Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (61)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 6, 2018 11 Mins Read
17 Comments

“ޑޯންޓް ވޮރީ އިނގޭ” މިރޭ ބަލާ އަންނާނަން” ޔުއާން މައިލީން ގާތު ބުނެލަމުން ޔަޝްމް އާ ވެސް ކުޑަކޮއް ވާހަކަ ދައްކާލާފައި ނުކުތީ މިރޭ މައިލީން އާއި ޔަޝްމް އާއި އެ އާއިލާ ގޮވައިގެން ޔުއާން މެންގެއަށް އައުމަށް ދައުވަތު އަރުވާފައެވެ.

މައިލީން ހިންހަމަ ޖައްސައިދޭން ކިތަންމެ ވާހަކަ އެއްދެއްކިޔަސް ހަގީގަތަކީ އޭނާވެސް ނުތަނަވަސް ވެފައި ވާކަމެވެ. އޭނާގެ ހިތްވެސް ނުލާހިކު ބާރަށް ތެޅެމުން ދާކަމެވެ. އޭނާގެ ފައިން ވެސް ތުރު ތުރުއަޅާކަމެވެ. އެހެންނަމަވެސް މައިލީން އަށް ލިބިދާނޭ ނުތަނަވަސް ކަމަކުން ދުރުކޮއްދިނުމަށް އޭނާ އެ ދަނީ ހަމަޖެހިފައި ހުރިކަމަށް ދައްކަމުންނެވެ. ރޭގަނޑުގެ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ޔުއާން ގެ ހިތް އަވަސްވެ އަތްފައި ފިނިވަމުން ދިޔައެވެ.

އަނެއްކޮޅުން މައިލީން ގެ ހާލަކީ ކޮބައިތޯއެވެ. އާއިލާ އެއްކޮއް ގޮވައިގެން މި ދެވެން އުޅެނީ ކޮން ފެންވަރެއްގެ ކާކުގެ ގާތަށް ކަމެއް އޭނާ އަކަށް އޮޅިފައެއްނެތެވެ. އެހެންނަމަވެސް އަދިވެސް އޭނާ ހުރީ އެކަން އެގޮތަށް ނުކުރުމަށް ބުނަން ބޭނުންވެފައެވެ. އައިކަލް އަކީ އެ ހޮސްޕިޓަލް ގެ ބޮޑު މީހާއެވެ. އެއޮއްބޮޑު ކީ ހޯލްޑާރސް އޮފީހުގެ ވެރިޔާއެވެ.

އެހާ ބޮޑު މީހެއްގެ ކައިރިއަށް ޔުއާން އާ އެކިވިޔަސް ދާން އޭނާ ހުރި ޖެހިލުންވެފައެވެ. އާރާ އާއި ޝާލީން ވެސް ތިބީ ހަދަން ވީ ގޮތެއްނޭގިފައެވެ. ކިތަންމެ ދާން ބޭނުން ނޫނަސް މައިލީން އެކަނި ދޫކޮއްލަން އޭނާގެ ހިތެއް ނޭދެއެވެ. ހާމަކޮއްލާ ހަގީގަތުން އެމީހުން މައިލީން އަށް ހަދާލާނެ ގޮތެއްވެސް އެނގެނީއެއްނޫނެވެ.

އާރާ ގެންގުޅޭ ވާހަކަ ފޮތްތަކުގައިވެސް މިކަހަލަ ކަމެއް ދިމާވުމުން ފިރިހެން ކުއްޖާ ގެ އާއިލް ނުގަބޫލްވެއެވެ. އަންހެންކުއްޖާ ނިކަމެތި ކޮއްލަނީއެވެ.

އެމީހުންގެ އަބުރާ އިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ގޮތަކަށް އެމީހުން ކަމެއްނުކުރާނެއެވެ.

އެހެން ވެއްޖެ ކަމުގައި ވަނީނަމަ އޭނާ އާއި އާރާގެ ގުޅުމަށްވެސް އެމީހުން ގަބޫލެއް ނުވާނެއެވެ.

ދިމަ ދިމާލުން އައިސް އާރާގެ ވިސްނުން ގުޅެމުން ދިޔައެވެ.

ރޭގަނޑު ބަރާބަރު އަށެއްޖެހިތަނާ ޔުއާން ގުޅިއެވެ.

“ލީން ތިރީގަ މިހުރީ ފައިބާ އެންމެން” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން ޔަޝްމް ގޮވައިގެން ފޭބިއެވެ. އޭނާގެ ފަހަތުން ޝާލީން އާއި އާރާވެސް ފޭބިއެވެ. ޝިޔާޒް ވީ ޕޮލިހުގައި ކަމުން އޭނާ އަށް އާދެވޭ ގޮތެއްނުވިއެވެ.

މައިލީން ފަހަތަށް އެރީ ޔަޝްމް ކާރުގެ ކުރީ ޝީޓްގައި ޔުއާން ގެ އެދުމަށް ބައިންދާފައެވެ. އެވަގުތު ޔަޝްމް ގެ އަތުގައި މައިލީންގެ ފޯނު އޮތުމުން އޭނާ އެ ފޯނުން އަޅުވައިގެން އިން ގޭމަށް ސަމާލުކަން ދީގެން ނިކަން ހެވިފައި އިނެވެ. އޭނާ އިނީ ވަރަށް އުފަލުންނެވެ. މައިލީން އާއި އާރާ އަދި ޝާލީން ފަހަތަށް އެރިއެވެ. އެއާއެކު ޔުއާން ދުއްވާލިއެވެ.

“މައި ޕްރިންސެސް ގޭމް ތަ މިކުޅެނީ” ޔުއާން އަހާލިއެވެ. އެކަމަކު ޔަޝްމް ގެ ސަމާލުކަން ޔުއާން އަށް ދެވޭކަމަކަށް ނުވިއެވެ. އޭނާ އިނީ ގޭމް އަށް ވަދެ ހުސްވެފައެވެ. މަގުމައްޗަށް ސަމާލުކަން ދީގެން އިނަސް އޭނާގެ ވިސްނުން ދަތުރު ކުރަމުން ދިޔައީ އެހެން މިސްރާބަކަށެވެ. އޭނާވެސް ވަނީ ހާސްވެފައެވެ.

ޒާރިވާ އަތް މަތި އަވަސްކޮއްލީ ޔުއާން ގުޅާފައި އެބަޔަކު ގޮވައިގެން މިދަނީ އޭ ބުނުމުންނެވެ. ގޭގެ ފަހަތު ގޯތިތެރޭގައި ހުރ ވިނަގަނޑު މަތީގައި ބަހައްޓާފައިާ ދިގު މޭޒުގގައި ތަފާތު ވައްތރުގެ ކާއެއްޗެހި ހުއްޓެވެ. އެތަން ހިާކޮއްފައިވަޏި އެންމެ ޒަމާނީ ފެންވަރަށް ރީތި ޑިޒައިނަކަށެވެ.

ނުސްރާވެސް ޒާރިވާ އާ އެކީ ކަންތައް ތަކުގައި އެހީވަމުން ދިޔައެވެ.

އެތަނުގައި ދިއްލާފައިހުރި ބޮކިތަކުން ތަފާތު ރީތިކަމެއް އެތނުގައިވިއެވެ.

