ސިއްރު – 11
އަހަރެންވެސް އަހަރެންގެ ގޮތުގައި ހިފަހައްޓާލީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. މިހެން ދަނިކޮށް އަހަންނާއި އާހިލް އާއި ދެމެދު އޮތް މަރުފަދަ ހިމޭންކަން ފޫއަޅުވާލީ އޭނާ އަހަންނާއި ކޮށްލި ސުވާލަކުންނެވެ. އަހަންނަށްވެސް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެކޮށްލީ ހަމަ އަހަރެންގެ ހިތަށްވެސް ދެންމެޔަކު އެރި ސުވާލެވެ.
މަންމަ ކޮބައިބާވައެވެ؟ އާހިލްވެސް އަހަރެން ގާތު އެހީ މަންމަގެ ޙާލު ކިހިނެއް ހެއްޔެވެ؟ އަހަރެން އަދި ރޭގަ އައި ގޮތަށް މިއުޅެނީ ގޭގަ ވިއްޔާއެވެ. އަހަރެންގެ މަންމަގެ ޙާލު ބަލައިލަންވެސް އަހަންނަށް ހަނދާން ނެތުނީ ހެއްޔެވެ؟ ހިނގަ ހިނގާ ހުރި މިސްރާބު ގެއަށް ދާން ބަދަލު ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އާހިލްވެސް އިތުރު އެއްޗެކޭ ނުބުނެ އަހަންނާއި އެއްކޮށް އަނބުރާ އައީއެވެ.
ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު ދޮރު ހުޅޫވާލީމެވެ. އަހަރެން ގެއަށް ވަނީ އިސްޖަހައިގެން ކަމުން އެތެރެއެއް އަހަންނަކަށް ނުފެނެއެވެ. ކިރިޔާވެސް ފެންނަނީ ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އަހަރެންގެ އިސްތަށިކޮޅުން ބަޔަކާއި ފައިތިލައެވެ. ފައިވާން ހަރުގަނޑަށް އަހަރެންގެ ފައިވާން ލުމަށްފަހު އިސް އުފުލާލީމެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. ސިޓިންގް ރޫމްގައިވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ގޭގައި ބަހައްޓާފައިހުރި މަސް ޓޭންކުން އިވޭ އަޑޫ ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވެއެވެ. ބިމުން ފެށިގެން ސީލިންގާއި ހަމައަށް ހުރި ދިގު ބިއްލޫރި ދޮރުން އެވަގުތު ބޭރު ފެނުން ވަގުތު އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އުޑުމަތި ބަނަ ކޮށްފަ އޮތީ ވަކި ވަރަކަށެއް ނޫނެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލައިފާނެ ހެންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަހަންނަށް ހިނިތުން ވެލެވުނީ ބޭއިޚްތިޔާރުގައެވެ. ކުޑައިރު ބައްޕައާއި މަންމައާއި އެކު އަހަރެން ވާރޭ ތެމެން އުޅޭ ހަނދާން އާވެފައެވެ. ޚިޔާލުން ބޭރު ވެވެމުން ދިޔަ ވަރަކަށް އަހަރެންގެ ހިނިތުންވުން ފޭދެމުން ދިޔައެވެ. ލޮލަށް ކަރުނަތައް ބޮނޑިވެ މުތީތަކެއްފަދަ އެ ކަރުނަތައް އެންމެ ފަހުން އޭގެ މަގާމު ދޫކޮށްފައި ފައިބައިގަތެވެ.
ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އަތުގެ ނުފުށުން ފުހެލީ އަދި މި ހިތާމައަށްވެސް ނިމުމެއް އަންނާނެކަން ހަނދާން ކުރަމުންނެވެ. އަދި މުޅިން ވަރުގަދަ އަޒުމެއް ހިތުތެރޭގައި ކަނޑައަޅަމުންވެސް މެއެވެ. ކޮންމެވެސް ދުވަހަކުން އަދި ބައްޕަގެ އެ ނުރުހުންތެރިކަން އަހަރެންގެ މައްޗަށް ލޯތްބަށް ބަދުލު ކުރުމަށެވެ. އަދި ކޮއްކޮގެ ޤާތިލް ހުރި ތާކުން ނެރެ އިންސާފުގެ ކުރިމައްޗަށް ނެރުމަށެވެ. އުޑުމައަޗަށް ބަލަހައްޓައިގެން ހުރި އަހަންނަށް އެއަށް ފުރަގަސްދޭން މަޖުބޫރުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ޖީބައް ދެއަތް ޖަހައިގެން ހުރެ ހުރި ގޮތަށް ފަހަތަށް އެނބުރިލީމެވެ. އަހަރެންގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ. އަހަރެންގެ މަންމަ ހޮސްޕިޓަލުން ދޫކޮށްލީއެވެ. އަހަރެން އުފަލުން ގޮސް މަންމަ ގައިގއި ބައްދާލާ ތަން ޚިޔާލަށް ގެނެވުނެވެ. ނަމަވެސް ބައްޕަ ފެނިފައި އަހަންނަށް އެގޮތަށް ކަންތައް ކުރަން ފަސްޖެހެވުނެވެ. “މަ..” “އައިޝާ ހިނގާ އަރާމުކުރަން… އަދިވެސް ގައިގަ އެންމެ ފުރިހަމައަށް ވަރެއ ނުޖެހެއެއްނު… ” ބައްޕަގެ އެ ޢަމަލުން އަހަރެންގެ ހިތުގައި އިހުނަށްވުރެ ބޮޑަށް ވޭން އަޅަން ފެށިއެވެ. މަންމައަށް ގޮވާލަންވެގެން އުޅުނު ބަސްވެސް ބައްޕަ މެދުކަނޑުވާލީއެވެ. މަންމަވެސް ހަމައެކަނި އަހަންނަށް ބަލާލައިފައި ބަލި ގޮތަކަށް ހިނިތުން ވެލީއެވެ. ބައްޕަ މަންމަ ގޮވައގެން ގޮސް ކޮޓަރިއަށް ވަންނަންދެންވެސް އަހަންނަށް ކުރެވުނު ކަމަކީ ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެން ހުރެވުމެވެ. ކުޑަވެސް ހިތްހަމަޖެހުމެއް އަހަންނަށް ލިބުނީ މަންމަ ހިނިތުން ވެލުމުނެވެ. މަންމަ އަހަރެން ދެކެ ރުޅި ނާންނަކަން އެނގުން ވުމުންނެވެ.
ނަމަވެސް ހިތާމަޔަކާއި ހިތާމައެއް ދޫކޮށްލުމަށްފަހު އަހަރެންގެ ހިތުގައި ކަނޑައެޅި ޢަޒުމް އާކުރަމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ނޫ ކުލައިގެ ފާރުތައް ހުރި ތަނަވަސް ކޮޓަރިއަށް ފައި އެޅުނު ވަގުތު އޭސީގެ ފިނި އަހަރެންގެ ހަށިގަނޑުގައި ވަށާލިއެވެ. ޖީބުގައި އޮތް ފޯނު ނަގަމުން އެނދު މަތީގައި އިށީނދެލީ ވައިފައި އޮން ކޮށްލަމުންނެވެވެ. އިންޓަރނެޓް އިން އެއްޗެއް ހޯދާލަންވެގެންނެވެ. ފަސޭހައިން ހަދާލެވޭ ސޫޕް ފަދަ އެއްޗެއްގެ ރެސިޕީ ހޯދާލަންވެގެންވެ. ހައިރާން ވެއްޖެދޯއެވެ؟ އަހަރެން މިއީ ދުވަހަކުވެސް ކެއްކުމައިގެން އުޅުނު މީހެއް ނޫނެވެ. ނަމަވެސް މިއަދު މަންމަ ބަލިވުމުން ކައްކައިދޭން ހުރީ އަހަރެންކަން އަހަންނަކަށް ނުއޮޅެއެވެ. އަހަރެންގެ އަތުން ކާއެއްޗެއް ހަދައިފައި ދިނުމުން މަންމަގެ ފަރާތުން ލިބޭ ހިނިތުން ވުމެއް އަހަންނަށް ފުދެއެވެ. ފަނަރަ ވަރަކަށް މިނެޓު ވަންދެން ތަފާތު ރެސިޕީތައް ހޯދުމަށްފަހު އަހަންނަށް އެންމެ ކަމުދިޔަ އެތި ހަދަން ބަދިގެއަށް ދާން ކޮޓަރިން ނިކުތީމެވެ.
