Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (10)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 2, 2018 10 Mins Read
10 Comments

“ބޭނުމީ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ… އާދޭ އަހަރެންނާއެކު” ރާސިލް އައިލީޝް އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.

އައިލީޝް ދެފަރާތަށް ބޯ ހޫރާލިއިރު އޭނާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިޔާފު ބިރުވެރިކަމެކެވެ. އައިލީޝް ހުރިގޮތުން ރާސިލް ގެ ހިތަށް މަޑުމޮޅިކަން ވެރިވެގަތް ކަމުގައިވިޔަސް އޭނާގެ އިހްސާސް ތަކުގެ މައްޗަށް އެވަގުތު ހުރީ އެހެން ރުޅިވެރިކަމެއް ވެރިވެފައެވެ.

“ބަލަ ގޮވައިގެން ދާކައްނު މިއުޅެނީ ކަންތައް ތައް ކިޔައިދޭން… ކީއްވެ ފަހަތަށް ތި ޖެހެނީ… ފަހަތަށް ނުޖެހި އާދޭ…” ރާސިލް ބުނެލިއެވެ. ސިއްރުވެރިކަމާ ބާރުވެރިކަން އެ ކުލެވިގެންވީ ބެލުމަކުން އޭނާ އައިލީޝް އަށް ބަލާލާ ހަތަރު ކަޅި ހަމަ ކޮއްލިއެވެ.

“ނޫން” އައިލީޝް ހިތާ ހިތުން ކިޔަމުން ދިޔައެވެ. ދެފަހަރަކު އަތުގެ އިޝާރާތުން ވެސް ބުނެލިއެވެ. އައިލީޝް ނޫނެކޭ ބުނާ ގޮތް ރާސިލް އަށް އިނގިފައި ވުމާއެކު އޭނާ އައިލީޝް އާ ގާތަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. “ކީއްވެ ނޫން ވީ ބުނެބަލަ ކީއްވެ ނޫނެކޭ ތި ބުނަނީ… މިއުޅެނީ އައިލީޝް އަށް ކަންތައް ތައް ކިޔައިދޭކަށްނު” ރާސިލް އެއްމިޔަކުން ހީލަމުން ބުނެލިއެވެ.

އޭނާ ކުއްލިއަކަށް އައިލީޝް އާ ގާތަށް ޖެހިލާ އެ އަތުގައި ހިފާލިއެވެ. އަދި ދޮރާ ދިމާލާށް މިސްރާބު ޖެހިއެވެ. އައިލީޝް ނުދާންވެގެން ދެފަހަރަކު ގަދަ ހަދާލި ކަމުގައިވިޔަސް ރާސިލް އޭނާ އަށް ބަލާލިގޮތުން ވަގުތުން އިސްޖަހާލެވުނެވެ.

އޭނާ އަށް ވެސް ކުރެވުނީ ކޮއްގެން ވާނޭ ކަމެއް ނޫނެވެ. ރާސިލް ގެ ކޯތާފަތުގައި އޭނާ އަށް ޖެހުނީތީ އަމިއްލަ ނަފްސަށް މަލާމާތް ކުރާ ހާލު ރާސިލް ދޭ ކޮންމެ އަދަބަކަށް މަރުހަބާ ކިޔަން އޭނާ ހުރީ ތައްޔާރަށެވެ.

ރާސިލް ސައިކަލާ ދިމާލަށް ހިނގައގަތީ ވެސް އައިލީޝް ގެ އަތުގައި ހިފައްޓާލައިގެން ހުރެއެވެ. ރާސިލް ސައިކަލާ ހިސާބުން އައިލީޝް ގެ އަތުން ދޫކޮއްލިއެވެ. ރާސިލް ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް މާނަ ކުރަން މަސައްކަތް ކުރަމުން ދިޔަ އައިލީޝް ސިހުން ގެނުވީ ރާސިލްގެ އަޑެވެ.

“ކޮބާ ތައްޔާރުތަ؟” އެހެން ފަހަރަށް ވުރެ އެ އަޑު މަޑު ކަމުގައިވިޔަސް އަޑުގައިވި ހަރުކަށިކަމަށް ބަދަލެއް ނޭދެއެވެ. އައިލީޝް ކުރިއަށް ޖެހިލާ ރާސިލް ގެ އަތުގައި ހިފާލާ އެދެލޮލަށް ބަލާލިއެވެ. އިރުކޮޅަކު ދެމީހުންނަށް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބެވުނެވެ.

ރާސިލް ހަމަބިމަށް އާދެވުނު މީހަކުފަދައިން އައިލީޝް ގެ އަތް ފޮޅުވާލިއެވެ. ރާސިލް ގގެ އެ އަމަލުގެ ސަބަބުން އައިލީޝް ގެ ހިތުގައި ޖެހުނެވެ. އެހެންނަމަވެސް އޭނާ ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތަށް ކޮންޓްރޯލް ކުރިއެވެ.

“ސައިކަލަށް އަރަންވީނު” ރާސިލް މަލާމާތުގެ ރާގަކަށް ބުނެލުމާއެކު އައިލީޝް އަށް އަނެއްކާވެސް އިސްއުފުލާއެ ބާރުގަދަ ދެލޮލުގެ ތެރެއަށް ގެނބެވުނެވެ. ރާސިލް ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ބުނެލުމާއެކު އޭނާ މަޑު ފިޔަވަޅުތަކުގައި ގޮސް ރާސިލް ގެ ސައިކަލު ފަހަތަށް އެރިއެވެ.

ސައިކަލު ދުއްވަމުން ދިޔަ އިރު އިރު އިރުކޮޅަކާ ރާސިލް ސައިކަލު ބާރުކޮއްލާ ގޮތުން އައިލީޝް އަށް ރާސިލް ގެ ގައިގައި ޖެހިގަނެވެއެވެ. އެއިން ކޮންމެ ފަހަރަކު ރާސިލް ގެ ފަރާތުން މަލާމާތާ ނުރުހުން އެކުލެވޭ ބަސްތަށް އައިލީޝް އަށް އަމާޒުވަމުން ދިޔައެވެ.

