Skip to content
އެސްފިޔަ

ތަޤްދީރު (7)

ގޭގެ އެކި ދިމާއަށް ނަޒަރު ހިންގަމުން ޝަމްއަލް އެތެރެއަށް ވަތްއިރު އެމީހުންގެ އިންތިޒާރުގައި ސޯފާގައި އެއާއިލާގެ އެންމެންކަހަލަ ގޮތަކަށް ތިއްބެވެ. ޝަމްއަލް ހުރީ އޭނާގެ މައިންބަފައިން އޭނާއަށްޓަކައި ހޮވި އަންހެންކުއްޖާ ދެކިލާހިތުން ކެތްމަދުވެފައެެވެ. އިސްޖަހައިގެން ސޯފާގެ އެއްފަރާތުގައިއިން އަންހެންކުއްޖާ ޝަމްއަލްގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެން ދިޔައެވެ. އެވަގުތު އެއްއަތް އަނެއްއަތާ މޮޑެލަ މޮޑެލައި އިނުމަށްފަހު ލަސްލަހުން އެކުއްޖާ އިސްއުފުލައިލައި ބަލައިލިއެވެ. އެއާއެކު ޝަމްއަލްއަށްެ ހިނގުން މަޑުޖައްސައިލަމުން ހުރިތަނުގައި ހުއްޓިފައި ދެލޯބޮޑުކޮށްލަމުން އެއަންހެންކުއްޖާ އާއި ދިމާއަށް ބަލަންފެށުނެވެ. އެކުއްޖާއަށްވެސްވީ އެފަދަ ގޮތެކެވެ. ބޮޑުވެފައިހުރި ދެލޮލުން ހައިރާންކަމާއެކު އޭނާވެސް ޝަމްއަލްގެ މޫނަށް ބަލަމުންދިޔައެވެ. ދެމީހުންނަށް ވީގޮތްފެނިފައި ދެއާއިލާވެސް ކަންބޮޑުކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

ކަރުކެހިލަމުން މުހުސިނާ ޝަމްއަލްގެ އަތުގައި ކޮށްޓައިލުމުން ދެފަރާތަށް ބޯހޫރައިލުމަށްފަހު ޝަމްއަލް އިސްޖަހައިލިއެެވެ. އެއާއެކު އޭނާގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މުހުސިނާ މަޑުމަޑުން ވީގޮތް އަހައިލުމުން ކަމެއްނުވާކަމަށްބުނެ ޝަމްއަލް ކުރިއަށް ހިނގައިގަތެވެ. ޖަވާދާއި ދިމާއަަށް ބަލައިލަމުން މުހުސިނާވެސް ކުރިއަށް ހިނގައިގަތެވެ.

ސޯފާގެ އެއްފަރާތުގައި އިން އީނާލް ލަދުވެތިކަމާއެކު އިސްޖަހައިލިއިރު އެދޮންމޫނުވަނީ ލަދުންގޮސް އެއްކޮށް ރަތްވެފައެވެ. މަޑު ފިޔާތޮށިކުލައެއް ކޯތާފަތަށް އަރައިފައިވީއިރު އެމަންޒަރު ބަލަންއިން ޔާނިކްގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ.

ޝަމްއަލްގެ އާއިލާ އިނށީދެ ހަމަޖެހުމާއެކު ސަލާމް ގޮވައިލަމުން ލުތުފީ ހާލުއަހުވާލު އޮޅުންފިލުވަން ފެށިއެވެ. ދެމީހުންވެސް އިސްޖަހައިގެން މައިންބަފައިންގެ ވާހަކަތައް އަޑުއަހަން ތިއްބެއްކަމަކު ދެހިތްވެސް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެމުންދިޔައެވެ.

“ހިނގާ ކާން ދަމާދާ ދޯ.” ކާކޮޓަރީގައި ހުރި ޚާދިމަކު އިޝާރާތުން ކެއުން ތައްޔާރުވެއްޖެކަމަށް ބުނުމުން ފާއިޒާ ހިނިތުންވެފައި ބުނެލިއެވެ. އެންމެން ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

އުފާވެރި މާޙައުލެއްގައި ކެއުން ކުރިއަށް ދިޔައިރު އެކިއެކި މައުޟޫތަކަށް ވާހަކަދެކެވެމުން ދިޔައެވެ. އެހުރިހައި އިރު ޝަމްއަލްއާއި އީނާލް އަނގައިން ބަހެއްވެސް ބުނެނުލައި ހިމޭންކަމާއެކު ކަމުންދިޔައެވެ.

