Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން….(ބާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
February 26, 2018 4 Mins Read
17 Comments

މުލައިލް ގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. އެސިކުނޑިވަނީ ހިޔާލުތަކުން ފުރިފައެވެ. ޔާނީލާގެ ހިޔާލު ތަކާ ޔާނީގެ ހިޔާލުތަކެވެ. އެ ގޮތް ނޭންގޭ އަދި އެމީހުންގެ މަރަށްދަހިވެތި ވެފައިވާ މީހާގެ ހިޔާލުތަކެވެ. އަލާނިޔާ އަދި ލައިތްގެ ހިޔާލުތަކެވެ. އޭގެތެރެއިން ވެސް އެންމެ އުނދަގޫ ވަމުން ދިޔައީ ޔާނިލާ އަދި ޔާނީގެ ގާތުގައި ހުންނަ އިރު އެވާ ތަފާތު އިހުސާސްތަކުގެ ސަބަބުންނެވެ. އެންމެ ފަހުން މުލައިލް ނިންމީ އެ ދެއިހުސާސަކީ ލޯބި ކަމަށެވެ. “ނިލް ދެކެއަހަރެން ވަނީ ލޯބި.. ޔާނީ ދެކެނީ އަހަރެންގެ ކޮއްކޮއެއްގެ ގޮތަށް…އެކަމުވެސް.. އާހް…”ހިޔާލުތަކުން ދުރވުމަށްޓަކާ މުލައިލް ޔާނީގެ ކަބަޑުމަތި ތަރުތީބު ކޮށްލަދިނެވެ. އެމަސައްކަތުގެ ތެރެއިން މުލައިލްއަށް އަލާނިޔާގެ ޑައިރީ ފެނުނެވެ. އޭތި ނަގާމުލައިލް އެއަށް ރަނގަޅަށް ބަލާލިއެވެ. އަދި އޭގައިވާ ނަން ކިޔާލިއެވެ. “އެދެމޭ ކަލާޔާ ގާތުގާ ވުމަށް.”
މުލައިލް އަކީ އެއް އިރެއްގައިވެސް ދިވެހި ފޮތް ކިޔާހިތްވާ ކުއްޖަކަށް ނުވާތީ އޭނާ އެފޮތް ފޮތްހަރުގަނޑަށް ލިއެވެ. އެވަގުތު ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ.
***********
“އާން..މަށަށް ހަމަ ޔަގީން އިއްލުކަން އެފޮތް ނެގީ!!! ހަމަ މަ ދިވެހި ވާހަކަ ކިޔާތީ..ދެން ގެނެ އިނގޭ..އެންމެ ރީތި ހިސާބޭ ދެން ކިޔަން އޮތީވެސް. ހަމަ މަންމަޔަށް ގޮވާނީ އިނގޭ!!”” ޔާނީގެ ހަރުކަށި އިންޒާރުތަކުން މުލައިލްއަށް ހެވެމުން ދިޔައެވެ. ހަގީގަތުގައި އެފޮތް އޮތީ ސިޓިންގްރޫމުގައެވެ. ނަމަވެސް ޔާނީއަށް ނުފެނުމުން މުލައިލް ބޮލަށް ޖަހާލީއެވެ. މިކަން އިނގިހުރެވެސް މުލައިލް ބޭނުންވީ ޔާނީ ރުޅި އަރުވާލާށެވެ. “ފޮތް ބޭނުންތަ؟ އެބަ ފެނޭތަ އަހަރެންގެ ލޯތެރެއިން އަޅި އެތިގަނޑެއް؟؟ އެއީ އެ ފޮތް.. އަވަހަށް ނަގާ…އެހެން ނޫނަސް ކާކުތަ ދިވެހި އެއްޗެހި ކިޔާނީ..ހަހަހަ..އަން ނަގަ”
