއިން…ނުކުންނާށޭ” ދޮރާއި ދިމާއަށް ޝަހާދަތް އިނގިލިން އިސާރާތް ކުރަމުން ބޮޑުބޭބެ އާއި ދިމާއަށް މަންމަ ހަޅޭއްލަވައިގަތުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

ބޮޑުބޭބެ ނިކުމެގެން ދަމުން އަހަރެންނާއި ދިމާއަށް ބަލާލި ގޮތުން އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަވަސް އަވަހަށް ގޮސް މަންމަގެ އަތުގައި ހިފާ ބާރުކޮށްލީމެވެ. އޭރުވެސް އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ.

“ދަރިފުޅާ…އަބަދުވެސް ބުނަމެއްނު ދޮރު ތަޅުލައިގެން އޮންނާށޭ…އަވަހަށްދޭ ގޮސް އޮށޯވޭ… މިހާރު އެއޮއް ތިނެއްޖަހަނީ” އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއިއެކު މަންމަ ބުނެލިއެވެ.

އަހަރެން ކޮޓަރިއަށް ވަތްއިރު ފެންފުޅި ހުސްވެފައި ހުރުމުން ފުޅިއަށް ފެން އެޅުމަށްޓަކައި ކާގެއަށް މިސްރާބު ޖެހީމެވެ.

“ނަސީބެއްތާ މަށަށް ނިކުމެވުނުކަން…އެހެން ނޫނީ މަގޭ ދަރީގެ ދުވަސް ދިޔައީހެއްނު…ތަޅުލާފައި ހުއްޓާ އުބޭދަށް މިގެއަށް ވަދެވުނީ ކިހިނެއްބާއޭ މަގޭ ހިތަށް މިއަރަނީ” މަންމަގެ ކޮޓަރި އާއި އަރައި ހަމަވުމާއިއެކު މަންމަގެ އަޑު އަހަރެންނަށް އިވުނެވެ.

“ޒުބޭދާ…ދެން އާދޭ އޮށޯންނަން…މަ މިއައީ ހުރިހާ ތަނެއް ބަލާފަ…ފެންޑާގެ ކުޑަދޮރެއް އިން ތަންޑު ނާޅުވާ…އެތަނުންހެން ހީވަނީ ވަދެފަ ހުރީ” ބައްޕަގެ ވާހަކަ އިވުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.

ފެންފުޅި ހިފައިގެން އައިސް އެނދުގައި އޮށޯއޮތުމުގެ ކުރިން ކޮޓަރި ކުޑަދޮރު ކައިރިއަށް އަހަރެން މަޑުކޮށްލީ ސާފު ވައިކޮޅެއް ބޭނުންވެފައި ހުރި ވަރުންނެވެ.

ކުޑަދޮރު ހުޅުވާލުމާއިއެކު ގައިގައި ބީހުނު ފިނިފިނި ވައިރޯޅީގެ ސަބަބުން އަހަރެންގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ހީކަރުވައިގަތް ވަރުން ލޯ މަރާލަމުން ދެއަތުން ހަށިގަނޑު ހުރަސްކޮށްލީމެވެ.

“ލަޔާލް” އަހަރެންގެ ކަންފަތްދަށުގައި މީހަކު ގޮވާލި ކަހަލަ އިހުސާސެއް ކުރެވުމާއިއެކު ކުޑަކޮށް ސިހިފައި ލޯހުޅުވާލެވުނެވެ. ވަށައިގެން ހޯދާލި ނަމަވެސް މީހެއްގެ ހިލަމެއް ނުވުމުން ހީވިގޮތެއްކަމަށް ނިންމާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލީމެވެ. ގޭތެރޭގައި ހައްދާފައިވާ އެކިކުލަ ކުލައިގެ ބޯގަންވިލާ ގަސްތަކަށް ކޮންމެވެސް ވަރަކަށް އަލި އެޅިފައި ހުރުމުން ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ކޮޓަރި އާއި ދިމާގައި ހައްދާފައިވާ ބޮޑު ހުވަނދުމާ ގަހުގައި އަޅާފައިވާ މާތަކުން ދުވަމުންދިޔަ މީރުވަހުން އަހަރެންނަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.

*********

އެހެންދުވަސް ދުވަހާއި ޚިލާފަށް މިއަދު އަހަރެންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ނަމާދުކޮށްލައިގެން ބަދިގެފަރާތަށް ދިޔައިރު ސައި ހަދާ ނިންމުމަށްފަހު ކާމޭޒުމައްޗަށް ތަށިތަށް ނެގުމުގައި މަންމަ އަވަދިނެތި އުޅެމުން ދިޔައެވެ.

“ދަރިފުޅާ…ސައިބޯން އާދޭ އަވަހަށް…” އަހަރެން ފެނުމުން ކުރަންހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު ސައިތައްޓެއް އަޅައި ދެމުން މަންމަ ބުނެލިއެވެ.

“މަންމާ…އަންނާނަން މަގުމަތި ކުނިކަހާލާފަ…އޮފީހަށް ދާ ގަޑިޖެހެންވާއިރަށް މަގުމަތި ކުނިކަހާލެވުނަސް މަންމަ އަށް ފަސޭހަވާނެ އެއްނު” ފެންޑާގެ ތެރޭ ހުރި ކަބަޑުގެ ދޮރު ހުޅުވާލުމަށްފަހު އިލޮށިފަތި ނަގައިގެން ހިނގައިގަންނަމުން އަހަރެން ބުނެލީމެވެ. އަހަރެންދެކެ މަންމަ ލޯބިވާ ފަދައިން އަހަރެންވެސް މަންމަދެކެ ވަރަށް ލޯބިވަމެވެ.

