Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ސާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 22, 2018 6 Mins Read
24 Comments

އެއަށްފަހު އޭނަ ސަލާމަތްތެރިކަމާއެކީ އަފާފް ގޮވައިގެން އެ ރޫމުގެ ތެރެއިން ނިކުތެވެ. އެހިނދު ޝަބާއާއެކީ އެތާ ބޭރުގައި ތިބި ގިނަ ބައެއްގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. އެ އެންމެންގެ ފަހަތުގައި ހުރި އަންހެން ކުއްޖަކު ފިޔަވައެވެ. އެ އަންހެން ކުއްޖާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވީ ހިނދު އޭނަގެ ވައްޓާލެވިފައިވި ދެއަތް ގޮށްމުއްކެވުނެވެ. އަފާފް އުފުއްލައިގެން ހުރެ ހާސްކަމާއެކީ ޝަރަފް، ޝަބާގާތު އެމްބިއުލާންސަކަށް ގުޅާލުމަށް އެދުނު ވަގުތުވެސް އެ އަންހެން ކުއްޖާގެ ރުޅިވެރިކަމުގެ ނަޒަރު އެދެމަފިރިންނަށް އަމާޒުވެފައިވިއެވެ. ޝަރަފް އަފާފާއެކީ ހިނގާފައި ދިޔަވަގުތު އެ ލޯމަތީގައިވި ބުމަ ގޮށްޖެހިގެން ދިޔަގޮތުން އޭނަ ބަލި ޤަބޫލުނުކުރާކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

 

އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނުތަނާހެން އަފާފްގެ ޒަޚަމްތަކަށް ފަރުވާ ދެވެން ފެށިއެވެ. އެމްބިއުލާންސްގައި އަފާފާއެކީ ދިޔައިރު އަފާފްގެ އަނދާފައިވި އަތަށް ބަލަހައްޓައިގެން ހުންނަން ވެސް ޝަރަފްގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. އަފާފްގެ އެ އަތުގައި ހިފަހައްޓައިގެން ހުރިއެއްކަމަކު ޝަރަފް ދުރު ބަލައިގެން ހުރީ ވަކި އެ އަތް ހުތުރުވީތީވެއެއްނޫނެވެ. އެހެނެއްކަމަކު އެ ޒަޚަމުގެ ސަބަބުން އޭނަގެ ލޯބިވާ އަންހެނުން ތަޙަމައްލު ކުރާނެ ވޭން ތަޞައްވުރު ކުރެވުމުންނެވެ. އެއާއެކު އޭނައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަފާފަށް އެ އަނިޔާވެސް ނުލިބެނީސް އޭނައަށް ނާދެވުނު ކަމަށްޓަކައެވެ. އޭނައަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އޭނަ ހީކުރިވަރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަފާފްގެ ޒަޚަމްތަކުގައި ބޭސްއެޅި، މިނެޓްތަކަކަށް އެޅި އޮކްސިޖަންއިން އަފާފްގެ ކުރުވެފައިވި ނޭވާ ރަނގަޅުވުމުންނެވެ. އަދި ވޯޑަށް ބަދަލުވުމަށް ހުއްދަ ދެމުން ބައި ގަޑިއިރު ތެރޭގައި އަފާފް ހޭލާނެ ވާހަކަ އިވުމުން ޝަރަފަށް ހިނިތުންވެލެވުނެވެ. އެހެނަސް އޭނަގެ އެ އުފާވެރިކަން މާ ގިނައިރެއް ވަންދެން ދެމިގެނެއް ނުދިޔައެވެ. އަފާފްގެ ޒަޚަމްތަކުގައި ބޭސްއަޅަމުން ދިޔަ ވަގުތު ހުސެއިނާއި ޝާދިޔާ ހޮސްޕިޓަލަށް އައެވެ. އެދެމީހުން ހުރިހާ ވާހަކައެއް ދެއްކީ އޭރު ހޮސްޕިޓަލަށް އައިއްސަ ހުރި ޝަބާއާއެވެ. އެއަށްފަހު އެދެމީހުން ޝަރަފަށް ރުޅިވެރި ނަޒަރުތަކެއް ދީފައި އެއްވެސް އެއްޗެކޭ ނުބުނެ ކޮންމެވެސް ތަނަކަށް ދިޔައީއެވެ. ދެން އެމީހުން ހޮސްޕިޓަލަށް އައީ، ޝަރަފްގެ އެދުމުގެ ދަށުން އަފާފް އާދައިގެ ހުހަށް އޮތް ވޯޑަކަށް ވައްދާލެވުނު ފަހުންނެވެ. އެ ވޯޑުގައި އަފާފްގެ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި ޝަރަފް އިންދާ ހުސެއިނާއި ޝާދިޔާ ރުޅިވެރި މޫނަކާއެކީ އެތަނަށް ވަދެގެންއައެވެ. ހުސެއިން ގޮސް ޝަރަފާއި ހަމަވުމާއެކު އޭނަ ޝަރަފްގެ ގަމީހުގައި ހިފައި އޭނައާއި ވީ ފަރާތަށް އަނބުރާލިއެވެ.

