Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (40)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 16, 2018 16 Mins Read
47 Comments

ޔުއާން ނުކުތްކަން ޔަގީން ވުމާއެކު މައިލީން ފަހަތަށް ބަލާލިއެވެ. “ޕްލީޒް ޑޯންޓް ޑޫ ދިސް ޔުއާން….. އަހަރެން ގެ ހތުގައި މިވާ ލޯބި ފާޅުވެގެން ހިނގައިދާނެ. އެހެން ވެއްޖެނަމަ އަހަރެން ހާދަ ބަލިކަށި ވާނެޔޭ” މައިލީން އަށް އެހެންބުނެވުނެވެ.

އާރާ ގެއަށް ގޮސް ފެންވަރައިގެން ނުކުމެ ރީތިވާން ހުއްޓާ އޭނާއަށް ފޯނެއް އައެވެ. ބަލާލިއިރު އާއިކް އެވެ. އޭނާ ހިނިތުންވެލަމުން ފޯން ނަގާ ވާހަކަ ދައްކަން ފެށިއެވެ. އާރާ ހޮސްޕިޓަލް އަށް ދާ ވާހަކަ ބުނުމާއެކީ އާއިކް އެދުނީ އޭނާއާ އެކީ ގައި ދިޔުމަށެވެ. އަދި އޭނާ އާރާ ބަލާ ދަނީ ކަމަށް ބުނެލިއެވެ.

“އޯކޭ ލަވް ޔޫ” އާރާ އެހެން ބުނެލާފައި ފަހަތަށް ބަލާލިއިރު ފަހަތުގައި ޝާލީން ހުރިތަން ފެނިގެން އޭނާ ސިހުނެވެ. “އާރާ ކާކާ ތި ވާހަކަ ދައްކަނީ” ޝާލީން ގެ އަޑުގައި ނުރުހުންތެރިކަމެއް ވިއެވެ. އާރާ އަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ޝާލީން ގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން ދެންމެ އޭނާ ދެއްކި ހުރިހާ ވާހަކަ އެއް އަޑު އިވިއްޖެ ކަމުގައި އޭނާއަށް ޔަގީންކުރެވުނެވެ.

“އަވަސްކޮއްގެން ދޭ… މި އޮތީ ޔަޝްމް އަށް ކާން ދޭން ހުރި އެއްޗެހި. އިލީ ގުޅާފަ ބުނި ޔަޝްމް އަށް ލުއި އެއްޗެއް ދޭށޭ ބުންޏޭ” ޝާލީން ވާހަކަ ދެއްކިއެވެ. އާރާ ބޯ ޖަހާލުމާއެކު ޝާލީން އެ ކޮތަޅު އާރާއަށް ދިއްކޮއްލިއެވެ. އެއާއެކު އާރާ މަޑު ފިޔަވަޅުތަކެއްގައި އައިސް އެ ކޮޓަޅު ހިފައިގެން ނުކުތެވެ.

އޭނާ ބޭރުގައި ހުރެގެން ދެފަހަރަކު އާއިކް އަށް ގުޅައިލިއެވެ. އެހެންނަމަވެސް އާއިކް ފޯނެއް ނުނަގައެވެ. އެހެންކަމުން އޭނާ ހިސާބަކަށް ރުޅި ގަދަވިއެވެ. ދޮންތަ މި ވަގުތު އެއްޗެއް ނުބުނި ކަމުގައިވިޔަސް ފަހުން ބުނާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ވެފައި ހުރި ނުތަނަވަސްކަން ބޭރުކުރެވުނީ ރުޅިވެރިކަމުގެ ސިފައިގައެވެ.

ކުއްލިއަކަށް ކާރެއް އައިސް މަޑުކޮއްލުމާއެކު އެއީ އާއިކް ކަން އޭނާ އަށް ހީވިއެވެ. އެއާއެކު ދުއްވާފައި ގޮސް ކާރަށް އެރިއެވެ. އޭނާ ވާހަކަ ދައްކަމުން ބަލާލިއެވެ. އާއިކް ހިނިތުންވެފައި އިނުމުން އޭނާ އަށް ލަދުން އިސްޖަހާލެވުނީ އޭނާގެ އަނގަ ގަދަކަން ހިތަށް އަރާފައެވެ.

“އައި ލައިކް އިޓް” އާއިކް މާނަ ފުން ހިނިތުންވުމެއް ހަދިޔާކޮއްލަމުން ބުނެލިއެވެ.

އެއާއެކު އާރާގެ މޫނުމައްޗަށް އެރި ރަތްކަން އިތުރުވެގެން ދިޔައެވެ. އޭނާ އަށް މަޑުމަޑުން ހީލެވުނެވެ. އާރާގެ މި އާދައިން އާއިކް ގާތަށް ވެސް މަޑު ހިންޏެއް އައެވެ.

ހޮސްޕިޓަލް އަށް ދެވުމާއެކު އާއިކް އާރާ އަށް ބާލަލިއެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންވެސް ބޭނުން ދާން”

“އެކަމަކު މި ފަހަރަކު ނޫން ދޯ” އާރާގެ މޫނުމަތިން ފެނުނު ނުތަނަވަސް ކަމުން އާއިކް ދެންވެސް ވާހަކަ ދެއްކިއެވެ.

“ކަމޯން… މަޖަލަކަށޭ…” އާއިކް ބުނެލުމާއެކު އާރާ ހިނިތުންވެލިއެވެ.

އަދި އޭނާ ހޮސްޕިޓަލަށް ވަންނަން މިސްރާބުޖެހިއެވެ. އަދި އާއިކް އަށް ހަނާއަޅާލިއެވެ.

އޭނާ ޔަޝްމް ބާއްވާފައި އޮތްރޫމް އަށް ވަންނަން އައިއިރު ތަފާތު ޝުއޫރުތައް ހިތުގައި ހިނގަމުންދިޔައެވެ. އޭނާ އަށް ވިސްނެމުން ދިޔައީ ދޮންތަ ގެ އަމަލް ތައް ދެން ހުންނާނޭ ގޮތަކާ މެދުއެވެ.

ދެދުވަހު އޮބްޒަރވޭޝަން ގައި ޔަޝްމް ބޭއްވުމަށްފަހު ދޫކޮއްލެވުނީ ވަރަށް ގިނަ އިރުޝާރު ތަކަކާ ނަސޭހަތެއް ދިނުމަށްފަހުއެވެ. ޔުއާން ވެސް އެ ދެދުވަހު މައިލީން އެ ކަނިވާ ގަޑި ބަލާފައި ވަދެއެވެ. އެހެންނަމަވެސް މާގިނަ އިރު އޭނާ މަޑެއްނުކުރެއެވެ. ދަރިފުޅު ގާތުގައި ކިތަންމެ ގިނ ވަގުތެއް ހޭދަކުރަން ބޭނުންވެފައި ހުއްޓަސް މި ވަގުތު އޭނާ ހުރީ ހުރިހާކަމަކަށް ޝުކުރުކޮއްލައިގެންނެވެ. ކެތް ކޮއްލައިގެންނެވެ.

އޭގެފަހުން ތިން ދުވަސް ވެސް މައިލީން އާއިލީ ޒިންމާ ޗުއްޓީ ނެގީ މައިލީން ގެ ހުރިހާ ވަގުތެއް ޔަޝްމް އަށް ދިނުމުގެ ބޭނުމުގައެވެ.  ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގެ ރެއިލިން ގައި އަތް އަޅުވާލައިގެން ހުރި ޔުއާން ޔަޝްމް އާ ދޭތެރޭ ވިސްނަމުންދިޔައެވެ. އޭނާއަށް މައިލީން ނުފެންނަތާ ބަރާބަރު ތިން ދުވަސް ވީއެވެ. ދަރިފުޅު ނުފެންނަތާވެސް ތިން ދުވަސް ވީއެވެ. އެ ދަރިފުޅު އުރާލާ ލޯބިކޮއްލުމަށް ކެނޑި ނޭޅި އެހިތް ގޮވަމުން ދިޔައެވެ. ބައްދާލާ ދިމާވާ ކޮންމެ ކަމެއްގައި ކައިރީގައި ހުރެދޭނަމޭ ބުނަން ބޭނުންވިއެވެ. އެހެނަސް މިއަދު އޭނާއަށް މަޖުބޫރެވެ. މި މަޖުބޫރަކީ އޭނާއަށް އަމިއްލައަށް ލިބިގަތް މަޖުބޫރެކެވެ.

ކޮޓަރިތެރޭގައި އެނދުގައި އޮށޯވެގެހް އޮތް ޝާލީން އޮތީ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. “އަހަރެން ބުނި ގޮތަށް ކަންތައް ކުރޭ” އެންމެ ފަހުން ޝާލީން އެހެން ބުނެލުމަށްފަހު ފޯން ބޭއްވިއެވެ. “ކާކާތަ ތި ވާހަކަ ދައްކަނީ؟” ކޮޓަރިއަށް ވަތް ޝިޒާޒް އަހާލިއެވެ. “އާދެބަލަ” އެނދުގައި އޭނާއިން ފަރާތް ނޫން އަނެއްފަރާތުގައި ޖަހާލަމުން ޝާލީން އެދުނެވެ. އެއާއެކު ޝިޔާޒް އައިސްއިށީނެވެ.

“ޝިޔާޒް” ޝާލީން ގޮވާލީ ޝިޔާޒް ގެ ހުރިހާ ސަމާލުކަމެއް ދޭށޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ޝިޔާޒް ވެސް ޝާލީން ދައްކަން އުޅޭ ވާހަކަ އަކަށް ސަމާލުވިއެވެ. “މާދަން އިލީ ޑިއުޓީއަށް ނުކުންނާނެ” ޝާލީން ބުނަން އުޅެނީ ކީކޭކަމެއް ނޭގިގެން ޝިޔާޒް ދެފަރާތަށް  ބޯހޫރާލިއެވެ. ޝާލީން ބުނަން އުޅޭ ވާޙަކަ ބުނެވޭ ވަރުވީ މާދުރުން ފަށައިގެންނެވެ.

“އެކަމަކު ޝާލީ… އަހަންނަކަށް ނުފެނޭ” ޝިޔާޒް ޝާލީން ދިން ހިޔާލާ ދެކޮޅުކަން ހާމަ ކޮއްލިއެވެ. އެހެންނަމަވެސް ޝާލީން ހުރީ ގޮތް ދޫކުރާގޮތަކަށް ނޫންކަމުން އޭނާ އެކަމާ އަޅައެއްނުލިއެވެ.

ޝާލީން ވެސް މާ ބޮޑަށް ބަލިވެ އުޅޭތީ ހުރީ ކުރު ޗުއްޓީއެއް ނަގައިގެންނެވެ. އެހެންކަމުން އޭނާ ގިނަވަގުތު ހޭދަކުރަނީ އަރާމުކުރުމުގައެވެ.

މައިލީން އޮތީ ޔަޝްމް ނިންދަވަންވެގެންނެވެ. އޭނާ މަޑުމަޑުންލަވައެއްކިޔާދެމުން ދިޔައެވެ. ޔަޝްމް ނިދިކަން ޔަގީން ވުމާއެކު އޭނާ ސައިޑް ކަބަޑް މަތީގައި އިން ފޯންނެގިއެވެ. އަދި އެއަށް އައިސްފައި ހުރި މެސެޖް ތައްކިޔާލިއެވެ.

އެނާ އަށް އެ މެސެޖް ތައް ފެނި ރުޅިއާދެވުނެވެ. އެތަށް ފަހަރު އެ މެސެޖް ތައް ކިޔާލިއެވެ. އެނާ ދެކެ އެވަރަށް ލޯބވަނީ ކާކުކަމެއް ނޭގއެވެ.

