ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި)
ގޭގެ ކޮންމެ މަސައްކަތެއްގައި އުޅުނު ކަމުގައިވިއަސް ލަޔާލްގެ ސިކުނޑީގައި އެނބެރުމެން ދިޔައީ އެ ޚިޔާލްތަކެވެ. ޤަބޫލްކުރަން ދަތި ނަމަވެސް މިފަހަރު ހުވަފެނަކަށްވެސް ނުވިއެވެ. ”ލަޔާލް…..” ފަހަތުން އިވުނީ ހަރުކަށި އަޑެކެވެ. ލަސްލަހުން ފަހަތް ބަލާލި އިރު ފަރީޝާ ހުއްޓެވެ. ” މީހުންގެ ބޯކޮޅު ބަލަމުން ދޯ ދުވަނީ…..އަހަންނަށް އެނގޭ ލަޔާލްއަށް އަހަރެމެން ތިބިތަން ފެނުނުކަން………ލަޔާލް ބަލަން ހުއްޓާ އަހަރެންވެސް ދުށިން……..” ފަރީޝާ އައިސް އެއް އަތުން ލަޔާލްގެ އަތުގައި ހިފިއެވެ. އަދި އަނެއް އަތުން ލަޔާލްގެ އަނގަމަތީ ހިފާލިއެވެ. ” ހަނދާންކުރާތި އެއްވެސް މީހަކު ކައިރީ އެއްވެސް އެއްޗެއް ނުބުނާތި……..އަހަރެންގެ ނުބައިކަން ލަޔާލްއަކަށް ނޭނގޭނެ…..” ފަރީޝާ ލަޔާލް ފަހަތަށް ކޮއްޕާލިއެވެ. ލަޔާލް ގޮސް ޖެހުނީ ކަބަޑުގައެވެ. ލަޔާލްގެ އަތަށާއި ތުންފަތަށް އޭރުވެސް ތަދުވެއެވެ.
ފަރީޝާ ނުކުމެގެން ދިޔައިރު ލަޔާލްއަށް ހުރެވުނީ ރޮވިފައެވެ. ވީތަދުންނާއި ގަތްބިރެއްގެ ބޮޑުކަމުންނެވެ. ފަރީޝާއަކީ ކިހާވަރެއްގެ އަންހެނެއްކަން ލަޔާލްއަށް އަދި ކިރިޔާ ވިސްނާލެވުނީއެވެ. ކުރިންވެސް ހާސްކުރަމުން ދިޔަ ޚިިޔާލް ތަކުގެ ބޮޅަށް އަނެއްކާވެސް ބޮޅެއް އިތުރުވީއެވެ.
މެންދުރު ވީއިރު ލަޔާލްގެ ބޮލުގައި ނޭނގޭ ރިހުމެއް އުފެދިއްޖެއެވެ. ބޮލަށް ބަރުވެފައި ހުރުމުން ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. ސޯފީ ކައިރިން ހުއްދަ ހޯދައިގެން ގެއަށް ދިއުމަށް ހިނގައިގަތެވެ. ގޭގެ ލޯވްންއަށް ނުކުތްތަނާ ބަންދު ކޮޓަރިން މިއަދު ހަޅޭކުގެ އަޑެއް އިވިގެން ދިޔައެވެ. އެއީ އަރަތެއް ކަހަލަ ކޮޓަރިއެކެވެ. އެކި ދުވަހަށް އިވެނީ އެކި އަޑެވެ. އެ ބަންދުކޮއްފައިވާ ކޮޓަރި ކައިރިއަށް ދާންބޭނުންވި ނަމަވެސް މިއަދު ބޮލުގައި ރިއްސާތީ ޚިިޔާލް ބަދަލުވެ ގެއާ ދިމާލަށް ހިނގައިގެންފިއެވެ.
ލަޔާލް ގެއަށް ވަތްއިރު ސޯފާގައި ޝިފާނާ އިނެވެ. ”ލަޔާލް……..އެ ކޮތަޅުގައި އެހުރީ ކާކުދިން އެއްޗިއްސެއް….” ނޫކުލައިގެ ކަރުދާސްކޮތަޅަކަށް އިޝާރަތް ކުރަމުން ޝިފާނާ އަހާލިއެވެ. ” އެއީ ސޯފީ ދައްތަ ދިން އެއްޗެއް……..” ލަޔާލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝިފާނާ އެކޮތަޅު ބަލަން ފަށައިފިއެވެ. އޭގައި ހުރި ގަހަނާތައް ފެނުމުން ޝިފާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ”މި މަށަށް ދޯ……” ޝިފާނާ އެހެން ބުނުމުން ލަޔާލް ބޯޖަހާލިއެވެ. ދެން ލަޔާލް އޭނަގެ ކޮޓަރިއަށް ވަނެވެ. މިވަގުތު ބޭނުންވަނީ އެކަނި ވެލާށެވެ. ކުޑައިރުކޮޅަކަށް ރޯލައިގެން ނަމަވެސް އެ ސިކުނޑީގައިވާ ހާސްކަން ފިލުވާލާށެވެ.