********

“ގުޑް މޯނިންގް ލަޔާ” އަހަރެންނަށް އޮފީސްތެރެއަށް ވަދެވުނީ ފިޒާލް އާއި އެކީގައި ކަހަލަ ގޮތަކަށެވެ. ފިޒާލްގެ ކަތި ބެލުންތަކުގެ ސަބަބުން އަހަރެންނަށް އުނދަގޫވި ނަމަވެސް ފިޒާލްގެ ފަރާތުން ދުވަހަކު ވެސް  އަހަރެން ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ފެނިފައި ނުވެއެވެ.

“މޯނިންގް” ހިނިތުންވުމެއް ރައްދުކުރަމުން އެހެން ބުނެލުމަށްފަހު ފިޒާލްގެ ކުރިމަތިން ދިޔުމަށް އަވަސްވެގަތީމެވެ.

“ލަޔާ…ބްރޭކް ގަޑީ މަށާ އެކީ ދެވިދާނެތަ ކިޔުވީ ރެސްޓޯރެންޓަށް…ޕްލީޒް…” ފިޒާލް އެހެން ބުނެލުމަށްފަހު އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ.

“އޯކޭ…”ހިތާއި ދެކޮޅަށް ނަމަވެސް އަހަރެން އެއްބަސްވީ ފިޒާލްގެ އެ އެދުން ބޮލާލައި ނުޖަހަންވެގެންނެވެ.

********

އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން އަހަރެންނަށް ބްރޭކަށް ދިއުމަށް ނުކުމެވުނީ ބާރަގަޑި ބައިވާން އުޅެނިކޮށެވެ. އަހަރެން ނުކުތްއިރު ފިޒާލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން ފެނުމާއިއެކު އެތުންފަތަށް ވެރިވި ހިނިތުންވުމުން އެކަނިވެސް އޭނަ އުފާވިވަރު އަހަރެންނަށް ނަގައިގަނެވުނެވެ.

“ތޭންކްސް…އުއްމީދެއް ނުކުރަން ލަޔާ އައިސްދާނެ ކަމަކަށް” ކިޔުވީ ރެސްޓޯރަންޓްގެ ހިތްގައިމު މާހައުލުގައި ހަމަޖެހިލެވުމާއިއެކު ފިޒާލް އިސްވެ ސުކުރު އަދާކުރިއެވެ.

“ފޯ ވަޓް؟” ސަބަބު އެނގުނަސް ނޭނގޭކަމަށް ހަދަމުން އަހަރެން ވެސް އެހެން އަހާލީ ބުނާނެ އިތުރު އެއްޗެއް ހިތަށް ނައުމުންނެވެ.

“މިތަނަށް އައިސްދިނީމަ” ފިޒާލް ޖަވާބު ދެމުން ވޭޓަރަށް އިޝާރާތްކޮށްލިއެވެ.

“ފްރައިޑް ރައިސް އެއް…” ވޭޓަރު އައިސް އޯޑަރު ނެގުމުން އަހަރެން ބުނެލީމެވެ.

“ހާދަ ކުޑަގޮތެއް؟..ޑްރިންކްސް؟” ފިޒާލް އަހަރެންގެ އަތަށް މެނޫ ދެމުން ބުނެލިއެވެ.

“ނޫނޭ…މިގަޑީ އެހާ ބަނޑުހައި ނުވޭ..” އަހަރެން ޖަވާބުދިނީ މުޅިން އިދިކޮޅަށެވެ. ހަގީގަތަކީ ހެނދުނު އެހާ ކުޑަކޮށް ސައިބުއިމުގެ ސަބަބުން އަހަރެން އިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ކަމެވެ. ނަމަވެސް ފިޒާލްގެ ކުރިމަތީގައި އެކަން ހާމަކުރުމަށް ޖެހިލުންވިއެވެ.

“ލަޔާ…އަހަރެން ވަރަށް ބޭނުން ލަޔާ އާއި ފްރެންޑް ވާން…ބަޓް އިޓްސް އަޕް ޓު ޔޫ” ވާހަކަ ނުދައްކާ ކުޑައިރުކޮޅެއް ފާއިތުވުމަށްފަހު ފިޒާލް ވާހަކަ ދައްކަން ފެށިއެވެ.

އަހަރެން އިނީ މޭޒުމަތީގައި އޮތް ސަމުސަލަށް ނަޒަރު ހުއްޓާލައިގެންނެވެ. ފިޒާލްގެ ކުރިމަތީ ދެކޮޅު ހަދަން ނުކެރުމުން ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ވަރަށް އުފާވެއްޖެ….މިއަދު މީ އަހަރެންގެ ދިރިއުޅުމުގައި އެއްމެ އުފާވެރި އެއް ދުވަސް” ފިޒާލް ހިނިތުންވެލަމުން ބުނެލިއެވެ.

އޯޑަރު ގެނައުމާއި ހަމައަށް ފިޒާލް އޭނާ އާއި ބެހޭގޮތުން އަހަރެންނަށް އެކިއެކި ވާހަކަތައް ހިއްސާކުރިއެވެ. ކުރާ ހިއްވާ ކަންކަމާއި ކާހިއްވާ އެއްޗެއްސާއި އާއިލާ އާއި ބެހޭގޮތުން އެތައް އެއްޗެކެވެ.

