Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (26)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
May 2, 2018 5 Mins Read
17 Comments

“ދޮންތާ… ހަމަޖެހޭ” ރާސިލް އަށް އެހެން ބުނެވުނީ އިފްޝާ އަށް ގޮތެއް ވަނީކަމަށް ހީކުރެވިފައެވެ. ވީވެސް އެހެންނެވެ. އިފްޝާގެ މެއާ ދިމާލުން އެއްފަރާތަށް އެރި ތަދާއެކު އޭނާ އަށް ވޭނީ އާހް އެއް ދޫކޮށްލެވުނެވެ. “ރާސިލް ޕްލީޒް…ދާން ގެނެސްދީ” އިފްޝާ ބުނެލިއެވެ. އަދި ކުއްލިއަކަށް ރާސިލް އަތުން ވީއްލިގަނަގެން ދުއްވައިގަތެވެ. ދޮރޯއްޓާ ހިސާބުން އިފްޝާ ވެއްޓުނީއެވެ. އޭރު އެ ހިސާބަށް ސަލީމާ އާއި ރާސިލް ވެސް އަރާ ހަމަވަނީއެވެ.

“ދޮންތާ” ރާސިލް ހަޅޭއްލަވައި ގަނެފައި ގޮސް އިފްޝާ ގެ އަތުގައި ހިފީ ހިފެއްޓުމަށެވެ. އެހެންނަމަވެސް މަޑުމަޑުން އެ އަތުގައި ޖެހިލާފައި އިފްޝާ ގޮސް ޖެހުނީ ތަޅުންގަނޑުގައެވެ. “ދޮންތާ” ދެންވެސް ރާސިލް އަށް ބާރަށް ހަޅޭއްލަވައިގަނެވުނީއެވެ. “އިފްޝާ” މީގެ އިތުރުން ސަލީމާ އަށް ވެސް ބާރަށް އިފްޝާ އަށް ގޮވާލެވުނެވެ.

އިފްޝާ ގޮސް ޖެހުމާއެކު ރާސިލް އަށް ވެސް އެދިމާލަށް ގުދުވެވުނެވެ. ދެފަހަރަކު ގޮވާލުމުންވެސް އިފްޝާގެ ހަބަރެއްނުވިއެވެ. ރާސިލް އަވަސް އަވަހަށް އިށީނެވެ. އަތް ނަގާފައި އާދަޔާ ހިޔާލަށް އެ އަތުގެ ވަރު ނެތުމާއެކު އޭނާ އަށް އެ އަތުން ދޫކޮށްލެވުނެވެ. ސަލީމާވެސް އައިސް އިށީނެވެ. ރާސިލް ތުރުތުރު އަޅަމުން ދިޔަ އަތް ގެންގޮސް ނޭފަތް ކައިރީގައި ޖައްސާލިއެވެ. އެއާއެކު ދެލޯ ބޮޑުކޮށްލެވުމާއެކު އަތް ދުރުކޮށްލެވުނީ އިފްޝާގެ ނޭވާ ހުއްޓިފައިވީކަން އޭނާ އަށް އިހްސާސްކުރެވުމުނެވެ. ބޮޑުކޮށްލެވިފައިވާ އެ ދެލޮލުގެ ތެރެއިން ބޮޑެތި ކަރުނަތަށް ފައިބަން ފެށީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި ސަލީމާ އަށް ވެސް އިނދެވުނެވެ.

“މަންމާ އެންބިއުލެންސް” އެ ވަގުތު ކޮޅު އެއްވެސް އުންމީދެއްނެތިވެސް ރާސިލް ބުނެލިއެވެ. އޭރުވެސް ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަތަށ ްފައިބަމުން ދިޔައެވެ. “އައި އެމް ގޮނަ ކިލް ހިމް” ކުއްލިއަކަށް އެހެން ބާރަކުން އައިސް ރުލީވެރިކަމާ ނަފްރަތު ރާސިލް ވަށައިލުމާއެކު އޭނާ ތެދުވިއެވެ. އަދި އިފްޝާ އަށް ބަލާލަމުން އެނބުރި ދޮރޯއްޓާ ދިމާލަށް ހިނގައިގަތެވެ.

