Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ނަވާރަ ވަނަބައި)

Marie Level 210 Stories100 Login100 Comments
March 17, 2018 5 Mins Read
20 Comments

ޝީން އަށް އެދަރިފުޅު ފެނުމުން ލޮލުން ކަރުނައައެވެ.
ނަރުސްކުއްޖާ ނަފީސާ އަތައް އެދަރިފުޅު ލާދިނެވެ،ނަފީސާގެލޮލުންވެސް ކަރުނަ އައެވެ.ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.
ނަފީސާ އެދަރިފުޅު މޫނާއި މޫނުކައިރިކޮއްލިވަގުތު ފެނުނު މަންޒަރުން ނަފީސާގެ ބަސް ހުއްޓުނެވެ.
ހައިރާންވެފައި އެކުއްޖާގެ މޭމައްޗައް ނަފީސާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
ކަޅިޖަހާލަންވެސް ނޭގިބެލެމުންދިޔައީ އެދަރިފުޅުގެ މޭމަތީގައި އިން ކަޅުކަންގަދަ ބޮޑުލަފަށެވެ.
މީހަމަ އަޔާޒްގެ މޭމަތީ އިންނަލައްގޮތައް އިން ލަފެއް އެއްވެސްތަފާތެއްނެއް ”
ނަފީސާ ލޯކުޑަކޮއްލަމުން އެލަފައް ބަލައިލިއެވެ.”
ދެމައިންގެ ހާލްވެސް ރަގަޅުކަމުން ކުޑައިރުކޮޅެއްގެ ތެރޭ ޝީންވެސް ވޯޑައްނެރުނެވެ.
ދައްތާ އާޔަންއަށްގުޅާފަ ބުނެދީބަލަ” ޝީން އެހެން ބުނުމުން ނަފީސާ ކުޑަދަރިފުޅު ޝީންގާތު ބޭއްވުމައްފަހު ޝީން ޖަހައިދިން ނަމްބަރައް ގުޅާލިއެވެ.
ނަފީސާ ގުޅީތާ ކުޑައިރުކޮޅޭއްވީ އިރު އާޔަން ހުރީ ހޮސްޕިޓަލް ތެރޭގައެވެ.
އެކުޑަ ދަރިފުޅު ދެކިލުމައްކެއްމަދުވެފަ ހުރި އާޔަން ޝީން އޮތް ބެޑާ ކައިރިވެލަމުން ޝީން ގާތު ލޯބިކޮއްނިދާލާފައި އޮތް ކުޑަ ދަރިފުޅާ ކައިރިވެލަމުން މޫނުގައި ބޮސްދިނެވެ.
އާޔަން އުޅުން ގޮތުން ޝީންގެ ލޮލުން ކަރުނައައެވެ.
އަޔާޒް މިއަދު ހުރިނަމަ މިއީ އޭނާގެ ލޭކަންއެނގޭނަމަ އުޅޭނީ ކިހިނެއްބާއެވެ”
މިދަރިފުޅައް އަހަރެންނައް ބައްޕަ ކިޔައިދެއްޗޭ”އާޔަން ޝީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ބޭބީ ވަރައްލޯބި ހީވަނީ ހަމަ ކުޑަ ކުޑަ ޝީންއެއްހެން” އާޔަން އެހެން ބުނެލުމުން ޝީންގާތައް ހިނިއައެވެ.
ދައްތާ ދެންދޭ ދައްތަ ގެއަށް ގޮސްލަން އަހަރެން މިތާ މަޑުކޮއްލާނަން “އާޔަން އެހެން ބުނެލުމުން ނަފީސާ ޔާސިރުއާއިއެކު ހޮސްޕިޓަލްއިން ނިކުތީ މެންދުރުނަމާދުކޮއްލަން ދާންވެގެންނެވެ.
ކޮބާ ކީކޭތަ ޑޮކްޓަރު ބުނަނީ “ކޮންއިރަކުންނޯ ގެއައް ފޮނުވާލަނީ”
އާޔަން ޝީންގާތުއަހާލިއެވެ.
ހުރިހާކަމެއްވެސް އޯކޭއޯ ބުނީ”ކަމެއް ގޯސްނުވަންޏާ ދެތިން ދުވަސްތެރޭ ދޫކޮއްލާނަމޯ ބުނީ”ޝީން އާޔަންއަށް ބުނެލިއެވެ.
