Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤްދީރު (9)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 9, 2018 5 Mins Read
24 Comments

އޮފީހުގެ ކުރިމަތީއޮތް ކާރަށް ޔާނިކް އެރުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ. ފަހަތު ޝީޓްގައި މަލްހާގެ ބޯ އޭނާގެ އުނގުގައި ބާވައިލައިގެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންއިން ޔާނިކް އިނީ ނުތަނަވަސްވެފައެވެ. ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން މަލްހާ އުޅެމުންދިޔަ ހާލު ފެނުމުން ޔާނިކްގެ ދެލޮލުންވެސް ކަރުނަ ފާއްދައިލިއެވެ. ހިތާހިތުން މަލްހާއާއި އެތުއްތު ފުރާނަ ރައްކާތެރިކޮށްދެއްވުންއެދި ޔާނިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ޔާނިކްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއްގޮސް މަލްހާގެ މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ބޮސްދިނީ ލޯތްބާއި އޯގާތެރިކަމާއެކީއެވެ.

ބާރު ދުވެލީގައި އައި ކާރު އައިސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ކުރިމައްޗަށް މަޑުކޮށްކުމާއެކު ދުވެފައިކަހަލަ ގޮތަކަށް ޔާނިކް މަލްހާ އުރައިލައިގެން ހޮސްޕިޓަލު ތެރެއަށް ވަނެވެ. އެތަން ފެނުމުން ކައުންޓަރ ދޮށުގައި ތިބި ނަރުސްތަކެއް އަވަސްއަރުވައިލައިފައި މަލްހާ އެނދެއްގައި ބޭއްވުމަށްފަހު ވިއްސާ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އެވަގުތަކީ ހާސްވެފައިހުރެ ރާއިދްވެސް އައިސް ހޮސްޕިޓަލަށް ވަތް ވަގުތެވެ. އޭނާއަށް މަލްހާއޮތް ހާލު ފެނުމުން މަލޫ އޭ ކިޔައި ހަޅޭލަވައިގަންނަމުން އެދިމާއަށް ދުއްވައިގަނެވުނީ ބިރުގެންފައި ހުރެއެވެ.

ރާއިދް އައުމާއެކު މަލްހާ ގާތުގައިހުރި ޔާނިކްއަަށް ޖެހުނީ މަލްހާއާއި ދުރުވެލާށެވެ. އިސްޖަހައިލަމުން އޭނާ މަލްހާއާއި ދުރުވެލުމާއެކު ރާއިދް މަލްހާގެ އަތުގައި ހިފައިލަމުން ވިއްސާ ކޮޓަރިއާއި ހަމައަށް ދިޔައެވެ. އެހިސާާބުން ރާއިދްއަށްވެސް ޖެހުނީ މަލްހާއާއި ވަކިވާށެވެ.

ކަންބޮޑުވެފައި ރާއިދާއި ޔާނިކް ވިއްސާކޮޓަރީގެ ކުރިމަތީގައި ދެފަރާތަށް ހިނގައިލަ ހިނގައިލައި ތިއްބެވެ. ހާާސްވެފައިހުރި ނަމަވެސް ޔާނިކް ބަރާބަރު ވަގުތަަށް މަލްހާ ހޮސްޕިޓަލަށް ގެނެސްދިނީތީ ރާއިދް އޭނާއަށް ޝުކުރު އަދާކުރިއެވެ. ޔާނިކް ހަމައެކަނި ލުއި ހިނިތުންވުމަކުން ފުއްދައިލީއެވެ.

އިރުގަނޑެއް އެގޮތުގައި ހޭދަވުމަށްފަހު ވިއްސާ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނަރުސްކުއްޖަކު ހިނިތުންވެފައި ބޯދިއްކޮށްލިއެވެ. އޭނާގެ ފަހަތުން އެހެން ނަރުހަކު ލޯބި ފުށްގަނޑެއްފަދަ ކުއްޖަކު އުރާލައިގެން ނުކުތެވެ. ރާއިދާއި ޔާނިކްއަށްވެސް އެދިމާއަަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ.

