Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް.. 7.. ފަހުބައި

michelle Level 1
April 8, 2018 3 Mins Read
12 Comments

ކޮފީތަށި ބަހައްޓަމުން އިބާ އެއްމިޔަކަނުން ނުބައި ގޮތަކަށް ހީލަމުން އެތާ އިން ފެންތަށި ޖަޒްލާންގެ ގަޔަށް ވަރާލިއެވެ. ”ޝިޓް. ސޮރީ ސޮރީ. އިބާ ގަސްތުގަ ކުރި ކަމެއް ނޫން.“ އިބާ ދެރަވާ ކަމަށް ހަދާލާފަ ބުންޏެވެ. ”އިޓްސް އޯކޭ އެބަ އަންނަން ގައި ހިއްކާލައިގެން“. ޖަޒްލާން އެހެން ބުނެ ތެދުވެގެން ދިޔައެވެ.

ޖަޒްލާން ގަމީސް ހިއްކާލުމަށްފަހު އެނބުރިއައެވެ. އަދި ފެނުން މަންޒަރުން ޖަޒްލާންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. އިބާ ހުރީ އެއްވެސް ފޭރާމެއް ނެތި ޖަޒްލާންގެ ސީޓުގައެވެ. އިބާގެ ދޮން ލޫޅާފަތި ހަށިގަނޑު ފެނުމުން ޖަޒްލާން އަށް ހަމަ ބަލަހަށްޓައިގެން ހުރެވުނީއެވެ. އިބާ އިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވެގެން އައިސް ޖަޒްލާން އާ ވަރަށް ގާތް ވެލިއެވެ. ”އިބާ ތީ ކޮން..؟؟“ ”ޝްޝްޝް“ ޖަޒްލާން އަށް ބަސް ފުރިހަމަ ނުކުރެވެނީސް އިބާ ޖަޒްލާންގެ ތުންފަތުގައި ޝަހާދަތް އިނގިލި އެޅިިއެވެ. އަދި ޖަޒްލާންގެ ދެ އަތުގަ ހިފާލަމުން އިބާގެ ވަށާ ބައްދާލިއެވެ. އިބާގެ ލޮލުގަވާ މަސްތީ ގޮތްފެނި ޖަޒްލާން ވެސް އެ މަސްތުގަ ޖެހުނީއެވެ. އަދި ފެންބޮވާގެންފަ ހުރި ސިންގާއެއް ހެން ޖަޒްލާން އިބާއާ ކައިރިވެ އިބާ އުފުލާލައިގެން ގޮސް އެތާއިން ސޯފާ މަތީ ބާއްވާ އެކަމުގައި ބައިވެރިވިއެވެ. ކަައިވެނިން ބޭރުން މި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން ދެމީހުންނަށްވެސް ނުވިސްނެނީ ހެއްޔެވެ. ޖަޒްލާން އަށް އެލީ ދެރަަވާނެ ވަރު އިހުސާސެއް ނުވޭ ހެއްޔެވެ.