މެންދުރު ނަމާދު ކޮއްލައިގެން ނަފީސާ އައުމުން އާޔަން އޮފީހަށް ދިޔައީ ނިންމާފައި އަންނާނަން ކަމައް ބުނެއެވެ’އާޔަން ދިއުމުން ނަފީސާ ގޮނޑީގައި އިށީނދެ ކުޑަ ދަރިފުޅައްބަލާލިއެވެ.
ޝީންއަށް އިނގޭތަ ދަންތަ މިއަދު ހަދާންވަނީ ދައްތައަށް އަޔާޒް ލިބުން ދުވަސް “ނަފީސާ ކުއްލިއަކައް ފެށިވާހަކައަކުން ޝީންގެ ކަރުތެރެ ބެދޭގޮތްވިއެވެ.
“އެނގޭތަ މިދަރިފުޅުގެ މޭމަތީ އޭނަ ބޮޑުލައްގޮތައް ހަމަ އެތާ އެކަހަލަ ލަފެއް އަޔާޒްގެވެސް އިންނާނެ އެއްވެސް ތަފާތެއްނެއް” ނަފީސާ ބުނިއެއްޗަކުން ކުއްލިއަކައް ޝީންއަށް އެދަރިފުޅުގެ މޭމައްޗައް ބަލާލެވުނެވެ.ތެދެކެ އެ އޮމާން ދޮން ހަންގަނޑުގައި ކަޅުކަންގަދަ ބޮޑުލަފެއް އެބައިނެވެ.
ޝީން ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެލަފައް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. މިހާރުވެސް އެދަރިފުޅާ އެދަރިފުޅުގެ ބައްޕައާއި އެއްގޮތް ކަންތައް ތަކެއް ފެންނަންފެށީއެވެ.
ނަފީސާއަށް ޝައްކެއްވެދާނެތީ ޝީން ވަރައްހާސްވީއެވެ.
ދެމައިންގެ ހާލުވެސް ރަގަޅުވުން ހޮސްޕިޓަލްގައި ތިންދުވަހު ބޭއްވުމައްފަހު ގެއަށް ފޮނުވާލިއެވެ.
ކުޑަދަރިފުޅުގޮވައިގެން ގެއަށް އައި އިރު އެދަރިފުޅު އާޔަންގެ އަތުތެރޭގައި ނިދާލާފައި އޮތެވެ އާޔަން އެދަރިފުޅާއިގެން އުޅޭގޮތުން ކޮންމެ މީހަކައްވެސް އެއީއާޔަންގެ އަމިއްލަ ދަރިޔެކޭ ހީވާވަރުވެއެވެ.
”ސަޕްރައިޒް” ޝީން ގޭތެރެއަށް ވަދެވުމާއެކު އެތައް ބައެއްގެ އަޑުން ސިހުނެވެ. އެއަނޑު އިވުމާއެކު އާޔަންގެ އަތުތެރޭ ނިދާލާފައި އޮތް ކުޑަދަރިފުޅު ތޫލިއަޑަކުން ރޯންފެށިއެވެ.
އާޔަން މޫނާއި ކައިރިކޮއްލަމުން އެދަރިފުޅު މަސަލަސް ކޮއްލިއެވެ .އެމަންޒަރު ބަލަން ހުރި ޝީން އަށް އާޔަންގެ މޫނައްބަލާލެވުނެވެ.
އާޔަންގެ އޮފީހު ހުރިހާ ސްޓާފުން އޭރު ސިޓިންގްރޫމްގައި ތިއްބެވެ. ކޮންމެ މީހެއްވެސް އަގައިން ނިކުންނަމުން ދިޔައީ އެދަރިފުޅު ލޯބިވާހައެވެ.އަދި ޝީން އާއި އެއްވެސް ތަފާތެއްނެއްވާހަކައެވެ.
ކޮންމެ މީހެއްގެ ވާހަކައިންވެސް ޝީން ހިނިތުންވެލައެވެ
ތޭންކްޔޫ……ޝީން ހިނިތުން ވެލަމުން ހުރިހާ ސްޓާފުންނައް ބުނެލިއެވެ. އަދި އާޔަންއާއި އެކު ކޮޓަރިއާއި ދިމާލައް މިސްރާބް ޖެހިއެވެ.ގިނަ އިރުތަކެއްނުވެ ހުރިހާ ސްޓާފުންތައްވެސް ނިކުމެގެން ދިޔައެވެ.