“މަރުޙަބާ. އިޓްސް އަ ބޯއީ. ﷲ އިރާދަފުޅުން ދެމައިންގެ ހާލުވެސް ރަނގަޅު. އިތުކޮޅަކުން މަލްހާ ރޫމަށް ބަދަލުކުރެވޭނެ.” ރާއިދްގެ އަތަށް އެތުއްތު ތުއްތު ލޯބި ކުއްޖާ ލައިދެމުން ނަރުސްކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ. އޭރު ޔާނިކްގެ ދެލޯވެސް އަމާޒުވެފައިވީ އެ ފުށްގަނޑެއްފަދަ ތުއްތު ފުރާނައަށެވެ.

“އަހަރެން އަދި ބުނަން ހަނދާން ނެތިފަ މިހުރީ. އަހަރެން ހުންނާނެ މަލް.. މަލްހާ ވިހައިގެން ނެރެންވާއިރަށް ޕްރައިވެޓް ރޫމްއެއް ހަމަޖައްސާފަ.” ލޯތްބާއެކު އެކުއްޖާގެ މޫނަށް ބަލަން ހުރެ ޔާނިކް ބުނެލިއެވެ. އެއަޑު އަހައިފައި ރާއިދަށް ޔާނިކްގެ މޫނަށް ބަލައިލެވުނީ ޝުކުރުވެރި ނަޒަރަކުންނެވެ. ޔާނިކް ނެތްނަމަ މަލްހާއަށް މިއަދު ވާނެގޮތެއްވެސް ނޭނގެއެވެ.

ޔާނިކްގެ ނަޒަރު އެކުއްޖާއަށް އަމާޒުވެފައިވާތަންފެނި ހިނިތުންވެލަމުން ރާއިދް އެކުއްޖާ ޔާނިކްއަށް ދިއްކޮށްލިއެވެ. ގަބޫލުނުކުރެވިފައި އިރުކޮޅަކު ބަލަން ހުރުމަށްފަހު ޔާނިކް އެލޯބި ފުށްގަނޑު އުރައިލީ ﷲ އަށް ޙަމްދުކުރަމުންނެވެ. މަލްހާ އާއި އެއްވެސް ތަފާތެއް ނެތެވެ. އެވަގުތު ޔާނިކްގެ ހިތުގައި އެތުއްތު ފުރާނައާއި މެދުގައިވި ލޯބި އުތުރި އަރައިގަތެވެ. މަލްހާދެކެވީ ތެދުވެރި ލޯބި އެކުއްޖާދެކެވެސް ވާނެކަމަށް އޭނާއަަށް ހިތާއިހިތުން ވަޢުދުވެވުނެވެ.

އޭގެ އިރުކޮޅެއް ފަހެވެ. ޕްރައިވެޓް ރޫމްގެ އެނދުގައި ނިދިފައިއޮތް މަލްހާގެ ގާތުގައި ރާާއިދް އިނެވެ. ކައިރީގައިހުރި ކުޑަ އެނދުގައި އެމީހުންގެ ދަރިފުޅު ބާވައިލައިފައި އޮތެވެ.

ދޮރުގައި ޓަކި ޖަހައިލުމަށްފަހު ޔާނިކް އެތެރަށްވަނީ ގެއަށްދާ ވާހަކަ ބުނެލުމަށެވެ. ދެން އިތުރަށް އޭނާ އެތާނގައި މަޑުކުރުމުގެ ބޭނުމެއްނެތޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތަކީ މަލްހާވެސް އެސްފިޔަތައް ތަޅުވައިލުމަށްފަހު ދެލޯހުޅުވައިލި ވަގުތެވެ. ޔާނިކްއަށް އެދިމާ ބަލަހައްޓައިގެން ހުރެވުނީއެވެ. ރާއިދްގެ މަގާމުގައި އޭނާއަށް ހުރެވުނު ނަމައޭ ހިތަށްއެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ.

