Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 23

laya Level 110 Stories
March 14, 2014 6 Mins Read
46 Comments

“ވިޝޫއަށް މަގޭ ހިތް ލޯބިން ފުރިގެންދޭ..

   އޯގާވާން އެދެމޭ.. ލޯބި ދޭން އެދެމޭ..

     ފަރުވާދޭން އެދެމޭ.. އެކުގައިވާން އެދެމޭ..

އެދިގެން މިހިތް ރޮނީ.. އެދިގެން މިހިތް ރޮނީ..

ހުންނަން ކަލާ ގާތުގައި ލޯބިން.. އެހާވެސް ލޯބިވޭ.. ” އެ ލޯބި ލޯބި ބަސްކޮޅާއިއެކު އެއަޑުގައިވާ އަސަރަކުން ވިޝާގެ މުޅި ހަށިގަނޑުން ހީބިހި ނެގިގެން ދިޔައެވެ. އާލިކްގެ ފުންފުން ތޫނު ނަޒަރުން އޭނާ ހީވަނީ ވިރިގެން ހިނގައިދާނެ ހެންނެވެ. ލޮލުގައި ގިނވެފައިވާ ކަރުނަތައް ދެންމެ ދެންމެ ބޭރުވެގެންދާނެހެން ހީވުމުން ކުއްލިއަކަށް ވިޝާ އޭނާއަށް ފުރަގަސް ދިނެވެ. އެތައް ފަހަރަކު ހިތުގައިވާހާ އެއްޗެއް އާލިކްގެ ކުރިމަތީގައި ބަންޑުން ކޮށްލަން ހިތައް އެރިއެވެ. އޭރުން ގައިމުވެސް މިހާރު އެހިތައް އެވާ އުނދަގޫތައް ނުވާނޭކަން ޔަގީނެވެ.

“ސޭ އިޓް ވިޝޫ.. ސޭ އިޓް..” ވިޝާ އެގޮތަށް ފުރަގަސް ދީގެން ހުއްޓާ އޭނާގެ ކަންފަތްދޮށުގައި އާލިކް ބުނެލި އެއްޗަކުން ވިޝާއަށް ތެޅިގަނެވުނެވެ. އާލިކްއަށް އޭނާގެ ހިތުގެ އަޑުވެސް އިވެނީހެއްޔެވެ؟ އެއާއިއެކު ތުން ފިއްތާލަމުން އޭނާ އެނބުރި ގޮސް މޭޒުދޮށަށް ހުއްޓިލިއެވެ.

“އައި ހޭޓް ޔޫ..” ވިޝާގެ ދުލުން ބޭރުވެގެން ދިޔައީ އާލިކް އުންމީދުކޮށްގެން ހުރިފަދަ ޖުމްލައެކެވެ. އެހެންނަމަވެސް އެއަޑު އިވުމާއިއެކު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ވިޝާ އޭނާއާއި ހަތަރުކަޅި ހަމަނުކުރަން ކުރަމުންދާ މަސައްކަތް ފާހަގަ ކުރެވުމުންނެވެ. އިތުރަށް އެއްޗެކޭ ނުބުނެ އާލިކް އޭނާގެ މޭޒުމަތިން ފަތްޖަހާލާފައި އޮތް ކަރުދާސްގަނޑެއް ގެނެސް ވިޝާގެ މޭޒުމަތީގައި ބާއްވާލުމަށްފަހު ބޭރަށް ނުކުމެގެން ދިޔައީ ހިނިތުންވެފައި ހުރެގެންނެވެ. އޭނާގެ އެފަދަ ކޮންމެ ހަރަކާތަކުން ވިޝާ ބަލިކަށި ވަމުންދާކަން އެނގޭތީ އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

އާލިކް ނުކުމެގެން ދިއުމާއިއެކު ވިޝާ ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮނޑީގައި އިށީނދެލިއެވެ. ހަމަ އެއާއިއެކު ދެބުމަ ކައިރިކޮށްލަމުން ޝައުގުވެރިކަމާއިއެކު މޭޒުމަތީގައި އާލިކް ބޭއްވި ކަރުދާސްގަނޑު ނަގާ ހުޅުވާލިއެވެ. އެހެންނަމަވެސް އޭގައިވާ އެއްޗެއް ކިޔުމުގެ ކުރިން މޭޒުމަތީގައި ހުރި ފޯން ރިންގުވާން ފެށުމުން އެކަމަށް ދިން ސަމާލިކަން ދޫކޮށްލިއެވެ.

“ހަލޯ.. އާނނ.. މިދަނީ..” ފޯނު ބޭއްވުމަށްފަހު އަތްމަތި އަވަސްކޮށްލާފައި ވިޝާ އޭނާގެ އެއްޗެހިތަކާއިއެކު އެ ކަރުދާސްގަނޑުވެސް ދަބަހަށް ލަމުން އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ޗުއްޓީ ޗިޓް ނިމުނުކަން އެނގުމުން އެންމެ މިނެޓަކުވެސް އެތާ ތެރޭގައި ހުންނަން އޭނާ ބޭނުންނުވީއެވެ. އެހެން ނޫނީ އަނެއްކާވެސް އާލިކްއާއި ކުރިމަތިލާ އޭނާގެ ކުރިމަތީ ރޯން ޖެހިދާނެއެވެ.

