Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 1

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
April 28, 2018 7 Mins Read
50 Comments

އުޑު މަތި ސާފު ރީތި ދުވަހެކެވެ. ޖެހިލާ މަޑު ވައި ރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުން އަތިރިމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާން އުމުރު ފުރައިގެ ކުދިންވެސް ވަކި މަދެއް ނޫނެވެ.                             ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފާލާމާ ކައިރި ކުރި ލާންޗަށް ގިނަ ބައެއްގެ ނަަޒަރު ވަނީ ހުއްޓިފައެވެ. ލާންޗު ފާލާމާ ކައިރި ކުރުމާއެކު ހަތަރު ޒުވާނުން ލާންޗުން ފޭބިއެވެ. ހަތަރު ޒުވާނުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އޭގެެރެއިން ލިިޝާންގެ ހިތަށް ލިބިފާވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދުވަސްތަކަކަށްފަހު އަމިއްލަ ރަށަށް އާދެވުމުން އުފާނުވާނީ ކާާކު ހެއްޔެވެ؟ ދެން ތިބި ތިން ބައިވެރިންވެސް ތިބީ ވަރަށް އުފަލުންނެވެ. މާލޭގެ ހަލަބޮލި މާހައުލުން އެއްކިބާާވެ ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ، ހިތްފަސޭހަ ރަށެއްގައި ދުވަސްކޮޅެއް ހޭދަކޮށްްލަން ލިބުމުން އެމީހުންނަށްވެސް ވަނީ ބަޔާންނުކުރެވޭ ފަދަ ހިތްހަމަޖެހުމަކާއި އުފަލެއް ލިބިފައެވެ. މިހާރުވެސް ވަށައިގެން ނަޒަރު ހިންގާލުމުން ފެންނަނީ ހިތަށް އުފާވެރިކަން ލިބޭނެފަދަ ރީތި މަންޒަރެކެވެ.                                ހުދުކުލައިގެ ބޮޑު ފަސްގަނޑާއި ސާފު ރީތި މޫދެކެވެ. އިންދާފައިވާ ފެހިކަން ގަދަ ގަސްތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ބިޔަކޮށް ހެދިފާވި ކާނިގަހުގެ ފެހިކަންގަދަ ފަތްތަކުގެ ތެރެއިން ފެންނަ އޮރެންޖު ކުލައިގެ މާތަކުން އެ ގަސް ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. އެ ބިޔަ ގަހުގެ ހިޔަލުގައި އިށީނުމަށް ހަދާފާވި ހޮޅު އައްޓެއް ހުއްޓެވެ. އަދި އެހެނިހެން ގަސްގަހުގައިވެސް ހެއްލާ ޖޯލި އެލުވާފާ  ހުއްޓެވެ.                            އެމީހުން އެތާ ތިބޭތާ އިރުކޮޅެއްގެ ތެރޭގައި ލިޝާންގެ މަންމަ އާއި ބައްޕަ ބަރޯއެއް ދުއްވަމުން އެެމީހުންގެ ގާތަށް އައިސް ހުއްޓުނެވެ. ލިޝާން އޭނަގެ މަންމަަ އާއި ބައްޕަ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ފަހީމާ އާއި ޒާހިރުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ހުރި ހަމައެކަނި ދަރިފުޅު އޭލެވެލް ކިޔަވާ ނިންމާ ލުމަށްފަހު ރަށަށް އައީއެވެ. ” މަންމާ… ބައްޕާ… މިއީ އަޅުގަނޑު ބުނި ތިން އެކުވެރިންނަަކީ… ޔޫހާން ، އިފާން އަދި ޔައިޝް…” ލިޝާން އޭނަގެ މައިންބަފައިންނަށް އޭނަގެ އެކުވެރިން ތަޢާރަފުކޮށް ދިނެވެ. ކޮންމެ ކުއްޖަކުވެސް ލިޝާންގެ މަންމަ އާާއި ބިއްޕަ އަށް