މުލައިލް ގިދު ވެލައިފައި ޔާނީއަށް ލޯ ދައްކާލުމުން ޔާނީ މުލައިލްގެ ބޮލުގައި ތަޅައިގަތެވެ. އެހިސާބުން ދެމީހުން ދެމީހުންގެ ގައިގައި ހިފައިގަނެގެން އެތައް އިރެއް ވަންދެން ކޯޅުނެވެ. މުލައިލް ހީހީފައި އުޅުން އިރު ޔާނީ އުޅުނީ އަސްލަށްވެސް ރުޅިގަދަވެގެންނެވެ. ޝިފާން ގެއަށް އައިސް ވަނީ އެވަގުތުއެވެ. ޗުސްތަޅާލުމުން ދެމިހުން ދުރުކުރުވަމުން ޝިފާން ވެގެން އުޅޭ ގޮތް އަހާލިއެވެ. ރުޅިއައިސްފައި ހުރި ޔާނީ ވަރަށް ތަފްސީލުކޮށް ވެގެން އުޅޭގޮތް ކިޔާދިނެވެ. އެރުވެސް މުލައިލް ހަމަ ހެނީއެވެ. “ބަލާބަ ބައްޕާ..ހަމަ ހެނީ ދެން…” ޝިފާން ވެސް މުލައިލް އާ ދިމާއަށް ބަލާލީ މުލައިލް ހޭވަރުންނެވެ. އެވަގުތު ލޮލުގެ އިޝާރާތުން މުލައިލް މޭޒުމަތީ އޮތް ފޮތް ދައްކާލިއެވެ. ޝިފާންވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އެދިމާއަށް ދިޔުމާއެކު ޔާނީ ހައިރާންވެގެން މޫނަށް ގޮތެއް ހަދާލިއެވެ. ޝިފާން ދެން އައީ އެ ފޮތް ހިފައިގެނެވެ.
“ސާބަހޭ ދަރިފުޅާ…މީތި އޮތީ އެއޮއްތާ މޭޒުމަތީއޭ…ހަމަ އިއްލު އާ އަރައިރުން ވާންވެގެން…ބަލާލާފަދޯ އެއްޗެއް ބުނަން ވާނީވެސް. ބައްޕަގެ ދެ ދަރިންވެސް އަދިވެސް ބޮޑެއް ނުވޭދޯ…ހަހަހަ” ޝިފާން ދެމީހުންގެ ބޮލުގައި މަޑުމަޑުން ޖަހާލުމާއެކު ޔާނީ ވެސް ވައްތަރެއް ޖައްސާލުމަށްފަހު އަވަހަށް އެތަނުން ދިޔައީ ރަކިވެފައިވާލެއް ބޮޑުކަމުންނެވެ.
**********************
އެ ހަނދާން އާވުމާއެކު މުލައިލްއަށް ބޭއިހުތިޔާރުގައި ހީލެވުނެވެ. އެހިނިތުންވުން ފަނޑު ވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ސަބަބަކަށްވީ މިހާރު އެކުދިންނަށް ދިމާވަމުންދާ ކަންކަމެވެ. “އަހަރެމެންނަށް ދުވަހަކުވެސް އުފަލެއް ނެތީތަ ޔާނީ…މިހެން އަބަދަކު ކެތެއް ނުވާނެ. އަހަރެމެން ދެމީހުންގެ ދިއިރުޅުންވެސް ހާދަ ހިމޭން ވެއްޖޭ….ހާދަ ބަދަލެއް ވެއްޖެއޭ…މި ހެން އުޅޭކަށް ބޭނުމެއްނޫން. ޔާނީ ތިހެން ބަލިވެފަ އޮންނަންޏާ ދެން ވަރަށް ދެރަ ދޯ…މަންމަ ވެސް ބައްޕަވެސް ކިހާ ހާސްވާނެ. އަހަރެންގެ ސިކުނޑި ހީވަނީ ފަޅއިން ގޮސްފާނެހެން..ޔާނީ ހެލްޕް މީ……..”
މުލައިލް ޔާނީގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ވަރުބަލިވެފައިވާ މުލައިލްގެ ލުލަށް ނިދި ސަވާރުވީ އެވަގުތުއެވެ. ޔާނީ ކައިރީގައި ވުމުން މުލައިލްއަށް އާދަޔާހިލާފު ހިނހަމަ ޖެހުމަކާއެކު ނިދާލެވުނެވެ. ޔާނީގެ މަގަތުގައި ބޯ އަޅާލައިގެން ނިދާލައިފައިވާ މުލައިލްއަށް ހަގީގީ ލޯބީގެ އިހުސާސަކީ އެއީކަން ކިޔައިދޭނެ އެކަކުވެސް ވާނެ ބާއެވެ؟
