Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން….5

Maikaa Level 310 Stories100 Comments100 Login
February 22, 2018 4 Mins Read
14 Comments

ލައުރާ ގެއިން ނިކުމެގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. ބީޗްގައި ހުރި ބެންޗު ތަކުގެ ތެރެއިން މީހުންނަށަ އެންމެ ނުފެންނަގޮތަށް ހުރި ބެންޗުގައި އިށީނެވެ. ހެޑްސެޓް ނަގާ އޭނާއަށް އެންމެ ރީތި ލަވަ ޖަހާލިއެވެ. ދެލޯމަރައިލައިގެން އިނީ ލަވައިގައި ކިޔަމުން ދިޔަ ބައިތުތަކުން އޭނާގެ ހިތަށް އަސަރު ކުރުމުންނެވެ. އެހެން އިންއިރު ވިސްނެމުން ދިޔައީ އޭނާގެ މާޒީއާއި މެދުއެވެ.
” އޭއި.. ލައުރާ.. ލައުރާ.. ލާ..އޫ..ރާ..” ކުއްލިއަކަށް ލައުރާގެ ކުރިމައްޗަށް އަންހެން ކުއްޖަކު އައިސް ހުއްޓުނެވެ. ލައުރާ ލޯ ހުޅުވާލީ އެކުއްޖާ ގޮވާ ގޮވާ ވަރުބަލިވިފަހުންނެވެ. ލައުރާ ލޯ ހުޅުވާލުމާއިއެކު އެކުއްޖާ ލައުރާގެ ގައިގާ ބައްދާލިއެވެ. ލައުރާއަސް ލިބުނީ ޝޮކެކެވެ.
” ހޭއި.. ލައުރާ؟؟ ކީއްވެ ވާހަކަ ނުދައްކަނީ؟؟” އެއަންހެން ކުއްޖާ ލައުރާ ތަޅުވައިގަތެވެ.
” ރިވީ.. އެކުއްޖާ ނުތަޅުވަބަލަ.. މިސާލަކަށް އޭނާ ތި ކިޔާ ‘ލައުރާ’ އަކަށް ނުވިއްޔާ ކީއްކުރާނީ؟؟ ފާޑެއްގެ މޮޔަ އަންހެން ކުއްޖަކު އައިސް ގަޔަށް ބޮލަށް އެރީމަ އޭނާ ގޮސްދާނެ ޕޮލިހަށްވެސް. އޭރުން ތި ލައުރާއަކަށް ރިވީ ފެންނާނީ ކުޑަގޮޅިން. އެހެން ނޫނީ ރިވީ މެރީވެސް ކުރަން ޖެހިދާނެ އެތަނުގަ.. ސަޅި ވާނެ ދޯ.. ވެޑިން ޕާޓީ ޖަލުގައި ބާއްވަން.. ” އަންހެން ކުއްޖާ އާއި އެކު ހުރި ފިރިހެން ކުއްޖާ ބުނެލިއެވެ.
” ހޫން.. ވާން ވެސް ދޯ.. ރިވީ ހުންނާނީ ބޮޑު ގޮޅީގައި..އޭރުން…….” އަންހެން ކުއްޖާ އަނެއްކާވެސް ލައުރާ ތަޅުވާލަމުން ބުނެލިއެވެ.
” ރިއުވީ…” ވަރަށް މަޑުމަޑުން ލައުރާ ކިޔާލިއެވެ.
“އޯ.. ހަނދާން ވެއްޖެ ދޯ…” ރިއުވީ އަނެއްކާވެސް ލައުރާ ގައިގާ ބައްދާލިއެވެ. ” ހީވޭ… ކީވާންގެ ނުހުންނާނެ މިކަހަލަ ފްރެންޑްސްއެއް.. 6 އިޔާޒް ފަހުން މީޓްވީމަވެސް އެއިނގުނީނުން…”
” ރިއުވީ.. ކިހިނެއްތަ؟؟” ލައުރާ ހެޑްސެޓް ނަގައި ދަބަލަށް ލަމުން އަހާލިއެވެ.
” ރިވީ ރަނގަޅު.. ލައުރާ ކިހިނެއް.. ކީއްވެ ބުރުގާ ނެގީ؟؟ ކޮބާ މެލަޑީ.. އޭނާއާއި ދިމާވެސް ނުވެ..ކީއްވެ މިތާ އެކަނީ؟ ބިޓެއް ހުރޭތަ؟ ޔަގީން ލިސްޓު ފުރޭނެކަން..” ރިއުވީ ސުވާލު އޮއްސާލިއެވެ. އެވަގުތު ލައުރާ އިސްޖަހާލިއެވެ.
