Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އަށުތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 18, 2018 6 Mins Read
24 Comments

ޝަރަފަށް ނަބީހް އެދެއްކި ވާހަކަތަކާއިމެދު ވިސްނިގެން ދިޔަދިޔަހެން އޭނައަށް އޭނަގެ މުސްތަޤްބަލާއިމެދު ވިސްނެން ފެށިއެވެ. ޢާއިލާއެއް ފެށުމުގެ ޚިޔާލު އޭނަގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވުމުން އޭނަގެ ހިތަށް ވެރިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އަމިއްލަ ޚިޔާލުތަކެއްގައި އިންދާ އޭނަގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ތަނާހެން ނަބީހް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އެނީވޭސް…..އަހަރެން ދަނީ ނިދަން. ޝަރަފް މާލެއަށް އަނބުރާ ދާން އޮތީ 5 ދުވަސްފަހުން ދޯ؟ އަސްލު އޭގެ ކުރިން ދިޔަޔަސް އޯކޭ އޭ. ކުރިން ދިޔުން ރަނގަޅީވެސް. މަންމަ ވެސް ބަލަން ވާނެއެއްނު؟ އަހަންނަށްވުރެ ބޮޑަށް ޝަރަފް ދިޔައިމަ މަންމަ ބޮޑަށް އުފާވާނީ. ނަސީބަކުން މިހާރު ރާހީ މަންމައަށް ފުދޭވަރަކަށް ރަނގަޅަށް ކަންތައް ކޮށްދޭ. އަހަރުމެން މަންމައަށް ގުޅާއިރު މަންމަ އުފާވެފައި ހުންނަ ގޮތުންވެސް އެނގޭދޯ؟ މިއަދުވެސް އަހަރެން ރާހީއަށް ގުޅީމަ ބުނީ މިއުޅެނީ މަންމައަށްދޭން ތަރުކާރީ ހަދާށޭ. ހެހެ….އަހަންނަށް ހީވަނީ ބިންތު ޢައްމާރުގެ ޕޯސްޓެއް ކިޔާލެވުނީހެން ރާހީއަށް ވެސް. މިކޮޅަށް އައުމުގެ ކުރިން އެއްދުވަހު އޭނަގެ ފޯނުން އެ ޕޭޖު ހުޅުވާފަ ހުއްޓާ ދުށިން. ސުބްޙާނަ ﷲ ބިންތު ޢައްމާރުގެ ސަބަބުން އެހާ ގިނަ މީހުންނަށް ފައިދާ ކުރަންޏާ ޝަރަފްއަށް ކިހާ ފައިދާއެއް ކުރާނެބާ؟ ލަކީ ޑޫޑް!” ނަބީހް އެހެން ބުނެ ގޮށްމުއްކަވައި ޝަރަފްގެ ކޮނޑުގައި އަތް އަޅައި ކޮއްޕާލިއެވެ. ނަބީހްގެ އެ ޙަރަކާތުންނާއި އޭނަ ދެންމެ ދެއްކި ވާހަކަތަކެއްގެ ސަބަބުން ޝަރަފަށް ހީލެވުނެވެ. އެއަށްފަހު ތިމަންނަ ވެސް ދާންވެއްޖެއޭ ބުނެ އޭނަ ދާން ހިނގައިގަތުމުން ވެސް ނަބީހް އޭނައާއި ‘ބިންތު ޢައްމާރު’ އަޅުވައި ކިޔައި ސަމާސާއެއް ކޮށްލިއެވެ. އެ ހިނދު ޝަރަފަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އަފާފް އޭނަގެ ޙަޔާތުގައިވީކަމީ ޙަޤީޤަތުގައި ވެސް ކިހާ ބޮޑު ނިޢުމަތެއްކަމާމެދު އެ ވަގުތު އޭނައަށް ވިސްނުނެވެ. ހަމަ އެއާއެކު އޭނަގެ ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ. ޙަޔާތުގައި މިހާތަނަށް އައިއިރު އޭނަ އެހާވަރަށް އުފާވެފައިވާނަމަ މާ ގިނަ ދުވަހެއްނުވެ އަބަދުވެސް އެ އުފަލަކުން އޭނަ މަޙްރޫމްވާން ޖެހިފައިވެއެވެ. އަފާފާއި އޭނަ ވަކިވެދާނެ ކަމުގެ ޚިޔާލުން ވެސް ޝަރަފްގެ މޭގައި ހިނދުކޮޅަކަށް ނަމަވެސް ރިހުމެއް އުފެދުނެވެ. އެ ޚިޔާލު އަވަސްއަވަހަށް ސިކުނޑިން ފޮޅުވާލަމުން އެވަގުތު ދަންވެފައިވިޔަސް އޭނަ އަފާފަށް ގުޅާލަން ބޭނުންވީ އެހެންވެއެވެ.