އާޔަން އެގޮތައް އެކަން ކުރީވެސް ޝީން ހިތްހަމަ ޖައްސައި ދިނުމަށެވެ.
ނަފީސާގެ އެހީއާއި އެކު އާޔަން އެކޮޓަރިވެސް ތައްޔާރު ކޮއްލާފައި ހުރީވެސް ވަރައް ފުރިހަމައަށެވެ.
ކޮޓަރީގެ އެއްފަރާތެއްގައި ހުރި ސައިޑްޓޭބަލް މަތީގައި އެކިކުލަކުލައިގެ ނެޗުރަލް ފުލާވާ ބޮކޭއެއް ބާއްވާލާފައި އޮތެވެ.
ޝީންގެ ބެޑާ ޖެހިގެން ބަހައްޓާފައި ހުރި ބޭބީގެ ކުނޑައެދުގައި އެކިވައްތަރުގެ ކުޅޭއެއްޗިސް އެލުވާފައި ހުއްޓޭވެ.
ޝީން ސުކުރުވެރި ލޮލަކުން އާޔަންއަށް ބަލާލިއެވެ.
އާޔަންއަކީ މިހާރު ޝީންގެ ހަޔާތުގެ އެއްބައެވެ.ދުވަހަކުވެސް ޝީން އާޔަން ދެރަވާ ކަހަލައެއްވެސް ކަމެއްނުކުރާނެއެވެ.
އެހެން އެންމެން ޝީން ހާލުގަ ޖެހުން ދުވަހު އޭނާބާކީ ކޮއް އެންމެން ދުރައް ދިޔައީއެވެ.
އާޔަން އަކީ ހުރިހާ ހަގީގަތަކާއެކު ޝީންގެ އެންމެ ގާތުގައި ހުރި އެއްމެ ހެޔޮއެދޭމީހާއެވެ.ޝީންގެ ހިތުން ދުވަހަކުވެސް އެކަން ނުފިލާނެއެވެ.
ބޭބީ ބެޑްގަ ބޭއްވުމައްފަހު އާޔަން ނިކުމެގެންދިޔައީ މިރޭ އަންނާނަންކަމައް ބުނެފައެވެ.
އާޔަން ދިޔަތާ ކުޑަ އިރުކޮޅެއްވެސް ނުވަނީސް ނަފީސާ އައިސް ކޮޓަރިއަށް ވަނީ ޝީންއަށް ކާން ހިފައިގެންންނެވެ.
ކޮބާ މިހާރު މިސޮރައް ކިޔަނެ ނަމެއް ހޯދައިފިންތަ؟ ނަފީސާ ކާންގެނައި އެއްޗެހި ޝީންކައިރީ ބަހައްޓަމުން ނިދިފައި އޮތް ކުޑަދަރިފުޅައް ބަލައިލަމުން ބުނެލިއެވެ.
ދެނަން ހޯދާފަ އިންނާނީ ރައިން އާއި އާކިން” އަހަރެންނައް އެންމެ ރީތީ ރައިން ” ދައްތައަށް ކޮންނަމެއް ރީތީ” ބަތް ސަމުސަލެއް އަނގަ އަށް ލަމުން ޝީން ބުނެލިއެވެ.
ދައްތައަށްވެސް ރީތީ ރައިން “” މާނަ ރީތިތަ އެނަމުގެ ؟މާނަ ރީތިއްޔާ އެނަން ކިޔަމާ”ނަފީސާ ބުނެލިއެވެ.
ދެމީހުން ވާހަކާގައި ތިއްބައި ކުޑަދަރިފުޅު ލޯހުޅުވާވެސް ނުލާ ބާރަށް ރޯން ފެށިއެވެ.
ނަފީސާ ގޮސް އެދަރިފުޅު މަސަލަސް ކުރެވޭތޯ އުޅުނެވެ.ނަމަވެސް ފަހަރަކައްވުރެ ފަހަރެއް ބާރަށް ރޯންފެށިއެވެ
ބަނޑުހައިވެގެން އެރޮނީ ޝީން އަތައް ދަރިފުޅު ދެމުން ނަފީސާ ބުނެލިއެވެ.
އެބައަންނަން ތަށިތައްލައިފަ ފެންވަރުވާލަން” ނަފީސާ އެހެން ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ޝީން އެކަނި ވުމާއެކު އެދަރިފުޅުގެ މޫނައް ވަރައް ފަރުވާތެރި ކަމާއެކުބަލާލިއެވެ.ހީވާކަހަލައެވެ.އެ ކުޑަ ކުޑަ މޫނުން ޝީން އެހޯދަނީ އެކުއްޖާ ބައްޕަގެ ސޫރައެވެ.
