Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ސިއްރު – 6

inan Level 210 Stories100 Comments100 Login
March 30, 2018 4 Mins Read
10 Comments

ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ކޮއްޅަށް ތެދުވެލީ މަންމަމެނަށް ގުޅާށެވެ. އާޔާގެ މިޚަބަރު ދޭށެވެ. އޭނާގެ ހުރިހާ ޙަޤީޤތެއް ކިޔައިދޭށެވެ. އަހަރެން ތެދުވެ ފޯނު ހުޅުވާލުމަށްފަހު ކޮންޓެކެޓްސް ތަކުގެ ތެރެއިން ބައްޕަގެ ނަންބަރު ހޯދުމަށްފަހު ޑައިލް ކޮށްލީމެވެ. ބައްޕައަކީ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ ޒިންމާދާރު މުވައްޒަފެއްކަމުން ބައްޕަ އަތުގައި އަބަދުވެސް ފޯނު އޮންނާނެއެވެ. އެހެން ކަމުން ވަރަށް އަވަހަށް ފޯނު ނަގާނެކަންވެސް އަހަންނަށް އިނގެއެވެ. ކަންތައް ވީވެސް އެހެންނެވެ. އަހަރެން ‘ހަލޯ’ އޭ ބުނުމުގެ ކުރިން އާހިލް އަހަންނަށް ވަރަށް ބާރަށް ގޮވާލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. އެ އަޑުގައި ސިހުމާއިއެކުވެސް އެތައް މާނައެއް އެކުލެވިގެންވެއެވެ. އަހަރެންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ވެއްޓުނު ގޮތަށް ފޯނު ބިންމަތީގައި ޖެހި އޭގެ އެކި ބައިބައި އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ނުތަނަވަސްކަމާއިއެކުގައެވެ. ވެގެން މިއުޅެނީ ކީއްބާއެވެ. ވާން މިއުޅެނީ ކީއްބާއެވެ. މިސުވާލުތައް އަހަރެންގެ ސިކުނޑި ތެރޭގައި އެނބުރި އެނބުރި ހުރީއެވެ. ޖަވާބެއް ނުލިބޭ ޙާލުގައެވެ. އަހަރެން އާހިލްގެ އެ އަޑަށް އަވަހަށް އެދިމާލަށް އެނބުރިލީމެވެ. ދެރަގޮތެއް މިންވަރު ނުކުރެއްވުން އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

އަހަރެން އެނބުރިލީއިރު އާހިލް ހުރީ ކޮއްޅަށް ތެދުވެއެވެ. އާޔާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހުރިގޮތައް ހުއްޓިފައެވެ. އަހަރެން ކުޑަކޮށް ދުވެލައިފައި އާޔާ ގާތަށް ދިޔައީމެވެ. “ކިހިނެއް ވީތަ؟” އަހަރެންވެސް ކެތްނުކުރެވިގެން އަވަސް އަވަހަސް އާހިލްގާތު އަހާލީމެވެ. އޭނާ އަތް ދިއްކޮށްލީ އާޔާ އާއި ދިމާލަށެވެ. ” އާޔާ… ދެ… ދެންމެ ޝަހާދަތް އިނގިލި ގުޑުވާލި.. އެސްފިޔަތައްވެސް ހެލެލި ހެން ހީވޭ.. ހީވެޔެއް ނޫން ޔަގީން.. ބަލާ..” އާހިލް އެހެން ބުނެ ނިމުނު އިރު އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އަހަންނަށް ބަޔާންކުރަންވެސް ދަތިވިއެވެ. އެހާވެސް އުފާވިއެވެ. އަހަރެން އާހިލް އެހެން ބުނުމުން އާޔާއާއި ދިމާލަށް ބަލައިލީމެވެ. އާހިލް އެހެދީ ހަމަ ތެދެވެ. ދުވަހަކުވެސް އޭނާ އަހަންނަށް ދޮގެއް ހަދާފައި ނެތެވެ. އާޔާގެ ލޮލުން ކަރުނަތިއްކެއް އެވަގުތު ވެއްޓުނެވެ. އޭނާ ހޭއަރަނީކަން އަހަރެމެންނަށް ދެނެގަނެވުނެވެ.

