Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 3

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
March 24, 2018 6 Mins Read
15 Comments

ހަބަރުހުސްވެގެން ގާސިމް ވެއްޓުމާއެކު ޖައިލަމްއާއި ލަޔަކް ހިތްވަރުކޮށްލާފައި ތެދުވިއިރު ދެމީހުން ތިބީ ސުވާލުތަކަކުން ބަނދެވިފައެވެ. ނަމަވެސް އޭރު ގާސިމްއަށް ވީ ކީއްކަމެއް, ނައީމާއަށް ވީގޮތެއް އެއިން މީހަކަށް ރޭކާވެސް ނުލައެވެ. އެހާބާރުސްޕީޑްގައި އައިސް ކުއްލިއަކަށް މަޑުކޮށްލުމުން ލިބުނު ސިހުމުގައި ޖައިލަމްއާއި ލަޔަކް ހުރީ ގުޑާލަންވެސް ނޭންގިފައެވެ.

“ބައްޕަ.. ބައްޕަ އަށް ކީއްވީބާ.. އަނެއްކާ އާޔާގެ ވާހަކަ ބުނީމަ ބައްޕައަށް އެހެންވާންވީ ކީއްވެ.. ބައްޕަ އެހާރުޅިއަންނަ ކުއްޖެއްވީމަ ހިތްހަމަ ނުޖެހުނީކަމަށްވެސް ވެދާނެ.. އެދުވަހު އަހަރެން އާޔާ ކަމުދާ ވާހަކަ ބުނިއިރަށް ބައްޕަގެ މޫނުގެ ކުލަވަރުވެސް ބަދަލްވެގެންދިޔަގޮތް އަދިވެސް ހަނދާން އެބަހުރި.. ” ކުރީގެ ހަނދާނެއް އާކޮށްލަމުން ޖައިލަމް ހިތާހިތާ ކިޔާލިއެވެ. “އެކަމަކު އެވަރުކަމަކާބާ ބައްޕަ ކުއްލިއަކަށް ކާރު މިހުއްޓާލީ.. ނޫން.. ނޫންް.. ކޮންމެވެސް ނުބައެއް އެބައުޅޭ..  ” ޖައިލަމްގެ ހިތުގައިވީ ސުވާލުތަށް ފުނިޖެހިފައި ވީނަމަވެސް ދުލަކުން ބޭރެއް ނުކުރެއެވެ.

އެވަގުތު ލަޔަކްގެ ލޮލުގައި އަޅައިގަތީ ނައީމާގެ ނިއްކުރިފަޅައިގެންގޮސް ލޭފައިބާތަނެވެ. ” ޖައި.. ޖައި.. މަންމަ .. ލޭ.. ” ލަޔަކްއަށް ރަނގަޅަށް ވާހަކަދެއްކޭގޮތެއްް ނުވިއެވެ. އެއާއެކު ގޮނޑީގައި ލެނގިގެން ލޯމެރިފައިވާ ގާސިމްއަށް ގޮވުމަށް ތެދުވެލި ޖައިލަމް “ބައްޕާ..” އޭ ކިޔާ ބާރަށް ގޮވާލުމާއެކު އެހެންލާފައި ދިޔަ ކާރެއް އަނބުރާލާފައި އައިސް މަޑުކޮށްލިއެވެ.

އެމީހުންގެ އެހީތެރިކަމާއެކު  ލަޔަކް ނައީމާ އެކާރަށް އަރުވާ ހޮސްޕިޓަލަށް ފޮނުވާލީ އެހާވަރަށް ލޭ އަންނަނަމަ މާބޮޑަށް ގެއްލުން ވެދާނެތީއެވެ. އަދި ޖައިލަމްއާއި ދެމީހުން ވެގެން އެއޮއްބޮޑު ގާސިމް ފަހަތު ޝީޓަށް ބަދަލްކޮށްލީ ދެން އިތުރުގޮތެއް ނެތުމުންނެވެ. އޭރު ގަޔަށް އަރާފައިވާ ތަދާއެކު ދެމީހުންތބީ ދެވަރުން އެއްވަރުވެފައެވެ.  ޖައިލަމް ޑްރައިވަރ ޝީޓްގައި އިށީންދެ ކާރުދުއްވާލިއިރު ލަޔަކް މަޑުކުރީ ގާސިމްކައިރީ ފަހަތުޝީޓުގައެވެ. މިހުރިހާ ކަމެއް ހިނގާދިޔައިރު ގަސްތަށް ކައިރީ އިތުރު އެހެންމީހަކު މިމަންޒަރު ބަލަން އިންކަމެއް އެއްވެސްމީހަކަަށް ނޭންގެއެވެ. ޖައިލަމްގެ ކާރުގެ ފަހަތުން އެމީހަކުވެސް ހުރީ ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖަހާފައެވެ.