ޝިން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނީ އެދަރިފުޅުގައިގައި އަޔާޒްގެ އެއްވެސް ސިފައެއް ފެންނާކައް ނެތެވެ.އެއީ ޝީންގެ ނަސީބެވެ.
ކުއްލިއަކައް ހަދާންވާކަހަލަ ގޮތަކައް ޝީން އެދަރިފުޅު ލައްވާފައިވާ ހެދުން ހިތްލާލަމުން މޭމަތީގައި އިން ބޮޑުލަފައް ބަލާލިއެވެ
ނަފީސާއަށް އެލައްފެނުމުން ޝީން ހީކުރީ ނަފީސާއަށާް ޝައްކެއްވާނެކަމަށެވެ.
ނަމަވެސް ނަފީސާފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެނުމުން ޝީންހިއްހަމަޖެހިލިއެވެ.
ނަމަވެސް ނަފީސާއަށް އެކަން ނޭގުނަސް އަޔާޒްއަށް އެލައް ފެންނަ އިރައް ޝައްކުވާނެކަން އެނގޭތީ ޝީން ހާސްވާގޮތްވިއެވެ
.ޝީންގެ އަތުގައި ޖެހިލުމާއެކު ތުއްތު ދަރިފުޅު ހުއްޓާލިއެވެ.އެކުޑަ ކުޑަ ކުއްޖާއަށްވެސް އޭނަގެ މަންމަ އަތުގައި ޖެހުމުން ހިމާޔައް ލިބިގެން ހުއްޓާލިކަހަލައެވެ.
ނަފީސާ ތަށިތައްލައިފައި އައިސް ދަރިފުޅު ފެންވަރުވާލުމައްފަހު ޝީން ކުޑައެދުގައި ދަރިފުޅު ބާއްވާލަ ދިނެވެ.
ދެން އޮށޯވެލާ”އެހާ ގިނައިރު ތެދުވެގެން އުޅޭކައް ނުވާނެ” ނަފީސާއެހެން ބުނެ ނިކުމެގެން ދިޔުމުން ޝީން ކުޑައެދު ކައިރިއަށް ދިޔައެވެ.އަދި ނިދިފައި އޮތް ދަރިފުޅު ގައިމަތީއޮތް ރަޖާ
ރަގަޅު ކޮއްލަމުން މޫނައް ބޮސްދިނެވެ.
ތަން ކޮޅެއް ލަހުން މިއަދު އޮފީސް ނިމުމުން އާޔަން ގެއަށް އައިސް ފެންވަރާ ތާޒާ ވެލުމައްފަހު ޝީން ކައިރިއަށްދެވުން އިރު ނުވައެއްޖަހނީއެވެ. އޭރު ޝީން ކައިގެން ކޮޓަރީގައި އުޅެއެވެ.
އާޔަން ކޮޓަރިއަށް ވަދެ ޝީންކައިރީގައި އިށީނެވެ.އޭރުވެސް ބޭބީރީތިކޮއް ނިދާލާފައި އޮތެވެ.
މިހާރުނަމެއް ހޯދީތަ ؟ އާޔަން ޝީންއަށް ބަލާލަމުން ބުނެލިއެވެ.
އާޔަންއަށް ރީތި ނަމެއް އެބެއްތަ؟ އަހަރެން މިވިސްނަނީ ރައިން ކިޔަން “އާޔަން އަށް އެނަން ރީތިތަ؟
ޝީން ބުނެލިއެވެ.
އަހަރެންނައްވެސް ރައިން ވަރައްރީތި އެނަން ކިޔަމާ’އާޔަންއަށްވެސް އެނަން ވަރައް ކަމުދިޔައެވެ.
އާޔަން އެގެއިން ނިކުތުމުން ޝީން އެދުގައި ހަމަޖެހިލިއެވެ.
ނަމަވެސް ނިދަން އުޅެ އުޅެވެސް ނިދޭގޮތެއް ނުވިއެވެ.އަޔާޒް އާއިދޭތެރޭ ވިސްނެން ފެށުނެނެވެ.
މީހުންގެ ކުރިމަތީގައި ކިތައްމެ ހިތްވަރުކޮއްލައިގެން ހުއްޓާސް އެކަނިވުމުން ލޮލުން ކަރުނަ އަންނަގޮތްވެއެވެ،