އަހަރެންގެ ލޮލުން އެވަގުތު ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. އާޔާއަށް ނިކަން ބާރަށް ގޮވާލަން ވެސް ހިތަށް އެރިއެވެ. އަނގަ ހުޅުވާލުމަށްފަހު ލައްޕާލީވެސް އޭނާއަށް އުނދަގޫ ވާނެތީއެވެ. މިއޮތް ހުރިހާއިރު ހޭނެތިފައި އޮވެ ހޭއަރާ ވަގުތު އަހަރެން ކެތްތެރިކަމެއް ނެތި އޭނާއަށް އުނދަގޫ ކުރަންވީހެއްޔެވެ؟ ” ޔާން.. ޑޮކްޓަރ..” އާހިލް އަހަންނަށް ހަނދާން ކޮށްދިނީ ޑޮކްޓަރަށް ގޮވާށެވެ. އަހަރެން ތެޅި ތެޅި އޮތް ހިތަކާއިއެކު ނަމަވެސް އުފަލުން ހުރެ ޑޮކްޓަރަށް ގޮވަން ދިޔައީމެވެ. އާހިލް އަހަރެންގެ ކޮއްކޮ ގާތު ބަހައްޓާފައެވެ.

މިނެޓެއްހާއިރު ފަހުން ޑޮކްޓަރ ގޮވައިގެން އާޔާ އޮތް ކޮޓަރިއަށް އަހަރެން ވަދެގެން އައީމެވެ. އާހިލް އޭނާ ގާތު އެ އިން ގޮތަށް އިނެވެ. އާޔާ އެއިރު މަޑުމަޑުން ލޯ ހުޅުވާލަނީއެވެ. ނަމަވެސް އެއްކޮށް ނުހުޅުވެއެވެ. އަހަންނާއި އާހިލް ފެނުމުން އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އަހަރެމެން އޭނާ ހުއްޓުވީ އޭނާ އޮތީ އަދި ވާހަކަދެއްކޭ ޙާލަތެއްގައި ނޫންކަމަށް ވާތީއެވެ. ޑޮކްޓަރ އާޔާ ގާތަށް އައުމުން ޑޮކްޓަރަށް ތަން ދީފައި އަހަރެމެން ދެމީހުން ދުރަށް ޖެހެލީމެވެ.

“މިހާރު އާޔާގެ ޙާލު އަންނަނީ ކުރިއަށްވުރެ ރަނގަޅުވަމުން… ކުރިއަށް އޮތް ދެހަފަތާ ވަރުތެރޭ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑުތަން ރަނގަޅުވާނެ… އެކަމަކު މިއަދުވެސް ފަހަރެއްގަ އޭނާއަށް ވާހަކަ ދެއްކޭ ވަރު ވެދާނެ… އެހެން ވިޔަސް އޭނައާއި ގަދަކަމުން އަދި ވާހަކަ ދައްކަން ނޫޅޭތި… އޭނާ ވާހަކަ ދައްކަން ފެށީމަ ވާހަކަ ދައްކަން ފަށާނީ… ފުރަތަމަ ވާހަކަ ދައްކަން ފަށާއިރު މާ ގިނަ ވާހަކަ ނުދައްކާތި… އިތުރަށް ވަރުދެރަވުމީ އެކަށީގެންވާ ކަމެއް… އޭނައަށް ކުޑަކޮށް އުނދަގޫ ވާނެ އަދި ވާހަކަ ދައްކަން…” އަހަރެމެން ދުރުގައި ތިއްބައި ޑޮކްޓަރު އައިސް ބުނެލި އެއްޗަކުން އަހަރެންގެ ހިތް އުފަލުން ފުރުނެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކޮށްލީމެވެ. އާޔާގެ ޙާލު ރަނގަޅުވަމުން އަންނާތީއެވެ. އާހިލްގެ ޙާލުވެސް ހަމަ އެފަދައެވެ. އަހަރެމެން އެނބުރި އާޔާގެ ގާތަށް ދިޔައިރު އޭނާ އޮތީ ދެލޯ ހުޅުވާލައިގެންނެވެ. އަހަރެމެން ފެނުމުން ހިނިތުންވާން މަސައްކަތް ކޮށްލިއެވެ. އަހަރެންވެސް ހިނިތުން ވެލީމެވެ.

