Skip to content
އެސްފިޔަ

އެހެނަސް…(2)

އެޕާރޓްމެންޓް ހުޅުވާލުމަށްފަހު މަލާކް ސޫޓްކޭސް ގެންގޮސް އޭނާގެ ނަންޖަހާފައިވާ ކޮޓަރީގައި ބެހެއްޓިއެެވެ. އަދި އެއަށްފަހު ކޮޓަރި ތަރުތީބުކޮށް ނިންމާލައިގެން އައިސް ކާއެއްޗެއް ހެދުމުގެ މަސައްކަތް ފެށިތަނާ ބެލް ޖެހެންފެށިއެވެ. “ހެއި…އައިއެމް ނުހާ..ނައިސް ޓު މީޓް ޔޫ..ރާއްޖެ ކުއްޖެއްދޯތީ؟” ކުރިމަތީގައިހުރި އަންހެންކުއްޖާ ރީތި ހިނިތުންވުމަކާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަލާކްވެސް ސަލާމްކޮށްލއެވެ.

 

ނުހާ ކޮޓަރި ރަމަތަ ކުރަމުން ދިޔައިރު މަލާކްވެސްއޭނާއަށް އެހީވިއެވެ. ދެމީހުންއެކުގައި ހަވީރުގެ ސަޔަށް ސޭންޑްވިޗް ތައްޔާރުކޮށްލައިގެން ތިބެ އެތައް ވާހަކަ ތަކެއް ހިއްސާކުރިއެެެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެމީހުންވެސް ގާތްއެކުވެރިންނަށް ވެއްޖެއެވެ. އެޕާރޓްމެނޓްއަށް އަންނަ އަނެއް ކުއްޖާއައީ ވަރަށް ދަންވި ފަހުންނެވެ. އީމާގެ މިޒާޖު އަނެއް ދެކުދިންނާއި ތަފާތު ވިނަމަވެސް އޭނާވެސް އެމީހުންނާއި ވާހަކަ ދައްކާލަށް އިރުކޮޅަކު މަޑު ކުރުމަށްފަހު ނިދަންވަނެވެ.

 

ނިދުމުގެ ކުރިން މަލާކްވެސް މަންމަމެންނާއި ވީޑިޔޯކޯލް ކޮށްލައިގެން ދަތުރުގެ ވާހަކައާއި ތަނުގެ ވާހަކަ ހިއްސާކުރިއެވެ. މާދަމާއަކީ ކޮލެޖަށް ނުކުންނަން ޖެހޭ އެންމެ ފުރަތަމަ ދުވަސްކަމުން މަންމަވެސް އޭނާ އަވަހަށް ނިދުމަށް ނަސޭހަތްތެރިވެ އެފުރުސަތު ދިނުމަށް ފޯންބޭއްވިއެވެ. މަލާކްގެ ހިތްއަވަސްވެފައިވީނަމަވެސް އޭނާވެސް ވަރަށް ހިތްވަރުކޮށްފައި ނިދޭތޯބެލިއެވެ.

 

ފަތިސްނަމާދުގެ ބަންގީގެ އަޑަށް ތެދުވަން އަބަދުވެސް އާދަވެފައިވާ މަލާކް މިރޭވެސް ތެދުވެ އަވަހަށް ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ފިނިފިނި ފެނުން ހަށިގަނޑު ތާޒާކޮށްލިއެވެ. އަދި ނުކުމެ ފަތިސްނަމާދުކޮށްލައިގެން އަވަހަށް ތައްޔާރުވާންފެށިއެވެ. މެރޫންކުލައިގެ އަތްދިގު ރީތި މަތިކޮޅަކާ ކްރީމްކުލައިގެ ސްކިނީއެއްލުމަށްފަހު އޭނާގެ ފަަންއިސްތަށިގަނޑުގައި ހުޅިއެއްޖަހާ ހައްޔަރުކޮށްލިއެެވެ.އާންމުކޮށް މޭކްއަޕް ނުކުރިޔަސް ތުންފަތުގައި މަޑުފިޔާތޮށި ކުލައިގެ ލިޕްސްޓިކްއެއް ޖައްސާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަބަލާލުމަށްފަހު ދަބަސް ތެރެއަށް ފޯނުލައިގެން ނުކުމެ ކޮފީއެއް ހަދަންފެށިއެވެ. އެވަގުތު ނުހާއާއި އިމާވެސް ނުކުތުމާއެކު އެންމެން އެއްކޮން ކޮފީހަދައިގެން ބޯލިއެވެ.

އެންމެން އެކުގައިގޮސް ބަހަށްއެރިއެވެ. ކޮންމެ ކުއްޖެއްގެ ހިތުގެ ވިންދުވެސް ބަހުގެ ދުވެލިހާ އަވަސްވާން ފެށިއެވެ. ކޮލެޖުގެ މައިގޭޓުން ވަންނަމުން މަލާކް މުޅި ތަނަށް ލޯ ހިންގާލިއެވެ. އޭނާގެ މުސްތަޤްބަލްގެ ފެށުމަކީ މިއީކަމުގައި ދެކިގެން ކޮލެޖުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ.