މާދަމާ އަކީ ޑިޔުޓީއަށް ދާންޖެހޭ ދުވަސްކަން ހަނދާން ވުމާއެކު އޭނާ ފުން ނޭވާއެއްލިއެވެ.

ޖަޒިލް ފޯނުން ފޭސްބުކަށް ވަދެ އޮއްވައި ކުއްލިއަކަށް މެސެންޖާއިން މެސެޖެއް އައެވެ. އޭނާ އެ ހުޅުވާ ބަލާލުމާއެކު ހިނިތުންވެލެވުނެވެ. އެއީ ކުރިން ދުވަހު އޭނާ ފްރެންޑް ރިކުއެއެސްޓް އެކްސްސެޕްޓް ކުރި ކުއްޖާއެވެ. ރިޕްލައި ކޮއްލުމުގެ ބަދަލްގައި އޭނާ ފުރަތަމަ ޕްރޮފައިން ފޮޓޯ ބަލާލިއެވެ. އަދި އެފްބީއަށް ވަދެލާ އެ އައިޑީ ހާވާލިއެވެ. ލާފައިވާ ކޮންމެ ފޮޓޯއަކުންވެސް ފެނިގެން ދަނީ ހިނިތުންވެފައިވާ މޫނުކެވެ. ފޮޓޯ ނަގާފައިވާ ލޮކޭޝަންތައްވެސް އެހާ ރީއްޗެވެ. ހީވަނީ މޮޑެލް ކުރާ އަންހެން ކުއްޖެއްހެންނެވެ.

އިރުކޮޅަކުން އަނެއްކާވެސް މެސެންޖާއަށް މެސެޖެއް އައުމާއެކު އޭނާ ބަލާލިއެވެ. އެއާއެކު  މިފަހަރު ލިޔެފައި އޮތީ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކުރީތީ ޝުކުރު އަދާކޮއްފައެވެ.

ޖަޒިލް ހިނިތުންވެލަމުން އައި ޖަހާލިއެވެ. އެއާއެކު އެ ކުއްޖާ ފޮނުވީ ހިނިތުންވެފައިވާ އެމޯޖީއެކެވެ.

ކޮޓަރިތެރޭގައި ހުރި މޭޒެއްގެ ދޮށުގައި ބަރިއަކަށް ފޮތްތަކެއް ޖަހާފައި ހުއްޓެވެ. އެ މޭޒު ކުރިމައްޗަށް ވާގޮތަސް އިން އެނބުރޭ ގޮނޑީގެ މައްޗަށް ވެއްޓިގަނެގެން އޮތް އަންހެން ކުއްޖާ ގެ ތުންފަތް މަތިން ހިނިތުންވުން ނުފިލައެވެ. އޭނާ އިރުކޮޅަކާ ހުނުން ބާރުކޮއްލައެވެ. އޭރުވެސް މޭޒުމަތީގައި ހުޅުވާފައި ދެ ފޮތް އޮތެވެ. އޭގެ އިތުރުން އެތާހުރި ލެޕްޓޮޕުންވެސް ކޮންމެވެސް އެއްޗެއް އަޅުވާފައި ހުއްޓެވެ.

އެ އަންހެން ކުއްޖާ އެހެން އޮތް އިރު ލިޔަން ގެންގުޅުނު ގަލަން އޮތީ އަނގައެތެރރޭގައި ހިފައްޓާލެވިފައެވެ. “ސާބެހޭ… މާދަން ޓެސްޓޭ ދަރިޔާ… ތި ދސްކޮއްބަލަ” ރީޝާ ބުނެލިއެވެ. “ސާބަހޭ ރީ ދޫންޏާ” އެ ކުއްޖާ ފޯނުން ނަޒަރު ވަކިކޮއްލަމުން ބުނެލިއެވެ.

އަދި ހަމަ އެ މިނިޓް ގައި އަނެއްކާވެސް ފޯނަށް ނަޒަރުހުއްޓާލިއެވެ. އެހެންނަމަވެސް މިފަހަރު އެ ކުއްޖާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. ޖަޒިލް އޮފް ލައިން ވީއެވެ. ފޫހިކަމާއެކު ފޯން އެނދުމައްޗަށް އެއްލާލަމުން އަނެއްކާ ފޮތްތަކަކުގެ ތެރެއަށް އޭނާ ގެނބުނެވެ.

“އެވަރަކުން ތި ކޯހެއް ނަގާފަ ފާސްނުވީމަޔޯ”   ރީޝާ ވާހަކަ ދެއްކިއެވެ.

އެކުއްޖާ މޫނަށް ފޫހިވައއްތަރެއްޖައްސާލިއެވެ. “ހިތަށް އަރާ ނުނެގުނު ނަމައޭ ދެން ނެގުނީމަ ކިޔަވާނީ” އަދި ބުނެލިއެވެ.

ހެނދުނުގެ ވަގުތެވެ. އާދުވަހަކަށް ދުނިޔެ މަރުހަބާކީ އެތަކެއް ބަޔެއްގެ ދިރިއުޅުން އެތަކެއް ގޮތަކަށް ބަދަލް ކޮއްލުމަށްފަހުއެވެ. އެއެއްބައި މީހުންނަށް އުފާވެރިކޮއްދެމުންނެވެ. އަނެއްބައިމީހުންނަށް ހިތާމަވެރިހަބަރުތަކާ އެކީގައެވެ. އަނެއްބައިމީހުންގެ ހިތް ތައް ހާސްކުރުވަމުންނެވެ. އަނެބައެއްގެ ހިތާމަތަކަށް އިތުރު ބޮޅެއް އިތުރުކުރަމުންނެވެ.

ހިތާމެރިދުވަސްތައް ވެސް އަންނާނެއެވެ. އެކަމަކު އަބަދަކު ދެމިއެތް ނޯންނާނެއެވެ. ކޮންމެވެސް ހިސާބަކުން އުފާވެރިކަމެއްވެސް ބައްދަލުކޮއްލާނެއެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ ފިލާވަޅެއް ކަމުގައި ދެކިގެން ކުރިއަށް ދިޔުމަކީ ކާމިޔާބަށް ވާސިލް ވެވެން އޮތް މަގެއްކަން ޔަގީނެވެ.

މައިލީން ގޮސް ހޮސްޕިޓަލް އަށް ވަނެވެ. އެވަގުތު އެހާ ހުރި ނަރުހުންގެ ކައުންޓަރު ދޮށުގައި ނަރުހުންތަކަކަށް އިރުޝާދުދޭން ހުރި ލާވިޔާގެ ލޮލުގައި މައިލީން އަޅައިގަތެވެ.

“ސޯ… މިބޭސް ދީ” ލާވިޔާ އެންމެ ކައުންޓަރުގައ ހުރި ކުއްޖާއަށް އެތާގައި ހުރި ކޮތަޅުން ބޭހެއް ދިއްކޮއްލާފައި ފަހުން އެހެން ބުނެލާފައި ހިނގައިގަތެވެ. އަދި ކުޑަކޮއް ދުވެލާފައި ގޮސް މައިލީން އާ އަރާ ހަމަކުރިއެވެ. އޭނާ މައިލީން އަށް ފުންނަޒަރެއް ދިނެވެ. އެ މޫނުމަތި ވަނީ މިލާފައެވެ. މައިލީން ހީލިއެވެ. އެހެންނަމަވެސް އެ އީ ހިނިތުންވުމެއްނޫނެވެ. އާއެކެވެ. ހިނިތުންވުމެއް ދިން ކަމުގައި ވިޔަސް އެ ހިތނިތުންވުމުގެ ފަހަތުގައި ވަނީ ވޭނާ އުދާހެވެ. އެތަކެއް އާދޭހެކެވެ. ވިއްސި ވިހާލިވެފައިވާ އުންމީދެކެވެ. ކުދި ކުދި ވެފައިވާ ހިތެކެކެވެ. ކުރަން ބޭނުންވާ އެހެނަސް އެކަމަށް ކުޅަދާނަ ނުވާ އެތަކެއް އާދޭހެކެވެ.

“ބީ ބްރޭވް” ލާވިޔާ އެންމެ ފަހުން މައިލީން އަށް ބުނެލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ. އޭނާ ލާވިޔާއާ ދިމާލަށް ބަލާލީ އުންމީދުން ފުރިގެން ވީ ގޮތަކަށެވެ. މައިލީން ގެ ލޮލުން ފެނުނު އާދޭހާ އުންމީދުގެ ސަބަބުން ލާވިޔާގެ ވެސް ދެރަވިއެވެ. އެހެންނަމަވެސް އޭނާއަށް އެވަގުތު ބުނާނެ އެއްޗެއް ނޭގުނެވެ. އޭނާގެ ލޮލުގައި އެވަގުތު އެތަނަށް ވަދެގެން އައި ޔުއާން އަޅައިގަތުމާއެކު މައިލީން ގާތު ހިތްވަރުކުރުމަށް ބުނުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. މައިލީން ފަހަތަށް ވެސް ބެލުމެއްނެތި ލިފްޓާ ދިމާލަށް މސްރާބުޖެހިއެވެ. އެވަގުތު ލިފްޓް ތެރެއަށް އައިސް ވަނީ ޖަޒިލް އެވެ. ލިފްޓް ތެރޭގައި އިތުރު ފަސްމީހުން ތިއްބެވެ. ނަސީބަކުން ތިން ވަނަ ފްލޯއާ ހިސާބުން ލިފްޓް ހުސްވެއްޖެއެވެ. ޖަޒިލް ކުއްލިއަކަށް މައިލީން ގެ އަތުގައި ހިފައިލިއެވެ. އޭނާ ލިފްޓް ގައި ހަތަރުވަނަ ފްލޯއަށް އޮބާލިއެވެ.

***

މައިލީން ހުރީ ހަދަން ވީ ގޮތް ނޭގިފައެވެ. އެނާ ގެ ހިތް ބާރަށް ތެޅެމުން ދިޔއެވެ. އެއްފަހަރު ޖަޒިލް ހިފައްޓާލާފައވާ އތަށް ބަލާލިއެވެ. ދެން ނަޒަރު ޖަޒިލް އަށް ހުއްޓާލިއެވެ. އަދި އެއާއެކު އެ އަތް ނައްޓުވާލަން އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަށް ކުރެވޭ ގޮތެއްނުވިއެވެ.

ޖަޒިލް އޭނާ އާ ދިމާލަށް ބަލާވެސް ނުލައެވެ.  މައިލީން އަށް ހުރީ މި ވާން ވީ ގޮތެއް ނޭގިފައައެވެ.

“ޖަޒިލް ކިހިނެތްތަ ތިއުޅެނީ؟” މައިލީން ހިސާބަކަށް ނުރުހުންވެފައި ހުރެ ބުނެލިއެވެ. އެހެންނަމަވެސް މިފަހަރުވެސް ޖަޒިލް އެކަމަކާ އަޅައެއްނުލައެވެ. ޖަޒިލް ގެ އެބާރުގަދަ އަތުގެތެރެއިން އަތް ނައްޓުވާލުމަކީ މައިލީން އަށް ކުރެވޭ ކަމަކަށް ނުވިއެވެ.

“އިލީ… އަހަރެންނާ އެކީ ރީއްޗަށް ދާނީތަ. ނޫނީ އެންމެން ގެތެރޭގައި މި ގޮތަށް ތި އަތުގަ ހިފައިގެން ދާންތަ ބޭނުމީ” ޖަޒިލް ހުރި ގޮތަށް ހުރެ ސުވާލެއްކޮއްލިއެވެ. އެއާއެކު މައިލީން ރުޅިއައެވެ.

“ތީ ދެން ކޮންކަމެއްތަ އޭތް” މައިލީން އަށް ހަޅޭއްލަވައިގަނެވުނެވެ.

