Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (50)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 24, 2018 16 Mins Read
35 Comments

“އަބަދުވެސް” އެންމެ ފަހުން ބުނެލި ޖުމްލަ އާ ގުޅުވައިލައިގެން އަނެއްކާވެސް ބުނެލިއެވެ.

އޭނާ ލިފްޓަށް އަރާ މިސްރާބުޖެހީ އެގާރަވަނަ ފްލޯއަށެވެ. އޭނާގެ އިންޓަރ ވިއު ހަމަ ޖެހިފައިވަނީ އެ ފްލޯގައި ކަމަށް ވާތީއެވެ. ލިފްޓް ހުއްޓުމާއެކު ފައިބާ އެތަނުގައި ކައުންޓަރ ގައި އިން އަންހެން ކުއްޖާ ގާތަށް ގޮސް އޭނާ ސުވާލުކޮއްލިއެވެ.

“އެކްސް ކިއުޒް… ސީނައަރ މެނޭޖަރ އާތިފް ގެ ކެބިން ކޮބާތޯ” އެއާއެކު އެ ކުއްޖާ އިސްއުފުލާލާ ބަލާލިއިރުވެސް އެ ކުއްޖާގެ ލޮލުގައ ތަފާތުކަމެއްވިއެވެ. އަޑުން ވެސް އޭނާ ތުއިވެލިކަން ހާމަވެގެން ދިޔައެވެ. “މަޑުކޮއްލައްވާ… އަޅުގަނޑު ގުޅާލާނަން” އެ ކުއްޖާ ބުނެލިއެވެ. އެއާއެކު އެ ޒުވާނާ ބޯ ޖަހާލިއެވެ.

މި ދިމާލުން ދާއިރު އެންމެ ފުރަތަމަ އިންނަ ކެބިން އާ ޖެހިގެން އިންނަ ކެބިން” އެ ކުއްޖާ އަތުން އިޝާރާތް ކޮއްލުމާއެކު ބުނެލީ އެކޯޅުން ފޯނަށް ޖަވާބުދާރީވީމައެވެ. އެ ޒުވާނާ ހިނިތުނެވަލަމުން ހިނގައިގަތެވެ.

އާތިފް ކެ މޭޒުގެ ކުރިމަތީގައި އިން އިރުވެސް އެޒުވަނާގެ ފަރާތުން އެއްވެސް ހާސްކަމެއްނުފެނެއެވެ. އާތިފް ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ދިޔައީ އެއްވެސް ޖެހިލުން ވުމެއް ނެތިއެވެ. “ދިސް ޖޮބް އިޒް ޔޯސް” އިންޓަވިއު ނިންމާލާފައި އާތިފް ތެދުވެ އެ ޒުވާނާއާ ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. “އަފްޓަރ ވަން މަންތް ޔޫ ކެން ޖޮއިން” އާތިފް އެހެން ބުނެލުމާއެކު އެ ޒުވާނާގެ ތުންފަތް މަތގައި ވި ހިނިތުންވުން ފުޅާވިއެވެ.

އަނެއްކާވެސް އާދުވަހެކެވެ. މިއަދަކީ އަނެއްކާވެސް އެތަކެއް ކަންތައްތަކެއް ކުރިމަތިވާނޭ ދުވަހެކެވެ.

‘އިކް ހިނގާ ދަމާ” އައިކަލް ހުރީ ފިނިވެފައެވެ. މިއަދަކީ އޭނާ ޔާނިތް އާ ބައްދަލުކުރަން ދާ ދުވަހެވެ. އެހެންކަމުން އޭނާ ގެ ހިތަށް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ. އާއިކް އައިސް އޭނާގެ ގާތަށް ހުއްޓިލުމާއެކު ދެބަފައިން މިސްރާބުޖެހީ ކާރާ ދިމާލަށެވެ. ގަރާޖުން ކާރުނެރެގެން އެމީހުންގެ މަންޒިލާ ހަމަ އަށް ދާން މިސްރާބުޖެހިއިރުވެސް އައިކަލް ގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ.

އޭނާ އާއިކް އަށް ބަލާލިއެވެ. އާއިކް ބޯ ޖހަލީ ހުރިހާކަމެއްވެސް ރަނގަޅު ވާނޭ ކަމަށް ބުނަމުންނެވެ.

ކާރު މަޑު ކޮއްލީ ޕޮލިސް ސްޓޭޝަން ކުރިމައްޗަށެވެ.

އައިކަލް ފުންނޭވާއެއްލިއެވެ. ދެމީހުން ވެދެގެން ދިޔައެވެ. އެއާއެކު އެތަނުން އެމީހުންނާ ބައްދަލުކުރީ ރަކީޒް އެވެ. “ޔާނިތް އެބައިން ރެޑީގަ” އޭނާ ބުނެލިއެވެ. އެއާއެކު ދެމިހުން ޔާނިތް އިން ކޮޓަރިގަނޑު ތެރެއަށްވަނެވެ. އާއިކް ކުރިން ފަހަރު ވެސް ޔާނިތް އާ ބައްދަލުކުރި މިތަނުންނެވެ. އެއާއެކު އެ ދުވަހުގެ ހަދާންތައް އޭނާގެ ސުކުނޑީގައި އެނބުރިގަތެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ.

“ތި ކިޔާ އެއްޗެއް ކިޔާބަލަ” އާއިކް ބުނެލިއެވެ.

“ހަނދާންވޭތަ ރީމާ… އޭތް އައިކަލް” ޔާނިތް ނުލަފާ ވައްތަރަކަށް ހެމުން އަހާލިއެވެ. އެއާއެކު އައިކަލް އަށް އޭނާ އިން ގޮނޑިން ތެދުވެވުނެވެ. އޭނާ އަށް ވީ ގޮތުން އާއިކް ވެސް ތެދުވިއެވެ. އެއާއެކު ޔާނިތް ވެސް ތެދުވިއެވެ. މޭޒުގެ އެއްފަރާތުގައި ޔާނިތް ހުއްޓިލައިގެން ހުރި އިރު އަނެއްފަރާތުގައި ތިބީ އާއިކް އާއި އައިކަލް އެވެ.

“ކީކޭ” އައިކަލް އަށް އަހާލެވުނީ ތުރު ތުރު އަޅާ އަޑަކާ އެކީގައެވެ. “ރީމާ ދަންނަންހޭ…” ޔާނިތް އަނެއްކާވެސް ސުވާލުކޮއްލިއެވެ.

“ޑޭޑް.. ވަޓް އިސް ޝީ ދެއިން. ވައި އާރ ޔޫ ނޮޓް ސެއިން ސަމްތިންގެ” އާއިކް އަހާލިއެވެ. އޭނާގެ އަޑގައިވެސް ކަންބޮޑު ވުމެއް ވިއެވެ.

“އާއިކް މަޑުން ހުރޭ…. އަޑު އަހާ….” ޔާނިތް އޭނާގެ ޝަހާދަތް އިގިލި ތުންފަތުގައި ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ރުޅިއައިސް ރަތްވެފައި ހުރި އިރު އޭނާ ގެ ލޮލުންނާ ކަންފަތުން ވެސް ނަފްރަތުގެ އަލިފާން ނުކުންނަ ހެން ހީވެއެވެ.

އައިކަލް ގެ ވިސްނުން މީގެ އެތަކެއް އަހަރުތަކެއް ކުރިއަށް ދަތުރުކުރިއެވެ. އޭނާ އޭނާގެ ހިޔާލީ ދުނިޔޭގައި ހުއްޓާ ޔާނިތް ވާހަކަ ދައްކަން ފެށިއެވެ.

“އެއީ މީގެ އެތަކެއްއަހަރު އަހަރެންވެސް އާއިކް ވެސް ދުނިޔެއަކަށް ނާންނާނެ. އަހަންނަށް މި ވާހަކަ ދައް އެނގުނީ މަންމަގެ ޑައިރީން…. އިނގޭތަ. އަހަރެންގެ މަންމަ ކީ ހޯލްޑާރސް އޮފީހާ ގުޅުނު. އެ މަންމަ ލޯބިވީ މިހިރަ މީހާ ދެކެ. އެކަމަކު މި މީހާ މަންމަ ގެ ލޯއްބެއް ގަބޫލެއްނުކުރި… މަންމަ އުޅެން ފެށީމަ ހިންހަމަ ޖައްސައިދޭން ވަކި ދުވަހަކަށް ރައްޓެހިވީ… ދެން ދޫކޮއްލީ…  އެއަށްފަހު އަހަރެންގެ މަންމަ ރޭވިގެން ކުރެވުނު ކައިވެންޏެއްގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމަކަށް ދިޔަ. އެމީހާ އަހަރެންގެ މަންމަ އަށް އަނިޔާކުރޭ. ތަޅާ… މިހުރިހާ ވާހަކައެއްވެސް ވީ ޑައިރީގައި. އަހަރެން  ލިބުމަށްފަހު އަހަރެންގެ މަންމަ އެމީހާ ކައިރިން ވަރިވި. އެއަށްފަހު އަނެއްކާވެސް ދިޔައީ ތި އާއިކް ގެ ބައްޕަ ކާރިއަށް.

ވަރިވުމަށްފަހު މަންމަ ގެ އާއިލާއިން މަންމަ އަށް އެހީއެއްނުވި. އެމީހުން ބޭނުންވީ މުއްސަނދިކަން… މަންމަ ގެ ހާލަށް މަންމަ ދޫކޮއްލީ މަންމަ އެ ފަދަ މުއްސަނދި މީހެއް ކައިރިން ދުރަށް ދިޔައީމަ. މަންމަ ދިޔައީ ތި އާއިކް ގާތަށް ސަލާން ޖަހަން. އެކަމަކު އޭނާގެ އަންހެނުންގެ ސަބަބުން އަހަރެންގެ މަންމަ އެއްލައިލީ. އެމަންމަ އަހަރެންގެ އަތުގައި ހިފައިގެން މުޅި މި މާލޭގައި ހިނގި. މަންމަ އިން ތިގޭ ދޮރޮ ބުޑުގައި ވެސް އެތައް އިރެއް ވަންދެން…

އެހެން އިންދާ ތި އައިކަލް ނުކުތީ… އަދި މަންމަ ގާތު އެތާ ނީދެ ދިޔުމަށް ބުނީ އޭނާގެ އަންހެނުންނަށް ފެނިދާނޭ ކަމަށް ބުނެ. އެންމެ ފަހުން މަންމަ ބުނީ އިނދެގެން ނޫނަސް ނޯކަރެއްގެ ދަރަޖައިގައި ވިޔަސް ބަހައްޓަދޭށޭ. މީނާ އެކަން ނުކޮއްދިން” ޔާނިތް ގެ ވާހަކަ ތަކަށް ފަހަރަކަށް ވުރެ ފަހަރަކަށް ރުޅިވެރިކަން ވެރިވަމުން ދިޔައެވެ. އާއިކް އަށް އައިކަލް އަށް ބަލާލުމަށްފަހު ޔާނިތް އަށް ބަލާލެވުނު އިރުވެސް އޭނާގެ މުޅި މޫނުމަތިން ފެންނަމުން ދިޔައީ ސުވާލް މާރކެވެ.  “. މަންމަ އެ އެއޮއް ވިއްސާރަ ރޭ ތި ބޮޑު ގޭގެ ގޭޓް ކުރިމަތީގައިއިން… އެދުވަހު އާއިކް ގެ ތި ބައްޕަ  އެތެރެއަށް ވަދެ ހުރީ ކުޑަދޮރުން ބަލަން. އަހަރެންގެ މަންމަ ބަލާލިތަށް ފެނުމާއެކު ލައްޕާ ތަޅުލީ…” ޔާނތް ވާހަކަ ނިންމާލިއިރު ކަރުނަ ފައިބައެވެ. އެހެންނަމަވެސް ރުޅިވެރިކަމެއްވެސް ވިއެވެ.

