Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ އިންތިޒާރުގައި 3

Nu Xu Level 110 Stories
April 17, 2018 3 Mins Read
9 Comments

މާއިޝް ލިފްޓަށް އެރުމުން މީރާ އަށްވަނަ ފްލޯގެ ބަޓަން އަށް ފިތާލިއެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ނޫނީ ދައްކާނެ ވާހަކައެއް ނޭނގެނެނީ ކަންނޭނގެއެވެ. ދެމީހުންވެސް ދިމާވީ އަލައްކަމަށް ވީމައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ލިފްޓް އޭގެ މަންޒިލަށް ވާޞިލުވިއެވެ. ފިނިވެފައިހުރި މީރާ އަވަސް އަވަހަށް ލިފްޓުން ފައިބަން ހަދައިގެން ފައި އެޅުނުގޮތަކުން ވެއްޓެން ދިޔަވަޤުތު މާއިޝް ހުށިޔާރުކަމާއެކު މީރާގެ އުނަގަނޑާ ހިސާބުން ހިފަހައްޓާލިއެވެ.

މީރާ މާއިޝްގެ އަތްމަތީގައި އޮތީ ދެލޯމަރައި ތަތްކޮއްގެނެވެ. ހިނދުކޮޅަކަށް މާއިޝްގެ ހިތް އެ ރީތި ހަނދެއްފަދަ ކުއްޖާއަށް ދެވުނެވެ. މީރާ ދެލޯ ހުޅުވާލަމުން އަވަސް އަވަހަށް މާއިޝްގެ އަތްމަތިން ތެދުވެ މަޢާފަށް އެދުނެވެ. އަދި މަޑު ކޮއްލުމަށް ބުނެ މީރާގެ ކޮޓަރިއަށް ގޮސް ތަޅުދަނޑިއެއް ހިފައިގެން އައިސް މާއިޝްއަށް ދިއްކޮއްލިއެވެ. މާއިޝް ތަޅުދަނޑީގައި ހިފުމުން މީރާ އަވަސް އަވަހަށްގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ.

މީރާ ދިޔަދިމާއަށް ބަލާލުމަށްފަހު، މާއިޝް ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާ އެތެރެއަށްވަދެ ވަށައިގެން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މަޑު ވިލު ނޫކުލަ ލާފައިވާ އެ ކޮޓަރީގެ މެދާ ހިސާބުގައި އެއްފަހަރާ ހަތަރު މީހުންނަށް އޮވެވޭވަރުގެ ބޮޑު އެނދެއް ބެހެއްޓިފައިވެއެވެ. އެނދުގައި އޮވެގެން ޓީވީ ބެލޭނެ ގޮތައް ފާރުގައި ބޮޑު ފަތި ޓީވީއެއް ހަރުކުރެވިފައިވެއެވެ. ކޮޓަރީގެ އެއް އަރިމަތީގައި ބޮޑު އަލަމާރިއެއް ވާއިރު އަލަމާރީގެ ކައިރީގައި ޑްރެޒިންގ ޓޭބަލް ބެހެއްޓިފައިވެއެވެ. އަނެއް އަރިމަތީގައި ފޮތް ހަރުގަނޑަކާއެކު ބިއްލޫރި ވައް މޭޒެއް ވެއެވެ. މޭޒުގެ ދެފަރާތުގައި ދެގޮނޑިއެވެ. އެނދާއި ތަންކޮޅެއް ދުރުގައި ސޯފާ ސެޓެވެ. ޑްރެޒިންގ ޓޭބަލާއިވީ ދިމާލުން ފާޙަނައެވެ. ކޮޓަރިއެކޭ އެއްވަރަށް ފާޙަނަތެރެވެސް އެހާމެ ތަނަވަސް ވެފައި ބޮޑެވެ. ކޮޓަރީގައިވާ ކޮންމެ އެއްޗެއް ވަނީ މަޑު ވިލުނޫކުލައިންނެވެ.