“އަސްލުވެސް ތަ ދަރިފުޅާ..ޔަގީންތަ އެއީ ޔާނީ އާ މުލައިލްކަން؟.. މައްސަލައެއްނެތް.. ދަރިފުޅު މީގެފަހުން ވާންވީ އެދެކުދިންގެ ހިމާޔަތުގައިވާ މީހާއަށް. އެމީހުންނާ އެކުވެރި ވެލައިގެން އެކަންތައް ތައް ދަރިފުޅު ވީ ހޯދަން. އަދި އެމީހަކު އަތުލައިގަންނަން ވީ…ބައްޕަ މިފުރަނީ ދަރިފުޅަށް ވަރަށް އިތުބާރު ކޮށްފަ.” ތިހާމް ވާހަކަދެއްކީ އޭނާގެ ދަރިފުޅު މިމްރާހު އާއެވެ.
މިމްރާހަކކީވެސް ފުލުހެކެވެ. ނަމަވެސް މިމްރާހުވެސް އެއީ ސިއްރު މަސައްކަތް ކުރާ ފަރާތެކެވެ. އެދުވަހުވެސް އޭނާ ވެމްކޯ ޔުނީފޯމުގައި އެތަނުގައި އުޅުނީ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރުމަށެވެ. ޔާނީފެނުމާއެކު އެއީ ޔާނީކަން އެނގުނީ ތިހާމް ގެ ފަރާތުން އެމީހުން އިނގިފައި ވާތީއެވެ. މިމްރާހުވެސް ކުރިން އުޅުނީ ބޭރުގައި ކަމުން މުލައިލްމެންނާ އޭނާއާ ދިމާވެފައެއް ނުވެއެވެ. ހަމަ އެޔާއެކު އެއީ ތިހާމްގެ އަސްލު ދަރިއެއް ނޫންކަމުން ތިހާމްވެސް ޔުސްރާމެންނާ މިމްރާހުއާ ބައްދަލުކުރުވާފައެއް ނުވެއެވެ.
ޔާނީއަށް ހޭލެވުނީ މުލައިލް ގޮވާލުމުންނެވެ. އޭރު ސޫޕުތައްޓެއް ހިފައިގެން މުލައިލް އައިސް ހުއްޓެވެ. އޭޕްރޮން އެއް އަޅާލާފައި ވީއިރު މުލައިލްގެ މޫނުގައިވި ދާތިކިތަކުން އެ ތައްޔާރު ކުރީ މުލައިލްކަން އިނގެއެވެ. މުލައިލްގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި އިން ޔާނީ ސިހުނީގުދުވެލުމަށްފަހު މުލައިލް ޔާނީގެ ބޯދަށަށް އަތް ލައްވާލަމުން ކޮޅަށް ބޭންދުމުންނެވެ. އެވަގުތު މުލައިލްއަށްވެސް ބުނެދޭން ނޭންގޭ ގޮތްތަކެއް ވެގެން ދިޔައީ ޔާނީގެ މޫނު އެހާ ގާތުން ފެނުމުންނެވެ. އަވސް އަވަހަށް މުލައިލް އެތަނުން ދިޔައީ ބޭސްބަލާ ދަނީކަމަށް ބުނަމުން ނެވެ. އެރުވެސް ޔާނީ އިނީ އެއިންގޮތަށް ގަނޑުވެފައެވެ. ނޭވާލާން ހަނދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އޭނާއަށް ހޭވެރިކަން ވީ އަނެއްކާވެސް މުލައިލް އައިސް ވަނުމުންނެވެ. މުލައިލްގެ އެ އަމަލުތަކުން ހިތްހަމަ ޖެހިފައި އިން ޔާނީ ބަސްއަހަގެން ކާންފެށީ ކުޑަކުއްޖެއްފަދައިނެވެ. އެވަގުތު ޔާނިލާމެން އައުމާއެކު މުލައިލް ފުންމައިގެން ތެދުވިތަންފެނި ޔާނީގެ ހިތް ރޯލިއެވެ.