ވާހަކަ ދައްކަން ލަދުންއިން ނަމަވެސް ދޭތެރެއަކުން މިހުސިނާ ކޮށްލާ ސުވާލުތަކަށް އީނާލް ޖަވާާބުދާރީވަމުންދިޔައެެެވެ. ދެކުދިންގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކުން ދެކުދިންވެސް މިކައިވެންޏަށް ގަބޫލުކަން އެތާނގައިތިބި ކޮންމެ މީހަކަށްވެސް އެނގުނެވެ. އެހެނަސް ދެކުދިން ގާތުގައި ވަކިން އެހުމަށްފަހުގައި ނޫނީ އެވާހަކަ ދައްކަން ބޭނުންނުވާތީ އެއްވެސް މީހަކު އެމައުޟޫއަކަށް ވާހަކައެއް ނުދައްކައެވެ.

އެރޭގެ ބައްދަލުވުން ނިންމައިލައިފައި ގެއަށް އައި އިރު ޝަމްއަލްގެ މޫނުމަތި އާދަޔާ ޚިލާފަށް އުޖާލާވެފައިވާކަން މުހުސިނާ އާއި ޖަވާދުއަށް ފާހަގަވިއެވެ. ދެމީހުންވެސް ސިއްރުވެރި ހިނިތުންވުންތައް ބަދަލުކުރަމުން އައިސް ގޭގެ ސިޓިންރޫމްގައިހުރި ސޯފާތަކުގެ ތެރެއިން ސޯފާއެއްގައި ޖައްސައިލިއެވެ. އެމީހުން ގާތުގައި ޝަމްއަލްވެސް އިނށީނެވެ.

“ކޮބާ ދަރިފުޅަށް އެއަންހެންކުއްޖާ ކަމުދޭތަ؟ ހަމަ ގައިމުވެސް ބައްޕައާ މަންމައަށް އީނާލް ވަރަށް ކަމުގޮސްފި. އެކަމަކު ދަރިފުޅު ހިތްހަމަނުޖެހެންޏާ މިކައިވެނި..” ޖަވާދުއަށް ބުނެވުނީ އެހިސާބަށެވެ. ނޫނެކޭ ބުނަމުން ޝަމްއަލްއަށް ކުޑަކޮށް ހަޅޭލަވައިގަނެވުނެވެ.

“އަޅުގަނޑަށް.. އީނާލް ވަރަށް ކަމުދޭ. އަޅުގަނޑު މިކައިވެންޏަށް ރުހި ގަބޫލު.” އިސްޖަހައިލަމުން މަޑުމައިތިރި ރާގަކަށް ޝަމްއަލް ބުނެލިއިރު އެއަޑުގައި ލަދުވެތިކަން އެކުލެވިގެންދިޔައެވެ. ވީއުފަލުން މުހުސިނާ ޝަމްއަލްގެ ގައިގައި ކުޑަކޮށް ބައްދައިލަމުން ﷲ އަށް ޙަމްދުކޮށްލިއެވެ. އެދެމައިންގެ ހަރަކާތްތަކަށް ބަލަން ހެވިފައި ޖަވާދުވެސް އިނެވެ.

** ** **

އެނދުގައި އޮށޯވެލައިގެން އޮތް އީނާލްގެ މޫނަށްވަނީ ޖަންބުކުލަ އަރައިފައެވެ. އެއްފަހަރުވެސް މިހެންވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ އެންމެފުރަތަމަ އޭނާ ގާތުގައި ފާއިޒާ އެވާހަކަ ދެއްކުމުން އީނާލް އެކަމަށް ދެކޮޅުހެދީ އަދި ކައިވެނިކުރަން އަވަސްކަމަށް ބުނަމުންނެވެ. ހަގީގަތުގައި ޝަމްއަލްނޫން އެހެން މީހެއް އެހަޔާތަށް ގެންނަން އީނާލްގެ ހިތްވެސް ނުރުހުނީއެވެ. ދެކޮޅުހެދުނީ އެހެންވެއެވެ. ނަމަވެސް ފާއިޒާގެ އެތައް ވާހަކައަކަށްފަހު އެފިރިހެންކުއްޖާއާާ ބައްދަލުކުރަން އީނާލް ނިންމީ ފަހަރެއްގައިވެސް އެއީ ޝަމްއަލްއަށް ވެދާނެކަމަކަށް ނޫނެވެ. ކަންތައްމިވީ އޭނާ ހީކޮށްފައިވެސް ނުވާފަދަ ގޮތަކަށެވެ. އުފަލުގެ ކޮޅެއް ނެތެވެ. މައިންބަފައިންގެ ބަސްގަބޫލުކުރެވުނީތީ އޭނާ މިއަދު އުފާވެއެވެ.

ޝަމްއަލްމެން ދިއުމުން ފާއިޒާވަނީ އޭނާ ގާތުގައި އެކައިވެންޏާ މެދުގައި ވިސްނައިލުމަށް އެދިފައެވެ. އެހެނަސް ވަގުތުން އީނާލްއަށް އެކައިވެންޏަށް އެއްބަސްވެވުނީ ޝަމްއަލްގެ ގޮތް އޭނާއަށް ރަނގަޅަށް އިނގޭތީ އެފަދަ މާތް ޒުވާނަކު އަތުން ބީވާން ހިތް ނޭދުމުންނެވެ. އީނާލްގެ ޖަވާބުން ހިތްހަމަޖެހިފައި ފާއިޒާ ދިއުމުން އެނދަށް ވެއްޓިގަތް ގޮތަށް ހިނިތުންވެފައި އޭނާއަށް އޮވެވުނީއެވެ.

