Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހަނދާން ނުދާނޭ ފިލާ 9

Samaa Level 110 Stories
April 28, 2018 3 Mins Read
10 Comments

“ތެންކް ޔޫ” ތުއިވެލާފައި ނިއަލް އަށް ހިނިތުންވުމެއް ރައްދުކުރަމުން ތޭރިޔާ ބުންޏެވެ. ނިއަލް ގެ ނަޒަރު އޭރުވެސް ހުރީ ހަޔާ އަށެވެ. ހަޔާ ލަދުން ގޮސް މަރުނުވީ ކިރިޔާއެވެ. “އޭއް ހިނގާބަލަ ދެން ކާ އެއްޗެއް ކެވޭތޯ. މަވަރަށް ބަނޑުހައި” ނިއަލް ގެ ކޮނޑުގައި އަތް އަޅުވާލަމުން ހިސާން ބުންޏެވެ. ހިސާން އަކީ ނިއަލްގެ ބެސްޓްފުރެންޑެވެ. ނިއަލް ބޯޖަހާލީ އާންއެކޭ ބުނުމުގެ ގޮތުންނެވެ. ” މީ ތޭރިޔާ މުސްކުޅިވީމަ ބާއްވާ ޕާޓީ އެކޭ . ދޯ ތޭރިޔާ؟ ހިސާން އެއް ލޯ މަރާލަމުން ތޭރިޔާ އާއި ދިމާކޮއްލިއެވެ. “ހޫން މި ޕާޓީ އަށް އަންނާނީވެސް މުސްކުޅިންނޭ” އެއްބުމަ އަރުވާލާފައި ރުޅިގޮތް ދައަކާލަމުން ހިސާނަށް ތޭރިޔާ ބުންޏެވެ.

އެރޭގެ ޕާޓިގައި ނިއަލް ހަޔާ އާއި ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސީދާ ހަޔާގެ ގާތަށް ދާން ފަސްޖެހުވުނެވެ. “ތޭރިޔާ! އަހަރެން އެއްޗެއް އަހާލަންތަ؟” ނިއަލް ތެރިޔާގެ ގާތަށް ޖެހިލާފައި މަޑުމަޑުން ބުންޏެވެ. ” ހޫން މަށައް އިނގޭ އަހަން ތިއުޅެނީ ކޮން އެއްޗެއްކަން. ހަޔާގެ ނުހުރޭ ބިޓެއް. ސެޓް ކޮއްދެންވީތަ؟” ހިނިގަނޑަކާއި އެކު ތޭރިޔާ ބުނީ ހަޔާ އަށްވެސް އަޑުއިވޭނެ ވަރަށެވެ. ތޭރިޔާގެ މިހަރަކާތުން ހަޔާ އާއި ނިއަލްވެސް ތިބީ ހައިރާންވެ ލަދުން އެކަކު އަނެކަކަށް ބަލަން ނުކެރިފައެވެ.