މާއިޝް ހީލުމަށްފަހު، އޭނާ ގެނައި ފޮށިން ތުވާލި ނަގައި ފާޙަނައަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރާ ނިމިގެން ނުކުމެ ލޯގަނޑުދޮށުގައިހުރެ އިސްތަށިގަނޑު ރީތިކޮއްލަމުން އެނދާ ދިމާއަށް ހިނގައިގަތީ ލާނެ ޓީޝާޓަކާއި ސޯޓެއް ނެގުމަށެވެ. މާއިޝް ހައިރާންވީ ފާޙަނައަށް ދަމުން އޭނަ އެނދު މައްޗަށްލީ ފޮށި ނެތުމުންނެވެ. ކޮޓަރިތެރެއަށް ނަޒަރުހިންގަމުން ދަނިކޮށް އަލަމާރި މައްޗަށް ލާފައި އޮތް ފޮށި ފެނިފައި ހައިރާންކަން އިތުރުވިއެވެ. ” ކީއްވެ އެނދުމަތީ އޮތް ފޮއްޓެއް އަލަމާރި މައްޗަށް ދިޔައީ. މަންމައަށް ވެސް ވެދާނެ. އެއްޗެހިތައްވެސް ހުންނާނީ އަލަމާރީގައި ކަންނޭނގެ.” މާއިޝް އޭނަގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. އޭނަގެ ފޮށީގައި ހުރި ހުރިހާ އެއްޗެއް ވަނީ ވަރަށް ތަރުތީބު ކޮއްލެވިފައެވެ. ހައިރާންވެ ހުރެ އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން ލިއެވެ.

ރީތި ވެލައިގެން މާއިޝް ތިރިއަށް ފޭބި އިރު މަރީނާ ބަދިގޭގައި އުޅޭ އަޑު އިވުމުން އެދިމާއަށް ހިނގައިގަތެވެ. ބަދިގޭގައި މެންދުރަށް ކެއްކުމުގައި މަރީނާގެ އިތުރުން މީރާވެސް އުޅެއެވެ. މާއިޝް އަލަމާރިން ފެންފުޅިއެއް ނަގައިގެން ގޮސް އުނދުން ކައިރީހުރި މަރީނާ ގާތުގައި ހުއްޓިލިއެވެ. ” މަންމާ! މަންމަ ކިހިނެއްތަ އެއޮއް ބޮޑު އަލަމާރި މައްޗަށް ފޮށި ލީ. މަންމަ ތީ ގޮނޑިއެއް މައްޗަށް ކޮޅައް އަރަންކެރޭ މީހެއްވެސް ނޫނެއްނު.” ކުޑައިރުގައި ހަނދާނެއް ކޮއްލަމުން މާއިޝް ސުވާލު ކޮއްލިއެވެ.

މާއިޝް ކޮއްލި ސުވާލުން ޒިންކުކައިރީހުރި މީރާ އަތް ދޮވެލައިގެން ބަދިގެއިން ނުކުތެވެ. ” މިހާރު އެނގިއްޖެ ދޯ އެ މަސައްކަތް ކުރި މީހާ. އެ ދިޔައީނުން ލަދުން. މީރާ އެއީ. މަންމަ މީރާ ގާތު ބުނިން ދޭބަލާށޭ ދަރިފުޅަށް ގޮވާފައި ބުނަން ކާން އަންނާށޭ. ގޮއްސަ އައީ އިރުކޮޅެއްވީފަހުން. ކުރިކަމެއް ނޭނގެ. ބުނަން ދަރިފުޅާ މީރާ ވަރަށް ތަރުތީބު ވާނެ. ވަރަށް ހިތްހަމަ ނުޖެހޭނެ ތަންތަން ހަޑިކޮށް ހުންނަން.” މީރާއަށް ތަޢުރީފު ކޮއްލަމުން މަރީނާ ޖަވާބު ދިނެވެ.

” އެހެންތަ. ނޭނގުނީ. އަޅުގަނޑު ފެންވަރަން ވަރަށް ތަތްވާނެ. އެހެންވީމަ ނޭނގޭނެއެއްނު މީހަކު އަޔަސް. ހެހެ.” އިރުކޮޅަކު ވިނާލަން އިނުމަށްފަހު މާއިޝް ބުނެލިއެވެ. ” މަންމާ! ބުނެބަލަ މީރާއަކީ އަސްލު ކާކުތަ. މަންމަ ބުނީމެއްނު ފަހުން ބުނާނަމޭ.” ކުއްލިއަކަށް ހަނދާންވެގެން މާއިޝް ސުވާލު ކޮއްލިއެވެ.

