Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 34

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 15, 2018 10 Mins Read
71 Comments

ނިދަން އަރައި އޮތް ކާއިން މިހާރު ގެންގުޅޭ ލެޕްޓޮޕަށް އޭނާ މާޒިންގެ ގެއިން ނެގި ޕެންޑްރައިވް ޖަހާލިއެވެ. އެޔާއި އެކު މޫނު މައްޗަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެ ޕެންޑްރައިވްގައި ހުރި ގިނަ މައުލޫމާތުތަކަކީ މީގެ ކުރިން އޭނާ ގެންގުޅުނު ލެޕްޓޮޕުގައި ހުރި މައުލޫމާތެވެ. އަދި އޭގެ އިތުރުން ބައެއް ބޭރު މީހުންގެ ފޮޓޯތަކާއި ގެތަކާއި އެހެނިހެން މައުލޫމާތުތައް ވެސް ހުއްޓެވެ. އެއީ ކޮން ބައެއްގެ މައުލޫމާތު ކަން ކާއިންއަށް ނޭގުނަސް އެއީ ކޮން ބައެއް ކަމާއި މެދު ޝައްކުވިއެވެ. އެހެން ކަމުން އެއިން އެއްވެސް އެއްޗެއް ފުހެނުލައި ކުރިން ވެސް ބައްޕަ ސަލާމަތްކުރަން ފަށައިގަތް މަސައްކަތާއިގެން ކުރިއަށް ގެންދިޔައެވެ.


 

އާ ދުވަހަކަށް އިރު އަރައިފިއެވެ. އެއްމެން އެކުގައި ސައިބޮއިލައިގެން ކޮންމެ މީހަކުވެސް ބެލީ އެމީހެއްގެ ދުވަހުގެ ތާވަލުގައިވާ ގޮތަށް ދުވަސް ގެންދެވޭތޯއެވެ.

މިއަދު ފަތިހު ލިބުނު ފޯނު ކޯލާއި އެކީ މިއަދު ކުރަން ގަސްދުކޮށްގެން ހުރި ކަންތައް ފަސްކޮށްލުމަށްފަހު ހިންދު އާއި އަޝްވިން ބެލީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދެވޭތޯއެވެ. މަސްބާނަން ހުއްޓައި ހިންދުގެ ބައްޕަގެ ފައިގެ ވާގިނެތުމުން ކުއްލި ގޮތަކަށް ވަނީ މާލެ ގެނެސްފައެވެ. މައިންބަފައިންނަކީ ހިންދުއާއި ދޭތެރޭ ކިތައްމެ ގޯސްކޮށް ކަންތައް ކުރި ބައެއް ކަމުގައި ވީ ނަމަވެސް އެމީހުން އެހީއަށް އެދޭ ދުވަހު އެހީތެރިވުމަކީ ދަރިންގެ ވާޖިބެއްކަން ހިންދު ދަނެއެވެ.

ހިންދު އާއި އަޝްވިން ހޮސްޕިޓަލަށް ދިޔުމުން އަޝްވާ އީޝް ގޮވައިގެން އޮފީހަށް ދިޔައެވެ. ދެމީހުން އެއްކޮށް ގޮސް އަޝްވާގެ ކެބިންއަށް ވަންއިރު ކާއިން އަޝްވާގެ ކެބިންގައި ހުންނަ ވައިޓްބޯޑު ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިނެވެ. އެސްފިޔަވެސް ޖަހާނުލައި ކާއިން ބޯޑުން އެބަލަނީ ކޯއްޗެއް ތޯ ބެލުމަށް އަޝްވާ ބޯ އަރިކޮށްލައި ބަލާލިއެވެ. އެއީ އިމާރާތެއްގެ ކުރެހުމެވެ.

“ކާއިން، މީ ކޮން ކަމެއް؟” އަތުގައި އޮތް ދަބަސް މޭޒުމަތީ ބަހައްޓަމުން އަޝްވާ އަހާލިއެވެ.

“މިއުޅެނީ އަޝްވާއަށް ރަނގަޅު ޕުރޮޖެކްޓެއް ހޯދައިދޭށޭ.. ތި ގެ ކުރިމަތީ ހުންނަ އިމާރާތުގެ ވެރިޔާ އަކީ އަހަރެންގެ ރައްޓެއްސެއް، އޭނަ ބުނެގެން މި ކުންފުންޏާއި އެކީ އެގްރީމެންޓެއް ހެދޭތޯ މިބަލަނީ” ކާއިންގެ ނަޒަރު އަދިވެސް ބޯޑުން ދުރަކަށް ނުގެންދައެވެ.

“ކާއިން ދޯ މިހާރު އަހަރެން ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް ބުނަނީ، ގައިމު ދޮންބެ ޗުއްޓީއަށް ދިޔައިރު އަހަންނާއި މިކުންފުނި ހަވާލުކޮށްފަ ދިޔައީ.. އެހެންކަމުން އަހަންނެއް ނޫންތަ ޕުރޮޖެކްޓްތަކާއި އެގްރީމެންޓްތައް ހަދާނީ” ގޮނޑީގައި އިށީދެލަމުން އަޝްވާ ބުނެލިއެވެ.

“އެގެއޭ ތިކަން، އަޝްވާ އަށް ވެސް ފަސޭހަވާނެ ދޯ އަހަރެން މިކަމުގައި އެހީވެ ދިނުމުން… އަހަރެން މީ ޗެރީގެ ޕާސަނަލް އެސިސްޓެންޓެއް ނޫންތަ؟” ގޮނޑިން ތެދުވެގެން އައިސް އަޝްވާ ކުރި މައްޗަށް ހުއްޓިލަމުން ކާއިން ބުނެލިއެވެ.

“ކާއިން ތީ މާކެޓިން ދާއިރާއިން މާސްޓާސް ހަދައިގެން ހުރި މީހެއް… އަހަރެން އަދި ކިރިއާ ޑިގްރީ ނިމުނީ، އެވަރުން ވެސް އަހަރެންގެ އެސިސްޓެންޓެއްގެ މަގާމުގައިތަ އުޅެން ބޭނުމީ” ކާއިން އާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

“ޗެރީ ދެއްކި މަސައްކަތެއް ކުރަން އަހަރެން މިހިރީ ތައްޔާރަށް، އެހެޔޮ މިތާ މޮޕްލާން އުޅެން ޖެހުނަސް އުފަލާއި އެކީ އެކަން ކުރާނަން” ކާއިން ޖެއްސުމުގެ ރާގަކަށް އެހެން ބުނެލި އަޑު އިވިފައި ތަންކޮޅެއް ދުރުގައި ހުރި އީޝް ދުވެފައި އައިސް އަޝްވާގެ އުގަށް އެރިއެވެ.

“ކާއިން ބޭބޭ… ތާތިއަށް ޗެރީ ނުކިޔާތި” ކާއިން އާއި ދިމާލަށް ބަލާލުމަށްފަހު އީޝް އަމުރެއް ކޮށްލިއެވެ.

“އެއީ ކީއްވެ، ތާތި ރުޅި އައިމަ ދެ ކޯ  ހީވަނީ ދެ ޗެރީހެން” މޭޒުމަތީ އަތްއަޅައި ކުޑަކޮށް ތިރިވެލައި އީޝް އާއި ވާހަކަ ދައްކާލަމުން ކާއިން ބުނެލިއެވެ.

“ނޯ! ޗެރީ ކީމަ ތާތި ދެރަވާނެ.. ކާއިން ބޭބެ ފަލައޭ ބުނީމަ ވެސް ތާތި ދެރަވޭ.. އެއްވެސް ކުއްޖެއް ދެރަކުރަން ނުވާނޭ ބައްޕަ ބުނި” އީޝް އެހެން ބުނުމުން ކާއިން ބަލައިލީ އަޝްވާ އަށެވެ. އެއްމެފަހުން ޝައިމް ކައިރީ އަޝްވާ އޭނަ އާއި ދިމާލަށް ފަލައޭ ބުނެ އެއްޗެހި ނުކިޔުމަށް ބުނި ހަނދާން ކާއިން އެބަ ހުއްޓެވެ. އެގޮތަށް ދުވަހަކުވެސް ކާއިން ކައިރިން އެހެން ނުކިޔުމަށް އަޝްވާ އެދިފައެއް ނެތެވެ. ރޭ އަޝްވާ ރުއީ އެކަމާއި ހެދި ކަމަށް ވިޔަސް އެ ކަރުނަ ތަކަކީ އަސްލު ޝަނުމް އަޝްވާ ބާކީކޮށްލުމުން އެލޮލުން އޮހެރުނު ކަރުނަތަކެކެވެ.