** ** **

ދެއާއިލާގެ ރުހުމާއެކު އީނާލް އާއި ޝަމްއަލްގެ ކައިވެނި ކުރެވިގެންދިޔައެވެ. އެތައްބައެއްގެ ހެޔޮދުޢާ އާާއި ތަހުނިޔާއާ އެކީއެވެ.

ކައިވެނި ޕާޓީ ނިންމައިލުމަށްފަހު އީނާލް ދިޔައީ ޝަމްއަލްއާ އެކުގައި ޝަމްއަލްގެ ގެއަަަށެވެ. އެގެއަކީވެސް ތަނަވަސް ބޮޑު ގެއެކެވެ. ގޭގެ ވަންނަ ދޮރު ކައިރީގައި އެކިވައްތަރުގެ މާމެލާމެލީގެ ބަގީޗާއެއް ހައްދައިފައި އޮތްއިރު މާދުރުނޫން ހިސާބެއްގައި މަސްފެންގަނޑެއް ހަދައިފައި ހުއްޓެވެ. ބަލައިލަން ހިތްގައިމު މަންޒަރެކެވެ.

ލައިފައިވާ ހުދުހެދުން ކުޑަކޮށް ހިއްލައިލަމުން އީނާލް ކާރުން ފޭބުމަށްފަހު ގެއާާދިމާއަށް ހިނގައިގަތީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. ޝަމްއަލްއަށް އެކަން ފާހަގަވީ ކަންނޭނގެއެވެ. މަޑުމަޑުން އީނާލްގެ ފިނިވެފައިވާ އަތްތިލާގައި ހިފައިލަމުން އެއަތްތިލައަށް ފިތައިލީ ލޯތްބާއެކުގައެވެ.

ޝަމްއަލްގެ މިއަމަލުން ސިހިފައި އީނާލް ޝަމްއަލްގެ މޫނަށް ބަލައިލިއެވެ. އެއާއެކު ވަގުތުން އެދޮންމޫނު ރަތްވެގެން ދިޔައެވެ. ހިނިތުންވެލަމުން ޝަމްއަލް އީނާލްގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރީ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ. ޖެހިލުންވެފައިހުރި ނަމަވެސް އިސްޖަހައިލައިގެންހުރެ މަޑުމަޑުން އީނާލް އެތެރެއަށް ވަނެވެ. އެއާއެކު ޝަމްއަލްވެސް ފަހަތުންވަދެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ވެފައިވާ ވަރުބައްޔާއެކު ހެދުން ބަދަލުކޮށްލައިގެން އޮށޯތްތަނުން ދެމީހުނަށްވެސް ނިދުނީއެވެ. އެކަކު އަނެކަކު ދަސްވަންދެން އެހަށް އެގުޅުމަށް ވަގުތުދޭން ދެމީހުންވެސްވަނީ އެއްބަސްވެފައެވެ.

** ** **

ދުވަސްތައް ހަލުވިކަމާއެކުގައި ފާއިތުވަމުން ދިޔައެވެ. މިހާރު މަލްހާގެ ބަނޑަށްވެސް ހަމަސްފުރި ހަތްމަހަށްވަނީ އަޅައިފައެވެ. ފުރަތަމަ ދުވަސްކޮޅު ހޮޑުލެވި ކަންތައްވީ ނަމަވެސް މިހާރު މަލްހާއަށް އެއްވެސް ދަތިއުނދަގުލަކާއި ކުރިމައްޗެއް ނުވެއެވެ.

އޮފީހުގެ މޭޒު ދޮށުގައި މަސައްކަތައް ގެއްލިފައި އިން މަލްހާ ލެޕްޓޮޕްގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ކެބިންގެ ދޮރާއިދިމާއަށް ބަލައިލީ ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހައިލުމުންނެެވެ. ދޮރުހުޅުވައިލަމުން އެތެރަށް ބޯދިއްކޮށްލި ނޫރާ ފެނުމުން މަލްހާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

“ހޭއި. ހިނގާ ބްރޭކަށް ދާން. ޕްރެގް އިރުގަ ޖެހޭނެ ގަޑިން ގަޑިއަށް ރަނގަޅަށް ކާން.” އެތެރެއަށް ނުވަދެ ދޮރުމަތީގައި މަޑުކޮށްލަމުން ނޫރާ ބުނެލިއެވެ. މަލްހާ ބަނޑުބޮޑުކަން އިނގުނީއްސުރެ ނޫރާ އޭނާއަށް ވަރަށް އަޅައިލައެވެ. ހިނިތުންވެލަމުން ކުޑަ އުނދަގުލަކާއެކު އިންތަނުން ތެދުވެ ނޫރާގެ ފަހަތުން މަލްހާ ހިނގައިގަތެވެ.

