Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީތި ސޫރައެކޭ 4-

Pinkish Level 6100 Comments10 Stories100 Login500 Comments
April 2, 2018 4 Mins Read
43 Comments

ފެނުނު މަންޒަރުން ނަބާގެ ހެޔަށް ގޮތެއް ވިކަން ޔަގީނެވެ.

 ****

 ނަބާގެ ލޮލަށް މަންޒަރު ފުސްވަމުން ދިޔަ ނަމަވެސް ރޮމުން ގެންދިޔަ އަންހެން ކުއްޖާގެ ގައިމަތީ އޮތް މީހާ އޭނާއަށް އިނގެއެވެ. އެއަކީ އީތަން އެވެ. ގައި ދަށުގައި އޮތް ކުއްޖާ ރޮމުން ނަބާއާ ދިމާލަށް އަތްދިއްކޮށްލީ އެހީއަށް އެދޭ ފަދައިންނެވެ. ނަބާ އެއަތުގައި ހިފަން ކިތަންމެ ބޭނުންވިއެވެ. ނަމަވެސް އެވަގުތު އޭނާގެ ހަބަރު ހުސްވެގެން ވެއްޓުނެވެ.

  ****

  އިރުކޮޅެއްފަހުން ބޮކިތައް ދިއްލި މުޅިތަން އަލި ވެގެން ދިޔައެވެ. އެއްމެން މައިނޭވާ ލަމުން ދިޔައިރު، އޭރު އަނެއްކާ އީތަން އޮތީ ހަބަރު ހުސްވެފައެވެ. “ކިހިނެއް އެވީ؟ އީތަން އީތަން. ޑޮކްޓަރ” ޔާމިން ހާސްވިވަރުން އީތަން އަށް ގޮވާލާފައި ޑޮކްޓަރއަށް ގޮވާލިއެވެ.

ހަމަ އެވަގުތު އީތަން ލޯހުޅުވާލާފައި ކެއްސަންފެށިއެވެ. “ހައުސް ހީ؟” އެތަނަށް ވަދެގެން އައި އަކްމަލް ބުނެލިއެވެ. “ރަނގަޅެއް ނޫން ކަންނޭގެ. އީތަން؟” އީތަން ކެއްސަންފެށުމުން މީގެ ކުޑައިރުކޮޅެއް ކުރިން ވީކަންތައް އެމީހުން ހަނދާން ނެތް ފަދައެވެ. “އަހަރެން ރަނގަޅޭ” އެއްމެން ހައިރާން ކުރުވީ އީތަންގެ އަޑުންނެވެ. އަކްމަލް ފިޔަވައެވެ. “ކިހިނެއް ވީ އަސްލުގަ؟” އަކްމަލް އަހާލިއެވެ. އީތަން އެއްގޮތަކަށްވެސް އޭނައަށް ދިމާވި ކަންތައް އެކަކަށްވެސް ކިޔައިދޭކަށް ގަސްދެއް ނުކުރެއެވެ. “ދެން އެވާހަކަ ނުދައްކަމާ. ވީކަމެއްނުވާ ކަމަކަށް ނެހެދޭނެއެއްނު. ވަރަށް އުފާވެއްޖެ ހޭއެރި އިރު ގްރޫޕް އެއްމެން އަހަރެން ކައިރި ހުރީމަ” އީތަން ޖޯޝާއެކީ ބުނެލި ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަމެއް ވެއެވެ. އަނެއްކޮޅުން ބުރަކަށީގައި ރިއްސަނީވެސް އެޔެއްމިޔެއްބަލާފައެއް ނޫނެވެ. އީތަން އެހެން ބުނުމުން އެއްމެން ހިނިތުންވެލިއެވެ.

 “ތެދެއް އަކްމަލް؟ މާލެއަށް ބަދަލުވީތަ ތި؟” ޔުނާލް އަހާލިއެވެ. އަކްމަލް ބޯޖަހާލިއެވެ. “އަހަރެމެން މާދެން ފުރަން. ކައޭ ދޯ ތިހެދި އެއްޗަކުން ދެން ދިމާވެސް ނުވާނީ ކަންނޭގެ”. ޔުނާލް ބުނެލިއެވެ. “ހެހެ. ނޫނޭ. އަހަރެން މަދު މަދުން ތިކޮޅަށް ވެސް ޖައްސާލާނަމޭ”  އަކްމަލްވެސް ބުނެލިއެވެ.