***********

ލަންކާއަށް ދެވުމާއެކު ބިޒްނަސް މީޓިންގް ތަކަށް މަލާކް ދާންފެށުމުން އަރޫންވެސް މަދުމަދުން ނަމަވެސް ބޭރަށް ނިކުމެލާ ހަދައެވެ. އެމީހުން މިފަހަރު އައީ ވަރަށް ރޫރަލް އޭރިއާއެއްގައި ހުރި ހޮޓަލެއްގައި މަޑުކުރުމަށްކަމުން އެހިސާބުންފެންނަނީ ވަރަށް ހާލުގައި ދިރިއުޅޭ މީހުނެވެ. މަލާކްގެ އެދުމުގެ މަތީން އަރޫންވެސް މިތަނަށްއައީ އެހެންއުޅޭ މީހުނަށް އެހީތެރިކަން ފޯރުކޮށްލަދީ ހަދާން ބޭނުންވާތީއެވެ. އެހެންވެ މިހާތަނަށް އަރޫން އެހެން ނިކުމެ އުޅުމުގެ ތެރޭން ގިނަބަޔަކާއި ވާހަކަދެކެވި ގުޅުން ބަދަހިވެފައިވާއިރު އެމީހުންގެ ޒަރޫރީ ބޭނުންތަކަށް އެތަށް އެހީއެއްވެސް ވެދީފިއެވެ.

މިއަދަކީ މަލާކް މިކޮޅަށް އައިސްހޭދަކުރާ އެންމެ ފަހުދުވަހަަށްވުމުން މިއަދު އަރޫންއާއި އެކު މަލާކްވެސް ނިކުތީ މީޓިންތަށް ނިމިފައިވާތީއެވެ. ދެމީހުން އަތުގުޅައިލައިގެން ނިކުތުމުން ގިނަބައެއްގެ އަމާޒްފަތްގަނޑަކަށް އެދެމީހުން ވީނަމަވެސް އެމީހުނަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. މަލާކްމެންގެ މިސްރާބް މިއަދުހުރީ ކައިރީގައިވާ ކޯރާއިދިމާއަށް ކަމުން މީގެ ކުރިން އެހީތެރިވެދިން މަދުބަޔަކާއިވެސް އެހެންދިޔަމަގުމަތީ ދިމާވިއެވެ. އެއްބަޔަކު މަލާކްމެންނަށް މޭވާއެއް ދިއްކޮއްލާއިރު އަނެއްބަޔަކު އެމީހުން ތައްޔާރުކުރާ ތަފާތު ކާނާތަށްވެސް ހަދިޔާކުރަމުންދިޔައިރު ހީވަނީ އެމީހުންގެ ވެރިމީހާ އައިސްގެން އުޅޭހެންނެވެ. އެހާވެސް އެފަޤީރުހިސާބުގެ މީހުންގެ ލޯބި އެދެމަފިރިން ވަނީހޯދާފައެވެ.

“ދައްތާ ބޭބޭ.. މަޑުކޮށްލައްވާ.. ” އެމީހުންގެ ރަށުބަހުން ބުނިނަމަވެސް އެހެން ބުނުމާއެކު މަލާކް އާއި އަރޫން އެނބުރިލީ ކީއެއްޗެއް ފަހުމްވުމާއެކުހެން އިވުނީ ވަރަށް ޅަ އަޑެއްހެން ހީވުމުންނެވެ.

އޭރު އެދިމާއަށް މާވަށިގަނޑެއް ހިފައިގެން އުމުރުން ނުވަވަރަކަށް އަހަރުގެ ކުއްޖެއް އާދެއެވެ. ލާފައިވާ މަތިކޮޅު ދާލުން ޗަސްވެފައިވާއިރު ދެތަނަކުން ވީދި ތިންތަނުން ފޮތިއަޅާފައިވެއެވެ. ލާފައިވާ ސްކާޓްވެސް ހީވަނީ ހިރަފުސްގަނޑެއް ހެންނެވެ. އެހާ އަވިބާރުއިރުވެސް އެކުއްޖާފުޅުހުރީ ފައިވާނަކަށްވެސް ނާރައެވެ. މޫނުމަތިން ވަރުބަލިކަމާއި ލޮޑުކަން ފާޅުވޭވެ ހުރިނަމަވެސް އެކުއްޖާ މަލާކްމެންނާއި ދިމާއަށް އައީ ހިނިތުންވެހުރެއެވެ.

