އާދޭސް ކުރާ ހިތްވޭ ރޮމުން (20)
*******ހަތަރު އަހަރު ފަސް*******
“ޑެޑީ” ދުވަމުން އައި ތުއްތު ކުއްޖާގެ އަޑު އިވުމާއެކު ރާސިލް އަށް ލޯގަނޑު ކުރިމަތީހުރެ ފަހަތަށް ބަލާލެވުނެވެ.
އެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އެ ދިމާލަށް ގޮސް އެ ތުއްތު ކުއްޖާ އުރާލިއެވެ. “ޑެޑީގެ ޕްރިންސެސް…” އެ ތުއްތު ކުއްޖާގެ ކޮލަށް ދޮނެއް ދެމުން ރާސިލް ބުނެލިއެވެ.
އެ ތުއްތު އަންހެން ކުއްޖާ އަކީ ރާސިލް އާއި އައިލީޝް ގެ ލޯބީގެ ނިޝާނެވެ. އައިލީޝް ގެ ނަމާ ގުޅުވާފައި ރާސިލް އެ ދަރިފުޅަށް ދިންނަމަކީ އަންޖުމް އެވެ. އޭނާގެ ހުރިހާ އުފަލެއް މިހާރު ގުޅީފައިވަނީ އެ ދަރިފުޅާއެވެ. އެއީ އޭނާގެ ހިތުގެ ފިނިކަމެވެ. ހިތަށް ހިންހަމަޖެހުން އެ ލޯބި ހިނިތުންވުން ފެނި ރާސިލް އަށް ލިބެއެވެ. އެ ދެލޮލުން އެންމެ ކަރުނަތިއްކެތް ވައްޓާ ނުލާ އުފާވެރިކޮށްދެވޭތޯ ރާސިލް ބަލައެވެ.
“ޑެޑީ… ލަވް ޔޫ” އަންޖުމް ބުނެލިއެވެ. “ޑެޑީ ލަވްސް ޔޫ މޯ” ރާސިލް އެހެން ބުނެލީ ފުޅާ ހިނިތުންވުމަކާ އެކީގައެވެ.
“މާމަ ކޯންޗެއްތަ ދިނީ؟” ރާސިލް އަންޖުމް ތިރީގައި ބަހައްޓަމުން އަހާލިއެވެ. “މާމަ ދިނީ ބޮޑު ޗޮކްލެޓެއް… ކޮއްކި އައީ ޑެޑީ އަށް ހާފް ހިފައިގެން… މިއޮތީ އޯ” އަންޖުމް އޭނާގެ އަތުގައި އޮތް ޓޮބްލެރޯން ޗޮކްލެޓް ދައްކާލަމުން ބުނެލިއެވެ. މައުސޫމެވެ. އެ ލޯބި މޫނު ކޮޅު ވައްތަރީ އައިލީޝް އާއެވެ. ކޮންމެ ދުވަހަކު އައިލީޝް މަތިން އޭނާ އަށް ވެއެވެ. ކުޑަ ކުޑަ އަންޖުމް އަށް ބަލަން ހުރި ރާސިލް އަށް އުފަލުން ރޮވުނެވެ. މީގެ ކުރިން އޭނާ އަހަނީ އުފަލުން ރޯ މީހުންގެ ވާހަކަ ފިލްމު ތަކުގަޔާ ވާހަކަތަކުގައެވެ. އެހެންނަމަވެސް މިއަދު ހަގީގަތުގައިވެސް އެއީ ތެދެއްކަމުގައި އޭނާ އަށް ވިސްނުނެވެ. އުފަލުން ރޯކަމެވެ.
“މާމަ އަނެއްކާ ރޭގަނޑު ޗޮކްލެޓް ދިނީތަ؟ ކޮއްކޮގެ ޓީތް ހަޑިވާނެއެއްނު” ރާސިލް ލޯބިން ބުނެލިއެވެ. އެއާއެކު އަންޖުމް ކުޑަކޮށް ހާސްވެފައި ވާހަކަ ދެއްކިއެވެ. “ޑެޑީ… ކޮއްކޮ…. ކޮއްކޮ… މާމަ… ދިނިއްޔޭ” އަންޖުމް ބުނެލި ގޮތުން ރާސިލް އަށް ހީ ގަނެވުނެވެ.
“އަވަހަށް ގެނޭ ޑެޑީ ގެ ހާފް” ރާސިލް ގުދުވެލަމުން ބުނެލިއެވެ. އެއާއެކު އަންޖުމް އެ ޗޮކްލެޓް ގެ ބާކީ އޮތްބައި ރާސިލް އަށް ދިއްކޮއްލިއެވެ.
މައި ޕްރިންސެސް… ” ރާސިލް އަންޖުމް ގެ ނޭފަތުގައި ހިފާލިއެވެ. އޭނާ ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ އިޚްތިޔާރަކާ ނުލައެވެ. “ޑެޑީ… އޮނީ…. ” އަންޖުމް ދެރަވެފައި ރާސިލްގެ ކަރުނަ ފޮހެދިނެވެ. އެ ތުއްތު އަތުން ކަރުނަ ފޮހެދިން ގޮތުންނާ އަންޖުމް ގެ ލޮބުވެތި އެ އަމަލުގެ ސަބަބުން ރާސިލް އަށް އިތުރަށް ރޮވުނީއެވެ. އޭނާ އަންޖުމް ގެ ގައިގައި ބައްދާލިއެވެ. އަންޖުމް އާ އެއްހަމައެއްގައި އިށީނދެ އިނދެގެން އޭނާ އެ ތުއްތު ދަރިފުޅު ގައިގައި ބައްދައިލިގޮތުން ފެންނަ ކޮންމެ މީހަކު ގެ ހިތަށް ވެސް އަސަރު ކުރާނެއެވެ.
“އައި އެމް ސޮރީ… ސޮރީ…” ރާސިލް އަށް ބުނެވުނެވެ. “ޑެޑީ ބުނީމެއްނު ސޮރީ އަކީ ގޯސް ކޮށް ކަންތައް ކުއެވުނީމަ ބުނާ ބަސް އެކޭ…” މައުސޫމް ކަމާއެކު “ބަސް އެކޭ” ބުނެލި ގޮތުން ރާސިލް އަށް ވެސް ހިނިތުންވެވުނެވެ.
“ޑެޑީ… ބަސް އަހާ ކުއްޖެއްނު ތީ… ދެން ކީއްވެ ސޮރީ ބުނީ… ޑެޑީ ސޮރީ ބުނީމަ ކޮއްކޮ ދެރަވާނޭ…” އަންޖުމް މައުސޫމް ކަމާއެކު ދެންވެސް ބުނެލިއެވެ. “ބައްޕިގެ ޕްރިންސެސް…” ރާސިލް އަންޖުމް ދުރުކޮށްލަމުން ބުނެލިއެވެ. “ޑެޑީ ބޮޑަށް ރޮނީ” އަންޖުމް ގެ ނަޒަރު ދެންވެސް ހުއްޓުނީ ރާސިލްގެ ކަރުނަތަކަށެވެ.