“މެލަޑީ ދޯ.. ނޭނގޭތަ؟ އޭނަގެ ފެމެލީ އެން ފްރެންޑްސް ބްލޭމް ކުރީ ލޯރާއަށް.. ގަބޫލުކުރަން އިޓްސް މައި ފޯލްތް ކަން..” ލައުރާގެ ލޮލުން ކަރުނައައެވެ.
” ތިބުނީ އެއީ ތެދޭތަ؟ ރިވީ ހީކުރީ އެއީ ރޫމާސްކަމަށް . އެކަން ކުރީ ލޯރާ އެއް ނޫންދޯ؟ ” ރިއުވީގެ ލޮލުންވެސް ކަރުނަ ހިލުނެވެ.
” ޔާ .. މައި ފޯލްތް. އެކަމަކު….” ލައުރާއަށް ކެއްކުރެވުނީ އެހިސާބަށެވެ. ރިއުވީ ގައިގާ ބާރަށް ބައްދައި ގަންނަމުން ރޯންފެށިއެވެ. އޭރު ކީވާން ހުރީ ލައިރާންވެފައެވެ.މިވާއެއް ނުވާއެއް އޭނާއަށް އެއްގޮތަކަށްވެސް ފަހުމްއެއް ނުވިއެވެ.
” ލައުރާ.. ރިވީއެއް ފޯރސް އެއް ނުކުރާނަން. އެކަމަކު އުންމީދުކުރަން އަސްލުވީ ގޮތް ކިޔައިދޭނެކަމަށް ކޮންމެސް ދުވަހަކުން.” ރިއުވީ ލައުރާގެ ބުރަކަށި މަޑުމަޑުން ޖަހާލިއެވެ. އޭނާ ހުރީ ލައުރާ ރޯތީވެ ހުއްޓުވަން ކުރާނެ ކަމެއް ނޭނގިފައެވެ.. ކައިރިން ލާފައި ދާ މީހުންގެ ކަޅި އެމީހުންނަށް އަމާޒުވެފައި ވާތީވެސް ރިއުވީ ކަންބޮޑުވިއެވެ.
” އައި ސޯ އެވްރީތިންގް.. އެކަމަކު އެހީއެއް ނުވެވުނު…” އިރުގަނޑެއް ފަހުން ލައުރާ ރިއުވީ އާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. ލައުރާގެ މޫނު އޭރު ހުރީ ރަތްވެފައެވެ. ދެލޯ ހީވަނީ ދެންމެދެންމެ ނިކުމެދާނެހެންނެވެ.
” ވާން ދޭބަ އަހަރުންނަށް ޖޫގޯ ގެނެސްދެން.. ލައު ލައިކްސް ވެނީލާ ވިތް ޖެލީ އެން އައިސްކްރީމް.”ރިއުވީ ކީވާން ފޮނުވާލަންވެގެން ބުނެލިއެވެ. ކީވާންއަށް މިކަން އެނގިގެން އަވަހަށް ދިޔައެވެ.
” ލޯރާ.. އިޓްސް އޯކޭ ނައު.. ރިވީ ހުންނާނަން އަބަދުވެސް ލޯރާ އާއި އެކީ.. ފޮއެވާ.. ޕްލީޒް ދެން ނުރޮއެބަލަ.. އެން އެއީ ލޯރާގެ ފޯލްޓްއެއް ނޫން.. އެކަންވާން ހުރީމަ އެކަން އެވީ..” ރިއުވީ ލައުރާގެ ދެއަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ލައުރާ އިނީ ރިއުވީގެ ފޮނިފޮނި ބަސްތަށް އަޑުއަހާށެވެ. ކުރީގެއެކުވެރިއެއް އޭނާއާއި އެކު ހުރިކަން އެނގުމުން ހިތްހަމަޖެހުމެއް ލިބުނެވެ.
” ރިވީ ހަނދާންއެބަހުރި ދޯ ލައު ލައިކްވަނީ ވެނީލާކަން.. ބައިދަވޭ އެކާކު؟؟” ލައުރާ އެވާހަކަ ދައްކަން ބޭނުން ނުވުމުން ވާހަކަ ބަދަލުކޮއްލިއެވެ.