ދެމީހުން ވާހަކައިގައި ތިއްބާ ވޭޓަރު އައުމުން ކެއުމަށް އިންސާފު ކުރުމައިގެން އަވަސްވެގަތީމެވެ. ފްރައިޑް ރައިސްގެ މީރުވަހާއިއެކު އަހަރެންގެ ކުޅުދިޔާވިއެވެ.

********

އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރާތީ، އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން އަހަރެންނަށް އޮފީހުން ނުކުމެވޭ ވަރުވީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން އަހަރެން ގެއާއި ދިމާއަށް މިސްރާބުޖެހީމެވެ.

“ލަޔާލް” އަހަރެންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ. އެއަޑުގައިވި ޖާދޫގެ ސަބަބުން އަހަރެންނަށް ވަގުތުން ފަހަތް ބަލާލެވުނެވެ. އޭރު އަހަރެންނާއި ދެތިން ފޫޓް ދުރުގައި ހުރި ޒުވާނާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އަނދިރިކަން ވެރިވެފައިވާތީ އާއި އެމީހެއްގެ މޫނު ނުފެންނާތީ އަހަރެން ހުރިގޮތަށް ހުރީ އެޒުވާނާއަށް ބަލަހައްޓައިގެންނެވެ.

“އަހަންނަށް ކިޔަނީ އަކިއަލް” އަހަރެންގެ ކައިރިއަށް އައިސް ސަލާމަތް އަތްދިއްކޮށްލަމުން އެޒުވާނާ ބުނެލިއެވެ.

އަހަރެންގެ ނަޒަރު އެޒުވާނާގެ މޫނަށް އަމާޒުވުމާއިއެކު ބަސްހުއްޓުނެވެ. އެފަދަ ފުރިހަމަ ރީތި ފިރެހެނަކު މީގެކުރިން އަހަރެން ނުދެކެމެވެ. ހިނިތުންވެލައިގެން ހުރިގޮތުން އަހަރެންގެ ހިތް ދީވާނާ ވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު އެދެލޮލުގެ ރީތިކަމުގެ ޖާދޫގައި ހަމަ ރަގަޅަށްވެސް އަހަރެން ޖެހުނެވެ. އެފަދަ ރީތިކުލައެއްގެ ކަޅިއެއް މީގެ ކުރިން އަހަރެން ނުދެކެމެވެ. މަޑުމުށިކުލައިގެ ކަޅިއެއް ލިބިފައިވާއިރު ހީލާއިރު އެހުންނަ ފިރެހެންވަންތަކަމުން އަހަރެންގެ ހިތުގައި އެޒުވާނާގެ ނަން ބިންވަޅު ނެގިގެން ދިޔައީ ދުވަހަކުވެސް ފިލާނުދާނޭ ފަދައަކުންނެވެ.

“އަކިއަލް” އެޒުވާނާގެ އަތުގައި ހިފަމުން އަހަރެންނަށް ހިތުން އެނަން ތަކުރާރުކޮށް ކިޔާލެވުނެވެ.

“ގޮވިންތަ؟” އަހަރެންގެ އަތުގައި ހިފައިގެން ހުރެ ކަންފަތް ކައިރިއަށް ގުދުވެލަމުން އަކިއަލް ބުނެލިއެވެ.

އަހަރެންގެ ލޯލިތައް ކޮޅަށްޖެހުނީ އަކިއަލް ކައިރިވެލުމުން ހަށިގަނޑުގައި އުފެދުނު އިހުސާސްތަކަކުންނެވެ. އަކިއަލްގެ ގައިން ދުވި ލުއިލުއި މީރު ސެންޓްގެ ވަހުން އަހަރެންނަށް ދެލޯ މަރާލެވުނެވެ.

“ވާހަކަ ދައްކަން ބޭނުން ނުވަންޏާ ގޮސްލަނީ” އަހަރެން އަނގައިން ނުބުނެ ހުންނަން ފެށުމުން ދަނީކަމަށްބުނެ އަކިއަލް އެނބުރިލިއެވެ. އެއާއިއެކު ސިހިފައި އަހަރެންނަށް އަކިއަލްގެ އަތުގައި ހިފާލުމާއިއެކު އަކިއަލް މަޑުމަޑުން ހީލިއަޑު އަހަރެންގެ ކަންފަތަށް އިވިގެންދިޔައީ މަޑު މިޔުޒިކެއްގެ ފަދައިންނެވެ.

“ދެން ދޭ ގެއަށް…މިގަޑީ މިތާ ހުރުން އެހާ ސޭފް އެއް ނުވާނެ..” ބަސްހުއްޓިފައި އަހަރެން ހުއްޓާ އަކިއަލް އެހެންބުނެ ދާން ހިނގައިގަތެވެ.

“ދެން ބައްދަލުވާނީ ކިހިނެތް؟” އަކިއަލް ހިނގައިގަތުމާއިއެކު އަހަރެންނަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.

“ދުނިޔޭގަ ތިބިއްޔާ ބައްދަލުވެސް ވާނެ…އަހަރެންނަކީ ތިހީކުރާހާ ފަސޭހައިން ގެއްލޭނެ މީހެއް ނޫން” އެހެންބުނެ ހިނިގަނޑެއް ޖަހާލުމަށްފަހު އަކިއަލް ދިޔައީ އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލާފައެވެ. ފޫހިގޮތަކަށް ބިންމަތީ ފައިން ޖަހާލުމަށްފަހު ގެޔަށްދިޔުމަށް އަހަރެން ހިނގައިގަތީ އިތުރު ގޮތެއް ނެތުމުންނެވެ.

