Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (19)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 22, 2018 14 Mins Read
64 Comments

“ދާނިޝް”

އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އިފްޝާ ހަބަރުހުސްވެގެން ވެއްޓުނީއެވެ.

*****

ރާސިލް ސިހުނީ އައިލީޝް އައިސް ކޮޓަރިއަށް ވަނުމުންނެވެ. އޭނާ ސޯފާއިން ތެދުވެގެން އައިލީޝް ކައިރިއަށް އައިސް ހުއްޓި ބައްދާލިއެވެ. އައިލީޝް އަށް ހިނިތުންވެވުނެވެ.


އޭގެ އަނެއް ދުވަހު ޒީޝާ އާއި ދާނިޝް އާއި ދެމީހުން ގޭގެ ޓެރެސްއިން ބައްދަލުކުރީ ހެދުނު ގަޑީގައެވެ. “ޒީ… މިއަދު ތިދަނީ ވަރި ސާބިތުކުރަން… އެއަށް ފަހު ޒީޝާ މާނިއުގެ ކިބައިން މިނިވަންވާނެ” ދާނިޝް ހިނިތުންވެލިއެވެ.

ޒީޝާ ވެސް ދާނިޝް އަށް ބަލާލަމުން ހިނިތުންވެވުނީއެވެ.

“ދިހައެއްޖަހާއިރު ގެ ކައިރިއަށް ޝިފާ އަންނާނެ…” ޝިފާއަކީ ޒީޝާގެ ލޯޔަރެވެ. ދާނިޝް އެހެން ބުނުމާއެކު ޒީޝާ ވެސް ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ މިއަދު ނިމުނީމަ ދެން އިންޝާ ﷲ ނިމުނީނު” ޒީޝާ ގެ އަޑުގައި ނޭނގޭ ހިންހަމަ ޖެހުމެއް ވެއެވެ. ދާނިޝް ވެސް އެތަން ފެނި ހިނިތުންވިއެވެ.

އެދުވަހު މާނިއު އާއި ޒީޝާ އާއި ދެމީހުން ދިމާވީ ކޯޓުންނެވެ. މާނިއު ވެސް މާ ގަދަ ނުދައްކާ އެ ދުވަހު ޒީޝާ މިނިވަންކޮށްދިނެވެ. އެކަމާ ޒީޝާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ދާނިޝް އަށް މިއަދު އޭނާ އައި ގަޑީގައި ނާދެވުނީ އޭނާ ކުޑަކަމަކު އޮފީސް މީޓިން އަކަށް ދާން ޖެހުނީމއެވެ. އެހެންނަމަވެސް ނިމޭ ގަޑިއަށް އަންނާނޭ ކަމަށް ދާނިޝް އޮތީ ޒީޝާ ކައިރީގައި ބުނެފައެވެ. އޭނާގެ ލޮލުގައި އެވަގުތު އެތަނުގައި ހުރި އަންހެން ކުއްޖާ އަޅައިގަތެވެ. އެ ކުއްޖާގެ ތުންފަތް މަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ.

އޭނާ އެކަމާ މާބޮޑަށް އަޅާނުލާ ހުރި އިރު އެ ކުއްޖާގެ ނަޒަރު އިރުއިރުކޮޅަކާ ޒީޝާ އަށް ހުއްޓެމުން ދާކަން ވެސް އެނގެއެވެ.

އެހެންނަމަވެސް އޭނާ އެ ކުއްޖާ ދެކެ ވާ ފޫހިން އެކަން އެނގޭ ކަމަށް ނެހެދީއެވެ.

ނިމިގެން ކޯޓުން ނުކުތް އިރު ދާނިޝް މަޑުކޮށްލައިގެން ހުއްޓެވެ. ޒީޝާ ދާނިޝް އާ ގާތަށް ދިޔައިރު މާނިއުވެސް އެ އަންހެން ކުއްޖާ އާއެކީ ނުކުންނަނީއެވެ. އެ ދެމީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވެއެވެ. ދާނިޝް ގެ ނަޒަރު މާނިއު ގާތުގައި ހުރި އަންހެން ކުއްޖާ އަށް ހުއްޓުމާއެކު ދެބުމަ ގޮށްޖަހާލެވުނެވެ.

އިތުރަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އެމީހުންގެ ލޯޔަރ ޝިފާ އައުމާއެކު ދެމީހުން ޝިފާއަށް ސަމާލުކަން ދިނެވެ.

ޝިފާއައިސް ޒީޝާ ގައިގައި ކުޑަކޮށް ބައްދާލާފައި މަރުހަބާ ކިޔެވެ. އެއީ ހިންހެޔޮ މިޒާޖެއްޖެ ވެރި ޒުވާނެކެވެ. ޒީޝާވެސް ހިތުގެ އެންމެ ފުން މިނުން ޝިފާ އަށް ސުކުރުވެރިވިއެވެ. މިހުރިހާ ދުވަހު ދެ ގޮތެއްނުވެ ޒީޝާ އަށް އެހީތެރިވެދިނީތީއެވެ. އޭނާ އަކީ ދާނިޝް ގެ  ރައްޓެއްސެކެވެ. އެހެންކަމުން ޒީޝާ އަށް އެ ކަންތައް ޝިފާ ކޮއްދިނީ އެއްވެސް އަގަކާ ނުލައެވެ.

“ދާނިޝް ކިހިނެތް؟ އަދިވެސް ރަނގަޅު ނުވޭތަ؟” ޝިފާ ދާނިޝް ގާތު އަހާލީ ޒީޝާ ފޯނެއްގައި ތަންކޮޅެއް ދުރަށް ޖެހިލުމުންނެވެ. “ކީކުރާނީ… ޝިފް… އަދިވެސް ހަމަ އެކަހަލަ ގޮތެއް” ދާނިޝް ބުނެލިއެވެ. ދާނިޝް ގެ ނަފްސާނީ ހާލަތު އިޒިކް ގެ އިތުރުން އިތުރުން އިނގެނީ ޝިފާއަށެވެ. ޝިފާ އާއި އޭނާ އާއި ބައްދަލުވީ އިޒިކް ގެ ގެއިންނެވެ. ޝިފާ އަށް އެކަން ތައް އިނގުނީ އޭނާ އެއްރޭ ނުހުރެވިގެން ގޮސް އެޕާރޓްމެންޓަށް ވަދެ މުށިތަކުމަތީގައި އިށީދެ މާނޭވާލަމުން ދިޔަ ގޮތް ފެނުމުންނެވެ. އޭނާ އަށް ޝިފާ އެތާ އިންކަން ނޭނގި ލިބުނު ހާސްކަން ނެރެލެވުނީއެވެ.

އެދުވަހަށް ފަހު ދާނިޝް އެ ހަގީގަތް ޝިފާ އަށް ވެސް ކިޔައިދިނީ އެވެ. ހަމަ އެކަނި އޭނާގެ ނަފްސާނީ މައްސަލަ ހުންނަކަމެވެ. އެކަމުގެ އަޑީގައި ފޮރުވިފައިވާ ހަގީގަތް އޭނާ ސިއްރުކުރިއެވެ. އިޒިކް ގެ ދެބެންގެ ދެދަރި ކުއްޖަކަށް ވުމާއެކު އޭނާ ޝިފާ އަށް އިތުބާރުކުރީ އޭނާގެ ހުރި ހިންހެޔޮ މިޒާޖާ އެކީގައެވެ.

ޒީޝާ ފޯން ކޯލް ނިންމާލާފައި އައުމުން އެ ދެމީހުން ފޮނުވާލުމަށްފަހު ޝިފާ އަނެއްކާވެސް ކޯޓުގެ އެތެރެއަށް ވަނެވެ.

ދާނިޝް އާއި ޒީޝާ އާއި ދެމީހުން ވަށައިގެން ހޯދާލިއިރު މާނިއު މެން ގޮސްފިއެވެ. ދާނިޝް އާއެކު ޒީޝާ ވެސް ގޮސް ކާރަށް އެރިއެވެ. އެއާއެކު ދާނިޝް ލަސްނުކޮށް ކާރުދުއްވާލިއެވެ.

ޒީޝާ ގެއަށް ލާފައި އޭނާ ދެން ދިޔައީ އިޒިކް ގާތަށެވެ. ކާރުގައި އިޒިކް ނުކުންނަން ދެން މަޑުކޮށްލަގެން އިންއިރު ދެންމެ ޒީޝާ އާއި އެކީ ކާރުގައި ދިޔައިރު ހިނގި ކަންތަށް އޭނާގެ ހިޔާލަށް ގެނެވުނެވެ.

“ކީކޭ” ދާނިޝް ބުނެލި ޖުމްލައިން ޒީޝާ އަށް ސިހިފައިބަލާލެވުނެވެ. “އާނ… ތި އަޑު އިވުނީ ރަނގަޅަށް. އަހަރެންނާ މާނިއު އާ ދުޝްމަން ކަމެއް އެބައޮތް”

“ކޮންކަމެއް” ޒީޝާ އަހާލިއެވެ. “ނޫން… އަދި އެއްނޫން… ފަހުން ބުނާނަން ” ދާނިޝް އަދިވެސް ކޮންކަމެއް ކަން ބުނާކަށް ނޫޅުނެވެ.

***

“އޭތް ދާނިޝް… ކޮން ހިޔާލެއްގަ؟” އިޒިކް ކާރަށް އަރަމުން ދާނިޝް އަށް ގޮވާލީ އޭނާ ހިޔާލަކަށް ގެއްލިފައި އިން ވަރުންނެވެ. އޭނާ އެރިއިރުވެސް ދާނިޝް އަށް ނޭނގުނީއެވެ.

“އެއް… ހޫން… ސާބަހޭ… ހިނގާ ދަމާ” ދާނިޝް ބުނެލިއެވެ. އެއާއެކު އިޒިކް ވެސް ބޯޖަހާލިއެވެ. އެ ދެމީހުން މަޑުކޮށްލީ މާނިއު ގެ އެޕާޓްމެންޓް ދޮރު މައްޗަށެވެ. އިޒިކް އާއި ދާނިޝް އާއި ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ބޯޖަހާލިއެވެ. ކާރު ޕާރކުކޮށްލާފައި ދެމީހުން ފައިބައިގެން ގޮސް ވަނެވެ. ލިފްޓުން ޒީޝާ އުޅޭ ފްލޯއަށް ދާނިޝް އެރީ ޒީޝާ ގާތުން އެމައުލޫމާތް އޮޅުން ފިލުވާފައި އޮތީތީއެވެ.

ދާނިޝް ލިފްޓުން ފުރަތަމަ ފައިބާ އެ އެޕާރޓްމެންޓް ގެ ދޮރަށް ބަލާލިއެވެ. “ބެލްޖަހާ” ލިފްޓުން ފައިބާ އިޒިކް ދާނިޝް އަށް ބަލާލަމުން ބުނެލިއެވެ. ދާނިޝް ބެލްޖަހާލިއެވެ.

އެކަމަކު އެތެރޭން އެއްވެސް ހަބަރެއްނުވިއެވެ. ތެދިން ހަތަރު ފަހަރު ބެލް އެޅުމުންވެސް އެއްޖަވާބެކެވެ. “އަދި އެއަށް ނާންނަނީކަންނޭގެ” އިޒިކް ބުނެލިއެވެ. ދާނިޝް ވެސް ބޯ ޖަހާލަމުން އިސްތަށިގަނޑުގެތެރެއަށް އަތް ހިންގާލިއެވެ.

“ހިނގާދަމާ ކާރުގައި މަޑުކުރާނީ” އެތާ ތިބޭތާ ފަސްމިނިޓް ފަހުން އިޒިކް ބުނެލިއެވެ. އެއާއެކު ދާނިޝް ވެސް އެއްބަސް ވެ އެނބުރި ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ.

