Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤްދީރު (30) ފަހުބައި

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
April 10, 2018 10 Mins Read
34 Comments

އޭނާ މަލްހާ ދޫކޮށްލީ ބޭނުންނުވެގެންނެވެ. ވީއިރު މިއަދު އެނިޔަނެތި އަންހެންކުއްޖާއާއި ދޭތެރޭ އެހައިވަރަށް ވިސްނެންވީ ކީއްވެހެއްޔެވެ؟ އެހިނިތުންވުން ފެނުމުން އޭމާއަށްވެސް ހިނިތުންވެވެނީ ކީއްވެހެއްޔެވެ؟ އަބަދު ޒީވާނާއި އެކުގައި މަލްހާ ހީސަމާސަކުރާތަން ބަލަންހިތް އެދެނީ ކީއްވެހެއްޔެވެ؟ ހައްތަހަިއިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

** ** **

މަލްހާގެ ކައިވެންޏަށް ވަލީ ހޯދަން ގުޅީއްސުރެ ސަލީމްގެ ސިކުނޑީގައިވީ މަލްހާގެ ޚިޔާލުތަކެވެ. އެދުވަހު ރޮއިރޮއިފައި އާބިދާ ދެއްކި ވާހަކަތައްވެސް އެސިކުނޑިން ފިލައިގެން ދާގޮތްވަނީ ނުވެފައެެވެ. އާބިދާގެ ވާހަކަ ތަކުގައި ކޮންމެވެސް ހަގީގަތެއްވާކަމަށް ޚުދު އޭނާއަށްވެސް ގަބޫލުކުރެވެންފެށިކަހަލައެވެ.

“ކިހިނެއްވެފަ ތިއިނީ؟ މަލްހާގެ ކައިވެނިކުރެވުނު ރެއިން ފެށިގެން ސަލީމް އަބަދުވެސް ކޮންމެވެސް ޚިޔާލެއްގަ ހުންނަތަން އަހަރެންނަށް ފެންނަނީ؟ ކިހިނެއްވީތަ؟ އަހަރެން ގާތުގަވެސް ބުނެބަލަ.” ފުންވިސްނުމަކަށް ގެއްލިފައިއިން ސަލީމް ގާތުގައި އިނށީދެލަމުން އާބިދާ ބުނެލީ ކަންބޮޑުވުން އެކުލެވިފައިވި ރާގަކަށެވެ. އެއާއެކު ފުންނޭވާއެއްލަމުން އެއްއަތުން މޫނުގައި ފިރުމައިލުމަށްފަހު ސަލީމް އާބިދާގެ މޫނަށް ބަލައިލިއެވެ.

“ހިނގާ މާލެދާން.” އާބިދާއާއި ނަޒަރު ސީދާކޮށްލަމު ސަލީމް ބުނެލި ޖުމުލައާއެކު އާބިދާ ހައިރާންކަމާއެކު ދެލޯބޮޑުކޮށްލިއެވެ. ” މާލެ ދާށޭ؟ ކުއްލިއަކަށް މާލެ. ކިހިނެއްވީތަ ސަލީމް؟ ބުނެބަލަ.” ހައިރާންކަމާއެކު އާބިދާ އަހައިލިއެވެ.

“އާބިދާ ބުނީ ރަނގަޅަށް. އަހަރެމެންނަށް މަލްހާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން. އެކަމަކު ދެންކުރާނެކަމެއްނެތް. ވެދިޔަތަން ވެދިޔައީ. އެކަމެއް ދެން ބަދަލެއް ނުކުރެވޭނެ. އެކަމަކު އަހަރުމެން އެބަޖެހޭ ލިވްޔާ ދެއްކި ވާހަކަތަކުގެ ދޮގު ތެދުވެސް ހޯދަން. ދެރައީ އޭރު މިހުރިހައި ކަމަކާ ނުވިސްނުނުކަން. އަހަރެމެން ޖެހޭނެ މަލްހާގެ ކިބައިން މައާފަށް އެދޭން.” ސަލީމްގެ ވާހަކަތައް ކަނުލައި އަޑުއަހަންއިން އާބިދާވެސް އެކަމާ އެއްބަސްވެ ބޯޖަހައިލިއެވެ. އެއްދަރީގެ އުފަލާއިމެދުގައި ވިސްނަން ހަދައިގެން އޭނާއަށް ދެންހުރި ކުއްޖާގެ އުފާވެރިކަން ނިގުޅައިގަނެވުނު އިރުވެސް އެކަން އިހުސާސުނުވީތީ މިއަދު އާބިދާަ ލަދުގަނެ ދެރަވެއެވެ. ނޫރާ ބުނީ ތެދެކެވެ. އޭނާއަކީ ކޮންކަހަލަ މައެއްހެއްޔެވެ؟ އެމީހެއްގެ އުފަންދަރިއަކާމެދު އެހެން ކަންތައްކެރުނަތީވެސް އާބިދާ މިއަދު އަމިއްލަ ނަފުސް ކުށްވެރިކުރެއެވެ. މަލްހާގެ މައާފު ހޯދުން އޭނާއަށް ކޮންމެހެންވެސް މަޖުބޫރެވެ. އެދިފުޅު އޭނާގެ ސަބަބުން އުފުލިވޭންވެސް އެހިތަށް ނުގެނެވޭނެކަން ގައިމެވެ. އާބިދާއަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. މަލްހާ އޭނާއަށް މައާފުކުރާނެކަމެއްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. އޭނާ މައާފަށް އެދޭނެއެވެ.

އާބިދާއާއި ސަލީމް ވާހަކަދެއްކުމަށްފަހު އެންމެ އަވަހަށް.މާލެދާ ބޯޓަކުން ދިއުމަށް ނިންމިއެވެ. އަދި ލިވްޔާއަށް ގުޅުމަށްފަހު އެޚަބަރު ދިނެވެ. ޖެހިލުންވެހުރެ ލިވްޔާ އެކަމަށް އެއްބަސްވީ އެހައިވަރުން ސިއްރުކުރަމުންދިޔަ އޭނާއާއި ރާއިދްގެ ހީނަރުވެފައިވާ ގުޅުން މަންމަމެންނަށް އިނގިދާނެތީ ކަންބޮޑުވެފައި ހުރެއެވެ. އާބިދާއަށް ލިވްޔާގެ އަޑުގައިވި ހާސްކަން ފާހަގަވި ނަމަވެސް އެކަމާ އެހައިވަރަށް އަޅައިނުލީ މާލެ ގޮސް ހަމަޖެހުމަށްފަހު ހުރިހައި ވާހަކައެއް ލިވްޔާއާއި ދެއްކުމަށް ނިންމަމުންނެވެ.

** ** **

ގޭގެ ބެލް ޖެހިއަޑަށް ހާސްވެފައިހުރެ ލިވްޔާގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ހިނިތުންވެހުރި ސަލީމާއި އާބިދާގެ މޫނަށް ބަލައިލަމުން ލިވްޔާވެސް ގަދަކަމުން ހިނިތުންވެލިއެވެ. އަަބިދާމެން އަންނަ ވާހަކަބުނީއްސުރެ ލިވްޔާ ވަނީ އޭނާއާއި ރާއިދްގެ ގުޅުން ރަނގަޅު ކުރެވޭތޯ އެތައް މަސައްކަތެއް ކޮށްފައެވެ. އެެެހެނަސް އެކަމަށް ހައްލެއް ނުލިބިގެން އުޅެނިކޮށް އެންމެފަހުން އާބިދާމެން އެއައީއެވެ. ތުންފަތުގައި ދަތްއަޅައިލަމުން އެތެރެއަށްވަނުމަށްބުނެ ލިވްޔާ އެއްފަރާތަކަށް ޖެހިލިއެވެ. ފޮށިދަމަމުން ވަތް ސަލީމްގެ ފަހަތުން އާބިދާވެސް ވަނެވެ.

“ކޮބާ ރާއިދް؟ ނޫޅެނީތަ؟” އެމީހުންގެ ފަހަތުން ކޮޓަރިއަށްވަތް ލިވްޔާކުރެ އާބިދާ އަހައިލިއެވެ. “ބޭރުގަވީ.” ލިވްޔަާ ދިނީ ކުރުޖަވާބެކެވެ. ފާޑަކަށް އާބިދާ ލިވްޔާގެ މޫނަށް ބަލައިލިއެވެ. “ދަރިފުޅު ރަނގަޅުތަ؟ ހުރިހައި ކަމެއް ރަނގަޅުތަ؟” އޯގާތެރިއަޑަކުން އާބިދާ އަހައިލުމާއެކު ލިވްޔާއަށް އިތުރަކަށް ކެތެއްނުވިއެވެ. އެހުރިހައި އިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހިގަތެވެ. އެމަންޒަރު ފެނިފައި އާބިދާއާއި ސަލީމްވެސްތިބީ ބުނާނެ އެއްޗެއްނޭނގި ގަޑުވެފައިކަހަލައެވެ. ބާރަށް ރޮއިގަންނަމުން ލިވްޔާ އައިސް އާބިދާގެ ގައިގައި ބައްދައިގަތެވެ. ކަންބޮޑުވެފައި އާބިދާ ލިވްޔާގެ ބުރަކށީގައި ލޯތްބާއެކު ފިރުމަންފެށިއެވެ. އަދި މަޑުމަޑުން ގެންގޮސް ލިވްޔާ އެނދުގައި ބައިންދައިލިއެވެ.

