Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 2

eysh Level 510 Stories100 Comments100 Login500 Comments
April 11, 2018 5 Mins Read
63 Comments

“ވަރުގަދަ ފިރެހެނެއްނު. ސީރީން ދައްތަވެސް އޭނައާއި އެހަވާލުކުރީ. މަ އެބައުޅެންތަ އޭނަ އާއި ހެދި މޮޔަވެގެން.. ރީތިވެފަ މުއްސަނދި ވީމަ ބޮޑާވެފަ އެހުންނަނީ” އެބަސްތައް ވީ ޒީވާގެ ހިތުގައެވެ.

******

އާދައިގެ މަތިން ޒީވާ ކޮލެޖަށް ދިއުމަށް ތައްޔާރުވެލައިގެން ނިކުތްއިރު ލިވާން ހުރީ ފޯނެއްގައެވެ. މަޑު ނޫކުލައަކަށްދާ ގަމީހަކާއި ގަދަ ނޫކުލައިގެ ސޯޓެއްގައި ލިވާންގެ ފިރެހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ފޯނު ކަންފަތުގައި ޖަހައިގެން އަނެއްއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލައިގެން ހުރުމުން ކޮންމެވެސް ކަމަކާއި ހާސްވެފައިހުރިކަން އެނގެއެވެ. އިރުއިރުކޮޅާ ޖީބަތް އަތްޖަހާލައި ނިތްކުރިމަތިން އަތް ހިންގާލައެވެ.

އަތުގައި އޮތް ފޯނުން ފޭސްބުކްއަށް ވަދެލަމުން ޒީވާ ކުރިއަށް ހިނގައިގަތީ ފޯނަށް ގޮސް ހުސްވެފައި ހުރެގެންނެވެ. މަޑު ހިނގުމެއްގައި ދިޔަ ޒީވާ ސިއްސައިގެން ދިޔައީ އެއްޗެއްގައި ވަރަށް ބާރަށްޖެހި ވިނަގަނޑުގެ މައްޗަށް އޭނާ ވެއްޓުމުންނެވެ. ވީތަދާއިއެކު ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު ހުޅުވާލުމާއިއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ލިވާން އޮތީ ދެލޯ ހަނިކޮށްލައިގެން އޭނައާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޒީވާ ދެލޯ ބޮޑުކޮށްލަމުން އަވަސް އަރުވާލާފައި ތެދުވަން ހަދައިގެން ގޮސް ތަތްވީ ލިވާންގެ މޭގައެވެ. އެވަގުތު ލިވާންގެ ގައިން ދުވި ލުއިލުއި ސެންޓްގެ ވަހުން ޒީވާއަށް އޭނާގެ ދެލޯ މަރާލެވުނެވެ. ލިވާންގެ ހިތުގެ ތެޅުން އިޚްސާސްވުމާއިއެކު ނޭނގޭ ފިނިކަމެއް ހިތަށް ލިބިގެން ދިޔައެވެ.

ކުއްލިއަކަށް މިހުރިހާ ކަމެއް ވުމުން ލިވާންއަށްވެސް ލިބުނު ޝޮކުގައި އޮވެވުނީ އެއްވެސް ހަރަކާތެއް ކުރަން ނޭނގިފައެވެ. ޒީވާގެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުން އައިސް ލިވާންގެ މޫނުގައި ފިރުމަމުން ދިޔުމުން ލިބުނު އަރާމާއިއެކު ލިވާންއަށް އޮވެވުނު ތަންވެސް ކުޑަވަގުތުކޮޅަކަށް ހަނދާންނެތުނު ކަހަލައެވެ. ޒީވާގެ އިސްތަށިގަނޑުން ދުވި މީރުވަހުން ލޯމަރާލައިގެން އޮވެވުނީ ބޭއިޚްތިޔާރުގައެވެ.

ލިވާންއަށް ހަމަހޭވެރިކަންވީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. އޭރު ފޯނު އޮތީ ދެތިންފޫޓް ދުރުގައެވެ. ޒީވާ ގެންގުޅުނު ފޮތްތަކާއި ކަރުދާސްތައް ވިނަގަނޑުމަތީގައި އެކިގޮތަށް ވަޔާއިއެކު ހަރަކާތްކުރަމުން ދިޔައެވެ. ލިވާންގެ ނަޒަރު ޒީވާއަށް އަމާޒުވި ވަގުތަކީ ޒީވާ ބޯހިއްލާލުމަށްފަހު ތެދުވަން މަސައްކަތް ކުރި ވަގުތެވެ. އޭރު އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. މޫނުމަތިން ވާތްފަރާތު ކޯތާފަތުގައި ތަންކޮޅެއް ރަތްވެފައި އިނެވެ.

