“ލީން….” ޔުއާން މިފަހަރު މައިލީން އަށް ގޮވާލުމާއެކު އޭނާގެ އަނގައިން ދެން ނުކުތް އެބަސްތަކުން މައިލީން އަށް ތެދިން ފިޔަވަޅު ފަހަތަށް އަޅާލެވުނީ މޭގައި އަތް އަޅައިގެން ހުރެއެވެ.
ޝާލީން އާއި އާރާވެސް އެކަކު އަނެކަކަށް ބަލާލުމާއެކު ރޯން ފެށުނީއެވެ. އައިކަލް އާއި ޒާރިވާ އަދި އާއިކް ގެ އިތުރުން ނުސްރާ އާއި ފާއިޒް އަށް ވެސް ތިބެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މައިލީން އަށް ހުރިތަނަށް ތިރިވެވުމާއެކު ކަކޫ ޓައިލްސް ތަކު މަތީގައި ޖައްސާލެވުނެވެ. އަދި މޭގައި ބާރުކޮއްލާފައިވާ ދެއަތުން އިތުރަށް ބާރުގަދަކޮއްލަމުން ބާރަށް ރޯން ފެށުނީއެވެ.
“ލީން” ޔުއާން ތުރު ތުރު އަޅަމުން ދިޔަ އޭނަގެ އަޑު ހަމައަކަށް އަޅުވަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މައިލިން އާއި ދިމާލަށް އެއްފިޔަވަޅު އަޅާލިއެވެ. އެއާއެކު މައިލީން ކުއްލިއަކަށް ޔުއާން އާ ދިމާލަށް ބަލާލަމުން އަތުން މަޑުކުރުމަށް އެންގިއެވެ. އޭރު އޭނަގެ ދެލޮލުން ރުޅިވެރިކަމެއްވެސް ފާޅުވާން ހުއްޓެވެ. ޝާލީން އާއި އާރާ އާއި ވެސް އައުމުން ރުޅިވެރިކަމާއެކު އެ ދެމީހުންގެ އަތް ފޮޅުވާލަމުން މައިލީން ހަޅޭއްލަވައިގަތުމުން އޭނާ އަށް ވެސް ދެވަނަ ފަހަރަށް މައިލިން އާއި ކައިރިވާކަށް ނުކެރުނެވެ.
އެގޮތުގައި ފަސްވަރަކަށް މިނިޓް އިނުމަށްފަހު އޭނާ ތެދުވިއެވެ. އަދި އެދިޔަ މާރުމުނުގައި ޔުއާން އާދިމާލަށް ގޮސް ހަޅޭއްލަވައިގަތެވެ.
“ބުނީމެއްނު… ނުކުރާށޭ… ނުކުރާށޭ….” އޭނާ އަށް ވާހަކަ ދައްކަން އުނދަގޫވެގެން ދިޔައެވެ. ޔުއާން މައިލިން ގެ ކޮނޑުގައި ހިފައްޓާލަމުން ވާހަކަ ދައްކަން އުޅުނެވެ.
“ލީން އަޑު އަހާބަލަ” ޔުއާން އަށް ބުނެވުނީ އެވަރަށެވެ. މައިލީން ގެ އަޑުން އޭނާ އަށް ސިހުން ގެ ނުވިއެވެ. “ހަބަރުދާރ… އަހަރެން ނާ އި ކައިރި ނުވާތި” މައިލީން ބާރަށް ބުނެލުމާއެކު ޔުއާން ގެ ހިތުގައި މީހަކު ވިކައިގެތް ފަދަ އިހްސާސްއެއްކުރެވިގެން ދިޔައެވެ. މޭގައި އުފެދުނު ރިހުން މުޅި މޭތެރެއަށް ފެތުރި ކޮޅަށް ހުންނަން އޭނާއަށް ދަތިވެގެން ދިޔައެވެ.
ޔުއާން އަށް އިތުރު އެއްޗެކޭ ނުބުނެ ވި އުޅެކޮއް މައިލީން ބޮލުގައި އަތް އަޅާލުމާއެކު ފަހަތަށް ޖެހުނު ގޮތުން ޔުއާން އަށް ކަމެއް ގޮސްވެއްޖެކަން ޔަގީންކުރެވުނެވެ. އެހެންކަމުން އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ވެއްޓެން ދިޔަ މައިލީން ގެ ގައިގައި ޔުއާން އަށް ހިފެއްޓުނީ ކިރިޔާ ކަމަށް ވުމާއެކު މައިލީން އަނބުރައިގަނެގެން ޓައިލްސްތަކު މައްޗަށް ނުވެއްޓުނީ ކިރިޔާއެވެ.
***ތިން ގަޑިއިރު ފަސް***
މައިލީން ގެ އެނދުކައިރީގައި މައިލީން އަށް ބަލަހައްޓައިގެން ޔުއާން އިން އިރު އޭނާ އަށް އެންމެ ހިނދުކޮޅެއް ވެސް މައިލިން ގެ މޫނުން ނަޒަރު ވަކިކޮއްލެވޭ ކަމަކަށް ނުވިއެވެ.
އޭނާ އެ މޫނަށް ބަލަން އިނެވެ. އެތައް ޖަޒުބާތުތަކަކުން ފުރިގެންވީ މޫނެކެވެ. އޭނާގެ ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތަށް ފޮހެލަމުން އޭނާ ހަމަޖެހިލިއެވެ.
އައިވީ އެއް ގުޅާފައި މައިލީން އޮތް އިރު އޭނާ އެނބުރުން އަރައިގަތް ގޮތަށް ކުޑަކޮއް ލޯ ހުޅުވާލުމަށްފަހު ނިދުނީއެވެ. އޭރުވެސް އެ ދެލޮލުގެ ކައިރީގައި ހުރި ރަތް ކަން ފިލާފައެއްނުވެއެވެ. ދުޅަވެފައިވާ މޫނުމަތިން ރޮއިފައިހުރި ވަރު ހާމަވާން ހުއްޓެވެ.
އޭނާ އެ މޫނުގައި ކުޑަކޮއް ފިރުމާލިއެވެ. އަދި އިސްތަށިތައް އެއްފަރާތް ކޮއްލަދިނެވެ. މިތަން ބަލަން އެވަގުތު ތިބި ޝާލީން އާއި އާރާގެ ލޮލުގައިވެސް ކަރުނައިގެ އަސަރުވުމާއެކު އެކަކަށް ވެސް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.
“ޔުއާން” އެވަގުތު އެ ރޫމް ތެރެއަށް ވަތް ލާވިޔާ ޔުއާން އަށް ގޮވާލިއެވެ. އޭނާ އެދުނީ އޭނާ އާއެކު ޔުއާން އައުމަށެވެ.
ޝާލީން އާއި އާރާ އަށް ބަލާލަމުން ޔުއާން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ޝާލީން އައިސް ޔުއާން ގެ އިން ގޮނޑީގައި އިށީންނަމުން މައިލީން ގެ އަތުގައި ފިރުމާލިއެވެ. ޝާލިން އެހެން އިންދާ މައިލީން އެސްފިޔަތަށް ތަޅުވާލާފައި ދެލޯ ކުޑަކޮއް ހުޅުވާލިއެވެ.
ޔުއާން އައިސީޔޫ ތެރެއަށް ވަނެވެ. އޭނާ ގެ ނަޒަރު ޔަޝްމް އަށް ހުއްޓުމާއެކު އޭނާ އަށް ފުންނޭވާއެއްލެވުނެވެ. އަދި އެ އެނދު ކަރިރިއަށް ޖެހިލިއެވެ. އެ ތުއްތު ދަރިފުޅަށް ބަލާލުމާއެކު މޭގައި އުފެދުނު ރިހުމުގެ ސަބަބުން އެންމެ ފަހުން ބަލަން ކެތް ނުމުވުމުން ފަހަތަށް އޭނާ އެނބުރުނެވެ. އެއާއެކު ކަރުނަތަށް އޭގަ މަގާމް ދޫކޮއް ފައިބައިގަތެވެ. ލާވިޔާ އައިސް ޔުއާން ގެ ކޮނޑުގުގައި ޖަހާލިއެވެ. އަދި އޭނާ އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ޔުއާން ހިތްވަރު ކޮއްފައި ޔަޝްމް އޮތް އެނދާ ދިމާލަށް ބަލާލަމުން އެ ދިމާލަށް މިސްރާބުޖެހިއެވެ. އޭރުވެސް އެނާގެ މުޅި ހަށިގަނޑު ރޫރޫ އަރަމުން ދިޔައެވެ. ވެފައި ހުރި ފިނިކަމެއްގެ ބޮޑުކަމުންނެއްނޫނެވެ. އެހެންނަމަވެސް ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ.
އޭނާ ގޮސް އެ ދަރިފުޅުގެ އެނދު ކަރިގައި މަޑުކޮއްލަމުން ފަރުވާތެރިވެ ހުރެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލިއެވެ. ވެންޓިލޭޓަރ ގެ އެހީގައި ނޭވާލަމުން ދިޔަ އިރު ދެލޯ މަރާލައިގެން އޮތީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި ހެން ހީވާކަހަލައެވެ. އެ ދަރިފުޅުގެ ގައިގައި ވޭން އަޅާނޭ ވަރު އޭނާއަށް އަންދާޒާ ކޮއްލެވުމާއެކު އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ.
ފުން ކޮއް ދެތިން ނޭވާ އޭނާއަށް ލެވުނެވެ.
އެކަމަކުވެސް އޭނާގެ ލޮލުން އަންނަމުން ދޔަ ކަރުނަތަށް ހުއްޓުވެނޭ ކަމަކަށް އެކަމެއް ނުވެއެވެ. ޔަޝްމް ބޭއްވުނީ ދިހަވަނަ ފްލޯގައި ހުރި ވީއައިޕީ އައިސީޔޫ އަށް ކަމަށް ވާއިރު މައިލީން ވެސް އޮތީ އެތަނުގެ ވީއައިޕީ ރޫމްއެއްގައި ބޭއްވިފައެވެ.
ލާވިޔާ ނުކުތް ތަނާހެން އެ ދިމާލަށް ދުވަމުން އައި އާރާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އާރާގާތު ކިހިނެތްވީތޯ އަހާލިއެވެ. އާރާ ވީ ގޮތް ބުނުމުން ލާވިޔާ އައި ސިޔޫ ތެރެއަށް އަނެއްކާ ވަން ނަން މިސްރާބުޖެހީ ޔުއާން ގާތު ބުނުމަށެވެ.
“ޔަޝޫ… ވޭކް އަޕް… ޔަޝޫ” އިސްޖަހައިގެން ޔަޝްމް ގެ އަތުގައި ހިފައްޓައިގެން ވާހަކަ ދައްކަމުން ދިޔަ ޔުއާން އަށް އޭނާގެ އަޑުގައިވި ރިހުން ސިއްރު ކުރެވޭ ގޮތެއް ނުވިއެވެ.
“ޔާ ﷲ… މިއަޅާގެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާންދޭވެ” ޔުއާން އަށް ބުނެވުނެވެ.
އޭނާ އަށް މީހެއްގެ ހިލަމެއް ވެގެން ބަލާލެވުނު އިރު ލާވިޔާ ފެނިގެން އަނެއްކާ އިސްޖަހާލެވުނީ އޭނާގެ ކަރުނަތަށް ލާވިޔާ އަށް ނުދެއްކުމަށެވެ. އެކަމަކު އެ ކަރުނަތަށް ލާވިޔާ އަށް ރިއްޗަށް ފެނުނެވެ. ލާވިޔާގެ ވާހަކަ އިވިގެން އޭނަ އައިސީޔޫ ތެރެއިން ނުކުތުމަށް އަވަސްފިޔަވަޅުތަކެއްގައި މިސްރާބުޖެހިއެވެ.
މައިލީން އޮތް ރޫމަށް އޭނާ ވަނުމާއެކު ރޮމުން ދިޔަ މައިލީން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އެ ދިމަލަށް މިސްރާބުޖެހިއެވެ.
“އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު ގާތަށް ދާން” މައިލީން ބުނަމުންދިޔައެވެ. ޔުއާން ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް މައިލީން ގާތު ހުއްޓެމުން ވާހަކަ ދެއްކިއެވެ.
