Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ފަހުބައި)

riya Level 3100 Comments10 Stories
March 11, 2018 5 Mins Read
22 Comments

އާލިން އޮފީހުގައި ކުރަން ހުރި މަސައްކަތްތައް މަޑު ޖައްސާލުމަށްފަހު ރުއާންމެންގެއަށް ދިޔައީ މިސައިބާގެ އެދުމުގެ މަތިންނެވެ. ސައިކަލުގައި ގޮސް އެގެ ކައިރިއަށް ދެވުނުއިރު ރުއާންވެސް އައިސް މަޑުކޮށްލަނީއެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔަ ރުއާންއަށް އާލިން ފެނުމާއެކު ހުއްޓެވިއްޖެއެވެ. އާލިންއަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ރުއާން ހުރި ހުއްޓުން އަރާފައި ހުރިތަން ފެނުމުންނެވެ. ރުއާންގެ ހިތަށް ފެންނަމުންދިޔައީ މަންމަގެ ފޮތްތަކުގެ ތެރެއިން ފެނުނު ފޮޓޯ އެވެ. އުމުރުން ދުވަސްވެފައި ހުއްޓެއް ކަމަކު އަދިވެސް އާލިންގެ ސިފައަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވުމުން އެއީ އޭނާގެ ބައްޕަކަން ދެނެގަންނަން ރުއާންއަށް އުނދަގުލެއް ނުވިއެވެ. ހިތުތެރޭގައި ރުޅިވެރިކަން އުފެދިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެތެރޭގައެވެ.

“ތީ މިގޭ ކުއްޖެއްތަ؟” އާލިން އަހާލިއެވެ.

“ހޫމް މީ މިގޭ ކުއްޖެއް…..ފަހަރެއްގައި ތިބޭފުޅާއަށް މީ ކާކު ކަން ނޭގުނަސް އަހަރެންނަށް ތިއީ ކާކުކަން ވަރަށް ރަނގަޅަށް ދަންނަން” ރުއާން ރުޅިވެރި ރާގަކަށް ބުނެލިއެވެ.

“އާނ! އަހަރެން ނުދަންނަން ތިއީ ކާކުގެ ކުއްޖެއް ކަމެއް…އަހަރެންނަކީ ވިޔަފާރިވެރިއެއްވީމަ އަހަރެން ދަންނަ މީހުން ވަރަށް ގިނަވާނެ” އާލިން ބުނެލިއެވެ. އާލިން އެ ބަސްތަކުން ރުއާންގެ ރުޅިގަނޑު އިތުރުވެގެން ދިޔައެވެ.

“އުޅެވޭ ނޫޅެވޭ ގޮތް ނޭގޭ އިރު. ކޯޗެއް އެނގޭނީ” ރުއާން ބާރަށް ބުނެލިއެވެ.

“ނުވިސްނުނު” ސުވާލުގެ ނަޒަރަކުން ރުއާންގެ މޫނަށް ބަލާލިއެވެ.

