Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (12)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 6, 2018 9 Mins Read
24 Comments

“އަދި ދިމާވާން ވާނެ އިނގޭ… އިންޝާ ﷲ… ޔަޝޫ ވަރަށް ފޯރިހުންނާނެ މިތަނަށް އަންނަން” މައިލީން ތެދުވަމުން ބުނެލިއެވެ. އެ ދެމީހުން ދިޔަ ދިމާބަލަން ތިބި ޒީޝާ އާއި އައިލީޝް ގެ ތުންފަތް މަތީގައި ވަނީ ހިނތުންވުމެކެވެ.

އުނދަގޫވޭ ބުނެދޭން ދަތިވޭ… ހާތަލު މީ…

ދެނެގެން މީ އަހަރެންގެ ހާލުކަން އެހީ ވާނުހޭ

ރޯތަން ފެންނާނެޔޭ ވީ ކީއްކަން ނޭނގޭނެޔޭ… މީ އުފެދުމުގާ ހުންނަ އުނި ކަމެކޭ… ހިތަށް އަރާ

ފެންނާނެނަމައޭ މި ދެލޮލުން ދުނިޔެ އެންމެނަށް މިއިހްސާސްތައް އޭރުން ކުރެވޭނެޔޭ!…

އޯޓިޒަމް ކުދިންނާ ބެހޭ ގޮތުން ކިޔާފައިވާ މި ލަވަ އެ ހިނދު ދެމީހުންގެ ދިޔަށް ވެސް ވަދެގެން ދިޔައެވެ.


އުފާވެރި ހިންހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮއްލާފައި ދެ އެކުވެރިން ގެއާ ދިމާލަށް މިސްރާބުޖެހިއިރު އައިލީޝް އަށް ބައެއް ވާހަކަ ތައް ހިއްސާކުރެވުމުން ޒީޝާ އަށް ލިބިފައިވަނީ އާދަޔާހިލާފު ހިންހަމަޖެހުމެކެވެ. އައިލީޝް ޓެކްސީއަކަށް އަރާ ގެއާ ދިމާލަށް މިސްރާބުޖެހިއިރު ޒީޝާ ބުނީ އޭނާ ދާނީ ބޮޑުދައިތަމެން ގެއަށް ވެދެލާފައިކަމަށެވެ. އެހެންކަމުން އޭނާ ގެ މިސްރާބުހުރީ އެ ގެއާ ދިމާލަށެވެ.

އޭނާގެ ލޮލުގައި ސައިކަލުގައި ދިޔަ ޒުވާނާ އަޅައިގަތުމާއެކު ހުއްޓުން އެރީ ލޮލަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވުމުންނެވެ. އާއެކެވެ. ސައިކަލުގައި އަންހެން ކުއްޖެއް ފަހަތަށް ލައިގެން އެދަނީ މާނިއު ނޫން ދެވަނަ އެހެން މީހެއްނޫނެވެ. އެ އަންހެންކުއްޖާ ފަހަތުން އައްޓަމަހެންހެން ތަތްވެގެން އިންއިރު އެ މަންޒަރު ބަލަން ޒީޝާ އަށް ނުހަނު އުނދަގޫވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. އަމިއްލަ ފިރިމީހާ ހިލޭ އަންހެނެއް ފަހަތު ލައިގެން ފެނުމުން ކޮންމެ އަންބެއްގެ ހިތަށް ވެސް އަސަރުކުރާނެއެވެ.

އެ ކުއްޖާ އިން ގޮތުންވެސް އެ ދެމީހުންވެ ދެމެދު އިންނަ ގުޅުން ޒީޝާ އަށް އެނގިގެން ދިޔައެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަށް ހިފައްޓަމުން އޭނާ ފުން ނޭވާއެއްލަމުން ކުރިއަށް ހިނގައިގަތެވެ.

ގެއަށް އައިސް ވަތް އައިލީޝް އަށް ޒާހިދު ފެނުމާއެކު އިސްޖަހާލެވުނީ އަދިވެސް ޒާހިދު ގެ ހިތި ބަސްތައް އޭނާގެ ހތުން ނުފިލާތީއެވެ. އެހިތުގައި އަނެއްކާވެސް ޝަކުވާ ތައް އުތުރި އަރަން ފެށުމާއެކު އެކަން މޫނުމަތިން ފާޅުވުމުގެ ކުރީގައި އޭނާ ފިޔަވަޅުތަކަށް ބާރުލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

ނަސީބަކުން ޒޙިދު ގެފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް މިފަހަރު ކުރިމައްޗެއް ނުވިއެވެ.


އޮފީހުގައި ދާނިޝް ގޮނޑީގައި އިށީދެގެން އިން އިރު އެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. އެ ފޮޓޯގަނޑު ގެއްލުމާއެކު އެކަމާ އަދިވެސް އޭނާގެ މޫޑު ހުރީ ގޯސްވެފައެވެ.

*****************

އިފްޝާގެ މޫނާ ދިމާލަށް ގުދުވެގެން އޮތް ދާނިޝް ސިހިފައި އަވަސް އަވަހަށ ދުރުވެލީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވެދާނެހެން ހީވީމައެވެ. އިފްޝާގެ ހިތުގެ ތެޅުމުގެ އަޑު އެހާ ގާތުން އޭނާ އަށް އިވުނުހެން ހީވިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ވެސް އޭނާގެ ޞަމީރު އެ އަމަލް ތަކުރާރުކުރަން މަޖުބޫރުކުރިފަދައެވެ. ދެންވެސް އޭނާ އެ ގޮތަށް އަމަލުކުރިއެވެ.

“އައި ލަވް ޔޫ” ދާނިޝް ގެ އަނގައިން އެ ބަސްތައް ނުކުތީ މަޑުމަޑުންނެވެ. އެހެންނަމަވެސް އިފްޝާ އަށް އެ އަޑު އިވުނީ ހުވަފެނެއް ފަދައިންނެވެ. އޭނާ އަށް ކަޅީ ޖަހާނުލާ ދާނިޝް އާ ދިމާލަށް ބަލަން ހުރެވުނު އިރު އުފާވެރި އިހްސާސްއެއް ކުރެވެމުން ދިޔައެވެ. ދުލުން ބަޔާންކޮއްދޭން އޭނާ އަށް ނޭގޭފަދަ އިހްސާސްއެކެވެ. އަނެއްކޮޅުން ދާނިޝް އަށް ދުރުވެވުނީ އެ ތޫނު ލޮލަށް ބަލަން ކުޅަދާނަ ނުވުމުންނެވެ.