” އޮހް.. އެއީ؟؟ އަމްްްމް.. އެއީ ރިވީގެ ޓްވިން ބްރޯ.. ވައްތަރުތަ؟” ރިއުވީ ހީލިއެވެ. ލައުރާވެސް ހީލިއެވެ. ކުޑައިރު ރިއުވީ އަބަދުވެސް ކިޔާނީ ޓުވިންއެއް ބޭނުންވާ ވާހަކައެވެ.
” ރިވީ.. ވާން އަކަށް ނޭނގެ ވާންގެ ޓުވިން ސިސްއެއް ހުންނަކަމެއް.. އަނެއްކާ ވާން މީ އެޑޮޕްޓު ކޮއްފާތަ؟ ކޮންއިރަކުން މަމީ އެން ޑެޑީ އާއި ބައްދަލުކުރަނީ.. “ކީވާންއަށް އާދެވުނީ އެވަގުތުއެވެ. ކީވާން އެހެންކިޔާ ހޭންފެށުމުން ރިއުވީ ލޯއަޅާލިއެވެ. އަދި ކީވާން އަތުން ޖޫގޯތަށި އަތުލައި ލައުރާ އަތަށްދިނެވެ.
” ރީވް ދީބަ ނަންބަރ.. އިއްޔެ އައީ މާލެ. އެހެންވީމާ ފޫހިވާނެއެއްނުން ދޯ މިދުވަސްކޮޅު..އެބަޖެހޭ ޖޮބެއްވެސް ހޯދަން އަދި..” ލައުރާ އެމީހުންގެ ހަރަކާތަށް ބަލަން އިނދެ ބުނެލިއެވެ.
” އެކަމާ ނުވިސްނާ.. ވާން އާއި ރިވީ ލޯރާއަށް ޖޮބެއް ހޯދައިދީފާނަން.. ދެންވެސް ތިބޮއެގެން ހިނގާބަ ދާން ތާކަށް..”ރިއުވީ އޭނާގެ ޖޫގޯ ހުސްކޮއްލަމުން ބުނެލިއެވެ.
ތިންމީހުން އެކި ވާހަކަ ދައްކަމުން ޖެލީއަށް ގޮސް ޕިއްޒާކެއެވެ. ޕިއްޒާ ކައިގެން ދެން ދިޔައީ ރަސްފަންނަށެވެ. އެހެން މާލޭގެ އެކި ތަންތަނުގައި ކޭއްތިލާފައި ގެއަށް ދެވުނު އިރު 12 ޖަހައިފިއެވެ. ޖެހިގެން އައި 4 ހަފްތާވެސް ކޮންމެދުވަހަކު ތިންމީހުން ބޭރަށް ދެއެވެ. ލައުރާ ހުރީ ގެއިން ބޭރުގައި ހޭދަކުރާނެ ބަހަނާއެއް ފެނުމުން ފޮނިވެފައެވެ. ހެނދުނު 8 ޖަހާއިރު ބޭރަށް ދާގޮތަށް އަންނާނީ އެގާރަ ބާރަ ޖަހާފަހުންނެވެ. ރިއުވީ އާއި ކީވާންވެސް މާލެ އައީ ލައުރާ އައި ދުވަހުކަމުން އެމީހުންވެސް ދިޔައީ ވަޒީފާއެއް ހޯދަމުންނެވެ. ނަސީބު ދިމަކުރި ގޮތުން ލައުރާ އާއި ކީވާންއަށް ވަޒީފާ ހަމަޖެހުނީ އެއްއޮފީހަކުންނެވެ. ނަމަވެސް ރިއުވީއަށް ވަަޒީފާ ލިބުނީ އެހެން އޮފީހަކުންނެވެ. ކައިރީ ހުރި ދެއޮފީސް ކަމުން ތިންމީހުންވެސް ދާން އެއްބަސްވީ އެކުގައި ކީވާންގެ ކާރުގައެވެ.
” ސަލެނާ.. މިއީ މިތަނަށް އަލަށް ޖޮއިން ކުރި ކުއްޖެއް.. ލައުރާ.. މީނައަށް ތަންތަން ދައްކާލާފައި ކުރަންވީ މަސައްކަތްވެސް ދައްކާ.. ރައުދާންގެ އެސިސްޓެންޓް އެއީ.. ” އޮރްކޯކޯޑް ކުންފުނީގެ އެމްޑީ ހަސަން ސަލެނާއަށް ލައުރާ ތައާރަފުކޮށްދިނެވެ.
