Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ރީތި ސޫރައެކޭ 5-

Pinkish Level 6100 Comments10 Stories100 Login500 Comments
April 6, 2018 5 Mins Read
53 Comments

    އިރާދަކުރެއްވިއްޔާ އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބު މިއަދު ލިބޭނެއެވެ.

*****

  “ހިނގާބަަލަ ދާން ދެން. ސައިކޮލޮޖީ މީހަކާ ދައްކާލާނީ” އީތަންގެ އަތަށް ދަމަމުން ޔާމީން ބުނެލިއެވެ. “ނޫން ނުދާނަން. މަށަކަށް ނުކެރޭނެ ދާކަށް” ޔާމީންގެ އަތް ފޮޅާލާފައި ދުވެފައި ގޮސް އެނދުގައި އޮށޯންނަމުން އީތަން ބުނެލިއެވެ. ޔާމީން ފުންނޭވާއެއް ލިއެވެ. “ބޭބެ އަކަސް ތީ ބޮޑުވަރު. ކުޑަކުއްޖަކަށް ވުރެ ކަންތައް ފަލައޭ. އީތަން އޮވޭ ތިތާ. މަށެއް ނުހުންނާނަން. މިއަދު ފުރަންވާއިރަށް މަ މިދަނީ ބާޒާރު ކުރަން.” ޔާމީން މިހެން ބުނުމުން އީތަން އޮތް ގޮތަށް އޮވެ އަތް ހިއްލާލުމަށްފަހު އިޝާރާތުން ދިޔުމަށް އަންގާލިއެވެ.

  ޔާމީން ދެބުމަ ގޮށްޖަހައިގެން ހުރެ ލިބުނު ފުރުސަތުގައި އަވަހަށް ނިކުމެގެން ދިޔައެވެ.

*****

  ނަބާ ރަސްފަންނަށް ގޮސް މުޅި ތަނަށް ނަޒަރު ހިންގާލީ އަކްމަލް ފެނޭތޯއެވެ. އޭނާއަށް އާދެވުނީ ގަޑި ޖެހިގެން ކަމުން މިހާރު އަކްމަލް އައިސް ދާނެކަން އޭނާގެ ހިތްބުނުމުންނެވެ. “ޕޮއް” ނަބާގެ ފުރަގަހުން ކުރިމައްޗަށް އަރަމުން އަކްމަލް ބުނެލިއެވެ. ނަބާއަށް ކުއްލިއަކަށް އަކްމަލްގެ އަޑު އިވުމުން ސިހުން ލިބުން ނަމަވެސް ދެވަނަ ސިކުންތުގައި ނަބާގެ މޫނުމަތީ ދުވެލީ ލަދުވެތިކަމެވެ. އެކަން އަކްމަލްއަށް ވިސްނުނީ ކަންނޭނގެއެވެ.

  “އަމް. ވަރަށް މީހުން ގިނަ ދޯ. މިތާ ކައިރި ކެފޭ އަކަށް ދަމާ” ބޯކަހާލަމުން އަކްމަލް ވާހަކަ ދެއްކިއެވެ. “އޯކޭ” ނަބާގެ ޖަވާބު ވަރަށް ވެސް އަވަަހަށް ލިބުނެވެ. އެހެންކަމުން ލަސްކުރުމެއް ނެތި އަކްމަލް ހިނގާށޭ ކިޔާ ގޮސް ދެމީހުން އެކީ ކެފޭއެއް ތެރެއަށް ވަދެގަތެވެ.
 
  ހަވީރުގެ ވަގުތު ކަމުން އެތަނުން ހުސް ޖާގައެއް ހޯދުންވީ ދަތި ކަމަކަށެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި އިން ހުސް މޭޒެއް ފެނުމުން އަކްމަލްމެން ގޮސް އެތާ އިށީއިނެ ހަމަޖެހިލިއެވެ.

 10 މިނެޓް ފާއިތުވެގެން ދިޔައިރުވެސް އެކަކުވެސް އަނގައިން ނުބުނިއެވެ. ހީވާގޮތުން ފަށާނެ ގޮތެއް ނޭނގެއެވެ. އިރުކޮޅެއް ފަހުން ނަބާ އަށް ވާހަކަ ދެއްކެން ފެށުނީ ކެތްމަދުވެފައި ހުރުމުންނެވެ.

