Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހނަދާން ނުދާނޭ ފިލާ 4

Samaa Level 110 Stories
April 12, 2018 One Min Read
8 Comments

ހަޔާ ފިނިވެފައި ހުރެ ކުރިމަތީ ހުރި ޒުވާނާއަށް ބަލާލިއެވެ. އެއީ އޭނަ ދަންނަ މޫނެކެވެ. އެއީ އެރަށު ބޮޑުކެޔޮޅުގޭ ޒަކުވާނު އެވެ. ޒަކުވާނަކީ ވިޝާލް ވަރަށް ގާތް  ކުޑައިރުގެ ރަހުމަތްތެރި އެކެވެ. ޒަކުވާންގެ އަތް ދިއްކޮއްލިއެވެ. އޭނަގެ އަތުގައި ކޮތަޅެއް އޮތެވެ.

“އަސްލަމްބޭ ދިން ބޯވައެއް، ކުއްލިގޮތަކަށް ހާޝިމާ ދައްތަ ބަނޑެއްގައި ރިއްސާތީ މަރުކަޒުގައި ބާއްވާފަޔޯ އޮތީ. އެހެންވެ  އަސްލަމްބެ އަށް ނާދެވޭނެ ވާހަކަ ބުނި އަދި އަހަރެން ކައިރި މީތި މިގެޔަށް ލައިދޭށޭ ބުނީ” ޒަކްވާން އާދައިގެ ގޮތަކަށް ބުންނެވެ.

” ހާޝިމާ ދައްތަގެ ހާލު ވަރަށް ގޯސްތަ؟” ހަޔާ ހިތާމަޔާއި އެކު އަހާލިއެވެ.

“ނޫން، ބުނި މެންދުރެއްހާއިރު ދޫކޮއްލާނޭ. އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ. އަހަރެން ދެން ދަނީ.” ވަރަށް ހަމަޖެހިލާފައި ޒަކުވާން ބުންޏެވެ.

ޒަކުވާން ދިއުމާއި އެކު ހަޔާ އަށް ފުންނޭވާ އެއް ދޫކޮއްލެވުނެވެ. ހަޔާ ހީކުރީ އޭނަ އައީ ވިޝާލް ގޮވައިގެން ކަމަށެވެ. އެހެންވެ  މުޅިމީހާ ހިނދުކޮޅަކަށް ނަމަވެސް ގަނޑުވިއެވެ. އަތުގައި އޮތް ކޮތަޅު ހިފައިގެން ގޮސް ބަދިގޭ ސިންކުމަތީ ބާއްވާފައި ކޮތަޅު ހުޅުވާލިއެވެ. ބޯވާ އޮތީ ވަރަށް ރީތިކޮށް ސާފުކޮއްފައެވެ.

“އެއީ ކޮންކުއްޖެއްތަ؟ކީއަކުރަން އައި ކުއްޖެއްތަ؟” ބަދިގެ ފަރާތު ފެންޑާއިން އައިސް ބަދިގެޔަށް ވަން ކުއްލިޔާ ސުވާލު ކުރިއެވެ.

“ސާބަސް ބޮޑުދައިތާ އެއީ ކެޔޮޅުބޭ ގޯތި ޒަކުވާން އޭ. އޭނަ އެއީ އަސްލަމްބޭ ދިން ބޯވާ މިގެޔަށް ލައިދޭން ވެގެން ހާޝިމަށްތަ ބަލިކަމުން މަރުކަޒުގައި ބާއްވާފައި އޮތީމަ. ބޮޑުދައިތަ ހަމަ ރަނގަޅަށްވެސް އައިނު އަޅަންވެފަ ދޯ”  ހަޔާ ހެމުން ހެމުން ބުންޏެވެ.

“އާން އެސޮރު ދޯ! މަށަށް ވައްތަރު ވިޔޭ” ހައިރާންވެ ހުރެ ބުންޏެވެ.

ހަޔާ ބޯވާ ކުދިކޮއް ކޮށާލިއެވެ. އަދި ހަނާ ކުރުމަށް ޓަކައި ބޯވާތައް ފެނުކައްކަން އުދިއެވެ. ބޯވާ ހަނާ ކުރުމައްޓަކައި ބޭނުންވާ  ބައެއް ތަކެތި މަދުކަމުން ފިހާރަ އަށް ދާން ނިކުތެވެ. އޭރު ވިއްސާރަ އެއްކޮށް ހުއްޓާލާއިފިއެވެ.