ސައިކަލު މަޑޫކޮއްލީ ހުޅުމާލޭ ފެރީ ޓާރމިނަލް ކައިރީގައި ހުރި ގެއެއްގެ ކުރިމަށްޗަށް ކަމަށް ވުމާއެކު އޭނާ ވަށައިގެން ބަލާލީ ރާސިލް އޭނާ މިތަނަށް ގެގައީ ކީއްކުރަންހޭ އަހާގޮތަކަށެވެ. ރޮވެމުން ދިޔަ ހާލުގައި ވެސް އޭނާ ރާސިލް ގެ އަތުގައި ހިފައްޓާލިއެވެ. ރާސިލް ގެ ފަރާތުން ކުޑަވެސް އަޅާލުމެއް ލިބޭތޯ އެ ހިތް ތެޅިފޮޅެމުން ދިޔައެވެ. ނޭވާ ކުރުވެފައި ވީ ރާސިލް ސައިކަލު ދުއްވަމުން ދިޔަ ގޮތުން އޭޏާ ގަތްފައިވާ ބިރު އަދިވެސް ނުފިލާތީއެވެ. އޭރު ވާރޭގެ ތިކިތައް ކޮންމެވެސް ވަރަކަށް ވެހެން ފަށައިފިއެވެ. ޖެހެމުން ދަނީ ތެތްފިނި ވައިރޯޅިތަކެކެވެ. އައިލީޝް އަށް ރާސިލް ގެ އަތަށް ބާރުކޮއްލެވުނީ ވަމުން ދިޔަ ފިންޏާ އެއްވަރަށް އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް ހިނގީތީއެވެ.

ފައިބާ” ރާސިލް ގެ ހަރުކަށި އަޑުން އައިލީޝް އަވަސް އަވަހަށް އެތުން އަތް ދޫކޮއްލަމުން ސައިކަލުން ފޭބިއެވެ. ލާފައިވާ ކަޅުކުލައިގެ ދޫހެދުން ވަޔާ ވިހުރެން ފެށި ގޮތުން އޭނާ އަށް އެ ހެދުން ރަގަނޅު ކުރަން އަވަސްވެގަނެވުނެވެ. އަޅާފައިވާ ޝޯލް ވަޔާ ވިއްސައިގެން ދާހެން ހީވާތީ އޭނާ އެތް އަތުން ޝޯލް ގައި ހިފައްޓަން މަސައްކަތް ކުރިއެވެ.

ރާސިލް އަށް އިރުކޮޅަކު އައިލީޝް އަށް ބަލަން އިނދެވުނީ ހުވަފެނެއްގައި އިނދެވުނު ފަދައިންނެވެ. އެ ލޯބި ކުއްޖާގެ ހަރަކާތް ތަކުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

އާދޭ” ކުއްލިއަކަށް ސައިކަލުން ފައިބާ އައިލީޝް ގެ އަތުގައި ހިފާލައިގެން މަގު ހުރަސް ކުރަން ދިޔައެވެ.

ރާސިލް ގޮސް ހުއްޓުނު ގެއަށް އައިލީޝް ބަލާލިއެވެ. އެއާއެކު ސުވާލް ތަކުން އޭނާގެ ސިކުނޑި ފުނިޖެހިގެން ދިޔައެވެ. ރާސިލް އަށް ބަލާލިއިރު އޭނާ ތަޅުދަނޑި ފަތި ޖީބުން ނަގަމުން ދޮރުހުޅުވާލަނީއެވެ.

އައިލީޝް ނުވަންނަން ހުރުމުން ރާސިލް އައިލީޝް ގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތެވެ. އަދި ކުރިމައްޗަށް ހޫރާލުމާއެކު އައިލީޝް ނުވެއްޓުނީ ކިރިއާއެވެ. އޭނާ ވަށައިގެން ބަލާލިއެވެ. ތަން ވަނީ ހިރަފުސް އަރާ ފުރިފައެވެ. އޭނާގެ ނަޒަރު އެއްފަރާތުގައި ހުރި ގުރާ ކޮއްޓަށާއި އުނދޯއްޔަށް ވެސް ހުއްޓުނެވެ. ތަނަށް ވަށައިގެން ބަލާލުމާއެކު ރާސިލް އަށް ނަޒަރު ހުއްޓާލެވުނު އައިލީޝް ގެ މޫނުމަތިން ފެނުނު ނުތަނަވަސް ކަމާ ކަންބޮޑުވުން ރާސިލް އަށް ވެސް ނަގައިގަނެވުނެވެ.

“މިއައީ ހުރިހާ ވާހަކަ އެއް ކިޔައދޭންވެގެނޭ… ދެން އަހާބަލަ… އަހާބަލަ އަހަރެންގާތު” ރާސިލް އޭނާގެ މޭގައި އަތް ޖައްސާލާ އައިލީޝް އާ ސުވާލުކޮއްލިއެވެ. އެއާއެކު އައިލީޝް މިފަހަރުވެސް ދެފަރާތަށް ބޯ ހޫރާލިއެވެ.

“އަހާބަލަ” ރާސިލް ހަޅޭއްލަވައިގަނެފައި ގޮސް އައިލީޝް ގެ އަތުގެ މުލައްދަޑީގައި ހިފާ އޭނާ ގެ ލޮލާ ހަތަރު ކަޅި ހަމަކުރުވިއެވެ.

ރުޅިއައިސް ފައި ރާސިލް ހުރިކަމުގައިވިނަމަވެސް އެ ލޮލުގެ ތެރެއަށް ބޮނޑިވަމުން ދިޔަ ކަރުނަތަށް ފެނި އައިލީޝް އަށް ސިހުން ލިބުނެވެ. ރާސިލް ގެ އަތުގެ ތެރެއިން ވީއްލިގަނުމުގެ ބަދަލް ގައި އޭނާ އެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރީ އެ ކަރުނަތަކާ ވޭނުން ފުރިގެންވީ ލޮލުގެ ތެރެއިން ކޮންމެވެސް އެއްޗެއް ދަނެގަނެވޭތޯއެވެ.


ދާނިޝް ގޭގެ ބެލްކަނީގައި ހޫނު ކޮފީތައްޓެއް ބޯން ހުރިއިރު އޭނާގެ ސިކުނޑީގައި ވަނީ މީގެ ތިން އަހަރު ކުރީގެ ހަނދާން ތަކެވެ.