“ޔާނީ..މިހާރު އޯކޭ؟ އެލްގެ ހިދުމަތް ހާދަ ރަނގަޅޭ ދޯ..ފިއުޗާރ އަނބިމީހާއަށް އުފާވެރި ހަބަރެއް..ހަހހަ” ލީނާ އެހެން ބުނުމާއެކު މުލައިލް އަދި ޔާނިލާ އެކަކު އަނެކަކަށް ބަލާލިއެވެ. މުލައިލް އެއްލޯމަރާލުމާއެކު ޔާނިލާ އިސްދަށަށް ޖަހާލިއެވެ. ޔާނީއަށް ހަމަރަނގަޅަށްވެސް އެމަންޒަރު ފެނުނެވެ. ވަގުތުން ސަމްސާ ބޭއްވުމަށްފަހު ޔާނީ އެނދުގައި އޮށޯވެލިއެވެ. އަދި ލޯމަރާލިއެވެ. ޔާނީއަށް ވަގުތުކޮޅެއް ދެމުން އެހެންކުދިން އެތަނުން ނިކުތެވެ. އެވަގުތު ލޯމަރާލައިން އޮތް ޔާނީގެ ލޮލުން ހިފެހެއްޓުމެއްނެތީ ކަރުނަތައް ފައިބައިގަތެވެ.
ޖެހިގެން އައި ދުވަހު ޔާނީވެސް ސްކޫލަށް ދިޔައީ ޔުސްރާމެންނަށް ހުރިހާޚަމެއް ސިއްރުކުރުމަށެވެ. އެހެންނޫނަސް ޓެސްޓުތައް ގާތްވަމުން ދިއުމާއެކު ޔާނީބޭނުން ވީ ގަދައަޅާ މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. ސްކޫލުގައިވެސް ޔާނީގެ މިޒާޖުވަނީ ހިމޭން ވެފައެވެ. އެންމެނަންވެސް ގަބޫލުކުރީ އަދިވެސް ޔާނީ އެއްކޮށް ރަނގަޅު ނުވަނީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ޔާނީ މުލައިލްމެންނާ ދުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މުލައިލް އަދި ޔާނިލާގެ ދެމެދަށް ނުވަދެ ވޭތީ ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މުޅި މިހާގެ މިޒާޖު ބަދަލު ވެގެން ދިއުމެވެ. ނަމަވެސް އެކަކަށްވެސް ހަގީގީ ސަބަބު ދެނެއެއްނުގަނެވުނެވެ.
ހުރިހާ ގަޑިތައްނިމި ގެޔަށް ދިޔަމަގުމަތީގައި މުލައިލްއަށް ފޯނެއްއައެވެ. އެމީހަކާ ވާހަކަދާއްކާ ނިންމާލުމަށްފަހު މުލައިލް ޔާނީއަށް ބަލާލިއެވެ. “އޭ އަދި ހަނދާން ނެތުނީއޭ.. އިއްޔަ ޔާނީ އެތަނުން ނެރުނީ މިމްރާހު ކިޔާ މީހެއް. އޭނަ ދެންމެ އެބުނީ ހަވީރު ބައްދަލުކޮށްލަން. މާދަން ހުކުރު ވީމަ އަހަރެން ބުނެފިން އާންއެކޭ…މިރޭ ނުވާނު…ބައްޕަ ބާތްޑޭވީމަ މަންމަ ޕްލޭން އެބަ ކުރޭނު ސަޕްރައިޒެއް. އޯކޭ ދޯ..” މުލައިލް ބުނެލިއެވެ. ޔާނީ ވެސް ބޯޖަހާލީ އެއީ ތެދަކަށް ވާތީއެވެ. އަދި އެމީހާއަށް ޝުކުރު އަދާކުރަންވެސް ބޭނުން ވެފައިވާތީއެވެ.