“ކިހެނެއް ވިސްނޭނީވެސް….އަރާ ކޮންމެ ރަށެއްގަ ތިން ހަތަރު ދަރިން ތިބޭއިރު…..އަމިއްލައަށް ދަރިއަކާ ވާހަކަ ދެއްކުނަސް……” ރުއާންގެ ޖުމްލަ ފުރިހަމަ ނުކުރެވެނިސް ރުއާންގެ މޫނު މައްޗަށް އަރައިގެން ދިޔައީ ހޫނު ހަމަލާއެކެވެ. އަލްޔަންއަށް އޭނާގެ ބައްޕައާއި ދިމާއަށް އެފަދަ އެއްޗެއް ބުނާއަޑު އަހަން ކެތް ނުވީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ރުއާން ދެކެ އައިސްފައިވާ ރުޅިން ރުއާންއަށް ގޮތެއް ހަދަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ކުރީ ކަމަށްވެސް ވެދާނެއެވެ. ރުއާންގެ އަނގައިގެ އެއްމިޔަކަނުން ލޭހިލިފައިވެއެވެ. އެއީ ޒީކްއާއި ނީލާއަށްވެސް އާދެވުނު ވަގުތު ކަމުން ރުޅިވެރި ކަމުގެ ނަޒަރަކުން އަލްޔަންއަށް ބަލާލުމަށްފަހު އަވަސް އަވަހަށް ޒީކްއަށް ދުވެފައި ރުއާން ކައިރިއަށް އާދެވުނެވެ. އާލިންއަށް ޒީކް އެހެދުމުގައި ފެނުމުން ބުނަން އުޅުނު އެތިވެސް ހަނދާން ނެތިއްޖެއެވެ. މާޒީގެ އެތަކއް މަންޒަރުތަކެއް ލޯކުރިމަތީ ސިފަވެގެން ދިޔަ ކަހަލައެވެ. މާޒީގެ އެދުވަސްތައް ދެންމެ ވީ ކަންތައްތަކެއް ހެން ހަނދާންވެގެން ހިނގައްޖެއެވެ.

“ޒު…ޒުލް……” އާލިން އަށް މަޑުމަޑުން ކިޔާލެވުނެވެ. ނަމަވެސް ވަރަށް މަޑުންނެވެ.

“ނުވެސް ވިސްނޭނެ، ވިސްނާކަށް ބޭނުމެއްވެސް ނުވާނެ…ނިކަމެތި އަންހެން ކުދިންނަން ހިތުހުރިހާ ގޮތެއް ހެދުނީމަ ތިކަހަލަ މީހުންނަށް އެފުދުނީ” ރުއާން ހިތަށް އެރިހާ އެއްޗެއް ދުލުން ބޭރުކުރަމުން ދިޔައެވެ. އަލްޔަން ރުއާން އާއި ދިމާއަށް ރުޅިއައިސްގެން ހުރެގެން ދާން ފެށުމުން އާލިން ހުއްޓުވައިފިއެވެ.

“ބައްޕާ…އޭނަ ހިތުހުރިހާ އެއްޗެއް ކިޔާ އިރުވެސް އަނގައިންވެސް ނުބުނެ މަޑުން ހުންނަނީތަ؟” އަލްޔަން އޭނާގެ ބައްޕަގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ކަލޭގެ ތިޔަ ބައްޕައަށް އެއްޗެކޭ ބުނެވެން އޮވެގެންތާ ބުނެވޭނީވެސް” ރުއާން އަނެއްކާވެސް ހަޅޭލަވައިގަތެވެ. މިސައިބާވެސް ވާނުވާ ނޭގިފައި ތަންކޮޅެއް ދުރުގައި ހުއްޓެވެ. ރީނާއާއި ލަޔާންވެސް އަޑުގަދަވެގެން ބޭރަށް ނުކުތީ އެވަގުތުއެވެ.

“ދަރިފަޅާ ހާދަ ރުޅި އައިސްފައި…ކިހެނެއްވީތަ؟..އެމީހުން އައީ ޒީކްގެ ކައިވެނި އަލްޔަން އާއި ކުރުވަން ވާހަކަ ދައްކަން ވެގެންނޭ… ދެން މާބޮޑު ކަމަކަށް ނުހަދަބަލަ” ދެކެވެމުންދިޔަ ވާހަކަ އެއްވެސް ވަރަކަށް ނޭގިހުރެ ރީނާ ރުއާން އަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ.

“ކައިވެންޏޭ” ރުއާންއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. ޒީކްއަށްވެސް ވެގެންދިޔައީ އެކަހަލަ ގޮތެކެވެ.

“އާނ! ކިހެނެއްވީ އަލްޔަން އެއީ ނުލާހިކު ރަނގަޅު، ކިޔަވައިގެން ހުރި ކުއްޖެއްނު” ރީނާ ބުނެލިއެވެ.