 އެއްމެންނާ ވާހަކަ ދައްކާލަން ހުރުމަށްފަހު އަކްމަލް ގެއަށް ދާން ނިކުތީ 8 30 ގައެވެ. ހިނގަމުން ގޮސް ރިޝެޕްޝަނާ ހިސާބުން ނަރުސް ކުއްޖަކު ވާހަކަ ދައްކާ އަޑަށް އަކްމަލްއަށް ބޭއިހްތިޔާރުގައި އެދިމާލަށް ސަމާލުކަން ދުއްވާލެވުނެވެ.

  “މިއަދު ޖޮބް އިންފޮ ނަގަން އައި ކުއްޖެއް އެއީ. ނަމަކަށް ބުނީ ނަބާ ޒާހިދޭ. ކިހިނެއް އެކުއްޖަގެ ގޭމީހެއް ވެސް ހޯދާނީ. ދެން އޮތް ގޮތަކީ ހޭއަރަންދެން މަޑުކުރުން. ހީވޭ ވަރަށް އަވަހަށް ހޭއަރާނެހެން.” ކުރިމަތީ ހުރި އެހެން ނަރުސް ކުއްޖަކާ ވާހަކަ ދައްކަމުން އެކުއްޖާ ބުނެލިއެވެ. ވާހަކަ އަޑުއަހަން ހުރި އަކްމަލްއަށް ދުރަކު ނުހުރެވުނެވެ. “އަމް ކޮން ޕޭޝަންޓެއްތޯ؟” އަކްމަލް އަށް އަހާލެވުނެވެ. “ނަބާ ޒާހިދު” އެކުއްޖާއަށް ބުނެލެވުނީ ވަރަށް އަވަހަށެވެ. “ތީ ޕޭޝަންޓުގެ؟” ނަރުސްކުއްޖާ އަނެއްކާ އަހާލިއެވެ. “އަމް. ފްރެންޑެއް. އިޒް ދިސް ހާ؟” ފޯނުން ޒޭބާގެ ފޮޓޮއެއް ދައްކާލަމުން އަކްމަލް ބުނެލިއެވެ. ޒޭބާ އާ ނަބާ އާ ވައްތަރުކަމުން ނަރުސްކުއްޖާވެސް އެއަކީ ނަބާކަމަށް ހީކޮށް ޔެސް އޭ ބުނެލިއެވެ. އަދި އަތުގައި އޮތް ނަބާގެ ފޯނު އަކްމަލް އަށް ދިނީ އެއަކީ ނަބާގެ ފޯނު ކަމަށް ބުނަމުންނެވެ. އެއަށްފަހު ނަބާ އޮތް ވޯޑް ދައްކާލިއެވެ.

 އަކްމަލް އަށް ނަބާގެ އެނދު ފެނުން އިރު ނަބާ އިނީ ތެދުވެ ހެޑްބޯޑްމަތީ ލެގިލައިގެން ގަބު އަރާފައެވެ. ހީވާގޮތުން ކަމަކާ ވިސްނަނީއެވެ.

  “ހޭ އެރީތަ؟” އަކްމަލްއަށް އަހާލެވުނެވެ. “އުހުން އަދި ހަމަ ބޭހޯޝްވެފަ” ކުރިމަތީ ހުރި ޒުވާނާއަށް ބަލާލަމުން ނަބާ ބުނެލިއެވެ. ކުރިމަތީ ހުރި އަކްމަލް ފެނި ނަބާގެ ދެލޯބޮޑުވިއިރު ދެންމެ ބުނެވުނު އެތި ރޭކާވެސްލިއެވެ. ދެލޯ މަރާލާފައި އަނެއްފަރާތަށް ނަބާއަށް މޫނު އަނބުރާލެވުނީ ކަޑަވި ވަރުންނެވެ.