“ޔެސް އައި ލަވް ޔޫ އިފްޝާ….” ދާނިޝް ދެވަނަ ފަހަރަށް އޭނާގެ ހިތުގެ އަޑު އިއްވާލުމާއެކު އިފްޝާ އަށް އިސްއުފުލާލާ ދާނިޝް އާ ދިމާލަށް ބަލާލި ކަމުގައި ވަނީނަމަވެސް އޭނާ ސިކުނޑީގައި ދައުރުވަމުން ދިޔައީ ދާނިޝް އޭ ކިޔައިގެން އޭނާގެ ކަންފަތަށް ފޯރާފައި ހުރި ވާހަކަތަކެވެ.

ދާނިޝް ފެނުމުން އޭނާ އަށް ވެސް އިތުރު ގޮތްތަކެއް ވެގެން ދެއެވެ. އެ ހިތުގެ ތެޅުން ވެސް ބާރުވެގެން ދިޔައެވެ. އެހެންނަމަވެސް އެ ކަހަލަ ފިރިހެނަކަށް އާބސް ބުނުމަކީ އޭނާ ބޭނުންވާ ކަމެއްނޫނެވެ.

އިފްޝާ ހިޔާލުތަކުގައި ބެހެމުން ދަނިކޮށް ސިހުން ގެނުވީ ދާނިޝް ގެ އަޑުންނެވެ. “އައި ރިއަލީ ޑޫ” ހީވީ އެނާގެ ހިތުގައި ހިނގަމުން ދިޔަ ކަންތައްތައް އިނގިގެން ބުނެލި ހެންނެވެ. “އޭނ…” އިފްޝާއަށް މިހެން ބުނެވުނީ އެ ވަގުތު އޭނާ ހާސްވެފައި ހުރި ވަރުންނެވެ.

އެއްވެސް އެއްޗެއް ނުބުނެ އޭނާ ނުކުންނަށް ހިނގައިގަތުމާއެކު ދާނިޝް އައިސް ކުރރިމައްޗަށް އެރިއެވެ. “އައި ރިއަލީ ޑޫ އިފޫ…. އައި ރިއަލީ ލަވްޔޫ” ނޭނގޭ ސަބަބަކާ ހެދި ދާނިޝް ގެ އަޑުގައިވި ޔަގީންކަން އިފްޝާއަށް ގަބޫލުކުރެވުނެވެ.

އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ދާނިޝް ގެ މޫނުމަތިން އޭނާ އަށް ފެނުނީ ތެދުވެރިކަމެވެ. އެހެންނަމަވެސް އެއީ މިފަދަ ފިރިހެނުން އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމަށް ދައްކާލާ ދަޅައެއް ނޫންބާއޭ އިފްޝާގެ ހިތަށް އެރިއެވެ. “އައެމް ސީރިއަސް” ދާނިޝް ގެ އަޑުގައިވަނީ ސީރިއަސްކަމެވެ. އިފްޝާގެ ހިތްވެސް ހިނދުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. ދާނިޝް ގެ އަޑުގައިވަނީ ސާބިތުކަމެވެ. އެހެންނަމަވެސް އެ ސީރިއަސްކަމާއެކު ވެސް ދާނިޝް ގެ ވާހަކަ ގަބޫލުކުރަން އިފްޝާ ޖެހިލުންވިއެވެ. އޭނާ ވިސްނަން ޖެހޭ ބައިވަރު ކަންތައް އެބަހުއްޓެވެ.

ލޯބީގެ ދުނިޔޭގައި އުދިހިފައި އުޅުމަށްވުރެ އޭނާ ކުރަންޖެހޭ ކަންތައް ގިނައެވެ. އެހެންކަމުން މީހަކު ދައްކާހާ ދަޅައަކަށް ހެއްލޭކަށް އޭނާ ބޭނުމެއްނޫނެވެ.

އިފްޝާގެ ޖަވާބަކަށް އިންތިޒާރު ކޮށްކޮށް ހުރި ދާނިޝް ސިހުނީ އިފްޝާ ވާހަކަ ދެއްކުމުންނެވެ. “އައި ކާންޓް…” ތުރުތުރު އަޅަމުން ދިޔަ އަޑަކުން އިފްޝާ ވާހަކަ ދެއްކިއެވެ.

“އިފޫ…. ޑޯންޓް ޔޫ ލަވް މީ” ދާނިޝް ކުއްލިއަކަށް އިފްޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެ އަމަލުން އިފްޝާ ސިހުނު ކަމުގައި ވިޔަސް އޭނާ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. އެހެންނަމަވެސް ދާނިޝް ހުޝިއާރު ކަމާއެކީ އެ އަނގަމަތީ އަތް އަޅަމުން ދެފަރާތަށް ބޯ ހޫރާލީ އިތުރަށް އެންމެ ބަހެއްވެސް ނުބުނާށޭ ބުނާފަދައިންނެވެ.

އިފްޝާ ދާނިޝް ގެ ލޮލަށް ބަލަން ކެތް ނުވުމުން އިސްޖަހާލަމުން އެ ނަޒަރު ތިރިކޮއްލިއެވެ. އަދި މަޑުމަޑުން ދާނިޝް ގެ އަތުން އޭނާގެ އަތް މިނިވަން ކުރަން އެ އަތަށް ބާރުލިއެވެ.