“އަ.. އަޔާން… އާހި… އާހިލް…” އާޔާ އަހަރެމެންނާއި ވާހަކަދައްކަން އުޅުނެވެ. އޭނާގެ އަނގަމައްޗާއި އެއްކޮށް އަޅާފައިވާ އޮކްސިޖަން މާސްކު ދެންމެ ޑޮކްޓަރ ބެއްލެވުމަށްފަހު ވަނީ ނަގައިފައެވެ. އެހެންވެ އޭނާގެ އަޑު ވަރަށް ސާފުކޮށް އިވެއެވެ. ނަމަވެސް އެއަޑު މަޑެވެ. އޭނާ ވާހަކަދެއްކީ އުނދަގޫ ގޮތަކަށެވެ. އަހަރެން އޭނާ ހުއްޓުވީ އެހެންވެގެންނެވެ. މިއަދު އާޔާއަށް ލިބުނު ކުރިއެރުމުގެ ސަބަބުން އަހަރެންގެ ބޮލުން ގާބުރިއެއް ނެގުނު ފަދައެވެ. އެހާވެސް ބޮލަށް ލުއިވެއްޖެއެވެ. ނަމަވެސް އަދިވެސް މަންމަމެންގާތު މިވާހަކަ ނުބުނެވި އޮތީމަ އެކަން އަބަދުވެސް ހިތުގަ އޮވެއެވެ. މިއަދު ދެން އިރާދަކުރެއްވިއްޔާ އެކަމަށްވެސް ނިމުމެއް އަންނާނެތާއެވެ. އާޔާގާތު އޭނާގެ ޙަޤީޤަތް ބުނަން އުޅެފައިވެސް ފަސްޖެހުނީ މިފަދަ ޙާލަތެއްގަ އަނެއްކާ އޭނާ ހިތާމަކުރަން ވެއްޖެނަމަ އޭނާގެ ޙާލު ބޮޑުވެދާނެ ކަމަށް އަހަރެންގެ ހިތް ބުނަމުންނެވެ.

އާޔާ ގާތު ދެތިން ބަހެއް ބުނެލުމަށްފަހު އޭނާގާތު އަރާމުކުރަން އެދުނީ އޭނާ އިތުރަށް ވާހަކަދައްކަން މަސައްކަތް ކުރާނެކަން އެނގޭތީއެވެ. އަހަރެމެންނާއި ޖެހިއްޖެއްޔާ އެއީ ދުވަހަކުވެސް ވާހަކަ ހުސްނުވާ މީހެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ އަނގަ ލައްޕާލައިގެން ނީންނާނެއެވެ. ނަމަވެސް ޓީޗަރެއް ފެނިއްޖެއްޔާ އެއީ ދުވަހަކު އަނގައިން ބަހެއް ބޭރު ނުކުރާ ކުއްޖެކޭ އެއްފަދަ ވާނެއެވެ. އަހަރެމެން ގާތު އޭނަ ވާހަކަފަތި އަމުންނަން އިންނައިރަށްވެސް ޓީޗަރަކު ފެނިއްޖެއްޔާ އޭނަޔަށް އެ ވާގޮތަކުން އަހަންނާއި އާހިލް ތިބެނީ ބަނޑަށް ހީހީ ހަލާކުވެފައެވެ. ހީވާނީ ބޮޑުތިކި ވާރޭ އެންމެ ބޯކޮށް ވެހިވެހިފައި ކުއްލިއަކަށް ހުއްޓާލާހެންނެވެ. އާޔާގެ ހަނދާންތައް އަހަރެންގެ ސިކުނޑިވަށާ އެނބުރެންފެށި ވަގުތު އަހަރެންގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އަދި އާޔާ އަވަހަށް ރަނގަޅުވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