“އަހަރެންނަށް މިކަންތައް އެނގުނީ ވަރަށްފަހުން މަންމަ ގެ ޑައިރީން. އެރޭ މަގުމަތިން ދިޔަ ހެޔޮލަފާ ދެމީހުން މަންމަ އަށް އެހީނުވުވިނަމަ މަންމަ އާއެކީ އަހަރެންވެސް މަރުވީސް. ހެހެ. އޭރު މަރެއްނުވޭ… އެ ދުވަހުގެ ފަހުން މަންމަ މޮޔަވީ… އަޑު އިވިއްޖެ… މޮޔަވީ” ޔާނިތް ހަޅޭއްލަވައިގަތެވެ.

އެ ޑައިރީ އޮތީ އެރޭވެސް މަންމަ ގެނގުޅުނު ދަބަސްތެރޭގައި. އެދަބަސް އަހަރެންނަށް ދިނި އަހަރެން ގެންގުޅުނު ދައްތަމެން. އެ ދެމަފިރިން ރާއްޖޭން ބޭރަށް ބަދަލް ވާން ވެގެން ބުނުމުން އަހަރެން ގަބޫލެއްނުވިން. އެމީހުން ރާއްޖޭން ބޭރަށް ބަދަލްވީ މީގެ އަހަރެއްހާ ދުވަސް ކުރިން… ނޫން… ދެ އަހަރު. ހެހެ” ޔާނިތް ހީވަނީ ކޮޔަވެފައި ހުރިހެންނެވެ. އޭނާގެ އިސްތަށި ގަނޑު ވަނީ ހޭވިފައެވެ. އެހެންކަމުން އެގޭ ގޭގައި އަހަރެން ބަހައްޓާފައި އެމީހުން ދިޔައީ. އެގޭގައި އަހަރެންނާ މަންމަ އުޅެމުން ދިޔައިން… އެމީހުން ދިޔަ އިރު ދިން ޑައިރީން ހުރިހަކަމެއް އިނގުމަށްފަހު އަހަރެން ބޭނުން ވީ ބަދަލް ހިފަން… އަހަރެން ގިނަ ގިނައިން އާއިކް އަށް ފެންނަން ފެށީ… އޭރު ހިތަށް އެރީ މުދާކޮޅި އަތުލީމަ ނިމުނިއްޔޭ.. އާއިކް އަހަމެއްނު. ކީއްވެހޭ އަހަރެން އެގޭގައި އެކަނި އުޅެނީ…ގޭގައި އަހަރެން އެކަނި އުޅޭ ސަބަބަކީ މީ އާއިކް އަބަދުވެސް އަހަމެއްނު. ”

ގިނަގިނައިން އާއިކް އަށް ފެންނަން ފެށީ… އަހަރެންނަށް ތިއީ އައިކަލް ގެ ދަރިއެއްކަން އެނގުނު ހިސާބުން އެަން އެ ގޮތަށް ކުރަން ނިންމީ… ހެހެ. ޓީ ވީ ތަކުންވެސް ދެމީހުން ފެންނަކަމީ އުފާވާކަމެއް….” ޔާނިތް ހީލިއެވެ. “ނޫން. އުފާވާ ކަމެއް ނޫން… އެއީ އަހަރެންނަށް އެކަން އެނގެން މެދުވެރިވި ސަބަބު. ތިއީ އައިކަލް ގެ ދަރިއެއްކަން…”

“މަސްތުވާތަކެތި ބޭނުން ކޮއް ހިތު ހުރިހާ ގޮތަކަށް އުޅިފައި އާއިކް އައިމަ އެ ހުރިހާ ކަމެއް ބަދަލް ކޮއްލާ މަތި އޮމާން ކޮއްލިން” ޔާނިތް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

“އެންމެފަހުން އާއިކް އަހަރެންގެ ފަހަތުން އުޅެން ފެށުމުން އަހަރެން ފުރަހަމަ ދެކޮޅުހެދިން. ހަނދާންވޭތަ؟ އެއީ މީގެ އަހަރުތަކެއް ކުރިން. އޭރު އަހަރެންނަކަށް ނޭގޭ ތިއީ ކާކުކަން. އާއިކް އަށް ނުފެނި ވެސް އުޅުނިން… އެކަމަކު ތިއީ އައިކަލް ގެ ދަރިއެއްކަން އެނގުނު ހިސާބުން ބަދަލް ހިފަން އަހަރެން ނިންމިން….. މުދާތަށް ފޭރިގަންނަން… އިނގޭތަ. އަހަރެންގެ މަންމަ މަރުވީ އަދި ކުރިން ދުވަހު އާއިކް ގެ ފުރާނަ ދުއްވާލަން އަހަރެން ނިންމީ މަންމަ މަރުވުމުން… އަހަރެންގެ ހިތުގައިވި ނަފްރަތު ބޮޑުވެ އޭގައި ހުޅުހިފާ އަހަރެންގެ ނަފްސުގެ ހަމަޖެހުން ގެއްލުމުން… އަހަރެން ބޭނުންވީ އެންމެ ފުރަތަމަ އާއިކް ގެ އާރާ ދުއްވާލަން އޭރުން އާއިކް ވެސް ސަފަރ ކުރާނެ. އެއަށްފަހު އާއިކް. އޭރުން އައިކަލް ހިތާމަ ކުރާނީ ހެހެ” ޔާނިތް އެންމެ ފަހުން ވާހަކަ ހުއްޓާލީ ހިނިގަނޑަކުން ކަމަށް ވިޔަސް އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“އަހަރެން އެރޭ ރީމާ ހޯދަން ދިޔައިން…. އަހަރެން އޭރު ހުރީ މީޝާ އާ އިނދެގެން ކަމުން އަހަރެންނަކަށް އޭނާއަކަށް ބޭވަފާތެރިއެއްނުވެވޭނެ. އެކަމަކު އެރޭ އަހަރެން ހުރިހާ ވާހަކައެއް މިޝާއަށް ކިޔާދިނުމުން އޭނާ އެދުނީ ގެއަށް ގެނައުމަށް… އެއީ ވަރަށް ރަނގަޅު މީހެއް. ހިތް ހެޔޮ އޯގާތެރިއެއް. ހަގީގަތުގައި އަހަރެން މިހާ ބަދަލް ވީ ވެސް މީޝާ ގެ ސަބަބުން…” އާއިކް ގެ ވާހަކަ ހުއްޓުނީ ޔާނިތް ގެ އަޑުންނެވެ.

“ދެން ހުރީ އާރާ އަނެއްކާ ދިމާވީވެސް ރަނގަޅަށް. އިބާހު އަކީ މާކުރިއްސުރެ އާރާ އާ ދެކޮޅު މީހެއް… އެއީ އަހަރެންގެ ރައްޓެހިވެގެން އުޅުނު ކުއްޖާ ގެ ކޮއްކޮ. އޭނާ އަށް އަޑު އިވުނީ އަހަރެންނާ ދެމީހުންވާހަކަ ދައްކަނިކޮއް އޭޏާ ބުނި އޭނާ ވެސް އެހީވާނަމޯ. އެހިސާބުން ކަންތައްތައް ފަސޭހަ ވީ އޭނާއަކީ ގޭންގަކަށް ވެސް ނިސްބަތް ވާ މިހަކަށް ވީތީ. އަނެއްކާ އަހަރެމެންގެ ކަންތައް ވެސް ކުޑަ އެއްނުވާނެ ދޯ” އައިކަލް ގެ ވާހަކަ ހުއްޓުވާލީ ޔާނިތް އެވެ.

“އެނިމުނީ… ހުއް” ޔާނިތް ހީގަތެވެ.

“ވަގުތު ހަމަވީ” އެވަގުތު ފުލުސް މީހަކު ވަދެ ނުކުންނަން އެންގުމުން ދެމީހުންނަށްވެސް ޖެހުނީ ނުކުންނާށެވެ. އާއިކް ހުރި އަޑު އިވުނު ވާހަކަ ތައް ގަބޫލް ކުރަން ދަތިވެފައެވެ. “ލޯތްބަކީ ގަދަ ބާރުން ހޯދޭނޭ އެއްޗެއް ނޫން ކަމަށް ބައްޕަ އަބަދުވެސް ބުނާނެއެވެ. މިއީ އެސަބަބު ހެއްޔެވެ؟ އެހުރިހާ ވާހަކަ ތަކުގެ ތެރެއިންވެސް ޖަވާބު ނުލިބޭ ސުވާލެއް އާއިކް ގެ ސިކުނޑީގައި އޮތެވެ. އާރާއާ އިބާހު އާއި އޮތީ ކޮން ނަފްރަތުކަމެއްހެއްޔެވެ؟ އެދެމީހުންގެ ވެސް ފޮރުވިފައިވާ މާޒީއެއް ވަނީހެއްޔެވެ؟

“ބައްޕާ ކާރަށް އަރަންވީނޫންތޯ” އާއިކް އައިކަލް ގާތު ބުނެލީ އޭނާ ކާރަށް ވެސް ނާރާ ވިސްނުމަކަށް ގެއްލިފައި ހުރުމުންނެވެ. އޭނާ އެރޭ ނިކަމެތި އިންސާނަކަށް އެހީތެރިނުވެ ދޫކޮއްލިއެވެ. އެ ކަންތައް އޭނާއަށް މިފެނުނީ ދުނިޔޭގައެވެ. އާއިކް އަށް ހަމަލާ ދީ ދުނިޔޭން ދުއްވާލަން އެ ހުރީ ތައްޔާރަށެވެ. އެއީ މީގެ އެތަކެއް އަހަރެއްގެ ކުރިއެވެ. އެކަމަކު މާޒީ މިއަދުވސް ކުރިމައްޗަށް އައިސްފިއެވެ. އެއީ އަބަދަކު ފޮރުވޭނޭ އެއްޗެއް ނޫން ކަން އޭނާ މިއަދު ގަބޫލް ކޮއްފިއެވެ.