” މީރާ ދޯ! މީރާ އަކީ ދަރިފުޅުގެ ބައްޕަގެ އެންމެގާތް އެކުވެރިޔާގެ ކުއްޖެއް. އެއީ ބައްޕަ ސިފައިންގޭގައި އުޅުނު ދުވަސްވަރު. މާޒިންއެއް ކިޔާނީ. މާޒިންގެ އަންހެނުން އަސްމާ، މީރާ ވިހާފައި މިދުނިޔެއާ ވަކިވީ. ދެން މީރާ ގެންގުޅުނީ މާޒިން އެކަނި. އެހެންމީހަކާ ނީނދެ. މާޒިންގެ އާއިލާއިން ވެސް އަސްމާގެ އާއިލާއިންވެސް މާޒިންއަށް އަޅައެއްނުލާ. ދަރިފުޅު ކުޑައިރު މިގެއަށް އާދެއެއްނު ބޭބެއެއް. އެއީ މީރާގެ ބައްޕަ. އެކަމް މީރާއެއް ނާންނާނެ. އޭނަ ތަންތަނައް ނުކުމެ އުޅެން ވަރަށް ފޫހިވާނެ. އެހެންވެ މަންމަ ދަން ކޮންމެދުވަހަކުވެސް މީރާ ގާތަށް. ދަރިފުޅު އޮސްޓްރޭލިޔާއަށް ދިޔަތާ ދެ އަހަރު ވީފަހުން މީރާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވީ. ވަރަށް ދުވަހު ހޮސްޕިޓަލުގައި ވެސް އޮތް. މާޒިންގެ ދެ ކިޑުނީ ފެއިލްވެ އުންމީދު ކަނޑާލި. މަރުވުމުގެ ކުރިން މާޒިންގެ އާއިލާއާއި އަސްމާގެ އާއިލާ މީހުންގެނެސް ދަރިފުޅުގެ ބައްޕަ އާ މީރާ ހަވާލުކުރީ އެންމެންވެސް އެއްބަސް ވެގެން. އޭގެ ފަހުން ދަރިފުޅުގެ ބައްޕަ ސިފައިންގޭ ވަޒީފާއިން ވަކިވެ އަމިއްލަ ވިހޔފާރިއެއް ފެށީ. އެދުވަހުން ފެށިގެން މަންމެން މީރާ މި ގެންގުޅެނީ ދަރިފުޅުމެން ދެކުދިންނާ އެއްވަރަށް ލޯބިދީގެން. އޭލެވެލް އާއިހަމައަށް ކިޔެވުމަށްފަހު ފަހާ ކޯހެއް ހަދައިގެން ފެހުން މީރާގެ މަސައްކަތަކީ. މިހާރު އެހެރީ ކުރީގެ ބިރު ފިލާ ހަމައަކަށް އެޅިފަ. އަދި މީރާ އަށް އެއްވެސް ކަމެއް ސިއްރުވެފައެއް ނޯންނާނެ. އެހެންވެ ދަރިފުޅަށް ދޮންބެ ނުކިޔަނީ. ދަރިފުޅާ މީރާ އާ ތަފާތު ވާނީ ހަތަރު އަހަރު. އާނ! އަދި ހަނދާންނެތިފަ މިހުރީ. މިއަދު ކިހާވަރެއްތަ.” މީރާގެ ހަޤީގަތް މާއިޝްއަށް އޮޅުންފިލުވައިދިނުމައްފަހު، ކަމެއް ހަނދާން ވެގެން މަރީނާ ދަރިފުޅާ ސުވާލު ކޮއްލިއެވެ.

