Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ އިންތިޒާރުގައި…

Nu Xu Level 110 Stories
April 13, 2018 2 Mins Read
10 Comments

އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ދިއްލާލީ އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނުވަމުންނެވެ. ހަމަ އެހެންމެ އެތައް ހިތްތަކެއް ނުތަނަވަސް ކުރުވަމުންނެވެ. މާޔޫސް ވެފައިވާ ހިތްތަކަށް އާ އުއްމީދެއް ގެނުވަމުންނެވެ. ތޮއްޖެހިފައިވާ މި މާލޭގައިވެސް މިފަދަ އެތައް ބައެއްވާނެކަން ޔަޤީނެވެ.

މާލޭގެ މަގުތައްވަނީ މީހުންނައިގެން ފުރި ބާރުވެފައެވެ. ހަފްތާ ފެށޭ ދުވަސް ކަމުން ގަޑި ނުޖެހި އޮފީހަށްދާ މީހުންނާއި، ސްކޫލްތަކަށްދާ ކުދިންނާއި ކުދިންގެ ބެލެނިވެރިންނެވެ. މިނޫންވެސް އެކި ކަންކަމުގައި ހޭލަމޭލައުޅޭ އެތައްބައެކެވެ.

“މަންމާ! އަދިވެސް ނުނިމޭތަ. މިހާރު ތިންފަހަރަށް ބައްޕަ ބުނެފި އަވަހަށް އަންނާށޭ. މިހާރު އަތުވެދާނެޔޯ.” ފާޙަނާގައި ހުރި މަންމަ މަރީނާއަށް މީރާ ގޮވާލީ ދެެން ނުކުންނާށޭ ބުނަމުންނެވެ. “ސާބަސް ދަރިފުޅަށް. ތިވަރަށް ނުގޮވިޔަސް މި ނުކުތީއޭ. ދަރިފުޅުގެ ބައްޕަވެސް އެއީ ވަރެއްގެ މީހެއް. ދަރިފުޅު ދޭބަލަ ކޮއްކޮ ނިމުނީތީ ބަލާލަން. މަންމަ މި ދަނީ ބައްޕަ ގާތަށް.” ފާޙަނައިން ނުކުތް ގޮތައް މަރީނާ އެއް ނޭވާއިން ބުނެލިއެވެ. މީރާ ހެމުންހެމުން ނުކުމެ މަރީނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ވަނީ ކޮއްކޮ ސަނާއަށް ގޮވަމުންނެވެ. “ނާއްކޯ! ޕިސްޕިސް. މީ އަނެއްކާ އަނެކަކު. ދެން ނިންމަން ވެއްޖެއެއްނު. މަންމަ ބުނެގެން ބަލާ މިއައީ. ދެންވެސް ހިނގަބަ. ބައްޕަވެސް އެބަހުރި ލަސްވެގެން. މިހާރު ހުންނާނީ ރުޅިވެސް ގަދަވެފަ ކަންނޭނގެ.” ސަނާގެ އަތުގައި ހިފާލަމުން މީރާ ބުންޏެވެ. “ވެއިޓް ދޮންތާ. އެހައް ބުނެބަ ނާއްކޮ ރީތިތަ. މި ޓޮޕްކޮޅު ގުޅޭތަ.” ލޯގަނޑު ކުރިމަތީ ހުރެ ލައިގެންހުރި މަޑު ނޫ މަތިކޮޅާއި ގަދަ ނޫ ސްކިނީއަށް ބަލާލަމުން މީރާ ގާތު އަހާލިއެވެ. “ހްމްމްމްމް. ނާއްކޮއާ ވަރަށް ގުޅޭ. އޯކޭ. ދެންވެސް ހިނގާބަ.” ސަނާއަށް ތަޢުރީފު ކުރަމުން މީރާ ހިނގައިގަތުމުން ފަހަތުން ސަނާވެސް ނުކުތެވެ. ދެމީހުން ނުކުތްއިރު ސަލީމް ހުރީ ގަރާޖުގައި އޮތް ކާރު ނެރެ ފަހަތު ޝީޓުގެ ދޮރުހުޅުވާލައިގެން ކުދިންގެ އިންތިޒާރުގައެވެ. މީރާ އާއި ސަނާ ކާރަށް އެރުމުން ސަލީމް ދޮރު ލައްޕާލުމަށްފަހު، ކުރީ ޝީޓަށް އަރާ ކާރު ދުއްވާލިއެވެ. “ދަރިދުޅުމެން ހާދަ ލަސްވީ. ކޮއްކޮއާއި ހެދި ދޯ. ކޮއްކޮގެ އެހުންނަނީ ދަރިފުޅުގެ މަންމަގެ ތަތްކަން.” ހީލަމުން ސަލީމް ބުނެލި އެއްޗަކުން އެންމެން އެއްފަހަރާ ހޭންފެށިއެވެ.

