Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (އަށާރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
March 4, 2018 8 Mins Read
40 Comments

“..ކަލޭ ތިއުޅެނީ މިއާއިލާ ކިބައިން ބަދަލު ހިފަން އައިސްގެންތަ؟..” އިބްރާހީމްބެ ސުވާލުކުރިއެވެ.

“..މަ ކީއްކުރަން ކަލޭމެންގެ ސުވާލުތަކަށް ޖަވާބު ދޭންވީ!..” ނިހާގެ ރާގުގަނޑު ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ. “..ޖަވާބު ދޭކަށް ނުޖެހޭނެ! ނުވެސް ދޭނަން! ނުވެސް ހޯދޭނެ! ހަމަ މިހާރު މަ މިތަނުން ނެރޭ!..”

“..ކަލެޔަށް ޖެހޭނީ ޖަވާބުދޭން..” އިބްރާހީމްބެ އަޑުހަރުކޮށް ބުންޏެވެ.

“..ކަލޭ ތިހާ މޮޅިއްޔާ ނިކަން މަގޭ އަނގައިން ޖަވާބު ނެރެބަލަ!..” އިބްރީސް ގޮންޖެހިއެވެ. “..ކަލެޔަށް މަ މިތަނަށް ގެނެވުނަސް އެކަމާ ބޮޑާވެ ކިބުރުވެރި ވާނެކަމެއް ނެތް! މި ބުނީނު ޖަވާބެއް ނުދޭނަމޭ!..”

އިބްރާހީމްބެ އަނެއްކާވެސް ކިޔަވަންފެށިއެވެ. އަޑުހަރުކޮށް ކިޔަވަމުން ބުރުވަށައިގެން އެނބުރެމުން ދިޔަ ވަރަކަށް ނިހާއަށް ބޮޑެތި އުނދަގޫތަކެއް ވަމުންދިޔައެވެ. އޭނާގެ ހަށިގަނޑަށް ވާންވެ ބާރުވަމުންދިޔަ ވަރަކަށް ކެތްނުވާ ވަރަށް ބޮލުގައި ވިންދު ޖަހާ ރިހެމުން ދިޔައެވެ. އޭރު ކަރު ބުޑުން ނުކުންނަމުން ދިޔަ ބިރުވެރި ހަޅޭކުގެ އަޑު ސިޓިންގ ރޫމްގައި ގުގުމަމުންދިޔައެވެ. އެ އަޑާއެކު ނިހާގެ ހުޅުތަކާއި ކަށިތަކުން އަޑުކިޔައިގެން ދިޔައެވެ.

“..ހަމަ މިހާރު މަ މިތަނުން ނެރޭށޭ!..” ނިހާ ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް ވައްދައިގެން ހުރެ ބާރަށް ހަޅޭލަވައިގަތެވެ.

އިބްރާހީމްބެ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ނިހާ ދެލޯ ބޮޑުކޮށްގެން ހުރެ ޓައިލްސް ގަނޑު މައްޗަށް ޖެހުނެވެ. ޤުރުޢާނުގެ އަޑު އިވުމުން ނިހާއަށް ވަމުންދިޔަ އުނދަގޫތަކަށް ކެތްކުރަން އުނދަގޫވިއެވެ. އޭނާ ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލީ ކުރުގެޅި ލަމުންނެވެ.

“..ކަލޭގެ އެއްވެސް ބާރެއް ނެތްކަން މިހާރު އިޙްސާސްވެއްޖެއެއްނު..” ..” އިބްރާހީމްބެ ކިޔެވުން ހުއްޓާލުމަށްފަހު ބުނެލިއެވެ. “..ކަލޭ ޖެހޭނީ މަކުރާ ސުވާލުތަކުގެ ޖަވާބުދޭން! އެޔަށްފަހު ކަލެޔަށް ޖެހޭނީ ނިހާ ވެސް ދޫކޮއްލަން! ނޫނީ އަންދާލާ އަޅިޔަށް ހަދާލާނަން!..”

“..ޖަވާބު ދޭކަށް ނުޖެހޭނެ!..” ނިހާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ތިރިއަށް ދަމައިގަންނަމުން ބުންޏެވެ. “..މިއޮތީ ޖަވާބު!.. އާދޭ ހިފަން!..”

އިބްރާހީމްބެ ދުރު ބަލާލިއެވެ. ފައިރޫޒަށް ލަދުން އިސްޖަހާލެވުނުއިރު ނިކާލަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނިހާ ދެ މިޔަކަނުން ސޮނި ބާލުވަމުން ލާނެއް ހިނިގަނޑެއް ޖަހާލިއެވެ.

“..ނިހާވެސް ދުލެއް ނުކުރާނަން! މަ އަންދަޔެއްވެސް ނުލެވޭނެ! ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ!..” އިބްރީސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

ހަމަހިމޭން ވަގުތު ކޮޅަކަށްފަހު ނިހާ މަޑުމަޑުން ތެދުވިއެވެ. ފަރާތް ފަރާތް ހޯދައި ބަލައިލިއެވެ. ނިކާލްގެ މޫނަށް ބަލާލުމާއެކު ނިހާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.

“..ނިކް ބިރު ގަންނަނީ! މުޅިގައިގަޔާ ބޮލުގައިވެސް ރިހެނީ! ތަދުވަނީ! އިބްރާހީމްބެ ކައިރީގަ ބުނޭ ދާށޭ! ފަންޑިތަ ހަދާކަށް ބޭނުމެއް ނޫން!..” ނިހާގެ ދެއަތުން އަނގަމަތީ އަތް އަޅައިގެން ހުރިއިރު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދިޔައެވެ. ނިކާލް ނިހާއަށް ގޮވާލުމާއެކު އެ ދިމާއަށް ނިހާ ދާންއުޅުނެވެ. ނަމަވެސް ބުރާ ކައިރިވުމާއެކު ނިހާގެ މުޅި ހަށިގަނޑުން އަރަންފެށި ދިލައަށް ކެތް ނުވެގެން ފަހަތަށް ޖެހުނެވެ.