“ރާސިލް… ނޫން… ނޫން” ސަލީމާ އަށް ރޮއިގަނެވައި ގޮސް ރާސިލް އާ އަރާހަމަކުރިއެވެ. “މިވަގުތު ތިއިން އެއްވެސް ކަމެއްމުހިންމެއްނޫނޭ ދަރިފުޅާ… ހޮސްޕިޓަލަށް ގުޅާ” ސަލީމާ ރޮމުން ބުނެލިއެވެ. “އަހަރެންނަށް ދެން ކެތެއްނުކުރެވޭނެ މަންމާ” ކިތަންމެ ރިއްޗަށް ވާހަކަ ދެއްކަން ބޭނުން ވިޔަސް ރާސިލް އަށް މަންމަ އާވެސް ވާހަކަ ދެއްކުނީ އަޑު ހަރުކޮށެވެ. އެހެންކަމުން ދުވަހަކު އޭނާ އަހަރެންނޭ ކިޔާފައި މީގެކުރިން ސަލީމާ އާ މުހާތަބުނުކުރިޔަސް އަޅުގަނޑުގެ ބަދަލްގައި އަހަރެންވެސް ބޭނުންކުރެވުނީއެވެ.

އެ ހާލަތުގައި އޭނާ ހުރީ ވިސްނޭފަދަ ހާލަތެއްގައެއްނޫނެވެ.

އަނެއްކޮޅުން ސަލީމާ ގެ ހިތްވަރު ނެތެވެ. އެހެންނަމަވެސް އަންނަ ރުޅީގައި ރާސިލް ކޮންމެވެސް ކަމެއް ގޮސްކޮށްކޮއްފާނެޔޭ އޭނާގެ ހަވަނަ ހިއްސު ބުނުމާއެކު އެ ހުރީ ރާސިލް މަތަކުރަން ތައްޔާރުވެގެންނެވެ. ރާސިލް ސަލީމާގެ ފޯންނަގާ އެންބިއުލެންސަށް ގުޅާލީ އޭނާގެ ފޯން ކުރިންރޭ ވާރޭގައި ތެމި ހަލާކުވެފއި ވީތީއެވެ.

ދެމީހުންވެސް ގޮސް އިފްޝާ ގާތަށް ހުއްޓުނެވެ. “ދޮންތާ ދެތުވެބަލަ” ރާސިލް އަށް އިފްޝާގެ ހުޅުވިފައިވާ ލޯ ފެނުމާއެކު ތަޅުވައިގަނެވުނެވެ. “ރާސިލް ދަރިފުޅާ ނޫން” ސަލީމާ ރާސިލް ގެ އަތުގައ ހިފައްޓަމުން ބުނެލިއެވެ. ރާސިލް ބަލާލުމާއެކު ސަލީމާ ދެފަރާތަށް ބޯ ހޫރާލީ ތިހެން ނަހަދާށޭ ބުނާފައިދައިން އަދި އިފްޝާގެ ލޯ ވެސް މަރުވާލަމުންނެވެ.

ދެމީހުންނަށްވެސް ގަބޫލްނުކުރެވުނުކަމުގައިވިނަމަވެސް އިފްޝާ މި ދުނިޔެ ދޫކުރިކަން އެނގެއެވެ. އެންބިއުލެންސް ގެ އިންތިޒާރުގައި ތިބި ދެމައިންނަށް ވެސް ދިޔައީ ރޮވެމުންނެވެ. އެހެންނަމަވެސް ރާސިލް ގެ ނަޒަރު އިފްޝާގެ އަތަށް ހުއްޓުމާއެކު އެ އަތް މަޑު މަޑުން ހަރަކާތް ކުރިތަން ފެނި އޭނާ އަށް ދޮންތަ އޭ ކިޔާ ގޮވާލެވުނެވެ. އެ ހިނދު އުނދަގުކުން ފަރަށް ފުންނޭވާއެއް ލުމާއެކުއިފްޝާގެ އަނގައިން ވަރަށް އުނދަގުކުން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އެ ހިނދު ސަލީމާ އަށް ﷲ ސުބްހާނަހޫ ވަތައާލާ އަށް ހަމްދުކުރެވުނެވެ. ރާސިލް އަށް ވެސް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. އެންމބިއުލެންސްގެ ސައިރެންގެ އަޑު އިވެން ގިނަ އިރު ތަކެއް ނުވިއެވެ. އެންބިއުލެންސް އައުމާއެކު ލަސްތަކެއް ނުކޮށް އިފްޝާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ފުރަތަމަވެސް އިފްޝާ ވެއްދީ އައިސީޔޫއަށެވެ. ފަރުވާދެމުން ދިޔަ އިރު ރާސިލް އާއި ސަލިމާ ވެސް ބޭރުގައި ތިބެގެން އިފްޝާ ސަލާމަތް ކުރައްވާތޯ ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ.