***********************************************

“މަންމީ” ހަޔާ ސިއްސައިގެން ދިޔައީ އަރަން ކުޑަކޮއް ބޯހިއްލާލައިފާ ހަޔާ އަށް ގޮވާލުމުންނެވެ. ” ކިހިނެތްވީ ދަރިފުޅު؟ އަވަހަށް ނިދާ، މާދަމާ ސްކޫލަށްވެސް ދާންވާނެންނު” ހަޔާ އަރަންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ހެނދުނު އަރަން ސްކޫލަށް ލާފައި އައިސް ބަދިގެޔަށް ވަންތަނާ ބޮޑުދައިތަ ފޯނުކޯލެއްގައި ހުރެ ވާހަކަ ދައްކާތަން ފެނުނެވެ. އަދި ހަޔާ ފެނުމާއިއެކު ސިއްސައިގެން ދިޔަހެން ހީވިއެވެ. އަވަސް އަވަހަށް ކުއްލިޔާ ފޯންކޯލް ކަނޑާލިއެވެ. “ބޮޑުދައިތާ! ކިހިނެތް ވީ؟ ކާކު ގުޅީ؟” ހަޔާގެ ހިތުގައި ސުވާލު އުފެދި އަހާލިއެވެ. “އެ ކަމެއް ނުވެ، އަސްލަމް އެ ގުޅީ. މަސް ގެނެސްދެންހޯ ބުނީ” މިހެންބުނެ ކުއްލިޔާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ހަޔާ ސައިހަދާފައި ނިކުތީ ގޭދޮއް ކަހާލަން ވެގެންނެވެ. ގޭދޮށުަގައި ހުރި ޖޯލިފަތި ފެނުމާއިއެކު ރޭގައި ވިޝާލް އާއި ދެކެވުނު ވާހަކަ އަނެއްކާވެސް ހަނދާންވިއެވެ. “ނޫން ނޫން އަހަރެން އޭނައާއި މެދު ނުވިސްނަން. އެއީ އެއްވެސް މީހެއް ނޫން.” ހަޔާ ހިތާއި ހިތުން ބުންޏެވެ. އަދި އެނބުރި ކުނިކަހަން ފެށިއެވެ.

“އެކޮއި، ދޭބަލަ ރަސީއްތަމެން ގެއިން ހަވާދު ކޮތަޅެއް ގަންނަން. ހަވާދު ހުރީ ހުސްވެފައި. މެންދުރު ކެއްކުމުގެ ކުރިން ވާނެ ގަންނަން.” ކުއްލިޔާ ގޭތެރެއިން ނިކުމެ ހަނދާންކުރަމުން ކަހަލަ ގޮތަކަށް ބުންޏެވެ. ހަޔާ ކުނިކެހުން ނިންމާލާފައި ރަސީއްތަމެން ގެޔަށް ދިޔައެވެ. އެގެއިން ހަވާދު ކޮތަޅެއް ގަނެގެން ނިކުންނަން ހިނގައިގަންތަނާ ދުވެފައި ކަހަލަ ގޮތަކަށް ދޮރުން ވަދެގެން އައި ޒަކުވާން އައިސް ޖެހުނީ ހަޔާގެ ގައިގައެވެ. ހަޔާނުވެއްޓުނީ ކިރިޔާއެވެ. ” އޯހް ސޮރީ.” ޒަކްވާން ހަޔާއަށް ބަލާލަމުން ބުންޏެވެ. ހަޔާ ކުޑަ ހިނިތުންވުމެއް ރައްދުކޮއްފައި ދާން އެނބުރިލި ވަގުތު ދޮރުމަތީ ހުރި ވިޝާލް ފެނި ކުޑަކޮށް ހުއްޓެވުނެވެ. ވިޝާލް ހުރީ ހަޔާގެ ހަރަކާތަށް ބަލާށެވެ. ހަޔާ އިސްއުފުލާ ބަލާ ނުލާ މަޑުކުރީ ވިޝާލް ދޮރުމަތިން ދުރުވަންދެންނެވެ. އެހެންނަމަވެސް ވިޝާލް އަށް ހުރެވުނީ ހަޔާއަށް ބަލާށެވެ. މިތަން ބަލަން ޒަކްވާން ހުރެފައި ގޮސް ވިޝާލްގެ އަތުގައި ހިފާ ދޮރުން އެތެރެއަށް ވެއްދިއެވެ. ހަޔާ އިސްދަށަށް ޖަހާލައިގެން ހުރެ އެގެއިން ނިކުމެފައި ފުންނޭވައެއް ދޫކޮއްލިއެވެ. އަދި އަވަސް އަވަހަށް ގެޔަށްދާން ހިނގައިގަތެވެ.