“ހެޕީ ވީމަވެސް ރޯނެޔޭ މައި ޕްރިންސެސް…”
“އެ ކީއްވެ؟” އަންޖުމް ހައިރާންކަމާއެކު ދެލޯ ބޮޑު ކޮއްލަމުން އަހާ ލިއެވެ.
“މާ ސުވާލު ގިނަ ވަނީ އޭ ޖުމް… ހެހެ. ޑެޑީ އޮފީހަށް ދަނީ ކުޑަ ކަމަކު އިނގޭ… ދެން މާމަ ކައިރީގަ ބަސްއަހައިގެން ހުންނަންޏާ ޑެޑީ އަންނަ އިރު ޑެޑީގެ ލޯބި ޕްރިންސެސް ބޭނުން ކޮންމެ އެއްޗެއް ގެނެސް ދޭނަން…” އަންޖުމް ގެ ކޮލުގައި ހިފާލަމުން ރާސިލް ވާހަކަ ދެއްކިއެވެ. އަދި ތެދުވިއެވެ.
“ޔޭ… ކޮއްކޮ ބޭނުމީ ބޮކި އަރުވާ ފުޅިއެއް…” އަންޖުމް އުންމީދާ އެކީ އަހާލިއެވެ. “ނޫން… މާމަ ބުނީ ޖުމް ގަޔަށް ކުރިން ދުވަހުވެސް އެއްކޮށް ފުޅި ބަންޑުން ޖެހިއްޔޭ… ” އޭނާގެ އަތުގައި އޮތް ޗޮކްލެޓް އަންޖުމް އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. “ޑެޑީ… ޗޮކްލެޓް ނުކަންތަ؟” އަންޖުމް ދެންވެސް ސުވާލުކޮށްލިއެވެ. “ޑެޑީ… ޗޮކްލެޓް ކެއިމަ ޖެހޭނީ އަނެއްކާ ބްރަޝް ކުރަން… މިހާރު ގަޑި ޖެހެނީ… ދެން އޮފީހު ކުދިން ބުނާނީ ޑެޑީ އައްޗިއޭ” ރާސިލް އަނގަޔަށް ގޮތެއް ހަދާލަމުން ލޯގަނޑަށް ބަލާލަމުން ޓައީ ރީތިކޮއްލިއެވެ.
“ޑެޑީ…” އަންޖުމް ގޮވާލިއެވެ. އެ ގޮވާލުމުގައި ކުޑަ މަޑުމޮޅިކަމެއް ވިއެވެ. “ޔެސް… ކިހިނެތްވީ؟ ދެރަވީތަ…” ރާސިލް ބުނެލިއެވެ. އަންޖުމް އެއްޗެކޭ ނުބުނުމުން ރާސިލް އަންޖުމް ގާތު އަނެއްކާ އިށީނެވެ. އިސްޖެހިފައި ހުރި އަންޖުމްގެ ދަތް ދޮޅީގައި ހިފާ އިސް އުފުލުވާލާ ރާސިލް އަންޖުމް އާ ސުވާލުކުރިއެވެ. “ކިހިނެތްވީތަ ޕްރިންސެސް… ޑެޑީ ދާތީ ދެރަވަނީތަ… ޑެޑީ ދަމެއްނު އޮފީހަށް އަބަދުވެސް… ދެން މިއަދު ކިހިނެއްތަވީ؟” އޯގާތެރިކަމާއެކު ރާސިލް އަހާލިއެވެ.
“ޑެޑީ… ކޮއްކޮ ގެ މަންމި އަންނާނީ ކޮން… އިރަކުންތަ؟” އަންޖުމް ބުނެލި ވާހަކައިން ރާސިލް އަށް އިސްޖަހާލެވުނެވެ. އަދި ލޯ މަރާލެވުނީ އަންޖުމް އަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތީތީއެވެ. އަންޖުމް ގެ އަތުގައި ހިފާލައިގެން އިން ރާސިލް ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “ޑެޑީ ރޮންޏާ ކޮއްކޮ ވެސް ދެރަވާނެ… މަންމި އާ ރުޅި ކޮއްކޮވެސް… ޑެޑީ ރޮއްވާތީ” އަންޖުމް ބުނެލިއެވެ.
“ނޫން.. ކޮއްކޮ މަންމި އެއްނޫނޭ ޑެޑީ ރޮއްވަނީ… ތިހެން ނުބުނާނެ އިނގޭ… މަންމި ލޯބިވޭ ކޮއްކޮ ދެކެވެސް… ޑެޑީ ދެކެވެސް…” ރާސިލް ބުނެލިއެވެ. އެއާއެކު އަންޖުމް އަނެއްކާވެސް ސުވާލުކޮށްލިއެވެ. “ދެން ކީއްވެ މަންމި ނާންނަނީ” އަންޖުމް އަނެއްކާވެސް ސުވާލު ކޮށްލިއެވެ.
“އަދި މަންމި އަންނާނޭ… ކޮއްކޮ ކައިރިއަށް ވެސް ޑެޑީ ކައިރިއަށް ވެސް…” ރާސިލް އެހެން ބުނެލިއިރު އެ އަޑުގައިވަނީ ފުން ހިތާމައެވެ. މި ވަގުތު ދަރިފުޅު ހިންހަމަ ޖައްސައިދިނުމަށް ބޭނުންވެފައި ހުރިވަރުން އޭނާ އަށް ބުނެވުނެވެ. އަދި ހިނިތުންވެލިއެވެ.
އައިލީޝް ގެ ހިޔާލް ތަކަކީ އޭނާ އަށް ދުވަހަކުވެސް ހަނދާނުން ފިލުވާލެވޭނޭ ހަނދާންތަކެއްނޫނެވެ. ހަތަރު އަހަރު ކުރީގެ ކޮންމެ ހަނދާނެއް އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. ރާސިލް އަށް ލޯ މަރާލުމާއެކު ބޮލުގެ އިސްތަށިގަނޑުގައި ދެއަތް ހިންގާލެވުނީ ފުންނޭވާއަކާ އެކީގައެވެ. ހީވަނީ އުދާސްވެފައިވާ އެ ހަށިގަނޑު ހަމަޖައްސަން އުޅޭހެންނެވެ. “ޑެޑީ… ބޮލަށް ތަދުވަނީތަ؟” އަންޖުމް އަހާލިއެވެ.