ލޯގަނޑުން އިފްޝާ އަށް ދެމުން ދިޔަ ފަރުވާތަށް އެމީހުންނަށް ފެނުނު ކަމުގައިވިނަމަވެސް އިރުކޮޅަކުން ޑޮކްޓަރު އައި ދަރުހުންވެގެން އިފްޝާ ގެ ވަށައިގެން ފޮތިގަނޑެއް ދަމާލުމާއެކު އެތަން ފަރުދާވެގެން ދިޔައެވެ. އެ މީހުންތިބީ ކުޑަ ހޯލްވޭ އެއްކަހަލަ ތަނެއްގައެވެ. އެއްވެސް އިތުރު މީހަކު ފެންނަން ނެތް އިރު އެތަނުގައި ވަނީވެސް މަޑު އައްޔެކެވެ.

ކުއްލިއަކަށް ޑޮކްޓަރު ނުކުމެ އިފްޝާ އޮޕަރޭޝަން އަކަށް ރެޑީ ކުރަން ތައްޔާރުވަނީކަމާއެކު ޕޭޕަރވޯކް ތައް ނިންމަން އަންނާށޭ ބުނުމުން ރާސިލް ދިޔައީ ސަލީމާ ބަހައްޓާފައެވެ.

ރާސިލް ސޮއިކޮށް ނިންމާލުމާއެކު ލަސްތަކެއްނުވެ އިފްޝާގެ އޮޕަރޭޝަން އަށް ރެޑީ ކުރެވުނެވެ. ޑޮކްޓަރު އެތެރެއަށް ވަދެފައި ފަސްމިނިޓް ނުވެ ނުކުމެ ދެން ދިން ހަބަރުން ރާސިލް އާއި ސަލީމާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނުފަދައެވެ.

ހާޓް އެޓޭކެއް ޖެހި އިފްޝާ އަށް ފަރުވާ ނުދެވި ގިނަ އިރު ވުމާއެކު ހޮސްޕިޓަލަށް ގެނެވުނުލެއްވެސް ލަސްވުމުން ސަލާމަތް ކުރަން އުނދަގޫ ވެގެން ކަމަށް ޑޮކްޓަރު ބުނެލިއެވެ. ސަލީމާ އަށް ބާރަށް ރޮއިގަނެވުނީ ދެނެވެ. ދެވަނަ ފަހަރަށް އިފްޝާ ލޯ ހުޅުވާލާ ނޭނަމައޭ ހިތަށް އެރި ކަމަކު އެކަން އެގޮތަށް ނުވާނޭ ކަން އެ ހިތަށް ގަބޫލް ކުރެވުނެވެ. ޑޮކްޓާރުންވެސް އުންމިދު ކަނޑާލީއެވެ.

“ރާސިލް ނޫން…” ސަލީމާ އަށް ބުނެވުނެވެ. ރާސިލް ކައިރިއަށް ޖެހިލާ މަންމަ މަތަކުރަން އުޅުނުއިރު އެ ހިތަށް ކޮށްފައިވާ އަސަރުތަށް ބަޔާން ކުރާކަށް ނޭނގެއެވެ. ހަމަ ގައިމުވެސް ކުރިން ހުރި ހިތްވަރުވެސްނެތެވެ.

“މަންމާ ހިތްވަރު ކުރޭ” ރާސިލް އަށް ބުނެވުނެވެ.

“ކިހިނެތް ދެވަނަ ފަހަރު” މަރުވެފައި ކަހަލަ ގޮތަކަށް އިވެފައި އިފްޝާ ގެ ހަރަކާތް ތަށް ފެނުމާއެކު އެ ލިބުނު އުންމީދުގެ ހުޅުކޮޅު ދެވަނަ ފަހަރު ގެއްލުމުން ކެތް ކުރަން ދަތިވީއެވެ. ރާސިލް މަންމަގެ މޫނުގައި ކުޑަކޮށް ހިފާލަމުން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ.