ޒީވާގެ ސޫރަ އެހާ ކައިރިން ފެނުމުން ލިވާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ދެލޯބޮޑުކޮށްލަމުން އެބަލައިލާ ގޮތުން އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެއްވެސް މޭކަޕަކާއި ނުލައި ފެންނަލެއްވެސް ނުހަނު ހިތްގައިމެވެ. ފަން އިސްތަށިގަނޑު ވަޔާއިއެކު މޫނުމައްޗަށް ގޯނާކުރަމުން ދިޔަތަން ބަލަން ހިނދުކޮޅަކަށް ލިވާންއަށް އޮވެވުނެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު ޒީވާގެ ޖެހިލުންވުން އިތުރުވެގެން ދިޔައެވެ. ލިވާންގެ ބަލައިލުމުގައި އެހުންނަ އޮއިވަރުގައި ޖެހި ނިމިދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޒީވާ އިސްތިރިކޮށްލުމަށްފަހު ތެދުވަން މަސައްކަތްކުރިއެވެ. އޭރުވެސް ލިވާންގެ ނަޒަރު އޭނާގެ މޫނަށް އަމާޒުވެފައިވުމާއިއެކު ޒީވާ ލަދުން މަރުވާވަރުވިއެވެ.

ޒީވާ ތެދުވުމަށްފަހު އޭނާ ލައިގެން ހުރި ރަތްކުލައިގެ ލޭސް ގަމީސްކޮޅު ފޮޅާލިއެވެ. އޭނާ ލައިގެން ހުރި ކަޅުކުލައިގެ ލެގިންސްގައި ހުރި ވިނަކޮޅުތައް ފޮޅާލަމުން ފޮތްތައް ނެގުމަށް އަވަސްވެގަތެވެ. މިވީގޮތުން ގަޑިނުޖެހި ކޮލެޖަށް ދެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅޭ ޒީވާގެ ހިތަށް އެރިއެވެ.

ލިވާން ތެދުވެ އޭނާގެ ފޯނު ނަގައި ޖީބަށް ލަމުން ހިނގައިގަތީ ގަރާޖުން ކާރު ނެރުމަށެވެ. ދެންމެ ހިނގި ހާދިސާގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ހިތުގައި ވިއެވެ. އަންހެން ކުދިންނަށް އިތުބާރުކުރުން އޭނާވަނީ ހުއްޓާލާފައެވެ. އޭނާ ދެކެނީ ހުރިހާ އަންހެނުންނަކީވެސް އެއްކަހަލަ ބައެއްގެ ގޮތުގައެވެ. ޒީވާ އާއިމެދު ވިސްނުނީތީ އެކަމާއި ހިތުގެ އަޑިން ނަފްރަތުކުރަމުންގޮސް ގަރާޖުން ކާރު ނެރެ ޒީވާގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިނެވެ.

ޒީވާ ފޮތްތައް ނަގައިގެން ހިނގައިގަތް އިރު އެހުރިހާ މަންޒަރެއް ބަލަން ބެލްކަނީގައި މީހަކު ހުރިކަމެއް ނޭނގެއެވެ. ޒީވާގޮސް ގޭޓުން ބޭރަށް ނުކުތުމާއިއެކު އެމީހަކުވެސް އެތެރެއަށް ވަދެގެން ދިޔައެވެ.

ޒީވާ ގޮސް ކާރަށް އެރުމާއިއެކު ލިވާން ކާރު ދުއްވާލިއެވެ. އެހެން ދުވަސްދުވަހަށްވުރެ ބާރަށް ކާރު ދުއްވާލުމާއިއެކު ޒީވާއަށް ސިހިފައި ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.

“މީއަޅެ ކޮންކަހަލަ ފިރެހެނެއްތަ؟ މިހާރު ކޮންކަމަކާތަ ރުޅިއައިސްފައި އެއިންނަނީ؟ އޯ ގޯޑް އަނެއްކާ…..” ޒީވާގެ ހިތަށް އެރި އެއްޗަކުން އޭނާ އިނީ ސިހޭގޮތްވެފައެވެ. ލިވާން އެއުޅެނީ އޭނާ އެކްސިޑެންޓްކޮށްލާ މަރާލަން ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެއްޖެއްޔާ ލިވާންއަށްވެސް އަނިޔާ ވާނެއެވެ. ޒީވާ އަށް ކުރެވުނު މޮޔަ ހިޔާލުން ކުޑަކޮށް ހެވުނު ނަމަވެސް ލިވާންގެ ހަރުކަށިގެން ފެނި އިނީ ސިހިސިހިއެވެ.