 

ޝަރަފް އޭނަގެ ކޮޓަރިއަށްވަދެ އެނދުގައި އޮށޯންނަމުން އަފާފްގެ ނަންބަރަށް ގުޅާލިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އެންމެ 3 ރިންގަށްފަހު އެކޮޅުން އަޑުއައެވެ.

 

“ހުމް…..” ނިދި ބަރުވެފައިވި އަޑަކުން އެ ޖަވާބު ދިނީ ދެލޯ ހުޅުވަން ބޭނުންނުވެފައި އޮތް އަފާފެވެ. އޭނަގެ އަޑު އިވުނު ޝަރަފަށް ހީލެވުނީ އެވަގުތު އޭނަގެ މޫނުމަތީގައި ހުންނާނެ ކުލަވަރު ޝަރަފަށް ސިފަކުރެވުމުންނެވެ.

 

“ނިދަނީތަ؟” ޝަރަފަށް އެހެން އަހާލެވުނީ ލޯބިން ފުރިގެން އަންނަމުން ދިޔަ ހިތަކާއެކީގައެވެ.

 

“އާނ….މިހާރު މި ވާހަކަ ދައްކަނީ އަހަރެން އަވަލައިގެން އުޅޭ ޖިންނިއެއް.” އަފާފަށް ގަދަކަމުން ދެލޯ ހުޅުވާލަމުން ސަމާސާއެއްކޮށްލިއެވެ. ޝަރަފަށް އިހުނަށްވުރެ ގަދައަށް ހީލެވުނެވެ.

 

“ހާދަ ނެޗުރަލްއޭ މިހާރު އަފޫ ޖޯކްކުރާ ގޮތް.” ޝަރަފް ހެވިފައިހުރެ ބުންޏެވެ.

 

“ކީއްވެ ނުވާންވީ؟ ބޮޑު ޖޯކަރަކާއެކީ ވިއްޔާ މި އުޅެނީ މިހާރު. އެނގޭތަ؟ މިއަދު އަހަރެންގެ ދޮންދައްތަ….އަހަރެންގެ އާންޓެއްގެ ކުއްޖެއް އައި މިގެއަށް. ޓޫ ޔިއާރސްގެ ކުއްޖެއް. ކުރިން އަހަންނަކަށް ނޭނގޭނެ އެއްގޮތަކަށް ވެސް އެކުއްޖާއާއެކީ ކުޅެ ހަދާކަށް. އެކަމަކު މިހާރު އެނގޭ. އަބަދުވެސް ހަނދާން ކުރަނީ ޝަރަފް ހުރިއްޔާ ޝަރަފް ހަދާނީ ކިހިނެއްބާއޭ. ހަނދާންކޮށްފަ އެގޮތަކަށް ކަންތައް ކުރަނީ. ލަޔާން މިއަދު ގެއަށް ދިޔައީ އަފޫދައްތި ދެކެ ވަރަށް ލޯބިވެއޭ ބުނެފަ. ވަރަށް އުފާވި އެހެން ބުނީމަ.” އަފާފް ހިނިތުންވުމަކާއެކީ އޭނަގެ ތަޖުރިބާ ކިޔައިދިނުމުން ޝަރަފަށް ވެސް ހިނިތުންވެލެވުނެވެ. އަފާފް ދެއްކި ވާހަކައިގެ ޒާތުން ދާދި ދެންމެއަކު ނަބީހް އޭނައާއި ދެއްކި ވާހަކަތަކުގެ މަތިން ޝަރަފް ހަނދާންވިއެވެ. އެއާއެކު އޭނަ ހިސާބެއްގެ ޖެހިލުންވުމަކާއެކީ އަފޫއޭ ކިޔައި ގޮވާލިއެވެ. އަފާފް ލައްބައޭ ބުނެލުމުން ދެންވެސް ސިކުންތުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ޝަރަފަށް އޮވެވުނެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ޝަރަފް ކޮށްލީ ސުވާލެކެވެ.

