Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ފަނަރަވަނަ ބައި)

shan Level 410 Stories100 Comments500 Comments100 Login
February 18, 2018 8 Mins Read
33 Comments

ނަޒީލް ނޭވާ ހުސްވާން ފެށުމާއެކު ދެފައި ތަޅުވަމުން ސަލާމަތްވުމަށް މަސައްކަތްކުރިއެވެ. ނިހާ ދެލޯ ބޮޑުކޮށްލަމުން ނަޒީލްގެ ކަރަށް އިހުނަށްވުރެ ބާރަށް ފިއްތާލުމާއެކު ނަޒީލް މަރަށް ތެޅިތެޅިފައި ހަރަކާތް ހުއްޓުނެވެ. ނަޒީލް ތަޅުވަމުންދިޔަ ދެފައި ހުއްޓުނު އިރު ދެއަތް ދެފަރާތަށް ވެއްޓި ކަރު އެލުނެވެ.

ކުއްލިއަކަށް އިންޝާ ދޮރު ހުޅުވާލިއެވެ. އިންޝާއަށް ފެނުނު މަންޒަރުން ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅި ހަށިގަނޑަށް ފިނިވެލުމާއެކު އިންޝާއަށް ހަޅޭ ލަވައިގަނެވުނެވެ. އިންޝާގެ އަޑު ނިހާގެ ކަންފަތުގައި ޖެހުމާއި އެކު ނިހާގެ ނަޒަރު އިންޝާ އަށް ހުއްޓުނެވެ. ވަގުތުން ހައްޔަރުގައި ހުރި ނަޒީލްގެ ކަރުން ނިހާ އަތް ދޫކޮއްލީ އެއް މިޔަކަނުން ވިހަ ހިނިތުންވުމެއް ފާޅުކުރަމުންނެވެ. ނަޒީލް ހުރި ބާރަށް އައިސް ތަޅުންގަނޑު މައްޗަށް ޖެހުމާއެކު އަނގައިން ފުންނޭވާއެއް ބޭރުވެގެން ދިޔައެވެ. ނަޒީލް ފުލުފުލުގައި ނޭވާތައް ބޭރުކުރަމުން ގޮސް ކޮށިއަރާގޮތްވެ ކެއްސަން ފެށިއެވެ.

“..ޖިން..ޖިން..” ނަޒީލް ނިހާއަށް ބަލަމުން ފަހަތަށް ލޫދެންފެށިއެވެ.

އިންޝާ ދުވެފައި ގޮސް ނަޒީލްގެ އަތުގައި ހިފާލަމުން ކޮޅަށް ނެގިއެވެ. އޭނާ ނިހާއަށް ބަލަމުން ދިޔައީ ބިރުވެރި އެއްޗެއް ފެނިގެން ބަލާފަދަ ގޮތަކަށެވެ.

“..ޖިން.. ޖިން..” ދެލޯ ބޮޑުކޮށްގެން ހުރެ ނިހާއާ ދިމާއަށް އިނގިލި ދިއްކުރަމުން ދިޔަ ނަޒީލްގެ އަނގައިން އެނޫން އެއްޗެއް ބޭރެއް ނުވެއެވެ.

ނަޒީލް ކިޔަން އެއުޅޭ އެއްޗެއް އިންޝާއަށް އެނގުނެވެ. ނިހާ ފަދަ ހިމަތޮޅި ހަށިގަނޑެއްގެ ވެރިޔަކަށް ނަޒީލް ކަހަލަ ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިޔެއް އުފުއްލާލެވޭނީ ކޮންމެވެސް ވަރުގަދަ ބާރެއް ލިބިފައިވާތީކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. އެކުވެރިޔާގެ ހަށިގަނޑު ތެރޭގައި ނުފެންނަ ބާރެއްވާކަން އެނގުމުން އިންޝާ ހުރީ އިންތިހާއަށް ބިރުގަނެފައެވެ.

“..ނަޒީލް މިތަނުން ހިނގާ! އެއީ ނިހާއެއް ނޫން..” އިންޝާގެ އަޑު ތުރުތުރު އަޅައެވެ.

“..އާނ މަށަކީ ނިހާއެއް ނޫން!..” ނިހާ ޖަހާލީ ވަރުގަދަ ނުލަފާ ހިނިގަނޑެކެވެ. “..މަށަކީ އިބްރީސް! އިބްރީސް!.. މަށަކާ ނުކުޅެވޭނެ! ކަލޭގެ ވަހުޝީ ފިރިމީހާ ކައިރީ ބުނެފަ އޮންނާނީ މަގޭ ގައިގަ އަތްލައިގެން ނުވާނެޔޭ!..”

ނިހާގެ އަނގައިން ނުކުތީ ބަރު ފިރިހެނެއްގެ އަޑެވެ. އިންޝާ ކިޔާ ބިރުވެރި ވާހަކަތަކުގައި އިންސާނުންގެ ހަށިގަނޑު ތެރެއަށް ޖިންނިވަދެ ތަފާތު އަޑުތަކުން ވާހަކަ ދައްކާއުޅެއެވެ. އެވާހަކަތަކުން ބިރުވެރިކަމެއް ހިތަށް ނުވަނަސް އަސްލު ދިރިއުޅުމުގައި އެކަހަލަ ކަމަކާ ކުރިމަތިލާން ޖެހުމުން އިންޝާގެ ދެލޯ ހުރީ މުދުނުގައެވެ. އިންޝާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އެތަނުގައި މަޑުކުރާނެ ހިތްވަރެއްވެސް ނުލިބުނެވެ. ނަޒީލް އަތުލަފިކޮށްގެން އިންޝާ އަވަސްވެގަތީ ކޮޓަރިން ނުކުންނާށެވެ.

“..ރައްކާވޭ! ރައްކާވޭ! މިފަހަރު ސަލާމަތް ވީތާ! ދެން ސަލާމަތެއް ނުވާނެ!..” ނިހާ ނުލަފާ ވައްތަރަކަށް ހެމުން ބުންޏެވެ.

