Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ފަނަރަވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 12, 2018 6 Mins Read
19 Comments

އަނެއްކަ އަލޫކް ޝީން އަށް އަނިޔާ ކުރަނީތަ؟ ނޫން ނޫން …. އެރޭގެ ހާދިސާއަށްފަހު ފެންނަ ހުވަފެނެއް އެއީ ” އަހަރެން ޝީންގެ ދިރިއުޅުން ހަލާކް ކޮއްލާފަ މިއައީ ”
އަޔާޒް ބޮލު އިސްތަށިގަނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ’
އަޔާޒް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުތެރޭން ޝީން ގެ ހަދާންތައް ފޮހެލާނެ ގޮތަކާދޭތެރޭއެވެ.
********************************************
ޝީން ކައިވެންޏައް މަސް ދުވަސް ވާން ގާތްވީއިރުވެސް އަލޫކް އެއްވެސް ހަބަރެއް ނުވެއެވެ.
އަލޫކްގެ ބައްޕަގެ ފަރާތުން ޝިން އަށް އެގުނީ އަލޫކް ހައްޔަރު ކުރެވިފައިވަނީ ފަންސަވީސް އަހަރައް ކަމެވެ.
އަލޫކް ނެއްނަމަވެސް އަލޫކްގެ ބައްޕަ ޝީންގެ ހުރިހާ ކަމެއް ކޮއްދޭން ހުރީ ތައްޔާރަށެވެ.
ނަމަވެސް ޝީން އެގޮތް ބޭނުން ނުވީއެވެ.
ޝީން މީހަކައްހެދުމައްޓަކާ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ ވަނީ ރޭގަނޑާއި ދުވާލް ނުނިދާ ބުރަމަސަކަތް ކޮއްފައެވެ.
ވީއިރު މިއަދު އޭގެން ބޭނުން ނުހިފާ މީހަކު ދިނީމައި ކައިގެން ހުންނަންވީ ހެއްޔެވެ .
ޝީން ހުރިހާގޮތަކައް ވިސްނުމައްފަހު ނިންމީ ވަޒީފާއަކައް ދިއުމަށެވެ.
ޝިން އެކި އެކި ތަންތަން ބެލިއިރުވެސް އަހަރު މެދުތެރެކަމުން އެއްވެސް ސުކޫލްއަކުން ވަޒީފާއެއްލިބޭ ގޮތެއްނުވުމުން ދެތިން އޮފީހަކުން ހުސްވެފައިވާ ޖޮބައް ސީވީ ފޮނުވާލިއެވެ.
ދެތިން ދުވަސް ތެރޭގައި ޝީން އަށް އޮފީހަކުން ވަޒީފާހަމަޖެހުނެވެ.
ޝިން އަށް ޖޮބް ލިބުމުން ﷲއަށް ޝުކުރުވެވުނެވެ.
ދެން އެއްވެސް މީހަކާ ނުޖެހި އޭނައް އުޅެވިދާނެއެވެ.
މާދަމާޔަކީ ޝީން ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަހެވެ . އެހަބަރު ޝީން އެއްމެ ފުރަތަމަވެސް ދިން މީހަކީ ނަފީސާއެވެ.
އެ ނުން މީހަކު މިހާރު އޭނަގެ ނެތެވެ.ނަފިސާއަކީ އޭނަގެ މަންމަ ނެއްދުވަހު މަންމައެވެ.
އަމިއްލަ ދަރިޔަކައް ކަންތައްކޮއްދޭހާ ރަގަޅައް ނަފީސާ ޝީން އަށް ބަލައެވެ.
ފަތިހުހޭލިން ސުރެ ޝީން ތައްޔާރުވަމުން ދިޔައީ އޮފީހައް ދިއުމަށެވެ.
ފުރަތަމަ ދުވަސް ކަމުން ޝީންގެ ހިތްތެޅޭމުން ދިޔައެވެ.
ޑްރައިވަރ ކާރު ނެރުމާއެކު ޝީން ކާރައް އެރިއެވެ. ގަޑި ޖެހުމުގެ ފަސް މިނެޓް ކުރިޔައް އޮއްވައި ޝީން އަށް އޮފީހައް އާދެވުނެވެ.
މަޑު ފިޔަވަޅު ތަކެއްގައިއޮފީސް ތެރެއަށް ވަދެގެން އައިއިރު މީހުންތަކުގެ ނަޒަރު ޝީންއަށް ހުއްޓެން ނެގީ މަދު ސިކުންތު ކޮޅެކެވެ.
ހުދުކުލައިގެ ގަމީސް ޓޮޕްކޮޅަކާއިއެކު ތިރިންކަޅު ޖީންސެއްލާފައި ހުރިއިރު ޝީން ވަރައް ފުރިހަމައެވެ.
މެދުމިނުގެ އިސްކޮޅޭއް ލިބިފައިވާއިރު އަރާފައި ހުރީ ކަޅުކުލައިގެ ހީލް އަކަށެވެ.
އަތުގައި ކަޅުކުލައިގެ ދަބަހެއް އަޅުވައިފާއިރު އަވިއައިނު އިނީ ބޮލުގެ މެދެއްހާ ހިސާބުގައި ބައިންދާލާފައެވެ.
” ހެލޯ ގުޑްމޯނިންގް”” ޝީންއާއި އަރާ ހަމަވަމުން އަންހެން ކުއްޖަކު ބުނެލިއެވެ.
ޝީންވެސް ޖަވާބް ދިނުމުގެ ގޮތުން މޯނިންގް އޭ ބުނެލިއެވެ.
އަހަރެންނައް ކިޔަނީ މައީޝާ” އެއަންހެން ކުއްޖާ އަމިއްލަ އަށް ތައާރަފްވެލަމުން ބުނެލިއެވެ.
ޝީން ހީކުރިގޮތަ ހިލާފައް އެއަންހެން ކުއްޖާވީ ވަރައް ހިއްހެޔޮ އެކުވެރި މިޒަޖެއްގެ ކުއްޖަކަށެވެ.
އެގުޅީ ބޮސް “ޝީން ގޮވައިގެން ކެބިންނައް އަންނާށޯ” މައީޝާބުނެލިއެވެ.
ޝީން ކުޑަ ކޮއްހާސް ވާގޮތް ވިއެވެ.
އަވަހައް ގޮނޑިންތެދުވެ މައީޝާ ފަހަތުން ހިނގައިގަތެވެ.
“އާދޭ އިށީންނަން” އާޔަންގެ ކެބިންނަށް ޝީން އާއި މައީޝާ ވަނުމާއެކު އާޔަން ބުނެލިއެވެ.
ހިމަދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ އާއި އަޅި ކުލައަށް ދާ ލޮލުގެ ކަޅިން އާޔަން އަކީ ރާއްޖެ ކުއްޖަކާ އެހާ ވައްތަރު ގޮތެއްނެތެވެ .