“ކާއިން ބޭބެ ދެން ދުވަހަކުވެސް ތާތިއަށް ޗެރީ ނުކިޔާނަން އިނގޭ.. އަދި ފަލައޭ ބުނެ ދެރަވެސް ނުކުރާނަން.. އޯކޭތަ؟” ކާއިން ދެރަވިއެވެ. މީގެކުރިން ކާއިން އަޝްވާއާއި ދިމާލަށް އެހެން ބުނަނީ ސީދާ އަޝްވާ ދެރަކޮށްލުމުގެ ނިޔަތުގައި ވީ ނަމަވެސް މިހާރު އޭގެ މަގުސަދު މުޅިން ބަދަލުވެއްޖެވެ. އެހެން ނަމަވެސް އަޝްވާއަށް އެކަން ނޭނގޭކަން ޔަގީނެވެ.

“ބެސްޓް ދޯ ތާތި” އަޝްވާއާއި ދިމާލަށް ބަލައި ހިނިތުންވެލަމުން އީޝް ބުނެލިއެވެ. އަޝްވާ އީޝް ގައިގައި ބައްދައިގަތެވެ. އީޝް އޭނާ ދެކެ ވާ ލޯބި ހާމަވުމުންނެވެ.

އަޝްވާ ހިނިތުންވެލި ތަން ފެނިފައި ކާއިންއަށް ވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އެތައް ދުވަހަކު ގަދަކަމުން ހިނިތުންވެލައިގެން ހުރެފައި މިއަދު އެހިނިތުންވުމުގެ ހަގީގީ މާނަ ފެނުމުންނެވެ. އަޝްވާ ހީލުމުން ދެކޮލުގައި އުފެދޭ އަޑިކޮޅުގެ ބާރުގަދަ ކަމުން ކާއިން އެސްފިޔަ ވެސް ޖަހާލުން ހަނދާން ނެތުނު ކަހަލައެވެ.

“ކާއިން!” ކާއިން ސިއްސައިގެން ދިޔައީ އަޝްވާ ދެތިން ފަހަރެއްގެ މަތިން ގޮވާލުމުންނެވެ.

“ކިހިނެތްވެފަ ތިހިރީ” ކާއިން ބަލަން ހުރި ގޮތުން އަޝްވާ އަހައިލިއެވެ.

“ކަމެއް ނުވޭ”  ކާއިންއަށް ލަދުގަތްވަރުން އިސްޖަހާލެވުނެވެ. އަދި އިތުރު ވާހަކައެއް ނުދައްކައި ހީލަމުން އެތަނުން ނިކުމެގެން ދިޔައެވެ.

 

ކާއިން އެތަނުން ދިޔަތާ ފާއިތުވީ ފަސްމިނެޓެވެ.

“އަޝްވާ! މިރޭ އޮތް ޖަލްސާއަކަށް އަހަންނާއި އެކީ ދެވޭނެތަ” އަޝްވާގެ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ކާއިން ބުނެލިއެވެ.

“އޯކޭ މައްސަލައެއް ނެތް، އަށެއް ޖަހަންވާ އިރަށް އަހަރެން ދާނަން ބަލާ” ކުއްލިއަކަށް ކާއިން އެހުމުން އަޝްވާއަށް ގޮތެއް ނުނިއްމިގެން އުޅުނިކޮށް ކާއިން އެހެން ބުނެލުމަށްފަހު ދިޔައެވެ.

އަޝްވާއަށް ހެވުނެވެ. ކާއިން އުޅޭ ގޮތް ހިތަށް އަރުވާލަމުންނެވެ. ކާއިން ވަރަށް ބޮޑަށް ބަދަލުވެއްޖެކަން ޔަގީނެވެ. އެއިން ކޮންމެ ބަދަލަކީ އަޝްވާ ހެޔޮހިތުން ބަލައިގަންނަ ކަންތަކެވެ. އަދި ގިނަ ކަންތަކުގައި އޭނާގެ އަތެއް ވާކަން ވެސް ޔަގީނެވެ.


 

އޮފީހުގައި އުޅެމަށްފަހު ކާއިން ދިޔައީ މާކޯނި ގޭގެ ކުރިމަތީގައި ހުރި އިމާރާތް ބަލާލުމަށެވެ. އަޝްވާ ކައިރީގައި ނުބުނި ކަމުގައި ވިޔަސް މިއީ އެތައް ހަގީގަތެއް ފޮރުވިފައިވާ ބިމެކެވެ.  އެ ޕެންޑްރައިވްގައި ހުރި މައުލޫމާތުން އެގޭ ނަމަ މިއީ މާޒިން މާލޭގައި ހުޅުވަން ގަސްދު ކުރާ އޮފީސް ހުންނަ ތަނެވެ.  އަދި މި އޮފީހުގެ މަގުސަދަކީ މާލެއާއި ރާއްޖެތެރޭގެ އެކި ރަށްތަކަށް މުދާ ހޯލްސޭލް ކުރުމަށް ބުނެފައިވެއެވެ.

ކާއިން ދިޔުމުން ކާއިންގެ އިންތިޒާރުގައި ހުރި މިއުވާން އޭނާ ގޮވައިގެން އިމާރާތުގެ އެކި ތަންތަން ދައްކާލަން ދިޔައެވެ. މިއުވާން އަކީ ކާއިންގެ ކުރީގެ ރައްޓެއްސެއްގެ އިތުރުން ރާއްޖޭގައި އެއްމެ ފުޅާކޮށް މާކެޓިންގެ މަސައްކަތް ކުރާ އެއް ކުންފުނީގެ ވެރިޔާއެވެ. ކާއިން ކިޔަވާ ނިންމާލުމަށްފަހު އައުމުން މިއުވާން ކާއިންއަށް އެކުންފުނީގެ އިސް މަގާމެއް ހުށަހެޅިއެވެ. އެހެން ނަމަވެސް ކާއިން އިހުތިޔާރު ކުރީ ޝައިމް އާއި އަޝްވާ އާއިއެކީ އެއް އޮފީހެއްގައި އުޅުމަށެވެ.

“މި ތަން އެއްކޮށް ތަޅާލާފަ އަށް ފަންގިފިލާއަށް  އިމާރާތް ކުރަން އަހަރެން މި ގަސްދު ކުރަނީ… އަހަރެން އުޅުނީ އެކި ކުންފުނިތަކަށް މި އޮފީހުގެ ކޮންމެ ބައެއް ވެސް ކުއްޔަށް ދޭން ކަމަށް. އެކަމަކު އޭގެކުރިން ވަރަށް ބޮޑު އޮފާއެއް ލިބިއްޖެ މުޅި އިމާރާތް އެއްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފަން.. ” މިހާރުގެ ބާ އިމާރާތުގެ ބައިތައް ދައްކަމުން ދިޔަ މިއުވާން ބުނެލިއެވެ.

“ކޮން ނަމެއް ކިޔާ ބައެއް މިތަން ކުއްޔަށް ހިފަން އުޅެނީ” ކާއިން އަހާލިއެވެ. މާޒިންގެ އަތެއް ވާކަން އެނގި ކާއިން ބޭނުމީ އިތުރަށް އެގެން އޮތް މައުލޫމާތެއް ހޯދާށެވެ.

