Skip to content
އެސްފިޔަ

ވަކިވެދިޔަޔަސް…. (2)

އަަހަރެން ފުން ނޭވާއެއް ބޭރުކޮށްލީ އަދުހަމްމެންނާާ ވާާހަކަ ދައްކާލެވުމުން މާާޔޫސްކަން ފިލާގޮސް ހިތަަށް ހަމަޖެހުން ލިބުމުންނެވެ.

*******************************

މިއަދަކީ ސްކޫލަށް ދާންޖެހޭ ދުވަހެވެ. ވަގުތު ކުޑަތަންވީވަރަކަށް އަހަރެން ޖެހިލުންވާާންފެށިއެވެ. ހިތްނުތަނަވަސްވާންފެށީ ކީއްވެކަމެއް ޙުދު އަހަރެންނަކަށްވެސް ނޭންގެއެވެ. ކޮންމެއަކަސް ގަޑިޖެހުމުގެކުރިން ހިތްވަރުކޮށްލާފައި އަދުހަމްއާއިއެކު ސްކޫލަށްދިއުމަށްޓަކާ ގެއިންނުކުތީމެވެ. ގެއިން ނުކުތުމާއެކު ރަށުގެ ހަނދާންތައް އާވާންފެށިއެވެ. ސްކޫލަށްދާ މަގުމަތީގައި ރައްޓެހިންނާއިއެކު މަޖާކޮށް ސަމާސާކޮށްއުޅުނު ހަނދާންވުމާާާއިކު ދެރަވީ އެމީހުން ދޫކޮށް އަންނަންޖެހުުމުންނެވެ. އެކިހިޔާލުތަކަށް ގެއްލިހުރެ ހިނގަމުންދަނިކޮށް މީހަކު ގައިގާޖެހި އެމީހަކު އަރިއަޅާލިއެވެ. ހުށިޔާރުކަމާއިއެކު އަހަރެން ވެއްޓެމުންދިޔަ އަންހެންކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލާ ހިފަހައްޓާލީމެވެ. އެވަގުތު ކުރިމަތިން ފެންނަންއޮތް ހޫރުޕަރީ އެއްފަދަ އަންހެންކުއްޖާާ ފެނި އަހަރެން އާާޝޯޚްވިއެވެ. ދެލޯބޮޑުކޮށްލައިގެންއޮތްއިރު އެތޫނު ދެލޮލަށް ނަޒަރުހުއްޓާލައިގެން އަހަރެންނަށް ހުރެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ފަަންފަން އިސްތަށިކޮޅި އެރީތި ދޮން މޫނުމައްޗަށް ވެއްޓިފާާއޮތްއިރު ކިތަންމެހާާވެސް ލޯތްބެވެ. ފިޔާތޮށިކުލައިގެ ރީތި ތުންފަތެކެވެ. ދިގުއެސްފިޔަތަކާާއެކު ދެލޯވަށައިގެން ތުނިކޮށް އަނދުންއަަޅާފައިހުރުމުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފާވެއެވެ. ކުއްލިއަކަށް މީހަކު ކަރުކެލިއަޑަށް އަހަރެންނަށް ހޭވެރިކަންވިއެވެ. ” އަނހަ… އިބާ! ނާއްޓޭ! ތިކޮންކަމެކޯ؟” ލާނެތްގޮތަކަށް ހީގަންނަމުން އަދުހަމް ބުންޏެވެ. އެވަގުތު އިބާާ އަހަރެން އަތުން ދޫވެގަނެގެން އަދުހަމްއާާއި ދިމާލަށް ލޯއަޅާލާފައި ބާރުހިނގުމެއްގައިގޮސް ގޭޓުން އެތެރެއަށްވަނެވެ. އިބާ ގޮސް ލޯކުރިމަތިން ގެއްލެންދެން އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. ” މޭ ތެރާާ ހީރޯގައުޅޭ ސީނޫއަކަށް ދުލެއްނުކުރަމެއްނު.” އަހަރެން އަބާ ދިޔަ ދިމާލަަށްބަލަންހުންނަން ފެށުމުން އަދުހަމް އަނެއްކާވެސް ހީނގަންފައި ބުންޏެވެ. ” އަދުއްޓޭ ކަލޭވެސް ދޯ.” ލަދުންހުރެ ބޮލަށް އަތް މަހާލަމުން އަހަރެން ބުނީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައިވަނީ އިބާގެ ސޫރައެެވެ. އަދުހަމް އައިސް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ކޮނޑަށް އަތްވައްޓާލުމާއިއެކު ހީލާފައި ދެމީހުން އެއްކޮންގޮސް ކްލާސް ރޫމަށްވަނީމެވެ.