*************************************************************

ފިހާރަ ތެރެ ބަލަމުން ގޮސް ބޭނުންވާ އެއްޗެހި ހަމަ ކޮއްލިއެވެ. އެތަކެތި ހިފައިގެން އެނބުރިލިތަނާ ކައުންޓަރުކައިރި ހުއްޓިލައިގެން ކޮންމެވެސް އެއްޗެއް ގަނެ އޭގެ އަގުދައްކަން ހުރި ވިޝާލް ފެނުނެވެ. ވަގުތުން ހަޔާ އަށް އަނެއްފަރާތަށް އެބުރެވުނެވެ. އަދި ވިޝާލް ނިކުމެގެން ދިޔަކަން ޔަގީންވުމުން ގޮސް ހަޔާ ނެގި ތަކެއްޗައް އަގުދީ ފިހާރައިން ނިކުންނަން ހިނގައިގަތެވެ. ފިހާރައިން ނިކުމެ ގެޔައްދާން އެނބުރިލި ވަގުތު ފިހާރަޔާއި ދާދި ކައިރީ ހުއްޓިލައިގެން ހުރި ވިޝާލް ފެނި އަނެއްކާވެސް ހަޔާގެ ހަރަކާތް  ހުއްޓުނެެވެ. އަދި އިސްދަށަށްޖަހާލެވުނީ ވިޝާލް ގެ ތޫނު ދެލޯ އޭނައަށް އަމާޒުވެފައި ވާތި އެވެ.

” ޑޯންޓް ޓެލްމީ ޔޫ އާރ އެމްބެރާސްޑް. އައި ނޯ ޔޫ ރިމެމްބަރ މީ” ވިޝާލް ހަޔާގެ ހަރަކާތައް ބަލަން ހުރެ ބުންނެވެ.

ހަޔާ ހަދާނެ ގޮތެއް ނޭނގި އެފިޔަވަޅުމަތީ ހުރުމަށްފަހު ޖެހިގެން އޮތް މަގަށް ނިކުންނަން ހިނގައިގަތެވެ. ވިޝާލް ކީ އެއްވެސް އެއްޗެއް އޭނަ އަށް އަޑުނީވޭ ކަހަލައެވެ.

މިތަން ބަލަން ހައިރާންވެ ހުރެ ވިޝާލްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ހަޔާގެ ފަހަތުން ހިނގައިގަތެވެ. އެހެންނަމަވެސް އެމަގުގެ އެކި ހިސާބުތަކުގައި މީހުން ގިނަކަމުން އެހިޔާލް ދޫކޮއްލިއެވެ. އަދި އެނބުރި ގެޔަށްދާން ހިނގައިގަތެވެ.

****************************************************

ހަޔާ ގެޔަށް ވަދެވުމާއި އެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. ” ފޮނި މީހާގަނޑު! މަ އެބައުޅެންތަ އޭނަޔާ ވާހަކަ ދައްކާހިތުން. މަވެސް ވެއްޖެ ވިއްޔާ އޭނަގެ ގައިގަ ގޮސް ގެހިގަންނަން” އަމިއްލަ ބޮލުގައި ޖަހާލަމުން ހަޔާ އަމިއްލަ ނަފުސާއި ވާހަކަ ދެއްކިއެވެ.

އަދި ވިޝާލް ގެ ހިޔާލްތައް އެއްފަރާތް ކޮއްލަމުން ބަދިގެޔަށް ދިޔައެވެ. އޭރު ބޮޑުދައިތަ ރޮށިފިހެ ނިންމައިފިއެވެ. ހަޔާވެސް އަވަސްވެ ގަތީ އަރަން އިންޓަވަލް އަށް އައުމުގެ ކުރިން ސައިހެދޭތޯއެވެ.