  “ކީއްވެ މިތާ އޮންނަން ތިޖެހުނީ. ކުރިން ރޭހަމަ ފިޓް.” އަކްމަލް ގޮނޑީގައި ޖައްސާލަމުން ބުނެލިއެވެ. ކުރިންދުވަހަކު ދިމާވި ކުއްޖެއް ނަމަވެސް އަކްމަލްއަށް އެއީ ދުރު މީހެއްހެން ހީނުވުމުން ވާހަކަ ދައްކަން ކިތަންމެ ހާވެސް ފަސޭހަވިއެވެ. އަނެއްކާ އެއީ އޭނާގެ ހިތުގައި ލޯބީގެ އިހްސާސް ފުރަތަމަ ކުރުވި ކުއްޖާއެވެ.

  “ވާހަކައެއް އަހާލަންތަ؟” އަކްމަލް ވާހަކަ ދެއްކިލެއް ގާތްކަމުން ނަބާއަށްވެސް ވާހަކަ ދައްކަން ފަސޭހަ ވެގެންދިޔައެވެ. އަކްމަލް ބޯޖަހާލިއެވެ. “އީތަން މީގެ ކުރިން ކްރައިމް އެއް ކުރިތަ؟ އަކްމަލް އަކީ ޕޮލިހެކެއްނު” ނަބާ އަހާލިއެވެ. “ނޫން ނުކުރެ. އޭނާ ކީއްވެ ކްރައިމްއެއް ކުރަން ވީ. ހެހެ” އަކްމަލް ބުނެލިއެވެ. “ދެން އަހަރެން ވާހަކައެއް އަހާލަންތަ؟” ހަމަހިމޭންކަން ކަމުނުދާތީ އަކްމަލް ވާހަކަ ދެއްކިއެވެ. ނަބާ ބޯޖަހާލިއެވެ. “ކިހިނެއް އަހަރެންގެ ނަން އިނގުނީ؟ އީތަންގެ ވެސް. އައި ގެސް ދެން ތިބި މީހުންގެ ވެސް ނަން އިނގޭނެ. ކިހިނެއް؟” ސުވާލުގެ ނަޒަރަކުން ނަބާއަށް ބަލާލަމުން އަކްމަލް އަހާލިއެވެ.

“އިނގުނީ ޒޭބާ ދަންނާތީ. އަހަރެން މީ ޒޭބާގެ ވަރަށް ގާތް މީހެއް. އިނގޭ ތިޔަކީވެސް ޒޭބާގެ ކިހާ ގާތް މީހެއްކަން”

“އަހަރެންނަކަށް ނޭނގެ ޒޭބާ ނަބާ ދަންނަ ކަމެއް. ނުވެސް ބުނެ.” ހައިރާން ކަމާއެކީ އަކްމަލް ބުނެލިއެވެ.

“އަހަރެމެން ދިމާވީ އެފްބީއިން. އާރގް. އަހަރެން ބޭނުން އިނގެން ޒެޑޫ އަށް ކީއްވީކަން. އަހަރެންނަށް ކިޔާދީފާނަންތަ؟”

“އެއްމެންވެސް ގަބޫލު ކުރަނީ ޒޭބާ ގެއްލުނީ ކަމަށް. އެކަމް” ފުރަތަމަ ފަހަރަށް އަކްމަލްއަށް އޭނާގެ ހިތުގައި ވާއެއްޗެއް ބުނެވެން އުޅުނެވެ. އެހާވެސް ނަބާ އަށް އިތުބާރުވެސް ކުރެވެންފެށުނީ ކަންނޭނގެއެވެ. އަކްމަލްގެ ވާހަކަ މެދުކެނޑުނީ އެދިމާލަށް އަންނަ ޒާހިދު ފެނުމުންނެވެ. އެއާއެކު އަކްމަލް ހަނދާންވީ ނަބާގެ ފޯނުން ޒާހިދުއަށް އޭނަ ގުޅި ކަމެވެ.