“ސީ.އާރު.ޕީ ކިޔާ ކުންފުންޏަކުން.. އެމީހުންނަކީ ބޭރު ބަޔަކާއި ގުޅިގެން ރާއްޖެއަށް ހުރިހާ ބާވަތެއްގެ މުދާ އެތެރެކުރަން އުޅޭ ކުންފުންޏެއް.. އާ ކުންފުންޏެއް ވިޔަސް އެމީހުންގެ ވާހަކަތައް އަޑުއަހާފަ އަހަރެން ނިންމީ ދިހަ އަހަރަށް ކޮންޓްރެކްޓް ހަދަން.. އަދި އެމީހުންގެ ވިޔަފާރި ރަގަޅު ނަމަ މުއްދަތު އިތުރު ކުރާނަން.. އޭގެކުރިން އަހަރެން އެބަ ޖެހޭ މިތަން އިމާރާތް ކުރާނެ ފަރާތެއް ހޯދަން.. ބައިވަރު ގުރޫޕްތަކާއި ވާހަކަ ދެއްކި އިރުވެސް އަހަރެން ހިތްހަމަޖެހޭ ގޮތަށް މިކަން ކުރެވޭނެ ފަރާތެއް ހޯދޭ ވަރެއް ނުވޭ… ކާއިންގެ ބޮސްއާއި ވާހަކަ ދައްކައިފިންތަ މިކަމާ ބެހޭ ގޮތުން؟ މީގެ ކުރިން އަސްރާރު ވެރިއަކަށް ހުރި އިރު އަހަރެން ގެންދާނެ މާކެޓިން ކަންތަކުގަ ވާހަކަ ދައްކާލަން.. އަދި އަހަރެން ގޮވައިގެން ކޮފީތަކަށް ގޮސް ވަރަށް ވާހަކަ ވެސް ދައްކާނެ.. ” މިއުވާން އޭނާ އާއި އަސްރާރުއާއި އޮތް ގުޅުމުގެ ވާހަކަ ދެއްކިއެވެ. އުމުރުގެ ފަރަގު ހުރި ނަމަވެސް ދެމީހުންގެ ގާތް ގުޅުމެއް އުފެދިފައިވާކަން މިއުވާންގެ ވާހަކަތަކުން ދޭހަވެއެވެ.

“މިހާރު އެކުންފުނި ހިންގަނީ އަސްރާރު ބޭބެގެ ދެ ކުދިންނޭ.. ޝައިމް އާއި އަޝްވާ.. އަހަރެން މިއައީ އަޝްވާއާއި މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާލާފަ.. ހީވަނީ އެއްބަސް ވާނެހެން.. އަހަރެން ދާނަން އަޝްވާ ގޮވައިގެން މިރޭ އޮތް ޖަލްސާއަށް.. އޭރުން އެއްމެން އެއްކޮށް ތިބެ މިކަމާއި ބެހޭ ގޮތުން ކުޑަކޮށް ވާހަކަ ދައްކާލެވޭނެ އެއްނު.. ” ކޮންމެ ގޮތަކުން ވެސް އަޝްވާގެ ރުހުން މިކަމަށް ހޯދަން ކާއިންއަށް މަޖުބޫރެވެ. އޭރުން މާޒިންއާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ލިބޭނެކަން ޔަގީނެވެ.


 

ހިންދު އާއި އަޝްވިން ހޮސްޕިޓަލަށް ދިޔައިރު ސަކީނާ އައްބާސު އެޑްމިޓްކޮށްފައި އޮތް އެނދު ކައިރީގައި ހުރި ގޮނޑިއެއް ގައި އިށީދެގެން އިނެވެ.

“މަންމާ، ބައްޕަ ކިހިނެތް މިހާރު” ހިންދުގެ އަޑު ޖެހުމާއި އެކު އައްބާސުއާއި ދިމާލަށް ގެއްލިފައި އިން ސަކީނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ ހިންދުގެ ސުވާލަށް ޖަވާބު ދޭން އުޅުނެވެ. އެހެންނަމަވެސް ބުނަން އުޅުނު އެއްޗެއް ހަނދާން ނެތިފައިވާ މީހެއްހެން އަނގަ ހުޅުވައިގެން ހުއްޓެވެ.

“މަންމާ، ކީކޭ ޑޮކްޓަރުން ބުނީ” ސަކީނާ ކައިރިއަށް ޖެހިލައި ހިންދު އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. އޭރު އަޝްވިން އެނދުގައި އެލުވާފައި އޮތް ޗާޓު ބަލަން އެއް ފަރާތަކަށް ޖެހިލިއެވެ.

ހިންދު ކުރި ދެވަނަ ސުވާލަށް ވެސް ސަކީނާއަށް ޖަވާބު ނުދެވުނެވެ. އޭގެ ބަދަލުގައި އިސާހިތަކުގެ މީހާގެ ދެލޯ ކަރުނުން ފުރި ބަންޑުންވާން ފެށިއެވެ. ހިންދު ސަކީނާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ.

“ދެރަނުވޭ މަންމާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅުވާނެ.. އިނގޭ!” ސަކީނާގެ އަތުގައި ހިފައި ހިތްވަރު ދެމުން ހިންދު ބުނެލިއެވެ.

ހިންދު އައްބާސުއަށް ބަލާލި އިރު އޭނާ އޮތީ ހިންދުއާއި ދިމާލަށް ބަލަހައްޓައިގެން ދެ ލޯ ފެންކަޅިވެފައެވެ.

” އަޝްވިން” ހިންދު އަޝްވިން އާއި ދިމާލަށް ބަލާލުމަށްފަހު ބުނެލީ ސުވާލުގެ ރާގަކަށެވެ.

“ހާސްނުވޭ، ރަނގަޅު ފަރުވާ ލިބިއްޖެނަމަ ހަމަސް ވަރަކަށް ދުވަސް ތެރޭ އެއްކޮށް ރަގަޅުވެ ހިނގޭ ވަރުވާނެ” ހިންދު ގޮވާލުމުން އަޝްވިން ބުނެލިއެވެ.

“ޔަގީން ތަ؟” ހިންދު އަހައިލިއެވެ. ހިންދުއަށް އެގޭ ގޮތުން ނަމަ ވާގިނެތޭ މީހުން ރަނގަޅު ވާން މިއަށް ވުރެ ގިނަ ދުވަސް ނަގާނެއެވެ.

“އާން، ބައްޕަގެ ފައިގެ ނާރެއް ފިތިގެން ވީ ކަމެއް ކަމަށް ރިކޯޑްސް ތަކުން ދައްކަނީ، އެކަން ރަގަޅު ކުރަން ކުޑަ އޮޕެރޭޝަނެއް ކޮށްލުމަށްފަހު ކަސްރަތާއި އެކީ މުޅިން އެއްކޮށް ވަރުޖެހެން ފަށާނެ” އަޝްވިން އޭނާއަށް އެގޭ މައުލޫމާތުގެ އަލީގައި ބުނެލިއެވެ.

“ދެން ކޮން ކަމަކާ މަންމަ ތި ރޮނީ؟؟ ޑޮކްޓަރުން ނުބުނޭތަ އެހެން؟ އިރާދަކުރެއްވިއްޔާ އެޔަށް ވުރެ ކުރިން ވެސް ރަގަޅު ވެދާނެ ދޯ އަޝްވިން” ރޮމުން ދިޔަ ސަކީނާއަށް ބަލާލަމުން ހިންދު ބުނެލިއެވެ. އޭނާގެ މަންމަ އަކީ މިހާ ހިތް ބަލި މީހެއް ކަމެއް ކުރިން ނުދަނެއެވެ.

“ހަ މަސް ދުވަހަކީ އަހަރެމެން ކަހަލަ ނިކަމެތީންނަށް ވަރަށް ގިނަ ދުވަސް . ބައްޕަ މަހަށް ގޮސްގެން ލިބޭ ލާރިން މިއޮތްހާ ދުވަހު ގޭގެ ކަންތައް ހަމަޖައްސަމުން މިއައީ.. މި އޮޕެރޭޝަނަށް ކުރަން ޖެހޭ ހަރަދު މަންމަ މުޅި އުމުރު ދުވަހު މަސައްކަތް ކޮށްގެން ނުލިބޭނެ ކަން ޔަގީން.. އަދި ކޮބާ އޮޕެރޭޝަން ފިޔަވައި ދެން ކުރަން ޖެހޭ އެހެން ހަރަދުތައް..” ސަކީނާއަށް އަނެއްކާ ވެސް ރޮވެން ފެށުމުން ދައްކަން ގަސްދުކޮށްގެން ހުރި ވާހަކަތަކާއިގެން ކުރިއަށް ނުދެވުނެވެ.

