Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ތޭރަވަނަބައި)

Marie Level 210 Stories100 Login100 Comments
March 9, 2018 5 Mins Read
10 Comments

އެވަގުތު އަޔާޒް ޝީންގެ ކޯތާފަތް މަތީ ފިރުމަމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮއްލަދިނެވެ.
ހަމުގައި އެއިގިލިތައް ބީހުމާއެކު ޝީންގެ ދެލޯ ލޯމަރާލެވުނެވެ.
އެމަންޒަރު ފެނުމުން އަޔާޒްގެ ހިތް ކޮންޓްރޯލުން ނެއްޓިކަހަލައެވެ.
ޝީންވެސް އަޔާޒްގެ ބީހުމައް އެދި ގޮވާކަހަލައެވެ.
ދެހަށިގަނޑު އެއްހަށިގަނޑަކައްވެގެން ދިޔައިރު ދެމީހުންކުރެ އެކަކައްވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭކަހަލައެވެ.
ދެމީހުންވެސް ހީވަނީ އެތައްދުވަހަކައްފަހު ކަރުހިއްކުން ފިލުވާލަން ލިބިގެން އުޅޭހެންނެވެ.
ޝީން ދެލޯމަރާލަމުން އެފޮނިމީރު ކަމުގެ ތެރެއަށް ނަފްސް ގެއްލިގެން ދާން ދޫކޮއްލިއެވެ.
ވެފަ ހުރި ވަރުބަލީގައި ދެމީހުންނައްވެސް ލޯމަރާލެވުނެވެ………..