މޫނުމަތިން އާޔަން އަކީ އެހާ ދުވަސް ވެފާ ވާ މީހެއް ނޫންކަން އެގެއެވެ. ބަލާލާ ބެލުމައް ހީވަނީ ފަންސަވީސް ވަރަކައް އަހަރުގެ މީހެއް ހެންނެވެ.
އެންމެ ފުރަތަމަ ޝީންއާއި އިންޓަވިއު ކުރިދުވަހުވެސް އާޔަން އަކީ ހިތްހެޔޮ ހުރިހާ ސްޓާފުންނާ ގުޅޭ ވެރިއެއްކަން ޝީންއަށް އެގުނެވެ.
އާޔަން އޮފީހުގެ ގަވައިދުތަކާއި ޝީން ކުރަންޖެހޭ މަސައްކަތައް ކިޔާލަދިނެވެ.
އެންމެ ރަގަޅު ދެން ދިޔަޔަސް ” މައީޝާ ޝީންއަށް ހެލްޕް ވެލައްޗޭ އަދި” އާޔަން މައީޝާ ނިކުންނަން ފެށުމުން ބުނެލިއެވެ.
މައީޝާ އާޔަންއަށް އެބުރިލަމުން އާއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ޝީންގެ ލޯ ފެންނަ ކޮންމެ ފަހަރަކު އާޔަންގެ ހިތައް އުދަގޫތަކެއް ވަމުން ދިޔައެވެ،
ހިތް ބުނާކަހަލައެވެ އެއަންހެން ކުއްޖާއަކީ ވަރައް ބޮޑު ހިތާމައެއް ތަހައްމަލް ކުރަމުންދާ ކުއްޖެކެވެ.
އިންޓަވިއު އަށް އައި ދުވަހު އެވަޒީފާއަށް ޝީންއަށް ވުރެ ގާބިލް ކުދިން ކުރިމަތިލިއެވެ..
ނަމަވެސް އާޔަން ހިތް ބުނަމުން ދިޔައީ ޝީން އަށް އެ ވަޒީފާ ދިނުމަށެވެ .
ފުރަތަމަ ދުވަސް ނިމިގެން ދިޔައިރު އެ ވަޒީފާ ވީ ޝީން ވަރައް ގަޔާވާކަހަލަ ވަޒީފާ އަކަށެވެ.
އޮފީސް ނިންމާލާފައި ޝީން އަށް ގެއަށް އާދެވުން އިރު ހުރީ ވަރުބަލިވެފައެވެ.
ނަފީސާ ޝީން ގެއަށް އައިސް ވަނުމާއެކު ފުރަތަމަ ދުވަސް ދިޔަ ގޮތާ ބެހެގޮތުން ސުވާލް ކުރަން ފެށިއެވެ.
****************************************
އަޔާ ކުޑަކޮއްވެސް އަހަރެން މިސް ނުވަނީތަ މިހާރު ދިޔަތާ މަހެއް ވަނީ އެކަމަކު އެކަމަކު …….
ޝީން ނިދަން އެދުގައި ޖައްސާލުމާއެކު އެކި ހިޔާލްތައް ޝީން އަށް އުދަގޫ ކުރަން ފެށިއެވެ.
ރޭގަނޑުގެ ގެ އެހަމަހިމޭންކަމުގެ ތެރެއިން މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ޝިންގެ މަޑު ގިސްލުމުގެ އަޑެވެ. ޔަގީނުންވެސް އެއަޑު އިވޭ ކޮއްމެ މީހެއްގެ ހިތްވެސް ހަލާކްވާވަރުވާނެއެވެ.
އެތައް އިރަކު އެގޮތުގައި ރޮވުމައްފަހު ޝީންއަށް ނިދުން އިރު ފަތިސްވަނީއެވެ.
ކިތައްމެ ހިތްވަރެއްކުރިޔަސް އޭނާ އެހަދާންތަކާ ދުރުވާނީ ކިހިނެއްހެއްޔެވެ.
ހެދުނު ޝިންއަށް ހޭލެވުނީ ނަފީސާ ދޮރުގައި ޖަހަލަމުން ޝީންއަށް ގޮވާ އަޑަށެވެ.
އޭރު ހުރީ އޮފީހައްދާ ގަޑި ވަރައް ކައިރިވެފައެވެ.
ސައިވެސް ނުބޮއި ޝީން އޮފީހައް ދިޔައީ ފުރަތަމަ ދުވަސްކޮޅު ގަޑިނުޖެހި ދިއުމައްޓާކައެވެ.
އޭރުވެސް ޝީންގެ ބޮލުގައި މަޑު ރިހުމެއް އުފެދިފައި ހުއްޓެވެ. ކެބިންތެރެއަށް ވަންނަންއައި އާޔަން އަށް ޝިން ފެނުމާއެކު ހުއްޓެވުނެވެ. އެހެން ދުވަސް ދުވަހައްވުރެ ބޮޑަށް މިއަދު އެމޫނު މިލާފައިވާވަރު އާޔާން އަށް ފާހަގަވިއެވެ.
ކެބިންނައް ވަދެ ގޮނޑީގައި އިށީންދެވުމާއެކު އާޔަން ޝީން އަށް ގުޅާލިއެވެ.
ޝީން ވަރައް އަދަބުވެރިކަމާއެކު މިދަނީ ކަމައްބުނެ ފޯން ބޭއްވިއެވެ.
ޝީން އައިސް ގޮޑީގައި އިށީނުމާއެކު ދުވަސް ރޭވިފައިވާ ގޮތާއި މެދު ވާހަކަދެއްކިއެވެ. ވާހަކާގެ ތެރެއިންވެސް އާޔަން އަށް ބެލެނީ ޝީންގެ މިލާފައިވާ މޫނަށެވެ.
ޔަގީނުންވެސް އެއަންހެންކުއްޖާ ވަރައް ބޮޑު ހިތާމައެއް އެބަ ކުރޭ ” އެކަމް އަހާކައް ވެސް ނުކެރޭނެ” އާޔަން ހިތާ ހިތުން ކިޔާލިއެވެ.
އަހަރެން މީ ޝީން ގެ ބޮސް ކަމަށް ވިޔަސް ޝިން ޝެއާ ކުރަން ބޭނުން ކޮންމެ ވާހަކައެއް އަހަރެންނާ ޝެއާ ކުރެވޭނެ އިނގޭ”
އާޔަން ވަރައް ގާތްގޮތަކަށް ޝިންއާއި ދިމާލައް ބަލައިލަމުން ބުނެލިއެވެ.
އާޔަން ކިތަންމެ އަހަން ބޭނުންވިޔަސް ޝީންގެ ގާތުން ވެގެން އުޅޭގޮތެއް އަހާލާކައް ނުކެރުނެވެ.
ޝީން ތެދުވަމުން އާޔަންއަށް ބަލައިލިވަގުތު އާޔަންގެ ބަސް ހުއްޓުނެވެ. އެ ރީތި ދެލޯ ވަނީ ރަތްވެފައެވެ.
ޝީން ނިކުތުމުން އާޔަންއަށް ދެއަތުން ބޮލުގައި ހިފާ ބާރު ކޮއްލެވުނެވެ