****

އެދުވަހު ދާނިޝް އިފްޝާ އާ އެކީ ގޮސް ކާންވެގެން މޭޒު ދޮށުގައި އިށީންތަނާ އޭނާގެ ލޮލުގައި އެތަނުގައި ތިބި ދެ އަންހެން ކުދިން އަޅައިގަތެވެ. އެ ދެކުދިންނަކީ އެ ވާހަކަ ދެއްކި ކުދިންނަށް ވުމާއެކު ޖޮބުން ވަކިކުރަން ދާނިޝް ވިސްނިއެވެ. އޭނާ ވަނީ ނުހަނު ރުޅިއައިސްފައެވެ.

“އިފްޝާ” ދާނިޝް ގޮވާލިއެވެ.

“ޔެސް” އިފްޝާގެ ޖަވާބުކުރެވެ. އެވަގުތު ވެއިޓަރ ގެނެސް ބެހެއްޓި ކާ އެއްޗެހީގެ ތެރޭގައި ހުރި ސެލެޑް ތަށިން އެތިކޮޅެއް ނަގާ އިފްޝާ އަނގަޔަށް ލަމުން ދާނިޝް އަށް ބަލާލިއެވެ.

“އައި… އައި ވަނަ އެކްސްޕްލެއިން…” ދާނިޝް މަޑޫ މަޑުން ބުނެލިއެވެ.

“ނޯ ނީޑް… އެއީ ދާނިޝް ގެ ޕާރސަނަލް ލައިފް.. އެކަންތައްތަކާ ބެހުމުގެ އެއްވެސް ހުއްދައެއް އަހަރެންނަކަށް ނެތް” އިފްޝާ އެއްވެސް އަސަރެއްނެތް ގޮތަކަށް ބުނެލުމާއެކު ދާނިޝް ގެ ހިތުގައި ޖެހުނެވެ. އިފްޝާ ހިޔާލެއް ފިކުރެއްނެތް ގޮތަކަށް ކަމުން ދިޔަ އިރު ދާނިޝް އިނީ ކާ އެއްޗެހީގައި އަތް ލާ ހިތްވެސް ނުވެފައެވެ.

އިފްޝާގެ ހިތުގައިވެސް ތަފާތު އެއްޗެހި ދައުރުވަމުން ދިޔަ ކަމުގައިވިނަމަވެސް އޭނާ އެ ހުރިހާ އިހްސާސް އެއް ހިންދައިލަން މަސައްކަތް ކުރިއެވެ. ދާނިޝް އަށް ނޭގުނު ކަމަކީ އިފްޝާގެ ހިތަށް ވެސް ތަދުވަމުން ދިޔަކަމެވެ.

އެދުވަހު ބްރޭކް ނިންމާލާފައި ދިޔަ ގަޑީގައި އިފްޝާ އާއި ރާއިދާ ދިމާވިއެވެ. ދާނިޝް ކުޑަކަމަކު ބޭރަށް ދިޔުމުން އިފްޝާ ކައިގެން މައްޗަށް އެރީ އެކަންޏެވެ.

“ކޮބާ؟. މިހާރު ކިހިނެތްތަ ކަންތައްތައް” ރާއިދާ މަލާމާތުގެ ރާގަކަށް އަހާލުމާއެކު އިފްޝާވެސް ރާއިދާ ގެ ކުރިމައްޗަށް އެރިއެވެ.

“ކިހިނެތްވީ؟. ހަމަ ބަރާބަރު… ދާނިޝް ނުލިބުނީމަ ދެރަވީތަ؟” ބްރޭކް ގަޑި ނިންމާފައި އޮފީހުގެ މުވައްޒެފުން އައި ނާންނާތީ އޮފީސްތެރެ އޮތީ ފުދޭވަރަކަށް ހަމަހިމޭން ކޮށް ކަމަށް ވާތީ އިފްޝާ ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ވެސް ރާއިދާ އަށް ބަހުގެ ހަމަލާތައް ރައްދުކުރަންފެށިއެވެ.

‘އައި އޭމް ސޮރީ… އެކަމަކު ތި ރާއިދާ އަށް ދެނެތް ދާނިޝް އެއް ނުލިބޭނެ” އިފްޝާ އެއްލޯ މަރާލަމުން ބުނެލިއެވެ. އިފްޝާގެ ރާގު ހުރިގޮތުން ރާއިދާ ގެ ރުޅިގަނޑު ހިލި އިފްޝާގެ ކޯތާފަތުގައި ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް ސިހުނީ ބާރު ގަދަ އަތަކުން އެ އަތުގައި ހިފައްޓާލުމުންނެވެ. މަޑު މަޑުން ކުރިމަތީގައި ހުރި މީހާ އަށް ރާއިދާ ނަޒަރު ހުއްޓާލިއެވެ. ކުރިމަތިން ދާނިޝް ފެނިގެން އޭނާ ސިހިގެން ދިޔަ ގޮތް ދާނިޝް އަށް މަޖާވިއެވެ. އޭނާ އިފްޝާ އަށް ވެސް ބަލާލިއެވެ. އިފްޝާގެ މޫނުން ކަންބޮޑުވުމާއި އެއްވަރަށް ލަދު ގަނެފައި ހުރި ވަރު ދާނިޝް ގެ ލޮލުގައި އަޅައިގަތެވެ.

“ކޮބާ؟. އަހަރެން ބުނީމެއްނު އިފްޝާ އާ ނުބެހެއްޗޭ… އެހެންނޫނީ” ދާނިޝް ރާއިދާ އަށް ބަލާލީ ރުޅި ވެރި ނަޒަރަކުންނެވެ.

“އެ އަންހެނާ ކިޔާ އެއްޗެ…”

“ޝްޝްޝް…. އިތުރަށް އެއްވެސް އެއްޗެއް ނުބުނައްޗޭ” ދާނިޝް ރާއިދާ ގެ ވަށައިގެން ބުރެއް އަޅާލަމުން ރާއިދާގެ ވާހަކަ މެދު ކަނޑާލަމުން ވާހަކަ ދެއްކިއެވެ.

އަދި ކުރިމަށްޗަށް ހުއްޓިލާ މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އެއަށްފަހު އިފްޝާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކެބިން އަށް ވަނެވެ. ދޮރުތަޅުލަމުން އޭނާ ފުން ނޭވާއެއް ދޫކޮއްލިއެވެ.