ދެމީހުން ގޮސް ކާރުގައި މަޑުކޮއްލިއެވެ. ދާނިޝް އޭނާގެ ފޯނަށް މެސެޖެއް އައުމާއެކު ބަލާލިއެވެ. “މާނިއު ދެންމެ މެސެޖް ކޮށްފި… އޭނާ އެއްކޮށް މާލޭން ބޭރަށް ދަނީޔޭ ބުނީ… އިންޑިއާއަށް ދަނީ އޭ ބުނި” ޒީޝާ ގެ މެސެޖެކެވެ. އެއާއެކު ދާނިޝް އަށް ހައިރާންކަމާއެކީ އިޒިކް އަށް ބަލާލިއެވެ. “އޭނާ އާއެކީ ގާރލްފްރެންޑް ވެސް ދެޔޭ ބުނީ…” އަދި އަނެއްކާވެސް މެސެޖް ގެ އަނެއްބައި ކިޔާލިއެވެ. ދާނިޝް މިފަހަރުވެސް ހައިރާންކަމާއެކީ އިޒިކް އަށް ބަލާލިއެވެ.

“ކިހިނެތްވީ ދާނިޝް” އިޒިކް ދާނިޝް އަތުން ފޯން އަތުލާ ބަލާލިއެވެ. އެއާއެކު އޭނާ އަށް ވެސް ހައިރާންކަން ވެރިވެގެން ދިޔައެވެ. “މިކަން ކުރަން ތާ އެހެން ވީމަ އޭނާ އެހާ ފަސޭހައިން ޒީޝާ ވަރި ކުރީ ދޯ” އިޒިކް އަށް ބުނެވުނެވެ. ދާނިޝް އަށް ވެސް އިޒިކް ގެ އެވާހަކަ ގަބޫލުކުރަމުން ބޯޖަހާލެވުނެވެ.


ރޭގަނޑުގެ ވަގުތެވެ. ދާނިޝް ކޮތަރީގައި ހުރެފައި ރާސިލް އަށް ގުޅާލިއެވެ. އޭނާ ކޮންމެހެންވެސް ރާސިލް އާއި ވާހަކަ ދައްކަން ބޭނުމެވެ.

އައިލީޝް ގާތު އޮށޯވެގެން ނިދިފައިވާ އައިލީޝް ގެ މޫނަށް ބަލަހައްޓައިގެން ރާސިލް އިނެވެ. އޭނާ އައިލީޝް ގެ އިސްތަށިތައް އެއްފަރާތް ކޮއްލައެވެ. އެއްބައިފަހަރު ނިތަށް ބޮސްދޭނެއެވެ. އަނެއްބައިފަހަރު މޫނުގައި ފިރުމާލާނެއެވެ.

އޭނާ ސިހުނީ ފޯނެއް އައުމުންނެވެ. އަވަސް އަވަހަށް އެނަގާ ސައިލެންޓަށް ލީ އައިލީޝް ހޭލަފާނެތީއެވެ. ކާކުތޯ ބަލާލިއިރު ދާނިޝް ގެ ކޯލަކަށް ވުމާއެކު އޭނާ އެ ފޯން ނަގާކަށް ގަސްތެއް ނުކުރިއެވެ.

އަނެއްކާ އައިލީޝް އަށް އޭނާ ނަޒަރު ހުއްޓާލިއެވެ. “ވައި ޑޫޔޫ ލަވްމީ ސޯ މަޗް… ވައި ވައި ވައި… އިޓްސް ސޯ ޑިފިކަލްޓް ފޯރ މީ… ދުވަހަކުވެސް އައިލީ އާ ދުރަށް ދާކަށް ބޭނުމެއްނުވޭ… ދަރިފުޅާ ދުރަށް ދާކަށް ބޭނުމެއްނުވޭ… ދުވަހަކުވެސް ތި ދެމީހުންކުރެ އެކަކާވެސް ދުރަށް ދާކަށް ބޭނުމެއްނޫން… އެކަމަކު… އެކަމަކު އައިލީ… އެކަހަލަ ދުވަހެއް ވެސް އަތުވެދާނެ… ދެން ކިހިނެތް ހަދާނީ… އަހަރެންގެ ހަގީގަތް އެނގޭ ދުވަހު އައިލީ އަހަރެދެކެ ނަފްރަތު ކުރާނަންދޯ… އަހަރެންނާ އަހަރެންގެ ދަރިފުޅާ ވަކިކޮށްލާނަން ދޯ… އައިލީ ވެސް އަހަރެންނާ ދުރަށް ދާނަން ދޯ…” ރާސިލް ގެ ހިތަށް ތަފާތު އެއްޗެޗެހި އަރަމުން ދިޔައެވެ.

“އެކަމަކު އައިލީ… އަހަރެންގެ ދޮންތަ އަށް ނުލިބުނު އިންސާފުގެ މަތިންވެސް ހަނދާން ނައްތާލެވޭކަށް ނެތް… އަހަރެން ކިހިނެތް ހަދާނީ… ޔެސް އައި ލަވްޔޫ… އައި ލަވްޔޫ ވެރީ ވެރީ މަޗް… ކުރިން ހިޔެއްނުކުރަން އައިލީ ދެކެ މިހާ ލޯބި ވެވިދާނެކަމަށް… ގަބޫލުވެސް ކުރަން ބޭނުންނުވީ… އެތަށް އަނިޔާއެއް ދިނިން… އެކަމަކު ދެން ބޭނުމެއްނޫން… އަމިއްލަ ހިތަށް ވިސްނައިދޭން އޭރު ކުރިމަސައްކަތް ބޭކާރުވިޔަސް މިހާރު މިހިތަށް ވެސް ތެދު އިނގިއްޖެ އައިލީ… އަހަރެން އައިލީ ދެކެ ލޯބި ވާވަރު… އިނގޭތަ؟ އެކަމަކު އެ ލޯބި އެހާ ވަރަށް ފާޅު ކުރާކަށް ވެސް ބޭނުމެއްނޫން… އެއީ ވަކިވާން ޖެހިއްޖެނަމަ އަހަރެންނަށް ވުރެ ބޮޑަށް ވެސް އައިލީ އަށް ހާރޓް ވާނެތީ” ރާސިލް ގުދުވެ އައިލީޝް ގެ ނިތަށް ބޮސްދިނެވެ. އަދި އޮށޯވެ ހަމަޖެހިލިއެވެ.

ނިދީގައި އައިލީޝް ކުޑަކޮށް ފުރޮޅި ލުމުން ރާސިލް އަށް އައިލީޝް އަށް ސަމާލުކަން ދެވުނެވެ. އޭނާ އައިލީޝް ގެ ބްލޭންކެޓް ރަނގަޅު ކޮށްލަމުން ދެލޯ މަރާލިއެވެ. އަދި ފުންނޭވާއެއްލިޔެވެ.

*****

ރާސިލް އިފްޝާ ގާތު އަހައަހާވެސް ވީ ގޮތް އޭނާ ނުބުނިއެވެ. ހަބަރު ހުސްވެގެން ވެއްޓުނީއެވެ. އިފްޝާ ހޮސްޕިޓަލަށް ގެންދެވުނެވެ.

“ދޮންތާ ދެން ބުނެބަލަ… އެރޭ ކިހިނެތްތަ ވީ… މިހާރު ހަފްތާއެއްވީ އޭ ދޮންތާ… ތިހެން ނޫޅެބަލަ… އަހަރެން ވަރަށް ދެރަވޭ… މާދަން އަޑު އެހުން ވެސް އޮންނާނެ އަދިވެސް ދޮންތަގެ ދުލުން ކާކުކަން ވެސް ނުބުނަމެއްނު… ދާނިޝް އޭ އިއްޔެވެސް ޕޮލިހުން އެހީމަ ބުނީ… ދިޔުމުން ދާނިޝް އަށް ދެރަގޮތެއް ވާކަށް ނޭދެމޭ ކިޔާފަ ރޮއިގަތީ… ވީ ގޮތް ކިޔައިދީބަލަ ދޮންތާ ޕްލީޒް” އިފްޝާ ބަލާފައި ޑޮކްޓަރުން ދިޔަތާ މާގިނައިރެއްނުވެ އޭނާ ހޭއެރުމާއެކު ރާސިލް އެތެރެއަށް ވަދެ އަނެއްކާވެސް ސުވާލުކުރިއެވެ.

“ދޮންތާ މާދަން އަޑު އެހުން ވެސް އެބައޮތް… ޕޮލިހުން ބަޔާންވެސް ނަގައިފި… ހުރިހާ އިލްޒާމެއް ދާނިޝް ބޮލުގަ އެއްނު އެޅުނީ.. އޭނަ ހައްޔަރުވެސް ކުރެވިއްޖެ… ދޮންތާ ތިކަމުން އަރައިގަންނަން މަސައްކަތް ކޮއްބަލަ… ޕްލީޒް” ރާސިލް އިފްޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އިފްޝާ އިތުރު އެއްޗެއް ނުބުނެ ލޯ މަރާލީއެވެ. އޭރު ލޮލުގެ ހިމަކޮޅުން ކަރުނަތަށް ފައިބައިގެން ހިނގައްޖެއެވެ.

“ދޮންތާ… މިއަދު ދޮންތަ ޖެހޭނީ ސާފުބަހުން އަހަރެންގާތު އެއީ ކާކުކަން ބުނަން… ” ރާސިލް ބުނެލިއެވެ. އެއާއެކު އިފްޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރުވެސް އޭނާ އޮތީ ލޯ މަރައިލައިގެންނެވެ.

“ދޮންތާ” ރާސިލް އިފްޝާގެ އަތުގައި ހިފާލަމުން އެއަތަށް ބާރުކޮއްލަމުން ބުނެލިއެވެ. އިފްޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ލޯގަނޑާ ދިމާލަށް ބަލާލާ ހުއްޓާލިއެވެ. އަދި މަޑުކޮށްލިއެވެ. އޭރުވެސް އޭނާ ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަރުސްކުއްޖަކު ވަދެ އައިވީ އަށް ބަލާލާފައި ފައިލް ގައި އެއްޗެއް ލިޔެލާފައި ދިޔައެވެ.

އެއާއެކު އަނެއްކާވެސް ރާސިލް ގެ ސުވާލު އިފްޝާ އަށް އަމާޒުވިއެވެ.

“ދާ… ދާނިޝް… ދާނިޝް… މިހުރިހާކަމެއްގެ އަޑީގައިވަނީ ދާނިޝް” އިފްޝާ ބުނެލިއެވެ. އެއާއެކު ރާސިލް ގެ ނަފްސު ހަރުކަށިވެގެން ދިޔައެވެ. އޭނާގެ ދަތްތަކަށް ބާރުކޮއްލާފައިވާގޮތުން ދެންމެ ދެންމެ ދަތްތަށް ބިނދައިގެން ގޮސްފައިވާނެހެން ހީވިއެވެ.

“ދޮންތާ… ޓޭކް ރެސްޓް… މަންމަ ވެސް އަންނާން މިހާރު އެބަ ބަލާލަން… މާދަން ކޯޓަށް ވެސް ދާން ޖެހޭނެއެއްނު” ރާސިލް އިފްޝާގެ ބޮލުގައި ފިރުމާލާފައި ނުކުމެގެން ދިޔައެވެ. އިފްޝާ އެކަނިވީއެވެ.


އޭގެ އަނެއްދުވަހު ކޯޓް ގައި އިފްޝާ ދާނިޝް އާ ދެކޮޅަށް ހެކި ދިނެވެ.