“ދަރިފުޅާ ކިހިނެއް ވީ” ޒާހިދު އައިސް ހާސްކަންމަތީ އަހާލިއެވެ. “އަހަރެން ދެން ދަނީ” އަކްމަލް ނަބާގެ އަތަށް ފޯނު ދެމުން އެހެން ބުނެ ގޮނޑިން ތެދުވިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ. ކޮންނަމެއްތަ ކިޔަނީ؟” ޒާހިދު އަހާލިއެވެ. “އަކްމަލް” އަކްމަލް އެހެން ބުނެ އަނެއްކާ ވެސް ދަނީ ކަމަށް ބުނެ އެތަނުން ދިޔައެވެ.

އަކްމަލް ދިޔުމުން ނަބާ ބޯއަނބުރާގަތީ ކަމަށް ބުނެ ޒާހިދު ހިތްހަމަ ޖައްސާދިން އިރު އޭނާގެ ހަނދާނުގައި ވަނީ އޭނާއަށް ފެނުނު މަންޒަރެވެ. އެ އޭނާއަށް ހޭލޭ ހުއްޓަ ފެނުން ހުވަފެނެއް ހެއްޔެވެ. ނަބާ ސިހުނީ ޒާހިދު ވާހަކަ ދެއްކުމުންނެވެ. “ދަރިފުޅަށް އިނގޭދޯ ދަރިފުޅުގެ އެއްމާބަނޑު ކުއްޖެއް ހުންނަކަން. އެކަމް ބައްޕައެއް ނުބުނަމެއްނު ދަރިފުޅު ކައިރިއެއް. ދަރިފުޅަށް ކިހިނެއް އިނގުނީ” ޒާހިދުގެ ހިތުގައިވާ ސުވާލު ޒާހިދު ނަބާގެ ކުރިމައްޗަށް އޮއްސާލިއެވެ. “އަހަރެން ބައްޕަ އަށް ފަހުން ކިޔާދޭނަން. މިވަގުތަކު ނޫން” ނަބާ ބުނެލިއެވެ. އެވާހަކަ ބުނެ ބައްޕަ ވިސްނާކަށް ނަބާ ބޭނުމެއް ނޫނެވެ. އިރުކޮޅެއްފަހުން ނަރުހަކު އައިސް ނަބާ ދޫކޮށްލިއެވެ.

ގެއަށް ގޮސް އޮއްތާލުމާއެކީ ނަބާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކަށް ވުމުން ފޫހިވެފައި އޮވެ ނަމަވެސް ނަބާ ބަލާލިއެވެ. *އިޓްސް މީ. އަކްމަލް. ނަންބަރ ލިބުނީ ނަބާގެ ފޯނުން. އަސްލު މެސެޖް މިކޮށްލީ ވާހަކައެެއް ދައްކާލަން އަހަރެންވެސް ބޭނުންވާތީ. ޒޭބާއާ ބެހޭގޮތުން. ސޯ އިފް ޔޫއާ ފްރީ މާދެން ހަވީރު ރަސްފަންނުން ބައްދަލުވަމާ* މީ އަކްމަލްއޭ ބުނިފަހުން ނޭވާ ނުލައި ހިފަހައްޓާލައިގެން ހުރި ނަބާއަށް ނޭވާ ދޫކޮށްލެވުނީ މެސެޖް އެއްކޮށް ކިޔާ ނިމުންނެވެ. އޭނާވެސް ޒޭބާއާ ބެހޭގޮތުން ބައިވަރު ސުވާލު ކުރަން ބޭނުމެވެ. ޒޭބާ ގެއްލުން ނަމަ އެސަބަބު އިނގެން ބޭނުންވިއެވެ. އެހެންކަމުން ލަސް ނުކޮށް އޯކޭ ކިޔާފައި ގަޑި މެސެޖް ކޮށްލިއެވެ.