ކިޔައިފައިވާ ގަޑިއަށް މުލައިލް ޔާނީގޮވައިގެން ޕިއްޒާ ހަޓަށް ދިޔައެވެ. އޭރު މިމްރާހު އެމީހުންގެ އިންތިޒާރުގައި އިނެވެ. “ހެއީ.. އަހަންނަކީ މިމްރާހު. ކޯލް މީ މިންމި.. އަހަރެން އުޅެނީ ސިކްރެޓް ފޯސްގަ. މުލައިލްއަށް ވުރެ އެއްއަހަރު އަހަރެން ބޮޑީ..ދެން އަހަރެން ތިމީހުންނަށް އެހާ ޓްރަސްޓް ކޮށްފަ އެހެން މިބުނީ ތިމީހުން ދަންނަ ތިހާމް އަކީ އަހަރެން އެޑޮޕްޓް ކުރި އަހަރެންގެ ބައްޕަގެ އެންމެ ގާތް މީހުންވީމަ. އަސްލު އަދި އޮފިޝަލްކޮށް ދިމާނުވެގެން މިއުޅެނީ ޑޭޑް މިކޮޅުގަ ނެތީމަ. އަހަރެން ވެސް ވަރަށް ފަހުން އަސްލު ރާއްޖެ އައީ..” އެއްފަހަރާ މިމްރާހު ކިޔާލިއެވެ. ޒަމާން ތަކަކަށްފަހު ޔާނީގެ ހިނިގަނޑުގެ އަޑު ގުގުމާލިއެވެ. މިމްރާހުވެސް ހީލީ އޭނާގެ މަގްސަދު ކާމިޔާބުވުމުންނެވެ. އޭނާ ބޭނުންވީ ވީހާވެސް ކަޑަ ހިނދުކޮޅެއްގެ ތެރޭގައި އެކުދިންގެ އިތުބާރާ އެކުވެރިކަން ހޯދާށެވެ.
**************
ޔާނިލާއަށް މުލައިލްމެން ގޭގައި ނެތްކަމެއް ނޭންގެއެވެ. ޔާނިލާ ހީކުރީ މުލައިލް އަދި ޔާނީވެސް އެޅޭނެ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކީ ޔާނީ ހުއްޓާ މުލައިލްއާ ގާތްވުމެވެ. ޔާނީ އުފަލުގައި އުޅޭތަން ބަލާކަށް އެއްވެސް ހާލެއްގައި އޭނާއަށް ކެތެއްނުވާނެވެ. ޔާނިލާ ދެކޭގޮތުގައި މުލައިލް އެއީ ހަމައެކަނި އޭނާގެ މީހެކެވެ. ނަމަވެސް މުލައިލްގެ ހައިސިއްޔަތަކީވެސް އޭނާގެ އަޅެއްގެ ހައިސިއްޔަތެވެ. އެހެނީ ޔާނިލާ ގަބޫލުކުރާގޮތުގައި އޭނާގެ މަންމަގެ ގާތިލުންނަކީ މުލައިލްގެ މައިންބަފައިނާ ޔުސްރާމެންގެ އާއިލާއެވެ. ވިހަ ހިނިތުންވުމަކާއެކު ޔާނިލާ ގެއަށް ވަދެގެން އުޅުނީ އޭނާއަށް އެ ގޭގެ ކޯޑުވެސް އިނގޭތީއެވެ.
ގެއަށް ވަނުމާއެކު ޔާނިލާއަށް ހުއްޓުން އެރީ ކުރިމަތިން ޔުސްރާ ފެނުމުންނެވެ. ޔުސްރާއަށް އޭނާ އެހާ ހާމަކަން ބޮޑުގޮތެއްގައި ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން ޔުސްރާއަށް ހުރެވުނީއެވެ. ޔުސްރާގެ ދޫ މަޑުމަޑުން، ލަސްލަހުން ހަރަކާތް ކޮށްލިއެވެ. އެހެނަސް އަޑެއް ނާދެއެވެ. އަނެއްކާވެސް ޔުސްރާ އަނގަ ތަޅުވާލިއެވެ. “ރުއާ…!!!!!!” އެވަގުތު ޔާނިލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.
ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ބޭނުންވަނީ ޔާރާ… (ޓްރެއިލަރ)