ވިޝާއާއި ލިމްނާ އެމީހުންގެ ޗުއްޓީއާއިއެކު އޮފީހުން ނުކުތީ އެކުއެކީގައެވެ. އޮފީހުން ނުކުތްއިރު އުޑުމަތީގައި ވިލާ ބޯކޮށްލާ ވިއްސާރަ ހަދާފައި އޮތުމުން ދެމީހުންވެސް ބޭނުންވީ ވިކާޝްއާއި ގުޅައިގެން ކާރުގައި ގެއަށް ދިއުމަށެވެ. އެހެން ނަމަވެސް ވިކާޝްއާއި ގުޅުމުން މާފާއިއެކު އޭނާ ބުނީ ޗުއްޓީގެ ކުރިން އޮފީހުގައި ހޭދަކުރާ ފަހުދުވަސް ކަށްވާތީ ބޭރަށް ނުކުމެވެން ނެތްކަމުގައެވެ. އޭގެ ބަދަލުގައި އޭނާ އެދުނީ އާލިކްއާއި އެކުގައި ދެކުދިން ގެއަށް ދިއުމަށެވެ. ދޮންބެގެ އެ އެދުމާއިއެކު ވިޝާ އަވަސް އަވަހަށް އާލިކް ސަރ އެއްނެތޭ ކިޔާ ބަހަނާ ދައްކާލަން އުޅުނުވަގުތު އޭނާ އޮފީހުން ނުކުމެގެން އަންނަތަން ފެނުމުން އަނގަ ބެދުނެވެ. ކެބިންއިން ނުކުމެގެންވެސް އޭނާ ދިޔައީ ބޭރަކަށް ނޫންހެއްޔޭ ވިޝާގެ ހިތާއިހިތުން ބުނެލިއެވެ.

“ހޭ ގަރލްސް.. ވިކީ ދެންމެ ގުޅާފަ ބުނީ އޭނަގެ ކުއީންއާއި ޕްރިންސެސް ޑްރޮޕް ކޮށްދޭށޯ.. ލެޓްސް ގޯ..” އާލިކް އެމީހުންނާއި އަރާ ހަމަވުމާއިއެކު ހީނލާފައި އެހެން ބުނެލީ ވިކާޝް ބުނެލި ގޮތަށެވެ. އެއާއިއެކު ލިމްނާ ލުއި ގޮތަކަށް ހީނލަމުން ވިޝާގެ އަތުގައި ހިފާ އާލިކްގެ ފަހަތުން ހިނގައިގަތެވެ. ވިޝާއަށް ކުރެވުނުހާވެސް ކަމަކީ ދެބުމަ ކައިރިކޮށްލަމުން އެމީހުންނާއިއެކު ދިއުމެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭގެ އަސަރު ކުރަން ފަށައިފިއެވެ.

ގަދަ ވަޔާއިއެކު އައި ބޯ ވާރޭގެ ތިކިތައް ކާރުގެ ބިއްލޫރިގަނޑުގައި ބޮސްދޭންފެށިއިރު އެމީހުންނަށް ތަންކޮޅަކަށްވެސް ނުދެވެއެވެ. ވެހެމުން ދިޔަ ވިއްސާރައާއިއެކު ކާރު ތެރޭގައިވާ ފިނިކަމުގެ ސަބަބުން ވިޝާއާއި ލިމްނާވެސް ތިބީ ހީކަރުވާ ގޮތްވެފައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އެމަންޒަރު ބަލަމުންދިޔަ އާލިކްއަށް ވިޝާގެ ހަރަކާތްތައް ފެނުމުން ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ.

“ލިމްމް.. ވިޝޫމެން ގެއަށްތަ އަނެއްކާ ދާން ބޭނުމީ..” އާލިކްއަށް ލިމްނާ ގާތު އެސުވާލު އަހާލަން ހަނދާންވީ ލިމްނާމެންގެ ގޭދޮށަށް ކާރު މަޑުކޮށްލުމަށްފަހުގައެވެ.