އޭނާ އިފްޝާ އާ ދިމާލަށް ބަލާލިއެވެ. އަދި ލޯގަނޑާ ދިމާލާ ބަލާލަމުން ގޮސް ދޮރު ފޮތިގަނޑު ދަމާލިއެވެ. އެއާއެކު އެ ކޮޓަރިތެރޭގައި ހިނގާ އެއްވެސް ކަމެއް ބޭރަށް ނުފެންނާނޭކަން އިފްޝާ އަށް އެނގުނެވެ. ހުރިތާ ހުއްޓާ އޭނާ ސިހުނީ ދާނިޝް އޭނާ އާ ދިމާލަށް ފިޔަވަޅެއް އަޅާލުމުންނެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް މޭޒުގައި ޖެހުމާއެކު އޭނާ އަށް ފަހަތަށް ބަލާލެވުނެވެ. ދެން ކުރިމައްޗަށް ބަލާލިއިރު ދާދި ގާތުގައި ހުރި ދާނިޝް ފެނި އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ. ހިތް މޭތެރޭގައި ނޫޅެ ފުންމާލާފާނެހެން ހީވިއިރު ނޭވާ ލާންވެސް ހަނދާން ނެތުނެވެ. އޭނާ ދާނިޝް ގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ. އަދި ކަންބޮޑުވެފައި ވާހަކަ ދެއްކިއެވެ.

‘ކީއްކުރަނީ ސާރ” އިފްޝާ އަހާލިއިރު އޭނާގެ އަޑުގައިވި ތުރު ތުރު ދާނިޝް އަށް ފާހަގަ ކުރެވުނެވެ. އޭނާ ކުރިއަށް އަންނަމުން ދިޔަ ދިޔުން ނުހުއްޓުނެވެ. އިފްޝާ އަށް މޭޒާ ދިމާލަށް ގުވެވެމުން ދިޔައީ ދާނީޝް ހައްތަހާ އޭނާގެ މޫނު އިފްޝާ ގެ މޫނާ ކައިރު ކުރަމުން ދިޔައީތީއެވެ.

އިފްޝާގެ ދެފަރާތުގައި މޭޒު މަތީގައި އަތް އަޅުވާލަމުން ދާނިޝް އިފްޝާ ހައްޔަރު ކޮއްލިއެވެ.

“ކީއް… ކީއްކުރަ… ކީއްކުރަނީ؟” އިފްޝާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. ބިރުގެންފައިވާ ވަރު އެ އަޑުން އިނގިގެން ދިޔައިރު ތުރު ތުރު އަޅަމުން ދިޔަ ދެތުންފަތް ރަތް ވެފައިވަނީ އިފްޝާ ތުންފަތުގައި ދަތް އަޅައިގެން ހުރީތީއެވެ.

އެ ތުންފަތަށް ދާނިޝް ގެ ނަޒަރު ހުއްޓުމާއެކު އިފްޝާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. މުޅި ހަށިގަނޑުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. އަމިއްލަ ނަފްސު ސަލާމަތް ކުރަންވެގެން އޭނާ ދާނިޝް ގެ މޭގައި އަތް އަޅާފައި ކޮއްޕާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދާނިޝް ގެ ވަރުގަދަ ހަށިގަނޑު ގުޑާވެސް ނުލިއެވެ. ހަޅޭއްލަވައިގަންނަން ހުޅުވާލި އަނގަ މަތީގައި ދާނިޝް އަތް އަޅާ ދެފަރާތަށް ބޯ ހޫރާލިއެވެ.

އެއާއެކު އިފްޝާގެ ލޯ ބޮޑުވެގެން ދިޔައެވެ. ހިތާ ހިތުނ މީހެއްގެ މަދަދަށް އެދެވެމުން ދިޔަ އިރު އޭނާ ދާނިޝް ގެ ފަރާތުން ސަލާމަތް ކޮއްދެއްވުމަށް އެދި ހެއްދެވި ފަރާތަށް އެތަކެއް ފަހަރު ދުޢާ ކުރެވުނެވެ.

**********************

ދާނިޝް އަށް ހިޔާލް ތަކުން ނުކުމެވުނީ ހިޔާލް ގައި ހުރެފައި ހޫނު ކޮފީތަށިން ކޯވަރެއް ދަމާލެވުމުންނެވެ. ހޫނު ކޮފީ ތަށްޓެއް ކަމުން ދޫ ފިހިގެން ދިޔައެވެ. އަތުން ކޮފީތަށި ވެއްޓި ތެޅުމާއެކު އޭނާ އެކަމަށް ސަމާލުކަމެއް ނުދީ ކޮޓަރިއަށް ވަދެ ފެންތަށި އެއްފަހަރާ ދަމާލިއެވެ. އެ ވަރު ނުވެގެން ސައިޑަ ކަބަޑް މަތީ ހުރި ބިއްލޫރި ޖަގުގައި ތުންޖަހާ އެއްފަހަރުން ދަމާލަން އޭނާ މަސައްކަތް ކުރިއެވެ. ގަޔަށާއި އެއްކޮއް ފެންތަށް ވެރިގެން ދިޔައެވެ.

“ދަރިފުޅާ” ދާނިޝް ސިހުނީ ހިޝްމާ ގެ އަޑަށެވެ. “ކިހިނެތްވީ” ކަންބޮޑުވެފައި ހިޝްމާ އައިސް ދާނިޝް ގެ ގާތުގައި ހުއްޓިލިއެވެ.

“ހޫނު ކޮފީތަށިން ކޯވަރެއް ދަމާ… ދަމާލެވުނީ” ދާނިޝް އުނދަގުކުން ބުނެލުމާއެކު އަދިވެސް އޭނާ ހަމައަކަށް ނޭޅާކަން އެނގުނެވެ. “މަންމާ ތެޅުނީ…… ބެލްކަޏަށް ތަށި….” ދާނިޝް އަށް އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކުނެވެ.

“އާނ…. ރާފީ ފޮނުވާނަން… ކީއްކުރަން ހަދައިގެން ތިހެން ވީ” ހިޝްމާ ކަންވީގޮތް އޮޅުން ފިލުވަން އަވަސް ވެގަތެވެ.