އިންޝާއާއި ނަޒީލް ދޮރުން ބޭރުވުމާއެކު ބާރަކަށް ދޮރު ލެއްޕުނު އަޑު އިވިފައި ދެމީހުންވެސް ދިޔައީ ސިހިގެންނެވެ. އިންޝާއަށް މޭމަތީގައި އަތް އަޅައިލެވުނެވެ. ނަޒީލްގެ އަތުގައި ހިފަހައްޓައިގެން ހުރެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަޒީލް އޭރުވެސް ދިޔައީ ކަރުގައި އަތްޖައްސައި ލައިގެން ހުރެ ހިކި ކެއްސުމެއް ކެއްސަމުންނެވެ. ނިހާގެ ފުށުން ފެނުނު އާދަޔާ ޚިލާފު ބާރުގެ ސަބަބުން ނަޒީލް އަދިވެސް ރޫރޫ އަޅައެވެ. ހިތް ހަމަޔަކަށް ނޭޅި އޮބި ނޯންނަވަރަށް ތެޅެމުންދިޔައެވެ. އަވަސް ފުން ނޭވާތަކެއް ބޭރު ކުރަމުން ދިޔައީ ހަމަޔަށް ނޭވާ ނުލެވިގެންނެވެ. ބާރަށް ކެއްސަމުން ގޮސް ނަޒީލަށް ކޮޓަރިއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ކޮޅަށް ނުހުރެވިގެން ދެކަކޫ މައްޗަށް އޭނާ ތިރިވިއެވެ.

“..ފެން..” ނަޒީލް ވަރަށް އުނދަގުލުން ބުންޏެވެ. އިންޝާ ދޮރު ލައްޕާލަމުން އަވަސްވެގަތީ ނަޒީލަށް ފެން ދިނުމަށެވެ. ނަޒީލް އޭނާއާމެދު އަނިޔާވެރިވެފައިވީ ނަމަވެސް އިންޝާ އެނާގެ ވާޖިބު އަދާ ކުރުމުގައި އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހެއެވެ.

ނަޒީލްގެ ހަބަރެއް ނުވެ ލަސްވުމުން އިލްހާމް ފުރަތަމަ ފަންގިފިލާއަށް އެރިއެވެ. އިލްހާމުގެ ނަޒަރުގައި މިއަދު ނިހާ ކުޅުނީ “ޑްރާމާ” އެކެވެ. ނިހާ މޮޔަވާކަމަށް ހެދި އޭނާގެ މައްޗަށް އޮތް ރުޅިއާއި ހަސަދަ ފިލުވާލީއެވެ. ހަޑިހުތުރު ބަސްތަކުން ޒުވާބުކުރީ ނިކާލަށް ހަޤީޤަތް އަންގަދޭށެވެ. ނިކާލްގެ ކުރިމަތީގައި ނަޒީލަށް އިންޒާރު ދިނީވެސް ގަސްދުގައި ނަޒީލް ބޭޒާރުކުރާށެވެ. އެހުރިހާ ކަމެއް ކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހަމަޖެހިފައިވާ ކައިވެނި “ކެންސަލް” ކުރުންކަމަށް އިލްހާމް ދެކުނެވެ.

ނިހާ އެގެއިން ބޭރުކުރުމަށް ރޭވި ރޭވުންތައް ފެނަށް ވެދާނެތީ އިލްހާމް ޖެހިލުންވެސް ވެއެވެ. ނިހާއަށް ޝޮކެއްލިބި މޮޔަވީކަމަށް ނިކާލްމެން ޤަބޫލުކޮށްފިނަމަ ކައިވެނި ފަސްވާނެއެވެ. ނިހާ “މޮޔަ” ކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން އިލްހާމް މުޅި ދުނިޔެއަށް ފަޟީޙަތްކޮށްލަންވެސް ފަހަކަށް ނުޖެހޭނެއެވެ. ޞަފިއްޔާއާއި ނިކާލްގެ ކުރިމަތީ ނިހާ ބޭޒާރުކޮށްލައި މިހިނދުން މިހިނދަށް ގެއިން އޭނާ ނެރެ ބޭރު ކުރަންވީއެވެ. އިލްހާމް ނިހާ ކޮޓަރިއާ ހަމައަށް ދިޔައިރު ތަފާތު ހިޔާލުތަކުން ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ނިހާގެ ކޮޓަރީ ދޮރު ހުޅުވުމަށް އިލްހާމް ތަޅުގައި ހިފައި އަނބުރާލިއިރު ދޮރު ހުރީ ތަޅުވެސް ނުލައެވެ. ނަމަވެސް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ދޮރު ހުރީ ބާރުވެ ތާށިވެފައިކަމަށް ހީކޮށް ދޮރު ހުޅުވުމަށް އެތެރެއަށް ހިފައި ކޮއްޕާލުމާއެކު ދޮރު ތަންމިނަށް ހުޅުވިގެން ދިޔައެވެ.

ނިހާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މޫނުގެ އެއްފަޅި ވަނީ އިސްތަށިގަނޑުގެ ބަޔަކުން ފޮރުވާލެވިފައެވެ. އޭނާގެ އިސްތަށިގަނޑުގައި އަތުގައި އޮތް ފުނާ ކާއްތަމުން ލަވަކިޔަމުން ދިޔައެވެ.

“..އޭސާ މިލަން ޕިރު ހޯނަހޯ! ސަބް ކުޗް މެރާ ތުމް ހީ ތޮ ހޯ! ބޭޕަނާ ޕިޔާރުހޭ އާޖާ! ތޭރާ އިންތިޒާރުހޭ އާޖާ!..” ނިހާ ވަރަށް ހަމަޖެހިލައިގެން ހުރެ ކިޔަމުން ދިޔައެވެ.

“..ނިހާ..” އިލްހާމް ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ގޮވާލީ މަޑުންނެވެ.

“..ހާދަ ލޯބިން ތި ގޮވާލީ!..” ނިހާ ލަވަކިޔުން ހުއްޓާލިއެވެ.