“އެއްވެސް މީހަކީ ނިކަމެތި މީހެއް ނޫނޭ މަންމާ.. އެއްވެސް މީހަކަށް އެމީހަކަށް އުފުލޭ ވަރުގެ ބޮޑަ ބުރައެއް ނުޖައްސަވާނެ.. އަޅުގަނޑަކީ އަދިވެސް މަންމަމެންގެ ދަރިއެއް.. އަދި އާއިލާގައި ހުރި އެއްމެ ބޮޑު ކުއްޖާ.. ބައްޕަގެ އޮޕެރޭޝަނަށް ކުރަން ޖެހޭ ހަރަދުތައް ކުރަން އަޅުގަނޑު އެހީވާނަން.. އަދި އެހެން ކަމެއްގައި ވެސް މަންމަ އެހީއަށް އެދެފިނަމަ އެކަން ކޮށްދޭން ތައްޔާރަށް ހުންނާނަން” މަންމަ ރޯ ތަން ފެނި ހިންދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ދުނިޔޭގެ އަނިޔާވެރި ކަމުގައި ޖެހިގެން ދިޔައީ މަންމަގެ ކުށުން ކަމުގައި ވިޔަސްމެއެވެ.

“ނޫން! ހިންދު އަށް ނުޖެހޭނެ އަހަރަމެންގެ ކަންތަކުގައި އެހީވާން… ތީ މިހާރު މީހެއްގެ އަންބެއް.. އަދި ކޮބާ މަންމަމެން ހިންދުއަށް ކުރި އަނިޔާއާއި އުދަގޫ… އެހުރިހާ ކަމަކަށް ހިންދު ކެތްކޮށްގެން ހުރީ އަހަރެމެންނަކީ ހިންދުގެ މައިންބަފައިންނަށް ވީމަ.. މިއަދު އަހަރަމެން ބޭނުމެއް ނޫން އަނެއްކާ ވެސް ހިންދުއަށް ވާ ބުރައަކަށް އަދި އުދަގުލަކަށް ވާން” ސަކީނާ ރޮމުން ވާހަކަ ދެއްކިއެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އޭނާ އަށް ކުރެވުނު ކުށްތަކާއި މެދު ވިސްނާލެވެން ފުރުސަތު މިލިބުނީ ވަގުތު ފާއިތުވެ ނިކަމެތި ވުމުންނެވެ. އެއްވެސް މަޔަކު އޭނާގެ ދަރިއެއްގެ ގައިގައި ނުރުހުމުގައި ގޮތުން ވައިރޯޅި އެއްވެސް ޖެހެން ނޭދޭނެކަން ޔަގީނެވެ. ބަނޑުބޮޑު ވުމާއި އެކީ އެދެން ފެށެނީ އެ ދަރިފުޅު ހެޔޮ ސިއްހަތެއްގައި ލެއްވުމަށެވެ. އަދި ހުރިހާ އުފަލެއް އެކުއްޖާ ވަށާލުމަށެވެ. އެހެން ނަމަވެސް ހިންދުއަށް ވީ އެހެން ނޫނެވެ. ދުނިޔެއަށް އުފަންވުމާއި އެކީ އޭނާއަށް ލިބުނީ ނަފުރަތެވެ. އަނިޔާއެވެ.

“މަންމާ! މީ އެކަންތަކާއި ވާހަކަ ދައްކަން ވީ ވަގުތެއް ނޫން.. އެވާހަކަތައް ފަހަށް ބަހައްޓާފަ ހިނގާ އިހަށް ބައްޕައަށް ފަރުވާ ދެވޭތޯ އުޅެމާ.. ” ސަކީނާގެ ކޮނޑުގައި ހިފައި ހިންދު ބުނެލިއެވެ. މަންމަމެން އޭނާއަށް އަނިޔާ ކުރާ ސަބަބު އެގެން ނުހަނު ބޭނުން ވިޔަސް މިއީ އެކަމަށް އެއްމެ އެކަށޭނެ ވަގުތެއް ނޫންކަން ޔަގީނެވެ.

އަޝްވިން އާއި ހިންދު އައްބާސުގެ ޑޮކްޓަރާއި ވާހަކަ ދައްކައި ވީހާވެސް އަވަހަށް އޮޕެރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އުޅުނެވެ.  ނަސީބު ކަން ދިމާކުރި ގޮތުން މިދުވަސްކޮޅު އެ އޮޕަރޭޝަން މާލެ އިން ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އަޝްވިންއާއި ހިންދު މަޝްވަރާކޮށް ދެމީހުން ސަކީނާ ގޮވައިގެން އައްބާސުގެ އޮޕެރޭޝަން ކުރަން ބޭރަށް ދާން ނިންމިއެވެ.


 

ފަތިހު ދިޔަ ގޮތަށް ޑިޔުޓީ ނިންމާލުމަށްފަހު ޝަނުމްއަށް ގެޔަށް އާދެވުނީ ހަތަރެއް ޖަހަން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ޝަނުމް ގެޔަށް އައި އިރު ހަފީޒާ އާއި ރީމް އެބައިގައި ހުންނަ ބަދިގޭގައި އުޅެއެވެ.

“ޝަނުމް ދަރިފުޅާ! އަވަހަށް ދޭ އެއްޗެހި ބަދަލުކޮށްލައިގެން ސައިބޯން އަންނަން” ޝަނުމް  ފެނުމާއި އެކު ހަފީޒާ ބުނެލިއެވެ. ޑިޔުޓީއަށް ނިކުންނަން ފެށުމުން ޝަނުމް ދިޔައީ ހަފީޒާ ކައިރީ ރީމް ކައިރީ ހުރުމަށް އެދިފައެވެ.

“ހާދަ މީރުކޮށް ކޯއްޗެއް ހަދާލަނީ؟ އަޅުގަނޑު ވަރަށް ބަނޑުހައިވެފަ މިހިރީ” ބަދިގެޔަށް ވަދެ ރީމް ތެލުލަމުން ދިޔަ ހެދިކާ ތަކަށް ނަޒަރު ހިންގާލަމުން ޝަނުމް ބުނެލިއެވެ.

“ރީމް ބުނެގެން ބޮޑުދައިތަ ރީމް އަށް މި ކިޔައިދެނީ ޝަނުމްއަށް އެއްމެ މީރުކޮށް ހެދިކާ ހަދާނެ ގޮތް… މާދަމާ އޮތީ ޝަނުމްއަށް އެއްމެ މީރުކޮށް ބަރަބޯ މަސްހުނި ހަދަން ދަސްކުރުން، ދޯ ރީމް” ހަފީޒާގެ އަޑުގައި ފޯރި ހުއްޓެވެ. ޝަނުމް ރީމް ކައިވެނި ކުރި ފަހުން ހަފީޒާ ދެމީހުންގެ ގުޅުން ރަގަޅު ކުރެވޭ ތޯ މަސައްކަތް ކުރެއެވެ. އެގޮތުން ގުޅިއަށް ދިޔައިރު ދެމީހުން އެކަނި ތިބެން ގެޔެއް ހަމަޖެހުނީ ހަފީޒާ އެތައް ބަޔަކަށް ގުޅުމަށްފަހުގައެވެ.

“ވަރަށް މީރުވާނެ ހެން ހީވާ.. އަޅުގަނޑު އެބަ އަންނަން ފެންވަރައިލައިގެން” ރީމް އާއި  ހަފީޒާއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލުމަށްފަހު ޝަނުމް އެތަނުން ދިޔައެވެ

ޝަނުމް ފެންވަރަން ދިޔުމުން ރީމް ޝަނުމް ފަހަތުން ދިޔައީ ޝަނުމްގެ ގަމީސް އިސްތިރި ކޮށްދިނުމަށެވެ.

“ކޮން ގަމީހެއް އިސްތިރިކޮށްދޭންވީ” ފަހަތުން ރީމްގެ އަޑު އިވުމުން ޝަނުމް ދިޔައީ ސިއްސައިގެންނެވެ.