“ލިވީ. ކިހިނެއްވީތަ؟” ސަލީމް އައިސް ލިވްޔާއާއި ޖެހިގެން އިނށީދެ ލިވްޔާގެ ބޮލުގައި ފިރުމައިލަމުން އަހައިލިއެވެ. ނަމަވެސް ވާހަކަދެއްކޭވަރަށްވުރެ ލިވްޔާގެ ހާލު މާބޮޑެވެ. ހުއްޓުމެއްނެތި ގިސްލަގިސްލާފައި ރޮމުންދިޔައިރު އެދޮންމޫނުވަނީ އެއްކޮށް ރަތްވެފައެވެ.

“ލިވީ ބުނެބަލަ.” އާބިދާވެސް ވީގޮތެއް ލިވްޔާގެ ކިބައިން އޮޅުންފިލުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އިރުގަނޑަކު އެހެން ރޮއިމަށްފަހު ލިވްޔާ މަޑުމަޑުން ހަމައަކަށްއެޅެންފެށިއެވެ. އާބިދާއާއި ސަލީމްއާ ދެމީހުންކުރެ އެކަކުވެސް ވާހަކަނުދައްކާތިބީ ހަމަޖެހުމަށްފަހު ލިވްޔާ ވާހަކަދައްކަން ފަށާނެ އިރެއްގެ އިންތިޒާރުގައި ކަހަލައެވެ.

“މަން.. މަންމާ.. އަހަ.. އަހަރެން.. ދުވަހަކުވެސް މަންމައަކަށް ނުވާ.. ނުވާނެ. ޑޮކްޓަރު އެހެން.. އެހެން ބުނިފަހުން ރާދު.. ރާދު އަހަރެންނާ ދުރުވެއްޖެ.. ” ގިސްލަމުން އުނދަގޫކަމާއެކު ލިވްޔާ ވާހަކަދެއްކިއެެވެ. އިވުނު ވާހަކައިން ދެލޯބޮޑުވެ ހައިރާންވެފައި އާބިދާމެންނަށް ތިބެވުނީއެވެ.

“ކީކޭ؟ މަންމައަކަށް ނުވާނޭ؟” ކަންބޮޑުވެފައި އާބިދާއަށް އަހައިލެވުނެވެ. އެއާއެކު ލިވްޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ވަރަށް ބައިވަރު ޑޮކްޓަރުންނަށްވެސް ދެއްކިއްޖެ. ކޮންމެ މީހަކުވެސްދެނީ އެއްޖަވާބެއް.” އަނެއްކާވެސް ރޮއިންގަންނަމުން މާޔޫސީ ރާގަކަށް ލިވްޔާ ބުނެލިއެވެ. ބުނާނެ އެއްޗެއްވެސް އާބިދާގެ ސިކުނޑިއަކަށް ނައެވެ.

“އަހަރެންނަށް.. އަހަރެންނަށް މިވަނީ ވާންޖެހޭގޮތްކަންނޭނގެ. މިއީ އަހަރެން.. އަހަރެން ކުރި ކުށުގެ ސަޒާ. އަމިއްލަ ދޮންތަގެ ދިރިއުޅުން ހަލާކު.. ހަލާކުކޮށްލައިފަ އަހަރެން.. އަހަރެންނަކަށްވެސް އުފަލުގައެއް ނުއުޅެވުނު..” ލިވްޔާ ބުނެލި ވާހަކަތަކާއެކު އާބިދާއާއި ސަލީމްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ދެމީހުން އެކަކު އަނެއްގެ މޫނަށް ބަލައިލަމުން އެމީހުންގެ މެދުގައި ރޮވިފައި އިސްޖަހައިގެންއިން ލިވްޔާއަށް ބަލައިލިއެވެ.

“ކީކޭ ދަރިފުޅު ތިކިޔަނީ؟ ދޮންތަގެ ދިރިއުޅުން ހަލާކުކޮށްލީއޭ. މަންމައަކަށް ނުވިސްނުނު. ތަންކޮޅެއް ސާފުކޮށް މަންމައަށް ކިޔައިދީބަލަ.” ނޫންކަމަށް ހަދާފައި އާބިދާ އަހައިލިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ލިވްޔާ އާބިދާގެ މޫނަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. އަދި މަޑުމަޑުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ހަމަޖެހިލިއެވެ. އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ލިވްޔާ ވާހަކަދައްކަން ފެށިއެވެ. ރާއިދް އެންމެ ފުރަތް ފެނުނީއްސުރެ އޭނާގެ ހިތުގައި ރާއިދާއި މެދުގައި އުފެދުނު އިހުސާސުތަކުން ފެށިގެން މާލެ އައުމަށްފަހު އޭނާ ކަންތައްކުރިގޮތުގެ ވާހަކައާއި އާބިދާމެންގާތުގައި ހެދި ދޮގުތަކުގެ ވާހަކައާއި މަލްހާގެ ހަޔާތުން ރާއިދް ދުރުކޮށް އޭނާގެ އަމިއްލަ މިލްކަކަށް ރާއިދް ހެދިގޮތުގެވާހަކަތައް ލިވްޔާ ކިޔައިދީ ނިންމައިލިއިރު އާބިދާއާއި ސަލީމަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގި ގަބުއަރައިފައެވެ.

“ދަރިފުޅުގެ ތިހިތަށް ލަދުގެ ކަންފުޅެއްވެސް ނުވަދުނުތަ ތިހުރިހައިކަމެއް ކުރިއިރު؟ ރާއިދާއި މަލްހާ ދުރުކޮށްލާފަ ނުވިތާކަށް މަންމަމެންގެ ހިތުގައިވެސް މަލްހާއާމެދު ނުރުހުންތެރިކަން އުފެއްދީ؟ ޕިސްޕިސް. ކީކޭ ބުނާނީ؟ މަންމަ ހަމަ ކޮސްވެއްޖެ. އެއްފަހަރުވެސް އެއީ.ލިވްޔާގެ އެއްބަނޑު އެއްބަފާ ދައްތައޭ ހިތަށްކަށް ނުއަރާތަ؟” ދެފަރާތަށް ބޯހޫރުވަމުން އާބިދާ ހިތްހަމަނިޖެހިފައި ބުނެލިއެވެ. ސަލީމް އެއްޗެއް ނުބުނެ އިނެއްކަމަކު އެމޫނުމަތިންވެސް ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ލަދުވެތިކަމާއެކު އިސްޖެހިފައި ލިވްޔާއަށް އިނދެވުނީ އޭނާގެ އަމިއްލަ ނަފުސްގެ ދިފާއުގައި ބުނާނެ އެއްޗެއް އެސިކުނޑިއަށް ނައުމުންނެވެ. އޭނާ ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ މަލްހާމެދު އެގޮތަށް ކަންތައްކުރެވުނަތީ އޭނާ މިއަދު ދެރަވެ ލަދުގަނެއެވެ. ހަޔާތުގައި އަންހެނަކަށް ލިބޭނެ އެންމެބޮޑު އުފަލުން މިއަދު އޭނާ މަހުރޫމުވެފައިއެވަނީ އެއްވެސް ކުށެއްނެތި މަލްހާއަށް ދެވުނު ދެރައިންކަމަށް ލިވްޔާ ގަބޫލުކުރެއެވެ.

“ލިވްޔާގެ ސަބަބުން މަންމައަށް މަލްހާއާ ދޭތެރޭ ހާދަހައި ގޯސްކޮށޭ ކަންތައްކުރެވުނީ. މަންމަ ދެން މަލްހާއާ ކުރިމަތިލާނީވެސް ކިހިނެއް؟ އެދަރި ހާދަ ހިތާމައެއްކުރާނޭ.” މަލްހާއާމެދު ކަންތައްކުރެވުނުގޮތް ހިތަށްއަރައި އަަބިދާއަށް ރޮވުނެވެ. އެއްވެސް ކުށެއްނެތި އޭނާއަށް މަލްހާގެ ހިތުގައި ހާދަހައި ވަރަކަށް ޖެއްސިއްޖެއެވެ.