 

“އަފޫ ބޭބީއެއް ބޭނުންތަ؟” ޝަރަފް އަހާލިއެވެ. ޝަރަފްގެ އެ ސުވާލުން އަފާފަށް ކުޑަވަރެއްގެ ސިހުމެއް ލިބުނެވެ. އެއީވެސް އަދި ވާންއޮތް ކަމެއްކަން އެނގުންވީ ހިނދު ބޭއިޚްތިޔާރުގައި އޭނައަށް އެކަން ޚިޔާލަށް ގެނެވެން ފެށިއެވެ. އެއާއެކު އޭނަ މުޅި ޢުމުރުގައި ވެސް ހީކުރި ގޮތާއި ޚިލާފަށް އޭނަ އެ ޚިޔާލާއިމެދު ހިތްހަމަޖެހުނެވެ. އެކަމާމެދު އޭނަ ހިސާބަކަށް ޙައިރާންވެސްވިއެވެ. ޙައިރާންވާންވީ ސަބަބާމެދު ވިސްނާވަރަށްވުރެ އޭނަގެ ހިތަށް އެވަގުތު ވެރިވި އުފާވެރިކަން ބޮޑެވެ. އަފާފް ޖަވާބެއްނުދީ ގިނައިރުވާން ފެށުމުން ޝަރަފް އޭނަގެ ނަމުން ގޮވާލިއެވެ. އެއާއެކު އަފާފަށް ވާހަކަ ދެކެވުނެވެ.

 

“ޝަރަފް ބޭނުމިއްޔާ އަހަރެން ވެސް ބޭނުން.” އަފާފް ވިސްނުންތެރިކަމާއެކީ ޖަވާބުދިނެވެ. އެއާއެކު އެކޮޅުން ޝަރަފްގެ ލުއި ހީލުމެއްގެ އަޑު އިވުމުން އަފާފަށް ވެސް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އެދެމެދުގައި ދެކެވެން ފެށީ އެ ލޯތްބާއި އުފާވެރިކަމުން ފުރިގެންވި މުސްތަޤްބަލާއި ބެހޭ އުއްމީދީ ވާހަކަތަކެވެ. އެ ވާހަކަތަކުގެ ތެރެއިން އަފާފްގެ އަނދިރިކަމުގެ ސަބަބުން އޭނަގެ ހިތަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ. އެފަދަ ޙާލެއްގައި އޭނައަށް ޝަރަފް އެ ހީކުރާ ފަދަ އުފާވެރިކަމެއް ގެނެސްދެވޭތޯ ހިތަށްއެރިއެވެ. އެހެނަސް ފޯނު ބޭއްވުމުގެ ކުރިން އެރޭ ޑޮކްޓަރަކު ޝަރަފް ކައިރި ދެއްކި ވާހަކައެއް އަފާފާއި ޙިއްޞާ ކުރުމުން އަފާފްގެ ހުރިހާ ނުތަނަވަސްކަމެއް ފިލައި އޭނަގެ ހިތް ފުރިގެން ދިޔައެވެ. ހަމައެއާއެކު އޭނައަށް ﷲ އަށް ޙަމްދުކުރެވުނެވެ. ޝައްކެއްވެސް ނެތް ގޮތުގައި އޭނަގެ ޙަޔާތުގެ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ރާއްވަވަނީ އެކަލާނގެކަން ހަނދާން ކުރަމުންނެވެ.

 

ދެދުވަހެއްހާ ދުވަސްފަހުން ޝަރަފް އަންނާނެ ވާހަކަ އެރޭ އިވުނީއްސުރެ އަފާފްގެ ހިތް ކެތްމަދުވަމުން ދިޔައެވެ. ޢިލްމު އުނގެނުމާއި އެފްބީ ޕޯސްޓްތަކުގެ ޒަރިއްޔާއިން އެ ޢިލްމު ފޯރުކޮށްދިނުމުގައި އެ ދެދުވަސް ވޭތުވެގެން ދިޔައީ އޮމާންކަމާއެކީގައެވެ. ޝަރަފް އަންނަން އޮތް ދުވަހު ފަތިސް ނަމާދު ކޮށްލައިގެން އަފާފް އަނެއްކާވެސް ނިދަން އޮށޯތީ ނިދި ހުރިވަރުންނެވެ. އެއީ އޭގެ ކުރީ ރޭވެސް ފުދޭވަރަކަށް ގިނައިރު ވަންދެން އޭނަ ޝަރަފާއި ވާހަކަ ދައްކަން އޮތީތީވެއެވެ. އޭނައަށް ދެން ހޭލެވުނީ ހެނދުނު 9 ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭނައަށް ހޭލެވުނީ އޭނައަށް އައި ފޯނުކޯލެއްގެ ސަބަބުންނެވެ. އެވަގުތު އޭނަގެ ނިދިފިލާފައިވީތީ އަފާފް ފޯނު ނެގީ ރަނގަޅަށް ލޯހުޅުވާލަމުންނެވެ. އޭނަ ސަލާމް ގޮވާލުމާއެކު އެކޮޅުން އިވިގެން ދިޔައީ ޝަބާގެ ހާސްކަމުން ފުރިގެންވި އަޑެވެ.