” ރާއިދް. އަހަރެން ދެން ގޮސްލީއޭ.” މަލްހާއާއި ދިމާއަށް ބަލައިލަމުން ޔާނިކް ބުނެލިއެވެ. “ޔާނިކް. ވަރަށް ބޮޑަށް ޝުކުރިއްޔާ މިއަދު ތިކޮށްދިން ހުރިހައި ކަމަށްވެސް. ހަގީގަތުގަ ނޭނގެ ޝުކުރުވެރި ވާނެގޮތެއްވެސް.” ޔާނިކް ގާތަށް އައިސް ސަލާމަށް އަތްދިށްކޮށްލަމުން ރާއިދް ބުނެލިއެވެ. އެއަތުގައި ހިފައި ސަލާމް ކޮށްލަމުން ޔާނިކް ބޯޖަހައިލިއެވެ.

“ތޭންކްޔޫ ސަރ.” ޔާނިކް ދާން އެނބުރެލި ވަގުތު މަލްހާގެ އަޑު އިވުމުން ފުޅާ ހިނިތުންވުމަކާއެކު އެދިމާއަށް އެނބުރެލިއެވެ. އަދި އެއީ އެއްވެސްކަމެއް ނޫންކަމަށްބުނެ އެތަނުން ދާން ހިނގައިގަތީ އިތުރަށް ކެތްނުވުމުންނެވެ. މިހުރިހައިއިރު ހިތުގައި އަތްއަޅައިގެން އޭނާވަރަށް ކެތްކޮށްފިއެވެ.

ދޮރުހުޅުވައިލަމުން ޔާނިކް ފަސްއެނބުރި އެދިމާއަަށް ބަލައިލީ އަދިވެސް އެއްފަހަރު މަލްހާގެ ރީތި ސޫރަ ދެކިލާ ހިތުންނެވެ. އެވަގުތަކީ މަލްހާގެ އަތަށް ދަރިފުޅު ލައިދެމުން ރާއިދް އޭނާގެ ނިތުގައި ލޯތްބާއެކު ބޮސްދިން ވަގުތެވެ. އެމަންޒަރުފެނުމާއެކު ދެލޯމަރައިލަމުން ޔާނިކްއަށް ހިންދިރުވައިލެވުނެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދަން މަސައްކަތްކުރަމުން އަވަސް އަވަހަށް ޔާނިކް ދޮރުލައްޕައިލަމުން އެތަނުން ނުކުތެވެ.

“މަންމަ މެން ގާތު ބުނެފިންތަ؟” ދަރިފުޅާ ލޯބިކޮށްލަމުން މަލްހާ ރާއިދް ގާތުގައި އަހައިލިއެވެ. އެސުވާލަށް ރާއިދް ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އަދި ގުދުވެ ދަރިފުޅުގެ މަޑު ކޮލުގައި ބޮސްދެމުން ލޯބިން މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އެކަތި ނަޒަރުން ލަދުގަތްވަރުން މަލްހާ އިސްޖަހައިލިއެވެ. އެގޮތުގައި ދެމީހުން އެތައްއިރަކު ދަރިފުޅާ ސަމާސަކުރުމުގައި ތިއްބެވެ. އުފަލާއި ހިތްހަމަޖެހުމާއެކީއެވެ. ތަޤްދީރުގައި ކުރިއަށް ރޭވިފައިއޮތް ގޮތެއް ނޭނގޭ ހާލުގައެވެ.

** ** **

2 އަހަރު ފަސް..

** ** **

2 އަހަރުގެ ތުއްތު ޒީވާންގެ ފަހަތުން ދުވަމުންދިޔަ މަލްހާ ސިހުނީ ގޭގެ ބެލް ޖެހިއަޑަށެވެ. ހަވީރުގެ އެވަގުތަކީ އެގެއަށް އެއްވެސް މީހަކު އަންނަ ވަގުތެއް ނޫންކަމުން ހިސާބަކަށް ހައިރާންވެހުރެ ޒީވާން އުރައިލަމުން ގޭގެ ދޮރާއި ދިމާއަށް މަލްހާ ހިނގައިގަތެވެ.