“ދައްތާ ހެޔޮނުވާނެ މިމާވަށިގަނޑު ގަނެދެއްވާ.. މިއަދު މިގަންނާނެ ހަމަ އެކަކުވެސް ނުވި.. މިނުވިކިއްޖެޔާ އަޅުގަނޑާއި އަޅިގަނޑުބަލާ ދައްތަ ކާނެ އެއްވެސް އެއްޗެއް ނުލިބޭނެ..” ހިނިތުން ވެފައި އައިނަމަވެސް މަލާކްގެ ފައިކައިރީގައި ކުޑަކަކޫޖަހާ އެކުއްޖާ އިށީންދެލާ ވާހަކަދެއްކިއިރު ހުރީ ރޮވިފައެވެ. އެމަންޒަރު ފެންނަ މީހަކަށްވެސް ކެތްނުވާނެކަން ގައިމެވެ. މަލާކްއަށް އެކުއްޖާ ދެކޮނޑުގައިހިފާ ނެގުން ގޮތްވެސް ނޭންގުނެވެ. އަދި ދަބަހުގައިއޮތް ފެންފުޅިމަތިނަގާ ދިއްކޮށްލީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. މިހުރިހާއިރު ފެންފޮދަކަށް އެދިއެދިހުރި އެކުއްޖާއަށް ހިނިތުން ވެވުނީ ބޭއިހްތިޔާރުގައެވެ. ފެންފުޅީގައި ހިފުމާއެކު އަވަސްއަވަހަށް ދެކޯވަރު ބޯލުމާއެކު ފެންފުޅި ދިއްކޮށްލީ ޝުކުރު އަދާކުރަމުންނެވެ.

އަރޫން އެވަގުތު އެކުއްޖާއަތަށް ސަތޭކަ ޑޮލަރު ދިއްކޮށްލުމާއެކު އެކުއްޖާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެންނުވާވީ ސަބަބެއްނެތެވެ. މިއިންދުވަހަކުވެސް އެކުއްޖާ އެހާބޮޑުއަދަދެއްގެ ފައިސާދެކެފައި ނުވެއެވެ. “ކަންބޮޑުނުވޭ ކޮއްކޯ.. މީ ކޮއްކޮގެ ދައްތަޔާ ކޮއްކޮއަށް ދިން ހަދިޔާއެއް.. ތިމާވަށިގަނޑުވެސް ކޮއްކޮއަށް އިނގޭ.. ” އޭގައި ހިފަން ނުކެރިފައި އެކުއްޖާހުރުމުން ބޮލުގައި ފިރުމާލާފައި މަލާކް އެކުއްޖާގެ އަތުތެރެއަށް އެޑޮލަރު ލައިދިނެވެ. އެތަށް ފަހަރަކު ޝުކުރު އަދާކުރުމަށްފަހު އެކުއްޖާ ދިޔައީ މަލާކްމެން ކޮންމެ މީހަކަށް އޭގެއިން ފިނިފެންމަލެއްދީފައެވެ.

**********

މެންދަމުން އަލިވެ ދޭއްޖަހަންވެފައި ވަނިކޮށް ނައީމާދޫކޮށްލުމުން ލަޔަކްއާއި ޖައިލަމް ގެއަށް އައިއިރުއައީ ގާސިމްވެސް ގޮވައިގެންނެވެ. ގާސިމް އެރޭ ދިހައެއްޖަހަންވެފައި ހުއްޓައި ދޫކޮށްލިނަމަވެސް ގެއަށް ދާހިޔާލެއް ނުކުރެއެވެ. ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން މީހާހުރީ ސިހިސިހި ކަމުން އެކަނިގޭގައި ހުންނަންދާންވެސް ބޭނުން ނުވަނީއެވެ. އަނެއްކާދަންޔާ ދާންވީވެސް ލަޔަކްއާއި އެކީގައެވެ. އެއީ މިއަދުގެ މޫޑުމުޅިން ހަރާބުކޮށްލި ކުއްޖާއަށް ވެފައި އަނެއްކޮޅުން އިންތިހާއަށް ނަފްރަތު ކުރާކުއްޖަކަށް ވުމުން އޭނައާއި އެކުގައި ވަގުތު ހޭދަކުރަން ގާސިމް އެއްގޮގަކަށްވެސް ބޭނުމެއް ނުވެއެވެ.

ގެއަށް ގެންދެވުމާއެކު ނައީމާ އަރާމްކޮށްލަން ބޭއްވުމަށްފަހު ލަޔަކް އާއި ޖައިލަމް އެމީހަކުގެ ކޮޓަރިއަކަށް ދިޔައީ ވެފައިވާ ވަރުބައްޔާއެކު ހަށިގަނޑަށް އަރާމެއް ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އެނދުގައި ފެންވަރާ ތާޒާވެލައިގެން އެނދުގައި ޖައްސާލުމާއެކު ލަޔަކްއަށް ނިދުން ގޮތްވެސް ނޭންގުނެވެ. ޖައިލަމްއަށްވެސް ވީ ހަމަ އެވަރެވެ.