“އައިލީ ދެކުދިންތަ؟ މިއަދު އަދި މެންދުރު ކެއި ފަހުން ނުފެނޭ” ހިޝްމާ ބުނެލިއެވެ. އެއާއެކު ދާނިޝް ބޯ ހޫރުވާލީ ނޭގެޔޭ ބުނާފަދައަކުންނެވެ. ހިޝްމާ ގެ މޫނުމަތީގައި ވި ހިތްދަތިކަމުން ދާނިޝް ވާހަކަ ދެއްކިއެވެ.

“މޯމް… ޑޯންޓް ވޮރީ… އައިލީ އަދި ލޯބިވާނެ މަންމަ ދެކެ… އެކަމާ ނުވިސްނައްޗޭ…” ހިޝްމާ ބޯ ޖަހާލީ ހިނިތުންވަމުންނެވެ. “އައިލީ އަށް އަދި ނުވިސްނެނީ… ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކަށް އައިލީ ކެތް ކުރީ ވަރަށް ހާލުން… އެ ހަނދާންތައް އައިލީ އަކަށް ނުނައްތާލެވޭނެ ދުވަހަކުވެސް. މަންމަ ބައްޕަ އާ ވާހަކަ ދައްކަބަލަ. އައިލީ ގެ ކުށަކީ ކޮބާތަ؟ އެއީ އައިލީ އަށް ވާހަކަ ނުދެއްކުން ކަމުގައި ވަނީނަމަ މަންމަ ބައްޕަ އަށް ވިސްނަދީ… ” ދާނިޝް ހިޝްމާގެ ލޮލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.


އެތާހުރި ގޮނޑިއެއްގައި ރާސިލް އިށީދެހެން އިން އިރު އައިލީޝް ރާސިލް އާ ދިމާލަށް ބަލަހައްޓައިގެން ހުރީ އެއްވެސް އެއްޗެއް ބުނަން ނުކެރިފައެވެ. އައިލީޝް ގެ ލޮލަށް ބަލަން ހުރެ ކުއްލިއަކަށް އައިލީޝް ދުރުކޮއްލުމަށްފަހު ގޮސް އެ ގޮނޑީގައި އިށީންތާ މިހާރު ފަނަރަ މިނިޓް ވީއެވެ. އެހެންނަމަވެސް ރާސިލް ގެ ފަރާތުން ބަހެއް ކީކުރަން އިތުރު ހަރަކާތެއްވެސް ނުފެނުނެވެ. އައިލީޝް އެ ދިމާލަށް ދެ ފިޔަވަޅު އަޅާލިތަނާ ރާސިލް އިސް އުފުލާލާ އައިލީޝް އަށް ބަލާލާ ވާހަކަ ދެއްކިއެވެ.

“ޚަބަރުދާރު… އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެން ނުވާނެ” ރާސިލް ގެ އަޑު ބާރުވެފައި ވިއެވެ.

“އައިލީޝް އަށް ހުއްޓުނު ގޮތަށް ގުޑާލަން ވެސް ނޭގުނެވެ. ރާސިލް ރޮނީކަން އައިލީޝް އަށް ޔަގީންވީ ކަމުގައި ވިޔަސް އިސްޖަހާލި ރާސިލް އާ ދިމާލަށް ދާން އޭނާ ނުކުޅެދުނެވެ.

އައިލީޝް ވެސް ރޮނީއެވެ. އެހެންނަމަވެސް އެ ކަރުނަތަށް ފޮހެދޭން އަންނާނޭ މީހަކު ނެތެވެ. ހިތްވަރު އެލި މީހާއަށް ރާސިލް އާ ފުރަގަސްދެވުނެވެ.

އައިލީޝް ސިހުނީ އޭނާގެ އަތުގައި ހިފާ މީހަކު ފަހަތަށް އަނބުރުވާލުމުންނެވެ. ނުހަނު ގާތުން ފެނުނު ރާސިލް ގެ ސޫރައިން އޭނާގެ ގައިން ހީބިހު ހަލުވާލިއެވެ.

ރާސިލް ގެ ލޮލުގެ ތެރޭގައި ބޮނޑިވެފައިވާ ކަރުނަތަށް އޭގެ މަގާމް ދޫކޮށް ފައިބައިގެން ދިޔައީ އައިލީޝް ގެ ކުރިމަތީގައެވެ. ރާސިލް އަށް އައިލީޝް ލޮލުގެ ތެރޭގައި ޖަމާވެފައި ހުރި ކަރުނަތަކާ ކޯތާފަތުން ތިރިއަށް ރޮނގު ދެމެމުން ދިޔަ ކަރުނަތަށް އަޅައިގަތުމާއެކު އައިލީޝް ގެ ލޮލުން ނަޒަރު ވަކިކޮއްލެވުނެވެ.

އަދި އެއްފަރާތަށް ބަލާލިއެވެ.

ދެވަނަ ސިކުންތުގައި ހަމަ އެ ދެލޮލާ ހަތަރު ކަޅި ހަމަކޮއްލަމުން ދަތް ކުނޑި ވިކާލަމުން ވާހަކަ ދެއްކިއެވެ. “ބޭނުމެއްނު އެނގެން ދޯ… ދޭބަލަ… ގޮސް އަމިއްލަ ބޭބެ ކައިރީގަ އަހާބަލަ” ރާސިލް ބުނެލިއެވެ. އެއާއެކު އައިލީޝް އަށް ހައިރާން ކަން އެކުލެވިގެންވީ ބެލުމަކުން ރާސިލް އަށް ބަލާލެވުނެވެ. ރާސިލް ހިފައްޓާފައިވާ ދިމާ އަތަށް ތަދު ވަމުން ދިޔުމާއެކު އޭނާ ރާސިލް ގެ ލޮލަށް ބަލާލަމުން އަތާ ދިމާލަށް ބަލާލިއެވެ.

“ތަދު ވަނީތަ؟. އަނގައިން ނުބުނެވޭ ނެ ދޯ ހުއް…” ރާސިލް މަލާމާތް އެކުލެވިގެން ވީ ގޮތަކަށް ބުނެލުމާއެކު އައިލީޝް އެ އަތް ފޮޅުވާލާ ފަހަތަށް ޖެހިލިއެވެ. އޭރު ވާރޭ ބޯކުރަމުން ދިޔަ އަޑު އިވި އިވި ހުއްޓެވެ. ގޭގެ މައި ކޮޓަރީގައި ތިބިއިރު ސީލިންގް ނާޅާ ހުރީތީ އެއްވެސް ހުރަހެއްނެތި ވާރޭ ވެހެމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ފުރާޅުގައި އަޅާފައިވާ ބައެއް ލޯވަޅުތަކާ ދިމާލުން ފެންތިކި ތަޅަތަޅާ ހުރި އިރު އެއިން އެއްވެސް ކަމަކަށް ދެމީހުން ކުރެ އެކަކަށް ވެސް ސަމާލް ކަން ދެވޭ ގޮތެއްނުވިއެވެ.