“ތީ ބޭކާރުކަމެއް އިފްޝާ” ދާނިޝް ގެ އަޑު އިވުމާއެކު އިފްޝާ އަށް ދެލޯ މަރާލެވުނެވެ. “ތި ކަހަލަ މީހުންގެ ގޮތް ތީ ތަނަކުން މީހަކު ފެންނަ އިރަށް ތިވައްތަރަށް އުޅޭ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ” އިފްޝާ ބަހުގެ ހަމަލާއެއް ދާނިޝް އަށް ރައްދުކޮއްލުމާއެކު ލިބުނު ސިހުމުގައި ދާނިޝް އަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި އިފްޝާގެ އަތުން ދޫކޮއްލެވުނެވެ. ލިބުނު ފުރުސަތުގައި އިފްޝާ ނުކުމެގެން ދިޔައީ ހަލުވިކޮށެވެ.

ފުރަތަމަ ފަހަރަށް ދާނިޝް އަށް ކުރިން އުޅެވުނު ގޮތާމެދު ވިސްނާލެވުނެވެ. ކިތަން ކުދިން އޭނާގާތު އާދޭސް ކުރިހެއްޔެވެ؟. އެހެންނަމަވެސް އެއިން އެއްވެސް ކުއްޖެއް ގެ ބަސް އަޑު އެހުމެއްނެތި އޭނާ ދިނީ ބީރުކަންފަތެކެވެ. މިއަދު އިފްޝާ އޭނާއަށް ފުރަގަސް ދިނުމުން ހިސާބެއްގެ ހުސްކަމެއް އޭނާގެ ނަފްސަށް ވެރިވެގެން ދިޔުމާއެކު މެއާ ދިމާލުގައި އަތް އަޅާލެވުނީ އެ މޭގައި ރިއްސަމުން ދިޔަލެތް ބޮޑުކަމުންނެވެ.

*******************

ގޮނޑީގައި ހަމަޖެހިލައިގެން އިން ދާނިޝް އަށް މޭގައި އަތް އަޅާލައިގެން އިނދެވުނީ އެ ހަނދާންތަކުންވެސް އޭނާ އަށް ލިބެމުން ދާ ހިތާމަ ބޮޑުވީމައެވެ. ކިތަންމެ ހަނދާން ކުރަން ބޭނުންނުވާ ސަފްހާތަކަކަށްވިޔަސް އޭނާ އަށް އެ ހިތި މާޒީ މަތިން ހަނދާން ނައްތާ ލެވޭ ގޮތެއްނުވިއެވެ.

******************

އޮފީހަށް އައިސް ދާނިޝް އެހެން ދުވަސް ދުވަހަށް ވުރެ ބުރަކޮށް މަސައްކަތުގައި އުޅޭތަން ފެނި ޒާހިދު އަށް ލިބުނީ ހައިރާންކަމެކެވެ. އަމިއްލަ ދަރިފުޅު ޒިންމާ ދާރު ވާތަން ފެނި އޭނާ އަށް ލިބިފައިވަނީ އާދަޔާހިލާފު އުފާވެރިކަމެކެވެ. މިއިން ދުވަހަކު ދަރިފުޅުގެ ފަރާތުން ނުފެންނަ ސިފަތަކެއް ފެންނަމުން ދާތީ އޭނާ ހުރީ އެ އައި ބަދަލުގެ ފަހަތުގައި ވާ ސިއްރުތައް ދެނެގަންނަން ބޭނުންވެފައެވެ.

އިފްޝާ އޮފީހަށް އައިއިރު އޮފީހުގައި އުޅެމުން ދިޔަ މީހުންގެ ފަރާތުން އެހެންޏާ ނުފެންނަ ފަދަ ކަންތައްތަކެއް ފެނިގެން ދިޔައެވެ. ކޮންމެ މީހަކުވެސް ދާނިޝް އޭ ކިޔައިގެން ވާހަކަ ދައްކަމުން ދިޔައީ އެމީހުންނަށް މިއިން ދުވަހަކު ނުފެންނަ މަންޒަރުތަކެއް ފެންނާތީއެވެ. ދާނިޝް މާ އަވަހަށް އޮފީހަށް އައިސް މަސައްކަތް ކުރަން ފެށި ހަބަރު އަލިފާން ކޮޅެއް ހިކި ފަތްތަކެއްގައި ރޯކޮއްލުމުން ފެތުރިގެންދާހާ އަވަހަށް ފެތުރިގެން އޮފީސްތެރޭގައި ދިޔައެވެ.

ވާނީވެސް އެހެންނޫންހެއްޔެވެ؟. ދާނިޝް އޮފީހަށް އަންނާނީވެސް އޮފީސް ގަޑި ފެށިގެން ދެގަޑީރު ނޫނޫ ގަޑީރެއް ލަސްވާ ފަހުންނެވެ. އައިސް ވެސް ހުރިހާ މަސައްކަތެއް ކުރުވަން ޖެހޭނީ އެސިސްޓެންޓް ލައްވައެވެ. އެތަނަށް އަންނަ ކުދިންތަކުގެ ތެރެއިން ގިނަ ކުދިން ކެނޑިގެންދާ އެއް ސަބަބަކީވެސް އެއީއެވެ. އެންމެ ފަހު ގެ ވަގުތު ގައި އެ ހުރިހާ ކްރިޑެޓެއް ލިބޭނީ އޭނާއަށެވެ.

އިފްޝާވެސް ހައިރާން ކަމާއެކު ގޮސް ދާނިޝްގެ ކެބިންގެ ލޯގަނޑު ކައިރީގައި މަޑުކޮއްލީ އެމީހުން ދައްކާ ވާހަކައިގެ ތެދު ދޮގު ބަލާލުމަށެވެ. އާއެކެވެ. އެއީ ހަމަ ދާނިޝް އެވެ.

އޭނާގެ ތުންފަތަށް ހިސާބެއްގެ ހިނިތުންވުމެއް ވެރިވެގެން ދިޔަޔަސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ދިޔައީ ދާދި ގާތުން ވާހަކަ ދެއްކި ރާއިދާގެ އަޑާ އެކުގައެވެ.

“ހޫން… ހެވޭ ދެން… މާ ރީތީތަ… އެކަމަކު ކަލެ އަކަށް ނުލިބޭނެ…” ރާއިދާ ގެ ޖުމްލަތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއްކަން ވިސްނުމާއެކު އޭނާ އާ ދިމާލަށް ބަލާލާފައިވެސް އިފްޝާ އެއްޗެއް ބުނުމުގެ ހިޔާލުދޫކޮއްލާފައި ގޮސް ކެބިން އަށް ވެނެވެ.