 

“އަފޫ ނިކަން އަވަހަށް އޮފީހަށް އައިސްދީބަލަ. ސޭފް ރޫމްއިން މުހިއްމު ޑޮކިއުމެންޓްސްތައް ގެއްލިގެން މިއުޅެނީ. ކަރަންޓް ކަސްޓަމަރުންގެ ކޮޕީ ނުނެގި ހުރި ބައެއް ކުރެހުންތައް ވެސް ގެއްލިއްޖެ!” ޝަބާ ދިން ޚަބަރަކުން އަފާފްގެ ދެލޯ ބޮޑުވެ އޭނަގެ ސިކުނޑި ހާސްވެގެން ދިޔައެވެ. ޝަބާ ދެންމެ ދިނީ އޭނަގެ ކުންފުނި ހުޅުވުނުފަހުން ދުވަހަކުވެސް ނުލިބޭފަދަ ބިރުވެރި ޚަބަރެކެވެ. ދުވަހަކުވެސް އޭނަގެ އެ ކުންފުނީގެ ތެރެއިން އެހާ ބޮޑު ‘ކުށެއް’ ހެދިފައެއް ނެތެވެ. މިއަދު ކުއްލިއަކަށް މިވީ ކިހިނެއްތޯ ހިތަށްއެރި ތަނާހެން އަފާފަށް މިއަންނަނީއޭ ބުނެ އޭނަގެ އެނދުން ފޭބުނެވެ.

 

އޭނަ އަމިއްލައަށް ތައްޔާރުވޭވެގޮތް ލަސްވުމުން އަފާފަށް އޭނަގެ މަންމައަށް ގޮވާލެވުނެވެ. މަންމަގެ އެހީގައި ތައްޔާރުވަމުން ދިޔައިރު އޭނަ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއާއެކު ޝާދިޔާ ވަގުތުން އޮފީހުގައި ހުރި ހުސެއިނަށް ވެސް އެ ޚަބަރު ދިނުމުން ހުސެއިން އުޅުނީ އަފާފް ގޭގައި ބަހައްޓާފައި އޭނަ އަމިއްލައަށް އެ މައްސަލަ ބަލާށެވެ. އެހެނަސް އަފާފް އެފަދަ ބޮޑު މައްސަލައެއް އަމިއްލައަށް ބަލާފައި ނޫނީ ދޫކުރާ ހިތެއް ނުވިއެވެ. ހުސެއިން އެވަގުތު އޭނަގެ އޮފީހުގެ މުހިއްމު ބައްދަލުވުމެއްގައި ހުރީތީ އޭނައަށް އާދެވޭ ގޮތެއްނުވިއެވެ. އެހެންކަމުން ޓެކްސީއެއްގައި އޮފީހަށް ދިޔުމުގެ އިޒުނަ އަފާފް ބައްޕަ ކައިރިން އެދުނެވެ. އަފާފް އެކަނި ނުފޮނުވުމަށްޓަކައި ހުސެއިން ކުރީކޮޅު އެކި ބަހަނާތައް ދައްކަން ފެށިއެވެ. މިހާރު ޝަރަފް ވެސް ހުންނާނީ ރަށަށް އަންނަ ފްލައިޓްމަތީގައި ކަމަށް ބުނަމުން ހުސެއިން އަފާފް ހުއްޓުވޭތޯ ބެލިއެވެ. އެހެނަސް އަފާފް އަމިއްލައަށް އޭނަ ބުރަމަސައްކަތުން ތެދުކުރުވި ވިޔަފާރީގެ ޙާލަތު ގާތުން ދެކި އެ މައްސަލަ ޙައްލުކުރަން ބޭނުންވިއެވެ. އެ ވާހަކަ ބުނުމުން ހުސެއިން ވެސް އަފާފާއި އެއްބަސްވިއެވެ. އެއާއެކު އަފާފް ޓެކްސީއަށް އަރައި ދުއްވާލި ވަގުތު، އޭނަ މި ދަތުރު ކުރަނީ ބިރުވެރިކަމެއްގެ ތެރެއަށްކަން އަފާފަށް ރޭކާވެސް ނުލައެވެ.