“..ކިހިނެއްތަ މިވަނީ! މަށަށް ކީއްވެތަ ނުނުކުމެވޭންވީ! ދިލަނަގަނީ! ދިލަނަގަނީ!..” ބުރުން ބޭރަށް ނުނުކުމެވިގެން ނިހާ ކުރިޔަށްވުރެން  ބާރަށް ރޯންފެށިއެވެ.

ނިކާލް ބުރާ ކައިރިވެލުމަށްފަހު ބަލާލީ އިބްރާހީމްބެގެ މޫނަށެވެ. ފައިރޫޒް އައިސް ނިހާއަށް ބަލާލީ ކަންބޮޑުވެފައި ހުރެއެވެ.

“..އޭތި ދިޔައީތަ؟..” ފައިރޫޒް ސުވާލުކުރިއެވެ.

“..ނުދޭ!..” ނިހާއަށް އައި ބަދަލުގެ ސިއްރު އިބްރާހީމްބެއަށް އެނގެއެވެ. “..އޭނަގެ ހަށިގަނޑު ތެރޭގައި އެބައުޅޭ! ކޮންމެވެސް ތަނަކަށް ވަދެފިލީކަމަށް އެވާނީ!.. އެހެން ފިލައެއް ނޯވެވޭނެ! ބިއްލޫރި ތައްޓެއް ގެނެސްދީބަލަ!..”

ނަޒީލް ދުވެފައި ބަދިގެޔަށް ގޮސް ބިއްލޫރި ތައްޓެއް ހިފައިގެން އަޔެވެ. އިބްރާހީމްބެ ތައްޓަށް ފެން އެޅުމަށްފަހު ކިޔަވަން ފެށިއެވެ. އެޔަށްފަހު ބުރުގެ ތެރެއަށް ވަދެ ނިހާއަށް ފެންތަށި ބޯންދިނެވެ. ނިހާގެ ބަނޑަށް ތޫނު ތަދެއްއެރިއެވެ. ބަނޑުގައި އަތް އަޅައިގެން ގުދުވެލައިގެން އޮތްއިރު ނިހާގެ އަނގައިން ވޭނީ އާޙްގެ އަޑު ނުކުންނަމުން ދިޔައެވެ.

**********

ސުނޯހައުސް ކުރިމަތީގައި ހުރި ގޭގައި އުޅޭ މަރުޖީނާ އައިސް ޞަފިއްޔާމެން އެގެޔަށް އައުމަށް އެދުނެވެ. ފަންޑިތަ ހެދުމުގައި ހޭދަވާނެ ވަގުތެއް ނޭނގޭތީ މަގުމަތީގައި ނުތިބެންވެގެން އެމީހުން މަރުޖީނާއާއެކު ދިޔައެވެ.

“..އެ ސަބްރީނާއަކީ ވަރަށް ނުލަފާ އަންހެނެއް..” މަރުޖީނާ އަނގަޔަށް ގޮތެއް ހަދާލަމުން ވާހަކަ ދެއްކިއެވެ. “..ނުބައި ނުލަފާ ސިހުރުވެރިޔެއް! ޔަޤީނޭ ނިހާއަށް އެލިބެނީ އޭނަ ދުނިޔޭގައި ކުރި ފާފައެއްގެ ސަޒާކަން! ތިގޭގަ އުޅެން ހެޔޮވެސްނުވާނެ!..”

މަރުޖީނާއަކީ ރަށުގެ “ބީބީސީ” އެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހަބަރު ފަތުރަމުން ދުވާ މީހެކެވެ. އެހެންކަމުން ޞަފިއްޔާ އެ މަޢުޟޫއަށް އެއްޗެއް ބުނާކަށް ގަސްދެއްނުކުރިއެވެ. ސަބްރީނާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ގޭތެރެއަށް ޞަފިއްޔާމެން ވެއްދުމަށްފަހު މަރުޖީނާ ދިޔައީ ބަދިގެ ފަރާތަށެވެ.

“..މެޑަމް އަހަރެން ބުނަނީނު ރަތްލޯ ފެންނަނީއޭ.. މެޑަމް ގަބޫލުނުކުރަނީނު..” ދީޕިކާ ބުނެލިއެވެ.

“..ނޭނގޭނު! އަހަރުމެންގެ އާއިލާއަށް މިޖެހުނީ ކާކުގެ އެސްފީނާއެއްތަ؟ އެއް ކަމަކަށް ފަހު އަނެއް ކަމެއް! އަދި ނިހާއަށް ފުލުފުލުގަ ކަންތައްތައް މި ލައްވާލަނީ! މިފަހަރު ނިހާ ކޮންކަމެއް ކޮށްގެންބާ ޖިންނިއެއްގެ އުނދަގޫ މިޖެހުނީ!..” ޞަފިއްޔާ ކަންބޮޑުވެފައި އިނދެ ޗުކުޗުކު ތަޅުވަމުން ގެންދިޔައެވެ.

“..މަންމާ!..” އިންޝާ ޞަފިއްޔާގެ އަތުގައި ހިފާލިއެވެ. ޞަފިއްޔާ އިންޝާގެ މޫނަށް ބަލާލިއެވެ. އެޔާއެކު އިންޝާގެ މޫނުމަތިން ތަފާތުކަމެއް ޞަފިއްޔާއަށް ފާހަގަވިއެވެ. މޫނުގެ އެއްފަޅި ދުޅަވެފައިހުރި އިރު ކަޅުކުލައިގެ ނިޝާނެއް މޫނުމަތިން ފާޅުވެފައި ހުއްޓެވެ. ހީވަނީ މީހަކު މޫނުމަތީ ޖަހާ އަނިޔާއެއް ދީފައި ހުރިހެންނެވެ.

“..ތީ ކާކު ކޮށްފައި ހުރިކަމެއް؟..” ޞަފިއްޔާ އެހިއެވެ.

އިންޝާ ހާސްވާގޮތްވިއެވެ. މަންމަ ފަރާތުން އެސުވާލު ކުރިމަތިވެދާނެތީ މަންމައަށް ފިލައިގެން އުޅޭތާ ދެދުވަސްވީއެވެ. އިންޝާދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ނަޒީލްގެ ފަރާތުން ލިބުނު އަނިޔާއެކޭ ބުނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

“..ހީވަނީ މީހަކު އަނިޔާއެއް ކޮށްފައި ހުރިހެން..” ޞަފިއްޔާ ބުންޏެވެ. “..ނޫނީ އެނދުން ވެއްޓުނީތަ؟..”

