Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ އިންތިޒާރުގައި

Nu Xu Level 110 Stories
April 15, 2018 3 Mins Read
10 Comments

ފިރިހެންވަންތަ ހިނގުމެކެވެ. ހިތްތައް ކަތިލެވޭހާ ރީތި ދެލޮލެވެ. އަޖާއިބެއްފަދަ ނޫ ކަޅި އެވެ. ރީތިވަރަކަށް ކޮށާލެވިފައިވާ ބޮލުގައި ކުލައެއް ޖައްސާފައިވާއިރު އެ މޫނާ ވަރަށް ގުޅެއެވެ. ލާފައިވާ މަޑު ނޫކުލައިގެ ގަމިހާއި ގަދަ ނޫކުލައިގެ ސްކިނީގައި ވަރަށް ފުރިހަމަ އެވެ. އެއް އަތުން ލަގެޖްގަ ހިފަހައްޓާލައިގެން ހުރިއިރު ހީވަނީ ފެޝަން ޝޯއަކަށް ތައްޔާރުވެހުރި ފިރިހެން މޮޑެލެއް ހެންނެެވެ.

“ދޮންބޭ! ފައިނަލީ ޔޫ ކޭމް… އިނގޭތަ ހާދަ މިސްވިއޭ. ދެންނުދާނަންދޯ! ޕްލީޒް…..” ސަނާ ދިޔަގޮތައް ތަތްވީ އޭނަގެ ދޮންބެ މާއިޝް ގެ މޭގައެވެ. ” ކިރިޔާނު ދޮންބެ ނުވެއްޓުނީ… ނާއްކޮ އަދިވެސް ބޮޑެއްނުވޭދޯ..” ސަނާގެ ބޮލުގައި ފިރުމާލަމުން މާއިޝް ބުނެލިއެވެ. އަދި ސަނާ ދުރުކޮއްލަމުން މަރީނާ އާއި ސަލީމް ގައިގަ ބައްދާލިއެވެ. އަހަރުތަކަކަށް ފަހު ދަރިފުޅާ ބައްދަލުވުމުން ދެމަފިރިންގެ ލޮލުން ކަރުނައައީ އެއެއް މިއެއް ބަލާފައެއްނޫނެވެ. ވާނީވެސް އެހެންތާއެވެ.

އުމުރުން ސޯޅަ އަހަރުގައި އޯލެވެލް ނިންމާލުމަށްފަހު އޮސްޓްރޭލިއާއަށް އިތުރަށް އުނގެނުމަށް މާއިޝް ދިޔައީ މަަރީނާމެން ކިޔާވަރުންނެވެ. ކިތަންމެ ދާން ބޭނުންނުވިޔަސް މަޖުބޫރުވީއެވެ. މަންމަމެންގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމައް ބޭނުންވީއެވެ. ޑޮކްޓަރަކަށް ވުމަށް މާއިޝް އޮސްޓްރޭލިޔާ އަށް ފުރީ މާލެ އަންނާނީ އެމީހުން އެދޭކަހަލަ މޮޅު ހިތުގެ ޑޮކްޓަރަކަށް ވެގެން ކަމަށް ބުނަމުންނެވެ. އޮސްޓްރޭލިޔާގައި އޭލެވެލް ހެދުމަށްފަހު، ޑޮކްޓަރުކަން ކިޔަވަން ފެށީ ހިތުގައި އެތައް އަޒުމެއް ކަނޑައަޅަމުންނެވެ.

އެގާރަ އަހަރު ފަހުން މާއިޝް މާލެ އެ އައީ މަރީނާ އާއި ސަލީމްގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދީފައެވެ. މިހާރު އެއީ ހިތުގެ ބަލީގެ ޙާއްސަ ޑޮކްޓަރެކެވެ. މާއިޝްއަށްޓަކައި އެ ދެމަފިރިން މިއަދު ފަޙުރުވެރިވެއެވެ.