 

“ކަލޭ ކީކޭ ހިތަށް އަރައިގެން އަހަރުމެންގެ އަފާފް މި ބާވެފަ ހުރި ވޯޑަށްލީ؟ އަފާފްގެ ހައިސިއްޔަތު ކަލެއަށް ނޭނގެނީތަ؟ އޭނައަކީ ކާކުގެ ދަރިއެއްކަން ކަލެއަށް ނޭނގެނީތަ؟!” ހުސެއިން ދެދަތްޕިލަ ޖައްސައިގެން ހުރެ އޭނަގެ ގަދަވާން އުޅުނު އަޑު ހޭނެތިފައި އޮތް އަފާފްގެ ކުރިމަތީގައި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ނުރުހުމުގެ ރާގަކަށް އަހާލިއެވެ.

 

“އަޅުގަނޑު އަތުގަ މިވަގުތު ނެތް އަފޫ ޕްރައިވޭޓް ރޫމަކަށް ގެންދެވޭނެހާ ލާރިއެއް. އެހެންވެ އަޅު…..” ޝަރަފަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ހުސެއިން އެ ވާހަކަ މެދުކަނޑާލިއެވެ.

 

“މަށަށް އެނގެޔޭ ކަލޭ އަތުގަ ނެތްކަން! އަހަރުމެން ބުނި ގޮތަށް ހަދައިގެން އެ ކުންފުނީގަ ހުރިނަމަ މިއަދު އަތުގަ ލާރި ހުރީސް. މިއަދު ކަލޭ އެއްގޮތަކަށްވެސް އެކަށީގެނެއްނުވޭ އަފާފްގެ ފިރިއަކަށްވާކަށް.” ހުސެއިންގެ އެ ފަހު ބަސްތަކުން ޝަރަފް އައި ކުއްލި ރުޅިއާއެކު އޭނަ ދެރަވެސްވިއެވެ. ރުޅިއައީ ހުސެއިން އޭނައާއި ވާހަކަ ދެއްކި ރާގުންނެވެ. ދެރަވީ ހުސެއިން އެ ބުނި ބަސްތައް ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވުމުންނެވެ. ހުސެއިން އެ ވާހަކަ އިތުރަށް ސިފަކުރަން ފެށުމުން ޝަރަފަށް ހީވީ ދެއެއްޗެއްގެ ދެމެދުގައި ވިދެމުން ދިޔައީ ހެންނެވެ.

 

“ކަލޭގެ އެއްވެސް ޤާބިލުކަމެއް ނެތް އަފާފް ބަލަހައްޓާކަށް. އަހަރުމެންނާ ހެދި ނޫންނަމަ މިއަދު އަފާފް އުޅޭނެ ޙާލެއްވެސް އެނގެނީއެއްނޫން. އަފާފް ގޮސް އުޅެންޖެހުނީހީ ކުޑަ ގޮޅިއެއްގެ ތެރޭގަ. އޭނައަށް މީރުވާހާ އެއްޗެއް އޭނައަށް ލިބޭނީއެއްނޫން. ކުޑަމިނުން އޭނައަށް ހެދުމެއްވެސް ގަނެދެވޭނެތަ ކަލެއަށް؟ ހުނ! އަދި އަމުދުން ކަލެއަށް އަފޫއާއެކީ ހުރެވެނީއެއްވެސް ނޫން. މަށަކަށް ނޭނގޭ އަފާފް ކަލޭގެ ފަރާތުން ވަރިއަށް ނޭދެނީ ކީއްވެކަމެއް!” ހުސެއިންގެ ފަހު ޖުމްލައިން އައި ބަހެއްގެ ސަބަބުން ޝަރަފަށް ރަތްވެފައިވި ދެލޮލާއެކީ އޭނައަށް ބަލާލެވުނެވެ. އެ ހިނދު ހުސެއިން ޝަރަފް ކޮއްޕަމުން އޭނަގެ ގަމީހުން ދޫކޮށްލިއެވެ. ޝަރަފްގެ ބާރުގަދަކަމުގެ ސަބަބުން އޭނައަށް ގޮނޑީގައި އިންގޮތަށް އިނދެވުނެވެ. ހުސެއިން ދެން ހިނގައިގަތީ ތިމަންނަ މިދަނީ އަފާފް ޕްރައިވޭޓް ރޫމަކަށް ބަދަލުކުރާށެ ބުނަމުންނެވެ. ޝަރަފް ވިސްނުމެއްގެ ތެރޭގައި އިނދެފައި ހުސެއިން އެ ވޯޑުގެ ދޮރާއި ހަމަވީވަގުތު ކޮޅަށް ތެދުވެލިއެވެ.