“..އުހުނ! ފާހާނަ ތެރެއަށް ވެއްޓުނީ..” އިންޝާ އަވަހަށް ފުރުޞަތުގެ ބޭނުންކޮށް ދޮގެއް ހަދާލިއެވެ.

މަރުޖީނާ އައީ ތިން ތަށި ޖޫސް ހިފައިގެންނެވެ. އޭނާ ފުޅާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ތަބަކުގައި އަތުރާފައި ހުރި ޖޫސްތަށިތައް ފަހަރަކު މީހަކަށް ދިއްކުރަމުން ދިޔައެވެ. އިންޝާ ޖޫސްތަށީގައި ހިފުމާއެކު ބަނޑަށް އެރި ތޫނު ތަދުގެ ސަބަބުން ތަށި އަތުން ދޫވިއެވެ. މަރުޖީނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނު އިރު ތަށިމުށި ގަނޑުގައި ޖެހުނު ތަށި ފުނޑުފުނޑު ވެއްޖެއެވެ. އިންޝާ ބަނޑުގައި އަތް އަޅާލަމުން ހުރި ދިމާއަށް ވެއްޓެން ދަނިކޮށް ޞަފިއްޔާ ޖޫސްތަށި ބެހެއްޓުމަށްފަހު އަވަސް އަވަހަށް އިންޝާ ގައިގާ ހިފެހެއްޓިއެވެ.

“..އައްދިއްޔޯތް! މަންމާ! މަގޭ ބަނޑު..” ވޭނުން ފުރިފައިވާ އަޑަކުން އިންޝާ ހޭރިގަތެވެ.

މަރުޖީނާ އައިސް އިންޝާގެ ގާތުގައި އިށީނެވެ. ބުރަކަށީގައި ފިރުމަންފެށި އިރު ގުދަށް އޮވެގެން އިންޝާ އޯކަށް ދަމަންފެށިއެވެ. ޞަފިއްޔާ އިންޝާ ތެދުކުރެވޭތޯ އުޅުނެވެ. ކުއްލިއަކަށް އެރި ކޮށިވަރަކާއިއެކު އިންޝާގެ އަނގައިން ކަޅުކުލައިގެ އޮލަ ހޮޑުތަކެއް ހޯސްލާފައި ފައިބައިގަތެއެވެ. ކުރިމަތީ ހުރި ދީޕިކާއަށް ފަހަތަށް ޖެހިލެވުނު ނަމަވެސް ބުރައިގެން އައި ހޮޑުތައް އޭނާގެ ހަރުވާޅުގެ ފައިކުރިއަށް ބުރައިގެން ދިޔައެވެ.

“..ދީޕިކާ! ބޭބެ ގޮވައިގެން އަންނަން ދޭބަލަ!..” ޞަފިއްޔާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.

ދީޕިކާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ސުނޯހައުސް ގެޔަށް ގޮސް ވަންނާނެ ހިތްވަރެއް އޭނާގެ ގަޔަކުނެތެވެ. އިންޝާ ކުކުރަމުން ސޯފާގައި އޮށޯވެ ކުރުގެޅިލިއެވެ. އޭރުވެސް ބަނޑަށް އަރާފައިވާ ތަދަށް ކުޑަކޮށްވެސް ލުޔެއް ނުލިބެއެވެ. އިރުއިރު ކޮޅާ އޯކަށް ދަމަންފަށައެވެ. ކަޅުކުލައިގެ ދަވައިގެ ރޮނގެން އެއްމިޔަކުން ފައިބައިފައި ހުއްޓެވެ.

“..ކިހިނެއް ވެފަތަ ތި ހުންނަނީ! ދާށޭ!..” ޞަފިއްޔާ ތަންކޮޅެއް ބާރަށް ބުނެލުމާއެކު ދީޕިކާ ހިނގައި ގަތެވެ.

********

އިބްރާހީމްބެ ބުރު ކައިރީ އިނދެ ކިޔަވަމުން ދިޔައީ އަޑު ހަރުކޮށްނެވެ. ނިހާ ތަށިމުށިގަނޑު މަތީ ބުމަރެއްހެން އެނބުރެމުން ދިޔައެވެ. ދެކަންފަތުގައި އަތް އަޅައިގެން އޮވެ ކިޔެވުން ހުއްޓުމަށް ގޮވަމުން ދިޔައެވެ.

ނަޒީލް އިނީ މަންޒަރު ބަލަން ސޯފާގައެވެ. ކުއްލިއަކަށް އޭނާގެ ބަނޑު މަތިން މައްޗަށް ދިރޭ އެއްޗެއް އަރަމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުމާއެކު ތެޅިގަނެވުނެވެ. އަވަސް އަވަހަށް ތެދުވެ ޓީޝާޓު ފޮޅާލިއެވެ. ޓީޝާޓުމަތިން އަތް ހާކާލިއެވެ. ނަމަވެސް އެ އެއްޗެއްގައި ނަޒީލްގެ އަތެއް ނުޖެހެއެވެ. އެ ދިރޭ އެތި އަދިވެސް އެދަނީ އަރަމުންނެވެ. ނަޒީލް ޓީޝާޓް ދަށަށް އަތްކޮށްޕައި ބަނޑާއި މޭމަތީ އަތް ކާތާލިއެވެ. އެޔާއެކު އޭނާގެ ބަނޑުމަތިން ތޫނު ދިލައެއް ނަގަންފެށިއެވެ. ކުޑަ ހިރުވުމެއްވެސް ހުއްޓެވެ. ނަޒީލް އެތަން ކަހައިގަތެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެދިލަ މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. މުޅި ގައި ހިރުވަންފެށިއެވެ. ވަގުތުން އޭނާ މުޅިގައިގެ އެތަން މިތަން ކަހަންފެށިއިރު ހީވީ ދެފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ހެންނެވެ. ނަމަވެސް އެހިރުވުމާ ހަށިގަނޑުން އަރަމުން ދިޔަ ގިނި ދިޔައީ ހިނދެން ހިނދަކަށް ގަދަވަމުންނެވެ. ފައިރޫޒަށް އެމަންޒަރު ފެނުނެވެ. ނަޒީލަށް މިވަނީ ކިހިނެތްބާއެވެ؟

“..ނަޒީލް ކިހިނެއް ވީ؟..” ފައިރޫޒް އެހިއެވެ.