 

އަފާފް އިން ޓެކްސީ ގޮސް އޮފީހުގެ ކުރިމައްޗަށް މަޑު ކުރުމާއެކު އޮފީހުގެ ދޮރުމަތީގައި ހުރި ޝަބާ ކުޑަކޮށް ދުވެލާފައި އައިސް ޓެކްސީގެ ދޮރު ހުޅުވައި ޓެކްސީއިން ފޭބުމަށް އަފާފަށް އެހީތެރިވިއެވެ. ޓެކްސީއިން ފައިބައި ޓެކްސީގެ ދޮރު ލައްޕާލި ވަގުތު އަފާފާއި ޝަބާއަށް ވެސް ނޭނގުނު ކަމަކީ އަފާފަށް ފޭބުނީ ޓެކްސީގެ ސީޓުގައި އޭނަގެ ފޯނު ބާއްވާފައި ކަމެވެ.

 

**

 

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޝަރަފް އިން ފްލައިޓް ޖެއްސީ 9:35 ވީ ވަގުތެވެ. މާލެއަށް ދެވިއްޖެކަމަށްބުނެ އެންގުންތައް އެންގެން ފެށިތަނާހެން ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ އޭނަގެ ފޯނު ހުޅުވާލަމުން ވަގުތުން އަފާފްގެ ނަންބަރު ޖަހާލަމުން ގުޅާލިއެވެ. އޭނަ އުއްމީދު ކޮށްގެން ހުރީ ޢާއްމު ގޮތެއްގައިވާ ފަދައިން ދެ ތިން ރިންގަށްފަހު އަފާފް ފޯނު ނަގާނެ ކަމަށެވެ. އެހެނަސް ރިންގުވަމުން ގޮސް އެންމެ ފަހުން ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ ކަމަށް ބުނަން ފެށުމުން ޝަރަފްގެ ނިތަށް ރޫގިނަވިއެވެ. އެވަގުތު ފްލައިޓުން އެންމެން ފައިބަން ތައްޔާރުވުމުން ޝަރަފް ވެސް އޭނަގެ އެއްޗެހި މަތީގައި ހުރި ކެބިނެޓްތަކުން ނަގަމުން ވެސް އަފާފްގެ ނަންބަރަށް ގުޅައި ސްކްރީނަށް ބަލަން ހުއްޓެވެ. ދެވަނަ ފަހަރަށް ވެސް އެކޮޅުން ޖަވާބެއް ނުލިބި ފޯނު ކެނޑިގެން ދިޔުމުން ހިސާބެއްގެ ނުތަނަވަސްކަމެއް ޝަރަފްގެ ހިތަށްވެރިވިއެވެ. ފްލައިޓުން ފައިބައިގެން ގޮސް އެއާރޕޯޓުގެ ތެރެއަށް ވަދެގެން ދިޔައިރު 5 ފަހަރުގެ މަތިން ވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން ޝަރަފް ކަންބޮޑުވާން ފެށިއެވެ.

 

**

 

“ކޮން އިރަކުތަ އެ އެއްޗެހި ގެއްލުނީ؟ ނާފިޒާ ނާންނަނީތަ މިއަދު؟” އަފާފް ޝަބާއާއެކީ އޮފީހުގެ ތެރެއަށް ވަންނަމުން އެހިއެވެ.

 

“އޭނަ ނާދޭ. މަށަށް ހަމަ ހީވަނީ މިއީ އެ ހަނާގެ ކަމެއްހެން.” ޝަބާ ނުރުހުންތެރިކަމާއެކީ އެ ފަހު ޖުމްލަ ބުނެލީ ވައި އަޑުންނެވެ.

 

“ޝަބާއަށް ކިހިނެއް އެނގެނީ؟” އަފާފް ސީރިއަސްކަމާއެކީ އަހާލިއެވެ.

 