އިއްޔެގެ ހާދިސާ އަށް ފަހު ދާނިޝް އާ ކުރިމަތިލާން އިފްޝާ ހުރީ ޖެހިލުންވެފައެވެ. އެހެންނަމަވެސް އޮފީހެއްވިއްޔާ ކުރިމަތިލާންވެސް ޖެހޭނެތާއެވެ. ހިސާބެއްގެ ހާސްކަމެއް ވެރިވެފައި ހުރުމާއެކުވެސް މިއަދަށް ނިންމަން ޖެހޭ އެއް ފައިލް ނިންމާލާ އޭނާ ދާނިޝް ގެ ކެބިން އަށް މިސްރާބުޖެހީ ދާނިޝް ގެ ސޮއި ބޭނުންވާތީއެވެ.

ދާނިޝް ގެ ކެބިން އާ އަރާ ހަމަވެފައި އޭނާގެ ފިތަވަޅުތައް މަޑުޖެހިލީ އެތަނަށް ވަންނަން ވީ ބާ އޭ ނޫނީ ނުވަންނަން ވީ ބާ އޭ ހިތަށް އެރީތީއެވެ. އެހެންނަމަވެސް އޭނާ އަކީ އެހާ ފިޑިމީހެއް ނޫނޭ އަމިއްލަ ސިކުނޑިއަށް ވިސްނައި ދިނުމާއެކު އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. އަދި އެތެރެއަށް ވަނެވެ.

އިފްޝާ ވަނުމާއެކު ދާނިޝް އަށް ވެސް އިފްޝާ އަށް ބަލާލަމުން ކުރަން އިން މަސައްކަތް މަޑުޖައްސާލެވުނެވެ.

އިސްވެ އިފްޝާމ ވާހަކަ ދެއްކުމުން ދާނިޝް އިފްޝާ އާ ނަޒަރު ވަކިކޮއްލަމުން މޭޒުމަތީގައި ފައިލް ބޭންދުމަށް އިޝާރާތް ކޮއްލިއެވެ. ދާނިޝް ގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ނުލިބުމާއެކު އިފްޝާ އަށް އިސްޖަހާލަމުން ނުކުތުމަށް މަޖުބޫރުކުރުވިއެވެ.

އޭނާ މަޑު ފިޔަވަޅުތަކެއް ގައި ގޮސް ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. އެ ސކުންތުގައި ދާނިޝް އޭނާ އަށް ގޮވާލާ މަޑުކޮއްލަން އެ ހިތް އެދެމުން ދިޔައީ ކީއްވެ ކަން ޚުދު އޭނާ އަށް ވެސް ނޭގެއެވެ.

***********

ދާނިޝް ހިޔާލް ތަކުން ބޭރުވަމުން ކުއްލިއަކަށް ތެދުވީ އިޝާ ނަމާދު ބަންގީގެ އަޑުންނެވެ. ފައިލް ތައް ލައްޕާލަމުން އޭނާ އަވަސްވެގަތީ އޮފީސް ކައިރީގައި ހުންނަ މިސްކިތަށް ދާށެވެ.

ނަމާދުކޮށްލައިގެން ޤުރުއާން ކިޔަވާލުމުން އޭނާގެ ނަފްސަށް ހަމަޖެހުން ލިބިގެންދިޔައެވެ. ހުރިހާ ހާސްކަމެއް ފިލާދިޔައެވެ. އާދަޔާ ހިލާފު ހިންހަމަ ޖެހުމެއް މީހާގެ އެތެރެހައްޓަށް އިހްސާސް ކުރެވިގެން ދިޔައެވެ.

އެނބުރި އޮފީހަށް ދިޔަ މަގުމަތީގައި އޭނާގެ ލޮލުގައި އަޅައިގަތް އަންހެން ކުއްޖެއް ގެ ސަބަބުން އޭނާ ގެ ދެފައި ބިމުގައި ހަރުލިއެވެ. ތިން އަހަރު ފަހުން އެ ސޫރަ ފެނުމުން ވެސް އެ ސޫރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އެއީ ހަމަ އެ އިސްކޮޅެވެ.

އެ ހަށިގަނޑެވެ. ބޮލުގެ އިސްތަށިގަނޑު ގައި އަތް ހިންގާލަމުން އޭނާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ. އެ ކުއްޖާ އަށް ވުރެ ބޮޑަށް އޭނާގެ ނަޒަރު ހުއްޓިގެން ދިޔައީ ސައިކަލު ކުރީގައި އިން ފިރިހެން މީހާއަށެވެ. އެ އަތުގައި އިން ލަފު އޭނާ އަށް ފާހަގަ ކުރެވިގެން ދިޔުމާއެކު މާޒީގެ ހަނދާނެއް އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔައެވެ. އެއީ ހަމަ އެ ފިރިހެން މީހާއެވެ. އެހެންނަމަވެސް މިފަހަރު އޭނާގެ އަތުގަ ނުޖެހުނީތާއެވެ. އެކަމަކު އޭނާ ދާނިޝް ގެ އަތުގައި ޖެހޭ ފަހަރަކުން ވަރު ދައްކާލާނެވެ. ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އަސަރު ކުރުވާ ވަރަށް އަނިޔާ ކުރާނެއެވެ.

ވިސްނުމަކަށް ގެއްލިފައި ހުރެ އޭނާ ހިނގަމުން ދިޔައެވެ. އޮފީހަށް ވެދެ އެވަގުތު އެތާ މަސައްކަތް ކުރަމުން ދިޔަ ކުއްޖާ ގާތު ފައިލް ގެ މަސައްކަތް ދިޔަ ހިސާބު އަހާލިއެވެ.

އެ ގަޑި އަކީ ރަސްމީ ގަޑިއަކަށް ނުވުމާއެކު އޮފީހުގައި އެ ވަގުތު ހަރަކާތް ތެރިވަމުން ދިޔައީ ދާނިޝް އާއި ރާސިލް އަދިި  އައިކާ އެވެ.