ބައިގަޑިއިރު ތެރޭ ޖަޒްލާން އަށް ހަމަހޭ އަންނަން ފެށިއެވެ. އެލީގެ މަތިން ހަނދާންވީ އަދިކިރިއާ ހެއްޔެވެ. ”ނޫން ނޫން. އެލީ އަހަންނަށް މާފުކުރޭ“ ޖަޒްލާން ތެދުވެ މޮޔައެއްހެން އިސްތަށިގަނޑުގަ ހިފާ ގޮވަން ފެށިއެވެ. އިބާ އޮތީ ހެވި ދިއްލިފައެވެ. ހުރި ނުލަފާކަން ބަލާބަލާށެވެ. “ކަލޭ. ހަމަ މިހާރު ނިކުމޭ މިތަނުން. ހުރި ނުލަފާކަން ބަލާބަލަ” ޖަޒްލާން ރުޅިއައިސްގެ އިބާގެ އަތުގާ ހިފާ ތެދުކުރުވިއެވެ. “އައްދެ. ބޭނުން ފުދުނީމަ ނަގައި އެއްލާލަންތަ ތިއުޅެނީ.” އިބާ ހުރީ އަދިވެސް  ހެވިލާފައެވެ. ޖަޒްލާންގެ ބޯ ވެސް އަނބުރައިގަތް ކަހަލައެވެ. ޖަޒްލާން އަށް މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ. ޖަޒްލާން ދެން އެލީ އާ ކުރިމަތިލާނީ ކޮން މޫނަކުން ހެއްޔެވެ. އާއެކެ. ދެމީހުންނަށް ވެސް މިކަން ކުރެވުނީ ހަމަހޭގަ ތިބެއެވެ. “އަހަރެން ދެން ކިހިނެތް ހަދާނީ”. ޖަޒްލާން ގޮތް ހުސްވެފަ ހުރިމީހެއްހެން އިށީނެވެ. “އަހަންނާ މެރީ ކުރަންވީ. މިހާރު ޖަޒްލާން އަށް އަހަރެންގެ ނުފެންނަ އެންމެ ތަންކޮޅެއްވެސް ނެތް. ސޯ ދެން އެންމެ ރަނގަޅުވާނީ އެ އެލީ އާ މެރީ ނުކޮށް އަހަންނާ މެރީ ކުރިއްޔާ.” އިބާ އަދިވެސް ހުރީ މިކުރެވުނު ކަމަށް ފަހުރުވެރިވާ ފަދަ ގޮތަކަށެވެ. “ނުވާނެ ތިކަމެއް. ދުވަހަކުވެސް ނުވާނެ. ހުރި ނުލަފާކަން. އަދިވެސް ކަލޭ މިތާ އިނީތަ. ބުނެފީމެއްނުން ނިކުންނާށޭ.” ޖަޒްލާން ރުޅިއައިސް ރަތް ވިއެވެ. އަދި އިބާ އާ  ދިމާލަށް ހަޅޭއްލަވައިގަތެވެ. “އަހަރެން ފޮނުވާލުމުގެ ކުރިން މީތި ބަލާބަލަ” އިބާ އިބާގެ ފޯނު ޖަޒްލާން އަތައް ދެމުން ބުންޏެވެ. ޖަޒްލާން އޭގަ ނުހިފުމުން އިބާ ފޯނުގެ ސްކްރީން ދެއްކިއެވެ. އަދި ޖަޒްލާންގެ ދެލޯ ބޮޑުވިއެވެ. އޭގާ ވަނީ މީގެ ފަސް ވަރަކަށް މިނިޓް ކުރިން ޖަޒްލާން އާ އިބާ އާ ދެމީހުން ކުރި ހުރިހާ ކަންތައް ރިކޯޑް ވެފައެވެ. “ޖަޒްލާން ދެން އުޅެން ޖެހޭނީ އަހަރެން ބުނާ ގޮތަކަށް. އެހެންނޫނީ މި ވީޑިއޯ ފޮނުވާނީ އެލީ އަށް. ނޯ.. އެލީ އަށް އެކަންޔެއް ނޫން ފޮނުވާނީ. ތި އާއިލާ މީހުންނަށާ އެލީގެ އާއިލާ މީހުންނަށްވެސް ފޮނުވާނަން.” އިބާ ޖަޒްލާން އަށް އިންޒާރު ދިނުމަށްފަހު އެތަނުން ދިޔައެވެ. ޖަޒްލާން ހުރީ ކުރާނެ ކަމެއް ނޭގިފައެވެ. ޖަޒްލާން އެލީ ކައިރި މިވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ. އެލީ ޖަޒްލާން އަށް ދަވަހަކުވެސް މާފެއް ނުކުރާނެއެވެ.