“ލީން… ލިސްންޓް މީ” ޔުއާން ބުނެލިއެވެ.
ދިހަވަނަ ފްލޯގެ ވިއައިޕީ ވެއިޓިން އޭރިއާގައި އެހެން މީހުން ނާ އެކީ އިން އައިކަލް އިނީ އަދިވެސް ހަދަންވީ ގޮތެއް ނޭގިފައެވެ. މި އޮތް ހުރިހާ އޮރު އޭނާ އެތަނުން ނުނުކުތަސް އާއިކް ލައްވާ ބަރާބަރަށް ހަބަރު ބަލަމުން ދިޔައެވެ. މި ފަހަރުވެސް އޭނާ އާއިކް ފޮނުވީ އިތުރު ކުރިއެރުމެއް ލިބިއްޖެތޯ ބަލާލުމަށެވެ. އެއާއެކު އާއިކް ބައްޕަ ބުނި ކަންތައް ކުރަން އަވަސްވެގަތެވެ.
އެނބުރި އާއިކް އައިއިރު ގެނައި ހަބަރު ގެ ސަބަބުން އައިކަލް ސޯފާ ގޮނޑިން ތެދުވިއެވެ. އަދި ނުކުންނަން ދޮރާ ދމާލަށް ހިނގައިގަތެވެ. އެ ހިސާބަށް އާދެވުމާއެކު އޮޓެމެޓިކުން ކެހޭ ބިއްލޫރި ދޮރު ކެހިގެން ދިޔައެވެ. އެއާއެކު އޭނާ ނުކުތެވެ. ޒާރިވާ އާއި ނުސްރާމެންވެސް އައިކަލް ފަހަތުން ނުކުތެވެ.
އައިކަލް ގެ މިސްރާބުހުރީ މައިލީން އޮތް ރޫމާ ދިމާލަށެވެ.
ގާތަށް އައިސް ހުއްތުނު ޔުއާން ފެނުމާއެކު މައިލީން އަށް ޔުއާން ގެ ގައިގައި ބައްދައިގަނެވުނީ އެވެ. އޭނާ އެ ދެއަތުގެ ހިމާޔަތަށް އެދެމުން ދިޔައީ އާދޭސްކުރާ ހާލުގައެވެ.
މައިލީން ހަމަޖައްސާނޭ ގޮތެއްނޭގި ޔުއާން އަށް ހުރެވުނެވެ. އޭނާ ދެއަތުން މައިލީން ވަށައިލީއެވެ. “ލީން” ޔުއާން ގޮވާލިއެވެ. “އަހަރެން ބޭނުން ދާން” ލީން ބުނެލިއެވެ. “ޔެސް. ލީން ގެންދާނަމޭ… އެކަމު ލީން އެހަށް މަޑުކޮއްލާ އިރުކޮޅަކު… ޔޫ އާރ ޓޫ ވީކް” ޔުއާން އެހެން ބުނެލިއެވެ. “އައިވީ ހުސްވީ މަ ލީން ގެންގޮސް ދޭނަމޭ… މިގަޑީ ނުވަދެވޭނޭ އައިސީޔޫއަށް” އުއާން އއެހެން ބުނީ މައިލީން ގޮވައިގެން އޭނާ އަށް ޔަޝްމް ގާތަށް ވަދެވޭނޭ ހިތްވަރު ނުހުންނާނޭ ހީވުމުންނެވެ. ޔަޝްމް އޮތް ހާލު ބަލަން ޚުދު މައިލީން އަށް ކެތް ނުވާނޭކަން އޭނާ އަށް އެނގެއެވެ.
މައިލީންގެ ހާލަތު އިތުރަށް ދެރަވާނޭކަން ޔުއާން އަށް އެނގެއެވެ. “އައިވީ” މައިލީން ކުއްލިއަކަށް ހުއްޓެމުން ޔުއާން އަށް ނޭގި ކުއްލިއަކަށް އެ ކަޑި ނައްޓާލިއެވެ. އަދި “ޔުއާން ހިނގާ ދާން” އެހެން ބުނެލިއެވެ.
“ލީން. މައިލީން ދުރުކޮއްލަމުން ޔުއާން ބަލާލިއިރު މައިލީން ކަށި ދަމަގަތް ތަނުން ކޮންމެވެސް ވަރަކަށް ލޭ ފައިބަމުން ދިޔައެވެ. އޭނާ މައިލީން އަށް ގޮވާލިއެވެ. އެކަމަކު އެކަމުން އެއްވެސް ވޭނެއް ލިބުނު އަސަރު މައިލީން އަށް ނުކުރިތާ ޔުއާން އާ ދިމާލަށް ބަލާލަމުން “ހިގާށޭ ދާން” ކިޔަމުން ދިޔައެވެ.
“ލީން… ކިއްތިކުރީ” ޔުއާން ބުނެލިއެވެ. އެވަގުތަކީ އެ ދޮރު ހުޅުވާލާފައި އައިކަލް މެން ވަތް ވަގުތެވެ. ކަރުނަވީ ދެލޮލުން ދޮރާ ދިމާލަށް ބަލާލި މައިލީން ސިހިގެން ދިޔުމާއެކު ޔުއާން އަށް ބަލާލާ އެ އަތަށް ބާރުކޮއްލިއެވެ. އެހެންނަމަވެސް އެވަގުތު ޔުއާން އަށް މުހިންމުވީ މައިލީން ގެ އަތުން ހަލާކުވެފައިވާ ތަނުގައި ބޭސް އެޅުން ކަމަށް ވުމާއެކު އޭނާ އެތަނުން ފަސްޓް އެއިޑް ބޮކްސް އެއް ނަގައިގެން ބޭސް އެޅުމަށް އަވަސް ވެގައެވެ.
“ޔުއާން” އައިކަލް ޔުއާން ގާތަށް އައިސް ހުއްޓެމުން ބުނެލިއެވެ. އޭރު ޔުއާން މައިލީން ގެ އަތުގައި ބޭސް އަޅާ ނިމެނީއެވެ. އެހެންކަމަށް ވުމާއެކު އޭނާ އަވަސް އަވަހަށް ތެދުވީ އައިކަލް އަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އޭބަ އިނީ ވެސް މައިލީން އޮތް އެނދުގައި އިށީދެގެންނެވެ.
“އައި ވޯނޓް ޓޯކް ޓް ހާރ” އައިކަލް މަޑު މައިތިރި އަޑަކުން އެހެން ބުނުމުން ޔުއާން އަށް ހައިރާން ކަމެއް ލިބުނެވެ.
އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އައިކަލް ބުނެލި ވާހަކައިން އެ ވަގުތު އެ ކޮޓަރިތެރޭގައި ތިނި މީހުންތަކުގެ ތެރެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ޔުއާން ބަލާލިއެވެ.
“ވާހަކަ ދައްކާލަން ބޭނުން އެކަނި” އައިކަލް ފަހު ތަންކޮޅަށް ބާރުލާފައި ބުނުމުން ޔުއާން އަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ލީން ގެ އަތަށް ބާރު ކޮއްލަމުން ބޭރަށް ނުކުންނަން މިސްރާބުޖެހީ މައިލީން ގާތު ހިތްވަރު ކުރުމަށް ބުނެފައެވެ. އެހެންނަމަވެސް އޭރު އޭނާގެ ހިތްވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.
އެންމެން ނުކުތުމާއެކު އައިކަލް އައިސް މައިލީން ގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
މައިލީން އިސްޖަހާލީ އައިކަލް އަށް ބަލާނޭ ހިތްވަރު ނެތުމުންނެވެ. އޭނާ އަކީ އައިކަލް ގެ ކައިރީގައި ބޭޒާރުވެ ނިކަމެތި ވެފައިވާ މީހެއްކަމަށް އޭނާ ހީކުރިއެވެ. އަތުގައި އުފެދދުނު ތުރުތުގެ ސަބަބުން އޭނާ ގެ އަތް ތެޅެމުން ދިޔައިރު އެ އަސަރު މުޅި ހަށިގަނޑަށް ވެސް ކުރަން ފެށިއެވެ.
“މިކަންތައް” އައިކަލް ގެ ބާރު އަޑު ނުހަނު ގާތުން އިވުމާއެކީ މައިލީން އަށް ސިހިފައި އިސްއުފުލާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނައިގެ ސަބަބުން އެ ލޮލުގައި ވިދުމެއްވިއެވެ. އެ ކަރުނަތަށް ކޯތާފަތުން ފައިބައިގެން ތިރިއަށް ދިޔައިރު އޭނާ އަށް ލޯ މަރާލެވުނީ އެ ކަރުނަތަށް ހުއްޓޭތޯއެވެ. އެހެންނަމަވެސް އިސްޖަހައިގެން ލޯމަރައިގެން އިނަސް ކަރުނަތަށް ފައިބަމުން ދިޔައީ އަހަރެންނަން މިނިވަންކަން ދޭށޭ ބުނާ ފަދައަކުންނެވެ.
“އައި މީން… މިކަންތައް މިގޮތަށް ހިނގާދިޔައިރު ކީއްވެތަ އެއްވެސް މީހެއް ގާތު ނުބުނީ؟” އައިކަލް އަހާލިއެވެ. “މިހުރިހާ ދުވަހު ޔުއާން ގާތު ނުބުނީ ކިއްވެތަ؟” ފުން ނޭވާއެއްލަމުން މައިލީން އާ ދިމާލަށް ބަލާލަމުން އައިކަލް ވާހަކަ ދެއްކިއެވެ. އައިކަލް ގެ އަޑުގައިވި މަޑުމައިތިރިކަމުން ހައްތަހާ ބޮޑަށް މައިލީން އަށް ރޮވުނީއެވެ. “ޔުއާން ވެސް ޖެހޭނެ މި ރެސްޕޮންސިބިލިޓީ ނަގަން” އައިކަލް ބުނެލިއެވެ.
“ހުއްޓާލާ… އިންސާނުންނަށް ވެސް ކުށް ވެސް ކުރެވޭނެ… އެކަމަކު ހެޔޮ ހިތުން އެކަމަށް ތައުބާ ވެއްޖެނަމަ އެކަލާނގެ ފާފަ ފުއްސަވާ ދެއްވާނެ… އެހެންވީމަ އެއް ގޮތަކަށް ވެސް ދެރަނުވޭ” އައިކަލް މައިލީން ގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
“އަސްލު. ޔުއާން ގެ މައްސަލަ ތަމީ… ޔުއާން ތަ ދޫކޮއްލީ” އައިކަލް ހިސާބެއްގެ ޖެހިލުން ވުމަކާ އެކީ ސުވާލުކޮއްލިއެވެ. އެކަމަކު މައިލީން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ދެންވެސް ދެތިން ފަހަރު އައިކަލް ސުވާލުކޮއްލުމާއެކި މައިލީން ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ އިޝާރާތުން ބުނެލީ ޔުއާން ދިފާއުކުރުމަށެވެ.
އެކަމަކު އެންމެ ފުރަތަމަ މައިލީން އާ އައިކަލް އިމާވި ގޮތް ހިތަށް އެރުމާއެކު ވެސް އައިކަލް އަށް ކުށްވެރިކުރެވެނީ ޔުއާންއެވެ.
އަމިއްލަ ދަރިއަކަށް ވިޔަސް ހެވެ.
ރޫމް ބޭރުގައި މަޑުކޮއްލައިގެން ތިބި އެންމެން ގެ މޫޏުމަތިންވެސް ފެނިގެން ދަނީ ނުތަނަވަސް ކަމާ ހާސްކަމެވެ. ޔުއާން ވެސް ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓެވެ.
“ދެން ދެރަ ނުވޭ… ދެކުދިން ގުޅެން ބޭނުންވަންޏާ ބައްޕަ ހަމަ ގަބޫލް” އައިކަލް ކުޑަ ހީލުމަކާ އެކީ ބުނެލުމާއެކު މައިލިން އަށް އައިކަލް އާ ދިމާލަށް ބަލާލެވުނެވެ.
