ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 2
ލައުރާ ދޮރުން އެތެރެއަށް ވަނުމާއި އެކު ކުޑަ ކުއްޖަކު އައިސް ލައުރާގެ ގައިގާ އޮޅުލައިގަތެވެ. އަދި ދޮންތާ އޭ ކިޔާ ގޮވާލިއެވެ.
“ޝައިކާ.. ކިއުޓީ ކޮބާ ޖީޝަލް؟” ލައުރާ އެކުޑަ ކުއްޖާ އުރާލަމުން ބުނެލިއެވެ.
“ޖީޝް ބަލި. ދޮންތި ގެނައިންތަ އިއްކުއަށް ގިފްޓް؟” ޝައިކާ ލައުރާގެ އިސްތަށިގަނޑާ ކުޅެލަމުން ލޯބިގޮތަކަށް އަހާލިއެވެ. ވަގުތުން ލައުރާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.
” ލައު.. މީ ލައުގެ ކޮޓަރި އިނގޭ.. އެރޫމް އާއި ޖެހިގެން އެހުރީ ޒައިކަލްގެ ކޮޓަރި. ދެން މިހުރީ އަހަރެމެންގެ ކޮޓަރި. އަންނަން ވީ ނުން އޯކޭތޯ ބަލާލަން. ” އެންމެ ބިއްދޮށަށް ހުރި ކޮޓަރި ދައްކާލަމުން މާޝާ ބުނެލިއެވެ. މާޝާއަކީ ޝާއިންގެ އަންހެނުންނެވެ. ޝައިކާ އާއި ޖީޝަލްއަކީ އެދެ މީހުންގެ އެއްމާބަނޑު ދެކުދިންނެވެ. އަދި ޒައިކަލް އަކީ މާޝާގެ ކޮއްކޮއެވެ.
“ޒައި..ޒައިކަލް އުޅެނީ މިގޭގަތަ؟ ދެން ދޮންތަ ދައްކާ ވާހަކަ. ލައު އަށް އޯކޭ ވާނެއެއްނުން ރޫމް ކޮންމެ ގޮތަކަށް ހުއްޓަސް…… އޯމައިގުޑްނެސް.. ދިސް އިޒް ޕާފެކްޓްއޭ. ތެންކިޔޫ..” ލައުރާއަށް އޭނާގެ ކޮޓަރި ފެނުމާއި އެކު ހައިރާންވިއެވެ. ކޮޓަރި ރީތި ކަމުންނެވެ.
ކޮޓަރީގައި ނެތް އެއްޗެއް ނެތެވެ. ފާރުތަކުގައި އެނާއަށް އެންމެ ކަމުދާ ކުލަ ކަމަށްވާ ދަނބު ކުލަލާފައިވެއެވެ. އެއްފަރާތެއްގައި އެނދު ހުއްޓެވެ. އެނދާ ޖެހިގެން ކަހަލަ ގޮތަކަށް އަލަމާރި ހުއްޓެވެ.އަލަމާރި ކުރިމަތީ ކުޑަ ކަބަޑެއްހުރި ހުރި އިރު އެޔާ ޖެހިގެން ކަނާތް ފަޅީގައި ޑްރެސިންޓޭބަލް ހުއްޓެވެ. އަދި ވާތް ފަޅީގައި ދޮރެއް ހުއްޓެވެ. އެއީ ފާހަނައެވެ. ދެން ހުރީ ބެލްކަންޏެވެ.
“ހެހެހެ… އެއްޗެއް ކާންވީނުން؟؟ އޯ ފްރެޝް ވެލައިގެންތަ ކާނީ؟؟؟ މާޝާ ސުވާލުކުރުމާއިއެކު ފެންވެރުމަށްފަހު ކާނެ ކަމުގައި ބުނެ ލައުރާ ކޮޓަރި ދޯރު ލައްޕާލިއެވެ. އަދި ގޮސް އެނދުގައި އޮށޯވެލިއެވެ. އެނދު ކައިރީ އެއްފަރާތެގައި އޭނާގެ ފޮށި ބަހައްޓާފައި ހުއްޓެވެ.
އެނދުގައި އޮށޯވެވުމާއި އެކު ލައުރާ އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. މަޑުމަޑު އާހެއް ދޫކޮއްލުމަށްފަހު އިސްތަށީގަނޑުން އަތް ދޫކޮށްލާފައި ނިތްކުރި މަތީ އަތް ބާވާލިއެވެ. އަދި ވިސްނާލިއެވެ.