“އަކިއަލް…ވާއު” އަކިއަލްގެ ހިޔާލީ ތަސްވީރު ހިތުގައި ކުރަހާލަމުން އަހަރެން ހިނގައިގަތް މަންޒަރު ބަލަން ހެވިފައި އަކިއަލް ހުރިކަމެއް އަހަރެންނަކަށް ނޭނގެއެވެ.

********

އެރެއަށްފަހު އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަކިއަލްގެ ނަން ހިތުގެ އަޑީގައި ފަވާލެވިފައިވަނީ ފޮހެނުލެވޭނެ ވަރަށެވެ. އެންމެ ފެނިލުމަކުން މީހަކަށް ހިތްދެވިދާނެއޭ ބުނާ އަޑު އަހަރެންވެސް އަހަމެވެ. ނަމަވެސް އެބަހުގެ ތެދުކަން އަހަރެންނަށް މިހާރު އިޚްސާސް ކުރެވެއެވެ. އެރޭގެ ފަހުން އަކިއަލް ނުފެންނާތީ އަހަރެން މާޔޫސްވާން ފެށިއެވެ. ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ އަކިއަލްގެ އިންތިޒާރުގައި ވަގުތުތައް ގުނަން ފެށުނެވެ. އަކިއަލް އާއި ދިމާވާނޭކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެހެން ނަމަވެސް ހިތުގެ ކަނަކުން އަދި ދިމާވާނޭ ކަމުގައި ބުނަމުން ދިޔައެވެ.

********

އޮފީހުގެ އަހަރީ ޖަލްސާއަށް އަހަރެން ދިޔައީ ވަރަށް ރީތިވެލައިގެންނެވެ. ދުވަހަކުވެސް މޭކަޕް ނުކުރާވަރަށް މޭކަޕްކޮށް އިސްތަށިގަނޑު ވެސް ފަންކޮށްލައިގެންނެވެ. އަހަރެންގެ އިސްތަށިގަނޑު އޮންނަނީ ބުޅިކޮށްކަމުން ތަފާތުކޮށްލުމުގެ ގޮތުން އިސްތަށިގަނޑު ފަންކޮށްލީމެވެ. ހާމައަށް އިސްތަށިގަނޑު ދޫކޮށްލުމުގެ ބަދަލުގައި މެރޫން ކުލައިގެ ފްލާވާ ބޭންޑެއް އަޅާލީ ލާފައި ހުރި މެރޫންކުލައިގެ ދިގު ހެދުމާއި ގުޅުވާލުމަށެވެ.

“ވާއު..ޔޫ ލުކް ޑިފަރެންޓް… އެމޭޒިންގް” ފިޒާލް އައިސް އަހަރެންގެ ކައިރީ ހުއްޓިލަމުން ތައުރީފް ކޮށްލިއެވެ. އަހަރެން ފިޒާލް އާއި ދިމާއަށް ބަލާލިއިރު ކަޅިޖަހާވެސް ނުލާ ފިޒާލް އަހަރެންނާއި ދިމާއަށް ބަލަން ހުރުމުން އަހަރެން ލަދުގަންނަ ގޮތްވިއެވެ.

“ތޭންކް ޔޫ” އިސްޖަހާލަމުން އަހަރެން ބުނެލީމެވެ.

“އިށީއިންނަމާ” ފިޒާލް ހުރީ އަހަރެންގެ ކައިރީ ވިއްދާފައެވެ. ހީވަނީ އަހަރެން ގެއްލިދާނެތީ އުޅޭހެންނެވެ.

އިށީއިންނަން ހިނގައިގަތް ވަގުތު ދުރުގައި ހުރި ގަހެއްގެ ކައިރީ ހުއްޓިލައިގެން ހުރި އަކިއަލް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނޭނގޭ ބާރަކުން އަހަރެންގެ މިސްރާބު ބަދަލުކޮށްލި ކަހަލަ އިހުސާސެއް ކުރެވުނެވެ. އަކިއަލް އާއި ދިމާއަށް އަހަރެން ހިނގައިގަތުމާއިއެކު އަކިއަލް ވެސް އެނބުރި ހިނގައިގަތެވެ.

“ވެއިޓް…” ބޮޑު ހެދުމަކާއިއެކީ ހިނގުންވީ ވަރަށް ދަތިކަމަކަށެވެ. މީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރަށް ދެވުމާއިއެކު އަހަރެން އަކިއަލްއަށް އަޑުއިވޭ ވަރަށް ގޮވާލީމެވެ. އެއާއިއެކު އަކިއަލް ހުއްޓުނެވެ.

އަނދިރިކަމުން އެސަރަހައްދުގައި ހިނގުންވީ ވަރަށް ވެސް ދަތި ކަމަކަށެވެ. ހައި ހީލް އަކަށް އަރައިގެން އާދެވުނީތީ ހިތާއި ހިތުން އެއްޗެހި ކިޔުނެވެ.

އަކިއަލްގެ ކުރިމަތީގައި ހުއްޓިލަމުން އެމޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު އަހަރެން ބަލާލީމެވެ.

“ވެއާ ހޭވް ޔޫ ބީން…” އަކިއަލް އާއި ނަޒަރު ސީދާކޮށްލަމުން އަހަރެން ބުނެލީމެވެ. އެފަނޑު އަލިކަމުގެ ތެރޭގައިވެސް އަކިއަލްގެ ލޮލުގެ ވިދުން ގަދަވެފައިވިއެވެ.