ރާސިލް އަންނާނޭ އިރަކަށް ވަގުތުތައް ގުނަމުން ދިޔަ އައިލީޝް އޮތީ އެނދުގެ މަގަތުގައި އިށީދެގެން ފޯނާ ކުޅޭށެވެ. އެއްވެސް ކަމަކާ ހިޔާލެއް ފިކުރެއް ނެތި އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައިވެއެވެ.

ނިދިއައިސްގެން އާފުރެން ފެށުމާއެކު އޭނާ ޓެރެސްއަށް މިސްރާބުޖެހީ ނިދި ފިލުވާލުމަށެވެ.  ޓެރެސް އަށް އެރުމާއެކު އޭނާ އަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ކުރިން ރޭ މަތިން ހަނދާންވުމުންނެވެ. ރާސިލް ގެ އަތު ތެރޭގައި އޭނާ ވީ މަންޒަރު ހިޔާލަށް ގެނެވުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އަދިވެސް އެ ގޮތަށް އިންނަން އޭނާ ބޭނުންވިއެވެ. އެ އޯގާތެރިކަމަށް އެ ހިތް އެދެމުންދިޔައެވެ.

ރެއިލިންގައި އަތް އަޅުވާލަމުން އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދަށް އޭނާ ބަލާލިއެވެ. އެތަކެއް ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔަ ތަރިތަށް ފެނި ވެސް އެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ރާސިލް………” އައިލީޝް އަށް ލޯ މަރާލަމުން ރާސިލް ގެ ނަން ކިޔާލެވުނީ އޭނާގެ ގާތުގައި ރާސިލް ހުންނާނެ ނަމައޭ ހިތަށް އެރީ ވަރުންނެވެ.


ދާނިޝް އަށް ވިސްނެމުން ދިޔައީ ދެންމެ އެ ފެނުނު މީހާ އާ މެދުގައެވެ. ދިމަ ދިމާލުން އެތިކޮޅުތަށް ގުޅެމުން އަންނަން ފެށި ވަރަކަށް ވީ ގޮތް ކޮންމެވެސް ވަރަކަށް ފަހުމް ވާން ފެށިއެވެ. އެހެންނަމަވެސް ހިޔާލެއްގެ މައްޗަށް އެއްވެސް ކަމެއްގެ މައްޗަށް ބުރަވާކަށް އޭނާ ބޭނުމެއްނޫނެވެ.

****************

އިފްޝާ ދޮރު ހުޅުވާފައި ނުކުތް އިރުވެސް ދާނިޝް އެ އިން ގޮތަށް އިނީއެވެ. އެހެން އިން އިރު އެތަކެއް ފަހަރު އިފްޝާ އަށް ގޮވާލަން އެ ހިތް އެދުނެވެ. އިފްޝާގެ ހަރަކާތް ތަށް ދޮރާ ހިސާބުން މަޑު ވުމާއެކު އޭނާގެ ކެތް ތެރިކަން ކޮޅުން ލާހިސާބަށް ދިޔައެވެ. އެހެންނަމަވެސް ހިތުގައި އަތް އަޅައިގެން ދާނިޝް އިނީއެވެ.

އޭގެފަހުން ހަފްތާއެއް ވިއިރުވެސް ދާނިޝް ގެ ފަރާތުން އިފްޝާ އަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުލިބެއެވެ. ދާނިޝް ވެސް މަސައްކަތް ކުރަމުން ދިޔައީ އެ ހިތް މަތީ ހިލަގަނޑެއް ބާއްވައިގެން އިފްޝާ އާ ދުރުން އުޅޭށެވެ. އެހެންނަމަވެސް މި ހަފްތާ ތެރޭގައި އޭނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ތަނުގެ އިސްވެރިންގެ ފަރާތުން ޒާހިދު އާ ހިސާބަށް ވެސް ދާނިޝް އޭ ކިޔައިގެން ތައުރީފް ގެ ބަސްތައް ލިބެން ފެށިއެވެ.

އެ ތައުރީފް ގެ ބަސްތައް ލިބެން ފެށުމުން ޒާހިދު އަށް ލިބުނު އުފާބަޔާން ކޮށްދޭން ދަތި ވުމާއެކު ދާނިޝް އަށް އިތުރު މަސްއޫލިއްޔަތުތަކެއް ވެސް ދޭން ޒާހިދު ނިންމީ ދަރިފުޅު ޒިންމާ ދާރު ވެއްޖެކަމުގައި ގަބޫލް ކުރެވުމުންނެވެ. އެއީ ވެސް އެފަދަ ދުވަހެކެވެ.

ދާނިޝް އޮފީހަށް ދިޔުމަށް ގެއިން ނުކުތް އިރު ފުދޭވަރަކަށް ބޯ ކޮން ވާރޭ ވެހެމުން ދިޔައެވެ. ކާރާ ދިމާލަށް މިސްރާބުޖެހިއިރު އޭނާ ތުމުން ރީތި ރާގެއް ފުމެމުން ދިޔައެވެ.

ކާރަށް އަރާ ސްޓާރޓް ކޮއްލަމުން ރީތި ލަވައެއް ޖަހާލިއެވެ. އަދި އެ އާ އެއްވަރަށް ބޯ ހަރަކާތް ކުރަމުން ދިޔައެވެ. ވިއްސާރަ ދުވަހަކަށް ވުމާއެކު މާލޭގެ މަގުމަތި އެހެން ދުވަސް ދުވަހަށް ވުރެ ހަމަބޮލި ކަމަށް ދައްކައެވެ.

