Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(އެކާވީސްވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 21, 2018 5 Mins Read
39 Comments

.ނަފީސާއަށް ފޯނެއް އަންނަންފެށުމުން ފޯނު ކަންފަތުގަ ޖަހަމުންއެއްފަރާތްވެލިއެވެ.
އޭރުވެސް ރައިން ރޯވަރުން ރޮނީއެވެ މަންމާ “އަޔާޒް ނަފީސާއަށް ގޮވާލުމުންވެސް ނަފީސާއަކައް އަޑެއް ނީވުނެވެ.
ނަފީސާ ދެފަހަރަކު ހަލޯއޭ ގޮވާލުމައްފަހު އަޑެއްނީވުމުން ފޯނު ކެނޑުނީކަމައް ކަންފަތުން ފޯނު ދުރުކޮއްލުމައްފަހު ގޮސް ރައިން މަސަލަސް ކުރެވޭތޯ އުޅުނެވެ. މާމަ ދަރިފުޅު ކޮންކުއްޖެއް ރޮއްވާލީ”ނަފީސާ އެހެންބުނެލުމާއެކު ޝީންވެސް ރައިން ހުއްޓުވާލަން އެއްޗެއް ބުނެލިއެވެ.
ކަނޑާނުލާ ފޯން ހުރުމުން ނަފީސާއާއި ޝީން ދެއްކި ހުރިހާ ވާހަކައެއްވެސް އަޔާޒްގެ ކަންފަތައް އިވެމުން ދިޔައެވެ…….
ކަންފަތް ހުޅުވާލަމުން އެމީހުން ދައްކަމުން ދިޔަވާހަކަތައް އަޑުއަހަން ހުރި އަޔާޒްއަށް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ.
އޭނަގެ ކަންފަތައް އަޑުއިވެމުން އެދަނީ އެތައް ދުވަހެއް ވަންދެން އެއަޑެއްއަޑުއަހާ ހިތުން ރެއާއި ދުވާލު ވިސްނާ ފިކުރު ކުރަމުންދާ މީހާގެ އަޑެވެ. އެއަޑު އަޔާޒްއަށް އޮޅުވައެއް ނުލެވޭނެއެވެ.
ފުޅާހިނިތުންވުމެއް ތުންފަތްމައްޗައް ވެރިކުރުވައިގެން ހުރި އަޔާޒް ސިހުނީ ފޯންގެ އަނެއްކޮޅުން ރޮމުންދިޔަ ކުޑަކުއްޖާގެ އަޑުންނެވެ.
އޭރު އެކުއްޖާ މަސަލަސް ކުރަން ޝީން އެކިވާހަކަ ދައްކައެވެ.
އަޔާޒްގެ ތުންފަތްމައްޗައް ވެރިކުރުވައިގެން ހުރި ހިނިތުންވުން ވަގުތުން ފިލާގޮސް އެ ހިނިތުންވުންކަރުނައަށް ބަދަލް ވެއްޖެއެވެ.
ޝީން އަށް ބޭބީ އެއްވެސް ލިބުނީ ހެއްޔެވެ. ޝީންއާއި އަލޫކްގެ ދިރިއުޅުން ކިހާ ފުރިހަމަހެއްޔެވެ.
އަޔާޒްގެ ހިތައް ފުންއަސަރުތަކެއް ކުރަމުން ދިޔައެވެ. މިވީ ދުވަސްތަކުގައި މަންމަ އޭނަގާތު ޝީންގެ އެއްވެސް ވާހަކައެއްދައްކާފައެއް ނުވެއެވެ.
ކޮންމެފަހަރަކުވެސް އޭނަ މަންމަ އަށް ގުޅުމައްފަހު ޝީންގެ ހާލް އަހަން ބޭނުންވެއެވެ،ނަމަވެސް އެދުލުން ޝީންގެ ނަން ކިޔާނެހާ ހިތްވަރެއްވެސް ނުލިބެއެވ.
އަހަރެންނަކީ ކޮންކަހަލަ މީހެއްހެއްޔެވެ ޝީން މީހަކާއިނދެ އުފާވެރި ދިރިއުޅުމެއް ލިބުމުން އަހަރެންނައް ހަސަދަވެރިވެވެނީހެއްޔެވެ.
ނޫން ނޫން” އަހަރެންގެ ފަރާތުން އެމީހުންގެ އުފާވެރި ދިރިއުޅުމައް އެއްވެސް އަސަރެއް ކުރިޔަކަ ނުދޭނަން” ދެއަތުން ބޮލުގައި ހިފާ ބާރުކޮއްލަމުން އަޔާޒް ބުނެލއެވެ.
އަޔާޒްއަށް އެރޭ އެއްގޮތަކައްވެސް ނިދޭ ގޮތެއް ނުވިއެވެ. ނުވިސްނަން ކިތަންމެ މަސައްކަތްކުރިޔަސް ޝީން މަތިން މިރޭ އަޔާޒް ހަނދާންވަނީ މާ ބޮޑަށެވެ.
އެވިސްނުންތަކާ ކިތަންމެ ދުރުވާންމަސައްކަތް ކުރިޔަސް ކާމިޔާބް ވާގޮތެއް ނުވެއެވެ. މިވަރުންދަންޏާ ޝީންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ނުވަދެވި ހުންނާނެހެއްޔެވެ.
ނިމުމެއްނެއް އިންތިޒާރެއްގައި އޭނަގެ ހިތް ބެހިގެންދަނީއެވެ. މަންޒިލެއްނެއް މުސާފިރެކޭ އޭނައެކޭ އެއްގޮތެވެ.
އިންސާނަކު އަނެއް އިންސާނަކުދެކެ ލޯބިވެވޭނީވެސްމިހާވަރަކަށެވެ. ހިތާ ފުރާނައިންއެދެމުން ދިޔައީ ޝީންއަށެވެ.
ހަށިގަނޑުގައި ޖަހާ ކޮންމެ ވިންދަކާއެކު ވަނީ ޝީންގެ ނަމެވެ.
އޭނަހާބަދުނަސީބު މީހަކު މިބިންމަތީ ވާނެހެއްޔެވެ އަޔާޒް ފުންނޭވާއެއްބޭރުކޮއްލި އިރު އެދެލޮލުން ކަރުނަ ވިދައެވެ.
އެރޭގެ އެހާދިސާއަށް ފަހު އަޔާޒްގެ ހިތުގައި ޝީންއަށް ދެވިފައިވާ ލޯބި އެތައް ދަރަޖައަކައް އުފުލިގެން ދިޔައެވެ. އެފޮނިމީރުކަން އަލައް ލިބިގަތްމީހަކީވެސް އަޔާޒްއެވެ.
މާލެދާން ދުވަސް ކައިރިވަމުންދާވަރަކައް އަޔާޒްގެ ހިތުގެ ވިންދުއަވަސް ވަމުންދެއެވެ. އެހެން މީހެއްގެ އަންބެއް ކަމުގައިވިޔަސް ކެއްތެރިކަމެއް ނެތި އެދެލޯ ދުށުމައް އެދެނީ ހަމައެކަނި ޝީންގެ ސޫރައެވެ.