“މަންމާ. ހެޔޮނުވާނެ.. އަހަރެންނަށް. މިއަދު އަހަރެންގެ ކުށް އިހުސާސުވެއްޖޭ. އަހަ.. އަހަރެންނަށް މައާފުކުރޭ.” ގިސްލެވިފައި ލިވްޔާ ބުނެލިގޮތުން އާބިދާވެސް ދެރަވިއެވެ. އެހެނަސް މިފަހަރު އެހައިފަސޭހައިން ލިވްޔާއަަށް މައާފުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. ލިވްޔާ އެކުރީ ކުޑަކުށެއް ނޫންވިއްޔާއެވެ.

“ލިވްޔާ މައާފަށް އެދެންވީ އަހަރެންގެ ކިބައަކުންނޫން. މަލްހާގެ ކިބައިން. މަލްހާ ލިވްޔާއަށް މައާފުކުރި ދުވަހަކުން އަހަރެންވެސް ލިވްޔާއަަށް މައާފުކުރާނަން.” ހަރުކަށި ރާގަކަށް އެހެންބުނެލުމަށްފަހު އާބިދާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ދެލޯމަރައިލަމުން ލިވްޔާއަށް އިސްޖަހައިލެވުނެވެ. މަލްހާ އޭނާއަށް މައާފުކުރާނެބާވައެވެ؟

** ** **

ބަގީޗާގައި ޔާނިކާއި ޒީވާން ކުޅެމުންދިޔަތަން ބަލަން މަލްހާ އިނީ ހިނިތުންވެފައެވެ. ޔާނިކްގެ ކޮންމެ ހަރަކާތެއް ފަރުވާތެރިަކމާއެކުގައި ބަލަމުން މަލްހާ ދިޔައީ އެއްވެސް ފޫހިކަމެއްނެތިއެވެ. ޔާނިކްއަށްޓަކައި ހިތުގައި އުފެދުނު އިހުސާސުތައް ބަންޑުންކޮށްލާނެގޮތެއް މަލްހާއަކަށް ނުވިސްނުނެވެ. ކޮންމެ ފަހަރަކުވެސް ހިތްވަރުކޮށްފައި ބުނަން އުޅުނު ނަމަވެސް ޔާނިކް ކުރިމައްޗަށް އެރުމާއެކު އހިތްވަރުނެތިދަނީ ކީއްވެކަމެއް މަލްހާއަކަށް ނުވިސްނުނެވެ.

އެތައްދުވަހެއްގެ ހިތާމަތަކަށްފަހު މިއަދު އަލުން ހިނިތުންވާން މަލްހާއަށް ދަސްވިއެއްކަަމަކު އެދުވަސްތައްމަތިން މަލްހާ ހަނދާނެއް ނުނެތެއެވެ. އޭގެފަހުން އާބިދާއާއި ސަލީމްގެ ޚަބަރެއްނުވާތީ މަލްހާގެ ހިތުގައި ޝަކުވާއުފެދިފައިވިއެއްކަމަކު އެހުރިހައިކަމެއް ހިންދައިލަމުން މަލްހާ ދިރިއުޅުމާއިގެން ކުރިއަށްދާން ބޭނުންވެެެއެވެ.

ޔާނިކްގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމާއި ލޯބީގެ ސަބަބުން މަލްހާއަށް އައު ހިތްވަރެއް ލިބުނެވެ. އޭނާއަށްޖެހޭ ކޮންމެ ކަމެއްގައިވެސް ޔާނިކް ބައިވެރިވާނެކަމާއިމެދަކު މަލްހާ ޝައްކެތްނުކުރެއެވެ. އެހައިވެސް ބޮޑަށް ޔާނިކް އޭނާދެކެ ލޯބިވާކަން މަލްހާއަށް އިނގެއެެެވެ. ސަކަރާތްޖަހަމުން ޔާނިކްއާ އެކުގައި ޒީވާން އައުމުން ލޯތްބާއެކު ޒީވާން އުރައިލަމުން މަލްހާ ގެއާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ހިނިތުންވެހުރެ ޔާނިކްވެސް ހިނގައިގތީ ދުވެދުވެ ހަށިގަނޑު ވަރުބަލިވެފައިވީވަރުން އަރާމުކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ.

** ** **

އާބިދާ އާއި ސަލީމް ރަނގަޅަށް ލިވްޔާއާއި ވާހަކަ ނުދައްކާތާ މިހާރު ތިންދުވަސްވަނީއެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ފިޔަވައި އިތުރު ވާހަކައެއް ދެމީހުންކުރެ އެކަކުވެސް ލިވްޔާއަކާ ނުދައްކައެވެ. އެހުރިހައި ކަމަކާ ވިސްނާވިސްނާ ލިވްޔާގެ ސިކުނޑިވަނީ ވަރުބަލިވެފައެވެ.

ލޯގަނޑު ކުރިމަތީހުރެ ރީތިވަމުންެދިޔަ ރާއިދާއި ދިމާއަށް ހިމޭންކަމާއެކު ބަލަހައްޓައިގެން ލިވްޔާ އިނެވެ. އެންމެފަހު ކަމަކަށް ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ކާރު ތަޅުދަނޑި ނަގަމުން ރާއިދް ހިނގައިގަތުމާއެކު ލިވްޔާއަކަށް ހިމޭނަކުން ނުއިނދެވުނެވެ.

“ރާދު. ކޮންތާކަށް؟” ވަރަށް ހިތްވަރުކޮށްފައި ލިވްޔާ އަހައިލިއެވެ. “މަލް. މަލް ގާތަށް.” އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު ރާއިދް ބުނެލިއެވެ. “އަހަރެންވެސް.. އަހަރެންވެސް ދާނަން. ދޮންތަ ގާތަށް.” ރޮވިފައި ލިވްޔާ އެހެން ބުނެލުމާއެކު އެނބުރި ލިވްޔާގެ މޫ ނަށް ރާއިދް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“އަހަރުމެން ދޮންތައާމެދު ކަންތައްކުރީކީ ރަނގަޅަކަށްނޫން. އެކަމުގެ ހިތި މިހާރު އަހަރުމެެންނަށް މިފެންނަނީ. އަހަރެން ބޭނުން ދޮންތަ ގާތުން މައާފަށް އެދެން.” އިސްޖަހައިގެންއިނދެ ދެއަތްދެއަތާ މޮޑެމުން މަޑުމައިތިރި ރާގަކަށް ލިވްޔާ ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ބޯޖަހައިލަމުން ރާއިދް ހިނގައިގަތުމާއެކު ފަހަތުން ލިވްޔާވެސް ހިނގައިގަތެވެ.

“އަހަރެން އަންނާނަން. މަންމަމެންނަށް ގޮވާފަ. މަންމަމެންވެސް އެތިބީ ދޮންތަ ގާތުން މައާފަށްއެދެން ބޭނުންވެފަ.” މިފަހަރުވެސް ލިވްޔާގެ ވާހަކައަށް ރާއިދް ހަމައެކަނި ބޯޖަހައިލީއެވެ. އިރުކޮޅެއްފަހުން ހާސްވެފައިތިބެ ލިވްޔާގެ ފަހަތުން އެތަނަށްއައިސް އާބިދާއި ސަލީމްވެސް މަޑުކޮށްލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ވާހަކަދެއްކުމެއްނެތި ރާއިދް ގޭގެދޮރު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހިތްއަވަސްވެފައިތިބެ ލިވްޔާއާއި އާބިދާއާއި ސަލީމްވެސް ހިނގައިގަތެވެ.

** ** **

ކޮޓަރީ ދޮރުގައި ޓަކިޖަހާއަޑަށް މަލްހާގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައިހުރި ފާއިޒާ ފެނުމުން މަލްހާ ހިނިތުންވެލިއެވެ. “މަންމާ ކަމަކުތޯ؟” އަދަބުވެރިކަމާއެކު މަލްހާ އެހެން އަހައިލަމުން ހިނިތުންވެލަމުން ފާއިޒާ ބޯޖަހައިލިއެވެ. “ދަރިފުޅު ހޯދަން ބައަކު އައިސް އެބަތިބި. އާދެބަލަ ނިކަން އަވަހަށް.” ފާއިޒާގެ ވާހަކައާއެކު މަލްހާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އޭނާ ހޯދަން އަންނާނީ ކޮންބާއޭ ހިތަށް އަރުވަމުން މަލްހާ މިދަނީކަމަށްބުނެ އެތެރެއަށް ވަނެވެ.