 

ހުރިހާ ބިގިނާރސްއާއި ޑީންމުޚާތަބު ކުރަމުން ދިޔައިރު އޭނާގެ ގާތުގައި އަލޫކްވެސް ހުއްޓެވެ. މަލާކްގެ ކަޅި ދޭތެރެ ދޭތެރެއިން އަލޫކަށް ހުއްޓެމުން ދިޔަނަމަވެސް އަލޫކް އެއްވެސް މީހަކަށް ބެލުމެއްނެތި އިސްޖަހައިލައިގެން އިނެވެ. އަލޫކްގެ ކަންފަތް ބުޑުގައި ޑީންކޮންމެވެސް އެެއްޗެއް ބުނެލުމާއެކު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން ދިޔައެވެ. މަލާކްގެ ހިތަށް ގޮތްނޭނގޭ އިޙްސާސެއް ވިއެވެ. ނޭނގޭ ސަބަބު ތަކަކާއި ހުރެ އަލޫކް ފެންނާނެ އިރަކަށް މަލާކަށް އިނއތިޒާރު ކުރެވެން ފެށުނެވެ.

 

ފުރަތަމަ ދުވަސްކަމުން މާބޮޑު މަސައްކަތްތަކެއް އަދި ފިލާވަޅުތކެއް ނުދެއެވެ. ތިޔަރީގެ ބަޔާޢީ އެއްވަރަށް ޕްރެކްޓިކަލް ބައިވެސް އަންނާނެ ކަމުގެ މަޢުލޫމާތު ލިބުމުން ހުރިހާކުދިންވެސް ތިބީ ހިތްއަވަސްވެފައި ނަމަވެސް އެކަންކަން ތަޖުރިބާކޮށްލަން ބޭނުންވެފައެވެ.

 

ކޮލެޖު ނިންމާލުމަށްފަހު ނުހާއާއި އީމާ ގެއަށް ދިޔުމުން މަލާކް ދިޔައީ ފިހާރައަކަށެވެ. ގަންނަންޖެހޭ ބައެއް ސާމާނު ހުރުމާވެސް އެކުގައެވެ. ރޭގަނޑު ކަމުން ކުޑަކޮށް ޖެހިލުންވިނަމަވެސް ވިޔަފާރިކޮށްލައިގެން، އަވަހަށް އެންމެ ކައިރީގައި ހުރި ބަސް ސްޓޮޕަށް މިސްރާބު ޖެހިއެވެ.

 

އެޕާރޓްމެންޓްގެ ފުރަތަމަ ފަންގިފިލާގެ  ސިޑި ގޮޅިއާއި ހަމަޔަށް މަލާކަށްދެވުނު އިރު، ސިޑީގެ ހަރުފަތްމަތީގައި މީހަކު އޮތެވެ. ކައިރީގައި ރާފުޅިއެއް ހުރުމުން މަސްތުވެގެން ދެމިފައި އޮތް މީހެއްކަމަށް މަލާކް ޔަޤީނާއި ގާތަށް ޝައްކުކުރިއެވެ. މަޑުމަޑުން އެހިސާބަށްގޮސް އެޒުވާނާގެ މޫނަށް ބަލާލުމާއެކު އޭނާއަށް ހީވީ މީހަކު މޫނުމަތީގައި އެއްޗަކުން ޖެހިހެންނެވެ. އަނގަހުޅުވާލިގޮތަށް ޤަބޫލުވެސް ނުކުރެވިފައި އޭނާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. އަލޫކް މިފަދަ ގޮތަކަށް ފެނިދާނެ ކަމަށް އޭނާ އެއްގޮތަކަށްވެސް ހިޔެއްނުކުރިއެވެ. އިއްޔެ ފެނުނު ޒުވާނަކަށްޓަކައި މަލާކްގެ ހިތުގައި ވިންދެއް ޖަހާކަން އޭނާއަކަށްވެސް އިހްސާސެއްނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Khalidha

    Reethi❤…seems very interesting, keep up to date ingey plz

  2. Mekh

    Nunimey nujehiyas ingey nunimeykan??

  3. Shua

    Story reethi.. ekm thankolheh dhigu koh genesdhybh..

  4. Swety

    Vvvv nice mi part ves

  5. cuty

    Story varah nice vahtharu jahaa

  6. lotus

    V nice vaanehen heevanee.. waitin for the next part

  7. Faathimath

    v nice kn irakun next part

    1. Z A L 🐙
      Faathimath

      Very soon inshaallah

  8. mishy

    Vrh reethi… nxt prt kn irakun? Zelll ge 1st strii thr?

    1. Z A L 🐙
      mishy

      Yes my first online story, but i got 3rd place last year NationalDhivehiStoryWriting Competition ge under 18 inn?.
      Thanks mishy

  9. Yumi

    Story v reethi but maabodhaves kuree next part dhigu kohlaane kamah umeedh kuran

  10. xuna

    very nice. 3 vana part kobaa

  11. Zelll

    Yup, my very first online vrhaka, and i’m also an Olevel student, so…still..i’ll try my best to upload it, thanks for the feedbacks, part 3 will be coming very soon and hope you all will like it, thanks for all the support❤
    Inshaallah, will make the next part better ingey

Comments are closed.