“ހިނގާ” ފަރުވާކުޑަ ގޮތަކަށް ސަލެނާ ބުނެލިއެވެ. އަދި ލައުރާ އާއި ދިމާލަށް ބަލާލިއެވެ. ލައުރާ ހިނިތުންވެލި ނަމަވެސް ސަލެނާ ހުރީ މޫނު ކުނިކޮއްގެންނެވެ. އޭނާއަށްވުރެ ރީތި ކުއްޖެއް އެއޮފީހުގައި އުޅޭކަށް އޭނާ ނޭދެއެވެ. ސަލެނާއަށް ވުރެ ހުރިހާ ގޮތަކުން ލައުރާ ރީތި ކަމަށް އޭނާދެކުނެވެ. ލައުރާގެ ވޭވީ އިސްތަށިގަޑާއި ބިހެއްގެ ބައްޓަމަށް އިން މޫނެވެ. އަބަދުވެސް އެގަދަ ބްރައުން ކުލައިގެ ލޮލުގައިހުންނަ ވިދުންވެސް ސަލެނާ ފުރަތަމަ ނަޒަރުންވެސް ފާހަގަ ކުރިއެވެ. އެއާއި ހިލާފަށް އޭނާގެ އޮންނަނީ ބުޅި އިސްތަށިގަޑެކެވެ. އިސްތަށިގަޑު ފަންކުރީ ބުޅި ވީމާ އޭނާގެ ވަށް މޫނާއި ނުގުޅޭތީއޭ ކިޔާފައެވެ.
އޮފީހުގެ ތަންތަން ދައްކާލުމަށް ފަހު ލައުރާއަށް އޭނާއަށް ހާއްސަކުރެވިފައިވާ ކެބިން ދައްކަލިއެވެ. ކުޑަކުޑަ ކެބިންއެކެވެ. އަރަމުގޮތެއް ހުއްޓެވެ. ދެން ސަލެނާ ލައުރާ ގޮވައިގެން ދިޔައީ ލައުރާގެ ބޮސް ކައިރިއަށެވެ. ރައުދާންގެ ކެބިންގެ ދޮރިމަތީ ހުއްޓިލަމުން ސަލެނާމަޑުމަޑުން ޓަކިޖަހާލިއެވެ.
“ވަދޭ..” ކެބިންތެރެއިން ބަރު އަޑެއްގެ ވެރި ފިރިހެނަކު ބުނެލިއަޑުއިވުނެވެ. ސަލެނާ މިނެޓެއްވެސް ބޭކާރު ކޮއްނުލައި އެތެރެއަށް ވަނެވެ. ލައުރާ ސަލެނާގެ ފަހަތުން ވަނެވެ.
” ސަރ.. މީ ސަރ ގެ ޕީއޭ..ލައުރާ..” ސަލެނާ ލައުރާގެ ތައާރަފެއް ދީފައި އަވަހަށް ނިކުތެވެ.
ސަލެނާ ދަންދެން ރައުދާން އިނީ އިސްޖަހައިގެންނެވެ. ސަލެނާ ދިޔުމުން ރައުދާން ލައުރާއަށް ބަލާލިއެވެ. އަދި ކުރިމަތީ ހުރި ގޮޑި ދައްކާލަމުން އިށީންނާށޭބުނެލިއެވެ. ލައުރާ އިށީނުމުން ރައުދާން އޭނާގެ ވާހަކަފެށިއެވެ.
” އަޅުގަނޑަށް ކިޔަނީ ރައުދާން.. ތީ ލައުރާ ދޯ..” ރައުދާން އޭނާގެ ނަން ބުނެލިއެވެ. އަދި ލައުރާއަށް އެތަނާ ބެހޭގޮތުން ކަންކަން ކިޔައިދިނެވެ. އެހެންގޮސް އަމިއްލަ ވާހަކަތަށްވެސް ކުޑަކޮން ކިޔާލަދިނެވެ. އެކިވާހަކަތަށް ދައްކަން ބްރޭކަ ގަޑިޖެހެންދެން އެދެމީހުންނަށް ތިބެވުނެވެ. މަސައްކަތް ފަށާނީ ކައިގެން އައިސް ކަމުގައި ރައުދާން ބުނުމުން ލައުރާވެސް ރައުދާންއާއި އެކު ކެންޓީނާއި ދިމާލަށް މިސްރާބުޖެހިއެވެ. ކެންޓީނަށް ވަންނަނިކޮން މީހަކު ލައުރާއޭ ކިޔާ ގޮވާލިއަޑުއިވުނެވެ. ލައުރާ އާއި ރައުދާންއަށް ފަހަތް ބަލާލެވުނީ އެކުއެކީގައިއެވެ. އޭރު ކީވާން ހެވިފައި ހުއްޓެވެ.
” ކީވާން.. ނުވެސް ފެނޭ..” ލައުރަ ހީލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