ޒީވާން އުނގުމަތީގައި ބައިންދައިގެން ޓީވީ ބަލަންއިން ޔާނިކްއަށްވެސް ފާއިޒާދެއްކި ވާހަކަތައް އިވުނެވެ. އެހެންކަމުން އިންތަނުން ތެދުވެ ގަޔަށް ޓީޝަރޓެއް މަހައިލަމުން ޓީވީ ނިއްވައިލުމަށްފަހު ޒީވާން އުރައިލަމުން މަލްހާގެ ފަހަތުން ބޭރަށް ނުކުންނަން ހިނގައިގަތެެވެ.

ދެމީހުން އެކުގައި އައިސް ސިޓިންގްރޫމަށް ވަދެވުމާއެކު މަލްހާގެ ފައިގައި ކަސްތޯޅު އެޅުނުކަހަލައެވެ. ދެލޯބޮޑުކޮށްލަމުން އެހުރިތަނުގައި މަލްހާއަށް މަޑުޖެހކލެވުނެވެ. ސޯފާގައި އިނީދެތިބި ކޮންމެ މީހެއްގެ މޫނަށް ވެސް މަލްހާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. މަލްހާ ގާތުގައިހުރި ޔާނިކްއަށްވެސްވީ މަލްހާއަށްވީފަދަ ގޮތެކެވެ. ހައިރާންކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން މަލްހާއާއި ދިމާއަށް ޔާނިކް ބަލައިލިއެވެ.

“ދަރިފުޅާ.” ހިތްދަތިވެފައިއިން އާބިދާއަކަށް ކެތެއްނުވިއެވެ. އިންތަނުން ތެދުވެ ރޮވިފައި މަލްހާއާއި ދިމާއަށް ހިނގައިގަތެވެ. އިސްޖަހައިގެން އަތުގެ އިނގިލިތަކާ ކުޅެންހުރި މަލްހާ އާބިދާގެ އަޑަށް އިސްއުފުލައިލައި ބަލައިލީ ގަބޫލުނުކުރެވިފައިހުރެއެވެ. އެހައި ދުވަސްފަހުން އާބިދާގެ ދުލުން އޭނާއާއި ދިމާއަށް ދަރިފުޅާއޭ ކިޔައި ގޮވައިލިއަަޑު އިވުމުން މަލްހާގެ ގައިން ހީބިނަގައިގެން ދިޔައެވެ.

އާބިދާ އައިސް މަލްހާގެ ގައިގައި އޮޅުލައިގަތްއިރުވެސް ހުއްޓުން އަރައިފައި މަލްހާއަށް ހުރެވުނީ ހިނގަމުންދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ. “މަގޭ ދަރި. މަންމައަށް މައާފުކޮށްދީ ދަރިފުޅާ. މައާފުކޮށްދީ.” ގިސްލައިރޮމުން އާބިދާ އާދޭހާއެކު ބުނަމުންދިޔައީ މަލްހާގެ މޫނުގައި ފިރުމަމުންނެވެ. އޭރު މަލްހާގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނަފައިބަމުންދިޔައެވެ. އެތައްދުވަހެއްގެ އިންތިޒާރަށްފަހު އެންމެފަހުން އާބިދާއަށް އޭނާގެ ކުށެއްނެތްކަން އިނގުނުކަން އިހުސާސުވުމުން މަލްހާގެ ހިތަށް ހަމަޖެހުންލިބިގެންދިޔައެވެ.

“ދަރިފުޅާ. މަންމައަށް މައާފެއް ނުކުރާނަންތަ؟” ހިތުޖެހުފައި ކަރުނަވީ ދެލޮލުން މަލްހާގެ މޫނަށް ބަލައިލަމުން އާބިދާ އަހައިލިއެވެ. “ނޫން. އަހަރެންގެ ހިތުގައި އެއްވެސް މީހަކާމެދު އެއްވެސް ބުރަކަމެއްނެތް. އަހަރެން.. އަހަރެން އުފާކުރަން މަންމައާ ބައްޕައަށް ވިސްނުނީތީ. އަހަރެން މަންމައާ ބައްޕައަށްވެސް މައާފުކޮށްފިން. އަހަރެމެންގެ ދީނުގަ މައިންބަފައިންނަށް ދެއްވައިފައި މަތިވެރި މަގާމް ފަހަރެއްގައިވެސް އަހަރެން ހަނދާނެއް ނުނެތޭނެ. އެއަށްވުރެ ބޮޑަށް މިއަދު ﷲ އިރާދަފުޅުން އަހަރެން އަހަރެންގެ ދީނާ ގާތް. މަންމަމެން ދެރަނުވޭ. އަހަރެން މައާފުކޮށްފިން.” ލޯތްބާއެކު އާބިދާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެދެމުން މަލްހާ ބުނެލިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ސަލީމްވެސް މަލްހާގެ ގައިގައި ބައްދައިލީ ލޯތްބާއެކުއެވެ.

“ބައްޕައަށް އިނގޭ ބައްޕަމެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މިއަދު އެގޮތަށް ކަންތައްކުރެވުނީތީ ބައްޕަ ދެރަވެ ލަދުގަނޭ. އެކަމަކު ދަރިފުޅާމެދު ބައްޕަ ފަޚުރުވެރިވޭ. ތިފަދަ ހިތްތިރި ހެޔޮވިސްނޭ ދަރިއެއް ދެއްވީތީ މިއަދު ބައްޕަ ﷲ އަށް ޙަމްދުކުރަން.” ލޯތްބާއެކު މަލްހާގެ ނިތުގައި ބޮސްދެމުން ސަލީމް ބުނެލިއެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ދޮށީ ދަރިފުޅާއި ބައްދަލުވުމުން އެހިތްވެސް އުފަލުން ނަށަމުންދިޔައެވެ. ދެންދުވަހަކުވެސް އެމީހުންގެ ސަބަބުން މަލްހާގެ ލޮލުން އެންމެ ކަރުނަތިއްކެތްވެސް ވެއްޓުނަ ނުދިނުމަށް އެވަގުތު ސަލީމް އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.

އެދެމީހުންގެ ފަހަތުގައި މަޑުކޮށްލައިގެންހުރި ރާއިދް ކަރުކެހިލުމުން އާބިދާއާއި ސަލީމް އެނބުރި ފަހަތަށް ބަލައިލިއެވެ. މަލްހާވެެސް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ރާއިދާއި ދިމާއަށް ބަލައިލިއެވެ . ނުތަނަވަސްވެފައި ރާއިދް އެއްފަހަރު މަލްހާއަށް އަނެއްފަހަރު ޔާނިކްއަށް ބަލަމުންދިޔަގޮތުން މަލްހާވެސް އެނބުރި ޔާނިކްގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ފާޅުވަމުންދިޔަ ހަރުކަށިކަންފެނި މަލްހާގެ ހިތް ތެޅިލިއެވެ.

“މަލް. އަހަރެން. އަހަރެން ވަރަށް ދުވަސްވެއްޖެ މަލްއާ ވާހަކަދައްކައިލަން ބޭނުންވެފަ ހުންނަތާ. އަހަރެމެންނަށް ވަކިން ވާހަކަދައްކައިލެވިދާނެތަ؟” ހިސާބަކަށް ޖެހިލުންވެހުރެ ރާއިދް އަހައިލިއެވެ. “ނޫން. ރާއިދް ބުނަން ބޭނުންވާއެއްޗެއް މިތާނގަ ބުނޭ. މިތަނުގަ ނެތް އަހަރެން އެއްވެސްކަމެއް ސިއްރުކުރަންޖެހޭވަރުގެ މީހެއް.” ސާބިތުކަމާއެކު މަލްހާ ޖަވާބުދިންގޮތުން ރާއިދްގެ އިތުރުން ޔާނިކްވެސް ހައިރާންވިއެވެ.

އިރުކޮޅަކު މަލްހާގެ މޫނަށް ބަލަން ރާއިދްއަށް ހުރެވުނެވެ. އެއަށްފަހު ފުންނޭވައެއްލަމުން ވާހަކަދައްކަން ފެށިއެވެ. “އަހަރެންނަށް މައާފެއް ނުކުރާނަންތަ؟” މާޔޫސީ ރާގަކަށް ރާއިދް އަހައިލިއެވެ. “އަހަރެންމީ ކުރީގެ މަލްހާނަމަ އަހަރެން ދުވަހަކުވެސް ރާއިދްއަށް މައާފު ނުކުރީސް. އެކަމަކު ﷲ ގެ އިރާދަފުޅުން އަހަރެންނަށް ލިބުނު ފިރިމީހާގެ ސަބަބުން އަހަރެން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ. އަހަރެން ﷲ އަށްޓަކައި މައާފު ނުކުރާނެ އެކަކުވެސް ނުހުންނާނެ. އެކަމަކު.. އެކަމަކު ރާއިދް އަަހަރެންާ ދޭތެރޭ ކަންތައްކުރި އިހާނެތިގޮތެއް ދުވަހަކުވެސް މިހިތަކުން ނުފިލާނެ.” ޔާނިކްއަށް ބަލައިލަމުން މަލްހާ ބުނެލި ކޮންމެ ޖުމުލައަކާއެކު ޔާނިކްގެ ހިތް މަލްހާއަށްޓަކައި ފަޚުރުވެރިކަމުން ފުރިގެންދިޔައެވެ.