ހާދަ ހިތް ތިރި މަޑު މައިތިރި ހިތެއްގެ ވެރިއެކެވެ. އެންމެ ފުރަތަމަ ޔުއާން ގެ ގަޔަށް އަތް އިސްކުރި ހިސާބުން އޭނާ ހީކުރީ އައިކަލް އަކީ ވަރަށް ރުޅި ގަދަމީހެއްކަމަށެވެ. އެހެންނަމަވެސް ކުރިން އޭނާ އާމެދު އައިކަން ކަންތައް ކޮއްދިން ރަނގަޅު ގޮތުން ވެސް އޭނާގެ ޒަމީރު އެކަމާ ދެކޮޅު ހެދިއެވެ. އެހެނަސް އެ ކުޑަ ވަގުތު ކޮޅަކީ ނާޒުކް ވަގުތު ކޮޅަކަށް ވުމާއެކު އޭނާ އަށް ވެސް ގޯސްކޮއް ވިސްނުނީއެވެ.
އިންސާނުންނަށް ބޮޑަށް ބުރަވެވޭނީ ފެންނަ ކަންތައް ތަކުގެ މައްޗަށެވެ. މީހުން ގެ މިޒާޖް ހުންނަ ގޮތް ޔަގީންނުވާއިރުވެސް އެމީހުންނާ ބެހޭ ގޮތުން ކަންތައްތައް ހީކޮއް ނިންމޭލެވެނީ އެހާ ފަސޭހަކޮށެވެ.
ދޮރުހުޅުވުނު އަޑަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޔުއާން ގެ ސަމާލުކަން އައިކަލް އަށް ލިބުނެވެ.
ދެވަނަ ފަހަރަށް މައިލީން ނުކުތުމާއެކު އޭނާގެ ސަމާލުކަން މައިލީން އަށް ވެސް ލިބުނެވެ.
މައިލީން ގެ ފިޔަވަޅުތައް ހުރީ އައިސީޔޫ އަށް ކަމަށް ވުމުން ޔުއާން އެދިމާލަށް މިސްރާބުޖެހިއެވެ. އެއާއެކު ހުރިހާއެންމެންވެސް ދިޔައެވެ.
މައިލީން ޔުއާން ގާތު ބުނެގެން އައި ސީޔޫ ތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި ޔުއްތު ދަރިފުޅު އަޅައިގަތެވެ. އެއާއެކު މޫނު އަނބުރާ ޔުއާން ގެ މޭގައި މޫނު ފޮރުވާލެވުނީ ބަލަން ކުޅަދާނަ ނުވުމުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ ޔަޝްމް އަށް އެއްވެސް އުންމީދެއް ނެތް ކަމުގައެވެ. ކޯމާގައި އޮވެފައި ދުނިޔެ ދޫކޮއްފާނޭ ކަމުގައެވެ.
ޔުއާން އާ އެކީ ގޮސް ޔަޝްމް ގެ އަތުގައި ހިފައްޓާލަމުން މައިލީން ލޯ މަރާލިއެވެ. އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަތަށް އޮހިގަތުމާއެކީ ޔުއާން މައިލީން ގެ އަތުގައި ހިފާލިއެވެ. ތިން މީޙހުންގެ އަތް އެކަކު އަނެކަކުގެ އަތް މަތީގައި ގުޅީ ލާމެހިފައިވީއިރު އެއްވެސް މީހަކަށް އަނގައިން ބަހެއް ނުބުނެވުނެވެ. ދަރިފުޅު އޮތީ ކޯމާއެއްގައި ކޯމާގައި ވިޔަސް މައިލީން ގާތު ނުރުއިމަށް ޔުއާން ބުނެލިއެވެ. ދަރިފުޅަށް އަޑު އިވިދާނޭ ކަމަށާއި ބައެއް ހާލަތު ތަކުގައި އެގޮތަށް ކަންތައް ދިމާވާނޭ ކަމުގައި ބުނެލިއެވެ. އެ ތުއްތު ދަރިފުޅުގެ އަތުގައި ހިފައިގެން ދެމީހުން ތިބިއިރު އެތަނެއް ޖަޒުބާތުތަކެއް އެތެރެހަށީގައި ދައުރުވަމުން ދިޔައެވެ.
ޔަޝްމް އަށް ބަލާލަމުން މައިލީން ހިތްވަރު ކުރީ އޭނާގެ ކަރުނަތައް ޔަޝްމް ފޮހެދޭ ގޮތް ހިތަށް އެރުމުންނެވެ.
އެރޭ ހަތަރު ދަމު އެކަކުވެސް ގެއަކަށް ނުދެއެވެ. އިރު އެރިފަހުން ރިވަމް ލާވިޔާ ގާތު ބުނެލާފައި ގެއަށް މިސްރާބުޖެހީ ގޮސް އެއްޗެއް ކާލާ ފެންވަރާ ތާޒާ ވެލައިގެން އައުމަށެވެ. އޭނާ ނުކުންނަން ދިޔައެވެ. އެތަނުން ޖަޒިލް ދިމާވެގެން އޭނާ އަށް ހުއްޓެން މަޖުބޫރުވީ ޖަޒިލް ގޮވާލުމުންނެވެ.
“ލީން… ގެ ޔަޝޫ ބޭއްވީ ތަ؟” ޖަޒިލް ނާހަން ހުރެފައިވެސް އަހާލިއެވެ. އެއާއެކު ރިވަމް ބޯ ޖަހާލަމުން ޖަޒިލް އަށް ވީ ގޮތް ކުޑަކޮއް ކިޔައިދިނެވެ. އޭނާ ވެސް ޖަޒިލް އާ މިހާރަކަށް އައިސް ވާހަކަ ދައްކާތީ އެއީ މައިލީން ގެ ވަރަށް ގާތް ރައްޓެއް ސެއްކަން އޮތީ އެނގިފައެވެ. ޖަޒިލް އަށް ޔަޝްމް އޮތް ތަން އޮޅުން ފިލުވާ ދިނުމާއެކު ޖަޒިލް ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ.
“ބައްޕާ… ދޮންތަ އަދިވެސް ހުރީ ރުޅިއައިސް ފަ އަޅުގަނޑު މިކޮޅަށް އައިމަ. އޭރު އަޅުގަނޑުމެން ގަބޫލޭ ބުންޏަސް އަސްލު ގަބޫލެއްނޫން… ބައްޕަ އާއި އެ ދައްތަ އާ ގުޅޭކަށް. އެކަމަކު މިހާރު އަޅުގަނޑުގެ މައްސަލައެއް ނެތް… ދައްތަ އެހާ ވަރުން ގުޅުން ބަދަހި ކުރަން އުޅުނު އިރުވެސް ނުކުރެވުނު. އެކަމާ ހެދި ބައްޕަ ފެންނަ ހިސާބަށް ވުރެ ދުރުގައި އުޅެން ޖެހުނީ… އެކަމަކު ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގޮތް ދޫކުރަން ޖެހޭނެއެއްނޫންތޯ؟” ސޯފާގައި އާމިރު ގާތު އިށީދެގެން އިން ރާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“ރޭގައި ވެސް އަޅުގަނޑު ދޮންތަ އަށް ވަރަށް ވިސްނައިދިނިން… ދޮންތައަށް ވިސްނޭނެނަމަ ކިހާ ރަނގަޅު” ރާޔާ ބުނެލިއެވެ. އެއާއެކު އާމިރު ހީލީ އަދި ދޮންތައަށް ވިސްނޭނޭ ބުނަމުންނެވެ. ރާޔާ ވެސް ހިނިތުންވެލިއެވެ. އެމީހުން ދެއްކި ވާހަކަ އާދިލާ އަށް އަޑުއިވުނެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ބުނާކަށް ގަސްތެއް ނުކުރެއެވެ.
ރިވަމް ގެއަށް ވަތް އިރު ނުޖައިދު ގޭތެރޭގައި ފޯނެއްގައި ހުއްޓެވެ. “ވަޓް” އޭނާ ބާރަށް އެހެން ބުނެލުމާއެކު ނުޖައިދު ގެ އަންހެނުން މެލީސާ އަށް ވެސް ސިހުން ލިބުނެވެ. އޭނާ ފެންތަށި ހިފައިގެން އައިސް ނުޖައިދުގެ ފަހަތުގައި ހުއްޓުނެވެ.
ފޯނު ކުރުކޮއްލަމުން އޭނާ ބަލާލުމާއެކު މެލީސާ ފެނިގެން އޭނާ އަށް ހިނިތުންވެވުނެވެ. “ހާދަ ރުޅިއައިސް ގެނޭ ތިއުޅެނީ” މެލީސާ އަހާލިއެވެ. އެއާއެކު އޮފީހުގެ ކުޑަ ކަމެއްގައިއޭ ބުނެ ނުޖައިދް ޖަވާބް ދިނެވެ.
“އަނހާ ދަރިފުޅާ” ދޮރު ކައިރީގައި ހުރި ރިވަމް ފެނި ނުޖައިދް ގޮވާލިއެވެ. އެއާއެކު ރިވަމް އައެވެ. އޭނާ ވެސް ހިނިތުންވެލިއެވެ.
މެލީސާ ފެންތަށި ދިއްކޮލަމުމުން އެ އެއްނޭވައިން ހުސްކޮއްލުމަށްފަހު އޭނާގެ އަތަށް ދިޔުމާއެކު ދިޔައެވެ. އެއާއެކު ރިވަމް އާއި ނުޖައިދް އެކަނިވިއެވެ. އާދައިގެ މަތިން ނުޖައިދް ހޮސްޕިޓަލް ގެ ކަންތައް ތައް ކިހިނެތްތޯ ސުވާލުކޮއްލިއެވެ. ދެބަފައިން ސޯފާގައި ވާހަކަ ދައްކައިލަން ތިބެފައި ރިވަމް ދިޔައީ އަނެއްކާ ހޮސްޕިޓަލަށް ދާން ޖެހޭ ކަމަށް ބުނެ ތާޒާ ވެލާށެވެ. ރިވަމް ސިޑިން އަރަމުންދިޔަ ތަން ބަލަން އިން ނުޖައިދް އަށް ފޯނެއް އައެވެ. އޭނާ ފޯނުން ވާހަކަ ދެއްކިއެވެ.
ދުވަސް ވީ ރައްޓެއް ސެއް ކަމަށް ވުމާއެކު އޭނާ ފުރަތަމަ ފޯނު ނެގީ ނިކަން ހެވިފައެވެ. އެހެންނަމަވެސް ދެން ކަންފަތަށް އިވުނު ބަސްތަކުން އޭނާ އަށް ކަންފަތާފޯން ދުރުކޮއްލެވުނެވެ.
“އަހަރެންނާ ތަރީފް އާ ދިމާވެއްޖެ… އޭނާ ވަރަށް ބަލި….” އޭނާ ވިސްނުމަކަށް ގެއްކި ހުރެފައި އަނެއްކާ ފޯން ކަންފަތުގައި ޖަހާލިއެވެ. “ކުރިން ބުނަން އުޅުނިން އެކަމަކު އެ ދުވަހު މާމަ ނިޔާވެގެން ނުބުނެވުނީ… ގޭގައި ކަންތައްތައް ސަކަރާތް ކަމުން ކަމަކާ ވިސްނޭ ވަރެއްނުވި” އެކޮޅުން ޖަވާބްދިނެވެ.
“އެހެންތަ؟” ނުޖައިދް ހަމަ ޖެހެމުން ވާހަކަ ދެއްކިއެވެ.
“އޭނޭ އެހީ ކީއްވެހޭ އެވަރުން ނުޖައިދް ގެ ކޮއްކޮ އާ ކައިވެނި ކުރުވަން އުޅުނީ… ” އެކޮޅުން ވާހަކަ ދެއްކިއެއެވެ. އެއާއެކު ނުޖައިދް އަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. އަދި ކިރިޔާތަ އެހެން އަހަންވީ… އޭނާ އަށް ސަމީރު ވަކިކުރަން އެނގުނުތަ؟” ނުޖައިދް ވާހަކަ ދެއްކިއެވެ. ދެމީހުން ފޯނުގައި ތިބެ އެތަކެއް ވާހަކަ އެއް ދެއްކިއެވެ. އަދި ނުޖައުދް ފޯން ބާއްވަމުން ފަހަތަށް ބަލާލިއިރު މެލީސާ ފެނިގެން ސިހުނެވެ. މެލީސާ އަށް އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނުކަން ޔަގީންވީ ހިސާބުން އޭނާ އިތުރަށް އޮޅުވާނުލާ ހުރިހާ ވާހަކަ އެއް މެލީސާއަށް ކިޔާދިނެވެ.