“ނުވާނެ….ޒީކްގެ ކައިވެނި އަލްޔަން އަކާ ނުކުރެވޭނެ..އެއީ ނުވާނެ ކަމެއް” ރުއާން އަވަސް އަވަހަށް ބުނެލިއެވެ.

“ކީއްވެ؟” އަލްޔަންއަށް ބުނެލެވުނެވެ. އެންމެންވެސް ބަލަމުން ދިޔައީ ރުއާންގެ މޫނަށެވެ. އިންތިޒާރު ކުރަމުން ދިޔައީ ރުއާންގެ ފަރާތުން ލިބޭނެ ޖަވާބަކަށެވެ.

“ދެބެންނަށް ކައިވެނި ކުރެވޭ ކަމެއް އެނގިފައެއް ނެތް” ސުވާލުގެ ނަޒަރަކުން އެންމެން ރުއާންގެ މޫނަށް ބަލަން ފަށައިފިއެވެ. މިސައިބާ އާލިން އާއި ކައިރިއަށް ޖެހިލިއެވެ. އަދި އަތުގައި ހިފަމުން އާލިންގެ މޫނަށް ބަލާލީ މިހިނގަނީ ކޮންކަންތައް ގަނޑެއްހޭ ބުނާފަދައަކުންނެވެ. ނަމަވެސް އާލިން އަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް އެވަގުތަކު ނުވިސްނުނެވެ. އަލްޔަންއަށްވެސް އެއްފަހަރު ޒީކްގެ މޫނަށް އަނެއްފަހަރު އާލިންގެ މޫނަށް ބަލަބަލާ ހުރެވުނީއެވެ.

“ދަރިފުޅާ ކީކޭތަ ތިކިޔަނީ” ރީނާއަށް އަހާލެވުނެވެ.

“މަންމައަކަށް ނޭނގޭނެ…މިހިރަ ގޮތެއްނެތް މީހާގެ ސަބަބުން އަހަރެމެން ދެމީހުންގެ ދިރިއުޅުން ހަލާކުވެގެން ދާކަމެއް” އާލިންއަށް އިޝާރާތްކުރަމުން ރުއާން ބުނެލިއެވެ. އެވަގުތު އަލްޔަންއަކަށް އޭނާގެ އަމިއްލަ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. އާލިން އޭނާ ހިފަހައްޓަން ކުރި މަސައްކަތްވެސް ދިޔައީ ބޭކާރު ވެގެންނެވެ. ރުއާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަމުން މަގުމެދަށް ކޮށްޕާލައިފިއެވެ. އެވަގުތު ދުއްވާފައި އައި ކާރު އައީ ސީދާ ރުއާން އާއި ދިމާއަށެވެ. ޒީކްއަށް ގޮސް ރުއާންގެ ކުރިމައްޗަށް އެރުނެވެ. ރުއާންއަށް ދެލޯ މަރާލަމުން ހަޅޭލަވައިގަނެވުނެވެ. އަލްޔަންއަށް ޒީކްގެ އެ ކުއްލި އަމަލުގެ ސަބަބުން ވީގޮތްވެސް ނޭގުނެވެ.

ނަދީމަށް ކާރުގެ ބުރެކި ކުއްލިއަކަށް ޖައްސާލެވުނީ ކުރިމައްޗަށް ކުއްލިއަކަށް އެރި އަންހެން ކުއްޖާގެ ސަބަބުންނެވެ. އަވަހަށް ކާރުން ފައިބައިގެން ދުއްވައިގަނެވުނީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކާރުން ޖެހުނު ކަމެއްވެސް ނުޖެހޭ ކަމެއްވެސް ޔަގީން ނުވާތީއެވެ.