***********************

ކާންދީ ނިންމާލުމައްފަހު ފެންވަރުވާލާފައި ޝީން އުޅުނީ ރައިން ނިންދެވުމަށެވެ.
ނަމަވެސް މިރޭ މާގިނައިރު ރުއިމުގެ ސަބަބުން ރައިން އަށްނިދުނީ ތަންކޮޅެއްލަހުންނެވެ.
ކުޑައެދުގައި ރައިންބާއްވާލުމައްފަހު އިރުކޮޅެއްވަންދެން ޝީން ރައިންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެތުއްތު ދަރިފުޅު ނިދާލާފައި އޮތް އިރު ބަލާ ފޫހިނުވާހާ ފުރިހަމައެވެ. އިރުކޮޅެއްވަންދެން އެގޮތައް ބަލަން ހުރެފައި ޝީން ގޮސް އަލަމާރީ ވަތްގަނޑު ހުޅުވާލުމައްފަހު މިއަދު ލިބުން ކައިވެނީގެ ފޮޓޯތައް ނެގުމައްފަހު އެދުގައި އިށީނީ ރައިންއަށް ބަލާލަމުން އައިއްސައެވެ.
ޝީން އެފޮޓޯތައްފަހަރަކު ފޮޓޯއެއްބަލަމުން ދިޔައިރު އެދެލޮލުން ކަރުނައާދައެވެ. މަންމައާއި އެކު ނަގާފައިވާ ފޮޓޯފެނުމުން ޝީން މޭގައި ފޮޓޯ ޖައްސާބާރުކޮއްލަމުން ޝީންއަށްރޮވެންފެށުނެވެ. އެއީ އޭނަގެ މަންމަގެ އެންމެ ފަހުހަދާނެވެ.ފޮޓޯގައި ހިނިއައިސް ޝީންގައިގައި ހިފަހައްޓައިލައިގެން ހުރި ފޮޓޯފެނުމުން ޝީންއަށް ކަރުނައާއިއެކު ކުއްވެރިޔަކު ފަދައިން އިސްޖަހާލެވުނެވެ. “މަންމާ އަހަރެންނައް މާފުކުރޭ”މިއަދު މިހުރިހާ ކަމެއް ބަދަލް ވެގެންދިޔައީ އަހރެންގެ ސަބަބުން’ އަހަރެންނައް އަހަރެންގެ އަމިއްލަ ނަފްސައް މާފު ނުދެވޭނެ ދުވަހަކުވެސް ” އަހަރެން ދެރަވީމަ މަންމަ ދެރަވާނެކަންއެގޭތީ އަހަރެން ނުރޯން ވަރައް މަސައްކަތް ކުރަން ” އެކަމަކު މަންމާ އަހަރެންނައް މަންމަ އާއި ނުލާ އަހަރެންގެ ދިރިއުޅުންފުރިހަމައެއް ނޫން”
އަހަރެން ކިތައްމެ މަސަތްކަތެއް ކުރިޔަސް އަހަރެން ކިހިނެއް ކެއްކުރާނީ” އެދުމައްޗައް ވެއްޓިގަންނަމުން ޝީން އަށް ބާރު ބާރައް ރޮއިގަނެވިއްޖެއެވެ. ޝީން ކެއްކުރަން މަސައްކަތް ކުރިޔަސް ކަރުނަތައް ހުއްޓުވޭ ގޮތެއް ނުވިއެވެ.
ރޮމުން ރޮމުން ގޮސް ވަރުބަލިވެގެން ގިސްޖެހެން ފެށުނެވެ. ޝީންގެ ރުއިމުގެއަޑައް ސިހިފައި ހޭލެވުން ރައިން ތުންފިއްތާލަމުން ރޮއިގަތެވެ.
އެދުންތެދުވެގެން ގޮސް ރައިންނަގާ މޭގައި ބޮނޑިކޮއްލަމުން އެމޫނުގައި ބޮސްދިނެވެ.އޭރުވެސް ޝީންއަށްރޮވެނީ އެވެ.ކުޑަ ކުޑަ ރައިން ޝީންގެމޫނައްބަލަހައްޓައިގެން އޮތްތަން ފެނުމުން ޝީން ލޮލުން ކަރުނަ ފޮހެލިއެވެ.
މުޅިން އާދުވަހަކައް އިރުފެނުން ތޮޅިލައިފިއެވެ.
ގިނައިރެއްނުވެ އޭގެ ރަންދޯދިތައް ދުނިޔެ މައްޗައްފެތުރިގަނެފިއެވެ.
ހުރަހެއްނެތި ލޮލައް އެޅޫނު އިރުގެ އަލިން ލޯމަތީގައި އަތް އަޅާލަމުނ ޝީން ތެދުވެވުނު އިރު ރައިން ރޮނީއެވެ.
ޝީން ރައިން ކައިރިއަށް ޖެހިލަމުން އެދުން ނަގަން އުޅުން ވަގުތު ޝީން ދިޔައީ ސިއްސައިގެންނެވެ.
ރައިން ހުމާ ފިހެނީ އެވެ.އޭރުވެސް ހުއްޓާނުލާ ރައިން ހަމަ ރޮނީއެވެ .