“ހެހެ.. ނޫނޭ ހަމަ މިގެއަށް އަންނަންވީ.. ބައި ވިޝޫ.. ބައި ސަރ..” ލިމްނާ ލުއި ހީނލުމަކާއިއެކު ކާރުން ފޭބުމުން އާލިކް ފުޅާ ހިނިތުންވުމަކާއިއެކު އޭނާގެ ސީޓުގައި ހަމަޖެހިލާ ލޯގަނޑުން ރަނގަޅަށް ވިޝާ ފެންނާނޭހެން ސެޓްކޮށްލިއެވެ. އޭރު ވިޝާ ޚިޔާލީ ގޮތަކަށް ބޭރަށް ނަޒަރު ހުއްޓާލައިގެން އިނީ ވާހަކަ ނުދައްކަން ހުވާކޮށްގެން އިން މީހަކު ފަދައިންނެވެ. އޭނާ ވިސްނަމުން އެދަނީ ކޮން ކަމަކާ މެދުބާވައެވެ. ހަމަ އާލިކްގެ ފަރާތުން ސަލާމަތްވާނެ ގޮތެއް ހޯދަނީހެއްޔެވެ؟ ކާރު ދުއްވާލިއިރުވެސް އޭނާ އެއިންގޮތަށް އިނުމުން އާލިކްގެ ހިތައް އުނދަގޫވެގެން ލޯބީގެ މަޑުމައިތިރި ލަވައެއްކަމުގައިވާ “އެވްރިތިންގ އައި ޑޫ، އައި ޑޫ އިޓް ފޯރ ޔޫ..” ޖަހާލިއެވެ. ހަރަކާތެއް ނެތިފައި އިން ވިޝާ މަޑުމަޑުން ހިންދެމިލީ އެލަވައިގެ އަޑަށެވެ. އަދި އެއާއިއެކު އާލިކް ލޯގަނޑުން އޭނާއަށް ބަލަމުން ދާކަން އެނގުމުން ވަގުތުން އޭނާގެ މޫނުކޮޅު ރަތްވެއްޖެއެވެ. އޭރު އޭނާގެ ސަމާލުކަންވަނީ ޖަހާލާފައިވާ ލަވައިގައި ކިޔަމުންދިޔަ ކަޑިތަކާއި ގުޅިފައެވެ. ހަމަ އެވަގުތު އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވުމުގެ ގޮތުން ސީޓުގައި ބޯޖައްސާލުމަށްފަހު އޭނާ ލޯ މަރާލިއެވެ. ވެހެމުންދިޔަ ވާރެއާއިއެކު، ފިނި ފިނި ކާރުތެރޭގައި ލަސް މިއުޒިކެއްގެ އިޝްގީ ލަވައެއް އަޑު އަހާލަން ލޯ މަރާލައިގެން އިންއިރު ވިޝާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް އުފެދިފައިވެއެވެ. އެމަންޒަރު ފެނުމުން އާލިކްވެސް ވާހަކަ ދައްކާކަށް ޚިޔާލެއް ނުކުރިއެވެ. އޭނާ އެގޮތުގައި މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ ހިތްހަމަޖެހިލާފައި އިންދެގެންނެވެ.

އާލިކް ވިޝާގެ ގޭދޮށަށްކާރު މަޑުކޮށްލުމަށްފަހު ފަހަތަށް އެނބުރިލީ ވިޝާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. އޭރު ވިޝާ ސީޓުގައި ރީތިކޮށް ބޯ ޖައްސާލައިގެން އަރާމުކޮށް ނިދާލާފައި އޮތެވެ. އެ ލޯބި މޫނުގައިވާ ލުއި ހިނިތުންވުމާއިއެކު، ނިދާލާފައި އޮތްލެއް މައުސޫމްކަމުން އާލިކްގެ ހިތް ލޯބިން ބަންޑުންވެގެންދާހާ ވިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމޭ ހިތައް އެރިއެވެ. މަޑުމަޑުން ހިނިތުންވެލަމުން އޭނާ ކާރުތެރޭގެ ފިނިކަން މަޑުކޮށްލީ ވިޝާ ހީކަރުވާގޮތްވެފައި އިނުމުންނެވެ. އޭނާއަށް ގޮވާ ހޭލެއްވުމުގެ ބަދަލުގައި އާލިކް ކާރު ދުއްވާލާފައި ގޮސް ޕާކިން ޒޯނުގައި މަޑުކޮށްލުމަށްފަހު ލޯގަނޑުން ވިޝާ ފެންނާނޭހެން ހަމަޖެހިލިއެވެ. އެލޯބި މޫނު ފެންނާތީ އެހިތައް ލިބެނީ ހާދަ ހަމަޖެހުމެކެވެ.

ވިކާޝްއަށް އޮފީހުން ސަލާމަތްވެވުނީ ލިމްނާމެން ގުޅިތާ ގަޑިއެއްހާއިރު ފަހުންނެވެ. ބޯ ބޯކޮށް ވާރޭ ވެހުމަށްފަހު އޭރު ފުދޭވަރަކަށް ތުނިކޮށްލާފައިވާތީ މޫސުމް ފެންނަނީ ހިތްގައިމު އެހެނަސް ކަންނެތް ކުރުވާފަދަ ގޮތަކަށެވެ. އޮފީސް ނިންމާލުމަށްފަހު ގޭދޮށަށް އައިސް ކާރު ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަންނަން ދިޔަ މަގުމަތީގައި އޭނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ޕާކްކޮށްފައިވާ އާލިކްގެ ކާރެވެ. އެހާ ފަސޭހައިން އޭނާގެ ލޮލުގައި އާލިކް އަޅައިގައތީ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހުރުމުންނެވެ. ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މޫނުމައްޗަށް ރޫތަކެއް އަރުވާޅަމުން ވިކާޝް އެދިމާއަށް ހިނގައިގަތީ ދުރު، އަދި އަވަސް ފިޔަވަޅުތަކެއްގައެވެ.