 “ކިހިނެއްވީ ޒޭބާއަށް” ނަބާ އެހުމުން އަކްމަލް ފުންނޭވާއެއް ލިއެވެ.

 “ފަސްޓް އޮފް އޯލް. ކީއްވެ އަހަރެން ނަބާ ކައިރި ބުނަންވީ. ކީއްވެ އެހާ ކިއުރިއަސް ވަނީ؟” އަކްމަލް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ކޮށްލިއެވެ.
  “ބުނީމެއްނު. އަހަރެން މީ ޒޭބާގެ ވަރަށް ގާތް މީހެކޭ”

  “ކޮންމެހެން ގާތް މީހަކަށް އިނގޭކަށް ނުޖެހޭނެއޭ” އަކްމަލް ވެސް ހުރީ އޭނާގެ ގޮތުގައެވެ.

  “އޯލްރައިޓް. ޒޭބާއަކީ އަހަރެންގެ އެއްމާބަނޑު ކޮއްކޮ. އަކްމަލްއަށް ވެސް އިނގޭނެ ޒޭބާގެ ދައްތައެއް ހުންނަކަން ރައިޓް؟”

 “އާން އެކަމް އެއްމާބަނޑު ކަމެއް ނޭނގޭ. ޒޭބާ ނުބުނެ އެހެންނެއް” އަކްމަލް އެހެން ބުނެލީ ޒޭބާ ކުރިން އެހެން ބުނެފައި ވާތީއެވެ.

“ދެން ބުނެބަލަ ޒޭބާއަށް ކިހިނެއް ވީކަން” ނަބާ އަނެއްކާވެސް އަހާލިއެވެ. “ފުރަތަމަ ބުނެބަލަ. ޒޭބާ އަކީ ކޮއްކޮ ކަން އިގުނީ ކިހިނެއް؟ އެއްމެ ބޮޑު ސުވާލަކީ ކީއްވެ ޒީނައްތަ ތިމީހުނާ ވަކިން އުޅެނީ. މިބުނީ ޒީނައްތަ އެހާ ރަނގަޅު. ޒީނައްތަ އާ ނަބާ ބައްޕަ ކީއްވެ ދުރުވީ” އަކްމަލް ވެސް ކޮށްލީ ސުވާލެކެވެ. އެއަކީ ވެސް އެގެންޖެހޭ މުހިއްމު ކަމެއްކަން އެހިތް ބުނީތީއެވެ.

“އަހަރެންގެ ބައްޕަ މަންމަ ވަރިކުރީ އަހަރެމެންނަށް އެންމެ ހަމަހުގައި” ނަބާ ފުންނޭވާއެއް ލިއެވެ. “އަހަރެންގެ މަންމައަކީ މަންމަމެންގެ އިރު ރީތީގެ ނާމަސީލު މިސާލެއް ކަމަށް ބައްޕަ ބުނި. އެކި ފިރިހެނުންގެ ހިތްތައް ފަތަހަކުރަމުންދާ މީހެއް. އޭގެތެރޭގައި ބައްޕަ އާއި ބައްޕަގެ ކަޒިން ފައިސަލްވެސް ހިމެނޭ. ނަމަވެސް މަންމަގެ ހިތް ދެވުނީ އަހަރެންގެ ބައްޕައަށް. އެކަމާ ފައިސަލް ގެ ހިތުގައި ހަސަދަވެރިކަން އަށަގަތީ. ބައްޕައަކީ އޭނާގެ ކަޒިންކަން ހަނދާން ނައްތާލާ އެކި އެކި ރޭވުން ފައިސަލް ރޭވީ މަންމަމެން ދުރުކުރަން އެ ހަސަދަވެރިކަމެއްގެ ސަބަބުން. ނަމަވެސް އެކަމުން މަންމަ އަދި ބައްޕަގެ ގުޅުމަށް އަސަރެއް ނުކުރޭ. ދެމީހުން ކައިވެނި ކުރީ ދެފަރާތު އާއިލާ ރުހިގަބޫލުވެގެން އެކި އެކި ހުވަފެންތައް ދެކިގެން ކަމަށް ބައްޕަ ބުނި.” ފަނޑު ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން ނަބާ ވާހަކަ ދެއްކިއެވެ.