ލަސްލަހުން ދޮރުހުޅުވައިލި މަލްހާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ކުރިމަތީގައި ހެވިދިލިފައިތިބި ލިވްޔާ އާއި އާބިދާއަށް ބަލަހަށްޓައިގެން މަލްހާއަށް ހުރެވުނީއެވެ.

“އަޅޭ ދޮންތާ. އަހަރުމެެންގާތު އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟ މިހެންދެން ބޭރުގަ ތިބެންވީތަ؟” ތުންކޮޅު ދަމައިލަމުން ލިވްޔާ ޝަކުވާކޮށްލިއެވެ. އެއަޑަށް ސިހިފައި މަލްހާ ހިނިތުންވެލެވުނެވެ. ހަގީގަތުގައިވެސް އޭނާގެ ލޯބިވާ ކޮއްކޮއާއި މަންމަ އައީކަން މަލްހާއަށް ގަބޫލުކުރެވުނީ ދެނެވެ. ކުޑަކޮށް ފުންމައިލަމުން ލިވްޔާ ގައިގައި އޮޅުލައިގަތެވެ. އާބިދާވެސް ހިނިތުންވެފައި އެމަންޒަރު ބަލަން ހުއްޓެވެ.

“އަންގައިވެސްނުލާ އައީމަ އެހެންނުވާނީ. އަވަހަށް އާދޭ އެތެރެއަށް.” ދެމީހުން ވަންނަން ތަންދައްކަމުން މަލްހާ އެއްފަރާތަކަށް ޖެހިލިއެވެ. “މާމަގެ ރަންކޮޅާ. އަވަހަށް އާދެ މާމަ ގާތަށް. މާމަ ހުންނާނެ ދަރިފުޅަށް ބައިވަރު ހަދިޔާ ގެނެސްފަ.” ލޯތްބާއެކު މަލްހާގެ އުރުގައިއިން ޒީވާން އުރައިލަމުން އާބިދާގޮސް ސޯފާގައި ޖައްސައިލިއެވެ. މަލްހާގެ ފަހަތުން އެތެރެއަށްވަތް ލިވްޔާ ގޭގެ އެކިދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އޭރު ފަނޑު ހިނިތުންވުމެއް އެތުންފަތްމަތީގައި ވިއެވެ.

“ކީއްވެތޯ ބައްޕަ ނައީ؟” އާބިދާ ގާތުގައި އިނށީދެލަމުން މަލްހާ އަހައިލިއެވެ. “ފިހާރަ ކަންތަކުގަ މާ ބުރަކޮށް އުޅޭތީ ނާދެވުނީ. ދެން އެހެންނޫނަސް މަންމަވެސް މިއައީ ލިވީ އެކަނި ފޮނުވަން ބޭނުންނުވާތީ. މާދަމާ އަނެއްކާވެސް ރަށަށް ދާން ފުރަންވީ. ދަރިފުޅުވާނެ ވަރަށް ރަނގަޅަށް ލިވީ ބަލަން. ލިވީ ވެސް ވާނެ ދޮންތަގެ ބަސްއަހަން އިނގޭ. އަދި ތިކިޔަވަން އައި ކޯހުން ރަނގަޅު ނަތީޖާއެއް ހޯދަަން ގަދަައަޅައި މަސައްކަތްކުރަންވާނެ.” ޒީވާންއާއި ސަމާސަކުރަމުން އާބިދާ ދެމީހުންގެ މޫނަށް ބަލައިލަމުން ނަސޭހަތްތެރިވިއެވެ. ދެމީހުން އެއްފަހަރާ ބޯޖަހައިލަމުން އެކަމަށް އެއްބަސްވިއެވެ.

ލިވްޔާ އޭލެވެލް ނިމުމާއެކު އާބިދާ ވަނީ އޭނާ މާލެ ކިޔަވަން ފޮނުވާ ވާހަކަ މަލްހާ ގާތުގައި ބުނެފައެވެ. އެހެން ނަމަވެސް ކަނޑައެޅިގެން މާލެ ދާނެ ވަކި ތާރީޚެއް ނުބުނާތީ މަލްހާއަށްވެސް އެމީހުން މިއަދި އަަންނަކަން ނޭނގުނީއެވެ.