” އެގާރަ އަހަރު ފަހުން އައިމަވެސް މިތާތަ ބަހައްޓަނީ. ގެއައްވެސް ނުގެންދާނަންތަ.” މާއިޝް ހެމުން ބުނެލިއެވެ. ” އެތައް އަހަރަކު ނުފެނި ހުރެފަ ފެނުމުން ވާނީ މިހެންނު. ދަރިފުޅު ބޭނުމެއް ނުވިވިއްޔަ ފޮޓޮއެއް ފޮނުވާކަށް ވެސް. ފޯނުން ގުޅައިގެން ވާހަކަ ދެއްކިޔަސް ހުންނަ ގޮތެއް ނޭނގޭނެއެއްނު. އެހެންވެ ހިތްފުރެންދެން ބަލަން ހުރެވުނީ. ހިނގާ އަވަހަށް ގެއައް ދާން. މީރާ ދަރިފުޅާ! ހާދަ ދުރެއްގަ ތިހުރީ. މީ މަންމަގެ މާއިޝް. ސަނާގެ ދޮންބެ. ފޯނުން ވާހަކަ ދެއްކީމެއްނު. ދެން މިހާރު ކީއްވެ ދުރުގަ ތިހުރީ. އާދެބަލަ މިކޮޅަށް.” މާއިޝް އަށް ޖަވާބު ދީފައި ތަނކޮޅެއް ދުރުގައި ހުރި މީރާއަށް މަރީނާ ގޮވާލީ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުންނެވެ.

” ސޮރީ މަންމާ. ނޭނގުނީ. ހާއި މާއިޝް..” މީރާ މަރީނާ ގާތުން މާފަށް އެދެމުން މާއިޝް އަށް އަތް ދިއްކޮއްލީ ސަލާމް ކުރުމަށެވެ. އަލަށް ދިމާވުމުން މީރާ ހުރީ ލަދުންނެެވެ. ސަލީމް މާއިޝް ގެ ލަގެޖްތައް ހިފައިގެން ތަންކޮޅެއް ދުރުގައި އޮތް ކާރާ ދިމާއަށް މިސްރާބު ޖެހިއެވެ. މީރާވެސް އެތާ ހުންނަން ލަދުން ސަލީމް ފަހަތުން ހިނގައިގަތެވެ. ” ވެއިޓް ދޮންތާ.. ނާއްކޮވެސް ދާނަން.. މަންމަވެސް އާދޭ ދޮންބެ ގޮވައިގެން.” މީރާ ގާތު މަޑުކުރުމަށް ބުނަމުން ސަނާ ހިނގައިގަތީ މަރީނާއާވެސް ވާހަކަ ދައްކަމުންނެވެ. ” މަންމާ! ކީއްވެ މީރާ މަންމަ އަށް މަންމަ ކިޔާފަ އަޅުގަނޑަށް ދޮންބެ ނުކިއީ. އެން މީރާ އަކީ ކާކު.. ނާއްކޮ އެބުނީ ދޮންތަ އޭ.. މަންމަގެ ތިބެނީ އަޅުގަނޑުމެން ދެކުދިން.. ދެން ކިހިނެއް ނާއްކޮގެ ދޮންތައެއް ހުންނަންވީ.” މީރާ ދިއުމުން ހައިރާންވެފަ މާއިޝް ސުވާލު ކުރީ އޭނަގެ މަންމަ އާއެވެ.

“ފަހުން ކިޔައިދޭނަން. އެހައް ހިނގާ ގެއަށްދަމާ..” ހީލަމުން މަރީނާ އެހެންބުނެ ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގައިގަތީ ކާރާ ދިމާއަށެވެ.

މަޑު ދުވެލީގައި ދުއްވާފައި އައި ކާރު މ.މަންޒިލް ގޭގެ ގޭޓާހިސާބުގައި މަޑުކޮއްލިއެވެ. ސެކިއުރިޓީ ދޮރު ހުޅުވާލުމުން ކާރު ދުއްވާލިއެވެ. ޓެރަސް އަކާ އެކު އަށް ބުރިއަށް ނަގާފައިވާ ގޭގައި ވަނީ ވިލު ނޫކުލަލާފައެވެ. ބަލާ ބެލުމަށް ބޭރު ޤައުމު ތަކުގައި ހުުންނަ ކަހަލަ ގަނޑުވަރެކޭ އެއްފަދައެވެ. އެހާވެސް ފުރިހަމަ އެވެ. ގޭޓުން ވަންނައިރު ދެފަރާތުގައި އޮންނަ ބަގީޗާގައި ތަފާތު ވައްތަރުގެ މާމެލާމެލި ވަނީ ފަރިވެ ފޮޅިފައެވެ. ބަގީޗާއިން ދުވާ މީރުވަހުން މުޅި މަންޒިލް ގޭ ވަނީ އިތުރައް ފުރިހަމަ ކޮއްދީފައެވެ. ކާރު ގޮސް މަޑުކޮއްލީ މަންޒިލް ގޭގެ މައި ދޮރުމަތީއެވެ. ހުރިހާ އެންމެން ކާރުން ފައިބާ ގޭގެ އެތެރެއަށް ވަދެ ހަމަޖެހުމުގެ ނޭވާއެއްލިއެވެ.