****

އާސިމާ މެން ފުރާފައި ވުމުން ސިޓިންގްރޫމްގައި އިނެ ނަބާއަށް މެސެޖް ކޮށްލުމަށްފަހު އަކްމަލް ކޮޓަރިއަށް ވަނެ އެނދުގައި ޖައްސާލިއެވެ. އެއަށްފަހު އޭނާ ވިސްނީ އޭނާގެ މަގްސަދް ހާސިލް ވާނެ ގޮތަކާ މެދުއެވެ. އެވިސްނުމުގައި އޮތް އަކްމަލްއަށް އެއްލި ކަޅިއަކުން މިއަދު ހެނދުނު އޭނާ މޭޒުމަތީ ބާއްވާފައި ދިޔަ ގަނޑުކޮޅު ލޮލުގައި އަޅައިގަތެވެ. އަކްމަލް ތެދުވެ ގޮސް އެގަނޑު ކޮޅު ބަލާލިއެވެ. އަކްމަލްގެ ގައިން ހީބިހި ނަގައިގެން ދިޔައީ ގަނޑުގެ ފަހަތުގައި ކުރަހާފައި އިން ތަރި ފެނުމުންނެވެ. ގައިމުވެސް މީގެ ކުރިން އެ ނީންނާނެއެވެ. އެއާއެކު މަޑުމަޑުން ޒޭބާ ބުނެ އުޅޭ ޖުމްލަ އަކްމަލްގެ ސިކުނޑީގައި ޓަކިދޭން ފެށިއެވެ. “ހަހަހަ. މިއަކީ އަކޫ ގެ ލަކްއަށް ކުރުހާ އެއްޗެއް ނޫން. އެކަމް މިއަކީ އަބަދުވެސް އަކޫ ކުރާ ރަނގަޅު ކަމެއް ގައި އަކޫ އަށް ހިތްވަރުދޭން އަހަރެން ހުންނާނެ ކަން އަންގައިދޭން ކުރުހާ އެއްޗެއް. ގުޑް ލަކް ބެސްޓްފްރެންޑް. މިޓެސްޓްވެސް އިން ޝާ ﷲ ފަސޭހަވާނެ” އަކްމަލްއަށް ހިނިތުންވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ކާކުބާ މި ކުރުހާނީ” އަކްމަލް އަށް ހިތާހިތުން ކިޔާލެވުނެވެ.

****

ދަންވަރުގެ ހަމަހިމޭން ވަގުތުގައި ޔާމީނަށް އޮތީ އީތަންއާ ހެދިން ނުނިދިފައެވެ. މިއަދު ހޮސްޕިޓަލްއިން ދޫކޮށްލިއިރުވެސް ރަނގަޅަށް ހުރެފައި މިހާރު ވެފަ ހުރިގޮތެއް ނޭނގެއެވެ. ފާޑަކަށް ސިހި ސިހިފައި ބަލާލާށޭ ކިޔާފަ ސީލިންގް ނޫނޫ ދޮރު ދައްކަފާނެއެވެ. “ދެން ބްރޯ މަ ނިދަން ވެއްޖޭ.. ތީ ބޮޑުވަރު. އަނބިމީހަ އަށް ގުޅައިގެން އޭނަ އަށް ތިކުރާ އުނދަގުލެއް ކޮށްބަލަ. އެހެން ރޫމް އަކަށް ބަދަލު ވާންވީ ކަންނޭގެ މިރޭ” ޔާމީންގެ އަނގަ ބަންދުވީ ވައި އަޑުން އީތަން ވާހަކަ ދައްކަން ފެށުމުންނެވެ.

“އޭއި. ތިހެން ވާހަކަ ނުދައްކާ. އޭނަ އެހެރީ ބަލަހައްޓައިގެން. ވަރަށް ރުޅިއައިއްސަ ހުރީ”

“މާދެން ފުރަތަމަ ކަމަކަށް ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވޭ” ރަޖާގަނޑު މުޅި ގައިގައި އަޅާ ފޮރުވަމުން ޔާމީން މިހެން ބުނެ ލޯމަރާލީ ދެން މާދެން ވީމަނޫނީ ލޯ ނުހުޅުވަން އަޒުމްކަނޑައަޅައިގެންނެވެ.

