ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނީ މިހާ ހެނދުނު އެގެއަށް އައީ ކާކުކަން ނޭނގޭތީއެވެ. އެމީހަކު ކިތަންމެ ވަރަކަށް ބެލް އެޅިޔަސް ލައިގެން ހުރި ހެދުމުގެ ގޮތުން ހުޅުވޭކަށް ނެތެވެ. ތަކުރާރުކޮށް އެމީހަކު ބެލް އަޅަން ފެށުމުން ރިމީޝާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު މަތިން ކަޅުހެދުން ލުމަށްފަހު ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ބެނިއަންއަކާއި އެކު ހަމަ އެކުލައިގެ ސޯޓްބުރިއެއްގައި ފުރަގަހަށް ހުރި އިސްކޮޅުންދިގު ޒުވާނެއް ރިމީޝާ އަށް ފެނުނެވެ. ޓެނިހަށް އަރާލާފައި ހުރިއިރު ހީވާ ގޮތުން ކުޅެންދާ ކުއްޖެއްކަމަށް ރިމީޝާ ލަފާކޮށްލިއެވެ. ލައިގެން ހުރި ބެނިއަން ފަހަތުގައިވާ ނަން ފެނުމާއެކު ރިމީޝާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
ހިނިތުންވެލައިގެން ހުރި ޒުވާނާ ރިމީޝާ އާއި ވީކޮޅަށް އެނބުރިލުމުން ރިމީޝާ ކުރީގެ ހަނދާނެއް އާވިކަހަލައެވެ. ރަހްމަތްތެރި މޫނަކަށް ވިޔަސް ނަމެއް ހަނދާނެއްނެތެވެ. ޝިނާންގެ އެންމެގާތް އެކުވެރިޔާ އަށް ވިޔަސް އެންމެފުރަތަމަ ދިމާވި ގޮތް ވެސް ހަނދާނެއްނެތެވެ.
“ހޭއި… އިއްބެ. އިނގޭ ބަލަން ހުރި ގޮތުން ހަނދާންނެތިފަކަން” އިއްބެ ހީލާފައި ރިމީޝާ އަށް އަމިއްލަ އަށް ތަޢާރަފް ވެލިއެވެ.
“އާނ އިއްބެ ދޯ…. އަސްލުވެސް ކުޑަކޮށް ހަނދާންނެތިފަ ހުރީ. ތީ ކޮންދަތުރެއް. ނުވެސް ފެނޭ ވިއްޔާ” ރިމީޝާ ވެސް ހީލާފައި ބުނެލިއެވެ.
“ނުފެންނާނެއްނު. މާލޭގައެއް ނޫނޭ އުޅެނީ. ގިރިފުށީގަ. ނާނު ނުބުނޭތަ؟” އިއްބެ ހީލާފައި ބުނެލިއެވެ. އެވަގުތު ރިމީޝާގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު އިއްބެއަށް ސާފުކޮށް ފެނުނެވެ. އިތުރަށް ޝިނާނާއި ބެހޭ ގޮތުން އިއްބެ އެއްޗެއް އަހާފާނެތީ ރިމީޝާ ކަންބޮޑުވިއެވެ.. މިހާ ދުވަސްވިއރު ވެސް ޝިނާން ވީތަނެއް ހުދު ރިމީޝާއަށް ވެސް ނޭނގެވިއްޔާއެވެ.
“އެތެރެއަށް ވަންނަންވީނުން ކޮފީ ބޮއެގެން ދާން” ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން ރިމީޝާ ބުނެލިއެވެ. އެވަގުތު އިއްބެ އެކަމަށް އިންކާރު ކުރިއެވެ. އޭނާ ބަނޑުގައި ކޮފީއެއްހާ މިންވަރު ވެސް ލާނެ ޖާގައެއް ނެތޭ ބުނެއެވެ. އަދި ހަމަ ރިމީޝާގެ އެގާތް ކަމަށް ޝުކުރުވެރިވިއެވެ.
“އަސްލު ކަމަކުއޭ މިއައީ…. ވާހަކައެއް ބުނަންވެގެން” އިއްބެ ބުނެލިއެވެ. ދެއުކުޅުގައި އަތް އަޅުވާލީ ވާހަކައަށް ފުރިހަމަ އަށް ތައްޔާރުވެލުމަށްޓަކައެވެ.
“އަހަންނަކަށް ނޭނގެ ނާނު އާއި ރިމީ އާ ޖެހުނީ ކޮންމައްސަލައެއް ކަމެއް. އެނގޭހާ ވެސް އެއްޗަކީ ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން. އަހަރެން މިދުވަސްކޮޅު ޗުއްޓީގަ މާލޭގަ ހުއްޓާ ނަސީބަކުން ނާނު ގުޅީ.. އަހަރެން ކުށްޔަށް ހިފާފައި ހުންނަ އެޕާރޓްމަންޓްގައި ނާނު އުޅޭތާ މިހާރު މަސް ދުވަސް ވަނީ….. ވަޒީފާއަށް ދަނީ އެއް ނޫން. ރަނގަޅަށް ކަނީއެއް ނޫން. އަބަދު ކަމަކީ ސިގިރެޓް ބުއިން. ވަޒީފާ އަށް ނުދާތީ މިހާރު އެމައްސަލަ ވެސް އޮތީ ދާންވީ އެންމެ މައްޗަށް ގޮށްސަ. އަހަރެން ވަރަށް މަސައްކަތުން އެ އަނދަވަޅުން ވެސް ނާނު ސަލާމަތްކޮށްފިން. މިހާރު ހުރީ ކުރު ޗުއްޓީއެއްގަ. އަހަރެން މިގެއަށް އަންނަ ވާހަކަ ބުނީމަ ވެސް ދެކޮޅުހެދީ. އޭނާގެ ފަރާތުން ބުރައެއް ރިމީ އަށް ޖައްސާކަށް ބޭނުމެއްނުވެޔޯ. އެކަމު ވެސް އަހަރެން މިއައީ… ފަސް ވަރަކަށް ދުވަސްވެއްޖެ ވަރަށް ގަދައަށް ހުން އަންނަތާ. ވަރަށް ވަރަށް ބަލިކޮށް އަބަދު އޮށޯވެގެން އޮންނަނީ” އިއްބެ އެއްފައްޗަކަށް އޭނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ކިޔާލިއެވެ. ރިމީޝާ އިސްޖަހާލައިގެން ހުރީއެވެ. ހަގީގަތުގައި ޝިނާން އެހާލުގައި ވާތަން ދެކޭކަށް އޭނާ ވެސް ބޭނުމެއްނޫނެވެ. ރިމީޝާ ވަރަށް ދެރަވެ ކަރުއެލުވާލިއެވެ. މިހާ ދުވަސް ވިއިރު ޝިނާން މާލޭގައި ހުރެ ހަބަރެއް ނުވީމަ ހަގީގަތުގައި ވެސް ރިމީޝާ ދެރަވެއްޖެއެވެ. މިހުރިހާ ދުވަހު ރިމީޝާ ހީކޮށްގެން ހުރީ ޝިނާން މާލޭގައި ނެތް ކަމަށެވެ.