ނަބާގެ ވާހަކަތަކަށް ސަމާލުކަން ދީގެން ހުރިނަމަވެސް އަކްމަލް ގެ ނަޒަރު އިރުއިރުކޮޅާ ނަބާގެ ރީތި މޫނަށް ހުއްޓެމުން ދިޔައެވެ.

“ބައްޕަމެންގެ ގުޅުން ވަރަށް ވަރުގަދަ. އުފަލާ މަޖަލުގައި ދުވަސްތައް ދިޔަގޮތް އެމީހުނަކަށް ނޭނގެ. މަންމަ އެއްމާބަނޑު ދެކުދިންނަށް ބަނޑު ބޮޑު ވުމަކީ ބައްޕައަށް ލިބުން އެއްމެ ބޮޑުއުފާ. އެދުވަހު ބައްޕަ މަންމަދެކެ ލޯބިވާލެއް އިތުރުވެގެން ދިޔަ.” އަނެއްކާ ނަބާ ހުއްޓާލާފައި ފުންނޭވާއެއް ލިއެވެ.

“އަހަރެމެންނަށް ހަމަހުގައި އަނެއްކާ މަންމަގެ ދިރިއުޅުމަށް ފައިސަލްގެ ހިޔަނި އެޅުނީ. އެފަހަރު ފައިސަލްގެ ރޭވުން ކިތަންމެހާވެސް ރަނގަޅަށް ކާމިޔާބުވި. ފައިސަލް ބައްޕައަށް ދެއްކީ މެސެޖް ތަކެއް. އޭގައި ވަނީ ބައްޕަ އާއެކު މަންމަ އުޅެން ބޭނުން ނުވާކަމާއި މަންމަ ލޯބިވަނީ ފައިސަލް ދެކެ ކަމަށް. ކައިވެންޏަށް މިހާދުވަސް ވެގެން ދިޔައިރު މިހާރު ބައްޕަ ދެކެ ފޫހި ވާކަމަށް. އޭގެ އިތުރުން އެތައް ހަޑި ބޭއަހްލާގީ ވާހަކަ ތައްވެސް ދައްކާފައި ހުރި. ބައްޕަ ފުރަތަމަ ވެސް މެސެޖްތައް ކިޔާލުމަށްފަހު ބަލާލީ ކޮށްފައި ހުރި ނަންބަރަށް. ބައްޕަގެ ދެލޯ ބޮޑުވެ ރުޅިވެސް އައީ އެއީ މަންމަގެ ނަންބަރުކަމަށް ވީމަ. އެދުވަހު ބައްޕަ ގެއަށް ދިޔަ ގޮތަށް ގޮސް މަންމަ ވަރިކުރީ މަންމަ އެހެން ނެހެދުމަށް އާދޭސް ކޮށް ކޮށް ހުއްޓައި.”

“މަންމަ ބޭނުމެއް ނުވި ދެކުދިން ބައްޕަ އާ ދުރުކުރާކަށް ސޯ ނަބާ އެންޑް ޒޭބާ ވަކިވީ. މަންމަ އަށް ޒޭބާ އެންޑް ބައްޕައަށް ނަބާ ރައިޓް؟” އަކްމަލް މިހެން ބުނުމުން ނަބާ ބޯޖަހާލިއެވެ.