 

“އަފާފް އޮންނާނީ މިތާނގަ. އަހަންނަށް އެހެންގޮތެއް ހޯދެންދެން.” ޝަރަފް އޭނަގެ އަޑުގައި ސާބިތުކަމެއް އެކުލެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. ހުސެއިން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

 

“އެއީ ކޮން ދުވަހަކު؟ ޤިޔާމަތް ދުވަހު؟” އެ މަލާމާތުގެ ރާގުގައި ހުސެއިން އަހާލިއެވެ. ޝަރަފް އެއަށް ޖަވާބެއްދޭން އުޅުނު ވަގުތު ޝާދިޔާ ބޯ ހަލާކޭ ކިޔާފައި ދިޔައެވެ. ހުސެއިން ވެސް އޭނަގެ ފަސްފަހަތުން ދިޔައެވެ. ޝަރަފް އެމީހުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އަނެއްކާވެސް އޭނަ އިން ގޮނޑީގައި އިށީނެވެ. ހަމަ އެއާއެކު އޭނަގެ ސިކުނޑި ހުސެއިން ދެއްކި ވާހަކަތަކާ ދެކޮޅަށް އޭނަގެ އަމިއްލަ ނަފްސު ދިފާޢުކުރަން ފެށިއެވެ. ހުސެއިން އެ ދެއްކީ ތެދު ވާހަކަތަކެއް ނޫނެވެ. އޭނައަށް އަފާފަށް މީރު އެއްޗެހި ހޯދައިދެވޭނެއެވެ. އޭނައަށް އަފާފަށްޓަކައި ރީތި ހެދުމެއް ގަނެދެވިދާނެއެވެ. ރިސޯޓުގެ މަސައްކަތުގައި އެހާ ބުރަކޮށް އުޅެމުން ވެސް އޭނަ އެހެން ވަޒީފާއަކަށް ދާ ސަބަބަކީ އެއީއެއްނޫންހެއްޔެވެ؟ އޭނަ މުސާރައިގެ ބޮޑުބައެއް ދެނީ އަފާފަށެވެ. އޭނަގެ ގެއަކީ ކުޑަ ގޮޅިއެއް ވިޔަސް އަފާފް މި ހުރިހާ ދުވަހުގެ މަތިން އެ ކުޑަ ގޮޅީގައި އުޅޭ މީހުންނާއި ގާތްވެފައިވުމުން އަފާފަށް އެގޭގައިވެސް އުފަލުގައި އުޅެވިދާނެއެވެ. ވީއިރު އަފާފް އޭނައާއި ވަރިވާންޖެހެންވީ ސަބަބަކީ ކޮބައިހޭ ކިޔައި ޝަރަފްގެ ހިތް ހަޅޭއްލެވީ ހުސެއިނަށްދޭ ޖަވާބެއްގެ ގޮތުންނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ނަޒަރު އަފާފްގެ މޫނަށް ހުއްޓުނެވެ. އެ ހިނދު އަފާފްގެ ނިތުން ދާތިކިތައް ހިއްލާފައިވިތަން ފެނިފައި ޝަރަފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ހިނދު އޭނައަށް އޭނަގެ ހިތް ދެރަވާ ފަދަ މިޞްރާބަކުން ވިސްނެން ފެށިއެވެ. ހަމަ ޙަޤީޤަތުގައި ވެސް ހުސެއިން ބުނިހެން އަފާފް އުޅެމުން ދިޔައީ ހާދަ ޝާހީ އުޅުމެކެވެ. އޭނައަށް އަފާފަށް ކާއެއްޗެއް ހޯދައިދެވުނަސް އަފާފަށް މީރު ކޮންމެ އެއްޗެއް ހޯދައި ނުދެވިދާނެއެވެ. އޭނައަށް ހޯދައިނުދެވޭނެކަން އެނގި އަފާފް އެއްޗަކަށް ނުއެދި ޤުރުބާންވަނީއެއް ނޫންކަމެއްވެސް އެނގެނީއެއް ނޫނެވެ. އޭނައަށް ހެދުމެއް ހޯދައި ދެވިދާނެއެވެ. އެހެނަސް އެއީ އަފާފް ބޭނުންވާ ފެންވަރުގެ ހެދުމެއް ކަމެއް ނޭނގެއެވެ. އަފާފަށް ލިބޭ ޒަޚަމަކަށް ފަރުވާއެއް ހޯދައިދެވުނަސް އޭނައަށް ފުރިހަމަ އަރާމެއް އޭނައަށް ހޯދައެއް ނުދެއެވެ.