“މަންމާ” އެކަމަކު އެ ވަގުތު ސަލީމާގެ ނޭފަތުން ލޭފައިބިތަން ފެނުމާއެކު ރާސިލް އަށް ހަމަ އެކަނި މަންމާ އޭ ކިޔާފައި ގޮވާލެވުނީއެވެ.

“މަންމާ… ނުވިސްނާ… ޑޮކްޓަރ ބުނީ…. މަންމަ ވިސްނަންޏާ އިޓް ވިލް ގެޓް ވޯސް” ރާސިލް ގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެފައިވިއެވެ.

އާދަޔާ ހިލާފަށް އެހިތް ތެޅިގަތީ އިފްޝާ ވަކިވެދިޔަތާ މާގިނައިރެއްނުވެ ސަލީމާ ވެސް އޭނާ ދޫކޮށްލާފައި ގޮސްދާނެތީއެވެ.

“މަންމާ ހުއްޓާލާ” ރާސިލް އަށް ބުނެވުނެވެ. ނެތް ހިތްވަރު ނެރެގެން ހިތްވަރު ކުރަމުން ދިޔަ ނަމަވެސް ކަރުނަތަކަށް ހުއްޓުމެއް ނައެވެ.

“މަންމާ… މަންމަ އެއްނު ބުނީ ހިތްވަރު ކުރަންވާނޭ… މަންމަ ހިތްވަރު ދޫކުރީމާ ދެން އަޅުގަނޑުވެސް ހިތްވަރު ދޫވާނީ ދެން… ” ރާސިލް ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ސަލީމާ ގައިގައި ލަށްކޮއްލައިގެންނެވެ. އަދި ޖީބުން ރުމާ ކޮޅު ނަގާ ސަލީމާގެ ނޭފަތުގެ ކައރީގައި ޖައްސާލަމުން ލޭތަށް ފޮހެލިއެވެ. “މަންމަ ހަނދާންނެތިގެން ބޭސް ނުކަން” ސަލީމާ ރޮވޭ ހާލުވެސް ބުނެލިއެވެ. މާގިނަ އިރެއނުވެ ޑޮކްޓަރު ނުކުމެ ސަލާމަތެއްނުކުރެވުނޭ ބުނެ ޔަގީން ކޮށްދިނުމުން ރާސިލް އަށް ވެސް ހުރި ތަނަށް ތިރިވެވުނެވެ. ކުޑައިރުގެ އެކި ހަނދާންތަށް ކުރިމަތިން ފެންނަން ފެށިއެވެ. އަނެއްކޮޅުން ސަލީމާ އަށް ވެސް ރާސިލް އާއި އިފްޝާގެ ކުޑައިރުގެ ހަނދާންތަށް އަންނަން ފެށިއެވެ.

މެއަށް ބާރުވެ ފިތޭގޮތް ވުމާއެކު ރާސިލް އަށް ވެސް އަނގައިން މަޑު މަޑޫ އާހްއެއް ބޭރުވެގެން ދިޔައެވެ. ކޮންމެ ފުރާނައަކީވެސް އެ ފުރާނއެއްގެ ވަގުތު ޖެހުމުން ގެންދަވާނޭ ފުރާނައެއްކަން އިންސާނުން ގަބޫލް ކުރަން ޖެހެއެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވީ ވަކި މަގްސަދެއްގައެވެ.

ރާސިލް ފުންނޭވާއެއްލަމުން މަތި ބަލާލީ އެ ނަފްސަށް ހަމަޖެހުމެއް ލިބޭތޯއެވެ. ސލަމާތް ވާނޭ ކަމުގެ އެއްވެސް އުންމީދެއް ޑޮކްޓަރުން ނުކުރި ކަމުގައި ވި ނަމަވެސް ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެއް ވެއެވެ. އެކަލާނގެއީ ބައެއްކަންތަށް ހީވެސް ނުކުރާ ގޮތްގޮތަށް ނިންމަވާ ރަސްކަލާނގެއެވެ.