****

ލޯގަނޑު ކުރިމަތީ ހުރެ ނަބާ އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ބޮލުގައި ފުނާ އަޅަންފެށިއެވެ. މިއަދު ޒޭބާގެ ހަގީގަތް އޭނާއަށް އިނގޭނެއެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ލިބޭނެއެވެ. ޒޭބާ ފިލިއްޔާ އެ ފިލި ސަބަބު އިނގޭނެއެވެ. މަންމަގެ ހާލު އިނގޭނެއެވެ. މަންމަގެ ހާލު ނުބެލޭތާވެސް އަހަރެއް ވެދާނެއެވެ. ނަބާގެ ލޯ ފެންކަޅިވީ މަންމަ މަތިން ހަނދާންވުމުންނެވެ. ޒޭބާ ނެތުމުން މަންމަ އަށް ކިހާއަސަރެއް ކުރާނެ ހެއްޔެވެ. އަނެއްކާ މަންމަ ރަނގަޅު ވާނެ ބާވައެވެ. ނަބާ ދެލޯމަރާލީ އެ ހިޔާލުތަކާ ދުރުވުމަށެވެ. އިރާދަކުރެއްވިއްޔާ އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބު މިއަދު ލިބޭނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް

Next

ނޫރު (ފަންސާސްހަވަނަ ބައި – ދިގުކުރެވިފައި)

Next
April 3, 2018

ނޫރު (ފަންސާސްހަވަނަ ބައި – ދިގުކުރެވިފައި)

Previews
April 2, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް

43 Comments!

  1. Ram says:
    April 2, 2018 at 11:35 pm

    Heii guyxx miothy 4th vana part.. hope you guyxx will like it.. and dhn part ga past ge baivaru kanthah thakeh igeyne.. so keep waitingg .. loves ?❤

    1. Ram says:
      April 4, 2018 at 8:26 pm

      Thanks sanaa ?

    2. Ram says:
      April 4, 2018 at 8:27 pm

      Yes yes sum.. Thankyou ?

  2. Sana says:
    April 2, 2018 at 11:39 pm

    Varah varah reethi???
    Ram is number 1 writer?
    When next part?
    Keep going dear?

    1. reader says:
      April 3, 2018 at 12:25 am

      Number one eyy? I guess you don’t know how to judge. But ram I’m sorry to say that you have made many mistakes…

    2. Ram says:
      April 3, 2018 at 10:23 am

      Thankyouuu sanaa ?

    3. Ram says:
      April 3, 2018 at 10:24 am

      Mistakes thah faahaga kohlrhvun edhen igey.. Thanks reader ?

    4. Sana says:
      April 3, 2018 at 5:20 pm

      She is improveing day by day I mean?
      Ram ah ves adhi all writers ah ves mistake hedheene but if the writer continued the story writer will improveing day by day
      Pls understand READER

    5. sum sum ? says:
      April 3, 2018 at 5:28 pm

      Varah reethi?????
      Some readers understand nuvaane comments ves story ves ?
      And ram kuda koh sum ah
      Mistake faahagavi?
      Writing mistake ekani sum ah faahagavee ?
      Next time ga up kurumuge kurin kiyaalaathi ram ?
      Next ok vaane Inge ram ??????????

    6. Ram says:
      April 4, 2018 at 8:34 pm

      Aww shitt.. Sana ashaa sum ah vee comment eyny mathyga ??‍♀️

  3. Shann says:
    April 3, 2018 at 5:06 am

    Wow dhonthi ge ram mibaives hama v v rythi… Nengey baivaru kanthah gandeh ebaulhey dhw… V beynun zeybaa ah vee gotheh balailan… Kuriah dhiyavarakah egemun dhaane dhw… Thy hama number one… V v v rythi story kuriah gendhaa goeh… Luv n Miss u…??????????????????❤?

    1. Ram says:
      April 3, 2018 at 10:26 am

      Thankyouu dhonthaa.. Yesss.. Thankyouuu… Loves more and miss you loads ?

  4. Aiman says:
    April 3, 2018 at 8:19 am

    Mistakes huriyyamu bonelaba dho..eyrun neh nu ram ah vc ranghalha kureveyny ..ram keep it up .. Vrh reethii maashallah.????????❤❤

    1. Ram says:
      April 3, 2018 at 10:27 am

      Thankyou so much aimannn ?