ނިދިފައިއޮތް އަޔާޒް އަށް ހޭލެވުމާއެކު ލޯ ހުޅުވާލިއެވެ.
އޮވެވުނު ތަން އެގުމާއެކު އަޔާޒް ގަޑިބަލާލިއެވެ.
ޢޭރު މެންދަމުން އަލިވެ ބާރަ ގަޑި ބައި ވީއެވެ . ޝީންމެން ކޮބައިބާވައެވެ. އަވަސް އަރުވާލާފައި ތެދުވަން އުޅުނު އަޔާޒް ސިއްސައިގެން ދިޔައީ ގައިގައި އެއްވެސް އަންނައުނެއް ނެއްކަނ އެގުމުންނެވެ.
ކުޑަ އިރުކޮޅެއް ކުރިން ހިނގާދިޔަ ކަންތައްއަޔާޒްގެ ލޯ ކުރިމަތިން ސިފަ ވާން ފެށިއެވެ.
އަވަސް އަވަހައް ޝީން ކޮބައިތޯ އަޔާޒް އަށް ބަލާލެވުނެވެ.
އެއްވެސް ފޭރާމެއްނެތި ނިދިފައިއޮތް ޝީން ފެނުމުން އަޔާޒްގެ ދެލޯ ބޮޑުވިއެވެ .”އޯ ގޯޑް !! އަހަރެންނައް ކޮންގެން ނުވާނެކަމެއް މިކުރެވުނީ” އަހަރެން ދުވަހަކުވެސް މިކަހަލަ ގުޅުމެން ހިންގަންވެސް ބޭނުމެއްނުވޭ ” އަހަރެން ޝީންދެކެ ވީ ތެދުވެރި ލޯބި”ޝީން އަހަރެންނައް މުޅިއުމުރައްވެސް ނަފްރަތް ކުރާނެ ” އަޔާޒް ދެއަތުން ބޮލުގައި ހިފާ ބާރުކޮއްލެވުނވެ.
ޝީންއަށް ހޭލެވުމާއެކު ކަންތައް ވާނެގޮތް ހިތައް އެރުމާއެކު އަޔާޒް ފުންމައިގެން ތެތުވިއެވެ.
ހާމައަށް އޮތް ޝީންގެ ހަށިގަނޑުގައި ބެޑް ޝީޓް އަޅައި ދިނުމައްފަހު އަޔާޒް ފާހާނާ އަށް ވަދެ ވަރައް އަވަހައް ބޭރައްނިކުތެވެ..
ކުޑަ ތަންކޮޅަކައް ދެވުމާއެކު އަޔާޒްއަށް ފެނުނީ އެދިމާއަށް ހިނގާފައި އަންނަ އަލޫކްއެވެ…
އަޔާ ! ވަރައް ލަސް ވެއްޖެ ދޯ އައްޔަ ބެއާ ވާހަކަ ދައްކާލަން އިނދެވުނީމަ ލަސްވީ ” ކޮބާ ޝީން ” އަލޫކް އައިސް އަޔާޒް އާއި އަރާ ހަމަވަމުން ބުނެލިއެވެ.
އެންމެ ޖާގައެއްލިބުނީ މިގަޑީ” އަޔާއަށް ވަރައް ލަސްވޭނު ” އިހައް ދާންވީނު އަޔާ ” އަހަރެމެން ދާނަން ދެން ޖާގައެއް ލިބުނީމަ ” އަލޫކް އެހެންބުނުމުން އަޔާޒްއަށް ހިތާ ހިތުން ދުއާ ކޮއްލެވުނެވެ.
ޝީން އަށް ނުފެނި ފުރޭ ގޮތް ވުމުން ހިތް ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ.
ނަމަވެސް މިރެއިން ފެށިގެން އަޔާޒްގެ ހިތުގައި އޮތް ޝީންގެ ލޯބި އެތައްގުނައެއް އިތުރު ކޮއްދީފިއެވެ.
އެފޮނިމީރުކަން އަލައްވެސް ލިބިގަތް ފުރަތަމަ އިންސާނަކީ އަޔާޒްކަން ޔަގީނެވެ
އަޔާޒް އަލޫކް އާއެކު ލޯންޗާހިސާބައް ދެވުން އިރުވެސް ދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އަލޫކް އަހަރެން ވަރައް ބޮޑު ކަމަކު އެދެން ވެފަ އެބައޮތް ” ދުވަހަކުވެސް ޝީން ދެރަ ނުކުރައްޗޭ” ދުވަހަކުވެސް އޭނައަށް ދެރައެއް ނުދެއްޗޭ” އަޔާޒް އަލޫކް އާއި ދިމާލައް އެހެން ބުނެލުމުން އަލޫކް ބޯޖަހާލިއެވެ.
އަލޫކް ހީކުރީ އެދުވަހު ކޮފީގައި ތިއްބާ ވީ ކަންތަކުން އަޔާޒް ބުނެލި އެއްޗެއްކަމަށެވެ” އަޔާ އަހަރެން ދުވަހަކުވެސް ޝީން އަށް ދެރައެއް ނުދޭނަން “އަހަރެން އެއައްވުރެ ޝީންދެކެ ލޯބިވޭ….
ޝީން ދެލޯ އުގުޅާލުމައް ފަހު ތެދުވަން މަސައްކައް ކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ ‘ރޭގެ ހާދިސާ ޝީންގެ ލޯ ކުރިމަތިން ސިފަވާން ނެގީ މަދު ވަގުތުކޮޅެކެވެ.
ފުންމައިގެން ތެދުވެވުނެވެ. ހިތާ ހިތުން އެއީ ހުވަފެނަކައް ވުމަން އެދިގެންނެވެ. ކައިވެނިން ބޭރުން އެކަހަލަ އެއަވެސް ގުޅުމެއް ހިންގަން ޝީން ބޭނުމެއް ނުވެއެވެ.
ޝީންގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. އެއީ ހުވަފެނެއް ނޫނެވެ. ހަގީގަތެކެވެ. އެކަން އެއްވެސް މީހަކައް ބަދަލެއް ނުކުރެވޭނެއެވެ. ކައިވެނި ކުރަން ހަފްތާއަކައް ވީއިރު މުޅި އުމުރު ރައްކާ ކޮއްގެން އުޅުނު އަގުބޮޑު ހަޒާނާ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގާ އެހެން މީހަކާ ހަވާލް ކުރެވިއްޖެއެވެ ޝީން ވިސްނި ވަރަކައް ބޮލުގައި ރިހުން ގަދަވާން ފެށިއެވެ.
އަހަރެން އަޔާ އަށް މަޖްބޫރުކުރީ ކީއްވެ ” ކުއްވެރިޔަކީ އަހަރެން އަޔާ އަހަރެންނައް އެކަހަލަކަމެއް ނުކުރާނެ ..
ޝިން ގިސްލަމުން ރޮމުން ދިޔައެވެ.
ފޯން ރިންގްވާން ފެށުމުން ޝީން ފޯން ނެގިއެވެ. ނިދަނީތަ ” ސޮރީ އިގޭ އައްޔަބޭ ކައިރީ އަނގަތަޅާލަން އިނދެވުނީމަ ވަގުތު ދިޔަގޮތްވެސް ނޭގުން ” މިހާރު މިދަނީ ރޫމައް ” އެއްޖާގަ ލިބުނީމަ އަޔާޒް ފޮނުވާލާފަމިއަންނަނީ ” އަލޫކް އެހެންބުނެލުމުން ޝީން މާބޮޑުވާހަކައެއް ނުދައްކާ ހުމް ޢޭ ބުނެ ފޯން ކަނޑާލިއެވެ.
އެހާލްގައި އޭނަ އޮއްވަ އަލޫކް އަށް ނުފެނުންކަން އެއީ އޭނަގެ ނަސީބެވެ. ޝީން އަވަހައް ފާހާނާއަށް ވަދެ ކުޑަގޮތެއްހަދައިލައިގެން ނިކުމެ ވެއްޓިފައިވާ އޭނާގެ ހެދުން ނަގާ ލިއެވެ.
އަޔާޒް އޭނަޔާ ކުރިމަތި ލާން ނުކެރި އަވަހައް ދިޔައީކަން އެގުމުން ޝީން އިތުރައް ދެރަވިއެވެ. އޭނައަކީ ކޮންކަހލަ އަންހެނެއްހެއްޔެވެ.
އޭނަދެން އަލޫކް އަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ.
ޔަގީނުންވެސް އޭނާ ބޭޒާރުވާނެއެވެ.
ކައިވެނި ލަސްކުރަން ވީ ބާވައެވެ.
ނޫނެކެވެ. މިހާރު ދެން ކައިވެނި ލަސްވެސް ނުކުރެވޭނެއެވެ.
އެހެން ނޫނަސް ލަސްކުރިޔަސް ގެއްލިގެން ދިޔަ އިއްފަތް ތެރިކަން ޝިން އަށް އަބުރާ ނުލިބޭނެއެވެ.
ޝީން ތައްޔާރުވެލައިގެން ނިކުއްތަނާ އަލޫކް އައިސް ރޫމައް ވަނެވެ.
ހިޔެއްނުވޭ މިރޭ ދެވޭނެހެންނެއް .” ޝީން މިރޫމްގަ ނިދާލަން ވީނު ” އަހަރެން މިދަނީ ޖެހިގެން މިހިރަ ރޫމައް ” ކަމެއް ބޭނުންވެއްޖާގުޅާލާ” ޝީން އެކަމާ އެއްބަސް ވެބޯޖަހާލިއެވެ.
ޝީން ބޭނުންވަނީ އަވަހައް އަލޫކް ދާށެވެ” އަލޫކް އާއި ކުރިމަތި ލާނެ ހިތްވަރެއް މިރޭ ޝިންގެ ގަޔަކު ނެތެވެ
އަޔާޒް ދިއުމުގެ ކުރިން ޝީން އަޔާޒްގެ ކިބައިން މާފައް އެދެން ބޭނުމެވެ.
ނަމަވެސް އެފުރުސަތުވެސް ލިބޭގޮތްވެސް ނުވީއެވެ. ވިސްނި ވަރަކައް ޝީން ގެ ބޮލުގެ ރިހުން ގަދަވާން ފެށިއެވެ.
ހަދާން ކުރަން ބޭނުން ނުވިޔަސް ލޯމަރާލިޔަސް ސިފަވަނީއެވެ.
ނިދަން އުޅެ އުޅެވެސް ޝީން އަށް ނިދޭގޮތެއްވެސް ނުވިއެވެ.
*********************************************
ބްރޯ!! ވަރައް ކަޑާއެއްޗެއް ވެއްޖޭ ” އައްކޭ އަށްއެގިއްޖާ މަ މަރާނެ ” މަ ޖޮބް ވެސް ގެއްލޭނެ” ހަމިއްޓެ ރިލްވާން އާއި ވާހަކަ ދައްކަމުން ބުނެލިއެވެ.
” ކިހިނެއްވީތަ ؟ ހަނީމޫން ހަދާލީތަ އެމީހުން” ރިލްވާން ހިންޏާއިގެން ވާހަކަ ވެސް ނުދެއްކެއެވެ.
“ބުޜޯ އަޑޫއަހާބޭ” އެކޮފީތަށި އައްކޭއެއް ނޫނޭ ބުއީ ” އެމީހުންނާއެއްކޮއް އައި އަނެއް ސޮރު ” މަ ބޯ ގޮވާފަ މިހުރީ ” ރިލްވާންވެސް ވަގުތުން މައިތިރިވިއެވެ.
” ތިވާހަކަ ނުކިޔާނީ ދެން އަޅާ ނުލާ އައްކޭ އަށް އެގިއްޖާ ވަރައް ހޫނު ވާނެ” ރިލްވާންވެސް ވަރައް ހާސް ވެފައި އެހެން ބުނެލުމައްފަހު ފޯން ކަނޑާލިއެވެ.