“ކަމް ވިތް މީ” އަހަރެންގެ އަތުގައި ހިފަމުން އަކިއަލް ބުނެލިއެވެ.

ބަހަކުންކުރެ ބަހެއް ބުނުމެއްނެތި އަކިއަލް އާއިއެކު އަހަރެން ހިނގައިގަތީމެވެ. ނުދަންނަ މީހުނަށް އިތުބާރު ނުކުރާށޭ އަބަދުވެސް މަންމަ ބުނެއެވެ. ނަމަވެސް އެކަން ހަނދާން ނައްތާލަމުން އަހަރެން އަކިއަލް އާއިއެކީ ހިނގައިގަތީ ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ.

އަހަރެންގެ އަތުގައި ހިފައިގެން ގޮސް އަކިއަލް ވަލުތެރެއަށް ވަނުމާއިއެކު ޖެހިލުންވީ ވަރުން އަކިއަލްގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓާލެވުނެވެ. ރޭގަނޑުގެ ހަމަހިމޭން މާހައުލުގައި ފައިދަށުން ފަތްތައް މުގުރޭ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ފިޔަވަޅު އަޅާލާ ކޮންމެ ފަހަރަކު އަހަރެންގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއެވެ.

ތުނޑި މައްޗަށް ނުކުމެވުމާއިއެކު އަހަރެންގެ އަތުން ދޫކޮށްލައި ދެތިން ދިޔަވަޅު ކުރިއަށް އަކިއަލް އަޅާލިއެވެ. މާހައުލުގެ ފިނިކަމާއިއެކު ފަސްގަނޑު މަތީގައި ފައިވާނުގައި ހުރުން ވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން ފައިވާން ދޫކޮށްލަމުން ހަނދުވަރުގެ ރިހި އަލިން ދިއްލިލާފައިވާ ހުދުހުދު ވެލިގަނޑުގެ މަތީގައި އަހަރެން އިށީއިނދެލީމެވެ.

އުޑުމަތީގައި ފިޔަ ޖަހަމުންދިޔަ ތަރިތަކަށް ބަލަން އަހަރެން އިންދާ އަކިއަލް އައިސް ކައިރީގައި އިށީއިނދެލިއެވެ. އަހަރެންގެ މޫނުމަތީގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅު ފަރުވާތެރިކަމާއިއެކީ އެއްފަރާތް ކޮށްލަދެމުން އަކިއަލްވެސް އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. އަހަރެން ދެލޯ މަރާލީ އަކިއަލްގެ ބީހިލުމަށް މަރުހަބާ ކިޔަމުންނެވެ.

“އަހަރެންނަށް އިތުބާރު ކުރަންތަ؟” އަކިއަލް ސުވާލުކޮށްލުމުން ލޯހުޅުވައި އަކިއަލްގެ މޫނަށް އަހަރެން ބަލާލީމެވެ. ހަނދުވަރުގެ ރިހި އަލި އެމޫނަށް އެޅިފައިވާއިރު ހާދަ ފުރިހަމަ އޭ އަހަރެންގެ ހިތަށް އެރިއެވެ.

“އިތުބާރު ނުކުރާނަމަ މިފަދަ ވަގުތަކު އެކަހެރިކޮށް މިތާ އަކިއަލް އާއިއެކު ނީންނާނަން” ނުސީދާކޮށް ވިޔަސް އަހަރެން އެހެން ބުނީ އޭގެ މާނަ އަކިއަލް އަށް ފަހުމުވާނޭ ހެންނެވެ. އަހަރެން ބުނި އެއްޗެއް އަކްމަލް އަށް ފަހުމުވިކަން އެނގުނީ އެތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުންނެވެ.

“މިވީ ދުވަސްތަކުގައި އަހަންނަށް އިންތިޒާރު ކުރިންތަ؟” އަހަރެންގެ ލޮލާއި ލޯ ސީދާކޮށްލަމުން އަކިއަލް އެހެން އަހާލުމުން ލުއި ހިނިތުންވުމަކުން އަހަރެން ފުއްދާލީމެވެ. ވެގެންވާނަމަ މިވަގުތުން މިވަގުތަށް ވެސް އަހަރެން ހުރީ އަކިއަލްގެ މީހަކަށް ވުމަށް ތައްޔާރަށެވެ.

“ލަޔާލްގެ ކައިރިން ރައްޓެހިވާކަށް އަހަރެން ނާހާނަން…އަހަރެންނަށް ލަޔާލް ފެނުނު ފުރަތަމަ ދުވަހު ވެސް ވަރަށް ކަމުދިޔަ…. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ހެކިކޮށް މަށާ އިންނަން އެއްބަސް ވެދާނަންތަ؟” އަހަރެންގެ އަތުގައި ހިފާލަމުން އަކިއަލް އެހެން އަހާލުމާއިއެކީ އުފަލުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ.

އަހަރެންގެ ހަޔާތުގައި މިވީހާ ތަނަށްވެސް މީހަކު އިންނަން އަހާފައި ނުވެއެވެ. އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވުމުން އަކިއަލްގެ ކޮންޑުގައި ބޯ އަޅާލަމުން ކައިވެންޏަށް އާބަސްބުނީމެވެ.

އަހަރެންނަށް ނޭނގުނުކަމީ މިވެވުނު ވަޢުދުގެ ސަބަބުން ހިތުން ނުފިލާވަރުގެ ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….34

Next

ޖިންނި ބުޅާ

Next
May 9, 2018

ޖިންނި ބުޅާ

Previews
May 9, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….34

55 Comments!

  1. Shiman says:
    May 9, 2018 at 8:53 pm

    Masha allah

    1. Shiman says:
      May 9, 2018 at 8:55 pm

      Me first

    2. Shiman says:
      May 9, 2018 at 8:58 pm

      Mi part hama vvv reethi???and my favorite writer eysh is back dhw..love you❤❤❤?

