Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 04

Ushaali Level 810 Stories100 Comments100 Stories500 Comments
March 23, 2018 9 Mins Read
28 Comments

 

“ޕްލީޒް… ދެން ހުއްޓާލާ… ކޮންމެ ދުވަހަކު އަހަރެންނަށް ހަނދާންކޮށް ނުދިނަސް އަބަދުވެސް ހަނދާންކުރާނަން ޝިނާން އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް” ޖުމްލައިގެ ފަހު ބައިތައް ކިޔާލިއިރު ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް ހަނދާންވީއެވެ.

 

“މަންމީ!!!” ދެލޯ ފޮހެމުން ބަދިގެއަށް ވަދެގެން އައި މިޝްކު ފެނުމުން ރިމީޝާ ކުރަން ހުރި ހުރިހާ މަސައްކަތެއް ބެހެއްޓުމަށްފަހު މިޝްކު އުރާލިއެވެ.

“އަދި ހަނދާންނެތިފައޭ މިހުރީ. މިރޭ ކެއުމުގައި މިގޭ ވެރިން ބައިވެރިވާނެ. އެމީހުން ހަވީރު މިކޮޅަށް އަންނާނީ. ދެން ކެއްކުމުގެ ކަންތައް އެހާ އަވަހަށް އެމީހުންނަކަށް ހަމައެއް ނުޖެއްސޭނެއްނު. ރިމީ އަށް އެހީވަން ބޭރުން މީހަކު ގެންނަންތަ؟  ބަދިގެއިން ނިކުންނަން ދިޔަ ޝިނާން ފަހަތަށް އެނބުރިލުމަށްފަހު މިޝްކު ކޮނޑުމަތީގައި ބާއްވާލައިގެން ކޮޅަށް ހުރި ރިމީޝާއަށް ބަލާލަމުން ބުނެލިއެވެ.

“ނޫން. އަހަރެންނަށް ވާނެ. އެހާ ބުރައެއް ނުވާނެއްނު” ރިމީޝާ ހީލާފައި ބުނެލިއެވެ.

 

މަޣްރިބް ނަމާދަށް ރިމީޝާ އެރީ ކައިރީގައި ދޮޅި އަޅުވާފައި މިޝްކު ވެސް ބަހައްޓައިގެންނެވެ. ރިމީޝާގެ ހަރަކާތްތަކާއި އެއްވަރަށް މިޝްކު ވެސް ނަމާދު ކުރަމުން ދިޔައެވެ. ސަލާން ދިނުމާއެކު ރިމީޝާ ލޯތްބާއެކު މިޝްކު އަށް ބަލާލިއެވެ. ހުދުކުލައިގެ ކުޑަ ބުރުގާކޮޅުގެ ތެރެއިން ފާޅުވާން ހުރި މިޝްކުގެ ކުޑަކުޑަ ދޮން މޫނުގެ އެކި ހިސާބުތަކުގައި ފާޅުވާން ހުރި ކުދިކުދި ދާތައް ފެނުމުން ރިމީޝާ އަވަސް އަވަހަށް ތެދުވެ މިޝްކު އުރާލައިގެން ގޮސް އެނދަށް އެރިއެވެ. އެކުޑަ މޫނުކޮޅުން ވަރުބަލިކަމުގެ ނިޝާންތައް ފެންނަން ހުރިއިރު ރަތްކުލައިގެ ކުޑަކުޑަ ތުންފަތް ވެސް ހުރީ ކުރަކި ވެފައެވެ.

“ކިހިނެއްވީ ބޭބީ” މިޝްކު އުނގުތެރޭގައި ބާއްވާލަމުން އަޅާފައި ހުރި ބުރުގާ ނަގާ އެނދުގެ އެއްފަރާތުގައި ބާއްވަމުން ރިމީޝާ ލޯތްބާއެކު އަހާލިއެވެ. އަދި އެނދުގެ އަނެއްފަރާތުގައި ހުރި މިޝްކު ގެ ހާއްސަ ފެންފުޅި ނަގާ މިޝްކުގެ ތުނބުގައި ޖައްސާލިއެވެ.

“މިޝްކޮ ވަރުބަލި ވަނީ. މަންމީ!! ކީއްވެތަ އަބަދު މިޝްކޮ ވަރުބަލިވަނީ” މައުސޫމް ބެލުމަކުން ރިމީޝާގެ މޫނަށް ބަލަހައްޓައިގެން އޮތް މިޝްކު އަހާލިއެވެ. ލޯތްބާއެކު ރިމީޝާ މިޝްކު އޭނާގެ މޭގެތެރޭގައި ބޮނޑިކޮށްލިއެވެ.

“އެއީ މިއަދު ދަރިފުޅު ނަމާދުކޮށްލަން ގިނައިރު ކޮޅަށް ހުރީމަ. ދެން ދަރިފުޅު އެނދުގައި އޮންްނާނީ ދޯ މަންމި ނަމާދުކުރާތަން ބަލަން” މިޝްކުގެ ކޮލުގައި ބޮސްދެމުން މިޝްކުގެ ހަށިގަނޑުގައި ގެނެސް މޭގައި ޖައްސާލަމުން ރިމީޝާ ބުނެލިއެވެ. އޭރު ރިމީޝާގެ ދެލޯ ވަނީ ކަރުނަތަކުން ފުރި ބާރުވެފައެވެ.

 

ސިޓިންގްރޫމް ސޯފާގައި މިޝްކު ކައިރީގައި ކުރެހުމެއްގައި ކުލަ ޖައްސަން އިން ރިމީޝާ ދޮރާއި ދިމާލަށް ބަލާލީ މިރޭ އަންނާނެކަމަށް ބުނި ޝިނާންގެ އާއިލާގެ ބައެއް މެންބަރުން އައިކަން އެނގުމުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލި ރިމީޝާއަށް އެންމެ ކުރީގައި ހުރި ޝިނާން ހިނިތުންވުމެއް ދިނެވެ. ރިމީޝާ ބޮޑަށް ދޮރު ހުޅުވާލުމާއެކު ޝިނާންގެ ފަހަތުން އެތެރެއަށް ވަން ޝަނުމް ފެނިފައި ރިމީޝާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އަދި ފަހަތުން ރިމީޝާގެ މަންމަ ފުރާގެ އަންހެނަކު ވަން އިރު އޭނާގެ އަތްމަތީގައި އަހަރަކަށްދާ ކުޑަކުޑަ ފިރިހެން ކުއްޖަކު އިނެވެ. އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުންދިޔަ ރިމީޝާގެ ހިތް ދެންމެ ދެންމެ ހުއްޓެން އުޅެނީޔޭ ހީވީ ދެން އޭނާގެ ލޮލަށް ފެނިގެންދާނެ އިންސާނާއަކީ ކާކު ކަން އެނގުމުންނެވެ.