މައިލީން މެނަށް ފެނުނު ބޮޑު ގޭޓަށް އެމީހުން ތިން މީހުނަށްވެސް ބަލަހައްތައިގެން ތިބެވުނީ މިއާދެވެނީ އެމީހުންނަށް އެކަށީގެންވާ ތަނަކަށް ނޫނޭ ހިތަށް އަރާހާލުގައެވެ. އެ ގޭޓް ފެނިފަވެސް މައިލީން ގެ ހިތުގެ ހިނގުން އިހުނަށްވުރެ ބާރުވިހެން ހީވިއެވެ.

އޭނާ އަށް މި ވަދެވެނީ ކޮންތަނަކަށް ބާއޭ ހިތަށް އެރިއެވެ.

“ޔުއާން ވެއިޓް” ޝާލިން ގެ އަތަށް ބާރު ކޮއްލުމާއެކު މައިލީން އަށް ބާރަށް ބުނެވުނެވެ. އެއާއެކު ޔުއާން އަށް ބުރަކި ޖައްސާލެވުނެވެ. އޭނާ މައިލީން އަށް ބަލާޅިއެވެ. އެ ހާސްކަމުން އޭނާ ނަގަންވީ މާނައެއްނޭގުނެވެ. މައިލީންގެ މޫނުމަތިން އޭނާ އަށް ފެނުނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. ނޭގޭ ބިރުވެރިކަމެކެވެ.

“ލީން ވަޓް ހެޕެންޑް” ޔުއާން އަހާލިއެވެ. އެއާއެކު މައިލީން އަނެއްކާވެސް އޭނާ އަށް މިކަމެއް ނުާނެޔޭ ބުނެލއެވެ. “ނޯ ލީން… ކިހިސާބަށް އައިސް ނުހުއްޓޭނެ ދެން… ބީ ބްރޭވް” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން ދެން ވެސް ނޫނެކޭ ބުންޏެވެ.

“ލީން… ޔުއާން އިޒް ވިތް ޔޫ… ކޮން ކަމަކާ ބިރުގަންނަނީ… ދެން ބިރު ނުގަންނައްޗޭ އިނގޭ” ޝާލީން ނުތަނަވަސްވެފަ އިނަސް އޭނާ މައިލީން ހިންހަމަ ޖައްސައިދިނެވެ.

ޔުއާން ކާރު ދުއްވާލީ ލޯގަނޑު ކޮޅުން މައިލީން އަށް ބަލަން އިނދެއެވެ. އޭނާ އިރު ކޮޅު ކޮޅުން ޔަޝްމް އަށް ވެސް ކަޅި އެއްލައެވެ. ގޭޓުން ކާރު ވައްދާލުމާއެކު މައިލީންގެ ހިތް ވެސް މަޑު ޖެހިލިހެން ހީވިއެވެ. އޭނާ ފުން ނޭވާއެއްލިއެވެ. ޔުއާންވެސް އިނީ ފިނިވެފައެވެ. އޭނާގެ ހާލުވެސް ކޮންމެވެސް މީހަކަށް އެނގޭނެނަމައެވެ.

ޔުއާން ގޭގެ ދޮރުމައްޗަށް ކާރު ހުއްޓާލުމަށްފަހު އެވަގުތު އެތަނަށް އައިސް މަޑު ކޮއްލި ޑްރައިވަރު އަތަށް ތަޅުދަނޑި ދީފައި ކާރު ގަރާޖާ ހިސާބަށް ގެންގސް ދިނުމަށް އެދުނެވެ. ދެން އޭނާ ގޮސް ކާރުގެ އަނެއްފަރާތު ދޮރުފަތް ހުޅުވާލާ ޔަޝްމް ބޭލުއްވިއެވެ. ޝާލީން އާއި އާރާވެސް ދެފަރާތުން ފޭބިއެވެ. އެހެންނަމަވެސް މައިލީން އެއް ނުފޭބިއެވެ. އޭނާ އިން ގޮތާސް އިނީއެވެ. ޝާލީން އާއި އާރާކިޔަ ކިޔާވެސް އޭނާ ފައިބާކަށް ނޫޅުނެވެ. ޔުއާން ކައިރުވެލާފައި މައިލީން އަށް ގޮވާލިއެވެ.

“ލީން… ބީ ވިތް މީ… ޓްރަސްޓް މީ… ކޮންމެ ގޮތަކަށް ކަންތައް ދިޔަޔަސް ލީން ދޫކޮށެއް ނުލާނަން” ޔުއާން ގެ އަޑު ގައިވަނި ޔަގީންކަމެވެ. އޭނާ މައިލީން ގެ އާ ދިމާލަށް އޭނާ ގެ އަތް ދިއްކޮއްލިއެވެ. އެ އަތުގައި ހިފާށޭ ބުނާކަހަލައެވެ. މައިލީން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ޔުއާން ލޯ މަރާލަމުން އޭނާ ދިއްކޮއްގެން އޮތް އަތް ހަލުވާލިއެވެ.

މައިލީން މަޑު މަޑުން ޔުއާންގެ އަތުގައި ހިފާލިއެވެ. ޔުއާން އަށް އެއަތުގައި މަޑު ތުރު ތުރު ފާހަގަވީ ކަންނޭގެއެވެ. އޭނާ އެ އަތަށް ބާރުކޮއްލިއެވެ. އަދި މައިލީން ފައިބަން އެހީތެރިވިއެވެ.

އެގޭގެ ހައިބަތު ފެނި މައިލީން އިތުރަށް ފިނިވުން ނޫންކަމެއް ނުވެއެވެ.

ޔުއާން މައިލިން ގެ އަތުގައި ހިފާލައިގެން ދޮރާ ހިސާބަށް ދިޔައެވެ. އަދި އެ އަތުން ދޫކޮއްލަމުން ޔަޝްމް އުރާލިއެވެ. އޭނާ ގޭތެރެއަށް ވަންނަމުން މާމާ އޭ ކިޔާ ގޮވާލިއެވެ. ޝާލީން އާއި އާރާވެސް މައިލިން ގެ ފަހަތުގައި ދެފަރާތަށް ވާ ގޮތަށް މަޑު ކޮއްލައިގެން ތިއްބެވެ.

ޔުއާން ގޭގެ ދޮރުން އެތެރެއަށް ވަނީ ޔަޝްމް ގެ އަތުގައި ހިފާލައިގެން ހުރެއެވެ. އޭނާ ޔަޝްމް އަށް ވެސް ނަޒަރު ހުއްޓާލިއެވެ.

ގޭތެރެއަށް ވަންއިރު ސިޓީން ރޫމްގައި ތިބި އައިކަލް އާއި ޒާރިވާ އަށް ސިހިފައި ބަލާލެވުނެވެ. ޒާރިވާ ވެސް އައިސް ސޯފާގައި އެ ޖައްސާލީ ދެންމެއެވެ. ގިނަ އިރު ކޮލަށް ހުރުމުގެ ސަބަބުން އޭނާގެ ފައިގައި ރިއްސަމުންދިޔައެވެ. އެ ފައި އޭރުވަނީ ކުޑަކޮއް ދުޅަވެފައެވެ.