އާއިކް އާއި އެކުކާރުގައި ދިޔައިރުވެސް ދެމިހުންގެ ދެމެދު މާގިނަ ވާހަކައެއް ނުދެކެވުނެވެ. “ބައްޕާ އެކަމާ ނުވިސްނާ. ބައްޕަ ބުނަމެއްނު އަބަދުވެސް ކުރެވުނު ކުށަށް ދެރަވެ ލަދުވެތިވެ ހިތުން ތެދުވެރިކަމާއެކު ތައުބާ ވާނަމަ ﷲ ވެސް ފާފަ ފުއްސަވާދެއްވާނޭ… ބައްޕަ ވެސް އެކަމާ ދެރަވާނަމަ…” އާއިކް ބޭނުންވީ އެމީހުންނަން ބައްޕަ ހިންހަމަ ޖައްސުވާދޭ ގޮތަށް ބައްޕަ އަށް ނުތަނަވަސްވެ ދެރަވާ ދުވަހެއް އައުމުން އެމީހުން ބައްޕަ އާ އެކީ ތިބިކަން ދައްކާށެވެ. “އިޓްސް އޯކޭ” އައިކަލް އާއިކް ގެ ވާހަކަ ހުއްޓުވާލާ ބުނެލިއެވެ. “ޑޭޑް ވީއާރ ވިތް ޔޫ” އާއިކް ބުނެލީ ހިނިތުންވެލަމުންނެވެ.

އައިކލް އާއިކް އަށް ބަލާލިއެވެ. އޭނާއަށް އޭނަގެ ދަރިން ބޮޑުވެ ވިސްނިފައިވާ ވަރު ފެނުނެވެ. ކާރު ދުއްވަމުން ދިޔަ އާއިކް އަށް ބަލާލިއިރު ފަނޑު ނަމަވެސް ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.

ގެއަށް ގޮސް ވަތް އިރު ޒާރިވާ ސިޓިން ރޫމްގައިއިނެވެ. ޔުއާން ފެންނަން ނެތީ އޭނާ ވީ ހޮސްޕިޓަލް  ގައި ކަމުގައި ވީތީއެވެ.

މައިލީން ޔަޝްމް ގާތުގައި އޮށޯވެގެން އޮތީ ނިންދަވާށެވެ. އޭނާ އެދަނީ ވިސްނަމުންނެވެ. އޭނާ ޔަޝްމްގެ ހައްގުގައި ޔުއާން އަށް މާފުކުރަންވީހެއްޔެވެ؟ އެދެލޮލުން އޭނާ އަށް އެތަކެއްފަހަރު ލޯބި ފެނިއްޖެއެވެ. ޔުއާން އެތަކެއްފަހަރު އޭނާ ގެ ގާތުގައި ރޮމުން އާދޭސްކޮއްފިއެވެ. ޔަޝްމް ދައްކާލުމަށެވެ. ޔަޝްމް އާ ގާތުގައި ވުމަށް ފުރުސަތު ދިނުމަށެވެ. އެހެން އޮއްވާ އަނެއްކާ މެސެޖެއް އައެވެ. އޭނާ މެސެޖް ހުޅުވާލިއެވެ. “އައި އެމް ސޮރީ…” މިފަހަރު ބުނެފައި އޮތީ މިހެންނެވެ. އޭނާގެ މާފަށް އެދޭވަރު ހުންނާނީ ކާކުހެއްޔެވެ؟ ޖަޒިލް އަށް ވެސް ވެދާނެއެވެ. އޭނާ ޖަޒިލް ކަމަށް ނިންމިއެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާ ޖަޒިލް ގެ އެދުމުގައި ކޮޅުފައިން ޖެހި ދުވަހުގެ ފަހުން އެ މެސެޖް ތަކެއް ނާދޭވިއްޔާއެވެ. އޭނާ ޔުއާން އާ ދިމާލަށް ވެސް ބުންޏެވެ. އެހެނަސް ފަހުން ކަންތައްވީ ގޮތުން އޭނާ ހުރީ އެ މެސެޖް ކުރަނީ ޖަޒިލް ކަމަށް ނިންމައިގެންނެވެ. އޭނާއަށް ނޭގުނުކަމަކީ އެ ނަމްބަރުން މެސެޖް ކުރަނީ އެހެން މީހެއްކަމެވެ. ޖަޒިލް ނޫންކަމެވެ.

ފޯން އަނެއްކާވެސް އެނދުގެ ސައިޑް ކަބަޑް މަތީ ބާއްވާލަމުން އޭނާ ޔަޝްމް އަށް ބާލިއެވެ. ފިނިވެގެން އުޅޭހެން ހީވެގެން އޭނާ ޔަޝްމް ގެ ގައިގައި އަޅާފައި އޮތް ރަޖާ ރަނގަޅުކޮއްލަމުން ނިތްމަތީ އަތް ބާއްވާލިއެވެ. އަނެއްކާވެސް ޔުއާން ގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. ޔުއާން އޭނާގެ ގާތުގައި ރޮމުން ކުރި ކޮންމެ އާދޭހެއް އޭނާގެ ހިޔާލަށް އަންނަމުން ދިޔައެވެ. ކީއްވެކަމެއްނޭގެއެވެ. ޔަޝްމް ވެސް މިހާރަކަށް އައިސް އަބަދު ޑެޑީ އޭ ކިޔާތީ އޭނާ ހުންނަނީ ހަދަން ވީ ގޮތެއް ނޭގިފައެވެ. ޔުއާން ގެ ލޮލުން އޭނާ އަށް މިފަހަރު ފެނުނީ ސާފުތާހިރު ލޮއްބެވެ. އެ ދެލޮލުން އޭނާއަށް އެތަކެއް އާދޭހެއް ފެންނަމުންދިޔައެވެ. އޭނާ ޔުއާން އަށް ހަމަ މާފުކުރަން ވީ ހެއްޔެވެ؟

އެހެންވެއްޖެނަމަ ޔަޝްމް އަށް ވެސް ބައްޕަ އެއްގެ ލޯބި ލިބޭނެއެވެ. އާއެކެވެ. ޔުއާން ގެ ލޮލުން އޭނާއަށް ލޯބިފެނެއެވެ. ޔުއާން އަކީ ކިހާ ފެންވަރެއްގެ ކާކުކަން ނޭގުނު ކަމުގައިވިޔަސް ޔުއާން އަކީ ވެސް އިއްޒަތާ ގަދަރެއް ލިބިފައިވާ މީހެއްކަން އޭނާއަށް އެނގެއެވެ. މަގްބޫލު ޑޮކްޓަރެއްކަން އެނގެއެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު ޔުއާން ޔަޝްމް އަކީ އޭނާގެ ދަރިއެއްކަމަށް ބުނެފިނަމަ އެހެން އެންމެންގެ ކުރިމަތީގައި ޔުއާން ގެ އަގުވެއްޓޭނެއެވެ.

ޔުއާން ދުވަހަކުވެސް އެހެން ވާކަށް ނޭދޭނެއެވެ. ޔުއާން ގެ އާއިލާ އާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް މައިލީން އަކަށް ނޭގެއެވެ. އެހެންނަމަވެސް އެމީހުން ވެސް މި ކުޑަ ދަރިފުޅު ގަބޫލް ނުކުރާނެކަން އެނގެއެވެ. އަނެއްކޮޅުން ޔުއާން ގެ އަގު ވެއްޓޭ ގޮތަކަށް ކަމެއް ކުރާކަށް ޔުއާން ގެ ހިތްވަރެއް ނުހުންނާނެއެވެ.

މައިލީން ވިސްނި ވަރަކަށް ތަފާތު ދިމަ ދިމާލުން ވިސްނުން އައިސް ގުޅެމުން ދިޔައެވެ. އޭނާ ޔުއާން އަށް މާފުކުރިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ޔުއާން އައިސް އޭނާގެ ގާތުގައި މާފަށް އެދުނު ދުވަހު ދުލުން ދެބަސްވިޔަސް ހިތުން މާފު ދީފިއެވެ. އެ ހިތަކީ އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ. އަދިވެސް އެ ހިތުގައި ރަސްކަން ކުރަމުން ދަނީ ޔުއާންއެވެ. އެ ލޯބި އަޑު އަހާހިތުން އޭނާ ވަނީ ކެތް މަދުވެފައެވެ.

އަނެއްކޮޅުން ޔުއާން ގެ ހާލަކީ ކޮބައިތޯއެވެ. މައިލީން އަށް ޖަޒިލް ގެއްލުނީ ވެސް އޭނާ އާ ހެދިއެވެ. އޭނާ އަށް މިއަދު ވިސްނުނު ގޮތުގައި މައިލީން ޓަކައި ގުރުބާން ވާން ޖެހޭނީ އޭނާއެވެ. އޭނާއަށް މައިލިން ގެ ލޮލުން ލޯބި ފެނުނު ކަމުގައިވިޔަސް މައިލީން ޖަޒިލް އާ ގުޅެން އުޅެނީ ކީއްވެހެއްޔެވެ؟ ޔުއާން ދިޔައީ ވިސްނަމުންނެވެ. އޭނާ އަދިވެސް އެއްފަހަރު މައިލީން އާ ވާހަކަ ދައްކަން ބޭނުމެވެ. މައިލީން ބޭނުންވާނެނަމަ އޭނާ މައިލީން ދޫކޮއްލާނީއެވެ. އެހެން ހިތަށް އެރުމާއެކު ތޫނު ތަދެއް މެއަށް އިހްސާސްވިއެވެ. މޭގައި އަތް އަޅާލިއެވެ. އޭނާ އަށް މައިލީން އަށް ޓަކައި ގުރުބާން ވެވިދާނެހެއްޔެވެ؟.

އަނެއްކޮޅުން ޔަޝްމް އެވެ. އެ ދުވަހުގެ ފަހުން މައިލީން ޔަޝްމް އޭނާ އަށް ދައްކާވެސް ނުލައެވެ. މައިލީން ދޫކޮއްލަން މިއަދު އެ ހިތަށް ވިސްނައިދެމުން ދާއިރުވެސް ޔަޝްމް ގެ މަތިން ހަނދާން ވުމާއެކު މައިލީން ގާތު އަނެއްކާވެސް އާދޭސް ކުރާ ހިތްވިއެވެ. އެހެން ނަހަދާށޭ ބުނަން ބޭނުންވިއެވެ. މައިލީން އެހެންމީހަކަށް ދޭން އެ ހިތަށް ކެތް ނުވާނޭ ބުނަން ބޭނުންވިއެވެ.

ލޯބީގެ އަނެއް މާނަ އަކީ ގުރުބާނީއޭ ބުނާ އަޑު އޭނާ އަހައެވެ.

އެކަމަކު އެ ބުނާ ގުރުބާނީއެއް އޭނާއަށް ވެވޭނޭ ކަމާމެދު ޝައްކެވެ. އޭނާ އަކީ އަމިއްލަ އުފާތަކަށް އިސްކަން ދޭމީހެކޭ ބުނާށެވެ. ނޫނީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެކޭ ބުނާށެވެ. އެކަމަކު މައިލީން އެހެން މީހަކަށް ދޭން އޭނާގެ ނަފްސު ދުވަހަކު ގަބޫލް ނުވާނެއެވެ. ޔަޝްމް އެހެން މީހެއްގެ އަތްމައްޗަށް ދޫކޮއްލަން އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.