އިފްޝާ ކޯޓަށް ގެން ދިޔައިރު ވެސް ދިޔައީ ގިސްލެވެމުންނެވެ. މީހަކު އަތްލިޔަސް ސިހިދެއެވެ. އަބަދުވެސް ފަރާތް ފަރާތް ހޯދެއެވެ. ކޮޓް ގެ އެތެރޭގައި އޭނާ އަށް ހާއްސަ ކުރެވިފައިވާ ތަނުގައި ރާސިލް އާއި ސަލީމާ އާއި އެކު އިށީންއިރު އޭނާ އަށް އިސްޖެހުނެވެ. ދެވަނަ ފަހަރަށް އިސްއުފުލާލީ މީހުންތަކެއް އެތަނުގެ އެތެރެއަށް ވަތް އަޑަށެވެ. އެވަގުތު ޕޮލިހުންތަކަކާ އެކީގައި ވަތް ދާނިޝް އޭނާގެ ލޮލުގައި އަޅައިގަތެވެ. ރާސިލް އަށް ވެސް އެދިމާލަށް ބަލާލެވުނެވެ.

***

ރާސިލް އަށް ދެލޯ ހުޅުވާލެވުނެވެ. އޭނާ ސައިޑް ކަބަޑް މަތީ ހުރި ފެންތަށި ދަމާލިއެވެ. އެވަރުންވެސް ނަފްސަށް ހަމަޖެހުމެއް ނުލިބުނެވެ.


ދުވަސްތަށް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އައިލީޝް ގެ ބަނޑަށް ނުވަމަސްވެސް ފުރިއްޖެއެވެ. ބޮޑުބަނޑާއެކު އައިލީޝް ނުހަނު ލޯއްބެވެ. ބަނޑަށް ދުވަސް ފުރެން ކައިރިވުމާއެކު ބައެއްފަހަރު އޭނާ އަށް ތެދުވަން އުނދަގޫވެއެވެ. އެ ހުރިހާ ކަމެއްގައި ރާސިލް ގެ އެހީތެރިކަން ލިބުނު ކަމުގައި ވިނަމަވެސް އަދިވެސް ކޮންމްވެސް ކަމަކާ ރާސިލް ބިރުގަނެފައިވާ ފަދަ އިހްސާސްއެއް އައިލީޝް އަށް ކުރެވެއެވެ. ބައެއްފަހަރު ކަމެއް އައިލީޝް އަށް އެނގިދާނެތީ ސިއްރުން އުޅޭހެން ހީވެއެވެ. އަނެއްބައި ފަހަރު ކަންތަށްތައް ކުރުމުގައި ވަކި ހަމައެއްބަހައްޓައިގެން އުޅޭހެން ހީވެއެވެ.

އެއީ ވެސް އެފަދަ ދުވަހެކެވެ. ވިއްސާރައެވެ. ހަވީރުގެ ވަގުތަކަށް ވުމާއެކު ވެސް މަގުމަތިން މީހުން އެހެން ދުވަސް ދުވަހަށް ވުރެ މަދުހެން ހީވިއެވެ. ބައެއްފަހަރު ޖަހާލާ ބާރު ގުގުރިއާއެކު ކަންފަތުގައި އައިލީޝް އަށް އަތްއަޅާލެވެނެއެވެ. ދުވާލުގެ ވަގުތަށް ވިޔަސް ވިދާލާ ވިދުވަރާއެކު މުޅިތަން އަލިވެގެން ދެއެވެ. ބޮޑުބަނޑާއެކު އައިލީޝް އެނދުން ތެދުވީ އުނދަގުލާ އެކީގައެވެ. އޭނާގެ ބޭނުމަކަށް ވީ ތިރިއަށް ދިޔުމަށެވެ. ހިޝްމާ އޭނާގެ ގާތުގައި ވިހަންދެން ތިރިއަށް ބަދަލުވާން ކިތަންމެ ފަހަރަކު ބުނި ކަމުގައި ވިނަމަވެސް އައިލީޝް ގޮތްދޫ ކުރާ ހިޔާލެއް ނުކުރިއެވެ.

ދާނިޝް ގެ ކޮޓަރީގައި ހުރި ރާސިލް ދާނިޝް ވަށާ ހިނގަމުން ދިޔައެވެ. “ކަލޭ ހަނދާން ކޮށްބަލަ އެ ދުވަސް މަތިން” ރާސިލް ކިޔަމުން ދިޔައެވެ. ދާނިޝް ރާސިލް އާއި ވާހަކަ ދައްކަން އައުމަށް އެދުމުން އޭނާ އައެވެ. އެއީ އެންމެފަހުން އެ ވާހަކަ ދައްކަން އެދުނު ދުވަހު ރާސިލް ފޯން ނުނެގުމަށްފަހު އެ ދެމީހުން އެގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. މިހުރިހާ ދުވަސްތަކުގައި ރާސިލް ދާނިޝް ބްލެކްމެއިލް ކުރަމުން ދޔައެވެ. އޭނާ ބޭނުންވާ ގޮތަށް ކަންތަށް ނުކުރެވިއްޖެނަމަ އައިލީޝް ގެ ހިތް ހަލާކުކޮށްލާނޭކަމަށް ރާސިލް ބުނެފައިވާތީ ދާނިޝް އަށް ވެސް އެ ގޮތަށް ކަންތަށް ކުރަން މަޖުބޫރުވީއެވެ. ލިބުނު އެންމެ ދެ ބޮޑު ޕްރޮޖެކްޓް ދާނިޝް އަޑީގައި ހުރެގެން ފަނުފުލުން ދުއްވައިލީ އެކަކަށް ވެސް ނޭނގެއެވެ. އެކަން ބައްޕަ ކުރީގައި ހުރެގެން ތަހުގީގު ކުރަމުން އަދިވެސް ދަނީއެވެ. އެކަމުގެ ސަބަބުން ކުންފުނީގެ މާލިއްޔަތަށް ނުހަނު ބޮޑަށް ގެއްލުން ވެގެން ދިޔައެވެ.

އެއީ ރާސިލް ގެ ބޭނުމެވެ. އެކަން ހުއްޓުވާ ހަގީގަތް ހާމަ ކުރުމަށް މިވީ ހާދުވަހުވެސް ރާސިލް އޭނާ އަކަށް ފުރުސަތެއް ނުދެއެވެ. ކުންފުނ ބަގުރޫޓު ވުމުގެ ކުރިން ކޮންމެހެންވެސް އެކަން ހުއްޓުވަން އެބަ ޖެހެއެވެ. އެހެންނޫންނަމަ އެ މީހުން ގެ ހުރިހާ މުދަލެއް ވެސް ފައިސާއެއްވެސް ހުސްވާނެއެވެ. އެކަންތައް ކުރީ ދާނިޝް ކަން އެނގޭނަމަ ޒާހިދު ހިމޭނުން ނުހުންނާނެއެވެ. އެއީ ދާނިޝް އަށް ވެސް އެނގޭ ހަގީގަތެކެވެ.

“ދާނިޝް އޭތް ކޮން ހިޔާލެއްގަ؟” ރާސިލް ދާނިޝް އަށް ތަންކޮޅެއް ބާރަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ.

“ކަލޭ އެދުވަސް މަތިން ހަނދާން ކުރަން ބޭނުމެއް ނުވޭތަ؟” ރާސިލް އަދިވެސް ބުނެލިއެވެ. “މިއޮތީ އެ ފޮޓޯގަނޑު އެ ދުވަހު އޮފީހުން ނެގި ޕާސްޕޯޓް ސައިޒް ފޮޓޯގަނޑު އަހަރެން ނެގީ ހަހަ” ރާސިލް އެ ފޮޓޯގަނޑު ދައްކާލިއެވެ. “ކަލޭ ޖެހޭނީ އެ ދުވަސް މަތިން ހަނދާން ކުރަން… ” ރާސިލް ވާހަކަ ދައްކަމުންދިޔަ ގޮތުން ދާނިޝް އަށް އެ ހިޔާލްތައް ވެރިވަމުން ދިޔައެވެ. އެ ހިޔާލް ތަކަށް އޭނާގެ ވިސްނުން ދޫނުކޮށްވޭތޯ ކުރެވެން ހުރި މަސއްކަތެއް ކުރަމުން ދިޔަ ދާނިޝް އަށް ވެސް އެ ހިޔާލްތަކުން ސަލާމަތެއް ނުވެވުނެވެ. އެވަގުތު ގުގުރާލުމާއެކު ވިދާލުމާއެކު އެ ކޮޓަރިތެރެއަށް ވެސް އަލިވެގެން ދިޔައެވެ. އޭނާ ގެ ނަޒަރު ހުޅުވިފައިވާ ކުޑަދޮރަށް ހުއްޓުމާއެކު ދެލޯ މަރާލެވުނެވެ.

***

އެއީވެސް ހަމަ މިހާ ވިއްސާރަ ދުވަހެކެވެ. ދާނިޝް އާއި އިފްޝާ އާއި ދެމީހުން ކާރުގައި މިސްރާބުޖެހީ އިފްޝާމެން ގެއާ ދިމާލަށެވެ. ބައްޕަ ނުރުހުންވި ވާހަކަ ބުނުމަށްފަހު ދާނިޝް އިފްޝާ އަށް ނަޒަރު ހުއްޓާލިއެވެ. “ކީއްވެ” މަޑު މޮޅިކަމާއެކު އިފްޝާ ސުވާލުކޮށްލިއެވެ.

ދާނިޝް އަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. “އިފޫ ޑޮންޓް ވޮރީ… އަހަރެން އިފޫ ދޫކޮށް ނުލާނަމޭ” އެންމެ ފަހުން ދާނިޝް އަށް ބުނެވުނެވެ. އޭނާ އަށް ވެސް އިފްޝާގެ ލޮލުގެ ތެރެއަށް ބޮނޑިވަމުން ދިޔަ ކަރުނަތަށް ފެނުނީއެވެ. އޭނާ ކާރު މަޑު ޖައްސާލަމުން އިފްޝާ އަށް ބަލާލިއެވެ. އަދި އިފްޝާގެ އުނގުމަތީ އޮތް އަތަށް ދަމާލާ ގެނެސް އޭނާ އެ އަތުގައި ބާރަށް ދެއަތުން ހިފައްޓާލިއެވެ.

“އަހަރެން އިފޫ ގެ އަތުގެ މިހެން ހިނފީ ދުވަހަކުވެސް ދޫކޮށްލާކަށް ނޫން… އިންޝާ ﷲ” ދާނިޝް ބުނެލިއެވެ. ދާނިޝް ގެ އަޑުގައިވި ޔަގީންކަމުން އިފްޝާ އަށް ހިނިތުންވެވުނެވެ. ކަރުނައިގެ ތެރެއިން ވެސް އިފްޝާގެ ހިނިތުންވުން ފެނި ދާނިޝް ގެ ހިތަށްފިނި ކަމެއް ލިބުނެވެ. “އަހަރެން ނިކަމެއްޗަކަށް ވީމަތަ ދާން ގެ ބައްޕަ ގަބޫލް ނުވަނީ” އިފްޝާ އިރުކޮޅަކުން އަހާލިއެވެ. އެއާއެކު ދާނިޝް އަށް އިހިފައި އެ ލޮލަށް ބަލާލެވުނެވެ. “ނޫން ނޫން” އެ ސަބަބު އިނގިހުރެވެސް ދާނިޝް އިފްޝާ އަށް އޮޅުވާލީއެވެ. އޭނާ އަށް ވެސް ޒާހިދު ގަބޫލުނުވަނީ އެހެންވެގެންކަން އެނގެއެވެ. ދާނިޝް ބޭނުންވީ އިފްޝާ އަށް ލިބިދާނޭ ނުތަނަވަސް ކަމަކުން ދުރުކުރާށެވެ.