ޔުއާން ގެ އަތުގައި ހިފާލައިގެން ހުރި ތުއްތު ކުއްޖާ ފެނި އައިކަލް އަށް އެ ދިމާލަށް ހިނގައިގަނެވުނެވެ. އޭނާ ކައިރިވަމުން ދިޔަވަރަކަށް ދެލޯ ބޮޑުވަމުންދިޔައެވެ. ޒާރިވާވެސް އައިކަލް ގެ ފަހަތުން ދިޔައެވެ. އޭނާގެ މޫނުމަތިންވެސް ހައިރާންކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އައިކަލް އަށް އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތްނުވީ އޭނާގެ ހުރިހާ ސަމާލުކަމެއް ޔަޝްމް އަށް ހުއްޓިފައިވީތީއެވެ. ޒާރިވާ އަށް ވެސް ބެލެނީ ޔަޝްމް އަށެވެ.

އައިކަލް ފެނި މައިލީން ގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. މިއީ ޔުއާންގެ ބައްޕަ ހެއްޔެވެ؟. މިއީ އެ ކޮންޕެނީގެ ސީއީއޯ ހެއްޔެވެ؟. އައިކަލް އަކ އެ ކޮންޕެނީގެ ބޮޑުމީހާ ކަމާ ޔުއާން ގެ ބައްޕަ ކަން އޭނައަށް އެ އެނގުނީ މިރޭއެވެ. އައިކަލް އަކީ އެ ކޮންޕެނީ ގެ ބޮޑު މީހާކަމަށް އޭނާ އަށް ކުރިން ލަފާ ނުކޮއްލެވުނީ ކީއްވެހެއްޔެވެ؟. ތަގުދީރުގެ ސަމާސާ ދެކިބަލާށެވެ.

އޭނާ އަށް މަޑު މަޑުން ޝާލީން ގެ ފަހަތަށް ވަދެވުނެވެ. “ކިހިނެތްވީ” ޝާލީން މަޑު މަޑުން އަހާލިއެވެ. މައިލީން ޝާލީން ގެ އަތުގައި ހިފާލަމުން އެއަތަށް ބާރުކޮއްލިއެވެ. އޭނާ ގެ ނޭވަ އަވަސްވަމުން ދިޔައެވެ.

“އިލީ… ހަމަޖެހިބަލަ” ޝާލީން އަށް މައިލިން ގެ ކޯތާފަތުގައި ފިރުމާލެވުނެވެ. މައިލީން ދެފަރާތަށް ބޯ ހޫރާލިއިރު ކަރުނަތަށް އެ ކޯތާފަތް މަތިން ފައިބައިގެން ހިނގައްޖެއެވެ.

“އަފޫ ކިހިނެތްތަ ވީ” އާއިކް ހުރި އަފްޝީން ގެ ކޮޓަރިތެރޭގައެވެ. އަފްޝީން އޭނާގެ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި އެބައޮތް ކަމަށް ބުނުމުން އޭނާ އައީ އެއީ އަނެއްކާ ކޮން ވާހަކަ އެއް ތޯ އެހުމަށެވެ. އެހެން ނަމަވެސް އަފްޝީން ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އެއީ ކޮން ކަމެއްތޯ އޭނާއަށް ލަފާ ކޮއްލާކަށްވެސް ނޭގެއެވެ.

ޔަގީނުންވެސް ވަރަށް ބޮޑު ކަމެވެއްޖެއެވެ. އަފްޝީން އިނގިލީގެ ނިޔަފަތިތައް ހަފަމުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަން ފެށުމުން އާއިކް އައިސް އަފްޝީން ހުއްޓުވާ އޭނާގެ އަތް އަނގައިން ނައްވާލިއެވެ. އަދި އަހާލިއެވެ. އަފޫ ކިހިނެތްވީ”

“އަފޫ ޑޭޑް ބުންޏެއްނު ތިރިއަށް ދާން… އަށްގަޑި ބައިވީ… އަފޫ އަށް ތި ވާހަކަ ނުބުނެވުނެއްނު…” އާއިކް އެންމެ ފަހުން ފުން ނޭވާއަކާ އެކު ބުނެލިއެވެ. އެއާއެކު އަފްޝީން އަށް އާއިކް ގެ ލޮލަށް ބަލާލެވުނެވެ. އަފްޝީންގެ މޫނުމަތިން އެފެނިފައިވަނި ހައިރާން ކަން އެކުލެވޭ ބުނެދޭން ނޭގޭ އަސަރުތަކެކެވެ. އަފްޝީން އަށް ވެފައި ހުރި ގޮތުން އާއިކް އަށް ވެސް އޭނާ ބަހައްޓާފައި ދާކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. އެއީ ހުރި ހަމަ އެކަނި އަންހެން ކޮއްކޮއެވެ.

“އަފޫ ބުނެބަލަ” މީހަކު ކަމެއްކުރީތަ” އާއިކް އަހާލިއެވެ. އޭރު އާއިކް ގެ އަޑުގައިވެސް ހާސްކަމެއްވިއެވެ.

“ނޫން” އަފްޝީން ދެކޮޅަށް ބޯހޫރާލަމުން ބުނެލިއެވެ.

“ދޮންބެ ދޮންބެ…” އަފްޝީން އަށް ހަމަ އެކަނި އިރުގަނޑަކަށް ފަހު ބުެވުނީ ވެސް އެހްނ އެކަންޏެވެ.

“ދޮންބެ” އާއިކް އަފޝީން އަށް ފުން ނަޒަރަކުން ބަލާލިއެވެ.

“ދޮންބެ ގެ ދޮންބެ ގެ ލެޕްޓޮޕް ގަ ހުރި ފޮޓޯ…” އަފްޝީން އަށް އަނެއްކާ ހުއްޓާލެވުނެވެ.

“ފޮޓޯ” އާއިކް ވެސް ބުނެލިއެވެ. އޭނާ ގެ އަޑުން އޭނާ އެ އެދެނީ އަފްޝީން ގާޓު ވާހަކަ ފުރިހަމަ ކުރަން ކަން އެނގެއެވެ.

“އެ ފޮޓޯ ތަކުގެ ހުރި އަންހެން ކުއްޖާ ގެ ބޭބީ އެއްހުރޭ… އެންޑް ހަމަ އެކަނި އެޔެއްނޫން… ހަމަ ދޮންބެ ގެ ލޯ” އަފްޝީން ގެ ވާހަކަ މިހިސާބަށް ދިޔަތަނާ އާއިކް އަށް ފުންނޭވާއެއް އަނެއްކާވެސް ދޫކޮއްލެވުނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އަދި މައްޗަށް ބަލާލެވުނެވެ. ލޯމަރާލަމުން ލޯ ހުޅުވާލިއެވެ.

“ޔޫ ނޯ… ކުޑޭ އަށް އިނގޭ އޯ… އާ… އައި ޖަސްޓް…..” އަފްޝީން އަށް ބުނެވުނެވެ. އާއިކް އަފްޝީން ގެ ގާތަށް ޖެހިލާ އަނެއްކަވެސް އަފްޝީން އާ ކުރިމަތިލިއެވެ.

