Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ސިއްރު – 9

inan Level 210 Stories100 Comments100 Login
April 6, 2018 4 Mins Read
7 Comments

އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފެތުރިގަތީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަންނަށް ކުރެވުނު ކުށުގެ ބޮޑުކަން ވަޒަން ކޮށްލެވުނީ އެވަގުތުއެވެ. އޭގެ ހިތި ރަހަ އަހަރެންގެ އަރުތެރެއިން މިއިން ދުވަހަކު ފިލާނެކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބައްޕައާއި ދިމާލަށް ބަލާށެވެ. ބައްޕަގެ އާދަޔާ ޚިޔާލު ޙަރަކާތްތައް ފެނިފައެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެން ސިހުނީ ބައްޕަ ގެނައި ކުއްލި ޙަރަކާތަކުންނެވެ.

ގައި ހުރި ބާރެއް ލައިފައި ބައްޕަ އަހަރެންގެ ކޯތާފަތްމަތީގައި ޖެހީއެވެ. ވިސްނާނުލައި ހުރުމުގެ ސަބަބުން އަހަރެން ބިންމައްޗަށް ވެއްޓުނެވެ. އެއީ މިއަދު ބައްޕަ އަހަންނާއި ދިމާލަށް ބަލައިލި ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަންނާއި ކުރި މުޢާމަލާތް މި އައީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ ހައިރާންވެ ހުރެ އަހަންނަށް ބައްޕައާއި ދިމާލަށް ބަލަން އިނދެވުނީ އިން ތަނުން ތެދުވަންވެސް ނޭނގިފައެވެ. ވީ ތަދުވެސް އިޙުސާސް ކުރެވުނީ މާ ފަހުންނެވެ. ނަގާ ދިލައިން އަހަރެން ކޮލުގައި މަޑުމަޑުން އަތް ޖައްސާލީމެވެ. އަހަރެންގެ އަތް ފޮޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ކުޑަކޮށްވެސް އަތް ޖެހިއްޖެއްޔާ ތަދުވެއެވެ. ބައްޕަގެ ޙަމަލާ ހަމަ އެހާ ވަރުގަދައީހެއްޔެވެ؟

ބައްޕަގެ ޢަމަލުތައް ބަދަލުވާން އެ ނެގީ ހިނދުކޮޅެކެވެ. ބައްޕަގެ އެ ޙަމަލާގެ އިތުރުން އެންމެ ބަހެއްވެސް އެ ބައްޕަގެ ފަރާތަކުން އަހަންނަކަށް ނީވުނެވެ. ބައްޕަ ދުރުބަލަހައްޓައިގެން ހުއްޓަސް އަހަންނަށް އިނދެވުނީ ހަމަ ބައްޕައާއި ދިމާލަށް ބަލާށެވެ. މިހެން އިނދެވުނީ ކިހާ އިރަކުކަމެއް ބުނަން އިނގޭނީވެސް ހަމަ އެވަގުތު އެތާ ހުރި މީހަކަށެވެ. ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. އަހަރެން އިންތަނުން ތެދުވަން މަޖުބޫރުވީ އާޔާގެ މަތިން ހަނދާންވުމުންނެވެ. އަނެއްކާވެސް ހިތުގައި ރިއްސާލައިފިއެވެ. މަޑުމަޑުން ތެދުވެ އާޔާ ގާތަށް ދާން ހިނގައިގަތީމެވެ.

އަހަރެން ދިޔައީ އިސްދަށަށް ޖަހައިގެންނެވެ. ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އަހަރެންގެ ފައިތިލަވެސް ފެންނަލެއް ފުސްވަމުން ދިޔައެވެ. ކުޑަކޮށްވެސް ސާފުވީ ލޮލުން ކަރުނަތިއްކެއް ވެއްޓުމުންނެވެ. މިވަގުތު މީހަކު ކުރިމަތިން އައިސް އަހަރެންގެ ގަޔަށް ފުންމައިގަތަސް އަހަންނަކަށް ނޭނގޭނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެންގެ ވިސްނުން ވަނީ މިއަށްވުރެ މާ ދުރު ދުނިޔެއެއްގައެވެ.