“..ކަލޭގެ ދައްތަ އެބަ ގޮވާ!..” އިލްހާމްގެ އަޑުގައި މިފަހަރު ހަރުކަށިކަން ހުއްޓެވެ. “..ތި މޮޔަވާކަމުގެ ޑްރާމާކުޅެން ތިރިޔަށް އަންނަންވީނު..”

“..މަ ތިރިޔަށް ގޮސްގެން ބޭޒާރުވާނީ ކަލޭ!..” ލޯގަނޑުން ފެންނަން ހުރި އިލްހާމްގެ ރިވެއްޔަށް ބަލަމުން ނިހާ ބުނެލިއެވެ.

“..ތިކުރާ ބޭޒާރެއް ކުރަން އަންނަންވީނު..” އިލްހާމް ބޭނުންވީ ނިހާ ތިރިޔަށް ގެންދާށެވެ. ނިހާ ކޮންމެ އެއްޗެއް ކިޔަސް ޞަފިއްޔާ ޤަބޫލުނުކުރާނެކަމުގެ ޔަޤީންކަން އޭނައަށް އޮތެވެ. އޭނާ ބޭޒާރުކުރަން މަސައްކަތްކުރި ވަރަކަށް ބޭޒާރުވަމުންދާނީ ޚުދު ނިހާކަމަށް އިލްހާމް ދެކުނެވެ. ނިކާލްގެ ކުރިމަތީގައި ވެއްޓޭނީވެސް ނިހާގެ އަގެވެ. އެއީ އިލްހާމް ބޭނުންވާ ގޮތްވެސް މެއެވެ.

ރީތިވާ މޭޒުމަތީގައި ފުނާ ބޭއްވުމަށްފަހު ނިހާ އެނބުރުނެވެ. އިސްތަށިގަނޑު ފަހަތަށް އެއްލާލައި ރީތިކޮށްލަމުން އޭނާ އިލްހާމްއާ ދިމާއަށް ބަލާލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. އިލްހާމް ދެލޯ ކުނާކޮށްލައިގެން ހުއްޓެވެ. ނިހާ ފެނުނަސް އޭނާ މިވާ ފޫއްސެއް ބުނަންވެސް ނޭގެއެވެ. އިލްހާމްއާ ދިމާއަށް ލަސްފިޔަވަޅުތަކެއް އަޅަމުން ނިހާ ކުރިޔަށް ޖެހުނެވެ.

“..ވިސްނާ! ވިސްނާ! ..މަށަށް ވަރަށް ގިނަ ކަންތައްތައް އެނގޭ! މިސާލަކަށް ސަފީނާ..” ނިހާއަށް ބުނެވުނީ އެހިސާބަށެވެ.

“..އާދޭ ތިރިޔަށް!..” ނިހާ ދައްކާ ބޭކާރު ވާހަކަތައް އަޑުއެހުމުގެ ޝަޢުޤުވެރިކަމެއް އިލްހާމް ނެތެވެ. އޭނާ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

“..ވަސީމު މަރާލީ ކަލޭކަން ޞަފިއްޔާއަށް އެނގިއްޖެއްޔާ ދެންވާނީ ކިހިނެތްބާ؟..”

ކުއްލިއަކަށް އިލްހާމް ހުއްޓުންއެރިއެވެ. ޤަބޫލުކުރަންދަތިވެގެން އެނބުރި ނިހާއަށް ބަލާލިއިރު ނިހާ ހުރީ ދަތްޕިލަ “ސޭލް” އަޅުވާލައިގެން މޮޔަ ވައްތަރަކަށް ހެވިފައެވެ. ނިހާ ބައްޕަގެ މަރުގެ ފަހަތުގައިވެސް ވަނީ އޭނާކަން ނިހާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ މުޅި ދުނިޔެއަށް ވަންހަނާވެފައިވާ ކަމެކެވެ. އެހަޤީޤަތް އެނގޭ މީހެއް މިދުނިޔޭގައިވެސް ނެތެވެ. ސަފީނާ މަރުވުމުގެ ކުރިން ބުނީކަމަށްވެސް ވެދާނެއެވެ.

“..ތި ވާހަކަ ވެސް ބުނެލަން ވާނީ! އާދޭ!..” އިލްހާމް ހަމަޖެހިލަމުން ބުންޏެވެ.

“..ސޮފީ އެއްވެސް މީހަކަށް ނުފެންނާނެއޭ! ކޮން ކަމަކާތަ ހާސް ތިވަނީ؟ މަށެއްވެސް ދެން ދެރަގޮތެއް ނުހަދާނު! ދެން ކެތެއްނުވާނެ! މިގަސްތަކު ތެރެއަށް އާދެބަލަ! ސޮފީ އެ ގަސްތަކުތެރެއަށް ވައްދާފަ ކަލޭ އޭނާއަށް އެޔޮއް ހަދާލިގޮތެއްދޯ؟ މަ ހުރީމޭ ބަލަން! ހެހެހެ..”

ނިހާ ދައްކަންފެށި ވާހަކައަކުން އިލްހާމްގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ނިހާ އެ ދައްކަނީ ޞަފިއްޔާއާ އިނުމުގެވެސް މާ ކުރިން ހިނގާފައިވާ ހާދިޘާއެއްގެ ވާހަކައެވެ. އިލްހާމްގެ މަކަރުވެރިކަމުގެ ދަލުގައި ޞަފިއްޔާ ޖައްސައި، ބޭނުންކޮށްލި ރޭގެ ވާހަކައެވެ. އެރޭ އެތަނުގައި އިލްހާމްއާ ޞަފިއްޔާ ނޫން އިތުރު މީހެއް ނެތެވެ. ނިހާ ދުނިޔެއަށް އައުމުގެ މާކުރިން ހިނގާ ގޮސްފައިވާކަމެއް ނިހާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނިހާ އެކިޔަނީ އެދުވަހު އިލްހާމް ޞަފިއްޔާ ގާތުގައި ދެއްކި ވާހަކަތައް އަކުރުން އަކުރަށެވެ. ނިހާއަށް މިހުރިހާކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އިލްހާމް ނުތަނަވަސްވާ ގޮތްވިއެވެ. ޞަފިއްޔާ އެސިއްރު ކިޔާދީފައި އޮތީ ބާއެވެ؟

“..ކަލޭ ގާތު ބުނީ ކާކު!..” އިލްހާމް ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން އެހިއެވެ. ނިހާ ޖަހާލީ ހިނިގަނޑެކެވެ.