 

މި ހުރިހާ ޚިޔާލުތަކުން ޝަރަފްގެ މޫނުމައްޗަށް ހިތާމަވެރިކަމާއި ކަންބޮޑުވުން ވެރިވެގެން ދިޔަ ހިނދު އޭނައަށް ބެންޑޭޖް އެޅިފައި އޮތް އަފާފްގެ އަތުގައި ހިފައި މަޑުމަޑުން ފިތާލެވުނެވެ. އެވަގުތު އަފާފްގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. އަދި ޝަރަފް ބަލަބަލާ އިންދާ އަފާފްގެ ލޯ ހުޅުވިގެން ދިޔައެވެ. އެ މޫނުމަތިން ޙައިރާންކަން ފެނިގެން ދިޔުމުން ޝަރަފަށް ވަގުތުން ވާހަކަ ދެކެވެން ފެށިއެވެ.

 

“ވެލްކަމް ބެކް، ލޯބި!” ހިނިތުންވުމަކާއެކީ އެވަގުތު ޝަރަފަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ސަމާސާއެއް ކުރާނެ ހިތްވަރެއްވެސް އެވަގުތު އޭނަގެ ގައިގައި ނެތެވެ. އޭނަ އެހެން ބުނެލި ތަނާހެން އަފާފް ސުވާލުތަކެއް ކުރަން ފެށިއެވެ. އަނެއްކާވެސް ލޯ ހުޅުވާލުމުން ވެސް އަނދިރިކަން ފެންނަމުން ދިޔައީތީ އަފާފަށް ހީކުރެވުނީ އޭނަ މަރުވީ ކަމަށެވެ. އެ ވާހަކަ ބުނި ހިސާބުން ޝަރަފަށް ހީލެވުނެވެ. އަފާފް ކަން ވީގޮތާއިމެދު ސުވާލުކުރުމުން ޝަރަފް ވާހަކައެއްގެ ސިފައިގައި އޭނައަކީ ބަޠަލާހެން ހީވާފަދައަކުން ކިޔައިދިނެވެ. އެ ވާހަކަ ކިޔައިދީ ނިމުނުއިރު އަފާފަށް ވެސް ރަނގަޅަށް ހީލެވުނެވެ.

 

“ސަޅި ހީރޯއެއްދޯ މީ؟” ޝަރަފް އެހެން އަހާލީ ލުއި ހިނިތުންވުމަކާއެކީގައެވެ. އެހެން ދުވަސްދުވަހުގައި އޭނަ އެފަދަ ވާހަކައެއް ބުނާއިރު އަފާފަށް ނުފެނުނަސް އޭނަގެ ދެބުމަ އަރުވައި ހަދާނެއެވެ. އޭގެ ސަބަބުން އޭނަގެ އަޑުގައި ވެސް ޖޯޝެއް އެކުލެވިފައިވެއެވެ. އޭނަގެ ބަސްތަކުން އެ ޖޯޝު ގެއްލިފައިވިކަން އަފާފަށް އެނގޭކަށް ޝަރަފް ބޭނުމެއްނުވިއެވެ. އެހެނަސް…..

 

“އާނ….މާ ބޮޑަށްވެސް. އަޅެ ކީއްވެތަ މިއަދު މާ ކަޓުކޮށް ވާހަކަ ތިދައްކަނީ. ފާޚާނާއަށް ދާންޖެހިފަތަ ތިހިރީ؟” އަފާފް އެހެން އަހާލުމުން ޝަރަފަށް ހީލެވުނެއްކަމަކު މާ ގިނައިރެއް ނުވެ އެ ހިނިތުންވުން ފިލައިދިޔައެވެ.

 

**

 

“ވީ ވާރ ސޯ ކްލޯޒް! އެކަމަކު އެ ޝަރަފް ހަމަ އަންނަންވެއްޖެ އެ ދޭތެރެއަށް!” އެ ބަސް ބުނެލީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެއްގައި ހުރި ވިޔާމެވެ. އޭނަ ހުއްޓި ހުރީ ބޮޑު ސިޓިންގް ރޫމެއްގައި ހުރި ބިއްލޫރި ކުޑަދޮރެއްގެ ކައިރީގައެވެ. ބޭރުން ފެންނަމުން ދިޔަ މަންޒަރުން ހީވާ ގޮތުން އެއީ މަތީ ފަންގިފިލާއެކެވެ.

 

“އައި ނޯ ރައިޓް! ހިއެއްނުކުރަން ޝަރަފް އެކަހަލަ މީހަކާއެކީ މުޅި ޙަޔާތް ވޭތުކުރަން ނިންމާނެކަމަށް. އޭނަ އަތުގަ ފައިސާ ހުރެފަ އޭނަ ރީތިވިޔަސް އެއޮތް ހުންނަ ކަޅުހެދުންލާ ސައިކޯ ގޮތެއްދޯ؟” އެ ވާހަކަ ބުނެލީ ވިޔާމްގެ ފަހަތުގައި ހުއްޓި ހުރި ހަނާއެވެ.