ޝީން ހާސްވެގެން ތެޅިގަނެވުނެވުނެވެ.ރައިން އުރާލައިގެން ޝީން ނަފީސާއަށް ގޮވަމުން ކޮޓަރިން ނިކުތީ ވަރައް ހާސްވެފައެވެ.ރައިންއަށް ކަމެއްވެއްޖެނަމަ އޭނާއަށް ކޮންމެ ގޮތެއްވެސް ވެދާނެއެވެ.
ރައިންއަކީ އޭނާގެ ފުރާނައެވެ.
ރައިންގެ ރުއިމުގެ އަޑާއެކު ޝީން ގެ އަޑު ނަފީސާ ކަންފަތުގައި ޖެހުމާއެކު ދުވެފައި ބަދިގެއިން ނިކުމެވުނެވެ.
ކިހިނެއްވީ؟ ނަފީސާ ހާސްވެފައި ހުރެ ރައިން އުރާލުމާއެކު ވެގެން އުޅޭގޮތް އެގުނެވެ. އޭރުވެސް ރައިން ހީވަނީ ފިހިދާނެހެންނެވެ،
އަވަހައް ހިނގާ ހޮސްޕިޓަލަށްދާން “ހާދަ ހުންގަދައޭ”ނަފީސާ އެހެން ބުނިއިރުވެސް ޝީންއަށްހަމަ ރޮވެނީއެވެ.
“ދައްތާ ރައިން އަށް ކަމެއްވެއްޖާ އަހަރެން މޮޔަވެދާނެ’ ޝީން ރޮމުން ހުރެ ބުނެލިއެވެ.
“ހަމަޖެހިލަބަލަ އިރާދަކުރެއްވިއްޔާ ރައިން އަށް އެއްވެސް ކަމެއް ނުވާނެ”
ނަފީސާ އެހެން ބުނެ ފައިގޮސް ޑްރައިވަރު ލައްވާ ކާރު ނެރެގެން ތިން މީހުން ހޮސްޕިޓަލްއަށް ދިޔައެވެ.ކާރުތެރޭ އިންއިރުވެސް ޝީންގެ މޫނުމަތިންހާސްވެފައިން ވަރު ނަފީސާއަށް ނަގައިގަނެވުނެވެ.ހޮސްޕިޓަލާ ހިސާބައް ދެވުން އިރުވެސް ރައިން ރުއިމަކައް ބަދަލެއް ނާދެއެވެ.
ހޮސްޕިޓަލް ކާރިއަށް ކާރު މަޑުކޮއްލުމާއެކު ޝީން ރައިންގޮވައިގެނ ކާރުންފޭބިއެވެ.
ފަހަތުން ނަފީސާވެސް ހައުސްކޯޓް ހިއްލާލުމައްފަހު ހޮސްޕިޓަލް ތެރެއަށް ވަނެވެ.
އަވަސްފަރުވާދޭ ބައިގެ އެދެއްގައި ރައިން ބޭއްވުމާއުކު ކުރިއަށްވުރެބާރައް ރައިން ރޯންފެށިއެވެ.ރައިން ރޯވަރަކަށް ޝީންގެ ލޮލުންވެސް ކަރުނައާދެއެވެ.
އާޔަން އަށް ރައިން އެޑްމިޓް ކުރިކަންއެގުމާއެކު އަވަހައް ހޮސްޕިޓަލްއަށް އައެވެ.އަދި އޭނައަށް އެންގިލެއް ލަސްވުމުން އެކަމާ ޝަކުވާ ކުރަން ފެށިއެވެ. އާޔަން އައުމުން ނަފީސާ އަންނާނަންކަމައް ބުނެ ގެއަށް ދިޔައެވެ.
މިހާރު ކުޑަކޮއްވެސް ރަގަޅުތަ؟ އާޔަން އައިސް ޝީން ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
ގަޑި ހަމަވާއިރައް ހުން ގަދަކޮއްލާ” ފެންކަޅިވެފައި ޝީންއަށް ބުނެވުނެވެ.
ޝީން ނުރޯން ކިތަންމެ މަސައްކަތް ކުރިޔަސް އޭނަގެ ސިކުނޑީވަނީ ހާސްވެވެފައެވެ.އެދެލޮލައް ބަލާލުމުންވެސް އެކަން އެގެއެވެ
އާޔަން ނިދިފައިއޮތް ރައިންއަށް ބަލާލަމުން ޝީންގާތު ހިތްވަރު ކުރުމައް ބުންޏެވެ.
ނުވެސް ކައިދޯ އައި ގޮތައް ތިއިންނަނީ ؟ އެބައަންނަން ކާއެއްޗެއްހިފައިގެން “އާޔަން އެހެން ބުނެ ބޭރައް ނިކުމެފައި އެބުރިއައީޝީން އަށް ކާއެއްޗެއް ހިފައިގެންނެވެ،ނަމަވެސް އެންމެ އެތިކޮޅެއްވެސް ޝީންގެ އަރުތެރޭން އެތެރެވާގޮތެއް ނުވިއެވެ،
ޝީން ތިހެން އުޅެނިކޮއް ރައިން ރަގަޅުވާއިރައް ޝީން ބަލިވެއްޖާކިހިނެއް ހަދާނީ “އާޔަން އެކިގޮތް ގޮތަށް ޝީން އަށް ވިސްނައިދެމުން ދިޔައެވެ.