ހުރިހާ މީހުން ސޯފާގައި އިށީނދެގެން ތިބިއިރު މަޑުމަޑުން ހިނގާލާފައި ރިމީޝާ ވެސް ދޮރާއި ފުރަގަސްދީގެން ގޮނޑި ކައިރީގައި ކޮޅަށް ހުއްޓެވެ. ޝަނުމް އާއި ރިމީޝާ އެކަކު އަނެކަކަށް އެނގޭތީ އެދެމެދުގައި މާބޮޑު ބީރައްޓެހި ކަމެއް ނެތްކަން އެކަކު އަނެކަކަށް ބަދަލުކޮށްލާ ހިނިތުންވުމުން އެނގޭއެވެ.

“ރިމީ!… މަންމަ އާއި ބައްޕަ އަދި ދައްތަމެންގެ އިތުރުން މީ އަހަރެންގެ ފެމެލީގައި ތިބި މީހުންނަކީ. މީ ޒާއިރާއްތަ. އަހަރެން ކިޔަނީ ޒާއްތަ. މީނީ ޝަނުމް. އަދި އަންނާނެ އެކަކު” ޝިނާން ރިމީޝާ އަށް އޮޅުންފިލުވާދެމުން ދިޔައިރު ވެސް ރިމީޝާގެ ހިތަށް ހަމަޖެހުމެއް ނުލިބޭއެވެ. ޝިނާންގެ އާއިލާ އަކީ މީކަން ކުރިން އެނގުނު ނަމައޭ ހިތަށް އަރަމުން ދިޔައިރު އިރުކޮޅަކާއި އެތް އަތްތިލަ އަނެއް އަތްތިލަ އާއި މޮޑެލައެވެ.
“އަނހަ އެއައީ އަޔާ” ޝިނާން އެހެން ބުނި އަޑަށް ހަމަޖެހުން ގެއްލިފައި ހުރި ރިމީޝާ ލަސްލަހުން އެދިމާލަށް ބަލާލިއެވެ. ފޯނެއްގައި ހުރެ ދޮރުން ވަދެގެން އައި އައްޔަދު ފެނި ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މީގެ އަށް އަހަރު ކުރިން ފެނުނު އަޙްޔަދާއި މިހާރު ރިމީޝާގެ ކުރިމަތީގައި ފެންނަން ހުރި އައްޔަދު ހާސްބައި ތަފާތެވެ. އޭރުގައި މޫނުމަތީގައި ފެންނަން ހުރި މައުސޫމް ކަން ނެތި މިހާރު މީހާ ހުރީ މުޅިން ހަރުވެފައެވެ. ގަޔަށް ހިފާލާފައިވާ ނޫކުލައިގެ ޓީޝާޓުން އައްޔަދުގެ ބައިމަތި ފުޅާ ހަށިގަނޑާއި ކޮނޑުން ތިރިއަށް ހުރި ފަން އިސްތަށިގަނޑު ރިމީޝާގެ ލޮލުގައި އަޅައިގަތެވެ. ހަށިގަނޑަށް އިތުރު ދޮންކަމެއް އައިސްފައި ވާއިރު އޭނާގެ ހައިބަތު އަތުގައި ޖަހާލާފައިވާ މަސްތަކުން ހާމަވެއެވެ. ކަކުލުން ތިރިއަށް ހުރި ކަޅު ކުލައިގެ ސޯޓްގެ ތެރެއަށް ކަންފަތުގައި ޖަހައިގެން ހުރި ފޯން ކޮށްޕާލުމަށްފަހު އައްޔަދު ނަޒަރު ސީދާކޮށްލީ ކުރިމަތީގައި ހުރި ރިމީޝާ އަށެވެ. ރިމީޝާ ފެނުމުން އެންމެ ފުރަތަމަ އަޙްޔަދަށް ނަގައެއް ނުގަނެވުނެވެ. ނަމަވެސް އޭނާގެ ސިކުނޑީގެ ކަނަކުން އެމޫނަކީ އޭނާ ދަންނަ މޫނެއްކަން އަންގައިދޭން މަސައްކަތްކުރާ ކަހަލައެވެ. ދެލޯ ކުޑަކޮށްލައިގެން ރިމީޝާއަށް ބަލަން ހުރުމަށްފަހު އައްޔަދުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކުރިމަތީގައި ހުރީ ކާކު ކަން އެނގުނީ ކަންނޭނގެއެވެ. ތިރިއަށް ފުޅާކޮށް ހުރި ހުސް ކަޅުކުލައިގެ ދިގު ހެދުމާއެކު ގޯލްޑް ކުލައިގެ ޝޯލްއަކުން ބޮޑުބައެއް ނިވާކޮށްގެން ހުރި ރިމީޝާއަށް އައްޔަދު ވަރަށް ފަރުވާތެރިވެ ބަލާލިއެވެ. ރިމީޝާ އިސްޖަހާލީ އެ އިންސާނާ އާއި އޭނާ ހަތަރުކަޅި ހަމަކުރަން ބޭނުންނުވާތީއެވެ.

“ރިމީ!! މިގޭގައި” ރިމީޝާ އަށް ބަލާލަމުން އައްޔަދު ހީލާފައި ބުނެލިއެވެ. ރިމީޝާ އިސްއުފުލާލިއެވެ. އެއްޗެއް ބުނަން އަނގަ ހަރަކާތްކޮށްލި ވަގުތު ފަހަތުން ރިމީޝާގެ އުނގަނޑުގައި ބައްދާލި މިޝްކު ބުނި އެއްޗަކުން އައްޔަދަށް ހައިރާންކަމެއް ލިބުނަސް ހިނިތުންވެލިއެވެ.

“މީ މިޝްކޮގެ މަންމި. މަންމި އެބަހުރި އަޔާބެމެން އަންނަން ވާއިރަށް ވަރަށް މީރުކޮށް ކައްކާފައި. ދޯ މަންމި” މިޝްކުގެ ޅަ އަޑުން އެހެން ބުނުމުން ރިމީޝާ ބޯ ޖަހާލިއެވެ. އަދި ލޯތްބާއެކު މިޝްކު އަތްމައްޗަށް ނަގާ އުރާލިއެވެ. ކުއްލިއަކަށް ރިމީޝާގެ މިޒާޖަށް އައި ބަދަލު ޝިނާން އަށް ފާހަގަކުރެވުނެވެ.