ޔަޝްމް ގާތުގައި އޮތް މައިލީން އަށް ވެސް ނިދުނީއެވެ. އޭނާއަށް ދެން ހޭލެވުނީ ޝާލީން މެންދުރުކާން ގޮވުމުންނެވެ. “ދޮންތަ ކާން ހެދީތަ؟ ގޮވާލިނަމަ” މައިލީން އަށް ބުނެވުނެވެ. އޭނާގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ. “ދެން އެވަރު ކަމެއް ކޮއްލެވިދާނެއެއްނު” ޝާލީން ބުނެލިއެވެ. މައިލީން އެނދުން ތެދުވިއެވެ. އަދި ފާހާނާއަށް ވަނެވެ. މޫނު ދޮވެ ހަދައިލައިގެން ނުކުމެ ޔަޝްމް ގާތަށް ގުދުވެ ނިތުގައި އަތް ޖައްސާއިރު ހުމެއް ނެތެވެ. ހަމަ ޖެހިމުގެ ނޭވާއަކާއެކު އޭނާ ދެން ކޮޓަރިން ބޭރަށް މިސްރާބުޖެހިއެވެ.

ޔުއާން ޑިއުޓީ ނިންމާލުމަށްފަހު ތިރިއަށް މިސްރާބުޖެހީ ގެއަށް ދިޔުމަށެވެ. ހެދުނުއްސުރެ އޭނާއަށް ދައްކަން އައި ބަލިމީހުން ބަލާ ނިމުނީ ދެންމެއެވެ. ވަރުބަލިކަމާ ލޮޑުކަން އިހްސާސްކުރެވެމުން ދިޔައެވެ. ނުކައި ހުރުމުގެ ސަބަބުން ބަނޑުހައި ހުނުކަންވެސް އިހްސާސްކުރެވެމުން ދިޔައެވެ.

އޭނާ އެންމެތިރީބައިގައި ހުއްޓާ ސަމާލުކަން ހޯދީ އެވަގުތު ސައިރެން ގެ އަޑު އިއްވަމުން އައިސް މަޑުކޮއްލި އެންބިއުލާންސްއެވެ.

އޭނާ ދުރުގައި ބަލަހައްތައިގެން ހުއްޓާ އެ އެންބިއުލެސް އިން ނެ ރުނީ ބަނޑުބޮޑު އަންހެންކުއްޖެކެވެ. ޒުވާން ކުއްޖެކެވެ. އެ ކުއްޖާ ވޭނުގައި އުޅެމުން ވެސް ކެތް ކުރަމުން ދިޔައެވެ. ކައިރީގައި ހުރީ އެ ކުއްޖާގެ ފިރިމީހާކަން ދެނެގަންނާކަށް އުނދަގުލެއްނުވެއެވެ. އަންހެން ކުއްޖާ ތުންފަތުގައި ދަތް އަޅައިގެން މަސައްކަތް ކުރަމުން ދިޔައީ އަޑެއް ނުލައްވާ ވޭތޯއެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ނުކުންނަ ވޭނީ އާޙް ތަކުން އެއުޅެނީ ކެތް ނުކުރެވިގެންކަން އެނގެއެވެ.

ކައިރީގައި ހުރި ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާ ގެ ލޮލުން އަންނަ ކަރުނަތަށް ފޮހެދެމުން ދިޔައެވެ. އަދި ހިތްވަރު ކުރުމަށް ބުނަމުން ދިޔައެވެ. އެ ކުއްޖާ ގެ އެތަ އަތް އެ ފިރިހެން ކުއްޖާގެ އަތުތެރޭގައި ވީ އިރު އަނެއް އަތުން ކަރުނަ ފޮހެދެމުން ދިޔައީ ލޯތްބާއެކީގައެވެ. އެ އަންހެން ކުއްޖާ އެހެން އެނދަކަށް ބަދަލް ކުރަމުން ދިޔަ ވަގުތު އެ ފިރިހެން ކުއްޖާ ވެސް އެތާތިބި ނަރުސްކުދިންނަށް އިރުޝާދުދެމުން ދިޔައެވެ. ޔުއާން ވެސް އެ ދިމާލަށް ކައިރިވެލިއެވެ. އެއާއެކު އޭނާއަށް ފެނުނީ މީގެ މަސްތަކެއް ކުރިން ނުސްތަކުގައި ވަރަށް މަޝްހޫރުވި މޫނެކެވެ.

“އާރ ޔޫ އަ ޑޮކްޓާރ… އެ ޒުވާނާ އަހާލުމާއެކު ޔުއާން ބޯ ޖަހާލިއެވެ. “ހިޔަރ… ހެލްޕް މީ” އެ ޒުވާނާ ބުނެލުމާއެކު ޔުއާން އަވަސްވެގަތީ އހީތެރިވުމަށެވެ. އޭރު ހޮސްޕިޓަލް ގެ އެހެން މުވައްޒެފުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

އެ އަންހެންކުއްޖާ އެމަރޖެންސީގައި ގެންދެވުނީ ގައިނީ ޑިޕާރޓް މެންޓަށެވެ. އެހުރިހާ އިރު އެ ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާގެ އަތަކުން ދުލެއްނުކުރެއެވެ. އަބަދު ކައިރީގައި ވިއެވެ. އެ ދުލުން އިވެމުން ދިޔައީ ޝުކުރުގެ ބަސްތަކެވެ. ހިތްވަރުކުރާށޭ ބުނެލައެވެ. އަނެއްބައި ފަހަރު މާފަށް އެދިދާނެއެވެ. ލޯބިވާވަރު ހާމަ ކޮއްދީފާނެއެވެ. އެ ކުއްޖާ އެންމެ ފުރަތަމަ ގޮސް ވެއްދުނީ ވެއިޓިން އޭރިޔާ ޖަހާފައިވާ ދޮރަކުންނެވެ. އެތާގައި ގޮނޑިބަރިތައް ބަހައްޓާފައި ވެއެވެ. ސޯފާސެޓަކާއި އެކު އޭގެ ކުރމަތީގައި ޓީވީއެއް ބެހެއްޓިފައވެއެވެ. އަދި އެތާގެ ކުރިމަތީގައި ހުރި މޭޒުގައި މެގަޒިން ތަކެއްވެސް ބެހެއްޓިފައި ވެއެވެ. އެ ފިރިހެން ކުއްޖާ ގެ އަތުން އެ އަންހެން ކުއްޖާގެ އަތް ދުވީ ރެސްޓްރިކްޓެޑް އޭރިޔާ ޖަހާފައިވާ ބޮޑު ބިއްލޫރި ދޮރުގެ ތެރެއިން އެ ކުއްޖާ ވެއްދުމަށްފަހުއެވެ.

އެތަނުގައ އިން ގޮނޑީގައި އިށީދެ އިން އިރު ތުނިކޮއް ފަޅާފައިވާ ތުބުޅީގައި އިރުކޮޅަކާ އަތް ކާތާލައެވެ. އަނެއްބައި ފަހަރު ބޮލުގައި އަތް ހާކާލައެވެ. މޫނުމަތި ފޮހެލާނެއެވެ. ހާސްވެ ކަންބޮޑުބެފައި ވާ ވަރު އޭނާ ގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

އެ ވެއްދެވުނު އަންހެން ކުއްޖާއަކީ އޭނާގެ އަންހެނުންނެވެ. އޭނާއަކީވެސް ޑޮކްޓަރެކެވެ. އެކަމަކު މިއަދު އަމިއްލަ އަންހެމުން ވޭނުގައި ތެޅެމުން ދިޔަތަން ފެނުމުން އެ ހިތަށްވެސް ވަނީ އަސަރުކޮއްފައެވެ. އެންމެ ފަހުން ކެތް ނުވުމުން ދެކޮޅަށް ހިނގަން ފެށިއެވެ. މި ހޮސްޕިޓަލަކީ އެންމެ އަވަހަށް އޭނާ ޖޮއިންކުރާނޭ ތަނެވެ. ކުރިން ހޮސްޕިޓަލް އިން ކެޑިގެން އޭނާ މި ހޮސްޕިޓަލް އަށް ބަދަލުވީއެވެ. ކުރިން ދުވަހު ކުރި އިންޓަރ ވިއުއިން ފާސްވުމުން ވެސް އޭނާ ނުކުތުމަށް އެއްމަސް ދުވަސް ދިނުމަށް އެދުނީ އޭނާގެ އަންހެނުން ނަށް ޝާއި އަންނަން އުޅޭ އޭނަގެ ދަރިފުޅަށް ވަގުތު ދިނުމަށެވެ.

އެވަގުތު އެތަނުންނަރުސްކުއްޖަކު ނުކުމެ ގޮވާލުމާއެކު އެކީހެން އޭނާގެ ކަންފަތުގައި ޖެހުނީ ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެއާއެކު އޭނަގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭނާ ގޮސް ނަރުސްކުއްޖާ އަތުން ދަރިފުޅު އުރާލުމާއެކު އެ ތުއްތު ދަރިފުޅުވެސް ރުއިން ހުއްޓާލީ އޭނާ އުރާލީ އޭނާގެ ބައްޕަކަން އެނގިގެން ކަންނޭގެއެވެ. އެ ދަރިފުޅު އަތަށް ލިބުނު ވަގުތު އޭނާއަށް ކުރެވުނީ މިއިން ދުވަހަކު ކުރެވުނު އިހްސާސް އެއްނުނެވެ. އެ ދަރިފުޅު ހަމަ ވައްތަރީ އޭނާ އޭ ހިތާހިތުން ބުނެވުނެވެ. ނިތަށް ބޮސްދީ ރަނގަޅަށް އޭނާ އަދިވެސް އެއްފަހރު އެ ތުއްތު ދަރިފުޅަށް ބަލާލިއެވެ.

“ހައު އިޒް ހީ” ނަރުސްކުއްޖާ އަށް ބަލާލުމާއެކު ނަރުސްކުއްޖާ ރައްދު ކޮއްލީ ހިނިތުންވުމެކެވެ. “ޝީޒް ފައިން. އަލްޙަމްދުލިއްލާހި… ކުޑަ އިރުކޮޅަކުން ނެރެވޭނެ” ނަރުސްކުއްޖާ އަނބުރާ އެ ތުއްތު ދަރިފުޅު ގޮވައިގެން އެތެރެއަށް ވަނެވެ.

މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. އޭނާގެ ލޮލުގެ ކުރިމައްޗަށް އަންހެނުން ގެނެވުނެވެ. އެހެންނަމަވެސް އޭރު އޭނާ އަށް އޮތީ ނިދައެވެ. އޭނަ އޮތް އެނދުގެ އެއްފަރާތުގައ އޮތް ކުޑަ އެދުގައި އޭނާގެ ތުއްތު ދަރިފުޅުވެސް އޮތެވެ.

އެ އަންހެން ކުއްޖާ ބަދަލް ކުރެވުނީ ވީއައިޕީ ޕްރައިވެޓް ރޫމަކަށެވެ. “ޒާން” ތުއްތު ދަރިފުޅަށް ބަލަހައްޓައިގެން ހުރި ޒާން އަށް ސިހުން ގެނުވީ އޭނާގެ އަންހެނުންގެ އަޑުންނެވެ.