“ނޫނޭ… ޑެޑީ ގަޑި ޖެހެނީ… މާމަ ކައިރިއަށް ދާން ވީނު ޑެޑީ އަންނަމުން ޖުމް އަށް ސަޕްރައިޒް އެއް ގެނެސް ދޭނަން…” ރާސިލް ބުނެލިއެވެ.
“ބޮކި އަރުވާ ފުޅިއެއްތަ ޑެޑީ” އަންޖުމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“ނޫނޭ… ބޮކި އަރުވާ ފުޅި މަނާ ވާނެ… އެހެން ސަޕްރައިޒް އެއް” ރާސިލް އަންޖުމް އަށް ބާލާލާ ހިނިތުންވަމުން ބުނެލިއެވެ.
ރާސިލް ރީތިވެގެން އެނބުރި ބަލާލިއިރު އަންޖުމް ހުރީ އަތުގައި އޮތް ޗޮކްލެޓް އަނގައިގައި ޖަހައިގެންނެވެ. މުޅި ތުން ދޮށުގައި ޗޮކްލެޓް ހޭކިފައި ހުއްޓެވެ. ” ބަލަ މިހާރު މުޅި ތުން ދޮށު އަނެއްކާ ޗޮކްލެޓް އުނގުޅީ ހިނގާ މާމަ ކައިރިއަށް ދާން” ރާސިލް އަންޖުމް ގެ އަތުގައި ހިފައިގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ދޮރު މަތީ ހުރި ދާނިޝް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ދާނިޝް އަށް ބަލާލަމުން އެއްފަރާތަކަށް ބަލާލިއެވެ.
“ދޮންބޭ… ޔޭ…” އަންޖުމް ދުއްވައިގަތެވެ. އަދި ގޮސް ދާނިޝް ގެ ފައިގައި އޮޅުލައިގަތެވެ. ދާނިޝް ގެ އަތުގައި އޮތް ޕާރުސަލް އަންޖުމް ގެ އަތަށް ދިނުމާއެކު އަންޖުމް އޭގައި އެއްއަތުން ހިފިއެވެ. އެއާއެކު ދާނިޝް އަންޖުމް އުރާލިއެވެ. ދާނިޝް އަންޖުމް އުރާލުމާއެކު އޭނާ އުފަލުން ދާނިޝް ގެ ކޮލަށް ދޮނެއް ދިނެވެ. އެއާއެކު އަންޖުމް ގެ ތުން ދޮށުގައި ހުރި ޗޮކްލެޓްތަށް ދާނިޝް ގެ ކޯތާފަތުގައި އުނގުޅުނެވެ. ވަގުތުން އަންޖުމް ދުރުކޮއްލުމާއެކު ދާނިޝް އަންޖުމް ގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު އަންޖުމް އަނގަމަތީ އަތް އަޅައިގެން އިނދެ ހެމުން ދިޔައެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. މޫނުމަތީގައި ހޭކުނު ޗޮކްލެޓްތަކަށް ސަމާލުކަން ނުދީ ދާނިޝް އަންޖުމް ގެ ކޮލުގައި ހިފާލިއެވެ. “ދޮންބެ ގެ ބާރބީ ތަ މީ…” ދާނިޝް ބުނެލިއެވެ.
“ދޮންބެ މި ޕްރެސެންޓް އެކަނިތަ ގެނައީ” އަންޖުމް އެ ޕާރުސަލް އަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އެއާއެކު ދާނިޝް ދެފަރާތަށް ބޯ ހޫރާލިއެވެ. “ކޮއްކޮ ބޭނުމީ ބޮކި އަރުވާ ފުޅިއެކޭ… ޑެޑީ ވެސް ބުނީ ނުގަނެދޭނަމޭ… ކޮއްކޮ ދެން ގަޔަށް ނާޅާނަމޭ…” އަންޖުމް ހީވީ ދާނިޝް ރުއްސަން އުޅުނު ހެންނެވެ. އެ ހުރިހާ އިރު ރާސިލް ދާނިޝް އާއި އަންޖުމް އަށް ބަލަން ހުރި އިރު ދާނިޝް ގެ ނަޒަރު އެންމެ ފަހަރަކުވެސް ރާސިލް އަކަށް ނުހުއްޓެވެ.
“ދޮންބެ ބައިވަރު ޕްރެސެންޓް ގެނައިމޭ… އެކަމަކު ފަހުން ހުރިހާ ޕްރެސެންޓް އެއް ދޭނަން” ދާނިޝް ބުނެލިއެވެ.
ދާނިޝް އަންޖުމް އުރައިގެން ހުރި އިރު އޭނާގެ ސިކުނޑީގައިވެސް ތަފާތު ހިޔާލުތަށް ދައުރުވަމުން ދިޔައެވެ. އެ ތުއްތު މޫނުމަތިން އޭނާ އަށް ސިފަވަނީ އައިލީޝް އެވެ. ހީލާގޮތުން އެ މޫނުމަތި އުޖާލާވާއިރު އައިލީޝް ގެ ހިނިތުންވުން އޭނާ އަށް ސިފަވެއެވެ. “ކޮއްކޮ ދެންބެ ގެ މޫނުގަ ޗޮކްލެޓް ހޭކީ” ދާނިޝް ގެ މޫނަށް ބަލަން އިން އަންޖުމް އަނެއްކާވެސް ހީގަތެވެ. ދާނިޝް އަށް ވެސް ހެވުނެވެ. އޭނާ އަތް ޖައްސާލިތަނާ އަތުގައި ވެސް ޗޮކްލެޓް ހޭކުނެވެ. ދާނިޝް އަތަށް ބަލާލާ އަނގަޔަށް ގޮތެއް ހަދާލެވުމާއެކު އަންޖުމް ބާރަށް ހީގަތެވެ. މިތަންފެނި ދާނިޝް އަށް ވެސް ހެވުނެވެ.
އަންޖުމް ދާނިޝް ގެ އުނގުން ފައިބައިގެން މާމާ އޭ ގޮވަމުން ބޭރަށް ނުކުތެވެ. އެއާއެކު ދާނިޝް ވެސް ރާސިލް އަށް އަވަސް ނަޒަރެއް ދެމުން ދާން އެނބުރިލިއެވެ. “ދޮންބޭ…” ރާސިލް ގޮވާލިއެވެ. އެއާއެކު ދާނިޝް ހުއްޓުނެވެ. އެހެން ނަމަވެސް އޭނާ ރާސިލް އާ ދިމާލަށް ބަލާލާ ހިޔާލެއް ނުކުރިއެވެ. “ދޮންބޭ އަހަރެ…” ރާސިލް ވާހަކަ ދައްކަން އުޅުނު ކަމުގައި ވިނަމަވެސް ދާނިޝް އެ ފުރުސަތު އޭނާ އަކަށް ނުދިނެވެ.