މިލަ ހަނދުވަރު (ހަތްވަނަ ބައި )

Next

ހިތާ ފުރާނައިން… (45)

Next
February 22, 2018

ހިތާ ފުރާނައިން… (45)

Previews
February 22, 2018

މިލަ ހަނދުވަރު (ހަތްވަނަ ބައި )

14 Comments!

  1. Ahoo says:
    February 22, 2018 at 7:09 pm

    Wow varah salhi by the way i love your stories

    1. Maikaa says:
      February 23, 2018 at 9:10 am

      Thanks Ahoo

  2. Beauty says:
    February 22, 2018 at 7:10 pm

    Good job

    1. Maikaa says:
      February 23, 2018 at 9:11 am

      Thanks Beauty

  3. Nashko says:
    February 22, 2018 at 7:21 pm

    Yes me first

    1. Maikaa says:
      February 23, 2018 at 9:13 am

      sorry nashko .. mifaharu first eh noon dhw

  4. beauty queen ? says:
    February 22, 2018 at 7:54 pm

    story was amazing??❤❤

    1. Maikaa says:
      February 23, 2018 at 9:13 am

      Thanks Beauty queen

  5. Pinky shifoo says:
    February 22, 2018 at 8:33 pm

    Amazing ???… V v v reethi ❤️❤️❤️… N v v ufaavehje avahah mi part kiyaalan libunyma ???… V interesting mi story ge knme partehvx ???… Curiously waiting for the next part ???… Lots of love n take care ???

    1. Maikaa says:
      February 27, 2018 at 3:13 pm

      thanks..

  6. Alyss says:
    February 23, 2018 at 11:27 am

    haadha short ey hurihaa part thah ves

    1. Maikaa says:
      February 23, 2018 at 2:44 pm

      sorry kuru v ma. I’ll try next part dhigu kurevey thw

  7. Ri says:
    February 23, 2018 at 2:00 pm

    Vaahaka reethi ekamaku meehunnah kiyaa nahthan udhaguvefa olhenee

    1. Maikaa says:
      February 23, 2018 at 2:52 pm

      Thanks.. n konkahala names eh kiyan v ??? .

Comments are closed.

Next Episodeކެތްކުރިން ކުރަން އަދިވެސް ކުރާނަން… 6←


All Right Reserved!