ކާރުމަޑުކޮއްލައިގެން ތިބެފައި ދާނިޝް ދުއްވާލިއެވެ. ވިއްސާރަކަމުން އެހެން ދުވަސް ދުވަހަށް ވުރެ ޓެކްސީތަށް މަދު ކަމަށް ދައްކައެވެ. މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންމަދެވެ. ރޭގަނޑުގެ ވަގުތަށް ވުމުން މަގުމަތިން މީހަކުވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. މުޅި މާލެ މިއަރާމް ވާރޭގެ ފިނިކަމުގެ ތެރޭގައި ނިދާފައިވާކަހަލައެވެ. ދެމީހުންގެ ތުންފަތް މަތީގައިވެސް ވަނީ އާދަޔާހިލާފު އުފާވެރިކަމެކެވެ. ވަކި ހިސާބަކުން ފޯނެއް އައުމާއެކު އަނެއްކާވެސް ދާނިޝް ކާރު އެއްފަރާތުގައި ޕާރކު ކޮށްލީ ފޯނަށް ޖަވާބުދިނުމަށެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެމީހުންނަށް ތިބެވުނީ ހަދަން ފަށާފައިވާ އިމާރާތެއްގެ ކުރިމަތީގައެވެ.

ދާނިޝް ފޯންނަގާ ދެފަހަރަކު ހަލޯ އޭ ބުނުމުންވެސް އެކޮޅުން އަނގައިން ނުބުންޏެވެ. އެއީ ނުދަންނަ ނަމްބަރަކަށް ވުމާއެކު ކާކުކަން އެނގޭ ގޮތެއްނުވިއެވެ. އެ މަގުމަތީގައި މީހުން އެއްވަރަކަށް ނެތޭ ބުންޏަސް ދެގޮތެއް ނުވާނެއެވެ. އެހެން ދިޔަ ދެ އަންހެން ކުދިންވެސް ގޮސް ޖެހިގެން އޮތް ގޯޅިން އަޅައިފިއެވެ. އެ އިމާރާތައި ޖެހިގެން ދެން ހުރި ދެ އިމާރާތަކީވެސް ފަޅު އިމާރާތަކަށް ވުމާއެކު އެ ހިސާބުގަނޑުވެސް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ.

އިފްޝާ ދާނިޝް އަށް ބަލަހައްޓައިގެން އިނެވެ. “ކާކު ކަމެއް ވެސް ނޭނގެ… ހިނގާ ދާން… ހެޑް ފޯން ނެތީމައޭ މި މަޑުކޮށްލީ ފޯން ނަގަން… އެ ވެސް ވީ ތަކެއް ނޭނގޭ… ގައިމު މިއަދުވެސް މީގެ ތެރޭގަ ބޭންދިންވިއްޔަ” ދާނިޝް ހިސާބެއްގެ ހިންހަމަ ނުޖެހުމަކާއެކު ބުނެލިއެވެ.

“އަޅޭ ދާން… ދެން ތިކަމާ ރުޅި ނާދެބަ… އައި ޑޯންޓް ލައިކް ދާން ރުޅި އައިމަ. ޔޫ ލުކް ބިއުޓިފުލް ވިތް ޔޯ ސްމައިލް” އިފްޝާ ބުނެލިއެވެ. “ދެޓް ވޯޒް ވަޓް އައި ހޭވްޓު ސޭ މައި ލަވް” ދާނިޝް އެއްލޯ މަރާލަމުން ބުނެލިއެވެ. އޭނާ ކާރު ސްޓާރޓް ކޮއްލަން ހަދާލިތަނާ ކާރުގެ ބިއްލޫރިގަނޑުގައި މީހަކު ޖަހާލިއެވެ. އެމީހާ ޖެހީ އިފްޝާ އިން ދިމާލުގައި ކަމުން އިފްޝާ ކާރުގެ ލޯގަނޑު ތިރިކޮއްލިއެވެ. ދާނިޝް ވެސް މަޑުކޮށްލައިގެން ބަލަން އިނެވެ.

އިފްޝާ އެމީހައަށް ބަލާލުމާއެކު އެމީހާ ބަލި އަޑަކުން އެދުނީ ކާރުން ނުކުތުމަށެވެ. އަދި އޭނާ އަށް އެހީވުމަށެވެ. ލައިގެން ހުރި އެއްޗެއްހި އެއްކޮށް ތެމިފައި ހުރުމުގެ ސަބަބުން އޭނާ ތުރުތުރު އަޅަމުން ދިޔައެވެ. ލާފައިވަނީ ބާ ހެދުން ގަނޑެކެވެ. ދާނިޝް ކާރުގައި ބައިންދާފައި އިން ކުޑަ ނަގަމުން ދޮރުފަތް ހުޅުވާލިއެވެ. އަދި ނިކުތުމުގެ ކުރިން ކުޑަ ހުޅުވާލިއެވެ. އޭނާ އަދިވެސް އެއްފަހަރު ފޭބުމުގެ ކުރިން ޝީޓް ގައި އިނދެ އިފްޝާ އަށް ބަލާލިއެވެ. އިފްޝާވެސް ކާރުގެ ދޮރުފަތް ހުޅުވާލަން ހިފާލިއެވެ. ސިހުން ގެނުވީ އެމީހާ ކުއްލިއަކަށް އިފްޝާ ގެ އަތަށް ދަމައިގަނެފައި ގެނެސް ހިފެއްޓުމުންނެވެ. ދާނިޝް ވެސް އަވަސް އަވަހަށް ފޭބިއެވެ.

“ލީވް ދަ ގާރލް އެލޯން” ދާނިޝް ރުޅިއައިސް ބުނެލިއެވެ. އޭނާގެ އަތް ފިޔަވަޅެއް ކުރިއަށް ނޭޅި އުޅެނިކޮށް އައި ނައި ތަނެއް ނޭނގި ޖާނުން ވަރުގަދަ ހަތަރު ފިރިހެނުން އައިސް އޭނާ ހިފެއްޓިއެވެ. އެތަނުން އެކަކުވެސް މޫނު ނުފެނުނީ އެމީހުން އަޅާފައިވާ ކަޅުކުލައިގެ މާސްކުތަކުގެ ސަބަބުންނެވެ. ލޯ ނޫނީ މުޅި މޫނު ނިވާކޮށްފައިވާއިރު އެއީ ކޮންބައެއްކަން ދެނެގެންނަން އުނދަގުލެވެ. އިފްޝާ އާ ދިމާލަށް ދިޔަ މީހާ އިފްޝާ ހިފެއްޓިއެވެ. އޭރު އެންމެ ފުރަތަމަ ކާރު ހުއްޓުވި މީހާ ވެސް ނުލަފާ ވައްތަރަކަށް ހީގަނެގެން ހުއްޓެވެ. އޭނާގެ މޫނުމަތި ރަނގަޅަށް ނުފެނުނީ އެތަން އަނދިރިކޮށް އޮތުމުންނެވެ. ދާނިޝް އަށް ނުފެނުނަސް އިފްޝާ އަށް އޭނާވެސް ފެންނާނޭކަން ދާނިޝް އަށް ޔަގީންވިއެވެ.

“ފެންނަހާ މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެއްނު” އެމީހާ ވެސް މޫނު ނިވާކޮށްލިއެވެ. އަދި އިފްޝާ ޖެހިގެން ހުރި މީހާ އާ ހަވާލޭ ބުނުމަށްފަހު ދާނިޝް އާ ދިމާލަށް އައެވެ.

އެތަނުން އެކަކު ހުދު ކުލައިގެ ރުމާލަކުން އޭނާގެ މޫނުމަތީގައި އަޅައިލުމާއެކު އޭނާ ހަބަރު ހުސްވެގެން ވެއްޓުނެވެ. އިފްޝާ ވެސް ހަޅޭއްލަވައިގަންނަން އުޅުނަސް އެކަން ކާމިޔާބުނުވީ އޭނާގެ އަނގަމަތީގައި ހިފައްޓާފައިހުރި މީހާ އަތް އަޅާފައި ހުރި ލެއް ބާރުކަމުންނެވެ.

******

ދާނިޝް އަށް ފުންނޭވާއެއްލެވުމާއެކު މުށިތަކު މަށްޗަށް ތިރިވެވުނީ އެނާގެ ނޭވާ ކޮޅަށް ދާހެން ހީވުމުންނެވެ. ނޭވާ ނުލެވި ވީ އެއްމިނިޓް ތެރޭގައި އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައިވެއެވެ. އަމިއްލަ އަތުން ގުދަށް އޮވެ މޭގައި މަޑޫމަޑުން އޭނާ ޖަހާލީ ފިތެމުން ދާ ކަހަލަ އިހްސާސް އެއްކުރެވޭތީއެވެ. އެ ހަނދާންތަކުން ދުރަށް ދާން މަސައްކަތް ކުރިޔަސް ރާސިލް ހުރެގެން ކިޔާ އެއްޗެހިން އޭނާ އަށް އެ ހިޔާލް ތަކުން ސަލާމަތެއްނުވެވުނެވެ.

******

އޭނާ އަށް ދެން ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. އޭނާ އަށް އޮވެވުނީ ވެލި ގޯނިޔަކެއްގެ އެއްފަރާތުގައެވެ. އެ ގޯނިތަކުގައި ބުރަކަށި ޖެހިފައި އޮތް ގޮތުން އޭނާ އަށް ތަދުވެސް ވިއެވެ. މަޑުމަޑުން ލޯ ހުޅުވާލަމުން އޭނާ ތެދުވިއެވެ. ދެއަތް ބަދެފައި އޮތުމުން އެކަން ކުރަން ދަތިވިޔަސް އޭނާ އަށް ތެދުވެވުނެވެ. ފުރަގަހަތަށް ގެންގޮސް ބަދެފައިވާ ދެއަތަށް އޭރުވެސް ދިޔައީ ތަދުވަމުންނެވެ. ބޮލަށް ބަރުވެފައި ވެއެވެ. އަނގަމަތީގައި ޓޭޕް ގަނޑެއް އަޅާފައިވެއެވެ. އޭނާ އަށް އެތަނުން ތަނެއް ވަކިވާވަރުވީ ބޮލަށް ލިބުނު ބަރިކަން ކުޑަކޮށް ކެނޑުނީމައެވެ. ވަށައިގެން ބަލާލިއެވެ. އެތަނުގެ މަތީގައި ދިއްލާފައިވާ ހުދުކުލައިގެ އަލި ގަދަ ބޮކީގެ ސަބަބުން ތަނަށް އަލިކަން ވެރިވަމުން ދިޔައެވެ. އޭނާގެ ލޮލުގައި ދެން އަޅައިގަތީ ގޮނޑީގައި ބަނދެފައި އިން އިފްޝާ އެވެ. އޭނާގެ ވަށައިގެން އެ މީހުން ހަރަކާތް ތެރިވާތަން އޭނާ އަށް ފެނުނެވެ.

އޭރުވެސް ބޯކޮށް ވާރެ ވެހެމުން ދިޔަކަން އެނގެއެވެ. މަތި ހިޔާކޮއްފައި ވި ނަމަވެސް އެތަނުގެ މަތިން ވެސް ކޮންމެވެސް ވަރަކަށް ފެންތިކި ތަޅަމުން ދިޔައެވެ. ދާނިޝް ދާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ އޭނާގެ ދެފައިގައ ޖަހާފައިވާ ހިލި ހިލާގެ ސަބަބުންނެވެ. އަނގައިން އަޑެއް ލެއްވިޔަސް އެ އަޑު ބޭރަށް ނީވޭނެކަން އެނގުމާއެކު އޭނާ މާޔޫސް ވާގޮތް ވިއެވެ.

އިފްޝާގެ ކޯތާފަތުގެ ބޮޑުބައި ރަތްވެފައި ވީއިރު އަތްވެސް ހަލާކުވެ ލޭ އަންނަމުން ދިޔައެވެ. އަނގަމަތީގައި ޓޭޕް އަޅާފައި ވި ނަމަވެސް އެނގައިން ފޭބި ލޭތަށް ރޮނަގަކަށް ދަތް ދޮޅިއަށް ވިރެ ތިރިއަށް ދެމިފައި ހުއްޓެވެ. ދާނިޝް އަށް ރޮވެން ފެށުނީ އެތަނުން އެކަކު އައިސް އިފްޝާ ގެ ކޯތާފަތުގައި ފިރުމާލިތަން ފެނިފައެވެ. މަޑު މަޑޫން ފިރުމަ ފިރުމާފާއި އޭނާ އަނގަޔާ ދިމާލުގައި ހިފާލި ގޮތުން އިފްޝާ ލޯ މަރާލިއެވެ. އެތަން ފެނި ދާނިޝް އަށް ހިތް ދިރުވާލެވުނީ އިފްޝާ ވެސް ވީ ތަދުން ލޯ މަރާލިތަން ފެނިފައެވެ.