“އޭ… ކިހިނެތްވެ…..” ވިކާޝް ކާރު ކައިރިއަށް ހުއްޓިލުމަށްފަހު އަޑުގަދަކޮށް ވާހަކަ ދައްކަން ފެށުމާއިއެކު އާލިކް އަވަސް އަވަހަށް އަނގަމަތީގައި އިނގިލި އަޅާލަމުން “ޝްޝްޝް..” އޭ ބުނެލައިފިއެވެ. އެއާއިއެކު އާލިކް ލަސްލަހުން ފަހަތަށް އެނބުރި ކާރުގެ ފަހަތު ސީޓް ބަލާލުމުން ވިކާޝްވެސް ބޯދިއްކޮށްލިއެވެ. އެއާއިއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ އަރާމު ތަންމައްޗެއްގައި ނިދާލާފައި އޮތް ފަދައިން އޭނާގެ ކޮއްކޮ ނިދާލާފައި އޮއްވާ ފެނުމުންނެވެ.

“ސީރިއަސްލީ.. ވިޝޫ؟  މީގެ ތެރޭގަ ނިދާފަ؟..” ވިކާޝް ހައިރާންވީ ވަރުން އެއޮތް ގޮތަށް އޮވެފައި ވާހަކަ ދެއްކީވެސް އާދައިގެ ވަރަށްވުރެ ބާރަށެވެ. އެއާއިއެކު ނިދާފައި އޮތް ވިޝާ ސިއްސައިގެން ގޮސްފައި ލޯ ހުޅުވާލުމަށްފަހު ހަށިގަނދު ތެދުކޮށްލިއެވެ.

“ވިކީ..” ވިޝާ ހޭލުމާއިއެކު އާލިކް ލޯ މަރާލަމުން މޫނުގައި އަތްއަޅާލިއެވެ. ހަމަ އެއާއިއެކު ވިކާޝްވެސް ކުޑަކޮށް ދޫ ނެރެލަމުން ހާސްވާގޮތް ދައްކާލުމަށްފަހު މަޑުމަޑުން “ސޮރީ” އޭ ބުނެލައޮފިއެވެ. އޭރު ވިޝާ ދެލޯ ބޮޑުކޮށްލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން އިނީ ދުވަހަކު ނުދަންނަ މީހަކު ފަދައިންނެވެ. އޭނާއަށް އެއްގޮތަކަށްވެސް ވާނުވާއެއް ރޭކާ ލާގޮތެއް ނުވިއެވެ.

“ޔޫ ސްލެޕްޓް.. ގެއަށް އައި މަގުމަތީގަ ވިޝޫއަށް ކާރުތެރޭގަ ނިދުނީ..” ވިޝާގެ ސުވާލުން ފުރިގެންވާ މޫނު ފެނުމުން އާލިކް ނުހަނު ލޯތްބާއިއެކު ބުނެލިއެވެ. އެއާއިއެކު ވިޝާގެ ދެލޯ ވީ އިތުރަށް ބޮޑެވެ.

“ވަޓް؟.. އޭރު އޮފީހުން އަންނަމުން.. މިހާރު ކިހާ އިރެއް.. ވަޓް؟.. ސީރިއަސްލީ؟ އައި ވޯޒް ސްލެޕްޓް؟. ފޯރ 1 އަވަރ..؟.. އިން ޔުއަރ ކާރ؟..” ވިޝާ އަނގަ ހަލުވިކޮށްލާފައި ވާހަކަ ދައްކަމުން، މޫނުމައްޗަށާއި އަތަށް ގެންނަމުންދިޔަ ހަރަކާތްތަކުން އާލިކްއާއި ވިކާޝްއަށްވެސް ތިބީ ހެވިފައެވެ. އެވަގުތު ވިޝާގެ މޫޑު ސަކަރާތްވެފައި ހުރިވަރުން މާބޮޑަށް ހެވިދާނެތީ ވިކާޝް ކުޑަކޮށް ކާރާއި ދުރަށް ޖެހިލީ އަނގަމަތީގައި އަތްއަޅާލައިގެން ހުރެއެވެ.

“ކީއްވެތަ ނުގޮވީ؟..” ވިޝާ ދެބުމަ ކައިރިކޮށްލައިގެން އިނދެ އާލިކްއާއި ސުވާލުކުރީ ހިތްހަމަނުޖެހިފައި އިނދެއެވެ.

“މާ ލޯބިކޮށްނިދާލާފަ އޮތީމަ ގޮވާހިތްނުވީ..” އާލިކް މަސްތީ ގޮތަކަށް ވިޝާއަށް ބަލާލަމުން ވާހަކަ ދެއްކީ ގަސްތުގައި ވިޝާ ރުޅި އަރުވާލުމުގެ މަގްސަދުގައެވެ. އޭނާގެ އެ މަގްސަދު ހާސިލްވެސް ވިއެވެ.

“ހހހ.. ޔޫ އަރ.. ޖަސްޓް..ޑިސްގަސްޓިންގް..” ވިޝާ ކާރުގެ ދޮރު ހުޅުވާލާފައި ނުކުތުމަށްފަހު “ބަން” ލާފައި ދޮރު ޖަހާ ބާރުބާރަށް ހިނގާލާފައި ދިޔައީ އެތާ ހުރި ވިކާޝްއަށްވެސް ބަލާލުމެއް ނެތިއެވެ. އެވަގުތު ވިކާޝްއަށްވެސް މަޖާވެފައި ހުރެވުނީ ވިޝާގެ ޅަ ހަރަކާތްތަކުގެ ސަބަބުނެވެ.