“އޭގެ ފަހުން ފައިސަލް އައިސް ޒީނައްތަ ކައިރި ކައިވެނިކުރުމަށް އެދެން ފެށި. ޒީނައްތަ އަށް ވިސްނުނީ ކަންނޭގެ ތިންވަނައަށް ފައިސަލް އައި ދުވަހު ޒީނައްތަ، ފައިސަލް އާއި ޒީނައްތައާ ދެމެދު ދެކެވުނު ވާހަކަ ތައް ރިކޯޑް ކުރީ. ކާކުގެ ނަސީބެއް ކަމެއް ނޭނގެ އެދުވަހު ފައިސަލް އަމިއްލައަށް ބޭޒާރުވީ އަމިއްލަ ކުއް ކިޔައިދެމުން. ފައިސަލް ބުނީ އެއަކީ ގާތް ރައްޓެއްސެއް ލައްވާ ކުރުވި ފޭކް މެސެޖް ތަކެކޭ. އެދުވަހު ޒީނައްތަ ހިތަށް އެރި ޒާހިދުބެ ކައިރިއަށް ދާން. އެކަމް ދެވަނަ ސިކުންތުގައި ހިޔާލު ބަދަލު ވީ އިތުބާރު ނުކުރާ މީހަކާ އެކީ އުޅުމުގެ ބޭނުމެއް ނެތް ކަން ވިސްނިގެން. ސޯ ޒޭބާ ގޮވައިގެން އިންޑިއާ އަށް ޒީނައްތަ ބަދަލުވީ ފައިސަލްގެ ކިބައިންވެސް ރައްކާތެރިވުމަށްޓަކައި” އަކްމަލް ވީގޮތް ކިޔައިދިނުމުން ނަބާ އަށް ދެލޯ ބޮޑުކޮށްލެވުނީ އެއަކީ އޭނާވެސް ކިޔައިދޭން އުޅުނު ވާހަކަ ކަމަށް ވީތީއެވެ.

“ހެހެ ސަޕްރައިޒް ނުވޭ. ޒޭބާ އަހަރެންނަށް ކިޔައިދިނޭ. ޝީ އިޒް މައި ބެސްޓްފްރެންޑް. ހޫމް ދެން ތިދެމީހުން މީޓް ވީ ކިހިނެއް؟” އަކްމަލް ހީލަމުން އެހެން ބުނެލާފައި ނަބާ ކުރެން އަހާލިއެވެ.

“ކުރިންވެސް ބުނި ފަދައިން ފޭސްބުކް އިން. އެއަކީ އަހަރެން އޮސްޓްރޭލިއާގައި އުޅުނު އިރު. ފުރަތަމަ އަހަރެން މެސެންޖާ އިން މެސެޖް ކުރީ ދެމީހުން ވައްތަރުކަމުން. ޒޭބާވެސް ވަރަށް ވާހަކަ ދެއްކި. އެހެން ޓޯކް ކުރަމުން އިނގުނީ ޒޭބާގެ ފަރާތުން އަހަރެން މީ އޭނާގެ ދައްތަ ކަން. ބައްޕަގެ ނަން ބުނެ ބައްޕަގެ ވާހަކަ ދެއްކީމަ. އޭރު އަހަރެން މަންމައަށް ނަފްރަތު ކުރަން. އަހަރެންނަށް އަޑުއިވިފައި އޮތީ ބައްޕަގެ ދުލުން ކަމުން ބައްޕަގެ ހިތަށް ކުރާނެ އަސަރު އިނގުމުން. ކުޑަކޮށްވެސް ހީނުކުރަން އެއީ މީހެއްގެ ރޭވުމަކަށް ވެދާނެ ކަމަކަށް. އެހެންވެ ފުރަތަމަ ވެސް ޒޭބާއަށް ބަވާލީ. ހެހެ” ނަބާ އަށް ހެވުނީ އެދުވަސް ހަނދާން ވުމުންނެވެ.

“އަހަރެން ބަވާނެ ވަރަކަށް ބަވާފަ މައިތިރި ވީމަ ޒޭބާ ކިޔައިދިނީ އަސްލު ހަގީގަތް. މަންމައާއި ފައިސަލްގެ ރިކޯޑިންގެ ވެސް އިއްވި. އެ އިވުމުން އަހަރެންގެ ހިތުގައި މަންމަ އާމެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް ފިލައިދިޔަ. އެއަށްފަހު ދެން އުޅުނީ ދެމީހުންގެ ގުޅުން ސިއްރު ކޮށްގެން ބައްޕަ އާ މަންމަ ގުޅުވޭތޯ. ހަމަ އެދުވަހު ޒޭބާ އަހަރެންނަށް ދޮންތަ ކިޔަން ފެށިއިރު އަހަރެން ޒޭބާ އަށް ކިޔަން ފެށި ޒެޑޫ”

“ދުވަސްކޮޅެއް ވީތަނާ އަހަރެން ފޭސްބުކް ޔޫޒް ކުރުން ހުއްޓާލީ ފޭސްބުކް ފޫހިވީމަ. އެހެންވެ ދެން އަހަރެމެން ވާހަކަ ދެއްކީ އީމެއިލް އިން” އަނެއްކާ ވާހަކަ ދައްކަން ފަށައިފައި ނަބާ ހުއްޓާލަމުން އަކްމަލްއަށް ބަލާލިއެވެ. އޭރު އަކްމަލް ވެސް އިނީ ސީދާ ނަބާގެ ދެލޮލަށް ބަލާށެވެ.