“އިލީ ތިގޮތަށް އަޅޭއްލަވައިގެނެއް އަހަރެންނެއް ބިރެއް ނުގަންނާނެ” ޖަޒިލް މިފަހަރުވެސް ބުނެލިއެވެ. ޖަޒިލް އެ ހުރީ ކިހިނެތްވެފައި ބާއޭ އޭނާގެ ހިތަށް އެރިއެވެ. ލިފްޓް ހުއްޓުމާއެކު ދެން ހަދަން ވީ ގޮތެއްނޭގިގެން މައިލީން ޖަޒިލް އެދުނު ގޮތަށް ކަންތައް ކުރަން އަވަސްވެގަތެވެ. ޖަޒިލް ގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔުމާއެކު ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ. އޭނާ މައިލީން އަށް އައުމަށް އިޝާރާތް ކޮއްލަމުން ގޮސް އެތަނުގައި ހުރި ރޫމް އަކަށް ވަނެވެ.

“ޖަޒިލް ކީއްކުރަންތަ ތިއުޅެނީ… ތީ އަހަރެން ވަރަށް ރުޅިއަންނަ ވައްތަރެއް” މައިލީން ދާން އެނބުރުނެވެ.

“އިލީ” ޖަޒިލް ގޮވާލުމާއެކު މައިލީން ހުއްޓެމުން އެނބުރިބަލާލިއެވެ.

“އިލީ….އަހަރެން އިލީ… އަހަރެން….” ޖަޒިލް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މައިލީން އާ ކައިރިއަށް އަޅަމުން ދިޔައެވެ. މައިލީން ފަހަތަށް ޖެހެމުން ގޮސް ފާރާ ތަތް ވިއެވެ.

“އިލީ… ” އޭނާ މައިލީން ގެ ކޯތާފަތުގައި އޭނާގެ އަތް ބީއްސާލިއެވެ. އަދި މައިލީން އަށް ގޮވާލިއެވެ.

“ޖަޒިލް… ކިހިނެތް ތަ ތިއުޅެނީ…” މައިލީން ބުނެލިއެވެ.

“އިލީ… އަހަރެން އިލީ ބޭނުން ވަރަށް ބޭނުން… ދުވަހަކު އިލީ އަށް ދެރަ ގޮތެއްނަހަދާނަން… އިލީ ގެ ޕާސްޓް އާ އެކީ އިލީ އެކްސެޕްޓް ކުރާނަން… އަހަރެންގެ މުޅި އުމުރު ސްޕެންޑް ކުރަން މިހުރީ ތައްޔާރަށް… އިލީ އަހަރެން ވަރަށް ލޯބި…”

“ހުއްޓާލާ ޖަޒިލް…. ހުއްޓާލާ…” މައިލީން ޖަޒިލް އާ ދިމާލަށް ހަޅޭއް ލަވައިގަނެފައިނުވިތާކަށް އޭނާގެ ކޮތާފަތަށް ހޫނު ހަމަލާއެއް ދިނުމަށްފަހު ނުކުމެގެން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އޭނާގެ ހިތް ކުދި ކުދިވެއްޖެއެވެ. އެތަކެއް އަހަރު ވީ ލޯއްބެއް ގެއްލުނީއެވެ.

***

ލިފްޓު ހުއްޓުނު އިރުވެސް ޖަޒިލް އަކަށް ނޭގުނެވެ. އޭނާ ސިއްސައިގެން ދިޔައީ މައިލީން ގެ އަޑުންނެވެ. “ޒިލް….” މައިލީން ގޮވާލިއެވެ. އަދި ދެއަތް ޖަޒިލް ގެ މޫނު މަތީގައި ދެފަރާތަށް ތަޅުވާލީ އޭނާ އެ ހުރި ހިޔާލީ ދުނިޔޭން ނުތުމަށް އެހީތެރިވެދޭށެވެ.

އޭނާ ހީކުރި ގޮތަށް ޖަޒިލް އަވަސް އަވަހަށް މައިލީން ގޮވައިގެން ގޮސް އެ ރޫމަށް ވަނެވެ.

ޒިލް އަހަރެން މިތަނަށް ގެނެސް ބައިންދާފަ ތިހެން އިނީމަ ވީތަ… އަޅެ ވީކަމެއް ވެސް ބުނީމައެއްނު އިނގޭނީ” މައިލީން ބުނެލިއެވެ. އޭނާ އާއި ޖަޒިލް ތިބީ އެތަނުގެ އެތެރޭގައި ހުރި މޭޒެދޮށުގައި ހުރި ގޮނޑީގައި އިށީދެއެވެ.  އެއާއެކު ހިޔާލުގެ ކަނޑަކަށް ގަރަގުވަމުން ދިޔަ ޖަޒިލް ސިއްސައިގެން ދިޔައެވެ. އޭނާ އެ ގޮތަށް ކަންތައް ކޮއްފިނަމަ މައިލީން އުމުރަށް ގެއްލިދާނެއެވެ. އެ އެކުވެރިކަމަށް ނިމުން އަންނާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ.

އެވަގުތު އޭނާ ކަންކުރަން ރާވާފައިވާ ކަންތައް ކުރަން ޖެހިލުންވިއެވެ. އެކަންތައް މަޑު ޖައްސާލަން އޭނާ ބޭނުންވިއެވެ.

“ސޮރީ އިލީ….. އަސްލު ދޮންތަ ގެ ފަރާތުން ހަބަރު ލިބުނޭ ޔަޝްމް ބޭއްވި ހަބަރު… ނުވެސް އެނގޭ… ބޭނުން ބޭބީ އާ މީޓް ކޮއްލަން ދާނާ” އެންމެ ފަހުން ބުނާނެ އެއްޗެއް ނޭގިގެން ޖަޒިލް އަށް ބުނެވުނެވެ.

އެއާއެކު މައިލީން ހީލިއެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“އަޅެ ތި ވާހަކަ ބުނަން ވެގެން ތަ ތި ގެނައީ” މައިލީން ގެ ޖާދުވީ ހުނުމަށް ގެއްލިފައި ޖަޒިލް އަށް އިނެވުނީއެވެ. އެކަން މައިލީން އަށް ވެސް ފާހަގަވީކަންނޭގެއެވެ. އޭނާ ހުނުން މަޑުކޮއްލަމުން ޖަޒިލް ކުރި ސުވާލަށް ޖަވާބުދިނެވެ.

“އާ… އެކަމް މިހާރު ރަނގަޅު އަލްޙަމްދުލިއްﷲ….” މައިލީން ބުނެލިއެވެ.

“އަސްލު ކިހިނެތްތަ ވީ؟” ޖަޒިލް އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންނަމަވެސް މައިލީން އެ ސުވާލަށް ޖަވާބެއް ނުދެއެވެ. “މީނަވެސް ހުވާ މިބުނީ…. ” މައިލީން ޖަޒިލް ގެ ކަންފަތުގައި ހިފާލިއެވެ. “އާއޫ” އެއާއެކު ޖަޒިލް އަށް ބުނެވުނެވެ.

އެއީ ސްކޫލް ދައުރުގައިވެސް މައިލިން އާއްމުކޮއް ކޮއް އުޅުނު ކަމެކެވެ. ޖަޒިލް އަބަދުވެސް މައިލީން އަށް ދޫކޮއްލާތީ ކުދިން ދިމާވެސް ކުރާނެއެވެ. ތީ ފިރިހެނެތް ހެއްޔޭ ކިޔާފައި ދިމާ ކުރާނެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ކަމަކުން ޖަޒިލް އަށް ލިބެމުން ދިޔައީ ނޭގޭ އުފަލެކެވެ.

މައިލީން އުފާވާނޭ ކޮންމެ ގޮތަކަށް ކަންތައް ކޔރަން އޭނާ ބޭނުމެވެ. އޭނާގެ ހިތަށް ނޭގޭ ހަމަޖެހުމެއް ލިބެއެވެ.

“ދަނީ ޒިލް… ސާބަހޭ… ޑިއުޓީ އަށް ގަޑިވެސް ޖެއްހިއްޖެ” މައިލީން ބުނެލިއެވެ.

އަދި ނުކުތެވެ.

އެއާއެކު ޖަޒިލް ފޯނުން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އެކޮޅުން ބުނި ވާހަކަ އިވިގެން އޭނާ ބޯ ކަހާލިއެވެ.

އަދި ޑިއުޓީ ފެށެނީ ކަމަށް ބުނަމުން ފޯން ކަނޑާލިއެވެ.

މައިލީން ނުވަވަނަ ފްލޯއަށް ދިޔައިރުވެސް އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އެވަގުތު އެތަނުގައި ބަލިމީހެއްގެ އެހީތެރިއަކަށް އިރުޝާދުދެމުން ދިޔަ ޔުއާން ގެ ލޮލުގައި މައިލީން އަޅައިގަތެވެ. އޭނާ އެކަމަކު އެވަގުތު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

އެމީހާ އާ ކުޑަކޮއް ވާހަކަ ދައްކާލުމަށްފަހު ޔުއާން ކައުންޓަރ ދޮށަށް ޖެހިލިއެވެ. “އިންނާނެ މެއިލް ގެ ޑޮކިޔުމެންޓެއް. ޕްލީޒް ޕްރިންޓް އެންޑް ގިވް މީ” ޔުއާން އަހާލިއެވެ. އެއާއެކު މައިލީން އަވަސް އަވަހަށް މެއިލް ހުޅުވާލިއެވެ. އަދި އެ ޕރިންޓް ނެގުމަށްފަހު ޔުއާން އަށް ދިއްކޮއްލިއެވެ. ޔުއާން އެ ރިޕޯޓް ގައި ހިފީ މައިލީން ގެ އަތާ އެއްކޮށެވެ. އޭނާ މައިލިން އަށް ހިނިތުންވެލިއެވެ.

“ޔުއާން ދޫކުރޭ” މައިލީން އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

“ނޯ” ޔުއާން އެވަގުތު ހިނިތުންވެލާފައި އެހެންބުނީ މަޖަލަކަށް ކަމަށްވިޔަސް މައިލީން އަށް ހިތުގައި ޖެހުނެވެ. އޭނާ ދެވަނަ ފަހަރަށް ވެސް އެދުނީ ދޫކުރުމަށެވެ.

“އަހަރެން މުޅި އުމުރު މިގޮތަށް ހިފާފައި ނުދޫކޮއްފިއްޔާ؟” ޔުއާން އަހާލިއެވެ. އެވަގުތު އޭނާގެ ތުންފަތް މަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނާ ބޭނުންވީ މައިލީން އާ އެކީ ކުޑަކޮއް ވާހަކަ ދައްކާލާށެވެ.

“ޔަޝްމް ކިހިނެތްތަ މައިލީން” ޔުއާން ޔަޝްމްގެ ވާހަކަ އަހާލިއިރު މައިލީން ގެ ފުރުހަމަ ނަން ބޭނުން ކޮއްލިއެވެ. އެވަގުތު ޔުއާން ގެ އެބަހުން މައިލީން އަށް އައި އަސަރު ޔުއާން ދެނެގަތެވެ. އޭނާ އަވަސް އަވަހަށް އެއްލޯ މަރާލަމުން މައިލީން އަށް ލީން އޭ ކިޔާ މުހާތަބް ކޮއްލިއެވެ.

“ކޮން ލީން އެއް. ލީން މަރުވެއްޖެ” ކުރިންވެސް އެއްދުވަހަކު ޔުއާން އަށް މައިލީން ދިން ޖަވާބު މިއަދުވެސް އޭނާ ތަކުރާރުކޮއްލިއެވެ.

“އެ ލީން މަރުވީ މައިލީން އަށް. އެކަމަކު މި ޔުއާން އަކަށް އެ ލީން އެއް މަރެއްނުވޭ…” ޔުއާން މައިލީން ގެ އަތުން ދޫކޮއްލަމުން ޖަވާބުދިނެވެ.