    3. eysh says:
      May 9, 2018 at 9:22 pm

      Shiman dear yeyyyy u got first this time. ??? thank u so much dear. ?? V ufaavehje story kamudhiyaeema. ???????❤❤❤❤❤❤❤❤

    4. eysh says:
      May 10, 2018 at 3:28 pm

      Awwwwnn haadha ufaavehjey favorite writer ey buneema. ???? thank u so much dear ???❤❤❤❤❤ly ????????❤❤❤

  2. mishy says:
    May 9, 2018 at 8:54 pm

    OMG…. my dear eysh is back with a new lng striii…. wooowww… this prt ham amazinnnnn…. kurii prt genesdhun hn medhu nukadaa dailii kh vhk up khdhhcheyyy… ly….♥♥♥♥♥

    1. eysh says:
      May 9, 2018 at 9:25 pm

      Mushy dear I’m back with a new story. ?? thank u so much ?? Insha Allaah story nimendhen genesdheynan. ???? v ufaavehje story kamudhiyaeema ???❤❤❤❤❤❤❤❤

  3. Nafoo says:
    May 9, 2018 at 8:59 pm

    Masha Allah .. Haadha ryhchey eysh ge vaahaka thah .N me first dhw .waiting for the next part???

    1. eysh says:
      May 9, 2018 at 9:30 pm

      Nafoo dear awwwnn thank u so much dear ??????? haadha ufaavehjey eysh ge stories thah reethi vaahaka buneema. ??? mifaharu third libunee dho. Next time balahchey first libeytho ????❤❤❤❤❤❤❤❤❤

  4. Ree? says:
    May 9, 2018 at 9:16 pm

    Oh eysh mee horror story eh tha???to be honest i hate horror stories?? but its ok?horror story akaha viyas mifaharu dhen kiyaalaani varah reethi feshun good luck???

    1. eysh says:
      May 9, 2018 at 9:35 pm

      Ree dear mee aneh hen horror story eh noon ingey dear. Hehe ??? dear biruganeytha horror stories kiyan? Mi story nuvaane biruveri eh. Ekam dhen balamaa dho vaagotheh. ???varah ufaavehje kiyaalaane kan enguneema. ??? thank u so much dear. ??❤❤❤❤❤❤❤❤❤❤

  5. lotus says:
    May 9, 2018 at 9:17 pm

    my dear sis.. wat a lovly surprise frm u… another story.. saabahey thikuraa hivvara.. mi story vx v salhi vaanekama ummeedhu kuran.. best of luck??? wen is the nxt prt

    1. eysh says:
      May 9, 2018 at 9:39 pm

      Lotus dear yes again a surprise ????? hehe. Thank u so much siss. ??? v ufaavehje thihaa hihvaru dheythee. ??? next part Insha Allaah soon ????❤❤❤❤❤❤❤❤

  6. thaara says:
    May 9, 2018 at 9:25 pm

    wow vvvv nice.akiyal aiee jhinni eh tha?

    1. eysh says:
      May 9, 2018 at 9:42 pm

      Thaara dear thank u so much ???? vv ufaavehje dear ah story kamudhiyaeema ??? hehe. Hingaa dho akial ge hageegatheh balamaa ????❤❤❤❤❤❤❤❤

  7. ??? says:
    May 9, 2018 at 9:29 pm

    Vrh reethi
    Nxt part when
    I am waiting for next part???

    1. eysh says:
      May 9, 2018 at 9:45 pm

      Thank u so much ??? dear ???? v ufaavehje story kamudhiyaeema ????? next part Insha Allaah v avahah genesdheynan ???❤❤❤❤❤❤❤❤

  8. Aesh says:
    May 9, 2018 at 9:43 pm

    Whoa!!! Just amazing! Maa sha Allah…☺️?☺️?☺️❤️❤️❤️❤️ Biruveri vaanehen heevany Aesh ah… I mean this story..? eysh ge aa vaahaka eh kiyaalan libunyma Vrh ufaa vehje… Jazakillah khairan eysh…☺️?? trailer eh inehnu dhw? E story eh noon dhw miee? Anyhow, this story is beautiful… ❤️❤️❤️???????☺️?

    1. eysh says:
      May 9, 2018 at 9:49 pm

      Aesh dear frnd thank u so much dear ??? haadha happy vey thihaa hihvaru dheythee dear ???? lets c dho vaa gotheh ?? eysh ves v ufaavehje thiha interest aa ekee eysh ge stories thah kiyaalaathee ???? and loabi loabi cmnts kohllaather ??
      Yes dear mee adhi e story eh noon. ?? vv ufaavehje story kamudhiyaeema ???❤❤❤❤❤❤❤❤

  9. nonni says:
    May 9, 2018 at 9:53 pm

    vvvvvvvv . reethi
    anehkaa mee biruveri vaahaka eh tha
    koba tha eysh kuring fashaafa in vaahaka

    1. eysh says:
      May 9, 2018 at 9:58 pm

      Nonni dear thank u so much ??? v ufaavehje story kamudhiyaeema ???? mivaahaka aneh hen biruveri eh nuvaane. Lets c dho vaagotheh ?? eysh ge new story promise kohfa in date ga genesdheynan Insha Allaah ????❤❤❤❤❤❤❤❤