“މަށާ މާބޮޑު މައްސަލައެއް ނުޖެހޭ. ވީކަމެއް އެވީ ޝިނާން އާއި އޭނާގެ މަންމައާ ދެމެދު. ހަބަރެއް ނުވާތީ ވަރަށް ކަންބޮޑުވެފަ މި ހުންނަނީ. މިޝްކޮ ވެސް އަބަދު ބައްޕި ވާހަކަދައްކަނީ” ރިމީޝާ ބުނެލިއެވެ.
“އަހަރެން ބުނެގެން ޑޮކްޓަރަށް ނުދިޔަ. ރިމީ ބުނެފިއްޔާ އޭނަ މިދިމާލުން ކަނޑަށް ވެސް އެރިފާނެ. އަން. އަހަރެން މިދަނީ ކުޅެން. ހަވީރުން އަންނާނީ ގެއަށް. މިދަނީ ވިލިމާލެއަށް. ގޭގައި ނުހުންނާނެ އެކަކުވެސް. އެޑްރެސް ރިމީގެ ފޯނަށް މެސެޖް ކޮށްލާނަން. އެބައިން މަގޭ އަތުގައި ނަންބަރު” ރިމީޝާގެ އަތަށް ވަކިން އޮތް ތަޅުދަނޑިއެއް ދީފައި އިއްބެ ދިޔައެވެ. ރިމީޝާ އިރުކޮޅަކު ތަޅުދަނޑިއަށް ބަލަހައްޓައިގެން ހުރުމަށްފަހު އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.
މިޝްކު ނުހޭލަނިސް ގަދަކަމުން ނަގައިގެން ފެންވަރުވާ ކާންދީ ، ބޭސްދީ ހަދައިގެން ދެމައިން ތައްޔާރުވެގެން ދިޔައީ ޒޯހަލްމެން ގެއަށެވެ. ޒޯހަލް އާއި މިޝްކު ހަވާލުކޮށްފައި މަގުމަތިން ޓެކްސީ އެއް ހުއްޓުވައިގެން ދިޔައީ އިއްބެ ބުނި އެޑްރެހަށެވެ. ޓެކްސީ ތެރޭގައިވީ ހަތް މިނިޓެވެ. ކުރިމަތިން ފެންނަން ހުރީ ފެހި ކުލައިގެ އާދައިގެ ދޮރާއްޓެއްލާފައިވާ ގެެއެކެވެ. އިއްބެ ކިޔާދިން ގޮތަށް ދޮރުން ހުޅުވާލުމުން ކަނާތްފަރާތުން ފެންނަން ހުރި ދޮރުގެ ފާރު ކައިރީގައި ޝިނާންގެ އޮފިޝަލް ބޫޓް ލައްކޮށްލާފައި ހުއްޓާ ފެނުނެވެ. އެގޭތެރެއިން އިތުރު ބައިތައް ފެންނަން ހުއްޓަސް ދިރޭ އެއްވެސް ފުރާނައެއްގެ ހިލަމެއް ވެސް ނުވޭއެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ރިމީޝާ ކުރިއަށް ގޮސް ދޮރު ކައިރީގައި ހުއްޓުނެވެ. އިއްބެ ތަޅުދަނޑި ދީފައި އޮތަސް ރިމީޝާ އެންމެފުރަތަމަ ޓަކި ޖަހާލިއެވެ. ދޮރު ނުހުޅުވުމުން ތަޅުދަނޑި ނެގިތަނާ ހުޅުވާލިއެވެ.
ކުރިމަތިން ފެންނަން ހުރި އިންސާނާ ފެނުމުން ރިމީޝާ ގަނޑުވިއެވެ. ކުރިމަތިން ފެންނަން ހުރީ ޝިނާން އާއި ކަމާމެދު އޭނާ އަށް ޝައްކުވިއެވެ. މުޅި މޫނުމަތީގައި ވަނީ ހުސް ތުނބުޅީގެ އިސްތަށިތަކެވެ. ދެލޯ ވަނީ ވަޅުވަދެފައެވެ. ތުންފަތްވަނީ ކުރަކިވެފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ކަކުލާއި ހަމައަށް އަރާ ސޯޓްބުރި ވެސް އުކުޅުވަޅުގެ ކަށިގަނޑާއި ހަމައިން އޮތީ ސޮހިފައެވެ. މޭމަތީގެ ކަށިތައް ހާމަވެފައިވާ ތަން ފެނި ރިމީޝާ ހިތަށް ތަދުވިއެވެ. މިއިން ދުވަހަކު ވެސް ފެންވަރާވާހެނެއް ހިއެއް ނުވެއެވެ. ބަލާބެލުމަށް އެތައް ދުވަހަކު ބަލި ތަންމަތީގައި ވޭން ތަހައްމަލް ކޮށްފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެގެވެ.