“ކީއްވީ… ދުރަށް ތި ދިޔައީ… ބުނެބަލަ ކީއްވެ ހޭ ދުރަށް ތި ދިޔައީ… އާދެބަލަ އަހަރެންގެ ގައިގައި ޖަހަން ފަހަތަށް ނުޖެހޭ އާދެބަލަ” ރާސިލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. އެއާއެކު އައިލީޝް ފުން ކޮން ދެތިން ނޭވާ ލިޔެވެ.

“ރާސިލް ތިހެން ނުބުނެބަލަ ޕްލީޒް” އައިލީޝް ގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް މި ނާޒުކު ވަގުތުގައި އެ ވާހަކަ ރާސިލް އާ ނުދެއްކޭނެކަން އެނގުމާއެކު އޭނާ އަށް ރާސިލް އާ ދިމާލަށް އަތް ދިއްކޮއްލާ މަޑު ކޮއްލުމަށް އެދެވުނެވެ. އައިލީޝް ގެ އެ އަމަލުން އޭނާ އަށް ހުއްޓެވުނެވެ. އަދި އެ އަންހެން ކުއްޖާ އަށް ބަލާލެވުނެވެ. “ރާސިލް… ތިހެން ނަހަދަބަލަ. މިހިތަށް ވަރަށް ތަދުވޭ… އިތުރަށް ތިހެން ނުބުނެބަލަ އަހަރެން މަރުވެދާނެ” ރާސިލް އާދިމާލަށް ބަލަން ހުރެ އައިލީޝް އިޝާރާތުން ވާހަކަ ދެއްކިއެވެ.

“ތީ ދޯ ދެން ކަންތައް ކުރަން އެނގޭ ގޮތަކީ” ރާސިލް މަލާމާތުގެ ރާގަކަށް މިފަހަރުވެސް ބުނެލުމާއެކު އައިލީޝް އަށް ޝަކުވާކުރާ ހާލު ރާސިލް އަށް ބަލާލެވުނެވެ.

އޭނާގެ އިހްސާސްތައް ދުލުން ނުބުނެވުނެއްކަމަކު އެހިތަށް ވެސް ތަދުވެއެވެ. އިތުރަށް ކެތް ނުވުމުން އޭނާ ދުވެފައި ނުކުންނަން ހިނގައިގަތެވެ. ރާސިލް ވެސް އައިލީޝް ހުއްޓުވާކަށް ނޫޅުނެވެ.

މަގުމަތީގައި ހިނގާފައި އުޅޭ މީހުން މަދެވެ. ކޮންމެ މީހަކުވެސް ބެލީ ވެހެމުން ދިޔަ ވާރެގެ ސަބަބުން ގޭން ނުނުކުމެ ވޭތޯއެވެ. ބައެއްފަހަރު އައިލީޝް ދުއްވައިގަނެއެވެ. އަނެއްބައިފަހަރު ދުވުން މަޑުކޮއްލާ ހިނގައިގަނެއެވެ. ހިނގަ ހިނގާ ވަކި ހިސާބަކުން މަޑުކޮއްލާނެއެވެ. ދެލޯ ފޮހެލާނެއެވެ. ބައެއްފަހަރު މީހުންގެ އަމާޒު ފަތް ގަނޑަކަށް އޭނާ ވެއެވެ. އެހެންނަމަވެސް އޭނާ އެއިން އެއްވެސް ކަމަކަށް ސަމާލު ކަމެއް ނުދިނެވެ. ގެއާ ހިސާބަށް ދެވުމާއެކު ދުވެފައި ގޮސް ސިޑިން އަރައިގެން ދިޔަ ތަން ބަލަން ހިޝްމާ ހުރިކަމެއް އައިލީޝް އަކަށް ނޭގެއެވެ. އޭރު ރޭގަނޑު ހަތެއްޖަހާ ބޮޑު ވެއްޖެއެވެ.

ކޮޓަރިއަށް ވަތް ގޮތަށްތަޅުލާ  ތެތް އެއްޗެއްސާ އެކީ އެނދުމައްޗަށް ވެއްޓިގަނެ އޭނާ ރޯން ފެށިއެވެ. ބާލީހަކުން މޫނު ފޮރުވާލަމުން ދިޔައިރު ނޭފަތް ދަމާލާ ގޮތުންނާ މީހާ އަށް ނޭވާލާން އުނދަގޫވަމުން ދިޔަ ގޮތް ފެނުނު ކޮންމެ މީހަކު ގެ ހިތަށް ވެސް އަސަރު ކުރާނޭކަން ޔަގީނެވެ.

“ރާސިލް ކީއްވެތަ ތިހެން ތި ކަންތައް ކުރަނީ ތިހެން ނަހަދަބަލަ… ދޮންބެ ކީކުރީ… އައިލީ ގެ ދޮންބެ މީހަކަށް ދުވަހަކުވެސް ހާރޓެއް ނުކުރާނެ… އެހެން ނޫނަސް އައިލީ އަށް އެކަމުގެ ރުޅި ތިބާލަނީ ކީއްވެ. ތިހެން އަހަރެން ގެ އިހްސާސްތަކާ ކުޅިގެން ކޮން ފައިދާއެއްތަ ރާސިލް އަށް ލިބެނީ ” އައިލީޝް ބުނެލިއެވެ.