“އަހަރެން ގެ ނަން ކަލޭގެ ދުލުން ކިޔާކަށް ބޭނުމެއްނޫން… އަހަރެން ދުވަހަކުވެސް ކަލޭ އަށް މާފެއް ނުކުރާނަން… ދުވަހަކުވެސް ނުކުރާނަން….. ” ދާނިޝް ބުނެލިއެވެ. އަދި ހިނގައިގަތެވެ. ރާސިލް ވެސް އިތުރަށް އެއްޗެއް ބުނުމެއްނެތި ދާނިޝް ގެ ފަހަތުން ދިޔައެވެ.
ދާނިޝް އައީ އޮފީސްކަމަކު އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގަ އުޅެފައެވެ. އޭނާ ދިޔައީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކަކަށާއި ބޭރުގެ ބައެއް ކުންފުންޏާ އެކު ވެވުނު އެއްބަސް ވުން ތަކުގައި ސޮއިކުރާށެވެ. ޒާހިދު އަދިވެސް އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރި އިރު އޭނާ މަސައްކަތް ކުރަމުން ދަނީ ޒާހިދު ގެ ދަށުންނެވެ. ރާސިލް ގެ މަގާމުވެސް މަތި ކޮށްފައިވާއިރު އޭނާ އަކީވެސް މިހާރު ކުންފުނީގެ ބޮޑެތިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
“ރޭގަނޑު ޗޮކްލެޓް ކާކަށް ނުވާނޭ ބުނީމަވެސް އެއްގޮތަކަށް ގަބޫލެއް ނުވިއޭ… ދެން ދޭނެއެއްނު” ހިޝްމާ ބުނެލިއެވެ. އެއާއެކު ރާސިލް ގާތަށް ހިނިއައެވެ. އެވަގުތު އަންޖުމް ބުނަން ނުބުނަން އިނދެފައި ބުނެލި ގޮތް އޭނާ އަށް ސިފަވުމާއެކު ހިނިއައެވެ.
ރާސިލް އޮފީހަށް ދިޔައީ މިރޭ އޮންނަ މީޓިން އަކަށެވެ. އެ ކުންފުނީގެ ހަ ރިސޯޓް ރާއްޖޭގައި ހިންގަމުން ދާއިރު ކޮންސްޓްރަސްކްޝަން ދާއިރާގައިވެސް ދަނީ ފައިހަމަކުރަމުންނެވެ. އެކަންތަކާ ގުޅޭ މަޝްވަރާ ބައްދަލު ވުމެއް މިރޭ ބާއްވަން ހަމަޖެހިފައި ވުމާއެކު ރާސިލް ވެސް ދާން ޖެހުނީއެވެ. އެހެން ނޫނީ ކޮންމެ ރެއެއްގެ މިވަގުގުތަކީ އޭނާ ދަރިފުޅަށް ޓަކާ ހުސްކޮށްލަދޭ ވަގުތެވެ. ސަކަރާތް ޖަހާ މަޖާކޮށް އެކުގައި ވަގުތު ހޭދަ ކުރާ ގަޑިއެވެ.
އޮފީހުގެ މީޓިން ނިމުމާއެކު ރާސިލް ކޮންމެވެސް ނަންބަރަކަށް ގުޅާލިއެވެ. އަދި އޭނާ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ކާރަށް އަރާ އިށީނުމާއެކު އޭނާ އަށް ހުންގާނުގައި ބޯ ޖައްސާލެވުނީ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. އަށެއްޖަހާއިރު އައި މީޓުން ނުވައެއް ޖަހާ ބޮޑުވިއިރުވެސް ނުނިމުނީ ބައެއްކަހަލަ ހިޔާލް ތަފާތު ވުންތަށް ހުރީތީއެވެ. ނުވަގަޑި ބަޔަށް ވުރެ ބޮޑުވުމާއެކު އޭނާ ގަސްތުކުރީ ދިހައެއްޖަހާ ފިހާރެތަށް ބަންދު ކުރަން ވާއިރަށް އަންޖުމް އަށް ކޮންމެވެސް އެއްޗެއް ގަނެދޭށެވެ. މަންމަ އެއް ނެތް ނަމުގެ އިހްސާސް ވިޔަ ނުދޭން އޭނާ ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން އޭނާ އަށް ނުކޮށްދެވޭކަން ހުދު އަމިއްލަ ނަފްސުވެސް ގަބޫލުކުރެއެވެ. އަމިއްލަ ދަރިފުޅު މަންމަ ގެ ވާހަކަ އަހާ ކޮންމެ ފަހަރަކު އެ ހިތި މާޒީ މަތިން އޭނާ ހަނދާންވެއެވެ. އެއިން ކޮންމެ ފަހަރަކު އެ ހިތް ކުދި ކުދި ކޮށްލައެވެ. އެ ދަރިފުޅުގެ ކުރިމަތީގައި ބަސް ހުއްޓެއެވެ. ބުނާނެ އެއްޗެއް ދޭނެ ޖަވާބެއް ނޭނގި އާގަމަވެއެވެ.
މަންމަ އަކާ ނުލާ އަންހެން ދަރިއަކު ގެންގުޅުމަކީ ހާދަ ވޭނީ ކަމެކެވެ. އެންމެ ފުރަތަމަ އެ ދަރިފުޅު އަތަށް އެރި ދުވަހުގެ ހަދާނެއް އޭނާ އަށް ވިއެވެ.
*******
“ދަރިފުޅުގެ ޑެޑީ” ނަރުސް ކުއްޖަކު ގޮވާލިއެވެ. އެއާއެކު އޭނާ އަށް ކުރިއަށް އެއް ފިޔަވަޅު އަޅާލެވުނެވެ. ކޮންމެވެސް ވަރަކަށް ލޭ ހޭކިފައިވާ ގަމީހާ އެކީ ހުރި ރާސިލް އަށް ބަލާލުމަށްފަހު ނަރުސްކުއްޖާ އެ ތުއްތު ދަރިފުޅު ރާސިލް އަތަށް ދިނެވެ. “އަންހެންކުއްޖެއް” ނަރުސްކުއްޖާ ލުއިހީލުމަކާ އެކު ބުނެލިއެވެ. އެ ތުއްތު ދަރިފުޅަށް ބަލާލުމާއެކު އެ ހިތް ފުރިގެން އައެވެ. ލޯބިންނެވެ. ހަމްދަރުދީއިނެވެ. ކުލުނުންނެވެ. ނޭނގޭ އިހްސާސް އެއް އޭނާގެ ނަފްސަށް ވެރިވެގެން ދިޔައެވެ. އުފާވެރިކަމުގެ ކަރުނަ ދެލޮލުން ނީރާލި އިރު އުފަލުން އެ ހިތް ވެސް ނަށަމުން ދިޔަފަދައެވެ. ހަމަ ކުޑަ ކުޑަ އައިލީޝް އެކެވެ. އައިލީޝް ގެ މޫނުމަތިން އޭނާ އަށް ފެންނަ ހުރިހާ ސިފަތަކެއް ފެންނަމުން ދިޔައެވެ. ކަޅުކަން ދަގަ ލޮލެކެވެ. އެހާ ކުޑަ އިރުވެސް އައިލީޝް އާއި ހާދަ ވައްތަރެވެ.