ހިޔާލުތަކުގައި އިން ޒީވާ ސިހުނީ ލިވާންގެ ބަރު އަޑުއިވުމުންނެވެ.

“ނުފައިބަންތަ ތިއިންނަނީ؟” ލިވާން އިނީ ކުޑަކޮށް ފަހަތަށް އެނބުރި ލައިގެންނެވެ. ލިވާންގެ ފިރެހެންވަންތަ ބަރު އަޑު އެވަގުތު ޒީވާއަށް އިވުނީ ހޮނު ގުގުރީގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. ޒީވާ ބަލާލުމާއިއެކު އަނެއް ފަރާތަށް މޫނު އަނބުރާލީ ނުރުހުންވެފައި އިނދެއެވެ.

ޒީވާ އަވަސް އަވަހަށް ކާރު ފައިބަން ހަދައިގެން ކައްސާނުލީ ކިރިޔާއެވެ. އެކަމާއިވެސް އޭނާ ދިޔައީ ހިތާހިތާ ލިވާން އާއި ދިމާއަށް އެތިވަރު ގޮވަމުންނެވެ. އެއީ ހަމަ އެލިވާންގަނޑުގެ ސަބަބުން ވާ ކަންތަކޭ އޭނާގެ ހިތަށް އެރިއެވެ.

ޒީވާ ދިޔަ ދިމާއަށް ބަލަަހައްޓައިގެން އިން ލިވާން ދެއަތަށް ބޯހުރާލިއެވެ. ކިހިނެއްވެފައި ހުންނަ ކުއްޖެއް ހެއްޔެވެ. މައުސޫމް ކަމުން ފުރިގެންވާ ކުއްޖެކެވެ. ނޫނެކެވެ. އެމައުސޫމް ކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަހަލަ ސިފައެއްކަމެއް އޭނާއަކަށް ނޭނގޭނެއެވެ.

ގެއަށް އައިސް ކޮޓަރިއަށް ވަދެވުމާއިއެކު ލިވާންގެ ހިޔާލުތައް މީގެ ދެއަހަރު ކުރިއަށް ޖެހިލިއެވެ. އެއީ އޭނާ އެންމެ އުފާވި އެހެނަސް ދެރައާއި އެއްވަރަށް ރުޅިވެސް ގަދަވި ދުވަހެކެވެ. ލިވާންގެ ލޮލަށް ކަރުނަ ޖަމާވުމާއިއެކު ކަރުނަތައް ހިންދާލުމަށް މަސައްކަތްކުރިއެވެ. އިސާހިތަކު ރުޅިވެރިކަން އެމޫނުމަތިން ފެނިގެން ދިޔައެވެ. އައިރުޅިއާއިއެކު ފާރަށް ގޮށްމުށުގެ އެތިފަހަރެއް އަރައިގެން ދިޔައެވެ.

*******

ޒީވާ ކޮލެޖަށް ދިއުން ހަމައަކަށް އެޅުމުން ސީމާ އާއި އަދުހަމް ނިންމީ އެނބުރި ރަށަށް ދިއުމަށެވެ. ސީރީންގެ ދެމަފިރިން އޭނާގެ ދެލޯ ފަދައިން ލޯބިވާ ދަރިފުޅަށް ދެރައެއް ނުދޭނެ ކަމުގެ ޔަގީންކަން އެދެމަފިރިންގެ ހިތުގައި އޮތެވެ.

“ދަރިފުޅާ ޒީވާ. އައިސްބަލަ. މިތާ މަންމަ ކައިރީ އިށީނދެބަލަ” ސީމާ ޒީވާ އަށް އިޝާރާތް ކުރަމަށްފަހު ކައިރީގައި އިށީނުމަށް އެދުނެވެ. އަދި ދަރިފުޅުގެ ބޮލުގައި ލޯތްބާއި އެކު ފިރުމާލިއެވެ. އަދި ދައްކަން އުޅޭ ވާހަކައަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ފުންނޭވާއެއް ބޭރުކޮށްލިއެވެ.