ޓްރެފިކް ގައި ޖެހިފައިވެސް އެތަށް އިރަކު އިންނަން ޖެހެއެވެ. ގަޑިއަށް ބަލާލިއިރު އަށެއް ޖަހަން ފަސް މިނިޓް އަށް ވިއެވެ. އޮފީހަށް ގަޑި ޖެހުނީއެވެ. އެއީ ކުރޭގެ ދާނިޝް ނަމަ އެ ކަމަށް އެހާ ކަންބޮޑެއް ނުވާނެއެވެ. އެހެންނަމަވެސް މިހާރު އެއީ އެހެން ދާނިޝް އެކެވެ. އެންމެ މުހިންމު ކަންތައް ތަކަށް އިސްކަންދޭ ޒިންމާދާރު މީހަކަށް ވާން ދާނިޝް ވަނީ އަޒުމު ކަނޑައަޅާފައެވެ. އެހެންނަމަވެސް ސުވާލަކީ މިކަމުގައި ދާނިޝް އަށް ކާމިޔާބުވާނޭހެއްޔެވެ؟. ކަށީގައި ހިފާފައިވާ ނުރަނގަޅު އާދަތައް އޭނާއަށް ދޫކޮއްލެވިދާނެބާއެވެ.

ކާރުތަކުގެ ބަރުގޮނުގެ އަޑާއެކުވެގެން އަންން ސައިކަކުތަކުގެ ބަރުގޮނުގެ އަޑުގެ ސަބަބުން ދާނިޝް އިނީ ބޮލަށް އުނދަގޫވެފައެވެ.

އެންމެ ފަހުން އޮފީހަށް ދެވުނު އިރު ހުރީ އަށް ގަޑި ބައިވެފައެވެ. އޮފީހުގެ ޕާރކިން އޭރިއާގައި ކާރު ޕާރކް ކޮއްލުމަށް ފަހު ދުވެލާފައި އޮފީހުގެ މައި ދޮރޯށިން ވަންނަން އައިއިރު ކުރިއަށް ވުރެ ވާރޭ ތުނިކޮއްލާފައި ވެއެވެ.

އޮފީހަށް ވަދެ މަޑުވެސް ނުކޮށް ކެބިން އަށް ވަނެވެ، އަދި އެތަނުގައި ހުރި ޓިޝޫ ފޮށިން ޓިޝޫ ނަގާ މޫނުގައި ހާކާލީ ފެންތައް ފޮހެލުމުގެ ބޭނުމުގައެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލުމާއެކު އޭނާ ނުވިސްނާހުރެ ވަންނާށޭ ބުނެލިއެވެ.

އެތެރެއަށް ވަތް އިފްޝާ އަށް ދާނިޝް އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލިތަން ފެނި ހުއްޓުންއަރާ ގޮތްވިއެވެ. އެ ފިރިހެންވަންތަ ކަމަށް ހިތާހިތުން ތައުރީފް ކުރެވެމުން ދިޔައެވެ. ދެފަރާތަށް ބޯ ހޫރަމުން ދިޔަ ތަން އޭނާ އަށް ފެންނަމުން ދިޔައީ ސްލޯ މޯޝަންގައެވެ. ހިނދުކޮޅަކަށް ވެސް އޭނާ އައި ބޭނުން ހަނދާނުން ފިލާގޮސް ހުވަފެނީ ދުނިޔެއެކަށް ގެއްލެވުނެވެ.

ދާނިޝް ބަލާލަމުން އިފްޝާ ފެނި އޭނާ އަށް ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހެންނަމަވެސް އަމިއްލަ ބާރުގެ ދަށަށް ހަށިގަނޑު ގެންނަމުން ކުރަން އައި ކަންތައް އޭނާ އޮޅުން ފިލުވައިދިނެވެ. ދާނިޝްގެ ޖަވާބު އިވިގެން އިފްޝާ ގެ ހިތަށް ތަދުވިއެވެ. ދާނިޝް އޭނާ އާ ވާހަކަ ދައްކަނީ މަޖުބޫރުވެގެންނެވެ. ވާހަކަ ދައްކާ އިރު ހިނިތުންވުމެއް ކީކުރަން ހަތަރު ކަޅީ ހަމަނުކޮށް ވޭތޯވެސް ދާނިޝް ބަލައެވެ. އިފްޝާގެ ހިތަށް އަސަރުކުރަމުން ދިޔައެވެ. އޮފީހުގެ އެހެން ކުދިންނާ ހީހީފައި ސަކަރާތް ޖަހާތަން ފެންނަކޮންމެ ފަހަރަކު ނުފެންނަ ހަންޖަރަކުން އޭނާގެ ހިތުގައި ޒަހަމް އަޅާކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. މޭޒުމަތީގައި ފައިލް ބައިންދާފައި ދާނިޝް އަށ ފުރަގަސް ދީގެން ހުރި އިފްޝާ ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް އޭނާ އަށް ހުއްޓުވޭ ކަމަކަށް ނުވިއެވެ. ނޭފަތް އެތެރެއަށް ދަމާލެވުނީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

އިފްޝާގެ ފަރާތުން ދެންމެ އިވުނު އަޑުން ދާނިޝް އަށް އެ ދިމާލަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ނުކުންނަ ދޮރާ ދިމާލަށް އިފްޝާ ހިނގައިގަތުމާއެކު ދާނިޝް އަށް ގޮވާލެވުނެވެ. ‘އިފްޝާ” އެ އަޑުގައިވަނީ މަޑު މައިތިރިކަމެވެ. ވަގުތުން އިފްޝާ އަށް ހުއްޓެވުނެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް އިފްޝާ އާ އަރާ ހަމަވެފައި އޭނާ އިފްޝާގެ އަތުގައި ހިފާ އޭނާ ދިމާލަށް އަނބުރާލުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިފްޝާ އެ އަތް ފޮޅުވާކުމާއެކު އޭނާ އަށް ކާމިޔާބެއް ނުވިއެވެ.

އިފްޝާގެ ކުރިމައްޗަށް ހުއްޓެމުން އޭނާ އެ މޫނަށް ބަލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާ އަށް ހުރަސް އަޅަމުން ދިޔައީ އިފްޝާގެ އިސްތަށިތަކެވެ. އިސްޖަހާލައިގެން ހުރި ގޮތުން ދޫކޮއްލެވިފައިވާ އިސްތަށިތައް ދެފަރާތުން އައިސް އެ މޫނު ވަނީ ފޮރުވާލާފައެވެ. ދާނިޝް ކުޑަކޮށް ގުދުވެލަމުން އެ އިސްތަށިތަށް އެއްފަރާތް ކޮއްލިއެވެ. އަދި އިފްޝާ އަށް ގޮވާލިއެވެ. މަޑުމަޑުން ދަތް ދޮޅީގައި ހިފާ އުފުލުވާލާފައި އޭނާ އެ ދެލޮލަށް ބަލާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިފްޝާގެ ނަޒަރު ތިރިކޮއްލާފައި ވާގޮތުން އޭނާ އަށް އެ ދެލޮލަށް ހަތަރު ކަޅީ ހަމަކޮއްލެވޭ ގޮތެއް ނުވިއެވެ.

