Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (49)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 24, 2018 11 Mins Read
48 Comments

“މިކަމުގެ އަޑީގައި ވަނީ ކާކުކަން ވެސް މިވަނީ ހޯދިފައި… އިނގެންޏާ އަޅުގަނޑު މެންނަށް ހިއްސާ ކޮއްލަވާތި” ރާކިޒް ވާހަކަ ދެއްކިއެވެ. “ކާކުތޯ” އާއިކް ސުވާލުކޮއްލިއެވެ. އެއާއެކު ރާޒިކް ބުނެލި ނަމެއްގެ ސަބަބުން އޭނާގެ ބޮލުން ތަރި ބުރައިލިއެވެ.

“ޔާނިތް” އެތައް ފަހަރަކު އެނަން އޭނާގެ ސިކުނޑީގައި ގުގުމާލިއެވެ.

“ކާކޭ… ވަޓް ޔާނިތް ނޫން” އާއިކް އަށް ބުނެވުނެވެ.

“ޔާނިތް އަކ ކާކުކަން އިނގޭތޯ” ރާކިޒް ސުވާލުކޮއްލިއެވެ. އެއާއެކު އާއިކް އަށް މޫނުމަތީގައި އަތް ހާކާލެވުނީ މީހާ ހާސްވަމުން ދިޔަ ވަރުންނެވެ.

“ޔާނިތް… ޔާނިތް އަކީ އަހަރެންގެ ކުރީގެ ގާރލް ފްރެންޑް” އާއިކް އަށް ބުނެވުނެވެ.

ރާކިޒް މެންނަށް ބޭނުންވާ މައުލޫމާތު ދިނުމަށްފަހު އާއިކް އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ޔާނިތް އެވަރު ކަމެއް ކުރުމުގެ ފަހަތުގައި ވަނީ އޭނާ ޔާނިތް އާ ރުޅިވުންހެއްޔެވެ؟ ނޫނީ އާރާއާ އެކީގައި އުޅޭކަން އެނގުނީމަ ހެއްޔެވެ؟ ނޫނީ އަދިވެސް ނޭގޭ އިތުރު ސަބަބެއް އޮތީ ހެއްޔެވެ؟.

“ދަރިފުޅާ” ފުލުހުންގެ ދެމީހުން ދިޔުމާއެކު އައިކަލް އައިސް އާއިކް އާ ސުވާލުކޮއްލިއެވެ. އެއާއެކު އާއިކް ބުނި ހާވެސް އެއްޗަކީ އެމީހުން އެނގުނީކަމުގައެވެ. “އަލްޙަމްދުލިއްލާހި” އައިކަލް އަށް ﷲ އަށް ޙަމްދުކުރެވުނެވެ. އޭނާގެ ދަރިފުޅަށް އެ ހާލު ޖެއްސި މީހަކަށް އެންމެ ހަރުކަށި އަދަބުދޭން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ކުރިމަތިން އޭނާ އަށް އަމާޒުވަމުން ދިޔަ ގާގަނޑެއް އޭނާއަށް އަޅައެއްނުގަތެވެ. އެކަމުގެ ހިލަމެއްވެސް ނުވެއެވެ.

އޭގެ ހަފްތާއެއްފަހުން ޔާނިތްމެންވެސް ހައްޔަރު ކުރެވުނެވެ. ޔާނިތް އާއެއީގައި ދެން އެކަމުގައި ބައިވެރިވަމުން ދިޔައީ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާ ޖަމާމް އެވެ. އެދެމީހުން ހައްޔަރު ކުރެވުމާއެކު އާއިކް ވެސް އޮފީހަށް ނުކުންނަށް ފެށިއެވެ. އޭނަ ހުރި ޔާނިތް އާ ބައްދަލު ކުރަން ބޭނުންވެފައެވެ. އެހެންނަމަވެސް އެކަންތައް އެ ގޮތަށް ކުރެވެން އަންނަނީ ކޯޓް މަރުހަލާ ތައްވެސް ނިމުމުން ކަމަށް ވާތީ އޭނާއަށް އަދި އޮތީ ކެތް ކުރުމެވެ. އޭނާއަށް ވެސް އަދި އާރާއަށްވެސް މިހާރު އެއްބެސް ބިރެއްނެތް ކަމަށް ޔަގީންކަން ފުލުހުން ދީފައިވާތީ ޒާރިވާ އާއި އައިކަލްވެސް އާއިކް އާއި ދެކޮޅެއް ނުހަދައެވެ.

އާއިކްގެ ފަރާތުން އައިކަލްމެނަށް ވެސް ޔާނިތް އަކީކާކުކަން އެނގުނެވެ. ކޮންމެ މީހަކުގެވެސް ހިތުގައިވީ ޔާނިތް އެވަރުގެ ކަމެއްކުރަން ބޭނުންވި ސަބަބެވެ.

“އާރާ…. އައި ލަވްޔޫ” ފޯނުން އާއިކް ވާހަކަ ދައްކަމުން ދިޔައީ އާރާއާއެވެ. ދުވަހަކީ ހުކުރުދުވަހެކެވެ. “ދޮންތަ ބުނީ އާއިކް އާ ބައްދަލުކުރަން ބޭނުމޯ” އާރާ ފޯނުން ބުނެލިއެވެ. އެއާއެކު އާއިކް ގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “އަޅެ އާއިކް ހާސްވެސް ނުވޭތަ؟” އާރާ ވާހަކަ ދެއްކިއެވެ. “ކޮން ކަމަކާތަ ހާސްވާން ވީ ބޭބީ” އާއިކް މިފަހަރުވެސް ބުނެލިއެވެ.

“އާރާ… ބުނައްޗޭ މިއަދު މެންދުރު އާދެވެންޏާ އަންނައްޗޭ” ކޮޓަރީގައި އޮތް އާރާ އަށް ގޮވާލާ ބޯ ދިއްކޮއްލަމުން ޝާލީން ބުނެލިއެވެ. އެއާއެކު އާރާ ފޯނު ކަންފަތުން ނައްޓާލަމުން ޝާލީން އަށް ދައްކާލިއެވެ. އެއާއެކު ޝާލީން ދޫ ނެރިލަމުން ސޮރީއޭ ބުނެލިއެވެ.

“ޝާލީން އެބުރި ބަދިގެއަށް އައިއިރު މައިލީން ހުރީ ތަކުކާރީ ކޮށާށެވެ. ޝާލީންގެ ބަނޑުން ވެސް މިހާރު ބަނޑުބޮޑުކަން އެނގެއެވެ. “އިލީ އެއީ ކާކު ކުރިކަމެއްކަން އެނގޭތަ؟” ޝާލީން ސުވާލުކުރީ ކޮންކަމަކާ ބެހޭގޮތުން ކަން މައިލީން އަށް އެގުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދެއްކިއެވެ.

އޭނާ ތަފްސީލް ކުރަން ބޭނުން ވެއްޖެނަމަ ޔުއާންގެ ވާހަކަ ދައްކަން ޖެހޭނެތީ ހަމައެކަނި ނޫނެކޭ ބުނެ ނިންމާލިއެވެ. “ޖަޒިލް ވަރަށް އެއްޗެހި ކީ… ބުނި މީހަކާ ނީންނަކަން ވެސް އިނގުނޭ އޮޅުވާލައިގެންނޭ އުޅުނީ ދޮންތަވެސް” މައިލިން އެހެން ބުނުމުން ޝާލީން އަށް ނުތަނަވަސްކަން ވެރިވިއެވެ. މައިލީން ގެ އަޑުގައިވި ރިހުން އިހްސާސްކުރެވި އަމިއްލަ ނަފްސް ކުށްވެރިކުރެވެމުން ދިޔައެވެ. “އިޓްސް އޯކޭ ދޮންތާ ނޮތް ޔޯ ފޯލްޓް” މައިލީން އެހެން ބުނި އިރުވެސް އެކަން އެގޮތަށް ކުރާނީ ކާކުކަމާމެދު އޭނާއަށް ވިސްނެމުންދިޔައެވެ. މިހާރު އެދެމެދުގައި ވި ނަފްރަތުގެ ފާޜުވެސް ވަނީ ތަޅައިގެންގޮސްފައެވެ.

ޔުއާން އަށް ފޮނުވާފައި އެވަނީ އޭނާއާއި ޖަޒިލްގެ މެސެޖެވެ. އަނެއްކޮޅުން ޖަޒިލް އާށް ކުއްލިއަކަށް ހަގީގަތް އެނގި އެހާ ރުޅިވެރިކޮއް ވާހަކަ ދެއްކުމަކީ އިއްތިފާގަކަށް ނުވާނެއެވެ.