“ދަރިފުޅާ.. ދަރިފުޅުވެސް މިހާރު މާލެއަށް ހޭނިއްޖެ އެންނު. މަންމަމެންނަށްވެސް އަބަދު ކަމެއް ނެތި މިހެން މާލޭގައި ނުތިބެވޭނެ. ރަށުގައި ކުރާ ވިޔަފާރިވެސް ހަމައަކަށް އަޅުވަން އެބަޖެހޭ. ދަރިފުޅުގެ ކިޔެވުން އަދި އޮތީ ކުރިޔަށް. މަންމަމެން ނެތަސް ސީރީން ދައްތަމެން ދަރިފުޅަށް ވަރަށް ހެޔޮ ވާނެ.. ދަރިފުޅާ….” ސީމާގެ ނިންމުން ހިތާ ދެކޮޅަށް ހާމަކުރީ ބަޔެއްގެ ޒިންމާގައި ދެއަތް އުރާލައިގެން ތިބުމަށް ހިތްހަމަ ނުޖެހޭތީއެވެ. އަނެއްކޮޅުން ރަށުގައި ހިންގަމުން އަންނަ ވިޔަފާރިވެސް ހަމައަކަށް އަޅުވަންޖެހިފައިވުމުންނެވެ. ޒީވާގެ މުސްތަޤުބަލަށްޓަކައި ވިޔަފާރި ކުރިއަރުވަންވެސް ޖެހެއެވެ.

ޒީވާ ކިތަންމެ ދެރަވި ނަމަވެސް އެކަން މޫނުމަތިން ނުދައްކާ ހިނިތުންވެލުމަށްފަހު މަންމަގެ އުނގުގައި ބޯއަޅާލިއެވެ. މަންމަމެން ބޭނުންވާފަދަ މީހަކަށް އޭނަ ވާނެއެވެ. އެކަމަށްޓަކައި އޭނައަށް ވެވެން އޮތް ކޮންމެ ޤުރުބާނީ އެއްވެސް ވާނެއެވެ.

********

މަންމަމެން ފުރަން ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް ޒީވާގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އޭނާ ހިތްވަރުކުރާނެއެވެ. މަންމަމެން އުފާވާފަދަ ކުއްޖަކަށް އޭނަ ވާނެއެވެ. އޭނަގެ އެހާ ހިތްވަރު ހުންނާނެއެވެ.

“ދަރިފުޅާ..ވަރަށް ބަސް އަހައިގެން އުޅޭތި އިނގޭ… ދައްތަމެން ދެރަވާ ފަދަ ކަމެއް ނުކުރާތި.. އަބަދުވެސް ދައްތަ ބުނާގޮތަށް ހަދާތި.. މަންމަމެން ނެތަސް ދައްތައަކީ ދަރިފުޅުގެ މަންމަ ކަމުގައި ބަލައިގެން އުޅޭތި..” ސީމާ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެމުން ދިޔައީ އެންމެ ފަހުގެ ވަސިއްޔަތެއް ކުރާ ފަދައިންނެވެ. ހިތާއިހިތުން ރޮމުން ކަރުނަ އަޅަމުން ދިޔަ ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތްކުރިއެވެ.

ޒީވާ އާއި ވާހަކަދެއްކުމަށްފަހު ސީރީންގެ ކައިރިއަށް ސީމާ ޖެހިލިއެވެ. އަދި ޒީވާ ރަގަޅަށް ބަލައިދިނުމަށާއި، އެދަރިފުޅަކީ އެދެމަފިރިންގެ ދެލޮލުގެ ނޫރު ކަމުގައާއި އެދެމީހުން ނެތަސް އަމިއްލަ ދަރިއަކުހެން ބަލައިދިނުމަށް އެދުނެވެ. ސީރީންވެސް އެކަން ކޮށްދޭނެކަމަށް ވައުދުވަމުން ސީމާގެ ގައިގައި ބައްދާލިއެވެ. އެކުވެރިޔާ އާއި ވަކިވާން ޖެހުމުން ނޭނގޭ ނުތަނަވަސްކަމެއް އޭނާގެ ހިތުގައި އުފެދިއްޖެއެވެ.

ޒީވާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން ފެންފޮދެއް ބޯލައިގެން އެބަ އަންނަން ކަމުގައި ބުނެ ކާގެއަށް ގޮސް ވަނެވެ. ވަގުތަކީ ލިވާންވެސް ކާގެއިން ނުކުމެގެން އައި ވަގުތު ކަމަށް ވުމާއިއެކު ޒީވާ އަށް ލިވާން ފެނުމުން ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވިއްޖެއެވެ. އެވަގުތު ލިވާންގެ އަތުގައި އޮތް ފޯނު ވެއްޓި އޭގައި ރެނދުލުމާއިއެކު ލިވާން ހުރީ ރުޅިއައިސްގެން ޒީވާއާއި ދިމާއަށް ކަޅިއަޅާލައިގެންނެވެ. މީ ވާ ވަރެއްގެ އަންހެނެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. ތަނެއްގަ މީހަކު ހުރެއްޖެއްޔާ މިހާ ބިރު ގަންނަންޖެހޭ ހެއްޔެވެ؟ ޒީވާ ހުރީ ބިރުން ރޫރޫ އަޅާ ހާލު ދެލޯ ބޮޑުކޮށްލައިގެންނެވެ.