ބަދިގޭގެ އެކި ކަބަޑުތައް ބަލަމުން އެ ސޫޕް ތައްޔާރު ކުރަން ބޭނުންވާ އެކި ސާމާނުތައް ހަމަ ކުރަމުން ދިޔައީމެވެ. ތަފާތު ވައްތަރުގެ ތަރުކާރީއާއި ހަވާދުގެ ބާވަތްތައްވެސް މެއެވެ. މި އެއްޗެހީގެ ކުލަވެސް ހާދަ އެއްވައްތަރެވެ. އަހަންނަށް މީއްޗިހި ވަކިކުރަން އެނގިއްޖެއްޔާ ރަނގަޅެވެ. މަންމަމެން ކައްކަން އުޅޭއިރަށް އެހެންވީމާ ބޯ ހަލާކުވާނެތާއެވެ.
ފުރަތަމަ އަހަރެން ފެށީ ތަރުކާރީތައް ކޮށާށެވެ. އާހް! މި ހުރިހާ އެއްޗެއް އަހަރެން ކޮށާނީ ކިހިނެއް ހެއްޔެވެ؟ ހާދަހާ އުނދަގުލެވެ. މީއްޗިހި ކޮށަން ކުޑަކުއްޖެއްވެސް އަހަންނަށްވުރެ އަވަސްވާނެ ކަންނޭނގެއެވެ. މިވަގުތު އަހަރެން ގާތު މީހަކު ހުރެއްޖެނަމަ އަހަރެން އަތުން ވަޅި ޖަހައިގަނެ އެމީހަކު އަމިއްލަޔަށް މީ ކޮށަން ފަށައިފީސް ކަންނޭނގެއެވެ. ފިޔާއަކާއި ދެތިން ވައްތަރެއްގެ ތަރުކާރީ ކޮޅެއް ކޮށާ ނިމުނު އިރު އަހަރެން މަސައްކަތް ކުރަން ފެށިފަހުން އެއް ގަޑިއިރު ވެއްޖެއެވެ. އާނއެކެވެ. އެއް ގަޑިއިރެވެ. އަހަރެން އަލަށް މި މަސައްކަތް ކުރާ މީހަކާ ބަލައިފަ އެވަރު ލަސްހެއްޔެވެ؟ އަމިއްލަ ނަފަސަށް ހިނިތުން ވެލަމުން ލިބުނު ކާމިޔާބީއައިގެން ފޮނިވެލަމުން އަނެއްކާވެސް އަހަރެންގެ މަސައްކަތައިގެން ކުރިޔަށް ދިޔައީމެވެ.