އާއިކް ހުރީ ވެސް އާރާއަށް ހަގީގަތް ކިޔައިދޭން ބޭނުންވެފައެވެ. އެކަން ކުރީ ކޮންބައެއްކަން ބުނެދޭން ބޭނުންވެފައެވެ. އެހެން ނޫނަސް އެ ވާހަކަތަކަކީ ފޯނުން ދެއްކޭނޭ ވާހަކަ ތަކަކަށް ނުވުމާއެކު އޭނާ ނިންމީ އާރާ އާއި މިއަދު ބައްދަލުވެވުމުން އެ ވާހަކަ ދައްކިޔައިދޭށެވެ.

“ބައްޕާ އަޅުގަނޑު ދައުވަތެއްލިބިފައި އެބައިން މިއަދު އެންމެ ރަނގަޅުތޯ ދިޔަޔަސް” ހުކުރުން ފައިބައިގެން ގެއަށް އައިސް ވެދެފައި އާއިކް އައިކަލް އާ ސވާލުކޮއްލއެވެ. އައިކަލް ގެ ހުއްދަ ލިބުމުން ޒާރިވާ ގެ ގާތުގައި ވެސް ބުނެލާފައި އާއިކް ގޭން ނުކުންނަން މިސްރާބުޖެހިއެވެ. ކާރަށް އަރާ ދުއްވާލިއިރު އޭނާގެ ހިތުގައިވެސް ނުތަނަވަސްކަމެއްވިއެވެ. އޭނާ މިދަނީ އާރާގެ އާއިލާ އާ ބައްދަލުކުރާށެވެ. އަނެއްކާ އެމީހުން އާއިކް އާ މެދު ދެކޭނީ ކިހިނެތްހެއްޔެވެ؟ ގަބޫލުވާނެބާއެވެ.

އާރާ އަށް ވެސް ވިސްނެމުން ދިޔައެވެ. ޔުއާން އަކީ އާއިކް ބޭބެއެވެ. އެހެން ވެއްޖެ ކަމަށް ވާނަމަ މައިލީން އާ ޝާލީން ގަބޫލުވެސް ނުވެދާނެއެވެ. އެކަމަކު އޭނާބޭނުންވީ އިހަށް އެކަމާ މެދު ނުވިސްނާށެވެ.

އާއިކް އެގެއަށް ގޮސް ވަނުމާއެކު މަރުހަބާ ކީ އާރާ އާއި ޝާލީންއެވެ. ޝާލީން ހިނިތުންވެލިއެވެ. އާއިކް އަކީ ރާއްޖޭގައި އެންމެން ދަންނަ މީހެކެވެ. އަދި އަމްދުން އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގެ ދަރިއެކެވެ. އާއިކް ފެނުމާއެކު ފުރަތަމަ ފަހރަށް އާރާ އާއި މިހާ މުއްސަނދި މީހަކު އެކަށީގެންވޭބާއޭ އޭނާގެ ހިތަށް އެރިއެވެ.

ބާމަތި ފުޅާހަށިގަނޑެކެވެ. އަޅިކުލައިގެ ދެލޮލުގައި ނޭގޭ ޖާދޫއެއްވާހެން ހީވިއެވެ. ލާފައިވާ ގަމީހުގެ އަތްކުރި އޮޅަބޮއްޓާ ހިސާބަށް އޮޅާލާފައިވުމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮއްލާފައި ވާގޮތުން ވެސް ފިރިހެންވަންތަކަން ވަނީ އިތުރުކޮއްދީފައެވެ.

ޝާލީންމެންގެ މެހެމާންދާރީ އަޑަކޮއްނިންމާލުމަން އޭނާ ދެން އީޝާރާތް ކުރި ކާގެބަޔާ ދިމާލަށެވެ.

މޭޒުމަތީގައި އާއިކް އިށީނުމާއެކު އާރާ އަށް ޝާލީން ބަލާލިއެވެ. “އިލީ އަށް ގޮވާލަބަލަ”

އެއާއެކު އާރާ މައިލީން އަށް ގޮވާލަން ދިޔައެވެ. އޭގެ ފަސްވަރަކަށް މިނިޓް ފަހުން އާރާ އައިއިރުވެސް މައިލީން އެއް ނަޔެވެ. “ކޮބާތަ”ޝާލީން އަހާލިއެވެ. “ޔަޝޫ އަށް ނޭވާނުލެވިގެން އުޅުނީތީ… މިހާރު ވަރުބަލިވެގެން ނިދިއްޖެ…” އާރާ ޖަވާބުދިނެވެ. އެއާއެކު ޝާލީން އަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. ޔަޝްމް ގެ ބަލިހާލަތު ދަނީ ދުވަހެއް ދުވަހެއް ދަށް ވަމުންނެވެ.

އިރުކޮޅަކުން މައިލީން އައެވެ. އޭރު އޭނާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުފެންނަން ހުއްޓެވެ. “ޔަޝޫ ކހިނެތެ” ޝާލީން އަހާލިއެވެ. “މިހާރު އޯކޭ” މައިލީން ބުނެލިއެވެ.

“ދޮންތަ ތަ؟” އާއިކް ކެއުމުގެ ވަގުތުގައި ސުވާލުކޮއްލިއެވެ. ޝާލީން ބޯ ޖަހާލިއެވެ. އޭނާ އިނީ ވާހަކަ ފަށަން ވީ ގޮތެއްނޭގިފައެވެ. “އާއިކް” ޝާލީން ގޮވާލިއެވެ. އެއާއެކު އާއިކް އުލާ ސަމްސާ ތަށިގައި ރީއްޗަށް ބައންދާލުމަށްފަހު ޝާލީން ދައްކަން އުޅޭ ވާހަކަ އަށް ސަމާލުވެލިއެވެ.

“އާއިކް ގެ މަންމަ އާއި ބައްޕަ ގަބޫލް ވާނެތަ؟..” “މިބުނީ އާއިކްމެން…” ޝާލީން އަށް އެވާހަކަ ބުނަން ނޭގިގެން ހުއްޓާލިއެވެ.

“ކީއްވެތަ ނުވާންވީ؟ ތި ބުނަން އުޅޭ ވާހަކަ އިނގިއްޖެ. މުއްސަންޖެއް ވީމަ… އަޅުގނޑުގެ ފެމެލީއަކި މުއްސަނދިން ނާ ފަގިރުންނަށް ބަލައިގެން ކަންތައްތައް ނިންމާ ބައެއްނުން. އަޅުގަނޑުގެ އާއިލާގައި މަންމައެއް ނެތް ދުނިޔޭގައި. ތިބީ މާމަ އާއި ބައްޕަ. ދެން ދޮންބެ… އެއަށްފަހު އެންމެ ކުޑަ ކޮއްކޮ އަފޫ… ބައްޕް ބުނާނެ މި މުދަލާ ފައިސާ އަކީ ވަގުތީ އެއްޗެއްސޭ… ދިރިއުޅުމަށް ބައިވެރިއަކު އިޚްތިޔާރު ކުރާއިރު ރަނގަޅު އަޚްލާގު ރަނގަޅު މީހަކު ހިޔާރު ކުރާށޭ. ” އާއިކް ގެ ވާހަކައިން ޝާލީން ހިންހަމަޖެހުނެވެ.

ކައި ނިންމާލުމަށްފަހު މައލީން އާއި ޝާލިން ވެސް އެ ގުޅުމާ ރުހޭކަމަށް ބުންޏެވެ. މައިލީން އަށް އާއިކް ގެ މޫނުމަތިން ދަންނަ ވައްތަރެއްޖެހިއެވެ. އެހެންނަމަވެސް ކޮންތާކުން ފެނުނު ކާކު ކަމެއް އޭނާއަކަށް ނޭގުނެވެ. އާރާ އަށް ވެސް ޝާލީން މެން އެ ގުޅުމާ ގަބޫލް ވުމުން އުފާވެރިކަން ލިބިފައިވީނަމަވެސް ނުތަނަވަސް ކަން ވެރިވަނީ ޔުއާން ގެ މަތިން ހަނދާންވެފައެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ގެ ތުންފަތުން ހިނިތުންވުން ފިލާދެއެވެ.

އެއަފަހު ދެމީހުން ވެސް ކޮޓަރިއަށް ދިޔައީ އާރާ އާއި އާއިކް އަށް ވަގުތު ދޭންވެގެން ނެވެ.