ދެދުވަސް ހޮސްޕިޓަލްގައި ބޭއްވުމައްފަހު ރައިން ގެއަށް ދޫކޮއްލީ އެއްކޮއްރަގަޅު ވުމުންނެވެ.
ޝީންއަށް ލިބުނު ހުރިހާ ނުތަނަވަސްކަން ފިލާދިޔައެވެ،
ރައިން ބަލިވުމުން އާޔަން ގާތު ބުނުމައްފަހު ޝީން ޗުއްޓިއެއްނެގީ ރައިންއަށްވުރެ އިތުރުކަމެއް މުހިންމު ނޫންވީމައެވެ.
ޗުއްޓިނެގުމައްފަހު ޝީންގެ މުޅި ދުވަސް ވޭތުކޮއްލީ ރައިންއާއި އެކުގައަށެވެ. މާގަދައަށް ހުންއައުމުން ރަގަޅައް ހިނގި ހިނގި ހުރި ރައިން އަށް މިއަދު ހިނގަންވެސް އުދަގުލެވެ. ނަމަވެސް ހަމަ ވެއްޓޭއިރައް ތެދުވެ އަނެއްކާވެސް ހިނގައިގަނެއެވެ.ރައިން އުޅޭގޮތްބަލަން އެންމެން ވެސް ތިބީ ހިނިއައިއްސައެވެ.
ފަސް ދުވަހުގެ ޗުއްޓީ އެއް ނިންމާލުމައްފަހު ޝީން އޮފީހައް ނިކުތެވެ.އާދައިގެ މަތިން އޮފީހުގައި ބުރަކޮއް އުޅެފައި ޝީން ގެއަށް ދިއުމުގެ ކުރިން ނަފީސާ އަށް ގުޅާލިއެވެ.
މިއަދު ނަފީސާއާއި އެކު ރައިން އެގަނޑީ ނިދި ވާހަކަ ބުނުމުން ޝީން ގެއަށް ނުގޮސް އޮފީހުގައި މަޑުކުރިއެވެ.
ބްރޭކްގަޑީގައި އާޔަން ކާންދިޔައިރު ޝީން އިނުމުން އާޔަން ބޭނުންވީ ޝީންވެސް ގޮވައިގެން ދިއުމަށެވެ.
ޝީން އެކަމާއެއްބަސް ވެލުމައްފަހު އާޔަން އާއި އެކު ގޮސް ކާރައް އެރިއެވެ
ރައިން ރަގަޅުތަ މިހާރު؟ ކާރައް އަރާ ހަމަޖެހިލުމައްފަހު އާޔަން ބުނެލިއެވެ.
މިހާރު ރަގަޅު” ޝީން އާޔަންގެ ސުވާލައް ޖަވާބް ދިނުމުގެ ގޮތުން ބުނެލިއެވެ.
ރެސްޓޯރެންޓާ ހިސާބައް އާދެވުމުން ކާރު ޕާކްކޮއްލުމައްފަހު ދެމީހުން އެތެރެއަށް ވަނެވެ.
އަހަރެން މަންމަ މެން އައިއްސި މިކޮޅައް “މަންމަ ބޭނުންވޭ ޝީންއާއި ރައިން ދެކިލަން”
އާޔަން އެހެން ބުނެލިމުން ޝީންއަށް އާޔަންއަށް ބަލައިލެވުނީ ސުވާލްގެ ނަޒަރަކުންނެވެ.
މަންމަ އަށް އެގޭނެ އަހަރެން ރައިން އަށް ވަރުހުންނަ ވަރު “ދެންރައިން ބަލިވެގެން އުޅުންއިރު އަބަދު ހޮސްޕިޓަލްގައި އުޅޫނީމަވެސް އެގޭނެއްނު “ޝީން ކުރަން އުޅުންސުވާލްގެ ޖަވާބް އާޔަން ދިނީ ޝީން އެހެން އަހަން ބޭނުންވެފަ އިންކަން އެގިގެންނެވެ.
މިއަދު އޮފީސް ނިންމާލާފައިދާނީ ދޯ” ޝީން އާޔަން ބޭނުންވާކަމަކައް ނޫނެކޭ ނުބުނަންވެގެން ބުނެލިއެވެ.
*****************