އަހަރެން އައިސް އާހިލްގާތު ހުއްޓެލީމެވެ. އަހަރެން ހުރި ގޮތުން އޭނާވެސް މާނައިން ފުރިގެންވާ ނަޒަރަކުން އަހަންނަށް ބަލައިލިއެވެ. އަހަރެން އޭނާއާއި ދިމާލަށް ބަލައިލި ވަގުތު އޭނާ ކިހިނެއް ވީހޭ އަހާލީ ނުތަނަވަސްވެ ހުރެއެވެ. އަހަރެން ޖަވާބުދިނުމުގެ ބަދަލުގައި އޭނާ ގައުގައި ބައްދައިގަތީއެވެ. އަހަންނަށް އަނެއްކާވެސް ފެށުނީ ރޯށެވެ. މިއަދު އެއްކަމެއްވެސް ރަނގަޅަކަށް ނުދެއެވެ. ކުރިއަށް އޮތް ތާ އަހަންނަށް މި ޙާލުގައި ކެތްކުރެވޭނެ ބާއެވެ؟

އާޔާ އަހަރެން ދޫކޮށްފައި ދިޔަތަނާ އަހަންނަށް މިޖެހުނީ ބައްޕަގެ ނަފްރަތާއި ކުރިމަތިލާށެވެ. އަހަރެން ރޮމުން ނަމަވެސް އާހިލްއަށް ކަންތައް ވީ ގޮތް ކިޔައިދިނީމެވެ. “ޔާން.. ހިތްވަރުކުރޭ… އަދި ބައްޕައަށް ވިސްނޭނެ… އެހެންވެ މިކަހަލަ ކަމެއް ވެދާނެތީއޭ އޭރުވެސް ޔާން ލައްވާ މިވާހަކަ މަންމަމެން ގާތު ބުނަން ބާރު އެޅީ…” އާހިލް ނަސޭހަތްތެރިވާ ރާގަކަށް މަޑުމައިތިރި ކަމާއިއެކު އަހަރެން ގާތު ބުނެލިއެވެ. އަހަރެން އެވަގުތު އަނެއްކާވެސް އިސްއުފުލާލައި އޭނާއާއި ދިމާލަށް ބަލައިލީމެވެ. ތެދެކެވެ. އާހިލް އަހަރެން ގާތު މަންމަމެންނާއި އާޔާ ކައިރީ އެވާހަކަ ބުނުމަށް ހާދަވަރަކަށް ކިއެވެ. އެއިރު އަހަރެން އެ ވާހަކައަށް ކޮންމެފަހަރަކުވެސް ޖަވާބުދެނީ ވަގުތު ޖެހުމުން ބުނާނެ ކަމަށް ބުނެފައެވެ. އެކަމަކު އެހެން ހެދުމުން އަހަންނަށް ލިބުނު ނަތީއްޖާ މިވީ މާ ހިއްޗެވެ.

އަހަރެމެން ބޭރުގައި މަޑުކޮށްލައިގެން ތިބީ އާޔާގެ ކަށުކަމާއި ކެމީގެ ކަންތައް ކުރިއަށް ދާތީއެވެ. ދެން އަހަންނަށް އޭނާގެ މޫނު ފެންނައިރަށް ވާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ތަޤުދީރުގެ ނިޔާ ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟

ހުރިހާ ކަމެއް ނިމި ހަމަޖެހުމުން އޭނާގެ މޫނުބަލަން މީހުން އެތަނަށް ޖަމާވާން ފެށިއެވެ. މުޅިތަނުގައި ވަނީ ހަމަހިމޭންކަމުގެ ސާލެއް އޮޅާލެވިފައެވެ. އެ އައި މީހުންތަކުގެ ތެރޭގައި އާޔާގެ ރައްޓެހިންނާއި ކްލާސް ކުދިންވެސް ހިމެނެއެވެ. އަހަންނަށް ހުރީ އަދިވެސް ފާޑަކަށް އުނދަގޫ ވެފައެވެ. އާޔާ ވަޅުލާވަގުތު އަހަރެން ހޭނުނެތުނިއްޔާ ރަނގަޅެވެ. މީހުންގެ މޫނުދެކެން ދާ ވަގުތަކީ ފާޑެއްގެ އިޙުސާސްތަކެއް އަހަންނަށް ކުރުވާ ވަގުތެކެވެ. އާޔާގެ މޫނު މިދުނިޔެމަތީގައި އެންމެ ފަހުފަހަރަށް ދެކިލަން ވަތް ވަގުތުވެސް އަހަންނަށް ވީ އެހެންނެވެ.