“އާރާ… އެކްސިޑެންޓް ގެ އަޑީގައި ތިބި މީހުން ހޯދައިފ. ޔާނިތް މެން ތިބީ” ފުލުހުން އަދިވެސް ނަން ހާމަ ނުކުރާތީ އާރާއަށް ވެސް އޮތީ އެކަންތައް ނޭގިއެވެ. “އެއީ ޔާނިތް އަކީ ދޯ” އާރާ ސީދާ ބުނާކަށް ބޭނުމެއްނުވިއެވެ. އެހެންމަމުން އޭނާ ވާހަކަ ވަކި ހިސާބަކުން ހުއްޓާލަމުން ދޯ ދިނެވެ.

“ޑޮންޓް ވޮރީ ބޭބީ… ޔާނިތް އަކީ ކްލޯޒްޑް ޗެޕްޓާއެއް” އާއިކް ބުނެލާ އާރާގެ ކޯތާފަތުގައި ފިރުމާލިއެވެ.

“އިބާހު ކިޔާ މީހެކޯ ހަމަލާ ދިން ކަމަށް ވަނި. މީހާރު އެމީހުން ތިން މީހުން ހުރި ގުޅުން ހޯދަމުން އެ ދަނީ” އާއިކް ދެން ބުނެލި ވާހަކައިން އާރާގެ ނޭވާ ތާށި ވި ކަހަލައެވެ. އޭނާއަށް ހިންދިރުވައިލަން އުނދަގޫވެ ނޭވާ ކުރުވެ މީހާގެ ނަފްސް އަށް ފިނިކަން އިހްސާސްވެގން ދިޔައެވެ. ދެލޯ ބޮޑުވެ މީހާ ހާސްވިއެވެ.

“އާރާ… ވަޓް ހެޕެންޑް” އާއިކް އާރާހެ އަތުގައި މަޑު މަޑުން ހިފާލަމުން ވާހަކަ ދެއްކިއެވެ. އޭނާ އިނީ އާރާއަށް ވެފައި އިން ގޮތުން ކަންތައްބޮޑުވެފައެވެ. މިކަމުގެ އަޑީގައި އަދިވެސް އޭނާއަށް ނޭގޭ ހަގީގަތް ތަކެއް ފޮރުވިފައިވަނީހެއްޔެވެ؟.

އާރާ އަށް ވެސް ވިސްނެމުން ދިޔައެވެ.. އެހެން ވެއްޖެ ކަމަށް ވަނީނަމަ އެ ދުވަހު އިބާހު ހޯދަން އިއުލާން ކުރީ މިހެންވެ ހެއްޔެވެ؟ އެހެންވެއްޖެކަމަށް ވާނަމަ އާއިކް އަށް ހަމަލާ ދިނީ އެމީހުންހެއްޔެވެ؟.

“ހޫ އިޒް ހީ އާރާ” އާއިކް އަހާލީ އާރަގެ ދަތްދޮޅީގައި ހިފާ އޭނާއާ ހަތަރުކަޅި ހަމަކުރުވަމުންނެވެ.

އާރާއަށް ވިސްނެމުން ދިޔައެވެ. އެރޭ އޭނާ ބޭރުގައި ހުއްޓާ ބަލާއައީ އިބާހުއެވެ. އެހެންވެއްޖެ ކަމުގައި ވާނަމަ އޭނާއަށް އެ ދެވުނީ އާއިކް އަށް އެ ހާލުޖެއްސި މީހާއާއެކީގަހެއްޔެވެ؟ ސުބްހާނަށް ﷲ އެވެ. އާރާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ ބަސްބުނާ ހާ ހިނދުކޮއްޅެއްގެ ތެރޭގައެވެ. “އާރާ ވަތް ހެޕެންޑް” ހޫ އިޒް ހީ” އާއިކް ގެ އަޑުގައި ހާސްކަން ވިއެވެ. “އާއިކް… އައެމް ސޮރީ” އާރާ އަށް ބުނެވުނީ އެވަރަށެވެ. އާރާ ރޯން ފެށުމުން އާއިކް އާރާގެނެސް އޭނާގެ މޭގައި ޖައްސާލަމުން އިސްތަށިގަނޑުގައި ފިރުމާލިއެވެ. “އެމީހުން އާރާއަށް ހަމަލާދޭން އުޅުނު ކަމަށް ވިޔަސް އެކަމެއްނުކުރެވުނު. ދެން ނުރޮއި އާރާ ތިހެން ރޯނަމަ އަހަރެން ވަރަށް ދެރަވާނެ. މިއަދު މިއައީ އާރާގެ ކަރުނަ ދެކޭކަށް ނޫން. ތި މޫނުމަތިން ހިނިތުންވުމެއް ފެނޭތޯ” އާއިކް މަސައްކަތް ކުރަމުންދިޔައީ އާރާ ހަމައަކަށް އެޅުވޭތޯއެވެ.

“އާއިކް އަށް އެނގޭތަ… އެރޭ އަހަރެން ހޮސްޕިޓަލަށް ދިޔައިން ދެވުނީ އިބާހު ގެ ސައިކަލު ފަހަތުގައި” އާރާ ބުނެލިއެވެ.

އާރާގެ ވާހަކަ އަޑު އިވުމާއެކު އާއިކް އަށް ކުއްލިއަކަށް އާރާ ދުރުކޮއްލެވުނެވެ. އޭނާގެ ލޮލުން ޝަކުވާ ފެންނަމުންދިޔައެވެ.

“އާރާ…” އާއިކް އަށް ގޮވާލެވުނެވެ. “އަޑު އަހާބަލަ އާއިކް… އިނގޭތަ. އެ އިބާހު އަކީ ކާކުކަން… އެ ރޭ އަހަރެން ނަށް ޓެކްސީއެއްނުލިބިގެން ހުއްޓާ އޭނާއައީ” އާރާއަށް ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. “އާއިކް ގާތަށް ދާން ބޭނުންވެފައި ހުރިވަރުން އަހަރެން ދިޔައީ” އާރާ ބުނެލިއެވެ.

“އިޓްސް އޯކޭ އިނގޭ… ވަރަށް ބޮޑަށް ސޮރީ…”އާއިކް އަނެއްކާވެސް އާރާގެ ގައިގައި ބައްދާލިއެވެ.

އެދުވަހު އާރާމެން ގެއިން ނިމިގެން އާއިކް ގެއަށް ގޮސް ވަންއިރު ސޓިން ރޫމްގައި އައިކަލް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޒާރިވާ ވެސް ސޯފާގައި އިށީދެގެން އިނެވެ. ޔުއާން ވެސް އިސްޖަހާލައިގެން އިނީ ފުން ވިސްނުމެއްގައެވެ.

“މާމާ. ބައްޕާ… ކިހިނެތްތޯ ވީ” އާއިކް ހާސްކަމާއެކީ އަހާލިއެވެ. “ފުލުހުން ގުޅައިފި… މިއަދު ގެ އެންމެ ފަހުގެ އަޑު އެހުމުގައި ހުކުމް އިއްވާނޭ ކަމަށް ބުނީ…” އައިކަލް ވާހަކަ ދެއްކިއެވެ.

“ބައްދަލުކުރަންބޭނުންނަމަ އެ އަޑު އެހުމަށްފަހު ބައްދަލު ކުރެވޭނެކަމަށް ބުނީ” އައިކަލް އާއިކް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “ދޮންބޭ… ދޮންބެއަށް ދެވޭނެތަ” އާއިކް ޔުއާން އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

ޔުއާން ބޯ ޖަހާލިއެވެ. އާއިކް އާއި ޔުއާން ކާރުގައި ފުލުހުންގެ އިދާރާއަށް ދާން ނައްޓާލިއެވެ.

އާއިކް ވެއްދީ ކުޑަ ކޮޓަރިގަޑަކަށެވެ. “ކީއްކުރަން އަހަރެންނާ ބައްދަލުކުރަން ތިއައީ… އޭތް ބުނެބަލަ ކިއްވެގެން ތިއައީ” އަތުގައި ބިޑިއަޅުވާފައި އިން ޔާނިތް އަށް އަތުން ހަރަކާތެއްނުކުރެވުނެވެ. އެތަނުގައި އިނީ ދިގު ދިގު މޭޒެކެވެ. އެއްފަރާތުގައި ޔާނިތް އިން އިރު އަނެއްފަރާތުގައި އާއިކް އިށިންނަން ގޮނޑިއެއްހުއްޓެވެ. އޭނާ ގޮސް އެ ގޮނޑީގައި އިށީނެވެ. މެދާ ދިމާލުން ދިއްލާފައިވާ ބޮކީގެ އަލި ނޫން އައްޔެއް އެކޮތަރިތެރޭގައި ނުވެއެވެ.