ނަޒީލަށް ކެތްނުވެގެން ލައިގެން ހުރި ޓީޝާޓް ބާލާ އެއްލާލިއެވެ. އެންމެންގެ ނަޒަރު ނަޒީލަށް ހުއްޓުނެވެ. ހަށިގަނޑުގެ އެކި ދިމާލަށް އަތް ހޫރުވަމުން ހަންގަނޑުގައި ނިޔަފަތި ކާރުވަމުން ނަޒީލް ތެޅި ފޮޅެނީއެވެ. އަވަސް އަވަހަށް އެންމެން ނަޒީލް ކައިރިއަށް ޖަމާވެ ސުވާލުތައް އޮއްސާލީ ހައިރާންވެފައި ތިބެއެވެ.

“..ކިހިނެއްތަ މިވަނީ! ކިހިނެއް ވަނީތަ؟..” އެންމެން އެއް އަޑަކުން ކިޔަން ފެށިއެވެ.

“..ހިރުވަނީ! ދިލަނަގަނީ!..” ނަޒީލް ވަރަށް އުނދަގުލުން ޖަވާބު ދިނެވެ.

އިލްހާމް ނިކަން ބާރަށް އިބްރާހީމްބެއަށް ގޮވާލިއެވެ. އިބްރާހީމްބެ ކިޔެވުން ހުއްޓާލައިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. އަދި އަވަސް އަވަހަށް ތެދުވެ އެދިމާއަށް ހިނގައިގަންނަމުން ކުރު ގެޅިލައިގެން އޮތް ނިހާގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ. ނަޒީލްގެ ހަރަކާތްތަކާ އިބްރީސްއާ ގުޅުމެއްވާކަމަށް އިބްރާހީމްބެއަށް ހީވީ ކަންނޭގެއެވެ. ނިހާ އެއް މިޔަކަނުން ހީލިތަން އިބްރާހީމްބެއަށް ފެނުނެވެ.

**********

ދީޕިކާ ސުނޯހައުސް ގޯތި ތެރެއަށް ވަންއިރު އޭނާގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ދީޕިކާ ފެންނަ ހިސާބުގައި ޝައްދާދު ބަލަހައްޓައިގެން ހުރި ކަމުގައި ވިޔަސް އޭނާ ހިތުތެރޭގައި އުފެދިފައިވާ ބިރުވެރިކަމަށް ކުޑަ ވެސް ލުޔެއް ނުލިބެއެވެ. ވައްކަޅިން ގަސްތަކު ތެރެއަށް ނަޒަރު ހިންގަމުން ލަސް ފިޔަވަޅު ތަކެއް އަޅަމުން ދީޕީކާ ކުރިޔަށް ދިޔައެވެ. އެ ގަސްތަކު ތެރެއިން ރަތްކުލައިގެ ދެލޯ ފެނިދާނެހެން އޭނާއަށް ހީވަނީއެވެ. އެންމެފަހުން ދެލޯ ކުނާކޮށްލައިގެން ހުރެ ހިނގުން ބާރުކޮށްލިއެވެ. ކިތަންމެ ބިރު ގަތަސް އެކަމާ ކުރިމަތިލާން އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. ޞަފިއްޔާގެ އަމުރަށް ކިޔަމަންވެ އިންޝާގެ ހަބަރު އިލްހާމްއާ ހަމައަށް ފޯރުކޮށްދޭން ޖެހޭނެއެވެ. އޭނާއަށް އެކަން ނުކުރެވި އިންޝާއަށް ކަމެއްވެއްޖެނަމަ އަނބުރާ ރަށަށް ދާން ވެސް ޖެހިދާނެއެވެ. އެގެއިން ނުކުމެގެން ރަށަށް ދާކަށް ދީޕިކާ ބޭނުމެއް ނޫނެވެ. ދީޕިކާ އެކި ހިޔާލުތައް ކުރަމުން ކުރިޔަށް ދަނިކޮށް ފިނިވައި ރޯޅިއެއް ޖެހި ބޮލުގައި އޮތް ދޯޕައްޓާއަށް ލޮޅުންއެރުމާއެކު ހުއްޓުން އެރިއެވެ. ހަމަ އެސިކުންތުގައި ގެޔާ ދިމާއަށް ބާރަށް ދުއްވައި ގަތެވެ.

ދީޕިކާ ދޮރުން އެތެރެއަށް ވަންއިރު ނަޒީލް ތެޅި ފޮޅެނީއެވެ. ސޯފާގައި އޮވެ ނަޒީލް މުޅިގައިގާ އަތްކާތަމުން ދިޔައެވެ. އިބްރާހީމްބެ ނަޒީލްގެ ގައިގައި ފެންމަތުރަމުން ތުންތަޅުވަމުން ދިޔައެވެ. ބުރު ތެރޭގައި އޮށޯވެލައިގެން އޮތް ނިހާއަށް ބަލަމުން ދީޕިކާ ދިޔައީ އިލްހާމްއާ ދިމާއަށެވެ. އިލްހާމްއަށް ދީޕިކާ ފެނުމާއެކު ކޮންމެވެސް ބޮޑުކަމެއްވީކަން ދެނެގަނެވުނެވެ. އެހެންނޫންނަމަ އެ “ފިނޑި” ދީޕިކާ ގެޔަކަށް ނުވަންނާނެއެވެ. އިލްހާމް ނިކަން ބާރަށް ގޮސް ސުވާލުކުރުމާއެކު އިންޝާއަށް ވީ ގޮތް ދީޕިކާ އޮޅުން ފިލުވައިދިނެވެ. އިލްހާމް އެވާހަކަތައް އިބްރާހީމްބެއާ ހިއްސާކުރިއެވެ. އެވަގުތު ނަޒީލް އޮތީ ހަމަޔަކަށް އެޅި ދެލޯ މެރިފައިއެވެ. އިބްރާހީމްބެ ފެންތައްޓަކަށް ކިޔެވުމަށްފަހު އިލްހާމްއަށް ދިއްކޮށްލިއެވެ.