“ކިހިނެއްތިހެދީ؟ އޭނަ މަތިން ދެން ހަނދާން ނައްތާލާނީތަ ހަމަ؟” ޒަކްވާން ސުވާލު ކުރިއެވެ. ވިޝާލް އެއްވެސް އެއްޗެއް ނުބުންޏެވެ. “އަހަރެން ބުނަންތަ ވާހަކައެއް. ވިޝާލްގެ ލޯތްބަކީ ހަގީގީ އެއްޗެއްނަމަ ތިޔަލޯތްބައް ބާރުފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ. ނިކަން ކެރިގެން ނިކުމެ ތިލޯބި ހާސިލްވާނީ. ލޯތްބަކީ ގަދަބާރުން ލިބޭ އެއްޗެއް ނޫން. އެކަމަކު ކުޑަ ހިތްވަރެއް ލައިފިނަމަ ތިޔަލޯބި ހަގިގަތައް ހަދަން ތީ އެއްވެސް ކަމެއްނޫން. ބޭނުމީ ކުޑަހިތްވަރެއް. ފަސް ނުޖެހި މަސައްކަތް ކުރަންވީ. ޒަކްވާން ވިޝާލް އަށް ހިތްވަރު ދިނެވެ. ޒަކްވާންގެ ބަސްތައް އިވި ވިޝާލް އަށް އައު ހިތްވަރެއް ލިބުނެވެ.

***************************************

އެރޭގެ ވަގުތެކެވެ. ހަޔާ އަތިރިމަތީ ހުރި ފިނިއަށްޓާދިމާލަށް ނިކުމެލީ ފިނިކޮށްލާށެވެ. އެތާއިރުކޮޅަކު މަޑުކޮއަލުމަށްފަހު ގެޔަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް މީހަކު އައިސް ހަޔާގެ އަތުގައި ހިފައި ދަމައިގަތެވެ. ހަޔާގޮސް ޖެހުނީ އެމީހެއްގެ މޭމަތީގައެވެ. ހަޔާ ރުޅިއައިސްގެން އިސްއުފުލާ ބަލާލިއިރު ކުރިމަތީ ހުރީ ވިޝާލް އެވެ. ހަޔާ އެއްޗެއް ބުނަން އުޅެން ފެށީމައި ވިޝާލް އެކަން މަނާ ކުރިއެވެ.  ” އަަހަރެންނަށް އިނގޭ ހަޔާ ނުރުހޭނެކަން. އެކަމަކު އަހަރެން ހަޔާދެކެ ވަރަށް ލޯބިވޭ. ހަޔާއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނަން. އަހަރެން އަރަން އަށް ބައްޕައެއްގެ ލޯބި ދޭނަން. އަހަންނަށް އެންމެ ފުރުސަތެއް ދީ؟” ވިޝާލް ބުންޏެވެ. ” ވިޝާލް އަހަރެންގެ އަތުން ދޫކޮއްލާ. އަހަރެން ބުނީމެއްނު ގައިގައި އަތް ނުލާށޭ. އަދި ތިގޮތަށް ހަދަނިކޮށް މަގުމަތިން މީހަކަށް ފެނިއްޖެއްޔާ ބަދުނާމުވާނީވެސް ހަމަ އަހަރެން. ތިދައަކާ އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށް ބޭނުމެއް ނޫން. އާދޭސް ކުރަން އަހަންނަށް މިގޮތަށް އުނދަގޫ ނުކުރޭ. ހަޔާ ވިޝާލް ގެ އަތުން ވީއްލެން މަސައްކަތް ކުރަމުން ބުންޏެވެ. “އަހަރެން މިއަތުގައި ހިފީ ދޫކޮއްލާކަށް ނޫން” ވިޝާލް ހުރީ ދޫކޮއްލާގޮތަކަށް ނޫނެވެ. ” އަހަރެންނަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮއްދެންޏައި އަހަރެންދެކެ ލޯބިވަންޏައި އަހަރެންގެ ހަޔާތުން ދުރަށްދޭ. ޕްލީސް.” އާދޭހާއި އެކު ހަޔާ ބުންޏެވެ. “އަހަރެން ހަޔާދެކެ ލޯބިވާކަން ދޭހަކޮއްދޭން ތިއެދެނީ ވަރަށް ބޮޑުކަމަކު. ތިނޫން އެހެން ކަމަކު އެދޭ. އަހަރެން މިހިރީ ކޮއްދެން ތައްޔާރަށް” ވިޝާލް ހަޔާގެ މޫނަށް ބަލަން ހުރެ ބުންޏެވެ. “އަހަރެން ވިޝާލްދެކެ ލޯތްބެއް ނުވޭ. އަހަރެން ލޯބިވަނީ ހަމައެކަނި ނިއަލް ދެކެ. ވިޝާލް އަށް އަހަރެންގެ ލޯތްބެއް ނުލިބޭނެ. ދުވަހަކުވެސް ނުލިބޭނެ.” ހަޔާ ވަރަށް ބާރަށް ބުންޏެވެ. ” އަހަރެން ތިލޯބި ހޯދާނަން. މީ އަހަރެން ހަޔާއަށް ވާ ވައުދެއް. މިއަދު ހަޔާ ތިހެން ބުނިކަމުގައިވިޔަސް އެދުވަހުން ވަރަށް ލޯބިން އަހަރެންގެ އަތުތެރޭ ހުރެ ހަޔާ ބުނާނެ އަހަރެންދެކެ ވަރަށް ލޯބިވާ ވާހަކަ” ވަރަށް ކޮންފިޑެންސް އާއިއެކު މިހެން ބުނެ ހަޔާގެ އަތުން ދުކޮއްލާފައި ވިޝާލް ހިނގައިގަތެވެ. ހަޔާގެ ލޮލުން ކަރުނަ ނިރައިލިއެވެ. އަދި ހުރިތަނަށް ތިރިވެވުނެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބޭނީ ކޮންދުވަހަކުންބާއޭ ހިތައް އެރިއެވެ. ހަޔާވެސް ލޯބި ބޭނުމެވެ. އެހެންނަމަވެސް ބިރުގަންނަނީ އެވެ. އެއްފަހަރު އެ ތަޖުރިބާ ކުރެވުނީތީއެވެ.