“ކިއްވެގެން އެފަދަ ކަމެއް ކުރަން ވިސްނީ ޔާނިތް ޖަވާބުދީބަލަ” އާއިކް އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކީ ބާރުކޮށެވެ. އެ އަޑުގއިވަނީ ނަފްރަތެވެ. “އަހަރެންދެކެ ހާދަ ރުޅިއާދެޔޭ ދޯ… އެއްއިރެއްގައި އޭހާ ލޯބިން ގެންގު”

“ހަބަރު ދާރު… ކަލޭ ކަހަލަ މީހެއްދެކެ ލޯބި ވެވުމުން އަހަރެންވެސް ލަދުގަނެއްޖެ” އާއިކް ގެ އަޑު ކުރިއަށް ވުރެ ބާރުވީ ޔާނިތް ގެ ތުންފަތް މަތީގައިވި ވިހަ ހިނިތުންވުން ފެނިފައެވެ.

“އަހަރެން މިއަހަނީ ކީއްވެގެންހޭ… ކަލޭ އެހެން ހެދީ…” އާއިކް ހަޅޭއްލަވައިގަތެވެ.

“ކަލޭ ގެ ބައްޕަ ގޮވައިގެން އާދެބަލަ އޭރުން އަހަރެން ތި ސުވާލަށް ޖަވާބުދޭނަން” ޔާނިތް ވެސް ހަޅޭއްލަވައިގަތެވެ. އޭރު ކޮންމެވެސް ކަހަލަ ވޭނެއް އެ ލޮލުން ފެނުނުހެން އާއިކް އަށް ހީވިއެވެ. އެހެންނަމަވެސް ޔާނިތް އަނެއްކާވެސް ހަޅޭއްލަވައިގަތުމުން އޭނާގެ އެ އިހްސާސް ރުޅިވެރިކަމުން ފަރުދާވެގެން ދިޔައެވެ. އާއިކް އިނީ ބުނާނެ އެއްޗެއްނޭގިފައެވެ. މިކަމާ އޭނާގެ ބައްޕަ އާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ “އަހަރެންގެ ބައްޕަ އާ މިކަމާ އޮތީ ކޮން ގުޅުމެއް” އާއިކް ސުވާލުކޮއްލި އިރު އެ އަޑުގައި ހައިރާންކަމެއްވެސް ވިއެވެ. އެހެންނަމަވެސް އެހެނެކޭ ކިޔާފައި ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ.

“ބުނެފީމެއްނު ބައްޕަ ގޮވައގެން އަންނާށޭ… އަދި ކަލޭވެސް އަންނާތި” ޔާނިތް ވާހަކަ ދެއްކިއެވެ. އެވަގުތު ފުލުސް އޮފިސަރެއް އެތަނަށް ވެދެގެން އައެވެ.

އެއާއެކު އާއިކް ނުކުންނަން ހިނގައިގަތެވެ. އެހެން މީހަކު އައިސް ޔާނިތް ގެ އަތުގައިފާ ނެގިއެވެ. އާއިކް އަދިވެސް އެއްފަހަރު ޔާނިތް އަށް ބަލާލުމަށްފަހު ހިނގައިގަތެވެ.

“ދޮންބޭ…. ބައްޕަ ގޮވައިގެން އަންނާށޭ ބުނީ ކީއްވެތަ؟” އާއިކް އަށް ވިސްނެމުން ދިޔއީ އެކަމާއެވެ. އޭނާ ޔުއާން އަށް ބަލާލިއެވެ. ކާރު ދުއްވަމުން ދިޔަ ޔުއާން ވެސް ދިޔައީ ވިސްނަމުންނެވެ. އެހެންނަމަވެސް އެ ސުވާލަށް ދޭނޭ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ވެސް ނަޔެވެ. އެ ދެމީހުންގެ އަތުގައިވެސް އެ ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ.

ގެއަށް ގޮސް އައިކަލް އަށް އެހަބަރު ދިނުމުން އޭނާއަށް ވެސް ސިހުން ގެނުވިއެވެ. އެކަން ކުރީ އޭނާ އާ އޮތް ދުޝްމިނުކަމުން ކަމުގައި ވަނިނަމަ އެމީހަކު އާއިކް އަށް އަމާޒުކުރަންވީ ކީއްވެހެއްޔެވެ؟ އެހެންނަމަވެސް ދެން އަނެއްކާ ބައްދަލުކުރެވޭނީ އެއްމަސްފަހުން ކަމަށް ވާތީ އެމީހުން ޖެހޭނީ އިންތިޒާރުކުރަންތާއެވެ.

އޭގެ ތިން ވަރަކަށް ދުވަސް ފަހެވެ.

ރޭގަނޑުގެ ވަގުތެކެވެ. މައިލީން ކައުންޓަރުގައި އިންދާ ރީކާއައެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. “ކޮބާ ޔުއާންވެސް ޖަޒިލް ވެސް ގެއްލުނީތަ؟” ރީކާ ވާހަކަ ދެއްކިއެވެ. “ކަލޭ ލަދު ނެތިގެން ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ އޭތް؟” މައިލިން ގެ ހިތަށް އެވަގުތުއެރިއެވެ. އަނެއްކާ ޔުއާން އާއި ޖަޒިލް އަދި އޭނާ ހިމަނައިގެން އެ ކުލިވަރެއް މިކުޅެނީ ރީކާ ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ފޯނެއް ރީކާއަކަށް އަތެއްނުލެވޭނެއެވެ. އެހެންވެއްޖެނަމަ ކާކު ހެއްޔެވެ؟

“ތިވައްތަރަށް މައިލީން އާ ދިމާލަށް ވާހަކަ ދައްކަން ތީ ކާކުތަ؟” ކުއްލިއަކަށް ފަހަތުން އިވުނު އަޑުން ރީކާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަށް ދެލޯ ބޮޑުކޮއްލެވުނެވެ. އޭރު ޔުއާން ހުރީ އޭނާގެ ފޯނުން ނަގާފައިވާ ފޮޓޯ ދައްކާލައިގެންނެވެ. “މީ ކޮންކަމެއް އޭތް” ޔުއާން ގެ އަޑުގައި ވަނި ނުރުހުމެވެ. ނަފްރަތެވެ. އޭނާ ރީކާއަށް ބަލާލީ ރުޅިވެރިކަމުން ފުރިގެން ވީ ދެލޮލުންނެވެ.

“މައިލީން އާ ދިމާލަށް ތހެން ބުނުމުގެ ކުރިން އަމިއްލަ ނަފްސަށް ތިހެން ބުނެބަލަ. މީހުންގެ ފޯނުން މެސެޖް ކުރެޔޭ އެބަ. ހީކުރީތަ ޕްރައިވެޓް ނަމްބަރެއް ނަގައިގެން މެސެޖް ކުރަންފެށީމަ ދެން އެ ނިމުނިއްޔޭ އޭތް…” ޔުއާން ހަޅޭއްލަވައިގަތެވެ. ރީކާ ހުރީ ބިރުންނެވެ. އޭނާ ގެ ލޯ ވަގުތުން ފެން ކަޅީވެގެން ދިޔައެވެ. އެހާ ގަޓުވެފައި އުޅުނުކުއްޖާ މިހާރު އެހުރީ ބިރުން ވިރިވިރިއެވެ.

“އައި ނީޑް އެން އެކްސްޕްލެނޭޝަން ނައު” ޔުއާން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. ޔުއާންގެ މި އަމަލުން މައިލީން ވެސް ދިޔައީ ސިހިގެންނެވެ. އޭނާ އަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ކަމް… ޔު ޓޫ ލީން” ޔުއާން މައިލީން އަށް ބަލާލަމުން ހިނގައިގަތެވެ. ފަހަތުން ރީކާ ނާންނަ ކަހަލަ އިހްސާސް އެއްކުރެވުމާއެކު ޔުއާން ވާހަކަ ދެއްކިއެވެ. “އިފް ޔޫ ޑޯންޓް ވޯންޓް މީ ޓް ކޮނމްޕްލެއިން އެބައުޓް ޔޫ ޓް ދި ޑިސިޕްލިނަރީ ކޮމިޓީ ކަމް ވިތް މީ” ޔުއާން ވާހަކަ ދެއްކިއެވެ. އޭނާ އަތުން މައިލީން އަށް ވެސް އިޝާރާތް ކުރީ އަުމަށެވެ. އެއާއެކު މައިލީން ވެސް އިސްޖަހާލަމުން ހިނގައިގަތެވެ.