އެ ރީތި ވަށް މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެ ރީތި ބޮޑު ދެލޯވަނީ މެރިފައެވެ. މުޅި އުމުރަށެވެ. ދެން އަހަރެން ކިތަންމެ ވަރަކަށް ކަރުނަ އެޅިއެއް ކަމަކު އޭނާއެއް ނުތެދުވާނެއެވެ. އޭނާ އެވަނީ އެއަށްވުރެ ފުން ނިންޖަކުން ނިދާލައިފައެވެ.

އަހަންނަށް އާޔާގާތު އިރުގަނޑެއް ވާންދެން ހުރެވުނެވެ. އާހިލް އިރުކޮޅަކަށް ހިތްހަމަ ޖައްސާލަން ބޭރަށް ނިކުތުމުން ވެސް މެއެވެ. އަހަރެން އާޔާގާތު ކަޅިވެސް ޖަހާނުލައި ހުއްޓާ މީހަކު އައިސް އަހަރެންގެ ކޮނޑުގައި އަތްބާއްވާލިކަމުގެ އިޙުސާސް ކުރެވުނެއެވެ. އަހަރެން ގެނބެމުން ދިޔަ ޚިޔާލީ ދުނިޔެއިން ލޯ ހުޅުވާލެވުނީ އެވަގުތުއެވެ. ލޮލުން އައިސްފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފުހެލުމަށްފަހު ފަހަތަށް އެނބުރިލީމެވެ. އެއިރު ހުރީ އާހިލް އެވެ. އޭނާ އަހަރެން ގާތު އަނގައިން ނުބުނި ނަމަވެސް ލޮލުން ނަޒަރު ހިންގާލަމުން އެބުނީ އެތަނުން ދުރަށް ޖެހިލުމަށެވެ.

” ކިހިނެއްތަ ވީ؟” އަހަރެންގެ ކުރަކިވެފައިވާ އަޑުން މަޑުމަޑުން އޭނާ ގާތު އަހާލީމެވެ. އެއަށްފަހު އަހަންނަށް ޖަވާބުދިނުމުގެ ބަދަލުގައި ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. ހީވަނީ ނިކަން ބޮޑު ވާހަކައެއް ދައްކަން އުޅޭހެންނެވެ. އަހަރެން ހުރީ އެ ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން ކެތްމަދުވެފައެވެ. “ޔާން..” އަނެއްކާވެސް އޭނާ އެހެން ބުނެފައި އިރުކޮޅަކަށް މަޑުކޮށްލިއެވެ. ދެން އާހިލްވެސް އަހަރެންގެ ހިތް ނުތަޅުވާ އެ ބުނަން އުޅޭ އެއްޗެއް އަވަހަށް ބުނަންވީއެއް ނޫންހެއްޔެވެ؟

