Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް.. 2

michelle Level 1
April 2, 2018 One Min Read
14 Comments

އާ ދުވަހެއްގެ ފެށުމެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމާ އެކު ޖަޒްލާން ވަރަށް ކަންނެތް ކަމާ އެކީ ސްކޫލަށް ދިއުމަށް ހޭލިއެވެ. ފަތިސް ނަމާދު ކޮށްގެން ސްކޫލަށް ދާން ތައްޔާރުވެގެން ބޭރަށް ނިކުންނަންވާ އިރަށް ޖަޒްލާންގެ މަންމަ މާހިރާ ސައި ތައްޔާރުކޮށްގެން އިންތިޒާރުގަ އިނެވެ. “މަންމަ ސައި ނުބޮނީތަ”؟ އެހެން ދުވަސް ތަކުގަ ޖަޒްލާން އާ އެކީ ސައިބޯން މާހިރާ މަޑުކުރެއެވެ. ނަމަވެސް މިއަދު ޖަޒްލާން ސައިބޯން ފެށިއިރުވެސް ސައިބޯކަށް ނުފަށައެވެ. “މަންމަ ހަމަ ދެންމެ ބައްޕަ އާ އެކީ ސައި ބުއީ. ބައްޕަ މިއަދު ތަންކޮޅެއް އަވަހަށް ގޮއްސި އޮފީހަށް”. ޖަޒްލާންގެ ބައްޕަ ޖައުފަރު އަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިއެކެ. ޖައުފަރުގެ މަސައްކަތުން މިއަދު ޖައުފަރުގެ އާއިލާއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. އެހާވެސް ތަނަވަސް ދިރިއުޅުމެކެވެ. ޖައުފަރު ހުރިހާވެސް މަސައްކަތެއް ކުރަނީ ޖައުފަރުގެ ލޯބިވާ ދަރުފުޅާއި އަނބިމީހާ އަށްޓަކައެވެ.

ޖަޒްލާން އަވަސް އަވަހަށް ސައި ބޮއެގެން ސްކޫލަށް ދާން ނިކުތެވެ. ޖަޒްލާން ދިޔަ މަންޒަރު ބަލަން މާހިރާ ހުރީ ހިނިތުންވެއެވެ. އަބަދުވެސް އުންމީދު ކުރަނީ ލޯބިވާ ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ.

“އޭ ޖޭޒް”. ކްލާހަށް ވަދެގެން އައި ޖަޒްލާން އަށް އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ މާނިއު ގޮވާލިއެވެ. “ޔެސް މާން! ކީކޭ؟.ޖަޒްލާން ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ. އޭނަގެ ލޯ ހޯދަމުން ދިޔައީ އެހެން ފަރާތަކަށެވެ. “ހެލޯ؟ މަ މިއިނީ މިތާގައޭ. ކާކު ތިހޯދަނީ؟ ހިތުގެ ރާނީތަ”؟. މާނިއު މަޖާ ވެލާފާ އެހިއެވެ. ޖަޒްލާންގެ ހިތުގެ ރާނީ އަކީ ކާކުކަން އިނގޭ ދެވަނަ ފަރާތަކަށް ހުންނަނީ މާނިއު އެވެ. “ޝަޓަޕް މާން. މަ ކިތައް ދުވަހު ބުނެފިން ތިހެން ނުކިޔައްޗޭ އެންމެން ތިބޭއިރު. މީހަކަށް އަޑުއިވިއްޖެއްޔާ ވަރަށް ކަޑަވާނެއޭ. މިހިރަ ސިކުނޑިއެކޭ ކިޔާފަ ހުންނަނީ ކޯއްޗެއްތަ އެހާވަރު އެއްޗެއް ގެޓު ނުވާން” ޖަޒްލާން އެހެން ބުނެ މާނިއު ބޮލުގަ އެތިފަހަރެއް އަޅާލިއެވެ. “އައުޗް. މަ އަދި ނުވެސް ކިޔަން ދޯ މީހެއްގެ ނަމެއް ތިހާވަރު ވީ.” މާނިއު ބޮލުގަ ފިރުމާލަމުން ބުންޔެވެ.