“..މި ފެންތަށިން އެއްބައި ބޯންދީފައި އަނެއްބައި އިންޝާގެ ހަށިގަނޑުގައި އުނގުޅާށޭ ބުނޭ!..” އިބްރާޙީމްބެ ކަންކުރަން ވީ ގޮތް ކިޔައިދިނެވެ.

އިލްހާމް ޞައްތާރުއަތަށް ފެންތަށި ދިނުމަށްފަހު ދީޕިކާއާއެކު ގޮސް އިންޝާއަށް އެހީވުމަށް ބުންޏެވެ. އެތަނުގައި ފިރިހެނަކު ހުންނަންވާނެކަމަށް ބުނުމުން ޞައްތާރު ބޯ ޖަހައިލިއެވެ. އަދި ދީޕިކާއާއެކު ނުކުމެގެން ދިޔައެވެ.

“..މިވަނީ ކިހިނެއްތަ؟..” އިލްހާމް އިބްރާހިމްބެއާ ސުވާލުކޮށްލިއެވެ. އިބްރީސް ބުރެއްގެ ތެރޭގައި ހައްޔަރުކޮށްފައި ހުރި ނަމަވެސް އޭނާގެ ބާރު އެހެން މީހުންނަށް ފޯރުވަމުންދާކަމަށް އިލްހާމްއަށް ޝައްކުވެއެވެ. އިބްރާހީމްބެ ޖަވާބެއް ނުދީ ނިހާއާ ދިމާއަށް ބަލާލިގޮތުން އިބްރާހީމްބެގެ ހިތުގައި އޮތް އެއްޗެއް އިލްހާމްއަށް އެނގުނެވެ.

“..ކަލޭ ބުނީމެއްނު އޭތީގެ ބާރު ހިނގާނީ ހަމައެކަނި އެބުރު ތެރޭގައޭ!..” އިލްހާމް ހިތްހަމަނުޖެހިފައި ބުންޏެވެ.

ނިހާ ވަރުގަދަ ނުލަފާ ހިނިގަނޑެއް ޖަހާލިއަޑު އިވުނެވެ.

“..ތެދެއް! ކަލޭ ބުނީމެއްނު މަގޭ ބާރު ހިނގާނީ މިބުރު ތެރޭގައި އެކަންޏޭ! ދެން އެހެންމީހުންނަށް އެވަނީ ކިހިނެއްބާ؟..” ނިހާ ހެމުން ހެމުން ތެދުވިއެވެ.

އިބްރާހީމްބެ މޫނު މަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ނަޒީލަށް ބާރު ފޯރުވީ ހަމަ އިބްރީސްއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އޭނާ ހީކުރިވަރަށްވުރެ އިބްރީސްގެ ބާރު ގަދައީ ހެއްޔެވެ؟

ލިބުނު ކާމިޔާބީގެ އުފަލުގައި ނިހާ ހެމުންހެމުން ބުރު ވަށާ އެނބުރެން ފެށިއެވެ. ދެއަތް މުށްކަވައި މެޔާހަމައަށް ހިއްލައިގެން ހުރެ ދެއަތް އަނބުރަމުން ނަށަން ފެށިއެވެ.

“..އަހަނ! ކަޑަބޮއް! ކަޑަބޮއް! ކަޑަބޮއް! އަހަނ! ކަޑަބޮއް ކަޑަބޮއް..” ނިހާ ފުމެމުން ލަވަކިޔަން ފެށިއެވެ. އަދި ބުރުގެ ދެކޮޅަށް ދުވަމުން ބުޑުތަޅުވަމުން ލަވަ ކިޔުމައިގެން ކުރިޔަށް ދިޔައެވެ.

“.. ވާތާވީހޭ ފަލަކުގެ ރާނީ! ހާންތި ވަނީހޭ މި ބިމުގެ ރާނީ! ވާތާވީހޭ ފަލަކުގެ ރާނީ! ހާންތި ވަނީހޭ މި ބިމުގެ ރާނީ! އިޝްޤުގެ ބައްތެލި ކާކަށް ދޭނީ! ދެއަތަށް އެބަ އަހަރެން ހެއްލޭ! މޭގާ ހިތްވެސް ދެކޮޅަށް ހެއްލޭ! ދެއަތަށް އެބަ އަހަރެން ހެއްލޭ! މޭގާ ހިތްވެސް ދެކޮޅަށް ހެއްލޭ! އަހަނ! ކަޑަބޮއް! ކަޑަބޮއް! ކަޑަބޮއް!..”

ނިހާ ބަނޑިބަނޑި ލައްވަމުން ބާރަށް ލަވަކިޔަމުން ގެންދިޔައެވެ. ނިހާ ޖައްސަމުން ދިޔަ މޮޔަ ވައްތަރުތައް ފެނިފައި ނިކާލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހިތް ފޮތިފޮތިވެގެން ގޮސް ލޮލުން ކަރުނަ ހިލުވާލިއެވެ. ނިހާގެ ހާލަށް ހަމްދަރުދީވެވުނެވެ. އޭނާ ލޯބިވާ ނިހާއަށް ޖެހިފައި މިވަނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ ނިކާލް ކެތްތެރިވުމަށް ދެތުންފަތް ފިއްތާ ބާރުކޮށްލައިގެން ހުއްޓެވެ. އިބްރާހިމްބެ ގޮސް ނިހާ ގަޔަށް ފެންޖެހުމާއެކު ލަވަ ކިޔުން ހުއްޓުނެވެ.

“..ކަލެޔަށް ވުރެ މަގޭ ބާރު ގަދަވާނެ!..” ނިހާ ހަޅޭލައިގަތެވެ. “..ނަޒީލަށް ވީ ގޮތް ނުފެނޭތަ! އެއްޗެއް ވިސްނެން ވެއްޖެއްނުން! މަށެއް އަންދައެއް ނުލެވޭނޭ!.. ހަމަ މިހާރު މަ މިތަނުން ނެރޭ! ނޫނީ ކަލޭގެ ދުވަސް ދުއްވާލާނަން!..”