“މަރުނުވާނަމަ މިހުރިހާ ދުވަހު ހުރީހީ އަހަރެންގެ ގާތުގައެއްނު” މައިލީން ވެސް ޖަވާބުދިނެވެ.

“ޔަޝްމް ކިހިނެތްތަ ލީން… އަހަރެންވެސް ބޭނުމޭ އެ ދަރިފުޅުގެ ހާލު ބަލަން” ޔުއާން އަށް ބުނެވުނެވެ.

“ޔަޝްމް ރަނގަޅު… އިންޝާﷲ… ވަރަށް ރަނގަޅު… ޔުއާން ޔަޝްމް ގެ ހާލު ތިބަލަނީ ކޮން ހައިސިއްޔަތަކުންކަން އަހަންނަށް އަހާލެވިދާނެތަ؟” މައިލީން ބުނެލިއެވެ.

“އަމިއްލަ ނަފްސާ ތި ސުވާލުކޮއްލާ… އޭރުން ޖަވާބު ލިބޭނެ” ޔުއާން އެ ތަނުން ދާން ހިނގައިގަތީ މައިލީން އާ ދިމާލަށް ވަރުގަދަ ބަހެއް ބުނެލާފައެވެ.

އެނާއަށް ނޭގުނު ކަމަކީ އެބަހުގެ ސަބަބުން މައިލީން ހިތުގަ ޖެހޭނެ ވަރެވެ. މި ވީ ހާދުވަހު ޔުއާން އަށް އޭނާ އެދުނު ވަރެވެ. މިއަދު އޭނާ އެގޮތަށް އަމަލް ތައް އެ ބަހައްޓަނީ އިތުރަށް އެހިތް ހަލާކުވާން ނޭދޭތީ ކަމެވެ.

މައިލިން އަށް ގޮނޑިއަށް ވެއްޓުގަނެވުނެވެ. އޭނާ މޭޒުގައި ބޯއަޅާލިއެވެ. އެއާއެކު ތަންކޮޅެއްކުރީގެ ހަނދާނެއް އޭނާއަށް އައެވެ.

ޔުއާން އެ ދުވަހު ބުންޏެވެ. މައިލީން އަށް މި ވަޒީފާ އެކަށީގެނެއްނުވެއެވެ. އާއެކެވެ. އޭނާ ގަބޫލްކޮއްފިއެވެ. މަސައްކަތުގައި އިންނަ އިރުވެސް އޭނާ އަބަދު އިންނަނީ ކޮންމެވެސް ހިޔާލެއްގައެވެ. ފިކުރެއްގައެވެ.

އެވަގުތު އޭނާ ސިހުނީ ރީކާގެ އަޑު ޖެހުމުންނެވެ. އޭނާ އިސްއުފުލާލާ ބަލާލިއެވެ.

ތާކުން ފިރިހެނެއް ފެންނައިރަށް ފަހަތުން ނެއްޓެން ނޭގިގެން އުޅޭ އިރު ހިތަކަށް އެއްވެސް އެއްޗެއް ހަމަ ނާރާތަ؟” ރީކާ ދެން ބުނެލި ޖުމްލައިން މައިލީން ސިހުނެވެ. އެނާ އިތުރު އެއްޗެކޭ ނުބުނެއެވެ. “ރީކާ ތި ކުރަން އައި ކަމެއް ކޮއްފަ އަވަހަށް މިތަނުން ދޭ” މައިލީން ބުނެލިއެވެ. އެއާއެކު ރީކާ ރުޅިއައިސް ރަތްވެފައި ހުރެ ޝަހާދަތް އިނގިލި މައިލީން އާ ދިމާލަށް ދިއްކޮއްލިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ކައުންޓަރ އެތެރެއަށް ވަދެ އެތަނުގައި އޮތް ކޮންމެވެސް ފައިލް އެއް ހިފައިގެން ނުކުމެގެން ދިޔައެވެ.

އެއާއެކު މައިލީން އަށް ފުން ނޭވާއެއްލެވުނެވެ. ވާނީވެސް އެހެންނެވެ. ރީކާ އެ ބަސް އޭނާ އާ ދިމާލަށް އެ ބުނީ ކަމެއް އެނގިގެންހެއްޔެވެ؟ ނޫނީ ދެރަކޮއްލުމަށްހެއްޔެވެ؟ ވީ ގޮތެއްނޭގި ރީކާ އޭނާ އާ އެހާ ދުރުވި ސަބަކީ ކޮބާ ހެއްޔެވެ؟ މީހަކު އެނާގެ ސިކުނޑި ދޮވެލީ ހެއްޔެވެ؟.

ޑިއުޓީ ނިންމާލާފައި ގެއަށް މައިލީން ދިޔައެވެ. އޭނާ ގޮސް ވަތްތާ މާގިނަ ވަގުތެއްނުވެއެވެ. ދޮރުގައި ޓަކި ޖަހާލިއެވެ. އެވަގުތު ދޮންތަވެސް ސިޓީން ރޫމްގައި އިނެވެ. ތިރީ ޓައިލްސް ތަކު މަތީގައި ޔަޝްމް ކުޅޭ އެއްޗެހި ތަކެއް އަތުރައިގެތް އިން އިރު ޝާލީން އިނީ ޓީވީއަށް ގެއްލިފައެވެ. އޭނާ ދޮރުހުޅުވަން ދިޔަ މައިލީން އާ ދިމާލަށް މާނަ ފުން ނަޒަރަކުން ބަލާލިއެވެ.

އަދި އަނެއްކާވެސް ޓީ ވީއަށް ނަޒަރު ހުއްޓާލިއެވެ. މައިލީން ގޮސް ދޮރުހުޅުވާލުމާއެކު ހައިރާންވެގެން ދިޔައެވެ. ކުރިމަތީގައި ހުރި މީހާ ހުރީ ތޮތްޕަކުން މޫނު ނިވާ ކޮއްފައިކަމުން ނާއި ކުރިމަތީގައި ބަހައްޓާފައި ހުރި ބޮޑު ބުކޭ ގެ ސަބަބުން މޫނު ފެންނަ ގޮތެއްނުވިއެވެ. އޭނާ ކާކުހޭ އަހާލުމާއެކު އެމީހާ ދިއްކޮއްލީ ސިޓީ އުރައެކެވެ. އެއާއެކު މައިލީން އެ ސިޓީ އުރައިގައި ހިފިއެވެ. ދެން އެމީހާ އެ މާ ބޮޑި ދިއްކޮއްލިއެވެ.

“އެކްސް ކިއުޒް މީ… ހީވަނީ އޮޅުމަކުންހެން ތި ގެނެވުނީ” މައިލީން ބުނެލިއެވެ. އޭނާ ބަންދުކޮއްފައިވާ ސިޓީއުރަ ދެފަރާތަށް ޖަހާލާ ބަލާލިއެވެ. އެއާއެކު އެމީހާ ބޯ ހޫރާލިއެވެ. އަދި އެ ބުކޭ މައިލީން ގެ އަތަށް ލިޔެވެ. ނުވިސްނާ ހުރި މައިލީން ހުރީ އެނާ އެ ގޮތަށް ކަންތައް ކުރުމުން ޖެހިލުންވެފައެވެ. އެ މައިލީން އަތަށް ދީފައި އޭނާ ދިޔައިއެވެ. ފުން ނޭވާއަކާއެކު ދެފަރާތަށް ބޯ ހޫރާލަމުން މައިލީން ގޭތެރެއަށް ވެނެވެ. ޝާލީން އަށް އެތަން ފެނުމާއެކު އޭނާ އަށް ހެވުނެވެ.

މައިލީން ގެ މޫނުގެ ކުލަ ވަރު ހުރި ގޮތުން އޭނާއަށް ހެވުނީއެވެ. “ތި ކަނޑާބަލަ” ސޯފާއިން ތެދުވެގެން މައިލީން ގާތަށް އަންނަމުން ޝާލީން ވާހަކަ ދެއްކިއެއްނެ” އޭރުންނެއްނު އެނގޭނީ ކާކު ފޮނުވި އެއްޗެއްކަން ވެސް” ޝާލީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

މައިލީން ޝާލީން އަތަށް އެ މާބޮނޑި ދިނުމަށްފަހު އެ ސިޓީ އުރަ ކަނޑަން އަވަސްވެގަތެވެ. އެވަގުތު އޭނާ ގެ ހިތަށް ޔުއާން ގެ ނަން ވެރިވެގެން ދިޔައެވެ.

އޭނާ ސިޓިއުރަ ކަނޑާލާފައި އޭގައި ވާ ލިޔުންކޮޅު ކިޔާލިއެވެ.

“އެންމެ ކުރިން ސުރެ ފަށައިގެން ވެސް ތި ނަން މޭގައި ފެވިފައި ވިއެވެ. ހަނދާނުން ފިލުވާލަން އަހަންނަށް އުނދަގޫ ވިއެވެ. ކިތަންމެ ދުރުގައި ވިޔަސްމެއެވެ. ލޯބިން ތިނަން އަބަދުގެ އަބަދަށް މިމޭތެރޭގައި ފޮރުވާލަން ބޭނުމެވެ. އިންތިޒާރުގައި އަބަދުވެސް ހުރީމެވެ.

ލޯބިވާ…”

ލިޔުން ކޮޅުގައި ކާކު ފޮނުވި އެއް ޗެއް ކަމެއްބުނެފައި ނެތެވެ. ކުޑަމިނުން ކާކަށް ފޮނުވި އެއްޗެއް ކަންވެސް އެނގެން ނެތެވެ. ޝާލީން ވެސް ހުރީ ހައިރާންވެފައެވެ.

ދެމީހުންގެ ހިތުގައިވެސް ވަނީ ސުވާލުތަކެކެވެ.

ދެކޮނޑު އަރުވާލަމުން ދެމީހުންވެސް އެ ބުކޭ ގެންގޮސް ވާޒް އަކަށް ޖަހާލިއެވެ. އަދި ޓީ ވީ ރެކް މަތީގައި ބައިންދާލިއެވެ. “މަމްމީ” ޔަޝްމް ގޮވާލުމާއެކު މައިލީން ބަލާލިއެވެ. މިދެތިން ދުވަހު ޔަޝްމް ގެ ހާލަތު ވަރަށް ރަނގަޅެވެ. ހަފްތާއަކު އެއްފަހަރު ޗެކްއަޕް ހަދަން ދާން ޑޮކްޓރ އޮތީ ބުނެފައެވެ. އަދި ކުއްލި އަކަށް ގައިވެސް ސާޖަރީއަށް ދާންޖެހޭނެ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން ތައްޔާރުގައި ތިބުމަށް ޑޮކްޓަރުން އެމީހުންނަށް އިރުޝާދުދިނެވެ.

“ހައްތަހާވެސް ސާރޖަރި އަށް ނުދާން މިއުޅެނީ އިޓްސް ބިލޯ ޓެވެންޓީ ފައިވް ޕަރސެންޓް ރަނގަޅުވާނެކަމަށް. އެހެންވެ އަދިވެސް ޓްރައި ކުރާނީ މެޑިކޭޝަންސް…”

ލާވިޔާގެ ބަސްތައް މައިލީން ގެ ބޮލުގައި އެނބުރިގަތެވެ. އޭނާ ދެން ގޮސް ޔަޝްމް އުރާލިއެވެ.