“ދެން އަޅާ ނުލާ” މެލީސާ ބުނެލިއެވެ.
“މިހާރު މީ ކުރީގެ ނުޖައިދް އެއް ނޫނޭ… ބަދަލް ހިފުމުގެ ރޫހެއްގައި އަހަރެން އޭރު މަސައްކަތް ކުރިޔަސް މިހާރު މީ މުޅިން ބަދަލް ވެފައިވާ މީހެއް. އެ ބަދަލް ތަކުގެ ފަހަތުގައިވާ ފަރާތަކި ހަމަ ތީ” ނުޖައިދް ބުނެލިއެވެ. އެއާއެކު އޭނާ އަށް މެލީސާ ލަދުގަތް ވަރު ފެނުނެވެ. “އަދިވެސް ހަމަ އެހާ ވަރަށް ލަދުގަނޭތަ؟” ނުޖައިދް ވާހަކަ ދެއްކިއެވެ. “ފުރަތަމަ ފެނުނު އިރެކޭ އެއްގޮތަށް ދޯ” ނުޖައިދް ދެން ވެސް ލާނެއް ޖުމް ލައެއްބުނެލާ މެލީސާ ލަދުގަންނަވާލިއެވެ.
“ބައްޕަ އާއި މަންމަ ގެ ތި ރޮމޭންސް ކަމެއް ނުހުއްޓޭނެ ދުވަހަކުވެސް… ހެހެ” ރިވަމް ވެސް ސިޑިން ތިރިއަށް އަންނަމުން ވާހަކަ ދެއްކިއެވެ. ރިވަމް ގެ އަޑު އިވިގެން އެ ދެމީހުންގެ މޫނުމައްޗަށް ވެސް ވެރިވީ ހިނިތުންވުމެކެވެ.
ރިވަމް މާ ގިނަ އިރު މަޑުކުރާކަށް ނަހަދައެވެ. އޭނާ ދެން އަނެއްކާވެސް މިސްރާބުޖެހީ ހޮސްޕިޓަލަށެވެ.
އަފްޝީން ވެސް ގެއަށް ގޮސްފައި އަނެއްކާ ހޮސްޕިޓަލަށް އައެވެ. އޭނާ އެންމެ ތިރީގައި ހުއްޓާ ޖަޒިލް ފެނުނެވެ. އޭނަ ވެސް އެތާހުރި ގޯޅިގަނޑެއް ފާޑުތަނަށް ވަނީ އެތާ އެއްވެސް މީހަކު ނެތުމުންނެވެ.
އޭރު ޖަޒިލް އެތާ ހުރި ނަރުސް ކުއްޖާ އަތަށް ދިނުމާއެކު އެ ކުއްޖާ ކުރިމަތީގައި ހުރި ދޮރުން އެތެރެއަށް ވަނެވެ. އެ ތާގައި ޖަޒިލް އެކަނިވީއެވެ. އަފްޝީން ކުރިއަށް ހިނގައިގަންނަމުން ކަރުކެހިލިއެވެ. ކުޑަކޮއް އިސްޖަހާލައިގެން ފޯނާކުޅެމުން ކުރިއަށް އައި ޖަޒިލް އަށް އަފްޝީން ފެނުމާއެކު ހިނިތުންވެވުނެވެ.
ޖަޒިލް އަށް އެނގިފައި އޮތީ ބާއްވައިގެން ގެން އުޅެނީ އަފްޝީން ގެ އާއިލާގެ މީހެއްކަމެވެ.
އެދެމީހުން ވާހަކަ ދައްކަން ތިއްބައި ތިރިއަށް ފޭބި އައިކަލް އަށް ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އަށް އެދެމުދުގައި ވެސް ގުޅުމެއް އޮތްކަން ދެނެގަނެވުނީ ޖައިލް އަފްޝީން ގެ އަތުގައި ދެކޮޅަށް ބަލާލަމުން ހިފި ގޮތް ފެނިފައެވެ. އޭނާ އަށް އެދިމާލަށް މިސްރާބުޖެހެވުނެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ އަފްޝީން ގާތު ނުދާށޭ ބުނެ ދޫކޮއްލި ތަން ފެނި އެ ކަން އެގޮތަށް އެކުރީ އަފްޝީން ދާން އުޅުމުންކަން އައިކަލް އަށް ވިސްނުނެވެ. އަފްޝީން ގެ މޫނުމަތީގައި ވި ހިނިތުންވުމުން އޭނާ އަށް ވެސް ހިނިތުންވެވުނެވެ. އެކަމަކު އަފްޝީން ޖެހޭނީ މަޑުކުރާށެވެ. އަފްޝީން ކައިވެނި ކުރަން އޭނާ ހުއްދަ ދޭނީ ސައިކޮލޮޖީ ކިޔަވާ ނިމިގެން އައުމުންނެވެ.
އޭނާ އަފްޝީން އަށް ބަލާލަމުން ފޯނެއްގައި ހުރެ ހޮސްޕިޓަލް ދޮރުމައްޗަށް ނުކުތީ ކާރު އޭނާ ބަލާ އަންނާތީއެވެ. ޔުއާން ވެސް މައިލީން އަށް ކާއެއްޗެއް ދޭން ވެގެން ކެންޓީނަށް މިސްރާބުޖެހިއެވެ. އެންމެ ތިރިއަށް ދެވުނު ތަނާ ހެން އޭނާގެ ލޮލުގައި ވެސް އަފްޝީން އާއި ޖަޒިލް އަޅައިގަތެވެ. “ދެން އަފޫ ވެއިޓް” އަފްޝީން ގެ އަތުގައި އަނެއްކާ ހިފާލަމުން ޖަޒިލް ބުނެލިއެވެ. އެއާއެކު އޭނާ އަށް ދެބުމަ ގޮށް ޖެހުނެވެ. ރުޅިއައިސް އޭނާގެ ދަތްކުނޑި ވިކިގެން ދިޔައީ އަފްޝީން ގެ އަތުގައި ހިފައްޓާލާފައި އޮތް ޖަޒިލް ގެ އަތް ފެނިފައެވެ. އަފްޝީން ވެސް ހީލަމުން އެއްލި ކަޅިއަކުން ޔުއަން އަޅައިގަތުމާއެކު އަވަސް އަވަހަށް ޖަޒިލް ގެ އަތުން ދޫކޮއްލިއެވެ.
އަފްޝިން އަށް ވީ ގޮތުން އަފްޝީން ބަލާލިދިމާލަށް ޖަޒިލް ބަލާލިއެވެ. އެއާއެކު އޭނާ އަށް ވެސް ޔުއާން ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އަށް އަނެއްކާ އަފްޝީން އަށް ބަލާލިއެވެ.
އަފްޝީން އަކީވެސް އަނެއްކާ ޔުއާން ގެ އަވައިގައި ޖެހިފައިވި ކުއއްޖެއްހޭ އޭނަގެ ހިތަށް އެރިއެވެ. އޭނާ އެތާ ހުއްޓާ ޔުއަން އެ ދިމާލަށް އަންނަތަން ފެނިގެން އޭނާ އަފްޝީން އޭނަގެ ފަހަތަށް ދަމާލިއެވެ. އަދި މަޑުން ހުރުމަށް ބުންޏެވެ.
“ޒިލް… އަޑު އަހާބަލަ” އަފްޝީން ވާހަކަ ދައްކަން ފުރުސަތު ނުދީ ޖަޒިލް އެދުނީ މަޑުން ހުރުމަށެވެ. އެއާއެކު އަފްޝީން އަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. އޭރު އޭނާގެ މޭ ތެރޭގައި އޮތް ހިތް ތެޅެމުން ދިޔައީ އެހެން މިހެންނަކުން ބަލާފަ އެއްނޫނެވެ.
“އެކްސް ކިއުޒް…” ޔުއާން އައިސް ސީދާ ޖަޒިލް ގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ. އެއާއެކު ޖަޒިލް ވެސް ސާބިތުކަމާއެކު ޔުއާން އަށް ޖަވާބުދޭން ރެޑީވިއެވެ. ކުރިންދުވަހަކު ޖަޒިލް ޔުއާން އާ ވާހަކަ ދައްކާ ކަންތައްތައް ހަމައަކަށް އެޅުވުމަށް އުޅުމުން ގަބޫލް ނުކޮއް އެއްޗެހި ގޮވި ފަހުން ޖަޒިލް ފެން ހުންނަނީ ރުޅިއައިސްފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އުޅުނީ އެދެމެދުގައިވި ހުރިހާ ނުތަނަވަސްކަމެއް ދުރުކޮއްލާށެވެ. އެހެންނަމަވެސް އެކަން ކުރަން ޔުއާން ފުރުސަތު ނުދިނީ ވިއްޔާއެވެ.
“ވަޓް ޔޫ ތިންކް ޔޫ އާރ ޑްއިން” ޔުއާން ބާރަށް ބުނެލިއެވެ. އެއާއެކު ޖަޒިލް ޔުއާން އަށް ބަލާލަމުން ކޮންކަމެއް ހޭ އަހާލިއެވެ. އެ ދެމެދުގައިވި ރުޅިވެރިކަމުން ކޮންމެވެސް ކަމެއް ޔަގީނުން ވެސް ގޮސްކޮއް އެ ބަ ހިނގައޭ އަފްޝީން ގެ ހިތް ބުނެލިއެވެ. އެއާއެކު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ. “ޒިލް” އޭނަ މިފަހަރުވެސް ގޮވާލުމާއެކު ޖަޒިލް އޭނާގެ ވާހަކަ ހުއްޓުވިއެވެ. “އަފޫ މިކަހަލަ މީހަކާ ހެދި ތަ ބިރުން ތިއުޅެނީ އޭތް… ބިރުގަންނާނެ ކަމެއް ނެތް… އާދޭ ކުރިމައްޗަށް” ޖަޒިލް އެހެން ބުނެލުމަށްފަހު އަފްޝީން ގެ އަތުގައި ހިފާލައިގެން ޔުއާން ގެ ކުރިމައްޗަށް އެރުވިއެވެ. އަދި ވާހަކަ ދެއްކިއެވެ. ޖަޒިލް ގެ މި އަމަލުން އަފްޝީން އަށް އޭނަގެ ނިތްމަތީގައި ޖަހާލެވުނެވެ. “އަފްޝީން ބޭނުމިއްޔާ ހަމަ ޖަހަން ވީ…” ޖަޒިލް ބުނެލިއެވެ. އަފްޝީން އަށް ފަހަރަކު މީހަކަށް ބަލާލެވުނެވެ. އޭރުވެސް އޭނަގެ ހިތް ދިޔައީ އެ ބާރުމިނުގައި ތެޅުމުނެނެވެ. އެއާއެކު ޔުއާން ޖަޒިލް ގެ ގިރުވާނުގައި ކުޑަކޮއް ހިފާލިއެވެ. އަދި ދެވަނަ ފަހަރަށް އެ ގިރުވާން ރީތިކޮއްލަމުން އޭނާ ހިނިތުންވެލިއެވެ. އޭނާ ހިތުގައި އެވަގުތު ރޭވުމެއް ދައުރުކޮއްލިއެވެ.
އެވަގުތު އެތާ މީހަކު ފެންނަން ނެތުމަކީ ނަސީބެކެވެ.
“ޝީޒް މައި ސިސްޓަރ” ޔުއާން ޖަޒިލް ގެ ކަންފަތް ދޮށަށް ގުދުވެލަމުން ބުނެލިއެވެ. އެއާއެކު ޖަޒިލް ބުނަން އުޅުނު ބަސް އަރުތެރޭގައި ތާށިވެ ކޮށި އަރައިގެން ދިޔައެވެ. ޔުއާން އެބުނި އެތި އަޑު ނީވުނަކަށް ޔުއާން ބުނާނެ އެތި އަންދާޒާ ކޮއްލާފައި އަފްޝީން އަށް ހީގަނެވުނެވެ. އެއާއެކު ދެމީހުންނަށް ވެސް އަފްޝީން އާ ދިމާލަށް ބަލާލެވުނެވެ. އަފްޝީނ އަށް ކަމެއް ފާހަގަވެގެން ހުނުން މަޑު ޖައްސާލަމުން ބަލާލިއިރު އެ ދެމީހުން ތިބި ގޮތް ފެނި އޭނާ އަށް ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލެވުނެވެ.