*******************************

އަހަރެން ހީކުރިގޮތާއި ހިލާފަށް ކްލާހުގެ ހުރިހާ ކުދިންވެސް ވަރަށް އެކުވެރިއެވެ. މަަޑުމަޑުން ވާހަކަ ދެކެވެމުންގޮސް ދެތިންގަޑި ނިމުންއިރު ހުރިހާ ކުދިންނާވެސް ރަޙުމަތްތެރިކަން ބަދަހިވިއެވެ. އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ފިލާވަޅުހަދާ ނިންމާލުމަށްފަހު ހަމަޖެހިލާ ވަށައިގެން ބަލާލީމެވެ. އެވަގުތު ކައިރީގައި އިން ކުޑަދޮރުން ޖެހިގެންހުރި ކްލާހުގައި އިން އިބާފެނި އަހަރެންނަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އެރޭ ގެއަށްގޮސް ނިދަން އޮށޯވެ އޮތްއިރުވެސް އަހަރެންނަށް ވިސްނެނީ އިބާޔާާ ދޭތެރޭގައެވެ. އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އިބާޔަށްޓަކާ ޚާއްސަ މަޤާމެއް ދެވިއްޖެކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. Shiman

    Me first

  2. Zaee

    Haada kurey.. pls pls thankolhen dhigu kol’labala..

  3. No one

    Hlw. Here’s the 2nd part. Hope the readers like this part

  4. No one

    Next part dhigu kohleveytho balaanan insha allah

  5. Shaaa...

    Reethi vvv??

  6. Neih bunaa hitheh

    Masha Allah..vrh reethi mibaives…

  7. No one

    thanks vaahaka kiyaali hurihaa kudhinnahvx

  8. No one

    nd next part dhigu.kureveytho balaanan

  9. Naju

    Masha Allah v rythi mi partvx n next thankolheh dhigukohlahchey ingey

  10. Aesh

    Maa sha allah.. vhr furihama vaahakaeh… dhn anna baeh miahvure dhigu kollan masahkaiyy kurahchey… furathama undhagoo vedhaane dhigukuran.. ekam ves egothah kanthah kuran feshyma fahun nuvaane evves undhaguleh.. plus readers ves hiyy hama jeheyne episodes thah dhigu v varakah.. 🙂 waiting for the next part.. when is nxt episode?

  11. hajam

    Mi meehun vaahaka liyaa goi tha
    mihen liyanyaa dhuvaalaku 2 akuru liunas ragalhu vaane
    hehehe

  12. No one

    Thankss.. dhn dhuvaalaku 3 akuru liyeveytho balaanan

    1. Thoo
      No one

      Nooney 4 akuruliyevey thw balaathi

  13. Naju

    Keep it up. Masha allah. v reethi .?

  14. maya

    v reethi vaanehen hyvey..bt thankolheh dhigukoh next part genesdhbaa,,,anyway vaahaka reethi ingey ,,keep going ..story nimendhen genesdheyne kamah unmeedhu kuran….

  15. No one

    thanks.. next part dhiguvaane insha allah

  16. x

    Is this some joke or what? no-one really wants to read such short chapters so it will be better if you just write a long one and update it after a few days.No hard feelings

  17. No one

    yh i understand

  18. No one

    yh i understand

Comments are closed.