އެތަނުން އެހެން މީހަކު ކުރިއަށް ޖެހިލާ އިފްޝާގެ ގަޔާއި އެއްކޮށް ގޮނޑީގައި ބަދެފައިވާ ވާ ގަނޑު މޮހާލިއެވެ. އެއާއެކު އިފްޝާ މިނިވަން ވިއެވެ. އޭނާ ދުއްވާފައި ގޮސް ދާނިޝް ގެ އަނގައިގައި އަޅާފައި އޮތް ޓޭޕް ގަނޑު ނައްޓަން އުޅުނެވެ. އެހެންނަމަވެސް އެކަން ކާމިޔާބް ވުމުގެ ކުރިން އެހެން މީހަކު އައިސް އޭނާ ދަމަގައިގަނެގެން ގޮސް ވައްޓާލިއެވެ. އެ ހިނދު އޭނާގެ އަތުގައި އިން ލަފު ދާނިޝް ގެ ލޮލުގައި އަޅައިގަތެވެ. އިފްޝާ ވެއްޓުނު ގޮތަށް ނިތް ކުރިމަތި ފަޅައިގެން ދިޔައެވެ. އޭނާ ރޮމުން ދާނިޝް އާއި ދިމާލަށް ބަލާލިއެވެ.

އޭނާގެ ކުރިމަތީގައި ދެން ހިނގާ ދިޔަ އަމަލް ތަކަކީ މިހާތަކަށް އޭނާގެ ހަޔާތުގައި ފެނުނު އެންމެ ހިތްދަތި މަންޒަރެވެ. އެންމެ ހުތުރު އެއް އަމަލެވެ. އެންމެ ހިތް ހަލާކުވާފަދަ މަންޒަރެވެ. ރޮއި އޮރި އޮތް ހާލު ދެލޯ މަރާލެވުނީ އޭނާގެ ލޮލުގެ ކުރިމަށްޗަށް ފެންނަމުން ދިޔަ މަންޒަރު ބަލަން ކެތް ނުވުމުންނެވެ. އެ ހިތަށް ކުރަމުން ދިޔަ އަސަރުތަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. ތިމާގެ ލޮލުގެ ކުރިމަތީގައި އެންމެ ލޯބިވާ އެކަކަށް ކުރެވެމުން އެދަނީ ހާދަ ވޭނި އަނިޔާތަކެކެވެ. ބަލަން ކެތްވާނެހެއްޔެވެ؟ އަސަރު ނުކުރާނެހެއްޔެވެ؟ ނޭވާ ކުރުވެ މީހާގެ ހިތަށް ވަމުން ދިޔަ ތަދު ގަލަމަކުން ބަޔާން ކޮށެއް ނުދެވޭނެއެވެ. އެ ހިނދު އެ އަނިޔާ އިފްޝާ އަށް ނުލިބި އޭނާ އަށް ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. އިތުރަށް ކުރާނީ ކީއްކަމެއް އޭނާއަކަށް ނޭނގުނެވެ. ދާނިޝް ގެ ލޮލުން ކަރުނަތަށް އަންނަމުން ދިޔައިރު އޭނާ އިފްޝާ އާ ގާތަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ބާރުކޮއްލާ ގޮތުން ޗޭނުގަނޑު ފައިގެ އެތެރެއަށް ވަންފަދަ އިހްސާސް އެއް ކުރެވިގެން ދިޔައެވެ. ކޭތެމުން ކަހަލަ ގޮތަކަށް ވެސް ކުރިއަށް ޖެހެވެނީ ދެ ފިޔަވަޅެވެ. ޗޭނުގަނޑަށް ބާރުވެ އޭނާ ދިޔުމަށް ހުރަސްއަޅައެވެ. އެހެންނަމަވެސް އޭނާ އެ ހާލުގަވެސް ދާން މަސައްކަތް ކުރިއެވެ.

“އޭތް ދެން ތި އަނގައިގަ އޮތް ޓޭޕްގަނޑު ނައްޓަބަލަ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ދެނެތް އެއްވެސް މީހަކަށް އަޑެއް ނީވޭނެ” އެތަނުން އެކަކު ބުނެލިއެވެ. އެއާއެކު އިސްކޮޅުން ބިޔަ ދިގު މީހަކު އައިސް ދާނިޝް ގެ އަނގަމަތީގައި އަޅާފައ އޮތް ޓޭޕްގަނޑު ނައްޓާލިއެވެ. އެއާއެކު ދާނިޝް އަށް އިފްޝާ އަށް ގޮވާލެވުނެވެ. “ހަމަ މިހާރު ދޫކޮށްލާ ހަމަމިހާރު ދޫކޮށްލާ… އާހް” ދާނިޝް ބާރަށް ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް އެ އަޑު މިއޮއް ވިއްސާރަރޭ އޮބިގެން ގޮސް އެއްވެސް މީހަކަށް އަޑު ނީވޭނެކަން ޔަގީނެވެ.

“ހަމަ މީހާރު އޭނަ ދޫކުރޭ” ދާނިޝް ދެން ވެސް ހަޅޭއްލަވައިގަތެވެ. އެ އަޑާއެކު އެ ތަނުން އެކަކު އައިސް ދާނިޝް ގެ ބަނޑު ކޮޅުގައި ޖެހިއެވެ. ވޭނީ ހަޅޭކެތް އޭނާގެ އަރުތެރެއިން ނުކުތެވެ. “އިފޫ” އެކަމަށް ސަމާލުކަން ނުދީ އޭނާ މަސައްކަތް ކުރަމުން ދިޔައީ އިފްޝާ އާ ގާތަށް ދެވޭތޯއެވެ. ހަޅޭއްލަވަމުން ކުރިއަށް ދާން ކުރި މަސައްކަތުގެ ސަބަބުން އޭނާގެ ދެފައި ހަލާކުވަމުން ދިޔައެވެ. ލޭ ތަށް އޮހެމުން ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ދާނިޝް ސަމާލުކަމެއް ނުދިނެވެ. އަދިވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އިފްޝާ ގާތަށް ދެވޭތީއެވެ. އެމީހުންގެ ކިބައިން އިފްޝާ ސަލާމަތް ނުކޮށްދެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔަ ހާލު ދާނިޝް ރޮމުން ހަޅޭއްލަވަމުން ދިޔައެވެ. އެހެންނަމަވެސް އެ ރަހުމްކުޑަ އިންސާނުންނަށް އެއްވެސް އަސަރެއްނުކުރާކަހަލައެވެ. ދާނިޝް ގެ ކޮންމެ ހަޅޭކަކާއެކު އެމީހުން ޖަހާލަނީ ނުލަފާ ހިނިގަނޑެކެވެ. ކޮންފަދަ ނުބައި ރަހުމް ކުޑަ އަމަލެއްހެއްޔެވެ؟ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ؟. އެ ނުބައި އަމަލް ހިންގުމުގެ އެންމެ ކުރީގައި ހުރީ އެ ލަފު އިން މީހާ ކަން ދާނިޝް އަށް އެނގިގެންދިޔައެވެ.

“ޔޫ… އައިއޭމް ގޮނަ ކިލް ޔޫ” ދާނިޝް އޭނާ އާ ދިމާލަށް ހަޅޭއްލަވައިގަންނަމުން ބުނެލިއެވެ. އެ ހިނދު އެ މީހާ ޖަހާލީ ނުލަފާ ވައްތަރެއްގެ ހިނިގަނޑެކެވެ. “ކަލޭ ކިހިނެތްވެގެންތަ ތި އުޅެނީ އޭތް…” ދާނިޝް ހަޅޭއްލަވައިގަތެވެ. “އަހަރެމެން ކަލޭމެނަށް ކީކޮށްގެންތަ ތިހެން ތިހަދަނީ އޭތް” ދާނިޝް ވާހަކަ ދެއްކުމާއެކު މިފަހަރުވެސް އެހެން މީހެއްގެ ފައިގެ ހަމަލާއެއް އޭނާގެ އަނގަމައްޗަށް އަރައިގެން ދިޔައެވެ. އެއާއެކު އޭނާގެ ތުންފަތް ފަޅައިގެން ގޮސް ލޭތަށް އޮހިގަތެވެ. “އިފޫ ނޫން” ދާނިޝް އަށް ހަޅެއްލަވައިގަނެވުނެވެ. އޭނާ އަށް އޭގެފަހުން ލިނުނު އަނިޔާތަކާ އެކު ހިރިނުލެވޭ ވަރު ވިއެވެ. އެހެންނަމަވެސް ހިތްވަރު ކޮއްފައި އޭނާ ގެ ދުލުން ނުކުންނަމުން ދިޔައި އެންމެ ބަހެކެވެ. އިފްޝާގެ ނަމެވެ.

****

“ނޫން” ދާނިޝް އަށް ހަޅޭއްލަވައިގަނެވުނެވެ. “ކަލޭ ގެ ކޮއްކޮ ދެކެ ލޯބިންނެއް ނޫނޭ އަހަރެން އުޅުނީ ކަލޭގެ ކޮއްކޮ ދެކެ އެއްއިރެއްގަވެސް އަހަރެން ލޯތްބެއްނުވޭ… ހަމަ އެކަނި ބަދަލް ހިފުމަކަށް އަހަރެން އޭނާ އާ އިނީ…އައިލީޝް އަށް އަހަރެން އަނިޔާވެސް ކުރިން އެކަމަކު އޭނާ މޮޔަކަމުން އަހަރެން ހެދި ހާ ގޮތަކަށް ހެދިގެން ހުރީ ހަހަ… އޭނާ އަށް އައިސވެސް ނޭނގޭނެ އަހަރެންގެ މަގްސަދު.. އޭނާ ހިތުން އަހަރެން ވަރަށް ލޯބިވޭ އޭނާ ދެކެ… އެކަމަކު އަހަރެން އެއްވެސް ލޯއްބެއް ނުވޭ އޭނާ ދެކެއެއް…ހަހަ… ހަމަ އެކަނި ކުޅިގަނޑެއްމީ… ކީކުރާނީ އަހަރެން އޭނާގެ ވިހެއިމަ ދަރިފުޅު އަތުލަން… ނޫނީ އަހަރެން އޭނާ ދޫކޮށްލާފަ ދިޔުން…  ” ރާސިލް ބުނެލިއެވެ. “ނޫން” ކުރިއަށް ވުރެ ބާރަށް ދާނިޝް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “ކޮން ނޫން އެއް… ކަލޭ އޭ އަހަރެންގެ ދައްތަ ރޭޕް” ރާސިލް އަށް އެހާ ހިސާބަށް ބުނެފައި ދޮރުމަށްޗަށް ބަލާލެވުނީ އެތަނުގައި މީހަކު ހުރި ކަހަލަ އިހްސާސް އެއްކުރެރެވިގެންނެވެ. އޭރު ދޮރު ހުޅުވާލައިގެން ހުރި އައިލީޝް ފެނި އޭނާ އަށް އިހުން ގެނުވިއެވެ. އައިލީޝް ވެސް އތެރޭން ހަޅޭއްލަވައިގަތް އަޑެއް އިވިގެން އައިސް މަޑުމަޑުން ދޮރު ހުޅުވާލީއެވެ. އެތެރޭގައި ހިނގާދިޔަ ހުރިހާކަމެއް އޭނާއަށް އެނގެމުން ދިޔަކަން ރަމްޒުކޮށްދިނީ އޭނާގެ ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔަ ކަރުނައެވެ. “އައިލީ” ރާސިލް އަށް އެ ހިނދު މަޑުމަޑުން ކިޔާލެވުނެވެ. ދެވަނަ ސިކުންތުގައި ނޭވާ ނުލެވިގެން އުޅޭ މީހަކު ފަދައިން ފުންކޮށް ނޭވާލަމުން ދިޔަ ދާނިޝް އަށް ރާސިލް ބަލާލިއެވެ. އަނެއްކާވެސް އޭނާ އަށް ބަލާލެވުނީ އައިލީޝް އަށެވެ. އިވިގެން ދިޔަ ބަސްތަކުން ހުއްޓިހުރެފައި ދެން އޭނާ ގެ ލޮލުގައި އަޅައިގަތީ ދާނިޝް އެވެ. އަނގައިން ނުބުނެވޭ ހާލު އޭނާ ދާނިޝް ގާތަށް ޖެހިލިއެވެ. ހޯދާލެވުނޫ ފެނެވެ. ފެން ހުސްވެފައި ހުރުމުން އޭނާ ދުވެފައި ކަހަލަ ގޮތަކަށް މިސްރާބުޖެހީ ތިރިއަށެވެ. އެ ދިޔަ މަގުމަތީގައި ސިޑިން އަރަމުން ދިޔަ މީހަކުގެ ގައިގައި އޭނާ އަޅައިގަތެވެ. ނުވެއްޓުނީ ކިރިއާއެވެ. ކާކުކަން ވެސް ނުބަލާ ދުވެފައި ފޭބީ ކާކޮޓަރިއަށް ދިޔުމަށެވެ.