“..މަށަށް އިންޒާރު ދޭނެކަމެއް ނެތް! ކަލެޔަކަށް އެހެން މީހަކަށް ގެއްލުމެއް ނުދެވޭނެ!..” އިބްރާހީމްބެ ޖަވާބުދިނީ ސާބިތުކަމާއެކުއެވެ.

“..ވަރިހަމައޭ! މަށަށް ނިހާއަށް ގެއްލުންދީ އަނިޔާވެސް ކުރެވޭނެ! މަށެއް ގޮތް ހުސްވެގެނެއް ނުތެޅެން!..” ނިހާ އިސް އުފުލާލަމުން މައްޗަށް ބަލާލިއެވެ.

ނިހާގެ ބޮލާ ދިމާ ފަންގިފިލާގައި ހުރި ޗާންދެލިޔާ އެނބުރެން ފެށިއެވެ. މަޑުމަޑުން ބާރުވަމުން ގޮސް އެއް ޗޭނުގަނޑު ފަންގިފިލަޔާ ވަކިވެގެން ދިޔައެވެ. ޗާންދަލިޔާ އެއްފަރާތަކަށް އަރިވެލިއެވެ. ނިކާލްގެ ދެލޯ ބޮޑުވިއެވެ. އޭރުވެސް ނިހާ ހުރީ ކަޅިޖަހާނުލާ މައްޗަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ ދެވަނަ ޗޭނުގަނޑުވެސް ލުހި ވަކިވެގެން ދިޔައެވެ. މިހާރު އެ ޗާންދަލިޔާ ނުވެއްޓި އެހެރީ އެންމެ ޗޭނުގަނޑެއްގެ ބާރުގައެވެ. ނިހާގެ ބޮލަށް އޭތި ވެއްޓިއްޖެނަމަ ނިހާގެ ދުވަސް ދާނެއެވެ. ނިކާލަށް ކެތެއް ނުކުރެވުނެވެ. ބާރަށް ހިނގާލައިފައި ގޮސް ބުރާ ހަމަވުމާއެކު އިލްހާމް ނިކާލްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

“..އިބްރާހީމްބޭ! ކީއްވެގެންތަ ބަލަހައްޓައިގެން ތި ހުންނަނީ! ކޮންމެވެސް ކަމެއްކޮށްބަލަ!..” ފައިރޫޒްވެސް ހާސްވެފައި ހުރެ ބާރަށް ބުނެލިއެވެ.

އިބްރާހީމްބެ އެއްވެސް ކަމެއްކުރާކަށް ނޫޅެއެވެ. އޭނާ ދެއަތް އުރާލައިގެން ބަލަހައްޓައިގެން ހުރީއެވެ. އެކަމާ އެންމެ ކަންބޮޑުވީ ނިކާލެވެ. ނިހާ ސަލާމަތްކުރާނެ ގޮތަކާމެދު ނިކާލް ވިސްނަމުން ދިޔައެވެ. އޭނާ ތިރިޔަށް ބަލާލި ވަގުތު ބުރު ފެނުނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ނިކާލްގެ ފައިން ޖަހައި ބުރު ވަކިކޮށްލިއެވެ. އެޔާއެކު ބާރު ވައި ރޯޅިއަކާއެކު އިބްރާހީމްބެ ވިއްސައިގެން ދިޔައެވެ. ނިކާލް އަތް ފޮޅުވާލަމުން ގޮސް ވެއްޓެމުން ދިޔަ ނިހާގެ ގައިގާ ހިފެހެއްޓިއެވެ.

“..ކަލޭ މޮޔަވީތަ! ކީއްތަތިކުރީ!..” އިލްހާމް ހަޅޭލަވައިގަތެވެ.

އިލްހާމް ގޮސް އިބްރާހީމްބެ ނެގިއެވެ. އަރިކަށި މަތީ އަތް އަޅުވައިލަމުން ތެދުވެ އިބްރާހީމްބެ ހަމަޖެހިލިއެވެ. ފައިރޫޒް މޫނުމަތި ފޮހެލަމުން ގޮސް އިށީނީ ނިހާގެ ގާތުގައެވެ. ލޯ މަރާލައިގެން އޮތް ނިހާގެ ބޮލުގައި ފައިރޫޒް ފިރުމާލިއެވެ. ނިހާގެ މޫނުމަތީ މަޑުމަޑުން ތަޅަމުން ނިކާލް ގޮވާލިއެވެ.

“..ނިކާލް! މިރޭ މަ ކުރި ހުރިހާ މަސައްކަތެއް ކަލޭ ތި ދުއްވާލީ ފެނަށް!..” އިބްރާހީމްބެ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“..އިބްރާހީމްބެ ކަމެއް ނުކޮށް ހުރީމަ މިހެންމިވީ! ނިކާލް ކަންތައް އެކުރީ އެންމެ ރަނގަޅަށް! ނިހާ ސަލާމަތްކުރަން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެއްނު..” ފައިރޫޒްގެ ނަޒަރުގައި ނިކާލް ކަންތައްކުރި ގޮތް ރަނގަޅެވެ. އެކަމުގައި ގޯހީ އިބްރާހީމްބެއެވެ.

“..ބަލަ މިތިބަ ދެ މޮޔަޔާ!..” އިބްރާހީމްބެ ބުންޏެވެ. “..ކަލޭމެން އިންސާނުން ލޯބިވާ މީހުންނަށް އަނިޔާވެރިވިޔަސް އެބައިމީހުން އެމީހުން ލޯބިވާ މީހުންނަކަށް ގެއްލުމެއް ނުދޭނެ! އޭނަ ބޭނުންވީ ކަލޭމެން ލައްވާ ތިކަން ކުރުވަން! މި ބުރުން ބޭރުވާން! އޭނަގެ މަޤުޞަދު ހާސިލުވީމަ އެ ރައްކާވީނު..”