“އަޔާން.. ކޮއްކޮމެން ދެން ދޭގެއަށް… ދައްތަމެން ދެން ތިބޭނަން އާޔާ ގާތު… ތިއީ ކިޔަވާކުދިން ވީމަ އެހާ ގިނައިރު ތިގޮތަށް ތިބުން އެހާ ރަނގަޅެއް ނުވާނެ… އާޔާގެ ޙާލު ބަލައިލަން ވީމަ ދައްތަމެންނަށް ގުޅާލިޔަސް މައްސަލައެއް ނޫނެއްނު…” އަހރެންގެ ފޯނުން ރޫޅިފައިވާ ބައިތައް ރަނގަޅު ކުރުމަށް އަހަންނާއި އާހިލް އާޔާ އޮތް ކޮޓަރީގައި ހުރި ސޯފާގައި އިށީނދެ އިންދާ ކޮޓަރިއަށް ވަދެގެން އައީ އޭނާ ބަލަމުން އަންނަ ދައްތައާއި ބޭބެއެވެ. އިރުއޮއްސެން ކައިރި ވުމާއިއެކު އެހެންވެ އަހަރެމެންވެސް އެ ދައްތަގެ ފޯނު ނަންބަރު ހޯދައިގެން އޭޑީކޭ ހޮސްޕިޓަލުން ނިކުމެ ގެއަށް ދާން މިސްރާބު ޖެހީމެވެ. “ނުބުނެވުނެއްނު މިއަދުވެސް…” މަޑުމަޑުން މަޖީދީމަގުން ހިނގަމުން ދަނިކޮށް މާޔޫސީ ގޮތަކަށް އާހިލް އަހަރެން ގާތު ބުންޏެވެ. “މާދަމާ ބުނާނީދޯ އޭނަ ގާތު… ހޭއެރި ވަގުތު ވީމަ ހައްތަހާވެސް… ސަކަރާތްވެދާނެއްނު… އެކަމަކު މަންމަމެން ގާތު ބުނާނަން އިރާދަކުރެއްވިއްޔާ މިރޭ..” އަހަރެން ޖަވާބުދިނުމަށްފަހު ހިނިތުންވެލީމެވެ.

އަހަންނާއި އާހިލް މަޑުރާގެއްގައި ހިނގަމުން ގޮސް ގެއަށް އައީމެވެ. އާހިލް ގެއަށް ދިޔުމުން އަހަރެންވެސް ގެއަށްވަނީމެވެ. އަހަރެން ގެއަށް ވަތް ތަނުން ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ސޯފާގައި އޮލަ ވާހަކައިގައި ތިބި މަންމައާއި ބައްޕައެވެ. އެވަގުތު އާޔާގެ ޚިޔާލުތައް އައިސް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އެވާހަކަތައް ދައްކަންވީ ވަގުތު އައިސް މިޖެހުނީ ކަމަށް އަހެރެންގެ ހިތް ބުނަން ފެށިއެވެ. އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް މިހިތް ގޮވަގޮވާ އޮށްވާ އެއަށް ފުސްމޫނު ހަދައިފައި އަތް ފޮޅާލަންވީހެއްޔެވެ؟ ނޫނީ ފާޅުކުރަން މިހިތް އަހަންނަށް ބާރުއަޅައަޅާ އޮތް ބޮޑު ސިއްރު މިއަދު ބައްޕަމެންގެ ކުރިމައްޗަށް ބަންޑުންކޮށްލަންވީހެއްޔެވެ؟ ކޮންމެޔަކަސް މިއަދު ގޮތެއް ނިންމަން އެބަޖެހެއެވެ. އެގޮތަށް އަހރެން މިއަދު ކަންތައް ކުރާނަމެވެ.