ޖަޒިލް ގެއަށް ދިޔައިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އޭނާ އޭނާގެ ކޮޓަރިއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން މަންމަ ގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހީ މަންމަ އާ ވާހަކަ ދައްކާލުމަށެވެ. އޭނާ ކޮޓަރީގައި ޓަކި ޖަހާލުމާއެކު އާދިލާ އައިސް ދޮރުހުޅުވާލިއެވެ. ޖަޒިލް ފެނިގެންވެސް އެމޫނުމަތި މިއަދު އުޖާލާވެގެން ނުދިޔައެވެ. އާދިލާ ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލަމުން ޖަޒިލް ވަންނަން އިޝާރާތް ކޮއްލިއެވެ. ޖަޒިލް އައި ބޭނުން އޭނާއަށް އިނގޭފަދައެވެ. އެހެންކަމުން ވެސް ފުދޭވަރެއްގެ ފޫހިކަމެއް އޭނާއަސް ވެފިވެފައިވިއެވެ.

“ކިއްކުރަން ތިއަޔީ” އާދިލާ ގެ އަޑުގައިވަނީ ނުރުހުމެވެ. އެހެންނަމަވެސް އޭނާ ބެލީ މަޑުން ވާހަކަ ދެއްކޭ ތޯއެވެ.

އޭނާ ފުރަގަސްދީގެން ހުރުމަށްފަހު ޖަޒިލް އާ ދިމާލަށް އެނބުރުނެވެ. އެއާއެކު ޖަޒިލް ގެ ހިނިތުންވެފައވާ މޫނު އޭނާގެ ލޮލުގައި އަޅައިގަތެވެ.

ޖަޒިލް ލާފައި ހުރީ ގަދަ ނޫކުލައިގެ ޓީޝާޓް އަކާއި ހުދުކުލައިގެ ސޯޓެކެވެ. ފިރިހެންވަންތައެވެ. ދެ ޖީބަށް އަތް ޖަހާލަމުން އޭނާ ދެކޮނޑުއަރުވާލިއެވެ. އަދި މަންމަ ގާތަށް ގޮސް މަންމަ ގެ ދެކޮނޑުގައި ހިފާލުމަށްފަހު އައިސް އެނދުގައި ބެއިންދިއެވެ. ދެން ޓައިންލްސް ތަކު މަތީގައި ކަކޫ ޖައްސާލަމުން މަންމަ ގެ އުނގުގައި ބޯ ޖަހާލިއެވެ.

“މަންމާ… މަންމަ ގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން…މަންމަ ދެރަކުރާކަށް ބޭނުމެއްނޫން… އަޅުގަނޑަށް ފެނުނީ މަންމަ ހިތާމަ ކުރިވަރު… ބައްޕަ މަންމަ އަށް އަނިޔާ ކުރިވަރު… އެއިން ކޮންމެ ފަހަރަކު މަންމަ ސަލާމަތަތް ނުކުރެވުނީތީ މިއަދު ދެރަވަން. އެކަމަކު އޭރު މި ދަރިފުޅަށް ކުރާނެ ކަމެއް ނުވިސްނުނީ. އެ ދުވަހަށްފަހު ވެސް މަންމަ… ބައްޕަ ބަލިވެ އުޅުނު އިރުވެސް މަންމަ ދެގޮތެއްނުވެ ފިރިމީހާއަށް އަޅާލުމުގައި ދެމިހުރީމު… އެއްވެސް ޝަކުވާއަކާ ނުލާ… އެކަމުން ވެސް މަންމަ ބައްޕަ ދެކެ ވީ ލޯ ބި އަޅުގަނޑަށް ޔަގީންވި… އެކަމަކު މަންމާ” ޖަޒިލް ކުއްލިއަކަށް އޭނާގެ މަންމަ ގެ އުނގުން ބޯ ނަގާ ބަލާލިއެވެ. އޭރު ވެސް އޭނާ އިނީ ޓައިލްސް ތަކުމަތީގައި އިށީދެއެވެ. އޭރު އޭނާގެ މަންމަ ގެ މޫނުމަތިން އޭނާއަށް ހިތް ދަތި އަސަރުތަކެއް ފެނުނެވެ.

އަނެއްކާވެސް އޭނާ މަންމަ ގެ އުނގުގައި ބޯ އަޅާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. “މަންމާ… އޭރު މި ދަރިފުޅަށް ވެސް އަސަރު ކުރިއޭ… މަންމަ ކިހިނެތްތަ އެހާ ވަރަށް ކެތް ކުރީ… އެކަމަކު މިއަދު މަންމަ އަށް ކިހިނެތްތަ ތިވީ؟ އޭރު މަންމަ ގެ އުޅުނު ގޮތެއްނޫން ތީ… ބައްޕަ މަސްތުވާތަކެތީގަ ޖެހި ގޮސް ގެއްލިފައި ވިއރުވެސް މަންމަ ކެތް ކުރީ… އޭރު މަންމަ އަށް މި މުދާ މިއީ މުހިންމު އެއްޗެއްނޫން… މަންމަ ބުނަމުން ގެންދިޔައީ މަންމަ ބޭނުމީ ލޯބި ކަމަށް.. އެކަމަކު މިއަދު ކިއްވެމަންމާ” ޖަޒިލް ހުއްޓާލިއެވެ. އޭނާ އެ އޮތް ގޮތަށް އޮތީއެވެ.

“މަންމާ… މަންމައަށް މި ދަރރިފުޅުގެ އުފާތަކަށް ވުރެ މުހިންމީ ފައިސާތަ؟ މުދާތަ؟ ލޯބި ނުލިބިގެން މަންމަ އުޅުނު ގޮތް އެއްފަހަރުވެސް ވިސްނާލަބަލަ. މަންމަ ގެ މި ދަރިފުޅަށް އެހެން ނުވާނެތަ؟” ޖަޒިލް އެ އުނގުމަތިން ބޯ ނަގާ ހިޔާލެއް ނުކުރިއެވެ.

އޭނާ އަށް ދެން ސިހުން ލިބި ބަލާލެވުނީ އޭނާގެ ކޯތާފަތާ ދިމާލުން ތެތްކަމެއް ވެރިވެގެން ދިޔުމުންނެވެ. ބޯ އުފުލާލާ ބަލާލިއިރު މަންމަ ގެ ލޮލުން ކަރުނަ ފައިބަނީއެވެ. އޭނާ އެ ވާހަކަ ދެއްކީ ފަހަރެއްގައިވެސް މަންމަ ދެރަ ކުރާކަށް ނޫނެވެ. މަންމަ އަށް އެއްޗެއް ވިސްނަދޭށެވެ.

ހަގީގަތުގައި މިކަމާ ބެހޭ ގޮތުން މަންމަ އާ ވާހަކަ ދައްކަން އުޅޭތާ ވެސް ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. ފުރުސަތެއްލިބުމާއެކު އޭނާ ބެލީ ވީހާވެސް މަޑުމައިތިރިކަމާއެކު މަންމަ އަށް ވިސްނަދޭށެވެ. މަންމަ އާ ދިމާލަށް ހުތުރުބަހުން މުއާމަލާތުކޮއް ވާހަކަ ދެއްކުމަކީ ކިހާ ބޮޑު ފާފައެއްކަން އޭނާ އަށް އެނގެއެވެ. ހާއްސަކޮއް އޭނާގެ މަންމަ އޭނާ ބަލާ ބޮޑުކުރީ ބައްޕަ އެއްގެ އެހީތެރިކަމަކާ ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބައްޕަ އަކީ ހުއްޓަސް ނެތް މީހެކޭ އެއްފަދަ މީހެކެވެ. މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވި މީހެކެވެ. އެ ބައްޕަ ދުނިޔެ ދޫކުރީ ވެސް ކެންސަރުބަލީގައެވެ. މަންމަ އަށް އެހާވަރަށް ބައްޕަ އަނިޔާކުރާއިރު އޭނާ އަށް ވެސް ފެނެއެވެ. އެއިން ކޮންމެ ފަހަރަކު ބައްޕަ ހުންނަނީ ހަމަހޭގައި ނޫންކަން ވެސް އޭނާ ކުޑަޔަސް އޭރުވެސް އޭނާގެ ސިކުނޑިއަށް ނަގައިގަނެވެއެވެ.

“އައެމް ސޮރީ މަންމާ… މަންމަ ނުރުހެންޏާ އަޅުގަނޑު ކަމެއް ނުކުރާނަން” ޖަޒިލް އޭނާގެ މަންމަ ގެ ކަރުނަތަށް ފޮހެލަމުން ބުނެދިނެވެ.

އޭނާ އަށް ބޭނުންވާ ހުރިހާ އެއްޗެސް ތަފާތު މަސައްކަތްތައް ގޭގައި އިނދެގެން މަސައްކަތް ކޮއްގެން ކޮއްދިނީ އެ މަންމައެވެ.

އޭނާގެ ހިޔާލަށް އެއްރޭ ސިފަވެގެން ދިޔައެވެ.

***

އާދައިގެ މަތިން އެރޭވެސް ދެނަމާދު ދޭތެރޭގައި ޖަޒިލް އައީ ޤުރުއާން ކިޔަވާފައެވެ. ގޭތެރެއަށް ވަތް އިރަށް އޭނާގެ ކަންފަތުގައި ޖެހުނީ މަންމަ ގެ ގިސްލުމުގެ އަޑެވެ. އެގެއަކީ އިހުގެ ގޮތަށް ހަދަފައިވާ ގެއަކަށް ވުމާއެކު މުޅިގޭގައިވެސް ވަނީ ތަޅުން އަޅާފައެވެ. ޖުމްލަ ތިން ކޮޓަރި ހުރިއިރު ކޮންމެ ކޮޓަރިއެއްގައިވެސް ވަނީ ތަރަފާލު އަޅާފައެވެ. އާދައިގެ ފަންޖެހެދެއް ސިޓީން ރޫމްގައި ހުއްޓެވެ. އޭގެ އިތުރުން ސަރަންފީއެއް ހުއްޓެވެ. ޓީވީއެއްހުއްޓަސް އެ ހުރީ ތެޅިފައެވެ.

ޓީވީ ލޮލުގައި އަޅައިގަތުމާއެކު ޖަޒިލް އަށް ފުންނޭވާއެއްލެވުނެވެ. އެއީވެސް އޭނާގެ ބައްޕަގެ ކަމެކެވެ. ރުޅިއައިސްގެން އެއްޗެހި ހަލާކު ކުރާއިރު އެ ހުރިހާ އެއޗަކީ ވެސް ބައްޕަ ގެ އެހީއަކާ ނުލާ މަންމަ ހޯދާ އެއްޗެހި ކަން ވިސްނާނުލަނީއެވެ.

އޭނާ ފުން ނޭވާއަކާއެކީ ގޭތެރެއަށް ވަނެވެ. އަޑު އަންނަނީ މަންމަ ގެ ކޮޓަރީގެ ތެރެއިންނެވެ.

އެހެންކަމުން ހަނި ގޯޅިތެރެއިން ގޮސް އޭނާ މަންމަ ގެ ކޮޓަރީގެ ދޮރު ކައިރީގައި މަޑުކޮއްލިއެވެ. އެއާއެކު ބައްޕަ ގެ ރުޅިވެރިކަމުގެ ހަޅޭކުގެ އަޑު ވެސް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ.

“ކަލޭ އާ ހެދިއޭ. ހުސެން މެން މަށާ ދިމާލަށް އެއްޗެހި ކިޔަނީ… މާ ހިތްވަރު ގަދަ މުރާލި މީހަކަށް ވެގެން އެބަ މަސައްކަތް ކޮއްގެން ލާރި ހޯދައެއްނު. އިނގޭތަ ކަލެއާ ހެދި އެމީހުން މަށާ ދިމާލަށް ބުނި އެއްޗެއް މިއަދުވެސް. ހޮޅުއަށިގަ ތިބެގެން މަ އެހިސާބަށް އަރާ ހަމަ ވިއިރަށް ބުނެފިޔޭ.. އަތުން ފައިން މަސައްކަތް ނުކޮއް އަނބިމީހާ މަސައްކަތް ކޮއްގެން ހޯދާ ލާރީގައޭ އުޅެނީ އޭތް” ޖަޒިލް ގެ ލޮލުން ފެން ފެންއައެވެ.