އެދުވަސް ފަހުން އިބާ ޖަޒްލާން ގޮވައިގެން ރެސްޓޯރެންޓް ތަކަށް ކާން ދިއުމާ ދުއްވާލަން ދިއުން އިތުރު ވިއެވެ. ޖަޒްލާން ނުދާން އުޅުނަސް ވީޑިއޯގެ ބިރު ދައްކައިގެންވެސް ގެންދެއެވެ. އެއްރޭ އެހެން ދަނިކޮށް ޔަލް އަށް ފެނުނެވެ. ޖަޒްލާން ހުރީ އެ ވާހަކަ އެލީ އައުމުން ޖަޒްލާން އަމިއްލަޔަށް ކިޔާ ދޭށެވެ. ނަމަވެސް ޔަލް އަށް ފެނުމުން އެލީ އަށް އެ ހަބަރު ދާނެކަން ޖަޒްލާން އަށް އެނގުނެވެ. އެހެންކަމުން ޖަޒްލާން މާޔޫސް ވިއެވެ.

ޖަޒްލާން ހިޔާލެއްގަ އޮވެ ސިއްސަގެން ދިޔައީ މާނިއު ގުޅުމުންނެވެ. ”އޭ މޭން ކިހިނެތް ތި ހަދަނީ އެލީ އަހަންނަށް ގުޅި ޖޭޒް އަށް ނުގުޅިގެން. އޯކޭތަ ހުރިހާ ކަމެއްވެސް.؟؟“. މާނިއު އިތުރު ވާހަކައެއް ނޭހުމުން މާނިއުއަށް އިތުރު އެއްވެސް ކަމެއް ނޭނގޭކަން ޖަޒްލަން އަށް އިނގުނެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް އޯކޭ އޭ ބުނެ ފޯނު ބޭއްވިއެވެ.

ޖެހިގެން އައި ދުވަހެވެ. އެލީ މަންމަ ކައިރި އޮފީސްގެ ވަރަށް މުހިންމު ކަމަކު އަންނަން ޖެހޭތީއޭ ކިޔާ ވަގުތުން މާލެ އަންނަން ބޭނުންވެގެން އައެވެ. އެލީ އަށް މާލެ އާދެވުމާ އެކު އެލީ ބޭނުންވީ ޖަޒްލާން ދެކިލަން ދާށެވެ. ގެއަށް ދިޔައިރު ގޭގަ ނެތުމުން ދެން ދިޔައީ ޖަޒްލާންގެ އޮފީހަށެވެ.

އޮފީހަށް ވަދެގެން ދިޔަ އެލީ އިބާ އަށް ފެނުނެވެ. ވަގުތުން ފޯން ނަގާ އެލީ އަށް އެ ވީޑިއޯ ފޮނުވިއެވެ. ޖަޒްލާން ގެ ކެބިން އަށް ވަން އެލީ އަށް އެ ވަގުތު މެސެޖެއް އައުމުން ފޯނު ބަލައިލިއެވެ. ވަގުތުން މީހާ ގަނޑުވި ކަހަލައެވެ. އެލީ އަށް ހީވީ މީހަކު އެލީގެ ދެފައިގައި ކަސްތޮޅު އެޅުވިހެންނެވެ. އިސާހިތަކު ފޯނު އަތުން ދޫވެ ބިންމަތީގަ ޖެހުމުން ފުނޑު ފުނޑު ވިއެވެ. އަދި ލޮލުން ހޯސްލާފައި ކަރުނަ އައެވެ. މިވާގޮތް ބަލަން އެލީ އެތެރެއަށް ވަންއިރު ގޮނޑީގައި އިށީންދެ އިން ޖަޒްލާން ތެދުވެ ހުއްޓެވެ. އެލީ ދޮރުން ވަންގޮތަށް އަދިވެސް ދޮރުގަ ހިފައިގެން ހުއްޓެވެ. ޖަޒްލާން ކުޑަކޮށް ބޭރު ބަލާލިތަނާ އިބާ ވަރަށް ހެވިފަ ބަލަން އިނެވެ. ޖަޒްލާން އަށް ވީ ގޮތް އެނގުނެވެ. އެލީ ކައިރިއަށް ޖަޒްލާން ގޮސް އެލީ އަށް ގޮވާލިއެވެ. ”ބުނޭ އެއީ ދޮގެކޭ“ އެލީ އެހުރި ފިޔަވަޅު މަތީ ހުރެ ބުންޏެވެ. އެލީ ހުރީ އަދިވެސް ހުއްޓުން އަރާފަ ހުރި ގޮތަށެވެ. ”އެލީ އަހަރެން މާފަށް އެދޭނެގޮތެއް ވެސް ނޭނގޭ. އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް“ ޖަޒްލާން ކުށްވެރިއެއް ފަދައިން އިސްޖަހާލަމުން ބުންޏެވެ. ”ބުނާށޭ އެއީ ދޮގެކޭ“ އެލީގެ އަޑު ބާރުވިއެވެ. އެލީގެ ރުޅިއާ އެއްވަރަށް ދެރަވިއެވެ. އަދި ހުރިގޮތައް ހުރެ ބިންމައްޗަށް ތިރިވެ ރޯން ފެށިއެވެ. ޖަޒްލާން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އެލީގެ ކައިރިއަށް ތިރިވިއެވެ. އަދި އެލީގެ ކޮނޑުގަ އަތް ބާއްވާލުމަށް ފަހު ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އެލީ އައީ ރުޅިއެވެ. ”ހަބަރުދާރު!! ތި މުޑުދާރު އަތުން އަހަރެން ގައިގަ އަތް ނުލާތި. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ޖަޒް އަހަންނަށް ތިހެން ހަދާފާނެ ކަމަކަށް. އެންމެ ފަހަރަކު ޖަޒް އާ ދުރަށް ދިޔައިމަ ހެދިގޮތް ތީ. އަހަރެން ކިހިނެތް ޖަޒް އަށް މާފުކުރާނީ“ އެލީ ގިސްލަ ގިސްލާ ރޮމުން ބުންޏެވެ. ޖަޒްލާންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އާއެކެވެ. ޖަޒްލާން ވެސް ކުރީ ކުށެކެވެ. އެ ކުށުގެ ސަޒާ ޖަޒްލާން އަށް ލިބެން ޖެހެއެވެ.