“ވަޓް ދަ…..” ދަތްކުނޑި ވިކާލަމުން ލިވާން އޭނާގެ ބަސް ފުރިހަމަކުރުމެއް ނެތި ފޯނު ހިފައިގެން ނުކުމެގެން ދިޔައެވެ. ގުޑާލަންވެސް ނޭނގިފައި ޒީވާ ހުރީއެވެ. މަންޒަރު ބަލަން ހުރި ސީރީން އައިސް ޒީވާގެ ބޮލުގައި ފިރުމާލުމަށްފަހު އަވަސްކޮށްލައިގެން އައުމަށް އެދުނެވެ.

ޒީވާ ހުރީ ދެންމެ ވީ ކަންތަކުން ދެރަވެ ބިރު ގަނެފައެވެ. ކޮންމެ ފަހަރަކުވެސް ލިވާން އާއި ދިމާވުމުން ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ހިނގައެވެ. މިހާރު ލިވާން ހުންނާނީ އޭނަދެކެ ރުޅި އައިސްގެން ފަޅައިގެން ދާވަރުވެފައި ކަންނޭގެއެވެ. ވަގުތާއި ހާލަތުގެ ގޮތުން އިތުރު ވިސްނުމަކަށް ނުގޮސް ފެންބޮއެގެން މަންމަމެންގެ ގާތަށް ދިއުމަށް އޭނަ އަވަސްވެގަތެވެ.

“މަންމާ….” ޒީވާއަށް ކަރުނަތައް ހިފެހޭޢްޓޭގޮތް ނުވީ މަންމަ ލޯންޗަށް އަރަން ދިއުމުންނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފަންކުރުވައިފިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ މަންމަމެން ފުރައިގެން ދިޔުމަށް ހިތް ނޭދެނީއެވެ. ޒީވާ އޭނާގެ މަންމަ އާއި ބައްޕަގެ ގައިގައި ފަހު ފަހަރަށް ބައްދާލިއެވެ. ދުވަހަކުވެސް ދޫކޮށްލުމަށް ހިތް ނޭދޭފަދައަކުންނެވެ.

*********

ގެއަށް އައި ޒީވާ އަށް އެކަނިވެރިކަން އިޚްސާސް ކުރެވެން ފެށިއެވެ. އެހެން ކަމުން އެހިތައް ތަސައްލީއެއް ހޯދުމަށް މަންމައަށް ގުޅާލިއެވެ. ނަމަވެސް ފޯނަށް ނުގުޅުމުން މަންމަގެ ކޯލަކަށް އިންތިޒާރުކުރަން އޮއްވާ އޭނައަށް ނިދުނީއެވެ.

ޒީވާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު މިހާއޮތީ ދާހިއްލާ ފޯވެފައެވެ. އޭރު ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. އަވަސް އަވަހަށް ތެދުވެ ފޯނު ބަލާލީ މަންމަމެންނަށް މިހާރު ރަށަށް ދެވޭނެތީއެވެ. ނަމަވެސް ކަންތައް ބޮޑުވެ ބިރުގަންނަން ފެށީ މަންމަމެންގެ ކޯލެއް އައިސްފައި ނެތުމުންނެވެ. ޒީވާ ހާސްކަންމަތީ ހުރެ މަންމަގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ފޯނު ނިއްވާލާފައިކަމަށް ބުނުމުން ބައްޕަގެ ފޯނަށްވެސް ގުޅިއެވެ. ނަމަވެސް ލިބެނީ އެއް ޖަވާބެކެވެ.

ހާސްކަންމަތީހުރެ ޒީވާ ގުޅާލީ އޭނާގެ އެކުވެރިޔާ ލިއުޝާ އަށެވެ. ވެގެން އުޅޭގޮތެއް ބަލައިދިނުމަށްފަހު ގުޅާލާނެކަމަށް ބުނެ އެކުވެރިޔާ ފޯނު ބޭއްވުމުން ހާސްކަންމަތީ ހުރެ ގޮސް ސީރީންގާތު މަންމަމެންގެ ހަބަރެއް ވިތޯ ސުވާލުކޮށްލިއެވެ. ސީރީންވެސް ހަބަރެއް ނުވާކަމަށް ބުނަމުން ސީމާއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ހަމަލިބެނީ އެއްޖަވާބެކެވެ.