ކުރިމަތީގައި ހުރި ރިމީޝާ ފެނުމުން ޝިނާނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ އޭނާ ދުށުމަށް މިވަގުތު އެންމެ އެދޭ އަންހެންކުއްޖާއެވެ. ރިމީޝާގެ ސޫރަ ފެނުމުން ވެސް އޭނާގެ ހަށިގަނޑަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ޝިނާން ރިމީޝާ އަށް ފުރަގަސް ދިނީ ރިމީޝާގެ ހުދު ދެލޮލުގެ ތެރޭގައި ކަރުނަިތިކިތައް ވިދާ ބަބުޅާ މަންޒަރު ނުބަލަން ވެގެންނެވެ. ކުރިއަށް ދިޔުމަށް ހިނގައިގަތް ޝިނާން ބޮލަށް އެނބުރުންއަރާ ވެއްޓެން ދިޔަ ވަގުތު ރިމީޝާ އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. ރިމީޝާ އަށް ހައިރާންކަމެއް ލިބުނެވެ. އިސާހިތަކު ޝިނާންގެ ކަރުދޮށުގައާއި ނިތްކުރީގައި ވެސް އަތް ޖައްސާލިއެވެ. ރިމީޝާ އަށް ހީވީ ހަމަ ރަނގަޅަށެވެ. ޝިނާން ހުރީ ވަރަށް ބޮޑަށް ހުން އައިސްފައެވެ.
“ޝިން. ކީއްވެ ތިހެން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟އަހަރެންނަށް ކޮން ކުށެއް ކުރެވުނީ؟” ރޮވިފައި ރިމީޝާ އަހާލިއެވެ. ޝިނާން ވަކި އެއްޗެއް ނުބުނެ ރިމީޝާގެ މޫނަށް ބަލާލިއެވެ. ރިމީޝާގެ ދެލޯ ކައިރިން ފޭދިފައި ހުރި ކަރުނަކޮޅުގައި އަތް ހިންގާލަން ބޭނުންވިއެވެ. މޫނުގައި ފިރުމާލާ ބައްދާލަން އިންތިހާ އަށް ހިތް އެދެމުން ދިޔައެވެ. އެ އަންހެންކުއްޖާ ދެކެ އޭނާ އަށް ވެވިފައި މިވަނީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟
“މިހުރިހާ ދުވަހު އަޅެ ކުޑަކޮށްވެސް މަގޭ މަތިން މިޝްކު މަތިން ހަނދާންނުވޭތަ؟ ފޯން ނިއްވާލައިގެން އުޅުނު އިރު އަޅެ އެއްވެސް އެއްޗެއް ހިތަށް ނާރާތާ؟ ކުޑަމިނުން މިޝްކު މަތިން ހަނދާންކޮށްލިނަމަ. އަމިއްލަ ދަރިއެއްނު އެއީ. އެކުއްޖާ ދުލުކުރީގައި އަބަދު އޮންނަނީ ބައްޕި…..” ޝިނާން އަތުގައި ހިފަހައްޓައިގެން ކޮޅަށް ހުރެ ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ. ޝިނާން ދުލުން ބަހެއް ނުބުންޏަސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ.
“ވީކަމެއްވީ. ފަހުން ކަންތައްވީ ގޮތް ވެސް ޝިން ނުބަލަމެއްނު. ފޯނު ވެސް ނިއްވާލީ. އެނގޭދޯ މަށާ މިޝްކޮ އާއި ދެމީހުން ޝިން މަތިން މިސްވާނެވަރު…” ސޯފާގޮނޑީައި ޝިނާން ބޭންދުމަށްފަހު ކައިރީގައި އިށީނދެލިއެވެ. ރިމީޝާ އެބުނި ޖުމްލައިން ޝިނާނަށް ރިމީޝާ އަށް ބަލާލެވުނެވެ.
“ރިމީ މިސްވިތަ؟” ކުރަކިވެފައިވި އަޑަކުން ޝިނާން ބުނެލިއެވެ. ރިމީޝާ ހިމޭންވިއެވެ. ބުނެވުނު އެއްޗަކާއި މެދި އަދި ކިރިޔާ ވިސްނާލެވުނީއެވެ.
“ރިމީއަށް ނޭނގޭއެއްނު ދޮގެއް ހަދަން ވެސް” ޝިނާން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.
“ހިނގާ ގެއަށް ދާން….. މަޑުކުރޭ…. އެބަ އަންނަން” އިންތަނުން ތެދުވެ ތަންތަން ހޯދަމުން ރިމީޝާ ވަނީ ޝިނާން ދިރިއުޅޭ ކޮޓަރިއަށެވެ. އެކޮޓަރި ފާހަގަކުރަން ރިމީޝާ އަށް އެނގުނީ ދެކޮޓަރި ހުރި ތަނުގައި ތަޅުނުލާ ހުރި ހަމައެކަނި ކޮޓަރިއަށް އެކޮޓަރި ވުމުންނެވެ. އިރުކޮޅަކުން ރިމީޝާ އައީ ޝިނާންގެ ތުންވާއްޔާއި ކުޑަ ޖަގަކަށް ފެނާއި، އަދި ތުނބުޅި ޝޭވްކުރާ ސާމާނު ހިފައިގެންނެވެ.
ސޯފާގައި ވަރުނެތިފައި އޮތް ޝިނާން އޮތީ ދެލޯ މެރިފައެވެ. ސިހުނީ ފިނި އަތްތިލައަކުން ކޯތާފަތުގައި ބީހިލުމުންނެވެ. ލޯ ހުޅުވާލިއިރު ރިމީޝާ އޭނާގެ ދެއަތުން ޝިނާންގެ މޫނުގައި ފެންހާކަނީއެވެ.
“ޝިން!! ގެއަށްދިޔުމުގެ ކުރިން ދާންވާނީ ޑީސެންޓްކޮށް. އެހެންނޫނީ މިޝްކޮގެ ސުވާލުތައް ވަރަށް ގިނަވާނެ. ތުނބުޅި ބާލާ މިތާ އިނދެ. މިއަންނަނީ. ކޮބާތަ މިގޭ ބަދިގެ” ކައިރީގައި ބަހައްޓާފައި ހުރި ރިމީޝާ ގެނައި ކޮތަޅު ހިފައިގެން ގޮސް ވަނީ ކައްކަން ހާއްސަކޮށްފައިވާ ބަޔަށެވެ.