ނިހާ މަޑުމަޑުން ލޯ ހުޅުވާލި ވަގުތު ނިކާލްގެ ސޫރަ ފެނުމުން ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. އިބްރާހީމްބެ ހިތްހަމަ ނުޖެހިފައި ހުރެ ދަބަހަށް އެއްޗެހިތައް އަޅައި ގެޔަށް ދިޔުމަށް ތައްޔާރު ވެލިއެވެ.

“..މަޑުކޮށްބަލަ!..” އިބްރާހީމްބެ އަތުގައި އިލްހާމް ހިފެހެއްޓިއެވެ. “..މިކަން ނުނިންމާ ތިދަނީ ކީއްވެގެންތަ؟ އެކުދިންނަށް ނުވިސްނުނީއޭ!..”

“..މަމިދަނީ އެމީހުންގެ ސަބަބުންނެއް ނޫން! މިކަން މިރެޔަށް ނިންމާލީ މި!..” އިބްރާހީމްބެ ޖަވާބުދިނެވެ. “..މާދަމާރޭ އަންނާނަން! ހީކުރި ވަރަށްވުރެ އިބްރީސް ބާރުގަދަ ވީމަ މަ ބަލަންޖެހޭ އިތުރު ކަންތައްތަކެއްވެސް އެބަހުރި! އެހެންވީމާ އިބްރީސް ގެނެސްގެން މިރޭ ތި ސަކަރާތްޖަހާނެ ވަގުތެއް ނެތް! ހީވާގޮތުން ސަބްރީނާއަށްވެސް އޭނާ އަންދާނުލެވުނީ! ބޮޑަށް ލަފާކުރެވެނީ މިގޭގަ މިގޮތަށް އޭނާ ހައްޔަރުކޮށްފައި އެހެރީ އެހެންވެގެންކަމަށް! ނޫނީ އެހެން ސަބަބެއް އޮތީކަމަށްވެސް ވެދާނެ! މަ ހުރިހާކަމެއް ބަލާފަ މާދަމާރޭ އަންނާނަން! އެހެންވީމަ ކަލޭމެން އެންމެން މިރޭ މިގޭގައި މަޑުކޮށްގެން ނުވާނެ!..”

އިބްރާހީމްބެ ހިނގައިގަތެވެ. ނިހާ މަޑުމަޑުން އިބްރާހީމްބެއަށް ގޮވަން ފެށިއެވެ. އިބްރާހީމްބެއާ ދިމާއަށް ނިހާ އަތް ދިއްކުރަން ފެށިއެވެ. ނިހާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ކަހަލައެވެ. ވަރު ބަލި އަޑަކުން އިބްރާހީމްބެ ގާތު މަޑުކުރާށޭ ބުނުމަށް ނިކާލް ގާތު ބުންޏެވެ.

“..އިބްރާހީމްބޭ!..” ނިކާލް ގޮވާލިއެވެ. އިބްރާހީމްބެ ބަލާލިއެވެ.

“..ނިހާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވޭ!..” ނިކާލް ބުންޏެވެ.

ނިކާލްއާއި ފައިރޫޒްއާ ދެމީހުންވެގެން ނިހާ ކޮޅަށް ނެގިއެވެ. ނިހާގެ ގައިގާ ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން އެދެމީހުން ނިހާގެ ދެ އަތުގައި ހިފައިހައްޓައިގެން ތިއްބެވެ.

“..އިބްރީސް މިހުރިހާ ދުވަހު ހުރީ ކަސްތޮޅު އަޅުވާފައި!..” ނިހާ ބަލި އަޑަކުން ވާހަކަ ދެއްކިއެވެ. “..އިލްހާމްގެ ކޮއްކޮ ހިބައިން ދިނުމުގެ އިޤްރާރުނާމާ ހެދިއިރު ސަބްރީނާ އޮތީ ވަރަށް ބޮޑު ގޯހެއް ހަދާފައި! އެ އިޤްރާރުނާމާގައި ލަމްހާ ނެތް ދުނިޔެއެއްގައި އިލްހާމްއަށް ފުރަތަމަ ލިބޭ އަންހެން ދަރިފުޅު އިބްރީސްއަށް ހިބައިން ލިބޭގޮތަށް އެއްބަސް ވެފައިވޭ!..”

“..ތީ އިބްރީސް ބުނި އެއްޗެއްތަ؟..” އިބްރާހީމްބެ އެހިއެވެ.

“..ހޫމްމމ.. ސަބްރީނާ އެކަމާ ބިރުން އިބްރީސް ކަސްތޮޅު އެޅުވީ! އިލްހާމްއަށް އަންހެން ދަރިޔަކު ލިބިއްޖެނަމަ އިބްރީސްގެ އުނދަގޫ އެދަރިޔަކަށް ޖެހޭނެކަން ސަބްރީނާއަށް އެނގޭ!..”

ނިހާގެ ފަހު ޖުމްލައާއެކު އެންމެންގެ ނަޒަރު ސީދާވީ އިލްހާމަށެވެ.

“..ތީގެ މާނައަކީ ނިހާއަކީ އިލްހާމްބެގެ..” ފައިރޫޒްއަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އިލްހާމްއަށް ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ލޯބިވަން….(ސާދަވަނަބައި)

Next

ތަޤްދީރު (4)

Next
March 4, 2018

ތަޤްދީރު (4)

Previews
March 3, 2018

ލޯބިވަން….(ސާދަވަނަބައި)

40 Comments!

  1. nishan says:
    March 4, 2018 at 11:10 am

    Hello!! 18 vana bai varah avaha upload koh dhiny mi 🙂 unmeedhu kuran mi part vs kamudhaane kamah!! Rangalhu kuran jehey kameh vaanama faahaga kohla dhinun edhen! Thanks!

  2. ޔުމްނު says:
    March 4, 2018 at 11:36 am

    Mi part vx vrh reethi

    1. nishan says:
      March 4, 2018 at 2:31 pm

      thank you yumnu ?

  3. Eekko says:
    March 4, 2018 at 11:42 am

    mi part ves varah reethi dhen inna part avaha up koh dechey nishan

    1. nishan says:
      March 4, 2018 at 2:32 pm

      thanks Eekko!! varah avaha upload koh dheynan inge ?