“އަމް ދެން ޒޭބާ ކީއްވެ ގެއްލެންވީ؟” އިސްދަށަށް ޖަހާލަމުން ނަބާ އަހާލިއެވެ. “އިޓްސް އަ ލޯންގް ސްޓޯރީ. ވަގުތު އެބެއްތަ؟” ނަބާ އަވަސް އަވަހަށް ބޯޖަހާލީ ކެއްމަދުވެފައި ހުރުމުންނެވެ. “އަޑުއަހާ” އަކްމަލް ބުނެލިއެވެ.

****

(ޒޭބާގެ މާޒީ)

ޒީނަތު އޭނާގެ ހަމަހުގެ ދަރިފުޅު ޒޭބާ ގޮވައިގެން އިންޑިއާ އަށް އައީ އައު އަޒުމަކާއެކީއެވެ. ކާރެއްގައި ޒީނަތު ގޮސް ބޮޑު ގެއެއްގެ ކައިރި މަޑުކޮށްލިއެވެ. އެއަށްފަހު ގޮސް ބެލް ޖަހާލިއެވެ. އެއާއެކު ދޮރު ހުޅުވާލީ އޭނާގެ އެއްއުމުރެއްގެ އަންހެން މީހެކެވެ. އެއަކީ ޒީނަތުގެ އެއްމެ ގާތް އެކުވެރިޔާ އާސިމާއެވެ. “ޒީނަތު. ތިއައީ ދޯ. އަވަހަށް އާދޭ” ކުރިން ފޯނުން ވާހަކަ ދައްކާފައިވުމުން އާސިމާއަށް ވަނީ ޒީނަތު އަންނަކަން އިނގިފައެވެ. މުޅި އުމުރުވެސް އެގޭގައި ޒީނަތު އަށް ހުރެވޭނެ ކަމަށް އާސިމާ ބުންޏެވެ. އާސިމާގެ ފިރިމީހާ ހުސެން ވެސް އެކަމާ ރުހި ގަބޫލުވިއެވެ.

ޒީނަތު އާއި އާސިމާ ސޯފާގައި ވާހަކައިގައި ތިއްބާ އެތަނަށް އެއް އަހަރުގެ އަކްމަލް ކުދި ފިޔަވަޅު ތަކެއްގައި އައިސް އާސިމާގެ އުނގަށް އެރިއެވެ. “ޒީނަތު. މީ އަހަރެންގެ ދަރިފުޅު އަކްމަލް” އާސިމާ އެހެން ބުނުމުން ޒީނަތު ހިނިތުންވެލާފައި އަކްމަލްގެ ބޮލުގައި ފިރުމާލި އިރު އަކްމަލް ލަދުވެތިގޮތަކަށް ހިނިތުންވެލީއެވެ.

“ބަލާލަ ޒީނައްތަ އެއައީ އަކޫ އަށް ލޯބި ފްރެންޑެއްވެސް ގޮވައިގެނޭ. ޒޭބާ” ޒީނަތުގެ އަތުން ޒޭބާ ނެގުމަށްފަހު އަކްމަލްއާ ކައިރި ކޮށްލަމުން އާސިމާ ބުނެލިއެވެ. “ދޭބާ” އަކްމަލް ގެ ތުއްތު އަޑުން ގޮވާލިއެވެ. ޒީނަތު އަދި އާސިމާއަށް ހިނިތުންވެވުނީ އެއްފަހަރާއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވަމުން ގޮސް 20 އަހަރު ފާއިތުވެގެން ދިޔައެވެ.