ކެންޓީނުގެ މޭޒެއް ދޮށުގައި ކޮފީއެއްބޯންއިން ޔާނިކްގެ ލޮލުގައި އެތެރެއަށް ވަދެގެންއައި މަލްހާ އަޅައިގަތެވެ. އެންމެފުރަތަމަވެސް ޔާނިކްގެ ދެލޯގޮސް ހުއްޓުނީ ބޮޑުވެފައިވާ މަލްހާގެ ބަނޑަށެވެ. އެވަގުތު އެތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މަލްހާގެ ހިނދި ބަނޑު ނުކުންނަން ފެށީއްސުރެ ޔާނިކްއަށް ސިއްރުން މަލްހާގެ ބޮޑުވަމުންދިޔަ ބަނޑަށް ބެލެއެވެ. މަލްހާއަށްޓަކައި އެހިތުގައި އުފެދުނު ލޯބި އެހަށިގަނޑުގައި އަށަގަންނަމުންއެދާ ތުއްތު ފުރާދެކެވެސް ވެވެންފެށުނެވެ. އޭނާގެ ދަރިއެއްނޫންކަމަށްވިއަސް ޔާނިކްއަށް މަލްހާ ވިހާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ.

ނޫރާއާއި މަލްހާ މޭޒެއްގެ ދޮށުގައި އިނށީނުމާއެކު ވެއިޓަރަކު އެދިމާއަށް ހިނގައިގަތެވެ. ކާންބޭނުންވާ ތަކެއްޗަށް އޯޑަރު ދެމުން ދެމީހުން ހީހީފައި އެކިއެކި ވާހަކަ ދައްކަން ފެށިއެވެ. އިރުއިރުކޮޅާ ހިނިތުންވަމުންދިޔަ މަލްހާގެ ސާފު ދޮންމޫނަށް ސިއްރުވެރި ނަޒަރުތަކުން ބަލަމުން ޔާނިކް ދިޔައެވެ. އޭނާާގެ ހިތް ފޮތިފޮތިވަމުންދިޔަ ނަމަވެސް މަލްހާ އުފަލުގައި އުޅޭނަމަ އޭނާވެސް ހުންނާނީ އުފަލުންނެވެ.

** ** **
ފާއިތުވެގެންދިޔަ ދުވަސްތަކުގައި އީނާލް އާއި ޝަމްއަލްގެ ގުޅުންވެސްވަނީ ވަރަށް ބޮޑުތަން ކުރިއަރައިފައެވެ. އެއްވެސް ޖެހިލުންވުމެއްނެތި ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ހިތުގައި އޮންނަ އެއްޗެެއް ހިއްސާކުރެވެއެވެ. ފުރަތަމަ ދުވަސްކޮޅު ވާހަކަ ދައްކައި ހަދަން ލަދުގަތް ނަމަވެސް މިހާރު އެކަންވެސް މުޅިން ނެތި ހިނގައްޖެއެވެ.

ކައިވެންޏަށްފަހު ދެއެކުވެރިން ގޮތުގައި ދެމީހުންފެށި ގުޅުން ކުރިއަރައި ދިޔައީ ދެމީހުން ހީނުކުރާހައިވެސް އަވަހަށެވެ. ކޮންމެ މީހަކުވެސް އިންތިޒާރުކުރަމުން ދިޔައީ އެގުޅުން އިތުރު ފައްތަރަކަށް އަރާނެ ދުވަހަކަށެވެ. ދެހިތުގައި އޮތް ލޯތްބަށް އެކަކު އަނެކަކު އިއުތިރާފުވާނެ ދުވަހަކަށެވެ.

** ** **

މަޖީދީ މަގުގައިހުރި ފިހާރައަކުން ނުކުންނަމުން މަލްހާ ރާއިދްގެ އަތުގައި ހިފައިލަމުން ކުރިއަށް ހިނގައިގަތެވެ. ބޯކަޅު ވިލާތަކުން އުޑުމަތި އެއްކޮށް ބައްދައިލައިފައި ވީގޮތުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެންނެވެ. ދެމީހުން މަޑު ހިނގުމެއްގައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

މަގުމަތީގައި މީހުން ތޮއްޖެހިފައިވީގޮތުން ކުރިއަށް ހިނގުންވީ ދަތިކަމަކަށެވެ. އިރުއިރުކޮޅާ ކޮންމެވެސް އެއްދިމާލެއްގައި މަޑުކޮށްލަން ޖެހެނީ ބައިބޯ މަގުގައި ކުރިއަށް ދިއުމަށް ޖާގަނެތީމައެވެ.