“ޝިނާން ނުބުނޭ ވިއްޔާ ރިމީއާއޭ އިނދެގެން އުޅެނީ… އެނގޭތަ ރިމީ އަކީ އަހަރެންގެ ކްލާސްމޭޓެއް” އެއްފަރާތުގައި ވަކިން ހުރި ސޯފާ ގޮނޑީގައި އިށީންނަމުން އައްޔަދު ބުނެލިއެވެ. ޝިނާން ތެދެއްހާ އަހާލާ ކަހަލަ ގޮތަކަށް ރިމީޝާ އަށް ބަލާލިއެވެ.

“ހަމައެކަނި ކްލާސްމޭޓެއްތަ؟ ކީއްވެ އެއަށްވުރެ ބޮޑަށް ނުބުނީ. ހަނދާންނެތުނީތަ؟” ހިތަށް އަރަމުން ދިޔަ ޝަކުވާތަކާއެކު ރިމީޝާ އަޙްޔަދަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

“ރިމީ!! މީޓް މައި ފެމެލީ…. މީނީ ޒާއްތަ. ދެން އެނގެއެއްނު މީ ޝައްނު. އަނގަބޮޑު ޝައްނު. ދެން މީ ޑެޑީގެ ކުޑަކުޑަ ފުށްގަނޑު އައިކު.  ދޯ ދަރިފުޅު” ޒާއިރާގެ އަތުގައި އިން އަހަރަކަށްދާ ކުޑަކުޑަ ފިރިހެންކުއްޖާ ނަގާ މޫނުގައި ބޮސްދެމުން އައްޔަދު ބުނެލިއެވެ.

“ކީކޭ ދަރިފުޅޭ… އަޔާ!!!” ހިތުގައި ޖެހި ، ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރިމީޝާ ބުނަން ބޭނުންވި ޖުމްލަ ދުލާއި ހަމައަށް ނައެވެ. ބޭއިޚްތިޔާރުގައި ރިމީޝާއަށް ބަލާލެވުނީ ވައަތްފަރާތުގައި ހުރި ޝިނާން އަށެވެ. އޭރު ޝިނާން ވެސް ހުރީ ރިމީޝާއަށް ބަލަހައްޓައިގެންނެވެ. ޝިނާންގެ ދެލޮލުން ރިމީޝއަށް ފޮނުވާލި ސުވާލުތައް ފެނުނު ހިނދު ރިމީޝާ އިސްޖަހާލިއެވެ.

“ރަނގަޅަށް ތިއިވުނީ. މުޙައްމަދު އައިކު އައްޔަދު” ރިމީޝާއަށް ބަލާލަމުން އައްޔަދު ބުނެލިއެވެ. އައިކުގެ މޫނަށް ރިމީޝާ ރަނގަޅަށް ބަލާލީ އަދި ކިރިޔާއެވެ. އިސާހިތަކު ރިމީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައިކުގެ ތުއްތު މޫނާއި މުޅި ހަށިގަނޑު އޭނާ އަށް އެހެން މޫނެއް ހަނދާންކޮށްދީފިއެވެ. އައިކު ގެނެސް މޭގައި ޖައްސާ ބާރަށް ރޯލަން ހިތްއެދުނެވެ. ނަމަވެސް އޭނާ އެހުރިހާ ކަމެއް ހިންދާލަމުން އިސްޖަހާލިއެވެ.

“ޔުމްކޮ….” ރިމީޝާގެ އަނގައިން އެނަން ބޭރުވެގެން ދިޔައީ ފަހަތުން އައިސް ރިމީޝާގެ ކޮނޑުގައި އަތް ބާއްވާލި ޝިނާން ފެނުމުންނެވެ. ޝިނާން ވެސް ބޯޖަހާލިއެވެ.

“ކާން ތައްޔާރުކޮށްފައި ހުންނާނީ. ހަމަ ފަށަންވީ” ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ރިމީޝާ ބުނެލިއެވެ. ހުރިހާ އެންމެން ކެއުމަށް މޭޒު ކައިރިއަށް ޖަމާވެ ބިސްމީގެ ބަރަކާތުން ފެށިއެވެ. ރިމީޝާ ވެސް ތައްޓަކަށް ކުޑަ ބަތްކޮޅަކާއި ގަރުދިޔަކޮޅެއް އަޅައިގެން އަތުން މޮޑެލުމަށްފަހު މިޝްކު އަށް ކާންދޭން ފެށިއެވެ. އެހެން އިނދެ ވެސް އިރުކޮޅަކާއި ގަޔާވެގެން ކާން އިން އަޙްޔަދަށް ބަލާލައެވެ. ރިމީޝާގެ އެހުރިހާ ހަރަކާތެއް ބަލަމުން ދިޔަ ޝިނާން އެމަންޒަރުތައް އޭނާގެ ހިތުގައި ރައްކާކުރަމުން ދިޔައެވެ.

“ރިމީ ވާނެ އެނގޭ އެބަޔަށް މަދުމަދުން އަންނަން. އެހެންނޫނީ އަހަރެން ވަރަށް ފޫހިވާނެ. ދޮންބެ ވެސް ގިނަވަގުތު އުޅޭނީ ހޮސްޕިޓަލްގަ. އަހަރެން ކިޔެވުުން ހަމަޖެހެންދެން ވެސް ގޭގައެއްނު އިންނަން ޖެހޭނީ. ވަރަށް ފޫހިވާނެއްނު. އަންނައްޗެ” ރިމީޝާގެ އަތުގައި ހިފައިގެން ހުރި ޝަނުމް ހީލަމުން އެބައިން ނިކުތީ ނިދިފައި އޮތް އައިކު ކޮނޑަށް ލައިގެންނެވެ. އައްޔަދު ނިކުމެ ލިފްޓަށް އެރިއިރު ވެސް ފަސްއެނބުރި ރިމީޝާއަށް ބަލާނުލައެވެ. ރިމީޝާ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން މަޑު ހިނގުމެއްގައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރު ވެސް އޭނާ އަށް ބަލަން ހުރި ޝިނާން ނުފެންނަ ކަހަލައެވެ.