ދުވަސްތައް ފާއިތުވަމުންދާއިރު އާޔަން ޝީން އާޢި ވާހަކަދައްކަން ކުރާ މަސައްކަތް ކާމިޔާބް ވާންފެށިއެވެ. މަދު މަދުން ވާހަކަ ދައްކަމުން ގޮސް މިހާރު ދެމީހުންގެ ގުޅުންތަންކޮޅެއް ރަގަޅުވާންފެށިއެވެ.

” ހިނގާބަ ކޮފީއަކައް ” ޝީން ކައިރި މަޑުކޮއްލަމުން އާޔަން ބުނެލިއެވެ.
ޝީންވެސް ކުރަން ހުރި މަސައްކަތް މަޑު ޖައްސާލަމުން އާޔަން އާއި އެކު ބޭރައް ނިކުތެވެ
ކާރް ޕާކް ކޮއްލުމައްފަހު އާޔަން ޝީން ގޮވައިގެން ގޮސް ރެސްޓޯރެންޓެއްގެ ތެރެއަށް ވަނެވެ.
އެތަނުން ގޮނޑިއެއްގައި ޝީން އާޔަން އާއިއެކު އިށީދެލިއެވެ. އޭރު އެތަނުގެ ގިނަ މޭޒުތަކުގައި ދެޖިންސުގެ ޒުވާނުން ތިއްބެވެ.
އެންމެންގެ ލޯތައްވެސް ހުއްްޓެމުން ދިޔައި އެދެމީހުންނާ ދިމާލަށެވެ.
ހާދަ މީހުން ގިނަތަނަކައް ތިއައީ” މީހުން ބަލާ ވަރުން ޝީން ބުނެލިއެވެ” އެހެންނު ވާނީ ތިހާ ރީތި ކުދިން ފެނުނީމަ” އާޔަން ޝީން އަށް ބަލާލަމުން ވަރައް ސީރިއަސް ވެލާފައި ބުނެލިއެވެ.
އެހެން ތަނަކައް ދާން ވީތަ” އާޔަން އެތާ ތިބި މީހުންނައް ބަލާލަމުން ބުނެލިއެވެ.
ނޫން ދެން އެހެން ތަނަކައް ދާނެކަމެއްނެއް ” ޝީން ހިނިތުންވެލަމުން ބުނެލިއެވެ.
ކޮފީ އެއް ނޫން ދޯ ބޯނީ ” އަހަރެން މީނީ ވަރައްބަނޑުހައި ވެފަ ” މިއަދު އަދި އެއްވެސް އެއްޗެއް ނުކައި މިއުޅެނީ” އާޔަން ބަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ.
އާޔަން މޫނައް ޖައްސާލި ވައްތަރުފެނިފައި ޝީން ގާތައް ހިނިއައެވެ.
އެމަންޒަރު އާޔަން ބަލާ ފޫހިނުވެއެވެ. އާޔަންއާއި އެކު އުޅޭ ގިނަވަގުތުތަކުގައި ޝީންގެ މޫނުމަތިން ހިނިތުންވުން ފެނެއެވެ.
ނަމަވެސް އެކަނި ވާއިރައް އެހިނިތުންވުން ފިލާދެއެވެ.
މިހާރު ޝީން އަޔާޒްއާއިވެސް އަލޫކް އާއި ދޭތެރޭވެސް ވިސްނާކައް ބޭނުމެއް ނޫނެވެ.
އޭނައަށް އެހާލް ޖެހުމުގެ އަސްލަކީ އަލޫކް އެވެ. އޭނަ ދުވަހަކުވެސް އަލޫކް އަށް މާފް ކުރާކައް ބޭނުމެއް ނޫނެވެ. ނަމަވެސް އަދިވެސް ޝީންއަކީ އަލޫކް އަބިމީހާއެވެ.
ދެން ހުރީ އަޔާޒްއެވެ. ދިޔަތާ މަސްދުވަސް ވެގެން ދިޔައިރުވެސް ޝީން އުޅޭ ހާލް ބަލާލަންވެސް އަޔާޒް ގުޅާނުލައެވެ.
ޝީން މިހާރު ބޭނުންވަނީ އެމީހުންގެ ހަދާން ހިތުން ފޮހެލުމައްފަހު ކުރިޔައް ހިނގައި ގަންނާށެވެ. ދެން ޝީން ފަހަތައް ބަލާކަށް ބޭނުމެއްނޫނެވެ.
މިއަޑިގަނޑުން އަރައިގަތުމައް ޝީން އަށް އެންމެ އެހީވާ އެކަކީ އާޔަން އެވެ. ނަމަވެސް މިއަދާ ހިސާބައްވެސް ޝީންގެ ހަޔާތުގެ އެއްވެސް ކަމެއް އާޔަން އާ އަދި ހިއްސާ ކޮއްފައެއްނުވެއެވެ.
ބައެއްފަހަރު އާޔަން އުޅޭގޮތުން އެއީ ޝީންގެ ބޮސްހެން ވެސް ހީނުވާފަހަރު އާދެއެވެ.