“އޭ މޮޔަޔާ. އަވަހަށް ހިނގާ އިރުކޮޅަކުން އަވި އެރީމަ މަށެއް ނުކުޅޭނަން” ޒޭބާގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން އަކްމަލް ބުނެލިއެވެ. “ހޫމް ހިނގާބަލަ. އަޅުގަނޑު މިހިރީ ތައްޔާރަށޭ” ކަކުލާ ހަމައަށް އަންނަ ފިއްތި ހުދުކުލައިގެ ތިރިއަކާ ހުދުކުލައިގެ ޓޮޕް ކޮޅެއް ލައިގެން ހުރި ޒޭބާ ވާހަކަ ދައްކަމުން ކޮޓަރިން ނިކުތެވެ. އޭނާގެ ފަން ފައިގެ ތަނބި ކައްޓާހަމައަށް އަންނަ އިސްތަށި ގަނޑު ވަނީ ނަގާ ހުޅިއެއް ޖަހާލާފައެވެ.

ދެމީހުން ހިނިތުންވެ ހުރެ ސިޓިންގްރޫމް ހުރަސް ކުރަމުން ދަނިކޮށް ޒީނަތު ބަދިގޭގައި ހުރެ ގޮވާލިއެވެ. “އޭ އޭ. އެހެރީ ޖޫސް ގިރާފައި. ދެމީހުންވެސް ބޮއިގެން ދޭ” މިއަޑު އިވި ޓީވީ ބަލަން އިން އާސިމާ ހިނިތުންވެ ހުރެ ޒޭބާ އަދި އަކްމަލް އަށް ބަލާލިއެވެ. ދެމީހުން ތުން ފިއްތައިގެން ތިބިގޮތުން އާސިމާއަށް ބޮޑަށް ހެވުނެވެ.

ކިތަންމެ ފޫހިވެގެން ނަމަވެސް ދެމީހުން ގޮސް ޖޫސްތަށި ބޯލިއެވެ. އެއަށްފަހު ލަސް ކުރުމެއްނެތި ބޭރަށް ނިކުމެ އަޅާފައިވާ ބެޑްމިންޓަން ކޯޓު ތެރެއަށް ވަދެ އަވަހަކަށް ކުޅެން ފެށިއެވެ.

ދިހަ މިނެޓް ފަހުން އަކްމަލްގެ ނަމުން މީހަކު ގޮވާލުމުން އަކްމަލްގެ އިތުރުން ޒޭބާވެސް އެދިމާލަށް ބަލާލިއެވެ. އެވަގުތު އަކްމަލް ކުރިއަށް ހިނގައިގަތް އިރު ޒޭބާއަށް ބަލަހައްޓައިގެން ހަރަކާތެއްވެސް ނުކޮށް ހުރެވުނީއެވެ.

*****

(މިހާރު)

އަކްމަލްގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އަކްމަލްގެ ފޯނު ރިންގްވާން ފެށުމުންނެވެ. ނަބާއަށް މިހާރު ރޭގަނޑު ވެފައިވާކަން ވެސް ރޭކާލީ ހަމައެވަގުތެވެ. ފޯނު ނެގި އަކްމަލް އެކޮޅުން ބުނި ވާހަކައިން ދެލޯ ބޮޑުކޮށްލައިގެން އިރުކޮޅަކު ހުރެވުނީއެވެ. އެއަށްފަހު ބާރަކަށް ވަޓްއޭ ބުނި ގޮތުން ނަބާއަށް އެވީ ކީއްކަން އިނގުމަށް ޝައުގުވެރިވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (12)

Next

އެހެނަސް…(4)

Next
April 7, 2018

އެހެނަސް…(4)

Previews
April 6, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (12)

53 Comments!

  1. Ram says:
    April 6, 2018 at 10:13 pm

    Heii.. i’m so sorry.. varah las vehje dww.. hama upnukohlevunyy.. sorry igeyy.. anyway, mistake eh iniyyaa faahaga koh buneladhehcheyy.. loves you guyx ?

    1. Ram says:
      April 6, 2018 at 10:14 pm

      Next part sunday ga.. in sha allah.. ❤

  2. lotus says:
    April 6, 2018 at 10:20 pm

    Wats gonna happen nxt… curiously waiting

    1. Ram says:
      April 7, 2018 at 9:26 am

      Hehe thanks lotus ?

