ލޯބިކަން 4
“ހިނގާ ދާން އެތެރެއަށް…….މާޔާ ދިޔައީ ކަން ނެއިން ގެ ދޯ” ވަރުބަލިވެފައި ހުރިލަތް ބޮޑު ކަމުން ވިޝާލް ކަންނެތް ހިނގުމެއް ގައި މިސްރާބު ޖެހީ ސިޑި އާއި ދިމާއަށެވެ. ކުއްލިއަކަށް ކައިލާންގެ ފޯން ރިންގުވާން ފެށިއެވެ. ކައިލާން ފޯން ނަގައި ބަލާލިއިރު ގުޅަނީ އޮފީހުންނެވެ. އެހެން ކަމުން ވިޝާލް ގާތު ފަހުން އަންނާނެ ކަމަށް ބުނެ އޮފީހަށް ދިޔައެވެ.
ދޮރުން ވަން ވިޝާލްގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ގައި ހުރި އަންހެނާ ފެނިފައެވެ. އެ އަންހެން މީހާގެ ކަޅުކަން ގަދަ ދެ ލޮލުގެ ތެރެއަށް ކަރުނަތަށް ގިނަވެ އަންހެން މީހާގެ ކޯތާފަތް މައްޗަށް އޮހޮރިގަތެވެ.
“ދަ..ދަރި….ފުޅާ…”އެ އަންހެން މީހާ ގެ އަޑު ކުރެހިގެން ދިޔައެވެ.
“މަންމާ…..”ވިޝާލް މަޑު މަޑުން ދުވެލާފައި ގޮސް އެ އަންހެން މީހާގެ ގައިގައި ބައްދާލިއެވެ.
“ހަފީޒާ…”ކުއްލި އަކަށް ފިރިހެނަކު ގޮވައިލި އަޑަށް ދެ މީހުން އެއް ފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާ ބަލައިލިއެވެ. އެ ވަގުތު އެ ފިރިހެން މީހާގެ މޫނު މަތިން ހައިރާން ކަން ފާޅުވާންފެށިއެވެ.
“ދަރިފުޅާ…..”ވިޝާލް ގެ ބައްޕަ އެހެން ގޮވައިލި އިރުވެސް އަޑުގައި އުފެދިފައި ވަނީ ހައިރާންކަމެވެ.
“ބައްޕާ…ސޮރީ” ވިޝާލް އިސްޖަހައިލީ ވެފައި ހުރި ދެރައިންނެވެ.
“އަހަ ދަރިފުޅާ ހާދަ ދެރަވީ.. އަދި ދެރަވާ ވަރުކަމެއް ނުވެ އެއްނު…….ދަރިފުޅު ކޮން އިރަކު އައީ؟؟ ބައްޕަ ގާތު ބުނި ނަމައެންނުން އެއަރޕޯޓަށް ވެސް ދެވުނީހީ…..”ހިނިތުން ވެލަމުން ވިޝާލްގެ ބައްޕަ ވިޝާލް ގެނެސް ކައިރި ކޮއްލިއެވެ. ދެ ބަފައިންގެ ވާހަކަ އަޑު އަހަން ހުރެފައި ހަފީޒާ ވެސް އައިސް ވިޝާލް ގެ ކަނދުރާ އާއި ހަމައަށް ދިގުވެފައި އޮތް އެ ރީތި އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
“އަޅުގަނޑު އައިތާ އެހާ ގިނައިރެތް ނުވޭ އަދި އަޅުގަނޑު މިދަނީ އަޅުގަނޑު ގެ ރޫމް އަށް އިނގޭ” ވިޝާލްގެ އެ ރީތި ހިނިތުންވުން ހަދިޔާ ކޮއްލަމުން ވިޝާލް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. މާޔާ ކީވެއްބާ ދިޔައީ؟ އަނެއްކާ އެހުރީ ރުޅި އައިސްފާ ހެއްޔެވެ؟ ފެންވަރައިގެން އެގެޔަށް ދާންވީ ތަ ؟ ނޫނީ ގޭގަ މަޑު ކުރަން ވީތަ؟ ވިޝާލްގެ ހިތަށް އަރަމުން ދިޔައީ ސުވާލު ތަކެކެވެ. އެގެޔަށް ދާން ނިންމައިގެން ކޮޓަރިއަށް ވަން ގޮތަށް ދަބަސް އެދުމަތީ ބަހަށް ޓާފައި އަވަހަށް ތުވާލި ހިފައިގެން ފެންވަރަން ވަނީ އިތުރަށް ވަގުތު ބޭކާރު ނުކުރުމަށެވެ. ފެންވަރައިގެން ނުކުމެ ދަބަހުން ފެހި ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސް އެތް ލައިގެން އެފަން އިސްތަށިގަނޑު ގައި އަތް ހާކަމުން ފޯން ހިފައިގެން ތިރިއަށް މިސްރާބުޖެހިއެވެ.
” ދަރިފުޅާ އާދޭ ސައިބޯން ” ދޮރާއި ދިމާއަށް ދިޔަ ވިޝާލް ފެނިފަ ހަފީޒާ ގޮވައިލިއެވެ. މަންމަ ގޮވައިލުމުން ސައި ނުބޮއި ގޮއްސިއްޔާއި މަންމަ ހިންހަމަ ނުޖެހޭނޭ ހިތާ ވިޝާލް މިސްރާބު ޖެހީ ކާކޮޓަރި އާއި ދިމާއަށެވެ.