ހިތްވަރުކޮށްފައި ޝިނާން ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ. އޭނާ ހުރީ އަމިއްލަ އަށް ފެނިގެން އެއްވެސް ކަމެއް ނުކުރަންވެގެންނެވެ. ނަމަވެސް މިއަދު އޭނާ ކޮޅަށް ޖަހަން މަސައްކަތް އެކުރަނީ އޭނާ އެންމެ ލޯބިވާ އަންހެންކުއްޖާއެވެ. ރިމީޝާއަށްޓަކައި އޭނާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އޭނާ ބަލިކަށި މީހަކަށް ހެދީ ވެސް ރިމީޝާގެ ލޯތްބެވެ. މިއަދު އެބަލިމަޑުކަމުން އޭނާ އަރައިގަންނާނީ ވެސް ރިމީޝާގެ ދެއަތުގެ ފިރުމުން ލިބިގެންނެވެ.
ބިއްލޫރިތައްޓަކަށް ކުރުނބާ ފެންތަށި އަޅައިގެން ތައްޔާރު ކުރި ބިސްގަނޑު ތައްޓަކަށް ލައިގެން ސިޓިންގްރޫމަށް ނިކުތް ރިމީޝާ އަށް ސިހުމެއް ލިބުނީ ގޮނޑީގައި ޝިނާން ނެތުމުންނެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ގެނައި ތަށިތައް ބެހެއްޓުމަށްފަހު ރިމީޝާ ބަލާލީ ލައްޕާލާފައި ހުރި ޝިނާން ދިރިއުޅޭ ކޮޓަރި އާއި ދިމާލަށެވެ. ރިމީޝާ މަޑުމަޑުން ގޮސް އެކޮޓަރި ދޮރުމައްޗަށް އެރިއެވެ. ނަމަވެސް ހުޅުވާކަށް ވެސް ޓަކި ޖަހާކަށް ވެސް ނުކެރުނެވެ. އަތުގައި އޮތް ފޯނު ރިންގްވާން ފެށީ އެގޮތުގައި އޭނާ ދެވިސްނުމެއްގައި ހުއްޓައެވެ. ޑިސްޕްލޭއަށް އަރާ އިން އިއްބެގެ ނަންބަރ ފެނުމުން ރިމީޝާ އަށް އެނގުނެވެ. އިއްބެ ބޭނުންވީ ޝިނާންގެ ހާލަތު ބަލާށެވެ. ރިމީޝާ އޮޅުންފިލުވާދިނެވެ.
ފޯނުގައި ހުއްޓާ ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށް ރިމީޝާ ބަލާލިއެވެ. ކުރިމަތިން ފެންނަން ހުރި ޝިނާން އާއި މީގެ އިރުކޮޅެއްކުރިން ފެނުނު ޝިނާން ކިތަންމެހާ ވެސް ތަފާތެވެ. ތުނބުޅި ތުނިކޮށްލާފައި ހުއްޓަސް ބޮލުގެ އިސްތަށިތައް އަދިވެސް ބޮލެވެ. ނަމަވެސް ޖެލްހާކާފައި ހުރި ގޮތުން އައިބެއް ނޫނެވެ. އެހިސާބުގައި ހިފާލާފައި ހުރީ ޝިނާން ބޭނުންކޮށްފައި ހުރި ހިތްގައިމު ސެންޓްގެ ވަހުންނެވެ. ރިމީޝާ ހަށަން ބަނދެލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. ޝިނާނަށް ހެވުނެވެ. ރިމީޝާގެ ކޮންމެ ހަރަކާތަށް އޭނާ ބަލަނީ ލޯބިންނެވެ.
“ވަރަށް ވަރަށް ރީތި. މިހާރު ހީވޭ ތީ މިޝްކޮގެ ބައްޕިހެން” ހީލާފައި އައިސް ރިމީޝާ ހިފީ ޝިނާންގެ އަތުގައެވެ. މަޑުމަޑުން ހިނގާފައި އައިސް ޝިނާން ބޭންދީ ކުރިން ވެސް އިން ސޯފާ ގޮނޑީގައެވެ. ޝިނާން ކައިރިއަށް މޭޒު ދަމާލާފައި ކައިރިކޮށްލިއެވެ. އެއަށްފަހު ކާއެއްޗެހިތަށި ބެހެއްޓީ މޭޒުމަތީގައެވެ. ޝިނާން އިނީ ރިމީޝާ މިއަދު އުޅޭ ގޮތުން ކިޔާނެ ބަހެއް ވެސް ނޭނގިފައެވެ. ރިމީޝާ އެގޮތަށް އުޅުން އެއްގޮތަކަށް ވެސް ޝިނާނަށް ކަމުނުދެއެވެ. އެހާ ލޯބިން ކަންތައްކޮށްދީފައި ރިމީޝާ ފުރަގަސްދޭނެ އިރެއް އެނގެނީއެއް ނޫނެވެ. ޔަގީނުން ވެސް ރިމީޝާ ގެ ހިތުން އޭނާ އަށް ލޯތްބެއް ނުވާ ކަން ޔަގީނެވެ. ވީއިރު އެގޮތަށް ޑްރާމާ ކުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ހިތަށް އަންނަން ފެށި އެއްޗެހި ތަކަކުން އިސާހިތަކު ޝިނާންގެ ދެލޯ ފެންކަޅިވިއެވެ. އުލުން ބިސްގަނޑުގެ ކޮޅުން އެތިކޮޅެއް ނައްޓާލުމަށްފަހު ރިމީޝާ އެނބުރިލީ ޝިނާނާއި ވީކޮޅަށެވެ. ޝިނާންގެ ކަރުނުން ތެމިފައިވާ ދެލޯ ފެނި ރިމީޝާ ހުއްޓުން އެރިއެވެ. އަލުން އޫ ތަށިތެރޭގައި ބޭއްވުމަށްފަހު ރިމީޝާ އަތް އުފުލާލީ ޝިނާންގެ ދެލޯ ފޮހެލަދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ޝިނާން އިންތަނުން ތެދުވެ ރިމީޝާ އަށް ފުރަގަސްދިނެވެ. ބޯ ފޮތީގެ އަތްދިގު ޓީޝާޓެއް ލާފައި ހުއްޓެއްކަމަކު އޭރުވެސް އައިއްސާ ހުރި ގަދަ ހުމުގެ ސަބަބުން ހަށިގަނޑު ރޫރު އަޅަމުން ދިޔައެވެ.