ލަޔަކްއަަށް ނިދުމާއެކު އެކޮޓަރީގެ ފާހާނައިގެ ފެންލައިޓުން ކުޑަކުޑަ ދުންކޮޅެއް އެނބުރެމުން އައިސް ފްރޭނިގެން ފާހަނައިގެ ދިރުދަށުން ކޮޓަރިއަށް ވަނެވެ. އެއަަށް ފަހު އެދުންކޮޅު ބޮޑުވަމުން ގޮސް ރީތިކޮށް އިންސާނެއްގެ ސިފަޖެހެން ދިޔައިރު ކޮޓަރިތެރެ މުޅީން އަލިވެގެން ދިޔައީ އެވަގުތު އެހެން މީހަކުދިޔަނަމަ އިނގޭނެހާ ބޮޑަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އިހްސާސްވެސް ނުވާހާލު އެނދުގައި އޮތް ލަޔަކް ދިޔައީ ނިދީގެ ފޮނިމީރުކަން ލިބިގަންނަމުނެވެ. އުފެދިގެންދިޔަ އަލިގަނޑާއެކު ފުރިހަމަވެގެންދިޔަ އިންސާނީސޫރަ މަޑުމަޑުން ހިނގާލާފައި ލަޔަކް ކައިރީގައި ހުއްޓިލިއިރު އެމޫނުމަތީގައިވަނީ ވޭނާއި ހިތާމައެވެ. ނަަަވެސް ލަޔަކްގެ މޫނުފެނުމާއެކު ފަނޑުހިނިތުންވުމެއް ވެރިކުރުވުމަށްފަހު ލަޔަކް ގައިމަތީގައި އޮތް ކުއިލެޓް ރަނގަޅު ކޮށްލަދިނުމަށްފަހު އަނެއްކާވެސް ދުންގަނޑަކަށްވެ ގެއްލިގެން ދިޔައެވެ.

ލަޔަކްއަށް ހޭލެވުނީ ހެދު ދިހައެއްވެސް ޖަހާބޮޑުވީފަހުންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް އަވަހަށް ފެންވަރާލައިގެން ނަމާދުކޮށްލައިގެން ލަޔަކް ދިޔައީ ނައީމާގެ ހާލުބަލާލާށެވެ. ނަސީބަކުން އެވަގުތު ގާސިމް ގެއަކުނޫޅެއެވެ. ޖައިލަމްވެސް އެހާލަހުން ހޭލެވުމުން އޭނާގެ މަންމައަށް ޒިޔާރަތްކޮށްލުމަށްފަހު ބަދިގޭގައި ހަރަކާތްތެރި ވަމުންދިޔައެވެ.

“ނޭންގެ ބުނާނެއެއްޗެއްވެސް ކުއްލިއަކަށް ފެނުނީމަ މަވެސްދެމުނީ.. ދެން މަށެއް ހީނުކުރާނު އެސުންޕާކަލޭގެ އެކުއްޖާގެވާހަކަ އާކޮށްލާނެކަމަށް… އެހެންބުނުމާއެކު އެސޫރަ މަށަށްފެނުނީ ކާރުކުރިމަތިން ވަގުތުން ބުރަކި ޖައްސާލީ.. ” ގާސިމް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ރަހްމަތްތެރި ރިޒާއާއެވެ. އެންމެ ކުރީއްސުރެވެސް ދެގޮތެއްނުވެ ރިޒާ,  ގާސިމްގެ ރަހްމަތްތެރިއެއްގެ އިތުރުން ސިއްރުވެރިއެއްގެ ގޮތުގައި އެހުންނަނީ ގާސިމްގެ ފަރާތުންލިބޭ ބައިވަރުގަނޑު ސަބަބުންނެވެ. ނަމަވެސް މިއިން ކަމެއް ގާސިމަށް ރޭކާނުލައެވެ. ” ދެންމިހާރު ކިހިނެއްހަދަން ތިވިސްނަނީ.. ” ރިޒާ ވިސްނަން އިނުމަށްފަހު ބުނެލިއެވެ. ” ހުވާ މަގޭހިތަށްއަރާ އެސުންޕާގެ ބަފަޔަށް ހެދިގޮތް ހަދާލަފާނަމޭ.. އެކަމަކު އޭރުން ހުރިހާކަމެއް ފަޅާއަރާފާނެތީ ކަންބޮޑުވަނީ.. އަނެއްކާ ނައީމާއަށް އެނގިއްޖެޔާ ކިހިނެއްހަދާނީ.. މަހީކުރީ ޖައިލަމް އަންނާނީ އެކަނި ކަމަށް އޭރުންތާ އެސޮރުބޮލުތެރެއަށް ވަދެ ކަމެއްވެސްވާނީ .. އެކަމަކު އެހެނެއްވެސް ނުވި.. ” ޗޮކެއް ކަނޑާލުމާއެކު ގާސިމް އެހެންބުނި އިރުވެސް އިއްޔަގެ އެހާދިސާގެ ސަބަބުން އަދިވެސް މީހާ ހަމަޔަކަށް ނޭޅެއެވެ.