” އަހަންނަށްވެސް ފަސޭހައެއް ނޫން ޔާން ގާތު މިވާހަކަ ދައްކާކަށް.. ދެން އަދި ޔާންއަށް މި ވާހަކަ އަޑު އިވުނީމަ ވާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ… ޔާން ބައްޕަ ބުނީ މިތަނުން ނިކުންނާށޯ… ޔާން ހުރިހާ ހިނދަކު ޔާން ބައްޕަ މިތަނަކަށް ނުވަންނާނެ.. ޔާން ހުރީމަ އާޔާ ކައިރިއަށް ނައިސްވެސް އެހުރީ… ޔާން އާއި ވާހަކަ ނުދައްކަން އަހަރެން ކައިރީ އެވާހަކަ ބުނީވެސް…” އާހިލް ގެ އެ ކޮންމެ ބަހެއް އަހަރެންގެ ހިތަށް ހެރޭ ތީރެއްހެން އަހަރެންގެ މި ނިކަމެތި ހިތް އިތުރަށް ނިކަމެތިކުރަމުން ދިޔައެވެ. އަހަރެންގެ ލޮލުން އަނެއްކައިވެސް ކަރުނަތައް މިނިވަންކަމާއިއެކު ފައިބައިގަތީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މަސައްކަތް ކޮށްލަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނައީމެވެ. އަހަންނަށް ކުރެވުނު ކުށުގެ ސަބަބުން ބައްޕަ އެވަނީ އަހަރެންދެކެ ފުރަތަމަ ފަހަރަށް ރުޅި އައިއްސައެވެ. ނަމަވެސް އެ ރުޅި އެއީ އާދައިގެ ރުޅިއެއް ނޫންކަން އާހިލްގެ އެ ބަސްތަކުން މިއަދު އަހަންނަށް އެނގިއްޖެއެވެ. މިއިން ދުވަހަކުވެސް އަހަންނަށް އެ ބައްޕަ މަޢާފުކުރާނެކަމެއް ނޭނގެއެވެ. އާހިލް އަހަރެންގެ ކޮނޑުގައި ކުޑަކޮށް ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

” ޔާން.. ހިތްވަރުކުރަންވާނެ… ޔާން ކަންތައް ކުރީކީ ގޯސްކޮށެއް ނޫން އަސްލު… އެއީ އަހަރެން ނަމަ އަހަރެންވެސް ކަންތައް ކުރާނީ އެގޮތަށް… ޔާންގެ ބައްޕައަކީ އަކީ ޔާން ނަމަވެސް އާހިލް އަށް ހަމަ ޔަގީން އެގޮތަށްކަން ކަންތައް ކުރާނީ… ޕްލަސް އެކަހަލަ ސިޗުއޭޝަން އެއްގަ ކަންތައް ކުރާނެ އެންމެ ރަނގަޅުގޮތް ނުވިސްނިދާނެ… އެއީކީ މައްސަލައެއް ނޫން… ޔާން ކަންތައްކުރީ ޔާން އަށް ފެނުނު އެންމެ ރަނގަޅަށް… އަހަރެމެންނަކީ އާދައިގެ އިންސާނުން… އެއްވެސް މީހެއް ޕާފެކްޓް އެއް ނުވާނެ… އިންސާނުންވީމަ ކުށްވެސް ކުރެވޭނެ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް… މިކަމުގައިވެސް ހެވެއް ވާނެ… އަމިއްލަ ނަފްސަށް އިތުބާރު ކުރޭ… އަދި ﷲ މަތިން ހަނދުމަ ކުރޭ… އެކަލާނގެ މަތިން ހަނދުމަކުރުމީ މިކަހަލަ ޙާލަތްތަކަށް އޮތް އެންމެ އަވަސް ޝިފާ…”

އާހިލް އަހަންނަށް ދިނީ ބޭބެއަކު ކޮއްކޮއަށް ނަސޭޙަތްދޭނެ ފަދައިންނެވެ. އޭނަ އަހަންނަށްވުރެ އެއް މަސް ދުވަސް ދޮށީވުމުން އަހަރެންވެސް އޭނައާއި ދޭތެރޭ ދެކެނީ އެފަދައިންނެވެ. އަހަރެމެން ދެމީހުން މިއީ ކޮންމެ މީހަކަށް ދިމާވާ މުސީބާތެއްގައި އަނެކާއަށް އިރުޝާދުދޭ ދެ އެކުވެރިންނެވެ. އެންމެ ގާތް ދެ އެކުވެރިން ކަމުން ކޮންމެ ކަމެއްވެސް ޙިއްސާކުރުމުގައި އަހަރެމެންނަކާއި އެއްވެސް ދަތިތަކަކާއި ކުރިމަތިލާކަށް ނުޖެހެއެވެ. އާހިލްގެ އެ ވާހަކަތަކުން އަހަންނަށް އިތުރު ދިރުމެއް ލިބުނު ފަދައެވެ. ހިތުގެ ކަނެއްގައި ފޮރުވިފައި ހިތްވަރު މިލާ މޯޅިވަމުންދާ ގަހަކަށް ފެންދިނުމުން އާރޯކަން ލިބޭ ފަދައަކުން އާވިއެވެ.