“ޝިން!!! ކިހިނެއްވީ؟ ކަމުނުދަނީތަ މި އެއްޗެހި” ރިމީޝާ ދެރަވެފައި އަހާލިއެވެ. މަޑުމައިތިރިކަމާއެކީގައެވެ.
“ޝިން!! ވީ ކަމެއް ބުނެބަލަ. ކޮންމެ ކަމެއްވެސް ހައްލު ވާނީ ވާހަކަދައްކައިގެން” މިފަހަރު ރިމީޝާ ގޮސް ހުއްޓުނީ ޝިނާންގެ ކުރިމަތީގައެވެ. ޝިނާން ހަމަ ބަހެއްވެސް ނުކިޔައެވެ.
“ރިމީ ކީއްކުރަން ތިހާ އެކްޓް ތިކުރަނީ” އެންމެފަހުން ޝިނާން ކުރިމަތިން ރިމީޝާ ދުރަށް ނުދިޔުމުން ޝިނާން ބުނެލިއެވެ. އެވަގުތު ރިމީޝާގެ ފޭވެފައިވި ދެތުންފަތަށް ކުޑަ ހަރަކާތެއް ގެނައީ އެފަދަ އެއްޗެއް ޝިނާންގެ ހިތަށް އެރީތީއެވެ.
“އަހަރެން….. ކޮން….ކޮން އެކްޓެއް…” ރިމީޝާ އަށް ބުނެވުނެވެ. ޝިނާން އެނބުރުނީ އަނެއް ފަރާތަށެވެ. ނުލިބުނު ލޯތްބަކަށްޓަކައި އެލޮލުން ކަރުނަ އޮހޮރުވާތަން އެ ކަރުނަތަކުގެ ސަބަބަކަށްވީ ފަރާތަށް ދައްކަން ބޭނުންނުވާތީއެވެ.
“ރިމީ ވިސްނަބަލަ. އަހަރެން ރިމީ ދެކެ ހިތާއި ފުރާނައިން ލޯބިވަން. ފާއިތުވެގެން މިދާ ކޮންމެ މިނިޓަކާއި އެކު އެލޯބި ދަނީ ކުރިފަޅާ ވަރުގަދަ ވަމުން. އަހަރެންގެ ލޯމަތިން ފަޅި ސިކުންތަކަށް ވެސް ރިމީ ގެއްލޭކަށް އަހަރެން ނޭދެން.. ރިމީ ތިހުރިހާ ކަމެއް ތިކުރަނީ ކީއްކުރަން. ރިމީގެ ދަރިފުޅުގެ ބައްޕައަށްޓަކައިތަ؟ ނޫނީ ގެއްލެން ނެދޭ އެކުވެރިއަކަށްޓަކައިތަ؟ އެހެންވިއްޔާ އަހަރެން ބުނާނީ ރިމީގެ ތިއެހީތެރިކަން އަހަރެން ބޭނުމެއްނޫނޭ. މިއަދު ތިހާ ގާތްކޮށް އުޅެފައި މާދަމާ ރިމީގެ ދިރިއުޅުމަށް ފިރިހެނަކު އައިމަ އަހަރެން ތިކޮށްދޭ ކަންތަކުގެ މަތިން ހަނދާންކޮށް ރޯންޖެހޭނީ. މިގޮތަށް ރިމީގެ ލޯބީގައި މުޅި އުމުރު ހުސްކޮށް އަހަރެން ހޭދަކޮށްފާނަން. އެކަމަކު ތިގޮތަށް ގާތްވެފައި ކުއްލިއަކަށް ދުރުވީމާ ވަރަށް ހިތަށް ތަދުވާނެ. އަހަރެން މަރުވެދާނެ….. އަހަރެން ރިމީ ދެކެ…..” ޝިނާނަށް ކުރިއަށް ނުގެންދެވުނީ ރިމީޝާ ކުރިމަތީގައި ހުއްޓުމުންނެވެ. އޭރު ޝިނާންގެ މޫނުގެ ނޭފަތުގެ ދެފަރާތުން ވަނީ ކަރުނަތަކުން ފުރިފައެވެ. ޝިނާންގެ ކުރިމަތީގައި ރިމީޝާ ކުރުކަކޫ މައްޗަށް އިށީނުމުން ޝިނާން އިނީ ވާންމިއުޅެނީ ކޮންކަމެއްކަން ނޭނގިފައެވެ. ރިމީޝާ އޭނާގެ ކަނާއަތް ކުރިއަށް ދިއްކޮށްލިއެވެ. އަތްތިލަ ހުޅުވާލަމުން ޝިނާނަށް ދިނީ ލޯބިން ފުރިގެންވީ ހިނިތުންވުމެކެވެ.
“ޝިން!!! މީކީ އެކްޓެއް ނޫން. އަދި ޑްރާމާއެއް ވެސް ނޫން އަދި މަޖްބޫރީއެއް ވެސް ނޫން. މީ އަހަރެންގެ ހިތުގެ ގޮވުން. އަހަރެން ބޭނުން ޝިންގެ އަންބަކަށްވާން. ބުނޭ. ޝިން އަހަރެންގެ ފިރިމީހާ އަށް ވެގެން ތިދެލޮލުން އަހަރެންނަށް ދުނިޔެ ދައްކާލަން އަހަރެންގެ އަތުގައި ހިފާނަންތަ؟” ރިމީޝާގެ މޫނުމަތިން ފެންނަ ކުލަވަރުތަކާއި އެ އަޑުގައިވާ ސީރިއަސް ކަމަކުން ޝިނާން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާގެ ސިކުނޑީގެ މަސައްކަތް އަވަސްވެފައިވާ ކަހަލައެވެ. ހީގަންނަން ވެސް ހަނދާންނެތިފައި އޭނާ އަށް ހުރެވުނީ ހިނގާދިޔަ ކަންތައް ސިކުނޑިއަށް ނަގައިގަންނަން ނޭނގިފައެވެ.
