Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހަނދާން ނުދާނޭ ފިލާ 3

Samaa Level 110 Stories
April 10, 2018 One Min Read
8 Comments

ފަތިސް ނަމާދު ބަންގި ގޮވި އަޑަށް ހަޔާ އަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރިތެރެ ވަނީ ފިނިކަމެއްގެ ތެރެއަށް ގެނބިގެން  ގޮސްފައެވެ. ކައިރީގައި ނިދާފައި އޮތް ކުޑަކުޑަ އަރަން އަށް ވަރަށް ލޯބިން ހަޔާ ގޮވާލިއެވެ. އަދި ފަތިސް ނަމާދު ކުރުމަށް  ތެދުވުމަށް ބުންޏެވެ. އަރަން ދެލޯ އުނގުޅާލަމުން ތެދުވެ ހަޔާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. އަދި ފެންވަރަން ދާން އަވަސް  ވެލިއެވެ.

ފަތިސް ނަމާދަށް ފަހު ހަޔާ އަވަސް ވެލީ އަރަން ސްކޫލަށް ގެންދިއުމަށް ތައްޔާރު ކުރުމަށެވެ. އަދި އަވަސް ހިނގުމެއްގައި  އަރަން ގޮވައިގެން ނިކުމެ ސްކޫލަށް ދާން ހިނގައި ގަތެވެ. ކުއްލިއަކަށް އުޑުމަތި ބަނަކޮއްލިއެވެ. ހަޔާ އަށް އަރަން ގޮވައިގެން  ސްކޫލާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ހަޔާ އަރަން ސްކޫލަށް ލުމައްފަހު ސްކޫލުން ނިކުމެ  ކައިރގައި ހުރި ފިހާރައިގެ އަސްކަނިދަށުގައި މަޑުކޮށްލިއެވެ. އަދި ދެއަތް ދެއަތައް ޖޯޑުކޮއްލާ އަނގަމަތީ އަތް އަޅާ ފުމެމުން  ދިޔައެވެ. ފިނިކަމުން މީހާތުރުލާން ފެށިއެވެ. ބޭނުންވީ ވީ އެންމެ އަވަހަކަށް ގެޔަށްދާށެވެ. ވާރޭ ހުއްޓާލާނެ ހެން ހީނުވާތީ ހަޔާ  ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ. ކުރިއަށް އޮތް މަގުގެ ގޯޅިން އަޅާލިތަނާ މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔަ ހަޔާ ބިންމައްޗައްނުވެއްޓުނީ ކިރިޔާއެވެ. އޭރު ހަޔާގެ ދެލޯ ވަނީ މަރާ ބާރުކުރެވިފައެވެ. ހަޔާ ނުވެއްޓުނީ އެމީހަކު ވަރަށް ހުޝިޔާރުކަމާއި އެކު ހަޔާގެ އުނަގަނޑުގައި އެއްއަތުން އަދި އަނެއް އަތުން ހަޔާގެ އަތުގައި ހިފަހައްޓާލުމުންނެވެ. މަޑުމަޑުން ހަޔާ ދެލޯ ހުޅުވާ ބަލާލިއެވެ.  އޭރުވެސް އެމީހަކު ހުރީ އެހުރިގޮތަށް ހިފަހައްޓާލައިގެން ފަނޑުހިނިތުންވުމަކާއި އެކީ ހަޔާގެ ދެލޮލަށް ބަލާށެވެ. ހަޔާއަށް އޮވެވުން  ގޮތް ހަނދާންވުމުން އަވަހަށް ހަށިގަނޑު ތެދުކޮއްލުމަށްފަހު އަތްދަމައިގަނެ އެތަނުން ދާން ދުއްވައިގަތެވެ. ލަދުން މަރުނުވީ ކިރިޔާއެވެ.އެވީ ކަމަކުން  ހަޔާގެ ދޮން ކޯތާފަތް  ވެހެމުން ދިޔަވާރޭގައިވެސް މަޑުފިޔާތޮށި ކުލައަރާފައި ހުއްޓެވެ. ފަސް ބެލުމެއްނެތި  ވަކިހިސާބަކަށް ގޮސް ހުއްޓިލެވުނީ ވެފައިހުރި ވަރުބަލިންނެވެ. އަދި ފަސް އެނބުރި ބަލާލެވުނީ އެމީހަކު އެތާހުރިތޯ ޔަގީން  ކޮއްލުމަށެވެ. އޭރުވެސް އެމީހަކުވެހެމުން ދިޔަ ވާރޭގައި އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާވެސް ހަޔާ އަނެއްފަރާތަށް  އެނބުރިލަމުން ތިރީ ތުންފަތުގައި ދަތްއަޅާ ލެވުނެވެ.