ޖައިލަމް ބަދިގޭގައި އުޅެނިކޮށް ލަޔަކްވެސް އޭނާގެ މަންމައަށް ގުޅާލާފައި އައީ އެހީތެރިވެދޭށެވެ. ނަމަވެސް އެވަގުތު މީހަކު ބޭރުދޮރުކައިރިން ހަނާއަޅާލިހެން ހީވެގެން ބަލާލިއިރު މީހަކުނެތުމުން ނިކުމެ ބަލާލިއެވެ. އޭރު މަގުކޮޅުން ގާސިމް އޮވެގެން އަންނަނީއެވެ. އެހެންވެ ލަޔަކް އަވަހަށް އެތެރެއަށްވަނީ ކުރިއްސުރެވެސް ގާސިމް ގެ ކިބައިން ނުރުހުންވާފަދަ ކަންކަން ފެންނާތީ ގާސިމް އާއި ކުރިމަތިލާން ބޭނުންނެތިގެންނެވެ.

ގޭތެރެއަށް ވަދެ އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޖައިލަމް ގޮވާލިއަޑު އިވުމުން ލަޔަކް އަވަސްކޮށްލާފައި އެނާގެ ކޮޓަރިއަށް ދިޔައިރު ޖައިލަމް ފެންވަރާލައިގެން ނިކުންނަނީއެވެ. ” އައްދޭ ބޮޑުކައްކާ ނިންމާލާފަ އައިސް ފްރެޝްވެލީދޯ.. ” ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލަމުން ލަޔަކް ޖައިލަމްއާއި ދިމާކޮށްލިއެވެ. އެއާއެކު ބަސްހުއްޓިފައި ޖައިލަމް އިނީ ލަޔަކް އާއި ދިމާއަށް ބަލާށެވެ. ” ހޫމް މިހާރު މަ ކައްކާއަކަށްވެސް ހެދީތަ.. އަނެއްކާ ރޭގަ ރަނގަޅަށް ނިދިންތަ.. ” ޖައިލަމް ހައިރާންވެފައި އަހާލީ މިއަދު އޭނާ އަދި ކޮޓަރިންބޭރަށްވެސް ނުނިކުންނާތީ އެވެ. ” ހޫމް ދެން ހޮޓް އަންހެނަކަށް ބަލާހެން ބަލާނެކަމެއްނެތް ވަހުޝީވައްތަކަށް ..ހުއް.. މިއެއްސެޓެއްނުވާނެ.. އަވަސްކޮށްގެން ހިގާބަލަ އެއްޗެއްކާންދާން ވަރަށް ބަނޑުހައޭ.. ” ޖައިލަމް ބަލަން އިންގޮތުން އުނދަގޫވެގެން ލަޔަކް އެހެންބުނެފައި ނިކުތީ ޖައިލަމް އަންނަންވާއިރަށް މޭޒުމަތި ތައްޔާރުކޮށްލާށެވެ.

މޭޒުމަތީ ތަށިބަރި އަތުރާ ނިންމާލުމަށްފަހު އެނބުރިލިއިރު ޖައިލަމްއާއި އެކުގައި ނައީމާއާއި ގާސިމްވެސަ އައިސް ހުރުމުން ލަޔަކް އެމީހުނަށްވެސް ތަށިތަށް ނަގާދިނެވެ. ކިތަންމެ ހިތްހަމަ ނުޖެހުން ނަމަވެސް ލަޔަކް ބަލަނީ ނައީމާ އެކޭ އެއްފަދައިން ގާސިމްއާއި ދޭތެރޭވެސް ހެޔޮކޮށް އަދަބުވެރިކަމާއެކު ކަންކަން ކުރެވޭތޯއެވެ.

މެންދުރުން އަނބުރާލުމާއެކު ގޭގައި ނޯންނަން ލަޔަކް އޭނާގެ އެކަނިވެރިކަން ފިލުވަން ގެންގުޅޭ ބައިވެރިޔާ ގިޓާ ހިފައިގެން އެގެއާދިމާ އަތިރިމަތީގައި ހުންނަ ހޮޅުއައްޓާ ދިމާއަށްދިޔައީ އެއީ އާޔާމެންގެ ގެވެސް ފެންނަ ހިސާބަކަށް ވުމުންނެވެ. މިފަހަރު އައިފަހުން އަދި އެގެއާ ހިސާބަށްވެސް ލަޔަކް އަށް ނުދެވޭތީ މިހާގެ ހިތްވަނީ ހިސާބަކަށް ނުތަނަވަސް ވެފައެވެ. އަނެއްކާ ކުރިން ފެނުން ޖިންނިވެސް އުޅެދާނޭ ހިތަށް އެރުމާއެކު ލަޔަކްގެ ހިތަށް ނުބައިގޮތެއް ވެގެންދިޔަ ނަމަވެސް ދުވާލަކު އެކަލަބިރެއްނެތޭ ހިތަށް އައުމާއެކު އަމިއްލަ ނަފްސައް މަލާމަތް ކޮށްލެވުނެވެ.