ނަމަވެސް މާއިޝް ދޮރުން ވަތްގޮތައް ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ” ބައްޕާ! ސީރިއަސްލީ… ހަމަ އެގޮތައް. އެއްވެސް ތަފާތެއް ނެތް. ކޮންއިރަކު ކިހިނެއް.” ހައިރާންވެފައިވާހާލު އުފަލުންހުރެ މާއިޝް ކޮއްލި ސުވާލަށް ސަލީމް ޖަހާލީ ހަމަ އެކަނި ބޮލެވެ. އެ ގެ ފަރުމާ ކޮއްފައިވަނީ މާއިޝް ގްރޭޑު ދިހައެއްގައި އުޅެމުން އޭނަ އެ ގެ ފަރުމާ ކުރަން ކީ ގޮތަށެވެ.

ގެއަށް ވަދެވޭއިރު ފެންނަނީ ބޮޑު ތަނަވަސް ސިޓިންގރޫމެކެވެ. ސިޓިންގރޫމުގެ ދެފަރާތުން މައްޗައް އަރަން ހުންނަ ދެ ސިޑި ވާއިރު، ސިޓިންގރޫމުގެ ކަނާތް ފަރާތުގައި އެއްފަހަރާ ދިހަ މީހުންނަށް ކާން އެރޭވަރުގެ ޑައިނިންގ ޓޭބަލް ބެހެއްޓިފައިވެއެވެ. ކާ މޭޒާ ތަންކޮޅެއް ދުރުގައި ކައްކާބައި ވެއެވެ. ކައްކާބައިވެސް ތަނަވަސް ވެފައި ބޮޑެވެ. ސިޓިންގރޫމުގެ ވައާތް ފަރާތުގައި ލިފްޓް ހަރުކުރެވިފައިވެއެވެ. ކޮންމެ އެޕާޓްމަންޓެއްގައި ހަތަރު ކޮޓަރިއާ އެކު، ސިޓިންގރޫމް އެއް ވެއެވެ. އަދި ކައްކާ ކެވޭގޮތައް ކާ ބައެއް ހުރެއެވެ. ޓެރަސްގައި ފަތާ ފެންގަނޑަކާއެކު ކޮފީބޯން ތިބެން ތަނެއް ހަދާފައިވެއެވެ.

ސަނާ އާއެކު ތަންތަން ބަލާލަފާ އައިސް މާއިޝް ސަލީމްގެ ގައިގާ ބައްދާލިއެވެ. ” ގެ ރަނގަޅު ދޯ. ދަރިފުޅުގެ ހުވަފެން ބައްޕަ ފުރިހަމަ ކޮއްދިނީ، ދަރިފުޅުވެސް ބައްޕަމެންގެ ހުވަފެން ހަޤީގަތަކަށް ހަދައިދިނީމަ. ދެން ބުނަން އަށްވަނަ ފްލޯގައި ހުންނާނީ މީރާ އާއި ދަރިފުޅުގެ ކޮޓަރި.. ސަނާވެސް ބޭނުންވަނީ ދަރިފުޅުމެން ބައިގަ އުޅޭށޯ. އެހެންވީމަ ތިންކުދިން އެއްބައިގަ. ފުރަތަމަ ތިން އެޕާޓްމަންޓް ހުންނާނީ ކުއްޔައް ދީފައި. ހަތްވަނަ ބައިގަ ބައްޕަމެން. އެކަމް ކާން އަންނަންވާނީ ތިރިއަށް. ދަރިފުޅަށް ރަނގަޅުތަ.” ސަލީމް އެއް ނޭވާއިން އޮޅުން ފިލުވައިދިނެވެ.

” ދަރިފުޅުމެން އާދޭ ސައިބޯން. މިހާރު އެހެރަ ދިހަގަޑި ބައިވަނީ.” މަރީނާ ސައި ތައްޔާރު ކުރަމުން ގޮވާލިއެވެ. މަރީނާ އަށް އެހީވާން ކައިރީގައި މީރާ އުޅެއެވެ. އެތައް އަހަރެއް ފަހުން އެންމެ އެކީގައި ސައިބޯން އެރުމުން ތަފާތު އެތައް ވާހަކައެއް ދެކެވުނެވެ. މީރާ ފިޔަވައެވެ. މީރާ އިނީ އެމީހުންގެ ވާހަކައަށް ހީލަ ލީލައެވެ.