“ވަރަށް ފަހުން” އާއިކް ބުނެލިއެވެ. އަފްޝީން އަށް ވެސް ހަގީގަތް އެވަނީ އިގިފައެވެ. އެހެން ވެއްޖެ ކަމަށް ވާނަމަ އިތުރަށް ސިއްރު ކުރުމުގެ ބޭނުމެއް ނެތް ތާއެވެ. އަނެއްކޮޅުން ގޭގެ ހުރިހާ އެންމެނަށް ވެސް މިރޭ އެ ހަގީގަތް އެނގޭނެއެވެ. އޭނާގެ ހިތް ވެސް އެބަ ތެޅެއެވެ. ބައްޕަ އާއި މާމަ އަދި ފާއިޒް ބެ ގެ އިތުރުން  ނުސްރާއްތަ ގެ އަމަލް ތައްވެސް ހުންނާނީ ކިހިނެތްކަމެއް ނޭގެއެވެ.

އާއިކް ގެ ވާހަކައިން އަފްޝީން ގެ ހިތުގައި ތަފާތު ސުވާލުތައް އުތުރިއަރަމުން ދިޔައެވެ.

“ލެޓްސް ގޯ” އާއިކް އަފްޝީން ގެ ކޮނޑުގައި ޖަހާލަމުން ތިރިއަށް ދާން ބުނެލިއެވެ. ދެމީހުން ތިރިއަށް މިސްރާބުޖެހިއެވެ.

އާއިކް އެ ތުއްތު ކުއްޖާގެ ގާތަށް ގުދުވިއެވެ. އޭނާ އިށިދެ އިނދެ ޔުއާން އަށް ބަލާލިއެވެ. އަދި އެ ތުއްތު ކުއްޖާ ގެ އަތް ޔުއާންގެ ގެ އަތާ ވަކިކޮއްލިއެވެ. އައިކަލް ކަންތައް ކުރާގޮތް ބަލަން ހުރި މައިލީން ހުރީ ބިރުން ހަލާކުވެފައެވެ.

“ޔުއާން” އޭނާ ޔުއާން އަށް ބަލާލަމުން ގޮވާލިއެވެ. އަދި އަނެއްކާވެސް އެ ކުއްޖާ އަށް ބަލާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާ އަށް އެއްލި ކަޅިއަކުން މައިލީން ލޮލުގައި އަޅައިގަތެވެ. ޝާލީން ގެ ފަހަތަށް ވަންނަމުން އައިކަލް އަށް ފިލަމުން ދިޔަ މައިލީން އާ އެ ކޯތާފަތުގައި ވި ކަރުނަތަށް އޭނާ އަށް ފެނުނެވެ. އެއާއެކު އޭނާއަށް މާޒީގެ ދުވަހެއް މަތިން ހަނދާންވިއެވެ. އަދި އަނެއްކާވެސް އޭނާ އަށް ޔުއާން އަށް ބަލާލެވުނެވެ.

އެނބުރި ޔަޝްމް އަށް ބަލާލާފައި އައިކަލް ޔަޝްމް ގެ ގައިގައި ބައްދާލިއެވެ. އެހެންނަމަވެސް ޔަޝްމް ގެ ފަރާތުން އެއްވެސް ކަހަލަ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. އޭނާ ތެދުވެ ޔަޝްމް އުރާލިއެވެ. އެވަގުތު ޔަޝްމް ގެ ލޮލުގައި އެތާ ހުރި ކޮންމެވެސް އެއްޗެއް އަޅައިގަތެވެ. އެހެންކަމުން އޭނާ ގެ ހުރިހާ ސަމާލުކަމެއް ހުރި އެއަށް ހުއްޓިފައެވެ. އައިކަލް ކުޑަކޮއް ޔަޝްމް ގެ ކޯތާފަތުގައި އަތްލިއެވެ.

އައިކަލް” ޒާރިވާ ކައިރިއަށް ޖެހިލާ ގޮވާލިއެވެ. އެއާއެކު މަޑުމަޑުން އައިކަލް ހޫމް އެކޭ ބުނެލިއެވެ. އަދި ޒާރިވާ އަށް ބަލާލިއެވެ. “ޔުއާން މީ ކޮންކަމެއް” ޒާރިވާ ބުނެލިއެވެ. ސިޑިމަތީގައި ތިބި ދެމީހުންނަށް އެކަންތައް ފެނުމާއެކު އެކަކު އަނެކަކަށް ބަލާލެވުނެވެ. އެމީހުން ދެމީހުން އައިސް ހުއްޓުނު އިރު ނުސްރާ އާ ފާއިޒް ވެސް އައިސް ޒާރިވާ ގެގާތަށް ހުއްޓެނީއެވެ. އެންމެންގެ މެދުގައި ނޭގޭ ނުތަނަވަސް ކަމެއް ވެރިވެފައި ވިއެވެ. ޔުއާން ފަހަތަށް ބަލާލިއެވެ. އެއާއެކު ބިރުގެންފައި ހުރި މައިލީން އޭނާ އަށް ފެނުނެވެ. އޭނާ އައިކަލް އަށް ބަލާލުމަށްފަހު ފަހަތަށް ޖެހިލާ މައިލިން ގެ އަތުގައި ހިފާލިއެވެ. އަދި މައިލީން ގޮވައިގެން އައިކަލް ގެ ކުރިމައްޗަށް އެރިއެވެ.

“ޑޭޑް” ޔުއާން އިސްޖަހާލަމުން ގޮވާލިއެވެ. އެވަގުތު މައިލީން ޔުއާން ގެ އަތް ދަމާގަތެވެ. އޭނާ އިސްޖަހާލީއެތަނުން ގެއްލޭނެ ނަމައޭ ހިތަށް އަރަމުންނެވެ. ކުރިމަށްޗަށް ހުއްޓުނު މައިލީން ފެނި އައިކަލް އަށް މައިލީން އަށް ރަނގަޅަށް ބަލާލެވުނެވެ.

“އެއީ….” އައިކަލް އަށް ވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެވަގުތު ޔަޝްމް އައިކަލް ގެ އުގުންފައިބައިގެން ނުސްރާގެ ގާތަށް ގޮސް ނުސްރާގެ ހެދުމުގައި ޖަހާފައި ހުރި މާގަނޑާ ކުލެން ފެށީ އެ މާގަނޑު އޭނާ އަށް ރީތިވެގެން ނެވެ. އެއާއެކު ކުޑަ ހިނދުކޮޅަކަށްވެސް އައިކަލް ގެ ނަޒަރު ޔަޝްމް އިން ދުރުވިއެވެ. އޭނާ މައިލީން އަށް ބަލާލިއެވެ.

“ޔުއާން” އައިކަލް ގެ އަޑު ބާރުވެ ޔުއާން ގެ ކޯތާފަތަށް އަރައިގެން ދިޔަ ހޫނު ހަމަލާއާއެކީ ޔަޝްމް އަށް ވެސް ސިހުން ލިބުނެވެ. އޭނާ އައިކަލް އަށް ބަލާލަމުން ދުވެފައި މައިލީން ގެ ގާތަށް ގޮސް ފުރަގަހަށް ވަނެވެ. ޝާލީން އައިސް ޔަޝްމް ގެންދަން އުޅެން ފެށުމުން އޭނާ ނުދާން ގަދަ ހަދަން ފެށިއެވެ. އެއާއެކު މައިލީން ޝާލީން ގާތު ޔަޝްމް ބެހެއްޓުމަށް ބުންޏެވެ.