އެކަމަކު ދެވަނަ ސިކުންތުގައި ކުޑަ ވަގުތު ކޮޅަކަށް ވެސް އޭނާ ހަނދާން ނެތުނު ކަންތައް ހަނދާނަށް އައުމާއެކު މޫނުމައްޗަށް ވަގުތުން ސީރިއަސް ކަމުގެ އަސަރުތައް ވެރިވިއެވެ. ދެވަނަ ސިކުންތުގައި ޔުއާން އޭނާގެ އަތުގައި ހިފާލަމުން އަފްޝީން ޖަޒިލް އާ ދުރަށް ގެންދިޔައެވެ. އޭނާ ގެ ފަހަތުން އަފްޝީން ވެސް ބަސް އަހާ ކުޑަ ކުއްޖެއް ކަހަލަ ގޮތަކަށް ދިޔައެވެ. ޔުއާން މަތަވީ ނުވަވަނަ ފްލޯއަށް އައުމުންނެވެ. އޭނާ އަފްޝިން ގޮވައިގެން ދިޔައީ އޭނާގެ ރޫމްއަށެވެ.
“އަފޫ… އޭނާ އާ ވާހަކަ ދައްކާގެން ނުވާނެ” ޔުއާން ގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
ދެންމެ ވީ ކަމަކުން ދެ ފަރާތަށް ބޯ ހޫރާލަމުން ބޯ ކަހަމުން ދިޔަ ޖަޒިލް އަށް ހަމަ ހޭވެރިކަން ވީ އެތަނުގައި މަސައްތަކް ކުރަމުން ދިޔަ ނަރުސް ކުއްޖެއް ގޮވާލުމުންނެވެ.
އޭނާ އެ ކުއްޖާ ކުރަން ބުނި ކަންތައް ކުރަން އަވަސް ވެގަތް އިރު އެހިތުގައި ތަފާތު ޝުއޫރުތަށް ދައުރުވުމާއެކު ޔުއާން އާ ވާހަކަ ދެއްކުމަށް އެދި ހިތް ގޮވަން ފެށިއެވެ.
“އެކީވެތް؟” ޔުއާން ގެ އަޑުގައިވި ރުޅިވެރިކަމުން އަފްޝީން އަށް ހިސާބެއްގެ ޖެހިލުން ވުމަކާ އެކީ އަހާލެވުނެވެ. އެއާއެކު ޔުއާން ފުރަގަހަތަށް އެބުރހުރެފައި އަފްޝީން އާ ދިމާލަށް އަނެއްކާ ބަލާލަމުން ވާހަކަ ދެއްކިއެވެ.
“ބުނެފީމެއްނު ނޫނެކޭ އަޑެއް ނީވޭތަ؟” ޔުއާން އަށް އަފްޝީން އާ ދިމާލަށް ހަޅެއް ލަވައިގަތުމާއެކު އަފްޝީން ގެ ލޮލުން ކަރުނަ އައުމާއެކު އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި ދުވެފައި ރޫމް އިން ނުކުތެވެ. އަފްޝީން ދިޔަ ދިމާލަށް ބަލަން ހުރި ޔުއާން އަށް ދެފަރާތުން ބޮލުގައި ހިފައްޓާލެވުނެވެ. އޭނާ ހާސްވެގެން ދެފަރާތަށް ހިނގަން ފެށިއެވެ. ކުއްލިއަކަށް އޭނާ އަކީ މައިލީން އަށް ކާއެއްޗެހި ހިފައިގެން ދާން އުޅުނު މީހާކަމަށް ހަނދާން ވުމާއެކު ބޮލުގައި ޖަހާލަމުން ދޮރުހުޅުވާލަން ތަޅުގައި ހިފާލިއެވެ. އޭނާ ތަޅު އަނބުރާ ލާ ހުޅުވަން ވީ އިރަށް އެ ރޫމް ދޮރުގައި ހިފައިގެންހުރި މީހަކު ބާރަކަށް ހުޅުވާލުމާއެކު ޖެހުނީ ޔުއާން ގެ ނިތްމަތީގައެވެ. “އާއޫ” އޭނާ އަށް ނިތްމަތީ އަތް ލެވުނެވެ. އަދި ކިޔާލެވުނެވެ.
އެތާ އަތް އުނގުޅަމުން ކުރިމައްޗަށް ބަލާލުމާއެކު އޭނާ އަށް ފެނުނު މީހާގެ ސަބަބުން މޫޑު އިތުރަށް ސަކާރާތް ވިއެވެ.
“ވަޓް އާރ ޔޫ ޑްއިން ހިޔަރ” އެއާއެކު ޔުއާން ރުޅިވެރިކަމާއެކު އަހާލިއެވެ.
“ގުޑް ޓް ސީޔޫ ވިތައުޓް ޓޫ މަޗް ވޮރީޑް ޔުއާން” ޖަޒިލް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ކީކޭ ހޭ އަހާލެވުނެވެ.
“އައިއެމް ސޮރީ އެބައުޓް ޔަޝްމް އިނގޭ… އިންޝާ ﷲ… ޔަޝޫ ވިލް ބީ އޯކޭ” ޖަޒިލް ބުނެލިއެވެ. ޖަޒިލް ގެ އެ ވާހަކަކޮޅުން ޔުއާން ގެ ރުޅި އެއްކޮއް މަޑުވެ ހިތާމަވެރި އަސަރުތަކުން އޭނާގެ މުޅި ނަފްސު ފުރިގެން ދިޔައެވެ.
“ޔުއާން… އައި ލަވް ހާރ” ޖަޒިލް ބުނެލިއެވެ. އޭނަ އަށް ދެންމެ ރޮމުން ދިޔަ އަފްޝީން އަޅައިގަތެވެ. އަފްޝީން ހުއްޓުވަން އުޅެ އުޅެ އޭނާ އަށް އެކަން ކުރެވޭ ގޮތެއްނުވިއެވެ. އޭނާ ގެ އަތް ފޮޅުވާލާފައި ދިޔައީއެވެ.
ޖަޒިލް ގެ އެ ވާހަކައިން އިސްޖަހާލި ޔުއާން އަނެއްކާ އިސްއުފުލާލިއެވެ. ޔަޝްމް އާ ދޭތެރޭ ވިސްނުމުން އޭނާއަށް ގެ ރުޅި ގަނޑު މަޑުވެ މީހާ ގެ ނަފްސަށް އައިސްފައި ހުރި ރުޅީގެ މައްޗަށް ހިތާމަވެރިކަން ވެރިވެފައި ހުރުމުން އޭނާ އަށް ރުޅި އަންނާކަށް ނޭގުނެވެ.
“ކީކޭ” އޭނާ އަށް މަޑުމަޑުން އަހާލެވުނެވެ. “އައި ލަވް އަފޫ” ޖަޒިލް ބުނެލިއެވެ. އެއާއެކު ޔުއާން ޖަޒިލް އާ ދިމާލަށް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ކިހާ ވަރަކަށް ކިހާ ޔަގީން ކަމެއް ދެވިދާނެ” ޔުއާން އަހާލިއެވެ.
“ޓްރަސްޓް މީ ޔުއާން… ލީން އިޒް މައި ޕާސްޓް… އައި ލަވް އަފްޝީން ދެކެ އޭ… ދެން ލޯބި ނުވެވޭނޭ ހިތަށް އަރާފަ ހުއްޓާ ހަމަ ދެވަނަ ފަހަރަށް އެކަން ވާނޭކަން މި ނަފްސަށް ގަބޫލުކޮއްދިނީ އަފޫ…” ޖަޒިލް ބުނެލިއެވެ.
“އޯކޭ ޔުއާން… ޔަގީން ކުރާ ގޮތަކަށް ޔަގީންކޮއްބަލަ. އެ ކުއްޖާ އަށް އަހަރެންގެ މި ހިތް އެއްކޮއް ދެވިއްޖެ… ދުރު ނުކުރޭ…” ޖަޒިލް ދެން ވެސް ވާހަކަ ދެއްކީ ޔުއާން އެއްޗެކޭ ނުބުނުމުންނެވެ. އެ އަޑުގައިވި ޔަގީންކަމުން ޔުއާން އަށް ގަބޫލް ކުރެވުނެވެ.
އެހެންނަމަވެސް އޭނާ ބޭނުންވީ ޖަޒިލް އިމްތިހާން ކޮއްލާށެވެ. އެހެންކަމުން ޖަޒިލް އާ ދިމާލަށް ބާރު މިނުގައި އޭނާ މިސްރާބުޖެހިއެވެ. އަދި ޖަހަން އަތްމަޅާލިއެވެ. ޖަޒިލް އަށް ލޯ މަރާލެވުނެވެ. އެހެންނަމަވެސް އޭނާ އަށް ސިހުން ގެނުވީ ޔުއާން އޭނާގެ ގައިގައި ބައްދާލުމުންނެވެ.
“އައި ބިލީވް ޔޫ… އެކަމަކު އަފޫ އަށް ގެއްލުމެއް ދީފިއްޔާ…” ޔުއާން ބުނެލިއެވެ. އެއާއެކު ޖަޒިލް އަށް ހިނިތުންވެވުނެވެ. އަފްޝީން ގެ ހިތް ހަލާކުކޮއްލާކަށް އޭނާ ބޭނުމްއްނޫނެވެ. އެހެންކަމުން ޖަޒިލް އަށް އޭނާ އެހެން ފުރުސަތެއް ދޭން ނިންމީއެވެ. ޖަޒިލް ގެ އެއަޑުގައިވާ ޔަގީންކަމާއެކުވެސް މެއެވެ.
އިރުކޮޅަކުން ދެމީހުންނަން ވެސް ސިހުން ލިބުނީ އެ ދޮރު ހުޅޫވާލާފައި ވަތް އަފްޝީން ފެނިފައެވެ. ޔުއާންގެ ރޫމަށް އައި ޖަޒިލް އާ ދެމީހުން ތަޅައިގަނެދާނެތީއެވެ. އެހެންނަމަވަސް ހެވިފައި ތިބި ދެމީހުން ފެނި އަފްޝީން އަށް ހައިރާންކަމެއް ލިބުނެވެ.
“އަފޫ’ ޔުއާން ގޮވާލިއެވެ. އެއާއެކު އަފްޝީން އައިސް ވަނެވެ. އަދި ފަހަރަކު މީހަކަށް ބަލާލިއެވެ. “ހޭ… ޕްރިންސެސް…. ” ޔުއާން ބުނެލިއެވެ. “އައެމް ސޮރީ” އެއާއެކު އަފްޝީން ވާނުވާ ނޭގި ހުރެބަލަން ފެށުމުން އޭނާ އަނެއްކާވެސް އަފްޝީން ގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
އެހެން ތިއްބާ ދެމީހުންނަށް ސިހުން ގެނުވީ ޖަޒިލް ގެ އަޑުންނެވެ. “އަފޫ… އައި ވޮނަ ޓެލް ޔޫ ދި ޓްރޫތް” ޖަޒިލް ބުނެލިއެވެ. އެއާއެކު ޔުއާން ވާހަކަ ދައްކަން ފެށިއެވެ.
“ޔާ… ވަރަށް ކުރިން ދެމީހުން ޖެހުނު މައްސަލައެއް ދޯ އެއީ… މިހާރު ދެން އެކަންތައް އެނގުމުގެ ބޭނުމެއް ނެތްތާ ދޯ” ޔުއާން ބުނެލިއެވެ. ޔުއާން ގެ ވާހަކަ ހުރި ގޮތުން އަފްޝީން އަށް އެކަން އެނގެން ބޭނުން ނުވާކަން ޖަޒިލް ގެ ސިކުނޑިއަށް ވިސްނުމާއެކު އޭނާ އަޅައެއްނުލައެވެ.
“ބައިދަވޭ… ލީން އަށް ކާއެއްޗެއް ގަންނަން ދާން އުޅޭ މީހާ މީ… ދަނީ އިނގޭ” އެހެން ބުނެ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ޔުއާން ނުކުތުމަށް ހިނގައިގަތެވެ. އެއާއެކު އަފްޝީން އާއި ޖަޒިލް އަށް ވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެވުނެވެ.