“އިފޫ… ޓެލް މީ… މީހަކު އެއްޗެކޭ ކީތަ؟. ރާއިދާ އެއްޗެކޭ ކީތަ؟. ޖަސްޓް ޓެލް މީ” އެ އަޑުގައިވަނީ އޯގާތެރިކަމެވެ. އިފްޝާ އަށް ވީ ގޮތް އެނގެން އޭނާގެ ހިތް ބޭގަގާރު ވެފައި ވެއެވެ.

އިފްޝާ ދެފަރާތަށް ބޯ ހޫރާލުމާއެކު ދާނިޝް އަށް ދެންވެސް ވީ ކީއްހޭ އަހާލެވުނެވެ.

އަދި އޭނާގެ ލޮލަށް ބަލާލާށޭ ބުނެވުނީ އަސަރާ އެކީގައެވެ. އިފްޝާގެ ދެލޮލުން އޭނާ އަށް ފެނިގެންދިޔައީ ނޭނގޭ އަސަރުތަކެވެ.

އިފްޝާއަށް ވެސް ދާނިޝް ގެ ލޮލާ ހަތަރު ކަޅި ހަމަކޮއްފައި ހުރެވުނީ އެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާންބޭނުންވެފައެވެ. މަޑުމަޑުން ދެތުންފަތް ފޫއަޅުވާލާފައި އައި އެމް ސޮރީ” މިބަސް ނުކުތުމާއެކު ދާނިޝް އަށް އަދި އެއްފަހަރު ބުނެބަލާށޭ ބުނެވުނެވެ.

އެއާއެކު އެ ބަސްތައް އިފްޝާ ތަކުރާރު ކޮއްލުމާއެކު ދާނިޝް ގެ އަތުގެ ހިމާޔަތަށް އެދެވުނެވެ. އެ ހަށިގަނޑުގައި ބައްދާލަމުން އޭނާ އަށް ލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ.

އިފްޝާ ދުރުކޮއްލަމުން ދާނިޝް އެމީހުން ތިބީ އޮފީހުގައި ކަން ހަނދާންކޮއްދިނެވެ. އަދި ކުޑަދޮރާ ދިމާލަށް ބަލާލެވުނީ އެތަނުން ބޭރު ފެންނާނެތީއެވެ. ނަސީބަކުން ހުރީ ކާރޓެއިން ދަމާފައެވެ.

“އެވަރު ކަމަކާ ތަ ތި ރޮނީ… ހުއްޓާލާ ދެން… ނުވިސްނައްޗޭ… އޮފީސް ނިމޭގަޑީގަ ދެމީހުން ވާނެ ކޮންމެވެސް ތަނަކަށް ގޮސްލަން ދޯ” ދާނިޝް ބުނެލިއެވެ.

“ކޮންތާކަށް” އިފްޝާ އަށް އަހާލެވުނެވެ.

“މޭބީ އަ ލޯންގް ޑްރައިވް….” ދާނިޝް އެއްލޯ މަރާލަމުން ބުނެލިއެވެ. މީގެ ކުޑަ އިރުކޮޅެއްފަހުން ކަންތައް ކުރެވުނު ގޮތުން އިފްޝާ ވެސް ހުރި ލަދުން މޫނު ރަތްވެފައެވެ. އޭނާ ހެވިފައި ހުރެ ނުކުމެގެން ދުއްވާފައި ދިޔަތަން ބަލަން ހުރި ރާއިދާ ގެ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާން ގަނޑު ބޮޑުވަމުން ދިޔައެވެ.

************

ދާނިޝް ހިޔާލްތަކުގައި ބެހިގެން ދިޔައިރު ރާސިލް ވެސް ދިޔައީ ވިސްނަމުންނެވެ. ފޮޓޯ ގަނޑަށް ބަލަހައްޓައިގެން އިނދެ ދޮންތަގެ އުފާވެރި ކޮންމެ ހަނދާނެއް އޭނާ އާކުރަމުން ދިޔައެވެ. އެ އޮފީހަށް އޭނާ ވަށައިގެން ބަލާލި ކަމުގައި ވިޔަސް ސިފަވަނީ ދޮންތައެވެ. މިއީ އެ ދޮންތަވެސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރިތަނެވެ. ކެބިން އަށް ވަށައިގެން ބަލާލެވުނީ އެތަނަށް ނަފްރަތު ކުރާ ހާލުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…12

Next

ރީތި ސޫރައެކޭ 5-

Next
April 6, 2018

ރީތި ސޫރައެކޭ 5-

Previews
April 6, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…12

24 Comments!

  1. Hi Mi says:
    April 6, 2018 at 4:41 pm

    Assalaam Alaikum. V lasvehjje de. Varah bkdah maafah edhen. Aslu himi balive miulheny. Eheneve up eh nukohdhevuni. Madu madun thankolhakun type kuramun kuramun gos mi ini over 2000 words up kohlaafa. Hope u guys like it. Liyunu gothha proof read eh ves nukuran. Ehenev typing mistakes vrs huredhaane. Himi adhi fahun edit kohlaanan. In Sha Allah. Sunday ga genes dheveythoa try kuraanan. Balive v ma yageen kan nudheveyne himi ah. Hope u all understands… ??? In Sha Allah. V enme avahaha next ep up kohlaanan. Thankyou for ur support.
    Jazakallah Khairan.

    1. Shai says:
      April 6, 2018 at 9:05 pm

      Get well soon

    2. Mal says:
      April 6, 2018 at 11:20 pm

      Get well soon himi….
      Story was awesome…i love it..