ޝާލީން މައިލީން ގެ ކޮނޑުގައި އަތްލާފައި ދުރަށް ޖެހިލިއެވެ.

“ޔުއާން” އައިކަލް ގެ އަޑު ދެވަނަ ފަހަރު އެއަށް ވުރެ ބާރު ވުމާއެކު އަނެއްކާވެސް އޭނާގެ އަތުގެ ހަމަލާއެއް އައެވެ. ޔުއާން އަށް ލޯ މަރާލެވުނެވެ.

“ލަދެއް ނުގަނޭތަ؟” އައިކަލް އެހާ ރުޅިއައިސް ހުއްޓާ އެއްވެސް މީހަކު ނުދެކެއެވެ. ޒާރިވާ އައިސް އައިކަލް ގެ ކޮނޑުގައި ހިފާލަމުން ރުޅިމަޑުކުރުމަށްބުންޏެވެ. ދުވަހަކު ދަރިއަކާ ދިމާލަށް ބާރަށް އެއްޗެއް ކީކުރަން އަތުގެ އިނގިލި ކުރިވެސް ނުރުހުމުގައި ޖައްސާލާފައި ނުވާ އައިކަލް އަށް ލޯ މަރާލާ ރުޅިމަޑުކުރަން މަސައްކަތް ކުރީ ރުޅިއަކީ ހުރިހާ ކަމެއްގެ ހައްލެއްނޫން ކަން ވިސްނުނެވެ.

“ޔުއާން އަށް ލަދެއް ނުގަނޭހޭ” އަނެއްކާވެސް ވެސް ޔަޝްމް އަށް ނަޒަރު ހުއްޓުމާއެކު އައިކަލް އަށް ބުނެވުނެވެ. ޔުއާން އަށް ޔަޝްމް އަށް ބަލާލެވުމާއެކު ބައްޕަ ކައިރީގައ ޔަޝްމް ގެ ކުރިމަތީގައި ތިގޮތަށް ކަންތައް ނުކުރަން އެދެން ބޭނުންވި އެވެ. އެހެންނަމަވެސް އޭނާގެ ދުލުގައި ތަޅެއްލެވިފައިވާ ކަހަލައެވެ. އަނގައިން އެއްވެސް ބަހެއް ނުނުކުތެވެ.

“މަންމީ” ދެން އެންމެން ގެ ސަމާލުކަން ހުއްޓުނީ މައިލީން ގެ އަތުގައި ހިފައިލައިގެން ހުރި ޔަޝްމް ގެ އަޑުންނެވެ. “މަންމީ” ޔަޝްމް އެހެން ބުނެލި ދެވަނަ ފަހަރު ބުނެލި ގޮތުން މައިލީން އަށް އައި ޔުއާން އަށް ވެސް ކަމެއް ގޯސް ވެއްޖެކަމަށް އިނގުނެވެ.

މައިލީން އަވަސް އަވަހަށް ތެދުވިއެވެ. އަދި ޔަޝްމް ގާތު ކިހިނެތްވީހޭ އަހާލިއެވެ. “މަންމީ” ޔަޝްމް ކުރުވަމުން ދިޔަ ނޭވާ އާ އެކީ އަނެއްކާވެސް ބުނެލިއެވެ. “ޔަޝޫ” ޔަޝްމް އަށް އިތުރު ގޮތެއް ވަމުން ދިޔަހެން ހީވުމާއެކު މައިލީން އަށް ޔުއާން އަށް ގޮވާލެވުނެވެ. މައިލީން ގެ އެ ގޮވާލުމުގައި ވި ނުތަނަވަސްކަމާއި ހާސްކަމުން ޔުއާން އައިކަލް އަށް ބަލާލުމަށްފަހު ތިރިވިއެވެ. އޭނާ ޔަޝްމް އާ ވާހަކަ ދެއްކިއެވެ.

“ބިރުގަތިތަ މައި ޕްރިންސެސް” ޔުއާން ބުނެލިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މައިލިން ގެ ލޯ ފެންކަޅިވެގެން ދިޔައެވެ.

“ޑެ… ޑީ” ޔަޝްމް އެންމެ ފަހު ފަހަރަށް ޑެޑީ އޭ ބުނިއިރު މަޑު މަޑު ތުރުތުރަކާ އެކު އެ ދެލޯ މެރިގެން ދިޔައެވެ.

“ޔަޝޫ” މައިލީން އަށް ބާރަށް ގޮވާލެވުނެވެ. ޔުއާން އަށް ވެސް ޔަޝްމް ތަޅުވާލެވުނެވެ.

“ޔަޝޫ ޔަޝޫ ޔަޝޫ” ޔުއާން ގޮވަމުން ދިޔައެވެ. އެތަނުގައި މެޑިކަލް ގެ ދާއިރާއިން ކިޔަވައިގެން ހުރީ އެކަނި އޭނާއެވެ. ދެން ހުރީ އަފްޝީންއެވެ. އަފްޝީން އަށް ވެސް މިފަދަ ހާލަތުތަކުގައި ކަންކުރަންވީ ގޮތް ފަސްޓް އެއިޑް ގެ ބައިތަކުންނާ އެކަހަލަ ވޯކްޝޮޕް ތަކުން އިނގިފައިވާތީ އޭނާ އަވަސް އަވަހަކަށް އައިސް ޔުއާން ގެ އަނެއްފަރާތުގައި އިށީނެވެ. އަދި މައިލީން ގާތު ކުޑަކޮއް ދުރަށް ޖެހިލުމަށް ބުނެލިއެވެ. ޔުއާން އަވަސް އަވަހަށް ސޯފާގާތަށް ގޮސް  ކުޝަން އެއް ހިފައިގެން އައިސް ޔަޝްމް ގެ ބޯދަށައް ލައްވާލިއެވެ.

“ކޯލް އެން އެންބިއުލާންސް” ޔުއާން އަށް ބުނެވުނެވެ. އައިކަލް ވެސް ފޯން ނަގާ އެންބިއުލަންސްއަށް ގުޅަން އަވަސްވެގަތެވެ. ވަގުތު ގެ ނާޒުކުކަމުން އެކަކަށްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ފާއިޒް ގާތު ނުސްރާ ހުއްޓި ހުރި އިރު އިރުކޮޅަކާ ފާއިޒްގެ މޫނަށް އޭނާ ބަލާލައެވެ.

“ދޮންބޭ…”އަފްޝީން ދެން ޔުއާން އަށް ގޮވާލިއެވެ. އޭނާ ގެ އެހީތެރިކަމާއެކު ޔަޝްމް އަށް ފަރުވާދޭން ފެށުނެވެ. “ޔަޝޫ” ޔަޝްމް ގެ ފައިގައި ހިފައްޓައިގެން އިން މައިލީން އަށް ބާރަށް ރޮއިގަނެވުނެވެ. އެއާއެކު ޝާލީން އާއި އާރާ އައިސް މައިލީން ގެ ދެފަރާތުގައި އިށީނެވެ. އެމީހުންގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ހަދަންވީ ގޮތެއް އެކަކަށް ވެސް ނޭގެއެވެ.