“މައްސަލައެއް ނެތް އިސްތިރިކޮށް ނުދިނަސް.. އަހަރެން ކޮށްލަފާނަން” ރީމް އާއި ދިމާލަށް އެބުރިލުމަށްފަހު ޝަނުމް ބުނެލިއެވެ.

“ޝަނުމް އަދިވެސް އަހަރެން ދެކެނީ ބީރައްޓެއްސެއްހެން ތަ؟ އަހަރެން ޝަނުމް އަށް ކަންތައް މިކޮށްދެނީ ކޮންމެހެން އަހަރެން މީ ޝަނުމްގެ އަނބިމީހާއަށް ވީމަ އެއް ނޫން. އެޔަށް ވުރެ ބޮޑަށް އަހަރެން ޝަނުމް ދެކެ ލޯބިވާތީ  މި ކަންތައް ކޮށްދޭ ހިތުން މިއުޅެނީ” ޝަނުމް ކައިރިއަށް ހިނގައިގަންނަމުން ރީމް ބުނެލިއެވެ.

“ބީރައްޓެއްސެއް ނޫން ވިޔަސް ދެމީހުންގެ ގުޅުން އަދި އެހާ ރަގަޅެއް ނޫނެއްނު. އެހެންނޫނަސް ރީމް ބަލިވެ އުޅޭއިރު ރީމް ލައްވައި ތިކަހަލަ މަސައްކަތް ކުރުވާކަށް އަހަރެން ބޭނުމެއް ނޫން.. ޑޮކްޓަރު ވިދާޅުވީ އަރާމް ކުރަން..” ރީމްގެ ވާހަކަ ނިމުމުން ޝަނުމް ބަހަނާތައް ކިޔަން ފަށައިގަތެވެ.

“ޑޮކްޓަރު ވިދާޅުވީ އަހަރެން ރަގަޅު ވަންދެން އަރާމް ކުރަން.. މިހާރު ކޮޅަށް ތެދުވެ މަސައްކަތް ކުރެވޭ ހާ ހަކަތަ އަހަރެންގެ ގައިގައި އެބަ ހުރި.. ދެން ތިބުނީ ދެމީހުންގެ ގުޅުމުގެ ވާހަކަ، އެކަންތައް ރަގަޅު ކުރެވޭނީ އަހަންނާއި އެއްވަރަށް ޝަނުމް ވެސް މަސައްކަތް ކޮށްގެން.. އަހަރެން ނުބުނަން ޝަނުމް އަހަރެން ދެކެ ލޯބިވާށޭ… އެކަމަކު ޝަނުމްއަށް މަސައްކަތް ކުރެވިދާނެ ދޯ އަހަންނާއި އެކީ ދިރިއުޅެން.. އެކި ކަންތަކާއި ވާހަކަ ދައްކާ ހެދި ދާނެ ދޯ…” ޝަނުމްގެ ހިތް އޭނާއަށް މިލްކު ނުވި ނަމަވެސް ޝަނުމްގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވާން ރީމް ނުހަނު ބޭނުމެވެ. އެކަމަކު އެފުރުސަތު ހޯދަން ވެސް ރީމް މިޖެހެނީ އެތައް އާދޭހެއް ކުރަން ހެއްޔެވެ؟

“އިނުމުގެ ކުރިން ވެސް އަހަންނަށް ފަސޭހައެއް ނޫން ރީމް އާއި އެކީ އެއް ތަނެއްގަ ހުންނަން ވެސް. އެކަމަކު ހާލަތު އެކަމަށް މަޖުބޫރު ކުރުމުން އަހަރެން އިހުތިޔާރު ކުރީ މި ދިރިއުޅުން.. އޭގެ މާނައެއް ނޫން ކުރިން ނުވާ އިހްސާސެއް އަދި ބޭނުން ނުވާ ކަމެއް އަހަރެން ރީމް އާއި އެކީ ކުރަން ބޭނުމޭ!” ރީމް ދެއްކި ވާހަކަތަކުން ޝަނުމްއަށް އުދަގޫވިއެވެ. ވާހަކަ ދައްކައި އެހެނިހެން ވަގުތުތައް ހިއްސާކޮށްލަން ހުންނާނެ ބައިވެރިޔަކު ބޭނުމެވެ.

“އަހަންނަށް ތިކަން އެނގޭތީ ދޯ ޝަނުމް އާއި ދުރުގަ މި ހުންނަނީ، އެކަމަކު ޝަނުމް އަހަރެން ބޭނުމެއް ނޫން ދެމީހުން މިހާ ދުރުގައި އުޅެން.. ކިހިނެތް ވާނެ ހަމައެކަނި ރައްޓެހިންގެ ގޮތުގައި ދެމީހުން އުޅެން؟؟ ” ރީމް ހުރީ ޝަނުމްއާއި ގާތް ގުޅުމެއް ބޭއްވޭނެ ކޮންމެ ގޮތަކަށް ކަންތައް ކުރަންވެސް ތައްޔާރަށް ކަން އަޑުން އެގިގެން ދިޔައެވެ.

“ރައްޓެހިން!” އެހެން ބުނެލުމަށްފަހު ޝަނުމްއަށް ހެވުނެވެ. ރީމްގެ ހުންނަ ވިސްނުން އެގުމުންނެވެ.

“އާން ހަމައެކަނި ރައްޓެހިން… އެކި ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލައި އެއްކޮށް ތަންތަނަށް ގޮސް މަޖާކޮށްލައި ހަދާލަން ހަމައެކަނި ރައްޓެހިންގެ ގޮތުގައި… އަހަރެން ވައުދުވަން ކިތައްމެ ބޭނުން ވިޔަސް އިތުރު އެހެން ގާތްކަމަކަށް އަހަރެން ނޭދޭނެކަމަށް” ޝަނުމް އާއި އިތުރަށް ކައިރިވެލަމުން ރީމް ބުނެލިއެވެ. ޝަނުމް އެއްބަސްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ހާލުގައެވެ.

“މައްސަލައެއް ނެތް، އެކަމަކު އަހަންނަކަށް ނޭނގެ ރީމް އާއި ވާހަކަ ދައްކާނީ ކޮން ކަމަކާއި ބެހޭ ގޮތުން ކަމެއް ” އިރުކޮޅަކު ވިސްނަން ހުރެފައި ޝަނުމް އޭނާގެ ނިންމުން ބުނެލިއެވެ. ދެމީހުން ރައްޓެހިންގެ ގޮތުގައި އުޅުމުން ލިބޭނެ ދެރައެއް ނެތޭ ހިތަށް އަރުވަމުންނެވެ.

“ވާހަކަ ދައްކަން ފެށީމަ ދައްކާނެ ވާހަކަތައް ގިނަވެފައި އޮންނާނީ” ރީމްގެ ހިތަށް ލިބުނު އުފާ މޫނުމައްޗަށް ވެރިވި އުފާވެރި ހިނިތުންވުމުން ވެސް އެގިގެން ދިޔައެވެ. ރީމް ހީކުރީ މިއަށްވުރެ ބޮޑަށް މިކަމަށް އޭނާ އާދޭސް ކުރަން ޖެހޭނެ ކަމަށެވެ.

“މިހާރު އެގިއްޖެތަ ޝަނުމް ގަޔަށް ބަޑިޖެހީ ކޮން ބައެއްކަން؟” ޝަނުމް ކައިރިއަށް ޖެހިލައި ގަމީހުގެ ގޮތްތައް ނައްޓުވައިދެމުން ރީމް އަހާލިއެވެ. ރީމް ކައިރިވުމުން ޝަނުމްއަށް އުދަގޫ ވިޔަސް އެކަން މޫނުމަތިން ނުދެއްކީ ރީމް އޭނާއަށް ވީ ވައުދަށް އިތުބާރު ކުރާތީއެވެ.

“އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޭރުގެ ބައެއް ކުރި ކަމަކަށް ވަނީ..އެމީހުން ދޭން އުޅުނު އިންޒާރު އަދި ހާމަ ނުވިޔަސް އެކޮޅުގެ ސިފައިންނާއި ވާހަކަ ދައްކައިގެން އެމީހުން ޓްރެކް ކުރެވޭތޯ އެބަ އުޅޭ…  މަރުވި މީހުންގެ އާއިލާތަކާއި ވާހަކަ ދައްކަން މިކޮޅުން ބައެއް ސިފައިން ބޭރަށް ގޮސްވީ” ޝަނުމްއަށް އޭނާއަށް ހާމަކުރެވެން އޮތް މައުލޫމާތެއް ރީމް އަށް ކިޔައިދިނެވެ. ކަމަކީ ގައުމީ ދިފާއުގެ ހާއްސަ ބެލުމުގެ ދަށުން ބަލަމުން އަންނަ މައްސަލައެކެވެ. ރާއްޖޭގެ ބައެއް މީހުންގެ އަތެއް އެކަމުގައި ވާކަން ހޯދި ހޯދުން ތަކުން ވަނީ މިހާރު އެގިފައެވެ. އަދި އެމީހުން ދެވަނަ ހަމަލާއެއް ދީފާނެ ކަމަށް ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.

“ޑިޔުޓީގައި އުޅޭ އިރު ބަލައިގެން އުޅެއްޗޭ! އެދުވަހު ޝަނުމް ގަޔަށް ވަޒަނެއް ވަން ވާހަކަ އަޑުއިވުމުން އަހަރެން ވަރަށް ބިރުގަތް ” އިސްއުފުލައި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް ބުނެލިއެވެ.

“އާން! ރީމް ވެސް ބަލައިގެން އުޅޭނީ، އަހަރެންގެ ހުއްދަ ނެތި ގެއިން ބޭރަށް ނުދާތި” ޝަނުމް ޝަރުތެއްކޮށްލިއެވެ.

“މައްސަލައެއް ނެތް! އަހަރެންގެ ވާހަކަ ދެއްކީމައޭ ހަނދާން މިވީ، މާހިލް ނުދޭތަ މާޒިން ކުރިން އުޅުނު ގެ ބަލާލަން.. ފަހަރެއްގަ އޭނަ އަދިވެސް އުޅެނީ އެތަނުގައި ކަމަށް ވެދާނެ އެއްނު” ޝަނުމް ބޭލި ޔުނީފޯރމު ހިފައިގެން ގޮސް ދާ އެއްޗެހި އަޅާފައި ހުންނަ ވަށިގަނޑަށް އަޅަމުން ރީމް ބުނެލިއެވެ.

“ނޫން! އެތަން ބަލަން ދެތިން ފަހަރެއްގެ މަތިން ދިޔަ ވާހަކަ މާހިލް ބުނި.. މިހާރު އެތާގައި އުޅެނީ އެހެން ބައެއް ކަމަށް މާހިލް ބުނީ… އެމީހުންނަށް ނޭނގޭ މާޒިންއާއި ބެހޭ އެއްވެސް ހަބަރެއް” ފާހަނައަށް ވަނުމުގެ ކުރިން ޝަނުމް ބުނެލިއެވެ.

ޝަނުމް ފާހަނައަށް ވަނުމުން ރީމް މާޒިން އުޅެފާނެ އެހެން ތަނަކާއި މެދު ވިސްނާލިއެވެ. ހިޔާލަކަށް އެއްވެސް ތަނެއް ނައެވެ.


 

ރޭގަނޑު އަށެއް ޖަހަނީއެވެ. ކަޅު ކުލައާއި ރަތްކުލައިގެ ހެދުމެއްގައި އަޝްވާ ލިފްޓުން ތިރިއަށް ފޭބި އިރު ކާއިން މާބޮނޑިއެއް ހިފައިގެން އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

“އަހަރެން ގޮވައިގެން ޑޭޓަކަށް ދާން ތަ ތިއައީ؟” މާބޮނޑީގައި ހިފަމުން އަޝްވާ ބުނެލިއެވެ.

“މިރޭ މިއައީ ޑޭޓަކަށް ދާކަށް ނޫން.. އެކަމަކު އަހަރެން ވަރަށް އުފާވާނެ އަހަންނާއި އެކީ ތިހާ ރީތި ކުއްޖެއް ޑޭޓަކަށް ދާން އެއްބަސް ވެއްޖެނަމަ” އެއްމިޔަކުން ހީލަމުން ކާއިން ބުނެލިއެވެ.

“ޑޭޓަކަށް ދާން އަހަރެން މިހިރީ ތައްޔާރަށް” ކާއިންގެ އަތުގައި ހިފައި މަޑު ހިނގުމެއްގައި ގޮސް އަޝްވާ ޓެކްސީއަށް އެރިއެވެ.

ދެމީހުންނަށް އެތަނަށް ދެވުނު އިރު މިއުވާން މެހުމާނުންނަށް މަރުހަބާ ކިޔުމުގައި އުޅުނެވެ. ދެމީހުން އެކުގައި މިއުވާން ކައިރިއަށް ދާން މިސްރާބު ޖެހިއެވެ. އެހިސާބަށް ނުދެވުނީސް ލެއްޕެމުން ދިޔަ އިމާރާތުގެ ލިފްޓުގެ ތެރެއިން ކާއިންއަށް ދަންނަ މޫނެއް ފެނުނެވެ. އެހެންކަމުން އަޝްވާ ކައިރީ މި އަންނަނީ އޭ ބުނެ ބާރު ހިނގުމެއްގައި ކާއިން އެދިމާލަށް ހިނގައިގަތެވެ.

ކާއިން ދާން ހިނގައިގަތުމުން އަޝްވާ ކާއިންއާއި ދިމާލަށް އަތް ދިއްކޮށްލީ ކާއިން ކައިރީ ނުދިޔުމަށް ބުނުމަށެވެ. އެހެންނަމަވެސް ކާއިން ދިޔަ ބާރުމިނާއި އެކީ އެތާ ތިބި މީހުންނަށް އަޑު ނީވޭނެހެން އަޝްވާއަށް އެހެން ބުނުމަށް ފުރުސަތު ނުލިބުނެވެ.

“އައްސަލައިމަލައިކުމް، އަޝްވާ ތަ؟” ކާއިން ދިޔުމުން މޫނު މައްޗަށް ގެނައި ނުތަނަވަސްކަން ނުފޮރުވެނީސް އިވުނީ މިއުވާންގެ އަޑެވެ.

“ލައްބަ، ވައަލައިކުމުއްސަލާމް” މިއުވާންގެ އަޑު އެހާ ކައިރިން އިވުމުން އަޝްވާ ދިޔައީ ސިހިގެން ކަމުން ބުނަން އުޅުނު ބަސްތަކުގެ ތަރުތީބު އޮޅުނެވެ.

“ހެހެހެހެ… ހިނގާ ދަމާ” ދާންވީ މަގު އަތުން ދައްކުވައިދެމުން މިއުވާން ބުނެލިއެވެ. އަޝްވާގެ މޫނުމައްޗަށް އެހާ ބައިވަރު ކުލަވަރު ތަކެއް އެއްފަހަރާ އެރުމުން މިއުވާން ހުރީ މަޖާވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އިންތިހާ – 10

Next

ައެ ކުށުގެ ޝަޒާ

Next
February 15, 2018

ައެ ކުށުގެ ޝަޒާ

Previews
February 15, 2018

އިންތިހާ – 10

71 Comments!

  1. Mysh says:
    February 15, 2018 at 12:15 pm

    Yaayyyy..adhi nuves kiyan..ekm ves ingey mi prt v rythi vaane kan?

    1. maroon says:
      February 15, 2018 at 12:22 pm

      ???❤? mysh

  2. Xish says:
    February 15, 2018 at 12:26 pm

    Vv reethi..reem shanuge hih fathahakuraane kamah belevey..kaain ah e fenunee kaakubaa?

    1. maroon says:
      February 15, 2018 at 1:39 pm

      Thanku xish. Good for her dhw eyrun. Kaain ah fenuny kaaku kan bunaanan next part in ?

  3. Anonymous says:
    February 15, 2018 at 12:34 pm

    Varah varah varah reethi……….waiting for the next part….lots of love ❤?

    1. maroon says:
      February 15, 2018 at 1:39 pm

      Thanku anonymous ? loves

  4. Zaaraa says:
    February 15, 2018 at 12:34 pm

    Second hihihee ?