“މަންމާ… ބައްޕާ… ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް…” އަހަރެން މިހެން ބުނުމުން އަވަހަށް ބުނާށޭ ބުނެ މަންމައާއި ބައްޕަ ވަރަސް ޝައުޤުވެރިކަމާއިއެކު އަހަރެންގެ ވާހަކަ އަޑުއަހަން ތައްޔާރުވެލިއެވެ. “އަޅުގަނޑު ބޭނުން މަންމަމެންނާއި ސުވާލެއް ކޮށްލަން… ތެދަށް ޖަވާބުދޭނެކަމަށް އުންމީދުކުރަން…” ކުއްވެރިޔެއް ފަދައިން އިސްދަށަށްޖަހައިގެންހުރެ އަހަރެން މަންމަމެން ގާތު ވާހަކަދެއްކީމެވެ. ” އަޅުގަނޑަށްފަހު މަންމަމެންނަށް ކޮއްކޮއެއް ލިބުނުތަ؟” މަންމައާއި ބައްޕައާއި ދިމާލަށް އިސް އުފުލާލުމަށްފަހު އަހަރެން އެހީމެވެ. އެވަގުތު އެދެމީހުންގެ މޫނުގެ ކުލަ އޮއްސުނުތަން އަހަންނަށް ކިތަންމެހާވެސް ރީއްޗަކަށް ފެނުނެވެ. “އަޔާން… ކިހިނެއްވީ؟ ކޮންކަހަލަ ސުވާލެއް މިއަދު ތިކުރީ؟” އަހަރެންގެ ބައްޕަ ޖަވާބުދިނުމުގެ ބަދަލުގައި އަހަންނާއި ކޮށްލީ ސުވާލެކެވެ. ހީވަނީ ޖަވާބުނުދީ އެވާހަކަ އޮއްބާލަން އުޅޭހެންނެވެ. “ބައްޕާ… އަޅުގަނޑު މިއަދު ބައްޕަމެންގެ ފަރާތުން ތެދު ޖަވާބުގެ އިތުރަށް އެކައްޗެއްވެސް ބޭނުމެއް ނޫން…” އަހަރެން އާދޭހާއިއެކު އަނެއްކާވެސް އެދުނީމެވެ. އެއީ މިއަދު އަހރެން އާޔާގެ ޙަޤީގަތް ބައްޕަމެންނަށް ކިޔައިދޭން ބޭނުންވާތީއެވެ.

“ދަރިފުޅުގެ ތި ސުވާލަށް މަންމަމެންގެ އޮތީ އެންމެ ޖަވާބެއް… އާން.. ދަރިފުޅަށްފަހު މަންމަމެންނަށް އަންހެން ކުއްޖަކު ލިބުނު.. އެއީ އާޔާ… އެކަމަކު… އާޔާ ދުވަސްކޮޅެއް ފަހުން މަރުވީ… އަހަރުވެސް ނުފުރެނީސް…” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންމަ އެހެން ބުނެ ނިމުން އިރު ލޯ ތެރެއަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. މަންމައަށް ކުރާނެ އަސަރު އަހަންނަށްވެސް އެނގެއެވެ. ނަމަވެސް މިއަދު އަހަރެން އާޔާގެ ޙަޤީގަތް މަންމަމެންނަށް ހާމަކުރަން އެބަޖެހެއެވެ. “މަންމާ.. ބައްޕާ.. މަންމަމެންނަށް ހީވެފަ ތިއޮތީ ނުބައިކޮށް… އަޅުގަނޑުގެ ކޮއްކޮ އާޔާ މަރެއް ނުވޭ… އެކަމަކު… ވަރަށް ބަލި…” އަހަންނަށް މިހެން ބުނެ ނިމުނު އިރު ގިސްލެވެން ފަށައިފިއެވެ. އާނއެކެވެ. މިބުނީ ހަމަ ތެދަށެވެ. ފިރިހެން ކުއްޖެއް ކަމަކު ކޮއްކޮއަށް ދެރަގޮތެއްވީމަ ދެރަވާނެއެއް ނޫންހެއްޔެވެ؟