ސަލީމާ އަށް ވެސް ރާސިލް ގެ ގާތަށް ގޮސް ކައިރީގައި އިށީނދެވުނެވެ. އޭނާ ރާސިލް އާށް ހިތްވަރު ދެމުން ދިޔައެވެ. ފަސްވަރަކަށް މިނިޓް އެހެން ތިބެފައި ސިހުނީ ޑޮކްޓަރެއް ނުކުތުމުންނެވެ. ރާސިލް އާއި ަލީމާ އެ ދިމާލަށް ދިޔައެވެ.

“ޝީޒް ނޯ މޯ… އައި އޭމް ސޮރީ”  އެވަގުތު އެތަނުގައި ހުރި އެމެރިކާގެ ޑޮކްޓަރު އިނގިރޭސި ބަހުން ބުނެލިއެވެ. ރާސިލް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއެކު ސަލީމާ އަށް ވެސް އިސްޖެހިފައި ހުރި ޑޮކްޓަރަށް ބަލާލާ ދެވަނަ ފަހަރު ރާސިލް އަށް ބަލާލިއެވެ.

“ރާސިލް… ކީކޯ އެ ބުނީ ރާސިލް” ސަލީމާ ރާސިލް ގެ ކައިރިއަށް ޖެހިލާ ކުޑަކޮށް ތަޅިވައިގަތުމުންވެސް އެއްޗެއް ނުބުނުމުން ފަހު ފަހަރަށް ބާރަށް ރާސިލް އަށް ގޮވާލަމުން ހަޅޭއްލަވައިގަނެވުނެވެ. އަދި ގައިގައި ހުރި ވަރެއް ލާފައި ތަޅުވައިގަނެވުނެވެ.

“މަންމާ… ދޮންތަ… ދޮންތަ… ދުނިޔެ ދޫކޮށްފި… ދެން ދޮންތަ އެއް ނާންނާނޭ” ރާސިލް އަށް ވބުނެވުނެވެ. އެވަގުތު ފަހަރަށް އެޅުނު ފިޔަވަޅާއެކު ސަލީމާ އަރި އަޅާލިއެވެ. ރާސިލް ސަލީމާގެ ލޮލަށް ބަލާލަމުން ހުޝިއާރް ކަމާއެކު ސަލީމާ ހިފެއްޓިއެވެ. އަދި މަންމަގެ ގައިގައި ބައްދާލީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދުމަށެވެ.

ލޯގަނޑޫ ކައިރިއަށް ޖެހިލުމާއެކު އެމީހުންނަށް ފެނުނީ ނަރުސްކުއްޖަކު އިފްޝާގެ އެނދު ފޮރުވޭ ގޮތަށް ދަމާލާފައިވާ ފޮތިގަނޑު ދުރުކޮށްލުމުންނެވެ.

އެވަގުތު އިފްޝާ ލޮލުގައި އަޅައިގަތުމާއެކު އިފްޝާގެ ގަޔަށް ގުޅާފައިވާ ހޮޅިތައް ވެސް ނައްޓާ އެއްޗެހި ތަރުތީބުކުރާތަން ރާސިލް އަށް ފެނުމާއެކު ދެފަހަރަކު ނޫނެކޭ ބުނެވުނެވެ.

“ނޫން”

***

“ނޫން…” ސިހިފައި ރާސިލް އަށް އައިލީޝް ގެ އެނދުގައި ބޯ އަޅާލައިގެން އޮވެފައި ބޯ ހިއްލާލެވުނެވެ.

“ނޯ އައިލީ ނޯ…” ރާސިލް އަށް ބުނެވުނެވެ.

“ނޯ… އައިލީ ނޯ… އިތުރަށް އެފަދަ ހިތްވަރެއް ކުރާނީ ކިހިނެތް؟ ދެން ތެދުވޭ… ” ރާސިލް އަށް އަނެއްކާވެސް ބުނެވުނީ ކަރުނައިގެ ތެރެއިންނެވެ. މާޒީގެ ހިތި ސަފްހާތަކުން އޭނާގެ ހަޔާތް ކަޅު ވެގެން ދިޔަ ގޮތުން އަދިވެސް އެ ހަނދާންތަށް އަންނަ ކޮންމެ ފަހަރަކު އެ ހިތް ރޮއެވެ.