“އަހަރެން އަތުގަ ވެސް ރީކާ އާ ދެކޮޅަށް ދައްކާނޭ ބައިވަރު ހެކި އެބަހުރި ހަނދާން ކުރައްޗޭ…” ޔުއާން އަދިވެސްއެއްފަހަރު ރީކާ އާ ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

ޔުއާންގެ ރޫމަށް ވެދެ ދޮރު ލައްޕާލާފައި އޭނާ ތަޅުލިއެވެ. “އަޅޫގަނޑުގެ ފޯން” ރީކާ ބުނަން އުޅުނެވެ. އަޅުގަނޑުގެ ފޯނެއްނޫން… ކީއްވެހޭ މިހެން ކަންތައްކުރަން ޖެހުނީ ބުނެބަލަ” ޔުއާން ގެ އަޑު ބާރެވެ. ރުޅިވެރިކަމުން އޭނާގެ ހަށިގަނޑަށް ވެސް މަޑު ތުރުތުރެއް ވެރިވެފައިވެއެވެ.

ދެން ޔުއާން އެ ފޯނުން ޕްލޭ ކޮއްލީ ރިކޯޑިންއެކެވެ. “ލީން. އަހަރެންނަށް އެނގެޔޭ ޔަޝްމް އަކީ އަހަރެންގެ ދަރިއެއްކަން… ލީން މާފުކޮއްދެވިދާނެތަ. ލީން ދުވަހަކު މީހަކާ ނީދެ ތިހުރި އަހަރެން އަންނަން ދެނެއްނޫންތަ؟ ގަބުލް ކުރަމޭ އެއީ ހެދުނު ގޯހެއްކަން…”

އޭގައި ދެން ވެސް ހުރީ ޔުއާން އާ މައިލީން އާ ތަންކޮޅެއް ކުރިން ދުވަހަކު ދެއްކި ވާހަކަ ތަކެވެ. އެ އަޑުއަހައިފި މީހަކަށް ހުރިހާ ހަގީގަތެއް އިނގޭނެއެވެ.

“މީ ދޯ ޖަޒިލް އަށް ދެއްކި އެއްޗަކީ އެހެންވެ ދޯ ޖަޒިލް ލިން ދޫކޮއްލީ…” ޔުއާން ވާހަކަ ދެއްކިއެވެ. އޭނާ ޝައްކުގެ ނަޒަރަކުން ރީކާ އަށް ބަލާލިއެވެ. އެއާއެކު ރީކާ ބޯ ޖަހާލިއެވެ. އޭނާގެ ދެލޮލުންނާ މޫނުމަތިންވެސް ބިރިގެންފައިވާ އަސަރުތައް ފެންނަމުން ދިޔައެވެ. އޭރު އޭނާއަށް ދިޔައީ ރޮވެމުންނެވެ.

“ވާހަކަ ދައްކާ… މީގެ އެހެން ކޮޕީއެއް އެބައޮތްތަ؟” ޔުއާން ވާހަކަ ދެއްކިއެވެ. އޭނާ އިރު އިރުކޮޅުން މައިލީން އަށް ވެސް ނަޒަރު ހުއްޓާލައެވެ. އެހެންނަމަވެސް މައިލީން އަށް ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ވާހަކަ ދައްކާ…. އަހަރެންގެ އަތުގަ އެބައިން މިހާރު ރީކާ އާއި އެހެން މީހެއްގެ މެސެޖް ތައްވެސް. އެމެސެޖް ތައް ލީކް ކޮއްލައިފިނަމަ ވާނެ ގޮތް އެނގޭތަ؟” ޔުއާން މަލާމާތުގެ ގޮތަކަށް ރީކާ އަށް ބަލާލިއެވެ.

“އަހަރެންނަށް… ޔުއާން… ޔުއާން ކަމުދާން.. ފެށިފަ….”

“އައްޗީޑި. ކީކޭ ކަމުދާން ފެށިއްޔޭ. އެހެންވެ ތަ މިގޮތަށް މައިލިން ކިބައިން ތި ބަދަލް ހިފީ އޭތް” މިކިހިނެތެ ނަގާފައިން ރިކޯޑިން އެއްކަން ފުރަތަމަ ކިޔާދީ އިނގޭ” ޔުއާން ވާހަކަ ދައްކަމުން ދިޔައިރު ދެއަތް ދެއަތާ މޮޑެން ހުރި މައިލީން އަށް ވެސް ނަޒަރެއްދެއެވެ.

“އެ ދުވަހު އަހަރެން އައި ފައިލް އެއް ހިފައިގެން މަޑު މަޑުން ހުޅުވާލީ މައިލިން ކައުންޓަރ ގައި ނެތީމަ…  ހިތަށް އެރީ… ހިތަށް އެރީ… މައިލީން ވާނި ޔުއާން އެކީގަޔޭ… މަޑުމަޑުން ހުޅުވާލީ އަހަރެންނަށް ހީވީ ޔުއާން ގެ ކައިރީގައި އޭ މައިލީން ހުންނާނީ އެހެންވެ… ދެން …. ދެން އަހަރެން ރެކޯޑް ކުރީ…  އެ އަހަރެން ޖަޒިލް އަށް ދެއްކީ” ރީކާ ކިޔާދިނެވެ.

“ގުޑް… ނައު މެސެޖް ގެ ވާޖަކަ” ޔުއާން ހަމަޖެހިލަމުން ބުމަ އަރުވާލިއެވެ.

އެ ހާމަ ކޮއްލި ވާހަކަކައިން މައިލީން އަށް ސިހުން ލިބުނެވެ. ޔުއާން އަށް އެކަންތައް އެނގުނު ގޮތަކާ ބެހޭ ގޮތުން މައިލިން ހުރީ އެނގެން ބޭނުންވެފައެވެ. އެހެންނަމަވެސް އޭނާ ނަފްސު ކޮންޓްރޯލް ކުރިއެވެ. ރީކާ އަށް ފަރުވާތެރިކަމާއެކު ބަލަން ހުރިއިރު އޭނާ އަށް ރޮވެމުން ދިޔައެވެ.

“މެސެޖް…. މައިލީން އެއްދުވަހު….. ވޮޝްރޫމަށް ވަނި ފޯން ބާއްވާފަ. އަހަރެން ދިޔައިރު މައިލިން ފެންނާކަށް ނެތް… އެވަގުތު ފޯނަށް… ފޯނަށް އައި މެސެޖެއް…. ކޯޑް ނުޖަހާ އިނީމަ… ހުޅުވުނު. އަހަރެން އެ މެސެޖަށް ރިޕްލައި ކޮއްލީ އަދި އަދި އެ ކޮންވަރޝޭޝަން އަހަރެން ޑިލީޓް ކޮއްލީ… އޭގެ ކުރިން އެ ފޮޓޯ ނެގީ… އަހަރެންގެ ފޯނުން…” ރީކާ އަށް ގިސްލެވޭވަރުން ވާހަކަ ދައްކަން ދިޔައީ އުނދަގޫ ވަމުންނެވެ.

ރީކާ ގެ އަތުގައި ހިފާ މައިލީން އާ ދިމާލަށް އަނބުރާލަމުން އޭނާ ރީކާގެ މީނު މަތީގައި ވަރުގަދަ އެތިފަހަރެއް އަޅުވާލިއެވެ. އެއާއެކު ރީކާ އަށް މައިލީން އާ ދިމާލަށް ބަލާލެވުނެވެ. ޔުއާން މައިލީން ގާތު ހަމަޖެހެން ބުނަމުން މައިލީން ގެ އަތުގައި ހިފާ ރީކާ އާ ދުރަށް ލިއެވެ.

“އިތުރު އެކްޕްލެނޭޝަން ބޭނުން” ޔުއާން ބުނެލިއެވެ.

“މެސެޖް ކުރީ ޖަޒިލް އަށް ވީމަ… އަހަރެން ބޭނުން ނުވީ އެކަން އެނގެން…. މައިލީން އަށް… އެއްވެސް އުފަލެއް މައިލީން އަށް ލިބެން…” ރީކާ ބުނެލިއެވެ.

“އަހަރެން ބޭނުމިއްޔާ މިހާރުވެސް ރީކާ ގެ މައްޗަށް ޑިސިޕްލިނަރީ އެކްޝަން ނެގޭނެ. އަދި ނަގާނަންވެސް މެ… ހަނދާން ކުރާތި…”

“ފޯނު” ރީކާ އަތް ދިއްކޮއްލިއެވެ.