ހިނިތުންވުމަކާއެކީ ސަލާާމް ކޮށްލިއެވެ. ހަތަރު ޒުވާނުންވެސް އެމީހެއްގެ ދަބަސް ކޮނޑުގައި އަޅުުވާލައިފާ ވެއެވެ. ގެނައި ތިން ފޮށިގަނޑު ބަރޮލަށް އެރުވުމަށްފު ގެއަށް ދިޔުމަށް ހިނގައިގަތެވެ. ކުޑަތަންކޮޅަކަށް ދިޔަ ތަނާ ޔޫހާންގެ ފޯނު ރިންގުވާން ފެށައެވެ. ޖީބުގައި އޮތް އޭނަގެ ފޯނު ނަގާ ބަލައިލި އިރު ގުޅަނީ އޭނަގެ މަންމަ އެވެ. ފޯނު ނަގާ ވާހަކަ ދައްކަމުން ދިޔަ ޔޫހާންގެ ހިނގުން އެހެން ބައިވެރިންނަށް ވުރެ މަޑުކޮށްލިއެވެ.                                            އަމިއްލަ ވާހަކައިގައި ތިބެ ކުރިޔަށް ހިނގަމުން އައި އައިލީން އާއި އޭނަގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ރިފްޝާ އާއި ޝައުނާގެ އެއްވެސް ސަމާލުކަމެއް ވަށައިގެންވި މާހައުލަކަށް ދެވިފައެއް ނެތެވެ. ފާލާން ހުރަސްކުރި ވަގުތު ޖެހިލި ވައި ރޯޅިއާއެކު އައިލީންގެ ކަރުގައި އަޅާފާވި މަޑު ނޫކުލައިގެ ތުނިތުނި ސްކާފް އޭގެ މަގާމު ދޫކޮށް ނުދިޔައީ ހަމަ ކިރިޔާއެވެ. އަތުން ސްކާފް ރަނގަޅު ކުރަމުން ހިނގައިގެން އައިލީން އަށް ހުއްޓެން މަޖުބޫރުވީ އޭނަގެ ސްކާފްގައި މީހަކު ހިފަހައްޓާފައިވާކަމުގެ އިޙްސާސް ކުރެވުމުންނެވެ. މަޑުމަަޑުން ފަސް އެނބުރި ބަލައިލި އައިލީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އައިލީންގެ ކަރުގައި އަޅާފާވި މަޑު ނޫ ކުލައިގެ ސްކާފްގެ ބޮޑު ބައެއް ވަނީ އޭނާގެ ދާާދި ގާތުގައި ހުރި ޒުވާނާގެ މޫނު މަތީގައި އެޅިފައެވެ.ލިބުނު ސިހުމުގައި އެއްވެސް ހަރަކާތެއް ނުގެނެސް އައިލީން އަށް ހުރިތާ ހުރެވުނީއެވެ.                                 ޔޫހާން މަޑުމަޑުން އޭނަގެ މޫނުމަތީގައި އެޅިފާވި ސްކާފް ނަގާލި ވަގުތު ކުރިމަތިން އޭނައަށް ފެނުނު ރީތި ސޫރައަށް އާޝޯޙުވެފައި ބަލަން ހުރެވުނެވެ. އޮމާން ދޮން ރީތި ހަންގަނޑެކެވެ. ދިގު އެސްފިޔަތަކުގެ ހިމާޔަތުގެ ދަށުގައިވާ ކަަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެ ލޮލުގެ ތޫނުކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެއެވެ. ފޮޅިފާވި ފިނިފެން މަލެއްފަދަ ފިޔާތޮށި ކުލަ އަރާ ރީތި ދެ ތުންފަތެވެ. އުނަގަނޑާ ހަމައަށް އަރަން ގާތްވެފައިވި ކަޅުކަން ގަދަ އެ ފަން އިސްތަށިގަނޑުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ލައިފައިވި މަޑު ނޫކުލައިގެ މަތިކޮޅު ހުދު ކުލައިގެ ކުދި އެސްތަކަކުން ޖަރީކުރެވިފާ ވީއިރު އެއްފަރާތުގައި ހުދުކުލައިގެ މާގަނޑެއް ހަރުކުރެވިފައިވެއެވެ. ފައި ތިލަައާއި ހަމައަށް އަންނަ މަަޑު ނޫކުލައިގެ އެ ދިގު ފުޅާ ސްކާޓްގަވެސް ވަނީ ހަމައެކަހަލަ ހުދު ކުލައިގެ އެސް ތަތްކޮށްފައެވެ. ބަލާބެލުމަށް އެ ދޮން ހަންގަނޑާއި ވަރަށް ގުޅުއެވެ. ފުރަތަމަ ނަޒަރުން ނަމަވެސް ޔޫހާންގެ ހިތުގައި އެ ރީތި ސޫރަ ކުރަހާލައިފިއެވެ.                                             