އެތައް އިރަކު ކޮޓަރީގައި އޮތްއިރުވެސް އެ ހާސްކަން ފިލާކަށް ނޫޅެއެވެ. ލަޔާލްއަށް ވިސްނެނީ އިމްލީއާ ދޭތެރޭއެވެ. ފާއިޝްގެ ގޮތް އެނގުމުން އިމްލީއަށް ވާނެގޮތަކާއި މެދުއެވެ. މިހާރު ލަޔާލް ބޮލުގެ ރިހުންވަނީ ގަދަވެފައެވެ. ” ގެއަށް އައިގޮތަށް ކޮޓަރި ކޮޅުގަ ދޯ….އަހަރެން ކޮޓަރީގަ އެ ހުރި ހެދުންކޮޅު ދޮވެދީބަލަ…….” ޝިފާނާ ލަޔާލްގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ލަޔާލް ތެދުވެ ޝިފާނާގެ މޫނަށް ބަލާވެސް ނުލައި ޝިފާނާގެ ކޮޓަރިއަށް ވަނެވެ. ހެދުންތައް ދޮވެ ރޯނުގައި އަޅަން ހުއްޓައި އަކްމަލް ގެއަށް އައިސް ލަޔާލްއަށް ގޮވާލިއެވެ. ”ކީކޭ؟” ލަޔާލް އަކްމަލް ކައިރިއަށް އަންނަމުން އަހާލިއެވެ. ” އަން މިއީ ސޯފީ ލަޔާލްއަށް ދިން އެއްޗެއް….” އަކްމަލް ދިއްކޮއްލީ ބަންދުކޮއްފައިވާ ފޮށިގަނޑެކެވެ. ޝިފާނާ ލަޔާލްއަށް ދިން ފޮށިގަނޑަށް ބަލަން ކަޅި ޖަހާވެސް ނުލާ ހުއްޓެވެ. ލަޔާލް ފޮށި ހުޅުވާލިއެވެ. އޭގަ ވަނީ ރީތި ފޯނެކެވެ. ” ސޯފީ ހާދަ ރަނގަޅޭދޯ…..” އަކްމަލް ޝިފާނާއަށް ބުނެލިއެވެ. ” ދެން ރަނގަޅު….މަހިތަށް އަރާ މާ ރަނގަޅުވެގެން އެ އުޅެނީ ކީއްވެބާއޭ….މީނައަށް ހަދިޔާ ދީ އެ ހަދަނި ކޮންމެވެސް އެހެން ބޭނުމަކު ހެން ހީވަނި….” ޝިފާނާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. ” އެހެންނެއް ނޫން…..ސޯފީ ބުނީ ލަޔާލްއަށް ގުޅޭނެ ގޮތެއް ނުހުންނާތީ އުދަނގޫވާ ވާހަކަ އެހެެންކިޔާފައި ދިން ފޯނެއް އެއީ……” އަކްމަލު ބުނެލިއެވެ.
”ދެން ހެވޭ އެނގިދާނެތާ……” ޝިފާނާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ލަޔާލްވެސް ވަނީ ކޮޓަރިއަށެވެ.
ޝައުފް އޭނަގެ ކޮޓަރީގައި އޮތީ ލަޔާލްގެ ޚިޔާލްގައެވެ. އޭނަގެ ކުރިމަތިން ސިފަވަނީ އަދިވެސް އެ ތަސްވީރެވެ. ލަޔާލްގެ ކުރިމަތީ ހުރެވޭ ކޮންމެ ވަގުތަކުވެސް ޝައުފްގެ ހިތަށް ލިބެނީ ބުނެދޭންވެސް ނޭނގޭ ހަމަޖެހުމެކެވެ. ހުރިހައި ވަގުތެއްވެސް ލަޔާލްގެ ކުރިމަތީ ހޭދަކޮއްލަން ޝައުފް ބޭނުމެވެ.
ފަރީޝާ ހުރީ އޭނަގެ ކޮޓަރީގައެވެ. ޝާންވެސް ކޮޓަރީގައި އުޅޭތީ ކަންބޮޑުވެފައެވެ. ފާއިޝްގެ އެތަކެއް މެސެޖެއް ފޯނަށް އާއިރުވެސް ޖަވާބު ލިޔަން ޖެހިލުންވެފައެވެ. ” ހާދަ ކަންބޮޑުވެފަ………..” ޝާން ފަރިޝާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ”’ކަމެއް ނުވޭެ….އޮފީހަށް މިރޭ ދާން ނެތީތަ……” ފަރީޝާ އަނެއްކާވެސް ޝާންއަށް ފުރަގަސްދެމުން އަހާލިއެވެ. ” ކިހިނެއްވި އަހަރެން ފޮނުވާލަން ތިއުޅެނީ…..އަނެއްކާ މި ކޮޓަރިއަށް މީހަކު ގެންނަންވީތަ…….” ޝާން ސަމާސާ ރާގަކަށް އެހެން ބުނުމުން ފަރީޝާއަށް ތެޅިގަނެވުނެވެ. އެހިޔާލު ޝާންގެ ހިތަށް އައީތީއެވެ. ” މަ މަށެއް ނޫޅޭން….” އަވަސް އަވަހަށް ފަރީޝާ ބުނެލިއެވެ. ” ހާދަ ރުޅިއެއް…..ފަރީޝާ އެކަހަލަ ކަމެއް ނުކުރާނެކަން ޔަގީން…..ތިގޮތުގައި އަބަދުވެސް ވަފާތެރިކަމާއެކު ހުންނާތި…..”ޝާން ފަރީޝާގެ ދެއަތުގައި ހިފާލިއެވެ. އެވަގުތު ޑްރެސިން ޓޭބަލް މަތީ އޮތް ފަރީޝާގެ ފޯނު ވައިބްރޭޓްވިއެވެ.