އެއްފަރާތެއްގައި ހުއްޓިލައިގެން ހުރުމަށްފަހު ކުރިއަށް ހިނގައިގަތް ވަގުތު ކުރިމަތިން އައި އަންހެންކުއްޖެއްގެ ގައިގައި މަލްހާ ކުޑަކޮށް ޖެހުނެވެ. ސޮރީއޭ ބުނެލަމުން އެކުއްޖާ އެނބުރުނު ވަގުތު މަލްހާގެ ދެލޯބޮޑުވެގެންދިޔައެވެ. ކުރިމަތީގައިހުރި އަންހެންކުއްޖާއަށްވެސްވީ އެވަރެވެ. ދެލޯބޮޑުކޮށްލަމުން މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އެކުއްޖާ ގާތުގައި ހުރި ޔާނިކް ފެނުމުން މަލްހާގެ ހައިރާންކަން ވަކިން އިތުރުވިއެވެ.

“މަލޫ. ތީ ހަމަ އަސްލުވެސް މަލޫތަ؟ އޯ މައި ގޯޑް. އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ.” ދެއަތް އަނގަމަތީގައި އަޅަމުން އުފާވެރި ރާގަކަށް އީނާލް ބުނެލިއެވެ. “ނާލް.” އީނާލްގެ ނަމުން ގޮވައިލަމުން މަލްހާ އީނާލްގެ ގައިގައި ބައްދައިލިއެވެ. “އަޅޭ. ހާދަ ދުވަހެއް ފަހުންނޭދޯ މިދިމާވީ. މިހާރު ދެމީހުން ކައިވެނިވެސް ކުރީތަ؟ އެންޑް ޔޫ އާރ ޕްރެގް؟ އޯ މައި ގޯޑް. އަދިވެސް އަހަރެންނަށް ގަބޫލުނުކުރެވޭ.” އީނާލް ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އުފަލުން މަލްހާގެ ގައިގައި ހިފައިގަންނަމުން އެއްފަހަރާ އެތައް ސުވާލެއް އަމުނައިލިއެވެ.

“ޔާ ޔާ. ހެހެ. ނާލް ވެސް މެރީކުރީތަ؟ މިއީ ނާލްގެ..” މަލްހާގެ ޖުމުލަ ނުނިމެނީސް ދެފަރާތަށް އީނާލް ބޯހޫރުވައިލިއެވެ. “ހެހެ. ނޯ. މިއީ އަހަރެންގެ ހެންސަމް ބްރަދަރ. ހެހެ. އެކަމަކު މިހާރު މެރީކޮށްގެން މިއުޅެނީ. އަލްޙަމްދުލިއްލާހް. ހަޒްވީ ބިޒްނަސް ކަމަކު މެލޭއަށް ގޮސް. އެހެންވެ ދޮންބެ ގޮވައިގެން ޝޮޕިންގްއަށް އައިސް މިއުޅެނީ.” މަލްހާގެ ަުސުވާލުތަކުގެ ޖަވާބު ދެމުން އީނާލް ރާއިދްއަށް ބަލައިލަމުން ހިނިތުންވެލިއެވެ. “އޭ ދެން މިތާނގަ ތިބެ ހުރިހައި ވާހަކައެއް ނުދެއްކޭނެ ދޯ. ދީ ފޯން ނަމްބަރ. އޭރަށް ފަހުންވެސް ދިމާވެލެވޭނީ.” އެމީހުން ގާތުންލައިފައި ހިނގަމުންދިޔަ މީހުންނަށް ނަޒަރު ހިންގައިލަމުން އީނާލް އެހެންބުނުމާއެކު ބޯޖަހައިލަމުން މަލްހާ އޭނާގެ ފޯން ނަމްބަރ އީނާލްއަށް ދިނެވެ. އެހުރިހައި އިރު ހައިރާންކަމާއެކު މަލްހާ އާއި އީނާލްއަށް ބަލަހައްޓައިގެން ޔާނިކް ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ.

ދެމީހުން ވަކިވެ ކާރާއި ދިމާއަށް ހިނގައިގަންނަމުން ޔާނިކް އީނާލްގެ މޫނަށް ފަރުވާތެރިކާއެކު ބަލައިލިއެވެ. “އެއީ އަޅުގަނޑުގެ ވަރަށް ކްލޯޒް ފްރެންޑެއް.” ކާރަށް އަރައި ހަމަޖެހިލަމުން އީނާލް ބުނެލިއެވެ. ޔާނިކް ނިތްއަރުވައިލީ އެހެންހޭ އަހައިލާފަދަ ގޮތަކަށެވެ. “އަޅުގަނޑު ކޯސް ހަދަން ލަންކާއަށް ގޮސްހުއްޓަ އަޅުގަނޑުމެން ދިމާވީ. މަލޫ އަބަދުވެސް އެހެންމީހުންނަށް ވަރަށް ރަނގަޅުވާނެ. ހިތްހެޔޮ ކުއްޖެއް އެއީ. އޭރުވެސް އޭނައާާ ރާއިދް އުޅުނީ ރަށްޓެހިވެގެން. ކޯސް ނިމުނުފަހުން އަޅުގަނޑުމެން ދިމާނުވޭ. އެހެންނުވާާނީ. މިކޮޅަށް އަންނަން ފުރަންއޮތް ދުވަހު އަޅުގަނޑު އަތުން ފޯން ވެއްޓި ހަލާކުވީ. އެހެންވެ މަލޫގެ ނަމްބަރވެސް ގެއްލުނީ. އެހައި ދުވަހައްފަހު އަޅުގަނޑުމެން މިިދިމާވީ އަދި.” އީނާލް ކުރީގެ ހަނދާންތަކެއް އައު ކޮށްލިއެވެ.