އޭނަގެ ހަޔާތައް ކަންތައް ތައްވެގެން ދިޔަގޮތުން އަދިވެސް ޝީން އޭނާގެ އަމިއްލަ ނަފުސް ކުއްވެރިކުރެއެވެ.
މިހާރު އަބަދާއި އަބަދު ވިސްނެމުން ދިޔައީ އަޔާޒްއައުމުން ވާނެގޮތަކާ ދޭތެރޭގައެވެ.
އެދަރިފުޅަކީ އޭނަގެ ދަރިއެއްކަން އެގުމުން ވާނެގޮތަކާ މެދުގައެވެ.
އަޔާޒް އަންނަން ވާއިރައް އޭނަ އެގެއިން ނިކުންނަން ވީހެއްޔެވެ.އެކަމަކުވެސް ދާނީވެސް ވަކި ކޮންތާކައް ހެއްޔެވެ.
އެގޮތައް ނަފީސާވެސް ގަބޫލެއްނުވާނެއެވެ.ނަފީސާއާއި ދެކޮޅައް އެއްވެސް ކަމެއް ކުރާނެހާ ހިތްވަރެއް ޝީންގެ ނެތެވެ.
އަވަހައް އެހެން މީހަކާ އިނދެ އެދަރިފުޅުގެ ހަގީގައް މުޅި އުމުރައް ސިއްރު ކޮއްލަންވީހެއްޔެވެ.
އެކަމަކުވެސް މިހާރު ޝީންއަށް އެހެން މީހަކާ އިނދެގެންވެސް ނޫޅެވޭނޭއެވެ.ހިތުގެ ކަނަކުން އަބަދުމެ ގޮވެނީ އަޔާޒްއަށެވެ.އާއެކެވެ.އެރޭގެ ހާދިސާއަށްފަހު ޝީންގެ ހިތުގައިއަޔާޒްގެ ނަން ލިޔެވިއްޖެއެވެ.މިހާރު އެދަރިފުޅު ފެނުމުންވެސް ޝީންއަށްއަޔާޒްގެ ހަދާން އާކޮއްދެއެވެ.
ހިތް އެދެމުން ދިޔައީ އެދަރިފުޅައް އެކުއްޖާގެ ބައްޕަގެ ލޯބި ހޯދައިދިނުމަށެވެ.
އެކަމަކު ޝީން އަޔާޒްގެ ނަން އެހިތުގައި އޮތަސް އެކަން ސިއްރުކާނީއެވެ.މިހާރުވެސް އޭނަގެ ސަބަބުން އަޔާޒް ހިތްހަމަނުޖެހިފައި ހުންނަވަރު އެނގެނީ ޝީންއަށެވެ.
އެހެންނޫންނަމަ އެވަރައް ގުޅާއިރު ޝީންގެހާލުބަލައިލީހެވެ.
އެކި ހިޔާލްތަކުގައި އޮތް ޝީން ސިހުނީ ދަރިފުޅު ރޯލީމައެވެ. އަވަހައް އެދުން ތެދުވެގެން ގޮސް ދަރިފުޅު ނަގާ ކައިރީ ބާއްވާލިއެވެ.
އެދަރިފުޅަކީ އޭނަގެ ނަސީބެވެ.
ޖެހިގެންއައި ދުވަހު ކުޑަ ގޮތެއްހަދާލުމައްފަހު ދަރިފުޅައް ރައިންގެ ނަމުން ނަން ދެވުނެވެ “މީ މާމަގެ ރައިންނޭ ދޯ ބަލާލަބަލަ ބަސްއަހައިގެން އޮތްވަރު “ރައިން ލޯބޮނޑުކޮއްލައިގެން އޮތްތަންފެނުމުން ނަފީސާ ބުނެލިއެވެ.
އޭރު ޔޫން ނަފީސާ ކައިރީގައި ހުރެގެން ކޮއްކޮ ދޭށޭ ކިޔައެވެ. ނަފީސާ ޔޫން ސޯފާގައި ބޭންދުމައްފަހު ރައިން ޔޫން އުނގައްލައިދިނެވެ’ ދަރިފުޅާ މީ ދަރިފުޅުގެ ދޮންތަ އިނގޭ “ނަފީސާއެހެން ބުނެލުމުން ކުޑަ ކުޑަ ޔޫން ވެސް ހިނިތުންވެލިއެވެ.
މަންމާ މީ ޔޫން ކަހަލަ ބޭބީ އެއްތަ؟ ކުޑަ ކުޑަ އަޑަކުން ޔޫން ނަފީސާއާއި ސުވާލް ކޮއްލިއެވެ. މީ ޔޫން ކަހަލަ ބޭބީ އެއް ނޫން “މީ ދޮންބެ ކަހަލަ ބޭބީއެއް”ނަފީސާ ޔޫން އަތުގައި އޮތް ރައިން ނަގަމުން ބުނެލިއެވެ.ނަފީސާ ރައިންނެގުމުންވެސް ޔޫން ހުރީ ދެލޯ އަޅާއިގެންނެވެ.