ކިހިނެއްވެފަ” އާޔަން ޝީންގެ މޫނާ ޖެހޭހާ ކައިރީ އަތް ހުރަސް ކޮއްލަމުން ބުނެލިއެވެ. ކަމެއް ނުވޭ ހިތައްއެރީ އާޔަން ކީއްވެބާއޭ އަހަރެންނައް އެހާ ރަގަޅީ ” ޝީން ހިތުގައި އޮތް ގޮތައް ބުނެލިއެވެ.
ތިސުވާލްގެ ޖަވާބް ބޭނުންތަ ؟ އާޔަން އެހެން ބުނެލުމުން ޝީން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ
އަހަރެންނައް ޝީން ފެނުންދުވަހުވެސް ޝީންގެ ދެލޮލުން އަހަރެންނައް ވަރައް ގިނަ ވާހަކަ ބުނެދިން ” އަހަރެންނައް އަބަދުވެސް ފެންނަނީ ޝީން ދެރަވެފަ ހުއްޓަ” އޭގެ ފަހުން އަހަރެންނައް ޝީންއާ ދޭތެރޭ ވަރައް ވިސްނުން ” މިހާރުވެސް އަހަރެން ޝީން އަށް އެއްވެސް ކަމަކައް މަޖުބޫރެއް ނުކުރާނަން “ޝީން އަހަރެން ޝީންއާއި އެވާހަކަ ކިޔައިދޭހާ ގާތް ވުމުން ކިޔައިދޭނެ ދުވަހެއްގެ އިންތިޒާރުގަ އަހަރެން މިހުންނަނީ.” އާޔަން ވަރައް ސީރިއަސް ވެލާފައި އެއްވެސް ފޮރުވުމެއް ނެތި ބުނެލިއެވެ
‘އާޔަން އެހެން ބުނެލުމުން ޝީން އިސްޖަހާލިއެވެ.
އަހަރެންގަޔަކު ނެއް އެވާހަކަ ކިޔައިދޭހާ ހިތްވަރެއް “ޝިން އެހެން ބުނި އިރު ލޮލުން ކަރުނަ ހިލިލާއިފިއެވެ.
ކައި ނިމުމާއެކު ޝީން އަވަހައް ދާން ބޭނުންވިއެވެ.
އާޔަންވެސް އިތުރުވާހަކައެއްދެއްކުމެއް ނެތި ޝީން ބޭނުން ވީ ގޮތައް ދާން ތެދުވިއެވެ.
އަހަރެން ބޭނުން މިހުރިހާ ވާހަކައެއް އާޔަން އަށް ކިޔައިދޭން އެކަމަކު” އަހަރެންގެ ހަގީގަތް އެގުމުން އާޔަން އަހަރެންއާއި ދޭތެރޭ ދެކޭނެ ގޮތެއް ނޭގެ”އަހަރެން ބޭނުމެއް ނޫން އެހެން މީޙުންހެން އަހަރެންގެ ހަޔާތުން އާޔަން ދާކައް ” ކާރައް އަރާ ހަމަޖެހިލަމުން ޝީން ބުނެލިއެވެ.
ކޮންމެ މީހެއްގެ ހަޔާތުގައިވެސް ކުށެއް ކުރެވިދާނެ އޭގެ މާނައަކީ އެމީހަކީ ނުބައި މީހެކޭ ނޫން” ޝީން އިސްޖަހައިލާއިގެން އިނުމުން އާޔަން ޝީން އަށް ބުނެލިއެވެ.
” ޝީން އާޔަންނައް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ.
ނަމަވެސް އަޔާޒް އާއި ޝިން އާއި ދޭތެރޭ ހިގި ކަންތައް ޝީން އާޔަން އަށް ސިއްރު ކުރިއެވެ.
އެވާހަކަ އެއްވެސް މީހެއްގާތު ބުނާނެ ހާ ހިތްވަރެއް ޝީންގެ ގަޔަކު ނެތެވެ.
އަހަރެން އޭނައާ ނީއްނަމަ އަހަރެންގެ މަންމަ މިއަދު ދުނިޔޭގަ ހުރީސް ” އަހަރެންގެ މަންމަ އަހަރެންނާ ވަކިވެގެން އެދިޔަޢި އަހަރެންގެ ސަބަބުން” ޝީންގެ ގިސްލުމުގެ އަޑު ން އާޔަން ހިތައް ބުނެދޭންނޭގޭހާ އަސަރު ކުރިއެވެ.
އެވަގުތު އެ ދެއަތުގެ ހިމާޔަތައް ޝީން ގެނައުމައް އާޔަން ބޭނުން ވިއެވެ.
ދެން ޝީން ކިހިނެއް ހަދަން ވިސްނަނީ ” މުޅި އުމުރު އޭނަގެ އަންބެއް ގޮތުގައި ހުންނާނީތަ؟ އާޔަން ހިތައް އުދަގޫ ކުރަމުން ދިޔަ ސުވާލް އެންމެ ފަހުން ދުލުން ބޭރު ކޮއްލިއެވެ. “އަހަރެން ބޭނުމެއްނޫން އެންމެ ދުވަހަކުވެސް އޭނަގެ އަންބެއް ގޮތުގަ ހުނަންނާކައް ”