އޭނާގެ ލޮލުގެ ތެރެއަށް ކަރުނަތަށް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެތަކެއް އިސްސާސްތަކެއް އެއްވި ވަގުތު ކޮޅެކެވެ. އޭނާ އަށް ކުއްލިއަކަށް އައިލީޝް މަތިން ހަނދާން ވުމާއެކު ނަރުސް ކުއްޖާ އަށް ބަލާލަމުން ދަރިފުޅުގެ މަންމަ އޭ ބުނެލިއެވެ. “ނާރސް… ދަރިފުޅުގެ މަންމަ…” ރާސިލް ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ.
“ވީ އާރ ޓްރައިން ބަޓް…” ނަރުސް ކުއްޖާ ދެފަރާތަށް ބޯ ހޫރާލިއެވެ. ރާސިލް އަށް ކަރުނަ ފައިބަމުން ދާ ހާލު ބަލާލެވުނީ އޭނާގެ އަތުގައި އޮތް ތުއްތު ތުއްތު ފުރާނައަށެވެ. އޭނާ މަޑުމަޑުން އެ ތުއްތު ދަރިފުޅުގެ ނިތުގައި ބޮސްދިނެވެ.
***
“އައި އެމް ސޮރީ” އެންމެ ފުރަތަމަ ދުވަހުވެސް ރާސިލް ގެ އަނގައިން އެ ތުއްތު ދަރިފުޅަށް އިވުނު ބަހަކީ މިއީއެވެ. އެ ދުވަހަށް ފަހު އަދި އަޑަށް ދާން ދެންވެސް ރާސިލް ކެނޑި ނޭޅި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ދަރިފުޅު ގާތު ބުނާ އެއްބަހަކީވެސް އެއީއެވެ. އެތަށް ފަހަރު އެކި ގޮތްގޮތަށް ރާސިލް މާފަށް އެދެމުން ދިޔައެވެ. ދަރިފުޅުދެކޭ ވާ ލޯތްބެއްގެ ބޮޑުކަމުން އެންމެ ސިކުންތުކޮޅަކުވެސް އެ ފުރާނަ އޭނާ އާ ދުރު ވާކަށް އޭނާ ނޭދެއެވެ. އައިލީޝް ގެ އަމާނާތަކަށް ވުމާއެކު އެ އަމާނާތަށް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވާން ރާސިލް ބޭނުމެވެ.
ދަރިފުޅު މަންމައަށް އޭނާ ކަންތަށް ކުރި އިހާނެތި ގޮތްތަށް އެ ހިތަށް ސިފަވާކޮންމެ ފަހަރަކު އެ ހިތް ކަރުނަ އަޅައެވެ. އެތައް ހާސް ހަންޖަރެއް އޭނާގެ ހިތަށް ހަރަމުންދާ ކަހަލަ ވޭނީ އިހްސާސް އެއްކުރެވެއެވެ. އެ ދަރިފުޅާއެކު ވޭތުކުރެވުނު ހަތަރު އަހަރަކީ އޭނާ ގެ މުޅި ދިރިއުޅުން ބަދަލް ކޮއްލި ހަތަރު އަހަރެވެ. ނުގޮތަކަށް މީހަކު ބަލައިލަން ވެސް އޭނާ ނޭދެއެވެ. ކުޑަ ކުޑަ ކޫރުމެއް އެޅިލަންވެސް އެ ހިތް ނޭދެއެވެ. ރޮއްވާ ދެރަކުރާކަށް ދުވަހަކު ބޭނުމެއް ނޫނެވެ. އަންހެން ދަރިއަކަށް ވުމާއެކު ބައްޕަ އަކު ދަރިއަކަށް ދޭން ޖެހޭ ހިމާޔަތާ ރައްކާތެރިކަން އޭނާ ދޭން ބޭނުންވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.
އައިލީޝް މަތިން ހަނދާން ވުމާއެކު އޭނާ އަށް އަނެއްކާ ރޮވުނީއެވެ. ދަރިފުޅުގެ ކުރިމަތީގައި ނުރޯން އެތަށް ހިތްވަރެއް އޭނާ ކުރެއެވެ. އެ ދަރިފުޅުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އެ އަތުގައި ނެތެވެ.
އަންޖުމް ލިބުމަށްފަހު އަންހެން ދަރިއަކަށް ދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން އޭނާ އަށް ވިސްނުނުފަދައެވެ. އެހެން މީހެއްގެ ފަރާތުން ކުޑަވެސް އަނިޔާ އެއް ލިބުމަށްނދޭއިރު އޭނާ އަށް އައިލީޝް އާ ދޭތެރޭ ކަންތަށް ކުރެވުނު އިހާނެތި ގޮތް ހިތަށް އަރާ ކޮންމެ ފަހަރަކު އެ ހިތް ކަރުނައަޅާ ރޮއެވެ. އަންޖުމް އަށް އެބަ އޭނާގެ ހިމާޔަތާ ރައްކާތެރިކަން ލިބޭތާއެވެ. އެހެންނަމަވެސް އައިލީޝް އަށް އެ ނަސީބުވެސް ނުލިބުނެވެ.
ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުންގާނުގައި ދެފަހަރަކު ބޮލުން ޖަހާވެސް ލެވުނެވެ. އެހެނެއްކަމަކު ބޮލުގަ ރިއްސަމުން ދިޔަވަރަށް ލުއި ވި ހެނެތް ހިޔެއް ނުވިއެވެ. އޭނާ ކާރުސްޓާރޓް ކޮއްލިއެވެ. އަދި ދުއްވާލިއެވެ. އެހެންނަމަވެސް އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ކޮންމެވެސް އެހެން ތާކަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
106 Comments!
Comments are closed.








Salaam. Aslu mi part v kuru vaane. More than just 1500 words. Dhen anehen ehves kameh ves nuvaane. Aslu 4 years l8r ga maigandu haadhisaa thereah vadheveyne next ep in feshigen. Mi part ga aslu genesdheyn beynun vi how raasil ge life is changed mi 4 years thereyga.
Thankyou All.
Jazakallah khairan. ☺
☺☺☺
V interesting story eh…. adhi iyye mi story kiyan mi feshy….mivaguthu esfiyaaga oiy emme best story mee…
Alheyhhh pinkish pinkyyy… vvv ufaavehjje… ☺☺☺ himi ah dhey support ah fah fahshun shukuriyya. ☺☺☺ much loves from me. ???