*********

“ބައްޕަމެން ވެއްޖެ ހޮސްޕިޓަލް ބަލާލަން ގޮސް.. ނަވާ ބޭނުން އޯޕަނިން ސެރެމަނީގެ ތީމް އަށް ވަރަށް ޑިފަރެންޓް ހެދުމެއް ފަހަން .. ހިނގާބަލަ ބައްޕަމެންނާއި ވާހަކަ ދައްކައިގެން އެކަމާއުޅެމާ.. ”  އިލްފް އާއިއެކުގައި ކުޅެންއިން ނަވާރު ވާހަކަދެއްކީ ސޯފާގައި ވާހަކަދައްކަންތިބި ޝިވަން އާއި މަލީހްގެ އިތުރުން ޝަބީންއާއި އެވެ. ” ހޫމް އަސްލު އަހަރެންގެ ހިތަށް އެބައަރާ ތިވާހަކަ ދައްކަން.. އޭރުންދޯ ކުރިއާލައި ހެދުން ފަހަންލެވޭނީ.. އަންނަ މަހު ފަހެއްގަ ހުޅުވަން ނިންމާފަ އޮތް އިރު ބާކީ މިއޮތީ އެހެންވީމަ މިހާރު މާލަސްވެސްވޭ އެބަ ތިކަންކުރަން.. ” އަނގަނަގައިގެން ބުނާނެއެއްޗެއް ނޭންގިފައި ތިންފިރިހެންނުން ތިއްބައި އެއަށް ޖަވާބުދިނީ އިލްފްގެ ފެންބޯފުޅި ހިފައިގެން އައި ޖުމްނާއެވެ.

” ހޫމް ކަންތަކާ މިޖެހުނީ.. މިއަންހެންވެރިން ނިކަންފޯރިހުންނާނެ މިކަހަލަ ކަމެއްއޮތީޔާ.. ދެން ވަރުވަރުން ހެދުންފަހައިގެން ލާއިރު ހީވަނީ އެހެންފަދަކަމެއްހެން.. އަހަރެމެންދާނީ މުންޑަކާ ބާ ޓީޝާޓެއްލައިގެން ދޯ ބްރޯސް.. ”  ޝަބީން އެހެން ބުނުމާއެކު މަލީހްއާއި ޝިވަން އެއްބަސްވެލާފައި ޓަޗްޖަހާލީ ހެމުންހެމުންނެވެ. ވަގުތުން ޖުމްނާ މޫނުހަދާލިއިރު ނަވާރު އިނީ ތުންދަމައިގެންނެވެ. ” ވަރަށްފޫހިވޭ.. ” ބުނުމާއެކު ޖުމްނާ އެތެރެއަށް ދިޔައިރު ދިޔައީ ޝަބީންއާއި ދިމާއަށް ތުން އަނބުރާލާފައެވެ. އެކަމުން ޝަބީންގެ ހުނުން ހައްތަހާވީ އިތުރެވެ.

**********

*ފުރަތަމަ ނަޒަރުން .. ހަމަ އެހިދުން.. ތިޔަސޫރަ ހިތުގާ ބިންވަޅުނެގުނޭ.. ފޮނިފޮނި އިޝްގުން ހިތްމަސްތުން ފުރުވާލި ހިނދުގާ ހިތްއެކުދެވުނޭ.. ތިލޯޔްބަށް މިހިތް އާދަވޭ އާދަވޭ .. ކަލާދެކެ ވަރަށް ލޯބިިވޭ. ލޯބިވޭ.. ހަނދާންތައް ހިތާ ބީނުވޭ ދުރުނުވޭ.. ކަލާދެކެ ވަރަށް ލޯބިވޭ ލޯބިވޭ..* ގިޓާކުޅެމުން އާޔާމެންގެއާއި ދިމާއަށް ބަލަހައްޓައިގެން އިން ލަޔަކް ސިހުނީ މީހަކު ފުރަގަހުން އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. ފަހަތް އެނބުރި ބަލާލުމަައެކު ލަޔަކްގެ މޫޑު ހަރާބުވީނަމަވެސް ހިނިތުންވެލީ އެކަން ނުދައްކާވެގެން ނެވެ.