ރޭގެ ބާކީ ބައިވެސް ޝީން ހޭދަ ކުރީ އެކަހަލަ ހާލެއްގައެވެ.
މުޅިރޭ ހަތަރުދަން ދިޔައީ އަޔާޒްގެ ވިސްނުން ތަކުންނެވެ.
ހައެއްޖަހަނިކޮއް އަލޫކް ޝިން އަށް ގުޅާފައި ފުރަން ހަމަޖެހުން ވާހަކަ ބުނެލިއެވެ.
ޝީން ތެޅި ތެޅި އޮތް ހިތަކާއިއެކު ކޮޓަރިން ނިކުތެވެ.
އަޔާޒްގެ ކިބައިން މާފައް އެދެން އަވަހައް ޝީން މާލެ ދާން ބޭނުމެވެ. ކުޑަވަގުތުކޮޅެއްވެސް ޝީން ލަސްކޮއްފިނަމަ އަޔާޒް ގެއްލޭނެއެވެ އަޔާޒް އޭނަ މައްޗައް ހިތްބަރު ކުރަން ޝީން ބޭނުމެއްނުވެއެވެ.
ލޯންޗް މާލޭ ފަޅައް ވަދެވުމާއެކު ޝީން އަވަސް އަރުވާލާފައި ލޯންޗުން ފޭބިއެވެ.
” ކިހިނެއްވެފަ ހާދަ އަވަސް އަރުވާލާފަ” އަލޫކް އެންމެފަހުން އަހާލިއެވެ
އަޔާ ފުރުމުގެ ކުރިން ގެއަށް ދާން ހިނގާބާ ” ޝީން އެހެން ބުނުމުން އަލޫކް އަށް ވެގެން އުޅެ ގޮތް އެގުނެވެ.
ޝީންއަށް އަޔާޒް ފުރާފާނެތީ ކަންބޮޑުވެފަ ހުރިވަރު ފެނުމުން އަލޫކް އަވަހައް ޝީން ގޭ ދޮށައް ގެނެސްދިނެވެ.
ޝީން ސައިކަލްއިން ފޭބުމާއެކު ދުވެފައި ގޭތެރެއަށް ވަނެވެ.
ދައްތާ އަޔާ ކޮބާ”ގޭތެރެއަށްވަދެވުމާއެކު ނަފީސާ ފެނުމުން ޝީން އަހާލިއެވެ.
އިރުކޮޅެއްވެއްޖެ ދިޔަތާ”ނަފީސާ ބުނެލިއެވެ.
ޝީންއަށް ދެފައިމައްޗައް ތިރިވެވުނެވެ.
އެހާދުރައް ފުރައިގެންދާއިރު އޭނާއަށް ގުޅާލަންވެސް އަޔާއަށް ނޭގުނެވެ.
ވަގުތުން އަޔާޒްގެ ފޯނައް ގުޅަން ޝީން ހިތައް އެރިއެވެ.
ހާސްވެފަ ހުރިވަރުން ފޯންމަތިންވެސް ހަދާންވީ ކިރިޔާއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޝީން އަޔާޒްގެ ނަމްބަރައް މެސެޖް ކޮއްލިއެވެ. ރިޕްލައި ނައުމުން ޝީން އަޔާޒް ފޯނައް ގުޅާލިއެވެ.
އަޔާޒް އޮތީ ފޯނުވެސް ނިއްވާލާފައެވެ.
ޝީންގެ ހިތައް ކެއްނުވާވަރުވިއެވެ.
އެނދުމައްޗައްވެއްޓިގަންނަމުން ބާރުބާރައް ރޯންފެށިއެވެ.
އަޔާ އަހަރެންނައް މާފްކުރޭ އަހަރެންގެ ކުށޫން އަހަރެންގެ ދިރިއުޅުމުމުންް އަޔާ ގެއްލޭކައް އަހަރެން ނޭދެން ” އަހަރެންނައް މާފްކުރޭ ”
*****************************************
ޝީންގެ ވަށައިގެން އެކި މީހުން އެކި ކަންތަކުގައި ޝާމިލްވެ އުޅެއެވެ .އެއްބަޔަކު ޝީން މޭކަޕް ކޮއްދިނުމުގައި އުޅޭއިރު އަނެއްބަޔަކުއެހެން ކަމެއްކޮއްދިނުމުގައި އުޅެއެވެ
ނަމަވެސް ކުރިން ޝީންގެ މޫނުމަތިން ފެންނަ އުފާވެރިކަންވަނީ ގެއްލިފައެވެ.
ތައްޔާރުވެ ނިމުމުން ޝީން ރޫމުން ނިކުނަން ހިގައިގެންވަގުތު އަލޫކްއައިސް ކުރިމައްޗައް މަޑުކޮއްލިއެވެ. ” ޔޫ އާރ ބިއުޓިފުލް” ނޯވޯޑްސް ކެން ޑިސްކްރައިބް ޔޫ ޓްނައިޓް…. ދުނިޔޭގައިވާ އެންމެ ރީތި އަންހެނުންތަކުގެ ތެރޭ އަހަރެންގެ ލޯބިވާ ހިމެނޭނެކަން ޔަގީން ” އަލޫކްގެ ދުލުން ތައުރީފްގެ ބަސްތައް ހިފެހެއްޓުމެއްނެތި އޮހެންފެށިއެވެ.
އަލޫކްގެ ދުލުން އިވުނު ތައުރީފްގެ ބަސްތަކުން ޝީންގެ ލޮލުން ކަރުނަ ހިލުނެވެ. މޭކަޕް ހަޑިވެދާނެ ނުރޮއްޗޭ’
އަލޫކް ހިނިގަނޑެއްޖަހާލަމުން ޝިން އާއި ދިމާކޮއްލިއެވެ.