މައިލީން އަނެއްކާ ރޭގައި ފަހުން އެނބުރުން އަރައިގަތް ގޮތަށް އަނެއްކާ އޮތީ އައިވީ ގުޅާފައެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް އެއްޗެއް ކަނީއެއްނޫނެވެ. އޭނާ ކާއެއްޗެހި ގެންގެސް މައިލީން އަށް ދިއްކޮއްލީ އޭގައި ހިފާނޭ ކަމަކަށް ނޫނެވެ. ވީވެސް އެހެންނެވެ. މައިލީން އޭގައި އަތްޖައްސާލާ ދުރަށް ކޮއްޕާލިއެވެ.
“ލީން… ކޮންމެވެސް އެއްޗެއް ކާލަން ވާނެއެއްނު” ޔުއާން ބުނެލިއެވެ. މައިލީން އެއްގޮތަކަށް ގަބޫލް ވާ ގޮތެއްނެވިއެވެ.
އެންމެ ފަހު ްޔުއން ކުރުނުކޮއްގެން ޔުއާން ގެ އަތުން ސޭންޑް ވިޗް އެއް މައިލީން ކާލިއެވެ. އޭނާގެ އަރުތެރެއިން ލޯބިވާ ދަރިފުޅު އެ ހާލުގައި އޮއްވާ އެއްޗެއް ދިރޭނޭ ހެއްޔެވެ؟.
ލާވިޔާ އައިސް ޔުއާން އަށް ގޮވާލުމާއެކު އޭނާ އަވަސް އަވަހަށް މައިލީން އަށް ބަލާލަމުން ނުކުތުމަށް މިސްރާބުޖެހިއެވެ. އޭރު ދެންމެ އައި ނަރުސްކުއްޖަކު އައިސް އައިވީ ނައްޓާލާފައި އޮތުމުން މައިލީން ވެސް އެނދުން ފައިބަމުން ދުއްވައިގަތެވެ.
ޔުއާން ދިޔުމާއެކު އޭނާ އަވަސް އަވަހަކަށް ޔުއާން ގެ ފަހަތުން ނުކުތެވެ.
ޔުއާން ގެ މިސްރާބުހރީ އައިސީޔޫ އަށް ކަމަށް ވުމުން މައިލީން ވެސް ބާރުވަމުން ދިޔަ ހިތުގެ ތެޅުމާއެކު ފުން ނޭވާތަކެއް ލާން ފެށިއެވެ.
އޭގެ ގަޑިއެއް އިރު ވީ އިރުވެސް އައިސީޔު ތެރެއަށް ވަން މީހުންގެ ހަބަރު ނުވުމާއެކު މައިލީން ގެ ހިތްވަރު އެލުނެވެ. ޝާލީންއޭނާ ކައިރީގައި އެވަގުތު ހުރުމާއެކު އޭނާ ހިތްވަރު ހޯދީ ޝާލީން ގެ ބަސްތަކުންނެވެ.
އޭނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ޔުއާން ހިނިތުންވެލާފައި ނުކުތެވެ. އޭނާ އައި ގޮތަށް އައިސް މައިލީން ގެ ގައިގައި ބައްދާގަނެވުނީ އުފަލުންނެވެ.
“ލީން… ޔަޝޫ އިޒް ގޮނަ ބީ އޯކޭ އިންޝާ ﷲ” ޔުއާން ބުނެލިއެވެ.
އާރާ ގެއަށް ގޮސްފައި ފެންވަރައިލައިގެން އެ އަންނަނީ ޝާލީން ގާތަށެވެ. ޝާލީން ފޮނުވާލާ އޭނާ ހޮސްޕިތަލް ގައި މަޑުކުރުމަށެވެ. އެދިޔަ މަގުމަތީގައި އޭނާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ހާއްސަކޮއް ތަރީފް ދެއްކި ވާހަކަ ތައް އޭނާގެ ސކުނޑީގައި ދައުރުވަމުންދިޔައެވެ. ހަދަން ވީގޮތެއް ނޭގި އޭނާ ގެ ސިކުނޑި ވަނީ ހާސްވެފައެވެ. ހަގީގަތް ހޯދޭނީ އޭނައަށެވެ.
އެވަގުތު އެހެން ދިޔަ ކާރެއް އޭނަގެ އެއްފަރާތަށް މަޑުކޮއްލުމާއެކު އޭނަ އަށް ހުރިތަނަށް ހުއްޓެވުނެވެ. އޭނާ އަށް ހުރެވުނީ ބޮޑު ބިލްޑިންގެއް ކުރިމަތީގައެވެ. އެވަގުތު ކާރުން ކޯޓް ފަޓްލޫން ގައި ހުރި މީހެއް ފޭބުމާއެކު އެތަނުގައި ހުރި ބިލްޑީންގެ އެތެރެއިން މީހަކު ނުކުމެ ގޮވާލުމާއެކު އޭނަގެ ދެފައި ތަތްލިއެވެ.
“ނުޖައިދް ސާރ” އޭނާ ގޮވާލުމާއެކު ނުޖައިދް އޭ އެކިޔާ މީހާ ހިނިތުންވެލާފައި އޭނާ އާއެކު ހިނގައިގަތެވެ. އެހެންނަމަވެސް އޭނާ އަށް އާރާ އާ ދިމާލަށް ބަލާލެވުނީ އެ އަންހެން ކުއްޖާ ކަޅި ޖަހާނުލާ އޭނަ އަށް ބަލަން ހުއްޓި ހުރިތަން ފާހަގަ ކުރެވުމުންނެވެ. އޭނާ އެ ކުއްޖާ އަށް ބަލާލިއެވެ. ކޮންމެވެސް ވަރަކަށް ދަންން ސިފަތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ވަގުތުން އޭނާ އަށް ކާކާ ކަން ނަގައެއް ނުގަނެވުނެވެ. އާރާ އެ އޮފީހުގެ ނަން ބޯޑަށް ބަލާލިއެވެ. “ބްލޫސް ކޮމްޕެނީ” އޭނާ ކިޔާލިއެވެ. އެހިސާބުން އޭނާ އެ ކޮންޕެނީ އާ އަދި ނުޖައިދް އޭ އެކިޔާ މީހާގެ މައުލޫމާތް ހޯދަން އަޒުމް ކަޑައެޅިއެވެ.
އޭނާ އަށް ހޮސްޕީޓަލަށް ދެވުނު އިރު ޔުއާން އާއި މައިލީން އާ ދެމީހުން ފެންނާކަށް ނެތެވެ. ޝާލީންގެ ފަރާތުން އެނގުނު ގޮތުގައި އެދެމީހުން ވަނީ އައިސީޔޫ އެތޭރަގައެވެ. އަދި ޔަޝްމް އަށް އުންމީދެއްލިބުމާއެކު އޭނާ އަށް ވެސް ﷲ އަށް ޙަމްދު ކުރެވުނެވެ.
ޔަޝްމް ހޭއަރާފައި އަނެއްކާ ކޯމާއަކަށް ދިޔުމުން އޭގެ ދެދުވަސް ފަހުން އެމީހުންނަށް އަނެއްކާ އުންމީދީގެ ހުޅުކޮޅު ގެއްލުނެވެ. އެހެންނަމަވެސް އެކަމަށް އުންމީދުކަނޑާލާފައިވަނިކޮއް އެ ހުޅުކޮޅޫ ދިއްލުނީ ޑޮންޓަރުން ފަހުން ދިން ހަބަރާއެކު އޭގެ ހަފްތާއެއް ފަހުން މިފަހަރު ހޭއެރުމުންނެވެ. ވެންޓިލޭޓަރ ގައި އޮތުމަށްފަހު ޔަޝްމް އަށް މިހާރު ނޭވާ ވެސް ލެވެއެވެ. ހަމަ އެކނި އޮކްސިޖަން ގުޅާފައި އޮތްއިރު ދެން ގުޅާފައި ހުރީ ހުސް ވެސް ހޮޅިތަކެވެ. އެހެންނަމަވެސް ޔުއާން އަށް އެއީ ވެސް ކިހާ ވޭން ހުރި ކަމެއްކަން އެނގެއެވެ. އެ ދެމީހުންނަށް ކެތް ކުރެވެނީ ވަރަށް ވަރުންނެވެ.
އާރާ ވެސް ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ނުޖައިދް އަކީ އެ ކޮމްޕެނީގެ ސީއީއޯއެވެ. އޭނާ އަވަސް އަވަހަށް ނުޖައިދް އާ ދިމާވާނެ ގޮތަކަށް ވިސްނަން ފެށިއެވެ. ނަސީބު ދިމާކުރި ގޮތުން ނުޖައިދް އާ ބައްދަކުކރަން އާރާ އަށް އެހިވެދިނީ އާއިކްއެވެ. ނުޖައިދް އަކީ އައިކަލް ގެ ރައްޓެއް ސަކަށް ވުމާއެކު އާއިކް ގެ ރައްޓެއްސެއް ކުޑަ ކަމަކު ބައްދަލުކުރަން ނޭ ބުނުމުން އައިކަލް އެކަން ވަރަށް ފަސޭހަ ކަމާއެކު ނިންމާލަދިނެވެ.
އެރޭ އާރާ އާއި އާއިކް އާ ދެމީހުން ނުޖައިދް މެން ގެއަށް މިސްރާބުޖެހިއިރު އާރާގެ ހިތުގެ ތެޅުން އާދަޔާ ހިލާފަށް ބާރެވެ.
“ޑޯންޓް ވޮރީ ބޭބީ…” އާއިކް އާރާ އަށް ބަލާލަމުން ބުނެލިއެވެ.
އެ ގެއަކީވެސް ބޮޑު ގެއެކެވެ. އެގެއަށް ވަދެވުމާއެކު އާރާއަށް ދިމަދިމާލަށް ބަލާލެވުނެވެ. ދޮރު ހުޅުވީ އެގޭގައި އުޅޭ ބޭރު މީހެކެވެ. އެއާއެކު އާރާ އަށް ފުން ނޭވާއެއް ދޫކޮއްލެވުނީ އޭނާ އަށް އެހާ ކުއްލި ގޮތަކަށް ނުޖައިދް އާ ބައްދަލުކުރަންވުމުން ހަމަޖެހެން ވަގުތު ކޮޅެއް ލިބުނީތީއެވެ. އޭނާ އަވަސް އަވަހަކަށް އާއިކް އަށް ބަލާލިއެވެ.
ދެވަނަ ސިކުންތުގައި ސިޑިން ފައިބަމުން ދިޔަ ނުޖައިދް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ އަށް އިސްޖަހާލެވުނެވެ. ކީއްވެކަމެއް ނޭގެއެވެ. އެކަމަކު އޭނާ އާދަޔާ ހިލާފަށް ބިރުގަންނަނީއެވެ.
ނުޖައިދް އައިސް އާއިކް ގެ ގާޓަށް ހުއްޓެމުން ފުރަތަމަ ބައްދާލާ ސަލާމް ކޮއްލިއެވެ.
އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވުމަށް އާދެވެފައި ހުރުމުން ކޮންމެ މީހަކާވެސް ވާހަކަ ދައްކާއިރު ނުޖައިދް އަށް ބޭނުން ކުރެވެނީ އެ ސަލާމެވެ.
ނުޖައިދް ގެ އެ ހިތްހެޔޮ މިޒާޖުން އާރާ އަށް ފުރަތަމަ ފަހަރު ނުޖައިދް އާ މެދު ވިސްނާލަން މަޖުބޫރުވިއެވެ. އެހާ ހިތް ހެޔޮ މީހަކު ކޮންމެވެސް ގޮސް ނިޔަތެއްގައި އޭނާގެ ބައްޕާ އޭނާގެ ކޮއްކޮއަކާއި ކައިވެނި ކުރުވެން އުޅޭނެހެއްޔެވެ؟. އާރާ އަށް ބަލާލަމުން ވެސް އޭނަ ސަލާމް އޭ ބުނެލިއެވެ. އާރަ ޖަވާބް ދިނެވެ. ނުޖައިދް އިޝާރާތް ކޮއްލުމާއެކު އޭނާ އާއެކީ ދެމީހުން ގޮސް ސޯފާގައިއިށީނެވެ.
“ނުޖައިދް އަންކަލް” އާއިކް ގޮވާލިއެވެ.
އެއާއެކު ނުޖައިދް ހީލިއެވެ.