އިންތިޒާރުގެ ވަގުތުތަކަށް ނިމުމެއް އައީ ޒީވާ ފޯނު ހިފައިގެން އިންނަތާ ބައިގަޑިއިރެއް ހާއިރު ފަހުންނެވެ. އޭރު އޭނާ އިނީ ލިއުޝާގެ ކޯލެއްގެ އިންތިޒާރުގައި ފޯނު އަތަށް ލައިގެންނެވެ. ލިއުޝާގެ ކޯލާއިއެކު ފުންމައިގެން ތެދުވެވުނު އިރުވެސް ނޭނގެއެވެ. ސީރީން ވެސް އިނީ އެކުވެރިޔާގެ ޚަބަރެއް އޮޅުން ފިލުވުމަށް ކެތްމަދުވެފައެވެ.

“ހަލޯ” ޒީވާ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ފޯނު ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހާސްވެގެން ދެކޮޅަށް ހިނގަހިނގާ ހުރި ޒީވާގެ ފިޔަވަޅުތައް ހުއްޓުނީ ލިއުޝާ ދިން ހަބަރަކުންނެވެ. އެވަގުތު ދުނިޔެ އެފުއް މިފުށަށް ޖެހުނު ފަދަ އިޚްސާސެއްކުރެވިގެންދިޔައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ލޯބީގެ ރާސްތާއަކީ ކަރުނައޭ 3

Next

ލޯބިނުވިޔަސް ފިރުމާލަދީ…. 14

Next
April 11, 2018

ލޯބިނުވިޔަސް ފިރުމާލަދީ…. 14

Previews
April 11, 2018

ލޯބީގެ ރާސްތާއަކީ ކަރުނައޭ 3

63 Comments!

  1. eysh says:
    April 11, 2018 at 2:52 pm

    Hello everyone. Here is the second episode. What do u think what happend to Zeeva’s parents? Do coment ur views. And please note out my mistakes so that I can improve. ?? Next episode tmrw genesdheveytho try kuraanan. ?

  2. Axy says:
    April 11, 2018 at 2:53 pm

    Wow up kohlley dhw kiyaa laafa comment kuraanan ?

    1. eysh says:
      April 11, 2018 at 2:56 pm

      Yes Axy finally upvehje ?? ??

  3. Suney says:
    April 11, 2018 at 2:55 pm

    V nice???. But thankolheh kuru?

    1. eysh says:
      April 12, 2018 at 2:28 pm

      Thank you suney ??? asluves kurutha? Miadhuge part innaanee dhigukoh genesdheefa. ????

  4. Fai says:
    April 11, 2018 at 3:21 pm

    V V V reethi waiting for next part ✍✍✍✍✍

    1. eysh says:
      April 11, 2018 at 4:08 pm

      Thank you Fai. ??? Hopefully tmrw upkohladheynan ? varah happy vehje kiyaaleema ???

  5. Nafoo says:
    April 11, 2018 at 3:23 pm

    Masha Allah …… Varah rythi.. Varah beynun zyvaa ge parents ah v goyy balan….waiting for the next part????

    1. eysh says:
      April 11, 2018 at 4:10 pm

      Thank u Nafoo ? ? next part ga ingeyne parents ah v goiy. Keep waiting. Happy that u liked ??????

  6. Luv says:
    April 11, 2018 at 3:23 pm

    Heevany parents dhathukuri lwnch ah kameh dhimaavyhen.. n parents tooo…. v salhi mi partves.. luv it..

    1. eysh says:
      April 11, 2018 at 4:12 pm

      Thanks Luv ?? lets see dho what happns. Next part ga ingeyne. Thanks for reading ?????

  7. Afaa says:
    April 11, 2018 at 3:46 pm

    Masha allah mi part ves salhii.,.waiting for next part…???

    1. eysh says:
      April 11, 2018 at 4:13 pm

      Thank you Afaa ?? varah happy vehje kiyaaleema ? keep waiting. ?????

  8. Suney says:
    April 11, 2018 at 3:47 pm

    V nice mipart ves????. Sad abt xeeva☹️☹️☹️. Keep it up dear. Waiting for the next episode

    1. eysh says:
      April 12, 2018 at 2:30 pm

      Eysh ves meenee varah dheravefa Zeevaa ah v gothun. ? next part upkohllaafa innaanee mihaaru. ????? thank you story kiyaalaafa coment kohlleema ??

  9. Pinky shifoo says:
    April 11, 2018 at 4:15 pm

    Wow ❤️❤️❤️… Superb ???… Maasha Allah mi part vx v v v reethi ???… Maasha Allah eysh haadha molhey ???… Keep up the good work ???… V v v beynun vehje zeevaa ge parents ah veegotheh balan… Maybe kandumathyge knme vx haadhisaa eh hingee kanneynge… Heheheh… Balamaa dhw vaagotheh… ???… Curiously waiting for the next part ???… Lots of love and take care eysh ??????❤️❤️❤️???