“އަހަށް ބޭބެ.. ކިހިނެއްވީ ކަމަކުތަ.. ” މަސްނޫވީ ހިނިތުންވުމެއް ދައްކަމުން ލަޔަކް ކުރިމަތީގައި ހުރި ގާސިމް ކުރެއަހާލިއެވެ. ” އާނ. . އުހުން.. މީ ހިނގާބަލަ ބޭބެއާއެކު މިދިމާ އެކޮޅުގަ އޮންނަ އޮޅަށް ގޮސްލާން.. އެތަނުން އަލަކޮޅެއްވާނު މިފަހަރު ދާއިރު މަންމައަށް ގެންދަންދޯ.. ” ކިޔާނެ ނުކިޔާނެ އެއްޗެއްނޭންގުމުން ގާސިމް އަނގައޮޅޭހާލު ލަޔަކް އެތަނުން ގެންދާން މޮޅުވާހަކައެއް ހަދާލިއެވެ.

“އެކަމަކުބޭބޭ.. އަދި ފުރާނީ އަންނަ ހަފްތާ މެދެއްހާތާ…. އަދި އެބައޮތެއްނު ދިހަވަރަކަށް ދުވަސްވެސް އެހެންވީމަ އެހާ އަވަހަށް ނޫޅުނަސް ވާނެއްނު.. ދޯ..” ދާންބޭނުން ނުވެފައި ހުރުމުން ލަޔަކް އުޒުރެއް ދައްކާލުމާއެކު ގާސިމްގެ ލޭކެކިގަތެވެ. ” ބަލަ… ” އެހެން ބުނުމާއެކު  ލަޔަކްއަށް ގޮވަމުން އެވަގުތު އައި ޖައިލަމް ފެނުމާއެކު ގާސިމް ވާހަކަ މެދުކަނޑާލިއެވެ.

” ބައްޕަ.. ” އެހިސާބަށް އާދެވުމާއެކު ކުޅަނދުރެއްހެން މޫނުހަދައިގެންހުރި ގާސިމް ފެނުމާއެކު ޖައިލަމްއަށް ގޮވާލެވުނެވެ. ގާސިމް ބަހަކުން ބަހެއްނުބުނެ ދުރަށް ހިނގައިގަތުމާއެކު ޖައިލަމް ގެމޫނުމަތީގައި ދުވެލީ ނުލަފާހިނިތުން ވުމެކެވެ. މިފަހަރު ދެން ގާސިމް ދޫކޮއްލާކަށް އޭނާބޭނުމެއްނުވެއެވެ. މިހާރު އެއުޅެނީ އޭނައަށް ހަދާލިގޮތް ލަޔަކްއަށް ހަދާލަންކަން ރިޒާ އާއި ދެއްކިވާހަކައިން ޖައިލަމްއަށް ވަނީ އެނގިފައެވެ.

ލަޔަކް ކައިރީ މަޑުކޮށްލުމަށް ބުނުމަށްފަހު ޖައިލަމް އޭނާގެ ބައްޕައާއި ދިމާއަށް ހިނގައިގަތީ ގާސިމް އެދަނީ ކޮންމެހެން އޭނާ ގާސިމް ގެންދަން ބޭނުންވާ ދިމާއަށްކަން އެނގުމުންނެވެ.

އައިރުޅިއާއެކުގައި ހިނގަމުންދިޔަ ގާސިމްއަށް މީހަކު ފަހަތުން އަންނަހެން ހީވުމާއެކު ފަހަތް ބަލާލިއެވެ. ނަމަވެސް މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ހިނގައިގަތީ އޭނާގެ އިންތިޒާރުގައި ރިޒާ ހުންނާނެކަން ހަނދާންވުމުންނެވެ. ނަމަވެސް މިފަހަރުވެސް ފަހަތުން މީހަކުއަންނަކަހަލަ އިހްސާސެއްވުމާއެކު ގާސިމް އެނބުރިލީ ސިއްރު ސިއްރުންނެވެ. އެހެންނަމަވެސް މިފަހަރުވެސް މީހަކުގެ ހިލަމެއްނުވެއެވެ. “ހުރެބަލަ ކޮންމެ މީހަކަސް ހޭއަރުވާލާނަން.. ” އެހެންކިޔާފައި ކުރިއަށްދާން އެޅިފުރަތަމަ ފިޔަވަޅާއެކު ގާސިމް ގަނޑުވީ ކުރިމަތީގައި ހެވިފައިހުރި ސޫރަ ފެނުމާއެކުގައެވެ. “އާޔާ.. ” އެނަންނުބުނެވެނީސް އާޔާހުރީ ގާސިމް ގައިގަ ޖެހޭނުޖެހޭ ހިސާބަށް އައިސް އެވެ. އެއާއެކު ގާސިމް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ދުއްވައިގަތީ މުންޑުކޮށިކޮށްލަމުން ނަމަވެސް އަނގަވަތަށް ވެއްޓުނީ އެއްޗެއްގައި ފައިއަޅައިގަނެގެންނެވެ. ވެއްޓުމާއެކު ތެދުވެވޭތޯ ބޯހިއްލާލި ގާސިމް ސިހުނީ މޫނުޖެހޭހާތަންގައި އާޔާ ބަލަންއިންގޮތުން ނެވެ. އޭރު އާޔާގެ ދެލޯ މަޑުމަޑުންދިޔައީ މުށިކުލައަކަށް ބަދަލްވަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޝީން (ސައުވީސް ވަނަބައި)