އޭނާއަކީ އެއްއިރެއްގައިވެސް އާއިލީ ވިޔަފާރި ތެރެއަށް ވަންނަން ވިސްނިމީހެއްނޫނެވެ. އެހެންކަމުން އޭލެވެލް ނިންމުމަށްފަހު އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާއިން ކިޔަވަން ގައުމުން ބޭރަށް ދިޔައީއެވެ. އެދެމީހުން ދިމާވީ ކޮލެޖުން ނަމަވެސް އެދުވަސްތަކުގައި އެދެމީހުންގެ ދެމެދުގައިވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އީނާލްގެ ވާހަކަތަކަށް ޔާނިކް ހިނިތުންވެލިއެވެ. “ކޮއްކޮއަށް އިނގޭތަ؟ އެއީ ދޮންބެގެ ޕީއޭ އޭ.” އެއްއަރިއަކަށް ހެވިފައި އިނދެ ޔާނިކް ބުނެލިގޮތުން އީނާލްގެ ދެލޯބޮޑުވެގެން ދިޔައެވެ. “ކީކޭ؟ ދޮންބެ ނުވެސް ބުނަމެއްނު.” ކުޑަކުއްޖަކު ފަދައިން އީނާލް ޝަކުވާކޮށްލިއެވެ. “ދޮންބެއަށް ކިހިނެއްތަ އިނގެނީ އެއީ ނާލްގެ ފްރެންޑެއްކަމެއް. ހެހެ. އެހެންނޫންނަމަތާ ބުނެވޭނީވެސް.” އިސްތަށިގަނޑުގައި އަތްހިންގައިލަމުން ޔާނިކް ބުނެލިއެވެ.

ކިތަންމެ ހަމަޖެހިފައިކަމަށް ހެދިގެންއިނަސް ޔާނިކްގެ ސިކުނޑި ހީވަނީ ގޮވައިފާނެހެންނެވެ. މަލްހާއަކީ އެހެން މީހެއްގެ މިލްކެއް ނަމަވެސް އެފަދަ ގޮތަކަށް އޭނާގެ ފިރިމީހާއާއި އެކުގައި ފެނުމުން ޔާނިކްގެ ހިތް ފިސްފިސްވަމުން ދިޔައެވެ. ހިތުގައި އަޅަމުންދާން ވޭނަށް ކެތްތެރިވާން އިރެއް އިރަކަށް ކެތްކުރަން އުނދަގޫވަމުން ދިޔަނަމަވެސް އީނާލްގެ ކުރިމަތީގައި ހިނިތުންވެލައިގެން ޔާނިކް އިނީ ހިތްވަރުކުރަން ބޭނުންވާތީއެވެ. ހިތުގައި އުތުރި އަރަމުންދިޔަ ޝަކުވާތައް ހިއްސާކުރާނީ ފަހެ ކާކާހެއްޔެވެ؟ އޭނާއަކީ އެއްއިރެެއްގައިވެސް އެހައި ގާތް އެކުވެރިންތަކެއް ގެންގުޅުނު މީހެއްނޫނެވެ.

އެކިކަންކަމާމެދުގައި ވިސްނަންއިން ޔާނިކް ސިހުނީ އީނާލް އޭނާގެ އަތުގައި ކޮށްޓައިލުމުންނެވެ. ވަރަށް ފަރުވާތެރިކަމާއެކު ޔާނިކްގެ މޫނަށް ބަލަމުންދިޔަ އީނާލް ފެނުމުން ޔާނިކް ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދައިންނެވެ.

“ދޮންބެ ރޮނީތަ؟” ހައިރާންކަމާއެކު އީނާލް އެހެން އަހައިލީ ދުވަހަކުވެސް ޔާނިކް ރޮއިމަންޒަރު އޭނާއަށް ފެނިފައި ނުވާތީއެވެ. ކުއްލިއަކަށް ޔާނިކްގެ ލޮލުން ކަރުނަ އޮހޮރެންވީ ސަބަބެއް އީނާލްއަކަށް ނުވިސްނުނެވެ. އޭނާއަށް އަނެއްކާ އެއްޗެއް ބުނެވުނީބާވައެވެ؟

“އޭ.. ދޮންބެ.. ދޮންބެ ނުރޮމެއްނު.” ހަމަޖެހެން މަސައްކަތްކުރަމުން ޔާނިކް ގަދަކަމުން ހިނިތުންވެލިއެވެ.އެއާއެކު ނިތަށް ރޫއަރުވައިލަމުން ނުރުހިފައި އީނާލް ޔާނިކްގެ މޫނަށް ބަލައިލިއެވެ. އީނާލްގެ މިއަމަލުން ހައިރާންކަމާއެކު ޔާނިކް އީނާލްއާއި ދިމާއަށް ބަލަން އިނެވެ.