 

ނިދިފައި އޮތް މިޝްކުގެ މޫނުގައި ބޮސްދިނުމަށްފަހު ރިމީޝާ އެކޮޓަރި ދޮރުލާއްޕާލާފައި ނިކުތީ ލައިޓްގެ އަލި ފަނޑުކޮށްލާފައެވެ. މަޑުމަޑުން ގޮސް ރިމީޝާގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. މޫނުމަތި މިލާފައި ވީއިރު އެހިތް ވަނީ ޝަކުވާތަކުން ފުނިޖެހިފައެވެ. އަލަމާރި ކައިރީގައި ހުއްޓުމަށްފަހު އެއްފަރާތެއްގައި ބަހައްޓާފައި ހުރި ކަޅު ކުލައިގެ ކުޑަކުޑަ ބްރީފްކޭސް ނަގާ އެނދުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ރިމީޝާ ވެސް އެނދަށް އަރާ އިށީންނަމުން ބްރީފްކޭސް ހުޅުވާލިއެވެ. އޭގެ ތެރޭގައި އެތައް ވައްތަރެއްގެ ކަރުދާހާއި ރީތި ޑިޒައިންތަކުގެ ކާޑްތަކާއި އިތުރުން ފޮޓޯތަކެއް ވެސް ހުއްޓެވެ. އެހުރިހާ އެއްޗެހީގެ ތެރެއިން ވެސް ރިމީޝާ ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ކޮކާތަކެއް ޖަހާފައިވާ ޕާރހެކެވެ. އެ ޕާރސް ނެގުމަށްފަހު ރިމީޝާ އޭގައި ފިރުމާލިއެވެ. ލަސްލަހުން ޕާރސް ހުޅުވާލިއިރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ މީގެ އަށްއަހަރު ކުރިން އައްޔަދުގެ ދެއަތް ތެރޭގައި ހިނިތުންވެގެން ހުރި ރިމީޝާ އާއި އައްޔަދުގެ ފޮޓޯއެކެވެ. އެއީ އެކުވެރި ޒޯހަލް ގެ ފޯނުން އޭނާ ނަގައިދިން ފޮޓޯއެކެވެ. އެހިނިތުންވުން ފެނި މިއަދު ރިމީޝާގެ ހިތް ރޯލިއެވެ. އިޚްތިޔާރަކާއި ނުލާ ދެލޯ ފުރިގެން އައެވެ. ކަރުނަތައް ހުއްޓުވާކަށް ވެސް ރިމީޝާ މަސައްކަތެއް ނުކުރެއެވެ. އެއަށްފަހު ރިމީޝާ ޕާރސްގެ އެއް އަރިމަތިން ދެން ނެގީ ފަތްޖަހާލާއިވާ ގަނޑުކޮޅެކެވެ. އެގަނޑުކޮޅު ނިއުޅުވާލަމުން ރިމީޝާ އެއަށް ބަލާލިއެވެ. އެއީ ރިމީޝާގެ މުޅި ހަޔާތް ބަރުބާދު ކޮށްލި ގަނޑުކޮޅެވެ. އިންސާނެއްގެ އަތު ލިޔުމުން ލިޔެފައިވާ ލިޔުންކޮޅެއްގެ ސަބަބުން ދެވަނަ އިންސާނެއްގެ ހިތް ހަލާކުވާނެ ކަމަށް ވަންޏާ މިހާރު ރިމީޝާ އަތުގައިވާ ކަރުދާސްކޮޅުގައި ލިޔެފައިވާ ލިޔުންކޮޅުން އޭނާގެ ހިތް ހަލާކުވެ އަމިއްލަ އަށް މަރުވީސްކަން ކަށަވަރެވެ. ނަމަވެސް މައިންބަފައިންގެ ފަރާތުން އޭނާ އަށް ލިބިފައިވާ ތަރުބިއްޔަތު އޭނާ ނަފްސުގެ މައްޗަށް ގަދަކުރިއެވެ.

“ސޮރީ ރިމީޝާ. އަހަރެން ރިމީދެކެ ކިތަންމެ ލައިކް ވިޔަސް މި ގުޅުން ކުރިއަށް ގެންދިޔައީ ސީރިއަސްކޮށެއް ނޫން. އަހަރެން ބޭނުމެއްނޫން ރިމީ އާއި އެކުގައި އުޅެން. އަހަރެން މިދަނީ ފުރަން. އަހަރެންނަށް އިންތިޒާރުނުކުރާތި. އަހަރެންނަށް އެނގޭ އަހަރެންނަށް ވަނީ ރިމީގެ އިއްފަތްތެރިކަން ނަގާލެވިފަކަން. އެކަމަށްޓަކައި މާފްކުރޭ…. – އައްޔަދު-”

އެ އިބާރާތްކޮޅު ކިތަންމެ ކުރުވެފައި ސާދާ ވިޔަސް އެއީ މީގެ އަށްއަހަރު ކުރިން ރިމީޝާގެ ހިތް ކަތިލާލި އިބާރާތްކޮޅެވެ. އަދިވެސް ރިމީޝާ އެ އުޅެނީ އެކަމުން އަރައިނުގަނެވިގެންނެވެ. އެކަމުގެ ސަބަބުން ރިމީޝާ ކުރިމަތިލާން ނުޖެހެނީ ކޮންކަމަކާ ހެއްޔެވެ؟ މުޅި ރަށަށްް ބޭޒާރުވާން ރިމީޝާ ދޫކޮށްލާފައި އައްޔަދު ފިލީ އެވެ. ހިތާމައަކީ އައްޔަދުގެ ފަރާތުން ރިމީޝާ ހިތުގައި ޖެހޭ ކިތަންމެ ކަމެއް ފެނިފައި ވިޔަސް އަދިވެސް އެހިތް އެދި ގޮވަނީ އަޙްޔަދަށް ކަމެވެ.

“އެއީތަ ރިމީގެ ލޯތްބަކީ؟ ތެދަށް ބުނައްޗެ” ހެޑްބޯޑުގައި ލެގިލައިގެން ދެލޯމެރިފައި އިން ރިމީޝާ ސިހުނީ ދާދި ކައިރިން އިވުނު ޝިނާން ގެ އަޑުންނެވެ. އަތުގައި އޮތް ގަނޑުކޮޅު އަތްތިލަ ތެރޭގައި ބޮނޑިކޮށްލަމުން ރިމީޝާ ބަލާލީ ޝިނާން ގެ މޫނަށެވެ. ރިމީޝާގެ ރޮވިފައިވި ދެލޯ ފެނި ޝިނާންގެ ހިތުގައި ރިއްސާލިއެވެ. އެދެލޮލަށް ބަލަން ޝިނާން އަށް ކެތްނުވުމުން ރިމީޝާގެ މޫނުން ނަޒަރު ވަކިކޮށްލާ ކަޅި ހުއްޓާލީ ދުރަށެވެ.