  3. Friends says:
    April 6, 2018 at 11:00 pm

    Dhen vaany kihineh baa. Ethan ah bodi eh libuny kan nyge.haha.stry hama v salhi.next part avahah up kohla dhehchey igey.
    -salaam -??

    1. Ram says:
      April 7, 2018 at 9:29 am

      Lets see dwww.. Hehe.. Yess thankyouu… Mikolhun vx salaan ❤

  4. Sana says:
    April 6, 2018 at 11:39 pm

    Waau varah reethi ???
    Waiting for the next part❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ram says:
      April 7, 2018 at 9:30 am

      Thankyou sanaa ?

  5. sum sum ? says:
    April 6, 2018 at 11:48 pm

    Nothing to say…….???
    Varah loabi story eh mee?
    Keep going dear ????

    1. Ram says:
      April 7, 2018 at 9:31 am

      Thankyou sum ?

  6. Anaa says:
    April 6, 2018 at 11:53 pm

    Varah reethi ???
    Zeebaa ge mazee ga veegoh balaalaa hithun Anaa mihuree varah bodah ?
    Keep it up ram ????

    1. Ram says:
      April 7, 2018 at 9:32 am

      Thankyou anaa.. Keep Waiting ?

  7. mary says:
    April 6, 2018 at 11:54 pm

    haadha kurey ???kiyaa hithun indhaa enimuny ehvess reethi gothehvess nuvay???btw v loabi mipartvess next partah v inthizaaru evakurevay ???

    1. Ram says:
      April 7, 2018 at 9:33 am

      Alheyy.. Thankyouu mary ?

  8. Axka says:
    April 6, 2018 at 11:59 pm

    Masha Allah varah reethi vaahaka eh ???
    Keep going lovely writer ram ?

    1. Ram says:
      April 7, 2018 at 9:34 am

      Awwn thankss axka?

  9. lisa says:
    April 7, 2018 at 12:04 am

    Liyumuge kuh thah ebahuri konmeves varakah
    Varah salhi story eh
    Haadha kurey this part ram?
    curiously waiting for next part ?????

    1. Ram says:
      April 7, 2018 at 9:35 am

      Okayyy.. Dhn faharakun dhigu kurrveythw balaanan igeyy.. Thankyouu lisa ?

  10. Zeek says:
    April 7, 2018 at 12:10 am

    Dhivehi bas thah beynun kurumah samaalu kandhee ram ?
    Example USE ge badhalhu facebook beenun kurun huhtaalii veema bodah reethi dho?mix kureema reecheh nuvaane ehaa
    Keep it up Ram ????

    1. Ram says:
      April 7, 2018 at 9:36 am

      Okay zeek.. Will try my best igeyyy.. Thankyouu so so so much ?

  11. Shann says:
    April 7, 2018 at 8:18 am

    Wow dhonthi ge ram mibaives hama ehvana… Rythi kamun hama bunaane ehcheh neyngey…??.. V kiyaalaa hithun mibaives mi kiyaaly… Keep it up ram dhoniiiiiiii… Luv n Miss u ????????????????

    1. Ram says:
      April 7, 2018 at 9:37 am

      Thankyouuu dhonthiii.. Luvs you and miss more ?

  12. Pinky shifoo says:
    April 7, 2018 at 11:43 am

    Hey Ram… Mi part vx v v v reethi ???… Hama v v kiyaalaahithun mi part vx mi kiyaaly ???… V interesting… E akee liyunyma v oddu gotheh hunna henn heevany shifoo ah… I think it will be if u write e ee… Shifoo ge hiyaalu ingey hama ???… U are doing great n keep up the good work Ram ❤️❤️❤️… Waiting for next part… Lots of love ??????❤️❤️❤️???

    1. Ram says:
      April 8, 2018 at 4:48 pm

      Okay shifooo thankss a lot dear.. Shifoo ge hiyaalaa hama ebbas.. Mistake eh e ee.. Thankyouuu… Loves more ?

  13. flower says:
    April 8, 2018 at 6:57 pm

    Waau❤❤❤❤❤❤❤❤❤❤❤
    Varah varah reethi???
    Keep it up ????

    1. Ram says:
      April 8, 2018 at 7:15 pm

      Thankyouuu flower ?