“ކާކު އެ ކުއްޖަކީ”؟؟. ޖަޒްލާން އަދި މާނިއު ސިއްސައިގެގޮސް ފަހަތަށް އެނބުރުނެވެ. މި ހުރިހާ އިރު އެ ވާހަކަ އަޑު އަހަން އިން އެލީ އެހިއެވެ. ޖަޒްލާން ކްލާހަށް ވަންތާ މާގިނައިރެއް ނުވަނީސް އެލީ ވަދެގެން އައެވެ. ޖަޒްލާން ކައިރިން ހޯމްވޯކް ހެދިތޯ އަހަން ކައިރިއަށް އައި އެލީއަށް އެދެމީހުންކީ ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ހިތުގައި ކުޑަ ރިހުމެއް އެފެދުނެވެ. ނަމަވެސް އެއީ ކޮން ކުއްޖެއްތޯ އަހާލެވުނީއެވެ. ޖަޒްލާން އާ މާނިއުއަށް ބުނާނެ އެއްޗެ ނޭގުނެވެ. “އެއީ އެލީ” މާނިއު ބުނެލިއެވެ. މަޖާވެލާފައެވެ. އެވަގުތު ޖަޒްލާން އާ އެލީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެލީގެ ހިތް ބާރަކަށް ތެޅެން ފެށިއެވެ. “ހަމަ އަސްލުތަ” އެލީގެ ހިތައް އެރިއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ. “ސާބަސް މާން. އެއީ ދޮގެއް. ނޯ. އައި މީން އެއީ ކޮންމެވެސް ކުއްޖެއް. ފަހުން ބުނާނަން”. ޖަޒްލާން ބޮލުގަ އަތް ހާކާލުމަށްފަހު ނޫން ގޮތަކަށް ބުނެލިއެވެ. އެލީ ހިނިތުންވުމެއް ދިނުމަށްފަހު އިށީންނަން ދިޔައެވެ. ހިތުގަ ޖެހުނީއެވެ. އެއީ ހަމަ ދޮގެއް ހެއްޔެވެ. އެލީގެ ހިތް ކުދި ކުދިވާ ގޮތް ވިއެވެ.

“މާން. ކީއްތިކުރީ. އަދި އަހަންނަށް ބުނެވިއްޖެ އެއީ ދޮގެކޭވެސް. މިހާރު އެލީ ހިތަށް އަރާނީ ކީކޭތަ.” ޖަޒްލާން ހާސްވިއެވެ. “ކީކޭ ހިތައް އަރާނީ. މަ އަދި ޖޭޒް އަށް ފަސޭހަކޮށްދޭން އެހެން ބުނީ. އަދި ނުވެސް އިނގޭ ދޯ އެލީގެ ހިތުގަ އެކަހަލަ ކަމެއް ވާ ކަމެއްވެސް. އެހެންނޭ ވާނީ އަދިވެސް ނުބުނަންޔާ.” މާނިއު ފަތިވަރެއް އަމުނާލިއެވެ. ޖަޒްލާން ދެރަވިއެވެ. ލޯބިވާ ވާހަކަ ނުބުނެވެނީސް އެއީ ދޮގެކޭ ބުނެވުނީމައެވެ. އެލީ ދެން އޭނަގެ ލޯބި ގަބޫލު ކުރާނެ ހެއްޔެވެ. “އަސްލު އެހާ އަވަހަށް ބުނަން ނޫޅުނީ އަދި ދެމީހުންވެސް ކިޔަވާތީ. ސްކޫލް ނިމޭ ދުވަހު ބުނަން ހުރީ. އެކަމް ދެން ނޭނގެ ވާނެ އެއްޗެއް ވެސް”.