ދެން މިއޮތީ އެންމެ ފަސޭހަ ބައެވެ. ސޫޕް ކެއްކުމެވެ. ފެން ތައްޓެއް ބޯލުންހާ ފަސޭހަ ކަމެކެވެ. އަހަރެން ހިތަށް އަރުވާލީ މިއީ އެހާވެސް ފަސޭހަކަމަކަށް ވާނެ ކަމަށެވެ. އުނދުން ރޯކޮށްލީމެވެ. ހުޅުގަނޑު ހުރީ އެންމެ ބޮޑުކޮށެވެ. އެއަށްފަހު ތެލި ބެހެއްޓީމެވެ. ތެއްޔަށް ފެން އެޅީމެވެ. ތެލީގެ މެދާ ހަމައަށެވެ. އެއަށްފަހު އެއަށް ތަރުކާރީތައް އަޅާލީމެވެ. ނޫނެކެވެ. އޮއްސާލީއެވެ. އައްދޯތް! އަތަށް ހޫނު ފެން ތިކި ތކި ބުރައިގެން ދިޔައެވެ. މިހާ ވޭންދެނިވި ކަމެއް ކުރަން މަންމަމެން ބިރުވެސް ނުގަންނަނީ ހެއްޔެވެ؟ އަހަރެން ލޮނު އަޅަންވެގެން އެތާ ހުރި ފުޅިއެއް ނެގީމެވެ. އެތެރޭގައި ހުރީ ހުދު ކުލައިގެ ފުއް ތަކެކެވެ. ހެޔޮވަރުގެ ސަމްސަލެއް ނަގާ އޭގެން އެއް ސަމްސާ އަޅާލީމެވެ. ރެސިޕީގައި އިނީ އެއް ސަމްސަލަވެ. ވަކި ވަރެއްގެ ސަމްސަލެއްގެ ވާހަކަ ބުނެފަކާ ނެތެވެ. އަހަރެން ނެގީ އެންމެ ބޮޑު ސަމްސަލެކެވެ. މި ތެލީގެ މެދާ ހަމައަށް ހުންނަ ވަރަށް ކައްކާއިރު ކުޑަކުޑަ އެއް ސަމްސާ ލޮނުން ފުދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންވެސް ވިސްނާ މޮޔަ ގޮތް ދޯއެވެ. އަދިވެސް އެތާހުރި ތަފާތު ހަވާދުގެ ބާވަތްތައް އަޅަމުން ދިޔައީމެވެ. އެއަށްފަހު ބޮކި ބޮކި ޖަހައިފަ ތެލިން ބޭރަށް ސޫޕް ފައިބަން އުޅޭހެން ހީވާތީ އުނދުން ނިއްވާލީމެވެ. ސޫޕްވެސް ކެކުނީ ތާއެވެ. ރެސިޕީގައިވެސް އިނީ ބޮކި ޖަހަން ފަށާނީ ކެކެން ފެށުމުން ކަމަށެވެ.
ތަށްޓަކަށް ސޫޕް އެޅުމަށްފަހު ރީތި ގޮތަކަށް އެ ސޫޕް ތަށި ގާނިޝް ކޮށްލީމެވެ. އަހަރެން ކިހާ މޮޅު ހެއްޔެވެ؟ ފުރަތަމަ ކެއްކުންވެސް މި ނިންމާލީ ކިހާ ކާމިޔާބު ކަމާއި އެކު ހެއްޔެވެ؟ އެއަށްފަހު އެ ސޫޕްތަށި ކާމޭޒުމަތީ ބެހެއްޓުމަށްފަހު ކެއްކި ތަން ސާފުކުރުމަށް އެނބުރިލީމެވެ. ސުބުހާނައްﷲ!!! އަހަރެން ކެއްކިތަން އޮތް ހާލަތު ފެނިފައި ދެލޯ ބޮޑު ކޮށްލެވުނެވެ. އެތަނެކޭ ބުޅަލެއް މީދަލެއް ހޯދަން އަރާ ހަޑިކޮށްފަ އޮތް ތަނެކޭ އެއްވަރެވެ. އަމިއްލަ ނަފްސަށް ކުދި ކިޔަމުން ގޮސް ކުނިތަށް ޑަސްބިނަށް އެޅުމަށްފަހު ފުޅިތައް އެ އެއްޗެހި ހުންނަ ތަނަށް އަޅާ މުޅި އެތަން ސާފުކޮށްލީމެވެ. އެއަށްފަހު ސޫޕް ތަށި ތަބަކަކަށް ލައިގެން އެ ހިފައިގެން މަންމަމެންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އެވަގުތު އޭގެން އަރަމުން ދިޔަ ވަހުން އަހަރެންގެ މި ކެއްކުން ކާމިޔާބު ވާނެ ކަމުގެ ހީ ޔަގީނަކަށް ބަދަލުވިއެވެ. މަންމަމެންގެ ކޮޓަރީގައި ޓަކި ޖަހާލީ ބިރުން ހުރެ އެވެ. ބައްޕަ ޖަވާބުދީފާނެތީއެވެ. ނަމަވެސް އަހަރެންގެ ނަސީބު ރަނގަޅުކަމުން ޖަވާބު އައީ މަންމަގެ ފަރާތުންނެވެ. އުފަލުންހުރެ ސޫޕްތަށި ބަހައްޓާފައި ހުރި ތަބައް ހިފައިގެން ކޮޓަރި ތެރެއަށް ވަނީމެވެ.