ޖެހިގެން އައި ދެދުވަހުވެސް ވިޝާމެން އެންމެން އުޅެމުންދިޔައީ ވިކާޝްއާއި ލިމްނާގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގައި އަވަދިނެތިއެވެ. ތަން ޑެކަރޭޓް ކުރާ މީހުންނާއި، ލިމްނާގެ އާއިލާއާއި، ދެފަރާތުގެ ރައްޓެހިންވެސް އެކަމުގައި އެގޭތެރޭގައި އުޅެމުންދާތީ ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. އާލިކްވެސް އެދެދުވަހު ގިނަ ވަގުތު ހޭދަކުރީ އެގޭގައިކަމުން ގިނައިން އުޅެން ޖެހުނީ ވިޝާ ފެންނަ ހިސާބުގައެވެ. އެހެން ނަމަވެސް މީހުން ގިނަވުމުގެ ސަބަބުންނާއި ވިޝާ އުޅޭލެއް ދުރުކަމުން އޭނާއަށް މާބޮޑަށް ވިޝާއާއި ވާހަކަ ދައްކާލާ، ގާތްވެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އެހެން މީހުން ގިނަވަގުތު މަސައްކަތުގައި އުޅެމުން ދިޔައިރު، ވިކާޝްއާއި ލިމްނާ ދޭތެރެ ދޭތެރެއިން އެކަހެރިވެލާ ވާހަކަ ދައްކާލަން ތިބެއެވެ. ހަމަ ގައިމުވެސް ދެމީހުންވަނީ އެކަކު އަނެކަކަށްޓަކައި އިންތިހާއަށް ބޭނުންވެފައިކަން އެކަމުންވެސް ދޭހަވެއެވެ.

ބުރަ ދެދުވަހުގެ މަސައްކަތަށްފަހު އެންމެފަހުން އެންމެން އިންތިޒާރު ކުރަމުންދިޔަ ވަގުތު ޖެހިއްޖެއެވެ. ވިކާޝްއާއި ލިމްނާގެ ކައިވެނި ގޭގެ ގޯތިތެރޭގައި ތައްޔާރުކޮށްފައިވާ ފުރިހަމަ މޭޒުދޮށުގައި ކުރެވުނުއިރު ދެފަރާތުންވެސް ތިބެންޖެހޭ އެންމެން ތިއްބެވެ. ކައިވެނިކޮށް ނިމުމަށްފަހު ޕާޓީގައި ތިބެން ޖެހޭ މަގާމަށް ދެމީހުން ހިނގާލާފައި ދިޔައީ އަތުގުޅުވާލައިގެން ތިބެއެވެ. މުޅި ގޯތިތެރެއާއި ސިޓިންގް ރޫމުގައިވެސް ކުލަ ކުލައިގެ ބޮކިތައް ދިއްލާލުމަށްފަހު، އަތުރާލާފައިވާ ވަށް މޭޒުތަކުގައިވާ އުއްބަތިތަކުގެ އަލިން މާހައުލު ފެންނަނީ އިޝްގީ ގޮތަކަށެވެ. ވާރޭގެ ނުވެހުނު ކަމުގައިވިޔަސް، މޫސުމް މާ ރަނގަޅު ނުވުމުން ހީކަރުވާފަދަ ފިނިކަމެއް މާހައުލުގައި ވެއެވެ. އަލަތު ކައިވެނީގެ ޖޯޑު ތިބުމަށް ހަމަޖެހިފައިވާ މަގާމު ތައްޔާރުކޮށްލާފައިވަނީ ޕާޓީގެ މައި ކުލަ ކަމުގައިވާ ރަތާއި ހުދު ކުލައިގެ ބޮޑެތި ވިދާ ބޯޅަތަކަކުންނެވެ. ގަޔަށް ހިފާފައިވާ ހުދުކުލައިގެ ވެޑިންގް ޑްރެސްގައި ލިމްނާ ފެންނަނީ “ޝާހީ” އާއިލާއެއްގެ ކުއްޖަކު ފަދައިންނެވެ. ހެދުމުގެ އަތުކުރިއާއި މޭމަތީގައިވާ ރަތްކުލައިގެ ޑިޒައިންއާއިއެކު، ބޮލުގައި އޮޅާލާފައިވާ ހުދު ޝޯލްގެ އެއްއަރިމަތީގައިވާ ރަތްކުލައިގެ ބޮޑު މާގަނޑު އޭނާގެ ހިތްހެޔޮ މޫނުކޮޅާއި ނުހަނު ގުޅެއެވެ. މާ ގަދައަށް މޫނުގެ މޭކަޕްކޮށްފައި ނުވުމުން، ގުދުރަތުން އޭނާއަށް ދެއްވާފައިވާ ސާދާ ރީތިކަމާއިއެކު މޫނުމަތީގައި އުފާވެރި ހިނިތުންވުމުގެ ސަބަބުން ފެންނަ ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއް ގެނުވައެވެ. ހަމައެއާއިއެކު ލިމްނާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލައިގެން އޭނާގެ ގާޓުގައި ހުރި ވިކާޝްގެ ފިރިހެންވަންތަކަން އެ އަލަތު ކައިވެނީގެ ޖޯޑުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ހުދުކުލައިގެ ކޯޓް ފަޓްލޫނުގައި ހުއްޓެއް ކަމަކު، ކަރުގައި އޮޅާލާފައި އޮތް ރަތް ޝޯލްގެ ސަބަބުން ފެންނަ ފެނުމަށް ރަސްމީ ގޮތަކަށްވުރެ ގާތީ ސްޓައިލިޝް،ފެޝަން ގޮތަކާއިއެވެ. އިސްތަށިގަނޑުގައިވާ ތަފާތު ސްޓައިލާއިއެކު ހެދުން އެޅުމުގައި ހުރި ގޮތެއްގެ ސަބަބުން ބޮޑަށް ވައްތަރުވާން އުޅެނީ އާލިކްގެ ސްޓައިލްއާއެވެ. ތެދެކެވެ. ވިކާޝްގެ އެންމެ ޚާއްސަ ރޭގައި އޭނާއާއި އެންމެ ގާތުގައި އެހީތެރިވީ މީހަކީ އެންމެ ގާތް ތެދުވެރި އެކުވެރިޔާ އާލިކްއެވެ.