“..ސޯނާ! ސޯނާ! ލަމްހާ ލަމްހާ! ތޭރީ ރާހޭން ތަންހާ ތަންހާ!..” ނިހާ ލަވަކިޔަމުން އައިސް އިލްހާމްގެ ފަހަތުގައި ހުއްޓުނެވެ.

“..އިބްރީސް..” އިލްހާމްގެ ކަންފަތް ބުޑުގައި ނިހާ ވައި އަޑުން ބުނެލިއެވެ. “..ލަމްހާ! އިބްރީސް!..”

އިލްހާމްގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާނިތަކެއް އުފެދިގެން ދިޔުމާއެކު ދެލޯ ބޮޑުކޮށްގެން ހުރެ ނިހާގެ ދެލޮލަށް ބަލާލިއެވެ. އޭނާއަށް ސިފަވީ ލަމްހާއެވެ. އޭނަގެ ކޮއްކޮ ލަމްހާއެވެ. ކުއްލިއަކަށް ނިހާގެ ދެލޯ ރަތްކުލަޔަށް ބަދަލުވެގެން ދިޔައެވެ. އިލްހާމް ފައިކޮޅުން ފެށިގެން އައްސިއަރައިގަތެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މޫނުމަތިން ދާތިކިތައް ފާޅުވާން ފެށިއެވެ.

“..ހަނދާންވެއްޖެއެއްނު! އޭރު ބޭނުންވީ ލަމްޙާ މިހާރު ނިހާ!..” ނިހާގެ އަނގައިން ބޭރުވީ ބަރު ފިރިހެނެއްގެ އަޑެވެ.

އިލްހާމްއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. އޭނާގެ ކުރިމަތީގައި އެހުރީ ނިހާއެއް ނޫނެވެ. އެއީ އޭނާގެ ކޮއްކޮ ލަމްޙާގެ ޤާތިލެވެ. ކޮޓަރި ތެރޭގައި އެންމެ ސިކުންތަކުވެސް މަޑުކުރާނެ ހިތްވަރެއް އިލްހާމްއަކަށް ނުލިބުނެވެ. މޫނުމަތިން ފައިބަމުން ދިޔަ ދާތައް ފޮހެމުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ކޮޓަރިން ބޭރަށް ނުކުތެވެ. ކޮޓަރިން ބޭރުގައި ފައި ޖެހުމާއި އެކު އިލްހާމް ދުއްވައިގަތެވެ. ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ކެނޑުނެވެ. ގޭތެރެއަށް ފެތުރިގެން ދިޔަ ކަނު އަނދިރި ކަމުގެ ސަބަބުން އިލްހާމް ހުއްޓުން އެރިއެވެ. އަނދިރިކަން ލޮލަށް ހޭނިލަންދެން އިލްހާމް މަޑުކޮށްލި އިރުވެސް އިބްރީސް ލޮލަށް ފާޅުވާނެކަން އިލްހާމްއަށް އެނގެއެވެ. އޭނާ ފަރާތް ފަރާތަށް ބަލަނިކޮށް ކުއްލިއަކަށް ކުރިމަތިން އިބްރީސް ފާޅުވިއެވެ. އިލްހާމްއަށް ފެނުނީ އިބްރީސްގެ ރަތް ކުލައިގެ ދެލޯ އެކަންޏެވެ.

“..މަށާ ނިހާއާ ދެމެދަށް އެޅޭ ހުރަހަކަށް ކަލޭ ވެއްޖެނަމަ މުޅި އާއިލާގެ ދުވަސްވެސް ދުއްވާލާނަން..” އިބްރީސްގެ ބިރުވެރި އަޑުން އަމުރުވެރި އިންޒާރެއް ދިނެވެ.

މުޅި ގޭތެރެ އަލިވެގެންދިޔައެވެ. އޭރު އިބްރީސް ފެންނާކަށް ނެތެވެ. އިލްހާމްގެ ހަނދާނަށް އައީ ސަބްރީނާ ބުނެފައިވާ ވާހަކައެކެވެ.

“..ދުވަހެއްގެ ކޮޅުންވެސް އިބްރީސްގެ އުނދަގުލެއް ކުރިމަތި ވެއްޖެނަމަ، އެންމެ ފުރަތަމަ ކަމަކަށްވެސް ދަރިފުޅު ޖެހޭނީ ސުނޯހައުސް ދޫކޮށްދާން! އޭގެ ފަހުގައި ދަރިފުޅު ކޮންމެ ކަމެއް ކުރިޔަސް ކުރަންވާނީ! އިބްރީސްގެ ބާރު ހިނގާނީ ހަމައެކަނި މިގޯތީގެ ހަތަރުފާރުން އެތެރޭގައި! ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އިބްރީސްގެ ބާރުގަދަވަމުންދާނެ ދުވަހެއްކަން ހަނދާނުގައި ބަހައްޓާތި! ދަރިފުޅު ކުރާކަމެއް އަވަހަށްކުރާތި! މަންމަ މިބުނާ ވާހަކަ ހަނދާންކުރާތި!..” އެހަނދާން އާވުމާއެކު އިލްހާމް އަވަސް އަވަހަށް ސިޑިން ފޭބިއެވެ.