“އެހެންތަ؟ ދޮންބެ ހަމަ އަސްލަށްވެސް ނުރޮން؟ އެހެންވީއިރު މީކޮންއެއްޗެއްތޯ އަޅުގަނޑަށް އަހައިލެވިދާނެތަ؟” ޔާނިކްގެ ކޯތާފަތްމަތިން ތިރިއަށް ފައިބަމުންދިޔަ ކަރުނަތިއްކެއްގައި އަތްޖައްސައިލުމަށްފަހު ޔާނިކްއަށް ދައްކައިލަމުން އީނާލް އަހައިލިއެވެ. އޭނާގެ ލޮލުން އަމިއްލަ އިޚުތިޔާރުން ބޭރުގައި ކަރުނަ ފައިބަމުންދިޔަކަންވެސް ޔާނިކްއަށް އިނގުނީ ދެެނެވެ. ހިތުގައި ރިހެމުންދިޔަވަރުން އެކަރުނަތައް ފައިބަމުންދިޔަކަންވެސް އޭނާއަށް އިހުސާސުނުވީއެވެ.

“އެއީ.. އެއީ.. ދެންމެ ދޮންބެ..” ދޭނެ ޖަވާބެއް ޔާނިކްގެ ސިކުނޑިއަކަށް ނައެވެ. އޭނާއަކީ އެއްއިރެއްގައިވެސް ދޮގުހެދި މީހެއްނޫންކަމުން ދޮގުހަދައި އޮޅުވައިލާކަށްވެސް ޔާނިކް ބޭނުމެއް ނުވިއެވެ. އިސްޖަހައިލި ޔާނިކްއާއި ދިމާއަށް ބަލަހައްޓައިގެން އީނާލް އިނީ ބަސްހުއްޓިފައެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އޭނާާގެ ދޮންބެ އުޅުނުގޮތެއް ނޫންވިއްޔާއެވެ. އޭނާގެ ދޮންބެގެ ހިތަށް ކޮންމެވެސް ބޮޑުކަމެއްގެ ސަބަބުން ތަދުވަމުންދާކަން މިއަދު އީނާލްއަަށް ޔަގީންވެއްޖެއެވެ. އެހެނަސް އެހިތަށް ތަދުކުރާ ސަބަބު އަދި އަދައްދާންވެސް އޭނާއަށްވަނީ ނޭނގިފައެވެ. ސުވާލުކުރާ ކޮންމެ ފަހަރަކު ފަހުން ކިޔައިދޭނެކަމަށްބުނެ ޔާނިކް އޭނާާގެ ސުވާލުތަކުން ރެކިގަންނަނީއެވެ.

“މިރޭ ދޮންބެ ޖެހޭނީ އަޅުގަނޑަށް ހުރިހައި ވާހަކައެއް ކިޔައިދޭން.” ހަރަންބަދެލަމުން ސީރިއަސްކަމާއެކު އީނާލް ބުނެލިއެވެ. އެއާއެކު އީނާލްގެ މޫނަށް ބަލައިލަމުން ޔާނިކް ދެފަރާތަށް ބޯހޫރުވައިލިއެވެ. އޭނާ ހުރިހައި ވާހަކައެއް އީނާލްއަަށް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އައި ހުރިހައި ބަދަލެއްއައީ އަންހެންކުއްޖެއްދެކެ ވެވުނު ލޯތްބެއްގެ ސަބަބުންނޭ ބުނާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހިތުގައި ރަނިކަންކުރަމުންދާ އެއަންހެންކުއްޖަކީ މަލްހާއޭ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟

“ނޫން. ލައްކަދުވަހު އަޅުގަނޑަށް ސިއްރުކުރެވިއްޖެއެއްނު. ދެން ކިޔައިދީ.” ނުރުހުންވެފައި އީނާލް ބުނެލިގޮތުން ޔާނިކް ކަންބޮޑުވިއެވެ. މަލްހާއަކީ ދުވަހަކުވެސް އޭނާއަށް ލިބެންނެތް ނަސީބެއްކަން އިނގޭއިރު އެވާހަކަ ދައްކާކަށް ޔާނިކް ބޭނުމެއްްނުވެއެެެވެ. އެހެނަސް އީނާލް ގޮތްދޫނުކުރާނެކަން އޭނާއަށް އިނގެއެވެ. އެހުރިހައި ވާހަކައެއް އިނގުމުން އީނާލްގެ ހިތަށްއަރާނީ ކީކޭކަމެއްވެސް ނޭނގެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފުންނޭވައެއްލަމުން ޔާނިކް އީނާލްގެ މޫނަށް ބަލައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (37)

  1. Nau

    Salaam all.. Here is the 7th part.. Hope u guys like this part too.. Let me knw the mistakes. Nxt part in sha allah tmrw.. Enjoy reading.. What will hppn to eenaal when she knws her brother loves malhaa..?? Hehe
    Have a nice day.. And kyp waiting.. Ly all my dears.. ?❤

  2. g...

    me first tha nau

    1. Nau
      g...

      Yes dear.. U first. ?