މަންމަ އަހަންނާއި ދިމާލަށް ބަލައިލީ ހައިރާންވެ ހުރެއެވެ. ތަބަކަކާއި ތައްޓެއް ހިފައިގެން ހުރީމައެވެ. “ދަރިފުޅާ އަޔާން… ކޯންޗެއް ހިފައިގެން އަނެއްކާ ތިއައީ؟” އަހަރެން އަމިއްލަ އަތުން ސޫޕް ހަދައިގެން މަންމައަށް ގެނެސްދިނީ ކަމަށް ބުނުމުން އެހެން ވިއްޔާ ހާދަ މީރުވާނެއޭ ކިޔައިފަ މަންމަ އަހަންނާއި ހިނިތުން ވެލިއެވެ. “މަންމާ.. ބައްޕަ ކޮބައިތަ؟” އަހަރެންގެ މޫނުން ނުތަނަވަސްކަން ފޮރުވަމުން މަންމަ ގާތު އެހެން އަހާލީމެވެ. ޖަވާބު އައީ އަހަރެން އުންމީދު ކުރި ގޮތަށެވެ. ބައްޕަ ވީ ބޭރަށް ގޮހެވެ. އަހަރެން ހިނިތުންވެ ހުރެ އުފަލުން މަންމަ ގާތު އިށީނދެލީމެވެ. އަހަރެންގެ އަތަށް ސޫޕްތަށި ނަގާ މަންމައަށް އަހަރެންގެ އަތުން ސޫޕް ބޯންދެން ފެށީމެވެ. ފުރަތަމަ ސަމްސާ އަނގައަށް ލުމަސްފަހު މަންމަގެ ނިތަށް ރޫ ގިނަވިތަން އަހަންނަށް ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ މޫނުމަތިން ހިނިތުންވުން ފެނުމުން އަހަރެންގެ ނުތަނަވަސްކަން ފިލާ ދިޔައެވެ. “މާޝާ ﷲ… ދަރިފުޅު ހާދަ މޮޅޭ… މަންމަ ބުނީމެއްނު ދަރިފުޅު ހަދާ އެއްޗެހި މީރުވާނޭ… ފުރަތަމަ ކެއްކުމާ ބަލައިފަ ހަމަ ބަރާބަރު…” މަންމަގެ އެ ބަސްތަކުން އަހަންނަސް އިތުރު އުފާވެރިމައް ލިބެމުން ދިޔައެވެ. އުންމީދުގެ ހުޅުކޮޅު އާވެ އަހަރެންގެ ޖޯޝު އިތުރުވިއެވެ. ތަށިން މެދާކަށް ހަމައަށް ބުއިމަށްފަހު މަންމަ ދެން ނިމުނީ ކަމަށް ބުނުމުން ސައިޑް ޓޭބަލް މަތީގައި ހުރި ތަބަކުގައި އެ ތަށި ބެހެއްޓުމަށްފަހު މަންމައަށް ފެންތަށި ދިނީމެވެ.