“ކިޔާ… ހޭލެވުނީދޯ” ޒާން ކިޔާރާގެ އެނދާ ދިމާލަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އޭނާ ގޮސް ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމާލީ އެވަގުތު ކިޔާރާގެ ބުރުގާ ނެތުމުންނެވެ. “ޒާން ކޮބާ ބުރުގާ…” ޒާން ކިޔާރާގެ ބުރުގާ ދިނެވެ. އަދި ކިޔާރާ ކުޑަކޮއް ތެދުވެލަން އެހީވެދިނެވެ. ބުރުގާ އަޅަމުން ކިޔާރާ ވާހަކަ ދެއްކިއެވެ. “ކޮންމެ މީހަކުވެސް ވަދެފާނެ އެއްނުންތަ؟”

“ނޫނެ… މީ ވީއައިޕީ ރޫމް އެކޭ ބޭބީ… މިތަނަށް ވަދެވޭނީ އެކަނި ޑޮކްޓަރުންނަނށް ދެން މި ކާޑް އޮންނަ މީހުނަށް ކިޔާގެ ޑޮކްޓަރަކީ އަންހެނެއް ސޯ” ޒާން އޭނާގެ ވޮލެޓުން ކާޑް ނަގަމުން ދައްކާލަމުން ކިޔާރާގެ ކޯތާފަތުގައި ހިފާލާ ވާހަނދެއްކިއެވެ.

“މޮޔަކަން” ޒާން ބުނެލުމާއެކު ކިޔާރާ ވާހަކަ ދެއްކިއެވެ. “ނޫޅޭން ވާހަކަ ދައްކާކަށް” ތުން ކޮޅު އޫކޮއްލަމުން އޭނާ ވާހަކަ ދެއްކިއެވެ. “އޯކޭ ސޮރީ ބޭބީ…” ޒާން ބުނެލިއެވެ. އެއާއެކު ކިޔާރާ ޒާން ގެ އަތުގައި ހިފިއެވެ. ޒާން އެތަނުގައި ހުރި ގޮނޑީގައި އިށީނެވެ. “ތޭންކްސް ކިޔާ” ޒާޏް ބުނެލިއެވެ.

“ހަމަ ކުޑަ ކުޑަ ޒާން އެއް އެއީ” ކިޔާރާ ދަރިފުޅު އޮތް އެނދާ ދިމާލަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.

ޒާން ހީލާފައި ބޯޖަހާލިއެވެ.

އާރާ އިނީ އާއިކް ގެ ކެބިންގައެވެ. “މި ފައިލް އެންޓަރ ކޮއްލަދޭތި. ވަރަށް އަވަހަށް އެބަޖެހޭ ފައިނަލް ބަޖެޓް އާއި އެއްޗެހި ރެޑީކުރަން” އާއިކް ވާހަކަ ދައްކަމުން ދިޔައީ އަހަރީ ދުވަހު ބާއްވާ ޖަލްސާ އާ ބެހޭ ގޮތުންނެވެ.  އާރާ ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. “މި އެއްޗެހި އެންޓަރ ކޮއްލިމަ މިއަދަށް ނިމުނީ. ނިންމާލާފައި ހިނގާބަލަ ރެސްޓޯރެންތަށް ދާން…” އާއިކް އަރާ ދާން ތެދުވެލުމާއެކު ބުނެލިއެވެ. އެއާއެކު އާރާ ހިނިތުންވެކަމުން އޯކޭ އޭ ބުނެލިއެވެ.

އާރާ ފައިލް އެންޓަރ ކުރުމަށްފަހު ހިންދެމިލިއެވެ. އެއަށްފަހު ދެން އޭނާ އަވސްވެގަތީ އާއިކް ގެ ގާތަށް ދާށެވެ.  އާއިކް ހުންނާނީ އޭނާގެ އިންތިޒާރުގައެވެ.

އާރާ އާއި އާއިކް ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔައިރު ވަރަށް ގިނަބަޔެއްގެ ނަޒަރުތައް ވަނީ އެ ދެމީހުންނަށް ހުއްޓިފައެވެ. އެހެނަސް އާއިކް މިކަމަށް ފަރުވާއެއްނުބަހައްޓައެވެ. މީހުންގެ ލޯތަކުން ގޮސް ގެއްލި ވަކިން ހަދާފައިވާ ވިއައިޕީ ބަޔަށް ވަދެވުމާއެކު އާރާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. އާއިކް އާރާ އަށް ގޮނޑި ދަމާލަ ދިނުމާއެކު އާރާ އިށީނެވެ.

އެއާއެކު އާއިކް ހިނިތުންވަލާ ގޮސް އަނެއްފަރާތުގައި އިން ގޮނޑީގައި އިށީނެވެ. އޭނާ މޭޒުމަތީގައި އޮތް އާރާގެ އަތުގައި ހިފާލިއެވެ. އާރާ ގެ ފަރާތުން އާއިކް އަހަން ބޭނުންވާ ސުވާލު އަހާނެ ގޮތެއް އޭނާ ދިޔައީ ވިސްނަމުންނެވެ. “އާރާ.. އިބާހު…” އާއިކް އެހެން ބުނެފައ ހުއްޓާލިއެވެ. އެއާއެކު އާރާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. އަދި އޭނާ ވަގުތުން އާއިކް ގެ އަތު ތެތޭގައި އޮތް އޭނާގެ އަތް ދަމާލަމުން އުނގުތެރެއަށް ލިޔެވެ. “އިޓްސް އޯކޭ… އައި ޖަސްޓް ވަނަ ނޯ އެބައުޓް ވަތް ހެޕެންޑް ބިޓްވީން ޔޫ ގާއިޒް” އާއިކް މަޑުމައިތިރިކަމާއެކު އަހާލިއެވެ. އެއާއެކު އާރާ އަލުން އާރާ އަތް ދިއްކޮއްލީ އާއިކް އެ އަތް އާއިކް ގެ އަތަށް ދިނުމަށް އިޝާރާތް ކޮއްލުމުންނެވެ.

އާރާ” އަހަރެން ނަށް ކިޔައިދީބަލަ ތި ދެމީހުންގެ ދެމެދު ކޮން ކަމެއްތަ އޮތީ” އާއިކް އަހާލިއިރު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

“އާއިކް އެއީ އަހަރެން އޭލެވެލްގައި އުޅުނު އިރު” އާރާ ވާހަކަ ފެށިއެވެ. “ދެން” އާއިކް ހީވަނީ ކެތްތެރިކަން ކޮޅުން ލާފައި ވާ ހެންނެވެ.

“އެއީ އަހަރެން އޭލޭވެލްގައި އުޅުނު އިރު. އިބާހުވެސް ކިޔަވަމުން ދިޔައި އަހަރެންނާ އެއްކުލާހެއްގައި. އޭނާ އަބަދުވެސް އިންނާނީ ވަރަށް މަޑުން ކުލާހުގަ. އޭރުވެސް އަޑު އަހަން އުމުރުން އެންމެ ފަނަރަ އަހަރުގައި ގޭންގަކާ ގުޅިގެން އޭނާ އުޅޭ ވާހަކަ. އެކަމަކު އޭރު ހިތަށް އެރީ އެހާ މަޑުން އިންނަ މީހަކު އެހެން އުޅެފާނެބާއޭ… ” އާރާގެ ވާހަކަ މެދުކެނޑުނީ ވެއިޓަރ އައިސް އޯޑަރަށް އެދުމުންނެވެ.

ވެއިޓަރ ދިޔުމުން އަނެއްކާވެސަ އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދެން… ވީ ގޮތަކީ… އެއްދުވަހު އާރާ ކްލާހަށް ދަނިކޮއް ވެއްޓުނީ ދޮރު ކައިރިން… ހުރިހާ ކުދިން ހޭން ފެށި. އާރާ ނަގަން ވެގެން އަތް ދިއްކޮއްލީ އިބާހު. އެދުވަހަށް ފަހު ދެމީހުންގެ ގުޅުން ބަދަހި ވަމުން ދިޔަ. އެހެން އުޅުނު ދުވަހެއް… އަހަރެންނާ އޭނާ އާ ދެމީހުން ތިބީ ދިވެހި ދުވަހު ގެ މަސައްކަތެއްގައި. ކުއްލިއަކަށް އޭނާ އަހަރެންނާ ވާހަކަ ދެއްކުމުން މަސައްކަތަށް ގެއްލިފައި ހުރި އަހަރެން ސިހުނު. އަހަރެން ކީކޭ ހޭ އަހާލިން. “އާރާ އާ ވާހަކައެއް ދައްކާލަން އެބަ އޮތޭ” އޭނާ ބުނި. އަހަރެން ބުނިން ބުނާށޭ. ދެން އެހެން ބުނީމަ އޭނާ އެހި އޭނާ އާ ރައްޓެހިވާން…

“އަހަރެން ވަގުތުން ދެކޮޅު ހެދިން އެކަމަކު އޭނާ އަހަރެން ގެ ފަހަތުން އުޅުން ހުއްޓައެއްނުލި. އެއްދުވަހަކު އަހަރެން ކުލާކަށް ދިޔަ އިރު ފަހަތުން މީނާ އެހެން ކިޔަމުން އަންނާތީ އަހަރެން އެނބުރިފައި ވަރަށް ބާރަށް އޭނާގެ ކޯމަތީގައި ޖެހިން. އެވަގުތު އޭނާ ކޮޅުގައި އަތް އަޅާލަމުން އޭނާގެ އިނގިލި އަހަރެންނާ ދިމާލަށް ދިއްކޮއްލި. “ހަނދާން ކުރާތި އަހަރެން އަދި އަންނާނަން… ކަލޭ އަށް ބަދަލް ވެސް ހިފާނަން…” އިބާހު އެހެން ބުނެފައި ދިޔައީ އޭނާ އަށް އެވަގުތު އަމާޒު ވެފައިވާ އެހެން އެންމެންގެ ނަޒަރުތަކުން ސަލާމަތް ވާން ވެގެން. އޭގެ ފަހުން އެތައް ދެ އަހަރު ވި އިރުވެސް އަހަރެންނަށް އޭނާ ގެ ހަބަރެއްނުވި. ފަހުން އެނގުނު ގޮތުގައި އޭނާ ޖަލުގައި ވެސް އޮތް. އެކަން އެނގުނީ އަހަރެންނާ ދިމާވި ކްލާސް ކުއްޖެއްގެ ފަރާތުން” އާރާ ވާހަކަ ހުއްޓާލިއެވެ. “އިޓްސް އޯކޭ” އާއިކް ބުނެލަމުން އާރާގެ އަތަށް ބާރުކޮއްލިއެވެ.

“ތެންކިއު އާއިކް” އާރާ ބުނެލިއެވެ. “ކޯލް މީ އިކް” އާއިކް ބުނެލިއެވެ. އާރާ ކީކޭ ހޭ އަހާލިއެވެ. “އިކް ކިޔާށޭ… އާއިކް ކީމަ ވަރަށް ދުރު މީހެއް ގޮތަށް ފީލް ވަނީ” އާއިކް ބުނެލިއެވެ. އެއާއެކު އާރާ ހިނިތުންވެލިއެވެ.

“މިރޭ އަދި އެބައޮތޭ ދޮންބެ އާ ޑޭޑް އާ އެކި ބައްދަލު ވުމެއްވެސް… އާރާގެ ވާހަކަ ވެސް ބައްޕަ އަށް އެނގިފަ އޮންނާނީ… އެކަމަކު އަދި އެހާ ތަފްސީލް ކޮށެއްނޭންގޭނެ. މިރޭ ބުނެވޭތޯ ބަލާނަން” އާއިކް ބުނެލުމާއެކު އާރާ ގެ ތުންފަތަށް ލަދުވެތިކަމުގެ ހިނިތުންވުމެއް ވެރިވުމާއެކު އިސްޖަހާލިއެވެ. އެވަގުތު ވެއިޓަރ އައިސް އޯޑަރ ކުރި އެއްޗެހި ބަހައްޓާލާފައި ދިޔައެވެ.