“ޝިން!! ޖަވާބެއްދީ. އަހަރެންނަށް އެނގޭ ޝިންގެ ޖަވާބަކީ ކޮބާކަން. އެކަމަކު ޝިންގެ އަނގައިން އަހަރެން ޖަވާބެއް ބޭނުމީ. އަހަރެން މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ. އަހަރެން ޝިން އަށް ވަފާތެރިވާނަން. ކިޔަމަންތެރިވާނަން. އަބަދުވެސް އަޅާލާ އޯގާތެރި އަންބަކަށް ވާނަން” ރިމީޝާގެ އެއްލޮލުން ވެެއްޓިގެން ދިޔަ ކަރުނަތިކި އޭނާގެ އެބަހުގެ ތެދުވެރިކަން ޝިނާނަށް އަންގާދިނެވެ. ޝިނާންގެ ފަރާތުން ޖަވާބެއް ނައުމުން ރިމީޝާ އިސްއޮބާލީ ހިތަށް ކުރި އަސަރަކުންނެވެ. ކުއްލިއަކަށް ރިމީޝާގެ ހަށިގަނޑަށް ލޮޅުމެއް އިހުސާސް ކުރެވިގެން ދިޔައީ ބާރުގަދަ ދެއަތުގެ ތެރެއަށް އޭނާގެ ހަށިގަނޑު ގެނެސް ފިތާލުމުންނެވެ. ޝިނާން ރިމީޝާގެ ހަށިގަނޑުގައި ބައްދާލައިގެން ހުރިވަރުން އޭނާގެ ނޭވާ ވެސް އެތެރޭގައި ތާށިވެގެން ދިޔަ ކަހަލައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އޮބިގެން ދިޔައީ ޝިނާންގެ ކަނދުރާއަށެވެ. ތިރިއަށް އެލުވާލެވިފައިވި ރިމީޝާގެ ދެއަތް ވެސް މަޑުމަޑުން ހަރަކާތްކުރަމުން ގޮސް ޝިނާންގެ ބުރަކަށިން ވަށާލިއެވެ. އެވަގުތު ކަރުނައިގެ ތެރެއިން ޝިނާނަށް ހީގަނެވުނެވެ.
“އައުޗް….. ވަރަށް ހޫނު. ފިހިދާނެ…” އިރުގަނޑެއްގެ ހިމޭންކަމަށްފަހު ރިމީޝާ ބުނެލިއެވެ. ޝިނާން ހީލަމުން ރިމީޝާ ދުރަށް ޖައްސާލިއެވެ. އެ މޫނަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. މަޑުމަޑުން ރިމީޝާގެ މޫނާއި މޫނު ކައިރިކޮށްލުމަށްފަހު ނިތުގައި ލުއިލުއިކޮށް ބޮސްދިނެވެ. އެވަގުތު ރިމީޝާގެ ދެލޯ މެރިގެން ދިޔައީ ނަފްސަށް ލިބިގެން ދިޔަ ހަމަޖެހުމަކުންނެވެ.
************************
ރޭދުވާ ދައުރުވަމުން ދޭއެވެ. އެެއާއިއެކު ޝިނާންގެ ހާލަތު ވެސް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. ވަޒީފާ އަށް ގަވައިދުން ނުދެވުނަސް ސިފައިންގެ ތެރޭގައި އޮންނަ ހާއްސަ ބައްދަލުވުންތަކަށާއި އަދި ސްޓެޓިކް ކުރު ޑިއުޓީތަކަށް ބަރާބަރަށް ހާޒިރުވެއެވެ. ރިމީޝާގެ ލޯތްބާއި އޯގާތެރިކަން ފެނި ޝިނާން ހުންނަނީ އުފަލުން ފޮޅިފައެވެ. ކައިވެނިކުރާނެ ތާރީހެއް ކަނޑައެޅީ ރަށުގައި ތިބި ރިމީޝާގެ އާއިލާ މީހުންނާއި ވެސް މަޝްވަރާ ކުރުމަށްފަހުގައެވެ. ކައިވެނި ކުރެވެންދެން ވެސް ޝިނާން ރިމީޝާ އާއި މިޝްކު ކައިރިއަށް އަންނަނީ ހަމައެކަނި ހަވީރުގެ ވަގުތުގައެވެ. އެއްގޮތަކަށް ވެސް ރޭގަނޑު ރިމީޝާ ކައިރިއަށް އަންނާކަށް ޝިނާން އެއްބަހެއް ނުވިއެވެ. ހެދިދާނެ ގޯހަކަށް ބިރުންނެވެ. އެހާ ލޯބިވާއެއްޗެއް ކައިރީގައި ހުއްޓާ އެއެއްޗެއްގައި އަތުން ފިރުމާނުލާ ހުރެވޭނީ މަދު މީހަކަށެވެ. ކައިވެނިކުރުމުގެ ކުރިން ރިމީޝާގެ އިތުބާރު ގެއްލޭކަށް ޝިނާން ނޭދޭއެވެ.
ކޮލެޖް ނިންމާފައި އައި ޝަނުމް އަށް ލިފްޓަށް އެރުނީ ރިމީޝާ އާއި ދާދި އެކީގައެވެ. އެހެންކަމުން ދެމީހުންނަށް އެކީގައި ހެވުނެވެ. ޝަނުމް ލޮލުން ރިމީޝާ ދާތަނަކާއި ބެހޭ ގޮތުން ސުވާލުކޮށްލިއެވެ.
“މަންމަމެން އެބައާދޭ. މިދަނީ ކުރިން އުޅުނުބައި ސާފުކޮށްލަން” ހީލާފައި ރިމީޝާ ޖަވާބުދިނެވެ.
“މަބުނީ އެބަދަން އެނގޭ ތިބަޔަށް. މިކަންތައް ނިންމާލާފައި. އެބައޮތް ކުޑަވާހަކައެއް ޝައްނު އާއި ޒާއްތަ ކައިރީގައި ދައްކަން ބޭނުންވާ” ލިފްޓުން ނިކުތް ޝަނުމް އަށް ރިމީޝާ ބުނެލިއެވެ.