“ބައްޕަ ބުނެލީ އާއިކް ގެ ކޮންމެވެސް ފްރެންޑެއް ގެ ބައްދަލުވުމެކޭ” އޭނާ އާއިކް ގެ ވާހަކަ ފުރިހަކަ ކުރަން ފުރުސަތު ނުދީ އާރާ އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
އެއާއެކު އޭނާ އަށް ހައިރާންކަން ވެސް ލިބިފައިވަނީ އެއީ އޭނާއާ ދިމާވިކުއްޖާ އަށް ވީތީއެވެ.
“ކޮންމެވެސް އެއްޗެއް ބޯލަން ވާނެއެއްނު ދޯ… ނީލާ” ނުޖައިދް އެގޭގައި މަސައްކަތް ކުރަން އުލޭ ނޭޕާލް އަންހެން ކުއްޖާ ނީލާ އަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ.
އެ ކުއްޖާ ދިޔުމުން ނުޖައިދް އަނެއްކާވެސް އޭނަގެ ސަމާލުކަން އާރާއަށް ހުއްޓުވާލިއެވެ. އާރާ ފުންނޭވާއެއްލިއެވެ.
“ތިހާދު… ތިހާދު ދަންނަންތަ؟” އާރާ އަށް އަހާލެވެވެ.
އެއާއެކު ނުޖައިދް އަށް ވަގުތުން ތެދުވެވުނެވެ. އާރާ އާއި އާއިކް އަށް ވެސް ލިބުނީ ސިހުމެކެވެ.
“ތީކާކު” ނުޖައިދް އަހާލިއެވެ. “ތިހާދުގެ ދަރި” އާރާ ހިތްވަރުކޮއްފައި ބުނެލިއެވެ. އެއާއެކު ނުޖައިދް އަށް ތިހާދު ގެ މޫނު ސިފވިއެވެ. ބަދަލް ހިފުމުގެ ރޫހް ދޫކޮއްލެވުނަސް އެ ނަން އިވޭ ވަގުތު އޭނަގެ ހިތަށް ނަފްސަށް ލިބެމުންދާ ރުޅީވެރިކަމެއް އޭނާ އަކަށް ބަދަލެއް ނުކުރެވޭނެއެވެ.
“އަޑު އަހަން ބޭނުންތަ؟” ހިސާބަކަށް ހަރުކަށިކަން އެކުލެވިގެންވާ އަޑަކުން ނުޖައިދް ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އާރާ އަށް ބަލާލުމާއެކު އޭނާގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ދިޔައެވެ.
އޭނާ އާރާ ގާތުން މާފަށް އެދުނެވެ. އަދި ވާހަކަ ފެށިއެވެ.
އޭނާގެ ވާހަކައިވެމުން ދިޔަވަރަކަށް އާރާ ގެ ހަށިގަނޑުން ވާގި ދޫވަމުން ދިޔައެވެ. އޭނާ އަށް ކޮޅަށް ހުންނާނޭ ހިތްވަރު ނެތުމާއެކު ފަހަތަށް ފިޔަވަޅެއް އަޅޭލެވުނެވެ. އެއާއެކު އާއިކް ކުރިއަށް ޖެހިލާ އާރާގެ ގައިގައި ހިފެއްޓިއެވެ. ހުދު އޭނާވެސް ހުރި އިވިގެން ދިޔަ ހަގީގަތުން ބަސް ހުއްޓިފައެވެ.
“ނޫން” އާރާ އަށް ދެކަންފަތުގައި އަތް އަޅާލަމުން ބުނެވުނެވެ. އޭރު ކަރުނައިގެ މުތީތައް އެ ދެލޮލުން ފައިބަމުން ދިޔައެވެ. މެލީސާ ވެސް އެތާހުރި ތަނބެއްގެ ފުރަގަހަށް ވަދި ފިލާ ހުއްޓެވެ. އެއީ އޭނައަށް މާކުރިންވެސް އެނގޭ ހަގީގަތެކެވެ. އެކަމާ ހެދި އޭރު ނުޖައިދް ހުރީ ގެއްލިފައެވެ. ބަދަލް ހިފުމުގެ ރޫހުގައި ދުނިޔެއިން ގެއްލި ހަލާކުވެފައެވެ. ސީދާ ކޮންކަމެއްކަން ތަފްސީލާއެކު ނޭގުނު ކަމުގައިވިޔަސް އޭނާ ނުޖައިދް އާ އެކީވެ ހިތްވަރު ކުރިއެވެ. އެހެންނަމަވެސް އޭނާގެ އެހީތެރިކަމާއެކު ނުޖައިދް ގެ މުޅި ވިސްނުންބަދަލް ވެ މިހާރު ވަނީ މީހުންނަށް މާފުދީ މާފަށް އެދުމުގެ ރީތި އާދަ އަށަގެންނުވާފައެވެ.
އާރާ އަށް ހުރިތަނަށް ތިރިވެވުނެވެ. އޭނާ އަށް ބާރަށް ރޮވެން ފެށުނީ ނޫނެކޭ ބުނަމުންނެވެ.
“މިއީ ހަގީގަތަކީ” ނުޖައިދް ގެ މޫނުމަތިންވެސް ހިތާމައިގެ އަސަރުތަށް ފެނިލިއެވެ.
“އިކް… އަހަރެންގެ ބައްޕަ ހަމ އެހާ ނުބައިތަ؟” އާރަ އަށް އަހާލެވުނެވެ. އެއާއެކު އާއިކް ދެފަރާތަށް ބޯ ހޫރާލީ އާރާ އަށް ހިންހަމަޖެހުމެއް ހޯދައިދޭށެވެ. ލޯބިވާ ފަރާތް ތިމާގެ އަތު ތެރޭގައި އިނދެގެން ހިތް ފަޅައިގެން ދާ ވަރަށް ރޮމުން ދާއިރު އޭނާ އަށް ވަކި ކެތްވާނޭހެއްޔެވެ.
ނުޖައިދް އެހެން ހުރެފައި ދޮރާ ދިމާލަށް އެއްލި ކަޅިއަކުން ރިވަމް ހުރިތަން ފެނުނެވެ. އޭނާ އަށް ސިހިފައި ރިވަމް އަށް ގޮވާލެވުނެވެ. އެއާއެކު ރިވަމް ގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރުން ދެންމެ ކީ ހުރިހާ އެއްޗެއް އަޑު އިވުނު ކަމުގައި ނުޖައިދް އަށް ޔަގީންކުރެވުނެވެ.
އާރާ އަށް ވަށައިގެންވަމުން ދާ އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. “އޭނާ އަހަރެންގެ އެ ދައްތަ ރޭޕް ކޮއްލީ… އެފަހުން ދައްތަ ނަފްސާނީ ބަލިމީހަކަށް ވި… ކަންތައް ތައް ހަނދާން ނެތިގެން ދިޔައީ… އަހަރެން ބޭނުންވީ… އެކަންތައް އެނގުނު ހިސާބުން އޭނާ އަށް އަދަބުދޭން… އެކަމަކު އޭރު އަހަރެން ބޭނުންވީ އޭނާ އަހަރެންގެ ކޮއްކޮ އާ ކައިވެނި ކުރުވަން… އަހަރެންނަށް އެނގުނު އެއީ ފައިސާއަށް މޮޔަވެފަ ތިބި ބަޔެއްކަން… އެހެންވެ އަހަރެން ރައްޓެއްސަކާ އެކީ އެ ރަށަށް ގޮސް އެކަންތައް ކުރަން ނިންމީ…’ ނުޖައިދް ގެ ޖުމްލަތަށް އާރާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
އެ ދައްތަ ވެސް ނިޔާވެއްޖެ… އަހަރެން ނިންމައިގެން ހުރީ އޭނާ އާއި އަހަރެންގެ ދައްތަ އާއި ކައިވެނި ކުރުވަން ބެލްކް މެއިލް ކުރަން… އޭރު އަހަރެން އެހާ މުއްސަންޖެއްނޫން… އަދުލު އިންސާފެއްނުލިބުނު. ދެން އަނެއްކަމަކީ އޭނާ އެކަންތައް ކުރީ އަހަރެންގެ ދައްތަ ޗުއްޓީއަށް ކުދިވެރިން ގޮވައިގެން ގޮސް އުޅުނު އިރު. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދޮންތަ” ނުޖައިދް ގެ ވާހަކަތަކުގައި ވަނީ ހުސް ވޭނެއެވެ. ބައެއްފަހަރު ނަފްރަތުގެ ދިޔަ ހޫނުކަމެއް ވެއެވެ. އަނދަމުން ދާ ރުޅިވެރިކަމެއް ވެސް ފާޅުވެލައެވެ.
އާރާ އަށް ގިސްލެވެމުން ދިޔައީ އެ ހުރިހާ އެއްޗެއް ސިކުނޑީގައި އެނބުރިގަތުމުންނެވެ.
“އެކަމަކު މިހާރު އަހަރެން ބޭނުމެއް ނޫން ބަދަލް ހިފާކަށް… ” ހުރިހާ އެންމެން ސިހުރީ ނުޖައިދް ގެ ވާހަކައިންނެވެ. އެދުވަހު އެގޭން އާރާ ނުކުތީ ހިންހަމަ ޖެހިގެން ހުރެއެވެ. ވީ ހުރިހާ ކަމަށް މާފުދީފައެވެ. އެހެންނަމަވެސް އޭނާ ގެ ހިތުގައި އަމިއްލަ ބައްޕަ އާއިމެދު ނަފްރަތު އުފެދިގެން ދިޔައެވެ. އެހެންނަމަވެސް ނުޖައިދް އޭނާއަށް ވިސްނައި ދިނުމާއެކު އޭނާ އަށް ވެސް މައްޕަ ގެ ބައްޗަށް ހިތްބުރަ ނުކުރުމަށް ނިންމުނެވެ.
ބައްޕަ ދުނިޔޭގައި ނެތް އިރު ބޭނުންވާނީ ހެޔޮ ދުއާ ކަމަށް ނުޖައިދް ބުންޏެވެ.
އާރާ އެ ވާހަކަ ތައް ޝާލީން އަށް ކިޔައދިނުމާއެކު އޭނާއަށް ވެސް ލިބުނީ ސިހުމެކެވެ. އެހެނަސް މައިލީން ގާތު ނުބުނީ މައިލީން އަށް މިދުވަސްކޮޅު އެކަހަލަ ވާހަކަ ތައް ކިޔައިދިނުން ރަނގަޅު ނޫންކަމަށް ވިސްނުނީމައެވެ.
ތިން ދުވަސް ފަހެވެ. ޔަޝްމް އަދިވެސް އޮތީ ހޮސްޕިޓަލް ގައި ބާއްވާފައެވެ. އެހެންނަމަވސް މިހާރު ހާލު ރަނގަޅެވެ. ކޮންމެ މީހަކުވެސް ޔަޝްމް އާ ވާހަކަ ދައްކާލަނީ ހިނިތުންވުމަކާ އެކީގައެވެ.
ރިވަމް އަށް އަނެއްކާ ރާޔާ ފެނުނީ އެދުވަހު ހޮސްޕިޓަލުންނެވެ. އޭނާ އަށް ބަލަން ހުރެވުނީ ރާޔާ އަފްޝީން އާ އެކީ ގައި ހޮސްޕިޓަލަށް ވަތް ތަން ފެނިފައެވެ. ރާޔާ އަކީ އަފްޝީން ގެ އެންމެ ގާތް އެކުވެރިއެކެވެ. އެއްދުވަހު އަފްޝީން ގެ ފޯނުން ދައްކަމުން ދިޔަ ވާހަކައެއް އަޑުއިވިގެން އޭނާ އަށް ވެސް އޮތީ ޔުއާން އާއި މައިލިން ގެ ގުޅުން އެނގިފައެވެ. ޔަޝްމް އަކީ އެދުވަހު ދިމާވ ކުއްޖާ އަށްވުމާއެކު ރާޔާ ވެސް ހުރީ އެ ތުއްތު ކުއްޖާ އާ ވާހަކަ ދެއްކާލަން ބޭނުންވެފައެވެ.
ޖަޒިލް އަށް ވެސް ދެމީހުން ފެނިގެން ގާތަށް އައެވެ. އެވަގުތު އޭނާ އާ އެކު ހުރި ރިވަމް ވެސް އަފްޝީން ގާތު ހުރި ކުއްޖާ އަށް ބަލާލަމުން އެ ދިމާލަށް ޖަޒިލް އާ އެކު ހިނގައިގަތީ އެކުއްޖާ އާ ދިމާލަށް އެއްލޯ މަރާލަމުންނެވެ.