އެއަށްފަު އަހަރެން މަންމަ ގައިގައި ބައްދާލީމެވެ. ވެފައި ހުރި އުފަލުގެ ބޮޑުކަމުންނެވެ. ” ޔާން އަމިއްލަ އަތުން މަންމައަށް މި ކާންދިނީ ޔާން އަމިއްލައަށް ކައްކއިފައޭ… މޮޅު ދޯ… ދެން އެހެންވީމަ ކޮންމެ ދުވަހަކުވެސް ޔާން ކައްކައިފަ މަންމައަށް ކާންދޭނީ އިނގޭ… މަންމަވެސް ދެން އޭރުން އަވަހަށް ރަނގަޅުވޭ.. ” ކުޑަކުއްޖެއް ފަދައިން އަހަރެން މަންމައާއި ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެން މަންމައަށްވުރެ ދުވަހަކުވެސް ބޮޑެއް ނުވާނެއް ނޫންހެއްޔެވެ؟ އެހެން ވީމާ އެކަމުގައި އެއްވެސް މައްސަލައެއް ނެތެއް ނޫން ހެއްޔެވެ؟ މަންމަ ގާތު އަނެއްކާވެސް އަރާމުކުރަން ބުނެފައި މަންމަ ކޭ ތަށި ހިފައިގެން އެ ކޮޓަރިން ނިކުތީމެވެ. އެއަށްފަހު އަހަރެން ފުރަތަމަ ކެއްކުމުގެ ރަހަ ބަލައިލަން އަވަސްވެ ގަތީމެވެ. ފޮނިވެ ހުރެ ފުރަތަމަ ސަމްސާ އަނގައަށް ލީމެވެ. އަނގައިގައި އެ ޖެހުނު ކަމެއް ނޭނގެ އެ ބުރުއްސާލެވުނެވެ. ޗި! މީގައި މިއޮށް ލީ ރަހައެކެވެ. ހަމައެކަނި ތަރުކާރީގެ ތޮށިން ކާއެއްޗެއް ހެދިޔަސް މިއަށްވުރެ މީރު ވާނެ ކަންނޭނގެއެވެ. ދެން ހަނދާންވީ މަންމަ މަތިންނެވެ. ސުބުހާނަﷲ! މަންމަ މި ސޫޕް ދިރުވީ ކިހިނެއް ހެއްޔެވެ؟ މިއީ މީތި ދުލުގަ ޖެހުނު ވަގުތު އަހަންނަށް ވީ ވަރެވެ. ދެން މަންމަގެ އަރުތެރެއިން އެ ދިޔައީ އަޅެފަހެ ކިހިނެއް ހެއްޔެވެ؟ ނިތްކުރިމަތީގައި އަހަންނަށް ޖަހާލެވުނީ އަހަރެންގެ ފަރުވާކުޑަކަން ހިތަށް އަރައިފައެވެ. މަންމައަށް އެ ގެންދިޔުމުގެ ކުރިން އަހަރެން އޭގެ ރަހަ ބަލައިލި ނަމަ މިހެން ނުވީހެއް ނޫންހެއްޔެވެ؟
އަހަރެން ކުޑަކޮށް ދުވެލައިފައި ބާރުބާރަށް މަންމަގެ ކޮޓަރިއަށް ވަނީމެވެ. އެއިރު އަދި މަންމައަށް އޮތީ ނުނިދިއެވެ. އަހަރެން އަނެއްކާ މާ ހާސްވެގެން ހުރެ އައުމުން މަންމަ ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. “ދަރިފުޅާ… ހާދަ ހާސްވެފަ؟” މަންމަ އަހަންނާ ސުވާޅުކުރީ ނިތްކުރިމައްޗަށް ރޫ ގިނަކޮށްލަމުންނެވެ. “ހާސްވާނެއްނު މަންމާ… މަންމަ އަޅެ އޭތި ބުއީ ކިހިނެއް؟ އަޅުގަނޑު އެ ރަހަ ބަލައިލި ތަނުންވެސް އެޔޮށް ލީ ރަހައެއް… ދެން ކީއްވެ މަންމަ ނުބުނީ އެހާ ނުބައި އިރު..” މަންމަ އަހަރެން ވާހަކަ ދެއްކިގޮތުން ފެށީ ހޭށެވެ. އެއަށްފަހު ހަމައަކަށް އެޅިލަމުން ހިނިތުންވެ ހުރެ ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅުވެސް ދޯ… އެއީ މައްސަލައެއް ނޫނޭ… އެއީ ދަރިފުޅު ފުރަތަމަ ފަހަރަށް ކެއްކި އެތި… އޭތި ރަހަބަލާލަން ލިބުމުން އޭގަ ލީ ރަހައަށްވުރެ މަންމަ މާ އުފާވިއޭ ދަރިފުޅު އަމިއްލަ އަތުން އެއްޗެއް ހަދާފަ މަންމައަށް ގެނެސްދިނީމަ… އަދި އޭގަ ލާ ރަހައަށްވުރެ މަންމައަށް ތި މޫނުމަތިން ފެނުނު ހިނިތުންވުން މާ މުހިއްމު… ދެން އެއީ މާބޮޑު ކަމެއް ނޫނޭ… ދެން ފަހަރަކުން ކައްކާއިރު މަންމަ ދަރިފުޅަށް ކިޔައިދޭނަމޭ… އޭރުން ދެން ހަދާ އެއްޗެހި މަންމައަށްވުރެ ވެސް މީރުކޮށް އަޔާން ކައްކަފާނެ… ”