އައިލީންއަށްވެސް ކުރިމަތިން ފެނުނު ރީތި ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހަމުގެ ކުލަ އަލިވެފައި އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެއްލިބިފައިވިއެވެ. މަޑު މުށި ކުލައިގެ ކަޅިއެއް ލިބިފައިވި އެ ފުން ދެލޮލައް ބަލަހައްޓައިގެން ހުންނަން އައިލީންގެ ހިތް އެދުނީ ކީއްވެކަމެއް ޙުދު އޭނައަކަށްވެސް ނޭނގެއެވެ. ކަޅުކަންގަދަ އެ އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ސްޕައިކް ކޮށްލާފައެވެ. ލައިފައިވި ކަޅު ކުލައިގެ އަތް ދިގު ގަމީހާއި ހުދު ކުލައިގެ ސްކިނީގައި އެ ޒުވާނާ ފެންނަލެއް ވަރަށްވެސް ރީއްޗެވެ. އެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ލައިފައިވި ކަޅު ކުލައިގެ އަތް ދިގު ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާލާފައިވުމުންނެވެ.                            “އައިލީ”. ދެ މީހުންނަށްވެސް ސިހުންގެނުވީ ރިފްޝާ އާާއި ޝައުނާ އައިލީންއަށް ގޮވާލުމުންނެވެ. ސިހިފައި އައިލީން އަށާއި ޔޫހާންއަށް އެ ދެމީހުނަށް ބަލާލެވުނެވެ. އޭރު ލިޝާން އާއި އެކު އިފާން އަދި ޔައިޝްވެސް އެ ހިސާާބާ އަރާ ހަމަވަނީއެވެ.”އައިލީ… އިފޫޫ… ޝައު… ކިހިނެއް؟” ލިޝާން އެ ތިން މީހުންނަށް ގޮވާލާ ހާލުއަހުވާލު އަހާލިއެވެ. ފުޅާހިނިތުންވުމަކާއި އެކު ރިފްޝާ އެ ތިން މީހުންވެސް ރަނގަޅު ކަމުގައި ބުނަމުން ލިޝާންގެ ހާލުއަހުވާލު އަހާލިއެވެ. ލިޝާން އޭނަ ރަނގަޅު ކަމުގައި ބުނުމުން ތިން މީހުންވެސް ހިނިތުންވެލިއެވެ. “ލިއްޓުގެ ފްރެންޑްސް ތަ މީ؟” އިފާން އޭނަގެ ހިތުގައި އުފެދުނު ސުވާލު ލިޝާން އާއި ކޮށްލިއެވެ. “އާނ… ފްރެންޑްސް ޕްލަސް ކުލާސް މޭޓްސް… ދިހައަކާހަމައަށް އެއް ކުލާހެއްގަ ކިޔަވަން އުޅުނީ…”ހިނިތުން ވުމަކާއެކު ލިޝާން އެހެން ބުނެލިއެވެ. އަދި އައިލީން މެނަށް އޭނަގެ އެންމެ ގާތް ތިން އެކުވެރިން ތަޢާރަފު ކޮށްދިނެވެ.                           “ސޮރީ” ޔޫހާންއަށް ނަޒަރު ހުއްޓާލަމުން އައިލީން މަޑުމަޑުން މަޢާފަށް އެދުނެވެ. ބަދަލުގައި ޔޫހާން ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އަމްމް… ސްކާފް…” އައިލީން އެހެން ބުނުމާއެކު ސިހިފައި ޔޫހާން އޭނަގެ އަތަށް ބަލާލިއެވެ. އޭރުވެސް އޭނައަށް ހުރެވުނީ އައިލީންގެ ސްކާފްގައި ހިފަހައްޓައިލައިގެންނެވެ. ޔޫހާން ސޮރީ އޭ ބުނަމުން އަވަސްއަވަހަށް އައިލީންގެ ސްކާފް އިން ދޫކޮށްލިއެވެ. އައިލީން އާއި އޭނަގެ އެކުވެރިން ހިނިތުންވެލަމުން ދަނީ ކަމުގައި ބުނެ ދިޔުމަށް ހިނގައިގަތެވެ. އައިލީންގެ އެ ރީތި ހިނިތުންވުމަށް ގެއްލިފައި ޔޫހާންއަށް ހުރެވުނާއެވެ. ހިނިތުންވެލުމުން އައިލީން ހާދަ ރީއްޗެވެ. ހިނިތުންވެލާއިރު އެދެކޮލައް އެޅިގެންދާ އަޑިކޮޅުން އެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަރުުގައި ސްކާފް އަޅަމުން ހިނގައިގެން އައިލީންގެ ހަރަކާތްތަކަށް ބަލަން ގެއްލިފައި ހުރި ޔޫހާން އަށް ހަމަބިމަށް އާދެވުނީ ލިޝާން އޭނަގެ ގައިގައި ބޮނޑިއެއް އަޅާލުމުންނެވެ. ” ޔޫން… އައިލީއަށް ބަލާނިމިއްޖިއްޔާ ގެއާއި ހަމައަށް ފޯރާތޯ ބަލަމާ..” ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ލިޝާން އެހެން ބުނެލުމުން ޔޫހާން ވަރަށް ނޫން ކަމަށް ހެދެމުން ތިމަންނަ ނުބަލަމޭ ބުންޏެވެ. އަދި އަވަހަށް ގެއަށް ހިނގާށޭ ބުނެ ލިޝާންގެ ފަހަތުން ހިނގައިގެތެވެ. އޭރު އެދެ މީހުންގެ ފަހަތުން ހިނގަމުންއައި ޔައިޝް އާއި އިފާން ހުރީ ހިނިގަނޑު ބަނޑަށް ހިންދާލައިގެންނެވެ.                                 ހަތަރު ޒުވާނުން އައިސް ގެއަށް ވަދުމާއެކު އެންމެ ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ ފަހީމާގެ ސުވާލުތަކާއެވެ. ” ދަރިފުޅުމެން ހާދަ އިރެކޭ ދޯ ތިނެގީ ގެއާއި ހަމައަށް ފޯރަން… ކިހިނެއްވީ ހާދަ ލަސްވީ…”. އައި މަގުމަތީގައި ރައްޓެހިންތަކަކާ ދިމާވުމުން ލަސްވީކަމަށް ލިޝާން ބުންޏެވެ. ފަހީމާ އަވަހަށް ތާޒާ ވެލައިގެން ސައިބޯން އައުމަށް ބުނެފައި އޭނާ މިސްރާބު ޖެހީ ކާބަޔަށް ދިއުމަށެވެ.                            ދެ ބުރިއަށް ނަގާފައިވި އެ ގޭގެ މަތީ ބައިގައި  ލިޝާން އޭނަގެ މައިންބަފައިންނާއެކު އުޅެން ހަމަޖައްސާފައިވީއިރު ތިރީބައި ވަނީ އެއްކޮށް ކުއްޔައް ދީފައެވެ. ކޮންމެ ބައެއްގައިވެސް ބޮޑު ހަތަރު ކޮޓަރިއާއި ސިޓިންރޫމެއްގެ އިތުރުން ބަދިގެއަކާއި ކާ ބައެއް ހުއްޓެވެ. ސިޑިން މައްޗަށް އަރއިގެން ގޮސް ހަތަރު ޒުވާނުންވެސް އެބަޔަކަށް ޙާއްސަ ކުރެވިފައިވި ކޮޓަރިއަށް ވަނެވެ. ލިޝާން އާއި ޔޫހާާާން އެއް ކޮޓަރިއެއް ހިއްސާކުރާގޮތަށް ހަމަޖެހިފައިވީއިރު އިފާން އާއި އެކު ޔައިޝްވެސް އެއްކޮޓަރި ހިއްސާކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެންމެންވެސް އަވަސްއަވަސް  ކޮށްލައިގެން ސައިބޯން ދިޔައެވެ. ލިޝާންގެ އެ އުފާވެރި ކުޑަކުޑަ އާއިލާ އާއިއެކު އޭނަގެ އެކުވެރިން ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ.                                                  ގެއަށް ވަދެގެން އައި އައިލީންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެ ގެވެސް ދެ ބުރިއަށް ނަގައިފައިވީއިރު ތިރީާބައިގައި ދެ ކޮޓަރިއާއި ސިޓިންރޫމެއްގެ އިތުރުން ބަދިގެއަކާއި ކާބައެއް ހުރެއެވެ. މައްޗަށް އަރަން ސިޑި ބަރިއެއް ވާއިރު އެ ބައިގައި ހަތަރު ކޮޓަރި ހުރެއެވެ.                              