ބައްޕަ ތެޅެމުން ފޮޅެމުން ފޭބި މަންޒަރު ފެނިފައި ނިކާލް ބާރަށް ހިނގާލައިފައި ބައްޕަ ކައިރިޔަށް ދިޔައެވެ. އިލްހާމުގެ މޫނުމަތިން ފެނުނު ބިރުވެރިކަމާ ނުތަނަވަސްކަމުން ޞަފިއްޔާގެ ހިތު ވިންދުވެސް އަވަސްވެލިއެވެ. ނިކާލްއާއި ޞަފިއްޔާއަށް އެކީ އެކަށްޗަކަށް ވީކިހިނަކުންތޯ ސުވާލުކޮށްލެވުނެވެ. އިލްހާމް ޖަވާބެއް ނުދީ ހުރުމަށްފަހު ނަޒީލަށް ބާރަށް ގޮވަން ފެށުމާއެކު ނަޒީލްއާ އިންޝާ ނިކަން ބާރަށް ތިރިޔަށް އަޔެވެ.

“..އެއީކީ ނިހާއެއް ނޫން! އެހެރީ މިއާއިލާ ފަހަތުން އުޅޭ ޖިންނިއެއް ނިހާގެ ހަށިގަނޑަށް ވަދެފަ! އެންމެން މިގެއިން ނިކުމޭ! އަވަސް! އަވަސް!..” އިލްހާމް ހާސްވެފައި ހުރެ ބުންޏެވެ.

ދެވަނަ ފަންގިފިލާގައި ހުރި ދީޕިކާވެސް ތިރިއަށް އައީ އެވަގުތެވެ. އިލްހާމްގެ ބަސްތައް އިވިފައި ގެއިން ނުކުތުމަށް އެންމެ ފުރަތަމަ ދުއްވައިގަތީ ދީޕިކާއެވެ. އިލްހާމް ޞަފިއްޔާ އަތުގައި ހިފައިގެން އަވަހަށް ނުކުތުމަށް ހިނގައިގަތެވެ. އިންޝާއާ ނަޒީލްވެސް އިތުރު ސުވާލެއްނުކޮށް ހިނގައިގަތީ ބައްޕަގެ ވާހަކައިގެ ތެދުކަން އެނގޭތީއެވެ. ނިކާލް ހުރި ފިޔަވަޅު މަތީ ހުއްޓި ހުރީ ފުރަތަމަ ފަންގިފިލަޔަށް ބަލާށެވެ. އޭނާ ހުރީ ބައްޕަގެ ވާހަކަތައް ޤަބޫލުނުކުރެވިގެނެއް ނޫނެވެ. ނިހާގެ ފަރާތުން ފެނިފައިހުރި މަންޒަރުތަކާއި ބައްޕަގެ ބިރުވެރި މޫނުފެނުމުން އެވާހަކަ އޭނާއަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ނިހާ އެކަނިކޮށްފައި ގެއިން ނުކުންނަ ހިތެއް ނިކާލް ނުވެއެވެ.

ގެއިން ނުކުންނަން ދޮރާ ހަމައަށް ގޮސްފައި އިލްހާމް ހުއްޓުނެވެ. ފަހަތަށް އެނބުރިފައި ހުއްޓުން އަރާފައި ހުރި ނިކާލަށް ގޮވާލިއެވެ. ނަމަވެސް ނިކާލް ހުރި ގޮތަށް ހުއްޓި ހުރުމުން އިލްހާމް އައިސް ނިކާލް އަތުގައި ހިފައިގެން ގޯތިން ނެރުނެވެ. އިލްހާމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

“..އެއްވެސް މީހަކު ގޯތި ތެރެއަށް ވަދެގެން ނުވާނެ! މަ އެބަ އަންނަން!..” އިލްހާމް ބުންޏެވެ.

“..އެންމެން މިތާ މަގުމަތީގަތަ ތިބެންވީ! އެންމެން ގެއިން ތި ނެރުނީ ކިހިނެއް ވެގެންތަ؟ ބައްޕަ ތިދަނީ ކޮންތާކަށްތަ؟..” ނިކާލަށް ސުވާލެއްނުކޮށް ނުހުރެވުނެވެ.

“..ބައްޕަ ބުނާގޮތް ހަދާ ނިކާލް!..” އިލްހާމް ބުންޏެވެ. “..ތިއެންމެންގެ ސަލާމަތަށް ގެއިން މި ނެރުނީ! މިދަނީ ފަންޑިތަ ހަދާމީހެއް ބަލާ! ގެޔަށް ނުވަދެ މަޑުކުޜޭ!..”

ގެޔަށް ނުވަނުމަށް ތަކުރާރުކޮށް ބުނުމަށްފަހު އިލްހާމް ހިނގައިގަތީ ގޭޓް ތަޅުލުމަށް ޝައްދާދުއަށް އަމުރުކޮށްފައެވެ. ވާނުވާގައި ހުރި ޝައްދާދު އަވަހަށް ގޭޓް ލައްޕާ ތަޅުލިއެވެ. އިލްހާމް ދިޔަ މަގުމަތީގައި ފޯނު ނަގައި ސައްތާރަށް ގުޅާލިއެވެ. ޞައްތާރު ފޯނު ނެގުމާއެކު ބައްދަލުކޮށްލަން ބޭނުންވާކަމަށް އިލްހާމް ބުންޏެވެ. ޞައްތާރު ގެޔަށް އައުމަށް ބުނުމުން އިލްހާމް ފޯނު ކަނޑާލައި އަޅަމުންދިޔަ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ.

ކުއްލިއަކަށް އިލްހާމްގެ ދިރިއުޅުމަށް “އިބްރީސް” އޭ ކިޔާ މުސީބާތް ފާޅުވުމުން އިލްހާމް އެންމެ ބޮޑަށް ހަނދާންވީ ލަމްޙާގެ މަތިންނެވެ. ހިތުގެ އެންމެ ފުނުގައި ވަޅުލާފައިވާ ކޮއްކޮގެ ހަނދާންތައް އިލްހާމްގެ ސިކުނޑީގައި އާވާން ފެށިއެވެ. އެޔާއެކު ހަނދާންކުރަން ބޭނުންނުވާ އެ ބިރުވެރި މާޒީގެ ހަނދާންތަށް އޭނާގެ ލޯމަތިން ފާޅުވާންފެށީ ފިލްމެއްގެ މަންޒަރުތަކެއް ފަދައިންނެވެ.