“އެލީ ކިހިނެތް ވެފަ”. އެލީ ނެގިމަޑުވެފަ ހުރިތަން ފެނި ޔަލް އަހާލިއެވެ. “ޔަލް. ޖަޒް އެހެން ކުއްޖެއް ދެކެ ލައިކްވޭ”. އެލީ ދެރަވެފަ ބުނެލިއެވެ. “ކީކޭ؟ ކާކު ދެކެ؟ ކާކު ބުނި އެއްޗެއް ތީ” ޔަލްގެ ހައިރާންކަން އިތުރުވިއެވެ. “ޖަޒް އާ މާނިއު އެހެންކީ އަޑު އިވުނު. ޖަޒް ބުނި އަހާލީމަ ކޮންމެވެސް ކުއްޖެކޭ” އެލީ ހުރީ ފެންކަޅިވާގޮތް ވެފައެވެ. “އެ ވެދާނެ ނުން އެލީ ކަމަށްވެސް” ޔަލް ބުނެލިއެވެ. “ނޫން. މާނިއު ތިހެން ބުނީމަ ޖަޒް ބުނި އެއީ ދޮގެކޭ”.

މުޅި ދުވަހު އެލީ ހުރީ ދެރަވެ މާޔޫސް ވެފައެވެ. ނަމަވެސް އެކަން ނުދައްކަން ވަރަށް ހިތްވަރުކޮށްގެން ކްލާހުގަ ޓީޗަރަށް ސަމާލުކަން ދިނެވެ. އިރު އިރުކޮޅާ ޖަޒްލާން އަށް ބަލާލައެވެ. އަދި ދެމީހުން ނަޒަރު ބައްދަލުވާ ވަގުތު ހީލައެވެ.

ޖަޒްލާންގެ ހާލަކީވެސް އެޔެވެ. ބުނެވުނު މޮޔަ އެއްޗަކުން އެލީ ގެއްލިދާނެ ކަމުގެ ބިރު ހީވަނީއެވެ. އަދި އިރު އިރުކޮޅާ އެލީއަށް ބަލާލެވެއެެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

michelle

Level 1

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (10)

Next

ސޫރަ ޓްރެއިލަރ

Next
April 2, 2018

ސޫރަ ޓްރެއިލަރ

Previews
April 2, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (10)

14 Comments!

  1. lotus says:
    April 2, 2018 at 1:41 pm

    Wow.. v nice.. v kiyaa hivvey mi story.. pls pls pls avaha up kohdheeba

    1. michelle says:
      April 3, 2018 at 9:15 am

      thank you 🙂 avahah up kohdheynan ingey

  2. EHLEE says:
    April 2, 2018 at 1:52 pm

    Wow v reeti when next part

    1. michelle says:
      April 3, 2018 at 9:16 am

      thank you 🙂

  3. S says:
    April 2, 2018 at 1:53 pm

    Varah reethe

    1. michelle says:
      April 3, 2018 at 9:16 am

      thank you 😉

  4. Nafoo says:
    April 2, 2018 at 2:02 pm

    Masha alhah. varah furihama mi bai ves …?I love this story….. Waiting for the next part????

    1. michelle says:
      April 3, 2018 at 9:17 am

      thank you 🙂

  5. Naadhee says:
    April 2, 2018 at 2:09 pm

    V reethi mi part. but v kuru

    1. michelle says:
      April 3, 2018 at 9:17 am

      thank you 🙂 balaalan dhigu kureveytho.

  6. Sssssssshhssss says:
    April 2, 2018 at 6:16 pm

    hagigi silsila vaahaka kiyaa hithe nuvey ehenve thivaahka nukiyan. nunumey jahaafa inyma. lol

    1. michelle says:
      April 3, 2018 at 9:18 am

      e keeve kiyaa hiynuwany. alhey kiyaaba v gina baitha innaathy aslu nunimeny. 🙂

  7. Miroo says:
    April 4, 2018 at 7:38 pm

    Meethi avahah up kohba cant wait

  8. aroo says:
    April 9, 2018 at 10:47 am

    interesting

Comments are closed.

Next Episodeނަމަވެސް.. 3←


All Right Reserved!