Varah reethi?
Thanks eleven. ☺☺☺???
OMG..
Dammn abt this part
haadha reehchey
ma sha allah
this make tears to my eye
good job Hi Mi
Alheyhhh… zaahee. Ehen v ma mi balani emotion thah himi ah deliver kohdhevunu kamah ingey. … ☺☺☺ jazakillah …..
V ufaavehjje. Thanks and much loves from me. Ingey. ???
Wow … v rythi mi vhk.. maasha allah???
Thanksss ahu. It means a lot… ☺☺☺much loves. ☺☺☺???
Masha allah salhi .ekam hama ailiy maruviy tha.
Haadha qabool kuran undhaguley.Friends ah heevany eyna maru nuvaa hen. Waitin 4 nw part .kon irakun up kohdheveyny …
-salaam- ??????
#stry kiyaa man#
Friendsss… vvv ufaavehjje ingeyhhhhhh….. hama possible ingey. Maru v kan ves. Dhen hingaa balamaa story dhaani kihinehthoa. Hama. In Sha Allah. Kiyun therin dissapoint nuvaa reethi gothakah gengos dheveythoa try kuraanan. In Sha Allah. ☺☺☺???
alhey himi where is ailish? ? is she dead? or is she in a coma? please aili its time for u to wakeup. awwn anju character so loabi. rasil ge life ves varah bodah change vejje dhw. i think aili coma eh ga hen ehenvi ma dhanish rulhi ayas rasil and baby dhuru nukoh behetti dhw himi. some major twists. dhanish and zeesha dhw dhen gulheyni. varah reethi mi part ves. and where is zahid nw. that man is the reason for her being in that state. ? waiting for the nxt part cant even wait. himi yr very good alot has improved nw. im the biggest fan of u ? i really hope one day i will b able to buy ur books from a store
Sorry annoying reader
I don’t think u r a bigger fan of Hi Mi than me ???
Cause I love her n this story toooooooooo much
Hope u don’t mind
Jus 4 fun mi bunelyyy ????
Hey. Annoying reader. Himi akives fan ekey annoying reader ge ingey. Thi loabi comment thakuge… ailysh??? Hingaa balamaa dhen vaani kihinehkan dw dear. Yes. A lot has changed dw. Raasil aa anjum dhurunukoh gengulhey sababuves varah avahah ingigen dhaane ingey. In Sha Allah. Btw sorry for the late replies ingey all. Dhen annoying reader bunani aili coma eh ga ey dw. Hingaa balamaamay be shes dead too. ???. Hehe. Hehe ifu ge loabi commet dw. Dhemudhin ves himi ge fan. Himi ves dhekudhinge fan. Hehe. And annoying reader books store in ganna vhk ah… himi hithuga ves adhi nei kameh hehe. Its ok ifu. Vvv ufaavehjje. Himige two fans. Hehe. Thanks and much loves. ☺☺☺???
Thanks u 2. ☺☺☺???
Aileesh hama maruveetho… hama gaboolu kuran dhathi vany… ahananhves heevanee aileesh v coma akah goshenn.. aileesh maraa nulaa… ??????
Alheyhhhhh…. kamanaaaaa. Hingaa balamaa dw dhen vaane gotheh. V ufaavehjje comment eh kohlima. Thanks a lot. ☺☺☺???
aww,anjum is so cute..alhey himi koba aili ????maruvy thr??/i don’t think so ..and raasil i feel sorry 4 him..aili dhen aadhebaa ….vvv reethi
Thanks maya. Vvv ufaavehjje. Himi visna visnaa liyevihjje dw anju ge chatecter cute kon. Hingaa balamaa dhen vaa gotheh dw. Maadhan In Sha Allah kiyaalan libeyne. In Sha Allah. Thanks. Much loves. ☺☺☺???
Mygen vy hama ekani kamaky myge kurin raasil dhaanish ah kuri nafrathu dhaanish raasil ah kuraakan.
Dhen ailiesh ? my happy pill ah vy goii igen varah beynun ???
Hehe dw beauty. Hingaa balamaa… dhen vaa… ailee. Konthaaku tha maru v thr???. ??? hehe. Hingaa balamaa dhen vaagotheh neygey hama himi ah ves bunan. Hehe. Thanks a lot dear. ☺☺☺
Himi.. I hate you! Himi ge stories kiyaafa roe roe mihaaru ebolhe karuna husvaan.. haadhahaa asaru gadhaey genesdheefa hunna goi… Alhey pls tel me ailee is stil aliv..
Alheyh. Lotus himi tissue packet eh fonuva dheyn v tha?. Hehe. Nuny baalidhieh ves fonuva dhevidhaane. Sorry ey rovvalevunima. Hingaa dhen balamaa vaa gotheh dw lotus. Hingaa balamaa aili alive thw dw.Dnt hate me. ??? hehe. Lets see dear. Thanks a lot and much loves. ☺☺☺
Thanks HI MI dhooni mi part ves v v reethi ? V furihama ? ? mi story aa dhey therey ham bunaane ayvves aychei nei ehaa ves reethi ☺☺☺ v ufaaveyjje HI MI ge comment kiyaa laafa ???
thi bahahtta gai kamah adhi ves 1 faharu v v bodhah Sukuriyya ? ? ? ? good luck ???? waiting for next part ? ? ? ? ?
Alhyh axy. Himi beynun vey abadhuves readers happy kohfheyn. Readers himi ah kuraa ithubaar hifahatan. Hehe. Vvv ufaavehjje ingey comment kiyaalaafa. Hageegathugaves thikahala readers ge sababun liyun theriaa ah hiyy vareh libigen dhaane kan yageen. Jazakallah.