ޖަޒިލް އާ ރާޔާގެ ގުޅުން ރަނގަޅުވިއިރު ޝިނާވެސް މިހާރު ހުރީ ހުރިހާ ކަމެއް ގާބުލްކޮއް މާފުކޮއްގެންނެވެ. ވަރަށް އަވަހަށް ރާއްޖެ އަންނާނަން ކަމުގައި ވެސް ޝިނާ ވަނީ ބުނެފައެވެ. އެއީ ރާޔާގެ މަސައްކަތުގެ ނަތީޖާއެވެ. ރެއާ ދުވާލު އޭނާ ޝިނާ އަށް ދިން ނަސޭހަތުގެ ނަތީޖާއެވެ.
މައިލީން އާއި ޔުއާން އާ ދެމީހުން ޔަޝްމް ގާތު ތިއްބާ އެތަނަށް އައިކަލް ވަނުމާއެކު ޔުއާން އާއި މައިލީން ތެދުވިއެވެ. އައިކަލް އައިސް ޔަޝްމް ގެ ބޮލުގައި ފިރުމާލިއެވެ. އޯޓީސްޓިކް ކުއްޖަކަށް ވުމާއެކު ޔަޝްމް މީހުންނަށް ސަމާލުކަން ދޭވަރު ކުޑައެވެ. އެކަންވެސް އައިކަލް އަށް އެނގެއެވެ. މިފަހަރުވެސް ޔަޝްމް ގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ.
އެކަމަކު އޭނާ އެކަމާ އަޅައެއްނުލައެވެ.
“ދަރިފުޅުމެން ކައިވެނި ކުރާނީ ކޮން އިރަކުންތަ؟” އައިކަލް ދެން ކޮއްލި ސުވާލުން އެދެމީހުންނަށް ދެމީހުންނަށް ބަލާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި މައިލީން އަށް އިސްޖާހާލެވުނީ ގަތް ލަދުންނެވެ.
“އެކަމަކު ޔަޝޫ ޑޭޑް” ޔުއާން ބުނަން އުޅުނެވެ. އޭނާއަށް ވެސް ބޯ ކަހާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.








alhey haadha rangalhey
Thanks aki. ❤❤❤
wow this so………. beautiful keep it up writer
Alhey. Thanks storie lover. Means a lot for me. ❤❤❤???
Salaam. Hows yuh all?. So heres the 63rd vana part. It contaims more than 4500 words this time.. Hoping to upload tonyt. In Sha Allah. Dnt forget to comment ur views. And yashoo is SAVED. sooo happy. I knw u guys will be too. Thankyou all.
Alhamdhulillah. Am getting this much support from u guys.
Jazakallah Khairan. ❤❤❤???
Woah… yeyyyy ? yashm save vehjje ?❤️❤️?❤️❤️ I’m so soooo happy.. mi story up nuvegen iru iru kolhun beley… I love mi part ?❤️? furathama bai haadha emotional ey.. eii ehkka yashm ge bai.. yuaan n maileen ah v goiy ???? fahun hama ufalun rovuny ?? aara bappa ge hageegiy enguny… emmen dhey thereyga jehunu mahssala thah ok v dho… Dhn hama ok v ma story nimaalany??? Vrh dhera vaane..? dhn ekm vx story eh viyyaa nimeyne dhw? mirey tha remaining 2 parts upload kolany?? Eagerly waiting ???? good luck Hi Mi ❤️❤️❤️
Sham. Himi kihineh tha thihaa loabi comment akah reply dheyni. Hama bas huttifa mi ini. Hehe. Nimeyne dw. V dheravey ingey nimeythi. ??? HEHE. Btw vvv ufaaavehjje. Masay kai mikurani mirey up kuraa part ga huri mistakes rangalhu kureveythoa. Cox the story is already finished. Alhamdhulillah.
Thankyou so much. ❤❤❤???
Alhey dhen enme 2 parts tha iny story nimen.. So sad….. BTW vvvvvvvvv reethii… HiMi u r the best…. Story hama fantastic… And all mysteries are unfolded dhw… Aaraa ahves inguny dhw truth…
Yes. Suney. Story nimumakaa gaathah mi ai. Yes. Hurihaa mystries eh hama inguni mi mihaaru. Dhen happy parts huree. Hehe. Lets see. V ufaavehjje. Thankyou so much. ❤❤❤???
Wow hehe thanks hi imi. V happy for yashoo ??. And mihaa dhigu part eh up kohla dhinee thee vvv bodah thanks.??? Vv nice stoty. Luv u more.
Hehe. 2 days vehjje ehnu up nukohdheveythaa. So dhigukoh mi kohli. V ufaavehjje. Yashoo save mi kohdhini. Hehe. Thankyou so much. Much love. ❤❤❤???
Wow …. Harrdha reehcheyyy huriharr part eh vex …. Yes yashu is alright ….???????? himi ur the best i love it….. Story nimen ulheyythyy v dheraveyyy …. Ehkam unmeedhu kuran hama mikahala reethi story eh adhi be himi up kuraane kamah …god bless u himi ????????
Hey dear. Hehe. In Sha Allah. Himi bunefa in stoty fennaane. V ufaavehjje happy v ma. Yashu save v ma. Hehe. Story eh viyya nimeyne dw dear. Ekam kuri ah huree happy parts ingey. V ifaavehjje. Thanks a lot. ❤❤❤???
Story ge second season eh gennan vynu HiMi.. V salhi vaane eyrun… Wow i’m Speechless haadha reehcheyy.. Mi part ga hurihaa feelings thakeh mixed koh ebahuri.. I love it… ????????????????????
Hehe. Maya. Adhi visnaafa nei kameh. Ekam salhi idea eh ingey. Gina kiyun therin edhenyaa thikamaa medhu visnaanan. Hurihaa feelings dw. Xil and yuan ge scene ah ehchekey bunelahchey. V yfaavehjje. Thanks a lot. ❤❤❤???
V v furihama
Thanks. Shaa. ❤❤❤???
thankyou himi for saving yashoo u the best. varah reethi and got so many answers too. waitin for the next part love it
Hehe. Thankyou so much dear. Means a lot. For me. V ufaavey thihaa suport kuraathy. Once again hama big koh thanks. ❤❤❤???
Yuan and jazil ge scene ah ehchekey bunahchey. Himi belin thankolheh majaa koh genesdheveythoa. ? dhoru jehunu scene too ???
hehe i thought for sure yuan and jazil big fight akah dhaane kamah ? but varah hini ai jazil over protective v ma yuan she is my sister buneli goiy. hehe i can actually imagine his face so funny. thanks himi for saving yashu last part ga varah sad vi i knew she will b going to a come but will survive through a miracle. u did it. thanks much love
Hehe. Aslu mulhi story ga ves enme himi ah haassa and enme like vi eh scene eyi. V visnin ingey. Ehenve aslu buni. E scene hama one of my fav. Himi ah ves imagine kurevun liyamun dhiyairu yuan and xil ge moonah araane kulavaru. Hehe. And yuan fahun giruvaan ragalhu kohli goi dw. Hehe. ❤❤❤???
Wow…..haadhahaa reeche,,,,,
Thanks. Hashaa. Happy to see a comment from you again. And thanks a lot. ❤❤❤???
Mi story up veythoa belunu varehves neynge mihaaru..ehaa kiyaahihvaa story eh mee..hama superb ??? Hi Mi ❤
Alhey. Chim sorry for the late upload. Mirey adhi part. In Sha Allah. V ufaavehjje. Thanks. ❤❤❤???
V nice I love this part..
Thanks. N. Means a lot. ❤❤❤???
v.reethi. thanks
Thank u Hi Mi…. vrh reethi
Yeyyyyyyy….. yashoo save v……. ?????? mi story varah varah varah reethi….. waiting …….
wow Hi MI
Vrh vrh reethi
manzaru thah hama sifa vey
waiting for next part
Yashoo alun libuny dhw… Haadha ryhchey mibaives… Kury kolhuga rohvaalaafa mihaaru happy kohly dhw thi… V ves rythi story kuriah gendhaa goeh… V v kiyaalaa hithun mihury anehbaives… Miss u
Can’t wait for the next part and do keep up the good work ❤❤❤
Hey HiMi… adhi alah mi story mi feshy.. v v kamu gosfi ingey.. thanx for a lovely story..???
Yes????thank u himi
HiMi to be honest i have been reading stories from this site since 2015 non stop . Living out of country yet never missed a single story from this site . I left a comment in Ep62 of this story,which was my first comment to a story of this page. This story is just breath taking. I know this story is going to end soon. After this story i hope to read more stories from you. Keep up your great work. Furthermore, i like your work speed. Way to go. Wish you all the best in your career. A hard and dedicated work never fail ???
Thankyou so much yahy. Dnt knw what to tell. Its my hobby writing stories. Its been so long since i have been writing stories. Both short and long. Reading stories lead me to write stories. I feel so happy dear. In Sha Allah. Kuri ah vhk fenigendhaane. Dhen fashaa vhk ge trailer ves innani up kohlaafa. I really am speechless dear. So happy that there is no word to describe my happiness. May u succeed in what ur doing. In Sha Allah. Hope to see comments from u in the future. In Sha Allah.
Jazakillah khair… ❤❤❤???
??????? woooooowww dear…v.nice…happy????thankx 4 the lovely story
Yuan… yashm… mailyn…so cute family dhww…but vrhaka nimeny dhw. so sad?
SUPERB ????… Maasha Allah mi part vx v v v reethi ❤️❤️❤️❤️… V v furihama ????… Enme furathama haadha emotional ey… I was abt to cry ????… Bt at last v v happy vehje ????… Hi Mi haadha molhey Maasha Allah feelings thah genesdheygoi… ????… V vx ragalhah feelings thah deliver kohdhyfa hunnakan faahagakohlevey knme faharakuvx ????… Filmeh balaa lumekey mi Story kiyumekey hama Same… Ehaa vx furihama ah sifakohlevey manzaruthah ????… Hama vaakaige thereyga ulheveyhenn heevanee ????… U are doing great ingey Hi Mi ????… Hi Mi v v hard working kan faahagakohlevey pinky ah n v furihama ah v ragalhu kanvx faahaga kohlan Hi Mi ge thi work ????… Keep up the good work ????.. Finally yashoo saved dhw… I’m soooooo happy ????… N aaraa ah vx truth inguny dhw n ilee n yuan gulhen aikal vx gaboolu nasybakun ????… Soooooo happy ????… N yuan n jazil ge scene v v majaa ingey Hi Mi ????… I enjoyed a lot… Aslu egadyga hama imagine kohlevun e dhemyhun ge face appearance hunnaane goi ????… V nice ingey ????… This is hama best ????… V v v reethi… ????… Curiously waiting for the next part… Lots of love Hi Mi ❤️❤️❤️???????????????
Thnx himi❤ v kiyaahithun kiyanikon a nimuny? next part ah vvv inthizaaru kurevey. .. yashmu rangalhu vyma navy vvv happy? vaahaka mihaaru nimen ulheyhen heevany ?v dheravey ehnve ?? .. adhives ehfaharu thikuraa hiyvarah hama saabas dhen ????❤❤❤❤❤????
Yayyyy…..himi u r the bets so glad yashoo save veema & himi. Vaahaka nimeythy ??but I love love this cute little family ….may God bless you and your work…dear himi
it’s really fantastic
so happy that finally this story is going to have a happy ending
thanks a lot HI MI
WOW AMAZING MAASHA ALLAH . VARRAH SENSITIVE. PLS SAVE YASHOO AT ANY COST THEM STORY WILL BE EXELLENT DHW???
The story is awesome <3 it will be great if you publish season 2 of this story <3 i love this story
Leen and yuan ge wedding ah u r invited. ???
Kobaa zaan..? What’s the importance of his character?? What happened to yuan’s mother’s family who said that they will be coming?? Y is that yuan’s mother’s family does not agree to the relation of their parents at first.. so many questions??
Wow varah reethi mi part ves…… yashmu ragalhu vaane dhw hi mi…. keep it up ??????????