ހެދުނުން ސުރެ އަޔާޒް ވިސްނަމުންދިޔައީއޭނާއަށް ޝީން ފެނުމުން ވާނެގޮތަކާ ދޭތެރޭގައެވެ.
އެދެލޯ ކެއްތެރިކަމެއް ނެތި އިންތިޒާރު އެކުރަނީ ޝީން ފެނުމަށެވެ.
ނަމަވެސް އަޔާޒްގެ ހިތައް ބުނެދޭންނޭގޭ ގޮތްތަކެއް ވަމުން ދިޔައީ އޭނާ އަށް ޝީން ފެނުމުން ވާނެގޮތެއް ނޭގޭތީއެވެ.މިހާރު އަހރެން އޭނައަށް އިންތިޒާރު ކުރުމުގެ ބޭނުމެއްވެސް ނެއް މިހާރު އެއީ ލޯބި ލޯބި ކުއްޖެއްގެ މަންމައެއް”
ލޯއްބަކީހާދަހާ އެހެންކަހަލަ އެއްޗެކެވެ.އެއްފަހަރު ވެވިއްޖެނަމަ އެމީހެއްގެ މަތިން ހަދާންނައްތާލުމަކީ ހާދަހާ އުދަގޫކަމެކެވެ.
އަޔާޒް ކިތަންމެ ދާން ބޭނުން ނުއްވަސް މަންމަމެންނާ ދުރުގައި އެގޮތައް އުޅުމަކީއޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.
ކޮންމެގޮތަކައް ކަންތައް ވިޔަސް އަހަރެން ކެއްކުރާނަން” ޗެކިން ފެށޭ ގަޑިގާތްވާން ފެށުމުން އަޔާޒް އެއާޕޯޓްއަށް ދާން ގެއިން ނިކުތެވެ.
އޭރުވެސް ލޯކުރިމަތިން ޝީންގެ ތަސްވީރު އަޔާޒް އަށް ފެންނަ ކަހަލައެވެ.
************
އޮފީސް ނިންމާލާފައި މިއަދު ޝީން ތަންކޮޅެއް ކުރިން ގެއަށް އައީ އާޔަންއާއި އެކު ރައިން ގޮވައިގެން އާޔަން މަންމަ ގާތައް ދިއުމަށެވެ.
ކޮޓަރިއަށްވަދެ ދެމައިން ތައްޔާރވެލައިގެންނިކުތް އިރުވެސް އާޔަން ސިޓިންގް ރޫމް ސޯފާގައި އިނެވެ.ގިނައިރު ތަކެއްނުވެ ޝީންއާއި ރައިން ނިކުތެވެ.އޭރު ނަފީސާވެސް ޔޫން ގޮވައިގެން ބޭރައްދާން ނިކުންނަނީއެވެ.
ނަފީސާމެން ކާރައްއަރައިގެން ދިއުމުން ޝީން ރައިން ގޮވައިގެން ގޮސް އާޔަންގެ ކާރައް އެރިއެވެ.
އާޔަން އުޅޭ ގެއާ ހިސާބައް ދެވުމުން ކާރު ޕާކް ކޮއްލުމައްފަހު އާޔަން ރައިން އުރައިލައިގެން ހިގައިގަތެވެ.
އެޕާޓްމެންޓް ދޮރުހުޅުވާލުމާއެކު ސޯފާގައި އިން ސީމާ ހިނިއައިސް ހުރެ ދޮރުކައިރީ ހުއްޓީލަމުން ޝީންއަށާއި ރައިންއަށް ވަކިވަކިން ބަލާލިއެވެ.އަދި ރައިން އުރާލަން އަތް ދިއްކޮއްލުމާއެކު އަނެއްފަރާތައް އެބުރި އާޔަންގައިގައި ބައްދާލިއެވ.ރައިންގެ އެހަރަކާތުންވެސް ސީމާއަށް އާޔަންއާއިގެން ރައިން ފޯރިހުންނަ ވަރުއެނގުނެވެ.
އާޔަންގެ އަތުގައި އިނދެފައި ޝީންގާތައްވެސް ނުދެއެވެ.