ޕާޓީތެރޭގައި މެހްމާނުން ގިނވަމުން ދިޔައިރު ވިކާޝްއާއި ލިމްނާ ވަރުބަލިވުމެއްނެތި އެމީހުންނާއި ސަލާމްކުރަމުން ދިޔައެވެ. އިރު އިރުކޮޅުން ވިޝާ، އާލިކް އަދި ލިމްނާމެންގެ އާއިލާގެ މެމްބަރުންވެސް އެމީހުންގެ ގާތުގައި މަޑުކޮށްލައެވެ. އެހެން އުޅެމުން ދިޔައިރު އާލިކް ސަމާލުވެގެން ހުރީ ވިޝާއާއި ތަންކޮޅެއް އެކަހެރި ގޮތަކަށް ވާހަކަ ދައްކާލެވޭނެ ވަގުތަކަށެވެ. މިރޭ އޭނާގެ ޕަރީ ފެންނަލެއް ރީތިކަމުން ތައުރީފްކޮށްނުލާ ނުހުރެވުނީއެވެ. ހުދުކުލައިގެ ގަމީހަކާއިއެކު، ކެޝުއަލް ސޫޓެއް ލައިގެން ތައްޔާރުވެލައިގެން ހުރިއިރު އާލިކްގެ ސްމާރޓްކަމުން ތަނުގައި ތިބި އެތައް އަންހެން ކުއްޖެއްގެ ލޯ އޭނާއަށް އަމާޒުވެފައިވާއިރުވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައިވަނީ ވިޝާއަށެވެ. ތަންކޮޅެއް އެއްފަރާތެއްގައި ހުރި މޭޒެއްގައި އެކަނިމާ އެކަނި އިށީނދެލައިގެން އިން ވިޝާ އޭނާގެ ލޮލުގައި އަޅައިގަތީ އެފަދަ ވަގުތަކަށް ބަލަބަލާ ހުއްޓައެވެ. ހަމަ އެއާއިއެކު މޫނުމަތީގައި ރީތި ހިނިތުންވުމެއް އުފައްދާލަމުން އޭނާ އެދިމާއަށް ހިނގައިގެންފިއެވެ.

“ހޭއި ޕްރިންސެސް..” އާލިކް ދިޔަ ގޮތަށް ވިޝާގެ ކުރިމަތީގައި އިށީނދެލުމާއިއެކު ވިޝާގެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ. ދެލޯ ބޮޑުކޮށްލާފައި އާލިކްގެ މޫނަށް ނަޒަރު ހުއްޓާލި ވަގުތު، އުއްބަތީގެ އަލީގެ ތެރެއިން އެ ބްރައުން ދެލޮލާއި މޫނު ފެނުމުން އާލިކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. ރަތްކުލައިގެ ޝޯލްގެ ތެރެއިން ފާޅުވާން އިން ދޮން ދޮން މޫނުގައިވާ މޭކަޕާއި، ލޮލުގައިވާ އަނދުންކުލަ ގަދަކަމުން މިރޭ ވަކީން ރީތިކަމަށް ދައްކައެވެ.

“މާ ޝާ ﷲ.. ޔޫ ލުކް ސޯ ބިއުޓިފުލް..” ވިޝާގެ ރީތިކަން ފެނި އާޝޯޚް ވީވަރުން އާލިކްގެ ހިތުގައި އުފެދުނު އިހުސާސްތައް ދުލުން ބޭރުވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ތައުރީފްގެ އެދެތިން ބަސްކޮޅު އިވުމުން ވިޝާގެ ހިތައްވެސް އުފާވެރިކަން ވެރިވިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅުކުރުމުގެ ބަދަލުގައި ދެބުމަ ކައިރިކޮށްލަމުން ގޮނޑިން ތެދުވަން އުޅުނު ވަގުތު އާލިކްގެ އޭނާގެ އަތްމަތީގައި އަތް ބާއްވާލިއެވެ.