”’ ފޯނު ރިންގްވޭ އެބަ…” ފަރީޝާގެ މޫނަށް ބަލާލަމުން ޝާން އެދިމާލަށް ހިނގައިގަންނަން އުޅުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފަރީޝާ ހަލުވި ވައިރޯޅީއެއްހާ ހަލުވިކޮން ޝާންއަށް ވުރެ ކުރިން ފަރީޝާ އެ ފޯން ނަގައިފިއެވެ. ”މަންމަ..ކަމަކު ކަންނޭނގެ އެބަ އަންނަން…..” ފަރީޝާ ފޯނު ނަގައި މުށުތެރެއަށް ލަމުން ބުނެލިއެވެ. ” ނުދިޔަޔަސް ނަގާބަލަ ފޯން…އެހެން މަންމަ ކީކޭތޯ ބުނަނި ބަލަން…..” ޝާން އެހެން ބުނުމުން ފަރީޝާ ފޯނަށް ބަލާލިއެވެ. ފާއިޝްގެ ކޯލެކެވެ. ދެން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
”ކީކޭ…..އާން މިދަނީ….” އެކޮޅުން ހަލޯވެސް ނުކިޔަނީސް އަވަސް އަވަހަށް އެހެން ބުނުމަށްފަހު ފަރީޝާ އެތަނުން ނުކުތެވެ. ފޯން ކަނޑާއިވެސް ނުލާ އޮތުމުން ކޮޓަރިން ނުކުމެ ވާހަކަ ދައްކަން ފެށިއެވެ. ” ޝާން ހުރީމަ….ކިރިޔާ މި ސަލާމަތްވީ…އަހަރެން ބުނަން ޝާން ގޭގައި އުޅޭ ގަޑީގައި ނުގުޅާށޭ……” ފަރީޝާ ބޭރަށް ނުކުންނަމުން ބުނެލިއެވެ. ” އިނގެއޭ ތިކަން……ހަނދާންވާވަރުން ނުހުރެވިގެން…..” މަސްތީ ރާގަކަށް ފާއިޝް ބުނެލިއެވެ. ” ތިއެއް ނޫން….ފާއިޝްއަށް ތިހެން ހަމަޖެހިގެން އުޅެވޭނި ކުޑަ ދުވަސްކޮޅަކު……މިގޭގަ އުޅޭ ލަޔާލްއަށް އަހަރެމެންގެ ހަގީގަތް އެގިއްޖެ……އޭނަގެ ފަރާތުން އިމްލީއަށް އެގިއްޖެއްޔާ…….އަހަރެމެންގެ ދުވަސް ދިޔައީ……” ފަރީޝާ ކަންބޮޑުވެފައި ބުނެލިއެވެ.
” ތި ހާސްވާވަރުގެ ކަމެއް ނޫން….ލަޔާލްއަކަށް ނުކެރޭނެ ކިޔައިދޭކަށް….އަހަރެން ތިކަމާ ހަވާލް….އިމްލީ ދޫކޮއްލަން ޖެހުނަސް މައްސަލައެއް ނެތް…..ފަރީ އަކާ ނުލާ ޔަގީން އަހަންނަށް ނޫޅެވޭނެކަން……..” ފާއިޝްގެ ވާހަކަ އަޑުއިވުމުން ފަރީޝާއަށް ހަމަޖެހުން ލިބުނެވެ.
” މަށަށް އެނގޭ އިމްލީ ދޫކޮއްލާނެކަން….އިމްލީގެ ފަރާތުން މިގޭ އެހެން މީހަކަށް އެގިއްޖެއްޔާ ……އަހަރެން ޝާންގެ ކިބައިން ސަލާމަތް ވަންދެން މިކަން އެއްވެސް މީހަކަށް އެނގިގެން ނުވާނެ…..” ފަރީޝާ ބުނެލިއެވެ. ދެމީހުން އެތަކެއް ވާހަކައެއް ދެއްކުމަށްފަހު ފޯން ބޭއްވިއެވެ.
ފެންވަރާލައިގެން ނުކުތް އިރު ލަޔާލްގެ ބޮލުގެ ރިހުން ވަރަށް މަޑުވެއްޖެއެވެ. ” މާދަމާ އިމްލީއަށް ކިޔައިދޭނަން…..އިމްލީގެ ނަންބަރު އެނގޭނަމަ މިރޭވެސް ބުނެވުނީސް……އެކަމަކު ގަބޫލު ކުރާނެތަ….” ލަޔާލް ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ނަފްސާ މުޚާތަބު ކޮއްލިއެވެ. އިމްލީ ކައިރީ ނުބުނެވޭހާ ހިނދު ލަޔާލްއަކަށް ހަމަޖެހުމެއް ނެތްކަން ޔަގީނެވެ. ލަޔާލް ކެއްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދަނީ މާދަމާއަށެވެ.
ގަޑި އެލާމް ވުމުގެ ކުރިން ލަޔާލް ތެދުވެއްޖެއެވެ. ގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ރާސްތާންއަށް ދާން ހިނގަތްގަތް އިރު އަދި ހެނދުނު ހަގަޑި ބައިވެސް ނުވެއެވެ. މިހާ ހެނދުނު ދިޔައީމަ ނޫނީ އިމްލީއާ ދިމާނުވެ ހިނގައިދާނެތީއެވެ. ރާސްތާން ދޮރާށިން ވަދެވުމާއި އެކު ލަޔާލް ދުއްވައިގަތެވެ. އިމްލީގެ ކޮޓަރިއަށް ވަދެ ބަލާލިއެވެ. ފާހާނާއިން އިވެމުން ދިޔަ މާގަނޑުގެ އަޑުން އިމްލީ ފެންވަރަށް އުޅޭކަން ލަޔާލްއަށް ޔަގީންވެއްޖެއެވެ. އިމްލީގެ އެނދުގައި އިށީދެ އިމްލީއަށް އިންތިޒާރު ކުރުންނޫން ކަމެއްނެތެވެ.