  10. Shann says:
    May 9, 2018 at 10:08 pm

    Anehbai v v kiyaalaahithun mihury… Thy hama number one…??? V molhu..????… V v interesting eysh khonme story ehves

    1. eysh says:
      May 10, 2018 at 3:10 pm

      Shann dear thank u so much dear for the support ????? awwnn haadha happy vehjjey number one ey buneema. ??????vvv hihvaru libey story liyan thihaa hihvaru dheythee ?? asluves haadha ufaavehje y eysh ge stories thah kamudha vaahaka buneema.???? Once again thank u so much my dear ?????❤❤❤❤❤❤❤❤

  11. Anonymous says:
    May 9, 2018 at 10:28 pm

    Twilight ge dhivehi version eh dhw miee? Story hama habeys

    1. eysh says:
      May 10, 2018 at 3:13 pm

      Anonymous dear thank u so much ???? v ufaavehje story kamudhiyaeema ???? nooney dear twilight ge story eh noon mee. Hehe ????❤❤❤❤❤❤❤❤❤

  12. sheen says:
    May 9, 2018 at 10:41 pm

    Alhey eyeh gandaaa hama.rangalhahves surprise vejje ingey. Huvaa mibunee haadha haadha reehchey.. ibaaraaiykoffa hurilevves ehaa furihama. Jumulathah.athuraalaafa hurilehves hama nale ee ey. Akiyal akee jinni eh dhw. Wow emme fahun biruveri vaahaka eh ves liyelanee dhw. Gadha ey ingey… keep it up my dear friend. Love u hama bodukoh mihaa salhi story genes dhenyaa.. hehehe

    1. eysh says:
      May 10, 2018 at 3:19 pm

      Sheen dear gandaa ???hehe. Mee hama surprise ekey ???? haaadha haadha ufaavehjey cmnt kiyaalaafa. ????
      Hingaa dho akial ge hageegatheh balamaa ???? hehe. Aneh hen dhen biruveri vaahaka eh noon. Dhen ekam baeh kudhin biru ganefaane dho dear men kahala ???? hehe haadha happ vey thihaa support dheythee ??? thihaa loabi cmnts thah libenyaa stories liyeveyne ehnu. Hehe ???? thank u so much my dear frnd ??????❤❤❤❤❤❤❤❤

  13. Rish says:
    May 10, 2018 at 12:08 am

    Eysh dhooni kolhuge story akah rish haadha inthizaarukofeemey. V v v ufaavehje eysh dhooni kolhuge story ah anehkaaves kiyaalan libuneema. Mi storyge feshun v v v reethi. Rish v v kiyaahivey eysh dhooni kolhuge storytha. Rish bunelan othee thikuraa masahkatha assaribahaa saabahey abadhuves rish hunnaanamey eysh aa akee. Abadhuves hivaru laadheynan. Eysh dhooni kolhaa v v v loabivey ummmmmmah. Good night eyshhhhhhhhh.

    1. eysh says:
      May 10, 2018 at 3:23 pm

      Rish dhoonee dear awwwnn so so so happy to know that dear ??????? haadha ufaavehje ey eysh ge story ah thihaa wait kohllaathee ??????? dear ge cmnt kiyaalaafa hama ufalun gos neynge bunaane ehcheh ves ??? sooooo happy. ??? haafha ufaavehjey eysh aa ekee huredheynamey buneema. ??thank u so much dear. Thihaa support dheythee hama haadha ufaavey ??????? ly too dear Rishhhhhhhhhhh. Vvvv ufaavehje ingey dear ???? ?❤❤❤❤❤❤❤❤

  14. Anonymous says:
    May 10, 2018 at 1:03 am

    Ooh so haikal is a jinn and when she agrees to marry him according to them they will be considered as a married couple. Nice story. I just hope jinni ras raskalun ge bai ehaa bodah noaanaane kamah. Good luck. Hope this story will turn out to be as good as the last one ??

    1. eysh says:
      May 10, 2018 at 3:26 pm

      Anonymous dear thank u so much ?????vvv ufaavehje story kamudhiyaeema ?????? hingaa dho balamaa dhen vaagotheh. ??? v thafaathukoh liyeveytho mi balanee dear ???? insha Allaah i will try my best. ??? unmeedhu kuran kamudhaane kamah. ?? thank u dear. V ufaavehje ???❤❤❤❤❤❤❤❤

  15. Afa says:
    May 10, 2018 at 6:23 am

    Akial ei jinni eh dhw. Ehfaharun layaal moyakolly???

    1. eysh says:
      May 10, 2018 at 3:30 pm

      Afa dear thank u so much ???? v ufaavehje story kiyaalaafa cmnt kohlleema ?????? lets c dho story ga dhen vaa gotheh. Hehe ????❤❤❤❤❤❤❤

  16. Stry kiyaa man says:
    May 10, 2018 at 9:51 am

    Masha allah first part v salhi.mi gothah kuri ah gendhaathi igey dear… aslu heekury furathama up kuraany” loabi vevumun” kamah.dhen ok stry eh kiyaalah libeytha dhw.haha.i think akiyal eii jinni eh hen.keep it up .
    Waiting 4 nw part.
    -salaam-????