“ތިހެން ނުބުނޭ މަލް. އަހަރެންނަށް އޭރު ނުވިސްނުނީ. ޕްލީޒް މަލް. އަހަރެން މަލް ބޭނުން. ޔާނިކް ގާތުން ވަރިވެގެެން އަހަރެން ގާތަށް އެނބުރި އަންނަންވީނު. މަލް ލޯބިވަނީވެސް އަހަރެންދެެެކެއެއްނު. ޕްލީޒް. މަލް.” ރާއިދްގެ ޖުމުލަތަކާއެކު އެތަނުގައި ހީވީ ބޮމެއް ގޮއްވައިލިހެންނެވެ. ދެލޯބޮޑުވެ ހައިރާންވެފައި އެންމެ ތިބިއިރު ހައިރާންވީވަރުން ލިވްޔާއަށްވެސް އިންތަނުން ތެދުވެވުނެވެ. އޭރު މަލްހާގެ ފަހަތުގައިހުރި ޔާނިކްގެ ދެބުމަވަނީ ގޮށްޖެހި އަތްމުށްކެވިފައެެވެ. މަލްހާގެ ޖަވާބަކަށް އެންމެން އިންތިޒާރުކުރާފަދައެވެ.

އިވުނު ވާހަކަތައް ޚުދު މަލްހާއަށްވެސް ގަބޫލެއް ނުކުރެވުނެވެ. ހައިރާންކަން ފާޅުވަމުންދިޔަ އެމޫނުމަތިން ކުއްލިއަކަށް ނުރުހުންވުން ފާޅުވާންފެށިއެވެ. “ހެހެ. ޔެސް ރާދު. އަހަރެން އެއްދުވަސްވަރެއްގަ ރާދުދެކެ ވަރަށް ލޯބިވިން. ވަރަށް ބޮޑަށް. އެކަމަކު އޭރު ރާދުއަށް އަހަރެންގެ ލޯތްބެއް މުހިއްމެްއްނުވި. އަހަރެންވީ ލޯބީގެ އެއްވެސް އަގެއްނެތް. ތިދިރިއުޅުމުން އަހަރެންނާ އަހަރެންގެ ދަރިފުޅު ނެރެއެއްލައިލީ. މިއަދު އަހަރެންގެ ހިތުގައި ރާދުއާ ދޭތެރޭ އެފަދަ އެއްވެސް އިހުސާސެއްނެތް. އަހަރެން.. އަހަރެން ލޯތްބެއްނުވޭ ރާދު ދެކެއެއް. އެނބުރި ތިދިރިއުޅުމަށް ދުވަހެއްގެ ކޮޅުންވެސް ދާކަށް އަހަރެންނެތިން. ރާދުއަށްވެސް މާރަނގަޅުވާނެ ލިވީއާއެއްކޮށް އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްކުރުން.ލިވީ ނުލާހިކު ލޯބިވޭ ރާދުދެކެ.” ދުރުގައި އިސްޖެހިފައިހުރި ލިވްޔާއަށް ބަލައިލަމުން މަލްހާ ބުނެލިއެވެ.

މަލްހާގެ ވާހަކަތަކުން ރާއިދްގެ ހިތް ފިސްފިސްވަމުން ދިޔައިރު ޔާނިކްގެ ހިތް އުފަލުން ނަށަމުންދިޔައެވެ. “ނޫން މަލް. ތިހެން ނުބުނޭ. ޕްލީޒް. ލިވްޔާ އެއީ ދަރިންވެސް ނުލިބޭ އަންހެނެއް. އެފަދަ މީހެއް އަހަރެން ބޭނުމެއްނޫން. މިއަދު އަހަރެންނަށް އިހުސާސުވެއްޖެ އަހަރެންގެއަތުން ބީވެގެންދިޔައީ ކިހައި އަގުބޮޑު ޖަވާހިރެއްކަން. މަލް ޕްލީޒް ޒީވާނާއި މެދުގައި ވިސްނައިލަބަލަ. އޭނަވެސް ކިހައި އުފާވާނެ އޭނާގެ މަންމައާ ބައްޕަާއެކު އުޅެން. ޕްްލީޒް މަލް ކަމް ބެކް ޓް މީ.” އާދޭހާއެކު ރާއިދް މަސައްކަތްކުރަމުން ދިޔައީ މަލްހާއަށް ވިސްނައިދެވޭތޯއެވެ.

“ޒީވާނަށް ބައްޕައެއްގެ ލޯތްބާއި އަޅައިލުން ބޭނުންވި ދުވަހު ރާދު ކޮބާ؟ އޭރު ޒީވާންދެެެކެ ނުވި ލޯތްބެއް މިހާރު ތިވަނީ ލިވީ މަންމައަކަށް ނުވާނެކަން އިހުސާސުވީމަތަ؟ އެއީ ލިވީގެ ކުށެއްނޫން. ﷲ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އެނިޢުމަތް ދެއްވަވަނީ. ޒީވާނަށް ބައްޕަގެ ލޯބި ބޭނުންވިދުވަހު ރާދު އޭނަވެސް ދޫކޮށްލީ . އެދުވަހުން ފެށިގެން ޒީވާނަށް ބައްޕައެއްގެ ލޯތްބާއި އަޅައިލުމާއި ރައްކާތެރިކަންދިނީ ޔާނިކް. އެފަދަ ފިރިހެނަކު މަދުވާނެ. އެއްފަހަރުވެސް އެއީ ޔާނިކްގެ އަމިއްލަ ދަރިއެއްނޫނޭ ބުނާކަށް ބަލައިލާ މީހަކަށް ނޭނގޭނެ. އެހައިވެސް ޔާން ލޯބިވޭ ޒީވާންދެކެ. މިއަދު ރާދު ނެތަސް ޒީވާނަށް އެލޯތްބެއް އުންޏެއްނުވާނެ އިންޝާ ﷲ. އެއަށްވުރެ ރަނގަޅު ބައްޕައެއް ޒީވާނަށް ލިބިފައެހުރީ. އެކަމަކު ރާއިދް ބޭނުންވަންޏާ އަބަދުވެސް ޒީވާނާއި ބައްދަލުކުރެވޭނެ. އެކަމަކަށް އަހަރެން ދުވަހަކުވެސް ހުރަހެއް ނުއަޅާނަން.” މަޑުމައިތިރިކަމާއެކު މަލްހާ ބުނެލިއެވެ.

“އެކަމަކު މަލް. ޔޫ ޑޯންޓް އީވަން ލަވް ހިމް. ޔާނިކްދެކެ މަލް ލޯބިނުވާއިރު ކިހިނެއް އޭނައާއެކު މުޅި އުމުރު ވޭތިކުރާނީ؟ ޕްލީޒް އަހަރެންނަށް އެއްފުރުސަތުދީބަލަ. ހެޔޮނުވާނެ މަލް.” އަނެއްކާވެސް އާދޭހާއެކު ރާއިދް ބުނެލިއެވެ.

“ކާކުތަ ރާއިދް ގާތުބުނީ އަހަރެން ޔާންދެކެ ލޯބިނުވެއޭ؟” ރާއިދްގެ ވާހަކަތައްހުރިގޮތުން ހިތްހަމަނުޖެހިފައި މަލްހާ އަހައިލިއެވެ. މަލްހާގެ އެސުވާލުން ޔާނިކްގެ ހިތްތެޅިގަތެެވެ. ރާއިދްއަށްވެސް ނިތަށް ރޫއަރުވައިލަމުން މަލްހާއާއި ދިމާއަށް ބަލައިލެވުނެވެ. “ތިބުނީ؟” ރާއިދްއަށް އަހައިލެވުނީ ނުތަނަވަސްވެފައި ހުރެއެވެ.