އިރުކޮޅެއްތެރޭ ފާހާނާގެ ދޮރު ހުޅުވާލުމާއި އެކު ލަޔާލް ފުންމައިގެން ތެދުވެ އެދިމާލަށް ހިނގައިގެންފިއެވެ. ”ލަޔާ…..މިހާ ހެނދުނާ…..ޔަގީން…އަހަރެން ސިއްރެއް ބުނަން އޮތީމަ އެހެންވެ ނުހުރެވިގެން ދޯ ތިއައީ….” އިމްލީ ތެތް އިސްތަށިގަނޑުގައި އޮޅާލާފައިވާ ތުވާލި ރޫޅާލަމުން ބުނެލިއެވެ. ” އިމް…..” ލަޔާލްއަށް ޖުމްލަ ފުރިހަމަވެސް ނުކުރެވުނެވެ. ”ނޫން ލަޔާ…..މި ފަހަރު އަހަރެން ވާހަކަ ދައްކާނި ލަޔާ ޖެހޭނި އަޑުއަހަން….” އިމްލީ ބުނެލިއެވެ. ލަޔާލް ބުނަން ބޭނުންވި ނަމަވެސް ޖެހުނީ މަޑުކުރާށެވެ.
” ފާއިޝް ބުނީ އަހަރެން ކިޔަވާ ނިމުނުހާ އަވަހަކަށް މެރީ ކުރާނަމޭ…….އަދި ފާއިޝްގޭ މީހުންގެ ހުއްދަ މިހާރުވެސް ހޯދައިފި……އަހަރެންގެ ޓެސްޓްތައް ނިމުނުހާ އަވަހަކަށް އަަހަރެންގެ ބައްޕައާވެސް ވާހަކަ ދައްކާނަމޭ…..ލަޔާ ބުނެދޭންވެސް ދަތި……އަހަރެންގެ މި އުފާވެރިކަން ހިއްސާކުރާނެ ގޮތެއްވެސް ނޭނގެ…” އިމްލީގެ އުފާވެރިކަން ފެނި ލަޔާލް ފަސްޖެހެވޭން ފެށިއެވެ.
” އިމްލީ ފާއިޝްއަށް އިތުބާރުކުރަންތަ؟” ލަޔާލް އަހާލިއެވެ. ” ތި އަހާވަރުގެ ކަމެއްތަ…….އަހަރެން އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކުރަން…..ފާއިޝް އަހަންނަށް ދެރަގޮތެއް ނުހަދާނެ……….” އިމްލީ ރީތިވެލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
”ދެން އަހަރެން ފާއިޝް އެހެން މީހަކާ ރިލޭޝަންއެއް އޮތް ވާހަކަ ބުނިއްޔާ……” ލަޔާލް އަހާލިއެވެ. ” ފާއިޝްއާ ބެހޭގޮތުން ތިފަދަ ވިޔާނުދާ ވާހަކައެއް މަޖަލަށް ދެއްކިއަސް އަހަރެން އެމީހަކަށް މުޅި އުމުރުގަވެސް ނަފްރަތު ކުރާނަން…….ފާއިޝް ދުވަހަކުވެސް އަހަރެން ނޫން އެހެން މީހެއްދެކެ ލޯތްބެއް ނުވާނެ…..ލަޔާ ވިއަސް އެހެން މީހެއް ވިއަސް އަހަރެން ގަބޫލެއް ނުކުރާނަން…….” އިމްލީ އެހެން ބުނުމުން ލަޔާލް ހާސްކަން ވީ އިތުރެވެ. އިމްލީއަށް ވިސްނައިދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
ލަޔާލް ވިސްނަން ހުރުމުން އިމްލީ ލަޔާލްގެ ކޮނޑުގައ ޖަހާލިއެވެ. ”ކޮން ހިޔާލެއްގައި……” އިމްލީ އެހެން އެހުމުން ލަޔާލް ސިހުނެވެ. ”ނޫން އެއްވެސް ހިޔާލެއްގަ ނޫން…….” ލަޔާލް އަވަސް އަވަހަށް ބުނެލިއެވެ. ”ހިނގާ ސައިބޯން……” އިމްލީ ހިނގައިގަތުމުން ލަޔާލް ފަހަތުން ހިނގައިގަތެވެ. ލަޔާލް ވިސްނަމުން ދިޔައީ އިމްލީއަށް ވިސްނައިދޭނެ ގޮތަކާއި މެދުއެވެ. ލަޔާލް ގޮތެއް ނިންމިއެވެ. އެއީ އިމްލީއާ އެވާހަކަ ދައްކާނީ ރަނގަޅު ހެއްކެއް ލިބިގެންނެވެ.
މިއަދު ލަޔާލްއަށް އިއްޔެއަށް ވުރެ އުދަނގޫވިއެވެ. މޫނުމަތިން ހާސްކަން ފޮރުވައިގެން ގޭމީހުން ކުރިމަތީ އުޅެން ޖެހުމުންނެވެ. ލަޔާލްއަށް ބަދަލެއް އައިސް ހުރިކަން ސޯފީއަށް ދެނެގަނެވުނެވެ. ”ކަމެއް ވެގެން އުޅޭއިރު ބުނީމަތާ އެނގޭނީ! ލަޔާ ބަލިވީތަ،……..” ސޯފީ އަހާލިއެވެ. ” ނޫން ކަމެއް ނުވޭ….” ލަޔާލްއަށް ޖެހުނީ ހާސްކަން ފޮރުވާލާށެވެ. ސޯފީވެސް އިތުރު ސުވާލެއް ނުކުރެ އެހިސާބުން ހުއްޓާލީ އޭނައަށް ހީވާ ހީވުމެއް ކަމަށް ދެކިގެންނެވެ.