ސައިބޮއެނިމިގެން ވާހަކަ ދައްކާލުމަށް ސޯފާގައި ޖައްސާލީ މަރީނާގެ އެދުމަށެވެ. މާއިޝް ގެ ކިޔެވުމުގެ ވާހަކައެވެ. އޮސްޓްރޭލިޔާގެ ވާހަކަތަކެވެ. މިގޮތައް އެތައް ވާހަކައެކެވެ. ” ދަރިފުޅާ މާއިޝް. ދޭ ފެންވަރައިގެން އަރާމު ކޮއްލަން. މިހާރު މާ ގިނަ ވަޤުތު ދަރިފުޅު ބޭންދިއްޖެ. މާފުކުރޭ. މީރާ ދަރިފުޅާ! ދޭބަލަ މާއިޝް ކޮޓަރި ތަޅުދަނޑި ދޭން.. ދަރިފުޅު އަތުގައެއްނު ވާނީ..” މަރީނާ މާއިޝް ގާތުން މާފަށް އެދެމުން މީރާއަށް ބުންޏެވެ. ލައްބައޭ ބުނެފައި މީރާ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ” މަންމަ ކޮންކަމަކާތަ މާފަށް އެދެންވީ. އަޅުގަނޑު އެހާވަރުބައްޔެއް ނޫނޭ. އެކަމްވެސް މިދަނީ މަންމަ ބުނީމަ..” މާއިޝް މަރީނާ ގައިގަ ބައްދާލާފައި މީރާގެ ފަހަތުން ހިނގައިގަތެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nu Xu

Level 110 Stories

Other Articles

Previous

ސޫރަ 3

Next

ނޭނގި ހިތޭ ތި އަތުލީ 30

Next
April 15, 2018

ނޭނގި ހިތޭ ތި އަތުލީ 30

Previews
April 15, 2018

ސޫރަ 3

10 Comments!

  1. unique says:
    April 15, 2018 at 7:34 pm

    vv reethi n plx nxt part avahah up kurahchey

    1. Nu Xu says:
      April 15, 2018 at 10:04 pm

      Thnkx unique ?????? v try kuraanan… Tnkx ???

  2. Pinky shifoo says:
    April 15, 2018 at 8:29 pm

    V v v reethi ???… Keep it up Nu Xu ???… Waiting for next part…

    1. Nu Xu says:
      April 16, 2018 at 9:55 am

      Tnkx pinky shifoo❤❤❤❤❤❤

  3. lotus says:
    April 15, 2018 at 9:20 pm

    V nice… v kiyaa hivvey.. who is this meera.. heevanee story ge main grl kujjahen.. curiously waitin for the nxt part..pls avaha up kolladhechey.. best of luck for this story

    1. Nu Xu says:
      April 15, 2018 at 10:08 pm

      Tnkx lotus?? yeah ur guess was right… V try eba kuran maadhan up kohladheveythw… N sry short v ma.. V buxy kn ulhemun liyevunu varah up kolla dhiny… Wait kuran nujahsaveythw… Tnkx. ❤❤❤❤❤❤

  4. Nu Xu says:
    April 15, 2018 at 10:12 pm

    Hi guys here is second part.. Hope u like it.. N v mistake huredhaane… Ekamah v maafah edhen… ????? lotx of luv u all

  5. Ane says:
    April 15, 2018 at 10:39 pm

    Hey nu xu. Keeve green colour in comment nukurani. Btw st v nice kudakoh digu kohlima ok vaane

  6. Nu Xu says:
    April 16, 2018 at 9:54 am

    Tnkx Ane…???? To be honest.. Stry liyany 4n in.. N i dnt knw so much.. Thatx y… Sry..?????
    N thnkx to read. Try to long.. Tc

    1. Pinky shifoo says:
      April 17, 2018 at 3:54 pm

      Nu Xu ???… I think Nu Xu log in nuve reply kuraathy henn green kulaige neennanee… Log in velaafa reply kuryma green kulaige innaane ???… I think ???

Comments are closed.

Next Episodeތިޔަ އިންތިޒާރުގައި 3←


All Right Reserved!