“މިވީ އަށްއަހަރު ދުވަސްތެރޭ އަހަރެން އެއްވެސް ވަރަކަށް މިވަރަށް ވެސް އަހާނުލަން. ރިމީގެ އިހުސާސްތަކަށް އަހަރެން ގަދަރުކުރަން. އެހެންވެ އެހިތާމަތައް ރިމީ އަބަދުވެސް ކުރާއިރު އަހަރެން ސުވާލެއް ވެސް ކޮށްނުލަނީ” އެނދުކައިރީގައި ހުރެ ޖީންސްގެ ދެޖީބަށް އަތް ޖަހާލަމުން ޝިނާން ބުނެލިއެވެ.

ކަރުނަވީ ދެލޮލަކުން ޝިނާންގެ މޫނަށް ބަލަން އިން ރިމީޝާ ދެއަތުން ލޯކައިރި ފޮހެލިއެވެ.

“އަޅާނުލާ. ހަމަ ރޮވުނީ އެދުވަސްތައް މަތިން ހަނދާންވެފަ. ހިތާމައަކީ މިހާ ދުވަސް ވީއިރު ވެސް އެލޯބިމަތިން ހަނދާން ނައްތާނުލެވުނުކަން. އެހެންމީހަކު ދެކެ ލޯބިވާ ވާހަކަދައްކައިގެން އަހަރެން ޝިނާންގެ ހިތަށް ތަދުކުރާކަށް ބޭނުމެއްނޫން” ރިމީޝާ އިސްޖަހާލަމުން ބުނެލިއެވެ.

“ރިމީ އެއްބަސް ނުވިޔަސް މިހާރު ވިސްނިއްޖެ. ހުރިހާ އެއްޗެއް ފެނިއްޖެ. އަތުގައި ތިއޮތް ފޮޓޯ.. ރިމީގެ ލޯބި ރިމީއަށް ހޯދާދިނުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އިންޝާﷲ” ގަނޑުކޮޅު ފޮރުވާފައި އޮތް އަތް ނޫން އަނެއް އަތުގައި އޮތް ޕާރހަށް ބަލާލަމުން ޝިނާން ބުނެލިއެވެ. ދޮރާއި ދިމާލަށް ދާން ފެށީ ދެން އެހިތަށް ކެތްނުވާނެކަން އެނގުމުންނެވެ.

“ނޫން… ނޫން…. ފަހަރެއްގައި ވެސް އަހަރެންގެ ވިސްނުން ހުރީ ޝިނާން ހިތް ރޮށްވާލާކަށް ނޫން. މިހުރިހާ ދުވަހު ވެސް އަހަރެން ކެތްކުރިން. އަދިވެސް ކެތްކުރާނަން” ހިނގާފައި ދިޔަ ޝިނާންގެ ދެއަތް ދަށުން އަތްލައްވާލަމުން ރިމީޝާ ތަތްވެލީ ޝިނާންގެ ބުރަކަށީގައެވެ. ދެލޯ މަރާލަމުން އިރުކޮޅަކު ހިމޭންކަން ޝިނާން އިހްތިޔާރުކުރިއެވެ. އެއަށްފަހު ރިމީޝާގެ ކަރުނައިގެ ހޫނުކަން ލައިގެން ހުރި ތުނި ގަމީހުގެ މަތިން ބުރަކަށްޓަށް އިހުސާސް ވުމާއެކު ޝިނާން ރިމީޝާއާއި ވީ ކޮޅަށް އެނބުރލިއެވެ. އަދި ރިމީޝާގެ ކަރުނަތައް ޝިނާންގެ އަތުން ފޮހެދިނެވެ. ރިމީޝާގެ ކޮނޑުގައި މަޑުމަޑުން ހިފައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. ކުއިލްޓުން ރިމީޝާގެ ހަށިގަނޑުން ބޮޑު ބައެއް ނިވާކޮށްދިނުމަށްފަހު ރިމީޝާގެ ބޮލުގައި ފިރުމާލިއެވެ.

“މިރޭ ދެން އަރާމުކޮށްލާ…. އަބަދުވެސް ހަނދާންކުރައްޗެ އަހަރެންގެ އުފަލަށް ވުރެ ވެސް ބޮޑަށް އަހަރެން އިސްކަމެއް ދޭނީ މިޝްކުގެ މަންމިގެ އުފަލަށްކަން” ހީލާފާއި ސަމާސާވެރި ރާގެއްގައި ޝިނާން ބުނެލިއެވެ. ތެދުވެގެން ދާން އުޅުނު ޝިނާންގެ އަތުގައި ރިމީޝާ ހިފާލިއެވެ.

“އިޓްސް އޯކޭ… މިރޭ މިޝްކޮގެ ހުރިހާ ކަމަކާއި އަހަރެން ހަވާލުވެއްޖައިން. މިޝްކޮގެ ބައްޕި ވެސް ކޮންމެސް ކަމެއް ކުރިޔަދީބަލަ” ހީލާފައި ޝިނާން ނިކުންނަން ދިޔަ މަންޒަރު ބަލަން ރިމީޝާ ބަސްއަހައިގެން އެނދުގައި އޮތެވެ. އައްޔަދުގެ ހިޔާލުތައް ހަފަރާތުން ވަށާލާ ރިމީޝާގެ ހިތަށް ދެވަނަ ފަހަރަށް ތަދުކޮށްލީ ކޮޓަރީ ހަތަރުފާރުން އެތެރޭގައި ރިމީޝާ އެކަނިވުމުންނެވެ.