“ޕްލީޒް… ފާސްޓް” ޔުއާން އަށް އައިކަލް އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އައިކަލް އެމްބިއުލަންސް އަށް ގުޅައިފީމޭ ބުނެލިއެވެ. އާއިކް ވެސް އައިސް ޔުއާން ގާތުގައި ހުއްޓިލާ ޔުއާން ގެ ކޮނޑުގައި ޖަހާލާފައި ހިތްވަރު ކުރުމަށްބުންޏެވެ. “ދޮންބޭ ހިތްވަރު ކުރޭ… ދޮންބެ މިތާ ހުރީ” އާއިކް ބުނެލިއެވެ.

އެއާއެކު ޔުއާން އަށް މައިލީން އަށް ބަލާލެވުނެވެ. މައިލީންގެ ލޮލާ އޭނާގެ ލޮލާ ސީދާވިއެވެ. އެ ނަޒަރު ސީދާވެގެން ދިޔައީ ދެތިން ސިކުންތަށް ކަމުގައި ވިޔަސް ދެމީހުންނަށް ވެސް އެތަކެއް ވާހަކަ އެއް ބަދަލު ކުރެވުނެވެ.

“ޔަޝޫ ވޭކް އަޕް” ޔުއާން އަށް ހަޅޭއް ލަވައި ގަނެވުނީ ޔަޝްމް ގެ ފަރާތުން އެއްވެސް ކަހަލަ ހަރަކާތެއް ނުކުރީމައެވެ. ޔުއާން އަދިވެސް ޔަޝްމް އަށް ސީޕީއާރ ދެމުން ދިޔައެވެ. އޭނާ އަފްޝީން ގާތުވެސް ކުރަމުން ދިޔަ މަސައްކަތް ހުއްޓާނުލުމަށްބުނެލިއެވެ. އޭނާ ޔަޝްމެ ގެ މެއާ ދިމާލަށް ފިއްތާލާ ކޮންމެ ފަހަރަކު ދެލޯ މަރާލަމުން ދިޔައީ ހެއްދެވި ފަރާތަށް ދުއާ ކުރާ ހާލުގައެވެ.

މާގިނަ އިރެއްނުވެ އެންބިއުލެންސްގެ ސައިރެންގެ އަޑު އިވުމާއެކު ޔުއާން އަށް އޭނާ މަރައިގެން އިން ލޯ ހުޅުވާލެވުނެވެ. އެމބިއުލެންސް އައުމާއެކު ޔަޝްމް އެންބިއުލެންސަށް އެރުވިއިރު ވެސް ހޮސްޕިޓަލުން ފޮނުވި ޑޮކްޓަރު ހުއްޓެވެ. އެހެންނަމަވެސް ޔަޝްމް އަށް ޓިއުބްގުޅީވެސް ޔުއާން އަމިއްލައަށެވެ. އޭނާ އަވަސް އަވަހަށް ޑްރައިވަރު ގާތު ހޮސްޕިޓަލަށް ނައްޓާލަން ބުނުމާއެކު މައިލީން އައިސް އެރިއެވެ. އޭރުވެސް އޭނާ ދިޔައީ ރޮމުންނެވެ. ޝާލީން އަށް އިޝާރާތް ކޮއްލުމާއެކު ޝާލީން އައިސް މައިލީން ގާތަށް އެރިއެވެ. އާރާ ވެސް ހިނގައިގަތީ އެންބިއުލަންސް އަށް އަރާށެވެ. އެހެންނަމަވެސް އޭނާ ގެ އަތުގައި އާއިކް ހިފެއްޓީ އާރާ އޭނާ އާއެކީ އޭ ދާނީ ބުނަމުންނެވެ. އެއާއެކު އާރާ އެއްފަހަރު އައިކަލް އަށް އަނެއްފަހަރު ޒާރިވާ އަށް ބަލާލިއެވެ. ނަސީބަކުން އޭނާގެ އަތުގައި އާއިކް ހިފެއްޓިތަން ޒާރިވާ އަދި އައިކަލް އަކަށް ވެސް ނުފެނެއެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ފަހަތަށް ބަލާލަމުން އެއްލި ކަޅިއަކުން ނުސްރާ އާއި ފާއިޒް ގެ ކަޅި އެދެމީހުންނަށް ހުއްޓިފައިވީތަން ފެނިގެން އާރާ އަށް އާއިކް ގެ އަތަށް ބާރުކޮއްލެވުނެވެ.

އާއިކް އާރާ އަށް ބަލާލަމުން ވީ ގޮތް ސުވާލުކޮއްލިއެވެ. އެހެންނަމަވެސް އާރާ އަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން އާއިކް ގެ އަތް އޭނާގެ އަތުން ނައްޓާލިއެވެ. އާއިކް އަށް އެއްޗެއް ހީވެގެން ބަލާލިއެވެ. އެއާއެކު އޭނގެ ލޮލުގައިވެސް ނުސްރާ އާ ފާއިޒް އަޅައިގަތެވެ.

“ޑޭޑް… އަޅުގަނޑު ދަނީ” އާއިކް އައިކަލް ގާތު ބުނެފައި ގަރާޖަށް ގޮސް ކާރުނެރުނެވެ. އަދި އައިސް މަޑުކޮއްލަމުން އާރާ އަށް އެރުމަށ އިޗާރާތް ކޮއްލި ލޯގަނޑު ކަހާލަމުންނެވެ. ފަހަރަކު މީހަކަށް ބބބަލަމުން އައިސް އާރާ އެރިއެވެ. އެއާއެކު އާއިކް ކާރު ދުއްވާލީ އަވަސްވެފައިވާ ހިތަކުންނެވެ.

“ލީން… ޕްލީޒް ސްޓޮޕް” ޔުއާން އަށް ބުނެވުނީ މައިލީން ގެ ގިސްލުމުގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވާން ފެށުމުންނެވެ. އޭރު ޔުއާން ގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެ ކަރުނަތަށް ފޮހެލަމުން ހިތް ވަރު ކުރަމުން ދިޔައެވެ.

ހޮސްޕިޓަލަށް ދެވުމާއެކު އެންބިއުލެންސްސުން ޔަޝްމް ބޭލުނެވެ. އެއާއެކު އެތަނުގައި ހަރަކާތްތެރިވމުން ދިޔަ މެޑިކަލް އޮފިސަރުންވެސް އައެވެ. ޔުއާން އެ ހުރިހާ އިރު ޔަޝްމް ގެ އެންމެ ކައިރީގައި ހުރިއެވެ. ހޮސްޕިޓަލް ގެ އެތެރެއަށް ވަދުމާއެކު ޔުއާން އެތަނުން ނަރުސްކުއްޖަކަށް ގޮވާލުމަށްފަހު ލާވިޔާ އަށާއި ރީކަލް އަދި ރިވަމް އަށް ގޮވާ އައުމަށް ބުނެލިއެވެ.

“ސިސްޓަރ…. ކޯލް ލާވީޔާ ރީކަލް އެންޑް ރިވަމް” ޔުއާން ގެ އަޑުގައި ހާސްކަމެއްވުމާއެކު އަޑުވެސް ބާރުވެފައި ވިއެވެ.