  2. Think says:
    April 6, 2018 at 4:42 pm

    Yey first dw

  3. Think says:
    April 6, 2018 at 4:43 pm

    Gws

  4. lotus says:
    April 6, 2018 at 5:23 pm

    V nice mi part vx.. alhugada hama heevanee ifsha ah dhimaavi kamakee raaidhage kanthanhen n it isnt dhanish ge fault… next part ga ailee n rasil ge bai annaanethaa.. those 2 ge bai v kiyaalaa hivvey… mibaiga bodah dhanish ge bai otheema… waitin for the nxt part.. keep up the good work himi n get well soon???

  5. Axy says:
    April 6, 2018 at 5:27 pm

    HI MI ah avas shifaa akah adhen ???

  6. Zila says:
    April 6, 2018 at 5:49 pm

    Varah rythi. Ekam dhen anna baiga ailee aa raasil ge bai bodah genesdhehcey. Ebai aslu emme kiyaa hiy vany

  7. Pinky shifoo says:
    April 6, 2018 at 6:14 pm

    Wonderful ❤️❤️❤️… Mi part vx Maasha Allah v v v reethi ???… Haadha interesting ey Maasha Allah ???… Haadha kiyaahithun indhaey e nimuny… Heheheh ???… Dhaanish liyan jehey thankolheh ga ebain raasil liyevifa… Aee ifsha dhaanish ge cabin ge logandu kairin balaalaa thankolhu ga ???… Dhaanish ah kn anhen kuhjehbaa e fenuny Hi Mi ???… Anehkaa ifsha baa… Noonee ifsha aa vahtharu kuhjehbaa ???… Or else raaidhaa baa ???… Haadha heeveyey raaidhaa henn vx… E lafu inn firihen mihaa aee kaaku baa anehkaa??? ???… Ifsha rape kuri myhaa kanneynge ???… I really think… Heheheh ???… Anehkaa maaniu baa aee… Pinky ah heevany aee maaniu n raaidhaa henn… N zeesha ah vx e fenuny raaidhaa n maaniu henn heevany ???… Heheheh… Comment v dhigu vehje dhw again… Curiously waiting for the next part… Keep up the good work my dear Hi Mi ??????… Lots of love and take care dear ❤️❤️❤️???????????????

  8. Blue beauty says:
    April 6, 2018 at 6:25 pm

    Vvvvv rythi……. inthizaaru kuranee next part ah…… keep it up???????????

  9. Nafoo says:
    April 6, 2018 at 7:04 pm

    Masha Allah himi .. Varah nice mi part ves… GET WELL SOON himi…???

  10. Shiya says:
    April 6, 2018 at 7:59 pm

    Its ok himi we all r human beings no one would be in good health always we get sick and allah gives us a good health again.. may u get well soon and allah bless u.. jazakallah khairan ??? mi part vs v v v v v reethi masha allah.. ??

  11. Thaath says:
    April 6, 2018 at 7:59 pm

    Himi ge vaahaku takuga v gina beykaaru vaahaka. Lara men liyaa vaahaka kiyaalaba. Mi malaamaatha bunaa ehcheh noon. Maa haasaru dhiguveema kiyaa hii nuvey. Ragalhu kohlaane kama ummeedhu kuran.

    1. lara fan says:
      April 7, 2018 at 5:27 pm

      lara ge vahaka hasaru bodey kiyafa comment hure eh nun

  12. Ziff says:
    April 6, 2018 at 9:52 pm

    Asluves mi story ga mihaaru vaagoyheh neygey…vaahakaike bathalungr bai v kuda..ehnve aslu mihaaru mi story ehaa kiyahithrhnuvey…ekamaku himi ge ehn stories thah v kiyaahithun kiyuneeves..comment nukuriyas …hope u will correct next time…

  13. starme says:
    April 6, 2018 at 10:34 pm

    Avas shifaa akah edhen

  14. shasha says:
    April 6, 2018 at 10:35 pm

    Wow!!! Story v reethi… Thee hama number 1writer eh..

  15. Thaath says:
    April 6, 2018 at 10:36 pm

    Linun theriyaa liyefa hunna goi kamunudhiyaama buneema ragalhu kureveynee. Baeh meehun liunthin hii hama jehsuuma abadhuves bunaane v reethi ey

  16. Friends says:
    April 6, 2018 at 11:39 pm

    Masha allah stry ge reethi kamaai.vvv nice.
    Keep it up.friends ah heevany saik ga eii maaniu & raaidha kan nyge dhw.may be ifsha ah gotheh hedhi e meehun kan nyge.
    Waiting 4 nw part.
    GWS hi mi. – salaam-????

  17. Sob says:
    April 7, 2018 at 1:03 pm

    Abadhu dhaanish ge bai.. v foohivey.. genesdheeba raasil and maniu menge baives

  18. Zuam says:
    April 7, 2018 at 11:03 pm

    Varah reethi…. waiting
    ❤❤❤❤

  19. sheen says:
    April 8, 2018 at 8:46 am

    ‘Avas shifaakah edhen.. esfiyaige gina vaahakathah emme reethi hisaaabun hutteyne. Neynge vaa gotheh.ae v hiydhathi vaakameh. Mihaaru vaahaka eh kiyan fashanee writer akee kaakuthoa balaafa…mivaahakaves 10 part dhiyafahun writer akee kaakuthoa balaali iru asthaa kamaku dhaakah neiy.. Hi Mi ge vaahaka eh.. ehenve vagurhun kiyan feshee. Thee kiyuntheringe ihusaasthah dhanna madhu vaahaka liyuntheringe therein ekaku.. vaanan ekugai adhi hithaafuraanain ae mihaathanh me ah kiyunu emme salhi vaahakaige therein 2 vaahaka. Mi vaahakaves e list ah araanekan yageen.. Hi Mi thee mihaaru me ge favorite writers therein writer eh. Keep it up my dear..

  20. ❤? says:
    April 8, 2018 at 9:42 am

    Himi ….get well soon …. Dhen bayakahh intixaar kuraanan?

  21. lotus says:
    April 8, 2018 at 5:02 pm

    Hows u now himi… hope u r well….. curiously waitin for the next part

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (13)←


All Right Reserved!