އަޙްޔަދަކީ ރިމީޝާގެ އަލަތު ލޯތްބެވެ. އެކީގައި ދިރިއުޅުމަށް ބޭނުންވި ހަމައެކަނި ފަރާތެވެ. ދުވަހަކު ވެސް ދޫކޮށްނުލާނެ ކަމަށް ހީކުރެވުނު ފަރާތެވެ. ޖަންނަތުގައި ވެސް އެކީގައި ވުމަށް އެދެވުނު ފަރާތެވެ. އެކަމަކު އެންމެ ބޭނުންވި ވަގުތުގައި އެހެން މާބުރުތައް ފަދައިން ފޮނިކޮޅު ބޯލުމަށްފަހު ދުވެ ފިލީއެވެ. އެފަރާތެއްގެ ފަރާތުން ދުނިޔޭގެ ހުރިހާ އުފަލެއް ބޭނުންވި ދަނޑިވަޅުގައި އޭނާ ބޭނުންވީ ހަމައެކަނި ވަގުތީ އުފަލެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟ ފުރަގަސްދީފައި ދިޔައިރު އެންމެ ކުޑަމިނުން ދިޔައީ ކޮން ސަބަބަކާއި ހުރެ ކަމެއް ވެސް ބުނެނުލައެވެ. ރިމީޝާގެ އަތުގައިވާ އެންމެ އަގުބޮޑު ހަދިޔާ ފޭރިގަތުމަށްފަހު އަނެއް ފަރާތަށް އެނބުރުނީ ދެން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއް ކަމާމެދު ވިސްނާވެސް ނުލައެވެ. ހިތުގައި އުފެދުނު ގިލަންވެރި ކަމެއްގެ ސަބަބުން ރިމީޝާ އަށް ރޮވެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ބާލީސް މޫނުމަތީގައި އެޅީ އެހިޔާލުތަކުން ދުރުވެވޭތޯއެވެ.

 

ހެނދުނުއްސުރެން އުޑުމަތީގައި އެނބުރެމުންދިޔަ ކަޅުވިލާތައް އެކަތިގަނޑަކަށްވެ ވާރޭ އޮށްސާލީ މެންދުރު ބަންގި ދިން ވަގުތުގައެވެ. ވައި ނުޖެހުނެއް ކަމަކު ބޯކޮށް ވާރޭ ވެހެމުން ދިޔައީ ކައިރީގައި ހުންނަ މީހާ ވާހަކަދައްކާ އަޑު ވެސް އަނެއް މީހާ އަށް ނީވޭ ވަރަށެވެ. ވެހެމުންދާ ވާރޭގެ ސަބަބުން ފުސްކަމެއް އައިސްފައިވާ މާލޭގެ މަގުމައްޗަށް ބަލަހައްޓައިގެން އައްޔަދު ހުރިއިރު އޭނާގެ އެއް އަތުގައި އާވިއަރަމުންދާ ކޮފީތައްޓެއް ހުއްޓެވެ. ހުޅުވާލާފައިވާ ކުޑަދޮރު ލައްޕާލުމަށްފަހު އެނބުރު އައްޔަދު ސިހުނީ ފަހަތުގައި ހުރި ޒާއިރާ ފެނުމުންނެވެ. ޒާއިރާ އަށް ހިނިތުންވުމެއް ދިނުމަށްފަހު އައްޔަދު އިށީނީ ކޮޓަރި ތެރޭގައި ހުރި ބޮޑު ސޯފާގައެވެ.

“ހާދަ ހީވެޔޭ ޒާއްތަ ވާހަކައެއް ދައްކަން އުޅެޔޭ” އައްޔަދު ކައިރީގައި މަޑުމަޑުން އިށިން ޒާއިރާ ފެނުމުން ހީލާފާއި އައްޔަދު ބުނެލިއެވެ.

“ކޮބާ އައިކު؟” އަތުގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލަމުން އައްޔަދު ޒާއިރާ ކުރެން އަހާލިއެވެ.

“ޝައްނު ވެއްޖެ ގޮވައިގެން އޭނަގެ ކޮޓަރީގަ” ޒާއިރާ ބުނެލިއެވެ.

“ދެން ބުނެބަލަ. އެކަމަކު އެވާހަކައެއް ނޫން. އެވާހަކަ އަހަރެން ކައިރީގައި ޒާއްތަ ކިތަންމެ ވަރަކަށް ދެއްކިޔަސް ބުނެލަން އޮތީ ހަމަ ނޫނެކޭ. ޖަނާން މަތިން އަަހަރެންނަށް ހަނދާންނައްތައެއް ނުލެވޭނެ” ޒާއިރާ ވާހަކަދެއްކުމުގެ ކުރިން އައްޔަދު ދުރަށް ބަލަހައްޓައިގެން އިނދެ އަބަދުވެސް އޭނަ ކަނޑައަޅާ ޝަރުތު ކަނޑައެޅިއެވެ.

“އެކަމަކު ދަރިފުޅާ! އަޔާ ކިތަންމެ ދުވަހަކު އިންތިޒާރު ކުރިޔަސް ޒާއްތަގެ ހިތެއް ނުބުނޭ ޖަނާން އެނބުރި އަންނާނޭ. ދަރިފުޅާއި މެދު އޭނަ ކަންތައްކުރި ގޮތް މިހާ އަވަހަށް ހަނދާންނެތުނީތަ؟” ޒާއިރާ މަސައްކަތްކުރީ އޯގާތެރިކަމާއެކު ވިސްނާދީގެން އައްޔަދުގެ ވިސްނުން ބަދަލުކުރުމަށެވެ. ނަމަވެސް އައްޔަދުގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރުތަކުން ޒާއިރާ ދައްކަމުން އެދާ ވާހަކަތަކާއި ގަޔާވާހެނެއް ހިއެއް ނުވޭއެވެ.

“ދަރިފުޅު ވިސްނާލަބަލަ. އައިކު އަށް އަދި މިވީ އެންމެ އަހަރެއް. އެކުއްޖާ ވިހާފައި ބޮލަށް ޖަހާފައި ފިލައިގެން ޖަނާން ދާނެތަ ތިދެބަފައިންނާއި ދޭތެރޭ އޭނަ ވިސްނާލާނަމަ” ގޮތްދޫކުރުމެއްނެތި ޒާއިރާ ވާހަކަދައްކަމުން ދިޔައެވެ.

“ޖާން އަށް ކޮންމެސް ކަމެއް ދިމާވީއޭ އަހަރެންގެ ހިތް ބުނަނީ. އަދި އަންނާނެ ޖާން. ޖާން އަހަރެން ދެކެ ވެސް އަދި އައިކު ދެކެ ވެސް ލޯބިވާނެ” ޒާއިރާ ދައްކަމުން ދިޔަ ވާހަކަތަކަށް އައްޔަދުގެ ސިކުނޑި އެއްބައި ވިޔަސް އޭނާ ފާޅުގައި ދެކޮޅު ހަދަމުން ދިޔައެވެ. ވާނީ ވެސް އެހެންތާއެވެ. ހަނދާން ނައްތާލަން އުނދަގުވި ލޯތްބެއް އޭނާ އަށް ވެވުނު ހަމައެކަނި ފަރާތަކީ ޖަނާނެވެ.