އާޔަންއަށް ލިބިފައިވަނީ އާޔަންގެ މަންމަގެ ސިފަތަކެކެވެ. އެހާއަހްލާގް ރަގަޅެވެ. އެންމެންނާވެސް ގުޅޭކަހަލަ މިޒާޖެއްގެ މީހެކެވެ.
ޝީންއާއި ސީމާ ވާހަކަދެއްކިއިރު ޝީންއަށް ބޭރުގެއެއްގައި އިދެވުނު ކަމުގެ އިހްސާސްވެސް ނުކުރެވެއެވެ.
ރައިންއާއިގެންވެސް ސީމާއުޅުނީ އެހާވަރުންނެވެ.
އިރުއޮއްސެން ގާތް ވުމުން ޝީން އާއި އާޔަން ގެއަށް އައީ ސީމާގާތުއަދިއަންނާނަން ކަމައްބުނެފައެވެ.
ގެއަށް ވަދެވުމާއެކު އާޔަން ސޯފާގައި ޝީންއާއިއެކު އިށީނދެލިއެވެ. އޭރު ނަފީސާ އަދިވެސް ގެއަށް ނާދެއެވެ.
ރައިން ސިޓިންގްރޫމްގައި ހިނގަ ހިގާފަ އުޅޭއިރު މިއަދު ޝީންއަށް ފާހަގަ ވީ އަބަދު ބައްޕަ ކިޔަން ރައިން އުޅޭކަމެވެ.
ޝީން ރައިން އާއި ދިމާލައް ބަލަހައްޓައިގެން އިންއިރު އާޔަން އިނީ ޓީވީއިންދައްކާ ކާޓޫނައް ގެއްލިފައެވެ’ޝީން ބަލާލިއިރު އާޔަން އެހެން އިނުމުން ޝީންގާތައް ވަރައް ހިނިއައެވެ.
ޝީން ހޭތަން ފެނުމުން އާޔަން އަށް ވާނުވާއެނގި ހޭންފެށިއެވެ.
ދެމީހުން އެއްވަރަކަށް ހެމުން ދަނިކޮއް ގޭތެރެއަށް މީހަކު ވަނެވެ.
ތެދުވެފައި ހިނގައިގަތް ރައިން ގޮސް އެމީހާގެ ފައިގާ އޮޅުލައި ގަންނަމުން ބައް ބައް ބައް ޕާ އޭ ގޮވާލިއަޑުއިވުމާއެކު ޝީންއާއި އާޔަން އެއްފަހަރާބަލާލީ ހިނިއައިސް ހުރެއެވެ.ރައިންގެ އަނގައިން އަލައް ބައްޕާއޭ ގޮވާލީއެވެ.