ޝީންގެ އާއިލާގެ ފަރާތުން ހަމައެކަނި ޕާޓީގައި ބައިވެރިވީ މުނީރާ އާއި ނަފީސާ އާއި ނަފީސާގެ ފިރިމީހާ ޔާސިރުއާއި އެމީހުންގެ ދަރިފުޅު ޔޫން އެކަނޔެވެ.
ދެން މުޅިތަނައްއެއްވެފައި ތިބީ ހުސް އަލޫކްގެ އާއިލާ އާއި ރަހުމައްތެރިންނެވެ.
ބީޗްގައި ބަހައްޓާފައިވާ މޭޒް ވަށައިގެންކައިވެނިކޮއްދޭންއައިސް ތިބި މީހުންނާއެކު އަލޫކްއާއި ޝީންއިނެވެ.
ޤާޟީގެ ނަސޭހަތްގެ ބަސްކޮޅައްފަހު އަލޫކްކައިރިން އަބިގަބޫލް ކުރުމައް އެދުނު ހިދު ޝީންގެ ހިތްނުހުއްޓުނީ ކިރިޔާއެވެ .
ހެދުމުގައި ބާރައް ހިފަހައްޓައިލައިގެން އިދެވުނެވެ..
އަނބި ގަބޫލް ކޮއްފިން”” އަލޫކް ޝީންގެ ލޮލައް ބަލައިލަމުން ބުނެލިއެވެ.
އަލޫކްގެ ދުލުން އެހެން ބުނެލުމާއެކު ޝީންގެ ހިތައްލިބުން އުފާވެރިކަމާ އެއްވަރައް ހިތުގައި ރިހުމެއްވެސް އުފެދުނެވެ.
ކުލަގަދަ ހަފްލާއަކައް ފަހު އެންމެން ހުސްވާން ފެށިއެވެ.
އެގާރަ ޖެހުމާ ގާތް ވެފައި ހުއްޓާ ހުރިހާއެންމެން މާލެ ދިޔައެވެ.
އަލަތު ދެމަފިރިންނައްޓަކާ ރޫމް ތައްޔާރުކޮއްލާފައި ހުރީ ވަރައް ފުރިހަމަޔަށެވެ.
ދެމީހުން އެކަނިވުމާއެކު ޝިންގެ ހިތައް ބުނެދޭންނޭގޭ ގޮތްތަކެއް ވާންފެށިއެވެ.
އަލޫކްގެ ހިތް އުފަލުން ނަށާކަހަލައެވެ .
އޭނަކަހަލަ މީހަކައް ޝިންކަހަލަ ރަގަޅު ކުއްޖަކު ލިބުންއެއީ ނަސީބެވެ.
މިރެއިން ފެށިގެން އެނުބައި ކަންތަކުން އަލޫކް ދުރުވާން މަސައްކަތްކުރާނެއެވެ.
ރޫމައްވަންގޮތައް ގަބުވެފައި ހުރި ޝިން އަލޫކްގެ އަތް މައްޗައް ނެގުމައްފަހު އެދުގައި ބާއްވާލިއެވެ.
އެވަގުތު ވަރައްބާރައް ދޮރުގައި ތަޅައިގައްއަޑު އިވުނެވެ.
ޗުސް ކަނޑާލަމުން އަލޫކް ރުޅިވެރި މޫނަކާއެކު ގޮސް ދޮރު ހުޅުވާލުމާއެކު ދެލޯ ބޮޑުވިއެވެ.
އެވަގުތު ހީވީ ބިރެއްފެނިގެން އުޅެން ފެށިހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ހިތާ ފުރާނައިން… 65 (ފަހުބައި)