  3. Azu

    Alhey v kuruhen heevanee…kiyaa hithun inna varun kanneynge dho….haadha reehchey vaahaka…enal is my daughter’s name…?

    1. Nau
      Azu

      Awwn really.. Maasha allah.. Thats a beautiful name.. Hehe. Btw thanks dear.. ❤

  4. Zaaraa

    Vahaka v reethi ?? kommedhuvahaku up kohdhythee v happy ??adhi thankolheh dhigukon Lanfeny ?? waiting for next part

    1. Nau
      Zaaraa

      Hehe will try ingey dear.. Thanks alot?

  5. EHLEE

    Wow v reetih???

    1. Nau
      EHLEE

      Thanks dear?

  6. g...

    Mi part ves v salhi.. thanks nau baraabarah vaahaka up kuraathee…. mi vaahaka v salhi…. ❤❤nau ge vaahakaehnu so salhi vaanethaa dho…….?? hehe

    1. Nau
      g...

      Hehe awwn so sweet.. Thanks alot my dear❤

  7. g...

    mi partves v salhi… thanks nau baraabarah up kuraathy… mi vaahaka v salhi…❤❤❤ nau ge vaahakaehnu so salhi vaanethaa dho….. hehe??

  8. Anonymous

    Wow… vvv reethi. .. adhives kiyaa hiyy vany. .

    1. Nau
      Anonymous

      Thanks alot dear❤

  9. Blacky

    Maves beynun yaanik haa loabi firieh ?adhi ehaa rom

    1. Nau
      Blacky

      Alhey.. Hehe.. In sha allah u will get.. Thanks dear❤

  10. Pinky shifoo

    Wonderful ❤️❤️❤️❤️… V v v reethi mi part vx Maasha Allah ????… Eenaal will be shocked when she found the truth… Heheheh.. Curiously waiting for the next part ???… Lots of love and take care ❤️❤️❤️??????

    1. Nau
      Pinky shifoo

      Thanks alot my dear.. Ya dhw. Lets see wat hppns.. Lots of love n tvgc❤

  11. g...

    Comment kuran ulhe ulhe nukurevun… enme fahun eynee dhefaharah comment vefa

    1. Nau
      g...

      Hehe ya somtimes that hppns

  12. Shann

    Alhey dhen kihinehbaa dhw yaanik hadhaany?? E vaahakathah kiyaadheynebaa dhw… Story kiyamun dhiyairu hama hyvy asleh hen… Sifakurun v ves furihama…

    1. Nau
      Shann

      Awwn thanks alot my dear.. Lets see wat hppns.. ❤

  13. Nee

    Wowooo.thanks

    1. Nau
      Nee

      Wlcm n thanks dear❤

  14. Xxxx

    V.reethi vaahaka eh?????? ??

    1. Nau
      Xxxx

      Thanks alot dear❤

  15. Mary

    MashaAllah vara reethi????

    1. Nau
      Mary

      Thanks alot my dear.. ❤

  16. abhy

    varah reethi

    1. Nau
      abhy

      Thanks dear❤

  17. Sham

    Vrh reethi ?? eenaal n sham’al ?? nice… Dhn ekm yaanik haadha dheravaaney dhw? eenaal ah truth engunyma how will be her reaction???? Reethi gothakah dhany mi story ❤️❤️ raaidh fenunyma nervous vaa kuhjjaa kobaa tha???? Heheh.. waiting for next part ? good luck ??

    1. Nau
      Sham

      Hehe lets see dhw.. Livyaa ge bai annaane maadhamaige baiga.. Hehe.. Btw thanks my dear?

  18. Nau

    Hey guys tday ge bai in sha allah mendhuru 2 ga upkoh dheynan ingey..

  19. Fan of yalvi

    Vaahaka feshee iru heevi yalvi hen lead akee…ekam dhen malhaa lead ah laafa ehn characters gina kureema foohi..

    1. Nau
      Fan of yalvi

      Hey dear. Mi stry ga ulhey hurihaa characters akyvx hama lead characters.. Specially malhaa raaidh yaanik n livya.. Btw livya ge bai annaany thankolheh fahun.. Ebai genaumuge kurin mi bai thah important vyma ihah ehn characters ge bai gennany..

    2. Nau
      Fan of yalvi

      N yes.. Dhn kuriah huri parts thakuga livya ge bai gina vaane.. Cox livya ge bai bodah important vaany malhaa vihaa hisaabun feshigen.. So kyp waiting.. Anyway thanks dear.. ?

  20. Raashi

    ????????

Comments are closed.