***********************************************************

ވިޝާލް ގޮސް ގެޔަށް ވަނުމާއިއެކު އާސިފް ހައިރާންވެ ހުރެ ސުވާލު ކުރީ މުޅިމީހާ އެއްކޮށް ތެމިފައި ހުރުމުންނެވެ.

“ވިޝާލް! ކިހިނެއް ހަދާފަ ތިހުރީ. ގައިމު ނިކުމެގެން ދިޔައީ ކުޑަވެސް ހިފައިގެންނެންނު” ކުޑަކޮއް ހީލަމުން އާސިފް ވިޝާާލް  އަށް ބުންޏެވެ.

“އާން އެހިސާބަށް ނުދެވެނީސް އައިގަދަ ވައިރޯޅި އަކާއި އެކު ކުޑަ އެއްލާލައިފި. އެހެންވެ ޖެހުނީ ތެމެން.” ގައިގެ އެތަން މިތަން ފޮޅަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަންނަން ދަމުން ވިޝާލް ބުންޏެވެ. ކޮޓަރިއަށް ވަދެ ތެމިފައި ހުރި އެއްޗެހި ބަދަލުކޮށް އައިސް އެނދުގައި ވިޝާލް އިށިއިނދެ ލިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތް މަތީ ދުވެލީ ދެންމެ މަގުމަތިން ދިމާވި ހާދިސާ  އިންނެވެ. ވިޝާލް ގެ ހިޔާލް ހުރީ ހަޔާ އަށެވެ. ވިޝާލް ވެސް ގެއިން ނިކުތީ ފިހާރަ އަށް ދާށެވެ. ކުޑަހިފައިގެން ގޮސް  މަގުގެ ގޯޅި ލަނބާލަން އުޅެނިކޮއް ހަޔާ އައިސް ޖެހުނީ ވިޝާލް ގެ މޭގައެވެ. އަދި ހަޔާ ވެއްޓެން ދާތީ އަތުގައި އޮތް ކުޑަ  ދޫކޮއްލަން ޖެހުނީ އެހެންވެގެންނެވެ. މެރިފައިވާ ދެލޮލާއި އެރީތި ސޫރަޔަށް ބަލަން ހުރެވުނީ ބޭއިހްތިޔާރުގައެވެ. އުނަގަނޑުގައި  ހިފަހައްޓާލައިގެން ހުރި އިރު އެހަށިގަނޑުގެ ތުނިކަން އިހުސާސް ވިއެވެ. ވިޝާލް ގެ ހިތުގެ ތެޅުން އަންހެން ކުއްޖަކަށް މިނޫނީ އަވަސްވެގެން  ގޮސްފައެއް ނުވެއެވެ. އޭނަ ރަށަށް މި އައީ ވިހި އަހަރު ފަހުންނެވެ. އާއިލާއާއި އެކު މާލެ އަށް  ދިރިއުޅުން ބަދަލު ކުރީ މީގެ ނުވަ އަހަރު ކުރިންނެވެ.