    1. maroon says:
      February 15, 2018 at 1:38 pm

      Hehe. Thanku zaaraa ?

  5. faatimath says:
    February 15, 2018 at 12:36 pm

    yey me first mi vaahaka v reethi

    1. maroon says:
      February 15, 2018 at 1:38 pm

      Not this time dhw ?

  6. faatimath says:
    February 15, 2018 at 12:39 pm

    އަސްލު ލިޔެފަ ނުގޮސް އިނީ އަޅުގަނޑު ކޮމެންޓް ނުކުރިޔަސް ގަވާދުން ކިޔަން

    1. maroon says:
      February 15, 2018 at 1:38 pm

      Thanku dear ?

  7. Pinky shifoo says:
    February 15, 2018 at 12:41 pm

    Hii maroon ☺️☺️☺️… Mi part vx as usual v v v reethi ???… Hurihaa manzareh sifavegen dhey ???…. Keep up the good work maroon ???… I really like your stories ???… Curiously waiting for the next part… Take care n loves ???…

    1. maroon says:
      February 15, 2018 at 1:37 pm

      Thanku pinky shifoo. V ufaa vey daily koh comment koh support dheythy. Loves tc ?

  8. ?unlucky ? says:
    February 15, 2018 at 12:45 pm

    haadha kurey adhi eh part up koh dheebaa please v kiyaahihvey eba ❤❤❤❤❤????❤❤??????and v reethi mi part ves hope kaain ah dhera nulibeyne kamah ashwa buruga alhuvaba and cover pic in kobaa ashvaa you are the best sweetest writer in the whole world love u big koh ????❤❤❤

    1. maroon says:
      February 15, 2018 at 1:36 pm

      Thanku dear. In sha Allah kaain ah dhera gotheh nuvaane. Ashwa einy moonuge ebbai foruvaigen. I will give ur suggestion a thought. Loves ? so happy

  9. maaisha says:
    February 15, 2018 at 12:59 pm

    Maroon vareh neh….masha allah…you are the best writer i have seen in this site…kn me dhuvahaku mi story kiyan…vvvv reeethi..keep it u…an ashwa and kaain gulhuvachey…reem ah dhera gotheh nuhadhachey…

    1. maroon says:
      February 15, 2018 at 1:35 pm

      Thanku maaisha. Couples to be will decided adhi fahun. Ekam it might be the way u want ves hama. V v v ufaa vejje comment kiyaalyma ? loves

  10. maroon says:
    February 15, 2018 at 1:11 pm

    Kommeves kujje bunedhybala maroon ah online koh lhen kiyaaleveyne websiteh. V lhen kiyaa hiy vey. And i have a suprise for u tmrw…
    Dhn cover pic hadhaidheyne kujje huri nama email koh dhinun edhen. Much love. Tc ?

    1. annoying reader says:
      February 15, 2018 at 1:28 pm

      hussain ali ulhe eh nu poetry liya,fb ga i think there is a page.

  11. annoying reader says:
    February 15, 2018 at 1:20 pm

    obiness to the max ? varah reethi mi part ves. anyway mahil mazinge kurige apartment chek kuri iru keeveyo evves echeh nufenuny. gaimu ashwa menah kuni vas dhuvathi ves ulhunu i was thinking theres dead body in that apartment hehe. mazin mi varah clever soreh then kihineh tha bust vaani. eyna bust kuran hadhaigen kain ah dhera eh libijjeya ashwa ah vuren i will b sad ? reem ah adhives shanum ge loabiva aki ashwa kameh neynge dhw still waiting for that part . i still think in the end ashwa and shanum hen gulheyni. roon genes dhin trailer ga ves huri v ya kain ekujja dheke loabi v kujja marry kurani ey dhw. hehe roon kobai tha reem ge twins? alhey eesh ge scene so cute,i can even imagine the scenes ? loved it so much,im a big fan of u always have been since the first story u wrote ?. waiting for the nxt part with more answers. and im happy for hindh finally she will b getting some love from her parents after regretting wat they did. tc ?

    1. maroon says:
      February 15, 2018 at 1:34 pm

      Hehe… i thought u wud ask that question dhethin part kurin. Cox polihun dhaanethaa mazin ge check kuran if they know his address. Kurin ves arrest koffa huri meeheh vyma ulhe ge egeyne tha..maybe a dead body was planted there efahun??? Kaain save kohdheynan in sha Allah. Couples to be adhi secreteh..hehe. reem ageye dhuvahakun vaane goiy mi hithah arany. Hind will ask dhw why she was treated like that. Lets get some answers.. v ufaa vejje comment kolllyma. And morethan any reader u pay attention to every tiny detail i give..some might think ei haaraasey but theh will matter adhi..love ur twins theory. But no comment on that.much love dear ???

  12. Nashko says:
    February 15, 2018 at 1:25 pm

    Varah reethi …ekamaku maroon emme massala eh othy

    1. maroon says:
      February 15, 2018 at 1:29 pm

      Ei kon massala ehkan bunedhy? Eyrun dhw ragalhu kureveyny ? thanku nashko

  13. Navii says:
    February 15, 2018 at 1:42 pm

    Hama awesome.. ?? Vvvvv reethi mi part ves.. Kaain ah efenuny kaaku baa?? Waiting for next ingey..

    1. maroon says:
      February 16, 2018 at 7:44 am

      Thanku navii ?

  14. Ainth says:
    February 15, 2018 at 6:55 pm

    V salhi cnt wait 4 next part.. maroon plz update fast???

    1. maroon says:
      February 16, 2018 at 7:45 am

      Thanku ainth ?

  15. Crystal says:
    February 15, 2018 at 7:01 pm

    Then fahun shanum ah Reem dheke lobivaan veveynee kanyge dho maroon. And ashwa ah kaain dheke .. love this part ves ?☺

    1. maroon says:
      February 16, 2018 at 7:45 am

      Thanku crystal.. hehe maybe. Mayb not ?

  16. Hairaan says:
    February 15, 2018 at 7:01 pm

    Varah reethi

    1. maroon says:
      February 16, 2018 at 7:45 am

      Thanku hairaan ?

  17. Eyra says:
    February 15, 2018 at 7:02 pm

    Varah varah reethi mi bai ves?????

    1. maroon says:
      February 16, 2018 at 7:46 am

      Thanku eyra ?

  18. Shanum says:
    February 15, 2018 at 7:13 pm

    V ufaavey shanum Adhives reem r gulhun rangalhu nuvaathee. Adhives ashwa r gulhumuge chance otheema . v reethi mivaahaka

    1. maroon says:
      February 16, 2018 at 7:46 am

      Thanku shanum.. even if so i still wud say there is possiblity for them to be. ?

  19. Shann says:
    February 15, 2018 at 7:13 pm

    Masha Allah… Wow mibaives haadha haadha ryhchey…??… Hama bunaane ehchehves neyngifa mihury… Hama mulhin kosvehje… Midhuvas kolhu thankolheh bxy kamun igey story thankolheh lahun kiyeny… Ekam hama baraabarah kiyan igey… N hama abadhubes mi story ah inthixaaru kurevey… Hama ehvanaey bunelaany mifaharuves… V v molhu,Masha Allah… Mibaives hama sifakurun ehvanaey bunelaany… Bayakah vure baeh rythivefa furihama… Eygenves egeny story liyumun maroon kuriaramun dhaavaru dhw…. Thaureef ge gothuga dhen neynge bunaany kykey kamehves… V v vey maroon aa dhimaavelaa hiyy… Luv u n Miss u…??❤❤????????????????????

    1. maroon says:
      February 16, 2018 at 7:49 am

      ❤? oh shann love. So many compliments.. now i want to meet u too… hehe.. email me if possible ngey..busy viyas shann vaahaka kiyaanekan ngey.much love. And i dnt knw how i cud describe my happiness when i see ur lovely comment every single time. So many hearts and loves ?❤? tc loves

  20. Maa says:
    February 15, 2018 at 7:54 pm

    Thanx marooon…. abbasu eh noon ingey … abbas liyaanee…. kaain ah kaaku fenunee….so many things to know adhives…eagerly waiting for next part……

    1. maroon says:
      February 16, 2018 at 7:50 am

      Thanku maa. And v bodah shukuriyya mistakes faahaga kohdheythy ?? yes so many answers to knw ekam hama komme part akunves answer dhemun dhaany ngey.