ޝައުފް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މޭޒުމަތީ ހުޅުވާފައި ދެތިން ފައިލެއް އޮތެވެ. ކުރަންޖެހޭ އެތައް މަސައްކަތެއް ހުއްޓަސް އޭނަގެ ވިސްނުމުގައި އެކަން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ”ޝައުފް ….މާހިރު ބުނުއްވީ ފައިލް ތައްޔާރުކުރެވިއްޖެތޯ އަހާލަދޭށޭ….” ޝައުފްގެ ކެބިންއަށް ވަންނަމުން ރާއިދު އަހާލިއެވެ. ” އަދި ނުނިމޭ ކުޑަވގުތުކޮޅެއް ބޭނުން…..ބައްޕަ ކައިރީ ބުނޭ މިއަދު ނިންމައިދޭނަމޭ……” ޝައުފް ފައިލް ހުޅުވާލަމުން ބަލާލިއެވެ. ނިންމަންޖެހޭ އެތަކެއް މަސައްކަތެއް އެބަހުއްޓެވެ. ދުލަށް ފަސޭހަކަމާއެކު މިއަދު ނިންމައިދޭނަމޭ ބުނި ކަމުގައި ވިއަސް ނިމޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އޮފީހަށް ނިކުތް ފުރަތަމަ ދުވަހު ހަވާލްކުރި އެ މަސައްކަތް އެދުވަހުން ފެށިގެން ކުރިއަށް ގެންދިޔަނަމަ ނިމުނީހެވެ.
ރާއިދު ގޮސް މާހިރުގެ ކައިރީ ޝައުފްގެ ޖަވާބު ބުނެލިއެވެ. މާހިރު ހަލުވި ފިޔަވަޅުތަކާއިއެކު ޝައުފްގެ ކެބިންއަށް ވަދެގެން އައެވެ. އޭރުވެސް ޝައުފްއަށް އިނދެވުނީ ކުރިން އިންހެން އަމިއްލަ ހިޔާލްތަކަށް ގެއްލި ހުސްވެފައެވެ. މާހިރު ޝައުފްގެ މޭޒުމަތީ އޮތް ފައިލް ނަގައި ބަލާލިއެވެ. ޝައުފްއަށް އޭނަގެ ކުރިމަތީ މާހިރު ހުރިކަން ރޭކާވެސް ނުލިއެވެ. މާހިރު އަތުގައިވާ ފައިލު އަތުގައި ހުރި ބާރެއްލުމަށްފަހު މޭޒުމައްޗަށް ޖެހިއެވެ. ޝައުފް ސިއްސައިގެން ގޮސް ގޮނޑިން ތެދުވެވިއްޖެއެވެ.
” އޮފީހަށް އައިސް ކޮންކަމެއް ކުރަނީ….މިހާތަނަށް ކުރަން ބުނި އެއްވެސް ކަމެއް ނުވޭ….ކަމެއް ކުރަން ފަށާފަވެސް ނެތް….ކުރެވެން ނެތްއިރު ބޮޑު ޕުރޮޖެކްޓަކާ ހަވާލްވީ ކީއްކުރަން….މީޓިން ފެށެން ތިންގަޑިއިރަށް ވެފަ ވީއރު އެއްވެސް ކަމެއް ތައްޔާރެއް ނުވޭ….މި ޕުރޮޖެކްޓް އަހަރެމެންގެ އަތުން ގެއްލިއްޖެއްޔާ އަހަރެމެންނަށް ހާދަ ގެއްލުމެއް ވާނެ…..” މާހިރުގެ އަޑު ގަދަވާންފެށިއެވެ. އޮފީހުގައި ތިބި އެހެން މުވައްޒަފުން އެމީހުންގެ މަސައްކަތްތައް ހުއްޓާލުމަށްފަހު އެއަޑަށް ސަމާލްވެއްޖެއެވެ. ސައި ކޮޓަރިން ނުކުމެގެން އައި ޝާންއަށް އެއަޑު އިވުމާއިއެކު ޝައުފްގެ ކެބިންއަށް މިސްރާބު ޖަހައިފިއެވެ.
މާހިރުގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުން ޝައުފް ބިރުން ވިރުވާލައިފިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ސިކުނޑިން ލަޔާލްގެ ހަނދާންތައް އެއްކައިރިއަށް ޖެހިލައިފިއެވެ. ”މައާފްކުރޭ ބައްޕާ….” ޝައުފްއަށް ބުނެވުނީ އެވަރަށެވެ. މާހިރުގެ އަތުން ބިއްލޫރި މޭޒުމަތީ ޖަހައިލީ ވަރަށް ބާރަށެވެ. އެ ކެބިންއަށް ވަދެގެން އައި ޝާންގެ އަތަށް ފައިލް ނަގައި ދިއްކޮއްލިއެވެ. ” މި ފައިލް އެއް ގަޑިއިރު ތެރޭ ނިންމައިދީ…..އެހެން މަސައްކަތްތައް މަޑުޖައްސާލާ……” މާހިރު ޝާންގެ އަތަށް ފައިލް ދިއްކޮއްލަމުން އެ ކެބިން އިން ނުކުމެގެން ހިގައްޖެއެވެ. ޝާން ކަންބޮޑުވެފައި އެއް ފަހަރު ފައިލަށް އަނެއްފަހަރު ޝައުފްގެ މޫނަށް ބަލާލިއެވެ.
ލަޔާލް ބަދިގޭގަ އުޅެނިކޮން ބެލް ޖަހާލި އަޑު އިވުނެވެ. ބަދިގެއިން ނުކުމެ ދޮރާ ދިމާލަށް ހިނގައިގަތެވެ. މިއަދުވެސް ދޮރުމަތީ ހުރީ ފާއިޝްއެވެ. ގެއަށް ބޭނުންވާ ސާމާނުތަކެއް ހިފައިގެން އައިހެވެ. ލަޔާލް އެ ތަކެތީގައި ހިފާލުމަށް ދިއްކޮއްލި އަތުގައި ފާއިޝް ހިފާލިއެވެ. ގަދަކަމުން ދަމާފައި އެތަނުން ދުރަށް ޖެހިލިއެވެ. ” ބުނަން….އިމްލީ ކައިރީ އެއްވެސް ވާހަކައެއް ބުނެގެން ނުވާނެ….ހީނުކުރާތި އިމްލީއަށް ކިޔައިދެވުނީމަ ސަލާމަތްވީއޭ……އަހަރެންގެ އަތްދޮށުން ސަލާމަތެއް ނުވާނެ…..ތިއީ ނިކަމެތި އަންހެން ކުއްޖެއްކަން ހަނދާންނައްތާނުލާތި……” ފާއިޝް ލަޔާލްގެ އަތަށް ބާރުކޮއްލިއެވެ. ”އާހް…” އަތަށް ވީދަތާއެކު ލަޔާލްގެ ދުލުން ނުކުތީ ވޭނީ އަޑެކެވެ.