“ނޯ ނޯ ނޯ… ނުވާނެ މިކަމެއް… ހަނދާން ކުރާތި މައިލީން އާ އަހަރެންނާ ބެހޭގޮތުން  އެއްވެސް މީހެއް ގާތު ބުނެފިއްޔާ” ޔުއާން ބުނެލިއެވެ. އޭނާގެ ތުންފަތަގައި އޭރުވެސް ނަފްރަތުގެ ހިނިތުންވުމެއް ވިއެވެ.

“އަހަރެން ވެސް ރީކާގެ ކޮންވަރޝޭޝަން އެއް ގައިފިން. އަހަންނަށް އެނގޭ އަހަރެންގެ ވާހަކަ ރީކާއަށް ދެއްކިދާނެކަން. ނޫން ދައްކާނެކަން. އެހެން ވީމަ އެހެން ނުހެދޭނެ ކަހަލަ ހެއްކަކާ އެކީ ގަ މިކަން މި ހާމަ ކުރީ އިނގިއްޖެ؟” ޔުއާން ދައްކާލީ ރީކާ އާއި ސީމާ ކިޔާ ކުއްޖެއްގެ ކޮންވަރޝޭޝަންއެކެވެ. އޭގައި ވަނީ މައިލީން ފަޝީހަތް ކުރާނޭ ގޮތްތައް ރާވާފައެވެ. އެ ކޮންވަރޝޭޝަން ލީކް ވިޔަސް ޑިސިޕްލިނަރީ ކޮމިޓީ ޔަށް ހުށައެޅިޔަސް އޭނާގެ ވަޒީފާ ވަގުތުން ގެއްލޭނެއެވެ.

“ލެޓް އިތް ބީ ޔުއާން” ޔުއާން ސިހުނީ މައިލީން ގެ އަޑަށެވެ. މައިލިން ގެ ހިތް އެހާ ބޮޑީ ކިއްވެހެއްޔެވެ؟. “ރީކާ ދިޔަޔަސް އެންމެ ރަނަގަޅު އަހަރެން މި އެއްޗެހި މިޑިލީޓް ކުރަނީ އިނގޭ… މިއަދަށްފަހު މިކަހަލަ އެއްވެސް ކަމެއް ކޮއްގެން ނުވާނެ އިނގިއްޖެ… އަދި އެއްވެސް ވާހަކަ އެއް އެއްވެސް މީހަކަށް އެނގިގެން ނުވާނެ.” ޔުއާން އިނގިލިދިއްކޮއްލަމުން ބުނެލިއެވެ. އޭނާ ވަނީ އެކަންތައް ރީކާ އާށް އެގުމުން ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ރީކާ އެވާހަކަ ފަތުރައިފިނަމަ އޭނާ ފަޝީހަތްވާނެއެވެ. އަދު ވެއްޓޭނެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ރީކާ ބްލެކްމެއިލް ކޮއްލީ ހާލަތަށް ވިސްނާފައެވެ.

“އޭތް ފޯން ހިފައިގެން ދޭ”

ޔުއާން ރީކާ އަތަށް ފޯން ދެމުން ފޮނުވާލިއެވެ.

“ލީން” ރީކާ ނުކުތުމާއެކު ޔުއާން މައިލީން ގާތަށް ޖެހިލިއެވެ. “ކިއްވެތަ ތިހާ އަވަހަށް ތި ފޮގިވް ކުރީ” ޔުއާން އަހާލިއެވެ. “ޔުއާން ނޫން އެހެން މީހަކަށް ވީމަ. އެކަމަކު ޔުއާން އަކަށް ނުކުރެވޭނެ” މައިލީން ބުނެލިއެވެ. ޔުއާން އެ ސުވާލު ކުރި ވެސް މައިލީން އެހެން މީހަކަށް އެވަރު ކަމެއްގައި މާފުކޮއް ފޮނުވާލީމައެވެ.

“ކީއްވެ އަހަރެންނަށް ނުކުރެވެންވީ” ޔުއާން އަހާލިއެވެ. “ތި ސުވާލު އަމިއްލަ ނަފްސާ ކޮއްބަލަ” މައިލީން ބުނެލިއެވެ.

އަދި އެއަށްފަހު އޭނާ ނުކުމެގެން ހިނގައިގަތެވެ.

އެއާއެކު ޔުއާން އަށް އޭނާ ކަންތައް ކުރިގޮތް ސިފަވިއެވެ.

***

އެއީ މީގެ ތިން ވަރަކަށް ދުވަސްކުރިއެވެ. ހޮސްޕިޓަލް ފުރަގަހުގައި ވާ ގާޑެން އަށް ޔުއާން ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. އޭނާ ހުއްޓުނީ ޖަޒިލް އާއެކު ގަހެއްގެ ދޮށުގައި ހުރި މައިލީން ފެނިފައެވެ. އޭނާ އެދެމީހުންގެ ވާހަކަ އަޑު އިވޭ ހިސާބަށް ދިޔައެވެ. “ޖަޒިލް އަޑު އަހާބަލަ. ޔުއާން އަށް އެމީހަކު އެ ބައޮތް އަހަރެންގެ އާ ޖައިލްގެ މެސެޖް ތައް ފޮނުވާފަ. އެކަމަކު އެއީ އަހަރެންކުރި ނޫނީ ދޮންތަ ކުރި މެސެޖެއްނުނޭ” މައިލީން ބުންޏެވެ. އެ ދުވަހު އެމީހުން ގެ ވާހަކަ އަޑު އިވުމަށްފަހު ޔުއާން އަށް އެއްޗެއް ހީވިއެވެ. އޭނާ އެ ހިސާބުންމަސައްކަތް ކުރީ އޭނާއަށް މެސެޖް ކުރީ ކާކުތޯބެލުމަށެވެ. އޭނާ ހޯދި ހޯދުމުން ރީކާ ކަން އެނގުނެވެ. ރީކާ އާއި ސީމާ ގެ ވާހަކަ އޭނައަށް އަޑު އިވުނީ އިއްޔެގެ ވަގުތެއްގައި އެދެމީހުން ދެއްކި ވާހަކަ އަޑު އިވުނީމައެވެ.

ފުރުސަތަކަށް ބަލަބަލާ ހުއްޓާ ނަސީބު އަތުގައި ހިފީ މިއަދުއެވެ. އޭނަ އަށް ވަނަ ފްލޯއަށް ގޮސް ކައުންޓަރ ގައި މަޑުކޮއްލައިގެން ހުރ ބަލިމީހެއްގެ ފައިލް ގައި ސޮއިކުރާށެވެ. އެވަގުތު ރީކާ ކައުންޓަރުން ނުކުތީ ފޯން ނުލާ ނުކުތުމުން އޭނާ ފޯންނެގިއެވެ. އަދި އެ ޗެކްކޮއްލިއެވެ. އޭނާ ރީކާ ގެ ފަހަތުން ކަހަލަ ގޮތަކަށް އައީ އެވެ. ރީކާ ދަނީ ނުވަނަނަ ފްލޯއަށް ކަން އެނގުމާއެކު އޭނާ ސިޑިން މިސްރާބުޖެހީއެވެ. މީހުންވެސް ސިޑީބޭނުން ނުކުރާތީ އޭނާއާއް ފަސޭހަވިއެވެ.

****

ހިޔާލްތަކުން ނުކުމެވުމާއެކު އޭނާ ފުންނޭވާއެއްލިއެވެ. “ލީން އެހާ ޖަޒިލް ބޭނުންވޭތަ؟” ޔުއާން އަށް ވައިއަޑުން ބުނެވުނެވެ. އޭނާއަށް އެހުރިހާ ކަމަކުން ނެގުނީ ވަރަށް ނުބައިމާނައެކެވެ.

“ކައުންޓަރ ގައި އިން އިރުވެސް ޔުއާން އަށް އެކަންތައް އެނގުނު ގޮތާ ބެހޭގޮތުން މައިލީން އިނީ އެގެން ބޭނުންވެފައެވެ. އެހެންނަމަވެސް އޭނާ އެކަންތައް ސިކުނޑިން ނެރެލަން މަސައްކަތް ކުރީ އޭނާއާ ބެހޭ ކަމެއްނޫނޭ ހިތާއެވެ.