“ދެން ހިނގާ ސައިބޯން ދާން. ނަސީބެއްނު އިއްޔަ ގެ ސާފުކުރިއިރު ދެން އިން ދެކޮޓަރިވެސް ސާފުކޮށްލެވުނުކަން. ހެހެ.” އިންތަނުން ތެދުވަމުން މަލްހާ ބުނެލިއެވެ. ހިނިތުންވެލަމުން ޒީވާން ގޮވައިގެން އާބިދާވެސް މަލްހާ ފަހަތުން ހިނގައިގަތެވެ.

ބޭރުން ބަޔަކު ވާހަކަދައްކާ އަޑަށް ކޮޓަރީގައިއިން ރާއިދް ނުކުތެވެ. އެވަގުތަކީ ލިވްޔާ ސޯފާއިން ތެދުވިވަގުތުކަމުން ރާއިދް ފެނުމާއެކު ހިތްއަވަސްވެގެންގޮސް ފައިއޮޅިގެން ވެއްޓެންދިޔައެވެ. އެތަންފެނި ރާއިދްއަށްވެސް ސިހިފައި އެދިމާއަށް ދުއްވައިގަނެވުނެވެ.

ލިވްޔާ ވެއްޓުމުގެ ކުރިން ރާއިދް އޭނާގެ ބާރުގަދަ އަތުގެ ތެރެއަށް ލިވްޔާލައި ހިފަހައްޓައިލިއެވެ. ދެލޯމަރައި ބާރުކޮށްލައިގެންއޮތް ލިވްޔާ ރާއިދްގެ ކަރުގައި ދެއަތް ވަށައިލަމުން ބާރަށް ހިފަހައްޓައިލީ ގަންފައިވާ ބިރެއްގެ ސަބަބުންނެވެ.

“ތަންކޮޅެއް ބަލައިލައިގެން އުޅެބަލަ ލިވީ.” ލިވްޔާ ނަގައި ތެދުކޮށްލަމުން ރާއިދް އޯގާތެރި އަޑަކުން ބުނެލިއެވެ. އެއަޑަށް ސިހިފައި ލިވްޔާ ދެލޯ ހުޅުވައިލިއެވެ. އޭނާއާއި ދާދި ގާތުގައިހުރި ރާއިދް ފެނުމާއެކު ވަގުތުން ލިވްޔާގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. މުޅިމީހާ ފިނިވެ މަޑު ތުރުތުރެއް އެހަށިގަނޑުގައި އުފެދިގެން ދިޔައެވެ. ދެލޯބޮޑުކޮށްގެން ރާއިދްގެ މޫނަށް ބަލަމުންދިޔަ ލިވްޔާ ފެނިފައި ރާއިދްވެސް ހައިރާންކަމާއެކު ލިވްޔާގެ މޫނަށް ބަލަމުންދިޔައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ރާއިދް އޭނާގެ އަތް ލިވްޔާގެ އުނަގަނޑުން ދޫކޮށްލީ އެދެމީހުން ތިބެވުނީ ވަރަށް ގާތުގައިކަން އިހުސާސުވުމުންނެވެ. އެހެނަސް ލިވްޔާ ރާއިދްގެ ގައިން ދޫކޮށްލަން ބޭނުންނުވާފަދައެވެ. މޮޔައަކުހެން ރާއިދްގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. އެހައި ދުވަހަށްފަހު ރާއިދް ހަމަލޮލަށް ފެނުމުން ހިތްފުރެންދެން ބަލައިލަން އޭނާ ބޭނުންވިއެވެ.