މާލޭގެ ތޮއްޖެހިފައިވާ މަގުތަކުންގޮސް ކާރު މަޑުކޮއްލީ ހުޅުލެއަށް އައިސް ގޮސްވާ ފެރީ ޓާރމިނަލް ކައިރިއަށެވެ. މަރީނާއާއެކު ދެކުދިން ފޭބުމުން ކާރު ޕާކުކޮއްލާފައި އަންނާނަން ކަމައްބުނެ ކާރުދުއްވާލިއެވެ. މަރީނާމެންގޮސް މަޑުކޮއްލީ ފެރީން އަންނަ މީހުން ނުކުންނަ ދިމާގައެވެ. ފުދޭވަރަކަށް މީހުންވެސް ގިނައެވެ. އިރުކޮޅެއްނުވެ ސަލީމްވެސް އެތަނައް އައެވެ. “ދެންމެ ގުޅި. ބުނީ ވަރަށް ކައިރީގައޭ.” މަރީނާއަށް ބަލާލަމުން ސަލީމް ބުނެލިއެވެ. ފަސްވަރަކަށް މިނެޓް ފަހުން ހުޅެލެއިން މާލެ އައި ފެރީ ތާރމިނަލްއަށް ބަނދަރުކުރިއެވެ. ހުޅުލެއިން އައި މީހުންގެ އެގްޒިޓް ދޮރުން ނުކުތް ޒުވާނާއަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ……

Share Article

Follow Me Written By

Nu Xu

Level 110 Stories

Other Articles

Previous

ސޫރަ 2

Next

މަންޒިލް

Next
April 13, 2018

މަންޒިލް

Previews
April 13, 2018

ސޫރަ 2

10 Comments!

  1. Shafa says:
    April 13, 2018 at 3:14 pm

    Reethi vaane hen heevany..carry on..uhmeedhu kuran vaahaka nimendhen genesdheyne kameh..gud luck and waiting for the next part..❤???

  2. Nu Xu says:
    April 13, 2018 at 6:49 pm

    Tnkx shafa.☺☺ inshaa allah nimendhen genesdheynan..

  3. Nu Xu says:
    April 13, 2018 at 6:51 pm

    Hello guys.. Here is my 2nd stry.. Hope u guys liked it.. Mistake faahaga kolla dheythi.. ☺☺N feshun v ma kurukolly… Nxt prt dhiguvaane inshaa allah..☺☺☺????

  4. Shiman says:
    April 13, 2018 at 7:11 pm

    Wow

  5. Nu Xu says:
    April 13, 2018 at 7:42 pm

    Tnkx.. Shiman ☺

  6. Pinky shifoo says:
    April 13, 2018 at 8:12 pm

    Nice ???… V reethi vaane kamah ummeedhukuran ???… Waiting for next part… Best of luck Nu Xu???

  7. Aphro grl says:
    April 13, 2018 at 10:48 pm

    feshun v hiyhama jehey.. shaviyani sukun innanva gina thanthanugai alif sukun inkan faahagakollan.. “bappa ebahuri lasvegen” mithankolhu ehaa hiyhama eh nujehey.. lasvegen ulheyny dhw. Ummydhu kuran rangalhu kollaane kamah?..kuriyah huri episode thakah inthixaaru kuraan.

  8. lotus says:
    April 14, 2018 at 11:41 am

    salhi vaanehen heevanee… waitin

  9. Shafa says:
    April 14, 2018 at 9:51 pm

    Waiting waiting next partah??❤?

  10. Zainy says:
    April 15, 2018 at 12:51 am

    Salhi vaanahen heevanii ❤?

Comments are closed.


All Right Reserved!