“ޒީކްތަ؟ އާ ޔޫ އޯކޭ؟” ޒީކް ފެނުމުން ހައިރާންވެފައި ނަދީމަށް އަހާލެވުނެވެ. އޭރު އެތަނަށް އަލްޔަންވެސް އަތުވެއްޖެއެވެ. ޒީކްގެ ނަސީބުވެސް ގަދައީ ކަންނޭގެއެވެ. ބިރުގަތުން ފިޔަވައި އެއްވެސް ކަމެއް ޒީކްއަކަށް ނުވެއެވެ. ރުއާން ތެދުވުމަށްފަހު ޒީކްގެ އަތުގައި ހިފާލިއެވެ. އަލްޔަން އޭނާގެ ބައްޕަގެ ނުތަނަވަސްކަމުން ފުރިފައިވި މޫނަށް ބަލާލިއެވެ. އަލްޔަން ހިތުގައި އުފެދިފައިވާ އެތަކެއް ސުވާލުތަކެއްގެ ޖަވާބު މިއަދު މިވަގުތު އޭނާ ބޭނުމެވެ.

“ބައްޕާ….ޒީކް އެއީ ކާކު؟” އަލްޔަންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ކަމުން އެންމެންވެސް އަލްޔަންއަށް ބަލާލިއެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ އާލިންގެ އަނގައިން އެސުވާލުގެ ޖަވާބު ލިބޭނެ އިރަކަށެވެ.

“ޒީކްގެ މަންމައަކީ ޒުލްފާތަ؟” އާލިންގެ ދެތުންފަން ހަރަކާތްކޮށްލީ އެތައް އިރަކުންނެވެ. މިސައިބާ އާއި ރީނާ ސުވާލުގެ ނަޒަރަކުން އާލިންއަށް ބަލަން ފަށައިފިއެވެ.

“ޒީކްގެ މަންމަ އާލިންއަށް އެނގޭތަ؟” މިސައިބާއަށް އަހާލެވުނެވެ. އަދި ކެތްތެރިކަމެއްނެތި ފިރިމީހާގެ މޫނަށް ބަލަމުން ދިޔައީ އާލިން ބުނާނެ އެއްޗެއް ނޭނގޭތީއެވެ.

“ޒުލްފާ އެއީ ޒީކްގެ މަންމަ ކަމަށް ވަންޏާ…..ޒީ….ކްގެ…..ބައް……ޕަ….އަކީ….މީ” އާލިންގެ އެޖުލްލަ އާއެކު އެތަނުގައި ތިބި އެންމެންގެ ހިތްތަކުގައި ތޫފާނެއް އުފެއްދިކަހަލައެވެ.

“ޒީކް…..އަހަންނަށް މާފްކުރޭ” އާލިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ހެޔޮނުވާނެ މިހާރުވެސް އަހަރެމެން ދެމީހުންނަށް ކުރެވުނު ވަރު ކުޑައީތަ؟ އަދިވެސް …..ދުރަށް ދޭ މިތަނުން” ރުއާންއަށް ހަޅޭލަވައިގަނެވުނެވެ.

“ޒީ ގެ ބައްޕަ އަކީ އެއީ ކަމަށް ވަންޏާ ދޮންބެގެ ޑޭޑް އަކީވެސް އެއީ ދޯ؟” ރާއިނާ ވިސްނުމެއްގެ ތެރޭގައި ހުރެފައި ބުނެލިއެވެ. “ވަޓް” އަލްޔަން އަށް ބޭއިހްތިޔާރުގައި އެހެން ބުނެލެވުނެވެ.

“ދޮންބެ އެން ޒީކް އާރ ޓްވިންސް އޭ” ރާއިނާ އަނެއްކާވެސް ބުނެލިއެވެ. އަލްޔަންއަށް ޒީކްގެ މޫނަށް ބަލާލެވުނެވެ. އެއިވުނު އަޑާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށެވެ. އާލިންއަށް ވެސް އޭނާގެ ދެދަރިންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“އެއީތަ އަހަރެމެންގެ ބައްޕައަކީ” އާލިންގެ މޫނަށް ބަލާލަމުން ޒީކް ރުއާން އަށް ބުނެލިއެވެ. ރުއާން ބޯޖަހާލިއެވެ. އެވަގުތު މިސައިބާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. ތިރީސް އަހަރު އެކީގައި އުޅެވުނުއިރުވެސް އާލިން ދަސްނުވީތީ ހިތާހިތާ ސުވާލުކުރެވުނެވެ. މީހުން ބޭވަފާތެރިވެޔޭ ކިޔާ އަޑު މިސައިބާވެސް އަހައެވެ. ދުވަހަކުވެސް މިފަދަ ކަމެއް އަމިއްލައަށް ތަޖުރިބާ ކުރަން ޖެހިދާނެކަމަކަށް ހިތަށްވެސް އަރާފައެއް ނުވެއެވެ. ދެލޮލަށް ޖަމާވި ކަރުނަތާއެކު މިސައިބާ އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތީ އެތަނުގައި ހުންނަން ބޭނުން ނުވުމުންނެވެ.