އޭގެ އަނެއްދުވަހުގެ މެންދުރުގެ ވަގުތެވެ. ހުދުކުލައިގެ ގަމީހަކާ އެކީ ކަޅުކުލައިގެ ފަޓްލޫނެއްގައި ހުރި ޒުވާނަކު ހޮސްޕިޓަލް ތެރެއަށް ވަނުމާއެކު އެންމެންގެ ނަޒަރުތައް އެ ޒުވާނާއަށް ހުއްޓުނެވެ. ލާފައިވާ ސޫޓް ގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮއްދީފައިވެއެވެ. އަރާފައިވަނީ އޮފިޝަލް ބޫޓެކެވެ. ބޫޓުގެ ވިދުން އެހާ ގަދައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމާއެކު ހިނިތުންވުމެއް އެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އެގަޑިއަކީ ވެސް އަގު ބޮޑު ގަޑިއެއްކަން ދެނެގަންނަން އުނަގުލެއްނުވެއެވެ. ވަތް އިރުވެސް ހުރީ އަވިއައިނެއް އަޅައިލައިގެންނެވެ.

ގަޑިން ނަޒަރު ވަކިކޮއްލަމުން އައވިއައިނު ނަގާލުމާއެކު އޭނާ  ވަށައިގެން ބަލާލިއެވެ. އެއާއެކު އެ ހިނިތުންވުމް ފުޅާވެގެން ދިޔައެވެ. އޭނާގެ ކޮނޑުގައި އެއްފަރާތުގައި ދަބަހެއް އަޅުވާލާފައިވެއެވެ. ބަލާބެލުމަށް ފަންސަވީސް އަހަރުގެ ޒުވާނެކެވެ.

މީހުންގެ ނަޒަރުތަކުން އޭނާއަށް އުނދަގޫވާހެނެއް ހިޔެއްނުވެއެވެ. ސަބަބކީ އޭނާ އެތަނުގައި ހުރި އިރު އެއްވެސް މީހަކަށް ސަމާލުކަމެއް ނުދިނެވެ. “އޯ… މަށަށް ލިބޭނެނަމަ ދޯ” އެވަގުތު ހޮސްޕިޓަލް ތެރެއަށް ވެދެގެން ދިޔަ އަންހެން ކުދިންގެ ގްރޫޕް ގެ ކުރީގައި ހުރި ކުއްޖާ ބުނެލިއެވެ. އެއާއެކު ދެން ތިބި ކުދިންގެ ހުނުމުގެ އަޑު އިވުނެވެ. “ނެވަރ… އިންޝާ ﷲ…. އަހަރެންނަކީ އަހަރެންގެ ވައިފް ގެ މީހެއް” އެޒުވާނާގެ ހިތަށް އެރިއެވެ. އެއާއެކު އެއްމިޔަކުން އަނެއްކާވެސް ހީލިއެވެ. “އަބަދުވެސް” އެންމެ ފަހުން ބުނެލި ޖުމްލަ އާ ގުޅުވައިލައިގެން އަނެއްކާވެސް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތާ ފުރާނައިންް… (48)

Next

ތިޔަ އަސަރު 43

Next
February 24, 2018

ތިޔަ އަސަރު 43

Previews
February 24, 2018

ހިތާ ފުރާނައިންް… (48)

48 Comments!

  1. Hi Mi says:
    February 24, 2018 at 10:31 am

    Assalaam’alaikum. So here we go. A lot of secrets unfolded right?. Pls tell ir views. Each and every comment means a lot to me. And here is a very special entry of a very special person. U will knw who is he. Kuri ah huri part thakun. Thankyou so much .
    Jazakallah Khairan. ???

  2. Axy says:
    February 24, 2018 at 10:34 am

    HI MI dhooni vaahaka
    ? vaahaka nimmaa lanee tha Thanks kiyaafa comment kollaanan ??

  3. shaan says:
    February 24, 2018 at 10:41 am

    alheyy thanku love v v lobeveyy eingeyy

  4. Sham says:
    February 24, 2018 at 10:51 am

    Alhey thank you so much Hi Mi dhooni ? kury part kiyaa nimmaalaafa beli iru mi part iny up kohlaafa ? So it’s aaik’s exgf dhw… but aaik ge bappa ge kameh vx eba ulhe ehnu…E suvaalu ge ans when??? Yuaan reeka bust kohlee dhw?? but maileen vx haadha gothuga ey hunnany ? sham vrh dhera vey yuaan abadhu vx dhera vaathy ? mi part ge bodu question…New guy eh ge entry vehjje story ah… Who’s that guy??? Kaakubaaaaa?????? Next part ga e kaaku kan bunahchey ? wife eh vx eba huri!! Who who??? Hi Mi I need answer ? waiting for next part❤️ good luck!❤️?❤️?❤️ Vrh loves ???

  5. shina says:
    February 24, 2018 at 10:58 am

    ?Is that zaan

  6. Xxxx says:
    February 24, 2018 at 11:20 am

    Wooooowww ???..nice dear

  7. Naz says:
    February 24, 2018 at 11:27 am

    Varah reethi waiting for next part

  8. Naxy says:
    February 24, 2018 at 11:34 am

    Haadha rangalhey thihaa avah up kohdheythee
    Thank you…
    V reethi….
    ?????

  9. miya says:
    February 24, 2018 at 11:45 am

    I can’t it to know who the new guy is. But v v Reeth mi part ves. Can’t wait for next part

  10. g... says:
    February 24, 2018 at 11:59 am

    Alhey himi haadha rangalhey…? anekkaa upkolla dhiny… comment nukh nuhurevigen hama mikolly? adhi alah himi ge story ah comment mi kury.. ekam hama gavaidhun vaahaka kiyan. Adhi miulheny mi part kiyaaves nulaa..

  11. Hashaa says:
    February 24, 2018 at 11:59 am

    Thanku thanku thanku thanku ..,himi…haadha ragalhey….u is the best story writer…..bunnaane anchen vase neyga…ahaa vase reethi,,,, i love this story….?????????????????

  12. Icy♡ says:
    February 24, 2018 at 12:01 pm

    Wow Hi Mi
    Haadha reehchey
    Hama speechless
    Waiting for the next part

  13. Minna says:
    February 24, 2018 at 12:04 pm

    Hi mi haadha rangalhei
    Thank u..
    Dhn kon irakun up kohlaadheny…

  14. Rifu says:
    February 24, 2018 at 12:07 pm

    Konme prt eh vx nimmaa goii v rythi….abadhu vx visneny dhn vaany kihineyy baa ey..❤❤❤

    1. Hi Mi says:
      February 24, 2018 at 6:49 pm

      Thanks rifu. V ufavehjje. ?

  15. Mary says:
    February 24, 2018 at 12:10 pm

    Himi. You’re the best.. thnqew so much.. vaahaka hama vrh salhi.. ❤❤

    1. Hi Mi says:
      February 24, 2018 at 6:49 pm

      Thanks mary. ???

  16. Pinky shifoo says:
    February 24, 2018 at 12:11 pm

    Alhey Hi Mi thankyou sooooooo much mihaa avahah mi part kiyaalan libunyma ❤️❤️❤️??????… Really v v happy vehje ???… So reekaa dhw mi msg kuree… I think yaanith akee aikal ge daughter eh kanneynge… ???… Heheheh… Maybe… Hama hithah ery ehen… Who is that special person Hi Mi???? Curiously waiting to know that… Heheheh ???… Story hama awesome ingey Hi Mi ????… Hama best ???… V v v reethi ❤️❤️❤️… Haadha interesting ey ???… Keep up the hard work Hi Mi ???… U are the best ❤️❤️❤️???… Btw aaraa n ibaah ge connection akee kobaa baa??? Soooooo many questions…. Curiously waiting for the next part ???… Lots of love Hi Mi… Abadhuvx thigothugai kuriah dhaashey bunelaanee n u are a great writer n u have the talent n u can do this insha Allah ??????❤️❤️❤️… Lots of love and take care ❤️❤️❤️??????????????????

    1. Hi Mi says:
      February 24, 2018 at 6:49 pm

      Hey. Pinky ufalum bunaane ehchei neygifa mihuree. V ufaavehjje. ?????

  17. Iraa says:
    February 24, 2018 at 12:40 pm

    Oh my god …? maileen goi
    dhookohbala mihaaru kndhuvaheh …. Alheyy himi ehdhemyhun gulhuvabala … Leen ge hiy harrdha hareyyy…. Story v nice …. Oh god leen n Yuan ge gulhun aaik n araa ah ingunyma kihinei Barr varrnyy … Cant wait so curious… Reeka adhi vex goI dhoonukuraane kannenge …?????himi. Ur the best love it…????????