 

“އެ ސައިކޯވެގެންނެއްނު މި ޝަރަފް ވެސް ހިތުން ތިމަންނަ ޙަލާލް ރިސޯޓެއް ހުޅުވާށޭ ކިޔާފަ އެއުޅެނީ؟” ވިޔާމް އެ ހުރިގޮތަށް ހުރެ ދެންވެސް ރުޅިވެރިކަމާއެކީ ބުނެލިއެވެ.

 

“އާނދޯ؟ އެކަމަކު އޭނައަށް އެކަން ވާނެތަ؟” ހަނާ އަހާލިއެވެ.

 

**

 

“އަހަރެން މިކަން ހުއްޓާލަންވީ ދޯ އަފާފް؟” ޝަރަފް ވަރުބަލިވެފައިވި ހިތަކާއި، ހިތާމަވެރި މޫނަކާއެކީ އަހާލިއެވެ.

 

“ކޮންކަމެއް؟” އަފާފް ޙައިރާންކަމާއެކީ އަހާލިއެވެ. އެއާއެކު ވީ ޖެހިލުންވުމެއްގެ ސަބަބުން ޝަރަފަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އަފާފާއި އެ ވާހަކަ ޙިއްސާ ނުކުރަން ހިތަށްއެރިއެވެ. އެހެނަސް ހުސެއިންގެ ވާހަކަ ނުގެނެސްވެސް އޭނަގެ ހިތަށް އުނދަގޫކުރަމުން ދިޔަ ޚިޔާލުތައް އަފާފާއި ޙިއްޞާ ކުރަން ޝަރަފް ބޭނުންވިއެވެ.

 

“ޔޫ ނޯ، މި ރިސޯޓުގެ ކަންތައް.” ޝަރަފް ބުންޏެވެ.

 

“ވަޓް؟! އެއީ ކީއްވެ؟” އަފާފަށް ލިބުނު ޝޮކާއެކީ އަހާލެވުނެވެ.

 

“އެއީ……ރިސޯޓުގެ ސަބަބުން އަހަރެންގެ އަތުގަ މިހާރު އެހާ ލާރިއެއް ނުހުރޭ. މިއަދު ވެސް އަހަރެން އަފާފް މިގެނެއްސަ އޮތީ އާދައިގެ ވޯޑަކަށް. އަފޫ ދުވަހަކުވެސް މިކަހަލަ ވޯޑެއްގަ އެނދުމަތިވެފަ ނުވާނެ ކަންނޭނގެ. އަހަންނަކަށް އަފޫއަށް ގެއެއް އަޅައެއް ނުދެވޭ. އަފޫ ގޮވައިގެން މަޝްހޫރު ރެސްޓޯރެންޓްތަކަށް ނުދެވޭ. އަފޫ އުފާކޮށްދޭން އަފޫއަށް ސަޕްރައިޒްތަކެއް ނުދެވޭ. އަސްލު އަހަރެން ވަރަށް ދެރަވާ ކަންތައްމީ.” ޝަރަފް އޭނަގެ ޝުޢޫރުތައް ފާޅުކުރިއެވެ. އަފާފް ޝަރަފްގެ ވާހަކަތައް އަޑުއަހަން ހުރެފައި އެ ވާހަކަތަކާއިމެދު ވިސްނާލެވުނުތަނާ މާ ގިނައިރެއްނުވެ އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ވާހަކަތަކުގެ އަސްލު އަންނާނީ ކޮން ދިމާލަކުންކަން އޭނައަށް އަންދާޒާ ކުރެވުމުންނެވެ.

 

“ބައްޕަ އަނެއްކާވެސް ވާހަކަ ދެއްކީދޯ؟” އަފާފް އަހާލިއެވެ. އެއާއެކު ޝަރަފަށް ސިހުމެއް ލިބުނެވެ. އޭނަ ނުބުންޏަސް އަފާފަށް ކަންވީގޮތް ނަގައިގަނެވުނު ގޮތުންނެވެ. އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެ އިންގޮތަށް އިނދެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަޑުމަޑުން އޭނަގެ ދެއަތް އުފުލައި ޝަރަފްގެ މޫނުގައި ހިފަހައްޓާލި އަފާފެވެ.