މަންމަ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް އިނދެވުނީ ހިނިތުން ވެލައިގެންނެވެ. މައިންނަކީ ޙަޤީގަތުގައިވެސް ހާދަ މަތިވެރި ބައެކެވެ. ދަރިން ކުރާ ކޮންމެ ކަމަކަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ރަނގަޅު ކުރަންވީ ކަންކަން ބުނެދީ އެ ވަނީ ކެތްތެރިއެވެ. އަހަރެން ބޯ ޖަހާލަމުން އަނެއްކާވެސް ކޮޓަރިން ނިކުންނަން ދިޔައީމެވެ. މިވަގުތު އަހަންނަށް އެރުނީ ސީދާ ބައްޕަގެ ކުރިމައްޗަށެވެ. އަހަރެންގެ ހިނިތުންވުން ވަގުތުން ފިލާ ދިޔައެވެ. އަހަރެން ފެނުނު ވަގުތު ބައްޕައަށްވެސް ވީ އެވަރެވެ. އެއަށްފަހު ދުރުބަލަން ފެއްޓިގޮތުން އަނެއްކާވެސް މި ހިތުގައި ރިއްސާލިއެވެ. އަދި އަހަރެން މިގޮތް ބަދަލުކުރާނަމެވެ. އިން ޝާ ﷲ! ހިތާހިތުން އެހެން ކިޔާލަމުން އަހަރެނންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބައްޕައާއި ދިމާލަށް ބަލާލައިފައި އަނެއްކާވެސް ކޮޓަރިން ނިކުތީމެވެ.
( ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Woww… vrh reethi…. alheyyy… yaan hrdha moya eyy dhwh… loll… hahaha…. vrh reethi mi prt s… kn irakun nxt prt… curiouslii waitn…♥♥♥
hehe.. ayaan aky boy eh v ma ehen vedhaanu dhw.. alhamdhulillaah! shukuriyyaa mishy.. in sha allah varah avahah genesdheveytho balaanan..
V . Nice
jazakillah khairan mishy.. 🙂
salaam kiyuntherin.. miothy mi story ge 11th part.. varah gina dhuvahuge inthizaarehga kiyuntherin baithibbaafa dhw… hehe.. ekamahttakaa varah bodah maafah edhen.. mi part ves kiyuntherinnah kamudhaane kamah ummeedhu kuran… 🙂
Very nice
alhamdhulillaah! varah bodah shukuriyyaa nunama.. 🙂
Haadha kurey.. Mi.part ga maabodu kameh nuvey.. Miha lahun up kuraairu thankolheh dhigu kolla nama ennu
varah bodah sorry Aish… aslu miee inan ves mi part genesdheyn beynun v vareh noon.. ekam maa gina dhuvas vehje mi story ge ithuru part eh up nukureveythaa… ehenve inan beynun v avahah ithuru part eh kiyuntherinnaa hama ah genesdheyn… hama miadhun miadhah liyefa mibai up kury… dhen faharakun in sha allah scene thah gina kollaafa genesdheveytho balaanan… khiyaalah maruhabaa.. 🙂
Awwwwn yaan is soooo cute story hama vvv reethi
jazakillah khairan kiyara.. hehe 🙂
Varah reethi mivaahaka.
alhamdhulillaah!!! jazakillah khairan ibsha.. 🙂