“މަށަށް ހަމަ ހީވަނީ. މިތާނގަ ދެން ނެތް އެކަހަލަ ކަމެއް ކުރަން ކެރޭނެ މީހެއް.” ޝަބާ ބުނެލިއެވެ. އަދި އެވަގުތު އެމީހުން ހަމަވި ލިފްޓަށް އަފާފާއިއެކީ އެރީ، އަފާފް އެދުނު ފަދައިން ސޭފް ރޫމަށް ދިޔުމަށެވެ. މާ ގިނައިރެއްނުވެ ލިފްޓު ގޮސް ތިންވަނަ ފަންގިފިލާއަށް މަޑުކޮށްލުމުން ދެމީހުން އެކީގައި ސޭފް ރޫމަށްދާން މިޞްރާބު ޖެހިއެވެ. އޮފީހުގެ އެހެނިހެން ރޫމްތަކާއި ޚިލާފަށް ތަންކޮޅެއް ބާރުކޮށް ހުންނަ އެ ދޮރު ހުޅުވޭ ތަޅުދަނޑިއެއް އެވަގުތު ޝަބާ އަތުގައި އޮތެވެ. ޢާއްމުގޮތެއްގައި އެ ތަޅުދަނޑި އޮންނަނީ ނާފިޒާ އަތުގައި ކަމަށްވިޔަސް މިއަދު ނާފިޒާ ހާޒިރު ނުވުމުން އެ ތަޅުދަނޑި ބަލަހައްޓަމުން ދިޔައީ ޝަބާއެވެ. ޝަބާ ދޮރު ހުޅުވާލުމާއެކު ނާފިޒާ ކައިރިން ކޮށްލަން ބޭނުންވާ ސުވާލެއް އަފާފްގެ ސިކުނޑިއަށް ވެރިވިއެވެ. ހެދުމުގެ އެއްފަރާތުގައި ޖީބު ހުންނަ ދިމާލުގައި އޭނައަށް އަތްޖައްސާލެވުނީ އޭނަގެ ފޯނު އޮތްތޯ ބެލުމަށެވެ. ފޯނު ނެތްކަން އެނގުންވުމުން އޭނައަށް ޗޮއްކަނޑާލެވުނެވެ.

 

“އޯ ނޯ! އޭރު ލާނާއާ ވާހަކަ ދައްކަން ހުރެފަ ރިސެޕްޝަން މަތީގަ ފޯނު ބާއްވާފަ ކަންނޭނގެ އަހަންނަށް އާދެވުނީ. ޝަބާއަށް އޭތި ނަގައިދެވިދާނެތަ؟” އަފާފް އެދުނެވެ. އޭރު ޝަބާ އެ ދޮރުގެ ތަޅު ހުޅުވާލުމަށްފަހު ދޮރުވެސް ހުޅުވާލަނީއެވެ.

 

“އާނ…..އެކަމަކު އަފޫ މިތާ އެކަނި ބަހައްޓާފަ ދިޔައިމަ ކިހިނެއްވާނީ؟” ޝަބާ އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އައި ވިލް ބީ ފައިން އިން ޝާ ﷲ. ފޯނު ގެނެސްދޭންވީ ވަރަށް އަވަހަށް.” އަފާފް ހިތް އަވަސްވެފައި ހުރެ ބުންޏެވެ. ޝަބާ އޯކޭއޭ ބުނެލީ މި ޙާލަތުގައި އޭނައަށް އަފާފްގެ ޚިޔާލު ބަދަލުކުރަން ދަތިވާނެކަން ދަނެގެންނެވެ. އޭނަ އަފާފް ބުނި ކަމެއް ކޮށްދޭން ދުރަށް ހިނގައިގަތީ އެހެންވެއެވެ. ޝަބާ ގޮސް ލިފްޓަށް އެރި އަޑު އިވިފައި އަފާފް ކުރިއަށް ފިޔަވަޅެއް އަޅައި ސޭފް ރޫމްގެ ދޮރު ކަނީގައި ހިފަހައްޓައި އެތެރެއަށް ވަންނަން ފިޔަވަޅެއް އެޅިއެވެ. އެ ހިނދު އެ ދޮރުމައްޗަށް ވާގޮތަށް ބިންމަތީގައިވި އޮމާންކަމެއްގެ ސަބަބުން އޭނަ ކައްސާލަން އުޅުނެވެ. ނަސީބު ރަނގަޅުކަމުން އަފާފަށް ޚުޝިޔާރުކަމާއެކީ ދޮރުކަނީގައި ދެއަތުން ހިފަހައްޓައި ނުވެއްޓި ސަލާމަތް ވެވުނެވެ. އެއާއެކު އެތަން އެހާވަރަށް ކައްސަންވީ ސަބަބަކާމެދު އޭނައަށް ވިސްނެން ފެށިއެވެ. ހީވާގޮތުން އެތަނަށް ހުރީ ކޮންމެވެސް ދިޔާ އެއްޗެއް ވެއްޓިފައެވެ. މިތަނަކީ އެއްވެސް ބަޔަކު ކައިބޮއިވެސް ހަދާނެ ތަނެއް ނޫނެވެ. އިރުކޮޅެއްވަންދެން އެކަމާމެދު ވިސްނަން ހުރުމަށްފަހު އަފާފް ފާރުގައި އަތްލަމުން އެތާތެރެއަށްވަނެވެ. އަތް ލަމުން ގޮސް އެ ފާރު ކައިރީގައި ފައިލްތަކުން ފުރިފައި ހުރި ހަރުގަނޑާއި ހަމަވުމުން އޭނަ އެތާ މަޑުކޮށްލިއެވެ. އެ ހިނދު އޭނައަށް ނޭނގުނު ކަމަކީ އެވަގުތު އެ ރޫމުގެ ދޮރު މައްޗަށް އަންހެން ކުއްޖަކު މަޑުކޮށްލި ކަމެވެ. އަދި ލަސްލަހުން އޭނަގެ އަތް ދަބަސްތެރެއިން އަލިފާން ފޮށްޓެއް ނެގިކަމެވެ. އަލިފާން ފޮށި ހުޅުވައި ދަނޑިކޮޅެއް ނަގާލުމަށްފަހު އޭތި ލައްޕާލަމުން އެ އަންހެން ކުއްޖާ އަލިފާން ކަނޑަން ފެށިއެވެ. އަފާފަށް އެ އަޑު ފާހަގަވެ އެ ދިމާލަށް ބަލާލި ވަގުތަކީ އެ ދަނޑިކޮޅުގައި އަލިފާން ހިފި ވަގުތެވެ.