“މިފަހަރު ވިޝޫ ގޮއްސިއްޔާ މިތާ މިތިބަ އެންމެންނަށް އިވޭ ވަރަށް އައި ވިލް ސޭ ދެޓް.. “އައި ލަވް ޔޫ”..” އާލިކް މަޑުމައިތިރި ގޮތަކަށް އެޖުމަލް ބުނެލިކަމުގައިވިޔަސް ވިޝާއަށް އެބަސްކޮޅު އިވުނީ ބިރުވެރި އިންޒާރެއް ފަދައިންނެވެ. އެއީ އެއްގޮތަކަށްވެސް ވާން ބޭނުން ގޮތެއް ނޫންކަމުގައިވިޔަސް އާލިކް އެފަދަ ކަމެއް ކޮށްފާނެކަން އޭނާއަށް ޔަގީންވެއެވެ. ވަގުތުން ތެދުވެގެން ދިއުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ފިރިހެންވަންތަ މޫނާއި، ފުން ފުން ދެލޮލުގެ ތެރެއަށް ގެނބުމާއިއެކު ވިޝާގެ ތުންފަތުގައި ހިނިތުންވުމެއް އުފެދުނެވެ.

“އައި ލަވް ޔޫ ޓޫ އާލް..” ވިޝާގެ ހިތުގައިވާ އެ ކުރު  ކުރު އިބާރާތްކޮޅު އޭނާގެ ދުލުން ބޭރުކޮށްލުމަށް އެހިތް ބާރު އަޅަމުން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ވިޝާއަށް އޭނާގެ މަގްސަދު ހަނދާން ނެތި ހިތުގެ އެދުން ކުރި އަރައިފިއެވެ. އޭނާގެ ރީތި ތުންފަތް ދެންމެ ދެންމެ ހަރަކާތްކޮށްލަން އުޅޭ ފަދައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

އާލިފް 3

Next

ލޯތްބަށްޓަކައި… (ތިންވަނަ ބައި)

Next
March 15, 2014

ލޯތްބަށްޓަކައި… (ތިންވަނަ ބައި)

Previews
March 14, 2014

އާލިފް 3

46 Comments!

  1. luvly grl says:
    March 15, 2014 at 12:02 am

    wow….. so beautiful.. bt haadha lahey nw update kuraaleh… avahah update kohdhyba plxxx plxx plxxxx…

  2. nish says:
    March 15, 2014 at 12:18 am

    Alik ah vishr libunyma stpry hadi vrne ehen nahadhahchey plx 🙂

  3. Beauteee says:
    March 15, 2014 at 1:19 am

    varah salhi tankolheh avaha aneh bai genesdheebala keevtha mihaaru eha lasvanee

  4. rixooooooo says:
    March 15, 2014 at 1:44 am

    Haadha lahey mihaaru update kuraaleh,,,, haadhavarakah inthixaaru kuran jeheyey,,,,alhe thankolheh avahah update kohdhe
    eba plss layaaaa

  5. shif says:
    March 15, 2014 at 5:51 am

    wow.v salhi ,.. avahah up kondeyti ….plx plx

  6. aa says:
    March 15, 2014 at 6:20 am

    Vvvv reethi… thanks for updating ….but don’t make us wait so long…. 🙂

  7. kiyuntheriyaa says:
    March 15, 2014 at 8:46 am

    thankolheh avahah update kohdhe
    eba plss layaaaa

  8. Anonymous says:
    March 15, 2014 at 8:48 am

    vvvvvvvvvvvvvvvvvvvv reeethi!!! 😀

  9. kiyuntheriyaa says:
    March 15, 2014 at 8:48 am

    whn is nxtpart

  10. maahi says:
    March 15, 2014 at 9:42 am

    wow beautiful…waiting for the next part

  11. hazu says:
    March 15, 2014 at 10:38 am

    mihaaru e genes dheny araamaguga nuliyaa part thakey ehenve e elasvany dhw layaa..by the way vvv habeyx mi storyy.i love this storyg… waiting for the next part.. kyp it up n gudluck <3

  12. suha says:
    March 15, 2014 at 12:59 pm

    Vara. salhi

  13. shai says:
    March 15, 2014 at 1:22 pm

    v v v v salhi igey whn next part v inthixar kurevey eba

  14. aroo says:
    March 15, 2014 at 2:14 pm

    wow v nc v v v avahah up kohdhehchey nxt prt

  15. leen says:
    March 15, 2014 at 5:03 pm

    Laya …egadu kolhuga oiy echeh avahah buneba.. Pls update the story soon

  16. Thanyx Mohamed says:
    March 18, 2014 at 2:41 pm

    laya anekkaves vahaka liyun medhukandaaleetha??????

  17. mary says:
    March 19, 2014 at 8:48 am

    laya haadha lahey update kuraaleh.mihaaru inthixaaru koh koh varubalivehje.plx avahah up koh dhyba……

  18. shai says:
    March 19, 2014 at 5:21 pm

    layaa dhn avahah vaahaka update kohbaa.. vaahaka kiyaahithun neyge mi site beley varehves… i love this story too..