 

“އަޑުއަހާ ޝަރަފް. އަހަންނަށް އަހަރެން ބޭނުންހާ އެއްޗެއް ހޯދައިދިނުމަކީ އެއްދުވަސްވަރެއްގައި ވެސް އަހަރެންގެ އެދުމެއްނޫން. އަހަރެން ބޭނުމެއް ނޫން އަގުބޮޑެތި ހަދިޔާތަކެއް. އެތައް ހާސް ޑޮލަރަށް ލިބޭނެ ހެދުންތަކާއި އަނގޮޓިތަކެއް، އަދި ޝަރަފް އަހަންނަށް އަޅައިދޭނެ ގެއެއް. މި ދުނިޔެއަކީ ދެމިއޮންނާނެ ތަނެއްނޫން. ވީއިރު މި ދުނިޔޭގެ ހުރިހާ އެދުމެއް ގަދަކަމުން ވެސް ފުރިހަމަ ކުރުމަކީ ބޭކާރު ކަމެއް. ބޭކާރުކަމެއްގެ ސަބަބުން އަހަރެން ބޭނުމެއްނޫން ޝަރަފް ތި ކުރަން އުޅޭ ހެޔޮކަމުން ޝަރަފަށް ލިބޭނެ ޘަވާބުން ޝަރަފް މަޙްރޫމްވާކަށް. ޝަރަފްގެ ތި މަސައްކަތުގެ ސަބަބުން ޝަރަފް އަހަންނާއި ދުރުގަވިޔަސް އަހަރެންގެ ހިތުގައި ޝަރަފަށްޓަކައި ވި އިޙްޞާޞްތަކަށް ބަދަލެއް ނާދޭ. އޭގެ ބަދަލުގަ ޝަރަފްގެ ތި މަސައްކަތުގެ ސަބަބުން އަހަރެންގެ ހިތުގައި ޝަރަފަށްޓަކައި ވި ލޯބިވީ އިތުރު. އިޚްލާޞްތެރި ހިތަކާއެކީ ﷲ އަށްޓަކައި އެފަދަ ޤުރުބާނީއެއްވާނެ މީހަކީ ތިމަންނަ ލޯބިވަމޭ ބުނާއިރު އެ ބަސްތައް ތެދުވެސް ކުރާނެ މީހެއް.” އަފާފް ޝަރަފްގެ މޫނުން ދޫކޮށްލުމެއްނެތި ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީގައެވެ. އޭނަ ދެރަވީ އޭނައަށް އިވިފައިނުވާ ބައްޕަގެ ބަސްތަކުން ޝަރަފްގެ ހިތްދަތިވެފައިވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ. އެކަން ހިތަށް އިޙްޞާޞް ކުރެވުމުން އޭނަ ދެންވެސް ޝަރަފަށް ހިތްވަރެއްދޭން ބޭނުންވިއެވެ.

 

“ޝަރަފް ނުހުއްޓާތި! އަހަންނަށް މިއަދު ވީގޮތް ހަނދާންކޮށްފަ އަމުދުން ނުހުއްޓާތި! ޝަރަފް ތި މާތް ނިޔަތުގަ ފެށި މަސައްކަތަށްޓަކައި ވެވެން އޮތްހާ އެހީއެއް އަހަރެން ވާނަން. އެއީ މައްސަލައެއްނޫން އަހަރެންގެ މުޅި ރައުސްމާލު ދޭން ޖެހުނަސް. އަހަންނަށް ޔަޤީން ޝަރަފަށް ތިކަން ވާނެކަން، އިން ޝާ ﷲ!” އަފާފްގެ އެ ފަހު ބަސްތައް ނުހަނު ސާބިތުކަމާއެކީ ބުނެލުމުން އޭގެ އަސަރު ޝަރަފްގެ ހިތަށްކުރިއެވެ. އަފާފް އޭނައަށް އެހީވާނެކަމަށް ބުނި ވާހަކައިން ލިބުނު އުފަލާއެކީ އޭނައަށް އުފާވެރިކަމުގެ ކަރުނަތަކުގެ ތެރެއިން ހިނިތުންވެލެވުނެވެ. އެއަށްފަހު އަފާފްގެ ގައިގައި ބައްދާލީ އޭނައާއި އޭނަގެ ލަނޑުދަނޑިތަކާއި ދެމެދުގައި ވާ ކޮންމެ ހުރަހެއްވެސް އޭނައަށް ކަނޑައްތުކުރެވިދާނެކަމުގެ ޔަޤީންކަން އޭނަގެ ހިތަށް ލިބިފައިވާ ޙާލުގައެވެ.

 

**

 

“އޭނަ އެހާ ހިސާބަށް ދިޔަ ނުދޭނަން މަށެއް! އޭނައާ އޭނަގެ އަންހެނުން އެކީގަ ތިބީމަ މިހުރިހާ މައްސަލައެއް ޖެހެނީ. އެކަކު އަނެކަކަށް ޗުކުޗުކު ތަޅުވާފަ ކަންތައް އެބަހިންގާ. ކޮންމެވެސް އެއްގޮތަކަށް އެދެމީހުން ވަކިކުރަންވީ!” ވިޔާމް ދަތްކުނޑި ވިކަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ތިޔަ އަސަރު 40

Next

މިލަ ހަނދުވަރު (ހަތްވަނަ ބައި )

Next
February 22, 2018

މިލަ ހަނދުވަރު (ހަތްވަނަ ބައި )

Previews
February 21, 2018

ތިޔަ އަސަރު 40

24 Comments!

  1. Jana says:
    February 22, 2018 at 12:30 am

    Assalaam’alaikum. mi bai aa baegge gothuga mi genesdhiny weekdays ga aamugothegga genesdhey varuge baeh veema. In Sha Allah dhen oiy bai hukuru dhuvahu.