ދުރުގައި ހަޔާގެ ހަރަކާތަށް ބަލަން ވިޝާލް އަށް ހުރެވުނެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “ހިނގާ ދާން. އަދި މިފެށުނީނުން، ރާސްތާ މިއޮތީ ދިގުލާ ގޮސްފައި. ސޯ އެހެންވީމައި ގަޓްހުނަންނަންވާނެ” ޒަކުވާން ވިޝާލްގެ ކޮންޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.   (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ލޯބިކަން 8

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 1

Next
April 28, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 1

Previews
April 28, 2018

ލޯބިކަން 8

10 Comments!

  1. Naju says:
    April 28, 2018 at 8:45 am

    Woooow.. Whn is next dear?

    1. Samaa says:
      April 28, 2018 at 9:34 am

      sunday in sha Allah 🙂

  2. Sana says:
    April 28, 2018 at 11:31 am

    Masha Allah beautiful story
    Keep it up dear ????

    1. Samaa says:
      April 28, 2018 at 12:07 pm

      tq 🙂

  3. Naju says:
    April 29, 2018 at 9:07 pm

    When is next part samaa?

  4. Naju says:
    April 30, 2018 at 8:08 pm

    Knirakun tha next part up vaany samaa bunymeynun sundayga yeah bt adhivx nuvey n today is monday eynun dhw

  5. Naju says:
    April 30, 2018 at 8:13 pm

    Knirakun tha next up vaany samaa bunymeynun sundayga bt adhivx nuvey..

  6. Naju says:
    April 30, 2018 at 8:20 pm

    Kbr tha story dear mihaaru sundayvx gossi dhw

  7. Naju says:
    April 30, 2018 at 9:18 pm

    Knirakun tha next upvaany mihaaru sundayvx gossfi

    1. Samaa says:
      May 4, 2018 at 5:14 am

      Oh naju.. i am so sorry.. right now I am in male.. I came here without lap.. so it might take 2 to 3 days to upload back again.. again I am sorry ?

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 10←


All Right Reserved!