Next

ތަޤްދީރު (9)

Next
March 9, 2018

ތަޤްދީރު (9)

Previews
March 8, 2018

ހިތާ ފުރާނައިން… 65 (ފަހުބައި)

10 Comments!

  1. Hairaan says:
    March 9, 2018 at 4:53 pm

    Varah reethi

    1. Marie says:
      March 9, 2018 at 11:04 pm

      🙂 thank you hairaan

  2. ♥♥♥ says:
    March 9, 2018 at 6:22 pm

    Woww story vr vr reethi

    1. Marie says:
      March 9, 2018 at 11:05 pm

      🙂 ???thank you

  3. Some one says:
    March 9, 2018 at 7:43 pm

    Wow varah reethi. Alhey mirey adhi ehpart upkohdheeba ….please…

    1. Marie says:
      March 9, 2018 at 11:07 pm

      🙂 thank you some one
      Vrh try kuraanan mirey up
      🙂 kurevey thw

  4. ???? says:
    March 9, 2018 at 7:47 pm

    Plx plx. Adhi mirey on part…

    1. Marie says:
      March 9, 2018 at 11:08 pm

      Vrh try kuraanan mirey up
      🙂 kurevey thw

  5. Reem says:
    March 10, 2018 at 7:23 pm

    Wow verry nice ingey ☺☺☺☺?

    1. Marie says:
      March 10, 2018 at 7:39 pm

      🙂 thank you reeem

Comments are closed.

Next Episodeޝީން(ސާދަވަނަބައި)←


All Right Reserved!