  21. Awa says:
    February 15, 2018 at 8:00 pm

    Kaakutha kaain ah fenuny…. asluga kaain v charming dhw??? btw awa cover eh hadhaa dheefaanan if you want??? maroon you may check my mail id comment thah nagaa bain ves.. if you want dhn mail eh kolla???ly

    1. Awa says:
      February 15, 2018 at 8:03 pm

      Mail kollan mi bunee maroon beynun vaa gothah pic design kolleveyny eyrun kamah v ma ?c yuh

    2. maroon says:
      February 16, 2018 at 7:52 am

      Thanku awa. ? i sure would like some help. He is dhw after he met ashwa..love u. I have emailed u ?

  22. Kkk says:
    February 15, 2018 at 8:05 pm

    Varah lwbi..masha allah..☺..whn next prt..maadhan 2 parts up kolla dhehche….

    1. maroon says:
      February 16, 2018 at 7:53 am

      Thanku kkk. In sha Allah ?

  23. Maikko says:
    February 15, 2018 at 8:13 pm

    Varah reethi………kaain and ashwaa gulhuvaaba avahah ……… Waiting for the next part…. Lots of love❤?

    1. maroon says:
      February 16, 2018 at 7:53 am

      Thanku maikko.. they might hama. Loves ?

  24. Laylerr says:
    February 15, 2018 at 8:18 pm

    Varah reethi mi part ves..?

    1. maroon says:
      February 16, 2018 at 7:53 am

      Thanku dear ?

  25. Lamsha says:
    February 15, 2018 at 8:22 pm

    V reethi… Kaain part annaathy v happy vefa mihunnany…

    1. maroon says:
      February 16, 2018 at 7:54 am

      Thanku lamsha ? hehe kaain..

  26. Xxxx says:
    February 15, 2018 at 8:26 pm

    V.v.nice dear?????

    1. maroon says:
      February 16, 2018 at 7:54 am

      Thanku xxxx ?

  27. Shina says:
    February 15, 2018 at 9:39 pm

    Kaain nah fenunee maazin nooneehana kamah .. vedhaane.. mi partwex salhi??????

    1. maroon says:
      February 16, 2018 at 7:55 am

      Yes v possibility high dhw edhe myhunna. ? thanku

  28. Me says:
    February 16, 2018 at 1:02 am

    Maroon ge 1st story aky hama mi site ga liyunu
    . vaahaka tha

    1. maroon says:
      February 16, 2018 at 7:55 am

      Yes dear. But that story ddnt go as i planned.

  29. ninaa says:
    February 16, 2018 at 2:09 am

    I don’t know why some people are saying ashwa n shanum gulhuvan they both are thalassemia carries we should remember that and I have a question mi thaa readers thereyn kithah readers tho first love aa marry kuree. hama gaimu ves not me. mihaa divorce gina irehga i think married life success kuraane goi stories ge zareeaain ves genesdheyn v kahneyge I hope some readers are not offended

    1. maroon says:
      February 16, 2018 at 8:00 am

      A beautiful msg i want to deliver from this story. Ashwa loves kids and her big dream is to have a huge family.. so i think she wud be happy with shanumgd decision.
      And readers shud knw true love and first love rnt the same thing. And thimaa aha hageegee loabi hoadhaidhey faraathaky first love kamah ves nuvedhaane ? thanku ninaa. V glad u appreciate the concept . And i want to knw there still a possibility for shanum and ashwa . So… ??

  30. Shanum says:
    February 16, 2018 at 7:50 am

    Aslu alhugandah heevanee ashwa akee career eh noonhen. Kuree part ga ashwa v hithah eri dho
    Sababu kurin engunu namaey. Ehen noonas reem ves jeheyne hageegatha kurimathi lai reem ah hedhunu mistake gabool kon rangalhu goiy ihthiyaaru kuran

    1. maroon says:
      February 16, 2018 at 8:12 am

      Yes thats a huge possibility dhw… maybe reem ah visneyne and try to make everything right ?

  31. Shanum says:
    February 16, 2018 at 7:56 am

    Reem aa ameeha ah kaamiyaabu vaakah beynumeh noon. Cox they were wrong. Kahchah elhi bingaleh kehchaa hama yah dhiyas onnaane kahchah sorry reply kureveneema ekam mee alhuganduge hiyaal

    1. maroon says:
      February 16, 2018 at 8:07 am

      Yes v v thedhu vaahaka eh. Keeping ameehaa aside eventhough reem treated shanum like that she was also suprised to know that shanum agreed to marry her. We all make mistakes in our lifetime. Some big and some small. Then we learn and try to make the right decision. She isnt forcing shanum for a closer relationship. Despite that i wud still say ashwa and shanum is still possible maybe in the end reem might do something for Ashwa and shanum to have happily ever after.

    2. maroon says:
      February 16, 2018 at 8:08 am

      Reply koh hiyaalu dhinumakun evves shakuvaa eh nei. I really want to knw what readers feel. So all the ideas and thinking are welcome ❤?

  32. Ashwa says:
    February 16, 2018 at 9:19 am

    yes Shanum ge vaahakayah me vx ehbas aslu hama Aswa nd Shanum gulhuvan beynumy gaboolu kuran storys thakun dheyn jeheyny mujuthamau ah balaaganevey kahala msg thakeh kamah mi story aky ekahala msg thakeh aammunnah foaru kohdhevey varugebodu story eh mihaaru vx v gina iburay thakeh story kiyaa kudhin nah libifa hunnaany dhen Shanum nd Ashwa gulhuvunakun goaheh nethennu ithurah story furihama vaane dhw kaain nd ashwa nugulhey loabi veringe gothugaeh ehen noonas kaain ge masakkathaigen kaain ulhen jeheyny kaain masehkathehkudaeh noon

    1. maroon says:
      February 16, 2018 at 3:51 pm

      Yes. All true. She did and is sacrifing alot. So lets make her happy dhw.

  33. Kkk says:
    February 16, 2018 at 10:48 am

    Maroon..kaain ah dhera gotheh nahadhahche..dhen shanum aa reem ok kollaaa…ashwa vx kaain aa like vaahen varah heevey eba..maazin bust kolla dhen..ameeha dhen kadaee..hassaanu aa ameehaa aa gulhuvaa??…namanama ashawa aa kaain gulhuvaathi konmmehen vx..kaain ah dhera gotheh nuhadhahche..plz plz plz…much l❤VE….~kkk~?❤❤???

    1. maroon says:
      February 16, 2018 at 3:52 pm

      V salhi hiyaalu ? kaain will be safe in sha Allah
      Ashwa maybe dhw.. loves tc ?

  34. Kkk says:
    February 16, 2018 at 10:49 am

    Kobaa..when next partt????

  35. Jeen says:
    February 16, 2018 at 12:39 pm

    Abadhuves mikahala detective vaahaka kiyan foohi veyy.. Ekam maroon ge mi vaahaka hama best.. Hurihaa taste eh hunnaathii adhi vakin reethi.. I am in love with mi vaahaka..Vaahaka ehaa dhigu koh up kohlaa iru ves heevanii hama kuda kuda thankolhekey kiyaa leveniii.. Ehaa ves reethi.. Baeh faharu hithah araa dhe varakah part ekkohlaigen kiyaalan ves.. But hama nuhurevigen beley iru iru kolhaa up veythorrr.. Ameehaa kihineh baa eyy dhn hadhaanii dhww.. Kaain haadha sakarai vaaneyy dhw reem eii sister ekkan inguneema ?
    … It will be fun ?
    Waiting for the next part❤
    ?Lots of love maroon?

    1. maroon says:
      February 16, 2018 at 3:53 pm

      Ow jeen. So happy to see ur comment. V v ufaa vejje ngey…yes kaain ah vaany kihinei baa dhw reem aky sister kan egey dhuvahu…hehe. loves tc ?

Comments are closed.

Next Episodeތިޔަ އަސަރު 35←


All Right Reserved!