އައިލީން އައިރު ސިޓިން ރޫމުގައި އޭނަގެ ބައްޕަ ޒަރީރު އާއި މަންމަ ޒާހިޔާ އިނެވެ. އޭރު އައިހަމްވެސް އޭނަގެ އަންހެނުން ފަޒްލީނާއާއިއެކު އެދެމީހުންގެ އެއް އަހަރަށްދާ ދަރިފުޅު އަލްޔާ ގޮވައިިގެން ސިޑިން ފައިބަނީއެވެ. ” އައިލީ… ދަރިފުޅާއި އައީތަ… ހިނގާއަވަހަށް ސައިބޯން ދާން… ދޮންބެ އާއި ދޮންބެދައްތަ ވެސް އެއައީ… މާމަގެ އަލްޔާާ ވެސް ގޮވައިގެނޭ ދޯ މިއައީ…” ޒާހިޔާ އައިހަމްގެ އަތުގައި އިން އޭނަގެ މާމަ ދަރިފުޅު އުރާލާ ލޯބިކޮށްލަމުން އެހެން ބުނުމައްފަހު ކާބަޔައް ދިއުމަށް ހިނގައިގަތެވެ. އައިހަމް އައިލީންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލުމަށްފަހު އަވަހަށް ސައިބޯން ހިނގާށޭ ބުނެ ހިނގައިގަތެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާއި ހިންހަމަޖެހުމެވެ. ކާގަޑި ތަކުގައި އެންމެން އެއްކޮށް ކެއުމުގައި ބައިވެރިވުމަކީ އެއައިލާގެ އާދައެކެވެ.                              ގެއައް އައިސްވަން ޝައުނާ ސިއްސައިގެން ދިޔައީ އޭނަގެ މަންމަގެ ހަރުކަށި އަޑުންނެވެ. “ކޮން ފޮންޏެއް ވެގެންތަ ކޮންމެ ދުވަހަކު ހަވީރު މާ ރީތި މީހެއްކަމަށް ފިރިހެނުންނައް ތިއްތި ދެއްކެން ތި ދަނީ…. ރީތި ސިފައެއް ލިބިފަވާނަމަސް ރަނގަޅު ދާން… ތި ބުޅި އިސްތަށިގަނޑު ފެނުނަސް މީހަކު ބިރުން ދުވެ ފިލާނެ…” ޝައުނާގެ ހިތަށް ކުރާނެ އަސަރަކައް ބެލުމެއްނެތި އާމިރާ ހިތުހުރިއެއްޗެއް ކިޔުމަށްފަހު ސިޑިން އަރައިގެން ހިނގައްޖެއެވެ. ހުރި ތަނުން ގުޑިލަންވެސް ނޭނގިފައި ޝައުނާއަށް ހުރިތާ ހުރެވުނީއެވެ. އޭނަގެ ހިތަށް ކޮށްފައިވި އަސަރަކުން އެ ބޮޑު ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދެއެވެ. މަންމަގެ ރުޅިވެރި ބަސްތައް އަޑުއަހާ އަހާ އޭނަ މިހާރު ވަރުބަލި ވެއްޖެއެވެ. މިހާވަރުން ދަންޏާ އޭނަގެ ކެތްތެރިކަން އަދިިކޮޅުންލާނެއެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން އޭނަގެ ލޮލުން އޮހޮރުނު ކަރުނަތައް އަތުން ފޮހެމުން އަވަސްއަވަހަށް ސިޑިން އަރައިގެންގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.                                       ދެ ދުވަސް ފާއިތުވެގެން ދިޔައީއެވެ.                               ނިތުމަތީގައި އެއް އަތް ބާއްވައިލައިގެން  ޔޫހާން އެނދުގައި އޮށޯވެ އޮތެވެ. އެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވާ ކަހަލައެވެ. ބަލާބެލުމަށް ހީވަނީ ފުން ހިޔާލަކަށް ގެއްލިފައިވާ ވާހެންނެވެ. އޭރު އެ ތުންފަތުގައި ވަނީ  ރީތި ހިނިތުންވުމެކެވެ. އޭނަގެ ހިތާއި ސިކުނޑީގައި ވަނީ އައިލީންގެ ހިޔާލުތަކެވެ. އެދެމީހުން އެކަކު އަނެކަކާއި ބައްދަލުވި ދުވަހުގެ ހަނދާންތަކެވެ. އެ ދުވަހަށްފަހު ޔޫހާން އައިލީން ދެކޭހިތްވަނީއެވެ. އެ ރީތި ސޫރަ ވަނީ އެ ހިތުގައި ބިންވަޅުނެގިފައެވެ. ދާހާ ކޮންމެ ތާކުންވެސް އޭނަގެ ދެ ލޯ ހޯދަމުން ދިޔައީ އައިލީންގެ އެ ރީތި ސޫރައެވެ. ހިތް އެދި ގޮވަމުންދަނީ އައިލީން ދެކިލުމަށެވެ. އައިލީންގެ ހިޔާލުތަކުގައި އޮވެ އޭނައަށް ނިދުނީއެހެން އޮންނަތާއި ވަރަށް އިރުވީފަހުންނެވެ.                                    