އެހެނަސް ދެންވެސް އޭނާ ކެތް ކޮއްލައިގެން ހުއްޓެވެ. މި ފަހަކަށް އައިސް ބައްޕަ އޭނާއަށް ވެސް އަނިޔާ ކުރާތީ މަންމަ އޮންނަނީ އޭނާ ގާތު ނުދިޔުމަށް ބުނެފައެވެ.

ޖަޒިލް ހިތަށް ތަފާތު އެއްޗެހި އަރަމުން ދިޔައެވެ.

ބައްޕަ އަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ ބައްޕަ އެބުނާކަމެއްކުރަން ބޭނުން ކުރަނީ މަންމަ ގެ ލާރިއެވެ. މަންމަ މަސައްކަތް ކޮއްގެން ހޯދާ ލާރިން ގޭތެރޭގެ ކަންތައް ތައް ކޮއް ކާއެއްޗެހި ރޯ ފިލުވާލެވެނީ ކިރިއާއެވެ. އެހެންމީހުން ގެ ކުރިމަތީގައި ކިތަންމެ ހިނިތުންވެލައިގެން ހުއްޓަސް އޭނާ ވެސް ދެރަވެއެވެ. އަމިއްލަ ހާލާމެދު ޝަކުވާ ކުރެވެއެވެ.

އޭނާ އަށް އިތުރަށް ކެތް ނުކުރެވުނީ ކޮޓަރި ތެރެއިން ބާރު އަޑު ފަށް ގަނޑެއް އިވިފައެވެ. އޭނާ ދޮރު ހުރިބާރުލާފައި ހުޅުވާލިއިރު އޭނާގެ ބައްޕަ އައިސް ނުކުންނަނީއެވެ. ދޮރު ޖެހުނީ އެ ބައްޕަ ގެ ނިތް މަތީގައެވެ. އެއާއެކު އޭނާ އައިސް ޖަޒިލް ގެ ކަރުގައި ހިފިއެވެ. އެވަގުތު އޭނާ ކޮށި އެރިއެވެ.

އޭނާގެ ބައްޕަ އޭނާ ދޫކޮއްލުމާއެކު އޭނާ އަވަސް އަވަހަށް ކޮތަރިތެރެއަށް ބަލާލިއެވެ. އަލަމާރި މަންމަ ގެ ގައި މައްޗަށް ވެއްޓިފައި ވީއިރު ތަޅުންގަޑުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ނިތްމަތިން މަންމަގެ ފަޅައިގެންގޮސްފައިވާ ތަނެވެ. އޭނާ އަވަސް އަވަހަށް އެ އަލަމާރި ކައިރިއަށް ޖެހިލާ އެ އުފުއްލާލެވޭތީ އުޅުނެވެ. އާދައިގެ އަލަމާރިއެއްކަމުން އޭނާއަށް އެ އެއްކޮއް ނޫފުއްލުނު ކަމުގައިވިޔަސް ކުޑަކޮއް އުފުއްލާލާ އެއްފަރާތައް ޖައްސާލެވުނެވެ.

އޭނާދެން މަންމަގެ ބޯ ނަގާ އޭނާގެ އުނގުމަތީގައި ބާއްވާލިއެވެ. ދެއަށްފަހު މަންމަގެ މޫނުމަތީގައި ފިރުމާލުމަށްފަހު ގޮސް އެނުމަތިން ބާލީހެއް ގެނެސް ބޯދަށަށް ލައްވާލިއެވެ. އެއަށްފަހު އޭނާ ދުވެލާފައި ގޮސް ސިޓިންރޫމް ގައި އިން ސްކޫލް ދަބަހުން ކުޑަ ރުމާކޮޅެއް ނެގިއެވެ. އެހިފައިގެން އައިސް މަންމަ ގެ ނިތްމަތީގައި ޖައްސާލިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ.

“މަންމާ ހިނގާ ދާން.. އެހެން ތަނަކަށް ދާން ހިނގާ” ޖަޒިލް އަށް ބުނެވުނީ އެ ވަރަށެވެ.

އޭނާ އެތައް އިރަކު އެ މަންމަ ގެ ގާތުގައި އިނެވެ.

***

ހިޔާލުތަކުން ނުކުމެވުމާއެކު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“މަންމާ… ފައިސާ އާ މުދަލަކީ މަންމަ އޭރު ވިސްނި އެއްޗިއްސެއްނޫން.. ކީއްވެ މިއަދު؟” ޖަޒިލް އަށް ބުނެވުނެވެ. އޭނާ އަނެއްކާވެސް މަންމަ ގެ ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔަ ކަރުނަ ތިކި ފޮހެދިނެވެ.

“ދަރިފުޅާ މަންމަ އަށް މާފުކުރޭ” އާދިލާ އަށް ބުނެވުނީ އެވަރަށެވެ.

ތެދެކެވެ. ދުނިޔޭގެ ދަޅަތަކަށް އިން ސާނުން ވަރަށް ފަސޭހައިން ހެއްލިދެއެވެ. އެއްބަޔަކު ދުނިޔޭގެ އުފާތަކަށް އިސްކަންދެއެވެ. އަނެއްބަޔަކު މުދަލާ ފައިސާއަށް ގުރުބާންވެއެވެ. އެހެނަސް އެހުރިހާ އެއްޗަކީ ވެސް ވަގުތީ އެއްޗެއްސެވެ. މުއްސަނދިން ފަގީރުންނަށް އޯގާތެރިވާން ވާނެއެވެ. އެހީތެރިވާންވާނެއެވެ. އިސްލާމް ދީނުގައި ޒަކާތް ފަރުޟު ކުރައްވާފައިވަނީވެސް ވަރަށް މާތް މަތިވެރި މަގްސަދެއްގައެވެ.

ޒަކާތުގެ ސަބަބުން އެތައް ބަޔަކަށް ލުއި ފަސޭހަލލިބެއެވެ. ރޫހާނީ ހިންހަމަޖެހުން ލިބިދެއެވެ. މުދަލުގައި ބަރަކާތް ލައްވައެވެ.

ދުނިޔެއަކީ އިމްތިހާނެކެވެ. އެއްބަޔަކު މުއްސަނދި ކުރައްވައި އަނެއްބަޔަކު ފަޤީރު ކުރައްވައި ދުނިޔެއަށް ފޮނުއްވީ ވެސް އިމްތިހާނެއްގެ ގޮތުންނެވެ. ކަޅޫ މީހުންނާ ދޮން މީހުންނެވެ. ފަގީރުންނާ މުއްސަނދިންނެވެ.

މިފަދަ ކަންތަކުން ތަފާތުކުރަންވެއްޖެނަމަ މުޖްތަމައުގައި ފަސާދަ އުފެދޭނެއެވެ. މިއީ ޖަޒިލް ވެސް ގަބޫލް ކުރާ ގޮތެވެ. ކޮންމެ އިންސާނަކާވެސް ސުވާލުކުރެވޭނީ ކޮއްފައިވާ ހެޔޮ އަމަލް ތަކާ ބެހޭގޮތުންނެވެ.

ޖަޒިލް ގެ ބަސްތަކުން މިއަދު ދުނިޔޭގެ ދަޅައަށް ހެއްލި ގޮސްފައިވާ އާދިލާ އަށް ވެސް އަސަރުކޮއްފިއެވެ. އޭނާއަށް ވެސް ވީ އެހެންނެވެ. މުދަލާ ފައިސާ ލިބުމުން އޭނާ އަކި ހަގީގަތުގައި ކިހާ ނިކަމެތި އިންސާނެއްކަން ހަނދާން ނެތުނީއެވެ.

ޖަޒިލް އެ ބުނި ބަސްތަކުން މިއަދު އޭނާއަށް އަލުން ދުނިޔެއަށް ލޯ ހުޅުވިއްޖެއެވެ. ދެތުމަގަށް ރުޖޫއަވެވިއްޖެއެވެ. އެ ދަރިފުޅު އޭނާއަށް މިއަދު ވިސްނައި ނުދީފިނަމަ އޭނާވެސް ވާނީ ގެއްލެނި ވެފައިވާ މީހުންގެ ތެރެއިން ކަންނޭގެއެވެ.

އޭނާގެ ދަހިކަމާ ބޮޑާކަން މަތިން ހަނދާންވެއެވެ. ރިޒްގް ދެއްވަނީ ﷲ އެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ މީހާރުވެސް އެ ހުރިހާ މުދަލަކުން އޭނާ މަހްރޫމް ވާނެއެވެ.

ތައުބާ ވާން ބޭނުންވިއެވެ. މި ވީ ދުވަސްތަކުގައި އޭނާ ހުރީ ބޮޑާވެގެންނެވެ. މުދަލާ ފައިސާއަށް ގޮސް ގެއްލިފައެވެ.

“ދަރިފުޅާ… މަންމަ އަށް މާފުކުރޭ” އާދިލާ އަށް ރޮވުނެވެ. ޖައިލް ތެދުވެ މަންމަ ގެ ގާތުގައި އިށީދެ މަންމަ އަށް ހިތްވަރުދިނެވެ.

މިހުރިހާ ވާހަކަ އެއް އަޑުއަހަން ހުރި އާމިރު މޫނުމަތިން ވެސް ފެނިގެން ދިޔައީ ހިތް ދަތިކަމެވެ. އެނާ ދޮރު ކުޑަކޮއް ހުޅުވާލިކަން ވެސް އެދެމީހުން ޖަޒުބާތުގައި ޖެހިފައި ތިބިވަރުން ނޭގުނިއެވެ. އެއާއެކު އޭނާ އަށް ރޮވެނީކަން ޔަގީން ވީ ކަރުނަތިއްކެއް ވެއްޓުނު ކަމުގެ އިހްސާސް ކުރެވުމުންނެވެ.

އޭނަ ހުރީ މަންމަ އަށާއި ދަރިފުޅަށް ވަގުތު ދޭން މަޑު ކޮއްލައިގެންނެވެ.

ޑިއުޓީ ނިންމާލާފައި ގެއަށް ވަދެ ސޯފާއަށް އާރާ ވެއްޓިގަތެވެ. އެނާ މިއަދު ހެނދުނު ދިޔަ ގޮތަށް އެއާދެވުނީ ހަވީރު ފަހެއްޖަހަނިކޮށެވެ.

“އާރާ… އަދިކިރިޔާތަ ނިމުނީ…އެއްޗެއްކައިފިންތަ؟” އެވަގުތު ޝާލީން ކޮޓަރިން ނުކުމެލީ ބޭރުން މީހަކު އައިސް ވަތް އަޑަށެވެ.  އެނާ ހީކުރި ގޮތަށް އާރާއެވެ.

“އާނ… ކައިފިން…” އާރާ ކުރު ޖަވާނެއް ދެމުން އޭނާ އަރައިގެން ހުރު ހައި ހީލް ގެ ޒިބު ދަމާލަން އުޅުނެވެ. އެހެންނަމަވެސް އެ އިނީ ތާށިވެފައެވެ. އޭނާ އެތައް މަސައްކަތެއް ކޮއްގެންވެސް އެ ނެއްޓޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އެނާ ކުދި ކިޔައިގަތެވެ.

“ސާބަހޭ… ދައްކަބަލަ ތި ނައްޓަދޭނަން… ” އާރާ އުޅުނު ގޮތުން ޝާލީން އަށް އުނދަގޫވެގެން އެންމެ ފަހުން ބުނެލިއެވެ. އޭނާ އައިސް އެ ނައްޓުވާލަން އުޅުނެވެ. އެހެންނަމަވެސް އޭނާއަށް ވެސް އެކަނަންތައް ކުރެވޭ ގޮތެއްނުވިއެވެ. ވަރަށް ފޫހިވޭ” އާރާ ބުނެލިއެވެ.