Next

ތިޔަ އަސަރު 46

Next
February 26, 2018

ތިޔަ އަސަރު 46

Previews
February 26, 2018

ބޭނުންވަނީ ޔާރާ… (ޓްރެއިލަރ)

17 Comments!

  1. imagination ?? says:
    February 26, 2018 at 4:29 pm

    hey everyone. mibai ves kamudhaane kamah ummeedhu kuran.. also mifaharu yusraa salaamai vaane tha???

  2. Minion says:
    February 26, 2018 at 4:49 pm

    Alhe awahah next part up kohdhyba. Cant wait to know what’s gonna happen next. Mi part wes warah reethi❤

  3. Mysh says:
    February 26, 2018 at 4:58 pm

    Omgggg…hama mysh suspect kuri gothah dhw mi vany…nd yusraa maraa nulahchey..eyrun ihlu aai yaany haadga dhera vaane ey..

  4. Anonymous says:
    February 26, 2018 at 5:05 pm

    haadha kurry mihaa kahun up kuraairuves varah foohi vey dhen

  5. Rose says:
    February 26, 2018 at 5:09 pm

    Ei ruaa tha

  6. Ree? says:
    February 26, 2018 at 6:03 pm

    Yaanilaa eii ruaa ge dharieh dhw alhey yusraa salaamay kurah chey yusraa ah kameh vehjeyaa yaani aa ihlu kihaa dhera vaane??eargly waiting for the next part?❤❤

  7. Pinky shifoo says:
    February 26, 2018 at 6:13 pm

    Oh nooooo ???… Plxx plxxxxx yusra salaamai kurahchey… So yaanila akee ruaage daughter hama… Mi part vx as usual v v v reethi ???… V v interesting ???… Keep up the good work… Curiously waiting for the next part…

  8. starme says:
    February 26, 2018 at 6:19 pm

    Haadha kurey dho. Mihaa kuru v ma varah foohi?

  9. Friends says:
    February 26, 2018 at 6:35 pm

    Seyma dear mi part kuru dhw.but stry vv nice.
    Friends ah heevany mi yaanila yusraa ah hamala dheyne hen.ethanah ekam yaani mennan ahnaane dhw. N ihul mom maruviru dhw yaanila dad vess maruvy friends ah heevagoih ingey .

  10. Min says:
    February 26, 2018 at 6:36 pm

    Alhey imajination haadha haa vaa reechey mi part you are my one of the fav writer ly?????????????

  11. Reader says:
    February 26, 2018 at 6:38 pm

    As i told… She is Ruaa?

    1. Friends says:
      February 27, 2018 at 8:54 am

      Dear eii ruaa eh noon.ruaa ge dharifulhu

  12. you says:
    February 27, 2018 at 9:26 am

    Nice

  13. Unique says:
    February 27, 2018 at 2:45 pm

    Gud going love ur stories….. Imagination

  14. Eleven says:
    February 28, 2018 at 5:50 pm

    Kobaatha thirteenth vana part???avahah up kohlla dheeba..pls

  15. Eleven says:
    March 1, 2018 at 2:57 pm

    Kobaatha story??

  16. imagination ?? says:
    March 1, 2018 at 10:40 pm

    up kohllaifin.. miyadhu dho up kuran bunefa inaaany dear. sorry kudakoh las vi ma. next par in sha allah maadhan ingey

Comments are closed.

Next Episodeލޯބިވަން….(ތޭރަވަނަބައި)←


All Right Reserved!