  14. Layaal says:
    April 8, 2018 at 7:04 pm

    kiyaa hithun indhaa thi ninmaalee ram ? but haadha kurey ? vedhaane kiyaa hithun ineema kamah ves kuru kamah heekureveny ?
    When the next part?

    1. Ram says:
      April 8, 2018 at 7:16 pm

      Thankyou layaal.. Vedhaane kury kamah vx hehe.. Mireyy igeyy.. 12 ge kurin upkohleveythww mi balanyy.. ?

  15. Ram says:
    April 9, 2018 at 1:49 pm

    I will up as soon as possible igeyy.. sorryy.. keep waiting.. ❤

  16. zabaa says:
    April 10, 2018 at 3:25 pm

    varah reethi story eh. waiting…………. keep it up ram..

    1. Ram says:
      April 18, 2018 at 10:02 am

      Thankyou zabaa ?

  17. ??? says:
    April 10, 2018 at 10:52 pm

    Ramoo Dhooni kihineh vvvvv rythi mivaahaka vess ??????

    1. Ram says:
      April 18, 2018 at 10:03 am

      Ram ge course ge kamehga.. Sorryy igeyy ?

  18. sum sum ? says:
    April 11, 2018 at 3:51 pm

    Ram kobaa story?
    Waiting……….

    1. Ram says:
      April 18, 2018 at 10:04 am

      Alheyy.. Will up soon sum ?

  19. $@@$@@ says:
    April 11, 2018 at 3:55 pm

    Konme part akah comment nukuriyass gavaidhun mi vaahaka kiyan ?
    Varah loabi story eh mee wow!wow!wow!????
    Keep going ram dhooni❤❤

    1. Ram says:
      April 18, 2018 at 10:06 am

      Awwn thankss love.. Keep reading ?

  20. ??? says:
    April 11, 2018 at 7:27 pm

    Alhey ram dhooni anehbaiii nerenii konn irakunnn ???

    1. Ram says:
      April 18, 2018 at 10:06 am

      Miadhu noony maadhan.. In sha allah ?

  21. Elisha says:
    April 13, 2018 at 9:48 am

    Kobaa next part Ram

    1. Ram says:
      April 18, 2018 at 10:07 am

      Will up soon dear in sha allah ?

  22. ??? says:
    April 13, 2018 at 8:48 pm

    Kobaa anehbaiii ?????

    1. Ram says:
      April 18, 2018 at 10:08 am

      Will up soon darl in sha allah ?

  23. sum sum ? says:
    April 13, 2018 at 11:53 pm

    Ram ???
    Waiting………

    1. Ram says:
      April 18, 2018 at 10:10 am

      Thankyou sum.. Keep waiting ?

  24. old man says:
    April 15, 2018 at 3:20 pm

    Ram ves vaahaka liyun huhtaaleetha????????????????

    1. Ram says:
      April 18, 2018 at 10:11 am

      Nooney dear.. Ram vaahaka eh fashaafa medhutherein huhtaa nulaanan in sha allah.. Ram ah vx udhaguu vey vaahaka medhutherey stuck vefa innanyaa.. Thankyouu dear.. Will up soon ?

  25. player says:
    April 16, 2018 at 5:00 pm

    Kobaa next part?

    1. Ram says:
      April 18, 2018 at 10:12 am

      Up kohlaanan vee emme avahakah ?

  26. Anonymous says:
    April 17, 2018 at 7:12 am

    Kon iraku nxt part?

    1. Ram says:
      April 18, 2018 at 10:13 am

      Miadhu noony maadhan in sha allah ?

  27. Ram says:
    April 18, 2018 at 10:00 am

    Heii guyxx.. Ram konme vaahaka ehvx complete kuramehnu.. Mi vaahaka vx kuraanan in sha allah.. I’m little bit bxy these days ehnve.. Sorry.. Miadhu noony tomorrow 6 vana bai upkohlaanan in sha allah ? keep waiting..

  28. Kooji says:
    July 1, 2018 at 2:47 pm

    vaahaka v reethi, kiyaa hiy vey, ekm thankolheh lahy upload kuraaleh. story liye ninmaafa upload kuran fashaanama

Comments are closed.

Next Episodeރީތި ސޫރައެކޭ 6-←


All Right Reserved!