ކޮޓަރި ތެރެއިން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ހަތަރު ފާރުގައި މަޑު ފިޔާތޮށި ކުލަ ލައިފައިވީއިރު ސީލިންގް ގައި ލައިފައިވަނީ ގަދަ ފިޔާތޮށި ކުލައެވެ. ކޮޓަރީގެ ފަރުނަީޗަރުތަކުގައި ވަނީ ގަދަ ފިޔާތޮށި ކުލައިގެ އިތުރުން ހުދު ކުލައެވެ. ކޮޓަރީގެ އެއްފަރާތުގައި ފިޔާތޮށި ކުލައިގެ ސޯފާއެއް ވެއެވެ. ސޯފާގެ ކުރިމަތީގައި ބިއްލޫރި ވައް މޭޒެއް ބެހެއްޓިފައިވެއެވެ. އެއާއި ޖެހިގެން ތަންކޮޅެއް ދުރުގައި ބޮޑު އެނދެއް ވެއެވެ. އެނދުގެ ހެޑް ބޯޑު މަތީގައި އެކި ކުލަކުލަކުލައިގެ ޕްލާސްޓިކް މާތައް ވާސް ތަކުގައި ބެހެއްޓިފައިވެއެވެ. އެނދުގެ އެއްފަރާތުގެ ކައިރީގައި ކުޑަ ކަބަޑެއްވެސް ހުއްޓެވެ. ކޮޓަރީީގެ އަނެއް ފަރާތުގައި ބޮޑު އަލަމާރިއެއްވެސް ވެއެވެ. އަލަމާރި މަތީގައި އައިލީނައަށް ލިބިފައިވި އެކިެއެކި އެވޯޑުތަކާއި ހަނދާނީ ފިލާތައް ތަރުތީބުކަމާއެކު ބަހައްޓާފައި ވީއިރު ބަލާ ފޫހިނުވާނެއެވެ. އަލަމާރިއާއި ޖެހިގެން ކުޑަ ތަންކޮޅަކަށް ފަހު ޑްރެސިން ޓޭބަލް ބަހައްޓައިފައި ވެއެވެ. ޑްރެސިން ޓޭބަލްގެ މަތީގައި ބިއްލޫރިން ހަދައިފައިވި ވަރަށް ރީތި ދެ އެއްޗަކާއި ފިޔާތޮށިލައާއި ދަނބުކުލައިގެ މާތަކެއް ޖަހައިފައިވި ދެ ވާސް ބެހެއްޓިފައިވެއެވެ. ރީތިވާ ސާމާނުތައްވެސް ވަނީ ވަރަށް ތަރުތީބުން ޑްރެސިން ޓޭބަލްގައި އަތުރާލައިފައެވެ. އޭގެ ތަންކޮޅެއް ދުރުގައި ފާޚާނާއިން ނިކުންނަ ދޮރު ވެއެވެ. ކޮޓަރީގެ ކުޑަ ދޮރުތަކުގެ އިތުރުން ބެލްކަންޏަށް ނިކުންނަންވެސް ދޮރެއް ވެއެވެ. ފާޚާނާއިން ފެންވަރައިލައިގެން ނިކުއިން އައިލީން މިސްރާބުޖެހީ ޑްރެސިން ޓޭބަލާއި ދިމާލަށެވެ.                             އައިިލީން ގޮސް ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓުނެވެ. ލައިފައިވާ ހުދުކުލައިގެ ޓީޝާޓާއި ހުދާއި ކަޅުކުލައިގެ ދޫހަރުވާޅުން ނިދަން ތައްޔާރުވަނީކަން ހާމަވެއެވެ. ފުނާނަގައި ފަރިތަކަމާއިއެކު އެ ދިގު އިސްތަށިގަނޑުގައި ފުނާއަޅައިލިއެވެ. އަދި އިސްތަށިގަނޑުގައި ވާފަށެއް ޖަހާލުމަށްފަހު ގޮސް ނިދާބޮކި ޖައްސާލުމަށްފަހު އެހެން ބޮކިތައް ނިއްވާލިއެވެ. އަދި އޭސީގެ ފިނި ގަދަ ކޮށްލުމަށްފަހު ގޮސް އެނދުގައި އޮށޯތެވެ. ނިދުމުގެ ކުރިން ކިޔަންޖެހޭ ޒިކުރުތައް ކިޔާލުމަށްފަހު ކައިރީގައި އޮތް ދިގު ބާލީހުގައި ބައްދާލަމުން އައިލީން ދެލޯ މަރާލިއެވެ. ދެލޯމަރާލުމާއެކު އޭނައަށް މިރޭވެސް ފެނުނީ ޔޫހާންގެ އެ ރާތި ސޫރައެވެ.  އެ ފުން ދެލޮލާއި ފިރިހެންވަންތަ ހަށިގަނޑެވެ. ތުނިކޮށް ފަޅަންފަށައިފާވި ތުނބުޅިން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޔޫހާން ފެނުނީއްސުރެ މިއީ އައިލީންގެ ކޮންމެ ރެއެއްގެވެސް ހާލެވެ. މިރޭވެސް އޭނައަށް ނިދުނީ އެ ހިޔާލުތަކުގައި އޮއްވައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 9