ލައުރާއަކީ ކުރިން ބުރުގާއެޅި ކުއްޖެއް ނަމަވެސް އޮސްޓްރޭލިއާއިން ދިޔުމަށްފަހު ބުރުގާ ނެގީއެވެ. އޮސްޓްރޭލިއާއަށް ލައުރާ ދިޔައީ ކިޔަވާށެވެ. ނަމަވެސް ކިޔަވާ ނިމުމާއިއެކު ލައުރާ އޮސްޓްރޭލިއާގައި މަޑުކުރީއެވެ. ޝާއިން ލައުރާ ގާތު އައުމަށް ބުނުމުންވެސް ލައުރާނައެވެ.ސަބަބަކީ ރާއްޖެ އައިސްފިނަމަ އޭނާގެ ދިރިއުޅުން އެފުއްމިފުށަށްޖެހޭނެއެވެ. އެކަން އެނގިހުރެ ރިސްކެއް ނަގަން ބޭނުން ނުވީއެވެ. ނަމަވެސް ގުރެޖުއޭޓް ވިތާ 3މަސް ފަހުން ލައުރާ ކުއްލިއަކަށް މާލެ އަންނަން ވިސްނި ސަބަބެއް އެކަކަށްވެސް ނޭނގޭއެވެ. ކުރަން އައި ކަންތަށް ވީހާވެސް އިވަހަކަށް ނިންމާފައި އެނބުރި ދާން ލައުރާ ބޭނުމެވެ. އެކަމް އެނބުރި ދިޔުމަކީ ދެން ވަރަށް އުނދަގޫކަމެކެވެ.
ކޮޓަރިން ބޭރަށް ނިކުތުމާއި އެކު މާޝާ ކާން ދިޔުމަށް އެދުނެވެ. ލައުރާ ގޮސް ގޮނޑީގައި އިށީންދެލާފައި މޭޒުމައްޗައް ނަޒަރެއް ހިނގާލިއެވެ. އޭރު ޝައިން އާއި ޒައިކަލް ކެއުމަށް އިންސާފުކުރަން ތިއްބެވެ.
ހަތަރު މީހުން އެކި އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު ލައުރާ އިނީ ކޮންމެސް ވަރަކަށް ނުތަނަވަސްވެފައެވެ. އޭނާގެ ހިތުގައި އޮތް ސުވާލު ޝާއިން ނުވަތަ މާޝާ ކޮއްފާނެތީއެވެ.
“ލައު ކޮންއިރަކުން މެރީ ކުރަނީ؟؟” ކިތަންމެ ވިސްނައިގެން އިނަސް މާޝާ އެވާހަކަ އެހުމުން ލައުރާ ކޮށިއެރިއެވެ. ވަގުތުން ލައުރާ އަޑުނީވޭ ކަމަށް ހެދިއެވެ. ނަމަވެސް ޝާއިން ބުނި އެއްޗަކުން އޭނާ ދެލޯފެން ކަޅިވިއެވެ.
“އަދިވެސް އޭނާ އާއި ގުޅުން ބާއްވަންތަ؟؟” ލައުރާ އިސް ޖަހާލީ ކަރުނަތަށް އެކަކަށްވެސް ނުދައްކާށެވެ. ތުންފަތުގައި ދަތް އަޅައިގެން ހުރި ނަމަވެސް އޭނާއަށް ގިސްލެވެން ފެށިއެވެ.
“ލައު ރޮނީތަ؟؟؟” ގިސްލެވުމުގެ އަޑުއިވުމުން އެންމެ ކައިރީ އިން ޒައިކަލް އަހާލިއެވެ. ލައުރާ ފޮރުވާކަށް ނޫޅުނެވެ. އަޑުންއަޑުނަގައި ރޮއެގަތެވެ. އަދި ދެއަތް ނަގާ މޫނުގައި އެޅުމަށްފަހު ގޮޑިން ތެދުވެ ކޮޓަރި އާއި ދިމާއަތް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Nice ingey
thanks
Maashaa Allah varah reethi but varah kuru
When next part?
thanks.. maybe tonight..
Vrh reethi mi stry… ekm maa kuriii… hope kuran nxt prt dhugu khlrne kamah…
thanks… next part miyah vure dhigu vaane inshaa allah…
haaad kureyyy dhw
ދޯ
sorry kuru v ma
sorry kuru v ma..
haada kurey
inshaa allah dhigu kohlaanan next part..
ވަރަށް ރީތީ
thanks
V v v reethi… Next dhigukoh genesdhehchey plxxxxx… Waiting…
thank you.. ok. inshaa allah it will be long
V reethi story.. ekm kury.. next part dhigukhllaachey.. waiting for next part
thnkx. inshaa allah miah vure dhigu kohlaanan….
Haadha kurey….. Emmen thalhuvaalan dhw not good… Avahah aneh part genes dhehchey
enmen thalhuvaakah noon… hithun aslu varah dhigu kon up kurii. fahun beliima ingunii kurukan…. sorry..
Varah rythi
thankx
ހާދަ ކުރޭ
sorry kuru v ma
ޢެކަމްވަރައް ރީތި
thanks