ލަޔާލް ގަދަކަމުން ފާއިޝްގެ އަތުތެރެއިން ސަލާމަތްވެގަތެވެ. ފާއިޝް ލަޔާލްގެ އަތުގައި ހިފަހައްޓާލި ހިސާބު ރަތްވެފައި ހުއްޓެވެ. ފާއިޝް ލަޔާލްގެ ފަރާތުން ޖަވާބެއް ނައުމުން ހިނގައިގަތެވެ. އެއީ އޭނާއަށް ލިބުނު ކާމިޔާބެއް ކަމަށް ދެކިގެންނެވެ.
”ފާއިޝް….އަހަރެން އެކަކު ދެކެވެސް ބިރެއް ނުގަނޭ….އަހަރެން އިމްލީ ކައިރީ ބުނަންވީމަ ބުނާނަން…….ފާއިޝް އާ ފަރީޝާގެ ތި ކުޅިގަނޑު އުމުރުގައި ކުޅެވިދާނެކަމަށް ހީނުކުރާތި…..” ލަޔާލްގެ ޖެހިލުން ކުޑަ ޖުމްލައިން ފެހިކުލައިގެ ކާޕެޓް ވިނަ ގަނޑުމަތީ ފާއިޝްގެ ފައިން ރަހްމެއްނެތި ޖަހާލުމާއިއެކު ކުދި ކުދި ވިނަގަސްތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ފާއިޝް ލޯއަޅާލަމުން ލަޔާލްއާ ދިމާލަށް ނެގި ފިޔަވަޅު ހުއްޓާލަން ޖެހުނީ ދޮރުން ނުކުމެގެން އަންނަ ސޯފީ ފެނުމުންނެވެ.
”ދައްތާ….މި އެއްޗެހި ހިފައިގެން މިއައީ…..” ފާއިޝް އަތުގައިވާ ސާމާނުތައް ސޯފީއަށް ދައްކާލިއެވެ. ” ލަޔާލް މި އެއްޗެހި ބަދިގެއަށް ގެންގޮސްދީބަލަ…..ފާއިޝްއަށް ވަގުތެއްނުވޭ ދޯ މިގެއަށް ވަދެލާނެ….މިރޭ ވާނެ ކާން އަންނަން…..” ސޯފީ ބުނެލިއެވެ. ފާއިޝްގެ އަތުގައިވާ ކޮތަޅުތަކާ ލަޔާލް ހަވާލުވަމުން ގޭތެރެއަށް ހިނގައިގަތެވެ.
އޮފީހުގައި ދިމާވި ކަންތަކުގެ ސަބަބުން ޝައުފްގެ މޫޑްވަނީ ގޯސްވެފައެވެ. ރަސްމީ ގަޑި ނުނިމެނީސް އޮފީހުން ނިކުމެގެން ގެއަށް އައީ އެއްވެސް މީހަކަށް އެނގިވެސް ނުލައެވެ. ގޭތެރެއަށް ވަންނަމުން އަޅާފައިވާ ރަތްކުލައިގެ ޓައި ނައްޓާލަމުން ސިޓިންރޫމްގެ ސޯފާއަށް އެއްލާލިއެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން ފަރުވާލެއްނެތި ކޮޓަރި ތެރެއަށް ވަނެވެ. އޭރު އެކޮޓަރީގެ ތަންމަތި އެޅުމުގައި ލަޔާލް އުޅެއެވެ. ޝައުފް ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ގަމީސް ބާލާއިފިއެވެ. ޝައުފްއަށް ފުރަގަސް ދީގެން އޮތް ލަޔާލްއަށްވެސް ޝައުފް އައިކަމެއް ނޭނގެއެވެ. ހަމަ އެފަދައިން ހާސްކަމެއްގައި ހުރި ޝައުފްއަށްވެސް ލަޔާލް އެކޮޓަރި ތެރޭ ހުރިކަމެއް އިހްސާސެއް ނުވެއެވެ. ގަމީސް ބޭލުމަށްފަހު ގޮނޑިއަށް އެއްލާލުމަށްފަހު ފަޓްލޫނު ބޭލުމަށް ތައްޔާރުވެލި ތަނާ ލަޔާލްއަށް އެނބުރިލެވުނެވެ.
ޝައުފް ހުރި ހާލަތުން ލަޔާލް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. ލަޔާލްގެ ހަޅޭކުގެ އަޑުން ސިހިގެން ޝައުފްއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. ދެމީހުންނަށް އެކަކު އަނެއްކަކަށް ކަޅިޖަހާނުލައި ބަލަން ހުރެވުނީ ދެނެވެ. އެކުއެކީގަހެން ހޭންފެށުނީވެސް އެއަށް ފަހުއެވެ. ” ލަޔާ އަހަރެން ބިރު ގަނެއްޖެ…..ލަޔާ ހަޅޭއްލަވައިގަތީމަ އަހަންނަށްވެސް…” ހީހީފައި ޝައުފް ބުނެލިއެވެ. ” ޖިންނިއެއްހެން ސިއްރުން ކޮޓަރިއަށް ވަނީމަ އެހެންނުން ވާނި…..ކުއްލިއަކަށް ފެނުނީމަ ބިރުގަންނާނެ…” ލަޔާލްވެސް ހެމުން ބުނެލިއެވެ. ލަޔާލް ހެމުން ދިޔައިރު ޝައުފްއަށް ހުއްޓުން އަރައި ބަލަން ހުރެވުނެވެ. ކޮންފަދަ ޖާދޫވީ ހިނިތުންވުމެއް ހެއްޔެވެ؟ ޝައުފް ސިކުނޑީގައިވި ހާސްކަން ވަގުތުން ފިލައިގެން ހިގައްޖެއެވެ. ލަޔާލްއަކީ އޭނަގެ ހިތުގެ ފަރުވާއެވެ.