“އަހަރެން ލޯބިވޭ ޔާންދެކެ. ވަރަށް ބޮޑަށް ލޯބިވޭ. މިހިތުން އިތުރު އެހެން މީހަކށް ޖާގައެއްނުދެވޭވަރަށް ލޯބިވޭ. ޔާންގެ އެކެތްތެރިކަމާއި އަހަރެންނަށްދިން ލޯތްބާއި އަޅައިލުން މިއަދު އަހަރެންގެ ހިތް ފަތަހަކޮށްފި.” ފުންނޭވާއެއްލަމުން ޔާނިކްއާ ދިމާއަށް އެނބުރިލުމަށްފަހު
ވަރަށް ހިތްވަރުކޮށްފައި މަލްހާ އޭނާގެ ހިތުގެ ހާލު ބަޔާންކޮށްލިއެވެ. އޭރު އެދޮންކޯތާފަތަށްވަނީ ލަދުވެތިކަމުގެ ރަތްކުލަ ވެރިވެފައެވެ. ހައިރާންވެފައި މަލްހާގެ މޫނަށް ބަލަންހުރި ޔާނިކްގެ މޫނުމައްޗަށް ވަގުތުން އުފާވެރިކަން ވެރިވިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ހުރިހައިދުވަހަކު އޭނާކުރި ދިގުއިންތިޒާރަށް ނިމުން އައީއެވެ. މިއަދު މަލްހާގެ ހިތުން އޭނާއަށް ޖާގައެއް ލިބުނުކަން އިނގުމުން ޔާނިކްއަށް ޙަމްދުކޮށްލެވުނެވެ. އުފަލުންގޮސް މަލްހާ އުރައިލާން ބޭނުންވިއެވެ. ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މަލްހާގެ ގާތަށް ޖެހިލައި އެނިތުގައި ބޮސްދިނުން ފިޔަވައި އިތުރުކަމެއް ޔާނިކް ނުކުރެއެވެ. ޔާނިކްގެ މިހަރަކާތުން ހިތްހަމަޖެހިފައިހުރެ މަލްހާ އެނބުރި ރާއިދްގެ މޫނަށް ބަލައިލިއެވެ. އިސްޖެހިފައހުރި ރާއިދަށް ބަލައިލަމުން އޭނާގެ ފަހަތުގައި ރޮވިފައިހުރި ލިވްޔާއާއި ދިމާއަށް މަލްހާ ހިނގައިގަތެވެ.

“ލިވީ.” އޯގާތެރިއަޑަކުން މަލްހާ ގޮވައިލިއެވެ. “ދޮން. ދޮންތާ.. އަހަރެންނަށް މައާފުކުރޭ. ހެޔޮނުވާނެ. އަހަރެންނަށް އަހަރެންގެ ކުށް އިހުސާސުވެއްޖެ. ލޯބީގެ އަވައިގައި ޖެހިގެނ ދޮންތައަށް ދެވުނު ހިތާމަ އިހުސާސުވެއްޖެ. ހެޔޮނުވާނެ އަހަރެންނަށް މައާފުކޮށްދީ.” މަލްހާގެ ފައިބުޑަށް ވެއްޓިގަންނަމުން ލިވްޔާ ގިސްލަމުން ދެއަތްޖޯޑުކޮށް އާދޭސްކުރަންފެށީ އެހިތަށް ކޮށްފައިވާ އަސަރެއްގެ ސަބަބުންނެވެ.

“ލިވީ. އިޓްސް އޯކޭ. ދޮންތަ އުފާކުރަން ލިވީއަށް ހެޔޮވިސްނުން ލިބުނީތީ. ވީކަމެއް ވެދިޔައީ. ދެން އެކަންތައް ހަނދާން ނައްތައިލާ. ވީ ކާންޓް ޗޭންޖް އިޓް. ދޮންތަ ލިވީއަށްވެސް މައާފުމިކުރަނީ ތެދުހިތުން.” ލިވްޔާ ނަގައި ލޯބިން ބައްދައިލަމުން މަލްހާ ބުނެލިއެވެ. “ކީއްވެ؟ އަހަރެންކުރީ މައާފު ހައްގުވާވަރު ކުށެއްނޫން.” ގިސްލެވިފައި ލިވްޔާ ބުނެލިއެވެ. “ﷲ އެކަލާނގެ އަޅާކުރާ ކުށްތަކަށް އަފޫކޮށްދެއްވާއިރު އަހަރެންމީ ކާކު އެހެންމީހުނަށްކުރެވޭ ކުށްތަކަށް މައާފުނުކުރަން؟” ޝަހާދަތް އިނގިލިން މައްޗަށް އިޝާރާތް ކޮށްލަމުން މަލްހާ ހިނިތުންވެފައި ބުނެލިއެވެ. އެސުވާލަށްދޭނެ ޖަވާބެއް ލިވްޔާއަކަށް ނުއެނގުނެވެ. ރޮއިގަންނަމުން މަލްހާގެ ގައިގައި ބާރަށް ބައްދައިގަތެވެ.

“ދޮންތަ ލިވީއަށްޓަކައި ހެޔޮ ދުޢާކޮށްދޭނަން. ﷲ އިރާދަފުޅުން ލިވީ އަދި މަންމައަކަށްވާނެ. އަދިވެސް ވަގުތު އެބައޮތް. ތިއުޅުން ދޫކޮށްލާފަ އެނބުރި ﷲ ގެ ހަޟްރަތަށް ރުޖޫޢަވޭ. ޓާރްން ޓް ހިމް ލިވީ ބިފޯރ އިޓްސް ޓޫ ލޭޓް. ދޮންތަ ތެދެއް ބުނަންތަ؟ މިއަދު ދޮންތަ އުފާކުރަން އެގޮތަށް ކަންތައްވިކަމަށްޓަކައި. އެދުވަހު އެހެން ކަންތައް ނުވިނަމަ މިއަސު ދޮންތައަށް ޔާންއެއް ނުލިބުނީސް. ހެހެ. އެހެންވެ ބުނަނީ ﷲ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަނީ އެންމެ ރަނގަޅަކަށޭ. އެހެއްނު.” ލޯތްބާއެކު މަލްހާ ލިވްޔާއަށް ވިސްނައިދެމުންދިޔައިރު އެތަނުގައިތިތި ހުރިހައި އެންމެން ކަރުނަވީ ދެލޮލުން ހިނިތުންވެފައި އެމަންޒަލަން ތިއްބެވެ. ރާއިދްގެ އިސްޖެހިގެން ދިޔައިރު ޔާނިކް މަލްހާއަށް ބަލަމުންދިޔައީ މަލްހާއާއި މެދުގައި ފަޚުރުވެރިވެފައިހުރެއެވެ. އިރުކޮޅަކު އެހެން ހުރެފައި ޔާނިކް ފާއިޒާއަތަށް ޒީވާން ދެމުން މަލްހާއާއި ދިމާއަށް ހިނގައިގަތެވެ. އަދި އެހިސާބަށް ހުއްޓެމުން މަލްހާގެ ކޮނޑުގައި ހިފައި ގަޔާ ގާތްކޮށްލިއެވެ. “އައި އެމް ޕްރައުޑް އޮފް ޔޫ މައި ގާލް.” ލޯބިން ފުރިގެންވި ޔާނިކްގެ އެޖުމުލައާއެކު މަލްހާ ލަދުވެތި ގޮތަކަށް ހިނިތުންވެލިއެވެ. އެއާއެކު ލިވްޔާއަށް ހިނިތުންވެލެވުނެވެ.

“ރާއިދް. ރާއިދާއި ލިވްޔާގެ ގުޅުމަށް ފުރުސަތެއްދީ. ރާއިދްވެސް ތިއުޅުން ދޫކޮށްލާފަ ވަގުތު ފާއިތު ނުވަނީސް އަވަހަށް ހެޔޮމަގަށް ރުޖޫޢަވޭ.” އިރުކޮޅަކު މަލްހާ ގާތުގައި ހުރުމަށްފަހު އައިސް ރާއިދް ގާތަށް ހުއްޓިލަމުން އޭނާގެ ކޮނޑުގައި ޖަހައިލަމުން ޔާނިކް ހިނިތުންވެލައިފައި ބުނެލިއެވެ. ލަދުވެތި އިހުސާސަކާއެކު ރާއިދް ބޯޖަހައިލީ އޭނާއަށް އެނޫން އިތުރުގޮތެއް ނެތުމުންނެވެ.

ހިތްހަމަޖެހިފައިތިބެ އެންމެން އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް ދިއުމަށްޓަކައި އާބިދާމެން ތެދުވިއެވެ. އޭރު ރަާއިދްވެސް ހުރީ ޒީވާނާއި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ހަމަޖެހިފައެވެ. ނަމަވެސް އެހިތް އޭރުވެސް މަލްހާއަށްއެދި ގޮވަމުން ދިޔައެވެ. އެހެނަސް ﷲ ގެ ޤަދަރުފުޅަށް އީމާންވަމުން އޭނާވެސް ލިވްޔާގެ އަތުގައި ހިފައިގެން އެގެއިން ނުކުންނަން ހިނގައިގަތެވެ. އެހައި ދުވަސްފަހުން ރާއިދްގެ ފަރާތުން އެފަދަ ލޯބިވެތި އަމަލެއް ފެނުމުން ލިވްޔާގެ ހިތް އުފަލުން ފުރިގެންދިޔައެވެ.