“ހާދަ ވަސް ގަނޑު މީރޭ ދޯ……”ކާ ކޮޓަރިއަށް ވަދެގެން އައި ޒުހޭރު އެހެން ބުނެލަމުން ގޮނޑިއެތް ގައި އިށީނެވެ.
” ދޯ ބައްޕާ….މަންމާ ކޮބާތަ ޔޫހާ…ނުވެސް ފެނެ އަދި އަޅުގަނޑު އައި ފަހުން އެއަރޕޯޓަށް ދިޔަ ބަލާ ގެޔާއި ހިސާބަށްވެސް އައި ކޮލެޖްގަތަ؟ “ސުވާލު ގެ ނަޒަރަކުން މަންމަ އާއި ދިމާއަށް ބަލާލަމުން ވިޝާލް ސުވާލް ކޮށްލިއެވެ. އަނެތްކާ ޔޫހާވެސް އެހުރީ އޭނަ ދެކެ ހިތްހަމަނު ޖެހިފަ ހެއްޔެވެ؟
“ނޭނގެ ދަރިފުޅާ…ޔޫހާ ވަރަށް ފާޑަކަށް އުޅޭ ދުވަސް ކޮޅެއް މީ……އަބަދު ރުޅި އައިސްފަ ހުންނަނީ މަންމަ އެހީމަ ވެސް ނުބުނެ އެއްޗެކޭ…..އަޅެ ދަރިފުޅު ވާހަކަ ދައްކާލަބަ ޔޫހާ އާއި…. ދަރިފުޅު ގާތު ބުނެ ދާނެ ވީގޮތް…. މަންމަ މިހުންނަނީ ހަމަ ބޯ ގޮވާފަ އެކަމަކާ ވިސްނާ ވިސްނާ……” މަންމަގެ މޫނުމަތީ ގައި ވަނީ މާޔޫސްކަމެވެ.
“ލައްބަ މަންމާ އަޅުގަނޑު ޔޫހާ އާއި މިއަދު ވާހަކަ ދައްކާ ނަން އިނގޭ”ވިޝާލް ހިނިތުންވުން ވުމެއް ހަދިޔާ ކޮއްލަމުން ތެދުވިއެވެ.
” މަންމާ އަޅުގަނޑު މިދަނީ މާޔާ މެން ގެޔަށް އިނގޭ ” ޖީބުގައި އޮތް ފޯން ހިފައިގެން ބޭރަށް ނުކުން ނަމުން ވިޝާލް ބާރަށް އެހެން ބުނެލީ މަންމަ ހުރީ ދުރުގަ ކަމަށް ވުމާއި އެކު ތަން ކޮޅެއް ބާރަށް ބުނުމުން އަޑު އިވޭނެތިއެވެ. ކުޑަކޮން ދުވެލާފަ ވިޝާލް ދިޔައީ ގަރާޖް ގަ އޮތް ކާރު ނެރޭށެވެ. ކާރަށް އެރުމުގެ ކުރިން އުޑު މައްޗަށް ނަޒަރު ހިންގާލީ ދުނިޔެ މަތި އަނދިރި ވަމުން އަންނާތީއެވެ. އޭރު އެ ބޯކަޅު ވިލާތަށް ދިޔައީ ދުނިޔެ ވަށާލަމުންނެވެ. ވިޝާލް ކާރަށް އެރީ ވިއްސާރަގަނޑު ބޯކޮށްލުމުގެ ކުރިން އޭނަ ދާން ބޭނުންވާ މަންޒިލްއަށް ފޯރާ ތޯއެވެ. ވިޝާލް ކާރަށް އެރި އިރު ވާރޭ ދިޔައީ ތުނިކޮން ވެހެމުންނެވެ. ކާރު ދުއްވާލީ ތަންކޮޅެއް ބާރަށެވެ. ދިހަ ވަރަކަށް މިނިޓުގެ ދަތުރަކަށް ފަހު ވިޝާލްގެ ކާރު ގޮސް މަޑު ކޮއްލީ ހެންވޭރު ޑޭޒީވިލާއަށެވެ. އޭރު ވިއްސާރަ ދިޔައީ ބޯ ކުރަމުންނެވެ. ކާރު ޕާކް ކޮއްފައި ކާރުން ބޭރަށް ނުކުމެ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގައިލިއެވެ. ގޭގެ ގޯތިތެރޭ ހައްދާފައި ވަނީ ބޮޑު ބަގީޗާއެކެވެ. ބަގީޗާގެ ތެރެއިން ގޮސް ގެޔަތެރެއަށް ވަދެވެން ވަކި މަގެއް ހަދާލާފައިއޮތެވެ. ވިޝާލް ދުވެލާފައި ގޮސް އެ ގޭގެ ދޮރު މައްޗަށް ހުއްޓި ބެލް އަޅައިލިއެވެ. އޭރު މުޅިމީހާ ވަނީ ތެމިފޯވެފައެވެ. އިރުކޮޅެއް ފަހުން މީހަކު އައިސް ދޮރު ހުޅުވިއެވެ.
.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Warah reethi story . adhives kury. Warah kiyaahithun indhaa nimuny . next part awas kohdhehcheyy.❤?
thank u maya..next part ves dhigu kohlevey tho balaanan…
Vrh reethi mi strii…. curiouslii waitin… mistakes ebahuri…hurilaiyy eh nun… laamu ebe fili… alif sukun..hurileh…godieyy… thaa sukuneh nun… ethanuga s innrnii alif sukuneh…godieh…hope yuh will correct them… nxt prt dhigu khlachey… ly…
thanks.. n thnkx for the advise..
Story is nice but pls pls thankolhe digu kodheeba… ???
thanks. yaa ill try my best