” ކަމެއް އޮތީތަ! މިއަދު މީ…..އޮކްޓޫބަރ ނުވައެއް.” މަރީނާއާ ސުވާލު ކޮއްލަމުން މާއިޝް ޖަވާބު ދިނެވެ. ” މަންމަ މިހުރީ ހަނދާން ނެތިފަ. ކޮބާތަ އެ ސަނާ.” އަތްމަތި އަވަސް ކޮއްލަމުން މާއިޝް ކުރި ސުވާލައް ޖަވާބު ދިނުމެއް ނެތި މަރީނާ ސުވާލު ކޮއްލިއެވެ. ” މިހުރީނު. އޭރުވެސް އެނގެޔޭ މަންމަ ހަނދާން ނުހުންނާނެކަން. އެކަމް ނާއްކޮ ހަނދާނެއް ނުނެތޭނެ. އެނީވޭ. މަންމަ ދޮންތައަށް އަޑު އިވޭވަރަށް ނުކިޔާތި. އެން ދޮންބެ ހަވީރު ފްރީ ވާނެތަ؟” މަރީނާ އާ ވާހަކަ ދައްކާ ނިމުމުން ސަނާ މާއިޝް ގާތު އަހާލިއެވެ. ” ޔަޕް. އައި އެމް ފްރީ. ބަޓް ވަޓް ހެޕެން.” މާއިޝް އޮޅުން ފިލުވަން ބޭނުން ވިއެވެ. ” ޝްޝްޝް…… ނޯ ޑިސްކަޝަން. ފަހުން ބުނާނަން. ހަވީރު ހަތަރެއް ޖަހާއިރު ރެޑީގަ ހުންނާތި. އެން އޭގެ ކުރިން އެކަކު ގާތުވެސް ސުވާލު ނުކުރާތި. ނޫނީ ފްލޮޕް ވެދާނެ.. ޕްލީޒް….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nu Xu

Level 110 Stories

Other Articles

Previous

ބޭނުންވަނީ ޔާރާ… 7

Next

ހާދަ ދޭ ހިތްވެޔޭ ލޯބިން -3

Next
April 17, 2018

ހާދަ ދޭ ހިތްވެޔޭ ލޯބިން -3

Previews
April 17, 2018

ބޭނުންވަނީ ޔާރާ… 7

9 Comments!

  1. Shafa says:
    April 17, 2018 at 10:22 pm

    Nice but haadha kurukoh thi genesdhenee…thankolheh dhigukoh genesdheeba…plxxx..gud luck??❤?

    1. Nu Xu says:
      April 17, 2018 at 10:41 pm

      Tnkx Shafa ☺☺☺ N sry.. ?Today v buxy kn ulhemun liyevunu varah up kolly.. nxt time miahvure dhigukoh genes dheveythw balaanan… ??????? n thnx

  2. lotus says:
    April 17, 2018 at 10:31 pm

    Nice.. birthday celebrate koran dhw e ulhenee.. wen nxt part

    1. Nu Xu says:
      April 17, 2018 at 10:43 pm

      Tnkx lotus☺☺☺☺ hehe lets see… Nxt part dayafter tomorrow…??????

  3. Pinky shifoo says:
    April 17, 2018 at 10:42 pm

    Alhey mi part vx v v v reethi ???… I really like this Story ❤️❤️❤️… Heevanee meeraa ge birthday celebrate kuran henn e ulheny ???… Keep up the good work Nu Xu ???… N green kulaige reply innaane kanneynge log in velaafa reply kuryma ???… Nu Xu log in nuve reply kuraathy henn heevany green kulaige neennanee… Kury part ga ehaa bodah neyngeyey buny ma hama shifoo ah heevaa goi bunely ??????… Eagerly waiting for the next part ???…

  4. Nu Xu says:
    April 17, 2018 at 10:45 pm

    Hi guys.. Here are part 3… Yesterday ga genesdhevey thw balaanamey buny dhw… Bt sry..?Dhimaavi kamakun nukohdhevuny..???. N hope u liked it..?????

  5. Nu Xu says:
    April 18, 2018 at 6:49 pm

    Tnkyou Pinky Shifoo????????
    N tnkx ????

  6. lotus says:
    April 19, 2018 at 5:03 pm

    Kobaa tha nxt prt

  7. lotus says:
    April 19, 2018 at 5:04 pm

    Today up vaane tha

Comments are closed.

Next Episodeތިޔަ އިންތިޒާރުގައި 4←


All Right Reserved!