“ލިވީ.” ލިވްޔާގެ ކޮލުގައި މަޑުމަޑުން ޖަހައިލަމުން ރާއިދް ގޮވައިލިއެވެ. ހުވަފެނެއްގެ ތެރޭގައި އޮއްވައި އިވޭފަދައިން ލިވްޔާއަށް ރާއިދްގެ އަޑުއިވުނެވެ. ލޯބި ގޮތަކަށް ހިނިތުންވެލަމުން ލިވްޔާއަށް ރާއިދްގެ ގައިގައި ބައްދައިލެވުނެވެ. ލިވްޔާގެ މިއަމަލުން ސިހިފައި ރާއިދަށް ކުއްލިއަކަށް ލިވްޔާ އޭނާގެ ގަޔާއި ދުރުކޮށްލެވުނެވެ. ލިވްޔާއަށް ހަމަހޭވެރިކަންވީ ދެނެވެ. ކުރެވުނުކަންތައް އިހުސާސުވުމާއެކު ދެލޯބޮޑުކޮށްލަމުން ލިވްޔާ ރާއިދްގެ މޫނަށް ބަލައިލީ ކަންބޮޑުވެފައެވެ.

“ސޮ..ސޮ..ސޮރީ. ގަސްދު..ގައެއްނޫން.” ހައިރާންކަމާއެކު އޭނާގެ މޫނަށް ބަލަމުންދިޔަ ރާއިދް ފެނުމުން ހާސްވެފައި ތުރުތުރުއަޅަމުންދިޔަ އަޑަކުން ލިވްޔާއަށް ބުނެވުނެވެ. ވަކިއެއްޗެކޭ ނުބުނެ ކާކޮޓަރިއާއި ދިމާއަށް ރާއިދް ހިނގައިގަތެވެ. އެތަންބަލަންހުރި ލިވްޔާގެ ހިތަށް ތޫނުތަދެއް އިހުސާސުވެގެން ދިޔައެވެ. ހިތާއިދިމާލުގައި އަތުން ފިރުމައިލަމުން ހަމަޖެހިލައިފައި ލިވްޔާވެސް ރާއިދްގެ ފަހަތުން ހިނގައިގަތެވެ. ދެންމެވީ ކަންތައް ދެލޯކުރިމަތީގައި ސިފަކުރަމުންނެވެ.

މޭޒުދޮށުގައި އިނށީދެލަމުން އިސްޖަހައިގެންއިން ރާއިދްގެ މޫނަށް ލިވްޔާ ބަލައިލިއެވެ. އެތަނެއް ވާހަކައިގައި މަސްއޫލެވެގެންތިބެ ސައިބޮމުންދިޔަ މަލްހާއާއި އާބިދާއަކަށް ނުފެނެއެވެ. ހަމަހިމޭންކަމާއެކު ސައިބޮމުންދިޔަ ލިވްޔާ އިރުއިރުކޮޅާ ރާއިދްގެ މޫނަށް ބަލަމުންދިޔައެވެ. ރާއިދްގެ ފަރާތުން މާބޮޑު އިޝާރާތެއް ނުފެނުމުން މާޔޫސްކަމާއެކު ސައިބޮއި ނިންމައިލުމަށްފަހު ލިވްޔާ ގޮސް މަލްހާ ދެއްކި ކޮޓަރިއަށް ވަނެވެ.

އެނދުމައްޗަށް ވެއްޓިގަންނަމުން ލިވްޔާ ވަށައިގެން ނަޒަރުހިންގައިލިއެވެ. މަޑުފިޔާތޮށި ކުލަ ލައިފައިވާ އެކޮޓަރި ލިވްޔާއަށް ވަރަށް ކަމުދިޔައެވެ. އެނދުގައި ހަމަޖެހިލަމުން ލެޕްޓޮޕް ދަބަހުން ނެގުމަށްފަހު ހުޅުވައިލިއެވެ.

ޑެކްސްޓޮޕްގައި ހުރި ރާއިދްގެ ފޮޓޯއަށް ބަލަން ހެވިފައި ލިވްޔާ އޮތީ އަމިއްލަ ދުނިޔެއެއްގައެވެ. ރާާއިދް އޭނާގެ ގައިގައި ހިފަހައްޓައިލި ވަގުތުކޮޅު ދެލޯކުރިމަތިން ސިފަކުރަމުން ލިވްޔާ ރާއިދްގެ ފޮޓޯގައި ފިރުމައިލިއެވެ. މިއިހުސާސުތައް އޭނާއަށް ކުރެވޭތާ ތިންއަހަރުވަނީއެވެ. އުޅެއުޅެވެސް ރާާއިދްގެ ނަމެއް އެހިތަކުން ނުފިލިއެވެ.