އެހެން އޮންނަތާ ފަނަރަ މިނިޓް ވީފަހުން އޭނާ އަށް ތެދުވެވުނީ ކޮޓަރީގައި ޓަކި ޖަހާލި އަޑަށެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލް ކަމެއް ނުދީ އޭނާ ގޮސް ވަނީ ފާހާނާއަށެވެ. ސަބަބަކީ އޭނާ އަށް އެ ގޮވީ ހިޝްމާ ކަން ހިޝްމާ އޭނާ އަށް ގޮވާލުމާއެކު އެނގުމުންނެވެ. ފާހާނާއަށް ވަދެ ތާޒާވެލައިގެން ނުކުތް އިރު ވާރޭ ހުއްޓާލައިފިކަން ކާރޓެއިން ތައް ދަމާލާފައި ވާ ކުޑަދޮރުން ބޭރަށް ބަލާލުމާއެކު އޭނާ އަށް ފެނުނެވެ. އެހެންކަމުން ކުޑަގޮތަކަށް ތައްޔާރު ވެލައިގެން އޭނާ ދެން އަވަސް ވެގަތީ އެނދުގެ ބެޑްޝީޓް ތައް ބަދަލް ކުރާށެވެ. އަލަމާރި ކައިރިއަށް ޖެހިލާ އާ ބާލީހު އުރަޔާ ބެޑްޝީޓް ހިފައިގެން އައިސް އެނދުމަތީގައި ތަންމަތި އަޅާލުމަށްފަހު އެ އެއްޗެހި ގެންގޮސް އެ އެ ފްލޯގައި ހުރި އެއްޗެހި ދޮންނަން ހާއްސަ ބައިގައި ބެހެއްޓިއެވެ. އެނބުރި އައިސް ކޮޓަރިއަށް ވަދެ ކޮތަރި ތެރެ ފޮޅަން އުޅެނިކޮށް ރާސިލް އައިސް ވަނެވެ. ތެމިފައި ހުރުމުގެ ސަބަބުން ގަމީސް ގައިގައި ތައްލާފައި ހުރިއިރު ކިތަންމެހާވެސް ފުރިހަމައެވެ. އިސްތަށިތައް ނިތްމައްޗަށް ވެއްޓިފައި ވާގޮތުން ރީތިކަން އިތުރުކޮއްދީފައިވާހެން ހީވެއެވެ. ކޮޓޮރިއަށް ވަދެ އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ފެންތައް ފޮޅާލުމާއެކު އައިލީޝް މޫނަށް ވެސް ބައެއް ފަންތައް ދިޔައެވެ.

އިތުރު އެއްޗެއް ނުބުނެ އައިލީޝް ނުކުންނަށް ދިޔައެވެ. ހުއްޓުނީ ރާސިލް ގެ އަޑުންނެވެ.

“މިހާރު އެހާއަވަހަށް ހިތާމަތަށް ފިލީތަ” ރާސިލް ބުނެލިއެވެ. އެހެންނަމަވެސް އެ އަޑަށް ސަމާލް ކަން ނުދީ ރާސިލް ގާތުގައި ހުންނަން އެ ހިތް ނޭދޭތީ އޭނާ ދިޔައީ ޓެރެސްއަށެވެ.

ވާރޭ ހުއްޓާލާފައި އޮތުމުން ގަސްތަކުގެ ފަތް ތަކުގެ ކުކަ ގަދަ ވެފައިވާހެން ވަށައިގެން ތިރީގައި އިންދާފައިވާ ބަގީޗާ ގަސްތަކަށް ބަލާލުމާއެކު އައިލިޝް އަށް ހީވިއެވެ. ޓެރެސް މަތީގައި ވެސް ދެތިން ވައްތަރެއްގެ މާގަސް ބެހެއްޓިފައިވެއެވެ. އެ ގަސްތަކުގައިވާ ފެންތިކިތަކުން ގަސްތަކުގެ ރީތިކަން ދެގުނަ ވެފައި ވާހެން އޭނާ އަށް ހީވިއެވެ. ޓެރެސް ގައި ފެން ހުރުމާއެކު ނުހަނު ފަރުވާތެރިކަމާއެކު ގޮސް އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލާ އޭނާގެ ހަޔާތާ މެދު ވިސްނާލެވުނެވެ.

“ހޫން…. ” ފަހަތުން އިވުނު އަޑާއެކު އޭނާ އަށް އެނބުރި ބަލާލެވުނެވެ.

“ތެޅޭނެ ހާ ތާކު ތެޅިފަ އާދެވިއްޖެ ދޯ… ހިޝްމާ ބުންޏޭ މީހަ ވަރަށް ދެރެވެފަ ރޮމުން ރޮމުން އަޔޯ…” ޒާހިދު ދެންވެސް ވާހަކަ ދެއްކިއެވެ.

އައިލީޝް އިތުރުއެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.

“ކޮން ރުއިމެއް ރޯކަށްތަ؟” ޒާހިދު އަނެއްކާވެސް ބުނެލިއެވެ.


ހިޝްމާ އައިލީޝް ގެ ކޮޓަރިއާ އަރާ ހަމަވީތަނާ ރާސިލް ނުކުތެވެ. އައިލީން ކޮބާތޯ އެހުމުން ހިޝްމާ ޓެރެސްގަ އޭ ބުނުމާއެކު ރާސިލް މިސްރާބުޖެހީ ޓެރެސްއަށް ދިޔުމަށެވެ. ހިޝްމާ ވެސް އެ ދެމެދުގައި ހަމަނުޖެހުމެއް ވާކަން އެނގިގެން ވާހަކަ ދައްކާލަން އައި ކަމަށް ވިޔަސް ރާސިލް އާ ދެމީހުން ވާހަކަ ދައްކާލަން ފުރުސަތު ދެމުން ތިރިއަށް ފޭބިއެވެ. އޭނާ އަށް އައިލީޝް މައްޗަށް އަރަނިކޮއް ފެނުމާއެކު އައީ ރާސިލް އާ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް ރަނގަޅަށް ވިސްނާލާފައި އެއީ އެންމެ ރަނގަޅު ގޮތަށް ނުވާނެޔޭ ހިތާ އޭނާގެ ހިޔާލު ބަދަލުވީއެވެ.