** ** **

4 އަހަރު ފަސް

** ** **

އޭނާގެ އަތުތެރޭގައި އޮތް ތިންމަހުގެ ލީލާ ނިންދެވުމަށްފަހު ކުޑަ އެނދުގައި ލިވްޔާ ބާވައިލީ ލޯތްބާއެކުއެވެ. މަލްހާގެ ނަސޭހަތް ގަބޫލުކޮށް އެދުވަހުން ފެށިގެން ލިވްޔާވަނީ އޭނާގެ އުޅުން އިސްލާހުކޮށް ރަނގަޅު މަގަށް އެނބުރި ރުޖޫޢަވެފައެވެ. ރާއިދްވެސް މަލްހާގެ ނަން ހިތުގައި ފޮރުވައިލަމުން ލިވްޔާއާއި އެކުގައި އުޅެން މަސައްކަތްކުރީ އޭނާގެ ސަބަބުން އިތުރު އަންހެންކުއްޖެއްގެ ހިތް ހަލާކުވާން ނޭދޭތީއެވެ.

ދެމީހުންގެ އެތައް ހިތްވަރަކާއި އެތައް ދުޢާތަކަކަށްފަހު މިއަދު ލިވްޔާ ވަނީ ލޯބިލޯބި އަންހެންކުއްޖެއްގެ މަންމައަކަށް ވެފައެވެ. މިއަދު މަލްހާގެ ބަސް ގަބޫލުކުރެވުނަތީ އޭނާ އުފާވެއެވެ. އެފަދަ ދޮންތައެއް ދެއްވާނީ ނަސީބުގަދަ މީހަކަށޭ އޭނާގެ ހިތަށް ނުއަރާ ދުވަހެއް މަދުވާނެއެވެ. ލިވްޔާގެ އުޅުން ބަދަލުވި ހިސާބުން ފެށިގެން އަޔާޒުވެސްވަނީ އޭނާއަށް މައާފުކޮށްފައެވެ. ލޯބިވާ ކޮއްކޮދެކެ އެހައި ދުވަހު ރުޅިއައިސްފައި ހުންނަން އެހިތަށްވެސް ކެތްނުވީއެވެ.

ފާއިތުވެދިޔަ ދުވަސްތަކާއެކު ރާއިދާއި ޒީވާންގެ ގުޅުންވެސްވަނީ ބަދަހިވެފައެވެ. އޭނާއަަށް ދެވަނަ ކުއްޖެއް ލިބުނެއްކަމަކު ރާއިދްގެ ހިތުން ޒީވާނަށް ދެވިފައިވި ލޯބި ފަނޑެއް ނުވެއެވެ. އެއީ އޭނާއާއި މަލްހާގެ ލޯބީގެ ދިރިހުރި ނިޝާނެކެވެ. ޒީވާން ފެންނަ ކޮންމެ ދުވަހަކު އެއުފާވެރި ދުވަސްތައްމަތިން އޭނާ ހަނދާންވެއެވެ. އެހަނދާންތައް އެހިތުން ދުވަހަކުވެސް ނުފިލާނެކަން ގައިމެވެ.

ފުންޚިޔާލަކަށް ގެއްލިފައިއޮތް ރާއިދްގެ ގައިގައި ބައްދައިލަމުން ލިވްޔާ އެކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ހިތްވަރުން އެދެމެދުގައި ހީނަރުވެފައިވި ގުޅުން މިހާރުވަނީ ބަދަހިވެ ވަރުގަދަވެފައެވެ. ލިވްޔާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސައިލަމުން ރާއިދް އިތުރަށް ލިވްޔާ އެހަށިގަނޑާއި ގާތްކޮށްލިއެވެ. ލިވްޔާގެ ޖާދުވީ ލުއި ހިނިތުންވުމުގެ އަޑު އެވަގުތު ކޮޓަރީ ތެރޭގައި ގުގުމައިގަތީ ރާއިދްގެ ހިތަށް ހަމަޖެހުން ގެނުވަމުންނެވެ.

** ** **

ޔާނިކްގެ އަމިއްލަ ރިޒޯޓެއް ކަމަށްވާ “ޕްރިޝަސް އައިލެންޑް” ގެ ހުދު ދޮންވެލިގަނޑުމަތީގައި ލަސްފިޔަވަޅުތަކެއް އަޅަމުން އަތުގުޅުވައިލައިގެންހުރެ މަލްހާއާއި ޔާނިކް ހިނގަމުންދިޔައެވެ. ބޮނޑުވެފައިވާ މަލްހާގެ 7 މަހުގެ ބަނޑަށް ޔާނިކް ބަލައިލީ ލޯތްބާއެކުއެވެ.

އިރުކޮޅަކު ހިނގައިލުމަށްފަހު މަލްހާގެ އަތުގައި ހިފައި ހުއްޓުވަމުން ޔާނިކް ކުޑަކޮށް ތިރިވެލުމަށްފަހު މަލްހާގެ ބަނޑުގައި ބޮސްދިނެވެ. ޔާނިކްގެ އެއަމަލުން މަލްހާއަށް ހިނިތުންވެލެވުނެވެ. “ކޮބާ މަންމިއަަށް؟” ތުންކޮޅު ދަމައިލަމުން މަލްހާ ބުނެލިގޮތުން ޔާނިކްއަށްވެސް ހެވުނެވެ. “މަންމިއަށް ދޯ.” އެހެން ބުނެލަމުން ތެދުވެ މަލްހާގެ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން ޔާނިކް އޭނާގެ މޫނު މަލްހާގެ މޫނާ ގާތްކޮށްލިއެވެ.

“މަންމީ. ބައްޕީ.” އެވަގުތު ތަންކޮޅެއް ދުރުގައި މޫދާއި ދިމާއަށް ގުދުވެ އެތަނުގައި އޮތް ބޮއްޔެއް ނެގުމަށްފަހު އެދިމާއަށް ދުއްވައިގަންނަމުން ޒީވާން ގޮވައިލިއެވެ. އެއަޑަށް ސިހިފައި ޔާނިކް މަލްހާއާ ދުރުވެލިއެވެ. މަލްހާއަށް ފާޑަކަށް ހޭންފެށުނީ ޔާނިކްއަށް ވީގޮތްފެނިފައެވެ. މަލްހާއާއި ދިމާއަށް ލޯއަޅައިލަމުން ޔާނިކް ކުޑަކޮށް ގުދުވެ ޒީވާނާއި ދިމާއަށް އަތްދިއްކޮށްލިއެވެ. ދުވަފެއި އައި ޒީވާން ޔާނިކްގެ އަތުތެރެއަށް ވަނުމާއެކު ޔާނިކް ޒީވާން ނަގައި އޭނާގެ ކޮނޑަށް ލިއެވެ. އެއާއެކު އަތުގައި އޮތް ހުދު ބޮލި އުފާވެލައިފައި ޒީވާން މަލްހާއާއި ޔާނިކްއަށް ދައްކައިލިއެވެ. ހިނިތުންވެލަމުން މަލްހާ ޒީވާންގެ ކޮލުގައި ލޯބިން ހިފައިލިއެވެ. ޒީވާން އޭނާގެ ކޮނޑުމަތީގައި ހަމަޖައްސައިލަމުން ޔާނިކް އެއްއަތުން މަލްހާގެ އުނަގަނޑުގައި ހިފައި އޭނާގެ ގަޔާއި ގާތްކޮށްލިއެެވެ. “އޯ ޑާރލިންގް. ޔޫ ތްރީ އާ އަ ބްލެސިންގް ފޯރ މީ.” ލޯބިން މަލްހާގެ ކޮލުގައި ބޮސްދެމުން އެބަނޑުގައި އަތުން ފިރުމައިލުމަށްފަހު ޔާނިކް ބުނެލިއެވެ. “އައި ލަވް ޔޫ ސޯ މަޗް.” ލުއި ހިނިތުންވުމަކާއެކު ލަދުގަނެފައި މަލްހާ ބުނެލިއެވެ. “އެންޑް އައި ލަވް ޔޫ މޯ.” އިތުރަށް މަލްހާ ލަދުގަންނަވައިލަމުން ޔާނިކް ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ.” ލޯބި ގޮތަކަށް ހީގަންނަނަމުން އެދެމީހުންނާ ދިމާއަށް ބަލަންއިން ޒީވާން ކުޑަކޮށް ގުދުވެލަމުން އެއްއަތް މަލްހާގެ ކޮނޑަށް ވައްޓައިލުމަށްފަހު އަނެއް އަތް ޔާނިކްގެ ކޮނޑުގައި އަޅުވައިލަމުން ބުނެލިއެވެ. އެއާއެކު މަލްހާއާއި ޔާނިކްގެ ލުއި ހިނިތުންވުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ. އެއުފާވެރި ކުޑަ އާއިލާއަށް މަރުހަބާ ކިޔަމުން އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު ކަނޑުގެ ސަތަހައިގެ ތެރެއަށް ގެއްލިގެން ދިޔައެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 1

Next

ލޯބި ނުވިޔަސް ފިރުމާލަދީ….13

Next
April 10, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….13

Previews
April 10, 2018

ކެތްކުރާނަން އުއްމީދުގައި 1

34 Comments!

  1. Nau says:
    April 10, 2018 at 9:31 pm

    Salaam.. Sry all v lasvehje dhw.. I tried avas kuran ingey.. Sry again. Alhamdhulillah.. The story is completed. I hope u guys like the ending.. A huge thanks to all my readers.. Thanks for the support n love u guys gave me.. Enjoy reading.. Have a v gud nyt.. Ly sooo much all.. ❤?