އެކިޚިޔާލުތަކަށް ގެއްލިފައިއޮތް ލިވްޔާ ސިިހިފައި އެނދުގެ އެއްފަރާތުގައި އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ. ރިންގްވަމުންދިޔަ ފޯންގެ ޑިސްޕްލޭއަށް އަރައިފައިވާ ނަވީންގެ ނަން ފެނުމުން ލިވްޔާގެ މޫނުމަތިން ފޫހިކަން ފާޅުވެގެން ދިޔައެވެ.

ފުންނޭވައެއް ދޫކޮށްލަމުން ފޫހިގޮތަކަށް ފޯންނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ލިވީ. ވަޓްސް ރޯންގް ވިތް ޔޫ؟ ކީއްވެ އަހަރެންނާާ ދުރުނުވެވިގެން ތިއުޅެނީ؟” މާޔޫސީ ރާގަކަށް ނަވީން އަހައިލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ ނަވީނާ އެކީ އުޅޭކަށް މިހާރު ބޭނުމެއް ނޫނޭ. ދެން އަހަރެންނަށް އުނދަގޫކުރުން ހުއްޓާލަންވީނު.” ހަރުކަށި ރާގަކަށް ލިވްޔާ އެހެން ބުނުމާއެކު އެއީ ކީއްވެހޭ ކިޔައި ނަވީން ހަޅޭލަވައިގަތެވެ. “ކިތައްފަހަރުތަ ބުނަންވީ؟ އަހަރެން ނަވީންދެކެ ލޯތްބެއްނުވޭ މިހާރު. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. އަހަރެން ބޭނުންވަނީވެސް ހަމައެކަނި އޭނާގެ ލޯބި. އަޑުއިވިއްޖެ؟ ދެން ނުވާނެ އަހަރެންނަށް ގުޅައިގެން.” ހިތްހަމަނުޖެހިފައި އެހެން ބުނެލަމުން ނަވީނަށް ވާހަކަދައްކާނެ ފުުރުސަތެއް ދިނުމެއްނެތި ލިވްޔާ ފޯން ކަނޑައިލިއެވެ. އަދި ފޯން އޮފް ކޮށްލުމަށްފަހު ލެޕްޓޮއިން ފެންނަންހުރި ރާއިދްގެ ތަސްވީރަށް ބަލައިލިއެވެ. “އައި ލަވް ޔޫ ރާއިދް.” އެވަގުތު ލިވްޔާގެ ދެތުންފަތް ދެމެދުން ނުކުމެގެންދިޔަ އެލަފުޒުތަކާއެކު އޭނާއަށް ދެލޯމަރައިލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޝީން (ތޭރަވަނަބައި)

Next

ނޫރު (އަށާޅީސްވަނަ ބައި)

Next
March 9, 2018

ނޫރު (އަށާޅީސްވަނަ ބައި)

Previews
March 9, 2018

ޝީން (ތޭރަވަނަބައި)

24 Comments!

  1. shy says:
    March 9, 2018 at 9:13 pm

    Hey 1st dhee

    1. Nau says:
      March 10, 2018 at 6:53 pm

      Ya dhw dear.. Hehe

  2. Nau says:
    March 9, 2018 at 9:15 pm

    Salaam all.. V lasvehje dhw.. Sry all.. I knw its v shrt kan.. So m also nt satisfied.. Bt tday aslu v v bxy kohulhuny as i was planing a surprise for my brother.. Stil on that.. Ehnve ingey ehaa lasvy n mi chap ehaa shrt vyvx.. M sry.. Really. There will be lots of mistakes too i guess as i havent checked this chap before uploading.. So do let me knw the mistakes.. Promise i will make upto this by uploading a lng chap tmrw as soon as pssble.. Enjoy reading.. Hv a v v gud nyt all.. Ly all my dears.?❤ N i apologise once again for the dealy n shrt chap.. ?