ލަޔާލް ހުނުން ހުއްޓާލީ އިރުކޮޅެއް ވީފަހުންނެވެ. ޝައުފް ބަލަން ހުރި ގޮތުން ލަޔާލް ރަކިވިއެވެ. ”ދެން ދަނީ އިނގޭ….” ލަޔާލް އަވަސް އަވަހަށް ހިނގައިގަތެވެ. ލަޔާލް ކޮޓަރިން ނުކުތް ވަގުތަކީ އިމްލީ ސްކޫލުން ނިމިގެން އައި ވަގުތެވެ. ” ލަޔާ މިއަދު ގެއަށް ނުދަނީތަ…….” އިމްލީ ގެއަށް ވަތްގޮތަށް ލަޔާލް ފެނުމުން ގޮވާލިއެވެ. ” ނޫން ދެން ދާން ކަމަށް މިދަނީ…” ލަޔާލް އޭނަގެ ދޯޕައްޓާއިން މޫނު ފޮހެލަމުން ޖަވާބު ދިނެވެ. ލަޔާލް އަނެއްކާވެސް ހިނގައިގަތެވެ. ބަގީޗާ ގަސްތައް ކައިރިން ލަޔާލް ހިނގައިގަތުމުން ފަހަތުން އިވުނު އަޑަކުން ބަލާލެވުނެވެ. އޭރު ސޯފީ ތަބަކެއް ހިފައިގެން އެއްކަލަ ބަންދު ކޮޓަރިއަށް ވަންނީއެވެ. ލަޔާލްގެ ޝައުގުވެރިކަން ކުއްލިއަކަށް އެދިމާލަށް ހުއްޓުނެވެ.
ސޯފީ އެކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ލަޔާލް އެދިމާލަށް މަޑުމަޑުން ދާންފެށިއެވެ. އެކޮޓަރި ދޮރުމަތީ މަޑުކޮއްލައި ދޮރުފަތުގައި އަތްޖައްސާލިއެވެ. ތަޅުލާފައިވާ ދޮރު ނުހުޅެވޭނެކަން ޔަގީންވުމުން ލަޔާލް ހިނގައިގަންނަން އެނބުރެލިތަނާ ފެނުނީ ފިތުރޯން ގަހުގައި ލައްކޮއްލާފައިވާ ހަރުގަނޑެވެ. ލަޔާލް އެ ހަރުގަނޑު ގެނެސް ކޮޓަރި ފާރުގައި ލައްކޮއްލިއެވެ. މަތީގައި ހުރި ކުޑަ ޖާލި ގަނޑަކުން ކޮޓަރި އެތެރެ ފެންނާނެއެވެ. ލަޔާލް އެ ކޮޓަރި ތެރެއަށް ބަލާލިއެވެ.
އަނދިރި ކޮން އޮތް އެކޮޓަރި ތެރެއިން ފެނުނީ ސޯފީ ކުރުގެޅިގެން އިން ފިރިހެނެއް ކައިރީ އިށީދެ އިންތަނެވެ. ސޯފީ އިނީ އޭނަގެ ކުރިމަތީގައި ކަމުން އެމީހާގެ މޫނު ފެންނަގޮތެއް ނުވެއެވެ. ” ތިހެން ހަދާކަށް ނުވާނެ…ކައިގެން ބޭސްކޭމަ ރަނގަޅުވާނި….ދަރިފުޅާ….” ސޯފީ އޯގާތެރިކަމާއެކު ބުނެލިއެވެ. ” އަހަރެން ނުކާނަން……ކިތައް ފަހަރު ބުނަންވި މިތަނުން އަހަރެން ނެރޭށޭ…….އަހަރެން ނޫޅެން މިތާ އިންނާކަށް……” އެ ޒުވާނާގެ ފަރާތުން އިވުނީ ހަރުކަށި ޖުމްލައެކެވެ. އެ އަޑުވަނީ ކުރަކިވެފައެވެ. ” ރަނގަޅުވީމަ ނެރޭނަން..އިހަށް ކައިގެން ބޭސްކާން ހިނގާ..ބަލިވެ އުޅޭއިރު މީހުންގެ ތެރެއަށް ނުކުންނާކަށް ނުވާނެ…..ބަލި ރަނގަޅުވީމަ މަންމަ ނެރެދޭނަން……” ސޯފީ ބުނެލިއެވެ. ލަޔާލް އެ ޒުވާނާގެ މޫނު ފެނޭތޯ ބޯ އަރިކޮއްލައިގެން ބަލަން މަސައްކަތް ކުރަމުން ދިޔައެވެ.