***************************************************

“ޒަކުވާން! ކޮންތާކު ތިއުޅެނީ؟ ކަމެއް ނެތިއްޖެއްޔާ އަދެބަލަ މިގެޔަށް” ވިޝާލް ފޯނުން ޒަކުވާން އަށް ގުޅައިގެން ވާހަކަ ދެއްކިއެވެ. އޭނަ ކޮންމެހެންވެސް މިއަދު ހަޔާގެ ވާހަކަ ޒަކުވާންގެ ކައިރިން ސާފުކުރަން ބޭނުމެވެ. ހަޔާގެ ގެ ހުންނަތަންވެސް އޭނަ އަކަށް ނޭނގެއެވެ. މިވީ ވިހި އަހަރުތެރޭ ރަށްމިވަނީ މުޅިން ބަދަލުވެފައެވެ. އޭރު ނުފެންނަ  އަދި ނުދަންނަ އެތައްބައެއް މިރަށުގައި މިހާރު އުޅެއެވެ. ރަށުގައި އެކަނި ހިނގަންވެސް ރަނގަޅަށް ނޭނގެއެވެ. ވިޝާލްގެ ގެވެސް މިހާރު ހުރީ ޒަމާނީ ފެންވަރުގައި  ހަދާފައެވެ. މާލެއައް ދިރިއުޅެން ބަދަލުވިފަހުން ވިޝާލްގެ ބައްޕަ އަލުން އެމީހުން ދިރި އުޅުނު ގެ ވަނީ ހަދާފައެވެ.

**********************************************************

“އޭ ކޮންހިޔާލެއްގައި؟” ގުލަޝަންގޭ ޖޯލިފަތީގައި ހަމަޖެހިލައިގެން އެކަނި އޮވެ ހިނިތުންވާތީ ޒަކުވާން ގޮސް މަޑުމަޑުން ވިޝާލް ގެ ކޮނޑުގައި ޖަހާަލަމުން ބުންޏެވެ.

“ހަހަ ހިޔާލެއްގައި ނޫން ހުވަފެނެއްގައި ބަޑީ.” ހިނި އަންނަމުން ވިޝާލް ބުންޏެވެ.

“އެހެންތަ! ހާދަ އަސަރުގަދަ ހުވަފެނެކޭ ދޯ. ތިއެއްނޫނޭ ކީއްކުރަންތަ މިއޮއް ހެނދުނާ ގުޅީ؟ މަހީކުރީ ވިޝާލް ނިދަނީ ކަމަށް.”  ޒަކުވާން ޖޯލީގައި ހަމަޖެހިލަމުން އެއްފައްޗަކަށް އަމުނާލިއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންމިގެނައީ. އެނގެއެންނު އެއްކަލަ ހަޔާ.” ވިޝާލް އަށްބުނެވުނީ މިވަރަށެވެ. ޒަކުވާން   ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަދި ވަރަށް ހާސްވެހުރެ ވިޝާލް އަށް ބަލާލިއެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ތިލޯތްބަށްޓަކައި…(1)

Next

ޔާއިން 2

Next
April 12, 2018

ޔާއިން 2

Previews
April 12, 2018

ތިލޯތްބަށްޓަކައި…(1)

8 Comments!

  1. Alyss says:
    April 12, 2018 at 4:35 pm

    nice
    so vishaal doesn’t know anything about Hayaa he don’t know that she has lil baby

    1. Samaa says:
      April 13, 2018 at 4:01 pm

      nothing about her other than childhood stories

  2. Afaa says:
    April 12, 2018 at 5:51 pm

    Salhii

  3. Shiman says:
    April 12, 2018 at 7:19 pm

    Reethi

  4. Friends says:
    April 12, 2018 at 10:35 pm

    Dear stry nimey hishaab ga inna bass dhe bai vefa inna thiyy haadha undhagu veyey.ekan ragalhu kohla dhey bala.
    Stry hama vv reethi igey. Masha allah.but adhi vex than kolheh dhigu kohlahchey ingey.thiya kuraa mashahkah ufalaa eku balaa gahnan.
    Waiting 4 nw part.koh dhuvahaku up vaany.
    -salaam- ???

    1. Samaa says:
      April 13, 2018 at 4:02 pm

      aee technical error eh.. up vaa dhuvasthah adhi vaki kandaeh naalhan but not less than twice a week.. tq for reading

  5. unique says:
    April 15, 2018 at 7:45 pm

    plx can u make it fast plllxxx

    1. Samaa says:
      April 18, 2018 at 2:22 pm

      so sorry guys.. here its sports meet week in the school, so i am very busy.. will update next week in sha Allah

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 5←


All Right Reserved!