  5. Aiman says:
    April 3, 2018 at 8:20 am

    *bunelaba
    * ranghalhu

  6. lotus says:
    April 3, 2018 at 10:26 am

    Nice mi part vx.. i think mi ulhey ghost akee xeybaa…….. waitin for the next part

    1. Ram says:
      April 3, 2018 at 10:28 am

      Lets see dww darl.. Thankyouu lotuss ?

  7. Pinky shifoo says:
    April 3, 2018 at 10:27 am

    Wow ❤️❤️❤️… Mi part vx v v v reethi ???… Eagerly waiting for the next part… Lots of love and take care Ram ❤️❤️❤️????????????

    1. Ram says:
      April 4, 2018 at 8:28 pm

      Thankyou shifooo.. Lovess ??

  8. zabaa says:
    April 3, 2018 at 11:55 am

    woww.. nice story. keep it up ram

    1. Ram says:
      April 3, 2018 at 2:31 pm

      Thanks zabaaa ?

  9. shif? says:
    April 3, 2018 at 2:53 pm

    Vvvv reethi
    When next part…….
    ??

    1. Ram says:
      April 4, 2018 at 8:28 pm

      Thanks shiff.. Type kohlevunuhaa avahakah ?

  10. Zuam says:
    April 3, 2018 at 3:09 pm

    Varah reethi

    1. Ram says:
      April 4, 2018 at 8:30 pm

      Thankyou zuam ?

  11. janaaaa says:
    April 3, 2018 at 8:18 pm

    Yayy. Loved it?

    1. Ram says:
      April 4, 2018 at 8:31 pm

      Thankyou janaaa ?

  12. Rsh says:
    April 4, 2018 at 10:45 am

    V reethi ❤️❤️❤️

    1. Ram says:
      April 4, 2018 at 8:31 pm

      Thankyou rsh ??

  13. Ram says:
    April 4, 2018 at 8:24 pm

    Hey guyxx so sorry to say thiss.. Mirey up eh nukohleveyne igeyy.. Liyan feshi thanaa kameh dhimaa vegen nuvee.. Mireyy nuvaane so.. Ekm trust me.. type kohlevunuhaa avahakah upkohlaanan.. Loves ❤

  14. sum sum ? says:
    April 4, 2018 at 8:39 pm

    It’s ok
    Waiting dear!?

    1. Ram says:
      April 4, 2018 at 8:57 pm

      ?

  15. Anaa says:
    April 4, 2018 at 8:43 pm

    Ram then koirakun up vany
    Waiting?

    1. Ram says:
      April 4, 2018 at 8:59 pm

      Mirey fahun vx nidhaalumuge kurin type kohlaanan.. Hiyhama jehey varah kurevunyma upkohlaanan igey dear ?

  16. Sana says:
    April 4, 2018 at 8:49 pm

    ????
    Waiting…………

    1. Ram says:
      April 4, 2018 at 8:59 pm

      ?

  17. unlucky girl says:
    April 6, 2018 at 1:46 pm

    Kon irakun tha up vany ram?
    Waiting……..
    Waiting……..
    Waiting……..

  18. reader says:
    April 6, 2018 at 4:11 pm

    Kobaa stryy? dude? You alive?

  19. lisa says:
    April 6, 2018 at 6:30 pm

    Haadha dhigu inthizaarekey thi kuruvany ram ???
    SAD ??
    ?

  20. sama says:
    April 6, 2018 at 6:35 pm

    Rammmmmmmmmmmmm
    ??????????
    Kobaatha 5 vana part ?

  21. Zeek says:
    April 6, 2018 at 6:40 pm

    Story???

  22. Ram says:
    April 6, 2018 at 10:35 pm

    Thankyou guyxxx.. Sorry las veema igeyy.. Mihaaru upkohlaafa innaany ❤

  23. Kooji says:
    July 1, 2018 at 2:35 pm

    kuriyah dhaa goii v salhi.

Comments are closed.

Next Episodeރީތި ސޫރައެކޭ 5-←


All Right Reserved!