 

“ކާކު؟” އަފާފަށް އަހާލެވުނެވެ. ހަމަ އެ ހިނދު އެ އަންހެން ކުއްޖާ އެ ދަނޑިކޮޅު ދިމާ ކުރިމައްޗަށް ވައްޓާލިއެވެ. އެއާއެކު ބިންމަތީގައި ޖެހުނު އެ އަލިފާން ކޮޅު ބާރު މިނެއްގައި ސީދާ ރޮނގަކުން ދެފަރާތަށް ފެތުރެން ފެށިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތާ ފުރާނައިން… (42)

Next

އެހަތަރުއަހަރު(ކިޔުންތެރިންނަށް)

Next
February 19, 2018

އެހަތަރުއަހަރު(ކިޔުންތެރިންނަށް)

Previews
February 18, 2018

ހިތާ ފުރާނައިން… (42)

24 Comments!

  1. Jana says:
    February 18, 2018 at 11:12 pm

    Assalaam’alaikum. dhen oiy bai angaara dhuvahu In Sha Allah 🙂

    1. Hi Mi says:
      February 18, 2018 at 11:18 pm

      Wa’alaikumussalaam. V inthixaaru kohfin. Adhi nuves kiyan. Kiyaalaafa adhi comment eh kohlaanan. In Sha Allah. ?

    2. Jana says:
      February 19, 2018 at 8:52 pm

      haadha ufaavefaey Hi Mi Ma Sha Allah. varah ufaavejje Hi Mi thihaa ufaaveema 😀

    3. ??? says:
      February 19, 2018 at 12:46 pm

      Salaam jana. Alhugandu sharaf athuga in tattoo behey gothun sheikh eh gathuga suvaalu kurin. Buny hithuge adin thauba vehjje nama e tattoo fuheveyne yey

    4. Jana says:
      February 19, 2018 at 9:09 pm

      Wa’alaikumussalaam wa rahmathullah. Jazaakallah Khairan mi kamuge mathin handhaan kohdhineethy. jana mi hissaa kurany jana ah libunu javaabu.

      “Suvaalu;
      Assalaam’alaikum. tattoo jahaigen huri meehaku tawbaa vumun e tattoo filuvumuge hukumaky kobaitho?

      Javabu:Filuvaa leveyne nama filuvan vaane.
      Filuvaalumun ithuru gellun vaane nama behettun enme ragalhu.

      Javaab dhehvee Dr Muhammad Iyaz Abdul Latheef”

      tattoo amilla ah fohevigen nudhaane kanneynge dho? 🙂 kommeves eggothakah filuvan jeheyny. filuvumuge hukum matheega evany. mi javaabaai jana kurin hoadhi hoadhunthakaaves gulhey. Wallaahu A’lam (Emme molhah dhenevodigenvany Allah)

  2. Kuda Kamana says:
    February 18, 2018 at 11:20 pm

    subuhaanallah. jana alhe afaaf maraalan tha thiulheny. ehen nahadhaathi.. anyways vaahaka varah salhi masha allah. dhen varah kuru miadhuge bai. love you jana

    1. Jana says:
      February 19, 2018 at 8:54 pm

      Afaaf maraalaigen dho dhen vaan othy 😛 hehe….alhe kuda kamana jana sunday aa tuesday ga genesdhey baithah dhigu kureveytho v masakkaiy eba kuran. ekamaku hama weekdays ga busy kamun gos…anyways adhives masakkaiy eba kuran dhigukoh avahah genesdheveytho In Sha Allah. Alhamdhulillah! Love you too <3

  3. Hi Mi says:
    February 18, 2018 at 11:26 pm

    Vvv reethi. Ma Sha Allah. Alhey dhen vaani kihineh baa ey mi hithah arani. Alhe afoo ah dhera gotheh nahadhahchey. Pls. Hehe. ? ?