  2. Think says:
    April 10, 2018 at 9:33 pm

    Yey. Me first dw.. Adhi nuvx kiyaala mi comment kohly ?

  3. Axy says:
    April 10, 2018 at 9:36 pm

    Kiyaafa comment kollaanan ?

  4. ابنت امنت says:
    April 10, 2018 at 9:44 pm

    Hadheeja

  5. nai says:
    April 10, 2018 at 9:45 pm

    Wow speechless…. Um gonna miss yuh nau… Yah n ur story too… Just luv this story….

  6. Nakko says:
    April 10, 2018 at 9:46 pm

    Wow loved this story ❤️

  7. Think says:
    April 10, 2018 at 9:50 pm

    V reethi. Ekam livya mn happy koh vaahaka nimunyma hady. E myhunah happy koh nuvinama reethi vaany

  8. Laylerr says:
    April 10, 2018 at 9:51 pm

    Wow…??vvvv.reethi..??maashaa allah❤️?

  9. Navii says:
    April 10, 2018 at 9:52 pm

    Wow.. Mi vaahaka hama awesome.. Nau ge story aka inthizaaru kiraanan..???

  10. shanan says:
    April 10, 2018 at 9:55 pm

    Masha allah varah reethi story ..adhi nukiyan mihaa furihama story eh❤❤

  11. Twingirl says:
    April 10, 2018 at 10:02 pm

    Wooooow. .v rythi story. .??… alhe ekam story nimunyma sad ? ? ?. . Looking forward nau ge new story akah. .. miss vaane dn … love you bodu bodu koh nau??❤

  12. lotus says:
    April 10, 2018 at 10:06 pm

    Finaly story nimunee dhw.. vvvvvv salhi.. happy endin eh v ma??? u did a great job nau.. i hope to read i nice story frm u soon.. lots of love❤

  13. Naanii says:
    April 10, 2018 at 10:15 pm

    Varah reethi ??

  14. Shaee says:
    April 10, 2018 at 10:18 pm

    Masha allah speechless vvvvvv reethi mivaahaak????????❤?

  15. Shaa says:
    April 10, 2018 at 10:28 pm

    Nau ge story eh vihyaa 100% yagynkan ovey v rythi n v furihama vaanekan.. V rythi story ninmaali goeh… Nau ge khonme story ehves haadha furihamaey… Miey hadee bunaane enme thankolhehves hama neenaane… Ehaaves rythi vaane… Dhen khonirakun nau ge story eh kiyaalan libeyny…

  16. Ahmed says:
    April 10, 2018 at 10:41 pm

    Nau
    I love this store
    Vrh reethi ❤️❤️
    ??????
    Bye ??

  17. shaan says:
    April 10, 2018 at 10:42 pm

    nau babyy v v lobieingeyy storyyy hama v v kiyaahethun keyn mie vaahaka ☺???????????

  18. Sakeenaa says:
    April 10, 2018 at 10:42 pm

    Masha Allah vvvv reethi

  19. rau says:
    April 10, 2018 at 10:44 pm

    beautiful.konm dhuvahak vahaka upload vythw balan.i really spport u

  20. Pinky shifoo says:
    April 10, 2018 at 10:52 pm

    Wow ❤️❤️❤️… Maasha Allah v v v reethi ???… V v v furihama ingey Nau mi part vx ???… The whole story was hama superb ???… I really appreciate your hard ???… V kiyaa hithun kiyaali story eh mee ???… One of the best story I have read ???… Ending vx reethi ???… Bt v reethi vees adhi ayaaz aa nooraa gulhun nama ???… Shifoo hithah eri aslu ayaaz n nooraa gulheyneyey.. Heheheh… Anyways story hama v v v reethi ???… I hope to read a wonderful story from u very soon ?????????… Keep going Nau ???… Lots of love and take care ??????❤️❤️❤️??????

  21. Shafa says:
    April 10, 2018 at 10:53 pm

    Woahhh..vv reethi…Masha allah ..adhivs mikahalage loabeege storyeh beynun kiyaalan..waiting ingey for ur next story..❤????

  22. unique says:
    April 10, 2018 at 10:57 pm

    saabas nau adhivx meege ehn story eh gennaathi vvvvv reethi i’ll wait for a new story frm ur side…….. masha Allah

  23. Juvey says:
    April 10, 2018 at 10:59 pm

    Wow v reethi ..nimunee dww mi story vx ..nau ge ehn stry eh avahah genes dhehchey ingeyy ????

  24. Axy says:
    April 10, 2018 at 11:06 pm

    reethi ☺ dhiriulhumuge v gina kanthah olhun filaafi ?maafah edhuma maaf kurun ?v reethi islaamee sifathakey mi vaahaka in feni gen higahjje ??????
    ekamu ves nau gaathu bunelan beynun vanee mi vaahaka mi ah vure ves furihama ah nau ah genes dheveyne a. mi vaahaka igaa mal n yaan ge 2 meehun ge bai v kuda koh genes dhinee ma uni kamey faahaga vey yaan mal 2 meehun kaivenee ge kuree yaan mal ahttakaa vee varu misaalakah office theren mal ge lip yaan ge gameehuga jehunee ma yaan e games foruvi dhw vaahaka ige theren mi kahala baithah yaan ge faraa thun mal ah egununama v reethi vaane hen Axy ah heevanee ☺mee dhen Axy ge hiyaalu. v v
    bodhah thanks nau thihaa bzy koh ulhemun ves vaahaka nimmaa dhineema. V inthizaaru kurevey nau ge new vaahaka eh up kuraane irakah.shukiyya nau ???????????????

    1. Aki says:
      April 10, 2018 at 11:40 pm

      aharen ves bunelan beynunvi thankolhu thibunely gameehuga lips jehifa inneema e gamees foruvaafa mal ah dhahkaali nama adhi varah furihama vaane .. mihaaru ves v reethi

  25. Allu says:
    April 10, 2018 at 11:36 pm

    Jst wow…v vvv reethi story nd ending also awesome ??

  26. Zaana says:
    April 11, 2018 at 12:11 am

    Varah furihama… nau vareh hama neh ???

  27. Saeedha Mohamed says:
    April 11, 2018 at 5:01 am

    Vaahaka feshigen a ee ves varah rèethikoh. 2 vareh nuve nimuneeves e haa chaalu koh ???❤❤❤

  28. Nadhee says:
    April 11, 2018 at 12:29 pm

    Nau pretty pretty please adhi meege 2nd season eh genesdheyn v nun I would love it I love you Nau omg the best story ever OMG omg I am like I have nothing to say so exciting vvv thank Nau and I will be more happy if you updated another season ???????????????❤?????????

  29. Shiya says:
    April 16, 2018 at 12:55 pm

    V rythi vaahakaeh…..Nimmaalamun enaal ge vaahakavex ainama v furihamavis adhi?..

  30. nau says:
    April 26, 2018 at 4:22 pm

    this is a one of a best story i have read .. nau good job <3 waiting for your next story <3 much love ..

  31. nau says:
    April 26, 2018 at 4:23 pm

    .. nau good job <3 waiting for your next story <3 much love ..

  32. xeybooo says:
    May 3, 2018 at 10:26 am

    VVV NICE GOOD JOB..<3

  33. Anonymous says:
    June 2, 2018 at 3:07 pm

    Nau varah miss vey kuru vaahaka eh viyas liyefa up kohdheebala pls Nau

Comments are closed.



All Right Reserved!