އޭނާ ޔަޝްމް އެހެން އެދަކަށް ބަދަލް ކުރެވުނެވެ. ލާވިޔާ އާއި ރީކަލް އާއި ދެމީހުން ވެސް ތިބީ ލާވިޔާގެ ރޫމްގައެވެ. އެބަގުތު ލާވިޔާއަށް އައި ފޯން ކޯލާއެކު އޭނާ އަވަސް އަވަހަކށް ރީކަލް ގާތު ބުނެލުމަށްފަހު ދޮރާ ދިމާލަށް މިސްރާބުޖެހިއިރު އޭނާ އަކަށް ގެނެވުނީ ޔަޝްމް ކަމެއް ނޭގެއެވެ. ލާވިޔާ ގެފަހަތުން ނުކުތް ރީކަލް އަށް ފޯނެއް އައެވެ. އޭނާ އަށް ލާވިޔާ އާ ދިމާލަށް ކުޑަކޮއް ދުއްވައިގަނެވުނެވެ. “ހޭ… ޔޫ ގޮއިން ފޯ ދި އެމަރޖެންސީ” ރީކަލް ލާވިޔާ އާ އަރާ ހަމަކޮއްލަމުން އަހާލިއެވެ. އެއާއެކު ލާވިޔާ ބޯ ޖަހާލަމުން ފިޔަވަޅުތަކަށް ބާރުކޮއްލިއެވެ. “ސޭމް ހިޔަރ” ރީކަލް ބުނެލިއެވެ.

ދެމީހުން އެއްކޮއް އަވަސް އަވަހަށް ތިރިއަށް ދާން މިސްރާބުޖެހީ ދެމީހުންނަށް އެއްކޮއް ގޮވާނީ ވަރަށް ސީރިއަސް ކަމަކަށް ވީމައެވެ.

ޔަޝްމް އެމަރޖެންސީ ބަޔަށް ވެއްދުމާއެކު ޔުއާން އަދިވެސް އެއްފަހަރު ނަރުސް ކުއްޖާ ގާތު ގުޅަން ބުނި މީހުންނަން ގުޅުމަށް ބުނެލިއެވެ. އެއާއެކު ނަރުސްކުއްޖާ ދޭ އާރ އޮން ދިވޭ އޭ އިނގިރޭސިން ބުނެލިއެވެ. ޔުއާން އަށް ރުޅިއައިސްގެން ހަޅޭއްލަވައިގަނެވުނެވެ. މައިލީން ޝާލީން ގާތު ހުރިއިރު އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ.

ލާވިޔާ އާއި ރީކަލް އަވަސް އަވަހަށް ލިފްޓުން ފައިބައިގެން އެމަރޖެންސީ ބަޔަށް ވަންއިރު އެތަނުގެ އެތެރޭގައި މައިލީން ހުރެ ރޮމުން ދިޔަތަން ފެނި އޭނާ އަށް ހިނދުކޮޅަކަށް މަޑުކުރެވުނެވެ. އެއާއެކު އޭގެ ދެވަނަ ސިކުންތުގައި އޭނާ އަށް ކަމެއް އިނގިގެން ފަދަ ގޮތަކަށް އަވަސްފިޔަވަޅުތަކެއްގައި ދުވެފައި ކަހަލަ ގޮތަކަށް ލާވިޔާ އެތަނުގެ އެތެރެއަށް ވަނެވެ. ރީކަލް އަށް ވެސް އެއްޗެއް ހީވެގެން އަވަސް އަވަހަށް ލާވިޔާ ގެ ފަހަތުން ވަނީ މައިލީން އަށް ވެސް ބަލާލާފައެވެ.

“ހިޔަރ… ދިސް ވޭ” އެވަގުތު އެތަނުން ނަރުސް ކުއްޖަކު ލާވިޔާ އަށް ގޮވާލަމުން އަވަސް އަވަހަށް ޔަޝްމް އާ ދިމާލަށް މިސްރާބުޖެހިއެވެ. ތަންކޮޅެއް ދުރުގައި ޝާލީން ގެ ކޮނޑުގައި ބޯ އަޅައިލައިގެނ ހުރި މައިލީން ވެސް އެދިމާލަށް ދުއްވައިގަތީ މަގޭ ދަރިފުޅޭ ކިޔަމުންނެވެ. ޝާލީންވެސް މައިލީން ގެ ފަހަތުން ދުއްވައިގަތީ މައިލީން މަތަ ކުރާށެވެ.

ހޮސްޕިޓަލް ގެ ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮއްލުމަށްފަހު އާއިކް ކާރުން ފޭބިއެވެ. އޭރު އާރަ ހުރީ ކާރުން ފައިބައެވެ. ދެމީހުން އެއްކޮއް ޕާރކިން އޭރިއާ އިން ނުކުމެގެން ދިޔައިރު އެތަނުގައި އެވަގުތު ހަރަކާތް ތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް އެ ދެމީހުންނަށް ހުއްޓިގެން ދިޔައެވެ. ހޮސްޕިޓަލަށް ވަދެ އެމްރޖެންސީ ބަޔަށް އާއިކް މިސްރާބުޖެހިއިރު އާރާ ވެސް އާއިކް އާ އެކީ ފަހަތުން ދިޔައެވެ. އޭނާ ގެ މޫނުމަތިން ހާސްކަން ފާޅުވަމުންދިޔަ އިރު ރަތްވެފައިވި ދެލޮލުން އެހުރީ ވަރަށް ރޮއިފައިކަން އެނގުނެވެ. އެމަރޖެންސީ ދޮރުމައްޗަށް އެ ދެމީހުން އެރިއިރު އެތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ޑޮކްޓަރުންގެ އަވަސް ހަރަކާތް ތައް އެދެމީހުންގެ ލޮލުގައި ވެސް އަޅައިގަތެވެ. މައިލީން މަތަ ކުރަމުން ދިޔަ ޝާލީން ފެނުމާއެކު އެ ބިއްލޫރި ދޮރު ކަހާލުމަށްފަހު އާރާ އެތެރެއަށް ވަނެވެ. އަދި ޝާލީން ގެ ގާތަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައެވެ. އެވަގުތު އަނގަޔަށް ހޮޅިއެއްލައްވާފައި އޮތް ޔަޝްމް އޭނާގެ ލޮލުގައި އަޅައިގަތެވެ. ލާވިޔާ އެ ޖަހާފައި އޮތް ފުޅި އަށް އޮއްބަމުން ދޮޔައީ ޔަޝްމް އަށް ނޭވާނުލެވޭތީ ކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލުމަށްފަހު މައިލީން ގެ ކޮނޑުގައި އޭނާ ހިފާލިއެވެ.

އެވަގުތު އާއިކް ވެސް އައިސް އާރާ ގެ ގާތު އެއްފަރާތުގައި ހުއްޓުނެވެ. ބިއްލޫރި ދޮރުގެ ބޭރުގައި ތިބި ގިނަ ބައެއް ދޮރު ކައިރީގައި ތިބެ ބަލަން ފެށުމުން ރިވަމް އައިސް ދޮރުގައި އިން ފޮތިގަނޑު ދަމާލިއެވެ. އެއާއެކު އެމީހުން ގެ ލޯތަކުން އެ ތަން ފަރުދާ ވެގެން ދިޔައެވެ.