އަލްޔަންއަށް ފާޑަކަށް ހުއްޓުން އަރާފައި ހުއްޓެވެ. ދެބެން ދެބެންނާއި ރައްޓެހިވެގެން ކައިވެންޏާ ހަމައަށްދާ ވާހަކަ ވަރަށް މަދުން އޭނާވެސް އަޑުއަހައެވެ. ނަމަވެސް އަލްޔަންއަށް އެފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަކަށް އުއްމީދު ކުރެވޭނީވެސް ކިހިނަކުންހެއްޔެވެ. އޭނާގެ ބައްޕައަކީ ރަނގަޅު ކަމާއި ވަފާތެރި ކަމުގެ ދެވަނަ އެއްނެތް ބައްޕައެއް ކަމުގައި އަބަދުވެސް ދެކެމުން އައެވެ. ނަމަވެސް ފާޅުވެގެން ދިޔަ އެންމެ ހަގީގަތެއްގެ ސަބަބުން ބައްޕައަށް ކުރަމުން އައި ގަދަރާއި ބައްޕަ ދެކެ ވަމުން އައި ލޯބި ނެތް އެއްޗަކަށް ވެގެން ހިނގައްޖެއެވެ. ލޯބިވެގެން ކައިވެނި ކުރެވެން މިއުޅެވުނީ އެއްބަފާ ކޮއްކޮއަކާކަން އެނގުމުން ލަދުވެތިކަމުގެ އަސަރުތައް މޫނުމަތިން ފެންނަމުން ދިޔައެވެ. ބިންގަނޑު ފަޅާލާފައި އަޑިއަށް ދާނެނަމައޭވެސް އެވަގުތު އަލްޔަން ހިތަށް އެރިއެވެ. ކޮންފަދަ ލަދުވެތި ކަމެއް ހެއްޔެވެ. ދެމީހެއްގެ ދިރިއުޅުމާއި ކުޅެމުން ދިޔައީ އޭނާގެ ލޯބި ހޯދުމަށެވެ. ނަމަވެސް ފަހު ވަގުތު ކަންތައްވެދިޔަ ގޮތް ނިކަން ދެކިބަލާށެވެ. އަލްޔަންއަށް މަންމަ ކޮބައިތޯ ވަށައިގެން ހޯދާލެވުނެވެ. މަންމައަށް ކުރާނެ އަސަރު ރަނގަޅަށް އޭނާއަށް ވަޒަން ކުރެވޭތީއެވެ. މަންމަ ނުފެނުމުން އަވަސް އަވަހަށް ގެއާއި ދިމާއަށް ކާރުގައި ދުއްވާލައިފިއެވެ.

“ރުއާން ރުޅި މަޑުކޮށްބަލަ…ވީކަމެއް ނުވާ ކަމަކަށް ނުވާނެއޭ…..އެހެން ނޫނަސް މާފަށް އެދޭ މީހުންނަށް މާފު ކުރުން އެއީ އެއްނު ރީތި ގޮތަކީ” ރީނާ ރުއާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އަދި އެކަން ކާމިޔާބުވެސް ކުރިއެވެ.