  4. Laara_Official says:
    March 4, 2018 at 11:48 am

    MI(space)MURUSHIDH
    send to 303
    =================
    Alhey Dhen nik ah nues indheveyne dhw nihaa aa eyna ilham ge dhari akah viyya
    ooops neheee
    barbaadhu e veenumagey nik 🙁

    1. nishan says:
      March 4, 2018 at 2:33 pm

      heheh Aaan Nik barubaadhu ve nimihjje 😛

  5. Shai says:
    March 4, 2018 at 11:50 am

    Wow varah reethi

    1. nishan says:
      March 4, 2018 at 2:33 pm

      thanks Shai ?

  6. Swety says:
    March 4, 2018 at 12:32 pm

    Omg adhives illhaama nuveytha bastu vaakah…dhen hurey agaan soni faabafa. …..hurihaa kameh falhaa ere ema. ….??????

    1. nishan says:
      March 4, 2018 at 2:35 pm

      heheh! ilham ah vs kan kan si’hru kureveyni vaki varakah nu!! abadhu kankan vanhanaa kohgenn noolheveyne nu dw! thanks for reading ?

  7. Noora says:
    March 4, 2018 at 12:37 pm

    Varah reethi… interesting twist… nihaa salaamaiy vaan vegen hadhaali vaahaka eh kanneyge..

    1. nishan says:
      March 4, 2018 at 2:36 pm

      Nihaa hama hadhaafaane thikahala ehcheh vs! hehe!! thank you Noora ?

  8. shaa says:
    March 4, 2018 at 1:15 pm

    v. interesting can’t wait for the next part

    1. nishan says:
      March 4, 2018 at 2:36 pm

      thank you Shaa ?

  9. ssannwa?❤? says:
    March 4, 2018 at 1:31 pm

    Eyy vaau varah reethi. Enme fahun bust v dhw ilhaam. Next part kon irakun

    1. nishan says:
      March 4, 2018 at 2:39 pm

      hehe! Ilham ah varugadha shokeh libifa e hurii! molhu gotheh hadhaalaane kanneyge dw! next part Thursday nooni Sunday ga upload koh dheynan! thank you ?

  10. Jaadhu says:
    March 4, 2018 at 1:57 pm

    Salhi.. waiting for the next part

    1. nishan says:
      March 4, 2018 at 2:39 pm

      thank you Jaadhu ?

  11. Ashy says:
    March 4, 2018 at 2:40 pm

    Omg. So Nikal and Niha can’t be together. So sad. ?

    1. nishan says:
      March 4, 2018 at 2:44 pm

      yeah Ashy! so Sad ?
      Thanks vaahaka kiyaalima!!

  12. haner says:
    March 4, 2018 at 3:16 pm

    .nice
    . waiting for next part

    1. nishan says:
      March 4, 2018 at 11:38 pm

      Thank you haner ?

  13. haner says:
    March 4, 2018 at 3:29 pm

    I just read this part 3 times repeatedly
    soo good
    you’re sooo good at writing
    please up next part soon

    1. nishan says:
      March 4, 2018 at 11:40 pm

      Thank you so much for the lovely comment ?
      Will upload soon in Shaa Allah ?

  14. .-. says:
    March 4, 2018 at 4:43 pm

    WAAU EHNWEEMA NIHA YAA NIKAAL AKAA NUGULHEWEYNE DHW 😮

    1. nishan says:
      March 4, 2018 at 11:41 pm

      Yeah Varah dhera dw mivaa goiy!!
      Thank you ?

  15. Azu says:
    March 4, 2018 at 9:32 pm

    Ain…kihineh mivee….aneh bai avas kohdhehchey nishan…love the story…?

    1. nishan says:
      March 4, 2018 at 11:42 pm

      Ilham ah libun kahala shokeh azu ah thi libuni Vs hehe!! Iraadha kureviyya varah avaha upload koh dheynan. Thank you ?

  16. Sabu says:
    March 4, 2018 at 10:19 pm

    Kee k bunaanee nishan.. 18 episods and totally loved every part of it..great writing and awesome plot.. keep going.. can’t wait for the next part..ur indeed very telented!! Love it ! Keep it up !

    1. nishan says:
      March 4, 2018 at 11:44 pm

      Saboo enme furathama Vs bunelan beynun vani varah bodah shukuriyya EY!! Varah ufaa vey saboo menge faraathun thiya libey loabi comment thakuge sababun. Thank you ?

  17. Shau says:
    March 5, 2018 at 12:27 am

    Niha ge mamma fahun preg v ilhaam ge dhari akah… Niha ilhaam ge hagygaiy falhaa aruwaalan jessi fakkaa trick eh kamah beleweny… Hahah gadha .. Nik aa nihaa aa hama gulheyny emme fahun… Vv rythi mi part vx.. ??????

    1. nishan says:
      March 5, 2018 at 8:41 am

      hehe! thi ves hama vedhaane gotheh! niha thikahala kameh ves kohfaane ilham ge hageegai falhaa aruvan! lets see dw mi vee gotheh ? thanks shau

  18. Cj says:
    March 5, 2018 at 12:46 am

    But Nihaa akee Ilham ge dhari eh tha ??

    1. nishan says:
      March 5, 2018 at 8:41 am

      adhi neyge egothah nishan ah vs heevani 😉

  19. Nihaa says:
    March 6, 2018 at 11:37 am

    Ilhaambege soattu beyleny utha

  20. Faxyl says:
    March 9, 2018 at 2:36 pm

    Kobaa upload adhives nukohdhey! Haadha lahey Nishan

  21. Mak says:
    March 9, 2018 at 3:34 pm

    Pls fast upload

  22. nishan says:
    March 10, 2018 at 2:03 pm

    މި ވާހަކަ އަޕްލޯޑް ކުރެވެމުންދާނީ ކޮންމެ އާދިއްތަ ދުވަހެއްގައި! އާދިއްތަ ދުވަހުގެ ޕާޓް މިރޭ އަޕްލޯޑްކޮށް ދޭނަން! 🙂

    1. Naz says:
      March 10, 2018 at 2:53 pm

      Thanks

Comments are closed.

Next Episodeވަންހަނާ (ނަވާރަވަނަ ބައި)←


All Right Reserved!