“އައިލީ… ދެން ތެދުވެބަލަ…” ރާސިލް އަށް ބުނެވުނެވެ. އެއާއެކު އަނެއްކާވެސް މާޒީގެ އެ ހިޔާލްތަކުން އޭނާ ގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ.

***

ޑޮކްޓަރުން ބަލަން ޖެހޭ އިތުރު ކަންތަށްތަށް ބެލުމަށްފަހު އަދި ކުރަންޖެހޭ ކަންތަށްތަށް ކުރުމަށްފަހު އާއިލާ އާ ހަށިގަނޑު ހަވާލްކުރިއެވެ. އެ ކޮތަރިއތެރެއަށް ސަލީމާ އަތުލަފި ކޮށްގެން ވަދުނު ރާސިލް އަށް ވެސް އިފްޝާ އާ ދިމާލަށް ބަލާލަން ނުކެރި ލޯމަރާލެވުނީ ދުވަހަކުވެސް ދެން އޭނާ އާ އެކީ މަޖާކުރަން ކުޅެން ނާންނާނެތިއެވެ ކުޑައިރު އިރުގެ އެތަކެއް ހަނދާންތަކެއް އެ ހިތުތެރޭގައި އެނބުރިގަތީ ތޫނުތަދެއް އިހްސާސްކުރުވަމުންނެވެ.

ދޮންތަ އެ ޖޮބަށް ދިޔައީ އޭނާގެ އަދި މަންމަގެ ދިރުއުޅުން އުޖާލާ ކޮށްލަދޭށެވެ. އެ ތަނުން ލިބޭ މުސާރަ ބޮޑުވީމަޔާ އެކީ މަންމަގެ ބޭސް ފަރުވާގެ އިތުރުން ރާސިލް އަށް ކިޔަވާވެސް ދެވޭނެތީއެވެ.

އެހެނެއްކަމަކު އެ އޮފީހަށް ދޮންތަ ވަދެގެން ދިޔުންވީ އެ ހަޔާތަށް އެޅުނު އަނދިރިގަނޑަކަށެވެ. އެ ހަޔާތް ބަރުބާދުވިކަމަކަށެވެ. ދޮންތައަށް އެ ހާލު ޖެއްސި މީހަކަށް އޭނާ ދުވަހަކު މާފެއް ނުކުރާނެއެވެ.

ކަށިކަމާކއމީގެ ކަންތަށް ތަށް ނިމި މޫނުދައްކާ ވަޅުލެވުނެވެ. ސަލީމާ ގޮވައިގެން ގެއަށް ގެނެސް ފުރަތަމަވެސް ރާސިލް ސަލީމާ އަށް ބޭސް ދިނެވެ. އޭރު ގަޑިން ރޭގަނޑު އެގާރަޖަހާ ބޮޑުވެއްޖެއެވެ.

ރާސިލް ސަލީމާ ނިދަން ކޮޓަރިއަށް ވައްދާފައި ކޮޓަރިއަށް އައިސް ވަނީ ދާ ހިތްލާފައި ހުރުމުން ފެންވަރާލުމަށެވެ. ދޮންތަ ވަކިވެދިޔަ ކުއްލި ވަކިވުމުން އޭނާގެ ހިތަށް ކިތަންމެ އަސަރެއްކުރިއަސް ކޮންމެކަމަކަށް ވެސް ކެތް ކުރަން ޖެހޭނެކަމަށް މަންމަ ބުނެއެވެ. މިއަދު ބަލި އެ މަންމަ ގެ ހަމައެކަނި ހުރި މީހަކީ އޭނާއެވެ. އެހެންކަމުން މަންމަ އަށް އަޅާލާ އޯގާތެރިވެވޭނީ އޭނާ ހިތްވަރުކޯށްގެން ކަން އެ ހިތަށް އެނގެއެވެ. އެ ހިތް ފުޑުފުޑު ވި ކަމުގަި ވިނަމަވެސް މަންމަ އަށް ޓަކާ ވެސް އޭނާ ހިތްވަރު ކުރަން ޖެހއެވެ. ފެންވަރައިގެން ނުކުމެ އެނދުމަތީގައި ޖައްސާލީ ނިދާކަށް ނޫނެވެ. އެހެން ނަމަވެސް ވެފައި ހުރި ވަރުބަލި ކުޑަކޮށް ފިލުވާލުމަށެވެ. މަންމަ ގެ ބޭސް ވެސް ހުސްވަނީއެވެ. ދެން އިނީ އެންމެ ދދުވަހެއްގެ ބޭހެއެވެ. ބޭސް ހުސްވިހާ އަވަހަށް ޑޮކްޓަކަށް ވެސް ދައްކަން ޖެހޭނެއެވެ. އެހެންނަމަވެސް އަތުގައި އެންމެ ލާރިއެއްވެސް ނެތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ބޭނުންވަނީ ޔާރާ… 11