އޭރު ރައިން އެމީހާގެ ފައިގައި އޮޅުލައިގަނެގެން ހުއްޓެވެ.އޭރު އެމީހާގެ ދެލޯ ވަނީ ޝީންއަށާއި ސޯފާގައި އިން އާޔަންއަށް ހުއްޓިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 03

Next

ތަޤްދީރު (20)

Next
March 21, 2018

ތަޤްދީރު (20)

Previews
March 21, 2018

ލޯބިނުވިޔަސް ފިރުމާލަދީ 03

39 Comments!

  1. unique says:
    March 21, 2018 at 2:36 pm

    hama mi bely

    1. Marie says:
      March 21, 2018 at 5:04 pm

      ?Thank you unique

  2. Neem says:
    March 21, 2018 at 2:37 pm

    Woooooow

    1. Marie says:
      March 21, 2018 at 5:04 pm

      ?Thank you neeem

  3. shasha says:
    March 21, 2018 at 2:38 pm

    Wow!!!! V v v v reethi story

    1. Marie says:
      March 21, 2018 at 5:04 pm

      ?Thank you shasha

  4. Xaaan says:
    March 21, 2018 at 2:45 pm

    Masha Allah mi baives v reethi ekamaku v kuru enme kiyaahihvi hisaabun nimuny vvv inthizaar kohfin story ah waiting next part

    1. Marie says:
      March 21, 2018 at 5:06 pm

      Vrh bodah sorry up vi lehh las v ma…insha allah maadhan aneh bai up kollaanan ..
      ? thank you xaaan

  5. unique says:
    March 21, 2018 at 2:46 pm

    hama best varah vx reethi i luv it plx mirey ehn baeh genes dhehchey plxxxx

    1. Marie says:
      March 21, 2018 at 5:10 pm

      insha allah maadhan aneh bai up kollaanan ..
      ? thank you unique

  6. lotus says:
    March 21, 2018 at 2:54 pm

    Dont tell me that is ayaaz!!!