ލަޔާލްއަށް އިވުނީ ބޭރު ދޮރާށި ކައިރިއަށް ކާރެއް މަޑުކޮއްލި އަޑެވެ. އަވަސް އވަހަށް ހަރުގަނޑުން ފޭބުނީ ކިރިޔާއެވެ. އތެރެއަށް ވަދެގެން އައީ މާހިރު އާއި ޝާންއެވެ. ލަޔާލް ގަސްތަކުގެ ނިވަލަށް ވަދެ ފިލައިގެން ހުރުމަށްފަހު އެދެބަފައިން ގޭތެރެއަށް ވަނުމުން އަވަހަށް ދިއުމަށް ދުއްވައިގަތެވެ. ހަނދާނުން ކައްސާލީ ހަރުގަނޑު އެތާގައި ބެހެއްޓުން ކަމެވެ. ބައިގަޑިއިރެއްހާއިރު ފަހުން ސޯފީގެ އެކޮޓަރިން ނުކުތެވެ. ސޯފީގެ ނަޒަރު އެ ހަރުގަނޑުގައި އަޅައިގަތެވެ. ފިތުރޯނު ގަސް ކައިރީ ހުންނަ ހަރުގަނޑު އެތަނަށް ގެނައީ ކާކުބާއޭ ހިތަށް އެރިއެވެ. މާބޮޑުކަމަކަށް ނުހަދާ ސޯފީ ދޫކޮއްލީ އެވަރުކަމަކަށް ޝައްކު ކުރެވޭ މީހަކު ގޭގަ ނުހުންނާނެކަން އެނގޭތީއެވެ.
ލަޔާލް ގެއަށް ވަންނަނިކޮން ފަހަތުން އޭނަގެ ނަމުން މީހަކު ގޮވާލިއެވެ. ލަޔާލް ފަހަތް ބަލާލިއިރު ހުރީ ނުވެސް ދަންނަ މީހެކެވެ. އޭނަގެ އަތުގައިވަނީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއަކާ ރަތްކުލައިގެ ހަތަރެސްކަން ޕާރިސަލެކެވެ. ” ލަޔާލްއަށް މީހަކު ދިން އެއްޗެއް…” އެމީހާ އެ ހަދިޔާތައް ދިއްކޮއްލަމުން ބުނެލިއެވެ. ”ކާކު؟” ލަޔާލް ހައިރާންވެ އަހާލެވުނެވެ. އެމީހާ ޖަވާބެއް ނުދިނުމުން ލަޔާލް އެހަދިޔާގައި ހިފިއެވެ. ” މީގަ ނެތް ފޮނުވި މީހާގެ ނަން ފެންނަންވެސް…..” ލަޔާލް ފާރިސަލަށް ފަރުވާތެރިކަމާއެކު ބަލާލަމުން ބުނެލިއެވެ. ލަޔާލް އިސްއުފުލާ އެމީހާ ހުރިދިމާލަށް ބަލާލިއިރު އެމީހާ ހިގައްޖެއެވެ.
ލަޔާލް ކޮޓަރި ތެރެއަށް ވަދެ ޕާރިސަލް ކަޑާލައިފިއެވެ. މަހުމާ ފޮށިގަނޑެއްގެ ތެރޭގައިވަނީ ރިހިކުލައިގެ އަގޮނޓިއެކެވެ. އެ އަނގޮޓި ވަށައިގެން ހުދުކުލައިގެ އެސްތަކެކެވެ. އަނގޮޓި ލާފައިވާ ފޮށިގަނޑު ތެރެއިން ފަތްޖަހާފައިވާ ރީނދޫކުލައިގެ ކަރުދާސްކޮޅެއް އޮތެވެ. ލަޔާލް އެ ކަރުދާސްކޮޅު ނަގައި ހުޅުވާލިއެވެ.
އެކީގައި ހޭދަވީ ކިތައް ދުވަސްކަމެއް ބުނެދޭކަށް ނޭނގެއެވެ.
މިހިތް އަބަދުމެ އެދެނީ ތިޔަ ފަރި ހިނިތުންވުން ދެކޭށެވެ.
މި ކަންފަތް ހޭނިފައިވަނީ ތިޔަ ޖާދުވީ އަޑަށެވެ.
މި ދެލޯ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަނީ ކަލާފެންނާނެ ވަގުތަކަށެވެ.
އެކަމަކު… އަބަދު މާޔޫސްވާންޖެހެނީ ކީއްވެހެއްޔެވެ؟
ލޯބިވާއެވެ!
ކޮންމެރެއަކު ހުވަފެނުގައި އަހަރެން ކަލާއާއި ބައްދަލުކުރަމެވެ.
ފިނިފެންމަލުގެ ވަސްމީރު ގުލްދަސްތާތައް ކަލާއަށް ހަދިޔާކުރަމެވެ.
ކަލާގެ އުނގުގައި ބޯއަޅައިގެންއޮވެ އެތައް ވަޢްދުތަކެއް ވަމެވެ.
މުޅި ޢުމުރު ކަލާއާއިއެކީ ހޭދަކުރާނެ ކަމުގައެވެ.
އެކަމަކު… އެހުވަފެންތަކުގައި ޙަޤީޤީކުލަ ނުޖެހެނީ ކީއްވެހެއްޔެވެ؟
ލޯބިވާއެވެ!
މިހިތުގެ އާދޭހަކީ އަބަދުމެ ކަލާއާއިއެކީގައިވުމެވެ.
މިހިތުގައި ބިންވަޅުނެގިފައިވަނީ ކަލާގެ ތިޔަ ރީތި ނަމެވެ.
މިހިތް އަދިވެސް ރޮނީ މިހިތާއި ވަކިވެނުދިއުމަށް އެދިއެވެ.
ކަލާއާއި ނުލައި މިހިތުގައި ދިރުމެއްނުވާކަމުގައި ބުނެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Kiyaafa oi story eh……….
Kiyaafa oi story eh
balaafa oi drama aka bodah vahthari aslu
alhe next part up vaany koniraku tha……
xaahy……next part up kohdhybaaaa,,,,,
alhe next part up kohdhyba……plxxxxx…..u have a reader waiting 4 da next part of this story…..
plxx up da next part…..u have a reader waiting for da next part….
Adi daa goiyy hama v salhi ingey……. uhmydu kuri gotah adi hama dany…….. kyp it up………… INSAA ALLAH … SUKURAN XAAHY
v nice story eh… .. keep it… . up….. thankx xaahy