V ufaavehjje. Thanks and much loves. ☺☺☺
Alheyy.. himi…minprt vrh nice ngh… anjum hrdha cute ey… himi ekm mishy rovvrliinu thi…plx plx jum ah eyna mom dhiri hutta fnna goiyy hadhhcheyy.. plx… ly..♥♥♥♥♥
Alheyh sorry mishi rovvaalevunima himi ah. Ekam himi beynun vi gothah anjum ge charecter genevunima vvv happy my dear. And sorry dhera kohkevunima e emotions thah genes dhevijje ehnu ehen v ma hama happy. Hehe. Thanks and much loves. ☺☺☺
Keehkuran aileeee maraali hi mi. V dhera vehje
Alheyh tooza. Sorry dear. Lets see what hpns konme gothakah dhiyayas dissapoint eh nukohlaanan. Ingey readers. In Sha Allah. So keep reading… ☺☺☺
Ohhh ????… Hi Mi what happened to ailee??? Is she dead??? Hiyeh nuvey maruvaaneheneh… I think ailee coma akah henn dhiyaee ????… Kobaa tha ailee ge dad??? I hate him ????… Pinky ah heevany raasil office nimaalaafa e dhany ailee gaathah henn…. Mihaaru zeesha, maaniu, raaidhaa kobaa baa??? ????… I think dhaanish n zeesha hennn couple akah vaany dhn ????… Or maybe izik ge kohkko… Heheheh… Mi part vx as usual v v v reethi ????… Ailee n raasil ge daughter v v v cute ????… Soo innocent ❤️❤️❤️❤️… Anjum ge scenes thah v v v furihama ????… Heevanee hama ekameh higaa iru pinky ah ethaa kairyga hureveyhenn ????… Raasil v badhalu vehje dhw… Curiously waiting for the next part ❤️❤️❤️❤️????… Keep up the good work ????… Loves from pinky ❤️❤️❤️❤️???????????????????☺️☺️☺️
Himige dear pinky ge story ah dhin comment haadha furihamaey. . Hehe. Vvv ufaavehjje. Bunaane ithuru ehchei nei hama ingey. Ehaavex furihamai thi commemt. Dhen aili ge baby anjum ge scene thaguge emotions thah deliver kohdhevunukan himi ah yageen vehjje. Story ithurah kuriah gendhiyumah ithuru hiyy vareh mikamun ves libigen gosfi… vvv ufaavehjje. Ingey. Himi ge bodu fan pinky. Much loves from ur fan -himi-
Wooow.. Story iz amazing
Thankxxxxxx xxxx. V ufaavehjje ingey dear. ☺☺☺
obiness To The Max Vaahakaeh…. Varah Thafaathu Vaahakaeh…. Hama Roolhaa Iraalaa Falhaalaa Varuge Vaahakehh…. Soo Beautiful Himi…. Waiting 4 Next Part… ❤❤???
Alheyh. Minna ge swyt comment ekey miothy dw. Haadha haadha unique bas thakakunney thi thaureef kohli dw. Himi bunaane ehchei neygifa mi ini hehe. Next ep tomo. In Sha Allah. Thanks a lot. Much loves. ☺☺☺
Hi Mi buny hama ragalhah mifaharu maa bodahvx melt vejje my heart……….. i just feel vvv bad that ailee nethyma oh god i miss her……………..vvv furihama mi partvx
whn next part Hi Mi
Unique dear. Dear ge comment akah hama konme faharakuves inthixaar kureveyey. Hehe. Himi ge reply late kamun sorry ingey. Bixi v ma time v varakun replyvkuramun mi dhani. Hingaa balamaa dhen vaa gotheh. Next ep on tomo. In Sha Allah. Thankyou so much. Much loves.
yup….wc…..love u more…………….thanks for waitin..its okey Ik Hi Mi vvvv bodah bxy nooniiyyaa reply nukoh nuhunnaane n reply ves nukoh nuhunnaane heheheh……………. story interesting vvvvvvvvvvvvvvvvvvvvvvvvvvvvvv
i mean story up nukoh n reply nukoh…….. Hi Mi who am i if im not ur fan??????
Hehe. Yh. Hama bixi kamunney dear. Thi muhaar varah close frnd eh gothah feel vani. ☺☺☺
V reethi mibaives love ekamu ailish maranulahchey??❤❤?
Alheyyyy Hi Mi darlin
Thi rovaalynu ????
Ifu hury aileesh ge reactions hunnaane goiy ingeyn keiy miadhu vefa
Ekm mi part oiy gothun heevany ailyy Mary v hen
But my heart does not agree with that
Cause I believe that aily is an important character of this story ???
But aily maru viyya thanks Hi Mi eena ge child anjum alive koh bahahtaaa dhinyyy thyy
Anjum ah v lawbin angle kiyan ves v reethi vaane ❤️❤️❤️ Anju vex
Hehe jus my guess ingey
Ifu ge family ga hunnaane anjal kiyaa kujjeh
Ehenve mi bunelyyy
❤️??????????❤️❤️❤️❤️❤️??
HiMi now this is 4 u geyyy ?????????
Ifu varah ufaaveyyy Hi Mi readers medhu bahattaa gait kamun
I have read n commented also some other story’s from this site but e story’s writers ge faraathun hi mi thi bahattaa gaaiy kameh nubahatttaaa
I mean hi mi eba rep kureyeyy hirihaa comment akah vex ????
N u r the first author of a story who have replied to a comment of me
N that was the biggest reason y I felt so close to u n became a fan of ur ???
Hi mi aslahves v kolhu geyy
I love u soooooo much
Ekm v dhera vi miadhu ehaaa album story fenunyy ma
Today I get up a bit late ehenve hendhunu balaaanulevunyy
N 9 ga break ah geah aasa ves dhen gossa mi aadhevunyy 2 ge fahun ???
But ai gothah kuran huri kudhi kanthakah fahu mi kiyaayyy
N the story was jus………
????????????????????????????????????
No 1
N I truly love you ?
Believe me u can get no other fan bigger than me ????
Ly ??????
N waitin 4 the next part ?????
Thanks any. ☺☺☺
Alhy himi ge bodu fan ifu. Vvv ufaavehjje. Alheyhhhh ekam sorry ingey rovvaalevunima. And himi tissue aa ehchei fonuvadheyn v tha ifu ah. Dhen nuroi huttaalaa hehe. Himi abadhuves balamey readers happy kohdheveythoa… himi ah readers kuraa trust gehluvaa nulaathaa ingey ifu. Hehe. Mihen mibuni himi kiyun therinna gaaikan bahahta ey bunima. Ingey. Hehe. Vvv ufaavehjje thi comme t kiyaalaafa. Am speechless. ☺☺☺ Thankyou so much.
Much loves. ??? ifu ge fan -himi-
HiMi
Sorrry
If I disappointed u by telling that u kiyun therinnAA medhu gaaiy kan bahattaa vaaahaka
Ehgothakahvex kiyuntherin HiMi ah kura trust break kuraakahnooon gey ehen bunyy
Hope u understand
N I feel sooooo sorry ? for that ?????????????
Alhyh ifu dear. Himi vvv happy vefa ey e comment buni. Hehe. Himi aslu ifu aa dheytherey ehves ehchei hithuga ovegenes nuney swyt ifu. ????? much loves.
Ifu ah gos kon meaning neguni dw. Ifu ehem bunima himi aslu kuri ah dhaan beynun vani egothuga y bunan vegen ehen bunevuni. ?????
Ifu kobaa???. ???
ailee maralee tha..ehen nuhadah chey hi mi … story v nice…akam mi part kuree…hi mi ailee anaanee ragalhu vegen dhw…story ga ailee fennane dhw… keep it up ??????????❤
Alhyh sorry dear dhera kohlevunima. Hingaa balamaa dw dhen vaane gothah. Vvv ufaavehjje. Comment kiyaalima. Thanks so much. Much loves. ☺☺☺???