Next

ކެތްކުރީމެވެ.

Next
April 28, 2018

ކެތްކުރީމެވެ.

Previews
April 28, 2018

އެހަނދާން ނުދާނޭ ފިލާ 9

50 Comments!

  1. Stry kiyaa man says:
    April 28, 2018 at 12:37 am

    Maasha allah v furihama vv salhi … keep it up.
    Ummeedh kuran mi gothah stry ninmaalaane kamah….amila hiyaalaa eku….kon dhuvass thaku ga stry up vaany….
    Waiting 4 nw part.
    -salaam-???

    1. Stry kiyaa man says:
      April 28, 2018 at 12:39 am

      First dhw

    2. Ifoo ifoo says:
      April 28, 2018 at 1:06 pm

      Thankyou soooooo much ???… V v v ufaavehje story kamudhiyaima ???… Ifoo akah neynge vaki up kureveyne dhuvasthah bunaakah. I’m a very bxy girl.. Heheheh… In Sha Allah typ kurevunuhaa avahah up kohladheynan… Keep waiting ❤️❤️…

  2. Ifoo ifoo says:
    April 28, 2018 at 12:48 am

    Salaam all ???… Here is the first part of my first story ???… Hope you guys will like this part ???… I’m new to this so mistakes huredhaane… Do point out the mistakes for me… N do comment your views about the story… Waiting for the comments ❤️❤️❤️???

  3. Imna says:
    April 28, 2018 at 12:51 am

    Maasha Allah v reethi vaahaka eh mi

    1. Ifoo ifoo says:
      April 28, 2018 at 1:08 pm

      Thankyou Imna

  4. unique says:
    April 28, 2018 at 7:15 am

    vvv reethi keep it up

    1. Ifoo ifoo says:
      April 28, 2018 at 1:10 pm

      Thankyou so much unique ❤️

  5. Xaaaan says:
    April 28, 2018 at 8:05 am

    Masha allah v reethi❤

    1. Ifoo ifoo says:
      April 28, 2018 at 1:11 pm

      Thankyou so much Xaaaan ❤️

  6. Lam says:
    April 28, 2018 at 8:40 am

    Varah rythi fehshumeh….. Umeedhu kuran kuriah huri part tha rythi vaaneh kahma

    1. Ifoo ifoo says:
      April 28, 2018 at 1:14 pm

      Thankyou lam❤️

  7. Naju says:
    April 28, 2018 at 8:58 am

    V reethi feshun n next part thavx rythi vaane kamah unmmeedhu kuran..

    1. Ifoo ifoo says:
      April 28, 2018 at 1:15 pm

      Thankyou Naju ❤️

  8. ...... says:
    April 28, 2018 at 9:38 am

    Nice.. waiting for next part

    1. Ifoo ifoo says:
      April 28, 2018 at 1:53 pm

      Thankyou

  9. rishy says:
    April 28, 2018 at 10:27 am

    vvvv reethi… keep it up….

    1. Ifoo ifoo says:
      April 28, 2018 at 1:54 pm

      Thankyou soooooo much rishy ❤️❤️❤️

  10. Sana says:
    April 28, 2018 at 11:02 am

    Wow! Beautiful????
    When next part?
    Keep it up ????

    1. Ifoo ifoo says:
      April 28, 2018 at 1:56 pm

      Thankyou soooooo much Sana ❤️❤️❤️❤️.. Typ kurevunuhaa avahah up kohladheynan In Sha Allah ❤️❤️❤️???… Keep waiting dear

  11. unique says:
    April 28, 2018 at 2:02 pm

    aslu first story henves hynuvey

    1. Ifoo ifoo says:
      April 28, 2018 at 3:28 pm

      Heheheh ???… Really unique ???… Bt this is hama ifoo ge first story ???… School ga ulhun iruvx aamukoh story varah nuliyan bt geyga madhu madhun liyan.. Mihaaru hama dhn varah liyaahithun mi story liyamun mi dhany… Once again thankyou so much unique ❤️❤️❤️❤️❤️

  12. Naju says:
    April 28, 2018 at 3:51 pm

    Ifoo storyge cvr pic hama v obi bt adhi e dhekudhinge thankolheh rom pic eh laabaya bt I u want ingey dear…

    1. Ifoo ifoo says:
      April 28, 2018 at 4:15 pm

      Thankyou so much Naju cover pic ah comment eh kohlyma ???… Adhi rom pic ehvx laanan ingey In Sha Allah ???… Adhi e dhekudhin relation eh nufasha ehnu dhw… E hisaabah dhiyaima rom cover pic eh laanan In Sha Allah ???… Inthizaaru kohlaa ingey Naju ???… E dhuhun vaane adhi cover pic ah comment eh kohlan ingey Naju ???… Once again thankyou Naju dear ❤️❤️❤️❤️

    2. Naju says:
      April 28, 2018 at 7:39 pm

      Ok dear thankx on get me ge cmnt rply kohlyma v happy vehje ur so sweet thihen vaan jeheyne ingey me a thee aslu writers enme hiyy hama jehey ehsifa ingey..