    Alhamdhulillah v ufaavejje thiya kiyuntherin jana ahttakai dua kohdhineethee. Maai Allah thiya kiyuntherin jana ah kohdhin dua ge badhalugai thiya kiyuntheringe buraeh ves ufullavaashi. Ameen! 🙂 Jazaakumullah Khairan! <3

    1. xeybooo says:
      February 22, 2018 at 10:13 am

      warah salhi story ma sha allah..and hope ur ok now igey jana..

    2. Jana says:
      February 22, 2018 at 4:58 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 hehe…dhen e khabaru libunu dhuvahah vure rangalhu. ekamaku adhives e haalathu mulhin badhaleh nuvey. ekamaku Alhamdhulillah mi imthihaanuge therein ves jana ah filaavalhuthakeh libemun eba dhey. adhi libemun dhaane In Sha Allah. komme kameh ves medhuverivaany emme rangalhah. 🙂

  2. Mari says:
    February 22, 2018 at 6:21 am

    Yay me first dho

    1. Jana says:
      February 22, 2018 at 4:59 pm

      way to go Mari 😀

  3. Xaahko says:
    February 22, 2018 at 9:37 am

    Masha Allah mi bai v v reethi keep it up janaa ???

    1. Jana says:
      February 22, 2018 at 4:59 pm

      Alhamdhulillah! 😀 Jazaakillah Khairan for the support <3

  4. Ram says:
    February 22, 2018 at 10:40 am

    Vvv reethi janaa mi vaahaka fothege sifaiga nerenveenu dho

    1. Jana says:
      February 22, 2018 at 5:03 pm

      Alhamdhulillah! hehe….thikamaa medhu visnan. ekamaku ein libeyne maa bodu faidhaa eh noannaane e hithah araathy thikamah maa bodu muhimmu kameh nudheveny. hehe….jana faidhaa maana kurany vaahakain meehegge hayaathah aisdhaane badhalakah. fihaara akah gossa vaahaka eh ganelaany madhu baeh. adhi vakin khaassakoh jana mi vaahaka hissa kuran beynunvaa zaathuge zuvaanun aammugthegga kuraanekameh noon ey. ehenveema thikan maa muhimmu kamegge gothuga adhi nueh feney 🙂

  5. Shifa says:
    February 22, 2018 at 1:42 pm

    Jaxakillh khaeran

    1. Jana says:
      February 22, 2018 at 5:03 pm

      Baarakallah Feeki! <3

  6. Pinky shifoo says:
    February 22, 2018 at 1:46 pm

    Wonderful ❤️❤️❤️… Mi part vx Maasha Allah v v v reethi ???… This is one of the best story ???… Waiting for next part… N I hope you are alright now jana ???…

    1. Jana says:
      February 22, 2018 at 5:04 pm

      Alhamdhulillah! next part hukuru dhuvahu In Sha Allah. Alhamdhulillah jana ihunavvure rangalhu. <3 <3 <3 😀

  7. ?unlucky ? says:
    February 22, 2018 at 2:28 pm

    alhugandhu bunaaanan mi vaahaka maa kuru v ma kiyaa hiy kendihjje ekam ves mai allah jana ah heyo rahmaih lahvaashie adhi thikuraa massaih kathuga barakaaih lahvaashie aamen

    1. Jana says:
      February 22, 2018 at 5:08 pm

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi! Ameen!

      adhi vaahaka nunime ey unlucky. jana aammugothegga liyaa vaahaka thakuga hunnany 50 bai. adhi mi vaahakaiga ves 10 varakah bai onnaane. vaahaka kuruhen heevy vaahakaige characters madhuveema. jana hama qasdhuga mifaharu ehen hedhy. ey kurin liyunu dhe vaahakaige style aa thafaathu kollan vegen. vaahaka kiyaa hiy kendenvy ehen sababeh onnaane hen jana ah heevany. alhe visnaalaafa enguniyya bunedhehchey. jana ah varah faidhaa kurey mikahala comment thakun 🙂

  8. broken ? says:
    February 22, 2018 at 2:29 pm

    alhugandhu bunaaanan mi vaahaka maa kuru v ma kiyaa hiy kendihjje ekam ves mai allah jana ah heyo rahmaih lahvaashie adhi thikuraa massaih kathuga barakalahvaashie aamen

  9. Jana says:
    February 22, 2018 at 5:12 pm

    FB Post (English)

    “She believed in me, while the people disbelieved in me. And she trusted me while the people belied me. And she helped me and comforted me in person and in wealth, when people would not…..”