Ooooops
Any don’t b angry ingey
I didn’t mean to
But my comment einy Any ge comment ge rep akah dhevifa
May be olhigen eeege rep ah fihthuny kamah vaaany
Sorry ingey v bodah ????hope u don mind ???
Any ways more loves from ifu to Hi Mi darlin
Hehe ?
LY ????
Hi mi v sorry yey
Ifu miadhu tired vefa huri varun eba huri spelling mistakes liyevifa
My first n most original comment ga ???
Let me correct it geyy
Mary – maru
Viyya- viyas
Gait – gaaiy
Kolhu – molhu
Album – lahun
Kiyaaayyy – kiyaaly
HiMi I guess I had a misunderstanding furathamaanun
Assu HiMi story up kolly kihaaa iraku thr
Hi mi v sorry gey
Ifu miadhu tired vefa huri varun eba huri spelling mistakes liyevifa
My first n most original comment ga ???
Let me correct it geyy
Mary – maru
Viyya- viyas
Gait – gaaiy
Kolhu – molhu
Album – lahun
Kiyaaayyy – kiyaaly
HiMi I guess I had a misunderstanding furathamaanun
Assu HiMi story up kolly kihaaa iraku thr
Hello dear. Hello again. Hehe. Comment thah fenifa himi bunaane ehchei neygifa ey mi ini. Ifu ge original comment ga huru basthah hama himi ah kiyuney. Hehe. Its okay. Himi ah ves vey ehen. Hehe. Massala eh nuney. Himi ge faraathun ifu ah more loves. Ifu ge fan-himi-
Hi mi MashaAllah mi baives varah furihama ekam varahgina suvaalu hituga ufedihjje umeedukuran den kiyaalan libey baiga hituga ufedunu suvaalutakuge javaabu libenekamah keep up the good work.love????
Hehe. Dhen anna baim ba eh suvaal thakuge javaab libigendhaane In Sha Allah. Keep reading ingey dear. Thankyou so much. Much loves.
MaashaAllah.. 🙂
Jazakillah Khairan. Mia.
Aily must be in a coma dhaanish blames the guy bc he told dhaanish that he’ll hurt aily
Guessess de anonymous lets see. ☺☺☺
When next part ??????
Next part tomo. In Sha Allah.
himi….whn nxt prt???
Tomo ingey lish. In Sha Allah. ☺☺☺
Haadha kun bass ginaeyy
E fadha bas thah faahaga kohla dhinumaki v bofu edhumeh. ☺
Vvv v reethi..but ailii??? is she dead..BTW wen nxt prt
Lets see dw queen angela. V ufaavehjje. Thanks ingey. Tomo next ep. In Sha Allah.
HiMi
When next part
Waitin ❤️❤️❤️❤️
Tomo dear. ☺☺☺ In Sha Allah. ☺☺☺
Tomi dear. ☺☺☺ In Sha Allah. ☺☺☺
Next part kobaa.. v inthixaarukurevey. ☺
Tomi dear. ☺☺☺ In Sha Allah. ☺☺☺
unique fahun reply kurymey dear nubalantha
Himi e msg kiyaalan jeheyni dear.
itx ok Hi Mi
alhey mee adhi best story in this site
varah gina dhuvas vehjje sirrun mi vaahaka kiyaathaa ekam hama comment nukoh mifaharu neendhevun
Alheyh… kiaraa. It means a lot. Ingey. Hama hageegathuga ves v ufaavehjje. Thankyou so much. ???
Himi…..thiahen nahaddavaaaaa. Ayly. Plx aily maraa nulacche….plx..plx..pls…stry habeys ingey …sorry mi duvas kolhu anjel varah tight schedule ehh ga ulhythy story kiaa leveny vs v lahun. Ekam baraabarahh Kian ingey …luv u himi….anjel?
Its okay dear. Ehenves vaane. Vvv ufaavehjje ingey thihaa bixi koh ulhemun ves kiyaalima. Thanks a lit dear. Much loves. ☺☺☺
???
Lets see dhen vaa gotheh dw. ???
ALHEY HI MI darling haadha varakah shey inthizaar thikuruvani…….kia mihaaru kiyaa hithun maruvany…WHAT HAPPENED TO AILY?????
Alheyh. Kiaraa. Mireyge vagutheh ga kiyaalan libeyne. In Sha Allah. Thankyou. ☺☺☺
What HiMi tonight ga thr ????
I thought mihaaru up vedhaane kamah
But no worryyys
I jus hope tonight exam in annan vaaa irah up vaane kamah
Cause v avahah nidhiaadheyyy abadhu vexxx ???????????
Love ❤️
HiMi ge fan ifuuu….??
Awnnn so swyt of yuh. Much loves from me ingey ifu. Bixi kamun long comment rh ves liyeveykah nethey mi gadi. Sorry about this. ???
Haadha lahay. Avahah up kohdhybala. Kiyaahithun balaalabalaala mi hunnany stry vvvv reethi
Mirey ingey. In Sha Allah. Thankyou. ???
Alhe himi dhooni ailee maruveetha hama vvvv dheravejje???? masha allah himi haadha molhey story liyan??? himi dhigukoh story liyaathy vvvv ufaave???? thnx dear?❤
Xaaaan. Hadha dhuvaheh fahunney. Vvv ufaavehjje. Thanks a lot. Ingey. ???
Alhe hi mi haadha reethi ey,,,,i love this story,,,dhen kihinen baa vaane…koba aily….
Lets see dhen vaa gotheh. Thanjs a lot. Ingey. Mirey 11 ge kurin kiyaalan libeyne. In Sha Allah.
HiMi dhoooni 11 ge kuri vejjeyya nidhidhaaane ?
But tom Friday dhw ….
N no schoool
So ifu ah v emmme avahakah kiyaalaanngeyyy
???
Cause ifu ah yageen fathihu avahah heylaathy try kuriyas story up vaaandhekah nuhureveynekan sleep nukoh ????
Gud nighttt ??
Ly ❤️❤️❤️
umm reply ingey Hi MIi
Himi handhaan nethifa unique. Sorry.
itx okey Hi Mi…… ur the best my frnd……
☺☺☺?❤????????????❤❤
thankq for keeping that close……….ly
thankq for keeping me that close……….ly
thanks dear most wc
Himi dhooni.. Wen up vaanee.. kiyaafa nooney nunidhan meenee???
In Sha Allah. kuda irukolakun vaane. 10 minsss
Himi .vvv nice when next part ..mi first comment mi vahakayah ekm gavaaidhun mi stry kiyan vvv furihama Masha Allah ?
Nice stry this is my first comment for this stry but this is my favorite stry in this site