“ސާބަހޭ ތިކަން ކުރަން ނޭގިގެން ތިއުޅެނީ” މައިލީން އެވަގުތު އެތަނަށް އައެވެ. އޭނާއައިސް ވަރަށް ފަސޭހަކޮއް އެ ނައްޓާލިއެވެ.

“އަރާތި އަދިވެސް ތި އަށް. އެރީރުވެސް ބުނީމޭ އެތަން އިނީ ބަނޑި ވެފައޭ” މައިލީން މިއަދު އެނދުނުގެ ހަނދާނެއް ކޮއްލަމުންބުނެލިއެވެ.

އެއާއެކު ތިން މީހުން ތިން މީހުންގެ ގައިގައި ބައްދާލިއެވެ. ނަމޫނާ ލޯއްބެކެވެ. އެވަގުތު ޔަޝްމް އައުމާއެކު އެމީހުން ޔަޝްމް ވެސް ބައިވެރިކޮއްލިއެވެ. އެތައް ދުވަހަކަށް ފަހު މައިލީން އަށް ވެސް މިއަދު އުފަވެރިކަމެއް ލިބިފައިވާ ކަހަލައެވެ. މި ގޮތަށް ތިން ބެއިން މަޖާ ނުކުރާތާ ކޮން ދުވަހެއްހެއްޔެވެ؟

އެމީހުން ދެން ކުޑަކޮއް ސަކަރާތް ޖަހާލިއެވެ.

އާރާ ކޮޓަރިއަށް މިސްރާބުޖެހީ ފައިވާން ގެންގޮސް ފައިވާން ހަރުނގަނޑަށް ލުމަށްފަހުއެވެ. އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ދަބަހުން ފޯން ނަގާ ބަލާލިއެވެ. އާއިކް ގެ ދިހަ މިސްކޯލް އޮތެވެ.

އޭނާ ގުޅާލިއެވެ. އަދި ވާހަކަ ދެއްކިއެވެ.

‘ސޮރީ ވީ ގޮތަކީ” އޭނާ ކުރު ގޮތަކަށް ކިޔާދިނެވެ. އަދި ފަހުން ގުޅާނަމޭ ބުނަމުން ފޯން ކަނޑާލިއެވެ.

އެހެން އޮތް އިރު އޭނާ ގެ ހަނދާނަށް އަނަނަމުން ދިޔައީ އާއިކް އޭނާއަ ކުރާ އެތަކެއް ސަމާސާއެއްމަތިންނެވެ. ނުފިލާނޭ ފަދަ ހިނިތުންވުމެއް އެތުންފަތުގައި ވިއެވެ.

އެހެންނަމަވެސް އޭނާގެ ހިނިތުންވުން ދެމިގެން ދިޔައީ ކުޑަ ސިކުންތުކޮޅަކަށެވެ. މީގެ ތިން ފަރަކަށް ދުވަހުގެ ހަނދާނަކުން އޭނާ ވަށައިލިއެވެ. އޭނާ ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތަތް މީހެއްގެ ސަބަނުން އޭނާ އަށް ހުއްޓެވުނެވެ.

އޭނާއަށް އެ ދުވުވަހު ފޮޓޯ ގަނޑުން ފެނުނު މީހެކޭ އޭނާއެކޭ މާބޮޑު ތަފާތެއްނެތެވެ. މޫނުމަތީގައި ރޫޖެހި ހަށިގަނޑު އަނަރޫފަ ވެފައި ވެފައި ވާކަން އެކަންޏެވެ. ބަލި ވައްތަރު ޖަހައެވެ. އޭނާ ވާހަކަ ދައްކައިލަން ބޭނުންވިއެވެ. އެހެންނަމަވެސް އެމީހާ ދިޔައީ ނުކުންނާށެވެ. އެހެންނޫނަސް އެއީ އެމީހާކަމަސްވިޔަސް އާރާއަށް އޭނާގެ ކުރިމައްޗަށް އަރާ ހަގީގަތް ހާމަ ކުރާކަށް ނުކެރޭނެއެވެ. އެހެންވެއްޖެނަމަ ނުކުންނާނޭ ނަތީޖާއެއް އޭނާއަކަށް ނޭގެއެވެ.

ރޭޣަނޑު ގެ ވަގުތެވެ. މައިލީން ރޭނގަޑަށް ކެއުން ތައްޔާރުކުރަން އުޅުނު އިރު ޔަޝްމް ވެސް ފޫބުޑުގައި އެނބުރު އެނބުރި އުޅެއެވެ. އެވަގުތު ޝާލީން ފޯނެއްގައި ހުރެގެން ބަދިގެ އާ ހިސާބަށް އައިސް އެ ފޯން ކުރުކޮއްލިއެވެ.

ގޭޣެ ބެލް އަޅާލުމާއެލު ޝާލީން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު މިފަހަރުވެސް އެމީހަކު ހުރީ މާ ބޮނޑިއެއް ހިފައިގެންނެވެ.

“އިލީ” ޝާލީން ގޮވާލިއެވެ. އެއާއެކު މޭޒުމައްޗަށް ތަށިތައް ނަގަން އުޅޫނު މައިލީން ބަތްކާ ތަށިތައް މޭޒުކައިރިއަށް އައިސް ބަހައްޓަމުން ޝާލީން ގާތަށް ދިޔައެވެ. މިފަހަރުވެސް ހެނދުނު ވޯ ގޮތަށް ކަންތައް ވުމުން މައިލީން ގެ ހައިރާން ކަން އިތުރުވިއެވެ.

“އޮޅިގެން ކަންނޭގެ ތި ފޮނުވަނީ” މައިލީން ބުނެލިއެވެ. އެއާއެކު އެމީހާ ކުރީ ފަހަރެކޭ އެއްގޮތަށް ބޯ ހޫރާލިއެވެ. އޭނާ އެ ދިއްކޮއްލިމާއެކު ޝާލީން ފަހަތަށް ޖެހިލާ މައިލީން ގާތު އެ ހިފުމަށް އެދުނެވެ. މައިލީން ދެފަރާތަށް ބޯ ހޫރާލަމުން އޭގާއި ހިފިއެވެ. އަދި އެމީހާ އަށް ޝުކުރު އަދާކުރުމަށްފަހު ދޮރު ލައްޕާ ތަޅުލިއެވެ.

“މީ ދެން ކާކަށް އަންނަ މާ ބޮޑި އެއްތަ” މައިލީން އޭތި އަނބުރާލަމުން ވަށައިގެން ބަލާލިއެވެ. މިއަދު ހެނދުނު އައި މާ ބޮނޑި އާ އެކީ ސިޓީ އުރައެއްއޮތެވެ. އެހެންނަމަވެސް މިފަހަރު ސިޓީ އުރައެއް ހާ ހިސާބުވެސް ނެތެވެ. މީ ކޮން ކަހަލަ މީހެއް ހެއްޔޭ މައިލީން ހިތަށް އެރިއެވެ. އޭނާ ޝާލީން އާ ދިމާލަށް ބަލާލާ މާބޮނޑި އެލުމާލަމުން ހިނގައިގަތެވެ.

“އިލީ” މައިލީން ހުއްޓުނީ ޝާލީން އޭނާއަށް ގޮވާލުމުންނެވެ.

“މިއޮއް ވެއްޓުނީ ގަނޑު ކޮޅެއް ތީގެ އެތެރޭން… ބަލާލަމާ… އެޑްރެސް ކޮއްފައި އޮތް މީހެއްވެސް އެނގިދާނެ” ޝާލީން ބުނެލިއެވެ.

އެއާއެކު މައިލީން އައިސް އެ ނަގާލާ ކިޔާލިއެވެ.

އޭނާ ކިޔަމުން ދިޔައީ ޝާލީން އަށް ވެސް އަޑު އިވޭވަރަށެވެ.

“އބަދުވެސް ތި ހަނދާންވޭ… ކޮންމެ ތާކު ހުއްޓަސް އަބަދުވެސް ތި އަޑު އެހުމަށް އެބަ އިންތިޒާރު ކުރެވޭ… ފެނުމަށް އެދެވޭ…

ހެދުނު ނަން ނުޖަހާ ފޮނުވުނީތީ މާފަށް އެދެން…” އޭނާ ހައިރާން ކަމާއެކު ކިޔާލިއެވެ. ޝާލީން އާއި ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. މައިލީން އަނެއްކާވެސް ފަހަތުގައި ލިޔެފައި އިން ތަންކޮޅު ކިޔާލިއެވެ.

“މައިލީން އަށް”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 35

Next

ޝީން

Next
February 16, 2018

ޝީން

Previews
February 16, 2018

ތިޔަ އަސަރު 35

47 Comments!

  1. Unkown says:
    February 16, 2018 at 4:47 pm

    V rythi

    1. Hi Mi says:
      February 16, 2018 at 4:55 pm

      Thanks unknown. V ufaavehjje. ???

  2. Illy says:
    February 16, 2018 at 4:48 pm

    Mi First. Adhi nuves kiyan ?

    1. Hi Mi says:
      February 16, 2018 at 4:56 pm

      Hehe. 2nd ey dear mifaharu. Dhen faharakun try kohlaani dw. Thankyou. Illy. Kiyaalaafa adhi comment kohlaathi ingey. V ufaavehjje. ????

  3. Hi Mi says:
    February 16, 2018 at 4:51 pm

    Assalaamu Alaikum. Sorry guys. I had a problem with the wifi. And this part is of 3922 words. 17 pages. Hopw u will like. Thankyou for ur support all. In Sha Allah. Next part as soon as possible?. And btw dnt forget to comment ur views. What do u think aboit who is sending flowers to maileen?. What about the person who is massaging her?. Is that the same person?. And what about aaraa?. Who has she seen?. Thankyou All.
    Jazakallah Khairan.

  4. lovely says:
    February 16, 2018 at 4:54 pm

    ޔޭ މާ ފުރަތަމަ

    1. Hi Mi says:
      February 16, 2018 at 4:57 pm

      Ur third dear. Lets thankyou dear. V ufaavehjje. ???

  5. Axy says:
    February 16, 2018 at 5:06 pm

    V V ufaaveyjje HI MI dhooni vaahaka hama ???????????????? Thanks ???????

  6. Chim says:
    February 16, 2018 at 5:17 pm

    Mi part ga maa bodah jaxil ge bai aissa othyma ehaa ehaa eh noon.. Alhe jaxil aa milyn nugulhuvahchey ..ekam ves Hi Mi thikuraa masahkathah hama saabahey buneveyny…keep it up ❤

  7. Sham says:
    February 16, 2018 at 5:25 pm

    Thankoooo story buni dhuvahu upload kohleema ? mi part vrh reeethi ? and left all of us in so many questions ? aslu guess kuraakah vx neynge kaaku kameh e message kurany n sending bouquets..? but let me guess.. might be zil who is sending bouquets or yuaan.. shaalin ge konme vx kameh eba ulhey kanne.. text kurany yuaan or zil..All guessing to yuan n zil? no idea about the person that Aara saw ✌️ hope next part ga konme vx 1 question akah ans libeyne kamah ☺️? when next part?? Good luck❤️?❤️?❤️? just just keeep it up!!??? Cuz you are the best ?❤️?