    This hadhith is the inspiration behind a huge part of the story 😀

    May Allah make all of us as loving and as giving as our mother, Khadhija (RA). <3 Ameen!
    <3 <3 <3

  10. Jana says:
    February 22, 2018 at 5:26 pm

    FB Post (English)

    Husbands and wives, if you guys don’t have a beautiful marriage, a loving marriage, a romantic marriage, you are ruining your eeman! You have to have a marriage so awesome that you don’t have to look at a character of a movie or a play and say ‘I wish I had a marriage like this.’ Your marriage should be better than that because, otherwise, Shaithaan will come to you and say ‘man I wonder, is there anything better out there, why am I stuck in this?’ Both husband and wife have to work hard to make their relationship work not for yourselves, but for your eeman!

    -Ustadh Nouman Ali Khan-

  11. Jana says:
    February 22, 2018 at 5:40 pm

    Assalaam’alaikum. dhivehi post thah mireyge vagutheggai genesdheveyne vaahaka bunelan In Sha Allah 🙂

  12. Jana says:
    February 22, 2018 at 10:08 pm

    FB ot (dhivehi)

    “އެހެން ހުރިހާ އެންމެން ތިމަންކަލޭގެފާނު ޤަބޫލުނުކުރެއްވި ހިނދު އެކަމަނާ ތިމަންކަލޭގެފާނު ޤަބޫލުކުރެއްވިއެވެ. އެހެން އެންމެ ތިމަންކަލޭގެފާނު ދޮގުކުރިއިރު އެކަމަނާ ތިމަންކަލޭގެފާނުގެ (ބަސްތައް) ތެދުކުރެއްވިއެވެ. އެހެން މީހުން ތިމަންކަލޭގެފާނަށް އެއްވެސް ގޮތަކުން އެހީ ނުވި ހިނދު އެކަމަނާ ބައިވެރިއެއްގެ ގޮތުންނާއި މާލީ ގޮތުން ތިމަންކަލޭގެފާނަށް އެހީވެދެއްވިއެވެ…..”

    ވާހަކައިގެ ވަރަށް ބޮޑު ބައެއް އަޅުގަނޑުގެ ޚިޔާލުތަކުގައި ރޭވިގެން ދިޔައީ މި ޙަދީޘްއަށް ބުރަވެއެވެ. މާތް ﷲ އަޅަމެން އެންމެންނަކީ ވެސް ޚަދީޖާ (ރަޟިޔަ ﷲ ޢަންހާ) ފަދައިން އެހެން މީހުންނަށް ލޯބިދީ ގިނަގިނައިން ފޯރުކޮށްދޭ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  13. Jana says:
    February 22, 2018 at 10:23 pm

    FB ot (Dhivehi)

    ތިޔަ ފިރިންނާއި އަނބިންގެ ކައިވެންޏަކީ ރީތި، އުފާވެރި އަދި ލޯބިން ފުރިގެންވާ ކައިވެންޏަކަށް ނުވާނަމަ އެއިން ތިބާގެ އީމާންތެރިކަމަށް ނޭދެވޭ އަސަރުކުރާނެއެވެ. ފިލްމަކުން ނުވަތަ ޑްރާމާއަކުން ފެންނަ ދެމަފިރިއަކު ފެނިފައި އެކަހަލަ ޒަވާޖީ ޙަޔާތެއް ތިމަންނައަށް ވެސް ލިބޭނެނަމައޭ ހިތަށްއަރުވައިގެން ނުވާނެއެވެ. ތިބާގެ ޒަވާޖީ ޙަޔާތް އެއަށްވުރެ ވެސް ފުރިހަމަ ވާންވާނެއެވެ. އެހެންނޫންނަމަ ޝައިޠާނާ އައިސް ބުނާނެއެވެ. “މި ގުޅުމުން ބޭރުގައި ވާނީ ހާދަ ފުރިހަމަ ގުޅުންތަކެވެ. މީގައި އަހަރެން ހައްޔަރުވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟” ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށްޓަކައި އަނބިމީހާއާއި ފިރިމީހާވެސް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެއީ ވަކި ތިބާގެ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. އެއީ ތިބާގެ އީމާންތެރިކަމަށްޓަކައެވެ.

  14. Nyn says:
    February 23, 2018 at 8:39 am

    Masha Allah? stry is awsm… comment nukuriyas baraabarah kiyan… best stry ever??? ily Jana sis ?❤

  15. uni says:
    February 23, 2018 at 1:42 pm

    varah reethi maashaa allah

  16. Berry says:
    February 24, 2018 at 7:13 am

    Story varah reethi. Maa sha allah?

Comments are closed.

Next Episodeނޫރު (އެކާޅީސްވަނަ ބައި)←


All Right Reserved!