*************

ސަބްރީނާއަކީ ހދ.ކުޅުދުއްފުއްޓަށް މަޝްހޫރު ސިހުރުވެރިޔެކެވެ. އޭނާގެ ފިރިމީހާ ޝަރީފަކީ މަސްވެރިއެވެ. ދެމަފިރިންގެ  މަސައްކަތުން ހޯދާ އާމްދަނީއިން އެއާއިލާއަށް ފުދި އިތުރުވާ ވަރުވެސްވެއެވެ. އެ ދެމަފިރިންނަކީ ރަށު ފެންވަރުގައި ފުދިގެން އުޅުނު ބަޔަކަށްވެގެން ދިޔައެވެ. ދެމަފިރިން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރަމުން ދިޔަތާ 1 އަހަރު ފާއިތުވެ ގޮސް ލޯބީގެ ފުރަތަމަ ނިޝާންކަމުގައިވާ އިލްހާމް މިދުނިޔެއަށް އުފަންވިއެވެ. ލަމްހާއަށް ބަނޑުބޮޑުވީ އޭގެ ދެއަހަރު ފަހުންނެވެ.

ދުވަސްތައް މާޒީވަމުން ގޮސް ސަބްރީނާގެ ބަނޑަށް ނުވަމަސް ފުރިފައި ވަނިކޮށް ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ޝަރީފް މަސްވެރިކަން ކުރުމަށް ނުކުމެ އުޅެނިކޮށް ކަނޑުވެ ވީނުވީއެއް ނޭނގި ގެއްލުނީއެވެ. ސަބްރީނާ ލޯބިލޯބި އަންހެން ކުއްޖެއް ވިހެއީވެސް ހަމަ އެދުވަހުއެވެ. ފިރިމީހާ ވަކިވުމުގެ ހިތާމަވެރި ހަބަރާއެކު ލަމްޙާ އުފަންވުން ވެގެންދިޔައީ ލަމްޙާގެ ބަދު ނަސީބަށެވެ. ސަބްރީނާ ދެކުނީ ލަމްހާއަކީ ޖެހުނު މުސީބާތެއްގޮތަށެވެ. ލަމްހާ ބޮޑުވަމުން އައިއިރު “ބަފާ ކާލައިގެން ހުރި ފުރޭތަ” ގެ ލަޤަބު ސަބްރީނާވަނީ އެކުއްޖާފުޅަށް ދީފައެވެ. އެފަދަ ބަދުނާމުތައް ކުށެއްނެތް މައުސޫމް ކުއްޖެއްގެ ބޮލުގައި ނޭޅުވުމަށް ބުނެ އާއިލާ މީހުން ނަޞޭހަތްތެރިވަމުން ދިޔައެވެ. ނަމަވެސް ސަބްރީނާ އެއަޑެއް ނޭހިއެވެ. ގޮތެއް ދުލެއްނުކުރިއެވެ. އޭނާއަށް ލަމްހާ ފެންނަ ކޮންމެ ފަހަރަކު ފިރިމީހާ ހަނދާންވާކަމަށް ބުނެ އޭނާގެ ނަފުރަތާ ރުޅިވެރިކަމުގެ ޝިކާރަޔަކަށް ލަމްހާ ހެދިއެވެ.

މަޔެއްގެ ލޯބިން ލަމްހާ މަހުރޫމްވެގެންދިޔަ ނަމަވެސް އިލްހާމްއަށް ސަބްރީނާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނެވެ. ބޮޑުވަމުން އައިވަރަކަށް މަންމަ ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން އިލްހާމްއަށް ވިސްނެން ފެށިއެވެ. އެހެނަސް އެދެމައިންގެ ގުޅުން ރަނގަޅު ކުރުމަށް ކުރެވޭނެކަމެއް ނެތްކަމަށް އިލްހާމް ދެކުނެވެ. މަންމަގެ ބޯހަރު މިޒާޖުގެ ސަބަބުން އެ ގުޅުން ރަނގަޅުކުރުމަށް ވިސްނުމަކީވެސް ބޭކާރު ކަމެކެވެ. އިލްހާމް ވީވަރަކުން ކޮއްކޮއަށް އެހީތެރިވެދީ އުޅުނެވެ. ބޭބެއެއްގެ ފަރާތުން ދޭންޖެހޭ ލޯބިދިނެވެ.

ގޭތެރޭގައި ޖެހޭހައި މަސައްކަތެއްކޮށް މަންމަގެ ރުޅިވެރި ބަސްތަކާއި އަނިޔާތަކަށް ކެތްކޮށްގެން ލަމްހާ ހުރީ އެމަންމަގެ ލޯބި ކޮންމެވެސް ދުވަހަކުން ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެދުވަހެއް ނަޔެވެ. ސަބްރީނާގެ ހިތެއް ބަދަލެއްނުވިއެވެ.

މަންމަގެ އަނިޔާތައް ތަޙައްމަލުކުރަމުން ދަނިކޮށް އިތުރު ބިރުވެރިކަމަކާ ލަމްޙާ ކުރިމަތިލާން ޖެހުނެވެ. ލަމްހާގެ އުމުރުން 16 އަހަރުގައި އިބްރީސްގެ އަނިޔާވެރިކަމުގެ ދަލުގައި ޖެހި ހައްޔަރުވިއެވެ. ކޮންމެ ރެޔަކު ބިރުވެރި ސިފައެއްގައި ހުންނަ އިބްރީސް އައިސް ލަމްހާ ރޮލާކަމުން ދިޔައެވެ. ލަމްހާ ރޮއެ ރޮއެފައި ސަބްރީނާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ އެހީވުމަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އެ އާދޭހުގައި ސަބްރީނާ ޖެހީ ކޮޅުފައިންނެވެ. ލަމްހާއަށް އެންގީ ކެތްތެރިވުމަށެވެ.