“ކެއުމުގެ ވަގުތުގައިވެސް އާއިކް ގެ އެތަކެއް ސަމާސާއެއް އާރާއާ ކުރެވެމުން ދިޔައެވެ. އެއިން ކޮންމެ ވަގުތަކުވެސް އާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ.

ރޭގަނޑު ނިދަން ޔަޝްމް ބޭއްވުމަށްފަހު މައިލީން ފާހާނާއަށް ވަނީ ނިދުމުގެ ކުރިން ތާޒާވެލުމަށެވެ.

މޫނު ދޮންނަ ތަށި ދޮށުގައި ހުއްޓާ ޔަޝްމް ވާހަކަ ދައްކާ އަޑު މައިލީން އަށް އިވުނެވެ. ޔަޝްމް އަކި އެކަނި ވާހަކަ ދައްކާ ހަދާ ކުއްޖެއްނޫނެވެ. ދޮންތަގެ ވެސް އާރާގެ އަޑެއްވެސް ނީވެއެވެ. އެހެންކަމުން އޭނާ މޫނު ދޮވެލަމުން އަވަސް އަވަހަށް ނުކުތެވެ.

ޔަޝްމް ކަންފަތުގައި ފޯން ޖަހައިގެން ހުއްޓެވެ. “ޑެޑީ” ޔަޝްމް ބުނެލުމާއެކު މައިލީން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އައިސް ޔަޝްމް ގެ އަތުން ފޯން ޖަހައިގަތެވެ. އަދި ފޯން ކަނޑާލިއެވެ. ސިއްސައިގެން ދިޔަ ޔަޝްމް ގެ މޫނުމަތިން ބިރުވެރިކަމެއްވެސް ފެނިލިއެވެ.

އޭނާ ފޯނަށް ބަލާލިއެވެ. ޔުއާން ކުރިން ދުވަހަކު އޭނާ އަށް ގުޅުމުން އެ ނަމްބަރުގައި ޔުއާން ޖަހާފައި އޭނާ އިންނާނީ ސޭވް ކޮއްފައެވެ. އެހެންކަމުން އެއީ ޔުއާން ކަން އޭނާއަށް އެނގުނެވެ. އޭނާ އަށް ހައިރާންކަމެއް ލިބުނީ އޭނާއަށް އާއްމުކޮއް މެސެޖް ކޮއް އުޅުނު ނަމްބަރުގެ އެއް ކޯލް މިސްވެފައި އިނީމައެވެ. އެއީ ޔުއާން ނޫން ކަމަށް އޭނާ ޔަގީން ކުރީ ޔުއާން ގެ ނަމްބަރު އޭނާއަށް އެނގޭތީއެވެ.

ޔުއާން ހުރި ބެލްކަނީގައެވެ. ރެއިލިން ގައި އަތް އަޅުވައިލައިގެން ފޯނަށް ބަލަހައްޓައިގެން ހުރީ ދެންމެ ފޯން ކެނޑުމުން އަނެއްކާ ގުޅަން ވީ އޭ ހިތާއެވެ. އޭނާ ފޯނުން ފިއްތަކަށް އޮއްބާލަމުން ގުޅާލިއެވެ. މިފަހަރު ފޯން ބިޒީކޮއްލީއެވެ. އެހެންނަމަވެސް އޭނާ ހުއްޓާ ހިޔާލެއް ނުކުރެއެވެ. ކެނޑި ނޭޅީ ތިން ފަހަރު ގުޅިތަނާހެން އެކޮޅުން ފޯން ނަގައިފިއެވެ. “ޔުއާން މޮޔަވެގެންތަ ތިއުޅެނީ” މައިލީން އަށް ބުނެވުނީ ތަންކޮޅެއްބާރަށެވެ. ޔަޝްމް ވެސް ދެލޯ ބޮޑުކޮއްފައި މައިލީން އަށް ބަލަން ހުރީ ބިރުގަންފައި ހުރި ފަދައަކުންނެވެ. “ކޮން ޑެޑީ އެކޭ ކިޔައިދޭކަށްތަ؟” މައިލީން ގެ އަޑުގައި ވަނީ ނުރުހުމެވެ.

“ލީން އަހަރެންނާ މާދަމާ ބައްދަލުކޮއްލަދީ” ޔުއާން އެދުނެވެ. އެހެންނޫނީ އަހަރެން މިރޭ ތިގެއަށް ވެސް ގޮސްދާނަން. އެއްބަސް ނުވިއްޔާ” ޔުއާން ގެ އަޑޫގައި ވި ސީރިއަސްކަމުން މައިލިން ޖެހިލުންވިއެވެ. “އިނގޭދޯ ކުރަން ބޭޏުންކަމެއް ކުރާނެކަން. މިއަދު ލީން ގެ ފެމެލީގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނަސް އެކަން ކުރާނަން” ޔުއާން އެ ވާހަކަ އެ ބުނީ ޖޯކަކަށް ނޫން ކަން އޭނާއަށް އެނގުނެވެ. އެއާއެކު އެއްބަސް ވަމުން ފޯން ބޭއްވިއެވެ. އަދި ފުންނޭވާއެއްލިއެވެ.

އޭގެ އަނެއްދުވަހު ޔުއާން އާއި މައިލިން ދިމާވިއެވެ. މައިލީން އަށް ކައުންޓަރަށް އައިސް އިށީދެވުނުހެން ހީނުވެ ޔުއާން އައެވެ. ހީވަނީ އޭނާއަށް ފާރަލައިގެން ހުރިހެންނެވެ. އޭނާ ޔުއާން އަށް ސަމާލުކަން ނުދީ އިށީނެވެ. “ހަނދާން ކުރާތި ލީން ނުގޮސްފިއްޔާ އަހަރެން ލީން ފަހަތުން މިއަދު ތިގެއަށް ދާނަން” ރޭގައި ދައްކާލި ކަހަލަ ބިރެއް މިއަދުވެސް ޔުއާން މައިލީން އަށް ދައްކާލިއެވެ. އެއާއެކު މައިލީން ތުންކޮޅު ދަމާލަމުން ޔުއާން އާއެކު ހިނގައިގަތެވެ.

ޔުއާން ގެ ރޫމަށް ވަދެވުމާއެކު ޔުއާން މައިލީން ގެ ކޮނޑުގައި ހިފާ އޭނާގެ ލޮލާ ލޯ ސީދާކުރިވިއެވެ.

“ލީން. އަސްލުވެސް ލީން ބޭޏުންވަނީ ޖަޒިލް އާ އިންނަންތަ؟” ޔުއާން ގެ ސުވާލުން މައިލީން އަށް ސިހުން ގެނުވިއެވެ. “އަހަރެންނަށް ތިހެން ނަހަދަފާނަންތަ” އެވަގުތު އެތައް އެއްޗެއް ބުނަން ޔުއާން ބޭޏުންވިކަމުގައިވިނަމަވެސް އިތުރު އެއްޗެއް ބުނެވޭވަރެއް އޭނާއަކަށް ނުވިއެވެ. “އަހަރެންގެ ސަބަބުން ލީން އަށް ޖަޒިލް ގެއްލުނު ކަމުގައި ވަނީނަމަ އަހަރެން އެކަން ރަނގަޅު ކޮއްފާނަން…” ޔުއާން ބުނެލިއެވެ. އަދި މައިލީން ގެ ދެކޮޑުން ދޫކޮއޮލަމުން ފަހަތަށް އެނބުރުނެވެ. “އަހަރެން… އަހަރެން ޖަޒިލް އާ ވާހަކަ ދައްކާނަން… ” ޔުއާން ލޯ މަރާލަމުން ހިތުގައި އަތް އަޅާލާފައި ބުނެލިއެވެ. އޭނާގެ އަޑުން އެތަކެއް އަސަރުތަކެއް ފާޅުވިއެވެ. އެ އަޑުގައިވި ރިހުން މައިލީން އަށް ވެސް ފާހަގަ ވިއެވެ.

“އަހަރެން…” ޔުއާން ގެ އަޑު ބެދޭގޮތްވިއެވެ. އެއާއެކު މައިލީން އަށް ޔުއާން އޮޅުން ގަނޑު ތެރޭގައި ބަހައްޓާނޭ ހިތްވަރެއްނުލިބުނެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުރި އިރު އޭނާ ނުރޯން މަސައްކަތް ކުރަމުން ދާކަން ވަރަށް ރީއްޗަށް އެނގެމުން ދިޔައެވެ.

މައިލީން އަށް ވާހަކަ ދައްނާނޭ ހިތްވަރު ނެތް ފަދައެވެ. އޭނާ ނޫނެކޭ ބުނެ ބޯ ހޫރަމުން ދިޔައެވެ. އެކަމަކު ޔުއާން އަށް އެމަންޒަރެއްނުފެނެއެވެ.

“އަހަރެން ނޫޅެމޭ ޖަޒިލް އަށް އިންނާކަށް. އިޓް ވޯޒް އޯލް އަ މިސްއަންޑަރްސްޓޭންޑިން…” މައިލީން އިއްވާލިއެވެ. މައިލީންގެ އެއަޑު އިވިގެން ޔުއާން އެބުރުނެވެ. އޭނާ ކުއްލިއަކަށް އައިސް މައިލިންގެ އުނަގަޑުގައި އަތް އަލޫވާލަމުން ކައިރިއަށް ދަމާލިއެވެ. އަދި މައިލީން ގެ ކަރުނަވީ ދެ ލޮލާ ލޯ އަމާޒްކޮއްލަމުން އަދި އެއްފަހަރު ބުނެބަލާށޭ ބުނެލިއެވެ.

“އާނ… އެއި ހުސް މިސްއަންޑަރސް ޓޭންޑިން އެއް…އަހަރެން ނޫޅެން އޭނާ އާ އިންނާކަށް” މައިލިން އެހެން ބުނިއިރު ކަރުނަތަށް ރޮނގަކަށް އެ ދެކޯތާފަތުން ފައިބައިފިއެވެ.

“އެ ކިހިނެތް ވާނެ…”

“އެ ހުރިހާ ވާހަކަ އެއް އަހަރެން ކިޔައިދޭކަށް ބޭނުމެއްނޫން…” މައިލީން ބުނެލިއެވެ. “އަދި އެ ހައްގެއް ޔުއާން އަކަށް ނެތް” މައިލިން އިތުރުކޮއްލިއެވެ. “ލީން އަށް އަހަރެންނަށް އިތުބާރު ކުރެވިދާނެތަ؟” ވާހަކައިގެ މިހާ ހިސާބަށް ދިޔައިރު ހިތްވަރު ކުރަމުން ދިޔަ ޔުއާން ގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފެނިލިއެވެ. “މާފް ކޮއްފާނަންތަ؟” ޔުއާން އަނެއްކާވެސް އަހާލީ މައިލިން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުންނެވެ.