ޝީން ރޮމުން ވާހަކަ ދެއްކިއެވެ. އާޔަންއަށް ޝީންގެ ވާހަކަތައް އިވުން އެހިތުގައި ޝީންއަށް ހަމްދަރުދި އުފެދުނެވެ.
އާޔަންއަށް ހުރިހާ ވާހަކައެއް ކިޔައިދެވުމުން ޝީންގެ ހިތައް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.
ކާރު އައިސް އޮފީސް ކައިރިއަށް ހުއްޓާލުމާއެކު ޝީން ލޯފޮހެލަމުން ކާރުން ފޭބިއެވެ.
ފަހަތުން އާޔަން ވެސް އޮފީސް ތެރެއަށް ވަދެގެން އައެވެ.
ޖެހިގެން އޮތީ ހުކުރު ދުވަސް ކަމުން ޝީން ހުރިހާ މަސަތްކަތެއް ނިމުމުން އެންމެ ފަހުން އޮފީހުން ނިކުތެވެ.
އޭރު އާޔަންވެސް މަޑުކޮއްލައިގެން އިނީ ޝީންއާއި އެކު ގެއަށް ދިއުމަށެވެ.
އާޔަން ޝީން ގޭދޮށައް ބޭލުމައްފަހު ކާރު ސޮޓާޓް ކޮއްލިއެވެ.