އަހަރެން މިބުނި އެއްޗަކުން މަންމައާއި ބައްޕަ ހުރީ ފާޑަކަށް ގަނޑުވެފައެވެ. ހައިރާންކަމެއްގެ ތެރޭގައެވެ. “ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ” ބައްޕަ އަހަރެން ގާތު އަނެއްކާވެސް ސުވާލުކުރީ ގަބޫލުކުރަން ދަތިވެގެންނެވެ. ބައްޕަމެންނަށް ވިސްނައިދޭންވެގެން އާޔާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނަންވެގެން އަނގަ ހުޅުވާލި ވަގުތު އެކަމަށް ހުރަސްއެޅީ ބިރުވެރި ފާޑަކަށް ރިންގުވާންފެށި އަހރެންގެ ފޯނެވެ. ލޮލުން ކަރުނަ ފޮހެލަމުން ބިރުންހުރެ މަޑުމަޑުން އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ކަންފަތުގައި ޖައްސާލީމެވެ. އެވަގުތު އިވުނު ބަސްތައް އަހަންނަށް އިވުނީ ކަންފަތައް ހޮނު ގުގުރިއެއް ޖެހި ފަދައިންނެވެ. އަހަރެންގެ އަތުން ފޯނު ދޫވިއެވެ. ދެފައިން ވާގިދާހެން ހީވުމުން ހުރި ތަނަށް ތިރިވެވުނެވެ. ބިންމައްޗަށް ތިރިވެވުނު ވަގުތު އަހަރެންގެ ގައިން ވަރު ހުސްވެގެން ގޮސް ބިންމަތީގައި ބާރަކަށް ބޯޖެހުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

inan

Level 210 Stories100 Comments100 Login

Other Articles

Previous

ލޯބިކަން 5

Next

ހިތުގެ ރާނީ….. 1

Next
March 30, 2018

ހިތުގެ ރާނީ….. 1

Previews
March 30, 2018

ލޯބިކަން 5

10 Comments!

  1. Nadha says:
    March 30, 2018 at 2:43 pm

    Alhe aayaa ah gotheh nahadhahchey pls

    1. inan says:
      March 30, 2018 at 4:56 pm

      hehe.. varah bodah shukuriyyaa mi vaahaka kiyumah Nadha thi bahattaa shauguveri kamahttakaa…

  2. Aish says:
    March 30, 2018 at 2:59 pm

    Mivaahaka indhey vaahaka,comga meega aayaa maruvey Aayan ge bapa aayan ah rulhi aasgen hunanee ves

    1. Friends says:
      March 30, 2018 at 3:29 pm

      Hey dear vaahaka .com ga inny mi stry ge 5 vana part aa hama ah noon tha.

  3. mishy says:
    March 30, 2018 at 10:56 pm

    Alheyy… vrh reethi… curiously waitinn 4 the nxt prt… aish ebunii aayaa maruvanee eyy… bt noooo…. ehn nuhadhahcheyy…. plx… mi site ga different khlab aayaaa maru nuvr gothh… plxx…

    1. inan says:
      April 6, 2018 at 2:33 pm

      hehe.. thank you mishy..

  4. Naadhee says:
    March 31, 2018 at 1:19 am

    Mi part ves v v v reethi. Mi vaahaka V kiyaa hithun mi hunnanee

    1. inan says:
      April 6, 2018 at 2:34 pm

      alhamdhulillaah… jazakillah khairan Naadhee..

  5. Naxx says:
    April 1, 2018 at 12:46 pm

    Vvv reethi mi part ves.keep it up

    1. inan says:
      April 6, 2018 at 2:35 pm

      jazakillah khairan Naxx.. 🙂

Comments are closed.

Next Episodeސިއްރު – 7←


All Right Reserved!