Next

ވަންހަނާ (ބާވީސްވަނަބައި)

Next
March 24, 2018

ވަންހަނާ (ބާވީސްވަނަބައި)

Previews
March 24, 2018

ޝީން (ސައުވީސް ވަނަބައި)

15 Comments!

  1. Hawwi says:
    March 24, 2018 at 7:46 pm

    Salaam .. hurihaakiuntherin.. miothee vaahakaige next part unmmeedukuran.. mibaivess thiyahurihaa kiuntherinnahvess kamudhaanekamah.. and plx do comment below love u all??

  2. Friends says:
    March 25, 2018 at 9:14 am

    First dhw

  3. mai says:
    March 25, 2018 at 9:18 am

    v gina character dhw.. adhi mikamah heynen dhuwas nagaane..aayaa aee jinni eh kanneynge dhw.. story v reethi… keep up the gud work hawwi.. 🙂

  4. mishy says:
    March 25, 2018 at 9:38 am

    Alheyy… vrh vrh reethi… kn irakun nxt prt… avahah gensdhhcheyy plxx… kurin innanii hawwi ge badhalu layaa dhwh jahrf… ehnve mishy ah vrh udhagoo hawwi kiyan… layaa kiyas ok dhwh? ly…♥♥♥♥

  5. Friends says:
    March 25, 2018 at 9:57 am

    Aslu mihaaru mi vaagothun nygey stry eh up viyass.kurin neh dhw mi stry up vi kamakah dhen miyy niyy stry thakeh ge medhuga………..
    Masha allah stry v salhi.
    Adhi mi dhaagoih vex v nice.hey hawwi than kolheh avahah nw part eh kohla dhehchey.e meehaa ah vaa goih balaa lan.keep it up. N dhaalun noon ingey dear dhalunwaiting 4 nw part.
    Have great day.????

    1. Friends says:
      March 25, 2018 at 10:00 am

      Dhalun*

  6. Mal says:
    March 25, 2018 at 10:18 am

    V reethi, ekamaku v olhun araa nun thakun…..

  7. Pinky shifoo says:
    March 25, 2018 at 12:03 pm

    Wow ❤️❤️❤️… Maasha Allah mi part vx v v v reethi ???… V v interesting ???… Layaa story kuriah gendhaa goi hama superb ???… Layaa… “dhaalun” eh noon ingey “dhalun” n “hedhu” eh noon “hedhunu” ingey ???… N “edhugaa fenvaraa thaazaavelaigen edhugaa jahsaalumaa eku” sentence ehaa hama eh nujehey… I think… So ” fenvaraa thaazaa velaigen edhugaa jahsaalumaaeku” mi gothah maa gulhey henn shifoo ah heevanee… Dhn huri some typing mistakes… Anyways I love the Story ❤️❤️❤️… Keep up the good work Layaa ???… Curiously waiting for the next part… Lots of love and take care Layaa ❤️❤️❤️??????????????????

  8. Shai says:
    March 25, 2018 at 1:15 pm

    Alhey haadha reehchey???

  9. Swety says:
    March 25, 2018 at 3:25 pm

    Vvvv nice mi part ves ?????

  10. Hi Mi says:
    March 25, 2018 at 4:50 pm

    Hey sis. V nice mi part ves. Layak gaathah e huttunu ethyge bai ga v curious vi. Varah ehen kahala past eh eba ulhey dw. Nw hithah mi arani inthaa indhe kiyaalan libeyne nama ey ehkoh. ? ly tc. ???????❤????

  11. annoying reader says:
    March 25, 2018 at 7:35 pm

    alhey so aaya is dead dhw. gasim aaya maraali. And jailam ge sifaiga kaa echis hadhan huri anehkka aaya tha? hehe intresting. i wonder y gasim hates layak. please hawwi gasim ah mifaharau kaamiyab viya nudheche yagyn eulheni layak maraalan kan aaya hedhi gothah. waiting for the next part and the mystery behind gasim

  12. Naanijaan says:
    March 25, 2018 at 11:26 pm

    Layak and Aaya men ge bai vaki storyegge gothah genesdheefinama vaahaka maa reethivaane. Maagina caracters vefa ebbayaa aneyybayaa nugulheythee vaanuvaa nenge.

  13. Naanijaan says:
    March 25, 2018 at 11:29 pm

    Layak and Aaya ge bai varah reethi. E bai vaki story egge gothah genes dheefinama adhi maa interest vaane hen heevey.

  14. Jaadhu says:
    March 31, 2018 at 12:58 am

    Characters gina kamun adhi v olhun araaa. But reethi vaane kamah mi ummeedhu kuraneee.

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 4←


All Right Reserved!