ހުކުރު ދުވަސް ކަމުން ޝީން މިއަދު ހޭލިގޮތައް ގޭތެރެ ސާފްކުރުމުގައި ނަފީސާއަށް އެހީތެރި ވުމުގައި އުޅުނެވެ.
ނަަމަވެސް އެހެން ދުވަސް ދުވަހާ ހިލާފައް މިއަދު އިރު އިރު ގަނޑުން މޫނުމައްޗައް އަދިރިވާ ގޮތް ވާން ފެށިއެވެ. މޭނުބައި ކޮއް ދެފަހަރު މަތިން ހޮޑުވެސް ލެވިއްޖެއެވެ. އެންމެފަހުން މަސައްކަތް ނުކުރެވޭ ވަރު ވުމުން ޝީން ބަދިގޭ ގޮޑިގައި ނަފީސާ ކައިރީ އިށީންދެލިއެވެ. އޭރު ނަފީސާ ގަރުދިޔަކައްކަން އުދުން ކައިރީ ހުއްޓިލައިގެން ހުއްޓެވެ. ގަރުދިޔަ ކެކޭ ވަސް ދުވުމާއެކު ޝީން އަށް އޯކާ ދެމޭގޮތް ވާން ފެށިއެވެ. އުދުންކާރީ ހުރި ނަފީސާވެސް ޝީން އަށް ބަލައިލީ ވާނުވާ ނޭގި ހުރެއެވެ.
ގަރުދިޔައަކީ އަބަދުވެސް ޝީން އަށް މީރު އެއްޗެކެވެ . ނަމަވެސް މިއަދު އެހެން ވާން ވީ ސަބަބެއް ނޭގުނެވެ.
.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން

Next

އާދޭސް ކުރާ ހިތްވޭ ރޮމުން

Next
March 12, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

Previews
March 11, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

19 Comments!

  1. NAAZ says:
    March 12, 2018 at 8:32 am

    Sheen preg vee dhw….?. Vaahaka v reethi next part ge inthizaaruga

    1. Marie says:
      March 12, 2018 at 1:33 pm

      🙂 Thnk you NAAZ
      Inshaallah maadhan next
      ❤❤ part up kohdheynan

  2. shaan says:
    March 12, 2018 at 10:26 am

    miehaaeu den gina vaahakathakuga efaharu bandu bodukhoklanee viya dhw. ehn nuve ves deydhw

    1. Marie says:
      March 12, 2018 at 1:35 pm

      🙂 Yeah .. thank you shaan

  3. Sheen says:
    March 12, 2018 at 10:46 am

    Nice

    1. Marie says:
      March 12, 2018 at 1:37 pm

      🙂 .. thank you sheeen

  4. ♥♥♥ says:
    March 12, 2018 at 11:00 am

    Sheen preg v dhw.. vaahaka vr vr reethi

    1. Marie says:
      March 12, 2018 at 1:39 pm

      ???:) ❤❤❤ thank youuuu

  5. Reem says:
    March 12, 2018 at 11:28 am

    WOW AMAZING MAASHA ALLAH

    1. Marie says:
      March 12, 2018 at 1:40 pm

      🙂 ❤❤❤ thank you reeem

  6. Ibsha says:
    March 12, 2018 at 10:05 pm

    Varah reethi

    1. Marie says:
      March 12, 2018 at 10:08 pm

      ?thank you ibsha

  7. ruhy says:
    March 12, 2018 at 10:25 pm

    vvvvv salhi. waiting for the next part

    1. Marie says:
      March 13, 2018 at 1:17 am

      🙂 Thank you ruhy …

  8. Aish says:
    March 13, 2018 at 11:04 am

    Vvv shalhi thankholheh avahah 16 patt

  9. Ryn says:
    March 13, 2018 at 11:37 am

    Salhi

  10. Aki says:
    March 13, 2018 at 2:11 pm

    sheen and ayaa gulhuvabaa pls

  11. ruhy says:
    March 13, 2018 at 2:24 pm

    tankolheh avahah part thah fonuvabala plz

  12. Rau says:
    March 13, 2018 at 3:10 pm

    Thunkolheh avahah up kohladhybala next part plx waiting for

Comments are closed.

Next Episodeޝީން(ސޯޅަވަނަ ބައި)←


All Right Reserved!