“ނޭނގެ” މައިލީން ގެ ޖަވާބު ކުރެވެ. ދެން ޕްލީޒް ލީން. އެ ދަރިފުޅާ އަހަރެން ވަކި ނުކޮއްބަލަ” ޔުއާން އަށް އެހެން ބުނެވުނު އިރު އޭނާގެ ހަށިގަނޑަށް ކުޑަ ހަރުކަށި ކަމެއް ވެރިވިއެވެ. އޭރުވެސް އެ ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެހެންނަމަވެސް އެ ކަރުނަ ތަކާ އެއްވަރަށް އެތެރެހަށިގައި ރުޅިވެރިކަމެއް ވެސް އުފެދިފައިވއެވެ. މިވަގުތު އެ ރުޅި ކޮންޓްރޯލް ކުރަމުން އޭނާ އަދިވެސް އެ މަސައްކަތް ކުރަމުން ދަނީ މައިލީން އަށް ވިސްނައިދެވޭތޯއެވެ. އޭނާ ބަދަލް ވެއްޖެކަން މައިލީން ގެ ހިތަށް އިލްހާމް ވާން އެހާ ދުވަސް ނަގަނީ ކީއްވެހެއްޔެވެ؟

“ޔުއާން” މައިލިން ޔުއާން ގެ އަތް ފޮޅުވާލުމަށްފަހު ދުރައް ޖެހިލިއެވެ.

“ޔުއާން. ޔުއާން ތިހެން ބުންޏަސް. ދުނިޔެއާ ކުރިމަތީ ލާން ޖެހޭ ވަގުތު ޔުއާން ވެސް ފިލާނެ. ޔުއާން ގެ އިއްޒަތާ ގަދަރާ ޔުއާން ގެ އަށް ތި ލިބިގެންވާ އިހްތިރާމް ޔުއާން ގެއްލުވާލާންނަންތަ؟ އެ ދަރިފުޅު ގޮވައިގެން އާއިލާގެ ކުރިމައްޗަށް އަރަން ކެރޭނެތަ؟ އަރާފަ ޔުއާން ކިޔާނީ ކީކޭ؟ ޔުއާން ގެ ދަރިއެކޭ ބުނަން ޖެހިލުމެއްނުވާނެތަ؟ މިހުރިހާ އަހަރެއްގަ ޔުއާން ތި ހިފެއްޓި އިއްޒަރް އަހަރެން ފަދަ ނިކަމެއްޗަކަށް ޓަކާ ގުރުބާން ކުރަން ކެރޭނެތަ؟ ފުރިހަމަ އަށް އަހަރެންނާ އަހަރެންގެ ދަރިފުޅަށް ލޯބިދެވޭނެތަ؟” މައިލީން ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. އެއާއެކު ޔުއާން ބަސްހުއްޓިގެން ދިޔައެވެ.

“އަހަރެން ދުނިޔެއާ ކުރިމަތިވެސްލަފާނަން. އަހަރެންގެ އާއިލާގެ ކުރިމަތިވެސް ލަފާނަން… އިއްޒަތް… ގަދަރު… އަހަރެންނަށް މިވަގުތު މުހިންމީ ލީން އާ އަހަރެންގެ ދަރިފުޅު” ޔުއާން އަނެއްކާވެސް މައިލީން އޭނާ އާ ދިމާލަށް ދަމާލަމުން ބުނެލިއެވެ.

“ދެން މަސައްކަތް ކުރޭ. އަހަރެންނަކަށް ޔުއާން އަކަށް އިތުބާރެއް ނުކުރެވޭނެ” މައިލީން އެހެން ބުނެފައި ޔުއާން އާ ދުރަށް ޖެހިލަމުން ދެލޯ ފުހެލިއެވެ.

އަދި ނުކުންނަން ހިނގައިގަތެވެ.

ހަމަ އެދުވަހުގެ ރޭގެ ވަގުތެވެ. އާއިލާގެ ހުރިހާ އެންމެނަށް ހަގީގަތް އެނގުމަށްފަހު އެކަކުވެސް އައިކަލް ކުށްވެރިއެއްނުކުރެއެވެ. އެންމެން ބޭނުންވަނީ އާ ފެށުމަކުން ފަށާށެވެ.

ސޯފާގައި ޒާރިވާ ގާތު ވާހަކަ ދައްކައިލަން އިން އައިކަލް އަށް ސިޑިން ފައިބަމުން ދިޔަ އޭނާގެ ޒުވާން ދެދަރިން ފެނުމާއެކު ހިނިތުންވެވުނެވެ. އޭނާ ސޯފާއިން ތެދުވުމާއެކު ޒާރިވާ ވެސް ތެދުވެ ފަހަތް ބަލާލިއެވެ. ފުރާ ފުރިހަމަ ވެފައިވާ ދެކުދިން ފެނިފައި ދެމީހުންގެ ހިނިތުންވުން ވެސް ފުޅާވެފައިވެއެވެ.

“ލައިބްރަރީއަށް ދާންވީނު ދަރިފުޅާ” އައިކަލް ފަހަރަކު މީހެއްގެ މުނަށް ބަލާލަމުން ބުނެލީ އެދެމީހުން އައިސް ކައިރިއަށް ހުއްޓުނީމައެވެ. އާއިކް އާއި ޔުއާން ބޯޖަހާލުމާއެކު އައިކަލް ލައިބްރަރީއާ ދިމާލަށް ހިނގައިގަތެވެ. ޔުއާން އާއި އާއިކް އެކަކު އަނެކަކަށް ބަލާލާފައި އައިކަލް ގެ ފަހަތުން ދިޔައެވެ.

އެތަނުގެ އެތެރޭގައިވާ ވަށް މޭޒުދޮށުގައި އިށީދެ ހަމަޖެހެވުމާއެކު އައިކަލް ވާހަކަ ފެށިއެވެ. “ދަރިފުޅާ … އަންނަ ހުރުކު ދުވަހުގެ ރޭ ބާއްވާ އަހަރީ ޖަލްސާ އަށް ބޮޑު ދޮންބެ މެން ވެސް އަންނާނެ… އެކަން ރާވާ ގެންދާނެ ގޮތް މަޝްވަރާ ކޮއްލަން ވެގެން މިގެނއީ” އައިކަލް ވާހަކަ ދެއްކިއެވެ.

ޔުއާން އާއި އާއިކް ވެސް ހިނިތުންވެލާ ބޯ ޖަހާލިއެވެ. އަދި އެދެމީހުންގެ ހިޔާލް ތައް ފާޅުކުރާނެކަމަށް ބުނެލިއެވެ. މިހާރު ކަންތައްތައް ރާވާފައި ހުރި ގޮތުގެ ވާހަކަ އައިކަލް ދައްކަމުން ދިޔައިރު ޔުއާން އާއި އާއިކް ވެސް ތިބީ ކަނުލާ އަޑު އަހާށެވެ.

“ދެން ދޭ ސްކޮލަރޝިޕް ތައް ވެސް ދިނުން އޮންނާނެ. ހޮސްޕިޓަލް އާ އެހެނިހެން ހުރިހާ ތަންތަނެއްގެ މުވައްޒެފުންނަށް ވެސް ދައުވަތު އެރުވިގެން ދާނެ… ހަފްލާ ފެށުމަށް އަށެއް ޖަހާއިރު ރަނގަޅުވާނެ އެއްނު” އައިކަލް ފުރަތަމަ ބަލާލީ ޔުއާން އަށެވެ. “ލައްބަ ބައްޕާ އަޅުގަނޑު ހިޔާލެއް ދެންތޯ” ޔުއާން އަހާލުމާއެކު އައިކަލް ބޯ ޖަހާލިއެވެ. އެއާއެކު ޔުއާން ބުނި ވާހަކަ އައިކަލް އަށާއި އާއިކް އަށް ވެސް ވަރަށް ކަމުދިޔައެވެ.

ޔުއާން އެ ހިޔާލް ދިން އިރުވެސް އޭނާގެ ސިކުނޑީގައި ވަރަށް ގިނަ ކަންތައް ރާވަމުން ދިޔައެވެ. އެކަންތައް ކާމިޔާބު ކުރަން އޭނާ ބޭނުމެވެ.

“ދެން މާދަން ދަރިފުޅުމެން ފްރީނަމަ ފާއިޒްބެމެން މެން ބަލާ އެއަރ ޕޯޓަށް ގޮސްލެވޭނެތަ؟. ” އައިކަލް ސުވާލުކޮއްލިއެވެ. “އަޅުގަނޑު ވަރަށް ބިޒީ ބައްޕާ” އާއިކް އެހެން ބުނެލަމުން އައިކަލް އަށް ބަލާލުމަށްފަހު ދެން ބަލާލީ ޔުއާން އަށެވެ. ޔުއާން އާއެކޭ ބުނަމުން ބޯ ޖަހާލިއެވެ. ދެން އެންމެ ރަނގަޅެއްނު…  ބައްޕަ ގޮސްލަނިއްޔޭ” އައިކަލް ބުނެލިއެވެ. އަދި އޭނާ ތެދުވަން އުޅުނެވެ.

“ބައްޕާ… އަޅުގަނޑު ވާހަކަ އެއް ދައްކާލަން އެބަ ޖެހޭ” އާއިކް ބުނެލިއެވެ. އެއާއެކު ތެދުވަން އުޅުނު އައިކަލް އަނެއްކާ އިށީނެވެ. އަދި ކުރިއަށް ގެންދިޔުމަށް އިޝާރާތްކޮއްލިއެވެ.

“ބައްޕާ… އާރާގެ ވާހަކަ އާރާގެ ވާހަކަ… އަޅުގަނޑު” އާއިކް ގެ އަޑުގައި ވި ޖެހިލުންވުން އައިކަލް އަށް ވެސް އިހްސާސްވިއެވެ. އޭނާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އަދި އޭނާއަށް ހުރިހާ ކަމެއްއިނގޭ ކަމާ ޔުއާން ހުރިހާ ވާހަކަ އެއް ކިޔައިދީފިކަން ބުނެލިއެވެ. އަދި ބައްޕަ އެކަމާ ގަބޫލޭ ބުނެލީ ފުޅާ ހިނިތުންވެލުމަކާއެކީގައެވެ.

“ކޮންގްރެޓްސް ބްރޯ” އައިކަލް ދިޔުމާއެކު ޔުއާން ތެދުވެ އާއިކް ގެ ގައިގައި ބައްދައިލިއެވެ. އެހެންނަމަވެސް އާރާ އަކީ މައިލީން ގެ ކޮއްކޮ ކަމުން އޭނާއަށް ނުތަނަވަސްކަމެއް ވެރިވެފައިވިއެވެ. މިވަގުތު އޭނާގެ މާޒިގެ ވާހަކަ ދައްކަން ޝައުގު ނެތުމާއެކީގަޔާ އޭނާގެ ހިތުގައި އޮތް ޕްލޭންގެ ވަރުގަދަ ކަމުން އޭނާ އެހަށް އެ ވާހަކަ ނުދައްކަން ނިންމީއެވެ.