ގޭތެރެއަށް ވަދެ ސޯފާގޮނޑިއަށް އަޅައިގެން ހުރި ދަބަހާއި ފޮތްތައް އަޅާލުމަށްފަހު ޝަނުމް މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. މެންދުރު ދޭއްގެ ހަބަރު ޓީވީން އަޅުވާފައި ހުއްޓެވެ. ޒާއިރާގެ ކޮޓަރިން އައިކު ރޯއަޑު އިވިއިވި ހުއްޓެވެ. ޝަނުމް އަށް ހެވުނީ މިއަދު އައިކު ފެންވަރުން އޭނާ އަށް ނުޖެހުނުކަމަށްޓަކައެވެ. ނޫނީ މިއަދު އައިކު އާއި އެއްވަރަށް އޭނާ ވެސް ރޯނެއެވެ. ބަދިގެއަށް ވަދެ ފުރިޖު ހުޅުވާލައިގެން ފިނިފެން ފުޅިއެއް ހިފައިގެން އައިސް ޝަނުމް ޖައްސާލީ ސޯފާގައެވެ. ޓިވީ އަށް ނަޒަރު ހުއްޓާލައިގެން އިންދާ ކޮޓަރިއެއްގެ ތަޅު ހުޅުވާލި އަޑު އިވުނެވެ. އެވަގުތު ޝަނުމް ހީކުރީ ޒާއިރާ ކަމަށެވެ. އެހެނީ އެވަގުތު އާންމުކޮށް ގޭގައި އުޅޭނީ ޒާއިރާ އާއި އައިކު އެކަނި ކަމަށްވާތީއެވެ.
“ޒާއްތާ!!! ވަރަށް ބަނޑުހައި. ކިތަންމެ ގިނައިން އެކަނިން އިނދެ ކެޔަސް ބަނޑެއް ނުފުރޭނެ. ހިނގާ ކާންދާން” ފެންފުޅިން އަނގަ އަށް ދިމާކޮށް ފެން އަޅަމުން ޝަނުމް ބުނެލިއެވެ. ފަހަތުން ޝަނުމްގެ ކޮނޑުގައި މީހަކު ހިފާ ތަޅުވައިގަތެވެ. ސިހުނު ވަރުން ޝަނުމްގެ އަތުގައި އޮތް ފެންފުޅިއާއި އެކު އަނގައިގެ ހުރި ފެންތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ. އެވަގުތު ހެމުން ހެމުން ޝަނުމްގެ ކުރިމައްޗަށް އެރި އައްޔަދު ފެނުމުން ޝަނުމް ދެލޯ އަޅާލިއެވެ.
“ދޮންބޭ!!! އަކުރުތަކަށް ބާރުލާ ދަތްކުނޑި ވިކާލަމުން ޝަނުމް ގޮވާލިއެވެ.
“ހަޑިކުއްޖާ. ކިތައް ދުވަހު ބުނާނީ އަނގައާއި ދިމާކޮށް ފުޅި އަރިކޮށްގެން ފެން ނުބޯށޭ. ފެންބޯން ވަކިން ތަށި ހުންނަނީ ކަމަކުއޭ….” ޝަނުމްގެ ދަށްބޮލުގައި ޖަހާލަމުން އައްޔަދު ބުނެލިއެވެ.
“ދޮންބެ މިގަޑީގަ ގޭގަ އުޅެންޖެހޭތަ؟ ޔަގީނޭ ޑިއުޓީއަށް ނުދާކަން މިއަދު. ކަންނެތް ދޮންބެގަނޑު” ޝަނުމް ދެލޯވަށްކޮށްލަމުން ބުނެލިއެވެ.
“ބޭކާރު ވާހަކަނުދައްކާ ތަން ސާފުކުރޭ. އެހެންނޫނީ ޒާއްތަ ނިކުންނަ ގޮތަށް ރޭސްވާނެ” އައްޔަދު ބުނެލިއެވެ. ޝަނުމް މޮޕް ބަލާ ދިޔުމުން އައްޔަދުގެ ނަޒަރު ސީދާކޮށްލީ ޓީވީއަށެވެ. އެވަގުތު ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ވަން ރިމީޝާ އަށް އައްޔަދު ފެނި ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގޮތެއްވިއެވެ. އައްޔަދުވެސް އެސްފިޔަ ޖަހާނުލާ ރިމީޝާ އަށް ބަލަން އިނެވެ. އަތުގައި އޮތް ޓީވީ ރިމޯޓް ޓީވީ އަށް އަމާޒުކޮށްފައި ހުއްޓަސް އޭނާގެ ނަޒަރު ވަނީ ރިމީޝާ އާއި ދިމާލަށެވެ. ރިމީޝާގެ ހިމަ އިސްކޮޅަށް ހެޔޮވަރުކޮށްލާފައި ހުރި ކަޅު ހެދުމާއެކު ބޮލުގައި އަޅާފައި ހުރި ފިޔާތޮށި ކުލައިގެ ކުދި މާތަކެއްޖެހި ބުރުގާ ގައި ފާޅުވާން ހުރި ރިމީޝާގެ ފުރިހަމައަށް ތަސްވީރަށް އައްޔަދުގެ ހިތް ހުއްޓުމެއްނެތި ތަޢުރީފް ކުރަމުން ދިޔައެވެ. ހިޔާލުތަކަށް ގެއްލިފައި އިން އައްޔަދުގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމުގެ ބަދަލުގައި ރިމީޝާ ގޭތެރޭ އެތަންމިތަނަށް ނަޒަރު ހިންގާލީ އިތުރު މީހަކު ފެނޭތޯއެވެ. މަޑުމަޑުން ހިނގާފައި ކުރިއަށް އައި ރިމީޝާ އަށް އެރުނީ ޝަނުމް ބުރުވާލި ފެންތަކުގެ މައްޗަށެވެ. ސްޓާކީނަށް އެރިގެން ހުއްޓަސް ރިމީޝާ އަރިއަޅާލީ އައްޔަދު ބަލަން އިންގޮތުން ދެފައި އޮޅިގެންނެވެ. އެވަގުތު ރިމީޝާގެ އަނގައިން އަޑެއް ބޭރުވެގެން ދިޔައެވެ. އެގޮތަށް އޭނާ ވެއްޓިއްޖެނަމަ ތަދުވާނީ ކޮންތާކަށްކަން އެނގުނު ހިނދު މޭގައި ތަދެއް ހިފާލިއެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ކުރިން އައްޔަދު ދިއްކޮށްލި އަތުގައި ރިމީޝާ އަށް ހިފުނެވެ. ކޮޅަށް ތެދުވި އައްޔަދުގެ ހަށިގަނޑު ބެލެންސް ނުކުރެވި ދެމީހުން އެކީގައި ފެންތަނުގެ މެދަށް ވެއްޓިގެން ދިޔައެވެ. ތިބެވުނު ގޮތަކުން ވެއްޓުނީ ދެމީހުން ދެފަރާތަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.