ލަމްހާއަށް ކުރިމަތިވަމުން އައި ކަންތައްތަކުގެ ހިލަމެއް އިލްހާމަކަށް ނުވެއެވެ. އޭނާއަށް ފެންނަންފެށީ ލަމްހާގެ ހަށިގަނޑުން ވަކީގެ ނިޝާން ތަކެކެވެ. އިލްހާމް ސުވާލުކުރުމުން ލަމްހާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. ލަމްހާ ކުރާ ހަމައެކަނި ކަމަކީ ގަބުކައިފައި އިނދެ ރުއިމެވެ. ދުވަސްކޮޅަކުން ކޮޓަރި ތެރޭން އިވެންފެށީ ލަމްހާގެ ވޭނީ ކެކުޅުމާއި ރުއިމުގެ އަޑެވެ. ލަމްހާއަށް އެހީވުމަށް އިލްހާމް މަސައްކަތްކުރިއެވެ. ނަމަވެސް އެވަގުތު ތަކުގައި އެކޮޓަރީގެ ދޮރުފަތް ހުންނަނީ ބާރުވެ ތާށިވެފައެވެ. އިލްހާމް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެދޮރެއް ނުހުޅުވެއެވެ. ކުއްލިއަކަށް ދޮރު ހުޅުވޭއިރު ލަމްހާ އޮންނަނީ ޒަހަމުތަކަކާއެކު ހެއްދެވި ގޮތަށެވެ. ކޮޓަރި ތެރޭން އިތުރު ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. ކޮއްކޮއަށް ކުރިމަތި ވަމުން އަންނަ ކަންތައް އިލްހާމްއަށް ރޭކާލީ އެހިސާބުންނެވެ.

ލަމްހާއަށް އެހީތެރިވުމަށް ސަބްރީނާގެ ގާތުން އިލްހާމްއެއް ނޭދެއެވެ. އެއީ ބޭކާރުކަމެއްކަން އޭނާއަށް އެނގޭތީއެވެ. އިލްހާމް އެހެން ސިހުރުވެރިޔެއްގެ ގާތުން އެހީއަކަށް އެދުމަށް ނިންމުމުން ސަބްރީނާ ތެޅިފޮޅި ގަތެވެ. ލަމްހާގެ މައްޗަށް އޮތް މައިވަންތަކަމުގެ ލޯބި ދިރި އުތުރި އެރީ ކުއްލިއަކަށެވެ. ލަމްހާއަށް އެހީތެރިވުމަށް ސަބްރީނާ އަތުކުރި އޮޅާލިއެވެ. ނަމަވެސް އިބްރީސްގެ ބާރު ގަދަކަމުން ލަމްހާ ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސަބްރީނާ ބުންޏެވެ. އިލްހާމް ހުރީ އެހެން ސިހުރުވެރިއެއްގެ ގާތަށް ގޮސްގެން ވިޔަސް ލަމްހާ ސަލާމަތްކުރާށެވެ. އިލްހާމްއަށް ނުލިބުނީ ވަގުތެވެ. ލަމްހާ އަމިއްލައަށް ދަންޖެހިގެން މަރުވީއެވެ.

********

ސައްތާރު އިނީ ގޯތި ކުރިމަތީ ހުރި ޖޯލިފަތީގައި އިލްހާމްގެ އިންތިޒާރުގައެވެ. އިލްހާމް ކުއްލިޔަކަށް ގުޅާފައި ބައްދަލުކުރުމަށް އެދުމުން ބޮޑުކަމެއް މެދުވިރީކަން ވިސްނި އޭނާ އިނީ ފިކުރު ބޮޑުވެފައެވެ. މަގުގެ ދެކޮޅުން އިލްހާމްގެ ހިލަމެއްވޭތޯ ބަލަމުން ދަނިކޮށް އިލްހާމް އަންނަތަން ފެނުނެވެ. އިލްހާމް ފައިމަގުގައި ފިޔަވަޅުތައް އަވަސް އަވަހަށް އަޅަމުން އަންނަތަން ފެނުމުން ސައްތާރަށް ކޮޅަށް ތެދުވެވުނެވެ. ޔަޤީނުންވެސް ބޮޑުކަމެއް ވެއްޖެއޭ އޭނާގެ ހިތްބުނެލިއެވެ.

އިލްހާމް ހުއްޓުނުއިރު މާނޭވާ ލެވެއެވެ. އެހާލުގައި ހުރެގެން ކުރުގޮތަކަށް ހުރިހާ ވާހަކަތަކެއް ސައްތާރަށް ކިޔާދިނެވެ.

“..ނިހާ ފަކީރު އެކަނިމާއެކަނި ގޭގަ ބާއްވާކަށް ނުވާނެންނު!..” ސައްތާރުގެ ވާން އުޅޭ ދަނބިދަރިފުޅުގެ ހާލަތު އެނގުމުން އޭނާއަށް ކަންބޮޑުވުން ފާޅުކޮށްލެވުނެވެ.

“..އިތުރު ގޮތެއް ނެތޭ! މިރޭން މިރެޔަށް ފަންޑިތަހަދާ މީހަކު ހޯދަން އެބަ ޖެހޭނެ! ނޫނީ ކަމަކު ނުދާނެ! ނިހާގެ ފުރާނައަށްވެސް ނުރައްކާ ވެދާނެ..” އިލްހާމް ބުންޏެވެ.

ހަޤީޤަތުގައި ނިހާއަށް ކަމެއްވެދާނެތީ އިލްހާމް ކަންބޮޑެއް ނުވެއެވެ. އޭނާ ކަންބޮޑުވެ ބިރު ގަންނަނީ އިބްރީސްގެ އުނދަގޫ އޭނާގެ ދަރިންނަށް ފޯރައިފާނެތީއެވެ. އިލްހާމްގެ ބޭނުމަކީ ދެމުސީބާތް އެކުގައި މިދުނިޔެއިން ނެތިކޮށްލުމެވެ. އިބްރީސްއާއެކު ނިހާވެސް ފަނާކޮށްލާށެވެ.