    1. eysh says:
      April 12, 2018 at 2:49 pm

      A very sweet coment dear Pinky shifoo. ???? u r so sweet. ??Varah varah varah bodah happy vefa meenee coment kiyaaalaafa ??????today ge part in engeyne Zeeva parents ah veegoiy. Kiyaalahchey ingey ???? story ah thihaa support dheythee vvvv happy vehjje ?? lots of luv and take care ?? ? ? ? ? ?

  10. Ree? says:
    April 11, 2018 at 4:45 pm

    Cover ga eydhee stry ge main characters dho i mean zeevaa and livaan ree ah heevani zeevaa ge manma menah konmeves dherakameh veehen waiting eagerly❤??

    1. eysh says:
      April 11, 2018 at 6:08 pm

      Cover pic ga eiee story ge main characters. Imagine kohllahchey story kiyaa iru. Zeevaa and Livaan ?? lets c dho what happns. Keep waiting ??? ? ? varah happy ingey kiyaaleema ??

  11. Shiman says:
    April 11, 2018 at 4:49 pm

    Masha Allah mi part ves hama awesome.. Waiting for next part??

    1. eysh says:
      April 11, 2018 at 6:10 pm

      Thank you Shiman ?? so happy ????? Insha Allaah tmrw next part

  12. Zuhoooo says:
    April 11, 2018 at 5:04 pm

    Waiting 4 next part

    1. eysh says:
      April 11, 2018 at 6:11 pm

      Zuhoooo ?? keep waiting. Insha Allaah Ehaa ginairu inthizaaru kuraakah nujahssaanan ??????

  13. Ibsha says:
    April 11, 2018 at 5:37 pm

    Varah reethi

    1. eysh says:
      April 11, 2018 at 6:13 pm

      Thank you Ibsha ?????

  14. Shafa says:
    April 11, 2018 at 5:46 pm

    Wow..vvv reethi mi part…uhmmedhukuran konmme dhuvahaku kiyaalan libeyne kamah…and cover pic hama habeys..my fav couple..❤??gud luck and waiting waiting???

    1. eysh says:
      April 11, 2018 at 6:23 pm

      Thank u Shafa for the lovely coment ??? will try konme dhuvahaku part eh upkoh leveytho. They r my favourite couple too ???? keep waiting. Happy vehje kiyaaleema ????

  15. Maai says:
    April 11, 2018 at 5:56 pm

    Cover pic varah obi.. Story ves.. And my favourite couple cover ga iny.. Luvs.. ?

    1. eysh says:
      April 11, 2018 at 6:34 pm

      Thank u so so much Maai ?? Mine too ??? luvs ??

  16. lotus says:
    April 11, 2018 at 6:01 pm

    V nice mi part vx… waitin for the next part

    1. eysh says:
      April 11, 2018 at 6:36 pm

      Thank you so much lotus ??? keep waiting. Happy kiyaaleema ?????

  17. sheen says:
    April 11, 2018 at 6:25 pm

    Wow hama habeys ingey.. heevanee emeehun kan’duve gelleneehen.. kommes zamaanakun fenna gothah. :p

    1. eysh says:
      April 11, 2018 at 6:39 pm

      Thihen ves vedhaane hama. Lets see dho what happns. Thank you.????unmeedhu kuran kiyaalaane kamah kuriah oiythaa ves ??

  18. Aira says:
    April 11, 2018 at 6:48 pm

    I think her parents will be dead.. BTW story is awesome.. Varah curious.. Hehe.. N eysh daily upvaane tha mi story?

    1. eysh says:
      April 12, 2018 at 2:52 pm

      Thank you so much Aira ??? lets see dho what happns to them. Mihaaru innaane upkohllaafa. ????? daily koh upkohdheveytho try kuraanan thigothah support dhenyaa ??? ????

  19. Manadhoo beauty says:
    April 11, 2018 at 7:47 pm

    Alhe beauty ge life aa haadha vattharu name ekey story ah mikiyany

    1. eysh says:
      April 11, 2018 at 8:30 pm

      Asluvestha? Eysh varah happy vehje kiyaaleema. Story ves ehgoiytha Manadhoo beauty ge life aa? ? thanks for letting me kno. ?? hopekuran kiyaalaane kamah next part thah ves ????

  20. Shaa says:
    April 11, 2018 at 7:56 pm

    Alhey kihinehbaa dhw evyy???.. Haadha kiyaahiyvaa hisaabakunney thi ninmaaly… Anehbai v v kiyaahithun mihury… Ehenvegen kanneynge dhw zeevaa ge mom men dhaan ulhen feshyma evarakah hiybiru egathy… Khonmes kameh goasvaan ulheythy kaaneynge dhw… V rythi maibaives..