  19. veera says:
    March 19, 2014 at 7:22 pm

    Layaa haada lahey up vaalhe

  20. shif says:
    March 19, 2014 at 7:36 pm

    layaa plx avaha up konla plx plx

  21. Ainth says:
    March 19, 2014 at 10:27 pm

    Aslu ves ainth ves abadu vade vade mihunanee up v Thor balan avahah up koh dheeba kiyun therin eavarah kihaahinthun ney mithibee

  22. yuan says:
    March 20, 2014 at 8:55 pm

    Laya haadha laheyyy …plxx avahah upp kohdeybala…mihaaru kiyaa hiythun kehmadufeva…

  23. shiz says:
    March 21, 2014 at 11:33 am

    :(…..laya vaahak upkohlany kohladhee

  24. Amm says:
    March 21, 2014 at 11:27 pm

    ?Layaa vaahak nimunee tha
    Haadha lahey
    Avahah upkoladheebala pls pls

  25. VAAHAKA KEE MEEHA says:
    March 22, 2014 at 10:22 am

    plx update it fast……..keii madhuvefa mi hunnany

  26. grl says:
    March 23, 2014 at 9:33 pm

    Mashah heewany kuryga weehen anehfaharu huhtun ery hen dhen nimumeh nehwaahka ehkahneynge mee ehwes site ehga me kuriyakah nudhey wehya waki hisaabun medhukedeny

  27. me says:
    March 24, 2014 at 1:01 am

    Alhe layaa!!!!! 🙁

  28. shai says:
    March 24, 2014 at 3:36 pm

    Layaa up kohdybaa

  29. aroo says:
    March 24, 2014 at 10:17 pm

    layaa up kohdybaa pls pls pls

  30. suhaa says:
    March 25, 2014 at 6:21 am

    varah reethi kon iraku anehbai genesdhenee

  31. މިންމި says:
    March 25, 2014 at 10:36 am

    laaayaaa haaadha lahun vaaahaka upload thi kuraneee, konmedhuvahaku thousands faharu chck kurevey up loadi kuritho balan…………pls avahah upload kohdey bala,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  32. hazu says:
    March 25, 2014 at 2:20 pm

    layaaaa ma mihaaru maruvaneee mi vaahaka nukiigen……Abadhu keevetha mi vaahaka ah mihen vaneee…..abadhu layaa break nagaane dhen varah fooooooooooooooooohi………

  33. laalaa says:
    March 25, 2014 at 11:36 pm

    ..alhe avahah up kohdhybaaa pls pls layaa kyhve tha ehaa las vanyyy,,,at least u shud tell the readers..

  34. lai says:
    March 26, 2014 at 6:31 am

    Mi nimuny tha..alhe.gina story ge kiyeyny ehbai.den v foohi

  35. aish says:
    March 27, 2014 at 6:11 am

    Laya mifaharu ves story ge ebbai tha genesdheny……..vaahaka daily ko genesdhybaa …plx plx plx 🙁

  36. ]mary says:
    March 27, 2014 at 8:12 pm

    Laya alhe plx up kohdhyba mi storyge aneh bai..up nukurany kyhvekanves bunedhyba plx plx laya.mi story ge aneh bai kiyaa hithun mihaaru ni site ah beley adhadhuves neygey..plx layaa upload the story soon..

  37. grl says:
    March 27, 2014 at 9:06 pm

    Kureefahar wes hedhee thihen ehbai genesfa medhu kadhaaly anehkaa dhuwas gadakah fahu alun fashaageh gena ee vrh foohi ehen kiyah

  38. laya says:
    March 28, 2014 at 1:44 pm

    Layaa balive ulheythy nugenesdhevenee ey . Sry

  39. shai says:
    March 28, 2014 at 5:16 pm

    haadha gina dhuvahaku
    adhives rangalheh nuveytha layaa
    dhen kon dhuvahakun tha up vaany

  40. Shiu says:
    March 28, 2014 at 10:43 pm

    Kon irakun tho dhen oh bai? mihaaru up veytho balaa balaa backbone ge dhuvas gossi plx up soon..

  41. mary says:
    March 29, 2014 at 11:31 am

    Get well soon Laya..plx avahah apkohdhehchey igey aneh bai..mihaaru mi storyge anehbai kiyaahithun keh madhuvefa.

  42. fathun says:
    March 29, 2014 at 12:40 pm

    mi vahaka manadhoo live genesdheny kaaku

  43. nim says:
    March 30, 2014 at 12:03 pm

    mivaahaka salhi.. ..kn iraku aneh bai up kuraaneee..
    …..

  44. Vadd says:
    March 31, 2014 at 1:44 pm

    mivaahaka mihisaabun nimneetha kobaa aneh bai. thankolheh avaha genes dhee bala. vaahaka liyaakujja baliveetho?

  45. zaima says:
    July 24, 2016 at 10:31 am

    އަޅެ މިވާހަކަ ގެނެސްދީބަލަ ޕްލީސް.. ޕްލީސް ހާދަ ބޭނުމަޭ މި ވާހަކަ ކިޔާލަން އުއްމީދު ކުރަން އަވަހަށް މި ވާހަކަ ކިޔާލަން ލިބޭނެކަމަށް

  46. sheen says:
    October 2, 2017 at 8:39 am

    Mivaahaka ekkoh kiyaalan libeyne gotheh innaanethe. Ok gannan viyas

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 24←


All Right Reserved!