ހަވީރުފަހެއްޖެހި އިރު އާޔަން އޮފީހުން ނިކުންނަމުން ޝީންއަށް ގުޅާލުމައްފަހު ހާލްބަލާލިއެވެ.
އެއީ އާޔަންގެ ކޮންމެދުވަހެއްގެ ވެސް އާދައެވެ.އޮފީހައް ވަދެވުމާއެ އެންމެފުރަތަމަވެސް ގުޅާލަނީ ޝިންއަށެވެ ނިކުމެފަވެސްއެންމެ ފުރަތަމަ ގުޅާލާނީ ޝީންއަށެވެ.
ދަރިފުޅު ލިބި މިވީ މަދު ދުވަސްތަކުގައި ދަރިފުޅައްބޭނުންވާނެ ހުރިހާއެއްޗެއް އާޔަން ހޯދާދެއެވެ.
އެއީ ޝީން ބޭނުންވާގޮތް ނޫން ވިޔަސް އާޔަންއާއި ދެކޮޅުހަދާކައް ޝީންއަކައް ނުކެރެއެވެ.
ރޭގަނޑުގެ ވަގުތެވެ..
ގަދަވަޔާއެކު ބޯކޮއްވާރޭވެހެމުން ދިޔައެވެ.މާލޭގެ ހަލަބޮލިމަގުތަށް ވެސް ވަނީމިރޭ ހަމަހިމޭންވެފައެވެ. ކޮޓަރީ ކުޑަދޮރުކައިރީ ހުއްޓީލައިގެން ހުރި ޝީންހުރީ އެމަންޒަރު ބަލާށެވެ.
ކުޑައިރު ރޭގަނޑުވާރޭވެހެންފަށާއިރު ނުނިދިގެން މަންމަ ކައިރީ އޮންނަ ހަދާންވިއެވެ.
ނަމަވެސް މިއަދު ބިރުގަތަސް އެމަންމަގެ ހިމާޔައް ލިބޭކައް ނެތެވެ.
ނިދިފައި އޮތް ރައިން ރޯންފެށިއަޑަށް ޝީން އެބުރިއައިސް އެދަރިފުޅު ނެގިއެވެ.
ކޮންމެ ގޮތަކައް ލިބުނަސް އެދަރިފުޅަށް އެހިތުން ހާއްސަ މަގާމެއް ދެވިއްޖެއެވެ.
އެދަރިފުޅަކީ ޝީންގެ ދިރިހުރުމުގެ އެއްބައި ކަމުގައި ވެއްޖެއެވެ.
އެދުމަތީގައި ދަރިފުޅު ބާއްވާލުމައްފަހު ޝީންއެއްއަރިއަކައްވާ ގޮތައް އޮށޯވެލެއެވެ.
ރައިން ލޯބޮޑުކޮއްލައިގެން އޮތުމުން ޝީންއަށް ހިނިތުން ވެލެވުނެވެ.
ވިއްސާރަދުވަހަކައްފަހު ސާފު އަމާން ރިތި ދުވަހެއް އާދެއެވެ.
ދިރިއުޅުމުގައިވެސް ވަނީ އެކަހަލަ ގޮތެކެވެ. އަޑިގަނޑަކައްފަހު އުސްގަނޑެއް އާދެއެވެ..
މާޒީވެދާ ދުވަސްތަކާމެދު އެއްބަޔަކު ވިސްނާ ފިކުރު ކުރާއިރު އަނެއްބަޔަކު ބޭނުންވަނީ އެމާޒީއާއި ދުރަށްގޮސް އެހަދާން ނައްތާލާށެވެ.
ޝީން ފަސްމަހުގެ ރައިން އުރާލައިގެން ނިކުމެ ނަފީސާ އަތަށް ދިނުމަށްފަހު އޮފީހައްދާން ނިކުތީ އާޔަން ބަލާއައުމުންނެވެ.
ރައިން އަށް ހަތަރުމަސް ވުމާއެކު ޝީން އެއޮފީހައް ނިކުންނަންފެށީ ޝީން ބޭނުންވެގެންނެވެ.
އެދެމައިންގެ ހަރަދުތައް ފުއްދުމައްޓަކައެވެ.ނަފީސާއާއި އާޔަން ކިތަންމެ ރަގަޅަސް ޝީން ބޭނުންވީ އޮފީހައް ނިކުންނާށެވެ.
އެއީ ޝިން ބޭނުންވާ ގޮތްކަމައް ވާތީ ނަފީސާ އެއަށް ގޮތެއްކިޔަން ބޭނުން ނުވީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