އިޒިކްގެ ގައިގައި އަޅައިގަނެފައި ދިޔަ އަންހެން ކުއްޖާ އަށް އޭނާ ބަލާލިއެވެ. ސިޑިން އަރަމުން ގޮސް އޭނާ ސިހުނީ ދާނިޝް ގެ ކޮޓަރީގެ ކުރިމަށްޗަށް އަރާފައެވެ. “ދާނިޝް” ސިހުމުގައި އޭނާ އަށް ރާސިލް އަށް ބާލާލާފައި އޭގެ ދެވަނަ ސިކުންތުގައި ދާނިޝް ގެ ނަން ކިޔާލާފައި އެދިމާލަށް ދެވުނެވެ.

އިޒިކް އަށް ވީ ގޮތް އެނގުނުކަމުގައިވިނަމަވެސް ހާލަތުގެ ގޮތުން އެ ވާހަކަ ރާސިލް އާއި ދިމާލަށް ބުނެވޭކަށް ނެތެވެ. އޭނާ އަވަސް އަވަހަށް ދާނިޝް ގާތަށް ޖެހިލިއެވެ. އަދި ދާނިޝް ގެ ކޮނޑުގައި ހިފާލިއެވެ. “އިޒި… އިޒިކް… އެ ރޭ މަތިން… އެރޭ މަތިން އަހަރެން… ދުވަހަކުވެސް… ދުވަހަކުވެސް ހަނދާން…އަހަރެ އާހް” ދާނިޝް އަށް ވާހަކަ ދައްކަން އުނދަގޫވެގެން ދިޔައެވެ. އޭނާ އަށް ނޭވާ ލާން ދަތިވަމުން ދިޔައެވެ.

“ބޭސް… ބޭސް ކޮބާ” އިޒިކް އަށް އަހާލެވުނެވެ. ދާނިޝް އާއެކު އިޒިކް އެ ގެއަށް އައި އެންމެ ފަހަރަކުއެވެ. މީގެ އިރުކޮޅެއްކުރިން ދާނިޝް ގުޅާފައި އަންނަން ބުނުމުން އޭނާ އައީއެވެ. ދާނިޝް ބުނީ މިރޭ އޭނާ ރާސިލް އާ ވާހަކަދައްކާއިރު އިޒިކް ވެސްހުންނަން ބޭނުންކަމުގައެވެ.

ދާނިޝް ދައްކާލީ ޑްރެސިންޓޭބަލް ގެ ވަތްގަނޑާ ދިމާލެވެ. އޭނާ ގޮސް އެ ވަތްގަޑު ހުޅުވާލާ ބޭސް ނަގައިގެން އައިސް ދާނިޝް އަށް ދިއްކޮއްލިއެވެ.

“ދާނިޝް… އެ ރެއަކީ ދާނިޝް ގެ ކުށެއް ނޫނޭ… އެރޭ މަތިން ހަނދާން ނުކޮށްބަލަ…” އެވަގުތަކީ އައިލީޝް ވެސް ފެންތަށި ހިފައިގެން އައިސް ވަތް ވަގުތެވެ. އައިލިޝް އައުމާއެކު އައިލީޝް އަތުން ފެންތަށި އަތުލާ އިޒިކް ބޭސްތަކާ އެކު ދާނިޝް އަތަށް ފެންތަށި ދިނެވެ.  އެއާއެކު ދާނިޝް އަވަސް އަވަހަށް ބޭސްތަށް ކައިލިއެވެ.

“ދާން… ދެން އެކަމާ ނުވިސްނާ ހަމަޖެހޭ… އެރޭ އެއީ ދާނިޝް ގެ މައްސަލައެއްނޫނޭ… އިފްޝާއަށް އެހެން ދިމާވީ ދާނިޝް ގެ ސަބަބުންނެއް ނޫނޭ… ވިސްނަބަލަ… އެރޭ އެމަންލ ހިންގި ބައިމީހުންނަށް އަދަބު ލިބެން ޖެހޭނީ… ދާނިޝް އަކަށް ނޫން އިޓްސް ނޮޓް ޔޯ ފޯލްޓް… ލޮލުގެ ކުރިމަތިން އެ މަންޒަރުތަށް އަދިވެސް ސިފާވާނެކަން އަހަރެންނަށް އެނގޭ… އެކަމަކުވެސް އަމިއްލަ ނަފްސަށް އެކަމުގެ ބްލޭމް ކުރުން ހުއްޓާލާ” އިޒިކް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އިވިގެން ދިޔަ ބަސްތަކުން ރާސިލް އަށް ވެސް ސިހުން ގެނުވިއެވެ.


ދާނިޝް ހަމައަކަށް އެޅިލުމާއެކު އައިލީޝް ދާނިޝް އާ ކައިރިވެލާ އިޝާރާތުން ސުވާލުކުރިއެވެ. ދާނިޝް އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ އިސްޖަހާލީއެވެ. އެކަންތަށް އައިލީޝް އަށް ތަފްސީލް ކޮށް ކިޔާލަދިނީ އިޒިކް އެވެ. އިޒިކް ގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުން އައިލީޝް އަށް ހީވީ އޭނާގެ ދުނިޔެ އެ ފުށް މިފުށަށް ޖެހުނު ހެންނެވެ. އެކަކަށް ވެސް ނޭނގި ދާނިޝް ތަހައްމަލް ކުރަމުން ދިޔަ ކަންތަށް އިނގުމުން ޚުދު އޭނާގެ ހިތްވެސް ކުދި ކުދިވިއެވެ. ތިން އަހަރު ގެ އެ ހާދިސާއަށް ފަހު ދާނިޝް ތަހައްމަލް ކުރި އަދި ކުރަމުން ދާ އެކަންތަކާ އެކުވެސް އައިލީޝް ގެ މޫނުމަތިން ހިނިތުންވުން ފެންނަން ދާނިޝް އެދޭވަރު އިޒިކް ގެ ކޮންމެ ވާހަކައަކުންވެސް އައިލީޝް އަށް ފާހަގަވަމުން ދިޔައެވެ. އެންމެ ފަހަރަކުވެސް އެ ވާހަކަ ދާނިޝް އޭނާ ގާތު ބުނި ނަމައޭ އެތަށް ފަހަރު ހިތަށް އެރިއެވެ.

ރާސިލް ވިސްނުމެއްގައި ހުރެގެން ތިރިއަށް ފޭބީ އޭނާގެ ކުރީގެ ގެއަށް ދާށެވެ. އިވިގެން ދިޔަ ވާހަކަތަކަށް ފަހު އިސްއުފުލާލާ އައިލީޝް އެންމެ ފަހަރަކުވެސް އޭނާ އަކަށް ބަލައެއްނުލައެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދާނިޝް އާއި އިޒިކް އާއި އައިލީޝް ވެސް ފޭބިއެވެ. އޒިކް ގެ އެދުމަށް ދާނިޝް ފޭބީ އޭނާ އާއެކު ދިޔުމަށެވެ. އައިލީޝް ވެސް ދާނިޝް ގެ އެއްފަރާތުގައި ހިތްދަތި މޮޅުވެރި މޫނަކާއެކު ހުއްޓެވެ. ހިތާމަވެރިކަން ކިތަންމެ ރިއްޗަށް ވެސް އެމޫނުމަތިން ފާލުވެއެވެ. ކަރުނަޔާ ހަނގުރާމަ ކުރަމުން ދިޔަ ވަރު ސާފުކޮށްފެންނަމުން ދިޔައިރު ކިހާ ހިތްވަރު ގަދަހެއްޔެވެ؟.

އެވަގުތު އެތަނަށް ނުކުތީ ޒާހިދު އެވެ.

“ކަލޭ ކިހިނެތްވެގެންތަ ތިއުޅެނީ އޭތް” ޒާހިދު އައި ގޮތަށް އައިސް އައިލީޝް ގެ އަތުގައި ހިފިއެވެ. އަދި ގޭގެ މައިދޮރާ ދިމާލަށް ގެންގޮސް އައިލީޝް ހޫރާލިއެވެ. ބޭރު ތަޅުގަނޑުގައި ޖެހުނު ގޮތަށް އޭނާ އަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ދާނިޝް އަށާއި ރާސިލް އަށް ވެސް އެއްފަހަރާ އައިލީޝް އަށް ގޮވާލެވުނެވެ.

“ކަލޭ ކިހިނެތްވެގެންތަ ތިއުޅެނީ އޭތް… މިގޭން ނުކުމޭ މިހާރު ނުކުމޭ… ދެން އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ… ލަދު ކުޑަ ގޮތް ކުޑަ އަންހެނާ…” ޒާހިދު ބުނެލިއެވެ. އޭނާ ހުއްޓުވަން ހިޝްމާ މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ޒާހިދު ހަޅޭއްލަވައިގަތެވެ. “ހިޝްމާ މަޑު ހުރެބަލަ… ކަލެ އަށް އެއްވެސް އުފަލެއް ނުލިބޭނެ… ހަމަ މިހާރު ނުކުމޭ” ޒާހިދު ބުނެލިއެވެ.

ރާސިލް ގެ ފަރާތުން އިވުނު ހިތް ހަލާކުވާފަދަ ބަސްތަކަށް ފަހު އައިލީޝް ގެ އަމިއްލަ ބައްޕަގެ ފަރާތުން ފެނުނު އަމަލް ތަކުން އޭނާގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. އާދޭހާއެކު ދާނިޝް އާ ދިމާލަށް ބަލާލެވުނެވެ. ބައްޕަ މައިތިރި ކުރަން އުޅުނު ދާނިޝް އަށް ވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ.

ތެދުވެ ދުއްވައޮގަތް އައިލީ ދިޔައީ ގިސްލަމުންނެވެ. އިތުރަށް ކަންތައް ކުރާނޭ ގޮތް ނުވިސްނުމާއެކު އޭނާ ދުއްވައިގަތީ ގޭޓުން ބޭރާ ދިމާލަށެވެ. އައިލީޝް އަށް ގޮވަމުން ދާނިޝް އާއި ރާސިލް ވެސް ދިޔައެވެ.