    1. eysh says:
      April 11, 2018 at 8:39 pm

      Vee gotheh neyngifa Eysh ves meenee. Ehisaabah hama nimmaalee ey. ?Zeevaa ge parents ah konmes kameh vehje hama gaimuves. Varah ginafaharu bodu kameh dhimaavanyaamu hih biruganna kahala gotheh veyehnu. Thanks for the interest ingey. ?? varah happy vehje coment kiyaalaafa. Tmrw ge Part in engeyne Zeevaage parents ah v goiy. Eysh mihaaru miulheny ekamaa. Keep waiting ??????

  21. Xxxx says:
    April 11, 2018 at 8:14 pm

    Woooww. V. Nice

    1. eysh says:
      April 11, 2018 at 8:41 pm

      Thanks Xxxx ????? varah happy vehje kiyaaleema. ??

  22. Ffff says:
    April 11, 2018 at 9:32 pm

    Vvv reethi

    1. eysh says:
      April 12, 2018 at 8:22 am

      Thank you so much Ffff ????? varah happy vehje kiyaaleema ?

  23. ...... says:
    April 11, 2018 at 10:13 pm

    Great.. waiting eagerly for the next part

    1. eysh says:
      April 12, 2018 at 3:07 pm

      Next part upkohllaafa innaanee ?? varah happy vehje story kamudhiyaeema ???? ?????

  24. Rish says:
    April 12, 2018 at 12:02 am

    Mi part v v v salhi

    1. eysh says:
      April 12, 2018 at 3:08 pm

      Thank u so much Rish ??? next part ves kiyaalahchey ?????

  25. Axy says:
    April 12, 2018 at 8:11 am

    haadha lahunney dhw mi Comment kohllevuney ??mee v bxy dhuvas kolhey ahenve ☺☺☺eysh v v reethi Vaahaka kuriah dhaa goy ???
    ??????next part ah v inthizaaru kurevey ???

    1. eysh says:
      April 12, 2018 at 8:26 am

      Its ok Axy dear. ?? I was actually waiting for ur coment yesterday ?Next part today Insha Allaah. Keep waiting ???? busy koh ulhemun ves story kiyaalaafa coment kohlleema varah happy vefa Eysh meenee ? today ge part thankolheh dhigukoh genesdheveytho try kuraanan ?????? luvs?

  26. Rish says:
    April 12, 2018 at 8:54 am

    V v v reethi.

    1. eysh says:
      April 12, 2018 at 3:09 pm

      Thank you Rish ??????? varah happy vehje kiyaaleema ? ???

  27. Axy says:
    April 12, 2018 at 9:41 am

    Thanks Eysh ?good luck ?

    1. eysh says:
      April 12, 2018 at 1:49 pm

      ???

  28. Naanii says:
    April 12, 2018 at 11:39 am

    Varah v reethi ❤❤❤❤. When next part?

    1. eysh says:
      April 12, 2018 at 1:39 pm

      Thank you Naanii ???? Next part today kiyaalan libeyne Insha Allaah. ???? keep waiting ?

  29. Any says:
    April 12, 2018 at 11:57 am

    Mee haadha reethi vahaka ekey?v kiyahithun mihury next part migotha konmedhuvahaku up kohlahchey lovely ??

    1. eysh says:
      April 12, 2018 at 1:47 pm

      Owh asluves Eysh varah happy vefa meenee Any love ah story ehaa kamudhiyaeema.??? Next part today kiyaalan libeyne ingey. Wait kurahchey ??? varah happy coment kiyaalaafa. Much loves ???????

  30. Rish says:
    April 12, 2018 at 1:12 pm

    Salhi

    1. eysh says:
      April 12, 2018 at 3:11 pm

      Thank u Rish ????? varah happy vehje coment kohlleema ????

  31. Anonymous2 says:
    April 12, 2018 at 1:51 pm

    Alhe v salhi. Uve bcome n inspiration to me to write stories

    1. eysh says:
      April 12, 2018 at 3:14 pm

      Eysh meenee vvvvvvv bodah happy vefa coment kiyaalaafa. ? varah happy vehje. A very sweet coment ???? unmeedhukuraanan story nimendhen kiyaalaane kamah ?????? luvs… ?????

  32. IsHa says:
    August 29, 2019 at 11:20 am

    reeeeeeeeeeethi

  33. Aika says:
    June 27, 2020 at 11:05 pm

    Maasha allah… ??

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 3←


All Right Reserved!