“ޒާއްތަ ހިތަށް އަރާ ކޮންދުވަހަކުންބާއޭ ޒާއްތައަށް ދަރިފުޅުގެ ތި ބަސްނާހާ ހިތަށް ވިސްނަދިނުމުގައި ކާމިޔާބު ވާނީ. ނިކަން ވިސްނާލަބަލަ. ތީ އަދި ދަރިފުޅުގެ ޒުވާން އުމުރު. ބޭކާރުގޮތުގައި ދުވަސްތައް ދުއްވާލަނީ ކީއްކުރަން” ޒާއިރާ އަދިވެސް މަސައްކަތްކުރީ އައްޔަދުގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.

“ޒާއްތަ އުއްމީދުކުރަން ދަރިފުޅު މިކަންތަކާއި މެދު ފުންކޮށް ވިސްނާލާނެކަމަށް” ޒާއިރާ އެކޮޓަރިން ނިކުމެގެން ދިޔައީ ދިފާއުގައި ވަކި އެއްޗެއް އައްޔަދު ނުބުނުމުންނެވެ.

ފާހާނާއިން މިޝްކު ފެންވަރުވައިގެން ނިކުތް ރިމީޝާ ސިހުނީ ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފޯނުގެ ޑިސްޕްލޭއަށް އަރާއިން މަންމަގެ ނަން ފެނުމުން ރިމީޝާ އެކޯލް ސައިލެންޓް ކޮށްލުމަށްފަހު އެންމެ ފުރަތަމަ ބެލީ ތުވާލި އޮޅާލައިގެން ހުރި މިޝްކު ހެދުމެއް ލެއްވޭތޯއެވެ. އަތްމަތި އަވަސްކޮށްލުމަށްފަހު ރިމީޝާ މިޝްކު ގައިގާ ކުޑަ ކޮލޯން ކޮޅެއް ހާކާލުމަށްފަހު ހެދުމެއް ލައްވާ އެނދުގައި ބައިންދާފައި މިޝްކުގެ އަތަށް ގެނެސްދިނީ އޭނާ ގެންގުޅޭ ކުދި ވާހަކަފޮތްތަކެވެ. އެއަށްފަހު ރިމީޝާ ފޯނު ހިފައިގެން އައިސް މިޝްކު ކައިރީގައި އެނދުގައި އިށީނެދެލިއެވެ. ވަގުތަކީ އިރުއޮށްސެންދާ ވަގުތަށް ވުމާއެކު ހުޅުވާލާފައި ހުރި ކުޑަދޮރުން ވަރަށް ރީއްޗަށް އޮށްސެމުންދާ ރަތްވިލާތައް ފެންނަން ހުއްޓެވެ.

“ލައްބަ މަންމާ” އެކޮޅުން ފޯނު ނެގުމާއެކު ރިމީޝާ އަބަބުވެރިކަމާއެކު ބުނެލިއެވެ.

“ދަރިފުޅާ!! ނާއީ މީހަކާއި އިންނަން ވާއިރަށް ދަރިފުޅަށް ނާދެވޭނެތަ؟” އެކޮޅުން އަލްވީރާ ބުނެލިއެވެ.

“ނޫނޭ މަންމާ. ނާއީ މެރީކުރާއިރު އަޅުގަނޑު ނުހުރެ ނުދާނެއްނު. އަޅުގަނޑު ދާނަން އިރާދަކުރެއްވިއްޔާ. އެކަމަކު މަންމާ! ޝިނާންގެ އާއިލާގެ އެހެން ބައެއް ވެސް މިހާރު އެބައުޅޭ. ފަހަރެއްގައި އެމީހުން ދާން ބޭނުންވިއްޔާ ކިހިނެއް ހަދާނީ” އަނެއް ކަންފަތަށް ފޯނު ބަދަލުކޮށްލަމުން ރިމީޝާ ބުނެލިއެވެ. އިރުކޮޅަކާއި ރިމީޝާ ކައިރީގައި އިން މިޝްކުގެ ކޮލުގައި ލޯބިން ހިފާލަނީ މިޝްކު ރިމީޝާއަށް ބަލާލާފައި ހިނިތުންވެލާތިއެވެ.

“އެހެންތަ؟ އެއީ ކޮންބައެއް؟ އެމީހުން އަންނަން ބޭނުމިއްޔާ މަންމަ އަށް މައްސަލައެއްނެތް. ބައްޕަގެ ވެސް މައްސަލައެއް ނޯންނާނެ ތިކަމުގަ” އެކޮޅުން އަލްވީރާ ބުނެލިއެވެ.

“މަންމަ އަށް އެމީހުން އެނގޭނެ. ހަނދާންވޭތަ އުޅުނެއްނު ޒިންދުދައްތަ. ވަރަށް ދުވަހު އުޅެފައި އެމީހުން އެދިޔަ ތަނަކަށް ދިޔައީ…” ދުރު ހަނދާނެއް އަލްވީރާ އަށް އާކޮށްދެމުން ރިމީޝާ ބުނެލިއެވެ.

“އެހެންތަ؟ މިހާރު ހަނދާންވެއްޖެ ކަންނޭނގެ ދަރިފުޅު ތިހެން ބުނީމަ. ދެން މައްސަލައެއްނެތޭ. މިވަގުތު ބާއްވަނީ އެނގޭ ދަރިފުޅާ. މިޝްކު އާއި ޝިނާން އަށް މަންމަގެ ވަރަށް ސަލާން އެނގޭ”  އެކޮޅުން އަލްވީރާ ފޯނު ކަނޑާލުމާއެކު ހީލަމުން ރިމީޝާ ވެސް ފޯނު ދުރުގައި ބޭއްވިއެވެ.