ގޭޓުން ނުކުތް ގޮތަށް ނުބަލާ މަގު ހުރަސްކުރަން އުޅުނު އައިލީޝް ވަކި ހިސާބަކުން ހުއްޓި ދެފަރާތަށް ބަލާލުމާއެކު އަޅައިގަތީ އޭނާގެ އެއްފަރާތުން ގަދަ ހުދުކުލައިގެ އައްޔެކެވެ.

*******ހަތަރު އަހަރު ފަސް*******

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 6

Next

ބޭނުމޭ އިޝްގާ…!(2)

Next
April 22, 2018

ބޭނުމޭ އިޝްގާ…!(2)

Previews
April 22, 2018

އެހަނދާން ނުދާނޭ ފިލާ 6

64 Comments!

  1. Aki says:
    April 22, 2018 at 10:05 pm

    haadha rangalhey hi mi dhooni

    1. Hi Mi says:
      April 23, 2018 at 12:31 pm

      Thanks. Aki. Aki ves haadha rangalhey story kiyaathy hehe. ☺☺☺

  2. Hi Mi says:
    April 22, 2018 at 10:08 pm

    Assalaam alaikum. Sorry 10 ge fas v ma. Wifi massala eh dhimaavgen hotspot kolheh libunu gadyga avas aruvaalaafa mi up kohli. Ehenve mistakes huredhaane. Sorry about that. And this parts also more than 3500 words ingey. Long part eh. Pls comment on DHEN VAANI KIHINEHBAA?. Varah gina hageegai thakeh ingijje dw. Enme fahun mi vi hama maaniu shey dw. Dhen baaki huri sirruthah hoadhan kiyaalaa. What will hpn to ailee?. guys. Eagerly waiting ingey replies thakah. Himi mi bai gennaane gothakaa medhu v visnin. Thankyou for ur love support and care. Much loves.
    Jazakallah Khairan. ?❤?

  3. Kiyara says:
    April 22, 2018 at 10:25 pm

    Alheyyy hi mi dhooni aily ah gotheh nuhadhahchey ingey vvvv reethi story enme kiyaa hivvi hisaabun thi nimmaly. Kon irakun next part?

    1. Hi Mi says:
      April 23, 2018 at 12:33 pm

      Thanks. Kiyara. V happy vehjje kiyara ge comment fenifa. Himi hama handhaan vani vaanan ekugai mathinnn… hehe. Hingaa balamaa dw dhen vaani kihinehbaa?. V enme avahakah genes dheveythoa try kohlaanan. Tomorw hen heevani dhen vaaniii… Unexpexted vaani ingey. In Sha Allah. Much loves. Tc. ☺☺☺

  4. maya says:
    April 22, 2018 at 10:26 pm

    wow ..himi speechless..hama maya mi iny bunaane ehcheh nengifa …mysery is enclosed..and 4 years later..?????dhen kihineh baa vaany..????bxy kamun vvv dhuvas fahun mi comment kohly bt regular koh kiyan /…adhi kiriyaa aslu himi ge story akaa vah thary..vv miss and love himi

    1. Hi Mi says:
      April 23, 2018 at 12:35 pm

      Thankyou maya. Adhives eba huttehnu neygey baivaru kanthah dw. Hingaa kiyaalamaa kuri ah huri baithah dw. Hehe. Its okay dear. Ehenves vaane. Ekm story kiyaakan ingunima vvv happy…. dhen hingaa balamaa kihineh kan vaani 4 years l8r ga dw. Varah unexpected vaane hen himi ah heevani dhen vaane goi ingey. Keep reading. Much loves. ☺☺☺

  5. Juvey says:
    April 22, 2018 at 10:27 pm

    Wow v nice mi part ves. .hama rovihjje. .himi doonee haadha molhey. .keep it up. .when next part. .

    1. Hi Mi says:
      April 23, 2018 at 12:37 pm

      Avahah huttaalaa Juvey. Sorry rovvaalevunima. V ufaavehjje thidhey support ah. Fah fashun shukuriyyaaaaaa….. hehe. Next ep ves liyevunuhaa avahah up kohlaanan. In Sha Allah. Hope fully tomorw. ☺☺☺

  6. Jenna says:
    April 22, 2018 at 10:30 pm

    ???wow???
    Himi hama varah salhi igey ???

    1. Hi Mi says:
      April 23, 2018 at 12:38 pm

      Thanks jenna… happy to see ur comment again… vvv ufaavehjje. Keep reading to find out more….. much loves. ☺☺☺

  7. Hi Mi says:
    April 22, 2018 at 10:33 pm

    Salaam. Kuree part ge hurihaa comment ah ves reply nukyrevey dw adhi. Miulheny kohlan. In Sha Allah. ☺☺☺

  8. Axee says:
    April 22, 2018 at 10:34 pm

    Himi vaahaka v reethi masha allah..ekm kyhvetha 4 aharu fas thi hedhy.beynun vany continiue koh…….4 aharu fas dhen …….☹

    1. Hi Mi says:
      April 23, 2018 at 12:41 pm

      Thankd axee. Eyi himi story raavaafa in goi. Ekamaku hatharu aharu fas viyas e rey hingi kanthah thah ves adhi ingigen dhaane. In Sha Allah… keep reading to find out more. Ingey. Much loves. ☺☺☺

  9. Shaa says:
    April 22, 2018 at 10:35 pm

    Heevanee e anna ethiiga jehifa acxident ve baby maruvaanee ey..dhen e libunu shock ga aily ah twkmkureveyne ey… curious to knw what is nxt …gd luck..nd whn nxt part

    1. Hi Mi says:
      April 23, 2018 at 12:43 pm

      Hehe. Thanks shaa. Thihen vun ves ekasheegenvey. Hingaa dw balamaa aslu dhen vaane kihinehbaa?. Next ep ves liyevunuhaa avahah up kohlaanan. In Sha Allah. Hopefully maadhamaa. Much loves dear. ☺☺☺

  10. lotus says:
    April 22, 2018 at 10:41 pm

    Oh… my… god!!!!!!!!! Alhey……… kihine mi v? soooooo shokin…. meehun bunaathee adu ivey Reethi anhen kudhin firihen kudhinge hi’ kathilan v molhuvaaneyey.. Reethi firihen kudhin anhen kudhin athu alhuvan v kulhadhaana vaaneyey.. mi kameh neyge.. hama gaimuvx kiyuntheringe hi’ thalhivan himi nooney molhu.. nooneyvaa kulhdhaana.. ??? dhen vaanee kihinebaa… curiously waitin

    1. Hi Mi says:
      April 23, 2018 at 12:45 pm

      Hehe. Thanks a lot lotus. Vvv ufaavehjje. Thihaa thauref hama haggu tha?. Himi ah meenee bunan v ehchei neygifa. Hehe. Keekey kiyaafa tha fashan v…. yh. Lotus thifhey support ah fah fashun shukuruverivamey. Hiyy athulaa vaahaka aa hiyy thalhuvaa vaahaka aa varah salhi ingey bunefa in goi… thanks a lotttsssxxxxxz….. hehe. Much loves. ☺☺☺

  11. Maaal says:
    April 22, 2018 at 10:56 pm

    Varraaaaaaaah loabi… Alhe Aily accident vany tha??. Himi… Vaahakaige cover pic edit kurany kon app akun tha???

    1. Hi Mi says:
      April 23, 2018 at 12:47 pm

      Hingaa balamaa vaa gotheh dw. Himi vaahakaige cover edit kurani corel in. Vvv ufaavehjje. Ingey story reethi ey bunelima. Much loves. ☺☺☺

  12. Shaee says:
    April 22, 2018 at 11:02 pm

    Alley himihimihimi aily kihinehba evy accident dhw evy?nehee e Ulhey nulafaa zaahidhuge kanthakey Dhw miaee..alhey then vaany kihinehba??do curiously waiting for the next part speechless vvvv reethi mi partves????

    1. Hi Mi says:
      April 23, 2018 at 12:49 pm

      E zaahidu ah ladeh dheyn shaee dhaan v nun. Himi ves dhaan v kanneyge shaee aa eki dw. Ailee salaami ves kuran vaane ehnu. Ekamkau hingaa dw balama vaa gotheh. Lets see. Keep reading to find out more. Much loves. And thanks. ☺☺☺

  13. shaan says:
    April 22, 2018 at 11:10 pm

    nice ☺????????

    1. Hi Mi says:
      April 23, 2018 at 12:49 pm

      Thanks shaan…. v ufaavehjje. ☺☺☺☺☺

  14. shanhaa says:
    April 22, 2018 at 11:22 pm

    varah varah reethi??????

    1. Hi Mi says:
      April 23, 2018 at 12:51 pm

      Thanks shanhaa. Vvv ufaavehjje. Kithanme kyda coment eh viyas himi happy ingy. Happy to see ur coment once againnnn…. ☺☺☺☺☺

  15. Pinky shifoo says:
    April 22, 2018 at 11:25 pm

    Ohhh noooo ????… Hi Mi ailee ah gotheh nahadhahchey ????… Plxx save her… Mi part vx v v v reethi ❤️❤️❤️❤️… Hama superb ????… V v v interesting ????… Eba huri typing mistakes n Hi Mi if it is human “dhuvefaa” beynun kuraany n if it’s a vehicle “dhuhvaafaa” ingey… Ekahala mistakeh eba in… Hi Mi haadha molhey Maasha Allah ????❤️❤️❤️❤️… Pinky ah v v v kamudhey Hi Mi story genesdhey goi ???? n I love your reply too ❤️❤️❤️❤️????????… Last part ge reply kiyaalaafa v v v v happy vi ????… Aslu vx v v v v ufaavi pinky ge comment ge fan akah Hi Mi veema ????????… Dhn kihineh baa vaanee??? 4 years later dhw ????… Accident vaan ulhey thanun ailee save kuraany kaakubaa??? Mifaharu vx dhaanish ah maaniu aaekee e fenuny raaidhaa henn pinky ah heevany n e dhemyhun dhw beyru gaumakah vx e dhiyaee… Pinky ah heevany emyhun beyru gaumah dhaan pay kury or kanthahthah hama jehsy dhaanish ge dad henn n kury part ga dhaanish ge dad ah e gulhy vx maaniu henn e kamuga… Hehehe… Pinky ge guessess ingey ????… Ailee haadha dhervaaney dhw raasil ge hageegai ingunyma… Kyhve baa ailee ge dad ehaa rulhi aisa ailee ge inn nerely??? ????… Sooo many questions… Hehe… Ifshavx keehvebaa dhaanish aaa dhekolhah e heki husha elhy??? Maybe majubooru vy kanneynge… Alhey next part haadha kiyaalaa hih vehjey ????… Hi Mi is the best hama ❤️❤️❤️❤️????… I’m the biggest fan of u Hi Mi ❤️❤️❤️????????????… In Sha Allah abadhuvx hunnaanan ????… Keep up the good work my favourite Hi Mi ?????… Curiously waiting for the next part… Lots of love ❤️❤️❤️❤️????????????