    1. Marie says:
      March 21, 2018 at 5:10 pm

      ?Thank you lotus

  7. Aki says:
    March 21, 2018 at 2:54 pm

    haadha reethi hisaabakun e nimunee… miadhu adhi one part up kohla dheebaa pls

    1. Marie says:
      March 21, 2018 at 10:34 pm

      ?Thank you aki ..
      Maadhan inshaallah aneh part up kolladheynan

  8. lotus says:
    March 21, 2018 at 2:56 pm

    Story v nice… alhey dhen kihine vaanee.. sheen n ayaaz wil get together in the end dho

    1. Marie says:
      March 21, 2018 at 5:15 pm

      ?thank you lotus ..
      Heheh…

  9. axoo says:
    March 21, 2018 at 2:57 pm

    vvvv reethi

    1. Marie says:
      March 21, 2018 at 5:15 pm

      ?thank you axoo

  10. Swety says:
    March 21, 2018 at 2:57 pm

    Pls pls pls tahkolheh avaskohlachey dhen genesdhey part….vvvv reethi mi part ves. haada varakah ayaaxuah inthixaaru eba kureve ey…fainally his back dhw❤❤❤❤❤❤❤

    1. Marie says:
      March 21, 2018 at 5:13 pm

      ?insha allah maaadhan aneh part up kolladheynan..
      ?Thank.you swety
      Ayaaaz thr e aeee swety …hehhe..sheen ah neygunehhnu fenunymavess.
      Ayaaz viyya sheen ah engeynehh..dhen balamaa dw kaakuthw e’ee??

    2. Anonymous says:
      March 21, 2018 at 7:28 pm

      Mi part ga neh bunehfa eh sheen ah ehmeehaa faahagakuran neygunu vaahaka eh dhw. Vaahaka genesfa iny ehmeehaa ge nazaru dhaan aa aayan ah huttifa huri hisaabah. But after reading your comment its pretty sure that it wasn’t ayaaz.

  11. Azu says:
    March 21, 2018 at 3:10 pm

    Vara reethi..waiting for next part

    1. Marie says:
      March 21, 2018 at 5:16 pm

      ?thank you azu
      Inshaallah maadhan aneh.part up kolladheynan

  12. Ibsha says:
    March 21, 2018 at 3:11 pm

    Varah reethi

    1. Marie says:
      March 21, 2018 at 5:17 pm

      ?thank you ibsha

  13. ft says:
    March 21, 2018 at 3:19 pm

    fff

  14. Shann says:
    March 21, 2018 at 3:27 pm

    Ayaaz kanneynge e aee dhw… Enme kiyaahiyvi hisaabun thi ninmaaly… Dhen khon dhuvahakun story kiyaalan libeyny…

    1. Marie says:
      March 21, 2018 at 5:18 pm

      ?thank you shann
      Maadhan inshaallah aneh part up kollaanan..???

  15. Rau says:
    March 21, 2018 at 4:45 pm

    Hadha lahry mihaaru up vaaleh

    1. Marie says:
      March 21, 2018 at 5:03 pm

      Kury dhuvahu busy v ma up kohh nulevuny …iyyye vaahaka submit kollin ekam publish nuvy ..sorrry vrh bodah ..maadhan inshaallah aneh bai up kollaanan ..

  16. Aisha says:
    March 21, 2018 at 5:16 pm

    Konirakun next part nikunnany thankolhrh avahah up kohlleveythoa balaaba pls

    1. Marie says:
      March 21, 2018 at 5:19 pm

      Thank you aisha ..inshaallah maadhan next part up
      ??? kolladheynan

  17. Fathun says:
    March 21, 2018 at 5:18 pm

    V v v reethi…daily koh up koh dheeba

    1. Marie says:
      March 22, 2018 at 10:04 am

      ?Thank you faathun
      Daily koh up kohdhevey thw ??vrh try kuran

  18. Maahy says:
    March 21, 2018 at 5:21 pm

    I think it’s alook
    Anyways story is damn nice ? I just love it

    1. Marie says:
      March 21, 2018 at 6:19 pm

      ?thank you maahy
      Yahh.. aloook ah vedhaane…ehehe

  19. Aisha says:
    March 21, 2018 at 5:25 pm

    Story v salhi ingey

    1. Marie says:
      March 21, 2018 at 6:19 pm

      ?thank you aisha

  20. Aisha says:
    March 21, 2018 at 8:35 pm

    Thank you

Comments are closed.

Next Episodeޝީން (ބާވީސް ވަނަބައި)←


All Right Reserved!