    1. Jana says:
      February 19, 2018 at 8:55 pm

      Alhamdhulillah! Afu ah already dheragotheh vefa dho ehery? Oops! *hides*

  4. ސިއްތި says:
    February 19, 2018 at 1:20 am

    Jana we r waiting inge

    1. Jana says:
      February 19, 2018 at 8:57 pm

      In Sha Allah next part tuesday night ga 😀

  5. Berry says:
    February 19, 2018 at 6:17 am

    Very nice. Maa sha allah?. Afoo salaamai kuran sharaf annaane dhoa? Afoo maraa nulahche please?

    1. Jana says:
      February 19, 2018 at 8:59 pm

      Alhamdhulillah! hehe….thikameh neyngey berry. engey kamaky vaahakaige kuriah huri kanthah khiyaalu kurevey gothun jana ah varah eba roveykan. vaahaka liyaairu nuruimaky jana ah adhives dhasnuvaa kameh. 😛 dhen balamaa dho vaagotheh In Sha Allah 😀

  6. Zaaraa says:
    February 19, 2018 at 7:49 am

    A’lhy afaaf ah dheraeh nudhythi hanayah vrugadha bodieh dheethi vahaka v reethi ? thank u Jana mihareethi vaahakaeh genes dhythee wating for Tuesday part ?

    1. Jana says:
      February 19, 2018 at 9:01 pm

      hehe….Zaara yageen koffi dho ethaa huree hana kanves. hmm….dhen balamaa ey kaaku kamaa Afaaf ah vaagothaa In Sha Allah. Alhamdhulillah! (All praise and thanks belong to Allah) <3 🙂

  7. Ram says:
    February 19, 2018 at 10:24 am

    VVV reeti den vaanee kihineh baa

    1. Jana says:
      February 19, 2018 at 9:01 pm

      hama suvaalu markuga dho Ram? 😀 Alhamdhulillah! 🙂

  8. Pinky shifoo says:
    February 19, 2018 at 10:51 am

    Wow ❤️❤️❤️… Maasha Allah mi part vx v v v reethi ???… It’s awesome ???… Alhey jana please afoo ah dheragotheh nahadhahchey… Please save her… V v v interesting mi part vx ???… Hurihaa parteh vx v v v interesting n knme partehvx mi kiyaalany hama v v v kiyaalaahithun ????.. Keep up the good work jana ???… Curiously waiting for the next part… Lots of love and take care ❤️❤️❤️????????????

    1. Jana says:
      February 19, 2018 at 9:04 pm

      Shifoo ves Afu salaamaiy kuran 118 ah gulhaalaba alhe. maa las nuvanys ingey. 😛 Alhamdhulillah! 😀 dhen balamaa vaagotheh In Sha Allah <3 <3 <3 😀 🙂 🙂

  9. Sana says:
    February 19, 2018 at 12:24 pm

    Alhey pls afaaf ahe dheragotheh nuhadhahchyy pls pls
    Sharaf plx save her ?????????????

    1. Jana says:
      February 19, 2018 at 9:05 pm

      Sharaf ah thi msg foarukohdheveytho jana eba balan. :3

  10. Naadhyy says:
    February 19, 2018 at 1:21 pm

    Afaaf ah dhera gotheh nuhadhahchey jana..hana men bust vaane gotheh hadhahchey avahah. N afaaf ge mainbafainnah heyo visnun dhehvaa sharaf aa dheytherey hiy bura nukuraane gotheh hadhahchey. Masha allah v ❤️rythi mi vaahaka?❤️

    1. Jana says:
      February 19, 2018 at 9:11 pm

      Naadhyy ge haadha gina edhunthakey 😀 In Sha Allah jana eba balan thi kanthah kureveytho. Alhamdhulillah! 😀

  11. Xaahko says:
    February 20, 2018 at 10:26 am

    V v v reethi mi story ???? Afaaf ah dheragotheh nahadha chey waiting for the next part Masha Allah

Comments are closed.

Next Episodeނޫރު (ނަވަތިރީސްވަނަ ބައި)←


All Right Reserved!