ދެ މީހުން ލައިބްރަރީ ތެރެއިން ނުކުމެގެން ދިޔައީ ސަކަރާތް ޖަހަމުންނެވެ. އެއާއެކު އެ ދެމީހުންނަށް ވެސް ސިހުން ގެނުވީ ޒާރިވާ ވަރަށް ބާރަށް ހަޅޭއްލަވައިގަތުމުންނެވެ. އެއާއެކު ސިޑިއާ ދިމާލަށް ދިޔަ ދެމީހުން ފަހަތަށް އެބުރި ބަލާލިއެވެ. އައިކަލް ވެސް ކޮޓަރިތެރޭގައި ހުރެފައި ޒާރިވާ ގެ ހަޅޭ ކާ އެކު އަވަސް އަވަހަށް ނުކުތެވެ. ޔުއާން އަށާއި އާއިކް އަށް ވެސް ސިހުން ލިބުނީ ޒާރިވާގެ ލޯ މަތީގައި އަތް އަޅައިގެން ހުރި މީހާ ފެނިފައެވެ.

“އަފޫ” ޔުއާން އަށް ބުނެވުނެވެ. އެއާއެކު އަފްޝީން ހީގަންނަމުން ޒާރިވާ ގެ ލޯ މަތިން އަތް ނެގިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2

Next

ހިތާ ފުރާނައިން… (51)

Next
February 24, 2018

ހިތާ ފުރާނައިން… (51)

Previews
February 24, 2018

ތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2

35 Comments!

  1. Hi Mi says:
    February 24, 2018 at 6:28 pm

    Assalaam’Alaikum. Hey guys. Mirey eba balan ingey… adhi 2 parts genesdheveythoa. Konme part akah ves comment kohlaafa view bunelahchey. Thankyou all.
    Jazakallah Khairan. ?

  2. Chim says:
    February 24, 2018 at 6:34 pm

    Balabala indhaa up kohly thi..adhi nukiyan kiyaafa comment kohlaanan..thank u Hi Mi ❤

    1. Hi Mi says:
      February 24, 2018 at 6:51 pm

      Thanks dear. Waiting for the comment. ?

  3. Aishath Nasyra says:
    February 24, 2018 at 6:35 pm

    Imaa see???

  4. Hi Mi says:
    February 24, 2018 at 6:41 pm

    Hey. See the special entry ingey. Mi part ah hurihaa kudhin ves comment kohlaathi ingey thikudhinge views. Himi varah avas avahah part thah up kohliyas konme part akah ves comment kohlumaki varah bodu edhumeh. ???

  5. Icy♡ says:
    February 24, 2018 at 6:48 pm

    Wow Hi Mi
    Hy ves nukuraakahala gotheh evy
    Just love the story
    Desperately waiting for the next part
    ♡♡♡♡

    1. Hi Mi says:
      February 24, 2018 at 6:52 pm

      Thanks. Icy. Varah ufaavehjje. Ingey comment fenifa. Thankyou so much.b?

  6. Reader says:
    February 24, 2018 at 6:57 pm

    Alheyy… You’re the best ey buneveyneee hama
    ?❤️

  7. Shaa says:
    February 24, 2018 at 7:01 pm

    V reethi mipartves ? hi mi plx dhen leen aa yuan gulhuvabala waiting

    1. Reader says:
      February 24, 2018 at 7:02 pm

      Thedheh.. Can’t wait to see that happening ?

  8. Mary says:
    February 24, 2018 at 7:03 pm

    Wowwwww…
    Thanqew himi miadhu ehaa gina episodes genasdhinyma. Vrh happyy. Vrh nice story

  9. Chim says:
    February 24, 2018 at 7:10 pm

    Surprise …..zaan nd kiara. alhe loabikan mi story? vv reethi..kudhi kudhi mistake thah hurikan faahaga kohlan..hama v kehmadhu vefa next part ah..
    Miulhey mileen ah ebajehey gotheh hadhan dhw Hi Mi..haadha goiy dhoonukuran shey eulheny..
    Vahaka ah ithuru furihama kameh libijje aslu xaan nd kiara ge bai aima..???
    Keep going Hi Mi????

    1. Reader says:
      February 24, 2018 at 9:15 pm

      Aneh story aa gulhuvaalytha?

  10. Aathi says:
    February 24, 2018 at 7:13 pm

    Wow. Varah reethi thanx himi. Maileen dhen over nuve maafkohbala. Yuaan foohivegenves dhurah dhaavaru vejje mihaaru

  11. Shann says:
    February 24, 2018 at 7:14 pm

    Anehka anehbai up kohla dhiny… Thanks a lot Hi Mi … Hiyvarugadha story liyun therieh thy… Hama seliute dheyhaavey… Ehaaves baraabaru… Thivareh nethey bunelaany… Mibaives v v v rythi… Hama bunaane ehcheh neyngifa mihury mulhin kosvefa… V ves molhu Masha Allah… Luv u n Miss u…????????????

  12. Missy says:
    February 24, 2018 at 7:17 pm

    Hi mi u’r the best

  13. Hashaa says:
    February 24, 2018 at 7:19 pm

    Wow….himi….varan r0eethi……haadha best writer akey…….aslanvase varan nice dhen nayag bunaane anchen vase ahaa vase reethi.,,,,once again thanku..,,

  14. Sheny says:
    February 24, 2018 at 7:34 pm

    waiting for the next part..alhe maileee aa yuaan aaa avahah gulhuvaba haadha inthizaareh kureve eh eh dhuvahah..mi part hama ehaa salhi

  15. annoying reader says:
    February 24, 2018 at 7:37 pm

    alhey so heart touching and intresting, finally afoo ai dhw, afoo and jazil gulhuvachey hi mi. varah reethi, so some hw aikal and yanith has a connection ah mi dhw.. alheyyy vaanan he ekuga story ga ulhey kiya and zaan dhw new entry is. awesome i m loving it <3
    leen please yuan ah forgive kohffa one chance dhy for yashm's sake

  16. ?Lam? says:
    February 24, 2018 at 7:55 pm

    Aslu yaanith ge story kiyaa dhin iru evves varakah neiy feelings eh dhw. Imagine vx nukolleve. Ethankolhu ehaa kamaku nudhey. But story varah reethi. ❤

  17. Fatima says:
    February 24, 2018 at 7:56 pm

    Himi story is superb hama. Keep it up.. ❤

  18. click a shot ? says:
    February 24, 2018 at 8:01 pm

    I’m so sooo happy hi mi..??????..hama speechless vehje..????..you are the best hama.???…miadhu kit tha part thiup kohli…asluves ehaa dhigu koh adhi genesdheefa huri part tha ves….you’re great hama….?????thi hama dhevanaeh nuvaa talented writer….hurihaa part thakehves hama ehaame intresting….type kuran ehaa undhagooiru ehves mistake eh nethi part tha up kohli thi hairaanvehje…a big applause to u hi mi..??????????.u should get an award…seriously….??? click eba hitha araa real life ga hi mi aa dhimaabvaane namaey…??☺️ mihaaru himi hunaanegoi sifakuran fehtije…hehe…???you’ll be a kind person….it’s sure.❤️❤️❤️…by the way konme part eh kureveni mi shakuvaa dhw…ei maileen yuaan ah forgive kuraashey…aslu konme part eh up vaairah hitha…Arani mi part ga maileen forgive kuraaney…sorry ingey mivarah shakuvaa kureveythi..?.n hi mi okay ey comment ah ehaa rangalha reply nukurevunas…vaahaka up kohdhenikoh click ah ok.☺️..thihaa busy koh ulhemun reply nukureveynekan click ah ingey…keep it up dear..love ya ..waitting?????❤️❤️❤️❤️

  19. Saaee says:
    February 24, 2018 at 8:04 pm

    Wow v salhi. Mi vaahaka kiyaahithun indhaa up kurevunee. Ekamaku dhen ehaa haasaru dhigu nukih yuaan aa maileen gulhuva Bala.

  20. ss says:
    February 24, 2018 at 8:07 pm

    fisaari liyuntherieh thee. thanks

  21. Kiuntheriyaa says:
    February 24, 2018 at 8:12 pm

    Varah reethi vaahaka eh avahah up kohdheythee varah bodah thank u

  22. Xxxx says:
    February 24, 2018 at 8:17 pm

    V.Nice dear…thnkx 4 the quick update?

  23. Aish says:
    February 24, 2018 at 8:18 pm

    Story hama habeys. .keep it up.waiting for the next part??

  24. Minna says:
    February 24, 2018 at 8:29 pm

    Omg hi mi???
    Heeves nukuran kuhli akah zaan n kiyaa fennaane kamakah..
    Just wow..
    Waiting for the next part
    ??❤❤❤

  25. Sha___ says:
    February 24, 2018 at 8:30 pm

    Wow wrh rythi ? himi dhooni dhn leen kairyh bunebh yuaan ah maafukohdheysheyh? mhr kihaa dhuwaheh mioh want dwh… Himi you’re the best writer❤❤❤❤❤❤❤❤❤mhr mi site ah wannanyh Hama ekani himi ge waahaka kiyaa hithun ? and thanks soooo much miadhu ehaaa gina episode thah up kurythyh ??? kudhi kudhi mistakes thah eba huri ekm it’s okayh dn anna baehga ekanthah ragalhu kohlaathi ☺☺ love you himi dhooni ?????????????????????????????????????????emme best ????

  26. Ayaany says:
    February 24, 2018 at 8:36 pm

    Masha allah v molhah vaahaka liyakuhjeh thee .mee mi site ga alhugadu kura furathama comment mi vaahaka feyshunisuren ves mi vaahaka regular koh kiyan eykamaku coment mi kuri hama alah vaahaka reethi kamun

  27. Pinky shifoo says:
    February 24, 2018 at 9:10 pm

    Alhey… I was surprised ?????… Zaan n kiaaraa… ???… Surprise v v v furihama ingey Hi Mi ???…. I really loved it ❤️❤️❤️… Thank you soooooo much Hi Mi ????… Mi part vx v v v v reethi ??????… V v v v loabi mi part ❤️❤️❤️❤️????????????… Hama superb ????… Pinky ah faahaga vi eh thankolhuga aikal innanjehey thanehga aaik liyevifa in kanneynge… I think Hi Mi… Just bunely ingey ???… Story hama perfect ???… Curiously waiting for the next part… Love you soooooo much Hi Mi ❤️❤️❤️❤️❤️❤️???????????????????????… N u are the best hama… Speechless vaahaa mi story reethi ❤️❤️❤️❤️❤️??????????

  28. Ulya says:
    February 24, 2018 at 9:21 pm

    Very nice ❤❤??

  29. Naxy says:
    February 24, 2018 at 11:38 pm

    Haadha rangalhey..
    Haadha rangalhey..
    Haadha rangalhey..
    Varah salhi…

  30. Blue beauty says:
    February 25, 2018 at 8:14 am

    Hi Mi dhooni haadha haa ragalhey ..varah reethi mi part ves thanks varah bodah….. keep it up ???????

  31. Maya says:
    February 25, 2018 at 5:38 pm

    HiMi dhooni herdha rangalhey… Maya akah nenge bunaane ehcheh ves.. And zaan and Kiara wow.. Speechless.. HiMi u r the best.. Adhi kiyunu enme reethi eh story mi iyyu….. Yuan u can do this.. Maileen ruhsabala.. I’m with you. Leen anehkaaves set kuran.. Hehe ??????????????

Comments are closed.

Next Episodeހިތާ ފުރާނައިން… (51)←


All Right Reserved!