salaam all 🙂 varah baajjaveri hendhuneh huriha kiyuntherinnah.
mi bai ve thi emmeha ekuveri loabivaa kiyuntherinnah kamudhaane kamah heekuran 🙂
next episode on monday evening….. insha allah 🙂 🙂
Yeyy me fast..❤
Thanks sai ❤❤
Alhey.. Rimee n shinan gulhenee tha.. dhen rimee n aya hama nugulheynetha
Yes lotus.. Rimee e ulheny shinan r merry kuran. Dhn jeheynee vaa goi balan. E kaiveni work kureytho ?❤?
Mi 1st dhwww v v v reethi
Thanks shy ?❤?
V reethi
Thanks Riyaa ❤❤
Reehchey bungnas ves hama reethy…liyuntheriyaa ah hama saabas reygaves 2.30vi iruves miah inthixaaru kurin …v v salhi
V. Ufaavehjje thihaa inthizaaru kureethee… Thankyou so much ????
Woooww. Best. Best. Best..
❤️??
Thanks Xxxx ?❤?
Wowwww….??❤❤curiously waiting 4 the next part ?
Thanks Inoo ??❤?
Nice mi part vx Ushaali dhooni☺☺☺☺ waitin nxt part❤❤??????
Thankyu Nu Xu ??????????
waiting for the next part. rimee and shinge kaiveni kiyaalaahihvany
V avahah kiyaalan libeyne. And thanks ss ?❤?
V salhi .
Thankyu junaa ❤??
Varah reethi vaahaka eh mee
Thankyu dear ?❤?
ވަރަށް ސަޅި ވާހަކަ ރިމީ އާ ޝިނާން ގުޅުވައްޗޭ
Thankyu. ?
މާ އަވަހަށް ފޮޓޯ ބަދަލު ނުކޮށްބާ
Adhives ushaali hiyhama jehey photo eh nulevey ?
ދެން އޮތް ބައި އަވަހަށް އަޕްލޯޑު ކުރައްޗޭ
Yes. Insha allah ?
wow..obiness to the maxx..v reethi haha.. vvv reethi mi part ves waiting……>3>3>3
Thankyou so much maya ??❤
އުޝާލީ އިހަވަންދޫއަށް އައިންތަ
Yes. Eh faharu dhiyain.
އިހަވަންދޫ ބޯއްޓެކޭ ބުނެފަ އިނީމަ
Yes innaane konmes episode ga bunefa ?
ރިމީޝާ އަކީ ކޮން ރަށެއްގެ މަންޖެއެއްތަ
Rimee ge rah neennaane mention koffa eh. Ekamu rimee aker HA.atoll kuhjjeh vahakaiga?
ރިމީ ނަންބަރު ލިބިދާނެތަ
Ushaali ah ves nenge rimee number ???
މަވެސް ބޭނުން ރިމީ
Ekamu mihaaru rimee beynunvany hama ekani shinan ?
ޝިން އަށް ވުރެ ރަނގަޅު ވާނެ
Hehehe… Ehenv ma visnaanan ingey ?
އަޔާ ރިމީއަށް ކުރިން ހެދި ގޮތުން އަހަރެންގެ ހިތަށް ވ ތަދުވޭ
Meehegge hithah thadhu nuvaa gothakah noonenu ayaa kanthah kury ??
އަހަރެންގެ ސުވާލަކީ އައްޔަދު ރިމީ އާ ގުޅިގެން އުފަލެއް ލިބޭނެހޭ ދެ ކެރިއަރުން ވިއްޔާ
Kihineh engeny. Hama libidhaanenu ufaleh ?
Varah furihama mi part ves. Rimee and Shinaan gulhuvadhee avahah. Waiting for next part
???
Thankyou Unknown guy ?❤?❤?
Yeyyy… rimii nd shinrn gulheynii… yeyyy… wowww vrh vrh reethi…. ufalungos rovijje…. bunelrnii ham ushrlii molhii eyy vhk lyn.,.
Dhw…. Shin v loabiveye rimee dheke… Thanks dear. Abadhuves thi gothuga support dheyn hunnache ?❤❤?❤?
V v reethi… Waitin for the next part
Thankyu Ainthu ?❤?❤
asluves mihaaru vvvv reethi igey story…. i just love it
Thankyou so much unique ❤?
vvvv reethi igey story
Thanks mal ❤❤
Wooow
?????????
Thanks Beauty ❤❤
Mi vaahaka varah varah Reethi.. Liyun theriyya ah hama saabas
???
Thankyou so much Marshmallow ???❤❤?
Varah reethi. If u dont mind ushaali thi kon rashegge kujje tha
Thankyou Izfa… Ushaaly akee th.atoll kuhjjeh ❤❤
V v vteethi kiyamundhaairu v rovey asarugadha kamun vaahakaige……. .
V sahli
Wow vara salhi….?????????
❤❤Love this❤❤
alhey shinaan haadha reehchey shin ge num dy ba ??i am in luv with shinaan
އަދިވެސް އެއްފަހަރު އަންނަންވާނެ އުޝާލީ އިހަވަންދޫ އަށް އިނގޭ
އިހަވަންދޫ އަށް އައީމަ އެކަޑަމޭޝަން ހަމަޖައްސާދޭނަން
އަންނަންނާ ގުލާލާ 7594709
Koba next part
Koba aneh baii avahah up kohbala pls…..
alhey sinaan n rimee dhw at last……vvvvvv nice story eh heevani hama story threy ulheyhen
alhey varah nice story eh….rimee ayaa ah nudheh chey plx
When next part?
whn nxt prt???