    3. Ifoo ifoo says:
      April 28, 2018 at 10:11 pm

      Awnnn???… thankyou sooo much Naju ❤❤❤❤… In Sha Allah thikundhinge support ifoo ah libenyaa migothuga abadhuvx kuriah dhaanan?????

    4. Naju says:
      April 28, 2018 at 10:37 pm

      Ur mst wlc dear..Me always with u dear thigothuga huryyaa..??

  13. Aru says:
    April 28, 2018 at 5:52 pm

    Wow???!!!!!! Vara salhi…. ? ? ? ?

    1. Ifoo ifoo says:
      April 28, 2018 at 10:07 pm

      thankyou soo much Aru???❤❤❤

  14. lotus says:
    April 29, 2018 at 7:45 am

    Aha finaly.. v inthizaaru koffin mi stry ah.. heevanee v salhi vaanehen… best of luck dear???

    1. Ifoo ifoo says:
      April 29, 2018 at 2:53 pm

      Finally lotus ge comment kiyaalan libihje ????… Trailer ga comment kohlyma I was waiting for your comment ❤️❤️❤️❤️❤️… Hama comment kuraane kamu ge ummeedhuga hury ????… Bxy kamun adhi kiriyaa mi reply kohlevuny… Thank you so much lotus ????… Kuriah huri part thakun vx comment fennaane kamah ummeedhukuran ????…

  15. unique says:
    April 29, 2018 at 2:40 pm

    heheh ur doing great just remembers me of my bestie

    1. Ifoo ifoo says:
      April 29, 2018 at 2:55 pm

      Awwww ????… Hehe ???… Thank you so much unique ???… Kuriah huri part thakun vx comment fennaane kamah ummeedhukuran ????❤️❤️❤️??

    2. unique says:
      April 29, 2018 at 7:20 pm

      of course. i’ll …………..will u be my friend

    3. Ifoo ifoo says:
      April 29, 2018 at 7:51 pm

      Ifoo hama hurihaa kudhinnaavx friends ingey unique ??????❤❤❤

  16. Naju says:
    April 29, 2018 at 4:18 pm

    Whn is next ifoo?

    1. Ifoo ifoo says:
      April 29, 2018 at 8:01 pm

      Sorry Naju lasvaathy????… ifoo aky tiutions dhey kuhjeh so sunday to thursday ifoo v v bxy koh dhaanee… bt I wil try my best…????… Now also I am typing ???… maadhamaa up kureveythr mi balany… hope u will understand ❤❤❤❤???????… v ufaavey wait kuraakan ingunyma ????????????

    2. Naju says:
      April 29, 2018 at 8:57 pm

      Ya ok dear.. Me hama wait kuraanan ingey aslu mi ahaleveny hama story kiyaa hiyy vaaleh bodukamun ingey dear..

    3. Ifoo ifoo says:
      April 29, 2018 at 9:36 pm

      yahh…????… v v v ufaavehje thihaa vaahaka kiyaahihvaakan ingunyma????… I’m sooo happy ???❤❤❤❤❤ thankyou ❤❤❤❤

  17. zanto says:
    April 30, 2018 at 2:06 pm

    wow…varah nice

    1. Ifoo ifoo says:
      May 1, 2018 at 11:30 am

      Thankyou so much zanto ??????

  18. marry says:
    April 30, 2018 at 3:50 pm

    wow varah nice…..whn next part

    1. Ifoo ifoo says:
      May 1, 2018 at 11:33 am

      Thankyou so much mary????… In Sha Allah mirey next part kiyalan libeyne???????

  19. lotus says:
    May 1, 2018 at 9:53 am

    ifoo dear.. wen is the nxt prt.. hama kiyaa hithun ahaalee…

    1. Ifoo ifoo says:
      May 1, 2018 at 11:50 am

      Alhey v v v ufaavehje lotus thihaa story kiyaahihvaakan ingunyma ????????… In Sha Allah mirey kiyaalan libeyne?????

  20. Dhonthxxx says:
    May 1, 2018 at 11:38 am

    Ifooo when is the next part???
    Waiting waiting

    1. Ifoo ifoo says:
      May 1, 2018 at 5:58 pm

      hey Dhonthxxx ?????… ifoo mihaaru submit kohlaifinn next part ???… keep waiting ????

  21. Nakhla says:
    May 2, 2018 at 4:51 pm

    Lovely story ???

  22. Zihoo says:
    May 7, 2018 at 7:42 pm

    Hama v salhi.love this story.??????

  23. Saajy says:
    February 16, 2019 at 7:37 pm

    Mi feshy mi vahaakaves kiyan. V reethibvaanehen hyvany… Ifooge vaaahakeh vehjjeyyaa reethi vaan ekamah mi balany…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 2←


All Right Reserved!