އެލީ ތެދުވެ ދާން އުޅުނެވެ. ނަމަވެސް ޖަޒްލާން އެލީގެ އަތުގަ ހިފާ މަޑުކުރުވިއެވެ. ”ޖަޒް ޕްލީޒް. އަހަރެންގެ އަތުން ދޫކޮށްލާ. އަހަންނަކަށް ޖަޒް އަށް މާފެއް ނުކުރެވޭނެ. އަހަރެން އެކަހަލަ ކުށެއް ކުރި ނަމަ ޖަޒް އަހަންނަށް މާފުކުރާނަންތަ؟“ އެލީ އެ ސުވާލު ކުރުމުން ޖަޒްލާން އިސް ޖަހާލިއެވެ. އަދި އެލީ އަތުން ދޫކުރިއެވެ. އެލީ މަޑުމަޑުން ނުކުމެގެން ދިޔަތަން ބަލަން ޖަޒްލާން ގަނޑުވެފަ ހުރެވުނީ އެވެ. ދިފާއުގަ ބުނާނެ އެއްޗެއް ޖަޒްލާން އަކަަށް ނޭނގުނެވެ. ޖަޒްލާން އަކީ ކުށްވެރިއެކެވެ. އެކަން ޖަޒްލާންވެސް ގަބޫލު ކުރެެއެވެ.

އެލީ ބޭރަށް ނިކުންނަން ދިޔައިރު އިބާ އާ ދިމާވިއެވެ. އިބާ އަށް ކުރެވުނީ ވަރަށް މޮޅު ކަމެއް ކަމަށް ހީކޮށް ހުރީ ހެވިފައެވެ. އިސްޖަހާލައިގެން ކުށްވެރިއެއް ހެން ހުރެ ބަލަން ނުކެރުނީ އެލީ އަށެވެ. ކުށް ކުރީ އެލީ ހެއްޔެވެ؟ އެލީގެ ކުށަކީ ޖަޒްލާން ދެކެ ލޯބިވުން ހެއްޔެވެ. އެހެން ކަމަށްވާ ނަމަ އެކުށް އެލީ އަށް ކުރެވިއްޖެއެވެ. ލޯބިވީ އިންތިހާއަށެވެ. ނަމަވެސް.. މިއަދު އެ ލޯބީގެ އެއްވެސް އަގެއް ނެތެވެ…

ނިމުނީ..