އާލިންއަށް ޒީކްއާއި ރުއާން އަކީ އޭނާގެ ދެކުދިންކަން އެނގުމުން އެހެން ބައެއްގެ ކައިރީގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރުއާން އާއި ޒީކް ދެކޮޅު ހެދީ މިސައިބާގެ ރުހުމުގައި ނޫނީ އެގެއަށް ދާން ބޭނުން ނުވާތީއެވެ. އާލިން އަށް އެންމެ އުނދަގޫ ކަމަކަށްވީ މިސައިބާގެ ފަރާތުން މާފު ހޯދުމަށްވުރެ އަލްޔަންގެ ރުޅިގަނޑު މައިތިރި ކުރުމަށެވެ. އަލްޔަންއަކީ އޭނާ ބުނެފި ގޮތެއްގައި ހިފަހައްޓާ މީހަކަށް ވުމުން ބައްޕަގެ ކުރިމަތީގައި އެންމެ ހިނދު ކޮޅަކަށްވެސް ހުންނަން ބޭނުން ނުވާތީ އަވަސް ގޮތަކަށް ފުރައިގެން މާލެ ދޫކޮށް މެލޭޝިއާއަށް ހިނގައްޖެއެވެ. އާލިން މުޅިން މާޔޫސްވީ އަލްޔަން އޭނާގެ އެއްވެސް ފޯން ކޯލަކަށްވެސް ޖަވާބު ނުދިނުމުންނެވެ. އާލިންގެ ކިބައިން މިސައިބާ އެދުނީ ކުރެވުނު ކުށަށް ތައުބާވެ ރުއާންއާއި ޒީކްއަކީ އޭނާގެ ދެކުދިންކަން އެނގުމުން އެދެކުދިންނަށް އަލްޔަން އެކޭ ތަފާތެއް ނުކޮށް ބައްޕައެއްގެ ލޯބި ދިނުމަށެވެ.

 

ޒީކްއާއި ރުއާންގެ ހަޔާތަށް ދެންއައީ އުފާވެރި ދުވަސްތަކެވެ. ބައްޕައެއްގެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބެމުން ދިޔައިރު މިސައިބާގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބެމުންދިޔައެވެ. ދުވަސްތައް ހަލުވި ދުވެލީގައި ފާއިތުވަމުން ދިޔައިރު އާލިންވެސް އޭނާއަށް ކުރެވުނު ކުށަށް ތައުބާވެ ހައްގު އަދަބު ލިބިގަންނަމުން ދިޔައެވެ. ހުރިހާ އެންމެން ހިތުގެ ފުންމިނުން މާފު އާލިންއަށް ލިބުނު ކަމުގައި ވިޔަސް އަލްޔަންގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ފިލުވާލުންވީ އުނދަގޫކަމަކަށެވެ. ރުއާންވެސް ރުޅިވެރިކަން އެއްފަރާތް ކުރުމަށްފަހު އިޔާންއަށް ހެޔޮހިތުން މާފު ކުރީ އޭނާއަށް މާޒީގައި ހެދިފައިވާ މިސްޓޭކް ތަކުން އިބްރަތް ހާސިލް ކުރަމުންނެވެ. އިޔާން އާއި ޒީކް ދެކެމުންދިޔަ ހުވަފެންތަކުގައި ކާމިޔާބީގެ ކުލަ ޖެހި ޒީކްއާއި އިޔާންގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔަ ވަގުތުވީ މިސައިބާ ބަލި އެނދުގައި އޮށޯންނަން ޖެހުނު ވަގުތަށެވެ. ޒީކް ކައިވެނި ލަސްކުރަން އުޅުމުންވެސް މިސައިބާ އެކަން މަނާ ކުރުމުން ކައިވެނީގެ ތައްޔާރީތައް ދިޔައީ ކުރިއަށެވެ.