“މަންމަ! ބަލާބާ މީ މިއްކޮމެންގެ ފެމެލީ” ހުދު ކަރުދާހެއްގައި ދަނޑި މީހުންގެ ތިން މީހުން ކުރެހުމަށްފަހު އެކި ކުލަތަކުން ކުރެހުން ފަވާލާފައި މިޝްކު ރިމީޝާއަށް އެގަނޑު ދައްކާލިއެވެ. އެގަނޑަށް ބަލާލުމަށްފަހު ރިމީޝާ ހީލާފައި މިޝްކުގެ ގައިގާ ބައްދާލިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޝީން (ތޭވީސް ވަނަ ބައި)

Next

ތަޤްދީރު (21)

Next
March 23, 2018

ތަޤްދީރު (21)

Previews
March 23, 2018

ޝީން (ތޭވީސް ވަނަ ބައި)

28 Comments!

  1. Ushaali says:
    March 23, 2018 at 4:45 pm

    salaam !! adhi kiriya aslu part mi up kohlevuny. hendhunu kiyuntheringe ihusaas thakaai egothah kulhelevunyma varah dheravehjje. aslu ves dhanvaru duty nimunu gadi v ma hama olhigen kurin genesfa in bayeh dhevana faharah genevuny. ushali ummydhu kuran kiyuntherin ushaali ah maaf kuraane kamah. 🙂

    mi baives kamudhaane kamah heekuran. dhn in part ves sunday ga genesdheynan. insha allah 🙂 🙂 mistake eh iniyya fahaga kolla dheythi 🙂

  2. araash says:
    March 23, 2018 at 4:54 pm

    V salhi..Stry up nuvgn indha ey up kury thi..V v v v salhi

    1. Ushaali says:
      March 23, 2018 at 5:00 pm

      wow araash… nice name 🙂 and thankyu 🙂

  3. Shann says:
    March 23, 2018 at 4:55 pm

    Wow ushaa… Hurihai readers ge hiythalhu vaalaafa mifaharu miothy rangalhu bai dhw…???… V v ves rythi mibaives… V kiyaahithun mihury anehbai… V ves rythikoh story kuriah thi gendhany…???????????????

    1. Ushaali says:
      March 23, 2018 at 5:01 pm

      yes miothy rangalhu part genesdheefa. and thankyu shann 🙂

  4. Sham says:
    March 23, 2018 at 4:58 pm

    V nice… Kn irakn next part

    1. Ushaali says:
      March 23, 2018 at 5:02 pm

      sunday ga. insha allah 🙂

  5. Swety says:
    March 23, 2018 at 5:11 pm

    Mi part ves vvvvv nice??????????

    1. Ushaali says:
      March 23, 2018 at 5:14 pm

      awwww… thankyu Swety 🙂

  6. Xxxx says:
    March 23, 2018 at 5:48 pm

    V.nice dear ??

    1. Ushaali says:
      March 23, 2018 at 8:17 pm

      thankyu Xxxx 🙂

  7. Pinky shifoo says:
    March 23, 2018 at 5:49 pm

    Wow ❤️❤️❤️… It’s awesome ???… Maasha Allah mi part vx v v v reethi ???… So shifoo guess ragalhu dhw ???… Shinaan ge bodubeybege 2 dharinnakee hama ayaa n ayaa ge kohkko ah hama mi veee… V interesting ingey ushaali mi story kuriah gendhaa goi ???… I really like it ???… Keep up the good work ???… Curiously waiting for the next part… Lots of love and take care ❤️❤️❤️???????????????

  8. Me says:
    March 23, 2018 at 5:58 pm

    Koniraku eynage iffaiytherikan gelley varuge kameh vy??

    1. Ushaali says:
      March 23, 2018 at 8:20 pm

      evves vahaka eh ga fathihun feshigen aneh rey ge fathihaa hama ah e vahakai ga ulhey myhun kuraa kanthah himanaafa veytha Me? vahaka kiyaa kudhin ves jeheyne dhw vahaka kiyamun dhaairu visnan. dhuvasthah faaithu vamun dhaa vahaka vahaka thakuga himanaafa hunnanya vahaka kiyaa kudhinnah ves engeyne dhw e dhuvas thakuga hunnaany lakka kanthathah hingaafa kan. e huriha kameh himanan vehjjiya vahaka akah mi nuvaanenu dhw….. 🙂 🙂

    2. Rana says:
      March 24, 2018 at 2:05 pm

      I agree with Me. Ingey hurihaa kameh nuhimanaanekan. Bit vaahakaehga vaa muhimmu kankan himenun kanne rangalhuvaanee

    3. Me says:
      March 25, 2018 at 9:41 am

      Fathihun feshigen Aneh reyge fathihaa hamayah vaa kanthah nuliyas evaru kameh hingiyyaa ingen vaane kanneyge knmes varakah in my view. kithanme gina dhuvahu rattehivegen ulhefa ves hurey dhuvahaku ekahala kameh nukoh ulhey kudhinves. so dhuvasthah kithanme faaith viyas kulliakah sity ehga ehn bunefa othyma ehaa eh nunkanneyge. vaahaka hadiekey nubunan. ekm ethankolhu faahagavyma bunely hama. <3 :*

  9. lotus says:
    March 23, 2018 at 5:58 pm

    V nice mi part vx.. hahthahaa story kiyaa hivvaa gothah mi vanee.. v interesting.. Dhen kihinebaa vaanee?

    1. Ushaali says:
      March 23, 2018 at 8:23 pm

      dhn vaa gotheh balan dhn in bayah kuda inthizaareh kollama dhw lotus 🙂 🙂

  10. Fai says:
    March 23, 2018 at 8:43 pm

    Vaahaka v Reethi Ushaali u are one & only best writer

    1. Ushaali says:
      March 23, 2018 at 10:13 pm

      thankyu Fai 🙂

  11. Lana❤ says:
    March 23, 2018 at 9:19 pm

    Wow v interesting mihaar v reethi emmefahun ayaa ge note ga oeh ehche lana egunii dw hiyy kudhi kudhi vehjje

    1. Ushaali says:
      March 23, 2018 at 10:14 pm

      thankyu Lana… yeah enguny dhw ayaa liyunu rahumu kuda basthah 🙂

  12. Aahkas says:
    March 23, 2018 at 9:48 pm

    Ushaali….yumko eiy kaaku tha….?..
    And varah salhi ingey …..next bayah keiy madhu vefa.

    1. Ushaali says:
      March 23, 2018 at 10:16 pm

      hehehe… Aahkas ah dhw yumko in than mi alhaigathy.. e kaaku kan kuriah huri bai thakun engeyne. kuda inthizaareh kollaa… and thankyu dear 🙂

  13. shanhaa says:
    March 24, 2018 at 12:10 am

    varah reethi hithah arani dhen kihineh baaye vaani dhen inthizaaru kuraani dhow

  14. Reader says:
    March 24, 2018 at 1:36 pm

    Ahyadhah eothee eyna ah haggu adhabu libifa dhw. Anyway story hama varah salhi .Waiting for sunday

  15. Shai says:
    March 24, 2018 at 2:08 pm

    Mivaahakaige 5 episode dhwmi 4 jehifa inee
    Stry varah reethi

  16. Beauty says:
    March 27, 2018 at 1:37 am

    ❤❤

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދިީ 05←


All Right Reserved!