Next

އުމުރަށް ތިޔަ ލޯބީގައި

Next
May 3, 2018

އުމުރަށް ތިޔަ ލޯބީގައި

Previews
May 2, 2018

ބޭނުންވަނީ ޔާރާ… 11

17 Comments!

  1. Blue beauty says:
    May 2, 2018 at 10:28 pm

    Wow varah reethi mi part ves akam kuree…waiting for next part ?????

  2. Aara says:
    May 2, 2018 at 10:29 pm

    Reethi

  3. unique says:
    May 2, 2018 at 10:29 pm

    yeyy vvvvvvvvvvvvvvvvvvvvvvvvv ves nice

  4. Hi Mi says:
    May 2, 2018 at 10:30 pm

    Salaam all. Sorry kuru vma. Bixi kamunna internet slow kamun hama mihen mivani. Kuree part ah ves reply kuree iru inteenwt slow vegen varah kurukoh reply thah ves kurevifa hunaani. Mi part ves dhevana faharu up kureema mi ra gangalhu v. Sorry again. Maadhamaa aki thursday. Eyi himi story up kuraa rehular day eh. In Sha Allah. Mi part dhigukohlaanan.
    Jazakallah Khairan.

  5. Shaaab says:
    May 2, 2018 at 10:30 pm

    Mee first dhw.. ekamaku haadha kurukoh
    .

  6. Kail says:
    May 2, 2018 at 10:41 pm

    Vrh reethi mivaahaka fothehge gothugai neren v nun

  7. shif ? says:
    May 2, 2018 at 10:41 pm

    Waàaaaau vv reethi…
    Next part vv dhigu kohladhehchey…

  8. Riyaa says:
    May 2, 2018 at 10:50 pm

    Alhey ifshaa…. maadhan thankolheh avahah up kohdhehchey himi v reethi mi story keep it up dear luv ?

  9. near says:
    May 2, 2018 at 11:11 pm

    Alhugandu mee alif alif mathivery second home kurimathee inna geyehga ulhey kujjeh .alhugandu ge hobby akee vhk kiyumah fahu comment kurun..alhugandah mi vhk varah reethi

  10. Reesha/A.mathiveri says:
    May 2, 2018 at 11:14 pm

    Varah ginain vhk kiyan ekm mivaru vhk eh adhi nukiyeyy dhuvahaku ves❤❤❤❤??
    Love yourr story????
    Keep it up ? ?❤❤❤❤❤?
    ~I shath Reesha~
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  11. lotus says:
    May 3, 2018 at 5:32 am

    Nice as always… v emotional…

  12. Any says:
    May 3, 2018 at 5:58 am

    V reethi mibaives hadhamolhey masha Allh ???

  13. FAISAL says:
    May 3, 2018 at 7:41 am

    Vaa aaaau heski salhi??????

  14. Xaaaan says:
    May 3, 2018 at 9:34 am

    Wow Masha Allah mi partves v reethi❤???

  15. Pinky shifoo says:
    May 3, 2018 at 9:51 am

    Maashaa Allah v v v reethi v v v emotional ❤❤❤❤❤?????… u made me cry Hi Mi ?????… Raasil haadha haalehgaey past ga ulhuny ?????… Feelings thah deliver kohdhinun hama obiness to the max ?????… This story is hama superb ?????… Thihaa bxy koh ulhemunvx story up kohdheythy v v v happy ?????… Thankyou sooo much ???????… lots of love from Hi Mi ge biggest fan ❤❤❤❤❤????????????????????????

  16. Jenna says:
    May 3, 2018 at 12:17 pm

    Ifsha ah kihineh ba then vani?

  17. Aysh says:
    May 4, 2018 at 12:16 am

    Alhey hamaragalhahves rohvalaifi vvv furihama ???

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (27)←


All Right Reserved!