“..އިބްރާހީމްބެއަށް ގުޅަންވީނު! އެވަރުގެ ވަރުގަދަ ސިހުރުވެރިއެއް ވަކި ނޫޅޭނެ!..” ޞައްތާރު ހިޔާލެއް ދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ލޯބިއެހެނަސް..19

Next

ވާ ލޯބި އިނގޭނަމަ…

Next
February 18, 2018

ވާ ލޯބި އިނގޭނަމަ…

Previews
February 17, 2018

ލޯބިއެހެނަސް..19

33 Comments!

  1. DI says:
    February 18, 2018 at 1:37 am

    Mibaives v nice

    1. nishan says:
      February 18, 2018 at 8:00 am

      thank you DI ?

  2. Shaa says:
    February 18, 2018 at 1:52 am

    V. Interesting
    When is the next part

    1. nishan says:
      February 18, 2018 at 8:01 am

      Thank you Shaa ?
      Next episode before weekend upload koh dheynan! In shaa allah

  3. N@-B says:
    February 18, 2018 at 6:42 am

    Manzaruthah sifakohdhyfa vaagoeh varah furihama. . Varah reethi mi part ves. . Waiting. ……….???

    1. nishan says:
      February 18, 2018 at 8:02 am

      thank you NaB ?

  4. Maira says:
    February 18, 2018 at 9:04 am

    Vaahaka v v reethi bt thankolheh avass avahah up kolla dheynvi nun.. plxxx

    1. nishan says:
      February 18, 2018 at 4:45 pm

      Thank you Maira ?
      Hehe story las vaathi Hama huriha kiyuntherin gaathu Vs ekahche bunan mi jeheni. Alhuganda vaguthu vaa Varun liyamun upload kuramun midhani. Try kuraanan adhives avas kohleveytho

  5. Sabreena says:
    February 18, 2018 at 10:15 am

    Haadha lahakunney upload vany mihaaru. Thankolheh avas avahah upkohdheeba.

    1. nishan says:
      February 18, 2018 at 4:46 pm

      Sorry!! Hama alhugandah vaa varu mee hehe!! Thanks sabreena vaahaka kiyaali thi ?

    2. Nazeee sire says:
      February 18, 2018 at 5:09 pm

      Dho. Ehaa laveema interest kedey ebaafaharu. Any way good nish

    3. nishan says:
      February 18, 2018 at 9:14 pm

      Weekly once upload vaane yageenun vs ?
      Thanks nazee!

  6. Koko says:
    February 18, 2018 at 10:25 am

    ❤❤Mi part ves vara reethi sabreena mee haadha nulafaa meehekay dhw

    1. nishan says:
      February 18, 2018 at 4:47 pm

      Thank you kokko ?

  7. Luba says:
    February 18, 2018 at 1:41 pm

    Shan .. mibaives varah furihama masha allah .. thankolheh avahah up kohleveytho balaaladhii dhn …. maa lahii

    1. nishan says:
      February 18, 2018 at 4:48 pm

      Thank you luba ?
      Avas kureveytho masahkai kuraanan Inge !!

  8. Mai says:
    February 18, 2018 at 7:06 pm

    Adhi kiriya mi story kiyaalevuny.. nishan.. vvv reethi mi part vx.. plxxx dhn v varakun avahah up khlladhyba.. vv inthixaaru kurevey story eh mii.. waiting for next part.. tc.. loves ??????

    1. nishan says:
      February 18, 2018 at 9:18 pm

      Thank you Mai ?
      ??? Tc
      Hama Avas kuran masahkai kuraaname buneveyni hama

  9. Tee says:
    February 18, 2018 at 8:05 pm

    V rythi

    1. nishan says:
      February 18, 2018 at 9:18 pm

      Thanks you tee ?

  10. Lampii says:
    February 19, 2018 at 2:55 pm

    Wow.. vrh reethi miabai ves ??

    1. nishan says:
      February 19, 2018 at 10:23 pm

      Thank you lampii ?

  11. Faikko says:
    February 19, 2018 at 7:07 pm

    Plx nihaa nikal beynun vegen fanditha hedhi kan naangaathi ehen noonii varah vaivaane vaahaka mi part ves varh salhi…when next part inthizaaru kirevey..??????

    1. nishan says:
      February 19, 2018 at 10:24 pm

      Thank you faikko ?
      Story Vai nuvaane iraadha kureviyya hehe Niha ah dhera gotheh nuvaane kamah balama dw hehe ? next part end of this week

  12. Kiyuntheriya says:
    February 21, 2018 at 12:55 am

    Best story adhi mihaathanah.. dhen oih baa veehaa ves avas kohladheefiyya varah rangalhu vaane..

    1. nishan says:
      February 21, 2018 at 12:01 pm

      ޝުކުރިއްޔާ ކިޔުންތެރިޔާ!

  13. Anaa says:
    February 21, 2018 at 10:16 am

    Varah vex furihama? waiting for the next episode plx thankolheh avas kh dhyba n aneh bai kiyaalan keh madhu vefa reythikamun???

    1. nishan says:
      February 21, 2018 at 12:02 pm

      ޝުކުރިއްޔާ އަނާ!

  14. simba says:
    February 23, 2018 at 11:36 am

    Waiting for the next part ?❤

  15. Muha says:
    February 24, 2018 at 7:15 pm

    Its more than the end of the week now and still no story. Irukolhakaa eba belei story upload vitho and each and every time end up disappointed. Please upload soon Nishan

  16. Maria says:
    February 25, 2018 at 1:22 am

    Waiting for the next part.. mi week vex nimuni nd still not??

  17. Beauty?? says:
    February 27, 2018 at 12:03 pm

    Actually story is nice sissy , maai allah nishan sissy ah heyo rahumaih dheh vaashi Aameen

  18. Aishath Limsha queen girl says:
    February 5, 2025 at 6:36 pm

    Vrh reethi

Comments are closed.

Next Episodeވަންހަނާ (ސޯޅަވަނަބައި)←


All Right Reserved!