Share Article

Follow Me Written By

michelle

Level 1

Other Articles

hgriug3iy
Previous

ލޯބިކަން 6

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (13)

Next
April 8, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (13)

Previews
April 8, 2018

ލޯބިކަން 6

hgriug3iy

12 Comments!

  1. lotus says:
    April 8, 2018 at 4:46 pm

    Alhey… kihine mi v?????? Sooooooooo sad??? alhugadu heekuree mi story mi ah vure dhiguvaanekama.. n those 2 ah v big kankama kurimathila almost cant b together situation aka gos but miracaly they wil end up togethr but this was unexpected… iba ah varugadha ladeh dhinnama?….
    hope to read another story frm u soon.. TC

  2. M says:
    April 8, 2018 at 5:12 pm

    Lol

  3. michelle says:
    April 8, 2018 at 5:17 pm

    Alhuganduge mi waahaka aky hageegee haadhisaakah binaakoh liyefa oi waahakaeh.. ehnve ehaa kurukoh liyevuny.. me alhuganguge friendehge waahakaeh.. hageegee baithah alhugandu point out kollaanan
    * Ely aa jazlaan (aslu nameh noon) school ge dhe ekuverin
    * Dhemeehun wes ekaku anekaku kairi nubune thiby loabi waakan
    * Jazlaan farewell party ga propose kurun
    * Dhemeehun kaiwenya hamayah dhiya
    * Iba ge makaruveri kamun jazlaan e dhaluga jehsy
    * Adhi Ely aa Jazlaan breakup wi

    Its been almost 6 years now. The girl is married for 4 years and boy is single. Adhiwes boy wait kurey girl ah. Aadheys wes kurey. Girl wes adhiwes loabiwey ekm her husband is very very good.. and she doesn’t know what to do!

    1. roassy says:
      April 8, 2018 at 6:28 pm

      huxband eha ragalhiyya eyna aa eku ulhun enme ragalhuvaany. heyo firiyaku libumaky anhenakah dhuniyeyga libey enme bodu naseeb

  4. Aam says:
    April 8, 2018 at 5:32 pm

    Ehaa loabi vaanama maafu kuraane.

  5. nn says:
    April 8, 2018 at 8:53 pm

    Meege kunna hama ah mi aee adhi

  6. vaahaka kiyaa kuhjjaa says:
    April 9, 2018 at 4:33 pm

    hahahaha … mioh vaahaka eh dho.. kiyaa nunimey kamah heekuree, ekam eyoh v gotheh .. kunneh nei vaahaka nuliyabala , kithah meehunge time waste v , liyefa huri gothun vs ingey ehn vs ottareh nuhunnaane kan . thikahala meehun ulheynee bayaku kameh kuraathyve kuran ,… mi vaahaka vvvvv v v vvvvvvvvvvvv hadi , just like you ,, i imagine kuree you hunnaanee kalhu baburu gandeh gothah ..and hiki hiki dhandi eh hen …

    1. ??? says:
      April 11, 2018 at 4:09 pm

      Mee hageegee vaahaka eh! Writer beynunhaa gothakah vaahaka eh badhaleh nukureveyne dhw,!
      BTW mivaahaka v reethi ?

    2. zaik says:
      April 11, 2018 at 4:23 pm

      insaanun hahdhaafa vany ehme rivethi sooraaga. bodaa viys bodu varu thee.

  7. dare says:
    April 11, 2018 at 4:20 pm

    but jazz ah chance eh dhin nama dhw. no one is perfect. everyone makes mistakes in life.

  8. Dhimm says:
    April 14, 2018 at 4:30 pm

    Ending eha reehcheh noon.. 🙁

  9. Have some shame says:
    May 3, 2018 at 11:39 pm

    OMG…haadha uncivilized eyy dho Visnumekey dho?writer ninmaanee vaahaka ehga vaa huriha gotheh ves…

Comments are closed.



All Right Reserved!