  8. Aki says:
    February 16, 2018 at 5:27 pm

    dhe rey mivee hamajehigen nunidhaa thaa.. mi vaahaka mathin hadhaan vaathee

  9. Pinky shifoo says:
    February 16, 2018 at 5:37 pm

    Yayyyyyy story kiyaalan libuny ????…. I’m soooooo happy ?????… Mi part vx v v v reethi ????… Hama superb ???… Hi Mi dear there are many typing mistakes ingey… Try to correct those mistakes ???… I think msg kurany yuaan henn n maabodi fonuvuny jazil henn heevany n araa dhw… I think she saw her dad… Pinky ah guess kureveny mihen Hi Mi… Heheheh ???… Mi part vx v v v reethi… Mi Story ge knme partehvx v v v interesting ☺️☺️☺️… Sifakurunthah vx ehaame reethi ???… Story ge characters thakuge names vx ehaame reethi… Story kuriah dhaa goi vx v salhi… Hi Mi ge reply thah ehaa loabi ❤️❤️❤️❤️❤️… Dhn neynge ithurah bunaane ehcheh vx… This story is hama best ????… N ur the best Hi Mi ?????… Curiously waiting for the next part… Lots of love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????

  10. Saadha Abdhulatheef says:
    February 16, 2018 at 5:39 pm

    v v reethi mivaahakaves

  11. Ily says:
    February 16, 2018 at 5:40 pm

    Hi mi….mibai ehaa ryhcheh nun…ekm kuryga mee vrh salhi vaahaka eh…mibai noony hurihaa baeh vx salhi…ekm mibai vrh kada..sorry mihen bunan vx…ekm vx….

  12. cute baby says:
    February 16, 2018 at 5:41 pm

    Masha Allah vvv salhi ingey HiMi ur best luv u lyn aa yuaan avahah gulhuvaba

  13. ?Minna says:
    February 16, 2018 at 6:01 pm

    Thank you hi mi…
    V reethi mi vaahaka…
    Enme inthizaaru kurevey vaahaka miaky..??

  14. Xaaaan says:
    February 16, 2018 at 6:13 pm

    Hellow himi darlin haadha inthixaareh kurevijjeyey…. masha allah mi partves vvvv reethi ehame furihama????????? himi darlin haadha mis viyey miadhu story up vithw belunu adhadhehves neyge maileennah maafunuvany jaxil himi dhooni plz plz plz maileen aa yuaan aa dhekudhin dhuru nukurahchey ingey mom aa dad gulhunyma yasm ah ragalhuvaany plx plx himi haadha ragalhey mi dhedhuvahu up nukurevunyma ehaa dhigukoh up thikohlee thnx darlin?????? ehenveyey xaan bunany himi vareh nethey love u darlin❤❤❤❤????❤❤❤???

  15. Blue beauty says:
    February 16, 2018 at 6:17 pm

    varah bodah thanks hi mi …… v.v salhi mi part ves… dhen konirakun next part upload vaany ?????

  16. Amu ❤️ says:
    February 16, 2018 at 6:26 pm

    Story vrh salhi

  17. Zuam says:
    February 16, 2018 at 6:34 pm

    Wow ….varah varah reethi
    ❤❤❤❤❤❤

  18. Zaa ? says:
    February 16, 2018 at 6:56 pm

    ❤❤?Wow mi part ves varah reethi.. Thankyou Hi Mi mihaa dhigukoh up kohdhinyma..?❤ ehaa varah inthizaaru kurevihjje mi vaahaka ah.. finally kiyaalan mi libunyo.. ??Kaakutha maileen ah maabondi e fonuvany? Yuaan or jazil?? Mi vaahaka haadha reehchey Ma Sha Allah Hi Mi varah
    ??molhu ingey
    Waiting for the next part. ❤❤?Avahah up kohdhehchey next part ??

  19. annoying reader says:
    February 16, 2018 at 7:10 pm

    yeay finally updated dhw. varah reethi,i think leen ah txt kurani yuan hen,and flower ves fonuvani yuan hen,jazil fonuva nama yagyn shaalin ah ingeyne so i think its from yuan. as for aara seeing that unknown person is making me curious. who could he be? aara ge real dad? i thought he is dead any way may b that person is someone related to aara. yashm ah speedy recovery akah edhen. plz himi yuan and leen gulhuvaba varah beynun ve egoiy ? jazil ge past very emotional. love this part too,shalin nd jazil varah plan eba kure hen heevani phne in dhw. that reminds me jazil fb in reqst fonuvi afshyn hen varah heevey. first day hospital visit ga jazil fenifa she was dreaming hehe. im sure its yuans little sis. anyway himi varah dhigu inthizareh kuruvaafa thi genes dhini. hope next part v haa avahakah genes dheyne kamah. thankyou so much

  20. miya says:
    February 16, 2018 at 7:26 pm

    ވަރަށް ވަރަށް ތީތި މިބައިވެސް…
    ޖަޒިލް ބާ ޔުއާން ބާ…

  21. I***a says:
    February 16, 2018 at 7:33 pm

    Asalaam alaikum…varah reethi mi part vex..konme dhuvahaku comment nukurevunas baraabarah kiyan mi vaahakaige hurrihaa patehves….and thankyou himi thikuraa bura massahkatha…and so many qts without ans right..ao i think mailin ah e message kuraa meehaky jezilhen adhi maabodi ginuvannyves einahen…bidah heevany shaalin fonuvaigen kanneige e maabodives elibeny…dhn aaraa yah e fenunu meehaa hame ehgothakahvex neinge bunaakah ei kaakukameh sorry 4 that..once again v.reethi mi part…maashaa allah..keep up yr hard work…curously waiting 4 the next part…pls uo the next part soon as possible…❤

  22. new girl says:
    February 16, 2018 at 7:36 pm

    leen ah msg nd flowers fonuvanee yuaa dhw hi mi….v ufaa vehje mihaa dhigukoh kiyan libuneethee..???????????? v v v v v reethi mi bai ves…alhe dhen yuaan nd leen gulhuvaba….mihaaru foohi vaan fashaifi…????????????????????????????????❤❤❤❤❤❤….ekam v v v v salhi inge hi mi rankolhaa….

  23. Izu says:
    February 16, 2018 at 7:55 pm

    Himi mi story aslu varah reethi.. Ekam varah beykaaru vaahaka genes vaahaka dhigudhahmmaa kan faahagakurevey..ehnve mi vaahaka kiyan foohi mihaaru.. Plx don’t take it wrong way.. I’m just saying my opinion..good luck dear❤

  24. Reem says:
    February 16, 2018 at 7:58 pm

    17 pages???.. Anehen maabodu kameh nuvey.. Meethi kada.. Eoh reethi vaahaka mihaaru dhigukoh koh?hus sifakurumugaves dhaane 17 pages?

  25. Kia says:
    February 16, 2018 at 8:00 pm

    Mihaaru mivaahakaiga ehves kameh nuvey.. Kos

  26. Ueen says:
    February 16, 2018 at 8:01 pm

    Mi vaahaka mihaaru genesdhey goiy varah hadi?????

  27. Xxxx says:
    February 16, 2018 at 8:03 pm

    Wooow darling..v.nice ??? waiting

  28. Tee says:
    February 16, 2018 at 8:05 pm

    Nice. Waiting

  29. Miss her says:
    February 16, 2018 at 8:05 pm

    Varah kuh gina.. Ehchihi onna liyan jehey thanthanah huree beynunkohfa.. N mivaahakaiga varah beykaaru vaahaka genesdhey… Himi heekuran rangalhu kuraaanekamah?

  30. ??? says:
    February 16, 2018 at 8:07 pm

    Hadi varah mivaahaka mihaaru.. Ehves kameh nuvey??????????????

  31. Aimy says:
    February 16, 2018 at 8:09 pm

    Mivaahaka mee ehme salhi vaahaka thah therey himeney vaahakaeh.. But now mivaahaka genesdhey goiy Kamaku nudhey… Plx Himi avahah yuan aa maileen gulhuvanveene dhen?

  32. Me ra says:
    February 16, 2018 at 8:12 pm

    Reethi story eh gensdheygoiy hadi

  33. Suney says:
    February 16, 2018 at 8:22 pm

    Thanks hi mi. that’s like himi. Hama bunaa dhuvahu ga up kuraane thanks again dear. And keep it up ???????????????. V nice mi be part ves. Ekam jazil aai lynaai nugulhu vahchey plz plz. Massage kohffa maafonuvanee ves jazil dhw. Dhwn jazil ves ehwn kamakaigen ulhebala dhw…… Hehe. Waiting for next part……

  34. Eeraa says:
    February 16, 2018 at 8:23 pm

    Himi swty mivaahaka varah reethi.. Ekam heevany mihaaru maa dhigudhahmaahen.. Sorry about that?

  35. Mil says:
    February 16, 2018 at 8:59 pm

    Don’t mind himi.. story v reethi.. hajam nuvaa kudhin vx ulheyne.. Mil ah mi story v reethi.. waiting for next part.. next part avahah up khlladheychey hi mi.. tc.. loves??????????

  36. Shann says:
    February 16, 2018 at 9:30 pm

    Masha Allah wow wow story kiyaalan libunihyo… Haadha inthixaareh kuruvaafaey thi genesdhiny Hi Mi dhoonyy… Mihaaru story kiyaalaa hithun hama kehmadhuvefa… Ehavaas bodah kiyaahiyvefa mihunnany… Ehennu vaany ehaaves ryhchey mi story… Dhen hama kiyaahithennu vaany dhw Hi Mi … Hama bunaane ehchehves neyngifa mi hunnany story furihama kamun… Abadhuves dhen vaani kihinehbaa hama hithah ara araaa… V ves rythi molhu story eh mee.. Thigothuga kuriah dheveytho balaa,Insah Allah eyrah furihama vaane… Luv u n Miss u..??????

  37. firoo says:
    February 16, 2018 at 9:49 pm

    Hi Mi dhoony v dhigu inthixaarakah fahu thi story up kohdhiney..mi part vs v salhi..?????nxt part vs mihaa dhigukoh up kohdhehchey…me mi site ga emme kiyaa hithun kiyaa eh vaahaka..firoo vana eh dhenya 1st dheynan mi story ah..?????..hama ehaa vs reethi..??????????????❤❤❤❤❤❤..wn nxt part hi mi dhoony..???..curiously waitin nxt part…lots of luv..???❤❤❤????

  38. Hashaa says:
    February 16, 2018 at 9:51 pm

    Wow,,,,vaaahakaen vanchenyaa hurihaa baen anmann beynuvaa reethikon nuganeveyna,,,vaahaka mi gothan kiyaaeru ehan vaanakan chehane gaboolhu kuran.,,hi mi dhooni ahen myhun kiyàa anchen san alhaa nulhaaa,,,,this is best story,,, i love this story,,,,?????

  39. Tee says:
    February 16, 2018 at 9:55 pm

    Vvv rythi mi part vx. Maileen ah flower foanuvani yazil. And massage kurani yuan .

    1. Lamm says:
      February 16, 2018 at 11:29 pm

      I think so tooo

  40. illy says:
    February 16, 2018 at 10:22 pm

    Alhea koniraku tha yuaan and leen Ok vaany. Gina dhuvAs vaathi foohi vanee ?. But still fan of this story. Love yuaan ge character dheke. ❤️

  41. Lamm says:
    February 16, 2018 at 11:26 pm

    All i knw is yuan is sending messages?Dhn bouquet fonuvany kaaku kameh neynge nd also aaraa ah fenun meehaa eh neynge?…vrh ufaa vehjjje dhigu koh genes dhineema?…keep it up Hi Mi?
    Waiting for the next part?

  42. N@-B says:
    February 16, 2018 at 11:47 pm

    Varah reethi mi part ves. .. HiMi haadha molhey ingey ???. ..I think maileen ah e msg kurany yuan. .bt the flowers ar by jazil.. ???

  43. Fathun says:
    February 17, 2018 at 12:02 am

    Jaxil ge vaahaka maabodah genessahureema mi baa ehaa reechehnoo n …

Comments are closed.

Next Episodeހިތާ ފުރާނައިން… (41)←


All Right Reserved!