    1. Hi Mi says:
      February 24, 2018 at 6:48 pm

      Lets see. Thankss dear. V ufaavehjje. ?

  18. click a shot ? says:
    February 24, 2018 at 12:52 pm

    OMG..yes..yes..yes.???????..finally reeka a busted Viyo…???alhey hama bunaane ehcheh neyngifa mihunani..?.exited vefa huri,eh bodukamun.?????..yuaan thihedhi hama rangalha..???.click ah eyruves hyviey e yaanith ge kanthah gandekey mi..???????varah foohive..???.n aikal aa kon gulhumeh huri kamehbaa mi..???.yaanith buni ehnun aikal govain anaashey…ey varah intresting suvaaleh..?.adhi enme fahubai…enme avahah interest dhamaaigai thankolhu ei…?varah salhi meeheh gothah himi sifakohdheefa ini..??..dream boy…hahaha..???.age thankolheh kuda namaehnun…lol..??.himi ge dream boy kaneyge…???maileen ge heart haadha soft ey…ekam ehaa heart soft kuhjeh yuaan ah maafunukureveni keehvetha..yuaan heart broken vefa hunaniru alhe leen maafukohba…???dhen ini last part tha..waitting for a happy ending…???varah happy vehje miadhu dhe part up kohdhinima…thank u so much?…himi haadha rangalhey…. I am so proud of you…☺️☺️thikahala writers ey mi site ah beynunvani…good job…keep it up….hi miiiiiiiii…..love ya so soooo much….waittting??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

    1. Hi Mi says:
      February 24, 2018 at 6:48 pm

      Hey. Click. Sorry kurukoh reply eh dheveythy. V ufaavehjje. In Sha Allah mirey ah fahu comment thakah rangakhah reply kohlaann. Thankyou so much. ???

  19. Story says:
    February 24, 2018 at 1:04 pm

    Mihaaru esfiya site ga publish kuraa emme reethi vaahaka. Mi vaahaka ekani mi site ga mihaaru aharen kiyaa vaahaka akah iny. Thank u HiMi mihaa reethi story eh genesdheythee

    1. Hi Mi says:
      February 24, 2018 at 6:47 pm

      Hey. It means a lot dear. Mi part ge comment ah bixi kamun v kurikoh mi rwply kohleveni. Ekam mireu ge lart thakah reply kohlaanan. Ingey. Thabks so much. V ufaavehjje. Means a lot. ???

  20. Shann says:
    February 24, 2018 at 1:07 pm

    Wow Hi Mi anehka ehen baeh up kohly dhw… Thanks a lot Hi Mi… Thy hama ehvana… V v ves rythi mibaives… Dhen inthixaaru kureveyny avahah anehbai up vaane irakah… V ves inthixaaru kuran abadhuves mi story ah.. Khonme baehves mi kiyaalany v kiyaahithun v shuguveri kamaaeky

    1. Hi Mi says:
      February 24, 2018 at 6:47 pm

      Hey. Shann mirey ingey. ?

  21. annoying reader says:
    February 24, 2018 at 1:09 pm

    alhey himi so i was right dhw reeka huriha kameh kuri. thanks enme fahun landeh libijje eh nu. and aaik ah attack kuri ves hama x bitah mi v dhw. hehe varah reethi. nw kaakuba e ai? alhey varah curious vejje kaaku kan ingen. afoo kobaitha? jazil ge facebook frnd is afoo viyya. hehe anehkka yanith aaikge dad hoadhan ulheni kykuran baa? is he her dad? ehenve revenge nagantha ulheni? so curious waiting for the next part

    1. Hi Mi says:
      February 24, 2018 at 6:46 pm

      Yes. Dear. Most of the time ur right hama. Hingaa balamaa kuri ah huri ep thah dhimaa veythoa dw. ???

  22. Niu says:
    February 24, 2018 at 2:19 pm

    Niu ah furathama ves heevi Aakk ge x gf ge kameh hen
    Hama ehen mi vy ves
    V salhi mi bai inheh HiMi
    Sifakurun thah dhw
    ????
    ????????

    1. Hi Mi says:
      February 24, 2018 at 6:45 pm

      Hehe. Thanms niu means a lot. ?

  23. yaashyy says:
    February 24, 2018 at 2:20 pm

    vaahaka v reethi.. adhi kithah episode ulheynebaa mivaahakaige..

    1. Hi Mi says:
      February 24, 2018 at 6:45 pm

      Lets say adhi kanthah thah ebahuri nuve. So ehen bunaakah neygey dear. Thanms.

  24. Reader says:
    February 24, 2018 at 2:31 pm

    Dhen up vaany maadhan dho… Alhey haadha ha reehchey. ?. Ei aa character ehtha?

    1. Hi Mi says:
      February 24, 2018 at 6:44 pm

      Hehe. Reader kiyaalaafa bunalaa next lart nw kiyaaleveyne.

  25. Maya says:
    February 24, 2018 at 2:37 pm

    Oh oh.. Kaakubaa is that new guy who has entered… Anx and yaanith aa aikal onnany kn connection ehbaa…??? ??I think aikal ge faraathun yaanith ge family member akah dhera eh dhevifa othyma ekamuge revenge hifan hen.. Maybe hama eyna aaik aaa rahtehi vyves aaik ge properties thakuge beynumuga ehnu ehenve hama maya hithah eri gioh eii?and dhen hury maileen haadha boaharu kuhjehkey dhw.. Dhen goih dhookohbala.. And reeka hehe badly busted.. Curiously waiting to know the answers??? So many mysterious questions??? Waiting HiMi enme lwbi writer.. Story hama awesome, fantastic, fabulous, marvelous, excellent dhen nenge maya akah bunaane ehcheh ves… ????miaky maya baahvaa competition eh viyya HiMi ah 1st dheynan…. Waiting Waiting for Next part.!!!!!!! ????

    1. Hi Mi says:
      February 24, 2018 at 6:44 pm

      Hey. Maya. Haaha dhigu comment eh. Sorry himi bixi kamun dhigukoh reply ves koh nulevigen miulheny. Ekam v ufaavehjje ingey. Lets see dw. Next lart nw koyaaleveyne. E part in ingigen dhaane. ???

  26. ބުރޯ says:
    February 24, 2018 at 2:41 pm

    ހިތާ ފުރާނައިން Himi އަށް ޝުކުރިއްޔާ ?

    1. Hi Mi says:
      February 24, 2018 at 6:43 pm

      Hehe. Varah ufaavehjje thanks….. hithaa furaanain dw. ?

  27. ss says:
    February 24, 2018 at 2:45 pm

    miadhu adhi up vaanetha. v ufaavejje dhe part kiyaalevuneema. abadhuves mihaar beleny vaahaka up vo thoa. really nice. maileenge heart dhen madhukollabala. ehaa loabi vaairu dhen maaf kuran vejje. yashmu ah ves ragalhuvaany eenage bappa libunymakah maileennah vissnadheebala

    1. Hi Mi says:
      February 24, 2018 at 6:43 pm

      Yes dear. In Sha Allah. Hingaa balamaa vaa goi dw. ?

  28. Chim says:
    February 24, 2018 at 3:34 pm

    Hi Mi ur the best story writer ❤..thank u so much..story continue koh konme dhuvahakuves kiyaalan libeythy hama v hih hama jehey..leen alhe uaan ah maaf kohbala. Kihaa loabivey tha leen dheke.
    Waiting for next part ❤

    1. Hi Mi says:
      February 24, 2018 at 6:39 pm

      Hey. Chim ufalun bunaane ehchei neygey. Varah ufaavehjje. Thanks alot. ???

  29. Sheny says:
    February 24, 2018 at 3:50 pm

    yuaan ahthure reethimeeheh vaahakaaga ulhehyaa kada..yuaan ehmme reethi vaah vaany

    1. Hi Mi says:
      February 24, 2018 at 6:39 pm

      Hehe. Hingaa balamaa

  30. Shanna says:
    February 24, 2018 at 4:54 pm

    Nice story line. But this complex unforgiving situation between the lead characters need to be addressed. How long can you pretend to b angry. Please do something about it. Don’t drag it so much

    1. Hi Mi says:
      February 24, 2018 at 6:39 pm

      Hey. Shanna. Thanks hiyaal ah. V ufavehjje. ???

  31. Twingirl says:
    February 24, 2018 at 7:53 pm

    Woah… haadha ryhchey mi story …. hama no.1 story eh mee. .. vvv rythi story keep it up ????

Comments are closed.

Next Episodeހިތާ ފުރާނައިން… (50)←


All Right Reserved!