  3. unique says:
    March 9, 2018 at 9:21 pm

    heheh yey

  4. Shann says:
    March 9, 2018 at 9:32 pm

    Ahaan dheben ves ekaku dheke dhw loabi mivany… Dhen kihinehbaa dhw vaany?? V v rythi mibaives… Khonireh mihaaru story up veytho balaathaa… Thihira sifakohdhinumeh… Hama bashuhttey haa vey… V ves furihama…

    1. Nau says:
      March 10, 2018 at 6:53 pm

      Hehe lets see vaagotheh.. Thanks dear

  5. Jiya says:
    March 9, 2018 at 9:38 pm

    It’s short but reethi ❤

    1. Nau says:
      March 10, 2018 at 6:54 pm

      Thanks dear❤

  6. EHLEE says:
    March 9, 2018 at 9:41 pm

    Wow v reetih

    1. Nau says:
      March 10, 2018 at 6:54 pm

      Thanks dear❤

  7. Pinky shifoo says:
    March 9, 2018 at 10:07 pm

    Hey Nau ???… Mi part vx Maasha Allah v v v reethi ❤️❤️❤️… Ehenvaa faharu faharuvx annaane ???… Mivarahvx up kohladhinyma v v ufaavehje ???… There is a mistake I think.. Naveen livee gaathu bune ehnu “kyhvehey ahannaa dhuru nuvevigen thiulheny”.. Ethanuga” dhurunuvevigen ” that’s a mistake dhw… Ethankolhu faahaga kohlevun… Curiously waiting for the next part.. Lots of love and take care Nau ???❤️❤️❤️???

    1. Nau says:
      March 10, 2018 at 6:55 pm

      Hehe ya dhw.. Maa fahun ethankolhu fenuny thanks for telling.. Hehe.. Thanks dear.. Lots of love n tvgc❤?

  8. Axy says:
    March 9, 2018 at 10:21 pm

    Nau Thanks v v reethi ? ? ? ? ?

    1. Nau says:
      March 10, 2018 at 6:55 pm

      Thanks n wlcm dear❤

  9. Friends says:
    March 9, 2018 at 11:42 pm

    Mihira ulhey kujjeh ulhey goih dhw.hadi dhw dhonthabe vihya.ma nama size kohlaanan. Haha…..stry v nice ingey dear.waiting 4 next part. ??????.Gud nyt

    1. Nau says:
      March 10, 2018 at 6:56 pm

      Hehe ya dhw.. Thanks dear❤

  10. unique says:
    March 9, 2018 at 11:49 pm

    Maasha Allah…….. nau ah dhuvahakuves evves meehehge esfeenaa nujassavaashi….aamen…….sooo cute best of luck for ur surprise for ur bro…… heheh…….mivaahaka aa hedhy unique miee maruvany…..plx dnt kill me by waiting

    1. Nau says:
      March 10, 2018 at 6:57 pm

      Awwwn thanks alot my dear.. Ya it went well.. Hehe.. Alhey soo sry i made u guys to wait too lng.. Dhn ehn nuvaane in sha allah.. Thanks again❤

  11. unique says:
    March 9, 2018 at 11:54 pm

    dont apologize thats not a prblm….. dnt be sad…… its nothing….. life ga ekahala kanthakaavx dhimaavaane so no need to apologize always….. smile:-):-):-*

    1. Nau says:
      March 10, 2018 at 6:57 pm

      Awwwwnn thanks my dear?

  12. Sai says:
    March 10, 2018 at 6:56 am

    V v v v reethi mi part… alhe livy e loabi vany dhnthabey dheke dhw… dhn kihinehbaa vaanyy??? Varah kiyaa hiyyvey mivaahaka… ❤❤??

    1. Nau says:
      March 10, 2018 at 6:58 pm

      Awwn thanks alot dear. Ya dhw. Lets see vaa gotheh.. ❤❤

  13. Shaaa says:
    March 10, 2018 at 6:40 pm

    When is the next part nau?

    1. Nau says:
      March 10, 2018 at 6:58 pm

      Nw upkohlaafin dear.

Comments are closed.

Next Episodeތަޤްދީރު (10)←


All Right Reserved!