    1. eysh says:
      May 10, 2018 at 3:45 pm

      Thank u so much stry kiyaa man ???? vvv ufaavehje story kamudhiyaeema ???? yes dear eysh aslu ulhunee furathama e story upkuran. Ekam hithah eree mi story ves liyeevuneema upkohllaaniyyey ?? e story hama upkuraanan insha Allaah promise kohfa in dhuvahu mi story genesdhinas ???hehe. Lets c dho dhen vaa gotheh ves ????❤❤❤❤❤❤❤❤❤

  17. Blackaholic says:
    May 10, 2018 at 10:03 am

    Masha Allah… vvvv reethi feshumeh… actually i like this kind of ghost stories… curiously waiting for the next part.. Best of luck dear???????

    1. eysh says:
      May 10, 2018 at 4:48 pm

      Blackaholic dear thank u so much ????? vvv ufaavehje story kamudhiyaeema ????? so happy dear ah mikala stories kamudhaakan enguneema ??? thank u so much dear v ufaavey thihaa support dheythee ???❤❤❤❤❤❤❤❤

  18. Jenna says:
    May 10, 2018 at 10:05 am

    Eysh thi hivara saabas then????

    1. eysh says:
      May 10, 2018 at 4:49 pm

      Awwnnn jenna dear thank u so much ????? v ufaavehje thihen buneema ????❤❤❤❤❤❤❤❤❤

  19. Pinky shifoo says:
    May 10, 2018 at 10:17 am

    Wowwww ?????… Haadha reehchey mi part Maasha Allah ❤️❤️❤️❤️❤️… I love it ?????… Eysh haadha molhey Maasha Allah ??????????… Sifakurunthah hama obiness to the max ?????… Curiously waiting for the next part ?????… Lots of love eysh ❤️❤️❤️❤️❤️??????????…

    1. eysh says:
      May 10, 2018 at 5:12 pm

      Thank u so much shifoo dear ??????? so colorful nd lovely cmnt ?? haadha happy vehjey story kamudhiyaeema ????? vvv ufaavey thihaa support dheythee. Thank u so much dear frnd ????❤❤❤❤❤❤❤❤❤❤?

  20. Jazlee says:
    May 10, 2018 at 11:03 am

    Wowww??????vrh vrh vrh salhi ingey??Masha allah ?????
    100% nyc ???
    Reyga vaahaka kiyan ulhenikoh phn restart v?dhn egady tym nulibuneema mihaaru mi kiyaaly???It’s touching…wat akial will do to layaal…
    Ekm vrh kada layaal akial ah conferenKuryma??
    Urrggg,
    Ly eysh❤❤❤
    Curiosly, waitin fr the nxt prt.?

    1. eysh says:
      May 10, 2018 at 5:16 pm

      Thank u so much jazlee dear ??????? so colorful nd lovely cmnt ?? haadha happy vehjey story kamudhiyaeema ????? vvv ufaavey thihaa support dheythee.
      Awwnn so happy time hoadhaalaigen kiyaalaathee. Thank u so much dear frnd. Ly too????❤❤❤❤❤❤❤❤❤❤?

  21. Shafa says:
    May 10, 2018 at 11:56 am

    Woahhh vvv reethi mi part..?❤?

    1. eysh says:
      May 10, 2018 at 5:20 pm

      Thank u so much shafa dear ?????? vvv ufaavehje story kamudhiyaeema ?????❤❤❤❤❤❤❤❤❤❤

  22. Lam says:
    May 10, 2018 at 12:18 pm

    Ohhhh….eysh is back … I am sooo happppy…. Thanks eysh… Mih story vx varah rythi vaanehkahma umeedhu kuran…..

    1. eysh says:
      May 10, 2018 at 5:21 pm

      Thank u so much lam dear ??????yess im back. Hehe. ?? vvv ufaavehje story kamudhiyaeema. Insha Allaah i will try my best ?????❤❤❤❤❤❤❤❤❤❤

  23. Anonymous says:
    May 10, 2018 at 2:26 pm

    Trailor nerifa in story koba?

    1. eysh says:
      May 10, 2018 at 5:24 pm

      Anonymous dear “loabi vevumun” story promise kuri date ga genesdheynan. ???❤❤❤❤❤

  24. Naju says:
    May 10, 2018 at 2:54 pm

    Eysh dhoonee alhey thy haadhaa Molhu writer ekey.. I’m proud of u dear ehaa avas avahah ehaa gina story eh faharaa kahala gothakah thigenesdheny haadha molhu vyma eydhw n ehaame intelligent kuhje thy ?????? n story ah hama buneleveny obiness to the max ey… Lysm dear

    1. eysh says:
      May 10, 2018 at 5:23 pm

      Thank u so much Naju dear ?????? alhey haadha bodakah happy vehjey dear ?? Hehe. Maasha Alaah vv bodah ufaavehje dear ge cmnt kiyaalaafa????? ?? vvv ufaavehje story kamudhiyaeema. ????????? lysm dear ?????❤❤❤❤❤❤❤❤❤❤

  25. Any says:
    May 11, 2018 at 11:16 am

    Alhey eysh loabikolhu haadha reethi vahaka ekey mi adhi kiriya mi kiuny love it❤❤❤

    1. eysh says:
      May 11, 2018 at 8:00 pm

      Any dhoonee dear thank u so much dear ?????????? vvvvv ufaavehje story kamudhiyaeema ???????????

  26. CYntHia says:
    May 11, 2018 at 7:56 pm

    Ekkala eyshooo greatest writer evr v salhi

    1. eysh says:
      May 11, 2018 at 8:01 pm

      Cynthia dear thank u so much dear ?????????? and nice name ingey eyshooo ???? hehe. vvvvv ufaavehje ???????????

Comments are closed.

Next Episodeނުދާނޭ ތިހަނދާން ފިލާ 2←


All Right Reserved!