މިހަޔާތް އަލިކޮށްލި ނޫރު 3

Next

ތަޤްދީރު (16)

Next
March 17, 2018

ތަޤްދީރު (16)

Previews
March 17, 2018

މިހަޔާތް އަލިކޮށްލި ނޫރު 3

20 Comments!

  1. Aki says:
    March 17, 2018 at 5:58 pm

    haadha rangalhey writer

    1. Aki says:
      March 17, 2018 at 6:40 pm

      ayaaz nikan sheen ah surprise e dheebaa

    2. Marie says:
      March 17, 2018 at 9:28 pm

      ?Thank you aki

  2. Ibsha says:
    March 17, 2018 at 6:10 pm

    Varah reethi ❤?

    1. Marie says:
      March 17, 2018 at 9:30 pm

      ? ❤❤Thank you ibsha

  3. R says:
    March 17, 2018 at 6:33 pm

    Dhen kon irakun next part kiyaalan libeynee

    1. Marie says:
      March 17, 2018 at 9:31 pm

      ? maadhan inshaallah aneh part up kolladheynan

  4. Ryn says:
    March 17, 2018 at 7:33 pm

    Waiting for next part

    1. Marie says:
      March 17, 2018 at 9:33 pm

      ? thank.you ryn

  5. Samoo says:
    March 17, 2018 at 8:00 pm

    Mi stry v reethi… adhi dhuvahakuves comnt eh nukuran… ekamu mi stry reethi kamun hama comnt nukh nuhurevign mi khlee… ❤❤

    1. Marie says:
      March 17, 2018 at 9:35 pm

      ? alhey vrh happpy vejjje …thank you so much ?

  6. Reem says:
    March 17, 2018 at 8:13 pm

    Varah REETHI waiting 4 next part

    1. Marie says:
      March 17, 2018 at 9:35 pm

      ?thank you reem

  7. Sinn says:
    March 17, 2018 at 9:07 pm

    V salhi..mi Sinn comment Kuraa first story..vvv salhi
    Avahah aneh prt genes dhyba plxxxxx

    1. Marie says:
      March 17, 2018 at 9:37 pm

      ?thank you ..
      Vrh happy vejjje .. dhen hurihaa part akah vess
      ? coment kollahchey
      Inshaallah maadhan aneh part up kolladheynan

  8. Swety says:
    March 17, 2018 at 10:25 pm

    Wow mee miharu mi situ ga liya emme salhi vaahaka….vvvvv inthixaaruga mi huree?????

    1. Marie says:
      March 18, 2018 at 9:54 am

      Alhey.. vrh vrh happpy ?vejjjje..thank you

  9. Xaaaan says:
    March 18, 2018 at 11:14 am

    Masha allah mi story vvvv reethi❤?

  10. Mona says:
    March 18, 2018 at 5:38 pm

    Koba story…haadha laheyyyy

  11. Ibsha says:
    March 18, 2018 at 7:59 pm

    Kba 20

Comments are closed.

Next Episodeޝީން(ވިހިވަނަ ބައި)←


All Right Reserved!