“ކީކޭ ބުނަން ބޭނުންވަނީ… ބުނާނެ އިތުރު އެއްޗެއް ނެތްތަ؟. ވާހަކަ އެއް ދެއްކެނީއެއްނޫން. ބޭނުން ހިފޭ މަސައްކަތެއް ކުރަނީކީ ނޫން… ލަދު ގަނޭ ތީ މަގޭ ދަރިއެކޭ ބުނަން ލަދު ގަނޭ… ކަލޭއާ ހެދި ހިޝްމާ އުޅޭ ވަރުން މަ ހަމަ ހައިރާންވޭ… މަށަށް އުނދަގޫ ނުކުރާކަން ވެސް ނަސީބެކޭ… ކިތަންމެ ވަރަކަށް ކަރުނަ ބޭލިޔަސް އަހަންނަށް ހެޔޯ… މިހިތަށް އެއްވެސް އެއްޗެއް ނާރާނެ. އަހަރެން ގަބޫލެއް ނުކުރަން ކަލޭ އާ ވާހަކަ ދައްކަން ޖެހޭނެކަމަކަށް… ބޭކާރު މީހެއް…. ވާހަކަ ނުދެއްކޭތީ ދެރަވަނިއެއްނޫން… މިއާއިލާ ތެރޭގައި ހުރި ބޮޑު އުނދަގުލެއް ތީ… ކޮން އިރަކުން ބާ އޭ ހިތަށް އަރާ އަހަރެންގެ ކުރިމަތިން ކަލޭ ދާނީ” ޒާހިދު ގެ ވިހަގަދަ ބަސްތައް ސިޑިން ޓެރެސް އަށް އެރި ރާސިލް ގެ ކަންފަތުގައި އަޅައިގަތުމާއެކު އޭނާ ނިވާވެލާ އެ މީހުން ދައްކާ ވާހަކަ އަޑު އަހަން ފެށިއެވެ.

ޒާހިދު ގެފަރާތުން އިވެމުން ދިޔަ ވިހަގަދަ ބަސްތަކުން އޭނާ އަށް އައިލީޝް އާ މެދު ވިސްނާލެވުނެވެ. ޒާހިދު އެއްޗެހި ކިޔަމުން ދިޔައިރު އޭނާގެ އަޑު ރާސިލް އާ ކައިރި ވީހެން ހީވުމާއެކު އޭނާ ތިރިއަށް ފޭބިއެވެ. އަދި ޒާހިދު ދިޔަތަން ފެނުމާއެކު އަވަސް ފިޔަވަޅު ތަކެއްގައި އަނެއްކާ ޓެރެސް އަށް އެރިއެވެ. އޭރު އަނެއްކާވެސް ވޭރޭގެ ތުނިތިކިތަކުން އެ މާހައުލު ހިސާރުކުރަމުން ދިޔައެވެ.

ޒާހިދު ދިޔުމާއެކު ރޮމުން އެ ދިމާލަށް ބަލަން ހުރި އައިލީޝް ގެ ލޮލުގައި ރާސިލް އަޅައިގަތުމާއެކު އޭނާ އަށް އިސްޖަހާލަމުން ހުރި ތަނަށް ތިރިވެވުނެވެ. އަދި އިސްޖަހާލާ މެއާ ދިމާލުގައި އަތް އަޅާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ރާސިލް އެދިމާލަށް މިސްރާބުޖެހިއެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކުރަމުން ދިޔަ ނަމަވެސް ރާސިލް އެކަމަށް ފަރުވާ ނުބަހައްޓާ އައިލީޝް ގާތަށް ގޮސް ހުއްޓުނެވެ. އަދި ޓެރެސްގައި ކުޑަ ކަކޫ ޖަހާލަމުން އައިލީޝް އަށް ބަލާލިއެވެ. އިސްޖަހައިގެން ރޮމުން ދިޔައިރު ހުދުވެފައިވާ އައިލީޝް ގެ މޫނު އޭނާގެ ލޮލުގައި އަޅައިގަތެވެ.

ބައްޕަ އެއްގެ ފަރާތުން އަންހެން ދަރިފުޅަކާ ދިމާލަށް އެ ބުނީ ހާދަ ރަހުމް ކުޑަ ބަސްތަކެކެވެ. ފުރަތަމަ ފަހަރަށް އޭނާ އަށް އައިލީޝް އާ ދިމާލަށް ކިޔިފަ ހުރި އެފަދަ ބަސްތަށް މަތިން ހަނދާންވިއެވެ. އެއާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށިއެވެ. “އައިލީ” އައިލީޝް ގެ އަތުގައި ހިފައްޓާލަމުން ރާސިލް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އައިލީޝް އެ އަތް ފޮޅުވާލިގޮތުން ރާސިލް ގެ ހިތުގައި ރިއްސާލިއެވެ. އައިލީޝް އިށީދެ އިން ގޮތަށް އިނދެ އެއް ފިޔަވަޅު ފަހަތަށް އަޅާލިއެވެ. ރާސިލް އައިލީޝް ގެ ކޮންމެ ހަރަކާތަކަށް ސަމާލުވެގެން ދިންފަދައެވެ. ކުއްލިއަކަށް އައިލިޝް ގެ އަތަށް ދަމާލުމާއެކު ގެނެސް އެމޭގައި ފޮރުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ވާށެ އޯގާ ހިތާ 5

Next

ނަމަވެސް.. 2

Next
April 2, 2018

ނަމަވެސް.. 2

Previews
April 2, 2018

ވާށެ އޯގާ ހިތާ 5

10 Comments!

  1. Hi Mi says:
    April 2, 2018 at 11:10 am

    Sorry. Kurin up kohfa in bai delete v ma alun e part mi up kohli. ☹

  2. Aki says:
    April 2, 2018 at 11:15 am

    thanks hi mi

  3. Yahy says:
    April 2, 2018 at 11:17 am

    New part eh kamah heekuree first . Dhen hithah eri dhigu kohlaafa ey . Heheh

  4. Zee says:
    April 2, 2018 at 11:17 am

    Vvvvv salhi

  5. annoying reader says:
    April 2, 2018 at 12:36 pm

    varah reethi mi part ves i feel so sad for aili. please dnt hurt her himi.

  6. Fatima says:
    April 2, 2018 at 2:11 pm

    Woww himi varah nice…. ❤❤❤❤❤❤

  7. Xaaaan says:
    April 2, 2018 at 6:15 pm

    Himi dhooni koniraku next part

  8. Hi Mi says:
    April 2, 2018 at 9:08 pm

    Sorry ingey. ???

  9. Hi Mi says:
    April 2, 2018 at 9:09 pm

    Once again i am sorry.

  10. Aysh says:
    April 3, 2018 at 12:42 am

    Wow v v reethi mibai thanks hi mi love y work ??????

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް←


All Right Reserved!