 

މިސައިބާގެ ބަލި ހަބަރު ލިބުމާއެކު އަލްޔަންއަށް މަންމައާއި ދުރުގައި އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްލުންވީ އުނދަގޫކަމަކަށެވެ. އަލްޔަންއަށް އާދެވުނީ ޒީކް އާއި އިޔާންގެ ކައިވެނި ކުރެވެމުން ދިޔަ ވަގުތު ކަމުން އެވަގުތު އަލްޔަންއަށް ކޮއްކޮ ފެނުމުން ކުރެވުނީ މުޅިން ތަފާތު އިހްސާސެކެވެ. ލޭގެ ގުޅުމަކީ އެހާ ފަސޭހައިން ކަނޑާނުލެވޭނެ ގުޅުމެއްކަން އަލްޔަންއަށް އިހްސާސް ކުރެވުނެވެ. މަންމަ ބަލި ހަބަރު ލިބިގެންވެސް އެތަނަށް އާދެވުމުން އަލްޔަންގެ ހިތް އުފަލުން ފުރުނެވެ. އުފާވެރި ހަފްލާއަކަށް ފަހު ކައިވެނި ކުރެވުނު ދެމީހުން އެމީހުންނަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށް ވަދެއްޖެއެވެ.

އޭގެ ދެ އަހަރު ދުވަސް ފަހެވެ. އަލްޔަން ފަސްމަހުގެ އިޒާން އުރާލައިގެން އުޅެއެވެ. ރުއާން އިޒާން ހެއްވާލެވޭތޯ އެކި ވައްތަރު ޖައްސަމުން ދިޔައެވެ. ޒީކް އެމަންޒަރު ބަލަން ހުރީ ހިނި އައިސްފައެވެ. އަލްޔަން ޒީކްއަށް ފިލައިގެން އެގޭގައި އުޅުނު ދުވަސްތައް މާޒީއާއި އެކުވެ ބައްޕައާއި މެދުގައި އޮތް ރުޅިވެރިކަން މިއަދު ވަނީ އަލްޔަންގެ ހިތުން ފިލައިގެން ގޮސްފައެވެ. ހަފީޒާއާއި މިސައިބާ އަދި އާލިން ވެސް ކުޑަ ކުޑަ އިޒާން ގޮވައިގެން އުޅޭއިރު ޒީކްގެ އަތަށް ގިނަފަހަރަށް ދަރިފުޅު ލިބެނީ ބަނޑުހައިވުމުންނެވެ.

މިހާރު އެއާއިލާ އަކީ އުފާވެރި އާއިލާއެކެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ރުއާން އަދި އަލްޔަންގެ ކައިވެނި ކުރެވޭނެ އިރަކަށެވެ. އަލްޔަންގެ ހިތުގައި ރާއިނާއާއި ދޭތެރޭ އާގޮތަކަށް ވިންދު ޖަހަމުން ދިޔައިރު ނީލާ އިންތިޒާރު ކުރަމުން ދިޔައީ ރުއާން ކައިވެންޏަށް އެދޭނެ އިރަކަށެވެ. އެމީހުންގެ ތެރޭގައި އެކަކު އަނެކަކަށް ސިއްރު ކުރެވިފައިވާ ބޮޑެތި ކަންތައްތައް ތަކެއް މިހާރަކު ނުވެއެވެ. ނަމަވެސް އަބަދުވެސް އަލްޔަންގެ ހިތުގައި ޝަކުވާއެއްވެއެވެ. ޒީކް އަކީ އޭނާގެ ކޮއްކޮކަން ކުރިން ނޭނގުމުންނެވެ.