މަޑުމަޑުން އެތަނުން ނިކުންނަން ހިނގައިގަތް ވަގުތު ހީލްސަގައި ހިނގީމަ ގޮވާފަދަ ޓޮއް އަޑެއް އިވެން ފެށިއެވެ. އެ އަޑު ހީވަނީ އަހަންނާއި ދިމާލަށް އަންނަހެންނެވެ. އަހަރެން އެ އަޑަށް ސަމާލުކަން ދެމުން މަޑުމަޑުން އިސްއުފުލާލައި ބަލައިލީމެވެ. ދެން ފެނުނު މަންޒަރަކުން ހުރިތަނަށް އަހަރެންގެ ފިޔަވަޅު ގަނޑުވިއެވެ. ހައިރާންވެގެންނެވެ. ލިބިފައި ހުރި ހައިރާންކަމާއިއެކު އަދިވެސް ހުއްޓުން އަރާފައި އަހަންނަށް ހުރެވުނީ އެދިމާލަށް ބަލާށެވެ. އެތަނުން ނަޒަރު ވަކިކޮށްލަންވެސް ނޭނގިފައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

inan

Level 210 Stories100 Comments100 Login

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 12

Next

ނަމަވެސް.. 5

Next
April 6, 2018

ނަމަވެސް.. 5

Previews
April 5, 2018

ލޯބިނުވިޔަސް ފިރުމާލަދީ 12

7 Comments!

  1. mishy says:
    April 6, 2018 at 6:13 am

    Yay… me 1st dhwh… alhe knme prt eh s nimmrlamun eba kiuntherin thalhuvrlaeyy… vrh reethi mi prt s… kn irakun nxt prt… curiously waitinn… ly…

    1. inan says:
      April 6, 2018 at 9:23 am

      hehe.. yep, mishy first.. hehe… alhamdhulillah! jazakillah khairan.. in sha allah maadhan next part up kureveytho balaanan… jazakillah khairan mishy, mi vaahaka ah thi bahattaa shauquverikamahttakaa…

  2. Shai says:
    April 6, 2018 at 8:37 am

    varah reethi. Dhonvaanee kihineh baa?………….

    1. inan says:
      April 6, 2018 at 10:11 am

      jazakillah khairan Shai..:-) kuriyah oiyy bayah inthizaaru kollaa dhn vaane gotheh balalilan.. in sha allah maadhan ebai up kohdheveytho balaanan.. 🙂

  3. inan says:
    April 6, 2018 at 9:20 am

    Salaam.. Alhamdulillah! mi part ves furihama kamaaieku genesdhevunythy allah ah hamdhu kuran… mi part ves kiyumah fahu kiyuntheringe khiyaal faalhu kuramun gendhiyun edhen… konme khiyaalehves inan ufalaaiku balaigannaanan… in sha allah… dhn othy kiyuntherinnah varah ufaaveri khabareh! gina kiyuntheringe emme bodu eh shakuvaa ge hallu… kuriyah oiyy bai(10th part) in feshigen dhaany thiya kiyuntheringe ummeedhaa ehgothah dhigu kurevemun… faharegga heevedhaane dhehtho alhugandu konme faharaku mihen bunefa dhigu nuvaathy mi faharuves dhigu nuvaaney? hehe.. ehen namaves mi faharu in sha allah hama dhigu kuraanan… 10th part in feshigen dhaany alun liyevemun.. ehenve… mihaaru ves mi vaahaka ah thiya kiyuntherin bahattaa shauquveriakan mi vaahaka nimen dhen ves bahattaane kamah ummeedhu kuran… 🙂

  4. Naadhee says:
    April 6, 2018 at 12:33 pm

    V v v reethi mi part ves. V v kiyaahithun mihiree

    1. inan says:
      April 6, 2018 at 2:17 pm

      jazakillah khairan Naadhee.. 🙂

Comments are closed.

Next Episodeސިއްރު – 10←


All Right Reserved!