“އެއީ އޭނަ ބާ؟ މިހާރުވެސް ހަމަ އެހާރީތި. އޭނަޔަށް އަހަރެން މީ ކާކުކަން އެނގުނު ބާ” ވިޝާލް ގެ ތުންފަތް މަތީ ލުއި ހިނިތުން ވުމެއް ދައުރު ވެލިއެވެ.

********************************************************

ގެޔަށް އާދެވުނު އިރު ހަޔާ އަށް މާނޭވާ ލެވޭވަރު ވެއެވެ. އަވަސް ވާގޮތަކަށް ބޮޑުދައިތައަށް ފެނުމުގެ ކުރިން ގޮސް ހެދުން ބަދަލު ކޮށް ފެންވަރާލިއެވެ. ފެންވަރަން ހުރިއިރުވެސް ހަނދާންވީ ހިނގައިދިޔަ ހާދިސާ މަތިންނެވެ. ” އެއީ ވިޝާލް ކަން ޔަގީން. އޭނަގެ ދެލޯ އެއީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނެ ލޮލެއް ނޫނެވެ. މިހާ ގިނަ އަހަރުތަކެއް ކޮއްފަ ރަށަށް އެއައީ ކީއްވެ ބާއެވެ؟” ހަޔާ އަމިއްލަ ހިތާ އެތައް ސުވާލެއް ކުރިއެވެ.

ހަޔާ ސިއަސައިގެން ދިޔައީ ކުއްލިޔާ އައިސް ދޮރުގައި ޓަކިދޭން ފެށީމައެވެ.

“ހަޔާ ދަރިފުޅާ! އެބަހުރި މީހަކު ހޯދަން އައިސް” ކުއްލިޔާ އަށް ކާކުކަން ނޭނގޭތީ ވަކި ނަމެއް ބުނަން ނޭނގުމުން  ހަޔާ އަށް ގޮވާލިއެވެ.

އަވަސް އަރުވާލައިފާ ކޮޓަރިން ނިކުތް ހަޔާއަށް ހުއްޓެވުނީ ހޯދަން އައިސް ހުރި މީހާ ފެނުމުންނެވެ. މުޅި މީހާ އެއްކޮށް

ގަނޑުވިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ސިއްރު – 10

Next

ޔާއިން

Next
April 10, 2018

ޔާއިން

Previews
April 10, 2018

ސިއްރު – 10

8 Comments!

  1. Shai says:
    April 10, 2018 at 8:41 am

    Story varah reethi but arimathin baeh akurutha gehlifa hunnanee ekan rangalhu kohlaa

    1. Alyss says:
      April 10, 2018 at 1:06 pm

      shai I think it’s your phone or laptop problem because this thing is fine I can see whole arimathy akuruthah ves.
      :):):):)

  2. Pinky shifoo says:
    April 10, 2018 at 9:29 am

    V reethi ???… Keep up the good work samaa ???

  3. haja says:
    April 10, 2018 at 10:37 am

    vv reeth mi 3 partvs withing for the nex part

  4. Alyss says:
    April 10, 2018 at 1:04 pm

    good it’s more nice. :);)
    kihineh baa vaany??,
    who was that?? I think it’s vishaal
    v happy igey Alyss buni thunkolhu ragalhu kohlyma
    waiting for next part

    1. Samaa says:
      April 10, 2018 at 3:44 pm

      tq for reading it and giving feedbacks.. it helps me to improve so much

  5. zoya says:
    April 10, 2018 at 8:55 pm

    Kyhvetha ehaa lahun up kurany..ehnve kurybaige vy goiyy handhaan nethifa hunnany
    Btw story v salhi..waiting for the next part ♥

    1. Samaa says:
      April 11, 2018 at 8:29 pm

      sorry for late updates and tq for reading it. will try to update it sooner in sha Allah. but since due to my job i have busy schedules so its bit difficult manage and update it sooner.

Comments are closed.

Next Episodeއެހނަދާން ނުދާނޭ ފިލާ 4←


All Right Reserved!