ނިމުނީ

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

އަނދިރިފަރާތް 26

Next

އާދޭސް ކުރާ ހިތްވޭ ރޮމުން

Next
March 11, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

Previews
March 11, 2018

އަނދިރިފަރާތް 26

22 Comments!

  1. Aki says:
    March 11, 2018 at 1:56 pm

    haadha inthizaaru kohfin may

    1. riya says:
      March 11, 2018 at 1:59 pm

      thank u aki inthizaaru kureethy 🙂

    2. Aki says:
      March 11, 2018 at 5:37 pm

      alhey zeek men ge bai thankolhe rom kohlinama varah reethi vees

  2. riya says:
    March 11, 2018 at 1:58 pm

    dear readers, finally here is the last part, so please do comment about this story…. i will start uploading kaiaa story very soon, have a nice day n enjoy…. luv u allll 🙂

    1. Beauty says:
      March 11, 2018 at 3:47 pm

      Story is nice and waitinn 4 your another story dear, luv u ree

  3. rose says:
    March 11, 2018 at 2:32 pm

    Nimun vrh hadi

  4. Icy says:
    March 11, 2018 at 2:43 pm

    Nice

  5. Blue beauty says:
    March 11, 2018 at 3:32 pm

    Ok finally nimunee dhw… nice story ??

  6. Friends says:
    March 11, 2018 at 4:31 pm

    Finally stry nimuny dhw.
    Mulhi stry ah balaa iru stry dhiya goih v salhi… ekam mi part mi ahvure nice koh riya ah genevidhaane hen friends ah heevany.aslu stry ge mi part heevany kuru galhuvaafa hen. Ehen evey avahah nimaalan ulhunyma kannyge.ekam vess stry reethi ingey.thiya kuri bura mashah kah hama ufalaaeku balaa gannan. Adhi sukuru kuran.riya ge next stry KAIAA fasha iruga kuda hulaasha eh (kuriy parts thaku ga vefa vaagothu )genasla dhehchey.keep it up. Thiya kuraa bura mashah kathuga allah barakaah lah vaashi.
    Waiting 4 nw stry.?????????

  7. Reem says:
    March 11, 2018 at 7:30 pm

    Wow dear its marvelous . Seriously varrah ves reethi story ge end ehaameves furihama . Thanks 4 such a marvelous story riya .???? . Waiting eargerly 4 next story of u
    Yours

  8. Hanaan says:
    March 11, 2018 at 10:00 pm

    Varah reethi story! I enjoyed reading this story. Hama konme dhuvahakuves vaahaka up kohffa oittho balan. I loved it. ❤❤ mivaahakaiga use kohffa huri gina nanthakakee Hanaan ge friendunnah ves
    kiyaa nanthakakah vumun, varah real koh dhiyaee imagine vegen. To be honest one of the best story line. Waiting for the next part of KAIAA ??

    1. anonymus says:
      March 14, 2018 at 7:07 pm

      oh sorry thee dho shaufa akee….
      i thought you were layaan…
      and yeah alyaan ge vaahaka dho..

  9. shaan says:
    March 11, 2018 at 10:06 pm

    goood keep it up love

  10. Xxxx says:
    March 11, 2018 at 10:47 pm

    V.nice

  11. Zai says:
    March 11, 2018 at 10:58 pm

    V.salhi ❤

  12. naayal says:
    March 12, 2018 at 4:31 am

    Hanaan,same!!
    He he??
    And riya story vvvvvv reethi
    You are my inspiration
    I’m writing my own story too!this story was one of the best story I ever read!!❤❤??❤❤???

    1. anonymus says:
      March 12, 2018 at 2:19 pm

      shaufa dho???

  13. annoying reader says:
    March 12, 2018 at 9:32 pm

    hehe so i was right dhw they shares the same father and in the end its iyan and zeek. reethi mi story ves. ending short v ma aslu. u can improve too have alot of potential. best of luck riya

  14. sixoo says:
    March 14, 2018 at 5:59 am

    nice

  15. Nuoomy says:
    April 14, 2018 at 12:09 am

    Vrh kada, story nimunyma. I wanna read it again, kiyakiyaa foohi vex nuvi, luv this story. Best story ever!❤❤❤❤❤❤ Waitin for ur next story, thankolheh avahah up kollachey, plx, i miss this storyyyyyy??????

  16. Someone says:
    May 7, 2018 at 1:04 pm

    Haadha reehchey

  17. Nuzu says:
    May 16, 2020 at 11:53 am

    I love this story ❤️?

Comments are closed.



All Right Reserved!