    1. Hi Mi says:
      April 23, 2018 at 12:55 pm

      My dear pinky… haadha dheravefa and shock vefa ey thihuree. Pinky annan v nu ailee save kuran dhaan himi aa eki. Eyrun okay vaane ehnu hehe. Dhuhvaafa dw. E word hama himi ah adhives use kyreveniyey. Keekuraani dear. I will try my best to leave that word ingey. In Sha Allah… vvv ufaavehjje as usual thi long long long comment kuyaalaafa. Himi hama speechless. Pinky ge again gina guess thakeh mi libuni. Dhen balamaa dhimaa veythoa as gina faharu hama pinky guess kuraa gothashey dw vani. Hehe. Vvv ufaavehjje. Much more loves from me. ?❤?☺☺☺

  16. Kamana says:
    April 23, 2018 at 1:05 am

    Omg.. ailee fakeerah ehn nahadhaa.. ? i think ailee dhaane coma akah kanneynge …

    1. Hi Mi says:
      April 23, 2018 at 12:56 pm

      Thanks kamana. Vun ves ekasheegen vey. Hingaa balamaa dwm v ufaavehjje comment kohlima. Thanks again bodukoh. ☺☺☺

  17. Axy says:
    April 23, 2018 at 1:07 am

    Insha Allah haadha furihama aa ☺ Axy mi inee hama bunaane eychey ves neyngifa.. . . V V V V V V V V
    Reethi ? ? ? ? ? ? ?
    Mi part kiyaa nimunu iru Axy ah ves kudha koh neyvai haas vaagothey vefa inee ☺☺☺☺☺☺ hama heevanee film eh balaalevunu hen ???
    e haa ves molhu sifakurun hama ????
    Mi story kiyaa iru Axy ah v v faahaga kurevey HI MI ge
    Faruvaatheri kan ????????? HI MI dhooni
    alhey Aily ah abadhuves mi dhimaa vaane v dhera goy
    dhw ???? ekamu ves fahun ufaa kohllane dhw. .?

    HI MI V V bodhah thanks ☺
    Kiyun therin naa thi bahahtta gai kamah V V bodhah Sukuriyya ?????? good luck ?????
    Waiting for next part ? ?

    1. Hi Mi says:
      April 23, 2018 at 9:54 pm

      Thanks axy. Axy men kahala kiyun therin thibumaki himi men kahala kudhinnah libeyne enme bodu ehhiyy varah vaane kan yageen…. thi comment kiyaafa axy ah veehen himi ah ves mi ini bunaane ehchei neygifa ey. Hehe. Ehenves vaane ehnu nu. Thy haadha loabi commet ekey. Himi aki axy ge thi comments thakuge fan eh ingey. Hehe. Thanks. So much. Much loves from me. ☺☺☺

  18. Blue beauty says:
    April 23, 2018 at 2:30 am

    wow varah reethi mi part ves… waiting for next part..Hi Mi haadha molhey vaahaka liyan..maasha allah..keep it up ?‍♀️?‍♂️??????‍??????❤

    1. Hi Mi says:
      April 23, 2018 at 9:55 pm

      Thanks blue beauty. Vvv ufaavehjje comment kiyaalaafa. Jazakillah Khairan dear. Much loves from me. ☺☺☺

  19. Ifu ♥️ says:
    April 23, 2018 at 6:14 am

    Hi mi
    Adhi mi part kiyaaavex nulevey
    Just now mi fenuny vex ???
    V sad ?
    Dhen story kiyaaaleveyny vex school in aas mendhuru
    Neynge keykureveyne kameh vex
    Ehaaa curious vefa hutta mi up v
    Assu mi gady I am getting ready to go to school
    Dhen geah ais afternoon 2 kan haa iru kiyaaleveynyyy
    Anehkaaa mireyvex exam eboiy
    But I’ll try my best v emme avahah mi part kiyaalevey thw ???
    Hi mi ge fan ah yageen mi part vex Hama superb vaaane kan ??
    Cause kuryge part thah kiyaafa ifu ah yageen vefa othy hi mi aky great writer eh kan ???
    May god bless u ??????
    LY????????
    N hi mi
    I was very happy to c u r reply to my first comment
    That made me more closer to u ♥️❤️❤️♥️
    Lots of ♥️♥️♥️♥️
    Vaaahaka kiyaalaaafa comment kohlaanan ingeyy
    U will surely c my comment before 3
    After all that’s when I’ll be free
    ♥️♥️♥️♥️♥️

    1. Hi Mi says:
      April 23, 2018 at 9:58 pm

      Alheyhhhh ifu. Ehentha dear. Konme irakun kiyas himi ah hama okay yey. Hehe. Vvv ufaavehjje comment fenifa. Hama speechless… himi ves miadhu vvvv bixi koh miulheny. Mirey ves neyge nidheyne kameh hehe. Ehenve hama vaahaka iga ai nulevigen miulheny. Thanks dear. In Sha Allah… himi aa eku kiyun therin bahahtaa gaai kan himi ves bahahtan try kuraanan. In Sha Allah. ☺☺☺

  20. Any says:
    April 23, 2018 at 8:55 am

    Wow just wow ❤❤❤

    1. Hi Mi says:
      April 23, 2018 at 10:10 pm

      Thanks any. Much loves. ☺☺☺

  21. Thu says:
    April 23, 2018 at 9:25 am

    Its was awesome himi.. ??Heevany accident vefa baby maruvaany hen.. n e shock ga aily ah talk kureveynyhen.. curious to knw whats gonna happen next

    1. Hi Mi says:
      April 23, 2018 at 10:12 pm

      Hingaa balamaa dw dhen vaani kihinehbaa?. Hama gaimuves unexpected ingey. In Sha Allah… much loves. ☺☺☺

  22. Luba says:
    April 23, 2018 at 11:49 am

    alhey himi kihineh thihedhii varah kiyaa hithun miinii ….. varah salhi mi baives … hiivanii aily accident vegen jehnii baby operation kohfa nagan hen and eyge fahun aly ah vaahaka dhehkeyniihen…

    1. Hi Mi says:
      April 23, 2018 at 10:15 pm

      Hingaa balamaa dw. Hama possible kameh thy ves. ☺☺☺ himi nubunaanan ingey vaanegotheh nw. Keep reading to find more about whats hpnggg….. much loves. ☺☺☺

  23. Nunama says:
    April 23, 2018 at 1:13 pm

    Very nice Waiting for next part

    1. Hi Mi says:
      April 23, 2018 at 10:18 pm

      Thanksss nunama. Vvv ufaavehjje. ☺☺☺

  24. Shiman says:
    April 23, 2018 at 2:31 pm

    Wow waiting for next part

    1. Hi Mi says:
      April 23, 2018 at 10:19 pm

      Thanksss shiman. V ufaavehjje thihaa inthixaaar kuraathy. ☺☺☺

  25. Ifu ♥️ says:
    April 23, 2018 at 2:33 pm

    Alhey
    Haadha sad ee dhw ???
    N next part 4 years later
    OMG
    V Gina kan thah change vefa dhw hunnaany
    Kurin vex bunumeenu Hi Mi Hama great eee ???
    N u r
    V reethi mi part vex ♥️♥️
    Wondering 4 years there kihaaa kameh change vefa hunnaane kamaa medhu ???
    Any ways waitin waitin waitin …..
    LY Hi Mi ????

    1. Hi Mi says:
      April 23, 2018 at 10:22 pm

      Hehe thanks ifu. V gina kanthah chane vefa hunnaani yes. Of course ingey. Dhen ekanthah himi nukiyaadheynan ingey. Ifu jeheyni story kiyaalan. Kamudhanyaa ves himi ah angalaathi ingey. Hehe. Fan of u dear. Much loves. ☺☺☺

  26. unique says:
    April 23, 2018 at 2:35 pm

    hury late vyma comment nukuran i read fathihu but i was late sooo vvvv angry vi n i wasnt going to reply but u made my heart melt…………………. the most interesting part dhw dhen othy…………….just cant wait……………lovess

    1. unique says:
      April 23, 2018 at 10:13 pm

      waitin…………… varah interesting mi story

    2. Hi Mi says:
      April 23, 2018 at 10:17 pm

      Unique. Himi mirey and miadhu bixi kamun nuliyevunu v kudakoh liyevuni. Ehenve tomo dhigah liyelaafa up kohlan kamah. Hehe and btw next part in mi ah vure bodah unique ge hiyy melh vaanekan himi ah yageen. In Sha Allah. Lets see dw. Himi vvv sorry and thanks sooo much. Much loves. ☺☺☺

    3. Hi Mi says:
      April 23, 2018 at 10:26 pm

      Himi heekuree unique ge commebt eh dhen nufennaane kamah. Ekanaa v dheraviyey. ? hithah eru story nukiyani baa ey. Ki nama comment eh kohlaaney. ???

  27. annoying reader says:
    April 23, 2018 at 3:54 pm

    oh my god i am so sad. so maniue nulafaa kanthah mi kuri and ei ves dhanish ge bappa ge plan in im sure. so sad rasil then regret kuriyas vaane faaidha eh neh. hageegaiy belumeh nethi dhanish kairin revenge nagan ulhegen aili ah ves hurt v. mi zahid kon moya eh vegen tha miharu aili gein beyrah li. alhe fahe mi handiyah neynge dhw ei maa bandu kujjeh kameh ves. seriously himi 4 yrs v tha? alhey aili heevani coma eh ga hen othy accident vefa. and accident v dhuvahi baby negi dhw. ehen viyya aili ge baby gen gulheni dhanish hen heevani. rasil admit kuri false truth ge sababun dhanish nudheyne aili ge baby dhw himi. waiting for the nxt part varah reethi. And i think zahid ifsha biru dhakkaigen hen dhanish ge nan kiyuni ves. lets see i cant wait for the new part ?

    1. Hi Mi says:
      April 23, 2018 at 10:25 pm

      Hey dear annoying reader. Vvv ufaavehjje ingey commet kiyaalaafa. As usual varah inthixaar kurevey comment eh thy. Vvv ufaavehjjeyyy yayayayayayayay. Hehe. Himi ah bunaane ehchei neygey varu kohlaafi viyya hehe. Varah gina guess thakeh dw himi aki fan ekey ehen ve yey bunani. Thi kahala comment ge inthixaar ga mi hureveni. Abadhuves hehe. Varah gina guess aamukoh dhimaa vey dw. Mi faharu ves balamaa dhimaa veythoa. Hehe. Reader hingaa himi aa eki ailee save kuran dhamaa. Hehe. Much loves from me. Ur fan…..

  28. Maikaa says:
    April 23, 2018 at 5:12 pm

    wow…varah nice…haada heevey story nimenn ulheyy henn…btw best of luck

    1. Hi Mi says:
      April 23, 2018 at 10:27 pm

      Hehe. Thanks maikaa. Adhi baivaru kanthah vaan eba huri ingey. Much loves dear. ☺☺☺

  29. rishy says:
    April 23, 2018 at 7:00 pm

    hats off to you himi……………………. HiMi ge hurihaa story eh vx kiyan 🙂 varah reethi mi vaahaka vx… ly<3

    1. Hi Mi says:
      April 23, 2018 at 10:28 pm

      Alhey v ufaavehjje rishy. So swyt of yuh. Love u more dear. ?❤?❤??❤?

  30. Hi Mi says:
    April 23, 2018 at 10:36 pm

    Adhives ehfaharu mi vaahaka up vaane dhuvas thah himi bynelaanan. Sun tue and thurs… dhen e ah vure kurin ves himi beynun vaa varah dhigikoh tyoe kohlevynunama uo kohlaaanan. In Sha Allah.

  31. unique says:
    April 23, 2018 at 11:10 pm

    hahah Hi Mi actually me sculah gossa ais dhw story kiyanee. but today hama keih nukurevigen kiyaaly u knw its the best story umm first then i have a second favourite too heheh…….. but ur always first…………. n bxy veema idm aslu ik miee vvv bxy dhuvaskolheh for all ehnvma i appreciate ur work dhw so i am happy with it cox i also have exam this week so Ik bxy vaane varu……. n writers aslu vvvv gadha they do every thing but also give concentration to their story mind blowing guys

    1. Hi Mi says:
      April 24, 2018 at 11:33 am

      Thanks a lot unique. ☺☺☺

  32. Fathun says:
    April 24, 2018 at 4:14 pm

    Kobaa tha aneh part? Up vefa huri than fenigen kiyaalan beli iru removed ?
    Vvvv nice srory . Keep it up ?

    1. Hi Mi says:
      April 25, 2018 at 9:08 pm

      Up vefa innnaani nw. ☺☺☺

  33. 👤 says:
    April 7, 2025 at 9:09 pm

    Varah thafaathu and varah reethi

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (20)←


All Right Reserved!