ރީކަލް މައިލީން އަށް ބަލާލުމަށްފަހު އެދުގެ ވަށައިގެން ވި ފޮތިގަނޑު ދަމާލިއެވެ. “ލާވީ ހެލްޕް މީ” ޔުއާން ބުނެލިއެވެ. އެއާއެކު ލާވިޔާ އެ ފުޅި ރީކަލް ގެ އަތަށް ދިނުމަށްފަހު ޔަޝްމް ގެ މޭގައި އަތްޖައްސާލާފައި ކުޑަކޮއް މަސާޖެއް ކޮއްލިއެވެ. ޔުއާން އިން ހާލު އޭނާއަށް ފާހަގަ  ވީކަންނޭގެއެވެ. “ޑޯންޓް ވޮރީ” ލާވިޔާ ބުނެލިއެވެ. އިރުކޮލަކު އޭނާ އެހެން ކަންތައް ކުރުމަށްފަހު ޔުއާން އަށް ބަލާލިއެވެ.

“ވީ ނީޑް ޓް އޮޕަރޭޓް ހާރ ފާސްޓް…. ވީ ނީޓް ޓް  ކީޕް ހާރ އިން ވެންޓިލޭޓަރ… ” ލާވިޔާ ބުނެލިއެވެ. އެއާއެކު ޔުއާން ވެސް ބޯޖަހާލިއެވެ. އޭނާ ގެ ހިތަށް އެވަގުތު ގޮތެއްވެގެން ދިޔައެވެ. “ސިސްޓަރ.. މޭކް ޕްރިޕަރޭޝަންސް…” ލާވިޔާ ބުނެލިއެވެ. ޔުއާން އަދިވެސް އެއްފަހަރު ލާވިޔާ އަށް ބަލާލިއެވެ. އޭނާ ލާވިޔާ އަށް ޝުކުރުކޮއްލިއެވެ.

ކުއްލިއަކަށް އެ ފޮތި ގަނޑު ކަހާލުމާއެކު ޔުއާން މައިލީން ގާތަށް އައެވެ. އަދި މައިލީން ގެ ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ.

“ޑޫ ޔޫ ޓްރސްޓް މީ” ޔުއާން އަހާލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ.

“ލީން… ވީ ނީޑް ޓް އޮޕަރޭޓް ހާރ… ވީ ހޭވް ނޯ އަދަރ އޮޕްޝަން އޭޒް ސާރޖަރީ” ޔުއާން އުނދަގުލުން ބުނެލިއެވެ. އެއާއެކު މައިލީން ޔުއާން އާ ދުރަށް ޖެހިލަމުން ޝަކުވާގެ ނަޒަރަކުން ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތާ ފުރާނައިން… (60)

Next

ހިތާ ފުރާނައިން… (62)

Next
March 6, 2018

ހިތާ ފުރާނައިން… (62)

Previews
March 6, 2018

ހިތާ ފުރާނައިން… (60)

17 Comments!

  1. Lily says:
    March 6, 2018 at 1:44 am

    ? Just waau

    1. Hi Mi says:
      March 6, 2018 at 10:10 am

      Thanks. Lily. ❤❤❤

  2. Navya says:
    March 6, 2018 at 2:02 am

    Vvvvvvvvvvvvvvv reethi mi part ves. ..vvvvvv asarugadha vaahaka eh mi… thnx himi❤❤❤

    1. Hi Mi says:
      March 6, 2018 at 10:10 am

      Thanks navy…. yayyyy happy to see a lovely comment dear. ❤❤❤

  3. Yaax says:
    March 6, 2018 at 3:38 am

    V reethi

    1. Hi Mi says:
      March 6, 2018 at 10:09 am

      Thanks dear. ?

  4. Aishath Nasyra says:
    March 6, 2018 at 5:23 am

    See Mariyam Imaa Aim bonus part??

    1. Mariyam Riufa says:
      March 6, 2018 at 8:46 am

      Aishath Nasyra Kobaa 60

    2. Mariyam Riufa says:
      March 6, 2018 at 8:47 am
  5. Shuhu says:
    March 6, 2018 at 10:01 am

    Hi mi
    Vvv rythi mi episode ves
    Hama rangalhah ves rovijje kiyaa nimunu iru?
    Shuhu ah haadha heeveyey hi mi v disappointed vefa huri hen
    Mihen mibuny last dhe episode ga ves hi mi episode up kurumahfahu kuraa comment nethyma
    I miss that v much
    Dhera vey hi mi ge comment eh nufennaathy ve
    Shuhu regular koh comment nukuriyas koffa hunna comments thakaa reply thah kiyan
    So vvv miss vey hi mi
    ????

    1. Hi Mi says:
      March 6, 2018 at 10:08 am

      Hey. Shuhu. Dear. Vvv ufaavehjje ingey. Shuhu ge lovely comment thakun abadhuves hiyy vareh hama libeny. Hehe. And yh e part thakah reply eh ves nukurevey dw. Appticiate kuran readers thibenyaa e readers happy kohdhinumaki himi kuran jehey kameh kamugai dheken. Mihaaru hama mihunnani fudheyvarakah dhera vefa. Aslu v dhera vefa huree. Gennan ulhunu changes ves hunaani nugenas. Ekam hope ingey shuhu hama like v kamah. ❤❤❤ one of my best reader thy. Himi balaanan comment thakah reply ves dheveythoa ingey. In Sha Allah. V ufaavehjje. Much loves.
      Jazakillah Khair. ???

  6. Hi Mi says:
    March 6, 2018 at 10:33 am

    Salaam readers. Heres the next part. Dhen vaani kihinehbaa ah hama comment eh kohaathi ingey. Love to hear those theories from you. Hehe. Snt forget to put ur views. On each part. It means a lot. ❤???

  7. Zuam says:
    March 6, 2018 at 12:03 pm

    ????????????? alhey…….. varah varah varah reethi…..

  8. Twingirl says:
    March 6, 2018 at 1:05 pm

    Alhe yashm marunuvahchey… ??? aikal haadha baarakah aslu e jehy yuan moonumathy ?. . Adhi ehfaharaku vs noon dhe faharu ???

  9. Pinky shifoo says:
    March 6, 2018 at 5:13 pm

    Ohhh nooooo ????… U made me cry again ????… Haadha emotional ey ????… Maasha Allah mi part vx hama awesome ????… V v v reethi ❤️❤️❤️❤️… Hi Mi haadha molhey Maasha Allah ????… V v interesting ingey ????… Dhn neynge bunaane ehcheh vx… U made me speechless ????… V v v loabi mi part vx ❤️❤️❤️❤️… Plxx save yashoo… Keep up the good work Hi Mi ????… I really appreciate your hard work ????… Hi Mi thikuraa masaikathah hama saabasss dhen ???????????… Lots of love ❤️❤️❤️❤️????????????????

  10. Hashaa says:
    March 6, 2018 at 9:50 pm

    ??????

  11. Fatima says:
    March 7, 2018 at 2:48 pm

    Hama rovihje himi Haadha reehchey…… Wowwwwwwww

Comments are closed.

Next Episodeހިތާ ފުރާނައިން… (62)←


All Right Reserved!